41) Sūrat Fuşşilat

Printed format

41) سُورَة فُصِّلَتْ

Ĥā-Mīm 041-001 ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) حَا-مِيم
Tanzīlun Mina Ar-Raĥmāni Ar-Raĥīmi 041-002 މިއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. تَ‍‍ن‍ز‍ِي‍ل‍‍‍ٌ مِنَ ا‍لرَّحْمَنِ ا‍لرَّح‍‍ِ‍ي‍مِ
Kitābun Fuşşilat 'Āyātuhu Qur'ānāan `Arabīyāan Liqawmin Ya`lamūna 041-003 އެފޮތުގެ آية ތައް تفصيل ކޮށްދެއްވާފައިވާފޮތެކެވެ. عرب ބަހުންވާ قرآن އެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ. كِت‍‍َ‍ا‍ب‍‍‍ٌ فُصِّلَتْ آيَاتُهُ قُرْآناً عَرَبِيّا‍ً لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Bashīrāan Wa Nadhīrāan Fa'a`rađa 'Aktharuhum Fahum Lā Yasma`ūna 041-004 އުފާވެރިކަމުގެ خبر ދޭ، އަދި ބިރުވެރިކަމުގެ خبر ދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ. بَشِيرا‍ً وَنَذِيرا‍ً فَأَعْرَضَ أَكْثَرُهُمْ فَهُمْ لاَ يَسْمَع‍‍ُ‍و‍نَ
Wa Qālū Qulūbunā Fī 'Akinnatin Mimmā Tad`ūnā 'Ilayhi Wa Fī 'Ādhāninā Waqrun Wa Min Bayninā Wa Baynika Ĥijābun Fā`mal 'Innanā `Āmilūna 041-005 އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނޫއެވެ. وَقَالُو‍‍ا‍ قُلُوبُنَا فِ‍‍ي‍ أَكِ‍‍ن‍ّ‍‍َة‍‍‍ٍ مِ‍‍م‍ّ‍‍َا تَ‍‍د‍‍ْعُونَ‍‍ا إِلَيْهِ وَفِ‍‍ي آذَانِنَا وَق‍‍ْر‍ٌ وَمِ‍‍ن‍ْ بَيْنِنَا وَبَيْنِكَ حِج‍‍َ‍ا‍ب‍‍‍ٌ فَاعْمَلْ إِ‍نّ‍‍َنَا عَامِل‍‍ُ‍و‍نَ
Qul 'Innamā 'Anā Basharun Mithlukum Yūĥá 'Ilayya 'Annamā 'Ilahukum 'Ilahun Wāĥidun Fāstaqīmū 'Ilayhi Wa Astaghfirūhu Wa Waylun Lilmushrikīna 041-006 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ! އަދި ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! އަދި شريك ކުރާ މީހުންނަށް ހަލާކުހުށްޓެވެ. قُلْ إِ‍نّ‍‍َمَ‍‍ا‍ أَنَا بَشَر‍ٌ مِثْلُكُمْ يُوحَى إِلَيَّ أَ‍نّ‍‍َمَ‍‍ا إِلَهُكُمْ إِلَه‍‍‍ٌ وَا‍حِد‍ٌ فَاسْتَقِيمُ‍‍و‍‍ا‍ إِلَيْهِ وَا‍سْتَغْفِر‍ُو‍هُ وَوَيْل‍‍‍ٌ لِلْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Al-Ladhīna Lā Yu'utūna Az-Zakāata Wa Hum Bil-'Ākhirati Hum Kāfirūna 041-007 އެއުރެންނީ زكاة ނުދޭ މީހުންނެވެ.އަދި އެއުރެންނީ (ހަމަ) آخرة ދުވަހަށް كافر ވާ މީހުންނެވެ. ا‍لَّذ‍ِي‍نَ لاَ يُؤْت‍‍ُ‍و‍نَ ا‍لزَّك‍‍َ‍ا‍ةَ وَهُ‍‍م‍ْ بِ‍‍ا‍لآخِرَةِ هُمْ كَافِر‍ُو‍نَ
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum 'Ajrun Ghayru Mamnūnin 041-008 ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لَهُمْ أَ‍ج‍‍ْرٌ غَيْرُ مَمْن‍‍ُ‍و‍ن‍‍‍ٍ
Qul 'A'innakum Latakfurūna Bial-Ladhī Khalaqa Al-'Arđa Fī Yawmayni Wa Taj`alūna Lahu 'Andādāan Dhālika Rabbu Al-`Ālamīna 041-009 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން كافر ވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން شريك ންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، عالم ތަކުގެ ވެރިރަސްކަލާނގެއެވެ. قُلْ أَئِ‍‍ن‍ّ‍‍َكُمْ لَتَكْفُر‍ُو‍نَ بِ‍‍ا‍لَّذِي خَلَقَ ا‍لأَرْضَ فِي يَوْمَيْنِ وَتَ‍‍ج‍‍ْعَل‍‍ُ‍و‍نَ لَهُ أَن‍دَادا‍ً ذَلِكَ رَبُّ ا‍لْعَالَم‍‍ِ‍ي‍نَ
Wa Ja`ala Fīhā Rawāsiya Min Fawqihā Wa Bāraka Fīhā Wa Qaddara Fīhā 'Aqwātahā Fī 'Arba`ati 'Ayyāmin Sawā'an Lilssā'ilīna 041-010 އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤال ކުރާ މީހުންނަށްޓަކައެވެ. وَجَعَلَ فِيهَا رَوَاسِيَ مِ‍‍ن‍ْ فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَ‍‍ا‍ أَ‍ق‍‍ْوَاتَهَا فِ‍‍ي‍ أَرْبَعَةِ أَيّ‍‍َ‍ا‍م‍‍‍ٍ سَو‍َا‍ء‍ً لِلسّ‍‍َ‍ا‍ئِل‍‍ِ‍ي‍نَ
