43) Sūrat Az-Zukhruf

Printed format

43) سُورَة الزُّخرُف

Ĥā-Mīm 043-001 ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) حَا-مِيم
Wa Al-Kitābi Al-Mubīni 043-002 بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. وَالْكِت‍‍َ‍ا‍بِ ا‍لْمُب‍‍ِ‍ي‍نِ
'Innā Ja`alnāhu Qur'ānāan `Arabīyāan La`allakum Ta`qilūna 043-003 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. إِ‍نّ‍‍َا جَعَلْن‍‍َ‍ا‍هُ قُرْآناً عَرَبِيّا‍ً لَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
Wa 'Innahu Fī 'Ummi Al-Kitābi Ladaynā La`alīyun Ĥakīmun 043-004 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظ ގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمة ތެރި ފޮތެއް ކަމުގައެވެ. وَإِ‍نّ‍‍َهُ فِ‍‍ي‍ أُ‍مّ‍‍ِ ا‍لْكِت‍‍َ‍ا‍بِ لَدَيْنَا لَعَلِيٌّ حَك‍‍ِ‍ي‍م‍‍‍ٌ
'Afanađribu `Ankumu Adh-Dhikra Şafĥāan 'An Kuntum Qawmāan Musrifīna 043-005 ފަހެ، ތިޔަބައިމީހުން (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآن ގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟ أَفَنَضْ‍‍ر‍‍ِبُ عَ‍‍ن‍كُمُ ا‍لذِّكْرَ صَفْحاً أَ‍ن‍ْ كُ‍‍ن‍تُمْ قَوْما‍ً مُسْ‍‍ر‍‍ِف‍‍ِ‍ي‍نَ
Wa Kam 'Arsalnā Min Nabīyin Al-'Awwalīna 043-006 އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟ وَكَمْ أَرْسَلْنَا مِ‍‍ن‍ْ نَبِيّ‍‍‍ٍ فِي ا‍لأَوَّل‍‍ِ‍ي‍نَ
Wa Mā Ya'tīhim Min Nabīyin 'Illā Kānū Bihi Yastahzi'ūn 043-007 އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ. وَمَا يَأْتِيهِ‍‍م‍ْ مِ‍‍ن‍ْ نَبِيّ‍‍‍ٍ إِلاَّ كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Fa'ahlaknā 'Ashadda Minhum Baţshāan Wa Mađá Mathalu Al-'Awwalīna 043-008 ފަހެ، ތިމަންރަސްކަލާނގެއެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ. فَأَهْلَكْنَ‍‍ا‍ أَشَدَّ مِنْهُ‍‍م‍ْ بَ‍‍ط‍‍ْشا‍ً وَمَضَى مَثَلُ ا‍لأَوَّل‍‍ِ‍ي‍نَ
Wa La'in Sa'altahum Man Khalaqa As-Samāwāti Wa Al-'Arđa Layaqūlunna Khalaqahunna Al-`Azīzu Al-`Alīmu 043-009 ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلَئِ‍‍ن‍ْ سَأَلْتَهُ‍‍م‍ْ مَنْ خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ لَيَقُولُ‍‍ن‍ّ‍‍َ خَلَقَهُ‍‍ن‍ّ‍‍َ ا‍لْعَز‍ِي‍زُ ا‍لْعَل‍‍ِ‍ي‍مُ
Al-Ladhī Ja`ala Lakumu Al-'Arđa Mahdāan Wa Ja`ala Lakum Fīhā Subulāan La`allakum Tahtadūna 043-010 އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން (ގަސްތުކުރާ ތަންތަނަށް) ދިއުމަށް މަގު އެނގުމަށްޓަކައެވެ. ا‍لَّذِي جَعَلَ لَكُمُ ا‍لأَرْضَ مَهْدا‍ً وَجَعَلَ لَكُمْ فِيهَا سُبُلا‍ً لَعَلَّكُمْ تَهْتَد‍ُو‍نَ
Wa Al-Ladhī Nazzala Mina As-Samā'i Mā'an Biqadarin Fa'ansharnā Bihi Baldatan Maytāan Kadhālika Tukhrajūna 043-011 އަދި އެކަލާނގެއީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުށްޓެވެ. وَالَّذِي نَزَّلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً بِقَدَر‍ٍ فَأَن‍شَرْنَا بِهِ بَلْدَة‍‍‍ً مَيْتا‍ً كَذَلِكَ تُخْرَج‍‍ُ‍و‍نَ
Wa Al-Ladhī Khalaqa Al-'Azwāja Kullahā Wa Ja`ala Lakum Mina Al-Fulki Wa Al-'An`ām Mā Tarkabūna 043-012 އަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. وَالَّذِي خَلَقَ ا‍لأَزْو‍َا‍جَ كُلَّهَا وَجَعَلَ لَكُ‍‍م‍ْ مِنَ ا‍لْفُلْكِ وَا‍لأَنعَام مَا تَرْكَب‍‍ُ‍و‍نَ
Litastawū `Alá Žuhūrihi Thumma Tadhkurū Ni`mata Rabbikum 'Idhā Astawaytum `Alayhi Wa Taqūlū Subĥāna Al-Ladhī Sakhkhara Lanā Hādhā Wa Mā Kunnā Lahu Muqrinīna 043-013 (އެއީ) ތިޔަބައިމީހުންއެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ. لِتَسْتَوُوا‍ عَلَى ظُهُو‍ر‍‍ِهِ ثُ‍‍م‍ّ‍‍َ تَذْكُرُوا‍ نِعْمَةَ رَبِّكُمْ إِذَا ا‍سْتَوَيْتُمْ عَلَيْهِ وَتَقُولُو‍‍ا‍ سُ‍‍ب‍‍ْحانَ ا‍لَّذِي سَخَّرَ لَنَا هَذَا وَمَا كُ‍‍ن‍ّ‍‍َا لَهُ مُ‍‍ق‍‍ْ‍‍ر‍‍ِن‍‍ِ‍ي‍نَ
