50) Sūrat Qāf

Printed format

50) سُورَة قَاف

Qāf Wa Al-Qur'āni Al-Majīdi 050-001 ق (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މާތްވެގެންވާ قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، إنذار ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ محمد ގެފާނު ފޮނުއްވީމެވެ.) قَاف وَا‍لْقُرْآنِ ا‍لْمَج‍‍ِ‍ي‍‍د‍ِ
Bal `Ajibū 'An Jā'ahum Mundhirun Minhum Faqāla Al-Kāfirūna Hādhā Shay'un `Ajībun 050-002 އަދި ކިއެއްތަ! إنذار ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން حيران ވޫއެވެ. ފަހެ، كافر ން ބުނޫއެވެ. މިއީ عجائب ވާފަދަ ކަމެކެވެ. بَلْ عَجِبُ‍‍و‍‍ا‍ أَ‍ن‍ْ ج‍‍َ‍ا‍ءَهُ‍‍م‍ْ مُ‍‍ن‍‍ْذِر‍ٌ مِنْهُمْ فَق‍‍َ‍ا‍لَ ا‍لْكَافِر‍ُو‍نَ هَذَا شَيْءٌ عَج‍‍ِ‍ي‍‍ب‍‍ٌ
'A'idhā Mitnā Wa Kunnā Turābāan Dhālika Raj`un Ba`īdun 050-003 (ތިމަންމެން އަލުން ދިރުމަކަށް رجوع ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު رجوع ވުމެކެވެ. أَئِذَا مِتْنَا وَكُ‍‍ن‍ّ‍‍َا تُرَابا‍ً ذَلِكَ رَ‍ج‍‍ْع‍‍‍ٌ بَع‍‍ِ‍ي‍‍د‍ٌ
Qad `Alimnā Mā Tanquşu Al-'Arđu Minhum Wa `Indanā Kitābun Ĥafīžun 050-004 ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދިތިމަންރަސްކަލާނގެ حضرة ގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ. قَ‍‍د‍ْ عَلِمْنَا مَا تَ‍‍ن‍‍ْقُصُ ا‍لأَرْضُ مِنْهُمْ وَعِ‍‍ن‍‍ْدَنَا كِت‍‍َ‍ا‍بٌ حَف‍‍ِ‍ي‍ظ‍‍‍ٌ
Bal Kadhdhabū Bil-Ĥaqqi Lammā Jā'ahum Fahum Fī 'Amrin Marījin 050-005 އަދި ކިއެއްތަ! އެއުރެންގެ ގާތަށް حق އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް حالة އެއްގެ ތެރޭގައެވެ. بَلْ كَذَّبُو‍‍ا‍ بِ‍‍ا‍لْحَقِّ لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ فَهُمْ فِ‍‍ي‍ أَمْر‍ٍ مَ‍‍ر‍‍ِي‍‍ج‍‍ٍ
'Afalam Yanžurū 'Ilá As-Samā'i Fawqahum Kayfa Banaynāhā Wa Zayyannāhā Wa Mā Lahā Min Furūjin 050-006 ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. أَفَلَمْ يَ‍‍ن‍‍ْظُرُو‍ا‍ إِلَى ا‍لسَّم‍‍َ‍ا‍ءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّ‍‍ن‍ّ‍‍َاهَا وَمَا لَهَا مِ‍‍ن‍ْ فُر‍ُو‍ج‍‍ٍ
Wa Al-'Arđa Madadnāhā Wa 'Alqaynā Fīhā Rawāsiya Wa 'Anbatnā Fīhā Min Kulli Zawjin Bahījin 050-007 އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. وَالأَرْضَ مَدَ‍د‍‍ْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَ‍ن‍‍ْبَتْنَا فِيهَا مِ‍‍ن‍ْ كُلِّ زَوْج‍‍‍ٍ بَه‍‍ِ‍ي‍‍ج‍‍ٍ
Tabşiratan Wa Dhikrá Likulli `Abdin Munībin 050-008 (އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. تَ‍‍ب‍‍ْصِرَة‍‍‍ً وَذِكْرَى لِكُلِّ عَ‍‍ب‍‍ْد‍ٍ مُن‍‍ِ‍ي‍‍ب‍‍ٍ
