36) Sūrat Yā -Sīn

Printed format

36) سُورَة يَا-سِين

Yā -Sīn 036-001 ى س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) يَا-سِي‍‍ن
Wa Al-Qur'āni Al-Ĥakīmi 036-002 حكمة ތެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. وَالْقُرْآنِ ا‍لْحَك‍‍ِ‍ي‍مِ
'Innaka Lamina Al-Mursalīna 036-003 ހަމަކަށަވަރުން، ކަލޭގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. إِ‍نّ‍‍َكَ لَمِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
`Alá Şirāţin Mustaqīmin 036-004 ސީދާވެގެންވާ މަގެއްގެ މަތީގައެވެ. عَلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Tanzīla Al-`Azīzi Ar-Raĥīmi 036-005 އެ ފޮތަކީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެ ބާވައިލެއްވި ފޮތެވެ. تَ‍‍ن‍ز‍ِي‍لَ ا‍لْعَز‍ِي‍زِ ا‍لرَّح‍‍ِ‍ي‍مِ
Litundhira Qawmāan Mā 'Undhira 'Ābā'uuhum Fahum Ghāfilūna 036-006 އެއުރެންގެ ކާބަފައިންނަށް إنذار ކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. ފަހެ، އެއުރެންނީ غافل ވެގެންވާ ބަޔެކެވެ. لِتُ‍‍ن‍ذِ‍ر‍َ قَوْما‍ً مَ‍‍ا‍ أُن‍ذِ‍ر‍َ آب‍‍َ‍ا‍ؤُهُمْ فَهُمْ غَافِل‍‍ُ‍و‍نَ
Laqad Ĥaqqa Al-Qawlu `Alá 'Aktharihim Fahum Lā Yu'uminūna 036-007 ހަމަކަށަވަރުން، އެއުރެންކުރެން ގިނަމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حق ވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. لَقَ‍‍د‍ْ حَقَّ ا‍لْقَوْلُ عَلَى أَكْثَ‍‍ر‍‍ِهِمْ فَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
'Innā Ja`alnā Fī 'A`nāqihim 'Aghlālāan Fahiya 'Ilá Al-'Adhqāni Fahum Muqmaĥūna 036-008 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެންވަނީ ބޯތައް އުފުލިގެންނެވެ. إِ‍نّ‍‍َا جَعَلْنَا فِ‍‍ي‍ أَعْنَاقِهِمْ أَغْلاَلا‍ً فَهِيَ إِلَى ا‍لأَذْق‍‍َ‍ا‍نِ فَهُ‍‍م‍ْ مُ‍‍ق‍‍ْمَح‍‍ُ‍و‍نَ
Wa Ja`alnā Min Bayni 'Aydīhim Saddāan Wa Min Khalfihim Saddāan Fa'aghshaynāhum Fahum Lā Yubşirūna 036-009 އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދިތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. وَجَعَلْنَا مِ‍‍ن‍ْ بَيْنِ أَيْدِيهِمْ سَدّا‍ً وَمِنْ خَلْفِهِمْ سَدّا‍ً فَأَغْشَيْنَاهُمْ فَهُمْ لاَ يُ‍‍ب‍‍ْصِر‍ُو‍نَ
Wa Sawā'un `Alayhim 'A'andhartahum 'Am Lam Tundhirhum Lā Yu'uminūna 036-010 އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. وَسَو‍َا‍ءٌ عَلَيْهِمْ أَأَن‍ذَرْتَهُمْ أَمْ لَمْ تُ‍‍ن‍ذِرْهُمْ لاَ يُؤْمِن‍‍ُ‍و‍نَ
'Innamā Tundhiru Mani Attaba`a Adh-Dhikra Wa Khashiya Ar-Raĥmana Bil-Ghaybi Fabashshirhu Bimaghfiratin Wa 'Ajrin Karīmin 036-011 ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ! إِ‍نّ‍‍َمَا تُ‍‍ن‍ذِ‍ر‍ُ مَنِ ا‍تَّبَعَ ا‍لذِّكْرَ وَخَشِيَ ا‍لرَّحْمَنَ بِ‍‍ا‍لْغَيْبِ فَبَشِّرْهُ بِمَغْفِرَة‍‍‍ٍ وَأَ‍ج‍‍ْر‍ٍ كَ‍‍ر‍‍ِي‍م‍‍‍ٍ
