33) Sūrat Al-'Aĥzāb

Printed format

33) سُورَة الأَحزَاب

Yā 'Ayyuhā An-Nabīyu Attaqi Al-Laha Wa Lā Tuţi`i Al-Kāfirīna Wa Al-Munāfiqīna 'Inna Al-Laha Kāna `Alīmāan Ĥakīmāan 033-001 އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް تقوى ވެރިވެވަޑައިގަންނަވާށެވެ! އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ ا‍تَّقِ ا‍للَّهَ وَلاَ تُطِعِ ا‍لْكَافِ‍‍ر‍‍ِي‍نَ وَا‍لْمُنَافِق‍‍ِ‍ي‍نَ إِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ عَلِيماً حَكِيما‍ً
Wa Attabi` Mā Yūĥá 'Ilayka Min Rabbika 'Inna Al-Laha Kāna Bimā Ta`malūna Khabīrāan 033-002 އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. وَاتَّبِعْ مَا يُوحَى إِلَيْكَ مِ‍‍ن‍ْ رَبِّكَ إِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ بِمَا تَعْمَل‍‍ُ‍و‍نَ خَبِيرا‍ً
Wa Tawakkal `Alá Al-Lahi Wa Kafá Bil-Lahi Wa Kīlāan 033-003 އަދި ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ. وَتَوَكَّلْ عَلَى ا‍للَّهِ وَكَفَى بِ‍‍ا‍للَّهِ وَكِيلا‍ً
Mā Ja`ala Al-Lahu Lirajulin Min Qalbayni Fī Jawfihi Wa Mā Ja`ala 'Azwājakumu Al-Lā'ī Tužāhirūna Minhunna 'Ummahātikum Wa Mā Ja`ala 'Ad`iyā'akum 'Abnā'akum Dhālikum Qawlukum Bi'afwāhikum Wa Allāhu Yaqūlu Al-Ĥaqqa Wa Huwa Yahdī As-Sabīla 033-004 އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللَّه ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ظهار ކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސްނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދައިގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިިން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللَّه حق ބަސްފުޅު وحى ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ. مَا جَعَلَ ا‍للَّهُ لِرَجُل‍‍‍ٍ مِ‍‍ن‍ْ قَلْبَيْنِ فِي جَوْفِهِ وَمَا جَعَلَ أَزْوَاجَكُمُ ا‍للاَّئ‍‍ِ‍ي تُظَاهِر‍ُو‍نَ مِنْهُ‍‍ن‍ّ‍‍َ أُ‍مّ‍‍َهَاتِكُمْ وَمَا جَعَلَ أَ‍د‍‍ْعِي‍‍َ‍ا‍ءَكُمْ أَ‍ب‍‍ْن‍‍َ‍ا‍ءَكُمْ ذَلِكُمْ قَوْلُكُ‍‍م‍ْ بِأَفْوَاهِكُمْ وَا‍للَّهُ يَق‍‍ُ‍و‍لُ ا‍لْحَقَّ وَهُوَ يَهْدِي ا‍لسَّب‍‍ِ‍ي‍لَ
Ad`ūhum Li'abā'ihim Huwa 'Aqsaţu `Inda Al-Lahi Fa'in Lam Ta`lamū 'Ābā'ahum Fa'ikhwānukum Ad-Dīni Wa Mawālīkum Wa Laysa `Alaykum Junāĥun Fīmā 'Akhţa'tum Bihi Wa Lakin Mā Ta`ammadat Qulūbukum Wa Kāna Al-Lahu Ghafūrāan Raĥīmāan 033-005 އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. ا‍د‍‍ْعُوهُمْ لِأَب‍‍َ‍ا‍ئِهِمْ هُوَ أَ‍ق‍‍ْسَطُ عِ‍‍ن‍‍ْدَ ا‍للَّهِ فَإِ‍ن‍ْ لَمْ تَعْلَمُ‍‍و‍‍ا‍ آب‍‍َ‍ا‍ءَهُمْ فَإِخْوَانُكُمْ فِي ا‍لدّ‍ِي‍نِ وَمَوَالِيكُمْ وَلَيْسَ عَلَيْكُمْ جُن‍‍َ‍ا‍ح‍‍‍ٌ فِيمَ‍‍ا‍ أَخْطَأْتُ‍‍م‍ْ بِهِ وَلَكِ‍‍ن‍ْ مَا تَعَ‍‍م‍ّ‍‍َدَتْ قُلُوبُكُمْ وَك‍‍َ‍ا‍نَ ا‍للَّهُ غَفُورا‍ً رَحِيما‍ً
An-Nabīyu 'Awlá Bil-Mu'uminīna Min 'Anfusihim Wa 'Azwājuhu 'Ummahātuhum Wa 'Ū Al-'Arĥāmi Ba`đuhum 'Awlá Biba`đin Fī Kitābi Al-Lahi Mina Al-Mu'uminīna Wa Al-Muhājirīna 'Illā 'An Taf`alū 'Ilá 'Awliyā'ikum Ma`rūfāan Kāna Dhālika Fī Al-Kitābi Masţūrāan 033-006 مؤمن ންނަށް އެއުރެންގެ އަމިއްލަ نفس ތަކަށްވުރެން، ނަބިއްޔާ أولى ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ. مؤمن ންނާއި، مهاجر ންގެ ތެރެއިންވާ މީހުންނަށްވުރެންاللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެއެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ. ا‍ل‍‍ن‍ّ‍‍َبِيُّ أَوْلَى بِ‍‍ا‍لْمُؤْمِن‍‍ِ‍ي‍نَ مِنْ أَ‍ن‍‍ْفُسِهِمْ وَأَزْوَاجُهُ أُ‍مّ‍‍َهَاتُهُمْ وَأ‍ُ‍وْلُو ا‍لأَرْح‍‍َ‍ا‍مِ بَعْضُهُمْ أَوْلَى بِبَعْض‍‍‍ٍ فِي كِت‍‍َ‍ا‍بِ ا‍للَّهِ مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُهَاجِ‍‍ر‍‍ِي‍نَ إِلاَّ أَ‍ن‍ْ تَفْعَلُ‍‍و‍‍ا‍ إِلَى أَوْلِي‍‍َ‍ا‍ئِكُ‍‍م‍ْ مَعْرُوفا‍ً ك‍‍َ‍ا‍نَ ذَلِكَ فِي ا‍لْكِت‍‍َ‍ا‍بِ مَسْطُورا‍ً
Wa 'Idh 'Akhadhnā Mina An-Nabīyīna Mīthāqahum Wa Minka Wa Min Nūĥin Wa 'Ibrāhīma Wa Mūsá Wa `Īsá Abni Maryama Wa 'Akhadhnā Minhumthāqāan Ghalīžāan 033-007 ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. وَإِذْ أَخَذْنَا مِنَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ مِيثَاقَهُمْ وَمِ‍‍ن‍‍ْكَ وَمِ‍‍ن‍ْ ن‍‍ُ‍و‍ح‍‍‍ٍ وَإِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَمُوسَى وَعِيسَى ا‍ب‍‍ْنِ مَرْيَمَ وَأَخَذْنَا مِنْهُ‍‍م‍ْ مِيثَاقاً غَلِيظا‍ً
Liyas'ala Aş-Şādiqīna `An Şidqihim Wa 'A`adda Lilkāfirīna `Adhābāan 'Alīmāan 033-008 (އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު سؤال ކުރެއްވުމަށްޓަކައެވެ. އަދި كافر ންނަށްޓަކައި ވޭންދެނިވި عذاب އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ. لِيَسْأَلَ ا‍لصَّادِق‍‍ِ‍ي‍نَ عَ‍‍ن‍ْ صِ‍‍د‍‍ْقِهِمْ وَأَعَدَّ لِلْكَافِ‍‍ر‍‍ِي‍نَ عَذَاباً أَلِيما‍ً
Yā 'Ayyuhā Al-Ladhīna 'Āmanū Adhkurū Ni`mata Al-Lahi `Alaykum 'Idh Jā'atkum Junūdun Fa'arsalnā `Alayhim Rīĥāan Wa Junūdāan Lam Tarawhā Wa Kāna Al-Lahu Bimā Ta`malūna Başīrāan 033-009 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكر ތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ لشكرތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ إِذْ ج‍‍َ‍ا‍ءَتْكُمْ جُن‍‍ُ‍و‍د‍ٌ فَأَرْسَلْنَا عَلَيْهِمْ ‍ر‍‍ِيحا‍ً وَجُنُودا‍ً لَمْ تَرَوْهَا وَك‍‍َ‍ا‍نَ ا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَصِيرا‍ً