Wa Nazzalnā Mina As-Samā'i Mā'an Mubārakāan Fa'anbatnā Bihi Jannātin Wa Ĥabba Al-Ĥaşīdi 050-009 އަދި ތިމަންރަސްކަލާނގެ އުޑުން بركات ތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. وَنَزَّلْنَا مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً مُبَارَكا‍ً فَأَ‍ن‍‍ْبَتْنَا بِهِ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ وَحَبَّ ا‍لْحَص‍‍ِ‍ي‍‍د‍ِ
Wa An-Nakhla Bāsiqātin Lahā Ţal`un Nađīdun 050-010 އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) وَال‍‍ن‍ّ‍‍َخْلَ بَاسِق‍‍َ‍ا‍ت‍‍‍ٍ لَهَا طَلْع‍‍‍ٌ نَض‍‍ِ‍ي‍‍د‍ٌ
Rizqāan Lil`ibādi Wa 'Aĥyaynā Bihi Baldatan Maytāan Kadhālika Al-Khurūju 050-011 (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދިމަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ. ر‍‍ِزْقا‍ً لِلْعِب‍‍َ‍ا‍دِ وَأَحْيَيْنَا بِهِ بَلْدَة‍‍‍ً مَيْتا‍ً كَذَلِكَ ا‍لْخُر‍ُو‍ج‍ُ
Kadhdhabat Qablahum Qawmu Nūĥin Wa 'Aşĥābu Ar-Rassi Wa Thamūdu 050-012 އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ. كَذَّبَتْ قَ‍‍ب‍‍ْلَهُمْ قَوْمُ ن‍‍ُ‍و‍ح‍‍‍ٍ وَأَصْح‍‍َ‍ا‍بُ ا‍لرَّسِّ وَثَم‍‍ُ‍و‍د‍ُ
Wa `Ādun Wa Fir`awnu Wa 'Ikhwānu Lūţin 050-013 އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.) وَع‍‍َ‍ا‍د‍ٌ وَفِرْعَوْنُ وَإِخْو‍َا‍نُ ل‍‍ُ‍و‍ط‍‍ٍ
Wa 'Aşĥābu Al-'Aykati Wa Qawmu Tubba`in Kullun Kadhdhaba Ar-Rusula Faĥaqqa Wa`īdi 050-014 އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ. وَأَصْح‍‍َ‍ا‍بُ ا‍لأَيْكَةِ وَقَوْمُ تُبَّع‍‍‍ٍ كُلّ‍‍‍ٌ كَذَّبَ ا‍لرُّسُلَ فَحَقَّ وَع‍‍ِ‍ي‍‍د‍ِ
'Afa`ayīnā Bil-Khalqi Al-'Awwali Bal Hum Fī Labsin Min Khalqin Jadīdin 050-015 ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން إعادة ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު شك އެއްގައެވެ. أَفَعَيِينَا بِ‍‍ا‍لْخَلْقِ ا‍لأَوَّلِ بَلْ هُمْ فِي لَ‍‍ب‍‍ْس‍‍‍ٍ مِنْ خَلْق‍‍‍ٍ جَد‍ِي‍‍د‍ٍ
Wa Laqad Khalaq Al-'Insāna Wa Na`lamu Mā Tuwaswisu Bihi Nafsuhu Wa Naĥnu 'Aqrabu 'Ilayhi Min Ĥabli Al-Warīdi 050-016 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. وَلَقَ‍‍د‍ْ خَلَ‍‍ق‍‍ْنَا ا‍لإِن‍س‍‍َ‍ا‍نَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَ‍ق‍‍ْرَبُ إِلَيْهِ مِنْ حَ‍‍ب‍‍ْلِ ا‍لْوَر‍‍ِي‍‍د‍ِ
'Idh Yatalaqqá Al-Mutalaqqiyāni `Ani Al-Yamīni Wa `Ani Ash-Shimāli Qa`īdun 050-017 (އެއީ އޭނާގެ)ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. إِذْ يَتَلَقَّى ا‍لْمُتَلَقِّي‍‍َ‍ا‍نِ عَنِ ا‍لْيَم‍‍ِ‍ي‍نِ وَعَنِ ا‍لشِّم‍‍َ‍ا‍لِ قَع‍‍ِ‍ي‍‍د‍ٌ