'Innā Naĥnu Nuĥyi Al-Mawtá Wa Naktubu Mā Qaddamū Wa 'Āthārahum Wa Kulla Shay'in 'Ĥşaynāhu Fī 'Imāmin Mubīnin 036-012 ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ. إِ‍نّ‍‍َا نَحْنُ نُحْيِ ا‍لْمَوْتَى وَنَكْتُبُ مَا قَدَّمُو‍‍ا‍ وَآثَارَهُمْ وَكُلَّ شَيْءٍ أحْصَيْن‍‍َ‍ا‍هُ فِ‍‍ي إِم‍‍َ‍ا‍م‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Wa Ađrib Lahum Mathalāan 'Aşĥāba Al-Qaryati 'Idh Jā'ahā Al-Mursalūna 036-013 ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ. وَاضْ‍‍ر‍‍ِ‍ب‍ْ لَهُ‍‍م‍ْ مَثَلاً أَصْح‍‍َ‍ا‍بَ ا‍لْقَرْيَةِ إِذْ ج‍‍َ‍ا‍ءَهَا ا‍لْمُرْسَل‍‍ُ‍و‍نَ
'Idh 'Arsalnā 'Ilayhimu Athnayni Fakadhdhabūhumā Fa`azzaznā Bithālithin Faqālū 'Innā 'Ilaykum Mursalūna 036-014 ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ންފޮނުއްވިހިނދެެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ. إِذْ أَرْسَلْنَ‍‍ا إِلَيْهِمُ ا‍ثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِث‍‍‍ٍ فَقَالُ‍‍و‍‍ا‍ إِ‍نّ‍‍َ‍‍ا إِلَيْكُ‍‍م‍ْ مُرْسَل‍‍ُ‍و‍نَ
Qālū Mā 'Antum 'Illā Basharun Mithlunā Wa Mā 'Anzala Ar-Raĥmānu Min Shay'in 'In 'Antum 'Illā Takdhibūna 036-015 އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. قَالُو‍‍ا‍ مَ‍‍ا‍ أَ‍ن‍‍ْتُمْ إِلاَّ بَشَر‍ٌ مِثْلُنَا وَمَ‍‍ا‍ أَن‍زَلَ ا‍لرَّحْمَنُ مِ‍‍ن‍ْ شَيْء‍ٍ إِنْ أَ‍ن‍‍ْتُمْ إِلاَّ تَكْذِب‍‍ُ‍و‍نَ
Qālū Rabbunā Ya`lamu 'Innā 'Ilaykum Lamursalūna 036-016 އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. قَالُو‍‍ا‍ رَبُّنَا يَعْلَمُ إِ‍نّ‍‍َ‍‍ا إِلَيْكُمْ لَمُرْسَل‍‍ُ‍و‍نَ
Wa Mā `Alaynā 'Illā Al-Balāghu Al-Mubīnu 036-017 އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ. وَمَا عَلَيْنَ‍‍ا إِلاَّ ا‍لْبَلاَغُ ا‍لْمُب‍‍ِ‍ي‍نُ
Qālū 'Innā Taţayyarnā Bikum La'in Lam Tantahū Lanarjumannakum Wa Layamassannakum Minnā `Adhābun 'Alīmun 036-018 އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަންކަށަވަރެވެ. قَالُ‍‍و‍‍ا‍ إِ‍نّ‍‍َا تَطَيَّرْنَا بِكُمْ لَئِ‍‍ن‍ْ لَمْ تَ‍‍ن‍تَهُو‍‍ا‍ لَنَرْجُمَ‍‍ن‍ّ‍‍َكُمْ وَلَيَمَسَّ‍‍ن‍ّ‍‍َكُ‍‍م‍ْ مِ‍‍ن‍ّ‍‍َا عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Qālū Ţā'irukum Ma`akum 'A'in Dhukkirtum Bal 'Antum Qawmun Musrifūna 036-019 އެބޭކަލުން ވިދާޅުވޫއެެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ. قَالُو‍‍ا‍ ط‍‍َ‍ا‍ئِرُكُ‍‍م‍ْ مَعَكُمْ أَئِ‍‍ن‍ْ ذُكِّرْتُ‍‍م‍ْ بَلْ أَ‍ن‍‍ْتُمْ قَوْم‍‍‍ٌ مُسْ‍‍ر‍‍ِف‍‍ُ‍و‍نَ
Wa Jā'a Min 'Aqşá Al-Madīnati Rajulun Yas`á Qāla Yā Qawmi Attabi`ū Al-Mursalīna 036-020 އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ! وَج‍‍َ‍ا‍ءَ مِنْ أَ‍ق‍‍ْصَى ا‍لْمَدِينَةِ رَجُل‍‍‍ٌ يَسْعَى ق‍‍َ‍ا‍لَ يَاقَوْمِ ا‍تَّبِعُو‍‍ا‍ ا‍لْمُرْسَل‍‍ِ‍ي‍نَ
Attabi`ū Man Lā Yas'alukum 'Ajrāan Wa Hum Muhtadūna 036-021 ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ. ا‍تَّبِعُو‍‍ا‍ مَ‍‍ن‍ْ لاَ يَسْأَلُكُمْ أَ‍ج‍‍ْرا‍ً وَهُ‍‍م‍ْ مُهْتَد‍ُو‍نَ
Wa Mā Liya Lā 'A`budu Al-Ladhī Faţaranī Wa 'Ilayhi Turja`ūna 036-022 އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. وَمَا لِيَ لاَ أَعْبُدُ ا‍لَّذِي فَطَرَنِي وَإِلَيْهِ تُرْجَع‍‍ُ‍و‍نَ
