37) Sūrat Aş-Şāffāt

Printed format

37) سُورَة الصَّافَّات

Wa Aş-Şāffāti Şaffāan 037-001 ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. وَالصّ‍‍َ‍ا‍فّ‍‍َ‍ا‍تِ صَفّا‍ً
Fālzzājirāti Zajan 037-002 ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. فَالزَّاجِر‍َا‍تِ زَ‍ج‍‍ْرا‍ً
Fālttāliyāti Dhikrāan 037-003 ސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ. فَالتَّالِي‍‍َ‍ا‍تِ ذِكْرا‍ً
'Inna 'Ilahakum Lawāĥidun 037-004 ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. إِ‍نّ‍‍َ إِلَهَكُمْ لَوَاحِ‍‍د‍ٌ
Rabbu As-Samāwāti Wa Al-'Arđi Wa Mā Baynahumā Wa Rabbu Al-Mashāriqi 037-005 (އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ. رَبُّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا وَرَبُّ ا‍لْمَشَا‍ر‍‍ِ‍ق‍ِ
'Innā Zayyannā As-Samā'a Ad-Dunyā Bizīnatin Al-Kawākib 037-006 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. إِ‍نّ‍‍َا زَيَّ‍‍ن‍ّ‍‍َا ا‍لسَّم‍‍َ‍ا‍ءَ ا‍لدُّ‍‍ن‍‍ْيَا بِزِينَة‍‍‍ٍ ا‍لْكَوَاكِ‍‍ب
Wa Ĥifžāan Min Kulli Shayţāninridin 037-007 އަދި ނުކިޔަމަންތެރި ކޮންމެ شيطان އެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. وَحِفْظا‍ً مِ‍‍ن‍ْ كُلِّ شَيْط‍‍َ‍ا‍ن‍‍‍ٍ مَا‍ر‍‍ِ‍د‍ٍ
Lā Yassamma`ūna 'Ilá Al-Mala'i Al-'A`lá Wa Yuqdhafūna Min Kulli Jānibin 037-008 މަތިވެރިވެގެންވާ جماعة ން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكة ން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطان ންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطان ންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ. لاَ يَسَّ‍‍م‍ّ‍‍َع‍‍ُ‍و‍نَ إِلَى ا‍لْمَلَإِ ا‍لأَعْلَى وَيُ‍‍ق‍‍ْذَف‍‍ُ‍و‍نَ مِ‍‍ن‍ْ كُلِّ جَانِ‍‍ب‍‍ٍ
Duĥūrāan Wa Lahum `Adhābun Wa Aşibun 037-009 ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ. دُحُورا‍ً وَلَهُمْ عَذ‍َا‍ب‍‍‍ٌ وَا‍صِ‍‍ب‍‍ٌ
'Illā Man Khaţifa Al-Khaţfata Fa'atba`ahu Shihābun Thāqibāun 037-010 ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطان އަކު މެނުވީއެވެ. ފަހެ، އެ شيطان އާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ. إِلاَّ مَنْ خَطِفَ ا‍لْخَ‍‍ط‍‍ْفَةَ فَأَتْبَعَهُ شِه‍‍َ‍ا‍ب‍‍‍ٌ ثَاقِبا‍ٌ
Fāstaftihim 'Ahum 'Ashaddu Khalqāan 'Am Man Khalaqnā 'Innā Khalaqnāhum Min Ţīnin Lāzibin 037-011 ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ. فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقاً أَ‍م‍ْ مَنْ خَلَ‍‍ق‍‍ْنَ‍‍ا إِ‍نّ‍‍َا خَلَ‍‍ق‍‍ْنَاهُ‍‍م‍ْ مِ‍‍ن‍ْ ط‍‍ِ‍ي‍ن‍‍‍ٍ لاَزِ‍ب‍‍ٍ
Bal `Ajibta Wa Yaskharūna 037-012 އަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު عجائب ވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ. بَلْ عَجِ‍‍ب‍‍ْتَ وَيَسْخَر‍ُو‍نَ
Wa 'Idhā Dhukkirū Lā Yadhkurūna 037-013 އަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ. وَإِذَا ذُكِّرُوا‍ لاَ يَذْكُر‍ُو‍نَ
Wa 'Idhā Ra'aw 'Āyatan Yastaskhirūna 037-014 އަދި އެއުރެންނަށް معجزة އެއް ފެނިއްޖެނަމަ، އެއުރެންފުރައްސާރަކޮށް އުޅެތެވެ. وَإِذَا رَأَوْا آيَة‍‍‍ً يَسْتَسْخِر‍ُو‍نَ
Wa Qālū 'In Hādhā 'Illā Siĥrun Mubīnun 037-015 އަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ. وَقَالُ‍‍و‍‍ا‍ إِنْ هَذَا إِلاَّ سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
'A'idhā Mitnā Wa Kunnā Turābāan Wa `Ižāmāan 'A'innā Lamabthūna 037-016 ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟ أَئِذَا مِتْنَا وَكُ‍‍ن‍ّ‍‍َا تُرَابا‍ً وَعِظَاماً أَئِ‍‍ن‍ّ‍‍َا لَمَ‍‍ب‍‍ْعُوث‍‍ُ‍و‍نَ
'Awa'ābā'uunā Al-'Awwalūna 037-017 އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ أَوَآب‍‍َ‍ا‍ؤُنَا ا‍لأَوَّل‍‍ُ‍و‍نَ
Qul Na`am Wa 'Antumkhirūna 037-018 ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ حال ގައެވެ. قُلْ نَعَمْ وَأَ‍ن‍‍ْتُمْ دَاخِر‍ُو‍نَ
Fa'innamā Hiya Zajratun Wāĥidatun Fa'idhā Hum Yanžurūna 037-019 ފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ. فَإِ‍نّ‍‍َمَا هِيَ زَ‍ج‍‍ْرَة‍‍‍ٌ وَا‍حِدَة‍‍‍ٌ فَإِذَا هُمْ يَ‍‍ن‍ظُر‍ُو‍نَ
Wa Qālū Yā Waylanā Hādhā Yawmu Ad-Dīni 037-020 އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ قيامة ދުވަހެވެ. وَقَالُو‍‍ا‍ يَاوَيْلَنَا هَذَا يَوْمُ ا‍لدّ‍ِي‍نِ
dhā Yawmu Al-Faşli Al-Ladhī Kuntum Bihi Tukadhdhibūna 037-021 މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ. هَذَا يَوْمُ ا‍لْفَصْلِ ا‍لَّذِي كُ‍‍ن‍تُ‍‍م‍ْ بِهِ تُكَذِّب‍‍ُ‍و‍نَ
