75) Sūrat Al-Qiyāmah

Printed format

75) سُورَة الْقِيَامَه

Lā 'Uqsimu Biyawmi Al-Qiyāmahi 075-001 قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. لاَ أُ‍ق‍‍ْسِمُ بِيَوْمِ ا‍لْقِيَامَةِ
Wa Lā 'Uqsimu Bin-Nafsi Al-Lawwāmahi 075-002 އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.) وَلاَ أُ‍ق‍‍ْسِمُ بِ‍‍ا‍ل‍‍ن‍ّ‍‍َفْسِ ا‍للَّوَّامَةِ
'Ayaĥsabu Al-'Insānu 'Allan Najma`a `Ižāmahu 075-003 އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ أَيَحْسَبُ ا‍لإِن‍س‍‍َ‍ا‍نُ أَلَّ‍‍ن‍ْ نَ‍‍ج‍‍ْمَعَ عِظَامَهُ
Balá Qādirīna `Alá 'An Nusawwiya Banānahu 075-004 އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. بَلَى قَادِ‍ر‍‍ِي‍نَ عَلَى أَ‍ن‍ْ نُسَوِّيَ بَنَانَهُ
Bal Yurīdu Al-'Insānu Liyafjura 'Amāmahu 075-005 އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. بَلْ يُ‍‍ر‍‍ِي‍دُ ا‍لإِن‍س‍‍َ‍ا‍نُ لِيَفْجُرَ أَمَامَهُ
Yas'alu 'Ayyāna Yawmu Al-Qiyāmahi 075-006 އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީކޮންއިރަކުން ހެއްޔެވެ؟ يَسْأَلُ أَيّ‍‍َ‍ا‍نَ يَوْمُ ا‍لْقِيَامَةِ
Fa'idhā Bariqa Al-Başaru 075-007 ފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ. فَإِذَا بَ‍‍ر‍‍ِقَ ا‍لْبَصَرُ
Wa Khasafa Al-Qamaru 075-008 އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. وَخَسَفَ ا‍لْقَمَرُ
Wa Jumi`a Ash-Shamsu Wa Al-Qamaru 075-009 އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. وَجُمِعَ ا‍لشَّمْسُ وَا‍لْقَمَرُ
Yaqūlu Al-'Insānu Yawma'idhin 'Ayna Al-Mafarru 075-010 އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ يَق‍‍ُ‍و‍لُ ا‍لإِن‍س‍‍َ‍ا‍نُ يَوْمَئِذٍ أَيْنَ ا‍لْمَفَرُّ
Kallā Lā Wazara 075-011 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ. كَلاَّ لاَ وَزَرَ
'Ilá Rabbika Yawma'idhin Al-Mustaqarru 075-012 އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ. إِلَى رَبِّكَ يَوْمَئِذ‍ٍ ا‍لْمُسْتَقَرُّ
Yunabba'u Al-'Insānu Yawma'idhin Bimā Qaddama Wa 'Akhkhara 075-013 އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ. يُنَبَّأُ ا‍لإِن‍س‍‍َ‍ا‍نُ يَوْمَئِذ‍ٍ بِمَا قَدَّمَ وَأَخَّرَ
Bali Al-'Insānu `Alá Nafsihi Başīrahun 075-014 އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ. بَلِ ا‍لإِن‍س‍‍َ‍ا‍نُ عَلَى نَفْسِهِ بَصِيرَة‍‍‍ٌ
Wa Law 'Alqá Ma`ādhīrahu 075-015 އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ. وَلَوْ أَلْقَى مَعَاذِيرَهُ
Lā Tuĥarrik Bihi Lisānaka Lita`jala Bihi 075-016 އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ! لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
'Inna `Alaynā Jam`ahu Wa Qur'ānahu 075-017 ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ. إِ‍نّ‍‍َ عَلَيْنَا جَمْعَهُ وَقُرْآنَهُ
Fa'idhā Qara'nāhu Fa Attabi` Qur'ānahu 075-018 ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނުމެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ! فَإِذَا قَرَأْن‍‍َ‍ا‍هُ فَاتَّبِعْ قُرْآنَهُ
Thumma 'Inna `Alaynā Bayānahu 075-019 ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ عَلَيْنَا بَيَانَهُ