Mā Yalfižu Min Qawlin 'Illā Ladayhi Raqībun `Atīdun 050-018 (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. مَا يَلْفِظُ مِ‍‍ن‍ْ قَوْل‍‍‍ٍ إِلاَّ لَدَيْهِ رَق‍‍ِ‍ي‍بٌ عَت‍‍ِ‍ي‍‍د‍ٌ
Wa Jā'at Sakratu Al-Mawti Bil-Ĥaqqi Dhālika Mā Kunta Minhu Taĥīdu 050-019 އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ. وَج‍‍َ‍ا‍ءَتْ سَكْرَةُ ا‍لْمَوْتِ بِ‍‍ا‍لْحَقِّ ذَلِكَ مَا كُ‍‍ن‍‍ْتَ مِنْهُ تَح‍‍ِ‍ي‍‍د‍ُ
Wa Nufikha Fī Aş-Şūri Dhālika Yawmu Al-Wa`īdi 050-020 (އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (كافر ންނަށް عذاب ގެ) وعيد އަންނަ ދުވަހެވެ. وَنُفِخَ فِي ا‍لصّ‍‍ُ‍و‍ر‍ِ ذَلِكَ يَوْمُ ا‍لْوَع‍‍ِ‍ي‍‍د‍ِ
Wa Jā'at Kullu Nafsin Ma`ahā Sā'iqun Wa Shahīdun 050-021 އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ. وَج‍‍َ‍ا‍ءَتْ كُلُّ نَفْس‍‍‍ٍ مَعَهَا س‍‍َ‍ا‍ئِق‍‍‍ٌ وَشَه‍‍ِ‍ي‍‍د‍ٌ
Laqad Kunta Fī Ghaflatin Min Hādhā Fakashafnā `Anka Ghā'aka Fabaşaruka Al-Yawma Ĥadīdun 050-022 ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު غافل ކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން غافل ކަމުގެ ފަރުދާ كشف ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. لَقَ‍‍د‍ْ كُ‍‍ن‍‍ْتَ فِي غَفْلَة‍‍‍ٍ مِنْ هَذَا فَكَشَفْنَا عَ‍‍ن‍‍ْكَ غِط‍‍َ‍ا‍ءَكَ فَبَصَرُكَ ا‍لْيَوْمَ حَد‍ِي‍‍د‍ٌ
Wa Qāla Qarīnuhu Hādhā Mā Ladayya `Atīdun 050-023 އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ. وَق‍‍َ‍ا‍لَ قَ‍‍ر‍‍ِينُهُ هَذَا مَا لَدَيَّ عَت‍‍ِ‍ي‍‍د‍ٌ
'Alqiyā Fī Jahannama Kulla Kaffārin `Anīdin 050-024 (އެ ދެ ملائكة ންނަށް އަންގަވާނެތެވެ.) حق އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ كافر އަކު ނަރަކަޔަށްއެއްލަވާށެވެ! أَلْقِيَا فِي جَهَ‍‍ن‍ّ‍‍َمَ كُلَّ كَفّ‍‍َ‍ا‍رٍ عَن‍‍ِ‍ي‍‍د‍ٍ
Mannā`in Lilkhayri Mu`tadin Murībin 050-025 (އެއީ) ހެޔޮކަންތައް މަނާކުރުން ގިނަަ އަނިޔާވެރި، ދީނާމެދު شك ކުރާ ކޮންމެ މީހެކެވެ. مَ‍‍ن‍ّ‍‍َ‍ا‍ع‍‍‍ٍ لِلْخَيْ‍‍ر‍ِ مُعْتَد‍ٍ مُ‍‍ر‍‍ِي‍‍ب‍‍ٍ
Al-Ladhī Ja`ala Ma`a Al-Lahi 'Ilahāan 'Ākhara Fa'alqiyāhu Fī Al-`Adhābi Ash-Shadīdi 050-026 އެއީ اللَّه އާއެކު އެހެން إله އަކު شريك ކުރި މީހާއެވެ. ފަހެ، ތިޔަ ދެ ملائكة ން، އޭނާ ގަދަފަދަ عذاب ގެ ތެރެޔަށް އެއްލަވާށެވެ! ا‍لَّذِي جَعَلَ مَعَ ا‍للَّهِ إِلَها‍ً آخَرَ فَأَلْقِي‍‍َ‍ا‍هُ فِي ا‍لْعَذ‍َا‍بِ ا‍لشَّد‍ِي‍‍د‍ِ
