64) Sūrat At-Taghābun

Printed format

64) سُورَة التَّغَابُن

Yusabbiĥu Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Lahu Al-Mulku Wa Lahu Al-Ĥamdu Wa Huwa `Alá Kulli Shay'in Qadīrun 064-001 އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه އަށް تسبيح ކިޔަތެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި حمد ހުރީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. يُسَبِّحُ لِلَّهِ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ لَهُ ا‍لْمُلْكُ وَلَهُ ا‍لْحَمْدُ وَهُوَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Huwa Al-Ladhī Khalaqakum Faminkum Kāfirun Wa Minkum Mu'uminun Wa Allāhu Bimā Ta`malūna Başīrun 064-002 އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافر ން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمن ންވެސް ވެއެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. هُوَ ا‍لَّذِي خَلَقَكُمْ فَمِ‍‍ن‍‍ْكُمْ كَافِر‍ٌ وَمِ‍‍ن‍‍ْكُ‍‍م‍ْ مُؤْمِن‍‍‍ٌ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Khalaqa As-Samāwāti Wa Al-'Arđa Bil-Ĥaqqi Wa Şawwarakum Fa'aĥsana Şuwarakum Wa 'Ilayhi Al-Maşīru 064-003 އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އަދި ތިޔަބައިމީހުން صورة ކުރައްވައި، ދެން ތިޔަބައިމީހުންގެ صورة ތައް ރިވެތިކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ، އެކަލާނގެ حضرة އަށެވެ. خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِ‍‍ا‍لْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَإِلَيْهِ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Ya`lamu Mā Fī As-Samāwāti Wa Al-'Arđi Wa Ya`lamu Mā Tusirrūna Wa Mā Tu`linūna Wa Allāhu `Alīmun Bidhāti Aş-Şudūri 064-004 އުޑުތަކާއި، ބިމުގައިވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި اللَّه އީ، ހިތްތަކުގައިވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. يَعْلَمُ مَا فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَيَعْلَمُ مَا تُسِرّ‍ُو‍نَ وَمَا تُعْلِن‍‍ُ‍و‍نَ وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
'Alam Ya'tikum Naba'u Al-Ladhīna Kafarū Min Qablu Fadhāqū Wabāla 'Amrihim Wa Lahum `Adhābun 'Alīmun 064-005 މީގެކުރިންكافر ވިމީހުންގެ خبر، ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ ފަހެ، އެއުރެންކުޅަ ކަންތަކުގެ ނުބައި ނަތީޖާގެ ރަހަ، އެއުރެން ލިބިގަތޫއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. أَلَمْ يَأْتِكُمْ نَبَأُ ا‍لَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَذَاقُو‍‍ا‍ وَب‍‍َ‍ا‍لَ أَمْ‍‍ر‍‍ِهِمْ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Dhālika Bi'annahu Kānat Ta'tīhim Rusuluhum Bil-Bayyināti Faqālū 'Abasharun Yahdūnanā Fakafarū Wa Tawallaw Wa Astaghná Al-Lahu Wa Allāhu Ghanīyun Ĥamīdun 064-006 އެއީ އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ، ތިމަންމެންނަށް ތެދުމަގު ދައްކަނީ، آدم ގެދަރިންތަކެއް ހެއްޔޭ، އެއުރެން ބުނެ، އެއުރެން كافر ވެ، ފުރަގަސްދިނީތީއެވެ. އަދި اللَّه ފުދިވޮޑިގެންވެއެވެ. اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ذَلِكَ بِأَ‍نّ‍‍َهُ كَانَ‍‍ت‍ْ تَأْتِيهِمْ رُسُلُهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَقَالُ‍‍و‍‍ا‍ أَبَشَر‍ٌ يَهْدُونَنَا فَكَفَرُوا‍ وَتَوَلَّوْا وَا‍سْتَغْنَى ا‍للَّهُ وَا‍للَّهُ غَنِيٌّ حَم‍‍ِ‍ي‍‍د‍ٌ
