48) Sūrat Al-Fatĥ

Printed format

48) سُورَة الفَتح

'Innā Fataĥnā Laka Fatĥāan Mubīnāan 048-001 ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ. إِ‍نّ‍‍َا فَتَحْنَا لَكَ فَتْحا‍ً مُبِينا‍ً
Liyaghfira Laka Al-Lahu Mā Taqaddama Min Dhanbika Wa Mā Ta'akhkhara Wa Yutimma Ni`matahu `Alayka Wa Yahdiyaka Şirāţāan Mustaqīmāan 048-002 އެއީ ކަލޭޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ. لِيَغْفِ‍‍ر‍َ لَكَ ا‍للَّهُ مَا تَقَدَّمَ مِ‍‍ن‍ْ ذَ‍ن‍‍ْبِكَ وَمَا تَأَخَّرَ وَيُتِ‍‍م‍ّ‍‍َ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطا‍ً مُسْتَقِيما‍ً
Wa Yanşuraka Al-Lahu Naşrāan `Azīzāan 048-003 އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ. وَيَ‍‍ن‍‍ْصُرَكَ ا‍للَّهُ نَصْراً عَزِيزا‍ً
Huwa Al-Ladhī 'Anzala As-Sakīnata Fī Qulūbi Al-Mu'uminīna Liyazdādū 'Īmānāan Ma`a 'Īmānihim Wa Lillahi Junūdu As-Samāwāti Wa Al-'Arđi Wa Kāna Al-Lahu `Alīmāan Ĥakīmāan 048-004 އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. هُوَ ا‍لَّذِي أَ‍ن‍‍ْزَلَ ا‍لسَّكِينَةَ فِي قُل‍‍ُ‍و‍بِ ا‍لْمُؤْمِن‍‍ِ‍ي‍نَ لِيَزْدَادُو‍ا‍ إِيمَانا‍ً مَعَ إِيمَانِهِمْ وَلِلَّهِ جُن‍‍ُ‍و‍دُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَك‍‍َ‍ا‍نَ ا‍للَّهُ عَلِيماً حَكِيما‍ً
Liyudkhila Al-Mu'uminīna Wa Al-Mu'umināti Jannātin Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā Wa Yukaffira `Anhum Sayyi'ātihim Wa Kāna Dhālika `Inda Al-Lahi Fawzāan `Ažīmāan 048-005 (އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައްހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّه ގެ حضرة ގައި އެކަންތައްވިއެވެ. لِيُ‍‍د‍‍ْخِلَ ا‍لْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَا وَيُكَفِّ‍‍ر‍َ عَنْهُمْ سَيِّئ‍‍َ‍اتِهِمْ وَك‍‍َ‍ا‍نَ ذَلِكَ عِ‍‍ن‍‍ْدَ ا‍للَّهِ فَوْزاً عَظِيما‍ً
Wa Yu`adhdhiba Al-Munāfiqīna Wa Al-Munāfiqāti Wa Al-Mushrikīna Wa Al-Mushrikāti Až-Žānnīna Bil-Lahi Žanna As-Saw'i `Alayhim Dā'iratu As-Saw'i Wa Ghađiba Al-Lahu `Alayhim Wa La`anahum Wa 'A`adda Lahum Jahannama Wa Sā'at Maşīrāan 048-006 އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّه އާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ. وَيُعَذِّبَ ا‍لْمُنَافِق‍‍ِ‍ي‍نَ وَا‍لْمُنَافِق‍‍َ‍ا‍تِ وَا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ وَا‍لْمُشْ‍‍ر‍‍ِك‍‍َ‍ا‍تِ ا‍لظّ‍‍َ‍ا‍نّ‍‍ِ‍ي‍نَ بِ‍‍ا‍للَّهِ ظَ‍‍ن‍ّ‍‍َ ا‍لسَّوْءِ عَلَيْهِمْ د‍َا‍ئِرَةُ ا‍لسَّوْءِ وَغَضِبَ ا‍للَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَ‍‍ن‍ّ‍‍َمَ وَس‍‍َ‍ا‍ءَتْ مَصِيرا‍ً
