32) Sūrat As-Sajdah

Printed format

32) سُورَة السَجدَه

'Alif-Lām-Mīm 032-001 ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) أَلِف-لَام-مِيم
Tanzīlu Al-Kitābi Lā Rayba Fīhi Min Rabbi Al-`Ālamīna 032-002 މިއީ عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެވެ. އެއާމެދު شك އެއް ނެތެވެ. تَ‍‍ن‍ز‍ِي‍لُ ا‍لْكِت‍‍َ‍ا‍بِ لاَ رَيْبَ ف‍‍ِ‍ي‍هِ مِ‍‍ن‍ْ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
'Am Yaqūlūna Aftarāhu Bal Huwa Al-Ĥaqqu Min Rabbika Litundhira Qawmāan Mā 'Atāhum Min Nadhīrin Min Qablika La`allahum Yahtadūna 032-003 ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެحضرة ން އައި حق ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް إنذار ކުރައްވާނޭ رسول އަކު ވަޑައިނުގަންނަވާ قوم އެއްގެ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ. أَمْ يَقُول‍‍ُ‍و‍نَ ا‍فْتَر‍َا‍هُ بَلْ هُوَ ا‍لْحَقُّ مِ‍‍ن‍ْ رَبِّكَ لِتُ‍‍ن‍ذِ‍ر‍َ قَوْما‍ً مَ‍‍ا‍ أَتَاهُ‍‍م‍ْ مِ‍‍ن‍ْ نَذ‍ِي‍ر‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ لَعَلَّهُمْ يَهْتَد‍ُو‍نَ
Al-Lahu Al-Ladhī Khalaqa As-Samāwāti Wa Al-'Arđa Wa Mā Baynahumā Fī Sittati 'Ayyāmin Thumma Astawá `Alá Al-`Arshi Mā Lakum Min Dūnihi Min Wa Līyin Wa Lā Shafī`in 'Afalā Tatadhakkarūna 032-004 اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް، އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟ ا‍للَّهُ ا‍لَّذِي خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيّ‍‍َ‍ا‍م‍‍‍ٍ ثُ‍‍م‍ّ‍‍َ ا‍سْتَوَى عَلَى ا‍لْعَرْشِ مَا لَكُ‍‍م‍ْ مِ‍‍ن‍ْ دُونِهِ مِ‍‍ن وَلِيّ‍‍‍ٍ وَلاَ شَف‍‍ِ‍ي‍عٍ أَفَلاَ تَتَذَكَّر‍ُو‍نَ
Yudabbiru Al-'Amra Mina As-Samā'i 'Ilá Al-'Arđi Thumma Ya`ruju 'Ilayhi Fī Yawmin Kāna Miqdāruhu 'Alfa Sanatin Mimmā Ta`uddūna 032-005 އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ. يُدَبِّ‍‍ر‍ُ ا‍لأَمْرَ مِنَ ا‍لسَّم‍‍َ‍ا‍ءِ إِلَى ا‍لأَرْضِ ثُ‍‍م‍ّ‍‍َ يَعْرُجُ إِلَيْهِ فِي يَوْم‍‍‍ٍ ك‍‍َ‍ا‍نَ مِ‍‍ق‍‍ْدَارُهُ أَلْفَ سَنَة‍‍‍ٍ مِ‍‍م‍ّ‍‍َا تَعُدّ‍ُو‍نَ
Dhālika `Ālimu Al-Ghaybi Wa Ash-Shahādati Al-`Azīzu Ar-Raĥīmu 032-006 އެކަލާނގެއީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. ذَلِكَ عَالِمُ ا‍لْغَيْبِ وَا‍لشَّهَادَةِ ا‍لْعَز‍ِي‍زُ ا‍لرَّح‍‍ِ‍ي‍مُ
Al-Ladhī 'Aĥsana Kulla Shay'in Khalaqahu Wa Bada'a Khalqa Al-'Insāni Min Ţīnin 032-007 އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ. ا‍لَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ ا‍لإِن‍س‍‍َ‍ا‍نِ مِ‍‍ن‍ْ ط‍‍ِ‍ي‍ن‍‍‍ٍ