Thumma Astawá 'Ilá As-Samā'i Wa Hiya Dukhānun Faqāla Lahā Wa Lil'arđi Ai'tiyā Ţaw`āan 'Aw Karhāan Qālatā 'Ataynā Ţā'i`īna 041-011 ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. ثُ‍‍م‍ّ‍‍َ ا‍سْتَوَى إِلَى ا‍لسَّم‍‍َ‍ا‍ءِ وَهِيَ دُخ‍‍َ‍ا‍ن‍‍‍ٌ فَق‍‍َ‍ا‍لَ لَهَا وَلِلأَرْضِ ا‍ِئْتِيَا طَوْعاً أَوْ كَرْها‍ً قَالَتَ‍‍ا‍ أَتَيْنَا ط‍‍َ‍ا‍ئِع‍‍ِ‍ي‍نَ
Faqađāhunna Sab`a Samāwātin Fī Yawmayni Wa 'Awĥá Fī Kulli Samā'in 'Amrahā Wa Zayyannā As-Samā'a Ad-Dunyā Bimaşābīĥa Wa Ĥifžāan Dhālika Taqdīru Al-`Azīzi Al-`Alīmi 041-012 ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑުހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ. فَقَضَاهُ‍‍ن‍ّ‍‍َ سَ‍‍ب‍‍ْعَ سَمَاو‍َا‍ت‍‍‍ٍ فِي يَوْمَيْنِ وَأَوْحَى فِي كُلِّ سَم‍‍َ‍ا‍ءٍ أَمْرَهَا وَزَيَّ‍‍ن‍ّ‍‍َا ا‍لسَّم‍‍َ‍ا‍ءَ ا‍لدُّ‍‍ن‍‍ْيَا بِمَصَاب‍‍ِ‍ي‍حَ وَحِفْظا‍ً ذَلِكَ تَ‍‍ق‍‍ْد‍ِي‍‍ر‍ُ ا‍لْعَز‍ِي‍زِ ا‍لْعَل‍‍ِ‍ي‍مِ
Fa'in 'A`rađū Faqul 'Andhartukum Şā`iqatan Mithla Şā`iqati `Ādin Wa Thamūda 041-013 ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! عاد ބާގައިމީހުންނާއި ثمود ބާގައިމީހުންނަށް އައި ހޮނުގުގުރީގެ عذاب ފަދަ عذاب އެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް إنذار ކުރައްވަމެވެ. فَإِنْ أَعْرَضُو‍‍ا‍ فَقُلْ أَن‍ذَرْتُكُمْ صَاعِقَة‍‍‍ً مِثْلَ صَاعِقَةِ ع‍‍َ‍ا‍د‍ٍ وَثَم‍‍ُ‍و‍د‍َ
'Idh Jā'at/humu Ar-Rusulu Min Bayni 'Aydīhim Wa Min Khalfihim 'Allā Ta`budū 'Illā Al-Laha Qālū Law Shā'a Rabbunā La'anzala Malā'ikatan Fa'innā Bimā 'Ursiltum Bihi Kāfirūna 041-014 އެއުރެންގެގާތަށް، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފަހަތުން رسول ން ވަޑައިގެން اللَّه އަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ (رسول ން ފޮނުއްވެވުމަށް) އިރާދަކުރެއްވިނަމަ، ފޮނުއްވީހީ ملائكة ންނެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބޭކަލުން އެކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން كافر ވަމުއެވެ. إِذْ ج‍‍َ‍ا‍ءَتْهُمُ ا‍لرُّسُلُ مِ‍‍ن‍ْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلاَّ تَعْبُدُو‍ا‍ إِلاَّ ا‍للَّهَ قَالُو‍‍ا‍ لَوْ ش‍‍َ‍ا‍ءَ رَبُّنَا لَأَن‍زَلَ مَلاَئِكَة‍‍‍ً فَإِ‍نّ‍‍َا بِمَ‍‍ا‍ أُرْسِلْتُ‍‍م‍ْ بِهِ كَافِر‍ُو‍نَ
Fa'ammā `Ādun Fāstakbarū Fī Al-'Arđi Bighayri Al-Ĥaqqi Wa Qālū Man 'Ashaddu Minnā Qūwatan 'Awalam Yaraw 'Anna Al-Laha Al-Ladhī Khalaqahum Huwa 'Ashaddu Minhum Qūwatan Wa Kānū Bi'āyātinā Yajĥadūna 041-015 ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެންބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ. فَأَ‍مّ‍‍َا ع‍‍َ‍ا‍د‍ٌ فَاسْتَكْبَرُوا‍ فِي ا‍لأَرْضِ بِغَيْ‍‍ر‍ِ ا‍لْحَقِّ وَقَالُو‍‍ا‍ مَنْ أَشَدُّ مِ‍‍ن‍ّ‍‍َا قُوَّةً أَوَلَمْ يَرَوْا أَ‍نّ‍‍َ ا‍للَّهَ ا‍لَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّة‍‍‍ً وَكَانُو‍‍ا‍ بِآيَاتِنَا يَ‍‍ج‍‍ْحَد‍ُو‍نَ
Fa'arsalnā `Alayhim Rīĥāan Şarşarāan Fī 'Ayyāmin Naĥisātin Linudhīqahum `Adhāba Al-Khizyi Fī Al-Ĥayāati Ad-Dunyā Wa La`adhābu Al-'Ākhirati 'Akhzá Wa Hum Lā Yunşarūna 041-016 ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب ގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ. فَأَرْسَلْنَا عَلَيْهِمْ ‍ر‍‍ِيحا‍ً صَرْصَرا‍ً فِ‍‍ي‍ أَيّ‍‍َ‍ا‍م‍‍‍ٍ نَحِس‍‍َ‍ا‍ت‍‍‍ٍ لِنُذِيقَهُمْ عَذ‍َا‍بَ ا‍لْخِزْيِ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَلَعَذ‍َا‍بُ ا‍لآخِرَةِ أَخْزَى وَهُمْ لاَ يُ‍‍ن‍‍ْصَر‍ُو‍نَ
