72) Sūrat Al-Jinn

Printed format

72) سُورَة الجِنّ

Qul 'Ūĥiya 'Ilayya 'Annahu Astama`a Nafarun Mina Al-Jinni Faqālū 'Innā Sami`nā Qur'ānāan `Ajabāan 072-001 ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ. قُلْ أ‍ُ‍وحِيَ إِلَيَّ أَ‍نّ‍‍َهُ ا‍سْتَمَعَ نَفَر‍ٌ مِنَ ا‍لْجِ‍‍ن‍ّ‍‍ِ فَقَالُ‍‍و‍‍ا‍ إِ‍نّ‍‍َا سَمِعْنَا قُرْآناً عَجَبا‍ً
Yahdī 'Ilá Ar-Rushdi Fa'āmannā Bihi Wa Lan Nushrika Birabbinā 'Aĥadāan 072-002 އެ قرآن މަގުދައްކަނީ، حق ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآن އަށް إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريك އެއް ނުކުރާނަމެވެ. يَهْدِي إِلَى ا‍لرُّشْدِ فَآمَ‍‍ن‍ّ‍‍َا بِهِ وَلَ‍‍ن‍ْ نُشْ‍‍ر‍‍ِكَ بِرَبِّنَ‍‍ا‍ أَحَدا‍ً
Wa 'Annahu Ta`ālá Jaddu Rabbinā Mā Attakhadha Şāĥibatan Wa Lā Waladāan 072-003 އަދި އަޅަމެންގެ ވެރިރަސްކަލާނގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ. وَأَ‍نّ‍‍َهُ تَعَالَى جَدُّ رَبِّنَا مَا ا‍تَّخَذَ صَاحِبَة‍‍‍ً وَلاَ وَلَدا‍ً
Wa 'Annahu Kāna Yaqūlu Safīhunā `Alá Al-Lahi Shaţaţāan 072-004 އަދި ތިމަންމެންގެ ތެރެއިން جاهل ކަންބޮޑު މީހާ، اللَّه އާމެދު حق ން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ. وَأَ‍نّ‍‍َهُ ك‍‍َ‍ا‍نَ يَق‍‍ُ‍و‍لُ سَفِيهُنَا عَلَى ا‍للَّهِ شَطَطا‍ً
Wa 'Annā Žanannā 'An Lan Taqūla Al-'Insu Wa Al-Jinnu `Alá Al-Lahi Kadhibāan 072-005 އަދި اللَّه އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ. وَأَ‍نّ‍‍َا ظَنَ‍‍ن‍ّ‍‍َ‍‍ا‍ أَ‍ن‍ْ لَ‍‍ن‍ْ تَق‍‍ُ‍و‍لَ ا‍لإِن‍سُ وَا‍لْجِ‍‍ن‍ّ‍‍ُ عَلَى ا‍للَّهِ كَذِبا‍ً
Wa 'Annahu Kāna Rijālun Mina Al-'Insi Ya`ūdhūna Birijālin Mina Al-Jinni Fazādūhum Rahaqāan 072-006 އަދިއިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) كافر ކަމާއި ބޮޑާކަން އިތުރުކުރޫއެވެ. وَأَ‍نّ‍‍َهُ ك‍‍َ‍ا‍نَ ‍ر‍‍ِج‍‍َ‍ا‍ل‍‍‍ٌ مِنَ ا‍لإِن‍سِ يَعُوذ‍ُو‍نَ بِ‍‍ر‍‍ِج‍‍َ‍ا‍ل‍‍‍ٍ مِنَ ا‍لْجِ‍‍ن‍ّ‍‍ِ فَزَادُوهُمْ رَهَقا‍ً
Wa 'Annahum Žannū Kamā Žanantum 'An Lan Yab`atha Al-Lahu 'Aĥadāan 072-007 އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، اللَّه، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ. وَأَ‍نّ‍‍َهُمْ ظَ‍‍ن‍ّ‍‍ُو‍‍ا‍ كَمَا ظَنَ‍‍ن‍تُمْ أَ‍ن‍ْ لَ‍‍ن‍ْ يَ‍‍ب‍‍ْعَثَ ا‍للَّهُ أَحَدا‍ً
Wa 'Annā Lamasnā As-Samā'a Fawajadnāhā Muli'at Ĥarasāan Shadīdāan Wa Shuhubāan 072-008 އަދި ތިމަންމެން އުޑުގެ خبر ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ ملائكة ންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ. وَأَ‍نّ‍‍َا لَمَسْنَا ا‍لسَّم‍‍َ‍ا‍ءَ فَوَجَ‍‍د‍‍ْنَاهَا مُلِئَتْ حَرَسا‍ً شَدِيدا‍ً وَشُهُبا‍ً