Aĥshurū Al-Ladhīna Žalamū Wa 'Azwājahum Wa Mā Kānū Ya`budūna 037-022 މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ. ا‍حْشُرُوا‍ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ وَأَزْوَاجَهُمْ وَمَا كَانُو‍‍ا‍ يَعْبُد‍ُو‍نَ
Min Dūni Al-Lahi Fāhdūhum 'Ilá Şirāţi Al-Jaĥīmi 037-023 (ملائكة ންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށްމަގުދައްކަވާށެވެ! مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ فَاهْدُوهُمْ إِلَى صِر‍َا‍طِ ا‍لْجَح‍‍ِ‍ي‍مِ
Wa Qifūhum 'Innahum Mas'ūlūna 037-024 އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ سؤال ކުރައްވާނޭ ބަޔެކެވެ. وَقِفُوهُمْ إِ‍نّ‍‍َهُ‍‍م‍ْ مَسْئ‍‍ُ‍ول‍‍ُ‍و‍نَ
Mā Lakum Lā Tanāşarūna 037-025 (މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟ مَا لَكُمْ لاَ تَنَاصَر‍ُو‍نَ
Bal Humu Al-Yawma Mustaslimūna 037-026 އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ. بَلْ هُمُ ا‍لْيَوْمَ مُسْتَسْلِم‍‍ُ‍و‍نَ
Wa 'Aqbala Ba`đuhum `Alá Ba`đin Yatasā'alūna 037-027 އަދި އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. وَأَ‍ق‍‍ْبَلَ بَعْضُهُمْ عَلَى بَعْض‍‍‍ٍ يَتَس‍‍َ‍ا‍ءَل‍‍ُ‍و‍نَ
Qālū 'Innakum Kuntum Ta'tūnanā `Ani Al-Yamīni 037-028 (މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ. قَالُ‍‍و‍‍ا‍ إِ‍نّ‍‍َكُمْ كُ‍‍ن‍تُمْ تَأْتُونَنَا عَنِ ا‍لْيَم‍‍ِ‍ي‍نِ
Qālū Bal Lam Takūnū Mu'uminīna 037-029 އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمن ން ކަމުގައި ނުވަމުއެވެ. قَالُو‍‍ا‍ بَ‍‍ل‍ْ لَمْ تَكُونُو‍‍ا‍ مُؤْمِن‍‍ِ‍ي‍نَ
Wa Mā Kāna Lanā `Alaykum Min Sulţānin Bal Kuntum Qawmāan Ţāghīna 037-030 އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބަައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. وَمَا ك‍‍َ‍ا‍نَ لَنَا عَلَيْكُ‍‍م‍ْ مِ‍‍ن‍ْ سُلْط‍‍َ‍ا‍ن‍‍‍ٍ بَلْ كُ‍‍ن‍تُمْ قَوْما‍ً طَاغ‍‍ِ‍ي‍نَ
Faĥaqqa `Alaynā Qawlu Rabbinā 'Innā Ladhā'iqūna 037-031 ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذاب ގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ. فَحَقَّ عَلَيْنَا قَوْلُ رَبِّنَ‍‍ا إِ‍نّ‍‍َا لَذ‍َا‍ئِق‍‍ُ‍و‍نَ
Fa'aghwaynākum 'Innā Kunnā Ghāwīna 037-032 ފަހެ، ތިމަންމެން ތިޔަބައިމީހުންމަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ. فَأَغْوَيْنَاكُمْ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا غَاو‍ِي‍نَ
Fa'innahum Yawma'idhin Al-`Adhābi Mushtarikūna 037-033 ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذاب ގައި ބައިވެރިވެގެންވާ މީހުންނެވެ. فَإِ‍نّ‍‍َهُمْ يَوْمَئِذ‍ٍ فِي ا‍لْعَذ‍َا‍بِ مُشْتَ‍‍ر‍‍ِك‍‍ُ‍و‍نَ
'Innā Kadhālika Naf`alu Bil-Mujrimīna 037-034 ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. إِ‍نّ‍‍َا كَذَلِكَ نَفْعَلُ بِ‍‍ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
'Innahum Kānū 'Idhā Qīla Lahum Lā 'Ilāha 'Illā Al-Lahu Yastakbirūna 037-035 ހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ. إِ‍نّ‍‍َهُمْ كَانُ‍‍و‍‍ا‍ إِذَا ق‍‍ِ‍ي‍لَ لَهُمْ لاَ إِلَهَ إِلاَّ ا‍للَّهُ يَسْتَكْبِر‍ُو‍نَ
Wa Yaqūlūna 'A'innā Latārikū 'Ālihatinā Lishā`irin Majnūnin 037-036 އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ أَئِ‍‍ن‍ّ‍‍َا لَتَا‍ر‍‍ِكُ‍‍و‍‍ا‍ آلِهَتِنَا لِشَاعِر‍ٍ مَ‍‍ج‍‍ْن‍‍ُ‍و‍ن‍‍‍ٍ
Bal Jā'a Bil-Ĥaqqi Wa Şaddaqa Al-Mursalīna 037-037 އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دين އާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسول ން ތެދުކުރެއްވިއެވެ. بَلْ ج‍‍َ‍ا‍ءَ بِ‍‍ا‍لْحَقِّ وَصَدَّقَ ا‍لْمُرْسَل‍‍ِ‍ي‍نَ
'Innakum Ladhā'iqū Al-`Adhābi Al-'Alīmi 037-038 ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذاب ގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ. إِ‍نّ‍‍َكُمْ لَذ‍َا‍ئِقُو ا‍لْعَذ‍َا‍بِ ا‍لأَل‍‍ِ‍ي‍مِ
Wa Mā Tujzawna 'Illā Mā Kuntum Ta`malūna 037-039 އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ. وَمَا تُ‍‍ج‍‍ْزَوْنَ إِلاَّ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
'Illā `Ibāda Al-Lahi Al-Mukhlaşīna 037-040 خيار ކުރައްވާފައިވާ، اللَّه ގެ އަޅުން މެނުވީއެވެ. إِلاَّ عِب‍‍َ‍ا‍دَ ا‍للَّهِ ا‍لْمُخْلَص‍‍ِ‍ي‍نَ
'Ūlā'ika Lahum Rizqun Ma`lūmun 037-041 އެއުރެންނަށްޓަކައި އެނގިގެންވާ رزق ވެއެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ ‍ر‍‍ِزْق‍‍‍ٌ مَعْل‍‍ُ‍و‍م‍‍‍ٌ
Fawākihu Wa Hum Mukramūna 037-042 (އެއީ) މޭވާތަކެވެ. އަދި އެއުރެންނީމާތްކުރައްވާފައިވާ ބަޔެކެވެ. فَوَاكِهُ وَهُ‍‍م‍ْ مُكْرَم‍‍ُ‍و‍نَ