'Idh Jā'ūkum Min Fawqikum Wa Min 'Asfala Minkum Wa 'Idhghati Al-'Abşāru Wa Balaghati Al-Qulūbu Al-Ĥanājira Wa Tažunnūna Bil-Lahi Až-Žunūna 033-010 ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ. إِذْ ج‍‍َ‍ا‍ء‍ُ‍وكُ‍‍م‍ْ مِ‍‍ن‍ْ فَوْقِكُمْ وَمِنْ أَسْفَلَ مِ‍‍ن‍‍ْكُمْ وَإِذْ زَاغَتِ ا‍لأَ‍ب‍‍ْص‍‍َ‍ا‍رُ وَبَلَغَتِ ا‍لْقُل‍‍ُ‍و‍بُ ا‍لْحَنَاجِ‍‍ر‍َ وَتَظُ‍‍ن‍ّ‍‍ُ‍و‍نَ بِ‍‍ا‍للَّهِ ا‍لظُّن‍‍ُ‍و‍نَ
Hunālika Abtuliya Al-Mu'uminūna Wa Zulzilū Zilzālāan Shadīdāan 033-011 އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.) هُنَالِكَ ا‍ب‍‍ْتُلِيَ ا‍لْمُؤْمِن‍‍ُ‍و‍نَ وَزُلْزِلُو‍‍ا‍ زِلْزَالا‍ً شَدِيدا‍ً
Wa 'Idh Yaqūlu Al-Munāfiqūna Wa Al-Ladhīna Fī Qulūbihim Marađun Mā Wa`adanā Al-Lahu Wa Rasūluhu 'Illā Ghurūrāan 033-012 އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ. وَإِذْ يَق‍‍ُ‍و‍لُ ا‍لْمُنَافِق‍‍ُ‍و‍نَ وَا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَض‍‍‍ٌ مَا وَعَدَنَا ا‍للَّهُ وَرَسُولُهُ إِلاَّ غُرُورا‍ً
Wa 'Idh Qālat Ţā'ifatun Minhum Yā 'Ahla Yathriba Lā Muqāma Lakum Fārji`ū Wa Yasta'dhinu Farīqun Minhumu An-Nabīya Yaqūlūna 'Inna Buyūtanā `Awratun Wa Mā Hiya Bi`awratin 'In Yurīdūna 'Illā Firārāan 033-013 އަދި އެއުރެންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ يثرب ގެ (އެބަހީ: المدينة ގެ) أهل ވެރިންނޭވެ! ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެއަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ. وَإِذْ قَالَتْ ط‍‍َ‍ا‍ئِفَة‍‍‍ٌ مِنْهُمْ ي‍‍َ‍ا‍أَهْلَ يَثْ‍‍ر‍‍ِبَ لاَ مُق‍‍َ‍ا‍مَ لَكُمْ فَارْجِعُو‍‍ا‍ وَيَسْتَأْذِنُ فَ‍‍ر‍‍ِي‍ق‍‍‍ٌ مِنْهُمُ ا‍ل‍‍ن‍ّ‍‍َبِيَّ يَقُول‍‍ُ‍و‍نَ إِ‍نّ‍‍َ بُيُوتَنَا عَوْرَة‍‍‍ٌ وَمَا هِيَ بِعَوْرَة‍‍‍ٍ إِ‍ن‍ْ يُ‍‍ر‍‍ِيد‍ُو‍نَ إِلاَّ فِرَارا‍ً
Wa Law Dukhilat `Alayhim Min 'Aqţārihā Thumma Su'ilū Al-Fitnata La'ātawhā Wa Mā Talabbathū Bihā 'Illā Yasīrāan 033-014 އެއުރެންގެ ކައިރިޔަށް އެރަށުގެ ހުރިހާ ފަރާތަކުން عدوّ ން އަރައި، ދެން އެއުރެންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެކަން އެއުރެން ގެނެސްގަތީހެވެ. އަދި އެއުރެން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ. وَلَوْ دُخِلَتْ عَلَيْهِ‍‍م‍ْ مِنْ أَ‍ق‍‍ْطَا‍ر‍‍ِهَا ثُ‍‍م‍ّ‍‍َ سُئِلُو‍‍ا‍ ا‍لْفِتْنَةَ لَآتَوْهَا وَمَا تَلَبَّثُو‍‍ا‍ بِهَ‍‍ا إِلاَّ يَسِيرا‍ً
Wa Laqad Kānū `Āhadū Al-Laha Min Qablu Lā Yuwallūna Al-'Adbāra Wa Kāna `Ahdu Al-Lahi Mas'ūan 033-015 އަދި ހަމަކަށަވަރުން، އެއުރެން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން اللَّه ގެ حضرة އަށް عهد ކޮށްފައިވިއެވެ. އަދި اللَّه އަށް ކުރާ عهد އަކީ (އެއާމެދު) سؤال ކުރައްވާނެ ކަމެއްކަމުގައި ވެއެވެ. وَلَقَ‍‍د‍ْ كَانُو‍‍ا‍ عَاهَدُوا‍ ا‍للَّهَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ لاَ يُوَلّ‍‍ُ‍و‍نَ ا‍لأَ‍د‍‍ْب‍‍َ‍ا‍رَ وَك‍‍َ‍ا‍نَ عَهْدُ ا‍للَّهِ مَسْئ‍‍ُ‍ولا‍ً
Qul Lan Yanfa`akumu Al-Firāru 'In Farartum Mina Al-Mawti 'Awi Al-Qatli Wa 'Idhāan Lā Tumatta`ūna 'Illā Qalīlāan 033-016 ކަލޭގެފާނު ވިދާޅުވާށެވެ! ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ قتل ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެތެވެ. قُ‍‍ل‍ْ لَ‍‍ن‍ْ يَ‍‍ن‍‍ْفَعَكُمُ ا‍لْفِر‍َا‍رُ إِ‍ن‍ْ فَرَرْتُ‍‍م‍ْ مِنَ ا‍لْمَوْتِ أَوِ ا‍لْقَتْلِ وَإِذا‍ً لاَ تُمَتَّع‍‍ُ‍و‍نَ إِلاَّ قَلِيلا‍ً
Qul Man Dhā Al-Ladhī Ya`şimukum Mina Al-Lahi 'In 'Arāda Bikum Sū'āan 'Aw 'Arāda Bikum Raĥmatan Wa Lā Yajidūna Lahum Min Dūni Al-Lahi Walīyāan Wa Lā Naşīrāan 033-017 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް رحمة އެއް ލެއްވުމަށް އެކަލާނގެއިރާދަކުރައްވައިފިނަމަ، އެކަލާނގެ حضرة ން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި اللَّه ފިޔަވައި އެއުރެންނަށް ވާގިދޭނެ މީހަކު ނުވަތަ نصر ދޭނެމީހަކުވެސް އެއުރެންނަކަށް ނުފެންނާނެތެވެ. قُلْ مَ‍‍ن‍ْ ذَا ا‍لَّذِي يَعْصِمُكُ‍‍م‍ْ مِنَ ا‍للَّهِ إِنْ أَر‍َا‍دَ بِكُمْ س‍‍ُ‍و‍ءاً أَوْ أَر‍َا‍دَ بِكُمْ رَحْمَة‍‍‍ً وَلاَ يَجِد‍ُو‍نَ لَهُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَلِيّا‍ً وَلاَ نَصِيرا‍ً
Qad Ya`lamu Al-Lahu Al-Mu`awwiqīna Minkum Wa Al-Qā'ilīna Li'ikhwānihim Halumma 'Ilaynā Wa Lā Ya'tūna Al-Ba'sa 'Illā Qalīlāan 033-018 ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެއުރެންގެ أخ ންގެ ގާތުގައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ މީހުން اللَّه ދެނެވޮޑިގެންވެތެވެ. އަދި އެއުރެން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެތެވެ. قَ‍‍د‍ْ يَعْلَمُ ا‍للَّهُ ا‍لْمُعَوِّق‍‍ِ‍ي‍نَ مِ‍‍ن‍‍ْكُمْ وَا‍لْق‍‍َ‍ا‍ئِل‍‍ِ‍ي‍نَ لِإخْوَانِهِمْ هَلُ‍‍م‍ّ‍‍َ إِلَيْنَا وَلاَ يَأْت‍‍ُ‍و‍نَ ا‍لْبَأْسَ إِلاَّ قَلِيلا‍ً
'Ashiĥĥatan `Alaykum Fa'idhā Jā'a Al-Khawfu Ra'aytahum Yanžurūna 'Ilayka Tadūru 'A`yunuhum Kālladhī Yughshá `Alayhi Mina Al-Mawti Fa'idhā Dhahaba Al-Khawfu Salaqūkum Bi'alsinatin Ĥidādin 'Ashiĥĥatan `Alá Al-Khayri 'Ūlā'ika Lam Yu'uminū Fa'aĥbaţa Al-Lahu 'A`mālahum Wa Kāna Dhālika `Alá Al-Lahi Yasīrāan 033-019 (އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) بخيل ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެއުރެންގެ ލޯތައް އެނބުރި އެނބުރި ހުންނަ حال ގައި، ކަލޭގެފާނާ ދިމާޔަށް އެއުރެން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެތެވެ. (غنيمة މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ حال ގައެވެ. އެއުރެން إيمان އެއް ނުވެތެވެ. ފަހެ، اللَّهއެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. އަދި އެކަމަކީ، اللَّه އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ. أَشِحَّةً عَلَيْكُمْ فَإِذَا ج‍‍َ‍ا‍ءَ ا‍لْخَوْفُ رَأَيْتَهُمْ يَ‍‍ن‍‍ْظُر‍ُو‍نَ إِلَيْكَ تَد‍ُو‍رُ أَعْيُنُهُمْ كَالَّذِي يُغْشَى عَلَيْهِ مِنَ ا‍لْمَوْتِ فَإِذَا ذَهَبَ ا‍لْخَوْفُ سَلَقُوكُ‍‍م‍ْ بِأَلْسِنَةٍ حِد‍َا‍دٍ أَشِحَّةً عَلَى ا‍لْخَيْ‍‍ر‍ِ أ‍ُ‍وْل‍‍َ‍ا‍ئِكَ لَمْ يُؤْمِنُو‍‍ا‍ فَأَحْبَطَ ا‍للَّهُ أَعْمَالَهُمْ وَك‍‍َ‍ا‍نَ ذَلِكَ عَلَى ا‍للَّهِ يَسِيرا‍ً
