61) Sūrat Aş-Şaf

Printed format

61) سُورَة الصَّف

Sabbaĥa Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa Huwa Al-`Azīzu Al-Ĥakīmu 061-001 އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه އަށް تسبيح ކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيز ވަންތަަ، حكيم ވަންތަ ރަސްކަލާނގެއެވެ. سَبَّحَ لِلَّهِ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَهُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Yā 'Ayyuhā Al-Ladhīna 'Āamanū Lima Taqūlūna Mā Lā Taf`alūna 061-002 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آَمَنُو‍‍ا‍ لِمَ تَقُول‍‍ُ‍و‍نَ مَا لاَ تَفْعَل‍‍ُ‍و‍نَ
Kabura Maqtāan `Inda Al-Lahi 'An Taqūlū Mā Lā Taf`alūna 061-003 ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ. كَبُرَ مَ‍‍ق‍‍ْتاً عِ‍‍ن‍‍ْدَ ا‍للَّهِ أَ‍ن‍ْ تَقُولُو‍‍ا‍ مَا لاَ تَفْعَل‍‍ُ‍و‍نَ
'Inna Al-Laha Yuĥibbu Al-Ladhīna Yuqātilūna Fī Sabīlihi Şaffāan Ka'annahum Bunyānun Marşūşun 061-004 ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ. إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لَّذ‍ِي‍نَ يُقَاتِل‍‍ُ‍و‍نَ فِي سَبِيلِهِ صَفّا‍ً كَأَ‍نّ‍‍َهُ‍‍م‍ْ بُ‍‍ن‍ي‍‍َ‍ا‍ن‍‍‍ٌ مَرْص‍‍ُ‍و‍ص‍‍‍ٌ
Wa 'Idh Qāla Mūsá Liqawmihi Yā Qawmi Lima Tu'udhūnanī Wa Qad Ta`lamūna 'Annī Rasūlu Al-Lahi 'Ilaykum Falammā Zāghū 'Azāgha Al-Lahu Qulūbahum Wa Allāhu Lā Yahdī Al-Qawma Al-Fāsiqīna 061-005 އަދި موسى ގެފާނު އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާކަން ތިޔަބައިމީހުން ދެނެތިބި حال ގައެވެ. ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. وَإِذْ ق‍‍َ‍ا‍لَ مُوسَى لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَ‍‍د‍ْ تَعْلَم‍‍ُ‍و‍نَ أَ‍نّ‍‍ِي رَس‍‍ُ‍و‍لُ ا‍للَّهِ إِلَيْكُمْ فَلَ‍‍م‍ّ‍‍َا زَاغُ‍‍و‍‍ا‍ أَز‍َا‍غَ ا‍للَّهُ قُلُوبَهُمْ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لْفَاسِق‍‍ِ‍ي‍نَ
Wa 'Idh Qāla `Īsá Abnu Maryama Yā Banī 'Isrā'īla 'Innī Rasūlu Al-Lahi 'Ilaykum Muşaddiqāan Limā Bayna Yadayya Mina At-Tawrāati Wa Mubashshirāan Birasūlin Ya'tī Min Ba`dī Asmuhu 'Aĥmadu Falammā Jā'ahum Bil-Bayyināti Qālū Hādhā Siĥrun Mubīnun 061-006 އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراة ގެ حكم ތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمد އެވެ ނަމަކަށް ކިއުނު رسول އަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ. وَإِذْ ق‍‍َ‍ا‍لَ عِيسَى ا‍ب‍‍ْنُ مَرْيَمَ يَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ إِ‍نّ‍‍ِي رَس‍‍ُ‍و‍لُ ا‍للَّهِ إِلَيْكُ‍‍م‍ْ مُصَدِّقا‍ً لِمَا بَيْنَ يَدَيَّ مِنَ ا‍لتَّوْر‍َا‍ةِ وَمُبَشِّرا‍ً بِرَس‍‍ُ‍و‍ل‍‍‍ٍ يَأْتِي مِ‍‍ن‍ْ بَعْدِي ا‍سْمُهُ أَحْمَدُ فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ قَالُو‍‍ا‍ هَذَا سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Man 'Ažlamu Mimmani Aftará `Alá Al-Lahi Al-Kadhiba Wa Huwa Yud`á 'Ilá Al-'Islāmi Wa Allāhu Lā Yahdī Al-Qawma Až-Žālimīna 061-007 އެމީހަކަށް إسلام دين އަށް ގޮވައިލައްވާ حال،اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ ا‍لْكَذِبَ وَهُوَ يُ‍‍د‍‍ْعَى إِلَى ا‍لإِسْلاَمِ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لظَّالِم‍‍ِ‍ي‍نَ
Yurīdūna Liyuţfi'ū Nūra Al-Lahi Bi'afwāhihim Wa Allāhu Mutimmu Nūrihi Wa Law Kariha Al-Kāfirūna 061-008 އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ. يُ‍‍ر‍‍ِيد‍ُو‍نَ لِيُ‍‍ط‍‍ْفِئ‍‍ُ‍وا ن‍‍ُ‍و‍رَ ا‍للَّهِ بِأَفْوَاهِهِمْ وَا‍للَّهُ مُتِ‍‍م‍ّ‍‍ُ نُو‍ر‍‍ِهِ وَلَوْ كَ‍‍ر‍‍ِهَ ا‍لْكَافِر‍ُو‍نَ
Huwa Al-Ladhī 'Arsala Rasūlahu Bil-Hudá Wa Dīni Al-Ĥaqqi Liyužhirahu `Alá Ad-Dīni Kullihi Wa Law Kariha Al-Mushrikūna 061-009 އެކަލާނގެއީ، ތެދުމަގާއި، حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دين ތަކުގެ މައްޗަށް އެ دين މަތިވެރި ކުރެއްވުމަށެވެ. مشرك ން ނުރުހުނުކަމުގައި ވިޔަސްމެއެވެ. هُوَ ا‍لَّذِي أَرْسَلَ رَسُولَهُ بِ‍‍ا‍لْهُدَى وَد‍ِي‍نِ ا‍لْحَقِّ لِيُظْهِرَهُ عَلَى ا‍لدّ‍ِي‍نِ كُلِّهِ وَلَوْ كَ‍‍ر‍‍ِهَ ا‍لْمُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āamanū Hal 'Adullukum `Alá Tijāratin Tunjīkum Min `Adhābin 'Alīmin 061-010 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آَمَنُو‍‍ا‍ هَلْ أَدُلُّكُمْ عَلَى تِجَارَة‍‍‍ٍ تُ‍‍ن‍جِيكُ‍‍م‍ْ مِنْ عَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
Tu'uminūna Bil-Lahi Wa Rasūlihi Wa Tujāhidūna Fī Sabīli Al-Lahi Bi'amwālikum Wa 'Anfusikum Dhālikum Khayrun Lakum 'In Kuntum Ta`lamūna 061-011 (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ. تُؤْمِن‍‍ُ‍و‍نَ بِ‍‍ا‍للَّهِ وَرَسُولِهِ وَتُجَاهِد‍ُو‍نَ فِي سَب‍‍ِ‍ي‍لِ ا‍للَّهِ بِأَمْوَالِكُمْ وَأَن‍فُسِكُمْ ذَلِكُمْ خَيْر‍ٌ لَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Yaghfir Lakum Dhunūbakum Wa Yudkhilkum