Fī Jannāti An-Na`īmi 037-043 نعمة ގެ ސުވަރުގެތަކުގައެވެ. فِي جَ‍‍ن‍ّ‍‍َ‍ا‍تِ ا‍ل‍‍ن‍ّ‍‍َع‍‍ِ‍ي‍مِ
`Alá Sururin Mutaqābilīna 037-044 ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. عَلَى سُرُر‍ٍ مُتَقَابِل‍‍ِ‍ي‍نَ
Yuţāfu `Alayhim Bika'sin Min Ma`īnin 037-045 ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. يُط‍‍َ‍ا‍فُ عَلَيْهِ‍‍م‍ْ بِكَأْس‍‍‍ٍ مِ‍‍ن‍ْ مَع‍‍ِ‍ي‍ن‍‍‍ٍ
Bayđā'a Ladhdhatin Lilshshāribīna 037-046 ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ. بَيْض‍‍َ‍ا‍ءَ لَذَّة‍‍‍ٍ لِلشَّا‍ر‍‍ِب‍‍ِ‍ي‍نَ
Lā Fīhā Ghawlun Wa Lā Hum `Anhā Yunzafūna 037-047 އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. لاَ فِيهَا غَوْل‍‍‍ٌ وَلاَ هُمْ عَنْهَا يُ‍‍ن‍زَف‍‍ُ‍و‍نَ
Wa `Indahum Qāşirātu Aţ-Ţarfi `Īnun 037-048 އަދި ކަޅިރަވަ ތޫނު، عفة ތެރި حورالعين ން އެއުރެންގެ ގާތުގައިވެއެވެ. وَعِ‍‍ن‍‍ْدَهُمْ قَاصِر‍َا‍تُ ا‍لطَّرْفِ ع‍‍ِ‍ي‍ن‍‍‍ٌ
Ka'annahunna Bayđun Maknūnun 037-049 ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ. كَأَ‍نّ‍‍َهُ‍‍ن‍ّ‍‍َ بَيْض‍‍‍ٌ مَكْن‍‍ُ‍و‍ن‍‍‍ٌ
Fa'aqbala Ba`đuhum `Alá Ba`đin Yatasā'alūna 037-050 ފަހެ، އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ. فَأَ‍ق‍‍ْبَلَ بَعْضُهُمْ عَلَى بَعْض‍‍‍ٍ يَتَس‍‍َ‍ا‍ءَل‍‍ُ‍و‍نَ
Qāla Qā'ilun Minhum 'Innī Kāna Lī Qarīnun 037-051 އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ. ق‍َا‍لَ ق‍‍َ‍ا‍ئِل‍‍‍ٌ مِنْهُمْ إِ‍نّ‍‍ِي ك‍‍َ‍ا‍نَ لِي قَ‍‍ر‍‍ِي‍ن‍‍‍ٌ
Yaqūlu 'A'innaka Lamina Al-Muşaddiqīna 037-052 އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟ يَق‍‍ُ‍و‍لُ أَئِ‍‍ن‍ّ‍‍َكَ لَمِنَ ا‍لْمُصَدِّق‍‍ِ‍ي‍نَ
'A'idhā Mitnā Wa Kunnā Turābāan Wa `Ižāmāan 'A'innā Lamadīnūna 037-053 ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟ أَئِذَا مِتْنَا وَكُ‍‍ن‍ّ‍‍َا تُرَابا‍ً وَعِظَاماً أَئِ‍‍ن‍ّ‍‍َا لَمَدِين‍‍ُ‍و‍نَ
Qāla Hal 'Antum Muţţali`ūna 037-054 އޭނާ ބުނާނެތެވެ. ތިޔަބައިމީހުންބަލަން ބޭނުންހެއްޔެވެ؟ ق‍َا‍لَ هَلْ أَ‍ن‍‍ْتُ‍‍م‍ْ مُطَّلِع‍‍ُ‍و‍نَ
Fāţţala`a Fara'āhu Fī Sawā'i Al-Jaĥīmi 037-055 ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ. فَاطَّلَعَ فَرَآهُ فِي سَو‍َا‍ءِ ا‍لْجَح‍‍ِ‍ي‍مِ
Qāla Ta-Allāhi 'In Kidta Laturdīni 037-056 އޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ. ق‍َا‍لَ تَال‍لَّهِ إِ‍ن‍ْ كِ‍‍د‍‍ْتَ لَتُرْد‍ِي‍نِ
Wa Lawlā Ni`matu Rabbī Lakuntu Mina Al-Muĥđarīna 037-057 އަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ. وَلَوْلاَ نِعْمَةُ رَبِّي لَكُ‍‍ن‍تُ مِنَ ا‍لْمُحْضَ‍‍ر‍‍ِي‍نَ
'Afamā Naĥnu Bimayyitīna 037-058 އަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ. أَفَمَا نَحْنُ بِمَيِّت‍‍ِ‍ي‍نَ
'Illā Mawtatanā Al-'Ūlá Wa Mā Naĥnu Bimu`adhdhabīna 037-059 ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ. إِلاَّ مَوْتَتَنَا ا‍لأ‍ُ‍ولَى وَمَا نَحْنُ بِمُعَذَّب‍‍ِ‍ي‍نَ
'Inna Hādhā Lahuwa Al-Fawzu Al-`Ažīmu 037-060 ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކީ މިއީކަން ކަށަވަރެވެ. إِ‍نّ‍‍َ هَذَا لَهُوَ ا‍لْفَوْزُ ا‍لْعَظ‍‍ِ‍ي‍مُ
Limithli Hādhā Falya`mali Al-`Āmilūna 037-061 عمل ކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި عمل ކުރާހުށިކަމެވެ! لِمِثْلِ هَذَا فَلْيَعْمَلِ ا‍لْعَامِل‍‍ُ‍و‍نَ
'Adhalika Khayrun Nuzulāan 'Am Shajaratu Az-Zaqqūmi 037-062 ضيافة އެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ زقّوم ގަސް ހެއްޔެވެ؟ أَذَلِكَ خَيْر‍ٌ نُزُلاً أَمْ شَجَرَةُ ا‍لزَّقّ‍‍ُ‍و‍مِ
'Innā Ja`alnāhā Fitnatan Lilžžālimīna 037-063 ހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް امتحان އެއްކަމުގައި ތިމަންރަސްކަލާނގެ އެގަސް ލެއްވީމެވެ. إِ‍نّ‍‍َا جَعَلْنَاهَا فِتْنَة‍‍‍ً لِلظَّالِم‍‍ِ‍ي‍نَ
'Innahā Shajaratun Takhruju Fī 'Aşli Al-Jaĥīmi 037-064 ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ. إِ‍نّ‍‍َهَا شَجَرَة‍‍‍ٌ تَخْرُجُ فِ‍‍ي‍ أَصْلِ ا‍لْجَح‍‍ِ‍ي‍مِ
Ţal`uhā Ka'annahu Ru'ūsu Ash-Shayāţīni 037-065 އޭގެ މޭވާ، شيطان ންގެ ބޯތަކެކޭ އެއްފަދައެވެ. طَلْعُهَا كَأَ‍نّ‍‍َهُ رُء‍ُو‍سُ ا‍لشَّيَاط‍‍ِ‍ي‍نِ
Fa'innahum La'ākilūna Minhā Famāli'ūna Minhā Al-Buţūna 037-066 ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. فَإِ‍نّ‍‍َهُمْ لَآكِل‍‍ُ‍و‍نَ مِنْهَا فَمَالِئ‍‍ُ‍و‍نَ مِنْهَا ا‍لْبُط‍‍ُ‍و‍نَ
