71) Sūrat Nūĥ

Printed format

71) سُورَة نُوح

'Innā 'Arsalnā Nūĥāan 'Ilá Qawmihi 'An 'Andhir Qawmaka Min Qabli 'An Ya'tiyahum `Adhābun 'Alīmun 071-001 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْنَا نُوحا‍ً إِلَى قَوْمِهِ أَنْ أَن‍ذِرْ قَوْمَكَ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ يَأْتِيَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Qāla Yā Qawmi 'Innī Lakum Nadhīrun Mubīnun 071-002 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ. ق‍َا‍لَ يَاقَوْمِ إِ‍نّ‍‍ِي لَكُمْ نَذ‍ِي‍ر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
'Ani A`budū Al-Laha Wa Attaqūhu Wa 'Aţī`ūni 071-003 (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދިތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! أَنِ ا‍عْبُدُوا‍ ا‍للَّهَ وَا‍تَّق‍‍ُ‍و‍هُ وَأَطِيع‍‍ُ‍و‍نِ
Yaghfir Lakum Min Dhunūbikum Wa Yu'uakhkhirkum 'Ilá 'Ajalin Musammáan 'Inna 'Ajala Al-Lahi 'Idhā Jā'a Lā Yu'uakhkharu Law Kuntum Ta`lamūna 071-004 (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ. يَغْفِرْ لَكُ‍‍م‍ْ مِ‍‍ن‍ْ ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَى أَجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍‍ً‍ا‍إِ‍نّ‍‍َ أَجَلَ ا‍للَّهِ إِذَا ج‍‍َ‍ا‍ءَ لاَ يُؤَخَّرُ لَوْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Qāla Rabbi 'Innī Da`awtu Qawmī Laylāan Wa Nahārāan 071-005 އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ق‍َا‍لَ رَبِّ إِ‍نّ‍‍ِي دَعَوْتُ قَوْمِي لَيْلا‍ً وَنَهَارا‍ً
Falam Yazid/hum Du`ā'ī 'Illā Firārāan 071-006 ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) فَلَمْ يَزِ‍د‍‍ْهُمْ دُع‍‍َ‍ا‍ئ‍‍ِ‍‍ي إِلاَّ فِرَارا‍ً
Wa 'Innī Kullamā Da`awtuhum Litaghfira Lahum Ja`alū 'Aşābi`ahum Fī 'Ādhānihim Wa Astaghshaw Thiyābahum Wa 'Aşarrū Wa Astakbarū Astikbārāan 071-007 އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައިއަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. وَإِ‍نّ‍‍ِي كُلَّمَا دَعَوْتُهُمْ لِتَغْفِ‍‍ر‍َ لَهُمْ جَعَلُ‍‍و‍‍ا‍ أَصَابِعَهُمْ فِ‍‍ي آذَانِهِمْ وَا‍سْتَغْشَوْا ثِيَابَهُمْ وَأَصَرُّوا‍ وَا‍سْتَكْبَرُوا‍ ا‍سْتِكْبَارا‍ً
Thumma 'Innī Da`awtuhum Jihārāan 071-008 ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍ِي دَعَوْتُهُمْ جِهَارا‍ً
Thumma 'Innī 'A`lantu Lahum Wa 'Asrartu Lahum 'Isrārāan 071-009 ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍ِ‍‍ي‍ أَعْلَ‍‍ن‍تُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارا‍ً
Faqultu Astaghfirū Rabbakum 'Innahu Kāna Ghaffārāan 071-010 ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. فَقُلْتُ ا‍سْتَغْفِرُوا‍ رَبَّكُمْ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ غَفَّارا‍ً
Yursili As-Samā'a `Alaykum Midrārāan 071-011 (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. يُرْسِلِ ا‍لسَّم‍‍َ‍ا‍ءَ عَلَيْكُ‍‍م‍ْ مِ‍‍د‍‍ْرَارا‍ً
Wa Yumdidkum Bi'amwālin Wa Banīna Wa Yaj`al Lakum Jannātin Wa Yaj`al Lakum 'Anhārāan 071-012 އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. وَيُمْدِ‍د‍‍ْكُ‍‍م‍ْ بِأَمْو‍َا‍ل‍‍‍ٍ وَبَن‍‍ِ‍ي‍نَ وَيَ‍‍ج‍‍ْعَ‍‍ل‍ْ لَكُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ وَيَ‍‍ج‍‍ْعَ‍‍ل‍ْ لَكُمْ أَنْهَارا‍ً
Mā Lakum Lā Tarjūna Lillahi Waqārāan 071-013 ތިޔަބައިމީހުން اللَّه ގެ عظمة ތެރިކަމަށް اعتقاد ނުކުރަނީކީއްވެގެންހެއްޔެވެ؟ مَا لَكُمْ لاَ تَرْج‍‍ُ‍و‍نَ لِلَّهِ وَقَارا‍ً
Wa Qad Khalaqakum 'Aţwārāan 071-014 ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلة ތަކަކުންނެވެ. وَقَ‍‍د‍ْ خَلَقَكُمْ أَ‍ط‍‍ْوَارا‍ً
'Alam Taraw Kayfa Khalaqa Al-Lahu Sab`a Samāwātin Ţibāqāan 071-015 މަތިމައްޗަށް اللَّه، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟ أَلَمْ تَرَوْا كَيْفَ خَلَقَ ا‍للَّهُ سَ‍‍ب‍‍ْعَ سَمَاو‍َا‍ت‍‍‍ٍ طِبَاقا‍ً