Za`ama Al-Ladhīna Kafarū 'An Lan Yub`athū Qul Balá Wa Rabbī Latub`athunna Thumma Latunabba'uunna Bimā `Amiltum Wa Dhalika `Alá Al-Lahi Yasīrun 064-007 كافر ވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ. زَعَمَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍ن‍ْ لَ‍‍ن‍ْ يُ‍‍ب‍‍ْعَثُو‍‍ا‍ قُلْ بَلَى وَرَبِّي لَتُ‍‍ب‍‍ْعَثُ‍‍ن‍ّ‍‍َ ثُ‍‍م‍ّ‍‍َ لَتُنَبَّؤُ‍نّ‍‍َ بِمَا عَمِلْتُمْ وَذَلِكَ عَلَى ا‍للَّهِ يَس‍‍ِ‍ي‍ر‍ٌ
Fa'āminū Bil-Lahi Wa Rasūlihi Wa An-Nūri Al-Ladhī 'Anzalnā Wa Allāhu Bimā Ta`malūna Khabīrun 064-008 ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި نور އަށް(އެބަހީ: قرآن އަށް) إيمان ވާށެވެ! اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَآمِنُو‍‍ا‍ بِ‍‍ا‍للَّهِ وَرَسُولِهِ وَا‍ل‍‍ن‍ّ‍‍ُ‍و‍ر‍ِ ا‍لَّذِي أَن‍زَلْنَا وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ خَب‍‍ِ‍ي‍ر‍ٌ
Yawma Yajma`ukum Liyawmi Al-Jam`i Dhālika Yawmu At-Taghābuni Wa Man Yu'umin Bil-Lahi Wa Ya`mal Şāliĥāan Yukaffir `Anhu Sayyi'ātihi Wa Yudkhilhu Jannātin Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā 'Abadāan Dhālika Al-Fawzu Al-`Ažīmu 064-009 އެއްކުރެއްވުމުގެ ދުވަހަށް، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ تغابن ގެ ދުވަހެވެ. (އެބަހީ: قيامة ދުވަހެވެ.) اللَّه އަށް إيمان ވެ، صالح عمل ކުރާ މީހާޔަށް އޭނާގެ ކުށްތައް އެކަލާނގެ އޭނާގެ ކިބައިން ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. يَوْمَ يَ‍‍ج‍‍ْمَعُكُمْ لِيَوْمِ ا‍لْجَمْعِ ذَلِكَ يَوْمُ ا‍لتَّغَابُنِ وَمَ‍‍ن‍ْ يُؤْمِ‍‍ن‍ْ بِ‍‍ا‍للَّهِ وَيَعْمَلْ صَالِحا‍ً يُكَفِّرْ عَنْهُ سَيِّئ‍‍َ‍اتِهِ وَيُ‍‍د‍‍ْخِلْهُ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَ‍‍ا‍ أَبَدا‍ً ذَلِكَ ا‍لْفَوْزُ ا‍لْعَظ‍‍ِ‍ي‍مُ
Wa Al-Ladhīna Kafarū Wa Kadhdhabū Bi'āyātinā 'Ūlā'ika 'Aşĥābu An-Nāri Khālidīna Fīhā Wa Bi'sa Al-Maşīru 064-010 އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. وَالَّذ‍ِي‍نَ كَفَرُوا‍ وَكَذَّبُو‍‍ا‍ بِآيَاتِنَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ خَالِد‍ِي‍نَ فِيهَا وَبِئْسَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Mā 'Aşāba Min Muşībatin 'Illā Bi'idhni Al-Lahi Wa Man Yu'umin Bil-Lahi Yahdi Qalbahu Wa Allāhu Bikulli Shay'in `Alīmun 064-011 اللَّه ގެ إذن ފުޅަށްމެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. مَ‍‍ا‍ أَص‍‍َ‍ا‍بَ مِ‍‍ن‍ْ مُصِيبَة‍‍‍ٍ إِلاَّ بِإِذْنِ ا‍للَّهِ وَمَ‍‍ن‍ْ يُؤْمِ‍‍ن‍ْ بِ‍‍ا‍للَّهِ يَهْدِ قَلْبَهُ وَا‍للَّهُ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Wa 