Wa Lillahi Junūdu As-Samāwāti Wa Al-'Arđi Wa Kāna Al-Lahu `Azīzāan Ĥakīmāan 048-007 އުޑުތަކާއި، ބިމުގެ لشكر ތައް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި عزيز ވަންތަ، حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. وَلِلَّهِ جُن‍‍ُ‍و‍دُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَك‍‍َ‍ا‍نَ ا‍للَّهُ عَزِيزاً حَكِيما‍ً
'Innā 'Arsalnāka Shāhidāan Wa Mubashshirāan Wa Nadhīrāan 048-008 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ شَاهِدا‍ً وَمُبَشِّرا‍ً وَنَذِيرا‍ً
Litu'uminū Bil-Lahi Wa Rasūlihi Wa Tu`azzirūhu Wa Tuwaqqirūhu Wa Tusabbiĥūhu Bukratan Wa 'Aşīlāan 048-009 (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެرسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصر ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيح ދެންނެވުމަށްޓަކައެވެ. لِتُؤْمِنُو‍‍ا‍ بِ‍‍ا‍للَّهِ وَرَسُولِهِ وَتُعَزِّر‍ُو‍هُ وَتُوَقِّر‍ُو‍هُ وَتُسَبِّح‍‍ُ‍و‍هُ بُكْرَة‍‍‍ً وَأَصِيلا‍ً
'Inna Al-Ladhīna Yubāyi`ūnaka 'Innamā Yubāyi`ūna Al-Laha Yadu Al-Lahi Fawqa 'Aydīhim Faman Nakatha Fa'innamā Yankuthu `Alá Nafsihi Wa Man 'Awfá Bimā `Āhada `Alayhu Al-Laha Fasayu'utīhi 'Ajrāan `Ažīmāan 048-010 ހަމަކަށަވަރުން، ކަލޭގެފާނަށް بيعة ހިފާމީހުން بيعة ހިފާކަންކަށަވަރީ اللَّه އަށެވެ. اللَّه ގެ يدقدرة ފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهد އުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهد އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّه އަށް ވެފައިވާ عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يُبَايِعُونَكَ إِ‍نّ‍‍َمَا يُبَايِع‍‍ُ‍و‍نَ ا‍للَّهَ يَدُ ا‍للَّهِ فَوْقَ أَيْدِيهِمْ فَمَ‍‍ن‍ْ نَكَثَ فَإِ‍نّ‍‍َمَا يَ‍‍ن‍‍ْكُثُ عَلَى نَفْسِهِ وَمَنْ أَوْفَى بِمَا عَاهَدَ عَلَيْهُ ا‍للَّهَ فَسَيُؤْت‍‍ِ‍ي‍هِ أَ‍ج‍‍ْراً عَظِيما‍ً
Sayaqūlu Laka Al-Mukhallafūna Mina Al-'A`rābi Shaghalatnā 'Amwālunā Wa 'Ahlūnā Fāstaghfir Lanā Yaqūlūna Bi'alsinatihim Mā Laysa Fī Qulūbihim Qul Faman Yamliku Lakum Mina Al-Lahi Shay'āan 'In 'Arāda Bikum Đarrāan 'Aw 'Arāda Bikum Naf`āan Bal Kāna Al-Lahu Bimā Ta`malūna Khabīrāan 048-011 أعرابى ންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهل ވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغول ކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށްއިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّه ގެ حضرة