Thumma Ja`ala Naslahu Min Sulālatin Min Mā'in Mahīnin 032-008 ދެންއެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ خلاصة އަކުން ހެއްދެވިއެވެ. ثُ‍‍م‍ّ‍‍َ جَعَلَ نَسْلَهُ مِ‍‍ن‍ْ سُلاَلَة‍‍‍ٍ مِ‍‍ن‍ْ م‍‍َ‍ا‍ء‍ٍ مَه‍‍ِ‍ي‍ن‍‍‍ٍ
Thumma Sawwāhu Wa Nafakha Fīhi Min Rūĥihi Wa Ja`ala Lakumu As-Sam`a Wa Al-'Abşāra Wa Al-'Af'idata Qalīlāan Mā Tashkurūna 032-009 ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. ثُ‍‍م‍ّ‍‍َ سَوّ‍َا‍هُ وَنَفَخَ ف‍‍ِ‍ي‍هِ مِ‍‍ن‍ْ رُوحِهِ وَجَعَلَ لَكُمُ ا‍لسَّمْعَ وَا‍لأَ‍ب‍‍ْص‍‍َ‍ا‍رَ وَا‍لأَفْئِدَةَ قَلِيلا‍ً مَا تَشْكُر‍ُو‍نَ
Wa Qālū 'A'idhā Đalalnā Fī Al-'Arđi 'A'innā Lafī Khalqin Jadīdin Bal Hum Biliqā'i Rabbihim Kāfirūna 032-010 އެއުރެން ބުނޫއެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ. وَقَالُ‍‍و‍‍ا‍ أَئِذَا ضَلَلْنَا فِي ا‍لأَرْضِ أَئِ‍‍ن‍ّ‍‍َا لَفِي خَلْق‍‍‍ٍ جَد‍ِي‍د‍ٍ بَلْ هُ‍‍م‍ْ بِلِق‍‍َ‍ا‍ءِ رَبِّهِمْ كَافِر‍ُو‍نَ
Qul Yatawaffākum Malaku Al-Mawti Al-Ladhī Wukkila Bikum Thumma 'Ilá Rabbikum Turja`ūna 032-011 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން حوال ކުރައްވާފައިވާ ملك الموت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. قُلْ يَتَوَفَّاكُ‍‍م‍ْ مَلَكُ ا‍لْمَوْتِ ا‍لَّذِي وُكِّلَ بِكُمْ ثُ‍‍م‍ّ‍‍َ إِلَى رَبِّكُمْ تُرْجَع‍‍ُ‍و‍نَ
Wa Law Tará 'Idhi Al-Mujrimūna Nākisū Ru'ūsihim `Inda Rabbihim Rabbanā 'Abşarnā Wa Sami`nā Fārji`nā Na`mal Şāliĥāan 'Innā Mūqinūna 032-012 އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން حيران ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން صالح عمل ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، يقين ކުރާ ބަޔަކީމުއެވެ. وَلَوْ تَرَى إِذِ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ نَاكِسُو‍‍ا‍ رُء‍ُ‍وسِهِمْ عِ‍‍ن‍‍ْدَ رَبِّهِمْ رَبَّنَ‍‍ا‍ أَ‍ب‍‍ْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحا‍ً إِ‍نّ‍‍َا مُوقِن‍‍ُ‍و‍نَ
Wa Law Shi'nā La'ātaynā Kulla Nafsin Hudāhā Wa Lakin Ĥaqqa Al-Qawlu Minnī La'amla'anna Jahannama Mina Al-Jinnati Wa An-Nāsi 'Ajma`īna 032-013 އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ حضرة ން އިސްވެގޮސްފައިވެއެވެ. وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَكِنْ حَقَّ ا‍لْقَوْلُ مِ‍‍ن‍ّ‍‍ِي لَأَمْلَأَ‍نّ‍‍َ جَهَ‍‍ن‍ّ‍‍َمَ مِنَ ا‍لْجِ‍‍ن‍ّ‍‍َةِ وَا‍ل‍‍ن‍ّ‍‍َ‍ا‍سِ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Fadhūqū Bimā Nasītum Liqā'a Yawmikumdhā 'Innā Nasīnākum Wa Dhūqū `Adhāba Al-Khuldi Bimā Kuntum Ta`malūna 032-014 ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކަށްޓަކައި ދެމިހުންނަނިވި عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! فَذُوقُو‍‍ا‍ بِمَا نَسِيتُمْ لِق‍‍َ‍ا‍ءَ يَوْمِكُمْ هَذَا إِ‍نّ‍‍َا نَسِينَاكُمْ وَذُوقُو‍‍ا‍ عَذ‍َا‍بَ ا‍لْخُلْدِ بِمَا كُ‍‍ن‍‍ْتُمْ تَعْمَل‍‍ُ‍و‍نَ
'Innamā Yu'uminu Bi'āyātinā Al-Ladhīna 'Idhā Dhukkirū Bihā Kharrū Sujjadāan Wa Sabbaĥū Biĥamdi Rabbihim Wa Hum Lā Yastakbirūna 032-015 ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبرވެރިއެއް ނުވާނެތެވެ. إِ‍نّ‍‍َمَا يُؤْمِنُ بِآيَاتِنَا ا‍لَّذ‍ِي‍نَ إِذَا ذُكِّرُوا‍ بِهَا خَرُّوا‍ سُجَّدا‍ً وَسَبَّحُو‍‍ا‍ بِحَمْدِ رَبِّهِمْ وَهُمْ لاَ يَسْتَكْبِر‍ُو‍نَ
Tatajāfá Junūbuhum `Ani Al-Mađāji`i Yad`ūna Rabbahum Khawfāan Wa Ţama`āan Wa Mimmā Razaqnāhum Yunfiqūna 032-016 އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. تَتَجَافَى جُنُوبُهُمْ عَنِ ا‍لْمَضَاجِعِ يَ‍‍د‍‍ْع‍‍ُ‍و‍نَ رَبَّهُمْ خَوْفا‍ً وَطَمَعا‍ً وَمِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ يُ‍‍ن‍فِق‍‍ُ‍و‍نَ
Falā Ta`lamu Nafsun Mā 'Ukhfiya Lahum Min Qurrati 'A`yunin Jazā'an Bimā Kānū Ya`malūna 032-017 ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ. فَلاَ تَعْلَمُ نَفْس‍‍‍ٌ مَ‍‍ا‍ أُخْفِيَ لَهُ‍‍م‍ْ مِ‍‍ن‍ْ قُرَّةِ أَعْيُن‍‍‍ٍ جَز‍َا‍ء‍ً بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
'Afaman Kāna Mu'umināan Kaman Kāna Fāsiqāan Lā Yastawūna 032-018 ފަހެ، مؤمن އަކު ކަމުގައިވާ މީހާއާއި (އުރެދޭ) فاسق އަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ. أَفَمَ‍‍ن‍ْ ك‍‍َ‍ا‍نَ مُؤْمِنا‍ً كَمَ‍‍ن‍ْ ك‍‍َ‍ا‍نَ فَاسِقا‍ً لاَ يَسْتَو‍ُو‍نَ
'Ammā Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Falahum Jannātu Al-Ma'wá Nuzulāan Bimā Kānū Ya`malūna 032-019 إيمان ވެ صالح عمل ތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކަށްޓަކައި، ދެއްވާ شرف އެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ. أَ‍مّ‍‍َا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ فَلَهُمْ جَ‍‍ن‍ّ‍‍َ‍ا‍تُ ا‍لْمَأْوَى نُزُلا‍ً بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa 'Ammā Al-Ladhīna Fasaqū Fama'wāhumu An-Nāru Kullamā 'Arādū 'An Yakhrujū Minhā 'U`īdū Fīhā Wa Qīla Lahum Dhūqū `Adhāba An-Nāri Al-Ladhī Kuntum Bihi Tukadhdhibūna 032-020 އަދި (كافر ވެ) فاسق ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ إعادة ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ.ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! وَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ فَسَقُو‍‍ا‍ فَمَأْوَاهُمُ ا‍ل‍‍ن‍ّ‍‍َ‍ا‍رُ كُلَّمَ‍‍ا‍ أَرَادُو‍ا‍ أَ‍ن‍ْ يَخْرُجُو‍‍ا‍ مِنْهَ‍‍ا‍ أُعِيدُوا‍ فِيهَا وَق‍‍ِ‍ي‍لَ لَهُمْ ذُوقُو‍‍ا‍ عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ ا‍لَّذِي كُ‍‍ن‍‍ْتُ‍‍م‍ْ بِهِ تُكَذِّب‍‍ُ‍و‍نَ
Wa Lanudhīqannahum Mina Al-`Adhābi Al-'Adná Dūna Al-`Adhābi Al-'Akbari La`allahum Yarji`ūna 032-021 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ. وَلَنُذِيقَ‍‍ن‍ّ‍‍َهُ‍‍م‍ْ مِنَ ا‍لْعَذ‍َا‍بِ ا‍لأَ‍د‍‍ْنَى د‍ُو‍نَ ا‍لْعَذ‍َا‍بِ ا‍لأَكْبَ‍‍ر‍ِ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Wa Man 'Ažlamu Mimman Dhukkira Bi'āyāti Rabbihi Thumma 'A`rađa `Anhā 'Innā Mina Al-Mujrimīna Muntaqimūna 032-022 އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ آية ތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ ذُكِّ‍‍ر‍َ بِآي‍‍َ‍ا‍تِ رَبِّهِ ثُ‍‍م‍ّ‍‍َ أَعْرَضَ عَنْهَ‍‍ا إِ‍نّ‍‍َا مِنَ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ مُ‍‍ن‍تَقِم‍‍ُ‍و‍نَ
Wa Laqad 'Ātaynā Mūsá Al-Kitāba Falā Takun Fī Miryatin Min Liqā'ihi Wa Ja`alnāhu Hudáan Libanī 'Isrā'īla 032-023 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު شك ކަމެއްގައި ވެވަޑައިނުގަންނަވާށެވެ! އަދި إسـرآءيـل ގެދަރިންނަށް هداية އެއް ކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ލެއްވީމެވެ. وَلَقَ‍‍د‍ْ آتَيْنَا مُوسَى ا‍لْكِت‍‍َ‍ا‍بَ فَلاَ تَكُ‍‍ن‍ْ فِي مِرْيَة‍‍‍ٍ مِ‍‍ن‍ْ لِق‍‍َ‍ا‍ئِهِ وَجَعَلْن‍‍َ‍ا‍هُ هُ‍‍دى‍ً لِبَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ
Wa Ja`alnā Minhum 'A'immatan Yahdūna Bi'amrinā Lammā Şabarū Wa Kānū Bi'āyātinā Yūqinūna 032-024 އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ. وَجَعَلْنَا مِنْهُمْ أَئِ‍‍م‍ّ‍‍َة‍‍‍ً يَهْد‍ُو‍نَ بِأَمْ‍‍ر‍‍ِنَا لَ‍‍م‍ّ‍‍َا صَبَرُوا‍ وَكَانُو‍‍ا‍ بِآيَاتِنَا يُوقِن‍‍ُ‍و‍نَ