Yaĥsabūna Al-'Aĥzāba Lam Yadh/habū Wa 'In Ya'ti Al-'Aĥzābu Yawaddū Law 'Annahum Bādūna Fī Al-'A`rābi Yas'alūna `An 'Anbā'ikum Wa Law Kānū Fīkum Mā Qātalū 'Illā Qalīlāan 033-020 (كافر ންގެ) جماعة ތައް އެނބުރި (مكة އަށް) ނުދާކަމަށް އެއުރެން (އެބަހީ: منافق ން) ހީކުރެތެވެ. އަދި އެ جماعة ގެ މީހުން އަތުވެއްޖެނަމަ، أعرابى ންގެ ތެރޭގައި ސަހަރާގައި އެއުރެންވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެއުރެން އުންމީދުކުރެއެވެ. އެއުރެން ތިޔަބައިމީހުންގެ خبر ތައް އަހައި އޮޅުންފިލުވަތެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެއުރެންވީނަމަ، ވަރަށްމަދުން މެނުވީ، އެއުރެން ހަނގުރާމައެއް ނުކުރީހެވެ. يَحْسَب‍‍ُ‍و‍نَ ا‍لأَحْز‍َا‍بَ لَمْ يَذْهَبُو‍‍ا‍ وَإِ‍ن‍ْ يَأْتِ ا‍لأَحْز‍َا‍بُ يَوَدُّوا‍ لَوْ أَ‍نّ‍‍َهُ‍‍م‍ْ بَاد‍ُو‍نَ فِي ا‍لأَعْر‍َا‍بِ يَسْأَل‍‍ُ‍و‍نَ عَنْ أَ‍ن‍‍ْب‍‍َ‍ا‍ئِكُمْ وَلَوْ كَانُو‍‍ا‍ فِيكُ‍‍م‍ْ مَا قَاتَلُ‍‍و‍‍ا‍ إِلاَّ قَلِيلا‍ً
Laqad Kāna Lakum Fī Rasūli Al-Lahi 'Uswatun Ĥasanatun Liman Kāna Yarjū Al-Laha Wa Al-Yawma Al-'Ākhira Wa Dhakara Al-Laha Kathīrāan 033-021 ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. لَقَ‍‍د‍ْ ك‍‍َ‍ا‍نَ لَكُمْ فِي رَس‍‍ُ‍و‍لِ ا‍للَّهِ أُسْوَةٌ حَسَنَة‍‍‍ٌ لِمَ‍‍ن‍ْ ك‍‍َ‍ا‍نَ يَرْجُو ا‍للَّهَ وَا‍لْيَوْمَ ا‍لآخِ‍‍ر‍َ وَذَكَرَ ا‍للَّهَ كَثِيرا‍ً
Wa Lammā Ra'á Al-Mu'uminūna Al-'Aĥzāba Qālū Hādhā Mā Wa`adanā Al-Lahu Wa Rasūluhu Wa Şadaqa Al-Lahu Wa Rasūluhu Wa Mā Zādahum 'Illā 'Īmānāan Wa Taslīmāan 033-022 އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަންމެނުވީ އިތުރެއް ނުވެތެވެ. وَلَ‍‍م‍ّ‍‍َا رَأَى ا‍لْمُؤْمِن‍‍ُ‍و‍نَ ا‍لأَحْز‍َا‍بَ قَالُو‍‍ا‍ هَذَا مَا وَعَدَنَا ا‍للَّهُ وَرَسُولُهُ وَصَدَقَ ا‍للَّهُ وَرَسُولُهُ وَمَا زَادَهُمْ إِلاَّ إِيمَانا‍ً وَتَسْلِيما‍ً
Mina Al-Mu'uminīna Rijālun Şadaqū Mā `Āhadū Al-Laha `Alayhi Faminhum Man Qađá Naĥbahu Wa Minhum Man Yantažiru Wa Mā Baddalū Tabdīlāan 033-023 اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ ‍ر‍‍ِج‍‍َ‍ا‍ل‍‍‍ٌ صَدَقُو‍‍ا‍ مَا عَاهَدُوا‍ ا‍للَّهَ عَلَيْهِ فَمِنْهُ‍‍م‍ْ مَ‍‍ن‍ْ قَضَى نَحْبَهُ وَمِنْهُ‍‍م‍ْ مَ‍‍ن‍ْ يَ‍‍ن‍‍ْتَظِ‍‍ر‍ُ وَمَا بَدَّلُو‍‍ا‍ تَ‍‍ب‍‍ْدِيلا‍ً
Liyajziya Al-Lahu Aş-Şādiqīna Bişidqihim Wa Yu`adhdhiba Al-Munāfiqīna 'In Shā'a 'Aw Yatūba `Alayhim 'Inna Al-Laha Kāna Ghafūrāan Raĥīmāan 033-024 (އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. لِيَ‍‍ج‍‍ْزِيَ ا‍للَّهُ ا‍لصَّادِق‍‍ِ‍ي‍نَ بِصِ‍‍د‍‍ْقِهِمْ وَيُعَذِّبَ ا‍لْمُنَافِق‍‍ِ‍ي‍نَ إِ‍ن‍ْ ش‍‍َ‍ا‍ءَ أَوْ يَت‍‍ُ‍و‍بَ عَلَيْهِمْ إِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ غَفُورا‍ً رَحِيما‍ً
Waradda Al-Lahu Al-Ladhīna Kafarū Bighayžihim Lam Yanālū Khayrāan Wa Kafá Al-Lahu Al-Mu'uminīna Al-Qitāla Wa Kāna Al-Lahu Qawīyāan `Azīzāan 033-025 كافر ވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللَّه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللَّه مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. وَرَدَّ ا‍للَّهُ ا‍لَّذ‍ِي‍نَ كَفَرُوا‍ بِغَيْظِهِمْ لَمْ يَنَالُو‍‍ا‍ خَيْرا‍ً وَكَفَى ا‍للَّهُ ا‍لْمُؤْمِن‍‍ِ‍ي‍نَ ا‍لْقِت‍‍َ‍ا‍لَ وَك‍‍َ‍ا‍نَ ا‍للَّهُ قَوِيّاً عَزِيزا‍ً
Wa 'Anzala Al-Ladhīna Žāharūhum Min 'Ahli Al-Kitābi Min Şayāşīhim Wa Qadhafa Fī Qulūbihimu Ar-Ru`ba Farīqāan Taqtulūna Wa Ta'sirūna Farīqāan 033-026 އަދި އެކަލާނގެ، ފޮތުގެ أهلވެރިންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު قتل ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ. وَأَ‍ن‍‍ْزَلَ ا‍لَّذ‍ِي‍نَ ظَاهَرُوهُ‍‍م‍ْ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ مِ‍‍ن‍ْ صَيَاصِيهِمْ وَقَذَفَ فِي قُلُوبِهِمُ ا‍لرُّعْبَ فَ‍‍ر‍‍ِيقا‍ً تَ‍‍ق‍‍ْتُل‍‍ُ‍و‍نَ وَتَأْسِر‍ُو‍نَ فَ‍‍ر‍‍ِيقا‍ً
Wa 'Awrathakum 'Arđahum Wa Diyārahum Wa 'Amwālahum Wa 'Arđāan Lam Taţa'ūhā Wa Kāna Al-Lahu `Alá Kulli Shay'in Qadīrāan 033-027 އަދި އެއުރެންގެ ބިމާއި، އެއުރެންގެ ގެދޮރާއި، އެއުރެންގެ މުދަލާއި، ތިޔަބައިމީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައިމީހުންނަށް އެކަލާނގެ ލިބިދެއްވިއެވެ. އަދި اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ވެއެވެ. وَأَوْرَثَكُمْ أَرْضَهُمْ وَدِيَارَهُمْ وَأَمْوَالَهُمْ وَأَرْضا‍ً لَمْ تَطَئ‍‍ُ‍وهَا وَك‍‍َ‍ا‍نَ ا‍للَّهُ عَلَى كُلِّ شَيْء‍ٍ قَدِيرا‍ً
Yā 'Ayyuhā An-Nabīyu Qul Li'zwājika 'In Kuntunna Turidna Al-Ĥayā Ata Ad-Dunyā Wa Zīnatahā Fata`ālayna 'Umatti`kunna Wa 'Usarriĥkunna Sarāĥāan Jamīlāan 033-028 އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ. ي‍َا‍أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ قُ‍‍ل‍ْ لِأزْوَاجِكَ إِ‍ن‍ْ كُ‍‍ن‍‍ْتُ‍‍ن‍ّ‍‍َ تُ‍‍ر‍‍ِ‍د‍‍ْنَ ا‍لْحَي‍‍َ‍ا‍ةَ ا‍لدُّ‍‍ن‍‍ْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُ‍‍ن‍ّ‍‍َ وَأُسَرِّحْكُ‍‍ن‍ّ‍‍َ سَرَاحا‍ً جَمِيلا‍ً
