52) Sūrat Aţ-Ţūr

Printed format

52) سُورَة الطُّور

Wa Aţūri 052-001 طور ފަރުބަދައާއި، وَالطّ‍‍ُ‍و‍ر‍ِ
Wa Kitābin Masţūrin 052-002 طورފަރުބަދައާއި، وَكِت‍‍َ‍ا‍ب‍‍‍ٍ مَسْط‍‍ُ‍و‍ر‍ٍ
Fī Raqqin Manshūrin 052-003 ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، فِي رَقّ‍‍‍ٍ مَ‍‍ن‍‍ْش‍‍ُ‍و‍ر‍ٍ
Wa Al-Bayti Al-Ma`mūri 052-004 البيت المـعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި) وَالْبَيْتِ ا‍لْمَعْم‍‍ُ‍و‍ر‍ِ
Wa As-Saqfi Al-Marfū`i 052-005 އުފުލިގެންވާ އުޑާއި، وَالسَّ‍‍ق‍‍ْفِ ا‍لْمَرْف‍‍ُ‍و‍عِ
Wa Al-Baĥri Al-Masjūri 052-006 ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ. وَالْبَحْ‍‍ر‍ِ ا‍لْمَسْج‍‍ُ‍و‍ر‍ِ
'Inna `Adhāba Rabbika Lawāqi`un 052-007 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. إِ‍نّ‍‍َ عَذ‍َا‍بَ رَبِّكَ لَوَاقِع‍‍‍ٌ
Mā Lahu Min Dāfi`in 052-008 އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ. مَا لَهُ مِ‍‍ن‍ْ دَافِع‍‍‍ٍ
Yawma Tamūru As-Samā'u Mawrāan 052-009 އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ. يَوْمَ تَم‍‍ُ‍و‍رُ ا‍لسَّم‍‍َ‍ا‍ءُ مَوْرا‍ً
Wa Tasīru Al-Jibālu Sayrāan 052-010 އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ. وَتَس‍‍ِ‍ي‍‍ر‍ُ ا‍لْجِب‍‍َ‍ا‍لُ سَيْرا‍ً
Fawaylun Yawma'idhin Lilmukadhdhibīna 052-011 ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ. فَوَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Al-Ladhīna HumKhawđin Yal`abūna 052-012 އެއުރެންނީ ހަމަ باطل ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ. ا‍لَّذ‍ِي‍نَ هُمْ فِي خَوْض‍‍‍ٍ يَلْعَب‍‍ُ‍و‍نَ
Yawma Yuda``ūna 'Ilá Nāri Jahannama Da``āan 052-013 އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ. يَوْمَ يُدَعّ‍‍ُ‍و‍نَ إِلَى ن‍‍َ‍ا‍ر‍ِ جَهَ‍‍ن‍ّ‍‍َمَ دَعّا‍ً
Hadhihi An-Nāru Allatī Kuntum Bihā Tukadhdhibūna 052-014 (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ. هَذِهِ ا‍ل‍‍ن‍ّ‍‍َ‍ا‍رُ ا‍لَّتِي كُ‍‍ن‍تُ‍‍م‍ْ بِهَا تُكَذِّب‍‍ُ‍و‍نَ
'Afasiĥrun Hādhā 'Am 'Antum Lā Tubşirūna 052-015 ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ أَفَسِحْرٌ هَذَا أَمْ أَ‍ن‍‍ْتُمْ لاَ تُ‍‍ب‍‍ْصِر‍ُو‍نَ
Aşlawhā Fāşbirū 'Aw Lā Taşbirū Sawā'un `Alaykum 'Innamā Tujzawna Mā Kuntum Ta`malūna 052-016 ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ عذاب އަށް)ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ. ا‍صْلَوْهَا فَاصْبِرُو‍ا‍ أَوْ لاَ تَصْبِرُوا‍ سَو‍َا‍ءٌ عَلَيْكُمْ إِ‍نّ‍‍َمَا تُ‍‍ج‍‍ْزَوْنَ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
'Inna Al-Muttaqīna Fī Jannātin Wa Na`īmin 052-017 ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمة ގައެވެ. إِ‍نّ‍‍َ ا‍لْمُتَّق‍‍ِ‍ي‍نَ فِي جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ وَنَع‍‍ِ‍ي‍م‍‍‍ٍ
Fākihīna Bimā 'Ātāhum Rabbuhum Wa Waqāhum Rabbuhum `Adhāba Al-Jaĥīmi 052-018 (އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ. فَاكِه‍‍ِ‍ي‍نَ بِمَ‍‍ا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذ‍َا‍بَ ا‍لْجَح‍‍ِ‍ي‍مِ
Kulū Wa Ashrabū Hanī'āan Bimā Kuntum Ta`malūna 052-019 (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! كُلُو‍‍ا‍ وَا‍شْرَبُو‍‍ا‍ هَن‍‍ِ‍ي‍ئا‍ً بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Muttaki'īna `Alá Sururin Maşfūfatin Wa Zawwajnāhum Biĥūrin `Īnin 052-020 (އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ. مُتَّكِئ‍‍ِ‍ي‍نَ عَلَى سُرُر‍ٍ مَصْفُوفَة‍‍‍ٍ وَزَوَّ‍‍ج‍‍ْنَاهُ‍‍م‍ْ بِح‍‍ُ‍و‍رٍ ع‍‍ِ‍ي‍ن‍‍‍ٍ
Wa Al-Ladhīna 'Āmanū Wa Attaba`at/hum Dhurrīyatuhum Bi'īmānin 'Alĥaqnā Bihim Dhurrīyatahum Wa Mā 'Alatnāhum Min `Amalihim Min Shay'in Kullu Amri'in Bimā Kasaba Rahīnun 052-021 އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސްއެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍تَّبَعَتْهُمْ ذُرِّيَّتُهُ‍‍م‍ْ بِإِيم‍‍َ‍ا‍نٍ أَلْحَ‍‍ق‍‍ْنَا بِهِمْ ذُرِّيَّتَهُمْ وَمَ‍‍ا‍ أَلَتْنَاهُ‍‍م‍ْ مِنْ عَمَلِهِ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ كُلُّ ا‍مْ‍‍ر‍‍ِئ‍‍‍ٍ بِمَا كَسَبَ رَه‍‍ِ‍ي‍ن‍‍‍ٌ
Wa 'Amdadnāhum Bifākihatin Wa Laĥmin Mimmā Yashtahūna 052-022 އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ. وَأَمْدَ‍د‍‍ْنَاهُ‍‍م‍ْ بِفَاكِهَة‍‍‍ٍ وَلَحْم‍‍‍ٍ مِ‍‍م‍ّ‍‍َا يَشْتَه‍‍ُ‍و‍نَ
Yatanāza`ūna Fīhā Ka'sāan Lā Laghwun Fīhā Wa Lā Ta'thīmun 052-023 އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ. يَتَنَازَع‍‍ُ‍و‍نَ فِيهَا كَأْسا‍ً لاَ لَغْو‍ٌ فِيهَا وَلاَ تَأْث‍‍ِ‍ي‍م‍‍‍ٌ
Wa Yaţūfu `Alayhim Ghilmānun Lahum Ka'annahum Lu'ulu'uun Maknūnun 052-024 އަދި އެއުރެންނަށް خاص ވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ. وَيَط‍‍ُ‍و‍فُ عَلَيْهِمْ غِلْم‍‍َ‍ا‍ن‍‍‍ٌ لَهُمْ كَأَ‍نّ‍‍َهُمْ لُؤْلُؤ‍ٌ مَكْن‍‍ُ‍و‍ن‍‍‍ٌ
Wa 'Aqbala Ba`đuhum `Alá Ba`đin Yatasā'alūna 052-025 އަދި އެކަކު އަނެކަކާ سؤال ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. وَأَ‍ق‍‍ْبَلَ بَعْضُهُمْ عَلَى بَعْض‍‍‍ٍ يَتَس‍‍َ‍ا‍ءَل‍‍ُ‍و‍نَ
Qālū 'Innā Kunnā Qablu Fī 'Ahlinā Mushfiqīna 052-026 އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ. قَالُ‍‍و‍‍ا‍ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا قَ‍‍ب‍‍ْلُ فِ‍‍ي‍ أَهْلِنَا مُشْفِق‍‍ِ‍ي‍نَ
Famanna Al-Lahu `Alaynā Wa Waqānā `Adhāba As-Samūmi 052-027 ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذاب ން ތިމަންމެން ދިންނެވިއެވެ. فَمَ‍‍ن‍ّ‍‍َ ا‍للَّهُ عَلَيْنَا وَوَقَانَا عَذ‍َا‍بَ ا‍لسَّم‍‍ُ‍و‍مِ