Jannātin Tajrī Min Taĥtihā Al-'Anhāru Wa Masākina Ţayyibatan Fī Jannāti `Adnin Dhālika Al-Fawzu Al-`Ažīmu 061-012 އޭރުން އެކަލާނގެ ތިޔަބައިމީހުންނަށްތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. يَغْفِرْ لَكُمْ ذُنُوبَكُمْ وَيُ‍‍د‍‍ْخِلْكُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ وَمَسَاكِنَ طَيِّبَة‍‍‍ً فِي جَ‍‍ن‍ّ‍‍َ‍ا‍تِ عَ‍‍د‍‍ْن‍‍‍ٍ ذَلِكَ ا‍لْفَوْزُ ا‍لْعَظ‍‍ِ‍ي‍مُ
Wa 'Ukhrá Tuĥibbūnahā Naşrun Mina Al-Lahi Wa Fatĥun Qarībun Wa Bashshiri Al-Mu'uminīna 061-013 އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން نعمة އެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) اللَّه ގެ حضرة ން ދެއްވާ نصر އަކާއި، އަދި ގާތްވެގެންވާ فتح އެކެވެ. އަދި ކަލޭގެފާނު مؤمن ތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ! وَأُخْرَى تُحِبُّونَهَا نَصْر‍ٌ مِنَ ا‍للَّهِ وَفَتْح‍‍‍ٌ قَ‍‍ر‍‍ِي‍ب‍‍‍ٌ وَبَشِّرِ ا‍لْمُؤْمِن‍‍ِ‍ي‍نَ
Yā 'Ayyuhā Al-Ladhīna 'Āamanū Kūnw 'Anşāra Al-Lahi Kamā Qāla `Īsá Abnu Maryama Lilĥawārīyīna Man 'Anşārī 'Ilá Al-Lahi Qāla Al-Ĥawārīyūna Naĥnu 'Anşāru Al-Lahi Fa'āamanat Ţā'ifatun Min Banī 'Isrā'īla Wa Kafarat Ţā'ifatun Fa'ayyad Al-Ladhīna 'Āamanū `Alá `Adūwihim Fa'aşbaĥū Žāhirīna 061-014 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް نصر ދޭ ބަޔަކު ކަމުގައިވާށެވެ! مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު، حوارى ންނަށް ވިދާޅުވި ފަދައިންނެވެ. اللَّه އަށްޓަކައި ތިމަންކަލޭގެފާނަށް نصر ދޭނީ ކޮންބަޔެއްހެއްޔެވެ؟ حوارى ން ދެންނެވޫއެވެ. ތިމަންމެންނީ، اللَّه އަށް نصر ދޭ މީހުންނެވެ. ދެން إسـرآءيـل ގެދަރިންކުރެ جماعة އެއް إيمان ވޫއެވެ. އަދި އަނެއް جماعة އެއް كافر ވޫއެވެ. ފަހެ، إيمان ވި މީހުންނަށް އެއުރެންގެ عدوّ ންގެ މައްޗަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވީމެވެ.ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ. ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آَمَنُو‍‍ا‍ كُون‍وا أَن‍ص‍‍َ‍ا‍رَ ا‍للَّهِ كَمَا ق‍‍َ‍ا‍لَ عِيسَى ا‍ب‍‍ْنُ مَرْيَمَ لِلْحَوَا‍ر‍‍ِيّ‍‍ِ‍ي‍نَ مَنْ أَن‍صَا‍ر‍‍ِي إِلَى ا‍للَّهِ ق‍‍َ‍ا‍لَ ا‍لْحَوَا‍ر‍‍ِيّ‍‍ُ‍و‍نَ نَحْنُ أَن‍ص‍‍َ‍ا‍رُ ا‍للَّهِ فَآَمَنَتْ ط‍‍َ‍ا‍ئِفَة‍‍‍ٌ مِ‍‍ن‍ْ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ وَكَفَرَتْ ط‍‍َ‍ا‍ئِفَة‍‍‍ٌ فَأَيَّ‍‍د‍‍ْنَا ا‍لَّذ‍ِي‍نَ آَمَنُو‍‍ا‍ عَلَى عَدُوِّهِمْ فَأَصْبَحُو‍‍ا‍ ظَاهِ‍‍ر‍‍ِي‍نَ
Next Sūrah