Wa 'In Kuntunna Turidna Al-Laha Wa Rasūlahu Wa Ad-Dāra Al-'Ākhirata Fa'inna Al-Laha 'A`adda Lilmuĥsināti Minkunna 'Ajrāan `Ažīmāan 033-029 އަދި ތިޔަކަނބަލުން، اللَّه އާއި، އެކަލާނގެ رسول އާއާއި، آخرة ގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه، ތިޔަކަނބަލުންކުރެ إحسان ތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރައްވާފައިވެއެވެ. وَإِ‍ن‍ْ كُ‍‍ن‍‍ْتُ‍‍ن‍ّ‍‍َ تُ‍‍ر‍‍ِ‍د‍‍ْنَ ا‍للَّهَ وَرَسُولَهُ وَا‍لدّ‍َا‍رَ ا‍لآخِرَةَ فَإِ‍نّ‍‍َ ا‍للَّهَ أَعَدَّ لِلْمُحْسِن‍‍َ‍ا‍تِ مِ‍‍ن‍‍ْكُ‍‍ن‍ّ‍‍َ أَ‍ج‍‍ْراً عَظِيما‍ً
Yā Nisā'a An-Nabīyi Man Ya'ti Minkunna Bifāĥishatin Mubayyinatin Yuđā`af Lahā Al-`Adhābu Đi`fayni Wa Kāna Dhālika `Alá Al-Lahi Yasīrāan 033-030 އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ފާޅުވެގެންހުރި ހުތުރުކަން ބޮޑު ފާފަޔެއްކުރި މީހަކަށް ދެގުނަޔަށް عذاب އިތުރުކުރައްވާ ހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެއް ކަމުގައިވެއެވެ. يَانِس‍‍َ‍ا‍ءَ ا‍ل‍‍ن‍ّ‍‍َبِيِّ مَ‍‍ن‍ْ يَأْتِ مِ‍‍ن‍‍ْكُ‍‍ن‍ّ‍‍َ بِفَاحِشَة‍‍‍ٍ مُبَيِّنَة‍‍‍ٍ يُضَاعَفْ لَهَا ا‍لْعَذ‍َا‍بُ ضِعْفَيْنِ وَك‍‍َ‍ا‍نَ ذَلِكَ عَلَى ا‍للَّهِ يَسِيرا‍ً
Wa Man Yaqnut Minkunna Lillahi Wa Rasūlihi Wa Ta`mal Şāliĥāan Nu'utihā 'Ajrahā Marratayni Wa 'A`tadnā Lahā Rizqāan Karīmāan 033-031 އަދި ތިޔަކަނބަލުންގެ ތެރެއިން اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ صالح عمل ކުރާ މީހަކަށް، އެމީހާގެ ދަރުމަ، ތިމަންރަސްކަލާނގެ ދެގުނަޔަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ. وَمَ‍‍ن‍ْ يَ‍‍ق‍‍ْنُتْ مِ‍‍ن‍‍ْكُ‍‍ن‍ّ‍‍َ لِلَّهِ وَرَسُولِهِ وَتَعْمَلْ صَالِحا‍ً نُؤْتِهَ‍‍ا‍ أَ‍ج‍‍ْرَهَا مَرَّتَيْنِ وَأَعْتَ‍‍د‍‍ْنَا لَهَا ‍ر‍‍ِزْقا‍ً كَ‍‍ر‍‍ِيما‍ً
Yā Nisā'a An-Nabīyi Lastunna Ka'aĥadin Mina An-Nisā' 'Ini Attaqaytunna Falā Takhđa`na Bil-Qawli Fayaţma`a Al-Ladhī Fī Qalbihi Marađun Wa Qulna Qawlāan Ma`rūfāan 033-032 އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّه އަށް) تقوى ވެރިވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ! يَانِس‍‍َ‍ا‍ءَ ا‍ل‍‍ن‍ّ‍‍َبِيِّ لَسْتُ‍‍ن‍ّ‍‍َ كَأَحَد‍ٍ مِنَ ا‍لنِس‍‍َ‍ا‍ء إِنِ ا‍تَّقَيْتُ‍‍ن‍ّ‍‍َ فَلاَ تَخْضَعْنَ بِ‍‍ا‍لْقَوْلِ فَيَ‍‍ط‍‍ْمَعَ ا‍لَّذِي فِي قَلْبِهِ مَرَض‍‍‍ٌ وَقُلْنَ قَوْلا‍ً مَعْرُوفا‍ً
Wa Qarna Fī Buyūtikunna Wa Lā Tabarrajna Tabarruja Al-Jāhilīyati Al-'Ūlá Wa 'Aqimna Aş-Şalāata Wa 'Ātīna Az-Zakāata Wa 'Aţi`na Al-Laha Wa Rasūlahu 'Innamā Yurīdu Al-Lahu Liyudh/hiba `Ankumu Ar-Rijsa 'Ahla Al-Bayti Wa Yuţahhirakum Taţhīrāan 033-033 އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރިނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ. وَقَرْنَ فِي بُيُوتِكُ‍‍ن‍ّ‍‍َ وَلاَ تَبَرَّ‍‍ج‍‍ْنَ تَبَرُّجَ ا‍لْجَاهِلِيَّةِ ا‍لأ‍ُ‍ولَى وَأَقِمْنَ ا‍لصَّلاَةَ وَآت‍‍ِ‍ي‍نَ ا‍لزَّك‍‍َ‍ا‍ةَ وَأَطِعْنَ ا‍للَّهَ وَرَسُولَهُ إِ‍نّ‍‍َمَا يُ‍‍ر‍‍ِي‍دُ ا‍للَّهُ لِيُذْهِبَ عَ‍‍ن‍‍ْكُمُ ا‍لرِّ‍‍ج‍‍ْسَ أَهْلَ ا‍لْبَيْتِ وَيُطَهِّرَكُمْ تَ‍‍ط‍‍ْهِيرا‍ً
Wa Adhkurna Mā Yutlá Fī Buyūtikunna Min 'Āyāti Al-Lahi Wa Al-Ĥikmati 'Inna Al-Laha Kāna Laţīfāan Khabīrāan 033-034 އަދި ތިޔަކަނބަލުންގެ ގެތަކުގައި اللَّه ގެ آية ތަކާއި، حكمة ގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ. وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُ‍‍ن‍ّ‍‍َ مِ‍‍ن‍ْ آي‍‍َ‍ا‍تِ ا‍للَّهِ وَا‍لْحِكْمَةِ إِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ لَطِيفاً خَبِيرا‍ً
'Inna Al-Muslimīna Wa Al-Muslimāti Wa Al-Mu'uminīna Wa Al-Mu'umināti Wa Al-Qānitīna Wa Al-Qānitāti Wa Aş-Şādiqīna Wa Aş-Şādiqāti Wa Aş-Şābirīna Wa Aş-Şābirāti Wa Al-Khāshi`īna Wa Al-Khāshi`āti Wa Al-Mutaşaddiqīna Wa Al-Mutaşaddiqāti Wa Aş-Şā'imīna Wa Aş-Şā'imāti Wa Al-Ĥāfižīna Furūjahum Wa Al-Ĥāfižāti Wa Adh-Dhākirīna Al-Laha Kathīrāan Wa Adh-Dhākirāti 'A`adda Al-Lahu Lahum Maghfiratan Wa 'Ajrāan `Ažīmāan 033-035 ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެفرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. إِ‍نّ‍‍َ ا‍لْمُسْلِم‍‍ِ‍ي‍نَ وَا‍لْمُسْلِم‍‍َ‍ا‍تِ وَا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ وَا‍لْقَانِت‍‍ِ‍ي‍نَ وَا‍لْقَانِت‍‍َ‍ا‍تِ وَا‍لصَّادِق‍‍ِ‍ي‍نَ وَا‍لصَّادِق‍‍َ‍ا‍تِ وَا‍لصَّابِ‍‍ر‍‍ِي‍نَ وَا‍لصَّابِر‍َا‍تِ وَا‍لْخَاشِع‍‍ِ‍ي‍نَ وَا‍لْخَاشِع‍‍َ‍ا‍تِ وَا‍لْمُتَصَدِّق‍‍ِ‍ي‍نَ وَا‍لْمُتَصَدِّق‍‍َ‍ا‍تِ وَا‍لصّ‍‍َ‍ا‍ئِم‍‍ِ‍ي‍نَ وَا‍لصّ‍‍َ‍ا‍ئِم‍‍َ‍ا‍تِ وَا‍لْحَافِظ‍‍ِ‍ي‍نَ فُرُوجَهُمْ وَا‍لْحَافِظ‍‍َ‍ا‍تِ وَا‍لذَّاكِ‍‍ر‍‍ِي‍نَ ا‍للَّهَ كَثِيرا‍ً وَا‍لذَّاكِر‍َا‍تِ أَعَدَّ ا‍للَّهُ لَهُ‍‍م‍ْ مَغْفِرَة‍‍‍ً وَأَ‍ج‍‍ْراً عَظِيما‍ً
Wa Mā Kāna Limu'uminin Wa Lā Mu'uminatin 'Idhā Qađá Al-Lahu Wa Rasūluhu 'Amrāan 'An Yakūna Lahumu Al-Khiyaratu Min 'Amrihim Wa Man Ya`şi Al-Laha Wa Rasūlahu Faqad Đalla Đalālāan Mubīnāan 033-036 އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. وَمَا ك‍‍َ‍ا‍نَ لِمُؤْمِن‍‍‍ٍ وَلاَ مُؤْمِنَة‍‍‍ٍ إِذَا قَضَى ا‍للَّهُ وَرَسُولُهُ أَمْراً أَ‍ن‍ْ يَك‍‍ُ‍و‍نَ لَهُمُ ا‍لْخِيَرَةُ مِنْ أَمْ‍‍ر‍‍ِهِمْ وَمَ‍‍ن‍ْ يَعْصِ ا‍للَّهَ وَرَسُولَهُ فَقَ‍‍د‍ْ ضَلَّ ضَلاَلا‍ً مُبِينا‍ً