Qāla Qarīnuhu Rabbanā Mā 'Aţghaytuhu Wa Lakin Kāna Fī Đalālin Ba`īdin 050-027 އޭނާޔާ އެކުގައިވާ شيطان އާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ. ق‍َا‍لَ قَ‍‍ر‍‍ِينُهُ رَبَّنَا مَ‍‍ا‍ أَ‍ط‍‍ْغَيْتُهُ وَلَكِ‍‍ن‍ْ ك‍‍َ‍ا‍نَ فِي ضَلاَل‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Qāla Lā Takhtaşimū Ladayya Wa Qad Qaddamtu 'Ilaykum Bil-Wa`īdi 050-028 އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް عذاب ގެ وعيد ވަނީ އިސްކުރައްވާފައެވެ. ق‍َا‍لَ لاَ تَخْتَصِمُو‍‍ا‍ لَدَيَّ وَقَ‍‍د‍ْ قَدَّمْتُ إِلَيْكُ‍‍م‍ْ بِ‍‍ا‍لْوَع‍‍ِ‍ي‍‍د‍ِ
Mā Yubaddalu Al-Qawlu Ladayya Wa Mā 'Anā Bižallāmin Lil`abīdi 050-029 ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. مَا يُبَدَّلُ ا‍لْقَوْلُ لَدَيَّ وَمَ‍‍ا‍ أَنَا بِظَلاَّم‍‍‍ٍ لِلْعَب‍‍ِ‍ي‍‍د‍ِ
Yawma Naqūlu Lijahannama Hal Amtala'ti Wa Taqūlu Hal Min Mazīdin 050-030 އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ وحى ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ. يَوْمَ نَق‍‍ُ‍و‍لُ لِجَهَ‍‍ن‍ّ‍‍َمَ هَلْ ا‍مْتَلَأْتِ وَتَق‍‍ُ‍و‍لُ هَلْ مِ‍‍ن‍ْ مَز‍ِي‍‍د‍ٍ
Wa 'Uzlifati Al-Jannatu Lilmuttaqīna Ghayra Ba`īdin 050-031 އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. وَأُزْلِفَتِ ا‍لْجَ‍‍ن‍ّ‍‍َةُ لِلْمُتَّق‍‍ِ‍ي‍نَ غَيْرَ بَع‍‍ِ‍ي‍‍د‍ٍ
dhā Mā Tū`adūna Likulli 'Awwābin Ĥafīžin 050-032 (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. هَذَا مَا تُوعَد‍ُو‍نَ لِكُلِّ أَوّ‍َا‍بٍ حَف‍‍ِ‍ي‍ظ‍‍‍ٍ
Man Khashiya Ar-Raĥmana Bil-Ghaybi Wa Jā'a Biqalbin Munībin 050-033 (އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. مَنْ خَشِيَ ا‍لرَّحْمَنَ بِ‍‍ا‍لْغَيْبِ وَج‍‍َ‍ا‍ءَ بِقَلْب‍‍‍ٍ مُن‍‍ِ‍ي‍‍ب‍‍ٍ
Adkhulūhā Bisalāmin Dhālika Yawmu Al-Khulūdi 050-034 (تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ. ا‍د‍‍ْخُلُوهَا بِسَلاَم‍‍‍ٍ ذَلِكَ يَوْمُ ا‍لْخُل‍‍ُ‍و‍د‍ِ
Lahum Mā Yashā'ūna Fīhā Wa Ladaynā Mazīdun 050-035 އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް ވެއެވެ. لَهُ‍‍م‍ْ مَا يَش‍‍َ‍ا‍ء‍ُو‍نَ فِيهَا وَلَدَيْنَا مَز‍ِي‍‍د‍ٌ
Wa Kam 'Ahlaknā Qablahum Min Qarnin Hum 'Ashaddu Minhum Baţshāan Fanaqqabū Fī Al-Bilādi Hal Min Maĥīşin 050-036 އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟ وَكَمْ أَهْلَكْنَا قَ‍‍ب‍‍ْلَهُ‍‍م‍ْ مِ‍‍ن‍ْ قَرْنٍ هُمْ أَشَدُّ مِنْهُ‍‍م‍ْ بَ‍‍ط‍‍ْشا‍ً فَنَقَّبُو‍‍ا‍ فِي ا‍لْبِلاَدِ هَلْ مِ‍‍ن‍ْ مَح‍‍ِ‍ي‍ص‍‍‍ٍ
'Inna Fī Dhālika Ladhikrá Liman Kāna Lahu Qalbun 'Aw 'Alqá As-Sam`a Wa Huwa Shahīdun 050-037 ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ. إِ‍نّ‍‍َ فِي ذَلِكَ لَذِكْرَى لِمَ‍‍ن‍ْ ك‍‍َ‍ا‍نَ لَهُ قَلْبٌ أَوْ أَلْقَى ا‍لسَّمْعَ وَهُوَ شَه‍‍ِ‍ي‍‍د‍ٌ
