67) Sūrat Al-Mulk

Printed format

67) سُورَة المُلك

Tabāraka Al-Ladhī Biyadihi Al-Mulku Wa Huwa `Alá Kulli Shay'in Qadīrun 067-001 އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. تَبَارَكَ ا‍لَّذِي بِيَدِهِ ا‍لْمُلْكُ وَهُوَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Al-Ladhī Khalaqa Al-Mawta Wa Al-Ĥayāata Liyabluwakum 'Ayyukum 'Aĥsanu `Amalāan Wa Huwa Al-`Azīzu Al-Ghafūru 067-002 އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. ا‍لَّذِي خَلَقَ ا‍لْمَوْتَ وَا‍لْحَي‍‍َ‍ا‍ةَ لِيَ‍‍ب‍‍ْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا‍ً وَهُوَ ا‍لْعَز‍ِي‍زُ ا‍لْغَف‍‍ُ‍و‍رُ
Al-Ladhī Khalaqa Sab`a Samāwātin Ţibāqāan Mā Tará Fī Khalqi Ar-Raĥmāni Min Tafāwutin Fārji`i Al-Başara Hal Tará Min Fuţūrin 067-003 އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟ ا‍لَّذِي خَلَقَ سَ‍‍ب‍‍ْعَ سَمَاو‍َا‍ت‍‍‍ٍ طِبَاقا‍ً مَا تَرَى فِي خَلْقِ ا‍لرَّحْمَنِ مِ‍‍ن‍ْ تَفَاوُت‍‍‍ٍ فَارْجِعِ ا‍لْبَصَرَ هَلْ تَرَى مِ‍‍ن‍ْ فُط‍‍ُ‍و‍ر‍ٍ
Thumma Arji`i Al-Başara Karratayni Yanqalib 'Ilayka Al-Başaru Khāsi'āan Wa Huwa Ĥasīrun 067-004 ދެންވެސް تكرار ކޮށް ދެފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حال ގައި (ތިބާގެ) نظر އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ. ثُ‍‍م‍ّ‍‍َ ا‍رْجِعِ ا‍لْبَصَرَ كَرَّتَيْنِ يَ‍‍ن‍قَلِ‍‍ب‍ْ إِلَيْكَ ا‍لْبَصَرُ خَاسِئا‍ً وَهُوَ حَس‍‍ِ‍ي‍ر‍ٌ
Wa Laqad Zayyannā As-Samā'a Ad-Dunyā Bimaşābīĥa Wa Ja`alnāhā Rujūmāan Lilshshayāţīni Wa 'A`tadnā Lahum `Adhāba As-Sa`īri 067-005 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. އަދި شيطان ންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطان ންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ. وَلَقَ‍‍د‍ْ زَيَّ‍‍ن‍ّ‍‍َا ا‍لسَّم‍‍َ‍ا‍ءَ ا‍لدُّ‍‍ن‍‍ْيَا بِمَصَاب‍‍ِ‍ي‍حَ وَجَعَلْنَاهَا رُجُوما‍ً لِلشَّيَاط‍‍ِ‍ي‍نِ وَأَعْتَ‍‍د‍‍ْنَا لَهُمْ عَذ‍َا‍بَ ا‍لسَّع‍‍ِ‍ي‍رِ
Wa Lilladhīna Kafarū Birabbihim `Adhābu Jahannama Wa Bi'sa Al-Maşīru 067-006 އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. وَلِلَّذ‍ِي‍نَ كَفَرُوا‍ بِرَبِّهِمْ عَذ‍َا‍بُ جَهَ‍‍ن‍ّ‍‍َمَ وَبِئْسَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
'Idhā 'Ulqū Fīhā Sami`ū Lahā Shahīqāan Wa Hiya Tafūru 067-007 އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ حال ގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ. إِذَا أُلْقُو‍‍ا‍ فِيهَا سَمِعُو‍‍ا‍ لَهَا شَهِيقا‍ً وَهِيَ تَف‍‍ُ‍و‍رُ