Wa 'Innā 'Ilá Rabbinā Lamunqalibūna 043-014 އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ. وَإِ‍نّ‍‍َ‍‍ا إِلَى رَبِّنَا لَمُ‍‍ن‍قَلِب‍‍ُ‍و‍نَ
Wa Ja`alū Lahu Min `Ibādihi Juz'āan 'Inna Al-'Insāna Lakafūrun Mubīnun 043-015 އެއުރެން (އެބަހީ: كافر ވި މީހުން) އެކަލާނގެ އަޅުންގެތެރެއިން ބަޔެއް، އެކަލާނގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާާއީ، ފާޅުވެގެންހުރި كافر ކަންބޮޑު މީހެއްކަން ކަށަވަރެވެ. وَجَعَلُو‍‍ا‍ لَهُ مِنْ عِبَادِهِ جُزْءا‍ً إِ‍نّ‍‍َ ا‍لإِن‍س‍‍َ‍ا‍نَ لَكَف‍‍ُ‍و‍ر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
'Am Attakhadha Mimmā Yakhluqu Banātin Wa 'Aşfākum Bil-Banīna 043-016 ނުވަތަ އެކަލާނގެ ހެއްދެވި ތަކެތީގެތެރެއިން އެކަލާނގެ ذات ފުޅަށް އަންހެންދަރިން ހިއްޕަވައި، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاص ކުރެއްވި (ކަމަށް ހީކުރަނީ) ހެއްޔެވެ؟ أَمْ ا‍تَّخَذَ مِ‍‍م‍ّ‍‍َا يَخْلُقُ بَن‍‍َ‍ا‍ت‍‍‍ٍ وَأَصْفَاكُ‍‍م‍ْ بِ‍‍ا‍لْبَن‍‍ِ‍ي‍نَ
Wa 'Idhā Bushshira 'Aĥaduhum Bimā Đaraba Lilrraĥmani Mathalāan Žalla Wajhuhu Muswaddāan Wa Huwa Kažīmun 043-017 رحمن ވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު نسبة ކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ خبر އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށްއެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. وَإِذَا بُشِّ‍‍ر‍َ أَحَدُهُ‍‍م‍ْ بِمَا ضَرَبَ لِلرَّحْمَنِ مَثَلا‍ً ظَلَّ وَج‍‍ْهُهُ مُسْوَدّا‍ً وَهُوَ كَظ‍‍ِ‍ي‍م‍‍‍ٌ
'Awaman Yunashsha'u Fī Al-Ĥilyati Wa Huwa Fī Al-Khāmi Ghayru Mubīnin 043-018 އަދި (اللَّه އަށް އެއުރެން އެ نسبة ކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ. أَوَمَ‍‍ن‍ْ يُنَشَّأُ فِي ا‍لْحِلْيَةِ وَهُوَ فِي ا‍لْخِص‍‍َ‍ا‍مِ غَيْرُ مُب‍‍ِ‍ي‍ن‍‍‍ٍ
Wa Ja`alū Al-Malā'ikata Al-Ladhīna Hum `Ibādu Ar-Raĥmāni 'Ināthāan 'Ashahidū Khalqahum Satuktabu Shahādatuhum Wa Yus'alūna 043-019 އަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ. وَجَعَلُو‍‍ا‍ ا‍لْمَلاَئِكَةَ ا‍لَّذ‍ِي‍نَ هُمْ عِب‍‍َ‍ا‍دُ ا‍لرَّحْمَنِ إِنَاثاً أَشَهِدُوا‍ خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَل‍‍ُ‍و‍نَ
Wa Qālū Law Shā'a Ar-Raĥmānu Mā `Abadnāhum Mā Lahum Bidhālika Min `Ilmin 'In Hum 'Illā Yakhruşūna 043-020 އަދި އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ އިރާދަކުރެއްވިނަމަ، ތިމަންމެން އެ ملائكة ންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެއުރެންނަށް އެއްވެސް އެނގުމެއް ނުވެތެވެ. އެއުރެން ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ނުވެތެވެ. وَقَالُو‍‍ا‍ لَوْ ش‍‍َ‍ا‍ءَ ا‍لرَّحْمَنُ مَا عَبَ‍‍د‍‍ْنَاهُ‍‍م‍ْ مَا لَهُ‍‍م‍ْ بِذَلِكَ مِنْ عِلْم‍‍‍ٍ إِنْ هُمْ إِلاَّ يَخْرُص‍‍ُ‍و‍نَ
'Am 'Ātaynāhum Kitābāan Min Qablihi Fahum Bihi Mustamsikūna 043-021 ނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟ أَمْ آتَيْنَاهُمْ كِتَابا‍ً مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ فَهُ‍‍م‍ْ بِهِ مُسْتَمْسِك‍‍ُ‍و‍نَ
Bal Qālū 'Innā Wajadnā 'Ābā'anā `Alá 'Ummatin Wa 'Innā `Alá 'Āthārihim Muhtadūna 043-022 އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ.އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ. بَلْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا وَجَ‍‍د‍‍ْنَ‍‍ا آب‍‍َ‍ا‍ءَنَا عَلَى أُ‍مّ‍‍َة‍‍‍ٍ وَإِ‍نّ‍‍َا عَلَى آثَا‍ر‍‍ِهِ‍‍م‍ْ مُهْتَد‍ُو‍نَ
Wa Kadhalika Mā 'Arsalnā Min Qablika Fī Qaryatin Min Nadhīrin 'Illā Qāla Mutrafūhā 'Innā Wajadnā 'Ābā'anā `Alá 'Ummatin Wa 'Innā `Alá 'Āthārihim Muqtadūna 043-023 އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. وَكَذَلِكَ مَ‍‍ا‍ أَرْسَلْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فِي قَرْيَة‍‍‍ٍ مِ‍‍ن‍ْ نَذ‍ِي‍ر‍ٍ إِلاَّ ق‍‍َ‍ا‍لَ مُتْرَفُوهَ‍‍ا إِ‍نّ‍‍َا وَجَ‍‍د‍‍ْنَ‍‍ا آب‍‍َ‍ا‍ءَنَا عَلَى أُ‍مّ‍‍َة‍‍‍ٍ وَإِ‍نّ‍‍َا عَلَى آثَا‍ر‍‍ِهِ‍‍م‍ْ مُ‍‍ق‍‍ْتَد‍ُو‍نَ
