93) Sūrat Ađ-Đuĥá

Printed format

93) سُورَة الضُّحَى

Wa Ađ-Đuĥá 093-001 ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. وَالضُّحَى
Wa Al-Layli 'Idhā Sajá 093-002 އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. وَاللَّيْلِ إِذَا سَجَى
Mā Wadda`aka Rabbuka Wa Mā Qalá 093-003 ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. مَا وَدَّعَكَ رَبُّكَ وَمَا قَلَى
Wa Lal'ākhiratu Khayrun Laka Mina Al-'Ū 093-004 އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ. وَلَلآخِرَةُ خَيْر‍ٌ لَكَ مِنَ ا‍لأ‍ُ‍ولَى
Wa Lasawfa Yu`ţīka Rabbuka Fatarđá 093-005 އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. وَلَسَوْفَ يُعْط‍‍ِ‍ي‍كَ رَبُّكَ فَتَرْضَى
'Alam Yajidka Yatīmāan Fa'ā 093-006 ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. أَلَمْ يَجِ‍‍د‍‍ْكَ يَتِيما‍ً فَآوَى
Wa Wajadaka Đāllāan Fahadá 093-007 އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. وَوَجَدَكَ ض‍‍َ‍ا‍لّا‍ً فَهَدَى
Wa Wajadaka `Ā'ilāan Fa'aghná 093-008 އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނުމުއްސަނދިކުރެއްވިއެވެ. وَوَجَدَكَ ع‍‍َ‍ا‍ئِلا‍ً فَأَغْنَى
Fa'ammā Al-Yatīma Falā Taqhar 093-009 ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! فَأَ‍مّ‍‍َا ا‍لْيَت‍‍ِ‍ي‍مَ فَلاَ تَ‍‍ق‍‍ْهَرْ
Wa 'Ammā As-Sā'ila Falā Tanhar 093-010 އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! وَأَ‍مّ‍‍َا ا‍لسّ‍‍َ‍ا‍ئِلَ فَلاَ تَنْهَرْ
Wa 'Ammā Bini`mati Rabbika Faĥaddith 093-011 އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! وَأَ‍مّ‍‍َا بِنِعْمَةِ رَبِّكَ فَحَدِّثْ
Next Sūrah