Wa 'Annā Kunnā Naq`udu Minhā Maqā`ida Lilssam`i Faman Yastami`i Al-'Āna Yajid Lahu Shihābāan Raşadāan 072-009 އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ. وَأَ‍نّ‍‍َا كُ‍‍ن‍ّ‍‍َا نَ‍‍ق‍‍ْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَ‍‍ن‍ْ يَسْتَمِعِ ا‍لآنَ يَجِ‍‍د‍ْ لَهُ شِهَابا‍ً رَصَدا‍ً
Wa 'Annā Lā Nadrī 'Asharrun 'Urīda Biman Al-'Arđi 'Am 'Arāda Bihim Rabbuhum Rashadāan 072-010 އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެތެވެ. وَأَ‍نّ‍‍َا لاَ نَ‍‍د‍‍ْ‍ر‍‍ِي أَشَرٌّ أُ‍ر‍‍ِي‍دَ بِمَ‍‍ن‍ْ فِي ا‍لأَرْضِ أَمْ أَر‍َا‍دَ بِهِمْ رَبُّهُمْ رَشَدا‍ً
Wa 'Annā Minnā Aş-Şāliĥūna Wa Minnā Dūna Dhālika Kunnā Ţarā'iqa Qidadāan 072-011 އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫންމީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ. وَأَ‍نّ‍‍َا مِ‍‍ن‍ّ‍‍َا ا‍لصَّالِح‍‍ُ‍و‍نَ وَمِ‍‍ن‍ّ‍‍َا د‍ُو‍نَ ذَلِكَ كُ‍‍ن‍ّ‍‍َا طَر‍َا‍ئِقَ قِدَدا‍ً
Wa 'Annā Žanannā 'An Lan Nu`jiza Al-Laha Fī Al-'Arđi Wa Lan Nu`jizahu Harabāan 072-012 އަދި ތިމަންމެންނަށް ބިމުގައި اللَّه ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން يقين ކުރަމުއެވެ. وَأَ‍نّ‍‍َا ظَنَ‍‍ن‍ّ‍‍َ‍‍ا‍ أَ‍ن‍ْ لَ‍‍ن‍ْ نُعجِزَ ا‍للَّهَ فِي ا‍لأَرْضِ وَلَ‍‍ن‍ْ نُعْجِزَهُ هَرَبا‍ً
Wa 'Annā Lammā Sami`nā Al-Hudá 'Āmannā Bihi Faman Yu'umin Birabbihi Falā Yakhāfu Bakhsāan Wa Lā Rahaqāan 072-013 އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: قرآن ގެއަޑު) އެހިހިނދު، ތިމަންމެން އެއަށް إيمان ވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް إيمان ވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ. وَأَ‍نّ‍‍َا لَ‍‍م‍ّ‍‍َا سَمِعْنَا ا‍لْهُدَى آمَ‍‍ن‍ّ‍‍َا بِهِ فَمَ‍‍ن‍ْ يُؤْمِ‍‍ن‍ْ بِرَبِّهِ فَلاَ يَخ‍‍َ‍ا‍فُ بَخْسا‍ً وَلاَ رَهَقا‍ً
Wa 'Annā Minnā Al-Muslimūna Wa Minnā Al-Qāsiţūna Faman 'Aslama Fa'ūlā'ika Taĥarraw Rashadāan 072-014 އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلام ވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيار ކޮށްފޫއެވެ. وَأَ‍نّ‍‍َا مِ‍‍ن‍ّ‍‍َا ا‍لْمُسْلِم‍‍ُ‍و‍نَ وَمِ‍‍ن‍ّ‍‍َا ا‍لْقَاسِط‍‍ُ‍و‍نَ فَمَنْ أَسْلَمَ فَأ‍ُ‍وْل‍‍َ‍ا‍ئِكَ تَحَرَّوْا رَشَدا‍ً