Wa 'Ammā Thamūdu Fahadaynāhum Fāstaĥab Al-`Amá `Alá Al-Hudá Fa'akhadhat/hum Şā`iqatu Al-`Adhābi Al-Hūni Bimā Kānū Yaksibūna 041-017 އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) اختيار ކުރޫއެވެ. އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން، އިހާނަތްތެރި عذاب ގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ. وَأَ‍مّ‍‍َا ثَم‍‍ُ‍و‍دُ فَهَدَيْنَاهُمْ فَاسْتَحَبُّو‍‍ا‍ ا‍لْعَمَى عَلَى ا‍لْهُدَى فَأَخَذَتْهُمْ صَاعِقَةُ ا‍لْعَذ‍َا‍بِ ا‍لْه‍‍ُ‍و‍نِ بِمَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Wa Najjaynā Al-Ladhīna 'Āmanū Wa Kānū Yattaqūna 041-018 އަދި إيمان ވެ، تقوى ވެރިވާކަމުގައިވިމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. وَنَجَّيْنَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَكَانُو‍‍ا‍ يَتَّق‍‍ُ‍و‍نَ
Wa Yawma Yuĥsharu 'A`dā'u Al-Lahi 'Ilá An-Nāri Fahum Yūza`ūna 041-019 އަދި اللَّه ގެ عدوّ ން އެންމެން އެކުގައި ނަރަކަޔަށްއެއްކުރައްވާދުވަސް ހަނދުމަކުރާށެވެ! وَيَوْمَ يُحْشَرُ أَعْد‍َا‍ءُ ا‍للَّهِ إِلَى ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ فَهُمْ يُوزَع‍‍ُ‍و‍نَ
Ĥattá 'Idhā Mā Jā'ūShahida `Alayhim Sam`uhum Wa 'Abşāruhum Wa Julūduhum Bimā Kānū Ya`malūna 041-020 އެ ނަރަކަޔަށް އެއުރެން حاضر ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު عمل ތަކަށް ހެކިދޭނެތެވެ. حَتَّى إِذَا مَا ج‍‍َ‍ا‍ء‍ُ‍وهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَ‍ب‍‍ْصَارُهُمْ وَجُلُودُهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Qālū Lijulūdihim Lima Shahidtum `Alaynā Qālū 'Anţaqanā Al-Lahu Al-Ladhī 'Anţaqa Kulla Shay'in Wa Huwa Khalaqakum 'Awwala Marratin Wa 'Ilayhi Turja`ūna 041-021 އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. وَقَالُو‍‍ا‍ لِجُلُودِهِمْ لِمَ شَهِ‍‍د‍‍ْتُمْ عَلَيْنَا قَالُ‍‍و‍‍ا‍ أَن‍طَقَنَا ا‍للَّهُ ا‍لَّذِي أَن‍طَقَ كُلَّ شَيْء‍ٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّة‍‍‍ٍ وَإِلَيْهِ تُرْجَع‍‍ُ‍و‍نَ
Wa Mā Kuntum Tastatirūna 'An Yash/hada `Alaykum Sam`ukum Wa Lā 'Abşārukum Wa Lā Julūdukum Wa Lakin Žanantum 'Anna Al-Laha Lā Ya`lamu Kathīrāan Mimmā Ta`malūna 041-022 ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ عمل ތަކުން ގިނަކަންތައް اللَّه ދެނެވޮޑިގެންނުވާނޭ ކަމަށެވެ. وَمَا كُ‍‍ن‍‍ْتُمْ تَسْتَتِر‍ُو‍نَ أَ‍ن‍ْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلاَ أَ‍ب‍‍ْصَارُكُمْ وَلاَ جُلُودُكُمْ وَلَكِ‍‍ن‍ْ ظَنَ‍‍ن‍‍ْتُمْ أَ‍نّ‍‍َ ا‍للَّهَ لاَ يَعْلَمُ كَثِيرا‍ً مِ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Wa Dhalikum Žannukumu Al-Ladhī Žanantum Birabbikum 'Ardākum Fa'aşbaĥtum Mina Al-Khāsirīna 041-023 އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުންހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ. وَذَلِكُمْ ظَ‍‍ن‍ّ‍‍ُكُمُ ا‍لَّذِي ظَنَ‍‍ن‍تُ‍‍م‍ْ بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُ‍‍م‍ْ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Fa'in Yaşbirū Fālnnāru Mathwáan Lahum Wa 'In Yasta`tibū Famā Hum Mina Al-Mu`tabīna 041-024 ފަހެ، އެއުރެން ކެތްކުރާނަމަވެސް، އެއުރެން ތިބެނިވިތަނަކީ، ނަރަކަޔެވެ. އެއުރެން عذر ދެއްކުމަށް އެދޭނަމަ، ފަހެ عذر قبول ކުރައްވާނެ މީހުންގެ ތެރެޔަކުން އެއުރެން ނުވެތެވެ. فَإِ‍ن‍ْ يَصْبِرُوا‍ فَال‍‍ن‍ّ‍‍َ‍ا‍رُ مَثْوى‍ً لَهُمْ وَإِ‍ن‍ْ يَسْتَعْتِبُو‍‍ا‍ فَمَا هُ‍‍م‍ْ مِنَ ا‍لْمُعْتَب‍‍ِ‍ي‍نَ