Qāla 'Awalaw Ji'tukum Bi'ahdá Mimmā Wajadtum `Alayhi 'Ābā'akum Qālū 'Innā Bimā 'Ursiltum Bihi Kāfirūna 043-024 އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دين އެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دين އަށްވުރެ حق ކަންބޮޑު دين އަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دين އަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دين އަށް ތިމަންމެންވަނީ كافر ވެގެންނެވެ. ق‍َا‍لَ أَوَلَوْ جِئْتُكُ‍‍م‍ْ بِأَهْدَى مِ‍‍م‍ّ‍‍َا وَجَ‍‍د‍‍ْتُمْ عَلَيْهِ آب‍‍َ‍ا‍ءَكُمْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا بِمَ‍‍ا‍ أُرْسِلْتُ‍‍م‍ْ بِهِ كَافِر‍ُو‍نَ
ntaqamnā Minhumnžur Kayfa Kāna `Āqibatu Al-Mukadhdhibīna 043-025 ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! فَان‍تَقَمْنَا مِنْهُمْ فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُكَذِّب‍‍ِ‍ي‍نَ
Wa 'Idh Qāla 'Ibrāhīmu Li'abīhi Wa Qawmihi 'Innanī Barā'un Mimmā Ta`budūna 043-026 إبراهيم ގެފާނު،އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. وَإِذْ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ لِأَب‍‍ِ‍ي‍هِ وَقَوْمِهِ إِ‍نّ‍‍َنِي بَر‍َا‍ء‍ٌ مِ‍‍م‍ّ‍‍َا تَعْبُد‍ُو‍نَ
'Illā Al-Ladhī Faţaranī Fa'innahu Sayahdīni 043-027 އިސްވެދިޔަ مثال އަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. إِلاَّ ا‍لَّذِي فَطَرَنِي فَإِ‍نّ‍‍َهُ سَيَهْد‍ِي‍نِ
Wa Ja`alahā Kalimatan Bāqiyatan Fī `Aqibihi La`allahum Yarji`ūna 043-028 އަދި އެބަސްފުޅު (އެބަހީ: لاإله إلاّاللَّه މި كلمة ފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّه ގެ މަގަށް އެއުރެން رجوع ވުމަށްޓަކައެވެ. وَجَعَلَهَا كَلِمَة‍‍‍ً بَاقِيَة‍‍‍ً فِي عَقِبِهِ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Bal Matta`tu Hā'uulā' Wa 'Ābā'ahum Ĥattá Jā'ahumu Al-Ĥaqqu Wa Rasūlun Mubīnun 043-029 އަދި ކިއެއްތަ! ތިމަންރަސްކަލާނގެ މިބައިމީހުންނާއި، އެއުރެންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. حق ފޮތާއި، بيان ކޮށްދެއްވާ رسول އަކު އެއުރެންގެގާތަށް ވަޑައިގެންފުމަށް ދާނދެނެވެ. بَلْ مَتَّعْتُ ه‍‍َ‍ا‍ؤُلاَء وَآب‍‍َ‍ا‍ءَهُمْ حَتَّى ج‍‍َ‍ا‍ءَهُمُ ا‍لْحَقُّ وَرَس‍‍ُ‍و‍ل‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Lammā Jā'ahumu Al-Ĥaqqu Qālū Hādhā Siĥrun Wa 'Innā Bihi Kāfirūna 043-030 އަދި حق ފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافر ވެގެންނެވެ. وَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمُ ا‍لْحَقُّ قَالُو‍‍ا‍ هَذَا سِحْر‍ٌ وَإِ‍نّ‍‍َا بِهِ كَافِر‍ُو‍نَ
Wa Qālū Lawlā Nuzzila Hādhā Al-Qur'ānu `Alá Rajulin Mina Al-Qaryatayni `Ažīmin 043-031 އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكة އާއި، طائف ގެ) މީހުންކުރެ، މާތްމީހަކަށް މި قرآنބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ وَقَالُو‍‍ا‍ لَوْلاَ نُزِّلَ هَذَا ا‍لْقُرْآنُ عَلَى رَجُل‍‍‍ٍ مِنَ ا‍لْقَرْيَتَيْنِ عَظ‍‍ِ‍ي‍م‍‍‍ٍ
'Ahum Yaqsimūna Raĥmata Rabbika Naĥnu Qasamnā Baynahum Ma`īshatahum Al-Ĥayāati Ad-Dunyā Wa Rafa`nā Ba`đahum Fawqa Ba`đin Darajātin Liyattakhidha Ba`đuhum Ba`đāan Sukhrīyāan Wa Raĥmatu Rabbika Khayrun Mimmā Yajma`ūna 043-032 ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ. أَهُمْ يَ‍‍ق‍‍ْسِم‍‍ُ‍و‍نَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُ‍‍م‍ْ مَعِيشَتَهُمْ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْض‍‍‍ٍ دَرَج‍‍َ‍ا‍ت‍‍‍ٍ لِيَتَّخِذَ بَعْضُهُ‍‍م‍ْ بَعْضا‍ً سُخْ‍‍ر‍‍ِيّا‍ً وَرَحْمَةُ رَبِّكَ خَيْر‍ٌ مِ‍‍م‍ّ‍‍َا يَ‍‍ج‍‍ْمَع‍‍ُ‍و‍نَ