Thumma 'Inna Lahum `Alayhā Lashawbāan Min Ĥamīmin 037-067 ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ لَهُمْ عَلَيْهَا لَشَوْبا‍ً مِنْ حَم‍‍ِ‍ي‍م‍‍‍ٍ
Thumma 'Inna Marji`ahum La'ilá Al-Jaĥīmi 037-068 ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ مَرْجِعَهُمْ لَإِلَى ا‍لْجَح‍‍ِ‍ي‍مِ
'Innahum 'Alfaw 'Ābā'ahum Đāllīna 037-069 ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ. إِ‍نّ‍‍َهُمْ أَلْفَوْا آب‍‍َ‍ا‍ءَهُمْ ض‍‍َ‍ا‍لّ‍‍ِ‍ي‍نَ
Fahum `Alá 'Āthārihim Yuhra`ūna 037-070 ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ. فَهُمْ عَلَى آثَا‍ر‍‍ِهِمْ يُهْرَع‍‍ُ‍و‍نَ
Wa Laqad Đalla Qablahum 'Aktharu Al-'Awwalīna 037-071 ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ. وَلَقَ‍‍د‍ْ ضَلَّ قَ‍‍ب‍‍ْلَهُمْ أَكْثَرُ ا‍لأَوَّل‍‍ِ‍ي‍نَ
Wa Laqad 'Arsalnā Fīhim Mundhirīna 037-072 އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذار ކުރައްވާ رسول ން ފޮނުއްވީމެވެ. وَلَقَ‍‍د‍ْ أَرْسَلْنَا فِيهِ‍‍م‍ْ مُ‍‍ن‍ذِ‍ر‍‍ِي‍نَ
nžur Kayfa Kāna `Āqibatu Al-Mundharīna 037-073 ފަހެ، إنذار ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُ‍‍ن‍ذَ‍ر‍‍ِي‍نَ
'Illā `Ibāda Al-Lahi Al-Mukhlaşīna 037-074 اللَّه ގެ، خيار ކުރައްވާފައިވާއަޅުން މެނުވީއެވެ. إِلاَّ عِب‍‍َ‍ا‍دَ ا‍للَّهِ ا‍لْمُخْلَص‍‍ِ‍ي‍نَ
Wa Laqad Nādānā Nūĥun Falani`ma Al-Mujībūna 037-075 ހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ! وَلَقَ‍‍د‍ْ نَادَانَا ن‍‍ُ‍و‍ح‍‍‍ٌ فَلَنِعْمَ ا‍لْمُجِيب‍‍ُ‍و‍نَ
Wa Najjaynāhu Wa 'Ahlahu Mina Al-Karbi Al-`Ažīmi 037-076 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ. وَنَجَّيْن‍‍َ‍ا‍هُ وَأَهْلَهُ مِنَ ا‍لْكَرْبِ ا‍لْعَظ‍‍ِ‍ي‍مِ
Wa Ja`alnā Dhurrīyatahu Humu Al-Bāqīna 037-077 އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. وَجَعَلْنَا ذُرِّيَّتَهُ هُمُ ا‍لْبَاق‍‍ِ‍ي‍نَ
Wa Taraknā `Alayhi Fī Al-'Ākhirīna 037-078 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي ا‍لآخِ‍‍ر‍‍ِي‍نَ
Salāmun `Alá Nūĥin Al-`Ālamīna 037-079 عالم ތަކުގައި نوح ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلاَمٌ عَلَى ن‍‍ُ‍و‍ح‍‍‍ٍ فِي ا‍لْعَالَم‍‍ِ‍ي‍نَ
'Innā Kadhālika Naj Al-Muĥsinīna 037-080 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َا كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
'Innahu Min `Ibādinā Al-Mu'uminīna 037-081 ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. إِ‍نّ‍‍َهُ مِنْ عِبَادِنَا ا‍لْمُؤْمِن‍‍ِ‍ي‍نَ
Thumma 'Aghraq Al-'Ākharīna 037-082 ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ. ثُ‍‍م‍ّ‍‍َ أَغْرَ‍ق‍‍ْنَا ا‍لآخَ‍‍ر‍‍ِي‍نَ
Wa 'Inna Min Shī`atihi La'ibrāhīma 037-083 ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبع ވެގެންވާ މީހުންގެ ތެރެއިން إبراهيم ގެފާނުވެއެވެ. وَإِ‍نّ‍‍َ مِ‍‍ن‍ْ شِيعَتِهِ لَإِ‍ب‍‍ْرَاه‍‍ِ‍ي‍مَ
'Idh Jā'a Rabbahu Biqalbin Salīmin 037-084 (އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް توجّه ވެވަޑައިގެންނެވިހިނދުގައެވެ. إِذْ ج‍‍َ‍ا‍ءَ رَبَّهُ بِقَلْب‍‍‍ٍ سَل‍‍ِ‍ي‍م‍‍‍ٍ
'Idh Qāla Li'abīhi Wa Qawmihi Mādhā Ta`budūna 037-085 (އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ إِذْ ق‍‍َ‍ا‍لَ لِأَب‍‍ِ‍ي‍هِ وَقَوْمِهِ مَاذَا تَعْبُد‍ُو‍نَ
'A'ifkāan 'Ālihatan Dūna Al-Lahi Turīdūna 037-086 اللَّه ފިޔަވައި ދޮގު إله ންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟ أَئِفْكا‍ً آلِهَة‍‍‍ً د‍ُو‍نَ ا‍للَّهِ تُ‍‍ر‍‍ِيد‍ُو‍نَ
Famā Žannukum Birabbi Al-`Ālamīna 037-087 ފަހެ، عالم ތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟ فَمَا ظَ‍‍ن‍ّ‍‍ُكُ‍‍م‍ْ بِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Fanažara Nažratan An-Nujūmi 037-088 ފަހެ (އެއުރެންގެ عيد އަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ. فَنَظَرَ نَظْرَة‍‍‍ً فِي ا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مِ
Faqāla 'Innī Saqīmun 037-089 ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ. فَق‍‍َ‍ا‍لَ إِ‍نّ‍‍ِي سَق‍‍ِ‍ي‍م‍‍‍ٌ
Fatawallaw `Anhu Mudbirīna 037-090 ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ. فَتَوَلَّوْا عَنْهُ مُ‍‍د‍‍ْبِ‍‍ر‍‍ِي‍نَ
Farāgha 'Ilá 'Ālihatihim Faqāla 'Alā Ta'kulūna 037-091 ފަހެ، އެކަލޭގެފާނު އެއުރެންގެ إله ންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟ فَر‍َا‍غَ إِلَى آلِهَتِهِمْ فَق‍‍َ‍ا‍لَ أَلاَ تَأْكُل‍‍ُ‍و‍نَ
Mā Lakum Lā Tanţiqūna 037-092 ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟ مَا لَكُمْ لاَ تَ‍‍ن‍طِق‍‍ُ‍و‍نَ