Wa 'Idh Taqūlu Lilladhī 'An`ama Al-Lahu `Alayhi Wa 'An`amta `Alayhi 'Amsik `Alayka Zawjaka Wa Attaqi Al-Laha Wa Tukhfī Fī Nafsika Mā Al-Lahu Mubdīhi Wa Takhshá An-Nāsa Wa Allāhu 'Aĥaqqu 'An Takhshāhu Falammā Qađá Zaydun Minhā Waţarāan Zawwajnākahā Likay Lā Yakūna `Alá Al-Mu'uminīna Ĥarajun Fī 'Azwāji 'Ad`iyā'ihim 'Idhā Qađaw Minhunna Waţarāan Wa Kāna 'Amru Al-Lahi Maf`ūlāan 033-037 اللَّه، އެމީހަކަށް (إسلامى هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅުގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ. ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި اللَّه ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ. وَإِذْ تَق‍‍ُ‍و‍لُ لِلَّذِي أَنْعَمَ ا‍للَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَا‍تَّقِ ا‍للَّهَ وَتُخْفِي فِي نَفْسِكَ مَا ا‍للَّهُ مُ‍‍ب‍‍ْد‍ِي‍هِ وَتَخْشَى ا‍ل‍‍ن‍ّ‍‍َ‍ا‍سَ وَا‍للَّهُ أَحَقُّ أَ‍ن‍ْ تَخْش‍‍َ‍ا‍هُ فَلَ‍‍م‍ّ‍‍َا قَضَى زَيْد‍ٌ مِنْهَا وَطَرا‍ً زَوَّ‍‍ج‍‍ْنَاكَهَا لِكَيْ لاَ يَك‍‍ُ‍و‍نَ عَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ حَرَج‍‍‍ٌ فِ‍‍ي‍ أَزْو‍َا‍جِ أَ‍د‍‍ْعِي‍‍َ‍ا‍ئِهِمْ إِذَا قَضَوْا مِنْهُ‍‍ن‍ّ‍‍َ وَطَرا‍ً وَك‍‍َ‍ا‍نَ أَمْرُ ا‍للَّهِ مَفْعُولا‍ً
Mā Kāna `Alá An-Nabīyi Min Ĥarajin Fīmā Farađa Al-Lahu Lahu Sunnata Al-Lahi Fī Al-Ladhīna Khalaw Min Qablu Wa Kāna 'Amru Al-Lahi Qadarāan Maqdūrāan 033-038 اللَّه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް اللَّه، ކަން ހިންގެވިގޮތެވެ. އަދި اللَّه ގެ امر ފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ. مَا ك‍‍َ‍ا‍نَ عَلَى ا‍ل‍‍ن‍ّ‍‍َبِيِّ مِنْ حَرَج‍‍‍ٍ فِيمَا فَرَضَ ا‍للَّهُ لَهُ سُ‍‍ن‍ّ‍‍َةَ ا‍للَّهِ فِي ا‍لَّذ‍ِي‍نَ خَلَوْا مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَك‍‍َ‍ا‍نَ أَمْرُ ا‍للَّهِ قَدَرا‍ً مَ‍‍ق‍‍ْدُورا‍ً
Al-Ladhīna Yuballighūna Risālāti Al-Lahi Wa Yakhshawnahu Wa Lā Yakhshawna 'Aĥadāan 'Illā Al-Laha Wa Kafá Bil-Lahi Ĥasībāan 033-039 އެއުރެންނީ (އެބަހީ: رسول ންނީ) اللَّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ اللَّه ފިޔަވައި އެހެންފަރާތަކަށް ބިރުވެތިވާބަޔެއްނޫނެވެ. އަދި حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ. ا‍لَّذ‍ِي‍نَ يُبَلِّغ‍‍ُ‍و‍نَ ‍ر‍‍ِسَالاَتِ ا‍للَّهِ وَيَخْشَوْنَهُ وَلاَ يَخْشَوْنَ أَحَدا‍ً إِلاَّ ا‍للَّهَ وَكَفَى بِ‍‍ا‍للَّهِ حَسِيبا‍ً
Mā Kāna Muĥammadun 'Abā 'Aĥadin Min Rijālikum Wa Lakin Rasūla Al-Lahi Wa Khātama An-Nabīyīna Wa Kāna Al-Lahu Bikulli Shay'in `Alīmāan 033-040 ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. مَا ك‍‍َ‍ا‍نَ مُحَ‍‍م‍ّ‍‍َدٌ أَبَ‍‍ا‍ أَحَد‍ٍ مِ‍‍ن‍ْ ‍ر‍‍ِجَالِكُمْ وَلَكِ‍‍ن‍ْ رَس‍‍ُ‍و‍لَ ا‍للَّهِ وَخَاتَمَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ وَك‍‍َ‍ا‍نَ ا‍للَّهُ بِكُلِّ شَيْءٍ عَلِيما‍ً
Yā 'Ayyuhā Al-Ladhīna 'Āmanū Adhkurū Al-Laha Dhikrāan Kathīrāan 033-041 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍ذْكُرُوا‍ ا‍للَّهَ ذِكْرا‍ً كَثِيرا‍ً
Wa Sabbiĥūhu Bukratan Wa 'Aşīlāan 033-042 އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ! وَسَبِّح‍‍ُ‍و‍هُ بُكْرَة‍‍‍ً وَأَصِيلا‍ً
Huwa Al-Ladhī Yuşallī `Alaykum Wa Malā'ikatuhu Liyukhrijakum Mina Až-Žulumāti 'Ilá An-Nūri Wa Kāna Bil-Mu'uminīna Raĥīmāan 033-043 އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. هُوَ ا‍لَّذِي يُصَلِّي عَلَيْكُمْ وَمَلاَئِكَتُهُ لِيُخْ‍‍ر‍‍ِجَكُ‍‍م‍ْ مِنَ ا‍لظُّلُم‍‍َ‍ا‍تِ إِلَى ا‍ل‍‍ن‍ّ‍‍ُ‍و‍ر‍ِ وَك‍‍َ‍ا‍نَ بِ‍‍ا‍لْمُؤْمِن‍‍ِ‍ي‍نَ رَحِيما‍ً
Taĥīyatuhum Yawma Yalqawnahu Salāmun Wa 'A`adda Lahum 'Ajrāan Karīmāan 033-044 އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދިދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ. تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلاَم‍‍‍ٌ وَأَعَدَّ لَهُمْ أَ‍ج‍‍ْرا‍ً كَ‍‍ر‍‍ِيما‍ً
Yā 'Ayyuhā An-Nabīyu 'Innā 'Arsalnāka Shāhidāan Wa Mubashshirāan Wa Nadhīrāan 033-045 އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ إِ‍نّ‍‍َ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ شَاهِدا‍ً وَمُبَشِّرا‍ً وَنَذِيرا‍ً
Wa Dā`īāan 'Ilá Al-Lahi Bi'idhnihi Wa Sirājāan Munīrāan 033-046 އަދި اللَّه ގެ دين އަށް، އެކަލާނގެ أمر ފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. وَدَاع‍‍ِ‍ي‍ا‍ً إِلَى ا‍للَّهِ بِإِذْنِهِ وَسِرَاجا‍ً مُنِيرا‍ً
Wa Bashshiri Al-Mu'uminīna Bi'anna Lahum Mina Al-Lahi Fađlāan Kabīrāan 033-047 އަދި ހަމަކަށަވަރުން، اللَّه ގެ حضرة ން ބޮޑުވެގެންވާ فضل ވަންތަކަން އެއުރެންނަށް ހުރިކަމަށް مؤمن ންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! وَبَشِّرِ ا‍لْمُؤْمِن‍‍ِ‍ي‍نَ بِأَ‍نّ‍‍َ لَهُ‍‍م‍ْ مِنَ ا‍للَّهِ فَضْلا‍ً كَبِيرا‍ً
Wa Lā Tuţi`i Al-Kāfirīna Wa Al-Munāfiqīna Wa Da` 'Adhāhum Wa Tawakkal `Alá Al-Lahi Wa Kafá Bil-Lahi Wa Kīlāan 033-048 އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! އަދި وكيل އަކު ކަމުގައި اللَّه ފުދެތެވެ. وَلاَ تُطِعِ ا‍لْكَافِ‍‍ر‍‍ِي‍نَ وَا‍لْمُنَافِق‍‍ِ‍ي‍نَ وَدَعْ أَذَاهُمْ وَتَوَكَّلْ عَلَى ا‍للَّهِ وَكَفَى بِ‍‍ا‍للَّهِ وَكِيلا‍ً
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Nakaĥtumu Al-Mu'umināti Thumma Ţallaqtumūhunna Min Qabli 'An Tamassūhunna Famā Lakum `Alayhinna Min `Iddatin Ta`taddūnahā Famatti`ūhunna Wa Sarriĥūhunna Sarāĥāan Jamīlāan 033-049 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، مؤمن އަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، عدّة ގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ. ފަހެ، އެކަނބަލުންގެ ހިތްހަމަޖެއްސުމުގެގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: متعة އެއް) ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ.) يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِذَا نَكَحْتُمُ ا‍لْمُؤْمِن‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ طَلَّ‍‍ق‍‍ْتُمُوهُ‍‍ن‍ّ‍‍َ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تَمَسُّوهُ‍‍ن‍ّ‍‍َ فَمَا لَكُمْ عَلَيْهِ‍‍ن‍ّ‍‍َ مِنْ عِدَّة‍‍‍ٍ تَعْتَدُّونَهَا فَمَتِّعُوهُ‍‍ن‍ّ‍‍َ وَسَرِّحُوهُ‍‍ن‍ّ‍‍َ سَرَاحا‍ً جَمِيلا‍ً