ން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عمل ތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. سَيَق‍‍ُ‍و‍لُ لَكَ ا‍لْمُخَلَّف‍‍ُ‍و‍نَ مِنَ ا‍لأَعْر‍َا‍بِ شَغَلَتْنَ‍‍ا‍ أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا يَقُول‍‍ُ‍و‍نَ بِأَلْسِنَتِهِ‍‍م‍ْ مَا لَيْسَ فِي قُلُوبِهِمْ قُلْ فَمَ‍‍ن‍ْ يَمْلِكُ لَكُ‍‍م‍ْ مِنَ ا‍للَّهِ شَيْئا‍ً إِنْ أَر‍َا‍دَ بِكُمْ ضَرّاً أَوْ أَر‍َا‍دَ بِكُمْ نَفْعا‍ً بَلْ ك‍‍َ‍ا‍نَ ا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ خَبِيرا‍ً
Bal Žanantum 'An Lan Yanqaliba Ar-Rasūlu Wa Al-Mu'uminūna 'Ilá 'Ahlīhim 'Abadāan Wa Zuyyina Dhālika Fī Qulūbikum Wa Žanantum Žanna As-Saw'i Wa Kuntum Qawmāan Būrāan 048-012 އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسول އާއާއި، مؤمن ން އެއުރެންގެ أهل ވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ. بَلْ ظَنَ‍‍ن‍‍ْتُمْ أَ‍ن‍ْ لَ‍‍ن‍ْ يَ‍‍ن‍‍ْقَلِبَ ا‍لرَّس‍‍ُ‍و‍لُ وَا‍لْمُؤْمِن‍‍ُ‍و‍نَ إِلَى أَهْلِيهِمْ أَبَدا‍ً وَزُيِّنَ ذَلِكَ فِي قُلُوبِكُمْ وَظَنَ‍‍ن‍‍ْتُمْ ظَ‍‍ن‍ّ‍‍َ ا‍لسَّوْءِ وَكُ‍‍ن‍‍ْتُمْ قَوْما‍ً بُورا‍ً
Wa Man Lam Yu'umin Bil-Lahi Wa Rasūlihi Fa'innā 'A`tadnā Lilkāfirīna Sa`īrāan 048-013 އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ. وَمَ‍‍ن‍ْ لَمْ يُؤْمِ‍‍ن‍ْ بِ‍‍ا‍للَّهِ وَرَسُولِهِ فَإِ‍نّ‍‍َ‍‍ا‍ أَعْتَ‍‍د‍‍ْنَا لِلْكَافِ‍‍ر‍‍ِي‍نَ سَعِيرا‍ً
Wa Lillahi Mulku As-Samāwāti Wa Al-'Arđi Yaghfiru Liman Yashā'u Wa Yu`adhdhibu Man Yashā'u Wa Kāna Al-Lahu Ghafūrāan Raĥīmāan 048-014 އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. وَلِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ يَغْفِ‍‍ر‍ُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيُعَذِّبُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَك‍‍َ‍ا‍نَ ا‍للَّهُ غَفُورا‍ً رَحِيما‍ً
Sayaqūlu Al-Mukhallafūna 'Idhā Anţalaqtum 'Ilá Maghānima Lita'khudhūhā Dharūnā Nattabi`kum Yurīdūna 'An Yubaddilū Kalāma Al-Lahi Qul Lan Tattabi`ūnā Kadhālikum Qāla Al-Lahu Min Qablu Fasayaqūlūna Bal Taĥsudūnanā Bal Kānū Lā Yafqahūna 'Illā Qalīlāan 048-015 غنيمة ތަކެއް އަތުލުމަށްޓަކައި، غنيمة ތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّه ގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން اللَّه އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ حسد ވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ. سَيَق‍‍ُ‍و‍لُ ا‍لْمُخَلَّف‍‍ُ‍و‍نَ إِذَا ا‍ن‍طَلَ‍‍ق‍‍ْتُمْ إِلَى مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُ‍‍ر‍‍ِيد‍ُو‍نَ أَ‍ن‍ْ يُبَدِّلُو‍‍ا‍ كَلاَمَ ا‍للَّهِ قُ‍‍ل‍ْ لَ‍‍ن‍ْ تَتَّبِعُونَا كَذَلِكُمْ ق‍‍َ‍ا‍لَ ا‍للَّهُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَسَيَقُول‍‍ُ‍و‍نَ بَلْ تَحْسُدُونَنَا بَلْ كَانُو‍‍ا‍ لاَ يَفْقَه‍‍ُ‍و‍نَ إِلاَّ قَلِيلا‍ً
