78) Sūrat An-Naba'

Printed format

78) سُورَة النَّبَأ

`Amma Yatasā'alūna 078-001 އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟ عَ‍‍م‍ّ‍‍َ يَتَس‍‍َ‍ا‍ءَل‍‍ُ‍و‍نَ
`Ani An-Naba'i Al-`Ažīmi 078-002 ބޮޑުވެގެންވާ خبر އާ މެދުގައެވެ. عَنِ ا‍ل‍‍ن‍ّ‍‍َبَإِ ا‍لْعَظ‍‍ِ‍ي‍مِ
Al-Ladhī Hum Fīhi Mukhtalifūna 078-003 އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ. ا‍لَّذِي هُمْ ف‍‍ِ‍ي‍هِ مُخْتَلِف‍‍ُ‍و‍نَ
Kallā Saya`lamūna 078-004 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. كَلاَّ سَيَعْلَم‍‍ُ‍و‍نَ
Thumma Kallā Saya`lamūna 078-005 ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. ثُ‍‍م‍ّ‍‍َ كَلاَّ سَيَعْلَم‍‍ُ‍و‍نَ
'Alam Naj`ali Al-'Arđa Mihādāan 078-006 ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟ أَلَمْ نَ‍‍ج‍‍ْعَلِ ا‍لأَرْضَ مِهَادا‍ً
Wa Al-Jibāla 'Awtādāan 078-007 އަދި (ބިން ހިފެހެއްޓުމަށްވާ)ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟ وَالْجِب‍‍َ‍ا‍لَ أَوْتَادا‍ً
Wa Khalaqnākum 'Azwājāan 078-008 އަދި (ދެ جنس ން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ. وَخَلَ‍‍ق‍‍ْنَاكُمْ أَزْوَاجا‍ً
Wa Ja`alnā Nawmakum Subātāan 078-009 އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. وَجَعَلْنَا نَوْمَكُمْ سُبَاتا‍ً
Wa Ja`alnā Al-Layla Libāsāan 078-010 އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. وَجَعَلْنَا ا‍للَّيْلَ لِبَاسا‍ً
Wa Ja`alnā An-Nahāra Ma`āshāan 078-011 އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ. وَجَعَلْنَا ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ مَعَاشا‍ً
Wa Banaynā Fawqakum Sab`āan Shidādāan 078-012 ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. وَبَنَيْنَا فَوْقَكُمْ سَ‍‍ب‍‍ْعا‍ً شِدَادا‍ً
Wa Ja`alnā Sirājāan Wa Hhājāan 078-013 އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ. وَجَعَلْنَا سِرَاجا‍ً وَهَّاجا‍ً
Wa 'Anzalnā Mina Al-Mu`şirāti Mā'an Thajjājāan 078-014 އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. وَأَن‍زَلْنَا مِنَ ا‍لْمُعْصِر‍َا‍تِ م‍‍َ‍ا‍ء‍ً ثَجَّاجا‍ً
Linukhrija Bihi Ĥabbāan Wa Nabātāan 078-015 އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ. لِنُخْ‍‍ر‍‍ِجَ بِهِ حَبّا‍ً وَنَبَاتا‍ً
Wa Jannātin 'Alfāfāan 078-016 އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ. وَجَ‍‍ن‍ّ‍‍َ‍ا‍تٍ أَلْفَافا‍ً
'Inna Yawma Al-Faşli Kāna Mīqātāan 078-017 ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. إِ‍نّ‍‍َ يَوْمَ ا‍لْفَصْلِ ك‍‍َ‍ا‍نَ مِيقَاتا‍ً
Yawma Yunfakhu Fī Aş-Şūri Fata'tūna 'Afwājāan 078-018 ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށްއަންނާނޫއެވެ. يَوْمَ يُ‍‍ن‍فَخُ فِي ا‍لصّ‍‍ُ‍و‍ر‍ِ فَتَأْت‍‍ُ‍و‍نَ أَفْوَاجا‍ً
Wa Futiĥati As-Samā'u Fakānat 'Abwābāan 078-019 އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. وَفُتِحَتِ ا‍لسَّم‍‍َ‍ا‍ءُ فَكَانَتْ أَ‍ب‍‍ْوَابا‍ً
Wa Suyyirati Al-Jibālu Fakānat Sarābāan 078-020 އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. وَسُيِّرَتِ ا‍لْجِب‍‍َ‍ا‍لُ فَكَانَتْ سَرَابا‍ً
'Inna Jahannama Kānat Mirşādāan 078-021 ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. إِ‍نّ‍‍َ جَهَ‍‍ن‍ّ‍‍َمَ كَانَتْ مِرْصَادا‍ً
Lilţţāghīna Ma'āan 078-022 كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. لِلْطَّاغ‍‍ِ‍ي‍نَ مَآبا‍ً