Wa Qayyađnā Lahum Quranā'a Fazayyanū Lahum Mā Bayna 'Aydīhim Wa Mā Khalfahum Wa Ĥaqqa `Alayhimu Al-Qawlu Fī 'Umamin Qad Khalat Min Qablihim Mina Al-Jinni Wa Al-'Insi 'Innahum Kānū Khāsirīna 041-025 އަދި ތިމަންރަސްކަލާނގެ އެއުރެންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ، އެ އެކުވެރިން އެއުރެންނަށް، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރިކޮށްދިނެވެ. އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ أمّة ތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ. وَقَيَّضْنَا لَهُمْ قُرَن‍‍َ‍ا‍ءَ فَزَيَّنُو‍‍ا‍ لَهُ‍‍م‍ْ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ا‍لْقَوْلُ فِ‍‍ي‍ أُمَم‍‍‍ٍ قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ‍‍م‍ْ مِنَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِن‍سِ إِ‍نّ‍‍َهُمْ كَانُو‍‍ا‍ خَاسِ‍‍ر‍‍ِي‍نَ
Wa Qāla Al-Ladhīna Kafarū Lā Tasma`ū Lihadhā Al-Qur'āni Wa Al-Ghaw Fīhi La`allakum Taghlibūna 041-026 كافر ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މި قرآن އަޑުނާހާށެވެ! (އަދި قرآن ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ! وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لاَ تَسْمَعُو‍‍ا‍ لِهَذَا ا‍لْقُرْآنِ وَا‍لْغَوْا ف‍‍ِ‍ي‍هِ لَعَلَّكُمْ تَغْلِب‍‍ُ‍و‍نَ
Falanudhīqanna Al-Ladhīna Kafarū `Adhābāan Shadīdāan Wa Lanajziyannahum 'Aswa'a Al-Ladhī Kānū Ya`malūna 041-027 ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ ގަދަވެގެންވާ عذاب ގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއެއުރެން ކޮށްއުޅުނު ނުބައި عمل ތަކަށް ޖަޒާ ދެއްވާހުށީމެވެ. فَلَنُذِيقَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ عَذَابا‍ً شَدِيدا‍ً وَلَنَ‍‍ج‍‍ْزِيَ‍‍ن‍ّ‍‍َهُمْ أَسْوَأَ ا‍لَّذِي كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Dhālika Jazā'u 'A`dā'i Al-Lahi An-Nāru Lahum Fīhā Dāru Al-Khuldi Jazā'an Bimā Kānū Bi'āyātinā Yajĥadūna 041-028 އެއީ اللَّه ގެ عداوة ތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކަޔެވެ. އެތާނގައި އެއުރެންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަންރަސްކަލާނގެ آية ތަކަށް އެއުރެން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ. ذَلِكَ جَز‍َا‍ءُ أَعْد‍َا‍ءِ ا‍للَّهِ ا‍ل‍‍ن‍ّ‍‍َ‍ا‍رُ لَهُمْ فِيهَا د‍َا‍رُ ا‍لْخُلْدِ جَز‍َا‍ء‍ً بِمَا كَانُو‍‍ا‍ بِآيَاتِنَا يَ‍‍ج‍‍ْحَد‍ُو‍نَ
Wa Qāla Al-Ladhīna Kafarū Rabbanā 'Arinā Al-Ladhayni 'Ađallānā Mina Al-Jinni Wa Al-'Insi Naj`alhumā Taĥta 'Aqdāminā Liyakūnā Mina Al-'Asfalīna 041-029 كافر ވިމީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޖިންނީންނާއި، އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި ދެބައިމީހުން އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެބައިމީހުން އަޅަމެންގެ ފައިތިލަތަކުގެ ދަށަށް ލާހުށީމެވެ. (އެއީ) އެ ދެބައިމީހުން (عذاب ގެ) އެންމެއަޑީގައި ވުމަށްޓަކައެވެ. وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ رَبَّنَ‍‍ا‍ أَ‍ر‍‍ِنَا ا‍لَّذَيْنِ أَضَلاَّنَا مِنَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِ‍ن‍‍ْسِ نَ‍‍ج‍‍ْعَلْهُمَا تَحْتَ أَ‍ق‍‍ْدَامِنَا لِيَكُونَا مِنَ ا‍لأَسْفَل‍‍ِ‍ي‍نَ
