88) Sūrat Al-Ghāshiyah

Printed format

88) سُورَة الْغَاشِيَه

Hal 'Atāka Ĥadīthu Al-Ghāshiyahi 088-001 ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ هَلْ أَت‍‍َ‍ا‍كَ حَد‍ِي‍ثُ ا‍لْغَاشِيَةِ
Wujūhun Yawma'idhin Khāshi`ahun 088-002 އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ. وُج‍‍ُ‍و‍ه‍‍‍ٌ يَوْمَئِذٍ خَاشِعَة‍‍‍ٌ
`Āmilatun Nāşibahun 088-003 މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ. عَامِلَة‍‍‍ٌ نَاصِبَة‍‍‍ٌ
Taşlá Nārāan Ĥāmiyahan 088-004 ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ. تَصْلَى نَاراً حَامِيَة‍‍‍ً
Tusqá Min `Aynin 'Āniyahin 088-005 ހޫނުކަންނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ. تُسْقَى مِنْ عَيْن‍‍‍ٍ آنِيَة‍‍‍ٍ
Laysa Lahum Ţa`āmun 'Illā Min Đarī`in 088-006 ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ. لَيْسَ لَهُمْ طَع‍‍َ‍ا‍م‍‍‍ٌ إِلاَّ مِ‍‍ن‍ْ ضَ‍‍ر‍‍ِي‍ع‍‍‍ٍ
Lā Yusminu Wa Lā Yughnī Min Jū`in 088-007 ) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ. لاَ يُسْمِنُ وَلاَ يُغْنِي مِ‍‍ن‍ْ ج‍‍ُ‍و‍ع‍‍‍ٍ
Wujūhun Yawma'idhin Nā`imahun 088-008 އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ. وُج‍‍ُ‍و‍ه‍‍‍ٌ يَوْمَئِذ‍ٍ نَاعِمَة‍‍‍ٌ
Lisa`yihā Rāđiyahun 088-009 ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ. لِسَعْيِهَا رَاضِيَة‍‍‍ٌ
Fī Jannatin `Āliyahin 088-010 މަތިވެރިވެގެންވާ ސުވަރުގޭގައެވެ. فِي جَ‍‍ن‍ّ‍‍َةٍ عَالِيَة‍‍‍ٍ
Lā Tasma`u Fīhā Lāghiyahan 088-011 ) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ. لاَ تَسْمَعُ فِيهَا لاَغِيَة‍‍‍ً
Fīhā `Aynunriyahun 088-012 ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. فِيهَا عَيْن‍‍‍ٌ جَا‍ر‍‍ِيَة‍‍‍ٌ
Fīhā Sururun Marfū`ahun 088-013 އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. فِيهَا سُرُر‍ٌ مَرْفُوعَة‍‍‍ٌ
Wa 'Akwābun Mawđū`ahun 088-014 އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. وَأَكْو‍َا‍ب‍‍‍ٌ مَوْضُوعَة‍‍‍ٌ
Wa Namāriqu Maşfūfahun 088-015 އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. وَنَمَا‍ر‍‍ِقُ مَصْفُوفَة‍‍‍ٌ
Wa Zarābīyu Mabthūthahun 088-016 އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ. وَزَرَابِيُّ مَ‍‍ب‍‍ْثُوثَة‍‍‍ٌ
'Afalā Yanžurūna 'Ilá Al-'Ibili Kayfa Khuliqat 088-017 ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. أَفَلاَ يَ‍‍ن‍‍ْظُر‍ُو‍نَ إِلَى ا‍لإِبِلِ كَيْفَ خُلِقَتْ
Wa 'Ilá As-Samā'i Kayfa Rufi`at 088-018 އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ وَإِلَى ا‍لسَّم‍‍َ‍ا‍ءِ كَيْفَ رُفِعَتْ
Wa 'Ilá Al-Jibāli Kayfa Nuşibat 088-019 އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށްނުބަލަނީހެއްޔެެވެ؟ وَإِلَى ا‍لْجِب‍‍َ‍ا‍لِ كَيْفَ نُصِبَتْ
Wa 'Ilá Al-'Arđi Kayfa Suţiĥat 088-020 އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ وَإِلَى ا‍لأَرْضِ كَيْفَ سُطِحَتْ
Fadhakkir 'Innamā 'Anta Mudhakkirun 088-021 ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. فَذَكِّرْ إِ‍نّ‍‍َمَ‍‍ا‍ أَ‍ن‍‍ْتَ مُذَكِّر‍ٌ
Lasta `Alayhim Bimusayţirin 088-022 އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. لَسْتَ عَلَيْهِ‍‍م‍ْ بِمُسَيْطِر‍ٍ
'Illā Man Tawallá Wa Kafara 088-023 ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ. إِلاَّ مَ‍‍ن‍ْ تَوَلَّى وَكَفَرَ
Fayu`adhdhibuhu Al-Lahu Al-`Adhāba Al-'Akbara 088-024 ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ. فَيُعَذِّبُهُ ا‍للَّهُ ا‍لْعَذ‍َا‍بَ ا‍لأَكْبَرَ
'Inna 'Ilaynā 'Īābahum 088-025 ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. إِ‍نّ‍‍َ إِلَيْنَ‍‍ا إِيَابَهُمْ
Thumma 'Inna `Alaynā Ĥisābahum 088-026 ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ عَلَيْنَا حِسَابَهُمْ
Next Sūrah