'Innā Kunnā Min Qablu Nad`ūhu 'Innahu Huwa Al-Barru Ar-Raĥīmu 052-028 ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން،އެކަލާނގެއީ، إحسان ތެރިވަންތަ، رحيم ވަންތަ ކަލާނގެއެވެ. إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا مِ‍‍ن‍ْ قَ‍‍ب‍‍ْلُ نَ‍‍د‍‍ْع‍‍ُ‍و‍هُ إِ‍نّ‍‍َهُ هُوَ ا‍لْبَرُّ ا‍لرَّح‍‍ِ‍ي‍مُ
Fadhakkir Famā 'Anta Bini`mati Rabbika Bikāhinin Wa Lā Majnūnin 052-029 ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. فَذَكِّرْ فَمَ‍‍ا‍ أَ‍ن‍‍ْتَ بِنِعْمَةِ رَبِّكَ بِكَاهِن‍‍‍ٍ وَلاَ مَ‍‍ج‍‍ْن‍‍ُ‍و‍ن‍‍‍ٍ
'Am Yaqūlūna Shā`irun Natarabbaşu Bihi Rayba Al-Manūni 052-030 އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ. أَمْ يَقُول‍‍ُ‍و‍نَ شَاعِر‍ٌ نَتَرَبَّصُ بِهِ رَيْبَ ا‍لْمَن‍‍ُ‍و‍نِ
Qul Tarabbaşū Fa'innī Ma`akum Mina Al-Mutarabbişīna 052-031 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ. قُلْ تَرَبَّصُو‍‍ا‍ فَإِ‍نّ‍‍ِي مَعَكُ‍‍م‍ْ مِنَ ا‍لْمُتَرَبِّص‍‍ِ‍ي‍نَ
'Am Ta'muruhum 'Aĥlāmuhum Bihadhā 'Am Hum Qawmun Ţāghūna 052-032 އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟ أَمْ تَأْمُرُهُمْ أَحْلاَمُهُ‍‍م‍ْ بِهَذَا أَمْ هُمْ قَوْم‍‍‍ٌ طَاغ‍‍ُ‍و‍نَ
'Am Yaqūlūna Taqawwalahu Bal Lā Yu'uminūna 052-033 އަދި ކިއެއްތަ! އެ قرآن އަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން إيمان އެއް ނުވެތެވެ. أَمْ يَقُول‍‍ُ‍و‍نَ تَقَوَّلَهُ بَ‍‍ل لاَ يُؤْمِن‍‍ُ‍و‍نَ
Falya'tū Biĥadīthin Mithlihi 'In Kānū Şādiqīna 052-034 ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ قرآن އަކާއިގެން އައިސްބަލާށެވެ! فَلْيَأْتُو‍‍ا‍ بِحَد‍ِي‍ث‍‍‍ٍ مِثْلِهِ إِ‍ن‍ْ كَانُو‍‍ا‍ صَادِق‍‍ِ‍ي‍نَ
'Am Khuliqū Min Ghayri Shay'in 'Am Humu Al-Khāliqūna 052-035 އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތިއެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟ أَمْ خُلِقُو‍‍ا‍ مِنْ غَيْ‍‍ر‍ِ شَيْءٍ أَمْ هُمُ ا‍لْخَالِق‍‍ُ‍و‍نَ
'Am Khalaqū As-Samāwāti Wa Al-'Arđa Bal Lā Yūqinūna 052-036 އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، إيمان ނުވާ ބަޔެކެވެ. أَمْ خَلَقُو‍‍ا‍ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بَ‍‍ل لاَ يُوقِن‍‍ُ‍و‍نَ
'Am `Indahum Khazā'inu Rabbika 'Am Humu Al-Musayţirūna 052-037 އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ خزانة ތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟ أَمْ عِ‍‍ن‍‍ْدَهُمْ خَز‍َا‍ئِنُ رَبِّكَ أَمْ هُمُ ا‍لْمُسَيْطِر‍ُو‍نَ
'Am Lahum Sullamun Yastami`ūna Fīhi Falya'ti Mustami`uhum Bisulţānin Mubīnin 052-038 އަދި ކިއެއްތަ! (ملائكة ން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ حجّة އެއް ގެނެސްދީބަލާށެވެ! أَمْ لَهُمْ سُلَّم‍‍‍ٌ يَسْتَمِع‍‍ُ‍و‍نَ ف‍‍ِ‍ي‍هِ فَلْيَأْتِ مُسْتَمِعُهُ‍‍م‍ْ بِسُلْط‍‍َ‍ا‍ن‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
'Am Lahu Al-Banātu Wa Lakumu Al-Banūna 052-039 އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ أَمْ لَهُ ا‍لْبَن‍‍َ‍ا‍تُ وَلَكُمُ ا‍لْبَن‍‍ُ‍و‍نَ