Takādu Tamayyazu Mina Al-Ghayži Kullamā 'Ulqiya Fīhā Fawjun Sa'alahum Khazanatuhā 'Alam Ya'tikum Nadhīrun 067-008 އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟ تَك‍‍َ‍ا‍دُ تَمَيَّزُ مِنَ ا‍لْغَيْظِ كُلَّمَ‍‍ا‍ أُلْقِيَ فِيهَا فَوْج‍‍‍ٌ سَأَلَهُمْ خَزَنَتُهَ‍‍ا‍ أَلَمْ يَأْتِكُمْ نَذ‍ِي‍ر‍ٌ
Qālū Balá Qad Jā'anā Nadhīrun Fakadhdhabnā Wa Qulnā Mā Nazzala Al-Lahu Min Shay'in 'In 'Antum 'Illā Fī Đalālin Kabīrin 067-009 އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން،ތިމަންމެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. اللَّه، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ. قَالُو‍‍ا‍ بَلَى قَ‍‍د‍ْ ج‍‍َ‍ا‍ءَنَا نَذ‍ِي‍ر‍ٌ فَكَذَّ‍‍ب‍‍ْنَا وَقُلْنَا مَا نَزَّلَ ا‍للَّهُ مِ‍‍ن‍ْ شَيْء‍ٍ إِنْ أَ‍ن‍‍ْتُمْ إِلاَّ فِي ضَلاَل‍‍‍ٍ كَب‍‍ِ‍ي‍ر‍ٍ
Wa Qālū Law Kunnā Nasma`u 'Aw Na`qilu Mā Kunnā Fī 'Aşĥābi As-Sa`īri 067-010 އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި فكر ކުރާކަމުގައިވީނަމަ، ނަރަކައިގެ أهل ވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ. وَقَالُو‍‍ا‍ لَوْ كُ‍‍ن‍ّ‍‍َا نَسْمَعُ أَوْ نَعْقِلُ مَا كُ‍‍ن‍ّ‍‍َا فِ‍‍ي‍ أَصْح‍‍َ‍ا‍بِ ا‍لسَّع‍‍ِ‍ي‍رِ
Fā`tarafū Bidhanbihim Fasuĥqāan Li'şĥābi As-Sa`īri 067-011 ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް اعتراف ވާނެތެވެ. ފަހެ، ނަރަކައިގެ أهل ވެރިންނަށް رحمة ން ދުރުކުރެއްވުން ހުށްޓެވެ. فَاعْتَرَفُو‍‍ا‍ بِذَ‍ن‍‍ْبِهِمْ فَسُحْقا‍ً لِأصْح‍‍َ‍ا‍بِ ا‍لسَّع‍‍ِ‍ي‍رِ
'Inna Al-Ladhīna Yakhshawna Rabbahum Bil-Ghaybi Lahum Maghfiratun Wa 'Ajrun Kabīrun 067-012 ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَخْشَوْنَ رَبَّهُ‍‍م‍ْ بِ‍‍ا‍لْغَيْبِ لَهُ‍‍م‍ْ مَغْفِرَة‍‍‍ٌ وَأَ‍ج‍‍ْر‍ٌ كَب‍‍ِ‍ي‍ر‍ٌ
Wa 'Asirrū Qawlakum 'Aw Ajharū Bihi 'Innahu `Alīmun Bidhāti Aş-Şudūri 067-013 ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَأَسِرُّوا‍ قَوْلَكُمْ أَوْ ا‍ج‍‍ْهَرُوا‍ بِهِ إِ‍نّ‍‍َهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
'Alā Ya`lamu Man Khalaqa Wa Huwa Al-Laţīfu Al-Khabīru 067-014 (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާރަސްކަލާނގެއެވެ. أَلاَ يَعْلَمُ مَنْ خَلَقَ وَهُوَ ا‍للَّط‍‍ِ‍ي‍فُ ا‍لْخَب‍‍ِ‍ي‍‍ر‍ُ
Huwa Al-Ladhī Ja`ala Lakumu Al-'Arđa Dhalūlāanmshū Fī Manākibihā Wa Kulū Min Rizqihi Wa 'Ilayhi An-Nushūru 067-015 އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ. هُوَ ا‍لَّذِي جَعَلَ لَكُمُ ا‍لأَرْضَ ذَلُولا‍ً فَامْشُو‍‍ا‍ فِي مَنَاكِبِهَا وَكُلُو‍‍ا‍ مِ‍‍ن‍ْ ‍ر‍‍ِزْقِهِ وَإِلَيْهِ ا‍ل‍‍ن‍ّ‍‍ُش‍‍ُ‍و‍رُ
'A'amintum Man As-Samā'i 'An Yakhsifa Bikumu Al-'Arđa Fa'idhā Hiya Tamūru 067-016 އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ. أَأَمِ‍‍ن‍تُ‍‍م‍ْ مَ‍‍ن‍ْ فِي ا‍لسَّم‍‍َ‍ا‍ءِ أَ‍ن‍ْ يَخْسِفَ بِكُمُ ا‍لأَرْضَ فَإِذَا هِيَ تَم‍‍ُ‍و‍رُ