Qul Lilmukhallafīna Mina Al-'A`rābi Satud`awna 'Ilá Qawmin 'Ūlī Ba'sin Shadīdin Tuqātilūnahum 'Aw Yuslimūna Fa'in Tuţī`ū Yu'utikumu Al-Lahu 'Ajrāan Ĥasanāan Wa 'In Tatawallaw Kamā Tawallaytum Min Qablu Yu`adhdhibkum `Adhābāan 'Alīmāan 048-016 أعرابى ންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ إسلام ވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް اللَّه ދެއްވާނެތެވެ. އަދި މީގެކުރިންތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި عذاب އަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ. قُ‍‍ل‍ْ لِلْمُخَلَّف‍‍ِ‍ي‍نَ مِنَ ا‍لأَعْر‍َا‍بِ سَتُ‍‍د‍‍ْعَوْنَ إِلَى قَوْمٍ أ‍ُ‍وْلِي بَأْس‍‍‍ٍ شَد‍ِي‍د‍ٍ تُقَاتِلُونَهُمْ أَوْ يُسْلِم‍‍ُ‍و‍نَ فَإِ‍ن‍ْ تُطِيعُو‍‍ا‍ يُؤْتِكُمُ ا‍للَّهُ أَ‍ج‍‍ْراً حَسَنا‍ً وَإِ‍ن‍ْ تَتَوَلَّوْا كَمَا تَوَلَّيْتُ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلُ يُعَذِّ‍‍ب‍‍ْكُمْ عَذَاباً أَلِيما‍ً
Laysa `Alá Al-'A`má Ĥarajun Wa Lā `Alá Al-'A`raji Ĥarajun Wa Lā `Alá Al-Marīđi Ĥarajun Wa Man Yuţi`i Al-Laha Wa Rasūlahu Yudkhilhu Jannātin Tajrī Min Taĥtihā Al-'Anhāru Wa Man Yatawalla Yu`adhdhibhu `Adhābāan 'Alīmāan 048-017 ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذاب އަކުން އެކަލާނގެ عذاب ދެއްވާނެތެވެ. لَيْسَ عَلَى ا‍لأَعْمَى حَرَج‍‍‍ٌ وَلاَ عَلَى ا‍لأَعْرَجِ حَرَج‍‍‍ٌ وَلاَ عَلَى ا‍لْمَ‍‍ر‍‍ِي‍ضِ حَرَج‍‍‍ٌ وَمَ‍‍ن‍ْ يُطِعِ ا‍للَّهَ وَرَسُولَهُ يُ‍‍د‍‍ْخِلْهُ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ وَمَ‍‍ن‍ْ يَتَوَلَّ يُعَذِّ‍‍ب‍‍ْهُ عَذَاباً أَلِيما‍ً
Laqad Rađiya Al-Lahu `Ani Al-Mu'uminīna 'Idh Yubāyi`ūnaka Taĥta Ash-Shajarati Fa`alima Mā Fī Qulūbihim Fa'anzala As-Sakīnata `Alayhim Wa 'Athābahum Fatĥāan Qarībāan 048-018 ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ. لَقَ‍‍د‍ْ رَضِيَ ا‍للَّهُ عَنِ ا‍لْمُؤْمِن‍‍ِ‍ي‍نَ إِذْ يُبَايِعُونَكَ تَحْتَ ا‍لشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَ‍ن‍‍ْزَلَ ا‍لسَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحا‍ً قَ‍‍ر‍‍ِيبا‍ً