'Aţī`ū Al-Laha Wa 'Aţī`ū Ar-Rasūla Fa'in Tawallaytum Fa'innamā `Alá Rasūlinā Al-Balāghu Al-Mubīnu 064-012 ތިޔަބައިމީހުން اللَّهއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ، ފަހެ، ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮތްކަން ކަށަވަރީ، بيان ވެގެންވާ އިއްވެވުމެވެ. وَأَطِيعُو‍‍ا‍ ا‍للَّهَ وَأَطِيعُو‍‍ا‍ ا‍لرَّس‍‍ُ‍و‍لَ فَإِ‍ن‍ْ تَوَلَّيْتُمْ فَإِ‍نّ‍‍َمَا عَلَى رَسُولِنَا ا‍لْبَلاَغُ ا‍لْمُب‍‍ِ‍ي‍نُ
Al-Lahu Lā 'Ilāha 'Illā Huwa Wa `Alá Al-Lahi Falyatawakkali Al-Mu'uminūna 064-013 اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ފަހެ، مؤمن ތަކުން، ހަމައެކަނި اللَّه އަށް وكيل ކުރާ ހުށިކަމެވެ! ا‍للَّهُ لاَ إِلَهَ إِلاَّ هُوَ وَعَلَى ا‍للَّهِ فَلْيَتَوَكَّلِ ا‍لْمُؤْمِن‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Inna Min 'Azwājikum Wa 'Awlādikum `Adūwāan Lakum Fāĥdharūhum Wa 'In Ta`fū Wa Taşfaĥū Wa Taghfirū Fa'inna Al-Laha Ghafūrun Raĥīmun 064-014 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوة ތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفو ކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެެއެވެ. ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍نّ‍‍َ مِنْ أَزْوَاجِكُمْ وَأَوْلاَدِكُمْ عَدُوّا‍ً لَكُمْ فَاحْذَرُوهُمْ وَإِ‍ن‍ْ تَعْفُو‍‍ا‍ وَتَصْفَحُو‍‍ا‍ وَتَغْفِرُوا‍ فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Innamā 'Amwālukum Wa 'Awlādukum Fitnatun Wa Allāhu `Indahu 'Ajrun `Ažīmun 064-015 ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ حضرة ގައެވެ. إِ‍نّ‍‍َمَ‍‍ا‍ أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَة‍‍‍ٌ وَا‍للَّهُ عِ‍‍ن‍‍ْدَهُ أَ‍ج‍‍ْرٌ عَظ‍‍ِ‍ي‍م‍‍‍ٌ
Fāttaqū Al-Laha Mā Astaţa`tum Wa Asma`ū Wa 'Aţī`ū Wa 'Anfiqū Khayrāan Li'nfusikum Wa Man Yūqa Shuĥĥa Nafsihi Fa'ūlā'ika Humu Al-Mufliĥūna 064-016 ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ. فَاتَّقُو‍‍ا‍ ا‍للَّهَ مَا ا‍سْتَطَعْتُمْ وَا‍سْمَعُو‍‍ا‍ وَأَطِيعُو‍‍ا‍ وَأَن‍فِقُو‍‍ا‍ خَيْرا‍ً لِأ‍ن‍‍ْفُسِكُمْ وَمَ‍‍ن‍ْ ي‍‍ُ‍و‍قَ شُحَّ نَفْسِهِ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُفْلِح‍‍ُ‍و‍نَ
'In Tuqriđū Al-Laha Qarđāan Ĥasanāan Yuđā`ifhu Lakum Wa Yaghfir Lakum Wa Allāhu Shakūrun Ĥalīmun 064-017 ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާނަމަ) އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އެތަކެތި ގިނަގުނަކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން شكر قبول ކުރައްވާ، حليم ވަންތަ ރަސްކަލާނގެއެވެ. إِ‍ن‍ْ تُ‍‍ق‍‍ْ‍‍ر‍‍ِضُو‍‍ا‍ ا‍للَّهَ قَرْضاً حَسَنا‍ً يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ وَا‍للَّهُ شَك‍‍ُ‍و‍رٌ حَل‍‍ِ‍ي‍م‍‍‍ٌ
`Ālimu Al-Ghaybi Wa Ash-Shahādati Al-`Azīzu Al-Ĥakīmu 064-018 (އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. عَالِمُ ا‍لْغَيْبِ وَا‍لشَّهَادَةِ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Next Sūrah