77) Sūratālmursalāt

Printed format

77) سُورَةَالْمُرْسَلاَت

Wa Al-Mursalāti `Urfāan 077-001 ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، وَالْمُرْسَلاَتِ عُرْفا‍ً
Fāl`āşifāti `Aşfāan 077-002 އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި، فَالْعَاصِف‍‍َ‍ا‍تِ عَصْفا‍ً
Wa An-Nāshirāti Nashan 077-003 އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި، وَال‍‍ن‍ّ‍‍َاشِر‍َا‍تِ نَشْرا‍ً
Fālfāriqāti Farqāan 077-004 حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި، فَالْفَا‍ر‍‍ِق‍‍َ‍ا‍تِ فَرْقا‍ً
Fālmulqiyāti Dhikrāan 077-005 އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ. فَالْمُلْقِي‍‍َ‍ا‍تِ ذِكْرا‍ً
`Udhrāan 'Aw Nudhan 077-006 عذ ر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ. عُذْراً أَوْ نُذْرا‍ً
'Innamā Tū`adūna Lawāqi`un 077-007 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ. إِ‍نّ‍‍َمَا تُوعَد‍ُو‍نَ لَوَاقِع‍‍‍ٌ
Fa'idhā An-Nujūmu Ţumisat 077-008 ފަހެ، ތަރިތަކުން އޭގެއަލިކަން ފުއްސަވައިފިހިނދެވެ. فَإِذَا ا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مُ طُمِسَتْ
Wa 'Idhā As-Samā'u Furijat 077-009 އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ. وَإِذَا ا‍لسَّم‍‍َ‍ا‍ءُ فُ‍‍ر‍‍ِجَتْ
Wa 'Idhā Al-Jibālu Nusifat 077-010 އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ. وَإِذَا ا‍لْجِب‍‍َ‍ا‍لُ نُسِفَتْ
Wa 'Idhā Ar-Rusulu 'Uqqitat 077-011 އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ. وَإِذَا ا‍لرُّسُلُ أُقِّتَتْ
L'ayyi Yawmin 'Ujjilat 077-012 އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟ لأَيِّ يَوْمٍ أُجِّلَتْ
Liyawmi Al-Faşli 077-013 ނިޔާކުރައްވާ ދުވަހަށެވެ. لِيَوْمِ ا‍لْفَصْلِ
Wa Mā 'Adrāka Mā Yawmu Al-Faşli 077-014 އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَ‍‍ا‍ أَ‍د‍‍ْر‍َا‍كَ مَا يَوْمُ ا‍لْفَصْلِ
Waylun Yawma'idhin Lilmukadhdhibīna 077-015 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
'Alam Nuhliki Al-'Awwalīna 077-016 ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟ أَلَمْ نُهْلِكِ ا‍لأَوَّل‍‍ِ‍ي‍نَ
Thumma Nutbi`uhumu Al-'Ākhirīna 077-017 ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ. ثُ‍‍م‍ّ‍‍َ نُتْبِعُهُمُ ا‍لآخِ‍‍ر‍‍ِي‍نَ
Kadhālika Naf`alu Bil-Mujrimīna 077-018 ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ. كَذَلِكَ نَفْعَلُ بِ‍‍ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Waylun Yawma'idhin Lilmukadhdhibīna 077-019 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
'Alam Nakhluqkum Min Mā'in Mahīnin 077-020 ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ أَلَمْ نَخْلُ‍‍ق‍‍ْكُ‍‍م‍ْ مِ‍‍ن‍ْ م‍‍َ‍ا‍ء‍ٍ مَه‍‍ِ‍ي‍ن‍‍‍ٍ
Faja`alnāhu Fī Qarārin Makīnin 077-021 ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ. فَجَعَلْن‍‍َ‍ا‍هُ فِي قَر‍َا‍ر‍ٍ مَك‍‍ِ‍ي‍ن‍‍‍ٍ
'Ilá Qadarin Ma`lūmin 077-022 އެނގިގެންވާމުއްދަތަކަށެވެ. إِلَى قَدَر‍ٍ مَعْل‍‍ُ‍و‍م‍‍‍ٍ
Faqadarnā Fani`ma Al-Qādirūna 077-023 ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ! فَقَدَرْنَا فَنِعْمَ ا‍لْقَادِر‍ُو‍نَ
Waylun Yawma'idhin Lilmukadhdhibīna 077-024 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
'Alam Naj`ali Al-'Arđa Kifātāan 077-025 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. أَلَمْ نَ‍‍ج‍‍ْعَلِ ا‍لأَرْضَ كِفَاتا‍ً
'Aĥyā'an Wa 'Amwātāan 077-026 ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ أَحْي‍‍َ‍ا‍ء‍ً وَأَمْوَاتا‍ً
Wa Ja`alnā Fīhā Rawāsiya Shāmikhātin Wa 'Asqaynākum Mā'an Furātāan 077-027 އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ. وَجَعَلْنَا فِيهَا رَوَاسِيَ شَامِخ‍‍َ‍ا‍ت‍‍‍ٍ وَأَسْقَيْنَاكُ‍‍م‍ْ م‍‍َ‍ا‍ء‍ً فُرَاتا‍ً