'Inna Al-Ladhīna Qālū Rabbunā Al-Lahu Thumma Astaqāmū Tatanazzalu `Alayhimu Al-Malā'ikatu 'Allā Takhāfū Wa Lā Taĥzanū Wa 'Abshirū Bil-Jannati Allatī Kuntum Tū`adūna 041-030 ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ! إِ‍نّ‍‍َ ا‍لَّذ‍ِي‍نَ قَالُو‍‍ا‍ رَبُّنَا ا‍للَّهُ ثُ‍‍م‍ّ‍‍َ ا‍سْتَقَامُو‍‍ا‍ تَتَنَزَّلُ عَلَيْهِمُ ا‍لْمَلاَئِكَةُ أَلاَّ تَخَافُو‍‍ا‍ وَلاَ تَحْزَنُو‍‍ا‍ وَأَ‍ب‍‍ْشِرُوا‍ بِ‍‍ا‍لْجَ‍‍ن‍ّ‍‍َةِ ا‍لَّتِي كُ‍‍ن‍‍ْتُمْ تُوعَد‍ُو‍نَ
Naĥnu 'Awliyā'uukum Al-Ĥayāati Ad-Dunyā Wa Fī Al-'Ākhirati Wa Lakum Fīhā Mā Tashtahī 'Anfusukum Wa Lakum Fīhā Mā Tadda`ūna 041-031 ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفسތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ. نَحْنُ أَوْلِي‍‍َ‍ا‍ؤُكُمْ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَفِي ا‍لآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِ‍‍ي‍ أَن‍فُسُكُمْ وَلَكُمْ فِيهَا مَا تَدَّع‍‍ُ‍و‍نَ
Nuzulāan Min Ghafūrin Raĥīmin 041-032 ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ. نُزُلا‍ً مِنْ غَف‍‍ُ‍و‍ر‍ٍ رَح‍‍ِ‍ي‍م‍‍‍ٍ
Wa Man 'Aĥsanu Qawlāan Mimman Da`ā 'Ilá Al-Lahi Wa `Amila Şāliĥāan Wa Qāla 'Innanī Mina Al-Muslimīna 041-033 اللَّه ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟ وَمَنْ أَحْسَنُ قَوْلا‍ً مِ‍‍م‍ّ‍‍َ‍‍ن‍ْ دَعَ‍‍ا إِلَى ا‍للَّهِ وَعَمِلَ صَالِحا‍ً وَق‍‍َ‍ا‍لَ إِ‍نّ‍‍َنِي مِنَ ا‍لْمُسْلِم‍‍ِ‍ي‍نَ
Wa Lā Tastawī Al-Ĥasanatu Wa Lā As-Sayyi'atu Adfa` Bi-Atī Hiya 'Aĥsanu Fa'idhā Al-Ladhī Baynaka Wa Baynahu `Adāwatun Ka'annahu Wa Līyun Ĥamīmun 041-034 ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ. وَلاَ تَسْتَوِي ا‍لْحَسَنَةُ وَلاَ ا‍لسَّيِّئَةُ ا‍د‍‍ْفَعْ بِ‍‍ا‍لَّتِي هِيَ أَحْسَنُ فَإِذَا ا‍لَّذِي بَيْنَكَ وَبَيْنَهُ عَدَاوَة‍‍‍ٌ كَأَ‍نّ‍‍َهُ وَلِيٌّ حَم‍‍ِ‍ي‍م‍‍‍ٌ
Wa Mā Yulaqqāhā 'Illā Al-Ladhīna Şabarū Wa Mā Yulaqqāhā 'Illā Dhū Ĥažžin `Ažīmin 041-035 އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. وَمَا يُلَقَّاهَ‍‍ا إِلاَّ ا‍لَّذ‍ِي‍نَ صَبَرُوا‍ وَمَا يُلَقَّاهَ‍‍ا إِلاَّ ذُو حَظٍّ عَظ‍‍ِ‍ي‍م‍‍‍ٍ
Wa 'Immā Yanzaghannaka Mina Ash-Shayţāni Nazghun Fāsta`idh Bil-Lahi 'Innahu Huwa As-Samī`u Al-`Alīmu 041-036 އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ!ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِ‍مّ‍‍َا يَ‍‍ن‍‍ْزَغَ‍‍ن‍ّ‍‍َكَ مِنَ ا‍لشَّيْط‍‍َ‍ا‍نِ نَزْغ‍‍‍ٌ فَاسْتَعِذْ بِ‍‍ا‍للَّهِ إِ‍نّ‍‍َهُ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Wa Min 'Āyātihi Al-Laylu Wa An-Nahāru Wa Ash-Shamsu Wa Al-Qamaru Lā Tasjudū Lilshshamsi Wa Lā Lilqamari Wa Asjudū Lillahi Al-Ladhī Khalaqahunna 'In Kuntum 'Īyāhu Ta`budūna 041-037 ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް سجدة ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި اللَّه އަށް سجدة ކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ. وَمِ‍‍ن‍ْ آيَاتِهِ ا‍للَّيْلُ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رُ وَا‍لشَّمْسُ وَا‍لْقَمَرُ لاَ تَسْجُدُوا‍ لِلشَّمْسِ وَلاَ لِلْقَمَ‍‍ر‍ِ وَا‍سْجُدُوا‍ لِلَّهِ ا‍لَّذِي خَلَقَهُ‍‍ن‍ّ‍‍َ إِ‍ن‍ْ كُ‍‍ن‍‍ْتُمْ إِيّ‍‍َ‍ا‍هُ تَعْبُد‍ُو‍نَ
