86) Sūrat Aţ-Ţāriq

Printed format

86) سُورَة الطَّارِق

Wa As-Samā'i Wa Aţ-Ţāriqi 086-001 އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. وَالسَّم‍‍َ‍ا‍ءِ وَا‍لطَّا‍ر‍‍ِ‍ق‍ِ
Wa Mā 'Adrāka Mā Aţ-Ţāriqu 086-002 އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا ا‍لطَّا‍ر‍‍ِ‍ق‍ُ
An-Najmu Ath-Thāqibu 086-003 އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ. ا‍ل‍‍ن‍ّ‍‍َ‍‍ج‍‍ْمُ ا‍لثَّاقِ‍‍ب‍ُ
'In Kullu Nafsin Lammā `Alayhā Ĥāfižun 086-004 އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ. إِ‍ن‍ْ كُلُّ نَفْس‍‍‍ٍ لَ‍‍م‍ّ‍‍َا عَلَيْهَا حَافِظ‍‍‍ٌ
Falyanžuri Al-'Insānu Mimma Khuliqa 086-005 ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! فَلْيَ‍‍ن‍ظُ‍‍ر‍ِ ا‍لإِن‍س‍‍َ‍ا‍نُ مِ‍‍م‍ّ‍‍َ خُلِ‍‍ق‍َ
Khuliqa Min Mā'in Dāfiqin 086-006 ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! خُلِقَ مِ‍‍ن‍ْ م‍‍َ‍ا‍ء‍ٍ دَافِ‍‍ق‍‍ٍ
Yakhruju Min Bayni Aş-Şulbi Wa At-Tarā'ibi 086-007 އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށްއޮހޮރިގެންދާ ފެނަކުންނެވެ. يَخْرُجُ مِ‍‍ن‍ْ بَيْنِ ا‍لصُّلْبِ وَا‍لتَّر‍َا‍ئِ‍‍ب‍ِ
'Innahu `Alá Raj`ihi Laqādirun 086-008 ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. إِ‍نّ‍‍َهُ عَلَى رَ‍ج‍‍ْعِهِ لَقَادِر‍ٌ
Yawma Tub As-Sarā'iru 086-009 ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ. يَوْمَ تُ‍‍ب‍‍ْلَى ا‍لسَّر‍َا‍ئِ‍‍ر‍ُ
Famā Lahu Min Qūwatin Wa Lā Nāşirin 086-010 ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ. فَمَا لَهُ مِ‍‍ن‍ْ قُوَّة‍‍‍ٍ وَلاَ نَاصِر‍ٍ
Wa As-Samā'i Dhāti Ar-Raj`i 086-011 ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. وَالسَّم‍‍َ‍ا‍ءِ ذ‍َا‍تِ ا‍لرَّ‍‍ج‍‍ْعِ
Wa Al-'Arđi Dhāti Aş-Şad`i 086-012 އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. وَالأَرْضِ ذ‍َا‍تِ ا‍لصَّ‍‍د‍‍ْعِ
'Innahu Laqawlun Faşlun 086-013 ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. إِ‍نّ‍‍َهُ لَقَوْل‍‍‍ٌ فَصْل‍‍‍ٌ
Wa Mā Huwa Bil-Hazli 086-014 އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ. وَمَا هُوَ بِ‍‍ا‍لْهَزْلِ
'Innahum Yakīdūna Kaydāan 086-015 ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. إِ‍نّ‍‍َهُمْ يَكِيد‍ُو‍نَ كَيْدا‍ً
Wa 'Akīdu Kaydāan 086-016 އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. وَأَك‍‍ِ‍ي‍دُ كَيْدا‍ً
Famahhili Al-Kāfirīna 'Amhilhum Ruwaydāan 086-017 ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ! فَمَهِّلِ ا‍لْكَافِ‍‍ر‍‍ِي‍نَ أَمْهِلْهُمْ رُوَيْدا‍ً
Next Sūrah