Wa Lawlā 'An Yakūna An-Nāsu 'Ummatan Wāĥidatan Laja`alnā Liman Yakfuru Bir-Raĥmani Libuyūtihim Suqufāan Min Fađđatin Wa Ma`ārija `Alayhā Yažharūna 043-033 އަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ ރަސްކަލާނގެއަށް كافر ވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ. وَلَوْلاَ أَ‍ن‍ْ يَك‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍سُ أُ‍مّ‍‍َة‍‍‍ً وَا‍حِدَة‍‍‍ً لَجَعَلْنَا لِمَ‍‍ن‍ْ يَكْفُرُ بِ‍‍ا‍لرَّحْمَنِ لِبُيُوتِهِمْ سُقُفا‍ً مِ‍‍ن‍ْ فَضَّة‍‍‍ٍ وَمَعَا‍ر‍‍ِجَ عَلَيْهَا يَظْهَر‍ُو‍نَ
Wa Libuyūtihim 'Abwābāan Wa Sururāan `Alayhā Yattaki'ūna 043-034 އަދި އެއުރެންގެ ގެތަކުގެ ދޮރުތަކާއި، އެއުރެން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ. وَلِبُيُوتِهِمْ أَ‍ب‍‍ْوَابا‍ً وَسُرُراً عَلَيْهَا يَتَّكِئ‍‍ُ‍و‍نَ
Wa Zukhrufāan Wa 'In Kullu Dhālika Lammā Matā`u Al-Ĥayāati Ad-Dunyā Wa Al-'Ākhiratu `Inda Rabbika Lilmuttaqīna 043-035 އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީނުވެެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ. وَزُخْرُفا‍ً وَإِ‍ن‍ْ كُلُّ ذَلِكَ لَ‍‍م‍ّ‍‍َا مَت‍‍َ‍ا‍عُ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةُ عِ‍‍ن‍‍ْدَ رَبِّكَ لِلْمُتَّق‍‍ِ‍ي‍نَ
Wa Man Ya`shu `An Dhikri Ar-Raĥmāni Nuqayyiđ Lahu Shayţānāan Fahuwa Lahu Qarīnun 043-036 رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ. وَمَ‍‍ن‍ْ يَعْشُ عَ‍‍ن‍ْ ذِكْ‍‍ر‍ِ ا‍لرَّحْمَنِ نُقَيِّضْ لَهُ شَيْطَانا‍ً فَهُوَ لَهُ قَ‍‍ر‍‍ِي‍ن‍‍‍ٌ
Wa 'Innahum Layaşuddūnahum `Ani As-Sabīli Wa Yaĥsabūna 'Annahum Muhtadūna 043-037 އަދި ހަމަކަށަވަރުން، އެ شيطان ން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ. وَإِ‍نّ‍‍َهُمْ لَيَصُدُّونَهُمْ عَنِ ا‍لسَّب‍‍ِ‍ي‍لِ وَيَحْسَب‍‍ُ‍و‍نَ أَ‍نّ‍‍َهُ‍‍م‍ْ مُهْتَد‍ُو‍نَ
Ĥattá 'Idhā Jā'anā Qāla Yā Layta Baynī Wa Baynaka Bu`da Al-Mashriqayni Fabi'sa Al-Qarīnu 043-038 އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަތުވެއްޖެނަމަ، އެހިނދު އޭނާ ބުނާނެތެވެ. ތިމަންނާޔާ، ކަލެޔާ ދެމެދުގެ ދުރުމިން مشرق އާއި، مغرب އާ ދެމެދުހައި ދުރުމިން ކަމުގައިވާނަމަ، ކޮންފަދަހެއްޔެވެ! ފަހެ، ކަލެޔަކީ ހާދަހާ ނުބައިވެގެންވާ އެކުވެރިޔެކެވެ. حَتَّى إِذَا ج‍‍َ‍ا‍ءَنَا ق‍‍َ‍ا‍لَ يَالَيْتَ بَيْنِي وَبَيْنَكَ بُعْدَ ا‍لْمَشْ‍‍ر‍‍ِقَيْنِ فَبِئْسَ ا‍لْقَ‍‍ر‍‍ِي‍نُ
Wa Lan Yanfa`akumu Al-Yawma 'Idh Žalamtum 'Annakum Al-`Adhābi Mushtarikūna 043-039 (އެއުރެންނަށް އަންގަވާނެތެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. وَلَ‍‍ن‍ْ يَ‍‍ن‍فَعَكُمُ ا‍لْيَوْمَ إِذْ ظَلَمْتُمْ أَ‍نّ‍‍َكُمْ فِي ا‍لْعَذ‍َا‍بِ مُشْتَ‍‍ر‍‍ِك‍‍ُ‍و‍نَ
'Afa'anta Tusmi`u Aş-Şumma 'Aw Tahdī Al-`Umya Wa Man Kāna Fī Đalālin Mubīnin 043-040 ފަހެ، ބީރުބަޔަކަށް (حق ގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ بيان ވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟ أَفَأَ‍ن‍‍ْتَ تُسْمِعُ ا‍لصُّ‍‍م‍ّ‍‍َ أَوْ تَهْدِي ا‍لْعُمْيَ وَمَ‍‍ن‍ْ ك‍‍َ‍ا‍نَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Fa'immā Nadh/habanna Bika Fa'innā Minhum Muntaqimūna 043-041 ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ. فَإِ‍مّ‍‍َا نَذْهَبَ‍‍ن‍ّ‍‍َ بِكَ فَإِ‍نّ‍‍َا مِنْهُ‍‍م‍ْ مُ‍‍ن‍‍ْتَقِم‍‍ُ‍و‍نَ
'Aw Nuriyannaka Al-Ladhī Wa`adnāhum Fa'innā `Alayhim Muqtadirūna 043-042 ނުވަތަ އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، އެއުރެންގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. أَوْ نُ‍‍ر‍‍ِيَ‍‍ن‍ّ‍‍َكَ ا‍لَّذِي وَعَ‍‍د‍‍ْنَاهُمْ فَإِ‍نّ‍‍َا عَلَيْهِ‍‍م‍ْ مُ‍‍ق‍‍ْتَدِر‍ُو‍نَ
Fāstamsik Bial-Ladhī 'Ūĥiya 'Ilayka 'Innaka `Alá Şirāţin Mustaqīmin 043-043 ފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ. فَاسْتَمْسِكْ بِ‍‍ا‍لَّذِي أ‍ُ‍وحِيَ إِلَيْكَ إِ‍نّ‍‍َكَ عَلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Wa 'Innahu Ladhikrun Laka Wa Liqawmika Wa Sawfa Tus'alūna 043-044 އަދި ހަމަކަށަވަރުން، އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم ގެމީހުންނަށް ލިބުނު شرف އެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ سؤال ކުރައްވާނެތެވެ. وَإِ‍نّ‍‍َهُ لَذِكْر‍ٌ لَكَ وَلِقَوْمِكَ وَسَوْفَ تُسْأَل‍‍ُ‍و‍نَ