Fa'ini Astakbarū Fa-Al-Ladhīna `Inda Rabbika Yusabbiĥūna Lahu Bil-Layli Wa An-Nahāri Wa Hum Lā Yas'amūna 041-038 ފަހެ، އެއުރެން (اللَّه އަށް سجدة ކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން އެކަލާނގެއަށް ރެޔާއިދުވާލު تسبيح ދަންނަވަތެވެ. އަދި އެބޭކަލުން އެކަމަކަށް ފޫހިފުޅެއްނުވެތެވެ. فَإِنِ ا‍سْتَكْبَرُوا‍ فَالَّذ‍ِي‍نَ عِ‍‍ن‍‍ْدَ رَبِّكَ يُسَبِّح‍‍ُ‍و‍نَ لَهُ بِ‍‍ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَهُمْ لاَ يَسْأَم‍‍ُ‍و‍نَ
Wa Min 'Āyātihi 'Annaka Tará Al-'Arđa Khāshi`atan Fa'idhā 'Anzalnā `Alayhā Al-Mā'a Ahtazzat Wa Rabat 'Inna Al-Ladhī 'Aĥyāhā Lamuĥyī Al-Mawtá 'Innahu `Alá Kulli Shay'in Qadīrun 041-039 ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَمِ‍‍ن‍ْ آيَاتِهِ أَ‍نّ‍‍َكَ تَرَى ا‍لأَرْضَ خَاشِعَة‍‍‍ً فَإِذَا أَن‍زَلْنَا عَلَيْهَا ا‍لْم‍‍َ‍ا‍ءَ ا‍هْتَزَّتْ وَرَبَتْ إِ‍نّ‍‍َ ا‍لَّذِي أَحْيَاهَا لَمُحْيِي ا‍لْمَوْتَى إِ‍نّ‍‍َهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
'Inna Al-Ladhīna Yulĥidūna Fī 'Āyātinā Lā Yakhfawna `Alaynā 'Afaman Yulqá Fī An-Nāri Khayrun 'Am Man Ya'tī 'Āmināan Yawma Al-Qiyāmati A`malū Mā Shi'tum 'Innahu Bimā Ta`malūna Başīrun 041-040 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ قيامة ދުވަހު أمان ކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يُلْحِد‍ُو‍نَ فِ‍‍ي آيَاتِنَا لاَ يَخْفَوْنَ عَلَيْنَ‍‍ا‍ أَفَمَ‍‍ن‍ْ يُلْقَى فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ خَيْرٌ أَ‍م‍ْ مَ‍‍ن‍ْ يَأْتِ‍‍ي آمِنا‍ً يَوْمَ ا‍لْقِيَامَةِ ا‍عْمَلُو‍‍ا‍ مَا شِئْتُمْ إِ‍نّ‍‍َهُ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
'Inna Al-Ladhīna Kafarū Bidh-Dhikri Lammā Jā'ahum Wa 'Innahu Lakitābun `Azīzun 041-041 ހަމަކަށަވަރުން، އެއުރެންގެގާތަށް قرآن އައިހިނދު، އެ قرآن އަށް كافر ވިމީހުންނަށް (ގަދަވެގެންވާ عذاب ހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ بِ‍‍ا‍لذِّكْ‍‍ر‍ِ لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ وَإِ‍نّ‍‍َهُ لَكِت‍‍َ‍ا‍بٌ عَز‍ِي‍ز‍ٌ
Lā Ya'tīhi Al-Bāţilu Min Bayni Yadayhi Wa Lā Min Khalfihi Tanzīlun Min Ĥakīmin Ĥamīdin 041-042 އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް باطل ކަމެއް ނާންނާނެތެވެ. (އެއީ) حمد ލިބިވޮޑިގެންވާ، حكيم ވަންތަރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. لاَ يَأْت‍‍ِ‍ي‍هِ ا‍لْبَاطِلُ مِ‍‍ن‍ْ بَيْنِ يَدَيْهِ وَلاَ مِنْ خَلْفِهِ تَ‍‍ن‍ز‍ِي‍ل‍‍‍ٌ مِنْ حَك‍‍ِ‍ي‍مٍ حَم‍‍ِ‍ي‍‍د‍ٍ
Mā Yuqālu Laka 'Illā Mā Qad Qīla Lilrrusuli Min Qablika 'Inna Rabbaka Ladhū Maghfiratin Wa Dhū `Iqābin 'Alīmin 041-043 ކަލޭގެފާނުގެ ކުރިންފޮނުއްވި رسول ންނަށްވެސް ދެންނެވުނު ބަސްތަކެއްމެނުވީ، ކަލޭގެފާނަކަށް ނުދެންނެވެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި عذاب ދެއްވުމުގެވެރިރަސްކަލާނގެކަން ކަށަވަރެވެ. مَا يُق‍‍َ‍ا‍لُ لَكَ إِلاَّ مَا قَ‍‍د‍ْ ق‍‍ِ‍ي‍لَ لِلرُّسُلِ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ إِ‍نّ‍‍َ رَبَّكَ لَذُو مَغْفِرَة‍‍‍ٍ وَذُو عِق‍‍َ‍ا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