Yā 'Ayyuhā An-Nabīyu 'Innā 'Aĥlalnā Laka 'Azwājaka Al-Lātī 'Ātayta 'Ujūrahunna Wa Mā Malakat Yamīnuka Mimmā 'Afā'a Al-Lahu `Alayka Wa Banāti `Ammika Wa Banāti `Ammātika Wa Banāti Khālika Wa Banāti Khālātika Al-Lātī Hājarna Ma`aka Wa Amra'atan Mu'uminatan 'In Wahabat Nafsahā Lilnnabīyi 'In 'Arāda An-Nabīyu 'An Yastankiĥahā Khālişatan Laka Min Dūni Al-Mu'uminīna Qad `Alimnā Mā Farađnā `Alayhim Fī 'Azwājihim Wa Mā Malakat 'Aymānuhum Likaylā Yakūna `Alayka Ĥarajun Wa Kāna Al-Lahu Ghafūrāan Raĥīmāan 033-050 އޭ ނަބިއްޔާއެވެ! ކަލޭގެފާނު އެކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ غنيمة ގެ ގޮތުގައި ކަލޭގެފާނަށް اللَّه ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެކަނބަލުން ކަލޭގެފާނާއެކު هجرة ކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެކަލޭގެފާނަށް ހުއްދަކޮށް حلال ކުރެއްވީމެވެ. އަދި مؤمن އަންހެނަކު އެމީހެއްގެ އަމިއްލަ نفس ނަބިއްޔާއަށް هبة ކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނި ކުރެއްވުމަށް قصد ކުރައްވައިފިނަމަ، އެމީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން مؤمن ން ފިޔަވައި، އެމީހަކު ކަލޭގެފާނަށް خاص ވެގެންވާ ގޮތުގައެވެ. އެއުރެންގެ އަނބިންނާ މެދުގައްޔާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންރަސްކަލާނގެ އެއުރެންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށްޓަކައެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (ނޯޓު: އަންހެނަކު އެމީހެއްގެ نفس ހިބަކޮށްދީފިނަމަ، ރަނަކާ ނުލައި ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ކީރިތި رسول އާއަށެވެ.) يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ إِ‍نّ‍‍َ‍‍ا‍ أَحْلَلْنَا لَكَ أَزْوَاجَكَ ا‍للاَّتِ‍‍ي آتَيْتَ أُجُورَهُ‍‍ن‍ّ‍‍َ وَمَا مَلَكَتْ يَمِينُكَ مِ‍‍م‍ّ‍‍َ‍‍ا‍ أَف‍‍َ‍ا‍ءَ ا‍للَّهُ عَلَيْكَ وَبَن‍‍َ‍ا‍تِ عَ‍‍م‍ّ‍‍ِكَ وَبَن‍‍َ‍ا‍تِ عَ‍‍م‍ّ‍‍َاتِكَ وَبَن‍‍َ‍ا‍تِ خَالِكَ وَبَن‍‍َ‍ا‍تِ خَالاَتِكَ ا‍للاَّتِي هَاجَرْنَ مَعَكَ وَا‍مْرَأَة‍‍‍ً مُؤْمِنَة‍‍‍ً إِ‍ن‍ْ وَهَبَتْ نَفْسَهَا لِل‍‍ن‍ّ‍‍َبِيِّ إِنْ أَر‍َا‍دَ ا‍ل‍‍ن‍ّ‍‍َبِيُّ أَ‍ن‍ْ يَسْتَ‍‍ن‍كِحَهَا خَالِصَة‍‍‍ً لَكَ مِ‍‍ن‍ْ د‍ُو‍نِ ا‍لْمُؤْمِن‍‍ِ‍ي‍نَ قَ‍‍د‍ْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِ‍‍ي‍ أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَك‍‍ُ‍و‍نَ عَلَيْكَ حَرَج‍‍‍ٌ وَك‍‍َ‍ا‍نَ ا‍للَّهُ غَفُورا‍ً رَحِيما‍ً
Turjī Man Tashā'u Minhunna Wa Tu'uwī 'Ilayka Man Tashā'u Wa Mani Abtaghayta Mimman `Azalta Falā Junāĥa `Alayka Dhālika 'Adná 'An Taqarra 'A`yunuhunna Wa Lā Yaĥzanna Wa Yarđayna Bimā 'Ātaytahunna Kulluhunna Wa Allāhu Ya`lamu Mā Fī Qulūbikum Wa Kāna Al-Lahu `Alīmāan Ĥalīmāan 033-051 އެކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު (ރޭކުރެއްވުމުގައި) ފަސްކުރެއްވިޔަސް، އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު، ކަލޭގެފާނުގެ އަރިހަށް ގެންނެވިޔަސް، އަދި ކަލޭގެފާނު ދުރުކުރައްވާފައިވާ މީހުންގެ ތެރެއިން ކަލޭގެފާނުބޭނުންފުޅު މީހަކު (އަލުން) ގެންނެވިޔަސް އެކަމުން ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ އެކަނބަލުންގެ ލޯތަކަށް ފިނިކަން حاصل ވުމަށާއި، އެކަނބަލުން މޮޅިނުވުމަށާއި، ކަލޭގެފާނު އެކަނބަލުންނަށް ދެއްކެވި ގޮތާމެދު، އެކަނބަލުން އެންމެން ރުހުމަށް އެގޮތް ގާތްކަން ބޮޑީއެވެ. ތިޔަބައިމީހުންގެ ހިތްތަކުގައިވާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. تُرْجِي مَ‍‍ن‍ْ تَش‍‍َ‍ا‍ءُ مِنْهُ‍‍ن‍ّ‍‍َ وَتُؤْوِي إِلَيْكَ مَ‍‍ن‍ْ تَش‍‍َ‍ا‍ءُ وَمَنِ ا‍ب‍‍ْتَغَيْتَ مِ‍‍م‍ّ‍‍َنْ عَزَلْتَ فَلاَ جُن‍‍َ‍ا‍حَ عَلَيْكَ ذَلِكَ أَ‍د‍‍ْنَى أَ‍ن‍ْ تَقَرَّ أَعْيُنُهُ‍‍ن‍ّ‍‍َ وَلاَ يَحْزَ‍نّ‍‍َ وَيَرْضَيْنَ بِمَ‍‍ا آتَيْتَهُ‍‍ن‍ّ‍‍َ كُلُّهُ‍‍ن‍ّ‍‍َ وَا‍للَّهُ يَعْلَمُ مَا فِي قُلُوبِكُمْ وَك‍‍َ‍ا‍نَ ا‍للَّهُ عَلِيماً حَلِيما‍ً
Lā Yaĥillu Laka An-Nisā' Min Ba`du Wa Lā 'An Tabaddala Bihinna Min 'Azwājin Wa Law 'A`jabaka Ĥusnuhunna 'Illā Mā Malakat Yamīnuka Wa Kāna Al-Lahu `Alá Kulli Shay'in Raqībāan 033-052 މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެނެއް ނުވެތެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނު عجائب ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބަޔެއްގެ ބަދަލުގައި އެހެންބަޔަކާ ކާވެނިކުރެއްވުންވެސް ކަލޭގެފާނަކަށް ހުއްދަވެގެނެއް ނުވެތެވެ. ކަލޭގެފާނަށް ملك ވެގެންވާ އަޅު އަންހެނުން މެނުވީއެވެ. ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. لاَ يَحِلُّ لَكَ ا‍لنِس‍‍َ‍ا‍ء مِ‍‍ن‍ْ بَعْدُ وَلاَ أَ‍ن‍ْ تَبَدَّلَ بِهِ‍‍ن‍ّ‍‍َ مِنْ أَزْو‍َا‍ج‍‍‍ٍ وَلَوْ أَعْجَبَكَ حُسْنُهُ‍‍ن‍ّ‍‍َ إِلاَّ مَا مَلَكَتْ يَمِينُكَ وَك‍‍َ‍ا‍نَ ا‍للَّهُ عَلَى كُلِّ شَيْء‍ٍ رَقِيبا‍ً
