83) Sūrat Al-Muţaffifīn

Printed format

83) سُورَة المُطَفِّفِين

Waylun Lilmuţaffifīna 083-001 މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ لِلْمُطَفِّف‍‍ِ‍ي‍نَ
Al-Ladhīna 'Idhā Aktālū `Alá An-Nāsi Yastawfūna 083-002 އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. ا‍لَّذ‍ِي‍نَ إِذَا ا‍كْتَالُو‍‍ا‍ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ يَسْتَوْف‍‍ُ‍و‍نَ
Wa 'Idhā Kālūhum 'Aw Wazanūhum Yukhsirūna 083-003 އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِر‍ُو‍نَ
'Alā Yažunnu 'Ūla'ika 'Annahum Mabthūna 083-004 އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. أَلاَ يَظُ‍‍ن‍ّ‍‍ُ أ‍ُ‍ولَئِكَ أَ‍نّ‍‍َهُ‍‍م‍ْ مَ‍‍ب‍‍ْعُوث‍‍ُ‍و‍نَ
Liyawmin `Ažīmin 083-005 ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ لِيَوْمٍ عَظ‍‍ِ‍ي‍م‍‍‍ٍ
Yawma Yaqūmu An-Nāsu Lirabbi Al-`Ālamīna 083-006 (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ. يَوْمَ يَق‍‍ُ‍و‍مُ ا‍ل‍‍ن‍ّ‍‍َ‍ا‍سُ لِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Kallā 'Inna Kitāba Al-Fujjāri Lafī Sijjīnin 083-007 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافر ންގެ عمل ތަކުގެ ފަތްވަނީ سِجّين ގައިކަން ކަށަވަރެވެ. كَلاَّ إِ‍نّ‍‍َ كِت‍‍َ‍ا‍بَ ا‍لفُجّ‍‍َ‍ا‍ر‍ِ لَفِي سِجّ‍‍ِ‍ي‍ن‍‍‍ٍ
Wa Mā 'Adrāka Mā Sijjīnun 083-008 سِجّين އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا سِجّ‍‍ِ‍ي‍ن‍‍‍ٌ
Kitābun Marqūmun 083-009 (އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ. كِت‍‍َ‍ا‍ب‍‍‍ٌ مَرْق‍‍ُ‍و‍م‍‍‍ٌ
Waylun Yawma'idhin Lilmukadhdhibīna 083-010 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Al-Ladhīna Yukadhdhibūna Biyawmi Ad-Dīni 083-011 އެއުރެންނީ، قيامة ދުވަސް ދޮގުކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ يُكَذِّب‍‍ُ‍و‍نَ بِيَوْمِ ا‍لدّ‍ِي‍نِ
Wa Mā Yukadhdhibu Bihi 'Illā Kullu Mu`tadin 'Athīmin 083-012 ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ،އެދުވަސް ދޮގެއް ނުކުރާނެތެވެ. وَمَا يُكَذِّبُ بِهِ إلاَّ كُلُّ مُعْتَدٍ أَث‍‍ِ‍ي‍م‍‍‍ٍ
'Idhā Tutlá `Alayhi 'Āyātunā Qāla 'Asāţīru Al-'Awwalīna 083-013 ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. إِذَا تُتْلَى عَلَيْهِ آيَاتُنَا ق‍‍َ‍ا‍لَ أَسَاط‍‍ِ‍ي‍‍ر‍ُ ا‍لأَوَّل‍‍ِ‍ي‍نَ
Kallā Bal Rāna `Alá Qulūbihim Mā Kānū Yaksibūna 083-014 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ. كَلاَّ بَلْ ر‍َا‍نَ عَلَى قُلُوبِهِ‍‍م‍ْ مَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Kallā 'Innahum `An Rabbihim Yawma'idhin Lamaĥjūbūna 083-015 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. كَلاَّ إِ‍نّ‍‍َهُمْ عَ‍‍ن‍ْ رَبِّهِمْ يَوْمَئِذ‍ٍ لَمَحْجُوب‍‍ُ‍و‍نَ
Thumma 'Innahum Laşālū Al-Jaĥīmi 083-016 ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َهُمْ لَصَالُو‍‍ا‍ ا‍لْجَح‍‍ِ‍ي‍مِ
Thumma Yuqālu Hādhā Al-Ladhī Kuntum Bihi Tukadhdhibūna 083-017 ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ. ثُ‍‍م‍ّ‍‍َ يُق‍‍َ‍ا‍لُ هَذَا ا‍لَّذِي كُ‍‍ن‍تُ‍‍م‍ْ بِهِ تُكَذِّب‍‍ُ‍و‍نَ
Kallā 'Inna Kitāba Al-'Abrāri Lafī `Illīyīna 083-018 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عمل ތަކުގެ ފަތްވަނީ عِلّـيّون ގައި ކަންކަށަވަރެވެ. كَلاَّ إِ‍نّ‍‍َ كِت‍‍َ‍ا‍بَ ا‍لأَ‍ب‍‍ْر‍َا‍ر‍ِ لَفِي عِلِّيّ‍‍ِ‍ي‍نَ
