82) Sūrat Al-'Infiţār

Printed format

82) سُورَة الإنفِطَار

'Idhā As-Samā'u Anfaţarat 082-001 ސއުޑު ފަޅަފަޅައިގެންދާ ހިނދެވެ. إِذَا ا‍لسَّم‍‍َ‍ا‍ءُ ا‍ن‍فَطَرَتْ
Wa 'Idhā Al-Kawākibu Antatharat 082-002 އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ. وَإِذَا ا‍لْكَوَاكِبُ ا‍ن‍تَثَرَتْ
Wa 'Idhā Al-Biĥāru Fujjirat 082-003 އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. وَإِذَا ا‍لْبِح‍‍َ‍ا‍رُ فُجِّرَتْ
Wa 'Idhā Al-Qubūru Bu`thirat 082-004 އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ. وَإِذَا ا‍لْقُب‍‍ُ‍و‍رُ بُعْثِرَتْ
`Alimat Nafsun Mā Qaddamat Wa 'Akhkharat 082-005 (އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ. عَلِمَتْ نَفْس‍‍‍ٌ مَا قَدَّمَتْ وَأَخَّرَتْ
Yā 'Ayyuhā Al-'Insānu Mā Gharraka Birabbika Al-Karīmi 082-006 އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ ي‍َا‍أَيُّهَا ا‍لإِن‍س‍‍َ‍ا‍نُ مَا غَرَّكَ بِرَبِّكَ ا‍لْكَ‍‍ر‍‍ِي‍مِ
Al-Ladhī Khalaqaka Fasawwāka Fa`adalaka 082-007 އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. ا‍لَّذِي خَلَقَكَ فَسَوّ‍َا‍كَ فَعَدَلَكَ
Fī 'Ayyi ŞūratinShā'a Rakkabaka 082-008 އެކަލާނގެ އިރާދަކުރެއްވި ކޮންމެސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ. فِ‍‍ي‍ أَيِّ صُورَة‍‍‍ٍ مَا ش‍‍َ‍ا‍ءَ رَكَّبَكَ
Kallā Bal Tukadhdhibūna Bid-Dīni 082-009 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ. كَلاَّ بَلْ تُكَذِّب‍‍ُ‍و‍نَ بِ‍‍ا‍لدّ‍ِي‍نِ
Wa 'Inna `Alaykum Laĥāfižīna 082-010 އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. وَإِ‍نّ‍‍َ عَلَيْكُمْ لَحَافِظ‍‍ِ‍ي‍نَ
Kirāmāan Kātibīna 082-011 (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ. كِرَاما‍ً كَاتِب‍‍ِ‍ي‍نَ
Ya`lamūna Mā Taf`alūna 082-012 ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ. يَعْلَم‍‍ُ‍و‍نَ مَا تَفْعَل‍‍ُ‍و‍نَ
'Inna Al-'Abrāra Lafī Na`īmin 082-013 ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. إِ‍نّ‍‍َ ا‍لأَ‍ب‍‍ْر‍َا‍رَ لَفِي نَع‍‍ِ‍ي‍م‍‍‍ٍ
Wa 'Inna Al-Fujjāra Lafī Jaĥīmin 082-014 އަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ. وَإِ‍نّ‍‍َ ا‍لْفُجّ‍‍َ‍ا‍رَ لَفِي جَح‍‍ِ‍ي‍م‍‍‍ٍ
Yaşlawnahā Yawma Ad-Dīni 082-015 قيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ. يَصْلَوْنَهَا يَوْمَ ا‍لدّ‍ِي‍نِ
Wa Mā Hum `Anhā Bighā'ibīna 082-016 އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ. وَمَا هُمْ عَنْهَا بِغ‍‍َ‍ا‍ئِب‍‍ِ‍ي‍نَ
Wa Mā 'Adrāka Mā Yawmu Ad-Dīni 082-017 قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا يَوْمُ ا‍لدّ‍ِي‍نِ
Thumma Mā 'Adrāka Mā Yawmu Ad-Dīni 082-018 ދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ثُ‍‍م‍ّ‍‍َ مَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا يَوْمُ ا‍لدّ‍ِي‍نِ
Yawma Lā Tamliku Nafsun Linafsin Shay'āan Wa Al-'Amru Yawma'idhin Lillahi 082-019 (އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ(ހަމައެކަނި) اللَّه އަށެވެ. يَوْمَ لاَ تَمْلِكُ نَفْس‍‍‍ٌ لِنَفْس‍‍‍ٍ شَيْئا‍ً وَا‍لأَمْرُ يَوْمَئِذ‍ٍ لِلَّهِ
Next Sūrah