Wa Ja`ala Al-Qamara Fīhinna Nūrāan Wa Ja`ala Ash-Shamsa Sirājāan 071-016 އަދި އެކަލާނގެ އެ އުޑުތަކުގައި ހަނދު نور އެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ. وَجَعَلَ ا‍لْقَمَرَ فِيهِ‍‍ن‍ّ‍‍َ نُورا‍ً وَجَعَلَ ا‍لشَّمْسَ سِرَاجا‍ً
Wa Allāhu 'Anbatakum Mina Al-'Arđi Nabātāan 071-017 އަދި اللَّه، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ. وَاللَّهُ أَ‍ن‍‍ْبَتَكُ‍‍م‍ْ مِنَ ا‍لأَرْضِ نَبَاتا‍ً
Thumma Yu`īdukum Fīhā Wa Yukhrijukum 'Ikhrājāan 071-018 ދެން އެކަލާނގެ ތިޔަބައިމީހުން އެ ބިމަށް إعادة ކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ. ثُ‍‍م‍ّ‍‍َ يُعِيدُكُمْ فِيهَا وَيُخْ‍‍ر‍‍ِجُكُمْ إِخْرَاجا‍ً
Wa Allāhu Ja`ala Lakumu Al-'Arđa Bisāţāan 071-019 އަދި اللَّه، ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑުލެއްވިއެވެ. وَاللَّهُ جَعَلَ لَكُمُ ا‍لأَرْضَ بِسَاطا‍ً
Litaslukū Minhā Subulāan Fijājāan 071-020 (އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށްޓަކައެވެ. لِتَسْلُكُو‍‍ا‍ مِنْهَا سُبُلا‍ً فِجَاجا‍ً
Qāla Nūĥun Rabbi 'Innahum `Aşawnī Wa Attaba`ū Man Lam Yazid/hu Māluhu Wa Waladuhu 'Illā Khasārāan 071-021 نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެއުރެން މިއަޅާޔަށް އުރެދިއްޖައޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން تبع ވެއްޖައޫއެވެ. ق‍َا‍لَ ن‍‍ُ‍و‍ح‍‍‍ٌ رَبِّ إِ‍نّ‍‍َهُمْ عَصَوْنِي وَا‍تَّبَعُو‍‍ا‍ مَ‍‍ن‍ْ لَمْ يَزِ‍د‍‍ْهُ مَالُهُ وَوَلَدُهُ إِلاَّ خَسَارا‍ً
Wa Makarū Makrāan Kubbārāan 071-022 އަދި އެއުރެން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއްރޭވޫއެވެ. وَمَكَرُوا‍ مَكْرا‍ً كُبَّارا‍ً
Wa Qālū Lā Tadharunna 'Ālihatakum Wa Lā Tadharunna Waddāan Wa Lā Suwā`āan Wa Lā Yaghūtha Wa Ya`ūqa Wa Nasrāan 071-023 އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! وَقَالُو‍‍ا‍ لاَ تَذَرُ‍نّ‍‍َ آلِهَتَكُمْ وَلاَ تَذَرُ‍نّ‍‍َ وَدّا‍ً وَلاَ سُوَاعا‍ً وَلاَ يَغ‍‍ُ‍و‍ثَ وَيَع‍‍ُ‍و‍قَ وَنَسْرا‍ً
Wa Qad 'Ađallū Kathīrāan Wa Lā Tazidi Až-Žālimīna 'Illā Đalālāan 071-024 އަދި ހަމަކަށަވަރުން، އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ! وَقَ‍‍د‍ْ أَضَلُّو‍‍ا‍ كَثِيرا‍ً وَلاَ تَزِدِ ا‍لظَّالِم‍‍ِ‍ي‍نَ إِلاَّ ضَلاَلا‍ً
Mimmā Khī'ātihim 'Ughriqū Fa'udkhilū Nārāan Falam Yajidū Lahum Min Dūni Al-Lahi 'Anşārāan 071-025 އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرق ކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّه ފިޔަވައި نصر ދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ. مِ‍‍م‍ّ‍‍َا خَط‍‍ِ‍ي‍ئ‍‍َ‍اتِهِمْ أُغْ‍‍ر‍‍ِقُو‍‍ا‍ فَأُ‍د‍‍ْخِلُو‍‍ا‍ نَارا‍ً فَلَمْ يَجِدُوا‍ لَهُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ أَ‍ن‍‍ْصَارا‍ً
Wa Qāla Nūĥun Rabbi Lā Tadhar `Alá Al-'Arđi Mina Al-Kāfirīna Dayyārāan 071-026 އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ! وَق‍‍َ‍ا‍لَ ن‍‍ُ‍و‍ح‍‍‍ٌ رَبِّ لاَ تَذَرْ عَلَى ا‍لأَرْضِ مِنَ ا‍لْكَافِ‍‍ر‍‍ِي‍نَ دَيَّارا‍ً
'Innaka 'In Tadharhum Yuđillū `Ibādaka Wa Lā Yalidū 'Illā Fājirāan Kaffārāan 071-027 ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ. إِ‍نّ‍‍َكَ إِ‍ن‍ْ تَذَرْهُمْ يُضِلُّو‍‍ا‍ عِبَادَكَ وَلاَ يَلِدُو‍ا‍ إِلاَّ فَاجِرا‍ً كَفَّارا‍ً
Rabbi Aghfir Lī Wa Liwālidayya Wa Liman Dakhala Baytiya Mu'umināan Wa Lilmu'uminīna Wa Al-Mu'umināti Wa Lā Tazidi Až-Žālimīna 'Illā Tabārāan 071-028 އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ! رَبِّ ا‍غْفِرْ لِي وَلِوَالِدَيَّ وَلِمَ‍‍ن‍ْ دَخَلَ بَيْتِيَ مُؤْمِنا‍ً وَلِلْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ وَلاَ تَزِدِ ا‍لظَّالِم‍‍ِ‍ي‍نَ إِلاَّ تَبَارا‍ً
Next Sūrah