Wa Mā 'Adrāka Mā `Illīyūna 083-019 عِلـيّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا عِلِّيّ‍‍ُ‍و‍نَ
Kitābun Marqūmun 083-020 (އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ. كِت‍‍َ‍ا‍ب‍‍‍ٌ مَرْق‍‍ُ‍و‍م‍‍‍ٌ
Yash/haduhu Al-Muqarrabūna 083-021 ކުއްތަންކުރައްވާފައިވާ ملائكة ން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ. يَشْهَدُهُ ا‍لْمُقَرَّب‍‍ُ‍و‍نَ
'Inna Al-'Abrāra Lafī Na`īmin 083-022 ހަމަކަށަވަރުން، ހެޔޮލަފާމީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. إِ‍نّ‍‍َ ا‍لأَ‍ب‍‍ْر‍َا‍رَ لَفِي نَع‍‍ِ‍ي‍م‍‍‍ٍ
`Alá Al-'Arā'iki Yanžurūna 083-023 ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ. عَلَى ا‍لأَر‍َا‍ئِكِ يَ‍‍ن‍ظُر‍ُو‍نَ
Ta`rifu Fī Wujūhihim Nađrata An-Na`īmi 083-024 އެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. تَعْ‍‍ر‍‍ِفُ فِي وُجُوهِهِمْ نَضْرَةَ ا‍ل‍‍ن‍ّ‍‍َع‍‍ِ‍ي‍مِ
Yusqawna Min Raĥīqin Makhtūmin 083-025 ސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ. يُسْقَوْنَ مِ‍‍ن‍ْ رَح‍‍ِ‍ي‍ق‍‍‍ٍ مَخْت‍‍ُ‍و‍م‍‍‍ٍ
Khitāmuhu Miskun Wa Fī Dhālika Falyatanāfasi Al-Mutanāfisūna 083-026 އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! خِتَامُهُ مِسْك‍‍‍ٌ وَفِي ذَلِكَ فَلْيَتَنَافَسِ ا‍لْمُتَنَافِس‍‍ُ‍و‍نَ
Wa Mizājuhu Min Tasnīmin 083-027 އެއާ އެއްކުރައްވާފައިވަނީ تسنيم އެވެ. وَمِزَاجُهُ مِ‍‍ن‍ْ تَسْن‍‍ِ‍ي‍م‍‍‍ٍ
`Aynāan Yashrabu Bihā Al-Muqarrabūna 083-028 (އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ. عَيْنا‍ً يَشْرَبُ بِهَا ا‍لْمُقَرَّب‍‍ُ‍و‍نَ
'Inna Al-Ladhīna 'Ajramū Kānū Mina Al-Ladhīna 'Āmanū Yađĥakūna 083-029 ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ أَ‍ج‍‍ْرَمُو‍‍ا‍ كَانُو‍‍ا‍ مِنَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ يَضْحَك‍‍ُ‍و‍نَ
Wa 'Idhā Marrū Bihim Yataghāmazūna 083-030 އަދި އެއުރެން އެ مؤمن ންގެ ކައިރިންދާހިނދު، ލޮލުގެ إشارة ން ފުރައްސާރަ ކުރެތެވެ. وَإِذَا مَرُّوا‍ بِهِمْ يَتَغَامَز‍ُو‍نَ
Wa 'Idhā Anqalabū 'Ilá 'Ahlihimu Anqalabū Fakihīna 083-031 އަދި އެއުރެންގެ أهل ވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ. وَإِذَا ا‍ن‍قَلَبُ‍‍و‍‍ا‍ إِلَى أَهْلِهِمُ ا‍ن‍قَلَبُو‍‍ا‍ فَكِه‍‍ِ‍ي‍نَ
Wa 'Idhā Ra'awhum Qālū 'Inna Hā'uulā' Lađāllūna 083-032 އަދި އެއުރެން مؤمن ން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ. وَإِذَا رَأَوْهُمْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ه‍‍َ‍ا‍ؤُلاَء لَض‍‍َ‍ا‍لّ‍‍ُ‍و‍نَ
Wa Mā 'Ursilū `Alayhim Ĥāfižīna 083-033 އަދި مؤمن ންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާބަޔަކު ކަމުގައި އެ كافر ން ފޮނުއްވާފައެއް ނުވެއެވެ. وَمَ‍‍ا‍ أُرْسِلُو‍‍ا‍ عَلَيْهِمْ حَافِظ‍‍ِ‍ي‍نَ
Fālyawma Al-Ladhīna 'Āmanū Mina Al-Kuffāri Yađĥakūna 083-034 ފަހެ، إيمان ވި މީހުން މިއަދު كافر ންނާ ދިމާޔަށް ހޭނެތެވެ. فَالْيَوْمَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مِنَ ا‍لْكُفّ‍‍َ‍ا‍ر‍ِ يَضْحَك‍‍ُ‍و‍نَ
`Alá Al-'Arā'iki Yanžurūna 083-035 ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ. عَلَى ا‍لأَر‍َا‍ئِكِ يَ‍‍ن‍ظُر‍ُو‍نَ
Hal Thūwiba Al-Kuffāru Mā Kānū Yaf`alūna 083-036 كافر ންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟ هَلْ ثُوِّبَ ا‍لْكُفّ‍‍َ‍ا‍رُ مَا كَانُو‍‍ا‍ يَفْعَل‍‍ُ‍و‍نَ
Next Sūrah