'A'attakhidhu Min Dūnihi 'Ālihatan 'In Yuridni Ar-Raĥmānu Biđurrin Lā Tughni `Annī Shafā`atuhum Shay'āan Wa Lā Yunqidhūni 036-023 އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަންސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ. أَأَتَّخِذُ مِ‍‍ن‍ْ دُونِهِ آلِهَة‍‍‍ً إِ‍ن‍ْ يُ‍‍ر‍‍ِ‍د‍‍ْنِ ا‍لرَّحْمَنُ بِضُرّ‍ٍ لاَ تُغْنِ عَ‍‍ن‍ّ‍‍ِي شَفَاعَتُهُمْ شَيْئا‍ً وَلاَ يُ‍‍ن‍قِذ‍ُو‍نِ
'Innī 'Idhāan Lafī Đalālin Mubīnin 036-024 އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. إِ‍نّ‍‍ِ‍‍ي إِذا‍ً لَفِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
'Innī 'Āmantu Birabbikum Fāsma`ūni 036-025 ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ! إِ‍نّ‍‍ِ‍‍ي آمَ‍‍ن‍‍ْتُ بِرَبِّكُمْ فَاسْمَع‍‍ُ‍و‍نِ
Qīla Adkhuli Al-Jannata Qāla Yā Layta Qawmī Ya`lamūna 036-026 ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ! ق‍ِي‍لَ ا‍د‍‍ْخُلِ ا‍لْجَ‍‍ن‍ّ‍‍َةَ ق‍‍َ‍ا‍لَ يَالَيْتَ قَوْمِي يَعْلَم‍‍ُ‍و‍نَ
Bimā Ghafara Lī Rabbī Wa Ja`alanī Mina Al-Mukramīna 036-027 އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ ا‍لْمُكْرَم‍‍ِ‍ي‍نَ
Wa Mā 'Anzalnā `Alá Qawmihi Min Ba`dihi Min Jundin Mina As-Samā'i Wa Mā Kunnā Munzilīna 036-028 އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ. وَمَ‍‍ا‍ أَن‍زَلْنَا عَلَى قَوْمِهِ مِ‍‍ن‍ْ بَعْدِهِ مِ‍‍ن‍ْ جُ‍‍ن‍د‍ٍ مِنَ ا‍لسَّم‍‍َ‍ا‍ءِ وَمَا كُ‍‍ن‍ّ‍‍َا مُ‍‍ن‍زِل‍‍ِ‍ي‍نَ
'In Kānat 'Illā Şayĥatan Wāĥidatan Fa'idhā Hum Khāmidūna 036-029 އެއުރެންގެ عقوبات އަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. إِ‍ن‍ْ كَانَتْ إِلاَّ صَيْحَة‍‍‍ً وَا‍حِدَة‍‍‍ً فَإِذَا هُمْ خَامِد‍ُو‍نَ
Yā Ĥasratan `Alá Al-`Ibādi Mā Ya'tīhim Min Rasūlin 'Illā Kānū Bihi Yastahzi'ūn 036-030 އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެއުރެން ފުރައްސާރަކުރާގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް رسول އަކު ވަޑައެއްނުގަންނަވަތެވެ. يَاحَسْرَةً عَلَى ا‍لْعِب‍‍َ‍ا‍دِ مَا يَأْتِيهِ‍‍م‍ْ مِ‍‍ن‍ْ رَس‍‍ُ‍و‍ل‍‍‍ٍ إِلاَّ كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
'Alam Yaraw Kam 'Ahlaknā Qablahum Mina Al-Qurūni 'Annahum 'Ilayhim Lā Yarji`ūna 036-031 އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ، ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް ނޭނގޭހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެން އެއުރެންގެ ގާތަށް އެނބުރިއެއް ނާންނާނެތެވެ. أَلَمْ يَرَوْا كَمْ أَهْلَكْنَا قَ‍‍ب‍‍ْلَهُ‍‍م‍ْ مِنَ ا‍لْقُر‍ُو‍نِ أَ‍نّ‍‍َهُمْ إِلَيْهِمْ لاَ يَرْجِع‍‍ُ‍و‍نَ
Wa 'In Kullun Lammā Jamī`un Ladaynā Muĥđarūna 036-032 އަދި އެއެންމެންނީ (قيامة ދުވަހުން) ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާނެ ބަޔަކުކަމުގައި ނޫނީ ނުވެއެވެ. وَإِ‍ن‍ْ كُلّ‍‍‍ٌ لَ‍‍م‍ّ‍‍َا جَم‍‍ِ‍ي‍ع‍‍‍ٌ لَدَيْنَا مُحْضَر‍ُو‍نَ
Wa 'Āyatun Lahumu Al-'Arđu Al-Maytatu 'Aĥyaynāhā Wa 'Akhrajnā Minhā Ĥabbāan Faminhu Ya'kulūna 036-033 އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ. وَآيَة‍‍‍ٌ لَهُمُ ا‍لأَرْضُ ا‍لْمَيْتَةُ أَحْيَيْنَاهَا وَأَخْرَ‍ج‍‍ْنَا مِنْهَا حَبّا‍ً فَمِنْهُ يَأْكُل‍‍ُ‍و‍نَ
