55) Sūrat Ar-Raĥmān

Printed format

55) سُورَة الرَّحمَان

Ar-Raĥmānu 055-001 رحمن ވަންތަ ރަސްކަލާނގެއެވެ. ا‍لرَّحم‍‍َ‍ا‍نُ
`Allama Al-Qur'āna 055-002 އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ. عَلَّمَ ا‍لْقُرْآنَ
Khalaqa Al-'Insāna 055-003 އެކަލާނގެ އިންސާނާ ހެއްދެވިއެވެ. خَلَقَ ا‍لإِن‍س‍‍َ‍ا‍نَ
`Allamahu Al-Bayāna 055-004 އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. عَلَّمَهُ ا‍لْبَي‍‍َ‍ا‍نَ
Ash-Shamsu Wa Al-Qamaru Biĥusbānin 055-005 އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ. ا‍لشَّمْسُ وَا‍لْقَمَرُ بِحُسْب‍‍َ‍ا‍ن‍‍‍ٍ
Wa An-Najmu Wa Ash-Shajaru Yasjudāni 055-006 އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدة ކުރެތެވެ. وَال‍‍ن‍ّ‍‍َ‍‍ج‍‍ْمُ وَا‍لشَّجَرُ يَسْجُد‍َا‍نِ
Wa As-Samā'a Rafa`ahā Wa Wađa`a Al-Mīzāna 055-007 އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ. وَالسَّم‍‍َ‍ا‍ءَ رَفَعَهَا وَوَضَعَ ا‍لْمِيز‍َا‍نَ
'Allā Taţghaw Fī Al-Mīzāni 055-008 މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ. أَلاَّ تَ‍‍ط‍‍ْغَوْا فِي ا‍لْمِيز‍َا‍نِ
Wa 'Aqīmū Al-Wazna Bil-Qisţi Wa Lā Tukhsirū Al-Mīzāna 055-009 عدل إنصاف ގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! وَأَقِيمُو‍‍ا‍ ا‍لْوَزْنَ بِ‍‍ا‍لْقِسْطِ وَلاَ تُخْسِرُوا‍ ا‍لْمِيز‍َا‍نَ
Wa Al-'Arđa Wađa`ahā Lil'anāmi 055-010 އަދި خلق ތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ. وَالأَرْضَ وَضَعَهَا لِلأَن‍‍َ‍ا‍مِ
Fīhā Fākihatun Wa An-Nakhlu Dhātu Al-'Akmāmi 055-011 އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. فِيهَا فَاكِهَة‍‍‍ٌ وَا‍ل‍‍ن‍ّ‍‍َخْلُ ذ‍َا‍تُ ا‍لأَكْم‍‍َ‍ا‍مِ
Wa Al-Ĥabbu Dhū Al-`Aşfi Wa Ar-Rayĥānu 055-012 އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. وَالْحَبُّ ذُو ا‍لْعَصْفِ وَا‍لرَّيْح‍‍َ‍ا‍نُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-013 އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Khalaqa Al-'Insāna Min Şalşālin Kālfakhkhāri 055-014 މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވިއެވެ. خَلَقَ ا‍لإِن‍س‍‍َ‍ا‍نَ مِ‍‍ن‍ْ صَلْص‍‍َ‍ا‍ل‍‍‍ٍ كَالْفَخّ‍‍َ‍ا‍ر‍ِ
Wa Khalaqa Al-Jānna Minrijin Min Nārin 055-015 އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ. وَخَلَقَ ا‍لْج‍‍َ‍ا‍نّ‍‍َ مِ‍‍ن‍ْ مَا‍ر‍‍ِج‍‍‍ٍ مِ‍‍ن‍ْ ن‍‍َ‍ا‍ر‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-016 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Rabbu Al-Mashriqayni Wa Rabbu Al-Maghribayni 055-017 އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.) رَبُّ ا‍لْمَشْ‍‍ر‍‍ِقَيْنِ وَرَبُّ ا‍لْمَغْ‍‍ر‍‍ِبَيْنِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-018 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Maraja Al-Baĥrayni Yaltaqiyāni 055-019 އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ. مَرَجَ ا‍لْبَحْرَيْنِ يَلْتَقِي‍‍َ‍ا‍نِ