Farāgha `Alayhim Đarbāan Bil-Yamīni 037-093 ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ. فَر‍َا‍غَ عَلَيْهِمْ ضَرْبا‍ً بِ‍‍ا‍لْيَم‍‍ِ‍ي‍نِ
Fa'aqbalū 'Ilayhi Yaziffūna 037-094 ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ. فَأَ‍ق‍‍ْبَلُ‍‍و‍‍ا‍ إِلَيْهِ يَزِفّ‍‍ُ‍و‍نَ
Qāla 'Ata`budūna Mā Tanĥitūna 037-095 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައިމަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ ق‍َا‍لَ أَتَعْبُد‍ُو‍نَ مَا تَنْحِت‍‍ُ‍و‍نَ
Wa Allāhu Khalaqakum Wa Mā Ta`malūna 037-096 އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ. وَاللَّهُ خَلَقَكُمْ وَمَا تَعْمَل‍‍ُ‍و‍نَ
Qālū Abnū Lahu Bunyānāan Fa'alqūhu Fī Al-Jaĥīmi 037-097 އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ! قَالُو‍‍ا‍ ا‍ب‍‍ْنُو‍‍ا‍ لَهُ بُ‍‍ن‍‍ْيَانا‍ً فَأَلْق‍‍ُ‍و‍هُ فِي ا‍لْجَح‍‍ِ‍ي‍مِ
Fa'arādū Bihi Kaydāan Faja`alnāhumu Al-'Asfalīna 037-098 ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. فَأَرَادُوا‍ بِهِ كَيْدا‍ً فَجَعَلْنَاهُمُ ا‍لأَسْفَل‍‍ِ‍ي‍نَ
Wa Qāla 'Innī Dhāhibun 'Ilá Rabbī Sayahdīni 037-099 އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرة ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمر ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ. وَق‍‍َ‍ا‍لَ إِ‍نّ‍‍ِي ذَاهِب‍‍‍ٌ إِلَى رَبِّي سَيَهْد‍ِي‍نِ
Rabbi Hab Lī Mina Aş-Şāliĥīna 037-100 އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! رَبِّ هَ‍‍ب‍ْ لِي مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Fabashsharnāhu Bighulāmin Ĥalīmin 037-101 ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ. فَبَشَّرْن‍‍َ‍ا‍هُ بِغُلاَمٍ حَل‍‍ِ‍ي‍م‍‍‍ٍ
Falammā Balagha Ma`ahu As-Sa`ya Qāla Yā Bunayya 'Innī 'Ará Fī Al-Manāmi 'Annī 'Adhbaĥuka Fānžur Mādhā Tará Qāla Yā 'Abati Af`al Mā Tu'umaru Satajidunī 'In Shā'a Al-Lahu Mina Aş-Şābirīna 037-102 ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު،އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. فَلَ‍‍م‍ّ‍‍َا بَلَغَ مَعَهُ ا‍لسَّعْيَ ق‍‍َ‍ا‍لَ يَابُنَيَّ إِ‍نّ‍‍ِ‍‍ي‍ أَرَى فِي ا‍لْمَن‍‍َ‍ا‍مِ أَ‍نّ‍‍ِ‍‍ي‍ أَذْبَحُكَ فَان‍ظُرْ مَاذَا تَرَى ق‍‍َ‍ا‍لَ يَ‍‍ا‍ أَبَتِ ا‍فْعَلْ مَا تُؤْمَرُ سَتَجِدُنِ‍‍ي إِ‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ مِنَ ا‍لصَّابِ‍‍ر‍‍ِي‍نَ
Falammā 'Aslamā Wa Tallahu Liljabīni 037-103 ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. فَلَ‍‍م‍ّ‍‍َ‍‍ا‍ أَسْلَمَا وَتَلَّهُ لِلْجَب‍‍ِ‍ي‍نِ
Wa Nādaynāhu 'An Yā 'Ibrāhīmu 037-104 ފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުންނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ! وَنَادَيْن‍‍َ‍ا‍هُ أَ‍ن‍ْ يَ‍‍ا إِ‍ب‍‍ْرَاه‍‍ِ‍ي‍مُ
Qad Şaddaqta Ar-Ru'uyā 'Innā Kadhālika Naj Al-Muĥsinīna 037-105 ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. قَ‍‍د صَدَّ‍‍ق‍‍ْتَ ا‍لرُّؤْيَ‍‍ا إِ‍نّ‍‍َا كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
'Inna Hādhā Lahuwa Al-Balā'u Al-Mubīnu 037-106 ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحان ކަން ކަށަވަރެވެ. إِ‍نّ‍‍َ هَذَا لَهُوَ ا‍لْبَلاَءُ ا‍لْمُب‍‍ِ‍ي‍نُ
Wa Fadaynāhu Bidhibĥin `Ažīmin 037-107 އަދި قدر ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. وَفَدَيْن‍‍َ‍ا‍هُ بِذِ‍ب‍‍ْحٍ عَظ‍‍ِ‍ي‍م‍‍‍ٍ
Wa Taraknā `Alayhi Fī Al-'Ākhirīna 037-108 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي ا‍لآخِ‍‍ر‍‍ِي‍نَ
Salāmun `Alá 'Ibrāhīma 037-109 إبراهيم ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلاَمٌ عَلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ
Kadhālika Naj Al-Muĥsinīna 037-110 إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
'Innahu Min `Ibādinā Al-Mu'uminīna 037-111 ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. إِ‍نّ‍‍َهُ مِنْ عِبَادِنَا ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Bashsharnāhu Bi'isĥāqa Nabīyāan Mina Aş-Şāliĥīna 037-112 އަދި صالح ންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاق ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. وَبَشَّرْن‍‍َ‍ا‍هُ بِإِسْح‍‍َ‍ا‍قَ نَبِيّا‍ً مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Wa Bāraknā `Alayhi Wa `Alá 'Isĥāqa Wa Min Dhurrīyatihimā Muĥsinun Wa Žālimun Linafsihi Mubīnun 037-113 އަދި އެކަލޭގެފާނާއި، إسحاق ގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركات ލެއްވީމެވެ. އެ ދެބަފައިކަލުންގެދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفس އަށް އަނިޔާކުރާ މީހުންވެއެވެ. وَبَارَكْنَا عَلَيْهِ وَعَلَى إِسْح‍‍َ‍ا‍قَ وَمِ‍‍ن‍ْ ذُرِّيَّتِهِمَا مُحْسِن‍‍‍ٌ وَظَالِم‍‍‍ٌ لِنَفْسِهِ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Laqad Manannā `Alá Mūsá Wa Hārūna 037-114 އަދި موسى ގެފާނާއި، هارون ގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمة ދެއްވީމެވެ. وَلَقَ‍‍د‍ْ مَنَ‍‍ن‍ّ‍‍َا عَلَى مُوسَى وَهَار‍ُو‍نَ
