47) Sūrat Muĥammad

Printed format

47) سُورَة مُحَمَّد

Al-Ladhīna Kafarū Wa Şaddū `An Sabīli Al-Lahi 'Ađalla 'A`mālahum 047-001 (اللَّه އަށާއި، އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ عمل ތައް އެކަލާނގެ باطل ކުރެއްވިއެވެ. ا‍لَّذ‍ِي‍نَ كَفَرُوا‍ وَصَدُّوا‍ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ أَضَلَّ أَعْمَالَهُمْ
Wa Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Wa 'Āmanū Bimā Nuzzila `Alá Muĥammadin Wa Huwa Al-Ĥaqqu Min Rabbihim Kaffara `Anhum Sayyi'ātihim Wa 'Aşlaĥa Bālahum 047-002 އަދި إيمان ވެ، صالح عمل ތައްކޮށް، އަދި محمد ގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ وَآمَنُو‍‍ا‍ بِمَا نُزِّلَ عَلَى مُحَ‍‍م‍ّ‍‍َد‍ٍ وَهُوَ ا‍لْحَقُّ مِ‍‍ن‍ْ رَبِّهِمْ كَفَّرَ عَنْهُمْ سَيِّئ‍‍َ‍اتِهِمْ وَأَصْلَحَ بَالَهُمْ
Dhālika Bi'anna Al-Ladhīna Kafarū Attaba`ū Al-Bāţila Wa 'Anna Al-Ladhīna 'Āmanū Attaba`ū Al-Ĥaqqa Min Rabbihim Kadhālika Yađribu Al-Lahu Lilnnāsi 'Amthālahum 047-003 އެއީ كافر ވިމީހުން، باطل އަށް تبع ވީކަމުގެ ސަބަބުންނެވެ. އަދި إيمان ވިމީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ންއައި حق ބަސްފުޅަށް تبع ވުމުގެ ސަބަބުންނެވެ. މީސްތަކުންނަށް އެއުރެންގެ مثال ތައް اللَّه ޖައްސަވަނީ އެފަދައިންނެވެ. ذَلِكَ بِأَ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ ا‍تَّبَعُو‍‍ا‍ ا‍لْبَاطِلَ وَأَ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّبَعُو‍‍ا‍ ا‍لْحَقَّ مِ‍‍ن‍ْ رَبِّهِمْ كَذَلِكَ يَضْ‍‍ر‍‍ِبُ ا‍للَّهُ لِل‍‍ن‍ّ‍‍َ‍ا‍سِ أَمْثَالَهُمْ
Fa'idhā Laqītumu Al-Ladhīna Kafarū Fađarba Ar-Riqābi Ĥattá 'Idhā 'Athkhantumūhum Fashud Al-Wathāqa Fa'immā Mannāan Ba`du Wa 'Immā Fidā'an Ĥattá Tađa`a Al-Ĥarbu 'Awzārahā Dhālika Wa Law Yashā'u Al-Lahu Lāntaşara Minhum Wa Lakin Liyabluwa Ba`đakum Biba`đin Wa Al-Ladhīna Qutilū Fī Sabīli Al-Lahi Falan Yuđilla 'A`mālahum 047-004 ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން كافر ންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި قتل ކުރާށެވެ! (ތިޔަބައިމީހުންގެ ބާރުގަދަކޮށް) އެއުރެން قتل ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فدية ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، اللَّه އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (جهاد شرع ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު امتحان ކުރެއްވުމަށްޓަކައެވެ. އަދި، اللَّه ގެ މަގުގައި قتل ވީ މީހުން ފަހެ، އެއުރެންގެ عمل ތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ. فَإِذا لَقِيتُمُ ا‍لَّذ‍ِي‍نَ كَفَرُوا‍ فَضَرْبَ ا‍لرِّق‍‍َ‍ا‍بِ حَتَّى إِذَا أَثْخَ‍‍ن‍تُمُوهُمْ فَشُدُّوا‍ ا‍لْوَث‍‍َ‍ا‍قَ فَإِ‍مّ‍‍َا مَ‍‍ن‍ّ‍‍ا‍ً بَعْدُ وَإِ‍مّ‍‍َا فِد‍َا‍ءً حَتَّى تَضَعَ ا‍لْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَش‍‍َ‍ا‍ءُ ا‍للَّهُ لاَن‍تَصَرَ مِنْهُمْ وَلَكِ‍‍ن‍ْ لِيَ‍‍ب‍‍ْلُوَ بَعْضَكُ‍‍م‍ْ بِبَعْض‍‍‍ٍ وَا‍لَّذ‍ِي‍نَ قُتِلُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ فَلَ‍‍ن‍ْ يُضِلَّ أَعْمَالَهُمْ
Sayahdīhim Wa Yuşliĥu Bālahum 047-005 އެކަލާނގެ އެއުރެންނަށް (ރަނގަޅު ކަންތަކަށް) މަގުދައްކަވާނެތެވެ. އަދި އެކަލާނގެ އެއުރެންގެ އެންމެހާ حال ތައް، إصلاح ކުރައްވާނެތެވެ. سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ
Wa Yudkhiluhumu Al-Jannata `Arrafahā Lahum 047-006 އަދި ސުވަރުގެޔަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ. وَيُ‍‍د‍‍ْخِلُهُمُ ا‍لْجَ‍‍ن‍ّ‍‍َةَ عَرَّفَهَا لَهُمْ
Yā 'Ayyuhā Al-Ladhīna 'Āmanū 'In Tanşurū Al-Laha Yanşurkum Wa Yuthabbit 'Aqdāmakum 047-007 އޭ إيمان ވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ. ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍ن‍ْ تَ‍‍ن‍صُرُوا‍ ا‍للَّهَ يَ‍‍ن‍صُرْكُمْ وَيُثَبِّتْ أَ‍ق‍‍ْدَامَكُمْ
Wa Al-Ladhīna Kafarū Fata`sāan Lahum Wa 'Ađalla 'A`mālahum 047-008 كافر ވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ عمل ތައް ގެއްލެނިކުރެއްވިއެވެ. وَالَّذ‍ِي‍نَ كَفَرُوا‍ فَتَعْسا‍ً لَهُمْ وَأَضَلَّ أَعْمَالَهُمْ
Dhālika Bi'annahum Karihū Mā 'Anzala Al-Lahu Fa'aĥbaţa 'A`mālahum 047-009 އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. ذَلِكَ بِأَ‍نّ‍‍َهُمْ كَ‍‍ر‍‍ِهُو‍‍ا‍ مَ‍‍ا‍ أَن‍زَلَ ا‍للَّهُ فَأَحْبَطَ أَعْمَالَهُمْ
'Afalam Yasīrū Fī Al-'Arđi Fayanžurū Kayfa Kāna `Āqibatu Al-Ladhīna Min Qablihim Dammara Al-Lahu `Alayhim Wa Lilkāfirīna 'Amthāluhā 047-010 ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެެވެ؟ އެއުރެންގެ މައްޗަށް اللَّه ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، كافر ވި މީހުންނަށްހުރީ އެފަދަ عقوبات ތަކެވެ. أَفَلَمْ يَسِيرُوا‍ فِي ا‍لأَرْضِ فَيَ‍‍ن‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ دَ‍مّ‍‍َرَ ا‍للَّهُ عَلَيْهِمْ وَلِلْكَافِ‍‍ر‍‍ِي‍نَ أَمْثَالُهَا
Dhālika Bi'anna Al-Laha Mawlá Al-Ladhīna 'Āmanū Wa 'Anna Al-Kāfirīna Lā Mawlá Lahum 047-011 އެއީ إيمان ވި މީހުންނަށް އެހީތެރިވެ، نصر ދެއްވާ ފަރާތެއްކަމުގައި اللَّه ވޮޑިގެންވާކަމުންނެވެ. އަދި، كافر ވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ. ذَلِكَ بِأَ‍نّ‍‍َ ا‍للَّهَ مَوْلَى ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَأَ‍نّ‍‍َ ا‍لْكَافِ‍‍ر‍‍ِي‍نَ لاَ مَوْلَى لَهُمْ
'Inna Al-Laha Yudkhilu Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Jannātin Tajrī Min Taĥtihā Al-'Anhāru Wa Al-Ladhīna Kafarū Yatamatta`ūna Wa Ya'kulūna Kamā Ta'kulu Al-'An`ām Wa An-Nāru Mathwáan Lahum 047-012 ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އަދި كافر ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، نعم ސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. إِ‍نّ‍‍َ ا‍للَّهَ يُ‍‍د‍‍ْخِلُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ وَا‍لَّذ‍ِي‍نَ كَفَرُوا‍ يَتَمَتَّع‍‍ُ‍و‍نَ وَيَأْكُل‍‍ُ‍و‍نَ كَمَا تَأْكُلُ ا‍لأَنعَام وَا‍ل‍‍ن‍ّ‍‍َ‍ا‍رُ مَثْوى‍ً لَهُمْ
Wa Ka'ayyin Min Qaryatin Hiya 'Ashaddu Qūwatan Min Qaryatika Allatī 'Akhrajatka 'Ahlaknāhum Falā Nāşira Lahum 047-013 ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ أهل ވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް نصر ދޭނޭ އެއްވެސް މީހަކު ނުވެއެވެ. وَكَأَيِّ‍‍ن‍ْ مِ‍‍ن‍ْ قَرْيَةٍ هِيَ أَشَدُّ قُوَّة‍‍‍ً مِ‍‍ن‍ْ قَرْيَتِكَ ا‍لَّتِ‍‍ي‍ أَخْرَجَتْكَ أَهْلَكْنَاهُمْ فَلاَ نَاصِ‍‍ر‍َ لَهُمْ
'Afaman Kāna `Alá Bayyinatin Min Rabbihi Kaman Zuyyina Lahu Sū'u `Amalihi Wa Attaba`ū 'Ahwā'ahum 047-014 ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينة ތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ أَفَمَ‍‍ن‍ْ ك‍‍َ‍ا‍نَ عَلَى بَيِّنَة‍‍‍ٍ مِ‍‍ن‍ْ رَبِّهِ كَمَ‍‍ن‍ْ زُيِّنَ لَهُ س‍‍ُ‍و‍ءُ عَمَلِهِ وَا‍تَّبَعُ‍‍و‍‍ا‍ أَهْو‍َا‍ءَهُمْ
Mathalu Al-Jannati Allatī Wu`ida Al-Muttaqūna Fīhā 'Anhārun Min Mā'in Ghayri 'Āsinin Wa 'Anhārun Min Labanin Lam Yataghayyar Ţa`muhu Wa 'Anhārun Min Khamrin Ladhdhatin Lilshshāribīna Wa 'Anhārun Min `Asalin Muşaffáan Wa Lahum Fīhā Min Kulli Ath-Thamarāti Wa Maghfiratun Min Rabbihim Kaman Huwa Khālidun An-Nāri Wa Suqū Mā'an Ĥamīmāan Faqaţţa`a 'Am`ā'ahum 047-015 تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި،އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ مَثَلُ ا‍لْجَ‍‍ن‍ّ‍‍َةِ ا‍لَّتِي وُعِدَ ا‍لْمُتَّق‍‍ُ‍و‍نَ فِيهَ‍‍ا‍ أَنْه‍‍َ‍ا‍ر‍ٌ مِ‍‍ن‍ْ م‍‍َ‍ا‍ءٍ غَيْ‍‍ر‍ِ آسِن‍‍‍ٍ وَأَنْه‍‍َ‍ا‍ر‍ٌ مِ‍‍ن‍ْ لَبَن‍‍‍ٍ لَمْ يَتَغَيَّرْ طَعْمُهُ وَأَنْه‍‍َ‍ا‍ر‍ٌ مِنْ خَمْر‍ٍ لَذَّة‍‍‍ٍ لِلشَّا‍ر‍‍ِب‍‍ِ‍ي‍نَ وَأَنْه‍‍َ‍ا‍ر‍ٌ مِنْ عَسَل‍‍‍ٍ مُصَفّى‍ً وَلَهُمْ فِيهَا مِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ وَمَغْفِرَة‍‍‍ٌ مِ‍‍ن‍ْ رَبِّهِمْ كَمَنْ هُوَ خَالِد‍ٌ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَسُقُو‍‍ا‍ م‍‍َ‍ا‍ءً حَمِيما‍ً فَقَطَّعَ أَمْع‍‍َ‍ا‍ءَهُمْ
Wa Minhum Man Yastami`u 'Ilayka Ĥattá 'Idhā Kharajū Min `Indika Qālū Lilladhīna 'Ū Al-`Ilma Mādhā Qāla 'Ānifāan 'Ūlā'ika Al-Ladhīna Ţaba`a Al-Lahu `Alá Qulūbihim Wa Attaba`ū 'Ahwā'ahum 047-016 އެއުރެންގެ ތެރެއިން (އެބަހީ: كافر ންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެއުރެން ނުކުންނަހިނދު، علم ލިބިގެންވާ މީހުންނަށް އެއުރެން ބުނެތެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެއުރެންނީ، اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި، ބަންދުކުރައްވާފައިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނެވެ. وَمِنْهُ‍‍م‍ْ مَ‍‍ن‍ْ يَسْتَمِعُ إِلَيْكَ حَتَّى إِذَا خَرَجُو‍‍ا‍ مِنْ عِ‍‍ن‍‍ْدِكَ قَالُو‍‍ا‍ لِلَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْعِلْمَ مَاذَا ق‍‍َ‍ا‍لَ آنِفاً أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ طَبَعَ ا‍للَّهُ عَلَى قُلُوبِهِمْ وَا‍تَّبَعُ‍‍و‍‍ا‍ أَهْو‍َا‍ءَهُمْ
Wa Al-Ladhīna Ahtadaw Zādahum Hudáan Wa 'Ātāhum Taqwhum 047-017 ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން تقوى ވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ. وَالَّذ‍ِي‍نَ ا‍هْتَدَوْا زَادَهُمْ هُ‍‍دى‍ً وَآتَاهُمْ تَ‍‍ق‍‍ْواهُمْ
Fahal Yanžurūna 'Illā As-Sā`ata 'An Ta'tiyahum Baghtatan Faqad Jā'a 'Ashrāţuhā Fa'anná Lahum 'Idhā Jā'at/hum Dhikrāhum 047-018 ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ،ހަމަކަށަވަރުން، އެކަމުގެ علامات ތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟ فَهَلْ يَ‍‍ن‍‍ْظُر‍ُو‍نَ إِلاَّ ا‍لسَّاعَةَ أَ‍ن‍ْ تَأْتِيَهُ‍‍م‍ْ بَغْتَة‍‍‍ً فَقَ‍‍د‍ْ ج‍‍َ‍ا‍ءَ أَشْرَاطُهَا فَأَ‍نّ‍‍َى لَهُمْ إِذَا ج‍‍َ‍ا‍ءَتْهُمْ ذِكْرَاهُمْ
Fā`lam 'Annahu Lā 'