54) Sūrat Al-Qamar

Printed format

54) سُورَة القَمَر

Aqtarabati As-Sā`atu Wa Anshaqqa Al-Qamaru 054-001 قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. ا‍ق‍‍ْتَرَبَتِ ا‍لسَّاعَةُ وَا‍ن‍‍ْشَقَّ ا‍لْقَمَرُ
Wa 'In Yaraw 'Āyatan Yu`riđū Wa Yaqūlū Siĥrun Mustamirrun 054-002 އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ. وَإِ‍ن‍ْ يَرَوْا آيَة‍‍‍ً يُعْ‍‍ر‍‍ِضُو‍‍ا‍ وَيَقُولُو‍‍ا‍ سِحْر‍ٌ مُسْتَمِرّ‍ٌ
Wa Kadhdhabū Wa Attaba`ū 'Ahwā'ahum Wa Kullu 'Amrin Mustaqirrun 054-003 އަދި އެއުރެން (حق ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبع ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ. وَكَذَّبُو‍‍ا‍ وَا‍تَّبَعُ‍‍و‍‍ا‍ أَهْو‍َا‍ءَهُمْ وَكُلُّ أَمْر‍ٍ مُسْتَقِرّ‍ٌ
Wa Laqad Jā'ahum Mina Al-'Anbā'i Mā Fīhi Muzdajarun 054-004 ހަމަކަށަވަރުން، خبر ތަކުގެ ތެރެއިން އެކަންކަމުގައި عبرة ހިމެނިގެންވާ خبر ތައް އެއުރެންގެ ގާތަށްއައެވެ. وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَهُ‍‍م‍ْ مِنَ ا‍لأَ‍ن‍‍ْب‍‍َ‍ا‍ءِ مَا ف‍‍ِ‍ي‍هِ مُزْدَجَر‍ٌ
Ĥikmatun Bālighatun Famā Tughni An-Nudhuru 054-005 (މިއީ) ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ. حِكْمَة‍‍‍ٌ بَالِغَة‍‍‍ٌ فَمَا تُغْنِ ا‍ل‍‍ن‍ّ‍‍ُذُرُ
Fatawalla `Anhum Yawma Yad`u Ad-Dā`i 'Ilá Shay'in Nukurin 054-006 ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! فَتَوَلَّ عَنْهُمْ يَوْمَ يَ‍‍د‍‍ْعُ ا‍لدّ‍َا‍عِ إِلَى شَيْء‍ٍ نُكُر‍ٍ
Khushsha`āan 'Abşāruhum Yakhrujūna Mina Al-'Ajthi Ka'annahum Jarādun Muntashirun 054-007 އެއުރެންގެ ލޯތައް ތިރިވެ،ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ. خُشَّعاً أَ‍ب‍‍ْصَارُهُمْ يَخْرُج‍‍ُ‍و‍نَ مِنَ ا‍لأَ‍ج‍‍ْد‍َا‍ثِ كَأَ‍نّ‍‍َهُمْ جَر‍َا‍د‍ٌ مُ‍‍ن‍تَشِر‍ٌ
Muhţi`īna 'Ilá Ad-Dā`i Yaqūlu Al-Kāfirūna Hādhā Yawmun `Asirun 054-008 ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حال ގައެވެ. كافر ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ. مُهْطِع‍‍ِ‍ي‍نَ إِلَى ا‍لدّ‍َا‍عِ يَق‍‍ُ‍و‍لُ ا‍لْكَافِر‍ُو‍نَ هَذَا يَوْمٌ عَسِر‍ٌ
Kadhdhabat Qablahum Qawmu Nūĥin Fakadhdhabū `Abdanā Wa Qālū Majnūnun Wa Azdujira 054-009 އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ. كَذَّبَتْ قَ‍‍ب‍‍ْلَهُمْ قَوْمُ ن‍‍ُ‍و‍ح‍‍‍ٍ فَكَذَّبُو‍‍ا‍ عَ‍‍ب‍‍ْدَنَا وَقَالُو‍‍ا‍ مَ‍‍ج‍‍ْن‍‍ُ‍و‍ن‍‍‍ٌ وَا‍زْدُجِ‍‍ر‍َ
Fada`ā Rabbahu 'Annī Maghlūbunntaşir 054-010 ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ! فَدَعَا رَبَّهُ أَ‍نّ‍‍ِي مَغْل‍‍ُ‍و‍ب‍‍‍ٌ فَا‍ن‍‍ْتَصِرْ
Fafataĥnā 'Abwāba As-Samā'i Bimā'in Munhamirin 054-011 ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. فَفَتَحْنَ‍‍ا‍ أَ‍ب‍‍ْو‍َا‍بَ ا‍لسَّم‍‍َ‍ا‍ءِ بِم‍‍َ‍ا‍ء‍ٍ مُنْهَمِر‍ٍ
Wa Fajjarnā Al-'Arđa `Uyūnāan Fāltaqá Al-Mā'u `Alá 'Amrin Qad Qudira 054-012 އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. وَفَجَّرْنَا ا‍لأَرْضَ عُيُونا‍ً فَا‍ل‍‍ْتَقَى ا‍لْم‍‍َ‍ا‍ءُ عَلَى أَمْر‍ٍ قَ‍‍د‍ْ قُدِ‍ر‍َ
Wa Ĥamalnāhu `Alá Dhāti 'Alwāĥin Wa Dusurin 054-013 އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. وَحَمَلْن‍‍َ‍ا‍هُ عَلَى ذ‍َا‍تِ أَلْو‍َا‍ح‍‍‍ٍ وَدُسُر‍ٍ
Tajrī Bi'a`yuninā Jazā'an Liman Kāna Kufira 054-014 ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ. تَ‍‍ج‍‍ْ‍‍ر‍‍ِي بِأَعْيُنِنَا جَز‍َا‍ء‍ً لِمَ‍‍ن‍ْ ك‍‍َ‍ا‍نَ كُفِ‍‍ر‍َ
Wa Laqad Taraknāhā 'Āyatan Fahal Min Muddakirin 054-015 އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ وَلَقَ‍‍د‍ْ تَرَكْنَاهَ‍‍ا آيَة‍‍‍ً فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Fakayfa Kāna `Adhābī Wa Nudhuri 054-016 ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ فَكَيْفَ ك‍‍َ‍ا‍نَ عَذَابِي وَنُذُ‍ر‍ِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin 054-017 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ وَلَقَ‍‍د‍ْ يَسَّرْنَا ا‍لْقُرْآنَ لِلذِّكْ‍‍ر‍ِ فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Kadhdhabat `Ādun Fakayfa Kāna `Adhābī Wa Nudhuri 054-018 عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ كَذَّبَتْ ع‍‍َ‍ا‍د‍ٌ فَكَيْفَ ك‍‍َ‍ا‍نَ عَذَابِي وَنُذُ‍ر‍ِ
'Innā 'Arsalnā `Alayhim Rīĥāan Şarşarāan Fī Yawmi Naĥsin Mustamirrin 054-019 ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْنَا عَلَيْهِمْ ‍ر‍‍ِيحا‍ً صَرْصَرا‍ً فِي يَوْمِ نَحْس‍‍‍ٍ مُسْتَمِرّ‍ٍ
Tanzi`u An-Nāsa Ka'annahum 'A`jāzu Nakhlin Munqa`irin 054-020 އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ. تَ‍‍ن‍زِعُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ كَأَ‍نّ‍‍َهُمْ أَعْج‍‍َ‍ا‍زُ نَخْل‍‍‍ٍ مُ‍‍ن‍‍ْقَعِر‍ٍ
Fakayfa Kāna `Adhābī Wa Nudhuri 054-021 ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުންހެއްޔެވެ؟ فَكَيْفَ ك‍‍َ‍ا‍نَ عَذَابِي وَنُذُ‍ر‍ِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin 054-022 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟ وَلَقَ‍‍د‍ْ يَسَّرْنَا ا‍لْقُرْآنَ لِلذِّكْ‍‍ر‍ِ فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Kadhdhabat Thamūdu Bin-Nudhuri 054-023 ثمود ބާގައިމީހުން إنذار ތައް ދޮގުކުރޫއެވެ. كَذَّبَتْ ثَم‍‍ُ‍و‍دُ بِ‍‍ا‍ل‍‍ن‍ّ‍‍ُذُ‍ر‍ِ
Faqālū 'Abasharāan Minnā Wāĥidāan Nattabi`uhu 'Innā 'Idhāan Lafī Đalālin Wa Su`urin 054-024 ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبع ވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدم ގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. فَقَالُ‍‍و‍‍ا‍ أَبَشَرا‍ً مِ‍‍ن‍ّ‍‍َا وَا‍حِدا‍ً نَتَّبِعُهُ إِ‍نّ‍‍َ‍‍ا إِذا‍ً لَفِي ضَلاَل‍‍‍ٍ وَسُعُر‍ٍ
'A'uulqiya Adh-Dhikru `Alayhi Min Bayninā Bal Huwa Kadhdhābun 'Ashirun 054-025 ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحى ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީީހެކެވެ. أَؤُلْقِيَ ا‍لذِّكْرُ عَلَيْهِ مِ‍‍ن‍ْ بَيْنِنَا بَلْ هُوَ كَذّ‍َا‍بٌ أَشِر‍ٌ
Saya`lamūna Ghadāan Mani Al-Kadhdhābu Al-'Ashiru 054-026 ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ. سَيَعْلَم‍‍ُ‍و‍نَ غَدا‍ً مَنِ ا‍لْكَذّ‍َا‍بُ ا‍لأَشِ‍‍ر‍ُ
'Innā Mursilū An-Nāqati Fitnatan Lahum Fārtaqibhum Wa Aşţabir 054-027 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحان އެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظار ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ! إِ‍نّ‍‍َا مُرْسِلُو ا‍ل‍‍ن‍ّ‍‍َاقَةِ فِتْنَة‍‍‍ً لَهُمْ فَارْتَقِ‍‍ب‍‍ْهُمْ وَا‍صْطَبِرْ
Wa Nabbi'hum 'Anna Al-Mā'a Qismatun Baynahum Kullu Shirbin Muĥtađarun 054-028 އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު)ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) حاضر ކުރައްވާފައިވެއެވެ. وَنَبِّئْهُمْ أَ‍نّ‍‍َ ا‍لْم‍‍َ‍ا‍ءَ قِسْمَة‍‍‍ٌ بَيْنَهُمْ كُلُّ شِرْب‍‍‍ٍ مُحْتَضَر‍ٌ
Fanādaw Şāĥibahum Fata`āţá Fa`aqara 054-029 ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ. فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ
Fakayfa Kāna `Adhābī Wa Nudhuri 054-030 ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުންހެއްޔެވެ؟ فَكَيْفَ ك‍‍َ‍ا‍نَ عَذَابِي وَنُذُ‍ر‍ِ
'Innā 'Arsalnā `Alayhim Şayĥatan Wāĥidatan Fakānū Kahashīmi Al-Muĥtažiri 054-031 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْنَا عَلَيْهِمْ صَيْحَة‍‍‍ً وَا‍حِدَة‍‍‍ً فَكَانُو‍‍ا‍ كَهَش‍‍ِ‍ي‍مِ ا‍لْمُحْتَظِرِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin 054-032 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ وَلَقَ‍‍د‍ْ يَسَّرْنَا ا‍لْقُرْآنَ لِلذِّكْ‍‍ر‍ِ فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Kadhdhabat Qawmu Lūţin Bin-Nudhuri 054-033 لوط ގެފާނުގެ قوم ގެމީހުން إنذار ތައް ދޮގުކުރޫއެވެ. كَذَّبَتْ قَوْمُ ل‍‍ُ‍و‍ط‍‍‍ٍ بِ‍‍ا‍ل‍‍ن‍ّ‍‍ُذُ‍ر‍ِ
'Innā 'Arsalnā `Alayhim Ĥāşibāan 'Illā 'Āla Lūţin Najjaynāhum Bisaĥarin 054-034 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْنَا عَلَيْهِمْ حَاصِبا‍ً إِلاَّ آلَ ل‍‍ُ‍و‍ط‍‍‍ٍ نَجَّيْنَاهُ‍‍م‍ْ بِسَحَر‍ٍ
Ni`matan Min `Indinā Kadhālika Najzī Man Shakara 054-035 ތިމަންރަސްކަލާނގެ حضرة ން ދެއްވި نعمة އެއްގެގޮތުގައެވެ. شكر ކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ. نِعْمَة‍‍‍ً مِنْ عِ‍‍ن‍‍ْدِنَا كَذَلِكَ نَ‍‍ج‍‍ْزِي مَ‍‍ن‍ْ شَكَرَ
Wa Laqad 'Andharahum Baţshatanā Fatamāraw Bin-Nudhuri 054-036 އަދިހަމަކަށަވަރުން، ތިމަންރަސްކަލާނގެ عقوبات ގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިއެވެ. ފަހެ، އެއުރެން އެ إنذار ތަކާމެދު شك ކުރޫއެވެ. وَلَقَ‍‍د‍ْ أَن‍ذَرَهُ‍‍م‍ْ بَ‍‍ط‍‍ْشَتَنَا فَتَمَارَوْا بِ‍‍ا‍ل‍‍ن‍ّ‍‍ُذُ‍ر‍ِ
Wa Laqad Rāwadūhu `An Đayfihi Faţamasnā 'A`yunahum Fadhūqū `Adhābī Wa Nudhuri 054-037 އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ! وَلَقَ‍‍د‍ْ رَاوَد‍ُو‍هُ عَ‍‍ن‍ْ ضَيْفِهِ فَطَمَسْنَ‍‍ا‍ أَعْيُنَهُمْ فَذُوقُو‍‍ا‍ عَذَابِي وَنُذُ‍ر‍ِ
Wa Laqad Şabbaĥahum Bukratan `Adhābun Mustaqirrun 054-038 އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި عذاب އައިސް އެއުރެންނަށް ޖެހުނެވެ. وَلَقَ‍‍د‍ْ صَبَّحَهُ‍‍م‍ْ بُكْرَةً عَذ‍َا‍ب‍‍‍ٌ مُسْتَقِرّ‍ٌ
Fadhūqū `Adhābī Wa Nudhuri 054-039 ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ! فَذُوقُو‍‍ا‍ عَذَابِي وَنُذُ‍ر‍ِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin 054-040 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ وَلَقَ‍‍د‍ْ يَسَّرْنَا ا‍لْقُرْآنَ لِلذِّكْ‍‍ر‍ِ فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Wa Laqad Jā'a 'Āla Fir`awna An-Nudhuru 054-041 ހަމަކަށަވަރުން، فرعون ގެމީހުންގެ ގާތަށް إنذار ތައް އައެވެ. وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَ آلَ فِرْعَوْنَ ا‍ل‍‍ن‍ّ‍‍ُذُرُ
Kadhdhabū Bi'āyātinā Kullihā Fa'akhadhnāhum 'Akhdha `Azīzin Muqtadirin 054-042 ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ معجزات ތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، عزيز ވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. كَذَّبُو‍‍ا‍ بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَز‍ِي‍ز‍ٍ مُ‍‍ق‍‍ْتَدِر‍ٍ
'Akuffārukum Khayrun Min 'Ūla'ikum 'Am Lakum Barā'atun Az-Zuburi 054-043 އެއުރެންނަށްވުރެ ތިޔަބައިމީހުންގެ كافر ން، ހެޔޮކަން ބޮޑީހެއްޔެެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި عذاب ން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟ أَكُفَّارُكُمْ خَيْر‍ٌ مِنْ أ‍ُ‍وْلَئِكُمْ أَمْ لَكُ‍‍م‍ْ بَر‍َا‍ءَة‍‍‍ٌ فِي ا‍لزُّبُ‍‍ر‍ِ
'Am Yaqūlūna Naĥnu Jamī`un Muntaşirun 054-044 ނުވަތަ ތިމަންމެން އެންމެންނީ، نصر ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟ أَمْ يَقُول‍‍ُ‍و‍نَ نَحْنُ جَم‍‍ِ‍ي‍ع‍‍‍ٌ مُ‍‍ن‍‍ْتَصِر‍ٌ
Sayuhzamu Al-Jam`u Wa Yuwallūna Ad-Dubura 054-045 އެ (كافر ންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ. سَيُهْزَمُ ا‍لْجَمْعُ وَيُوَلّ‍‍ُ‍و‍نَ ا‍لدُّبُرَ
Bali As-Sā`atu Maw`iduhum Wa As-Sā`atu 'Ad/há Wa 'Amarru 054-046 އަދި ކިއެއްތަ! އެއުރެންނަށް (عذاب ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامة ވުމުގެ ވަގުތެވެ. އަދި قيامة ވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ. بَلِ ا‍لسَّاعَةُ مَوْعِدُهُمْ وَا‍لسَّاعَةُ أَ‍د‍‍ْهَى وَأَمَرُّ
'Inna Al-Mujrimīna Fī Đalālin Wa Su`urin 054-047 ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ. إِ‍نّ‍‍َ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ فِي ضَلاَل‍‍‍ٍ وَسُعُر‍ٍ
Yawma Yusĥabūna Fī An-Nāri `Alá Wujūhihim Dhūqū Massa Saqara 054-048 (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! يَوْمَ يُسْحَب‍‍ُ‍و‍نَ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ عَلَى وُجُوهِهِمْ ذُوقُو‍‍ا‍ مَسَّ سَقَرَ
'Innā Kulla Shay'in Khalaqnāhu Biqadarin 054-049 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ. إِ‍نّ‍‍َا كُلَّ شَيْءٍ خَلَ‍‍ق‍‍ْن‍‍َ‍ا‍هُ بِقَدَر‍ٍ
Wa Mā 'Amrunā 'Illā Wāĥidatun Kalamĥin Bil-Başari 054-050 އަދިތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ. وَمَ‍‍ا‍ أَمْرُنَ‍‍ا إِلاَّ وَا‍حِدَة‍‍‍ٌ كَلَمْح‍‍‍ٍ بِ‍‍ا‍لْبَصَ‍‍ر‍ِ
Wa Laqad 'Ahlaknā 'Ashyā`akum Fahal Min Muddakirin 054-051 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟ وَلَقَ‍‍د‍ْ أَهْلَكْنَ‍‍ا‍ أَشْيَاعَكُمْ فَهَلْ مِ‍‍ن‍ْ مُدَّكِر‍ٍ
Wa Kullu Shay'in Fa`alūhu Fī Az-Zuburi 054-052 އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ. وَكُلُّ شَيْء‍ٍ فَعَل‍‍ُ‍و‍هُ فِي ا‍لزُّبُ‍‍ر‍ِ
Wa Kullu Şaghīrin Wa Kabīrin Mustaţarun 054-053 އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظ ގައި) ލިޔުއްވާފައިވެއެވެ. وَكُلُّ صَغ‍‍ِ‍ي‍ر‍ٍ وَكَب‍‍ِ‍ي‍ر‍ٍ مُسْتَطَر‍ٌ
'Inna Al-Muttaqīna Fī Jannātin Wa Naharin 054-054 ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمة ގައެވެ. إِ‍نّ‍‍َ ا‍لْمُتَّق‍‍ِ‍ي‍نَ فِي جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ وَنَهَر‍ٍ
Fī Maq`adi Şidqin `Inda Malīkin Muqtadirin 054-055 ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ. فِي مَ‍‍ق‍‍ْعَدِ صِ‍‍د‍‍ْقٍ عِ‍‍ن‍‍ْدَ مَل‍‍ِ‍ي‍ك‍‍‍ٍ مُ‍‍ق‍‍ْتَدِر‍ٍ
Next Sūrah