Wa Najjaynāhumā Wa Qawmahumā Mina Al-Karbi Al-`Ažīmi 037-115 އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قوم ގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ. وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ ا‍لْكَرْبِ ا‍لْعَظ‍‍ِ‍ي‍مِ
Wa Naşarnāhum Fakānū Humu Al-Ghālibīna 037-116 އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصر ދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ. وَنَصَرْنَاهُمْ فَكَانُو‍‍ا‍ هُمُ ا‍لْغَالِب‍‍ِ‍ي‍نَ
Wa 'Ātaynāhumā Al-Kitāba Al-Mustabīna 037-117 އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيان ވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ. وَآتَيْنَاهُمَا ا‍لْكِت‍‍َ‍ا‍بَ ا‍لْمُسْتَب‍‍ِ‍ي‍نَ
Wa Hadaynāhumā Aş-Şirāţa Al-Mustaqīma 037-118 އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. وَهَدَيْنَاهُمَا ا‍لصِّر‍َا‍طَ ا‍لْمُسْتَق‍‍ِ‍ي‍مَ
Wa Taraknā `Alayhimā Fī Al-'Ākhirīna 037-119 އަދި ފަހުން އަންނަވި أمّة ތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِمَا فِي ا‍لآخِ‍‍ر‍‍ِي‍نَ
Salāmun `Alá Mūsá Wa Hārūna 037-120 موسى ގެފާނާއި، هارون ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلاَمٌ عَلَى مُوسَى وَهَار‍ُو‍نَ
'Innā Kadhālika Naj Al-Muĥsinīna 037-121 إحسان ތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َا كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
'Innahumā Min `Ibādinā Al-Mu'uminīna 037-122 ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. إِ‍نّ‍‍َهُمَا مِنْ عِبَادِنَا ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa 'Inna 'Ilyāsa Lamina Al-Mursalīna 037-123 ހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެތެރެއިންކަން ކަށަވަރެވެ. وَإِ‍نّ‍‍َ إِلْي‍‍َ‍ا‍سَ لَمِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
'Idh Qāla Liqawmihi 'Alā Tattaqūna 037-124 އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟ إِذْ ق‍‍َ‍ا‍لَ لِقَوْمِهِ أَلاَ تَتَّق‍‍ُ‍و‍نَ
'Atad`ūna Ba`lāan Wa Tadharūna 'Aĥsana Al-Khāliqīna 037-125 އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.) أَتَ‍‍د‍‍ْع‍‍ُ‍و‍نَ بَعْلا‍ً وَتَذَر‍ُو‍نَ أَحْسَنَ ا‍لْخَالِق‍‍ِ‍ي‍نَ
Al-Laha Rabbakum Wa Rabba 'Ābā'ikumu Al-'Awwalīna 037-126 އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ. ا‍للَّهَ رَبَّكُمْ وَرَبَّ آب‍‍َ‍ا‍ئِكُمُ ا‍لأَوَّل‍‍ِ‍ي‍نَ
Fakadhdhabūhu Fa'innahum Lamuĥđarūna 037-127 ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން ކަށަވަރެވެ. فَكَذَّب‍‍ُ‍و‍هُ فَإِ‍نّ‍‍َهُمْ لَمُحْضَر‍ُو‍نَ
'Illā `Ibāda Al-Lahi Al-Mukhlaşīna 037-128 اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلاَّ عِب‍‍َ‍ا‍دَ ا‍للَّهِ ا‍لْمُخْلَص‍‍ِ‍ي‍نَ
Wa Taraknā `Alayhi Fī Al-'Ākhirīna 037-129 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي ا‍لآخِ‍‍ر‍‍ِي‍نَ
Salāmun `Alá 'Il Yā -Sīn 037-130 إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلاَمٌ عَلَى إِلْ يَا-سِي‍‍ن
'Innā Kadhālika Naj Al-Muĥsinīna 037-131 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َا كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
'Innahu Min `Ibādinā Al-Mu'uminīna 037-132 ހަމަކަަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. إِ‍نّ‍‍َهُ مِنْ عِبَادِنَا ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa 'Inna Lūţāan Lamina Al-Mursalīna 037-133 ހަމަކަށަވަރުން، لوط ގެފާނުވަނީ رسول ންގެތެރެއިންކަން ކަށަވަރެވެ. وَإِ‍نّ‍‍َ لُوطا‍ً لَمِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
'Idh Najjaynāhu Wa 'Ahlahu 'Ajma`īna 037-134 ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ! إِذْ نَجَّيْن‍‍َ‍ا‍هُ وَأَهْلَهُ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
'Illā `Ajūzāan Al-Ghābirīna 037-135 عذاب ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ. إِلاَّ عَجُوزا‍ً فِي ا‍لْغَابِ‍‍ر‍‍ِي‍نَ
Thumma Dammarnā Al-'Ākharīna 037-136 ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. ثُ‍‍م‍ّ‍‍َ دَ‍مّ‍‍َرْنَا ا‍لآخَ‍‍ر‍‍ِي‍نَ
Wa 'Innakum Latamurrūna `Alayhim Muşbiĥīna 037-137 ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. وَإِ‍نّ‍‍َكُمْ لَتَمُرّ‍ُو‍نَ عَلَيْهِ‍‍م‍ْ مُصْبِح‍‍ِ‍ي‍نَ
Wa Bil-Layli 'Afalā Ta`qilūna 037-138 ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ وَبِاللَّيْلِ أَفَلاَ تَعْقِل‍‍ُ‍و‍نَ
Wa 'Inna Yūnis Lamina Al-Mursalīna 037-139 ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. وَإِ‍نّ‍‍َ يُونِس لَمِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
'Idh 'Abaqa 'Ilá Al-Fulki Al-Mashĥūni 037-140 އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! إِذْ أَبَقَ إِلَى ا‍لْفُلْكِ ا‍لْمَشْح‍‍ُ‍و‍نِ
Fasāhama Fakāna Mina Al-Mudĥađīna 037-141 ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. فَسَاهَمَ فَك‍‍َ‍ا‍نَ مِنَ ا‍لْمُ‍‍د‍‍ْحَض‍‍ِ‍ي‍نَ
Fāltaqamahu Al-Ĥūtu Wa Huwa Mulīmun 037-142 ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. فَالْتَقَمَهُ ا‍لْح‍‍ُ‍و‍تُ وَهُوَ مُل‍‍ِ‍ي‍م‍‍‍ٌ
Falawlā 'Annahu Kāna Mina Al-Musabbiĥīna 037-143 ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. فَلَوْلاَ أَ‍نّ‍‍َهُ ك‍‍َ‍ا‍نَ مِنَ ا‍لْمُسَبِّح‍‍ِ‍ي‍نَ
Lalabitha Fī Baţnihi 'Ilá Yawmi Yub`athūna 037-144 ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. لَلَبِثَ فِي بَ‍‍ط‍‍ْنِهِ إِلَى يَوْمِ يُ‍‍ب‍‍ْعَث‍‍ُ‍و‍نَ
Fanabadhnāhu Bil-`Arā'i Wa Huwa Saqīmun 037-145 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. فَنَبَذْن‍‍َ‍ا‍هُ بِ‍‍ا‍لْعَر‍َا‍ءِ وَهُوَ سَق‍‍ِ‍ي‍م‍‍‍ٌ
Wa 'Anbatnā `Alayhi Shajaratan Min Yaqţīnin 037-146 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ. وَأَ‍ن‍‍ْبَتْنَا عَلَيْهِ شَجَرَة‍‍‍ً مِ‍‍ن‍ْ يَ‍‍ق‍‍ْط‍‍ِ‍ي‍ن‍‍‍ٍ
Wa 'Arsalnāhu 'Ilá Miā'ati 'Alfin 'Aw Yazīdūna 037-147 އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ. وَأَرْسَلْن‍‍َ‍ا‍هُ إِلَى مِائَةِ أَلْفٍ أَوْ يَزِيد‍ُو‍نَ
Fa'āmanū Famatta`nāhum 'Ilá Ĥīnin 037-148 ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. فَآمَنُو‍‍ا‍ فَمَتَّعْنَاهُمْ إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Fāstaftihim 'Alirabbika Al-Banātu Wa Lahumu Al-Banūna 037-149 (އޭ محمد ގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟ فَاسْتَفْتِهِمْ أَلِرَبِّكَ ا‍لْبَن‍‍َ‍ا‍تُ وَلَهُمُ ا‍لْبَن‍‍ُ‍و‍نَ
'Am Khalaq Al-Malā'ikata 'Ināthāan Wa Hum Shāhidūna 037-150 ނުވަތަ އެއުރެން حاضر ވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكة ން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ أَمْ خَلَ‍‍ق‍‍ْنَا ا‍لْمَلاَئِكَةَ إِنَاثا‍ً وَهُمْ شَاهِد‍ُو‍نَ
'Alā 'Innahum Min 'Ifkihim Layaqūlūna 037-151 ނުވަތަ އެއުރެން حاضر ވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكة ން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ أَلاَ إِ‍نّ‍‍َهُ‍‍م‍ْ مِ‍‍ن‍ْ إِفْكِهِمْ لَيَقُول‍‍ُ‍و‍نَ
Walada Al-Lahu Wa 'Innahum Lakādhibūna 037-152 ދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ. وَلَدَ ا‍للَّهُ وَإِ‍نّ‍‍َهُمْ لَكَاذِب‍‍ُ‍و‍نَ
'Āşţafá Al-Banāti `Alá Al-Banīna 037-153 ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيار ކުރެއްވީހެއްޔެވެ؟ أ‍َ‍اصْطَفَى ا‍لْبَن‍‍َ‍ا‍تِ عَلَى ا‍لْبَن‍‍ِ‍ي‍نَ
Mā Lakum Kayfa Taĥkumūna 037-154 ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ مَا لَكُمْ كَيْفَ تَحْكُم‍‍ُ‍و‍نَ
'Afalā Tadhakkarūn 037-155 ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ أَفَلاَ تَذَكَّرُون
'Am Lakum Sulţānun Mubīnun 037-156 ނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟ أَمْ لَكُمْ سُلْط‍‍َ‍ا‍ن‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Fa'tū Bikitābikum 'In Kuntum Şādiqīna 037-157 ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ! فَأْتُو‍‍ا‍ بِكِتَابِكُمْ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Wa Ja`alū Baynahu Wa Bayna Al-Jinnati Nasabāan Wa Laqad `Alimati Al-Jinnatu 'Innahum Lamuĥđarūna 037-158 އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ. وَجَعَلُو‍‍ا‍ بَيْنَهُ وَبَيْنَ ا‍لْجِ‍‍ن‍ّ‍‍َةِ نَسَبا‍ً وَلَقَ‍‍د‍ْ عَلِمَتِ ا‍لْجِ‍‍ن‍ّ‍‍َةُ إِ‍نّ‍‍َهُمْ لَمُحْضَر‍ُو‍نَ
Subĥāna Al-Lahi `Ammā Yaşifūna 037-159 އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ. سُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍للَّهِ عَ‍‍م‍ّ‍‍َا يَصِف‍‍ُ‍و‍نَ
'Illā `Ibāda Al-Lahi Al-Mukhlaşīna 037-160 اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلاَّ عِب‍‍َ‍ا‍دَ ا‍للَّهِ ا‍لْمُخْلَص‍‍ِ‍ي‍نَ
Fa'innakum Wa Mā Ta`budūna 037-161 ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ. فَإِ‍نّ‍‍َكُمْ وَمَا تَعْبُد‍ُو‍نَ
Mā 'Antum `Alayhi Bifātinīna 037-162 ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ. مَ‍‍ا‍ أَ‍ن‍‍ْتُمْ عَلَيْهِ بِفَاتِن‍‍ِ‍ي‍نَ
'Illā Man Huwa Şālī Al-Jaĥīmi 037-163 ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ. إِلاَّ مَنْ هُوَ صَالِي ا‍لْجَح‍‍ِ‍ي‍مِ
Wa Mā Minnā 'Illā Lahu Maqāmun Ma`lūmun 037-164 (ملائكة ން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقام އެއް ނެތިއެއް ނުވެއެވެ. وَمَا مِ‍‍ن‍ّ‍‍َ‍‍ا إِلاَّ لَهُ مَق‍‍َ‍ا‍م‍‍‍ٌ مَعْل‍‍ُ‍و‍م‍‍‍ٌ
Wa 'Innā Lanaĥnu Aş-Şāffūna 037-165 އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكة ންނީމުއެވެ. وَإِ‍نّ‍‍َا لَنَحْنُ ا‍لصّ‍‍َ‍ا‍فّ‍‍ُ‍و‍نَ
Wa 'Innā Lanaĥnu Al-Musabbiĥūna 037-166 އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيح ކިޔާ ملائكة ންނީމުއެވެ. وَإِ‍نّ‍‍َا لَنَحْنُ ا‍لْمُسَبِّح‍‍ُ‍و‍نَ
Wa 'In Kānū Layaqūlūna 037-167 އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ. وَإِ‍ن‍ْ كَانُو‍‍ا‍ لَيَقُول‍‍ُ‍و‍نَ
Law 'Anna `Indanā Dhikrāan Mina Al-'Awwalīna 037-168 އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ. لَوْ أَ‍نّ‍‍َ عِ‍‍ن‍‍ْدَنَا ذِكْرا‍ً مِنَ ا‍لأَوَّل‍‍ِ‍ي‍نَ
Lakunnā `Ibāda Al-Lahi Al-Mukhlaşīna 037-169 ތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައިތިމަންމެންވެސް ވީމުހެވެ. لَكُ‍‍ن‍ّ‍‍َا عِب‍‍َ‍ا‍دَ ا‍للَّهِ ا‍لْمُخْلَص‍‍ِ‍ي‍نَ
Fakafarū Bihi Fasawfa Ya`lamūna 037-170 ފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافر ވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ. فَكَفَرُوا‍ بِهِ فَسَوْفَ يَعْلَم‍‍ُ‍و‍نَ
Wa Laqad Sabaqat Kalimatunā Li`ibādinā Al-Mursalīn 037-171 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسول ންނަށް ތިމަންރަސްކަލާނގެ (نصر ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. وَلَقَ‍‍د‍ْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ا‍لْمُرْسَلِي‍‍ن
'Innahum Lahumu Al-Manşūrūna 037-172 ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصر ލިބިގެންވާ ބޭކަލުންނެވެ. إِ‍نّ‍‍َهُمْ لَهُمُ ا‍لْمَ‍‍ن‍صُور‍ُو‍نَ
Wa 'Inna Jundanā Lahumu Al-Ghālibūna 037-173 އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكر ކަން ކަށަވަރެވެ. وَإِ‍نّ‍‍َ جُ‍‍ن‍دَنَا لَهُمُ ا‍لْغَالِب‍‍ُ‍و‍نَ
Fatawalla `Anhum Ĥattá Ĥīnin 037-174 ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! فَتَوَلَّ عَنْهُمْ حَتَّى ح‍‍ِ‍ي‍ن‍‍‍ٍ
Wa 'Abşirhum Fasawfa Yubşirūna 037-175 އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ. وَأَ‍ب‍‍ْصِرْهُمْ فَسَوْفَ يُ‍‍ب‍‍ْصِر‍ُو‍نَ
'Afabi`adhābinā Yasta`jilūna 037-176 ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟ أَفَبِعَذَابِنَا يَسْتَعْجِل‍‍ُ‍و‍نَ
Fa'idhā Nazala Bisāĥatihim Fasā'a Şabāĥu Al-Mundharīna 037-177 ފަހެ، އެއުރެން ތިބޭތަނަށް އެ عذاب އަތުވެއްޖެނަމަ، އެ إنذار ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ! فَإِذَا نَزَلَ بِسَاحَتِهِمْ فَس‍‍َ‍ا‍ءَ صَب‍‍َ‍ا‍حُ ا‍لْمُ‍‍ن‍ذَ‍ر‍‍ِي‍نَ
Wa Tawalla `Anhum Ĥattá Ĥīnin 037-178 އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! وَتَوَلَّ عَنْهُمْ حَتَّى ح‍‍ِ‍ي‍ن‍‍‍ٍ
Wa 'Abşir Fasawfa Yubşirūna 037-179 އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް)ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ. وَأَ‍ب‍‍ْصِرْ فَسَوْفَ يُ‍‍ب‍‍ْصِر‍ُو‍نَ
Subĥāna Rabbika Rabbi Al-`Izzati `Ammā Yaşifūna 037-180 އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّة ގެ ވެރިރަސްކަލާނގެ ހުސްطاهر ވެ ވޮޑިގެންވެއެވެ. سُ‍‍ب‍‍ْح‍‍َ‍ا‍نَ رَبِّكَ رَبِّ ا‍لْعِزَّةِ عَ‍‍م‍ّ‍‍َا يَصِف‍‍ُ‍و‍نَ
Wa Salāmun `Alá Al-Mursalīna 037-181 އަދި (އެންމެހާ) رسول ންގެ މައްޗަށް سلام ހުށްޓެވެ. وَسَلاَمٌ عَلَى ا‍لْمُرْسَل‍‍ِ‍ي‍نَ
Wa Al-Ĥamdu Lillahi Rabbi Al-`Ālamīna 037-182 އަދި حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. وَالْحَمْدُ لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Next Sūrah