'Am 'Amintum Man As-Samā'i 'An Yursila `Alaykum Ĥāşibāan Fasata`lamūna Kayfa Nadhīri 067-017 ނުވަތަ އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ إنذار ކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. أَمْ أَمِ‍‍ن‍تُ‍‍م‍ْ مَ‍‍ن‍ْ فِي ا‍لسَّم‍‍َ‍ا‍ءِ أَ‍ن‍ْ يُرْسِلَ عَلَيْكُمْ حَاصِبا‍ً فَسَتَعْلَم‍‍ُ‍و‍نَ كَيْفَ نَذ‍ِي‍رِ
Wa Laqad Kadhdhaba Al-Ladhīna Min Qablihim Fakayfa Kāna Nakīri 067-018 ހަމަކަށަވަރުން، އެއުރެންގެކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ وَلَقَ‍‍د‍ْ كَذَّبَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَكَيْفَ ك‍‍َ‍ا‍نَ نَك‍‍ِ‍ي‍رِ
'Awalam Yaraw 'Ilá Aţ-Ţayri Fawqahum Şāffātin Wa Yaqbiđna Mā Yumsikuhunna 'Illā Ar-Raĥmānu 'Innahu Bikulli Shay'in Başīrun 067-019 ފިޔަތައް ދަމާލައިގެންނާއި، އަދިފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. أَوَلَمْ يَرَوْا إِلَى ا‍لطَّيْ‍‍ر‍ِ فَوْقَهُمْ ص‍‍َ‍ا‍فّ‍‍َ‍ا‍ت‍‍‍ٍ وَيَ‍‍ق‍‍ْبِضْنَ مَا يُمْسِكُهُ‍‍ن‍ّ‍‍َ إِلاَّ ا‍لرَّحْمَنُ إِ‍نّ‍‍َهُ بِكُلِّ شَيْء‍ٍ بَص‍‍ِ‍ي‍ر‍ٌ
'Amman Hādhā Al-Ladhī Huwa Jundun Lakum Yanşurukum Min Dūni Ar-Raĥmāni 'Ini Al-Kāfirūna 'Illā Fī Ghurūrin 067-020 ނުވަތަ رحمن ވަންތަ ރަސްކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ لشكر އެއް ކަމުގައިވަނީ ކޮންބަޔެއްހެއްޔެވެ؟ ހެއްލުމެއްގެތެރޭގައި މެނުވީ كافر ންނުވެއެވެ. أَ‍مّ‍‍َنْ هَذَا ا‍لَّذِي هُوَ جُ‍‍ن‍د‍ٌ لَكُمْ يَ‍‍ن‍صُرُكُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍لرَّحْمَنِ إِنِ ا‍لْكَافِر‍ُو‍نَ إِلاَّ فِي غُر‍ُو‍ر‍ٍ
'Amman Hādhā Al-Ladhī Yarzuqukum 'In 'Amsaka Rizqahu Bal Lajjū Fī `Utūwin Wa Nufūrin 067-021 ނުވަތަ އެކަލާނގެ رزق ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް رزق ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ كبر ވެރިކަމާއި حق ން އެއްކިބާވުމެއްގައެވެ. أَ‍مّ‍‍َنْ هَذَا ا‍لَّذِي يَرْزُقُكُمْ إِنْ أَمْسَكَ ‍ر‍‍ِزْقَهُ بَ‍‍ل‍ْ لَجُّو‍‍ا‍ فِي عُتُوّ‍ٍ وَنُف‍‍ُ‍و‍ر‍ٍ
'Afaman Yamshī Mukibbāan `Alá Wajhihi 'Ahdá 'Amman Yamshī Sawīyāan `Alá Şirāţin Mustaqīmin 067-022 ފަހެ، ތެދުމަގު ލިބުންބޮޑީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާ ހެއްޔެވެ؟ أَفَمَ‍‍ن‍ْ يَمْشِي مُكِبّاً عَلَى وَج‍‍ْهِهِ أَهْدَى أَ‍مّ‍‍َ‍‍ن‍ْ يَمْشِي سَوِيّاً عَلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Qul Huwa Al-Ladhī 'Ansha'akum Wa Ja`ala Lakumu As-Sam`a Wa Al-'Abşāra Wa Al-'Af'idata Qalīlāan Mā Tashkurūna 067-023 ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. قُلْ هُوَ ا‍لَّذِي أَن‍شَأَكُمْ وَجَعَلَ لَكُمُ ا‍لسَّمْعَ وَا‍لأَ‍ب‍‍ْص‍‍َ‍ا‍رَ وَا‍لأَفْئِدَةَ قَلِيلا‍ً مَا تَشْكُر‍ُو‍نَ