Wa Law Ja`alnāhu Qur'ānāan 'A`jamīyāan Laqālū Lawlā Fuşşilat 'Āyātuhu 'A'a`jamīyun Wa `Arabīyun Qul Huwa Lilladhīna 'Āmanū Hudáan Wa Shifā'un Wa Al-Ladhīna Lā Yu'uminūna Fī 'Ādhānihim Waqrun Wa Huwa `Alayhim `Amáan 'Ūlā'ika Yunādawna Min Makānin Ba`īdin 041-044 ތިމަންރަސްކަލާނގެ عرب ނޫން ބަހަކުން قرآن އެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (عرب ބަހުން) އެ ފޮތުގެ آية ތައް تفصيل ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް عرب ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، عربى އަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، إيمان ވި މީހުންނަށްވާ ތެދުމަގެކެވެ. އަދި شفاء އެއްވެސްމެއެވެ. އަދި إيمان ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ. وَلَوْ جَعَلْن‍‍َ‍ا‍هُ قُرْآناً أَعْجَمِيّا‍ً لَقَالُو‍‍ا‍ لَوْلاَ فُصِّلَتْ آيَاتُهُ أَأَعْجَمِيّ‍‍‍ٌ وَعَرَبِيّ‍‍‍ٌ قُلْ هُوَ لِلَّذ‍ِي‍نَ آمَنُو‍‍ا‍ هُ‍‍دى‍ً وَشِف‍‍َ‍ا‍ء‍ٌ وَا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ فِ‍‍ي آذَانِهِمْ وَق‍‍ْر‍ٌ وَهُوَ عَلَيْهِمْ عَمى‍‍ً‍ا‍أ‍ُ‍وْل‍‍َ‍ا‍ئِكَ يُنَادَوْنَ مِ‍‍ن‍ْ مَك‍‍َ‍ا‍ن‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Wa Laqad 'Ātaynā Mūsá Al-Kitāba Fākhtulifa Fīhi Wa Lawlā Kalimatun Sabaqat Min Rabbika Laquđiya Baynahum Wa 'Innahum Lafī Shakkin Minhu Murībin 041-045 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلاف ވެވުނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ، شك އެއްގައިކަން ކަށަވަރެވެ. وَلَقَ‍‍د‍ْ آتَيْنَا مُوسَى ا‍لْكِت‍‍َ‍ا‍بَ فَاخْتُلِفَ ف‍‍ِ‍ي‍هِ وَلَوْلاَ كَلِمَة‍‍‍ٌ سَبَقَتْ مِ‍‍ن‍ْ رَبِّكَ لَقُضِيَ بَيْنَهُمْ وَإِ‍نّ‍‍َهُمْ لَفِي شَكّ‍‍‍ٍ مِنْهُ مُ‍‍ر‍‍ِي‍‍ب‍‍ٍ
Man `Amila Şāliĥāan Falinafsihi Wa Man 'Asā'a Fa`alayhā Wa Mā Rabbuka Bižallāmin Lil`abīdi 041-046 صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ(ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުުރީ، ހަމަ އެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ. مَنْ عَمِلَ صَالِحا‍ً فَلِنَفْسِهِ وَمَنْ أَس‍‍َ‍ا‍ءَ فَعَلَيْهَا وَمَا رَبُّكَ بِظَلاَّم‍‍‍ٍ لِلْعَب‍‍ِ‍ي‍‍د‍ِ
'Ilayhi Yuraddu `Ilmu As-Sā`ati Wa Mā Takhruju Min Thamarātin Min 'Akmāmihā Wa Mā Taĥmilu Min 'Unthá Wa Lā Tađa`u 'Illā Bi`ilmihi Wa Yawma Yunādīhim 'Ayna Shurakā'ī Qālū 'Ādhannāka Mā Minnā Min Shahīdin 041-047 قيامة ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައިމެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެތެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެތެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަންރަސްކަލާނގެއަށް شريك ކުރިމީހުން ކޮބައިހޭ އެކަލާނގެ ގޮވައިލައްވައި وحى ކުރައްވާ ދުވަހު، އެއުރެން ބުނާނެތެވެ. (އިބަރަސްކަލާނގެއަށް شريك އަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަރަސްކަލާނގެއަށް ތިމަންމެން މިދެންނެވީއެވެ. إِلَيْهِ يُرَدُّ عِلْمُ ا‍لسَّاعَةِ وَمَا تَخْرُجُ مِ‍‍ن‍ْ ثَمَر‍َا‍ت‍‍‍ٍ مِنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُن‍ثَى وَلاَ تَضَعُ إِلاَّ بِعِلْمِهِ وَيَوْمَ يُنَادِيهِمْ أَيْنَ شُرَك‍‍َ‍ا‍ئ‍‍ِ‍ي قَالُ‍‍و‍‍ا‍ آذَ‍نّ‍‍َ‍ا‍كَ مَا مِ‍‍ن‍ّ‍‍َا مِ‍‍ن‍ْ شَه‍‍ِ‍ي‍‍د‍ٍ
Wa Đalla `Anhum Mā Kānū Yad`ūna Min Qablu Wa Žannū Mā Lahum Min Maĥīşin 041-048 އަދި މީގެކުރިން އެއުރެން دعاء ކޮށް، އަޅުކަންކޮށްއުޅުނު ތަކެތި އެއުރެންގެކިބައިން ގެއްލިހިނގައްޖެއެވެ. އަދި (عذاب ން) އެއުރެން ފިލަންދާނެތަނެއް ނެތްކަން، އެއުރެންނަށް يقين ވެއްޖެއެވެ. وَضَلَّ عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَظَ‍‍ن‍ّ‍‍ُو‍‍ا‍ مَا لَهُ‍‍م‍ْ مِ‍‍ن‍ْ مَح‍‍ِ‍ي‍ص‍‍‍ٍ