Waylun Yawma'idhin Lilmukadhdhibīna 077-028 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Anţaliqū 'Ilá Mā Kuntum Bihi Tukadhdhibūna 077-029 (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ! ا‍ن‍طَلِقُ‍‍و‍‍ا‍ إِلَى مَا كُ‍‍ن‍تُ‍‍م‍ْ بِهِ تُكَذِّب‍‍ُ‍و‍نَ
Anţaliqū 'Ilá Žillin Dhī Thalāthi Shu`abin 077-030 ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ! ا‍ن‍طَلِقُ‍‍و‍‍ا‍ إِلَى ظِلّ‍‍‍ٍ ذِي ثَلاَثِ شُعَ‍‍ب‍‍ٍ
Lā Žalīlin Wa Lā Yughnī Mina Al-Lahabi 077-031 (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. لاَ ظَل‍‍ِ‍ي‍ل‍‍‍ٍ وَلاَ يُغْنِي مِنَ ا‍للَّهَ‍‍ب‍ِ
'Innahā Tarmī Bishararin Kālqaşri 077-032 ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަކަނިތައް، އެ ހުޅުގަނޑު އުކައެވެ. إِ‍نّ‍‍َهَا تَرْمِي بِشَرَر‍ٍ كَالْقَصْ‍‍ر‍ِ
Ka'annahu Jimālatun Şufrun 077-033 އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ. كَأَ‍نّ‍‍َهُ جِمَالَة‍‍‍ٌ صُفْر‍ٌ
Waylun Yawma'idhin Lilmukadhdhibīna 077-034 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
dhā Yawmu Lā Yanţiqūna 077-035 މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ. هَذَا يَوْمُ لاَ يَ‍‍ن‍طِق‍‍ُ‍و‍نَ
Wa Lā Yu'udhanu Lahum Faya`tadhirūna 077-036 އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ. وَلاَ يُؤْذَنُ لَهُمْ فَيَعْتَذِر‍ُو‍نَ
Waylun Yawma'idhin Lilmukadhdhibīna 077-037 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
dhā Yawmu Al-Faşli Jama`nākum Wa Al-'Awwalīna 077-038 (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ. هَذَا يَوْمُ ا‍لْفَصْلِ جَمَعْنَاكُمْ وَا‍لأَوَّل‍‍ِ‍ي‍نَ
Fa'in Kāna Lakum Kaydun Fakīdūni 077-039 ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ! فَإِ‍ن‍ْ ك‍‍َ‍ا‍نَ لَكُمْ كَيْد‍ٌ فَكِيد‍ُو‍نِ
Waylun Yawma'idhin Lilmukadhdhibīna 077-040 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
'Inna Al-Muttaqīna Fī Žilālin Wa `Uyūnin 077-041 ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ. إِ‍نّ‍‍َ ا‍لْمُتَّق‍‍ِ‍ي‍نَ فِي ظِلاَل‍‍‍ٍ وَعُي‍‍ُ‍و‍ن‍‍‍ٍ
Wa Fawākiha Mimmā Yashtahūna 077-042 އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. وَفَوَاكِهَ مِ‍‍م‍ّ‍‍َا يَشْتَه‍‍ُ‍و‍نَ
Kulū Wa Ashrabū Hanī'āan Bimā Kuntum Ta`malūna 077-043 (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! كُلُو‍‍ا‍ وَا‍شْرَبُو‍‍ا‍ هَن‍‍ِ‍ي‍ئا‍ً بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
'Innā Kadhālika Naj Al-Muĥsinyna 077-044 إحسان ތެރިންނަށް ހަމަކަށަވަރުން،ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َا كَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِ‍‍ن‍ينَ
Waylun Yawma'idhin Lilmukadhdhibīna 077-045 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Kulū Wa Tamatta`ū Qalīlāan 'Innakum Mujrimūna 077-046 (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. كُلُو‍‍ا‍ وَتَمَتَّعُو‍‍ا‍ قَلِيلا‍ً إِ‍نّ‍‍َكُ‍‍م‍ْ مُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ
Waylun Yawma'idhin Lilmukadhdhibīna 077-047 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Wa 'Idhā Qīla Lahumu Arka`ū Lā Yarka`ūna 077-048 ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُمُ ا‍رْكَعُو‍‍ا‍ لاَ يَرْكَع‍‍ُ‍و‍نَ
Waylun Yawma'idhin Lilmukadhdhibīna 077-049 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. وَيْل‍‍‍ٌ يَوْمَئِذ‍ٍ لِلْمُكَذِّب‍‍ِ‍ي‍نَ
Fabi'ayyi Ĥadīthin Ba`dahu Yu'uminūna 077-050 ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ فَبِأَيِّ حَد‍ِي‍ث‍‍‍ٍ بَعْدَهُ يُؤْمِن‍‍ُ‍و‍نَ
Next Sūrah