Baynahumā Barzakhun Lā Yabghiyāni 055-020 އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ. بَيْنَهُمَا بَرْزَخ‍‍‍ٌ لاَ يَ‍‍ب‍‍ْغِي‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-021 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Yakhruju Minhumā Al-Lu'ulu'uu Wa Al-Marjānu 055-022 އެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ. يَخْرُجُ مِنْهُمَا ا‍للُّؤْلُؤُ وَا‍لْمَرْج‍‍َ‍ا‍نُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-023 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Wa Lahu Al-Jawāri Al-Munsha'ātu Fī Al-Baĥri Kāl'a`lāmi 055-024 އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملك ވެގެންވަނީ، އެކަލާނގެއަށެވެ. وَلَهُ ا‍لْجَو‍َا‍ر‍ِ ا‍لْمُ‍‍ن‍شَآتُ فِي ا‍لْبَحْ‍‍ر‍ِ كَالأَعْلاَمِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-025 (އޭ ޖިންނީންނާއި،އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Kullu Man `Alayhā Fānin 055-026 އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. كُلُّ مَنْ عَلَيْهَا ف‍‍َ‍ا‍ن‍‍‍ٍ
Wa Yabqá Wajhu Rabbika Dhū Al-Jalāli Wa Al-'Ikrāmi 055-027 އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ. وَيَ‍‍ب‍‍ْقَى وَج‍‍ْهُ رَبِّكَ ذُو ا‍لْجَلاَلِ وَا‍لإِكْر‍َا‍مِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-028 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Yas'aluhu Man As-Samāwāti Wa Al-'Arđi Kulla Yawmin Huwa Fī Sha'nin 055-029 އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން عزّة ތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް رزق ދެއްވައި، އަނެއްބަޔަކު محروم ކުރައްވަތެވެ.) يَسْأَلُهُ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ كُلَّ يَوْمٍ هُوَ فِي شَأْن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-030 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Sanafrughu Lakum 'Ayyuhā Ath-Thaqalāni 055-031 އޭ ޖިންނީންނާއި، އިންސީންނާދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ حكم ކުރައްވާ ހުށީމެވެ. سَنَفْرُغُ لَكُمْ أَيُّهَا ا‍لثَّقَلاَنِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-032 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Yā Ma`shara Al-Jinni Wa Al-'Insi 'Ini Astaţa`tum 'An Tanfudhū Min 'Aqţāri As-Samāwāti Wa Al-'Arđi Fānfudhū Lā Tanfudhūna 'Illā Bisulţānin 055-033 އޭ ޖިންނީންނާއި، އިންސީންގެ جماعة ގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ. يَامَعْشَرَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِن‍سِ إِنِ ا‍سْتَطَعْتُمْ أَ‍ن‍ْ تَ‍‍ن‍فُذُوا‍ مِنْ أَ‍ق‍‍ْط‍‍َ‍ا‍ر‍ِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ فَان‍فُذُوا‍ لاَ تَ‍‍ن‍فُذ‍ُو‍نَ إِلاَّ بِسُلْط‍‍َ‍ا‍ن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-034 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Yursalu `Alaykumā Shuwāžun Min Nārin Wa Nuĥāsun Falā Tantaşirāni 055-035 ތިޔަ ދެބައިމީހުންގެ މައްޗަށް (قيامة ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصر އެއް ނުލިބޭނެތެވެ. يُرْسَلُ عَلَيْكُمَا شُو‍َا‍ظ‍‍‍ٌ مِ‍‍ن‍ْ ن‍‍َ‍ا‍ر‍ٍ وَنُح‍‍َ‍ا‍س‍‍‍ٌ فَلاَ تَ‍‍ن‍تَصِر‍َا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-036 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fa'idhā Anshaqqati As-Samā'u Fakānat Wardatan Kālddihāni 055-037 ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. فَإِذَا ا‍ن‍شَقَّتِ ا‍لسَّم‍‍َ‍ا‍ءُ فَكَانَتْ وَرْدَة‍‍‍ً كَال‍دِّه‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-038 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fayawma'idhin Lā Yus'alu `An Dhanbihi 'Insun Wa Lā Jānnun 055-039 ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوال އެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.) فَيَوْمَئِذ‍ٍ لاَ يُسْأَلُ عَ‍‍ن‍ْ ذَ‍ن‍‍ْبِهِ إِن‍س‍‍‍ٌ وَلاَ ج‍‍َ‍ا‍نّ‍‍‍ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-040 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Yu`rafu Al-Mujrimūna Bisīmāhum Fayu'ukhadhu Bin-Nawāşī Wa Al-'Aqdāmi 055-041 (އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ. يُعْرَفُ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ بِسِيمَاهُمْ فَيُؤْخَذُ بِ‍‍ا‍ل‍‍ن‍ّ‍‍َوَاصِي وَا‍لأَ‍ق‍‍ْد‍َا‍مِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-042 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Hadhihi Jahannamu Allatī Yukadhdhibu Bihā Al-Mujrimūna 055-043 މިއީ ކުށްވެރިން ދޮގުކޮށްއުޅުނު ނަރަކަޔެވެ. هَذِهِ جَهَ‍‍ن‍ّ‍‍َمُ ا‍لَّتِي يُكَذِّبُ بِهَا ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ
Yaţūfūna Baynahā Wa Bayna Ĥamīmin 'Ānin 055-044 އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ. يَطُوف‍‍ُ‍و‍نَ بَيْنَهَا وَبَيْنَ حَم‍‍ِ‍ي‍م‍‍‍ٍ آن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-045 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Wa Liman Khāfa Maqāma Rabbihi Jannatāni 055-046 އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ. وَلِمَنْ خ‍‍َ‍ا‍فَ مَق‍‍َ‍ا‍مَ رَبِّهِ جَ‍‍ن‍ّ‍‍َت‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-047 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Dhawātā 'Afnānin 055-048 ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ. ذَوَاتَ‍‍ا‍ أَفْن‍‍َ‍ا‍ن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-049 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhimā `Aynāni Tajriyāni 055-050 ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ. فِيهِمَا عَيْن‍‍َ‍ا‍نِ تَ‍‍ج‍‍ْ‍‍ر‍‍ِي‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-051 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެنعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhimā Min Kulli Fākihatin Zawjāni 055-052 ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ. فِيهِمَا مِ‍‍ن‍ْ كُلِّ فَاكِهَة‍‍‍ٍ زَوْج‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-053 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Muttaki'īna `Alá Furushin Baţā'inuhā Min 'Istabraqin Wa Janá Al-Jannatayni Dānin 055-054 (އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް إستبرق ންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ. مُتَّكِئ‍‍ِ‍ي‍نَ عَلَى فُرُش‍‍‍ٍ بَط‍‍َ‍ا‍ئِنُهَا مِ‍‍ن‍ْ إِسْتَ‍‍ب‍‍ْرَق‍‍‍ٍ وَجَنَى ا‍لْجَ‍‍ن‍ّ‍‍َتَيْنِ د‍َا‍ن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-055 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhinna Qāşirātu Aţ-Ţarfi Lam Yaţmithhunna 'Insun Qablahum Wa Lā Jānnun 055-056 ކަޅިތައް عفة ތެރި، حورالعين ން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. فِيهِ‍‍ن‍ّ‍‍َ قَاصِر‍َا‍تُ ا‍لطَّرْفِ لَمْ يَ‍‍ط‍‍ْمِثْهُ‍‍ن‍ّ‍‍َ إِ‍ن‍‍ْس‍‍‍ٌ قَ‍‍ب‍‍ْلَهُمْ وَلاَ ج‍‍َ‍ا‍نّ‍‍‍ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-057 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Ka'annahunna Al-Yāqūtu Wa Al-Marjānu 055-058 (ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ياقوت އާއި، مرجان ފަދައެވެ. كَأَ‍نّ‍‍َهُ‍‍ن‍ّ‍‍َ ا‍لْيَاق‍‍ُ‍و‍تُ وَا‍لْمَرْج‍‍َ‍ا‍نُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-059 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Hal Jazā'u Al-'Iĥsāni 'Illā Al-'Iĥsānu 055-060 ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟ هَلْ جَز‍َا‍ءُ ا‍لإِحْس‍‍َ‍ا‍نِ إِلاَّ ا‍لإِحْس‍‍َ‍ا‍نُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-061 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Wa Min Dūnihimā Jannatāni 055-062 އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ. وَمِ‍‍ن‍ْ دُونِهِمَا جَ‍‍ن‍ّ‍‍َت‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-063 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Mud/hāmmatāni 055-064 (އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ. مُ‍‍د‍‍ْه‍‍َ‍ا‍مّ‍‍َت‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-065 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhimā `Aynāni Nađđākhatāni 055-066 ފެން އަރައަރާ ހުންނަ ދެ އާރު،އެ ދެތާނގައިވެއެވެ. فِيهِمَا عَيْن‍‍َ‍ا‍نِ نَضَّاخَت‍‍َ‍ا‍نِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-067 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhimā Fākihatun Wa Nakhlun Wa Rummānun 055-068 އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ. فِيهِمَا فَاكِهَة‍‍‍ٌ وَنَخْل‍‍‍ٌ وَرُ‍مّ‍‍َ‍ا‍ن‍‍‍ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-069 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Fīhinna Khayrātun Ĥisānun 055-070 ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ. فِيهِ‍‍ن‍ّ‍‍َ خَيْر‍َا‍تٌ حِس‍‍َ‍ا‍ن‍‍‍ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-071 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Ĥūrun Maqşūrātun Al-Khiyāmi 055-072 (އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ حور ންތަކެކެވެ. ح‍ُو‍ر‍ٌ مَ‍‍ق‍‍ْصُور‍َا‍ت‍‍‍ٌ فِي ا‍لْخِي‍‍َ‍ا‍مِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-073 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Lam Yaţmithhunna 'Insun Qablahum Wa Lā Jānnun 055-074 އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. لَمْ يَ‍‍ط‍‍ْمِثْهُ‍‍ن‍ّ‍‍َ إِن‍س‍‍‍ٌ قَ‍‍ب‍‍ْلَهُمْ وَلاَ ج‍‍َ‍ا‍نّ‍‍‍ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-075 (އޭޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Muttaki'īna `Alá Rafrafin Khrin Wa `Abqarīyin Ĥisānin 055-076 ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخمل ގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حال ގައެވެ. مُتَّكِئ‍‍ِ‍ي‍نَ عَلَى رَفْرَفٍ خُضْر‍ٍ وَعَ‍‍ب‍‍ْقَ‍‍ر‍‍ِيٍّ حِس‍‍َ‍ا‍ن‍‍‍ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni 055-077 (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّب‍‍َ‍ا‍نِ
Tabāraka Asmu Rabbika Dhī Al-Jalāli Wa Al-'Ikrāmi 055-078 ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ اسم ފުޅު މަތިވެރިވެގެންވެއެވެ. تَبَارَكَ ا‍سْمُ رَبِّكَ ذِي ا‍لْجَلاَلِ وَا‍لإِكْر‍َا‍مِ
Next Sūrah