91) Sūrat Ash-Shams

Printed format

91) سُورَة الشَّمس

Wa Ash-Shamsi Wa Đuĥāhā 091-001 އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ. وَالشَّمْسِ وَضُحَاهَا
Wa Al-Qamari 'Idhā Talāhā 091-002 އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ. وَالْقَمَ‍‍ر‍ِ إِذَا تَلاَهَا
Wa An-Nahāri 'Idhā Jallāhā 091-003 އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ. وَال‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ إِذَا جَلاَّهَا
Wa Al-Layli 'Idhā Yaghshāhā 091-004 އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. وَاللَّيْلِ إِذَا يَغْشَاهَا
Wa As-Samā'i Wa Mā Banāhā 091-005 އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ. وَالسَّم‍‍َ‍ا‍ءِ وَمَا بَنَاهَا
Wa Al-'Arđi Wa Mā Ţaĥāhā 091-006 އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. وَالأَرْضِ وَمَا طَحَاهَا
Wa Nafsin Wa Mā Sawwāhā 091-007 އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. وَنَفْس‍‍‍ٍ وَمَا سَوَّاهَا
Fa'alhamahā Fujūrahā Wa Taqwāhā 091-008 ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ. فَأَلْهَمَهَا فُجُورَهَا وَتَ‍‍ق‍‍ْوَاهَا
Qad 'Aflaĥa Man Zakkāhā 091-009 އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. قَ‍‍د‍ْ أَفْلَحَ مَ‍‍ن‍ْ زَكَّاهَا
Wa Qad Khāba Man Dassāhā 091-010 އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. وَقَ‍‍د‍ْ خ‍‍َ‍ا‍بَ مَ‍‍ن‍ْ دَسَّاهَا
Kadhdhabat Thamūdu Biţaghwāhā 091-011 ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. كَذَّبَتْ ثَم‍‍ُ‍و‍دُ بِطَغْوَاهَا
'Idhi Anba`atha 'Ashqāhā 091-012 އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. إِذِ ا‍ن‍‍ْبَعَثَ أَشْقَاهَا
Faqāla Lahum Rasūlu Al-Lahi Nāqata Al-Lahi Wa Suqyāhā 091-013 ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެބުއިމަށް ރައްކާތެރިވާށެވެ! فَق‍‍َ‍ا‍لَ لَهُمْ رَس‍‍ُ‍و‍لُ ا‍للَّهِ نَاقَةَ ا‍للَّهِ وَسُ‍‍ق‍‍ْيَاهَا
Fakadhdhabūhu Fa`aqarūhā Fadamdama `Alayhim Rabbuhum Bidhanbihim Fasawwāhā 091-014 ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. فَكَذَّب‍‍ُ‍و‍هُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُ‍‍م‍ْ بِذَ‍ن‍‍ْبِهِمْ فَسَوَّاهَا
Wa Lā Yakhāfu `Uqbāhā 091-015 އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. وَلاَ يَخ‍‍َ‍ا‍فُ عُ‍‍ق‍‍ْبَاهَا
Next Sūrah