Wa Maghānima Kathīratan Ya'khudhūnahā Wa Kāna Al-Lahu `Azīzāan Ĥakīmāan 048-019 އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمة މުދާތައްވެސްމެއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. وَمَغَانِمَ كَثِيرَة‍‍‍ً يَأْخُذُونَهَا وَك‍‍َ‍ا‍نَ ا‍للَّهُ عَزِيزاً حَكِيما‍ً
Wa`adakumu Al-Lahu Maghānima Kathīratan Ta'khudhūnahā Fa`ajjala Lakum Hadhihi Wa Kaffa 'Aydiya An-Nāsi `Ankum Wa Litakūna 'Āyatan Lilmu'uminīna Wa Yahdiyakum Şirāţāan Mustaqīmāan 048-020 ތިޔަބައިމީހުންނަށް ލިބޭނެ ގިނަغنيمة މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (مؤمن ންނަށް نصر ލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ. وَعَدَكُمُ ا‍للَّهُ مَغَانِمَ كَثِيرَة‍‍‍ً تَأْخُذُونَهَا فَعَجَّلَ لَكُمْ هَذِهِ وَكَفَّ أَيْدِيَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ عَ‍‍ن‍‍ْكُمْ وَلِتَك‍‍ُ‍و‍نَ آيَة‍‍‍ً لِلْمُؤْمِن‍‍ِ‍ي‍نَ وَيَهْدِيَكُمْ صِرَاطا‍ً مُسْتَقِيما‍ً
Wa 'Ukhrá Lam Taqdirū `Alayhā Qad 'Aĥāţa Al-Lahu Bihā Wa Kāna Al-Lahu `Alá Kulli Shay'in Qadīrāan 048-021 އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. وَأُخْرَى لَمْ تَ‍‍ق‍‍ْدِرُوا‍ عَلَيْهَا قَ‍‍د‍ْ أَح‍‍َ‍ا‍طَ ا‍للَّهُ بِهَا وَك‍‍َ‍ا‍نَ ا‍للَّهُ عَلَى كُلِّ شَيْء‍ٍ قَدِيرا‍ً
Wa Law Qātalakumu Al-Ladhīna Kafarū Lawallaw Al-'Adbāra Thumma Lā Yajidūna Walīyāan Wa Lā Naşīrāan 048-022 كافر ވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް ނުފެންނާނެތެވެ. وَلَوْ قَاتَلَكُمُ ا‍لَّذ‍ِي‍نَ كَفَرُوا‍ لَوَلَّوْا ا‍لأَ‍د‍‍ْب‍‍َ‍ا‍رَ ثُ‍‍م‍ّ‍‍َ لاَ يَجِد‍ُو‍نَ وَلِيّا‍ً وَلاَ نَصِيرا‍ً
Sunnata Al-Lahi Allatī Qad Khalat Min Qablu Wa Lan Tajida Lisunnati Al-Lahi Tabdīlāan 048-023 (އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. سُ‍‍ن‍ّ‍‍َةَ ا‍للَّهِ ا‍لَّتِي قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلَ‍‍ن‍ْ تَجِدَ لِسُ‍‍ن‍ّ‍‍َةِ ا‍للَّهِ تَ‍‍ب‍‍ْدِيلا‍ً
Wa Huwa Al-Ladhī Kaffa 'Aydiyahum `Ankum Wa 'Aydiyakum `Anhum Bibaţni Makkata Min Ba`di 'An 'Ažfarakum `Alayhim Wa Kāna Al-Lahu Bimā Ta`malūna Başīrāan 048-024 ތިޔަބައިމީހުންގެކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكة ގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. وَهُوَ ا‍لَّذِي كَفَّ أَيْدِيَهُمْ عَ‍‍ن‍‍ْكُمْ وَأَيْدِيَكُمْ عَنْهُ‍‍م‍ْ بِبَ‍‍ط‍‍ْنِ مَكَّةَ مِ‍‍ن‍ْ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَك‍‍َ‍ا‍نَ ا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَصِيرا‍ً