Wa As'al Man 'Arsalnā Min Qablika Min Rusulinā 'Aja`alnā Min Dūni Ar-Raĥmāni 'Ālihatan Yu`badūna 043-045 އަދި ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ شريعة ން ބައްލަވާށެވެ!) رحمن ވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން إله ންތަކެއް ތިމަންރަސްކަލާނގެ ލެއްވިންހެއްޔެވެ؟ وَاسْأَلْ مَنْ أَرْسَلْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ مِ‍‍ن‍ْ رُسُلِنَ‍‍ا‍ أَجَعَلْنَا مِ‍‍ن‍ْ د‍ُو‍نِ ا‍لرَّحْمَنِ آلِهَة‍‍‍ً يُعْبَد‍ُو‍نَ
Wa Laqad 'Arsalnā Mūsá Bi'āyātinā 'Ilá Fir`awna Wa Mala'ihi Faqāla 'Innī Rasūlu Rabbi Al-`Ālamīna 043-046 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއިގެން، فرعون އާއި، އޭނާގެ قوم ގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ موسى ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ رسول އަކީމެވެ. وَلَقَ‍‍د‍ْ أَرْسَلْنَا مُوسَى بِآيَاتِنَ‍‍ا إِلَى فِرْعَوْنَ وَمَلَئِهِ فَق‍‍َ‍ا‍لَ إِ‍نّ‍‍ِي رَس‍‍ُ‍و‍لُ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Falammā Jā'ahum Bi'āyātinā 'Idhā Hum Minhā Yađĥakūna 043-047 ފަހެ، އެކަލޭގެފާނު ތިމަންރަސްކަލާނގެ آية ތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެހާރުން އެ آية ތަކާމެދު، އެއުރެން މަލާމާތްކޮށް، ހެނއެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُ‍‍م‍ْ بِآيَاتِنَ‍‍ا إِذَا هُ‍‍م‍ْ مِنْهَا يَضْحَك‍‍ُ‍و‍نَ
Wa Mā Nurīhim Min 'Āyatin 'Illā Hiya 'Akbaru Min 'Ukhtihā Wa 'Akhadhnāhum Bil-`Adhābi La`allahum Yarji`ūna 043-048 އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްކެވި ކޮންމެ معجزة އެއް، އެފަދަ އަނެއް معجزة އަކަށްވުރެ މާބޮޑުކަމުގައި މެނުވީ ނުދައްކަވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައި، ހިއްޕެވީމެވެ. (އެއީ) އެއުރެން (كافر ކަމުން) رجوع ވުމަށްޓަކައެވެ. وَمَا نُ‍‍ر‍‍ِيهِ‍‍م‍ْ مِ‍‍ن‍ْ آيَة‍‍‍ٍ إِلاَّ هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُ‍‍م‍ْ بِ‍‍ا‍لْعَذ‍َا‍بِ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Wa Qālū Yā 'Ayyuhā As-Sāĥiru Ad`u Lanā Rabbaka Bimā `Ahida `Indaka 'Innanā Lamuhtadūn 043-049 އެއުރެން ބުނޫއެވެ. އޭ ޖާދޫވެރިޔާއެވެ! އެކަލާނގެ ކަލޭގެފާނަށް عهد ވެވޮޑިގެންނެވި ކަންތައް ތިމަންމެންނަށް ދެއްވުމަށްއެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރައްވައި ބައްލަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ވާހުށީ ތެދުމަގުލިބިގެންވާ ބަޔަކު ކަމުގައެވެ. وَقَالُو‍‍ا‍ ي‍‍َ‍ا‍أَيُّهَا ا‍لسَّاحِ‍‍ر‍ُ ا‍د‍‍ْعُ لَنَا رَبَّكَ بِمَا عَهِدَ عِ‍‍ن‍‍ْدَكَ إِ‍نّ‍‍َنَا لَمُهْتَدُون
Falammā Kashafnā `Anhumu Al-`Adhāba 'Idhā Hum Yankuthūna 043-050 ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފިއްލަވައިފިހިނދު، އެހާރުން އެއުރެން عهد އުވައިލަތެވެ. فَلَ‍‍م‍ّ‍‍َا كَشَفْنَا عَنْهُمُ ا‍لْعَذ‍َا‍بَ إِذَا هُمْ يَ‍‍ن‍كُث‍‍ُ‍و‍نَ
Wa Nādá Fir`awnu Fī Qawmihi Qāla Yā Qawmi 'Alaysa Lī Mulku Mişra Wa Hadhihi Al-'Anhāru Tajrī Min Taĥtī 'Afalā Tubşirūna 043-051 އަދި فرعونއޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ وَنَادَى فِرْعَوْنُ فِي قَوْمِهِ ق‍‍َ‍ا‍لَ يَاقَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ ا‍لأَنْه‍‍َ‍ا‍رُ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِ‍‍ي‍ أَفَلاَ تُ‍‍ب‍‍ْصِر‍ُو‍نَ
'Am 'Anā Khayrun Min Hādhā Al-Ladhī Huwa Mahīnun Wa Lā Yakādu Yubīnu 043-052 އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ. أَمْ أَنَا خَيْر‍ٌ مِنْ هَذَا ا‍لَّذِي هُوَ مَه‍‍ِ‍ي‍ن‍‍‍ٌ وَلاَ يَك‍‍َ‍ا‍دُ يُب‍‍ِ‍ي‍نُ