Wa 'Ammā Al-Qāsiţūna Fakānū Lijahannama Ĥaţabāan 072-015 އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ. وَأَ‍مّ‍‍َا ا‍لْقَاسِط‍‍ُ‍و‍نَ فَكَانُو‍‍ا‍ لِجَهَ‍‍ن‍ّ‍‍َمَ حَطَبا‍ً
Wa 'Allawi Astaqāmū `Alá Aţ-Ţarīqati L'asqaynāhum Mā'an Ghadaqāan 072-016 އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: رزق ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ. وَأَلَّوِ ا‍سْتَقَامُو‍‍ا‍ عَلَى ا‍لطَّ‍‍ر‍‍ِيقَةِ لأَسْقَيْنَاهُ‍‍م‍ْ م‍‍َ‍ا‍ءً غَدَقا‍ً
Linaftinahum Fīhi Wa Man Yu`riđ `An Dhikri Rabbihi Yasluk/hu `Adhābāan Şa`adāan 072-017 (އެއީ) ތިމަންރަސްކަލާނގެ، އެއުރެންއެކަމުގައި امتحان ކުރެއްވުމަށްޓަކައެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ!) ގަދަފަދަވެގެންވާ عذاب އަކަށް އެކަލާނގެ އެމީހާ ވައްދަވާހުށްޓެވެ. لِنَفْتِنَهُمْ ف‍‍ِ‍ي‍هِ وَمَ‍‍ن‍ْ يُعْ‍‍ر‍‍ِضْ عَ‍‍ن‍ْ ذِكْ‍‍ر‍ِ رَبِّهِ يَسْلُكْهُ عَذَابا‍ً صَعَدا‍ً
Wa 'Anna Al-Masājida Lillahi Falā Tad`ū Ma`a Al-Lahi 'Aĥadāan 072-018 އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ! وَأَ‍نّ‍‍َ ا‍لْمَسَاجِدَ لِلَّهِ فَلاَ تَ‍‍د‍‍ْعُو‍‍ا‍ مَعَ ا‍للَّهِ أَحَدا‍ً
Wa 'Annahu Lammā Qāma `Abdu Al-Lahi Yad`ūhu Kādū Yakūnūna `Alayhi Libadāan 072-019 އަދި اللَّه ގެ އަޅާ، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) جماعة ތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވޫއެވެ. وَأَ‍نّ‍‍َهُ لَ‍‍م‍ّ‍‍َا ق‍‍َ‍ا‍مَ عَ‍‍ب‍‍ْدُ ا‍للَّهِ يَ‍‍د‍‍ْع‍‍ُ‍و‍هُ كَادُوا‍ يَكُون‍‍ُ‍و‍نَ عَلَيْهِ لِبَدا‍ً
Qul 'Innamā 'Ad`ū Rabbī Wa Lā 'Ushriku Bihi 'Aĥadāan 072-020 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަޅުކަންކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެކަލާނގެއާ شريك އެއް ނުކުރައްވަމެވެ. قُلْ إِ‍نّ‍‍َمَ‍‍ا‍ أَ‍د‍‍ْعُو رَبِّي وَلاَ أُشْ‍‍ر‍‍ِكُ بِهِ أَحَدا‍ً
Qul 'Innī Lā 'Amliku Lakum Đarrāan Wa Lā Rashadāan 072-021 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. قُلْ إِ‍نّ‍‍ِي لاَ أَمْلِكُ لَكُمْ ضَرّا‍ً وَلاَ رَشَدا‍ً
Qul 'Innī Lan Yujīranī Mina Al-Lahi 'Aĥadun Wa Lan 'Ajida Min Dūnihi Multaĥadāan 072-022 ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ عذاب ން،ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. قُلْ إِ‍نّ‍‍ِي لَ‍‍ن‍ْ يُجِيرَنِي مِنَ ا‍للَّهِ أَحَد‍ٌ وَلَنْ أَجِدَ مِ‍‍ن‍ْ دُونِهِ مُلْتَحَدا‍ً