'Am Tas'aluhum 'Ajrāan Fahum Min Maghramin Muthqalūna 052-040 އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟ أَمْ تَسْأَلُهُمْ أَ‍ج‍‍ْرا‍ً فَهُ‍‍م‍ْ مِ‍‍ن‍ْ مَغْرَم‍‍‍ٍ مُثْقَل‍‍ُ‍و‍نَ
'Am `Indahumu Al-Ghaybu Fahum Yaktubūna 052-041 އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ أَمْ عِ‍‍ن‍‍ْدَهُمُ ا‍لْغَيْبُ فَهُمْ يَكْتُب‍‍ُ‍و‍نَ
'Am Yurīdūna Kaydāan Fa-Al-Ladhīna Kafarū Humu Al-Makīdūna 052-042 އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަންއެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ كافر ންނެވެ. أَمْ يُ‍‍ر‍‍ِيد‍ُو‍نَ كَيْدا‍ً فَالَّذ‍ِي‍نَ كَفَرُوا‍ هُمُ ا‍لْمَكِيد‍ُو‍نَ
'Am Lahum 'Ilahun Ghayru Al-Lahi Subĥāna Al-Lahi `Ammā Yushrikūna 052-043 އަދި ކިއެއްތަ! اللَّه ފިޔަވައި އެހެން إله އެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވަންތަވެވޮޑިގެންވެއެވެ. أَمْ لَهُمْ إِلَهٌ غَيْرُ ا‍للَّهِ سُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍للَّهِ عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Wa 'In Yaraw Kisfāan Mina As-Samā'i Sāqiţāan Yaqūlū Saĥābun Markūmun 052-044 (އެއުރެންނަށް عذاب އެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ. وَإِ‍ن‍ْ يَرَوْا كِسْفا‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ سَاقِطا‍ً يَقُولُو‍‍ا‍ سَح‍‍َ‍ا‍ب‍‍‍ٌ مَرْك‍‍ُ‍و‍م‍‍‍ٌ
Fadharhum Ĥattá Yulāqū Yawmahumu Al-Ladhī Fīhi Yuş`aqūna 052-045 ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! فَذَرْهُمْ حَتَّى يُلاَقُو‍‍ا‍ يَوْمَهُمُ ا‍لَّذِي ف‍‍ِ‍ي‍هِ يُصْعَق‍‍ُ‍و‍نَ
Yawma Lā Yughnī `Anhum Kayduhum Shay'āan Wa Lā Hum Yunşarūna 052-046 (އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصر ވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ. يَوْمَ لاَ يُغْنِي عَنْهُمْ كَيْدُهُمْ شَيْئا‍ً وَلاَ هُمْ يُ‍‍ن‍صَر‍ُو‍نَ
Wa 'Inna Lilladhīna Žalamū `Adhābāan Dūna Dhālika Wa Lakinna 'Aktharahum Lā Ya`lamūna 052-047 ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذاب ގެ އިތުރަށް عذاب ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَإِ‍نّ‍‍َ لِلَّذ‍ِي‍نَ ظَلَمُو‍‍ا‍ عَذَابا‍ً د‍ُو‍نَ ذَلِكَ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Aşbir Liĥukmi Rabbika Fa'innaka Bi'a`yuninā Wa Sabbiĥ Biĥamdi Rabbika Ĥīna Taqūmu 052-048 ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيح ވިދާޅުވާށެވެ! وَاصْبِرْ لِحُكْمِ رَبِّكَ فَإِ‍نّ‍‍َكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ ح‍‍ِ‍ي‍نَ تَق‍‍ُ‍و‍مُ
Wa Mina Al-Layli Fasabbiĥhu Wa 'Idbāra An-Nujūmi 052-049 އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ! وَمِنَ ا‍للَّيْلِ فَسَبِّحْهُ وَإِ‍د‍‍ْب‍‍َ‍ا‍رَ ا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مِ
Next Sūrah