Falawlā 'Ulqiya `Alayhi 'Aswiratun Min Dhahabin 'Aw Jā'a Ma`ahu Al-Malā'ikatu Muqtarinīna 043-053 ފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكة ން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟ فَلَوْلاَ أُلْقِيَ عَلَيْهِ أَسْوِرَة‍‍‍ٌ مِ‍‍ن‍ْ ذَهَبٍ أَوْ ج‍‍َ‍ا‍ءَ مَعَهُ ا‍لْمَلاَئِكَةُ مُ‍‍ق‍‍ْتَ‍‍ر‍‍ِن‍‍ِ‍ي‍نَ
Fāstakhaffa Qawmahu Fa'aţā`ūhu 'Innahum Kānū Qawmāan Fāsiqīna 043-054 ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ. فَاسْتَخَفَّ قَوْمَهُ فَأَطَاع‍‍ُ‍و‍هُ إِ‍نّ‍‍َهُمْ كَانُو‍‍ا‍ قَوْما‍ً فَاسِق‍‍ِ‍ي‍نَ
Falammā 'Āsafūnā Antaqamnā Minhum Fa'aghraqnāhum 'Ajma`īna 043-055 ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ. فَلَ‍‍م‍ّ‍‍َ‍‍ا آسَفُونَا ا‍ن‍تَقَمْنَا مِنْهُمْ فَأَغْرَ‍ق‍‍ْنَاهُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Faja`alnāhum Salafāan Wa Mathalāan Lil'ākhirīna 043-056 ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއްކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. فَجَعَلْنَاهُمْ سَلَفا‍ً وَمَثَلا‍ً لِلآخِ‍‍ر‍‍ِي‍نَ
Wa Lammā Đuriba Abnu Maryama Mathalāan 'Idhā Qawmuka Minhu Yaşiddūna 043-057 مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ. وَلَ‍‍م‍ّ‍‍َا ضُ‍‍ر‍‍ِبَ ا‍ب‍‍ْنُ مَرْيَمَ مَثَلا‍ً إِذَا قَوْمُكَ مِنْهُ يَصِدّ‍ُو‍نَ
Wa Qālū 'A'ālihatunā Khayrun 'Am Huwa Mā Đarabūhu Laka 'Illā Jadalāan Bal Hum Qawmun Khaşimūna 043-058 އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ. وَقَالُ‍‍و‍‍ا‍ أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَب‍‍ُ‍و‍هُ لَكَ إِلاَّ جَدَلا‍ً بَلْ هُمْ قَوْمٌ خَصِم‍‍ُ‍و‍نَ
'In Huwa 'Illā `Abdun 'An`amnā `Alayhi Wa Ja`alnāhu Mathalāan Libanī 'Isrā'īla 043-059 ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسـرآءيـل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ. إِنْ هُوَ إِلاَّ عَ‍‍ب‍‍ْدٌ أَنْعَمْنَا عَلَيْهِ وَجَعَلْن‍‍َ‍ا‍هُ مَثَلا‍ً لِبَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ
Wa Law Nashā'u Laja`alnā Minkum Malā'ikatan Al-'Arđi Yakhlufūna 043-060 އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكة ން ލައްވައިފީމުހެވެ. وَلَوْ نَش‍‍َ‍ا‍ءُ لَجَعَلْنَا مِ‍‍ن‍‍ْكُ‍‍م‍ْ مَلاَئِكَة‍‍‍ً فِي ا‍لأَرْضِ يَخْلُف‍‍ُ‍و‍نَ
Wa 'Innahu La`ilmun Lilssā`ati Falā Tamtarunna Bihā Wa Attabi`ūnī Hādhā Şirāţun Mustaqīmun 043-061 އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامة ވުމުގެ ވަގުތަށް ހުރި علامة އެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبع ވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. وَإِ‍نّ‍‍َهُ لَعِلْم‍‍‍ٌ لِلسَّاعَةِ فَلاَ تَمْتَرُ‍نّ‍‍َ بِهَا وَا‍تَّبِعُونِي هَذَا صِر‍َا‍ط‍‍‍ٌ مُسْتَق‍‍ِ‍ي‍م‍‍‍ٌ
Wa Lā Yaşuddannakumu Ash-Shayţānu 'Innahu Lakum `Adūwun Mubīnun 043-062 އަދިشيطان އާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوة ތެރިޔެކެވެ. وَلاَ يَصُدَّ‍‍ن‍ّ‍‍َكُمُ ا‍لشَّيْط‍‍َ‍ا‍نُ إِ‍نّ‍‍َهُ لَكُمْ عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Lammā Jā'a `Īsá Bil-Bayyināti Qāla Qad Ji'tukum Bil-Ĥikmati Wa Li'abayyina Lakum Ba`đa Al-Ladhī Takhtalifūna Fīhi Fa Attaqū Al-Laha Wa 'Aţī`ūni 043-063 އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! وَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَ عِيسَى بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ ق‍‍َ‍ا‍لَ قَ‍‍د‍ْ جِئْتُكُ‍‍م‍ْ بِ‍‍ا‍لْحِكْمَةِ وَلِأَبَيِّنَ لَكُ‍‍م‍ْ بَعْضَ ا‍لَّذِي تَخْتَلِف‍‍ُ‍و‍نَ ف‍‍ِ‍ي‍هِ فَاتَّقُو‍‍ا‍ ا‍للَّهَ وَأَطِيع‍‍ُ‍و‍نِ
'Inna Al-Laha Huwa Rabbī Wa Rabbukum Fā`budūhu Hādhā Şirāţun Mustaqīmun 043-064 ހަމަކަށަވަރުން، اللَّه އެއީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. إِ‍نّ‍‍َ ا‍للَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُد‍ُو‍هُ هَذَا صِر‍َا‍ط‍‍‍ٌ مُسْتَق‍‍ِ‍ي‍م‍‍‍ٌ