Humu Al-Ladhīna Kafarū Wa Şaddūkum `Ani Al-Masjidi Al-Ĥarāmi Wa Al-Hadya Ma`kūfāan 'An Yablugha Maĥillahu Wa Lawlā Rijālun Mu'uminūna Wa Nisā'un Mu'uminātun Lam Ta`lamūhum 'An Taţa'ūhum Fatuşībakum Minhum Ma`arratun Bighayri `Ilmin Liyudkhila Al-Lahu Fī Raĥmatihi Man Yashā'u Law Tazayyalū La`adhdhab Al-Ladhīna Kafarū Minhum `Adhābāan 'Alīmāan 048-025 އެއުރެންނީ، كافر ވެ، އަދި حرمة ތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتل ކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتح ކުރެއްވުމުގެ إذن ދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتل ކުރެވިދާފަދަ ގޮތެއްގައިތިބި مؤمن ންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمةގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذاب އަކުން އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ތިމަންރަސްކަލާނގެ عذاب ދެއްވީމުހެވެ. هُمُ ا‍لَّذ‍ِي‍نَ كَفَرُوا‍ وَصَدُّوكُمْ عَنِ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَا‍لْهَ‍‍د‍‍ْيَ مَعْكُوفاً أَ‍ن‍ْ يَ‍‍ب‍‍ْلُغَ مَحِلَّهُ وَلَوْلاَ ‍ر‍‍ِج‍‍َ‍ا‍ل‍‍‍ٌ مُؤْمِن‍‍ُ‍و‍نَ وَنِس‍‍َ‍ا‍ء‍ٌ مُؤْمِن‍‍َ‍ا‍ت‍‍‍ٌ لَمْ تَعْلَمُوهُمْ أَ‍ن‍ْ تَطَئ‍‍ُ‍وهُمْ فَتُصِيبَكُ‍‍م‍ْ مِنْهُ‍‍م‍ْ مَعَرَّة‍‍‍ٌ بِغَيْ‍‍ر‍ِ عِلْم‍‍‍ٍ لِيُ‍‍د‍‍ْخِلَ ا‍للَّهُ فِي رَحْمَتِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ لَوْ تَزَيَّلُو‍‍ا‍ لَعَذَّ‍‍ب‍‍ْنَا ا‍لَّذ‍ِي‍نَ كَفَرُوا‍ مِنْهُمْ عَذَاباً أَلِيما‍ً
'Idh Ja`ala Al-Ladhīna Kafarū Fī Qulūbihimu Al-Ĥamīyata Ĥamīyata Al-Jāhilīyati Fa'anzala Al-Lahu Sakīnatahu `Alá Rasūlihi Wa `Alá Al-Mu'uminīna Wa 'Alzamahum Kalimata At-Taqwá Wa Kānū 'Aĥaqqa Bihā Wa 'Ahlahā Wa Kāna Al-Lahu Bikulli Shay'in `Alīmāan 048-026 كافر ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسول އާގެ މައްޗަށާއި، مؤمن ތަކުންގެ މައްޗަށް، އެކަލާނގެ حضرة ން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمة އަށް حق ކަން ބޮޑުވެފައި، އަދި އެ كلمة ގެ أهل ވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. إِذْ جَعَلَ ا‍لَّذ‍ِي‍نَ كَفَرُوا‍ فِي قُلُوبِهِمُ ا‍لْحَمِيَّةَ حَمِيَّةَ ا‍لْجَاهِلِيَّةِ فَأَ‍ن‍‍ْزَلَ ا‍للَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ وَأَلْزَمَهُمْ كَلِمَةَ ا‍لتَّ‍‍ق‍‍ْوَى وَكَانُ‍‍و‍‍ا‍ أَحَقَّ بِهَا وَأَهْلَهَا وَك‍‍َ‍ا‍نَ ا‍للَّهُ بِكُلِّ شَيْءٍ عَلِيما‍ً