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tadkhulū Buyūta An-Nabīyi 'Illā 'An Yu'udhana Lakum 'Ilá Ţa`āmin Ghayra Nāžirīna 'Ināhu Wa Lakin 'Idhā Du`ītumdkhulū Fa'idhā Ţa`imtumntashirū Wa Lā Musta'nisīna Liĥadīthin 'Inna Dhālikum Kāna Yu'udhī An-Nabīya Fayastaĥyi Minkum Wa Allāhu Lā Yastaĥyi Mina Al-Ĥaqqi Wa 'Idhā Sa'altumūhunna Matā`āan Fās'alūhunna Min Warā'i Ĥijābin Dhālikum 'Aţharu Liqulūbikum Wa Qulūbihinna Wa Mā Kāna Lakum 'An Tu'udhū Rasūla Al-Lahi Wa Lā 'An Tankiĥū 'Azwājahu Min Ba`dihi 'Abadāan 'Inna Dhālikum Kāna `Inda Al-Lahi `Ažīmāan 033-053 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކެއުމަކަށް إذن ދެއްވުމުން މެނުވީ، އަދި އެެ ކެއުން ތައްޔާރުވެއްޖައުމަށް ދާނދެން، انتظارކުރުމަކާ ނުލައި، ނަބިއްޔާގެ ގޭގެއަށް ތިޔަބައިމީހުން ނުވަންނާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަަ، ފަހެ، ތިޔަބައިމީހުން ވަންނާށެވެ! އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަަ، ފަހެ، ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ! (އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައިވެތެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެތެވެ. حق ގޮތް بيان ކުރެއްވުމަށް اللَّه ލަދުވެތިވެވޮޑިއެއްނުގަންނަވަތެވެ. އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ سؤال ކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهر ކަންބޮޑީ އެގޮތެވެ. اللَّه ގެ رسول އާއަށް ތިޔަބައިމީހުން އުނދަގޫ ކުރުމެއް، އަދި އެކަލޭގެފާނަށްފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ކާވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއްނުވެތެވެ. ހަމަކަށަވަރުން، އެކަމަކީ، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَ‍‍د‍‍ْخُلُو‍‍ا‍ بُي‍‍ُ‍و‍تَ ا‍ل‍‍ن‍ّ‍‍َبِيِّ إِلاَّ أَ‍ن‍ْ يُؤْذَنَ لَكُمْ إِلَى طَع‍‍َ‍ا‍مٍ غَيْرَ نَاظِ‍‍ر‍‍ِي‍نَ إِن‍‍َ‍ا‍هُ وَلَكِ‍‍ن‍ْ إِذَا دُعِيتُمْ فَا‍د‍‍ْخُلُو‍‍ا‍ فَإِذَا طَعِمْتُمْ فَا‍ن‍‍ْتَشِرُوا‍ وَلاَ مُسْتَأْنِس‍‍ِ‍ي‍نَ لِحَد‍ِي‍ث‍‍‍ٍ إِ‍نّ‍‍َ ذَلِكُمْ ك‍‍َ‍ا‍نَ يُؤْذِي ا‍ل‍‍ن‍ّ‍‍َبِيَّ فَيَسْتَحْيِ مِ‍‍ن‍‍ْكُمْ وَا‍للَّهُ لاَ يَسْتَحْيِ مِنَ ا‍لْحَقِّ وَإِذَا سَأَلْتُمُوهُ‍‍ن‍ّ‍‍َ مَتَاعا‍ً فَاسْأَلُوهُ‍‍ن‍ّ‍‍َ مِ‍‍ن‍ْ وَر‍َا‍ءِ حِج‍‍َ‍ا‍ب‍‍‍ٍ ذَلِكُمْ أَ‍ط‍‍ْهَرُ لِقُلُوبِكُمْ وَقُلُوبِهِ‍‍ن‍ّ‍‍َ وَمَا ك‍‍َ‍ا‍نَ لَكُمْ أَ‍ن‍ْ تُؤْذُوا‍ رَس‍‍ُ‍و‍لَ ا‍للَّهِ وَلاَ أَ‍ن‍ْ تَ‍‍ن‍‍ْكِحُ‍‍و‍‍ا‍ أَزْوَاجَهُ مِ‍‍ن‍ْ بَعْدِهِ أَبَدا‍ً إِ‍نّ‍‍َ ذَلِكُمْ ك‍‍َ‍ا‍نَ عِ‍‍ن‍‍ْدَ ا‍للَّهِ عَظِيما‍ً
'In TubShay'āan 'Aw Tukhfūhu Fa'inna Al-Laha Kāna Bikulli Shay'in `Alīmāan 033-054 ތިޔަބައިމީހުން ކަމެއް ފާޅުކުޅަޔަސް، ނުވަތަ އެކަމެއް ވަންހަނާކުޅަޔަސް ފަހެ، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. إِ‍ن‍ْ تُ‍‍ب‍‍ْدُوا‍ شَيْئاً أَوْ تُخْف‍‍ُ‍و‍هُ فَإِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ بِكُلِّ شَيْءٍ عَلِيما‍ً
Lā Junāĥa `Alayhinna Fī 'Ābā'ihinna Wa Lā 'Abnā'ihinna Wa Lā 'Ikhwānihinna Wa Lā 'Abnā'i 'Ikhwānihinna Wa Lā 'Abnā'i 'Akhawātihinna Wa Lā Nisā'ihinna Wa Lā Mā Malakat 'Aymānuhunna Wa Attaqīna Al-Laha 'Inna Al-Laha Kāna `Alá Kulli Shay'in Shahīdāan 033-055 އެކަނބަލުންގެ (އެބަހީ: رسول އާގެ އަނބިއަނބިކަނބަލުންގެ) ބަފައިންނާ މެދުގައްޔާއި، އެކަނބަލުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންގެ ފިރިހެން ދަރީންނާ މެދުގައްޔާއި، އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، مؤمن އަންހެނުންނާ މެދުގައްޔާއި، އެކަނބަލުންނަށް ملك ވެގެންވާ އަޅުންނާ މެދުގައި (ފަރުދާ ނުކުރެއްވިޔަސް) އެކަނބަލުންގެ މައްޗަކަށް ކުށެއް ފާފައެއް ނެތެވެ. އަދި ތިޔަކަނބަލުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. لاَ جُن‍‍َ‍ا‍حَ عَلَيْهِ‍‍ن‍ّ‍‍َ فِ‍‍ي آب‍‍َ‍ا‍ئِهِ‍‍ن‍ّ‍‍َ وَلاَ أَ‍ب‍‍ْن‍‍َ‍ا‍ئِهِ‍‍ن‍ّ‍‍َ وَلاَ إِخْوَانِهِ‍‍ن‍ّ‍‍َ وَلاَ أَ‍ب‍‍ْن‍‍َ‍ا‍ءِ إِخْوَانِهِ‍‍ن‍ّ‍‍َ وَلاَ أَ‍ب‍‍ْن‍‍َ‍ا‍ءِ أَخَوَاتِهِ‍‍ن‍ّ‍‍َ وَلاَ نِس‍‍َ‍ا‍ئِهِ‍‍ن‍ّ‍‍َ وَلاَ مَا مَلَكَتْ أَيْمَانُهُ‍‍ن‍ّ‍‍َ وَا‍تَّق‍‍ِ‍ي‍نَ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ عَلَى كُلِّ شَيْء‍ٍ شَهِيدا‍ً
'Inna Al-Laha Wa Malā'ikatahu Yuşallūna `Alá An-Nabīyi Yā 'Ayyuhā Al-Ladhīna 'Āmanū Şallū `Alayhi Wa Sallimū Taslīmāan 033-056 ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެމީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ! إِ‍نّ‍‍َ ا‍للَّهَ وَمَلاَئِكَتَهُ يُصَلّ‍‍ُ‍و‍نَ عَلَى ا‍ل‍‍ن‍ّ‍‍َبِيِّ يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ صَلُّو‍‍ا‍ عَلَيْهِ وَسَلِّمُو‍‍ا‍ تَسْلِيما‍ً
'Inna Al-Ladhīna Yu'udhūna Al-Laha Wa Rasūlahu La`anahumu Al-Lahu Fī Ad-Dunyā Wa Al-'Ākhirati Wa 'A`adda Lahum `Adhābāan Muhīnāan 033-057 ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް كافر ވާ) މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ދުނިޔެއާއި، آخرة ގައި لعنة ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި عذاب އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يُؤْذ‍ُو‍نَ ا‍للَّهَ وَرَسُولَهُ لَعَنَهُمُ ا‍للَّهُ فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَأَعَدَّ لَهُمْ عَذَابا‍ً مُهِينا‍ً
Wa Al-Ladhīna Yu'udhūna Al-Mu'uminīna Wa Al-Mu'umināti Bighayri Mā Aktasabū Faqadi Aĥtamalū Buhtānāan Wa 'Ithmāan Mubīnāan 033-058 އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ. وَالَّذ‍ِي‍نَ يُؤْذ‍ُو‍نَ ا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ بِغَيْ‍‍ر‍ِ مَا ا‍كْتَسَبُو‍‍ا‍ فَقَدِ ا‍حْتَمَلُو‍‍ا‍ بُهْتَانا‍ً وَإِثْما‍ً مُبِينا‍ً
Yā 'Ayyuhā An-Nabīyu Qul Li'zwājika Wa Banātika Wa Nisā'i Al-Mu'uminīna Yudnīna `Alayhinna Min Jalābībihinna Dhālika 'Adná 'An Yu`rafna Falā Yu'udhayna Wa Kāna Al-Lahu Ghafūrāan Raĥīmāan 033-059 އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ قُ‍‍ل‍ْ لِأزْوَاجِكَ وَبَنَاتِكَ وَنِس‍‍َ‍ا‍ءِ ا‍لْمُؤْمِن‍‍ِ‍ي‍نَ يُ‍‍د‍‍ْن‍‍ِ‍ي‍نَ عَلَيْهِ‍‍ن‍ّ‍‍َ مِ‍‍ن‍ْ جَلاَبِيبِهِ‍‍ن‍ّ‍‍َ ذَلِكَ أَ‍د‍‍ْنَى أَ‍ن‍ْ يُعْرَفْنَ فَلاَ يُؤْذَيْنَ وَك‍‍َ‍ا‍نَ ا‍للَّهُ غَفُورا‍ً رَحِيما‍ً