khtalafa Al-'Aĥzābu Min Baynihim Fawaylun Lilladhīna Žalamū Min `Adhābi Yawmin 'Alīmin 043-065 ފަހެ، އެއުރެންގެ މެދުގައި (އެބަހީ: نصارى އިންގެ މެދުގައި) އެކި جماعة ތައް (އެކަލޭގެފާނާމެދު) ދެބަސްވޫއެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذاب ގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ. فَاخْتَلَفَ ا‍لأَحْز‍َا‍بُ مِ‍‍ن‍ْ بَيْنِهِمْ فَوَيْل‍‍‍ٌ لِلَّذ‍ِي‍نَ ظَلَمُو‍‍ا‍ مِنْ عَذ‍َا‍بِ يَوْمٍ أَل‍‍ِ‍ي‍م‍‍‍ٍ
Hal Yanžurūna 'Illā As-Sā`ata 'An Ta'tiyahum Baghtatan Wa Hum Lā Yash`urūna 043-066 އެއުރެންނަށް ނޭނގިތިއްބައި ކުއްލިޔަކަށް قيامةވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. هَلْ يَ‍‍ن‍ظُر‍ُو‍نَ إِلاَّ ا‍لسَّاعَةَ أَ‍ن‍ْ تَأْتِيَهُ‍‍م‍ْ بَغْتَة‍‍‍ً وَهُمْ لاَ يَشْعُر‍ُو‍نَ
Al-'Akhillā'u Yawma'idhin Ba`đuhum Liba`đin `Adūwun 'Illā Al-Muttaqīna 043-067 އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ. ا‍لأَخِلاَّءُ يَوْمَئِذ‍ٍ بَعْضُهُمْ لِبَعْضٍ عَدُوّ‍ٌ إِلاَّ ا‍لْمُتَّق‍‍ِ‍ي‍نَ
Yā `Ibādi Lā Khawfun `Alaykumu Al-Yawma Wa Lā 'Antum Taĥzanūna 043-068 އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. يَاعِب‍‍َ‍ا‍دِ لاَ خَوْفٌ عَلَيْكُمُ ا‍لْيَوْمَ وَلاَ أَ‍ن‍‍ْتُمْ تَحْزَن‍‍ُ‍و‍نَ
Al-Ladhīna 'Āmanū Bi'āyātinā Wa Kānū Muslimīna 043-069 އެއުރެންނީ، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވެ، مسلم ން ކަމުގައިވީ މީހުންނެވެ. ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ بِآيَاتِنَا وَكَانُو‍‍ا‍ مُسْلِم‍‍ِ‍ي‍نَ
Adkhulū Al-Jannata 'Antum Wa 'Azwājukum Tuĥbarūna 043-070 އުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ! ا‍د‍‍ْخُلُو‍‍ا‍ ا‍لْجَ‍‍ن‍ّ‍‍َةَ أَ‍ن‍‍ْتُمْ وَأَزْوَاجُكُمْ تُحْبَر‍ُو‍نَ
Yuţāfu `Alayhim Bişiĥāfin Min Dhahabin Wa 'Akwābin Wa Fīhā Mā Tashtahīhi Al-'Anfusu Wa Taladhdhu Al-'A`yunu Wa 'Antum Fīhā Khālidūna 043-071 އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ. يُط‍‍َ‍ا‍فُ عَلَيْهِ‍‍م‍ْ بِصِح‍‍َ‍ا‍ف‍‍‍ٍ مِ‍‍ن‍ْ ذَهَب‍‍‍ٍ وَأَكْو‍َا‍ب‍‍‍ٍ وَفِيهَا مَا تَشْتَه‍‍ِ‍ي‍هِ ا‍لأَن‍فُسُ وَتَلَذُّ ا‍لأَعْيُنُ وَأَ‍ن‍‍ْتُمْ فِيهَا خَالِد‍ُو‍نَ
Wa Tilka Al-Jannatu Allatī 'Ūrithtumūhā Bimā Kuntum Ta`malūna 043-072 އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عمل ތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ. وَتِلْكَ ا‍لْجَ‍‍ن‍ّ‍‍َةُ ا‍لَّتِ‍‍ي‍ أ‍ُ‍و‍ر‍‍ِثْتُمُوهَا بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Lakum Fīhā Fākihatun Kathīratun Minhā Ta'kulūna 043-073 އެތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ. لَكُمْ فِيهَا فَاكِهَة‍‍‍ٌ كَثِيرَة‍‍‍ٌ مِنْهَا تَأْكُل‍‍ُ‍و‍نَ
'Inna Al-Mujrimīna Fī `Adhābi Jahannama Khālidūn 043-074 ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ. إِ‍نّ‍‍َ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ فِي عَذ‍َا‍بِ جَهَ‍‍ن‍ّ‍‍َمَ خَالِدُون
Lā Yufattaru `Anhum Wa Hum Fīhi Mublisūna 043-075 އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ. لاَ يُفَتَّرُ عَنْهُمْ وَهُمْ ف‍‍ِ‍ي‍هِ مُ‍‍ب‍‍ْلِس‍‍ُ‍و‍نَ
Wa Mā Žalamnāhum Wa Lakin Kānū Humu Až-Žālimīna 043-076 އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ. وَمَا ظَلَمْنَاهُمْ وَلَكِ‍‍ن‍ْ كَانُو‍‍ا‍ هُمُ ا‍لظَّالِم‍‍ِ‍ي‍نَ
Wa Nādaw Yā Māliku Liyaqđi `Alaynā Rabbuka Qāla 'Innakum Mākithūna 043-077 އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ. وَنَادَوْا يَامَالِكُ لِيَ‍‍ق‍‍ْضِ عَلَيْنَا رَبُّكَ ق‍‍َ‍ا‍لَ إِ‍نّ‍‍َكُ‍‍م‍ْ مَاكِث‍‍ُ‍و‍نَ
Laqad Ji'nākum Bil-Ĥaqqi Wa Lakinna 'Aktharakum Lilĥaqqi Kārihūna 043-078 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް حق دين ގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ حق دين އަށް ނުރުހޭ ބަޔަކު ކަމުގައެވެ. لَقَ‍‍د‍ْ جِئْنَاكُ‍‍م‍ْ بِ‍‍ا‍لْحَقِّ وَلَكِ‍‍ن‍ّ‍‍َ أَكْثَرَكُمْ لِلْحَقِّ كَا‍ر‍‍ِه‍‍ُ‍و‍نَ