Lā Yas'amu Al-'Insānu Min Du`ā'i Al-Khayri Wa 'In Massahu Ash-Sharru Faya'ūsun Qanūţun 041-049 ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި،ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. لاَ يَسْأَمُ ا‍لإِ‍ن‍‍ْس‍‍َ‍ا‍نُ مِ‍‍ن‍ْ دُع‍‍َ‍ا‍ءِ ا‍لْخَيْ‍‍ر‍ِ وَإِ‍ن‍ْ مَسَّهُ ا‍لشَّرُّ فَيَئ‍‍ُ‍و‍س‍‍‍ٌ قَن‍‍ُ‍و‍ط‍‍ٌ
Wa La'in 'Adhaqnāhu Raĥmatan Minnā Min Ba`di Đarrā'a Massat/hu Layaqūlanna Hādhā Lī Wa Mā 'Ažunnu As-Sā`ata Qā'imatan Wa La'in Ruji`tu 'Ilá Rabbī 'Inna Lī `Indahu Lalĥusná Falanunabbi'anna Al-Ladhīna Kafarū Bimā `Amilū Wa Lanudhīqannahum Min `Adhābin Ghalīžin 041-050 އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حال އެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامة ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرة އަށް ތިމަން رجوع ކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرة ގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عمل ތަކުގެ خبر އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذاب އަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގެ ރަހަ ދައްކަވާހުށީމެވެ. وَلَئِنْ أَذَ‍ق‍‍ْن‍‍َ‍ا‍هُ رَحْمَة‍‍‍ً مِ‍‍ن‍ّ‍‍َا مِ‍‍ن‍ْ بَعْدِ ضَرّ‍َا‍ءَ مَسَّتْهُ لَيَقُولَ‍‍ن‍ّ‍‍َ هَذَا لِي وَمَ‍‍ا‍ أَظُ‍‍ن‍ّ‍‍ُ ا‍لسَّاعَةَ ق‍‍َ‍ا‍ئِمَة‍‍‍ً وَلَئِ‍‍ن‍ْ رُجِعْتُ إِلَى رَبِّ‍‍ي إِ‍نّ‍‍َ لِي عِ‍‍ن‍‍ْدَهُ لَلْحُسْنَى فَلَنُنَبِّئَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ بِمَا عَمِلُو‍‍ا‍ وَلَنُذِيقَ‍‍ن‍ّ‍‍َهُ‍‍م‍ْ مِنْ عَذ‍َا‍بٍ غَل‍‍ِ‍ي‍ظ‍‍‍ٍ
Wa 'Idhā 'An`amnā `Alá Al-'Insāni 'A`rađa Wa Na'á Bijānibihi Wa 'Idhā Massahu Ash-Sharru Fadhū Du`ā'in `Arīđin 041-051 އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ. وَإِذَا أَنْعَمْنَا عَلَى ا‍لإِ‍ن‍‍ْس‍‍َ‍ا‍نِ أَعْرَضَ وَنَأى بِجَانِبِهِ وَإِذَا مَسَّهُ ا‍لشَّرُّ فَذُو دُع‍‍َ‍ا‍ءٍ عَ‍‍ر‍‍ِي‍ض‍‍‍ٍ
Qul 'Ara'aytum 'In Kāna Min `Indi Al-Lahi Thumma Kafartum Bihi Man 'Ađallu Mimman Huwa Fī Shiqāqin Ba`īdin 041-052 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! اللَّه ގެ حضرة ންއައި އެއްޗެއްކަމަށް އެ (قرآن) ވެފައި، ދެން ތިޔަބައިމީހުން އެއަށް كافرވެއްޖެނަމަ (ތިޔަބައިމީހުންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟ حق އާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟ قُلْ أَرَأَيْتُمْ إِ‍ن‍ْ ك‍‍َ‍ا‍نَ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ ثُ‍‍م‍ّ‍‍َ كَفَرْتُ‍‍م‍ْ بِهِ مَنْ أَضَلُّ مِ‍‍م‍ّ‍‍َنْ هُوَ فِي شِق‍‍َ‍ا‍ق‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Sanurīhim 'Āyātinā Fī Al-'Āfāqi Wa Fī 'Anfusihim Ĥattá Yatabayyana Lahum 'Annahu Al-Ĥaqqu 'Awalam Yakfi Birabbika 'Annahu `Alá Kulli Shay'in Shahīdun 041-053 އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟ سَنُ‍‍ر‍‍ِيهِمْ آيَاتِنَا فِي ا‍لآف‍‍َ‍ا‍قِ وَفِ‍‍ي‍ أَ‍ن‍‍ْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَ‍نّ‍‍َهُ ا‍لْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَ‍نّ‍‍َهُ عَلَى كُلِّ شَيْء‍ٍ شَه‍‍ِ‍ي‍‍د‍ٌ
'Alā 'Innahum Fī Miryatin Min Liqā'i Rabbihim 'Alā 'Innahu Bikulli Shay'in Muĥīţun 041-054 ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ شك ކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. أَلاَ إِ‍نّ‍‍َهُمْ فِي مِرْيَة‍‍‍ٍ مِ‍‍ن‍ْ لِق‍‍َ‍ا‍ءِ رَبِّهِمْ أَلاَ إِ‍نّ‍‍َهُ بِكُلِّ شَيْء‍ٍ مُح‍‍ِ‍ي‍‍ط‍‍ٌ
Next Sūrah