Wa Ja`alnā Fīhā Jannātin Min Nakhīlin Wa 'A`nābin Wa Fajjarnā Fīhā Mina Al-`Uyūni 036-034 އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ. وَجَعَلْنَا فِيهَا جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ مِ‍‍ن‍ْ نَخ‍‍ِ‍ي‍ل‍‍‍ٍ وَأَعْن‍‍َ‍ا‍ب‍‍‍ٍ وَفَجَّرْنَا فِيهَا مِنَ ا‍لْعُي‍‍ُ‍و‍نِ
Liya'kulū Min Thamarihi Wa Mā `Amilat/hu 'Aydīhim 'Afalā Yashkurūna 036-035 (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީހެއްޔެވެ؟ لِيَأْكُلُو‍‍ا‍ مِ‍‍ن‍ْ ثَمَ‍‍ر‍‍ِهِ وَمَا عَمِلَتْهُ أَيْدِيهِمْ أَفَلاَ يَشْكُر‍ُو‍نَ
Subĥāna Al-Ladhī Khalaqa Al-'Azwāja Kullahā Mimmā Tunbitu Al-'Arđu Wa Min 'Anfusihim Wa Mimmā Lā Ya`lamūna 036-036 ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ نفس ތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ! سُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍لَّذِي خَلَقَ ا‍لأَزْو‍َا‍جَ كُلَّهَا مِ‍‍م‍ّ‍‍َا تُ‍‍ن‍‍ْبِتُ ا‍لأَرْضُ وَمِنْ أَن‍فُسِهِمْ وَمِ‍‍م‍ّ‍‍َا لاَ يَعْلَم‍‍ُ‍و‍نَ
Wa 'Āyatun Lahumu Al-Laylu Naslakhu Minhu An-Nahāra Fa'idhā Hum Mužlimūna 036-037 ރޭގަނޑަކީ، އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ. وَآيَة‍‍‍ٌ لَهُمُ ا‍للَّيْلُ نَسْلَخُ مِنْهُ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ فَإِذَا هُ‍‍م‍ْ مُظْلِم‍‍ُ‍و‍نَ
Wa Ash-Shamsu Tajrī Limustaqarrin Lahā Dhālika Taqdīru Al-`Azīzi Al-`Alīmi 036-038 އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ. وَالشَّمْسُ تَ‍‍ج‍‍ْ‍‍ر‍‍ِي لِمُسْتَقَرّ‍ٍ لَهَا ذَلِكَ تَ‍‍ق‍‍ْد‍ِي‍‍ر‍ُ ا‍لْعَز‍ِي‍زِ ا‍لْعَل‍‍ِ‍ي‍مِ
Wa Al-Qamara Qaddarnāhu Manāzila Ĥattá `Āda Kāl`urjūni Al-Qadīmi 036-039 އަދި ހަނދަށް ތިމަންރަސްކަލާނގެ منـزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) وَالْقَمَرَ قَدَّرْن‍‍َ‍ا‍هُ مَنَازِلَ حَتَّى ع‍‍َ‍ا‍دَ كَالْعُرْج‍‍ُ‍و‍نِ ا‍لْقَد‍ِي‍مِ
Ash-Shamsu Yanbaghī Lahā 'An Tudrika Al-Qamara Wa Lā Al-Laylu Sābiqu An-Nahāri Wa Kullun Fī Falakin Yasbaĥūna 036-040 ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. لاَ ا‍لشَّمْسُ يَ‍‍ن‍‍ْبَغِي لَهَ‍‍ا‍ أَ‍ن‍ْ تُ‍‍د‍‍ْ‍ر‍‍ِكَ ا‍لْقَمَرَ وَلاَ ا‍للَّيْلُ سَابِقُ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَكُلّ‍‍‍ٌ فِي فَلَك‍‍‍ٍ يَسْبَح‍‍ُ‍و‍نَ
Wa 'Āyatun Lahum 'Annā Ĥamalnā Dhurrīyatahum Al-Fulki Al-Mashĥūni 036-041 އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން،ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ. وَآيَة‍‍‍ٌ لَهُمْ أَ‍نّ‍‍َا حَمَلْنَا ذُرِّيَّتَهُمْ فِي ا‍لْفُلْكِ ا‍لْمَشْح‍‍ُ‍و‍نِ
Wa Khalaqnā Lahum Min Mithlihi Mā Yarkabūna 036-042 އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ. وَخَلَ‍‍ق‍‍ْنَا لَهُ‍‍م‍ْ مِ‍‍ن‍ْ مِثْلِهِ مَا يَرْكَب‍‍ُ‍و‍نَ
Wa 'In Nasha' Nughriqhum Falā Şarīkha Lahum Wa Lā Hum Yunqadhūna 036-043 އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ. وَإِ‍ن‍ْ نَشَأْ نُغْ‍‍ر‍‍ِ‍ق‍‍ْهُمْ فَلاَ صَ‍‍ر‍‍ِي‍خَ لَهُمْ وَلاَ هُمْ يُ‍‍ن‍قَذ‍ُو‍نَ