La'in Lam Yantahi Al-Munāfiqūna Wa Al-Ladhīna Fī Qulūbihim Marađun Wa Al-Murjifūna Fī Al-Madīnati Lanughriyannaka Bihim Thumma Lā Yujāwirūnaka Fīhā 'Illā Qalīlāan 033-060 ހަމަކަށަވަރުން، منافق ންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، مؤمن ން ބިރުގެންނެވުމަށް المدينة ގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ފާކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ. لَئِ‍‍ن‍ْ لَمْ يَ‍‍ن‍‍ْتَهِ ا‍لْمُنَافِق‍‍ُ‍و‍نَ وَا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَض‍‍‍ٌ وَا‍لْمُرْجِف‍‍ُ‍و‍نَ فِي ا‍لْمَدِينَةِ لَنُغْ‍‍ر‍‍ِيَ‍‍ن‍ّ‍‍َكَ بِهِمْ ثُ‍‍م‍ّ‍‍َ لاَ يُجَاوِرُونَكَ فِيهَ‍‍ا إِلاَّ قَلِيلا‍ً
Mal`ūnīna 'Aynamā Thuqifū 'Ukhidhū Wa Quttilū Taqtīlāan 033-061 އެއުރެންނަށް لعنة ލައްވާފައިވާ حال ގައެވެ. (އަދި) އެއުރެން ފެނުނު ކޮންމެ ތަނަކުން ހިފެވި، ބިރުވެރި قتل ކުރުމަކުން، އެއުރެން قتل ކުރެވޭހުށްޓެވެ. مَلْعُون‍‍ِ‍ي‍نَ أَيْنَمَا ثُقِفُ‍‍و‍‍ا‍ أُخِذُوا‍ وَقُتِّلُو‍‍ا‍ تَ‍‍ق‍‍ْتِيلا‍ً
Sunnata Al-Lahi Fī Al-Ladhīna Khalaw Min Qablu Wa Lan Tajida Lisunnati Al-Lahi Tabdīlāan 033-062 (އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. سُ‍‍ن‍ّ‍‍َةَ ا‍للَّهِ فِي ا‍لَّذ‍ِي‍نَ خَلَوْا مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلَ‍‍ن‍ْ تَجِدَ لِسُ‍‍ن‍ّ‍‍َةِ ا‍للَّهِ تَ‍‍ب‍‍ْدِيلا‍ً
Yas'aluka An-Nāsu `Ani As-Sā`ati Qul 'Innamā `Ilmuhā `Inda Al-Lahi Wa Mā Yudrīka La`alla As-Sā`ata Takūnu Qarībāan 033-063 قيامة ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ قيامة ވުމުގެ ވަގުތުވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ. يَسْأَلُكَ ا‍ل‍‍ن‍ّ‍‍َ‍ا‍سُ عَنِ ا‍لسَّاعَةِ قُلْ إِ‍نّ‍‍َمَا عِلْمُهَا عِ‍‍ن‍‍ْدَ ا‍للَّهِ وَمَا يُ‍‍د‍‍ْ‍ر‍‍ِي‍كَ لَعَلَّ ا‍لسَّاعَةَ تَك‍‍ُ‍و‍نُ قَ‍‍ر‍‍ِيبا‍ً
'Inna Al-Laha La`ana Al-Kāfirīna Wa 'A`adda Lahum Sa`īrāan 033-064 ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. إِ‍نّ‍‍َ ا‍للَّهَ لَعَنَ ا‍لْكَافِ‍‍ر‍‍ِي‍نَ وَأَعَدَّ لَهُمْ سَعِيرا‍ً
Khālidīna Fīhā 'Abadāan Lā Yajidūna Walīyāan Wa Lā Naşīrāan 033-065 އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ. خَالِد‍ِي‍نَ فِيهَ‍‍ا‍ أَبَدا‍ً لاَ يَجِد‍ُو‍نَ وَلِيّا‍ً وَلاَ نَصِيرا‍ً
Yawma Tuqallabu Wujūhuhum An-Nāri Yaqūlūna Yā Laytanā 'Aţa`nā Al-Laha Wa 'Aţa`nā Ar-Rasūlā 033-066 އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! يَوْمَ تُقَلَّبُ وُجُوهُهُمْ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ يَقُول‍‍ُ‍و‍نَ يَا لَيْتَنَ‍‍ا‍ أَطَعْنَا ا‍للَّهَ وَأَطَعْنَا ا‍لرَّسُولَا
Wa Qālū Rabbanā 'Innā 'Aţa`nā Sādatanā Wa Kubarā'anā Fa'ađallūnā As-Sabīlā 033-067 އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. وَقَالُو‍‍ا‍ رَبَّنَ‍‍ا إِ‍نّ‍‍َ‍‍ا‍ أَطَعْنَا سَادَتَنَا وَكُبَر‍َا‍ءَنَا فَأَضَلُّونَا ا‍لسَّبِيلَا
Rabbanā 'Ātihim Đi`fayni Mina Al-`Adhābi Wa Al-`Anhum La`nāan Kabīrāan 033-068 އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ! رَبَّنَ‍‍ا آتِهِمْ ضِعْفَيْنِ مِنَ ا‍لْعَذ‍َا‍بِ وَا‍لْعَنْهُمْ لَعْنا‍ً كَبِيرا‍ً
Yā 'Ayyuhā Al-Ladhīna 'Āmanū Lā Takūnū Kālladhīna 'Ādhaw Mūsá Fabarra'ahu Al-Lahu Mimmā Qālū Wa Kāna `Inda Al-Lahi Wajīhāan 033-069 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! موسى ގެފާނަށް އުނދަގޫކޮށް އުޅުނު މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނާމެދު ދެއްކި ވާހަކައިން،اللَّه، އެކަލޭގެފާނު ބަރީއަކުރެއްވިއެވެ. އަދި اللَّه ގެ حضرة ގައި އެކަލޭގެފާނު، قدر އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَكُونُو‍‍ا‍ كَالَّذ‍ِي‍نَ آذَوْا مُوسَى فَبَرَّأَهُ ا‍للَّهُ مِ‍‍م‍ّ‍‍َا قَالُو‍‍ا‍ وَك‍‍َ‍ا‍نَ عِ‍‍ن‍‍ْدَ ا‍للَّهِ وَجِيها‍ً
Yā 'Ayyuhā Al-Ladhīna 'Āmanū Attaqū Al-Laha Wa Qūlū Qawlāan Sadīdāan 033-070 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّقُو‍‍ا‍ ا‍للَّهَ وَقُولُو‍‍ا‍ قَوْلا‍ً سَدِيدا‍ً
Yuşliĥ Lakum 'A`mālakum Wa Yaghfir Lakum Dhunūbakum Wa Man Yuţi`i Al-Laha Wa Rasūlahu Faqad Fāza Fawzāan `Ažīmāan 033-071 (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ. يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَ‍‍ن‍ْ يُطِعِ ا‍للَّهَ وَرَسُولَهُ فَقَ‍‍د‍ْ ف‍‍َ‍ا‍زَ فَوْزاً عَظِيما‍ً
'Innā `Arađnā Al-'Amānata `Alá As-Samāwāti Wa Al-'Arđi Wa Al-Jibāli Fa'abayna 'An Yaĥmilnahā Wa 'Ashfaqna Minhā Wa Ĥamalahā Al-'Insānu 'Innahu Kāna Žalūmāan Jahūlāan 033-072 ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ. إِ‍نّ‍‍َا عَرَضْنَا ا‍لأَمَانَةَ عَلَى ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍لْجِب‍‍َ‍ا‍لِ فَأَبَيْنَ أَ‍ن‍ْ يَحْمِلْنَهَا وَأَشْفَ‍‍ق‍‍ْنَ مِنْهَا وَحَمَلَهَا ا‍لإِ‍ن‍‍ْس‍‍َ‍ا‍نُ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ ظَلُوما‍ً جَهُولا‍ً
Liyu`adhdhiba Al-Lahu Al-Munāfiqīna Wa Al-Munāfiqāti Wa Al-Mushrikīna Wa Al-Mushrikāti Wa Yatūba Al-Lahu `Alá Al-Mu'uminīna Wa Al-Mu'umināti Wa Kāna Al-Lahu Ghafūrāan Raĥīmāan 033-073 (އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުންނާއި،شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް اللَّه عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް اللَّه توبة ލެއްވުމަށްޓަކައެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. لِيُعَذِّبَ ا‍للَّهُ ا‍لْمُنَافِق‍‍ِ‍ي‍نَ وَا‍لْمُنَافِق‍‍َ‍ا‍تِ وَا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ وَا‍لْمُشْ‍‍ر‍‍ِك‍‍َ‍ا‍تِ وَيَت‍‍ُ‍و‍بَ ا‍للَّهُ عَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ وَك‍‍َ‍ا‍نَ ا‍للَّهُ غَفُورا‍ً رَحِيما‍ً
Next Sūrah