Wa Laqad Khalaq As-Samāwāti Wa Al-'Arđa Wa Mā Baynahumā Fī Sittati 'Ayyāmin Wa Mā Massanā Min Lughūbin 050-038 ހަމަކަށަވަރުން،ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. وَلَقَ‍‍د‍ْ خَلَ‍‍ق‍‍ْنَا ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيّ‍‍َ‍ا‍م‍‍‍ٍ وَمَا مَسَّنَا مِ‍‍ن‍ْ لُغ‍‍ُ‍و‍ب‍‍ٍ
Fāşbir `Alá Mā Yaqūlūna Wa Sabbiĥ Biĥamdi Rabbika Qabla Ţulū`i Ash-Shamsi Wa Qabla Al-Ghurūbi 050-039 ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، حمد އާއެކު تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! فَاصْبِرْ عَلَى مَا يَقُول‍‍ُ‍و‍نَ وَسَبِّحْ بِحَمْدِ رَبِّكَ قَ‍‍ب‍‍ْلَ طُل‍‍ُ‍و‍عِ ا‍لشَّمْسِ وَقَ‍‍ب‍‍ْلَ ا‍لْغُر‍ُو‍ب‍ِ
Wa Mina Al-Layli Fasabbiĥhu Wa 'Adbāra As-Sujūdi 050-040 އަދި ރޭގަނޑުގައި އެކަލާނގެއަށް تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، تسبيح ވިދާޅުވާށެވެ! وَمِنَ ا‍للَّيْلِ فَسَبِّحْهُ وَأَ‍د‍‍ْب‍‍َ‍ا‍رَ ا‍لسُّج‍‍ُ‍و‍د‍ِ
Wa Astami` Yawma Yunādi Al-Munādi Min Makānin Qarībin 050-041 އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ! وَاسْتَمِعْ يَوْمَ يُن‍‍َ‍ا‍دِ ا‍لْمُن‍‍َ‍ا‍دِ مِ‍‍ن‍ْ مَك‍‍َ‍ا‍ن‍‍‍ٍ قَ‍‍ر‍‍ِي‍‍ب‍‍ٍ
Yawma Yasma`ūna Aş-Şayĥata Bil-Ĥaqqi Dhālika Yawmu Al-Khurūji 050-042 (އެއީ) އެއުރެންނަށް (އެބަހީ: خلق ތަކުންނަށް) حق ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ. يَوْمَ يَسْمَع‍‍ُ‍و‍نَ ا‍لصَّيْحَةَ بِ‍‍ا‍لْحَقِّ ذَلِكَ يَوْمُ ا‍لْخُر‍ُو‍ج‍ِ
'Innā Naĥnu Nuĥyī Wa Numītu Wa 'Ilaynā Al-Maşīru 050-043 ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. إِ‍نّ‍‍َا نَحْنُ نُحْيِي وَنُم‍‍ِ‍ي‍تُ وَإِلَيْنَا ا‍لْمَص‍‍ِ‍ي‍‍ر‍ُ
Yawma Tashaqqaqu Al-'Arđu `Anhum Sirā`āan Dhālika Ĥashrun `Alaynā Yasīrun 050-044 (އެއީ) އެއުރެންގެ މަތިން ބިންގަނޑުފަޅަފަޅައިގެންގޮސް އަވަސްއަވަހަށް محشر ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ. يَوْمَ تَشَقَّقُ ا‍لأَرْضُ عَنْهُمْ سِرَاعا‍ً ذَلِكَ حَشْرٌ عَلَيْنَا يَس‍‍ِ‍ي‍ر‍ٌ
Naĥnu 'A`lamu Bimā Yaqūlūna Wa Mā 'Anta `Alayhim Bijabbārin Fadhakkir Bil-Qur'āni Man Yakhāfu Wa`īdi 050-045 އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު قرآن ން وعظ އާއި نصيحة އިއްވަވާށެވެ! نَحْنُ أَعْلَمُ بِمَا يَقُول‍‍ُ‍و‍نَ وَمَ‍‍ا‍ أَ‍ن‍‍ْتَ عَلَيْهِ‍‍م‍ْ بِجَبّ‍‍َ‍ا‍ر‍ٍ فَذَكِّرْ بِ‍‍ا‍لْقُرْآنِ مَ‍‍ن‍ْ يَخ‍‍َ‍ا‍فُ وَع‍‍ِ‍ي‍‍د‍ِ
Next Sūrah