Lābithīna Fīhā 'Aĥqābāan 078-023 އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ. لاَبِث‍‍ِ‍ي‍نَ فِيهَ‍‍ا‍ أَحْقَابا‍ً
Lā Yadhūqūna Fīhā Bardāan Wa Lā Sharābāan 078-024 އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. لاَ يَذُوق‍‍ُ‍و‍نَ فِيهَا بَرْدا‍ً وَلاَ شَرَابا‍ً
'Illā Ĥamīmāan Wa Ghassāqāan 078-025 ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. إِلاَّ حَمِيما‍ً وَغَسَّاقا‍ً
Jazā'an Wifāqāan 078-026 (އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. جَز‍َا‍ء‍ً وِفَاقا‍ً
'Innahum Kānū Lā Yarjūna Ĥisābāan 078-027 ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. إِ‍نّ‍‍َهُمْ كَانُو‍‍ا‍ لاَ يَرْج‍‍ُ‍و‍نَ حِسَابا‍ً
Wa Kadhdhabū Bi'āyātinā Kidhdhābāan 078-028 ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ. وَكَذَّبُو‍‍ا‍ بِآيَاتِنَا كِذَّابا‍ً
Wa Kulla Shay'in 'Aĥşaynāhu Kitābāan 078-029 އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ. وَكُلَّ شَيْءٍ أَحْصَيْن‍‍َ‍ا‍هُ كِتَابا‍ً
Fadhūqū Falan Nazīdakum 'Illā `Adhābāan 078-030 ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ!ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ. فَذُوقُو‍‍ا‍ فَلَ‍‍ن‍ْ نَزِيدَكُمْ إِلاَّ عَذَابا‍ً
'Inna Lilmuttaqīna Mafāzāan 078-031 ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ. إِ‍نّ‍‍َ لِلْمُتَّق‍‍ِ‍ي‍نَ مَفَازا‍ً
Ĥadā'iqa Wa 'A`nābāan 078-032 ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ. حَد‍َا‍ئِقَ وَأَعْنَابا‍ً
Wa Kawā`iba 'Atrābāan 078-033 އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ. وَكَوَاعِبَ أَتْرَابا‍ً
Wa Ka'sāan Dihāqāan 078-034 އަދި ފުރިފައިވާ ރާތަށިތަކެވެ. وَكَأْسا‍ً دِهَاقا‍ً
Lā Yasma`ūna Fīhā Laghwan Wa Lā Kidhdhābāan 078-035 باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. لاَ يَسْمَع‍‍ُ‍و‍نَ فِيهَا لَغْوا‍ً وَلاَ كِذَّابا‍ً
Jazā'an Min Rabbika `Aţā'an Ĥisābāan 078-036 ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ. جَز‍َا‍ء‍ً مِ‍‍ن‍ْ رَبِّكَ عَط‍‍َ‍ا‍ءً حِسَابا‍ً
Rabbi As-Samāwāti Wa Al-'Arđi Wa Mā Baynahumā Ar-Raĥmāni Lā Yamlikūna Minhu Khiţābāan 078-037 އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ. رَبِّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا ا‍لرَّحْمَنِ لاَ يَمْلِك‍‍ُ‍و‍نَ مِنْهُ خِطَابا‍ً
Yawma Yaqūmu Ar-Rūĥu Wa Al-Malā'ikatu Şaffāan Lā Yatakallamūna 'Illā Man 'Adhina Lahu Ar-Raĥmānu Wa Qāla Şawābāan 078-038 جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ. يَوْمَ يَق‍‍ُ‍و‍مُ ا‍لرّ‍ُو‍حُ وَا‍لْمَلاَئِكَةُ صَفّا‍ً لاَ يَتَكَلَّم‍‍ُ‍و‍نَ إِلاَّ مَنْ أَذِنَ لَهُ ا‍لرَّحْمَنُ وَق‍‍َ‍ا‍لَ صَوَابا‍ً
Dhālika Al-Yawmu Al-Ĥaqqu Faman Shā'a Attakhadha 'Ilá Rabbihi Ma'āan 078-039 އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ! ذَلِكَ ا‍لْيَوْمُ ا‍لْحَقُّ فَمَ‍‍ن‍ْ ش‍‍َ‍ا‍ءَ ا‍تَّخَذَ إِلَى رَبِّهِ مَآبا‍ً
'Innā 'Andharnākum `Adhābāan Qarībāan Yawma Yanžuru Al-Mar'u Mā Qaddamat Yadāhu Wa Yaqūlu Al-Kāfiru Yā Laytanī Kuntu Turābāan 078-040 ހަމަކަށަވަރުން،ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ إِ‍نّ‍‍َ‍‍ا‍ أَن‍ذَرْنَاكُمْ عَذَابا‍ً قَ‍‍ر‍‍ِيبا‍ً يَوْمَ يَ‍‍ن‍ظُرُ ا‍لْمَرْءُ مَا قَدَّمَتْ يَد‍َا‍هُ وَيَق‍‍ُ‍و‍لُ ا‍لْكَافِ‍‍ر‍ُ يَالَيْتَنِي كُ‍‍ن‍تُ تُرَابا‍ً
Next Sūrah