'Illā Balāghāan Mina Al-Lahi Wa Risālātihi Wa Man Ya`şi Al-Laha Wa Rasūlahu Fa'inna Lahu Nāra Jahannama Khālidīna Fīhā 'Abadāan 072-023 އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) اللَّه ގެ حضرة ން އަންގަވާ އެންގެވުމަކާއި، އެކަލާނގެ رسالة ތައް އިއްވެވުމެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. إِلاَّ بَلاَغا‍ً مِنَ ا‍للَّهِ وَر‍‍ِسَالاَتِهِ وَمَ‍‍ن‍ْ يَعْصِ ا‍للَّهَ وَرَسُولَهُ فَإِ‍نّ‍‍َ لَهُ ن‍‍َ‍ا‍رَ جَهَ‍‍ن‍ّ‍‍َمَ خَالِد‍ِي‍نَ فِيهَ‍‍ا‍ أَبَدا‍ً
Ĥattá 'Idhā Ra'aw Mā Yū`adūna Fasaya`lamūna Man 'Ađ`afu Nāşirāan Wa 'Aqallu `Adadāan 072-024 އެއުރެންނަށް وعد ކުރައްވާފައިވާ عذاب ފެނިއްޖައުމަށް ދާނދެނެވެ. ފަހެ، އެހިނދު نصر ދޭ މީހުންގެ ގޮތުން ނިކަމެތި، އަދި عدد ގެގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. حَتَّى إِذَا رَأَوْا مَا يُوعَد‍ُو‍نَ فَسَيَعْلَم‍‍ُ‍و‍نَ مَنْ أَضْعَفُ نَاصِرا‍ً وَأَقَلُّ عَدَدا‍ً
Qul 'In 'Adrī 'Aqarībun Mā Tū`adūna 'Am Yaj`alu Lahu Rabbī 'Amadāan 072-025 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް وعد ކުރައްވާ عذاب ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެތެވެ. قُلْ إِنْ أَ‍د‍‍ْ‍ر‍‍ِي أَقَ‍‍ر‍‍ِي‍ب‍‍‍ٌ مَا تُوعَد‍ُو‍نَ أَمْ يَ‍‍ج‍‍ْعَلُ لَهُ رَبِّ‍‍ي‍ أَمَدا‍ً
`Ālimu Al-Ghaybi Falā Yužhiru `Alá Ghaybihi 'Aĥadāan 072-026 (އެކަލާނގެއީ) غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ غيب އެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ. عَالِمُ ا‍لْغَيْبِ فَلاَ يُظْهِ‍‍ر‍ُ عَلَى غَيْبِهِ أَحَدا‍ً
'Illā Mani Artađá Min Rasūlin Fa'innahu Yasluku Min Bayni Yadayhi Wa Min Khalfihi Raşadāan 072-027 އެކަލާނގެ ރުހިވޮޑިގެންވާ رسول އަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ رسول އެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ ملائكة ން ފޮނުއްވަތެވެ. إِلاَّ مَنِ ا‍رْتَضَى مِ‍‍ن‍ْ رَس‍‍ُ‍و‍ل‍‍‍ٍ فَإِ‍نّ‍‍َهُ يَسْلُكُ مِ‍‍ن‍ْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدا‍ً
Liya`lama 'An Qad 'Ablaghū Risālāti Rabbihim Wa 'Aĥāţa Bimā Ladayhim Wa 'Aĥşá Kulla Shay'in `Adadāan 072-028 (އެއީ) އެބޭކަލުންގެ ވެރިރަސްކަލާނގެ رسالة ތައް އެބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެކަން ހާމަވުމަށްޓަކައެވެ. އަދި އެބޭކަލުންގެ މެދުގައި ވާހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއްގެ عدد ދެނެވޮޑިގެންވެތެވެ. لِيَعْلَمَ أَ‍ن‍ْ قَ‍‍د‍ْ أَ‍ب‍‍ْلَغُو‍‍ا‍ر‍‍ِسَالاَتِ رَبِّهِمْ وَأَح‍‍َ‍ا‍طَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدا‍ً
Next Sūrah