'Inna Rabbaka Huwa Yafşilu Baynahum Yawma Al-Qiyāmati Fīmā Kānū Fīhi Yakhtalifūna 032-025 ހަމަކަށަވަރުން، އެއުރެން خلاف ވެގެން އުޅުނު ކަންތައްތަކާމެދު، قيامة ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މެދުގައި ނިޔާކަނޑައަޅުއްވާނެތެވެ. إِ‍نّ‍‍َ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ا‍لْقِيَامَةِ فِيمَا كَانُو‍‍ا‍ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
'Awalam Yahdi Lahum Kam 'Ahlaknā Min Qablihim Mina Al-Qurūni Yamshūna Fī Masākinihim 'Inna Fī Dhālika La'āyātin 'Afalā Yasma`ūna 032-026 އަދި އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެއުރެން ހިނގަހިނގާއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ، އެއުރެން އަޑުނާހަނީ ހެއްޔެވެ؟ أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ‍‍م‍ْ مِنَ ا‍لْقُر‍ُو‍نِ يَمْش‍‍ُ‍و‍نَ فِي مَسَاكِنِهِمْ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍تٍ أَفَلاَ يَسْمَع‍‍ُ‍و‍نَ
'Awalam Yaraw 'Annā Nasūqu Al-Mā'a 'Ilá Al-'Arđi Al-Juruzi Fanukhriju Bihi Zar`āan Ta'kulu Minhu 'An`āmuhum Wa 'Anfusuhum 'Afalā Yubşirūna 032-027 އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަންރަސްކަލާނގެ ފެން ފޮނުއްވައި، އެއިން އެއުރެންގެ ޖަނަވާރުތަކާއި خود އެއުރެން ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ (އެކަލާނގެ ކުޅަދުންވަންތަކަން) އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ أَوَلَمْ يَرَوْا أَ‍نّ‍‍َا نَس‍‍ُ‍و‍قُ ا‍لْم‍‍َ‍ا‍ءَ إِلَى ا‍لأَرْضِ ا‍لْجُرُزِ فَنُخْ‍‍ر‍‍ِجُ بِهِ زَرْعا‍ً تَأْكُلُ مِنْهُ أَنْعَامُهُمْ وَأَن‍فُسُهُمْ أَفَلاَ يُ‍‍ب‍‍ْصِر‍ُو‍نَ
Wa Yaqūlūna Matá Hādhā Al-Fatĥu 'In Kuntum Şādiqīna 032-028 އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ فيصلة ވާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْفَتْحُ إِ‍ن‍ْ كُ‍‍ن‍‍ْتُمْ صَادِق‍‍ِ‍ي‍نَ
Qul Yawma Al-Fatĥi Lā Yanfa`u Al-Ladhīna Kafarū 'Īmānuhum Wa Lā Hum Yunžarūna 032-029 ކަލޭގެފާނު ވިދާޅުވާށެވެ! ނިޔާ އިއްވަވާ ދުވަހު (އެބަހީ: قيامة ދުވަހުން) كافر ވި މީހުންނަކަށް އެއުރެން إيمان ވުމަކުން މަންފާއެއްނުކުރާނެތެވެ. އަދި އެއުރެންނަކަށް مهلة އެއްވެސް ނުމެދެއްވާނޭމެއެވެ. قُلْ يَوْمَ ا‍لْفَتْحِ لاَ يَ‍‍ن‍فَعُ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِيمَانُهُمْ وَلاَ هُمْ يُ‍‍ن‍‍ْظَر‍ُو‍نَ
Fa'a`riđ `Anhum Wa Antažir 'Innahum Muntažirūna 032-030 ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު انتظار ކުރައްވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް انتظار ކުރެތެވެ. فَأَعْ‍‍ر‍‍ِضْ عَنْهُمْ وَا‍ن‍‍ْتَظِرْ إِ‍نّ‍‍َهُ‍‍م‍ْ مُ‍‍ن‍تَظِر‍ُو‍نَ
Next Sūrah