85) Sūrat Al-Burūj

Printed format

85) سُورَة البُرُوج

Wa As-Samā'i Dhāti Al-Burūji 085-001 برج ތަކުގެވެރި އުޑު ގަންދެއްވަމެވެ. وَالسَّم‍‍َ‍ا‍ءِ ذ‍َا‍تِ ا‍لْبُر‍ُو‍ج‍ِ
Wa Al-Yawmi Al-Maw`ūdi 085-002 އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. وَالْيَوْمِ ا‍لْمَوْع‍‍ُ‍و‍د‍ِ
Wa Shāhidin Wa Mash/hūdin 085-003 އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. وَشَاهِد‍ٍ وَمَشْه‍‍ُ‍و‍د‍ٍ
Qutila 'Aşĥābu Al-'Ukhdūdi 085-004 ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ. قُتِلَ أَصْح‍‍َ‍ا‍بُ ا‍لأُخْد‍ُو‍د‍ِ
An-Nāri Dhāti Al-Waqūdi 085-005 (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ ذ‍َا‍تِ ا‍لْوَق‍‍ُ‍و‍د‍ِ
'Idh Hum `Alayhā Qu`ūdun 085-006 އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. إِذْ هُمْ عَلَيْهَا قُع‍‍ُ‍و‍د‍ٌ
Wa Hum `Alá Mā Yaf`alūna Bil-Mu'uminīna Shuhūdun 085-007 مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ. وَهُمْ عَلَى مَا يَفْعَل‍‍ُ‍و‍نَ بِ‍‍ا‍لْمُؤْمِن‍‍ِ‍ي‍نَ شُه‍‍ُ‍و‍د‍ٌ
Wa Mā Naqamū Minhum 'Illā 'An Yu'uminū Bil-Lahi Al-`Azīzi Al-Ĥamīdi 085-008 އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. وَمَا نَقَمُو‍‍ا‍ مِنْهُمْ إِلاَّ أَ‍ن‍ْ يُؤْمِنُو‍‍ا‍ بِ‍‍ا‍للَّهِ ا‍لْعَز‍ِي‍زِ ا‍لْحَم‍‍ِ‍ي‍‍د‍ِ
Al-Ladhī Lahu Mulku As-Samāwāti Wa Al-'Arđi Wa Allāhu `Alá Kulli Shay'in Shahīdun 085-009 އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށްމިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ا‍لَّذِي لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ شَه‍‍ِ‍ي‍‍د‍ٌ
'Inna Al-Ladhīna Fatanū Al-Mu'uminīna Wa Al-Mu'umināti Thumma Lam Yatūbū Falahum `Adhābu Jahannama Wa Lahum `Adhābu Al-Ĥarīqi 085-010 ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ فَتَنُو‍‍ا‍ ا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ لَمْ يَتُوبُو‍‍ا‍ فَلَهُمْ عَذ‍َا‍بُ جَهَ‍‍ن‍ّ‍‍َمَ وَلَهُمْ عَذ‍َا‍بُ ا‍لْحَ‍‍ر‍‍ِي‍‍ق‍ِ
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum Jannātun Tajrī Min Taĥtihā Al-'Anhāru Dhālika Al-Fawzu Al-Kabīru 085-011 ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ ذَلِكَ ا‍لْفَوْزُ ا‍لْكَب‍‍ِ‍ي‍‍ر‍ُ
'Inna Baţsha Rabbika Lashadīdun 085-012 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ. إِ‍نّ‍‍َ بَ‍‍ط‍‍ْشَ رَبِّكَ لَشَد‍ِي‍‍د‍ٌ
'Innahu Huwa Yubdi'u Wa Yu`īdu 085-013 ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. إِ‍نّ‍‍َهُ هُوَ يُ‍‍ب‍‍ْدِئُ وَيُع‍‍ِ‍ي‍‍د‍ُ
Wa Huwa Al-Ghafūru Al-Wadūdu 085-014 އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. وَهُوَ ا‍لْغَف‍‍ُ‍و‍رُ ا‍لْوَد‍ُو‍د‍ُ
Dhū Al-`Arshi Al-Majīdu 085-015 عرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ. ذُو ا‍لْعَرْشِ ا‍لْمَج‍‍ِ‍ي‍‍د‍ُ
Fa``ālun Limā Yurīdu 085-016 އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ. فَعّ‍‍َ‍ا‍ل‍‍‍ٌ لِمَا يُ‍‍ر‍‍ِي‍‍د‍ُ
Hal 'Atāka Ĥadīthu Al-Junūdi 085-017 އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާރަސްކަލާނގެއެވެ. هَلْ أَت‍‍َ‍ا‍كَ حَد‍ِي‍ثُ ا‍لْجُن‍‍ُ‍و‍د‍ِ
Fir`awna Wa Thamūda 085-018 فرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ فِرْعَوْنَ وَثَم‍‍ُ‍و‍د‍َ
Bali Al-Ladhīna Kafarū Fī Takdhībin 085-019 އަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ. بَلِ ا‍لَّذ‍ِي‍نَ كَفَرُوا‍ فِي تَكْذ‍ِي‍‍ب‍‍ٍ
Wa Allāhu Min Warā'ihim Muĥīţun 085-020 اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ. وَاللَّهُ مِ‍‍ن‍ْ وَر‍َا‍ئِهِ‍‍م‍ْ مُح‍‍ِ‍ي‍‍ط‍‍ٌ
Bal Huwa Qur'ānun Majīdun 085-021 اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ. بَلْ هُوَ قُرْآن‍‍‍ٌ مَج‍‍ِ‍ي‍‍د‍ٌ
Fī Lawĥin Maĥfūžin 085-022 އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ. فِي لَوْح‍‍‍ٍ مَحْف‍‍ُ‍و‍ظ‍‍‍ٍ
Next Sūrah