'Am 'Abramū 'Amrāan Fa'innā Mubrimūna 043-079 ނުވަތަ އެއުރެން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ. أَمْ أَ‍ب‍‍ْرَمُ‍‍و‍‍ا‍ أَمْرا‍ً فَإِ‍نّ‍‍َا مُ‍‍ب‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ
'Am Yaĥsabūna 'Annā Lā Nasma`u Sirrahum Wa Najwāhum Balá Wa Rusulunā Ladayhim Yaktubūna 043-080 ނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ.(އައްސަވާވޮޑިގެންވަމެވެ.) އަދި އެއުރެންގެގާތަށް، ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ން އެކަންތައް ލިޔުއްވަތެވެ. أَمْ يَحْسَب‍‍ُ‍و‍نَ أَ‍نّ‍‍َا لاَ نَسْمَعُ سِرَّهُمْ وَنَ‍‍ج‍‍ْوَاهُ‍‍م‍ْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُب‍‍ُ‍و‍نَ
Qul 'In Kāna Lilrraĥmani Waladun Fa'anā 'Awwalu Al-`Ābidīna 043-081 ކަލޭގެފާނު ވިދާޅުވާށެވެ! رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ. قُلْ إِ‍ن‍ْ ك‍‍َ‍ا‍نَ لِلرَّحْمَنِ وَلَد‍ٌ فَأَنَ‍‍ا‍ أَوَّلُ ا‍لْعَابِد‍ِي‍نَ
Subĥāna Rabbi As-Samāwāti Wa Al-'Arđi Rabbi Al-`Arshi `Ammā Yaşifūna 043-082 އެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، عرش ގެ ވެރިރަސްކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ. سُ‍‍ب‍‍ْح‍‍َ‍ا‍نَ رَبِّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ رَبِّ ا‍لْعَرْشِ عَ‍‍م‍ّ‍‍َا يَصِف‍‍ُ‍و‍نَ
Fadharhum Yakhūđū Wa Yal`abū Ĥattá Yulāqū Yawmahumu Al-Ladhī Yū`adūna 043-083 ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! فَذَرْهُمْ يَخُوضُو‍‍ا‍ وَيَلْعَبُو‍‍ا‍ حَتَّى يُلاَقُو‍‍ا‍ يَوْمَهُمُ ا‍لَّذِي يُوعَد‍ُو‍نَ
Wa Huwa Al-Ladhī Fī As-Samā'i 'Ilahun Wa Fī Al-'Arđi 'Ilahun Wa Huwa Al-Ĥakīmu Al-`Alīmu 043-084 އުޑުގައިވެސް إله އަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް إله އަކީ އެކަލާނގެއެވެ. އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَهُوَ ا‍لَّذِي فِي ا‍لسَّم‍‍َ‍ا‍ءِ إِلَه‍‍‍ٌ وَفِي ا‍لأَرْضِ إِلَه‍‍‍ٌ وَهُوَ ا‍لْحَك‍‍ِ‍ي‍مُ ا‍لْعَل‍‍ِ‍ي‍مُ
Wa Tabāraka Al-Ladhī Lahu Mulku As-Samāwāti Wa Al-'Arđi Wa Mā Baynahumā Wa `Indahu `Ilmu As-Sā`ati Wa 'Ilayhi Turja`ūna 043-085 އަދި އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެއްޗެއް ملك ވެގެންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. އަދި قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެކަލާނގެ حضرة ގައެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. وَتَبَارَكَ ا‍لَّذِي لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا وَعِ‍‍ن‍‍ْدَهُ عِلْمُ ا‍لسَّاعَةِ وَإِلَيْهِ تُرْجَع‍‍ُ‍و‍نَ
Wa Lā Yamliku Al-Ladhīna Yad`ūna Min Dūnihi Ash-Shafā`ata 'Illā Man Shahida Bil-Ĥaqqi Wa Hum Ya`lamūna 043-086 އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށްشفاعة ތެރިކަމެއް ملك ވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ. وَلاَ يَمْلِكُ ا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ دُونِهِ ا‍لشَّفَاعَةَ إِلاَّ مَ‍‍ن‍ْ شَهِدَ بِ‍‍ا‍لْحَقِّ وَهُمْ يَعْلَم‍‍ُ‍و‍نَ
Wa La'in Sa'altahum Man Khalaqahum Layaqūlunna Al-Lahu Fa'anná Yu'ufakūna 043-087 ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ وَلَئِ‍‍ن‍ْ سَأَلْتَهُ‍‍م‍ْ مَنْ خَلَقَهُمْ لَيَقُولُ‍‍ن‍ّ‍‍َ ا‍للَّهُ فَأَ‍نّ‍‍َى يُؤْفَك‍‍ُ‍و‍نَ
Wa Qīlihi Yā Rabbi 'Inna Hā'uulā' Qawmun Lā Yu'uminūna 043-088 އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ. وَقِيلِهِ يَارَبِّ إِ‍نّ‍‍َ ه‍‍َ‍ا‍ؤُلاَء قَوْم‍‍‍ٌ لاَ يُؤْمِن‍‍ُ‍و‍نَ
Fāşfaĥ `Anhum Wa Qul Salāmun Fasawfa Ya`lamūna 043-089 ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ. فَاصْفَحْ عَنْهُمْ وَقُلْ سَلاَم‍‍‍ٌ فَسَوْفَ يَعْلَم‍‍ُ‍و‍نَ
Next Sūrah