Qul Huwa Al-Ladhī Dhara'akum Al-'Arđi Wa 'Ilayhi Tuĥsharūna 067-024 ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީތިޔަބައިމީހުން ބިމުގައި އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. قُلْ هُوَ ا‍لَّذِي ذَرَأَكُمْ فِي ا‍لأَرْضِ وَإِلَيْهِ تُحْشَر‍ُو‍نَ
Wa Yaqūlūna Matá Hādhā Al-Wa`du 'In Kuntum Şādiqīna 067-025 އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކުކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْوَعْدُ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Qul 'Innamā Al-`Ilmu `Inda Al-Lahi Wa 'Innamā 'Anā Nadhīrun Mubīnun 067-026 ކަލޭގެފާނު ވިދާޅުވާށެވެ! (އެކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. قُلْ إِ‍نّ‍‍َمَا ا‍لْعِلْمُ عِ‍‍ن‍‍ْدَ ا‍للَّهِ وَإِ‍نّ‍‍َمَ‍‍ا‍ أَنَا نَذ‍ِي‍ر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Falammā Ra'awhu Zulfatan Sī'at Wujūhu Al-Ladhīna Kafarū Wa Qīla Hādhā Al-Ladhī Kuntum Bihi Tadda`ūna 067-027 ފަހެ، އެއުރެންނަށް އެ وعد، ކައިރިން ފެނިއްޖެހިނދު، كافر ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެތެވެ. އަދި އަންގަވާނެތެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ. فَلَ‍‍م‍ّ‍‍َا رَأَوْهُ زُلْفَة‍‍‍ً س‍‍ِ‍ي‍ئَتْ وُج‍‍ُ‍و‍هُ ا‍لَّذ‍ِي‍نَ كَفَرُوا‍ وَق‍‍ِ‍ي‍لَ هَذَا ا‍لَّذِي كُ‍‍ن‍تُ‍‍م‍ْ بِهِ تَدَّع‍‍ُ‍و‍نَ
Qul 'Ara'aytum 'In 'Ahlakaniya Al-Lahu Wa Man Ma`ī 'Aw Raĥimanā Faman Yujīru Al-Kāfirīna Min `Adhābin 'Alīmin 067-028 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! اللَّه ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް رحمة ލެއްވިނަމަވެސް، ފަހެ، ވޭންދެނިވި عذاب ން، كافر ން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ ا‍للَّهُ وَمَ‍‍ن‍ْ مَعِ‍‍ي‍ أَوْ رَحِمَنَا فَمَ‍‍ن‍ْ يُج‍‍ِ‍ي‍‍ر‍ُ ا‍لْكَافِ‍‍ر‍‍ِي‍نَ مِنْ عَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
Qul Huwa Ar-Raĥmānu 'Āmannā Bihi Wa `Alayhi Tawakkalnā Fasata`lamūna Man Huwa Fī Đalālin Mubīnin 067-029 ކަލޭގެފާނު ވިދާޅުވާށެވެ! އެއީ رحمن ވަންތަ ރަސްކަލާނގެއެވެ. ތިމަންމެން އެކަލާނގެއަށް إيمانވެއްޖައީމުއެވެ. އަދި ހަމައެކަނި އެކަލާނގެއަށް ތިމަންމެން وكيل ކޮށްފީމުއެވެ. ފަހެ، ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. قُلْ هُوَ ا‍لرَّحْمَنُ آمَ‍‍ن‍ّ‍‍َا بِهِ وَعَلَيْهِ تَوَكَّلْنَا فَسَتَعْلَم‍‍ُ‍و‍نَ مَنْ هُوَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Qul 'Ara'aytum 'In 'Aşbaĥa Mā'uukum Ghawrāan Faman Ya'tīkum Bimā'in Ma`īnin 067-030 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟ قُلْ أَرَأَيْتُمْ إِنْ أَصْبَحَ م‍‍َ‍ا‍ؤُكُمْ غَوْرا‍ً فَمَ‍‍ن‍ْ يَأْتِيكُ‍‍م‍ْ بِم‍‍َ‍ا‍ء‍ٍ مَع‍‍ِ‍ي‍ن‍‍‍ٍ
Next Sūrah