'Illā Raĥmatan Minnā Wa Matā`āan 'Ilá Ĥīnin 036-044 ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ. إِلاَّ رَحْمَة‍‍‍ً مِ‍‍ن‍ّ‍‍َا وَمَتَاعا‍ً إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Wa 'Idhā Qīla Lahumu Attaqū Mā Bayna 'Aydīkum Wa Mā Khalfakum La`allakum Turĥamūna 036-045 އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُمُ ا‍تَّقُو‍‍ا‍ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
Wa Mā Ta'tīhim Min 'Āyatin Min 'Āyāti Rabbihim 'Illā Kānū `Anhā Mu`rīna 036-046 އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ. وَمَا تَأْتِيهِ‍‍م‍ْ مِ‍‍ن‍ْ آيَة‍‍‍ٍ مِ‍‍ن‍ْ آي‍‍َ‍ا‍تِ رَبِّهِمْ إِلاَّ كَانُو‍‍ا‍ عَنْهَا مُعْ‍‍ر‍‍ِض‍‍ِ‍ي‍نَ
Wa 'Idhā Qīla Lahum 'Anfiqū Mimmā Razaqakumu Al-Lahu Qāla Al-Ladhīna Kafarū Lilladhīna 'Āmanū 'Anuţ`imu Man Law Yashā'u Al-Lahu 'Aţ`amahu 'In 'Antum 'Illā Fī Đalālin Mubīnin 036-047 އަދި ތިޔަބައިމީހުންނަށްاللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُمْ أَن‍فِقُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَقَكُمُ ا‍للَّهُ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لِلَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَنُ‍‍ط‍‍ْعِمُ مَ‍‍ن‍ْ لَوْ يَش‍‍َ‍ا‍ءُ ا‍للَّهُ أَ‍ط‍‍ْعَمَهُ إِنْ أَ‍ن‍‍ْتُمْ إِلاَّ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Wa Yaqūlūna Matá Hādhā Al-Wa`du 'In Kuntum Şādiqīna 036-048 އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْوَعْدُ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Mā Yanžurūna 'Illā Şayĥatan Wāĥidatan Ta'khudhuhum Wa Hum Yakhişşimūna 036-049 ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ. مَا يَ‍‍ن‍ظُر‍ُو‍نَ إِلاَّ صَيْحَة‍‍‍ً وَا‍حِدَة‍‍‍ً تَأْخُذُهُمْ وَهُمْ يَخِصِّم‍‍ُ‍و‍نَ
Falā Yastaţī`ūna Tawşiyatan Wa Lā 'Ilá 'Ahlihim Yarji`ūna 036-050 ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ. فَلاَ يَسْتَطِيع‍‍ُ‍و‍نَ تَوْصِيَة‍‍‍ً وَلاَ إِلَى أَهْلِهِمْ يَرْجِع‍‍ُ‍و‍نَ
Wa Nufikha Fī Aş-Şūri Fa'idhā Hum Mina Al-'Ajthi 'Ilá Rabbihim Yansilūna 036-051 އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ. وَنُفِخَ فِي ا‍لصّ‍‍ُ‍و‍ر‍ِ فَإِذَا هُ‍‍م‍ْ مِنَ ا‍لأَ‍ج‍‍ْد‍َا‍ثِ إِلَى رَبِّهِمْ يَ‍‍ن‍سِل‍‍ُ‍و‍نَ
Qālū Yā Waylanā Man Ba`athanā Min Marqadinā Hādhā Mā Wa`ada Ar-Raĥmānu Wa Şadaqa Al-Mursalūna 036-052 އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިމަންމެން ނިދަންތިބިތަނުން، އަލުން ދިރުމަކަށްފޮނުއްވީ ކާކުހެއްޔެވެ؟ މިއީ رحمن ވަންތަ ރަސްކަލާނގެ وعد ކުރެއްވި ކަންތަކެވެ. އަދި رسول ން ވިދާޅުވި ތެދުބަސްފުޅެވެ. قَالُو‍‍ا‍ يَاوَيْلَنَا مَ‍‍ن‍ْ بَعَثَنَا مِ‍‍ن‍ْ مَرْقَدِنَا هَذَا مَا وَعَدَ ا‍لرَّحْمَنُ وَصَدَقَ ا‍لْمُرْسَل‍‍ُ‍و‍نَ
'In Kānat 'Illā Şayĥatan Wāĥidatan Fa'idhā Hum Jamī`un Ladaynā Muĥđarūna 036-053 ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ. إِ‍ن‍ْ كَانَتْ إِلاَّ صَيْحَة‍‍‍ً وَا‍حِدَة‍‍‍ً فَإِذَا هُمْ جَم‍‍ِ‍ي‍ع‍‍‍ٌ لَدَيْنَا مُحْضَر‍ُو‍نَ