Kallā Bal Tuĥibbūna Al-`Ājilaha 075-020 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ. كَلاَّ بَلْ تُحِبّ‍‍ُ‍و‍نَ ا‍لْعَاجِلَةَ
Wa Tadharūna Al-'Ākhiraha 075-021 އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ. وَتَذَر‍ُو‍نَ ا‍لآخِرَةَ
Wujūhun Yawma'idhin Nāđirahun 075-022 އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. وُج‍‍ُ‍و‍ه‍‍‍ٌ يَوْمَئِذ‍ٍ نَاضِرَة‍‍‍ٌ
'Ilá Rabbihā Nāžirahun 075-023 އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ. إِلَى رَبِّهَا نَاظِرَة‍‍‍ٌ
Wa Wujūhun Yawma'idhin Bāsirahun 075-024 އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ. وَوُج‍‍ُ‍و‍ه‍‍‍ٌ يَوْمَئِذ‍ٍ بَاسِرَة‍‍‍ٌ
Tažunnu 'An Yuf`ala Bihā Fāqirahun 075-025 މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ. تَظُ‍‍ن‍ّ‍‍ُ أَ‍ن‍ْ يُفْعَلَ بِهَا فَاقِرَة‍‍‍ٌ
Kallā 'Idhā Balaghati At-Tarāqī 075-026 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ. كَلاَّ إِذَا بَلَغَتِ ا‍لتَّرَاقِي
Wa Qīla Man Rāqin 075-027 އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟ وَق‍‍ِ‍ي‍لَ مَ‍‍ن‍ْ ر‍َا‍ق‍‍ٍ
Wa Žanna 'Annahu Al-Firāqu 075-028 އަދި އެއީ ވަކިވުން ކަމުގައި يقين ކޮށްފި ހިނދެވެ. وَظَ‍‍ن‍ّ‍‍َ أَ‍نّ‍‍َهُ ا‍لْفِر‍َا‍ق‍ُ
Wa At-Taffati As-Sāqu Bis-Sāqi 075-029 އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ. وَالْتَفَّتِ ا‍لسّ‍‍َ‍ا‍قُ بِ‍‍ا‍لسّ‍‍َ‍ا‍ق‍ِ
'Ilá Rabbika Yawma'idhin Al-Masāqu 075-030 އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ. إِلَى رَبِّكَ يَوْمَئِذ‍ٍ ا‍لْمَس‍‍َ‍ا‍ق‍ُ
Falā Şaddaqa Wa Lā Şallá 075-031 ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ. فَلاَ صَدَّقَ وَلاَ صَلَّى
Wa Lakin Kadhdhaba Wa Tawallá 075-032 އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ. وَلَكِ‍‍ن‍ْ كَذَّبَ وَتَوَلَّى
Thumma Dhahaba 'Ilá 'Ahlihi Yatamaţţá 075-033 ދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ. ثُ‍‍م‍ّ‍‍َ ذَهَبَ إِلَى أَهْلِهِ يَتَمَطَّى
'Awlá Laka Fa'awlá 075-034 ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ. أَوْلَى لَكَ فَأَوْلَى
Thumma 'Awlá Laka Fa'awlá 075-035 ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ. ثُ‍‍م‍ّ‍‍َ أَوْلَى لَكَ فَأَوْلَى
'Ayaĥsabu Al-'Insānu 'An Yutraka Sudáan 075-036 ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟ أَيَحْسَبُ ا‍لإِن‍س‍‍َ‍ا‍نُ أَ‍ن‍ْ يُتْرَكَ سُ‍‍دى‍ً
'Alam Yaku Nuţfatan Min Manīyin Yumná 075-037 އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ أَلَمْ يَكُ نُ‍‍ط‍‍ْفَة‍‍‍ً مِ‍‍ن‍ْ مَنِيّ‍‍‍ٍ يُمْنَى
Thumma Kāna `Alaqatan Fakhalaqa Fasawwá 075-038 ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ثُ‍‍م‍ّ‍‍َ ك‍‍َ‍ا‍نَ عَلَقَة‍‍‍ً فَخَلَقَ فَسَوَّى
Faja`ala Minhu Az-Zawjayni Adh-Dhakara Wa Al-'Unthá 075-039 ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ. فَجَعَلَ مِنْهُ ا‍لزَّوْجَيْنِ ا‍لذَّكَرَ وَا‍لأُن‍ثَى
'Alaysa Dhālika Biqādirin `Alá 'An Yuĥyiya Al-Mawtá 075-040 އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَ‍ن‍ْ يُحْيِيَ ا‍لْمَوْتَى
Next Sūrah