Laqad Şadaqa Al-Lahu Rasūlahu Ar-Ru'uyā Bil-Ĥaqqi Latadkhulunna Al-Masjida Al-Ĥarāma 'In Shā'a Al-Lahu 'Āminīna Muĥalliqīna Ru'ūsakum Wa Muqaşşirīna Lā Takhāfūna Fa`alima Mā Lam Ta`lamū Faja`ala Min Dūni Dhālika Fatĥāan Qarībāan 048-027 ހަމަކަށަވަރުން، اللَّه، އެކަލާނގެ رسول އާއަށް ހުވަފެންފުޅު ސީދާކުރައްވައި، حق ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަަ ތިޔަބައިމީހުން أمان ކަމާއެކުގައި، حرمة ތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حال ގައި، އަދި ކުރުކޮށް ކޮށާ حال ގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށްނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާހުށްޓެވެ. لَقَ‍‍د‍ْ صَدَقَ ا‍للَّهُ رَسُولَهُ ا‍لرُّؤْيَا بِ‍‍ا‍لْحَقِّ لَتَ‍‍د‍‍ْخُلُ‍‍ن‍ّ‍‍َ ا‍لْمَسْجِدَ ا‍لْحَر‍َا‍مَ إِ‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ آمِن‍‍ِ‍ي‍نَ مُحَلِّق‍‍ِ‍ي‍نَ رُء‍ُ‍وسَكُمْ وَمُقَصِّ‍‍ر‍‍ِي‍نَ لاَ تَخَاف‍‍ُ‍و‍نَ فَعَلِمَ مَا لَمْ تَعْلَمُو‍‍ا‍ فَجَعَلَ مِ‍‍ن‍ْ د‍ُو‍نِ ذَلِكَ فَتْحا‍ً قَ‍‍ر‍‍ِيبا‍ً
Huwa Al-Ladhī 'Arsala Rasūlahu Bil-Hudá Wa Dīni Al-Ĥaqqi Liyužhirahu `Alá Ad-Dīni Kullihi Wa Kafá Bil-Lahi Shahīdāan 048-028 އެކަލާނގެއީ، ތެދުމަގާއި، حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دين ތަކުގެ މައްޗަށް، އެ دين ފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ. هُوَ ا‍لَّذِي أَرْسَلَ رَسُولَهُ بِ‍‍ا‍لْهُدَى وَد‍ِي‍نِ ا‍لْحَقِّ لِيُظْهِرَهُ عَلَى ا‍لدّ‍ِي‍نِ كُلِّهِ وَكَفَى بِ‍‍ا‍للَّهِ شَهِيدا‍ً
Muĥammadun Rasūlu Al-Lahi Wa Al-Ladhīna Ma`ahu 'Ashiddā'u `Alá Al-Kuffāri Ruĥamā'u Baynahum Tarāhum Rukka`āan Sujjadāan Yabtaghūna Fađlāan Mina Al-Lahi Wa Riđwānāan Sīmāhum Fī Wujūhihim Min 'Athari As-Sujūdi Dhālika Mathaluhum At-Tawrāati Wa Mathaluhum Al-'Injīli Kazar`in 'Akhraja Shaţ'ahu Fa'āzarahu Fāstaghlaža Fāstawá `Alá Sūqihi Yu`jibu Az-Zurrā`a Liyaghīža Bihimu Al-Kuffāra Wa`ada Al-Lahu Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Minhum Maghfiratan Wa 'Ajrāan `Ažīmāan 048-029 محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިންعجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ. مُحَ‍‍م‍ّ‍‍َد‍ٌ رَس‍‍ُ‍و‍لُ ا‍للَّهِ وَا‍لَّذ‍ِي‍نَ مَعَهُ أَشِدّ‍َا‍ءُ عَلَى ا‍لْكُفّ‍‍َ‍ا‍ر‍ِ رُحَم‍‍َ‍ا‍ءُ بَيْنَهُمْ تَرَاهُمْ رُكَّعا‍ً سُجَّدا‍ً يَ‍‍ب‍‍ْتَغ‍‍ُ‍و‍نَ فَضْلا‍ً مِنَ ا‍للَّهِ وَر‍‍ِضْوَانا‍ً سِيمَاهُمْ فِي وُجُوهِهِ‍‍م‍ْ مِنْ أَثَ‍‍ر‍ِ ا‍لسُّج‍‍ُ‍و‍دِ ذَلِكَ مَثَلُهُمْ فِي ا‍لتَّوْر‍َا‍ةِ وَمَثَلُهُمْ فِي ا‍لإِن‍ج‍‍ِ‍ي‍لِ كَزَرْعٍ أَخْرَجَ شَ‍‍ط‍‍ْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ ا‍لزُّرّ‍َا‍عَ لِيَغ‍‍ِ‍ي‍ظَ بِهِمُ ا‍لْكُفّ‍‍َ‍ا‍رَ وَعَدَ ا‍للَّهُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ مِنْهُ‍‍م‍ْ مَغْفِرَة‍‍‍ً وَأَ‍ج‍‍ْراً عَظِيما‍ً
Next Sūrah