Fālyawma Lā Tužlamu Nafsun Shay'āan Wa Lā Tujzawna 'Illā Mā Kuntum Ta`malūna 036-054 ފަހެ، މިއަދު އެއްވެސް نفس އަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާއެއް ނުދެއްވާނެތެވެ. فَالْيَوْمَ لاَ تُظْلَمُ نَفْس‍‍‍ٌ شَيْئا‍ً وَلاَ تُ‍‍ج‍‍ْزَوْنَ إِلاَّ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
'Inna 'Aşĥāba Al-Jannati Al-Yawma Fī Shughulin Fākihūna 036-055 ހަމަކަށަވަރުން، ސުވަރުގޭގެ أهل ވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ مشغول ވެގެންނެވެ. إِ‍نّ‍‍َ أَصْح‍‍َ‍ا‍بَ ا‍لْجَ‍‍ن‍ّ‍‍َةِ ا‍لْيَوْمَ فِي شُغُل‍‍‍ٍ فَاكِه‍‍ُ‍و‍نَ
Hum Wa 'Azwājuhum Fī Žilālin `Alá Al-'Arā'iki Muttaki'ūna 036-056 އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ. هُمْ وَأَزْوَاجُهُمْ فِي ظِلاَلٍ عَلَى ا‍لأَر‍َا‍ئِكِ مُتَّكِئ‍‍ُ‍و‍نَ
Lahum Fīhā Fākihatun Wa Lahum Mā Yadda`ūna 036-057 އެއުރެންނަށް އެތާނގައި މޭވާތައްވެއެވެ. އަދި އެއުރެން އެދޭ (ހުރިހާ) ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ. لَهُمْ فِيهَا فَاكِهَة‍‍‍ٌ وَلَهُ‍‍م‍ْ مَا يَدَّع‍‍ُ‍و‍نَ
Salāmun Qawlāan Min Rabbin Raĥīmin 036-058 رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ. سَلاَم‍‍‍ٌ قَوْلا‍ً مِ‍‍ن‍ْ رَبّ‍‍‍ٍ رَح‍‍ِ‍ي‍م‍‍‍ٍ
Wa Amtāzū Al-Yawma 'Ayyuhā Al-Mujrimūna 036-059 އޭ ކުށްވެރިންނޭވެ! މިއަދު ތިޔަބައިމީހުން (مؤمن ންނާ) ވަކިވާށެވެ! وَامْتَازُوا‍ ا‍لْيَوْمَ أَيُّهَا ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ
'Alam 'A`had 'Ilaykum Yā Banī 'Ādama 'An Lā Ta`budū Ash-Shayţāna 'Innahu Lakum `Adūwun Mubīnun 036-060 އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްއަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ. أَلَمْ أَعْهَ‍‍د‍ْ إِلَيْكُمْ يَابَنِ‍‍ي آدَمَ أَ‍ن‍ْ لاَ تَعْبُدُوا‍ ا‍لشَّيْط‍‍َ‍ا‍نَ إِ‍نّ‍‍َهُ لَكُمْ عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa 'Ani A`budūnī Hādhā Şirāţun Mustaqīmun 036-061 އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. وَأَنِ ا‍عْبُدُونِي هَذَا صِر‍َا‍ط‍‍‍ٌ مُسْتَق‍‍ِ‍ي‍م‍‍‍ٌ
Wa Laqad 'Ađalla Minkum Jibillāan Kathīrāan 'Afalam Takūnū Ta`qilūna 036-062 އަދި ހަމަކަށަވަރުން، އެ شيطان އާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟ وَلَقَ‍‍د‍ْ أَضَلَّ مِ‍‍ن‍‍ْكُمْ جِبِلّا‍ً كَثِيراً أَفَلَمْ تَكُونُو‍‍ا‍ تَعْقِل‍‍ُ‍و‍نَ
Hadhihi Jahannamu Allatī Kuntum Tū`adūna 036-063 މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާފައިވާ ނަރަކައެވެ. هَذِهِ جَهَ‍‍ن‍ّ‍‍َمُ ا‍لَّتِي كُ‍‍ن‍تُمْ تُوعَد‍ُو‍نَ
Aşlawhā Al-Yawma Bimā Kuntum Takfurūna 036-064 ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! ا‍صْلَوْهَا ا‍لْيَوْمَ بِمَا كُ‍‍ن‍تُمْ تَكْفُر‍ُو‍نَ
