84) Sūrat Al-'Inshiqāq

Printed format

84) سُورَة الإنشِقَاق

'Idhā As-Samā'u Anshaqqat 084-001 އުޑުފަޅަފަޅައިގެންދާ ހިނދެވެ. إِذَا ا‍لسَّم‍‍َ‍ا‍ءُ ا‍ن‍شَقَّتْ
Wa 'Adhinat Lirabbihā Wa Ĥuqqat 084-002 އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ. وَأَذِنَتْ لِرَبِّهَا وَحُقَّتْ
Wa 'Idhā Al-'Arđu Muddat 084-003 އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ. وَإِذَا ا‍لأَرْضُ مُدَّتْ
Wa 'Alqat Mā Fīhā Wa Takhallat 084-004 އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. وَأَلْقَتْ مَا فِيهَا وَتَخَلَّتْ
Wa 'Adhinat Lirabbihā Wa Ĥuqqat 084-005 އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ. وَأَذِنَتْ لِرَبِّهَا وَحُقَّتْ
Yā 'Ayyuhā Al-'Insānu 'Innaka Kādiĥun 'Ilá Rabbika Kadĥāan Famulāqīhi 084-006 އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. ي‍َا‍أَيُّهَا ا‍لإِن‍س‍‍َ‍ا‍نُ إِ‍نّ‍‍َكَ كَادِح‍‍‍ٌ إِلَى رَبِّكَ كَ‍‍د‍‍ْحا‍ً فَمُلاَق‍‍ِ‍ي‍هِ
Fa'ammā Man 'Ūtiya Kitābahu Biyamīnihi 084-007 ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! فَأَ‍مّ‍‍َا مَنْ أ‍ُ‍وتِيَ كِتَابَهُ بِيَمِينِهِ
Fasawfa Yuĥāsabu Ĥisābāan Yasīrāan 084-008 ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ. فَسَوْفَ يُحَاسَبُ حِسَابا‍ً يَسِيرا‍ً
Wa Yanqalibu 'Ilá 'Ahlihi Masrūrāan 084-009 އަދިއުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. وَيَ‍‍ن‍قَلِبُ إِلَى أَهْلِهِ مَسْرُورا‍ً
Wa 'Ammā Man 'Ūtiya Kitābahu Warā'a Žahrihi 084-010 އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. وَأَ‍مّ‍‍َا مَنْ أ‍ُ‍وتِيَ كِتَابَهُ وَر‍َا‍ءَ ظَهْ‍‍ر‍‍ِهِ
Fasawfa YadThubūrāan 084-011 ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! فَسَوْفَ يَ‍‍د‍‍ْعُو ثُبُورا‍ً
Wa Yaşlá Sa`īrāan 084-012 އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. وَيَصْلَى سَعِيرا‍ً
'Innahu Kāna Fī 'Ahlihi Masrūrāan 084-013 ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. إِ‍نّ‍‍َهُ ك‍‍َ‍ا‍نَ فِ‍‍ي‍ أَهْلِهِ مَسْرُورا‍ً
'Innahu Žanna 'An Lan Yaĥūra 084-014 ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. إِ‍نّ‍‍َهُ ظَ‍‍ن‍ّ‍‍َ أَ‍ن‍ْ لَ‍‍ن‍ْ يَح‍‍ُ‍و‍رَ
Balá 'Inna Rabbahu Kāna Bihi Başīrāan 084-015 އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ. بَلَى إِ‍نّ‍‍َ رَبَّهُ ك‍‍َ‍ا‍نَ بِهِ بَصِيرا‍ً
Falā 'Uqsimu Bish-Shafaqi 084-016 ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ. فَلاَ أُ‍ق‍‍ْسِمُ بِ‍‍ا‍لشَّفَ‍‍ق‍ِ
Wa Al-Layli Wa Mā Wasaqa 084-017 އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ. وَاللَّيْلِ وَمَا وَسَ‍‍ق‍َ
Wa Al-Qamari 'Idhā Attasaqa 084-018 އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ. وَالْقَمَ‍‍ر‍ِ إِذَا ا‍تَّسَ‍‍ق‍َ
Latarkabunna Ţabaqāan `An Ţabaqin 084-019 ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ. لَتَرْكَبُ‍‍ن‍ّ‍‍َ طَبَقاً عَ‍‍ن‍ْ طَبَ‍‍ق‍‍ٍ
Famā Lahum Lā Yu'uminūna 084-020 އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ فَمَا لَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Wa 'Idhā Quri'a `Alayhimu Al-Qur'ānu Lā Yasjudūna 084-021 އަދި އެއުރެންނަށް قرآنކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ. وَإِذَا قُ‍‍ر‍‍ِئَ عَلَيْهِمُ ا‍لْقُرْآنُ لاَ يَسْجُد‍ُو‍نَ
Bali Al-Ladhīna Kafarū Yukadhdhibūna 084-022 އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ. بَلِ ا‍لَّذ‍ِي‍نَ كَفَرُوا‍ يُكَذِّب‍‍ُ‍و‍نَ
Wa Allāhu 'A`lamu Bimā Yū`ūna 084-023 އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ. وَاللَّهُ أَعْلَمُ بِمَا يُوع‍‍ُ‍و‍نَ
Fabashshirhum Bi`adhābin 'Alīmin 084-024 ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ! فَبَشِّرْهُ‍‍م‍ْ بِعَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
'Illā Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum 'Ajrun Ghayru Mamnūnin 084-025 إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ. إِلاَّ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لَهُمْ أَ‍ج‍‍ْرٌ غَيْرُ مَمْن‍‍ُ‍و‍ن‍‍‍ٍ
Next Sūrah