Al-Yawma Nakhtimu `Alá 'Afwāhihim Wa Tukallimunā 'Aydīhim Wa Tash/hadu 'Arjuluhum Bimā Kānū Yaksibūna 036-065 މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު عمل ތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ. ا‍لْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَ‍‍ا‍ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Wa Law Nashā'u Laţamasnā `Alá 'A`yunihim Fāstabaqū Aş-Şirāţa Fa'anná Yubşirūna 036-066 އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުހެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ (އެހިނދު) އެއުރެންނަށް ފެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ وَلَوْ نَش‍‍َ‍ا‍ءُ لَطَمَسْنَا عَلَى أَعْيُنِهِمْ فَاسْتَبَقُو‍‍ا‍ ا‍لصِّر‍َا‍طَ فَأَ‍نّ‍‍َى يُ‍‍ب‍‍ْصِر‍ُو‍نَ
Wa Law Nashā'u Lamasakhnāhum `Alá Makānatihim Famā Astaţā`ū Muđīyāan Wa Lā Yarji`ūna 036-067 އަދި ތިމަންރަސްކަލާނގެއިރާދަކުރައްވާނަމަ، އެއުރެން ތިބިތާ ތިއްބައި އެއުރެންގެ ސިފަ ބަދަލުކުރައްވައިފީމުހެވެ. ފަހެ (އެހިނދު) ކުރިޔަށް ދިޔުމަކަށްވެސް އަދި ފަހަށް އެނބުރި އައުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. وَلَوْ نَش‍‍َ‍ا‍ءُ لَمَسَخْنَاهُمْ عَلَى مَكَانَتِهِمْ فَمَا ا‍سْتَطَاعُو‍‍ا‍ مُضِيّا‍ً وَلاَ يَرْجِع‍‍ُ‍و‍نَ
Wa Man Nu`ammirhu Nunakkis/hu Fī Al-Khalqi 'Afalā Ya`qilūna 036-068 ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟ وَمَ‍‍ن‍ْ نُعَ‍‍م‍ّ‍‍ِرْهُ نُنَكِّسْهُ فِي ا‍لْخَلْقِ أَفَلاَ يَعْقِل‍‍ُ‍و‍نَ
Wa Mā `Allamnāhu Ash-Shi`ra Wa Mā Yanbaghī Lahu 'In Huwa 'Illā Dhikrun Wa Qur'ānun Mubīnun 036-069 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެކަމަކަށް އެކަށީގެނެއްވެސް ނުވެތެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ قرآن ކަމުގައި މެނުވީ ނުވެއެވެ. وَمَا عَلَّمْن‍‍َ‍ا‍هُ ا‍لشِّعْرَ وَمَا يَ‍‍ن‍‍ْبَغِي لَهُ إِنْ هُوَ إِلاَّ ذِكْر‍ٌ وَقُرْآن‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Liyundhira Man Kāna Ĥayyāan Wa Yaĥiqqa Al-Qawlu `Alá Al-Kāfirīna 036-070 އެއީ ދިރިހުރި ކަމުގައިވާ މީހަކަށް إنذار ކުރެއްވުމަށްޓަކައެވެ. އަދި كافر ންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވުމަށްޓަކައެވެ. لِيُ‍‍ن‍‍ْذِ‍ر‍َ مَ‍‍ن‍ْ ك‍‍َ‍ا‍نَ حَيّا‍ً وَيَحِقَّ ا‍لْقَوْلُ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ
'Awalam Yaraw 'Annā Khalaqnā Lahum Mimmā `Amilat 'Aydīnā 'An`āmāan Fahum Lahā Mālikūna 036-071 ތިމަންރަސްކަލާނގެ يد قدرة ފުޅުން ހެއްދެވި ތަކެތީގެ ތެރެއިން نعم ސޫފި، އެއުރެންނަށްޓަކައި ހައްދަވާފައިވާތީ، އެއުރެންނަކަށްނުފެނޭހެއްޔެވެ؟ ފަހެ، އެއުރެންނީ އެ ތަކެތީގެ މިލްކުވެރިންނެވެ. أَوَلَمْ يَرَوْا أَ‍نّ‍‍َا خَلَ‍‍ق‍‍ْنَا لَهُ‍‍م‍ْ مِ‍‍م‍ّ‍‍َا عَمِلَتْ أَيْدِينَ‍‍ا‍ أَنْعَاما‍ً فَهُمْ لَهَا مَالِك‍‍ُ‍و‍نَ
Wa Dhallalnāhā Lahum Faminhā Rakūbuhum Wa Minhā Ya'kulūna 036-072 އަދި ތިމަންރަސްކަލާނގެ އެތަކެތި އެއުރެންނަށް ކިޔަމަންކޮށްދެއްވީމެވެ. ފަހެ، އޭގެތެރެއިން އެއުރެންގެ ސަވާރީތައްވެއެވެ. އަދި އެއުރެން އެ ތަކެތިން ކައި އުޅެތެވެ. وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُل‍‍ُ‍و‍نَ
Wa Lahum Fīhā Manāfi`u Wa Mashāribu 'Afalā Yashkurūna 036-073 އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ وَلَهُمْ فِيهَا مَنَافِعُ وَمَشَا‍ر‍‍ِبُ أَفَلاَ يَشْكُر‍ُو‍نَ
Wa Attakhadhū Min Dūni Al-Lahi 'Ālihatan La`allahum Yunşarūna 036-074 އަދި އެއުރެންނަށް نصر ލިބޭތޯ اللَّه ފިޔަވައި އެހެން إله ންތަކެއް ހިފިއެވެ. وَاتَّخَذُوا‍ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ آلِهَة‍‍‍ً لَعَلَّهُمْ يُ‍‍ن‍صَر‍ُو‍نَ
Lā Yastaţī`ūna Naşrahum Wa Hum Lahum Jundun Muĥđarūna 036-075 އެތަކެއްޗަކަށް އެއުރެންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އެތަކެއްޗަށް (خدمة ކުރުމުގައި) حاضر ކުރައްވާފައިވާ لشكر އެއް ކަމުގައި އެއުރެންވާ حال ގައެވެ. لاَ يَسْتَطِيع‍‍ُ‍و‍نَ نَصْرَهُمْ وَهُمْ لَهُمْ جُ‍‍ن‍د‍ٌ مُحْضَر‍ُو‍نَ
Falā Yaĥzunka Qawluhum 'Innā Na`lamu Mā Yusirrūna Wa Mā Yu`linūna 036-076 ފަހެ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ. فَلاَ يَحْزُ‍ن‍‍ْكَ قَوْلُهُمْ إِ‍نّ‍‍َا نَعْلَمُ مَا يُسِرّ‍ُو‍نَ وَمَا يُعْلِن‍‍ُ‍و‍نَ
'Awalam Yara Al-'Insānu 'Annā Khalaqnāhu Min Nuţfatin Fa'idhā Huwa Khīmun Mubīnun 036-077 ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. أَوَلَمْ يَرَ ا‍لإِن‍س‍‍َ‍ا‍نُ أَ‍نّ‍‍َا خَلَ‍‍ق‍‍ْن‍‍َ‍ا‍هُ مِ‍‍ن‍ْ نُ‍‍ط‍‍ْفَة‍‍‍ٍ فَإِذَا هُوَ خَص‍‍ِ‍ي‍م‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Đaraba Lanā Mathalāan Wa Nasiya Khalqahu Qāla Man Yuĥyī Al-`Ižāma Wa Hiya Ramīmun 036-078 އަދި އެ އިންސާނާތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ وَضَرَبَ لَنَا مَثَلا‍ً وَنَسِيَ خَلْقَهُ ق‍‍َ‍ا‍لَ مَ‍‍ن‍ْ يُحْيِي ا‍لْعِظ‍‍َ‍ا‍مَ وَهِيَ رَم‍‍ِ‍ي‍م‍‍‍ٌ
Qul Yuĥyīhā Al-Ladhī 'Ansha'ahā 'Awwala Marratin Wa Huwa Bikulli Khalqin `Alīmun 036-079 ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ يُحْيِيهَا ا‍لَّذِي أَن‍شَأَهَ‍‍ا‍ أَوَّلَ مَرَّة‍‍‍ٍ وَهُوَ بِكُلِّ خَلْقٍ عَل‍‍ِ‍ي‍م‍‍‍ٌ
Al-Ladhī Ja`ala Lakum Mina Ash-Shajari Al-'Akhđari Nārāan Fa'idhā 'Antum Minhu Tūqidūna 036-080 އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ. ا‍لَّذِي جَعَلَ لَكُ‍‍م‍ْ مِنَ ا‍لشَّجَ‍‍ر‍ِ ا‍لأَخْضَ‍‍ر‍ِ نَارا‍ً فَإِذَا أَ‍ن‍‍ْتُ‍‍م‍ْ مِنْهُ تُوقِد‍ُو‍نَ
'Awalaysa Al-Ladhī Khalaqa As-Samāwāti Wa Al-'Arđa Biqādirin `Alá 'An Yakhluqa Mithlahum Balá Wa Huwa Al-Khallāqu Al-`Alīmu 036-081 އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. أَوَلَيْسَ ا‍لَّذِي خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِقَادِرٍ عَلَى أَ‍ن‍ْ يَخْلُقَ مِثْلَهُ‍‍م‍ْ بَلَى وَهُوَ ا‍لْخَلاَّقُ ا‍لْعَل‍‍ِ‍ي‍مُ
'Innamā 'Amruhu 'Idhā 'Arāda Shay'āan 'An Yaqūla Lahu Kun Fayakūnu 036-082 އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ. إِ‍نّ‍‍َمَ‍‍ا‍ أَمْرُهُ إِذَا أَر‍َا‍دَ شَيْئاً أَ‍ن‍ْ يَق‍‍ُ‍و‍لَ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Fasubĥāna Al-Ladhī Biyadihi Malakūtu Kulli Shay'in Wa 'Ilayhi Turja`ūna 036-083 ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. فَسُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍لَّذِي بِيَدِهِ مَلَك‍‍ُ‍و‍تُ كُلِّ شَيْء‍ٍ وَإِلَيْهِ تُرْجَع‍‍ُ‍و‍نَ
Next Sūrah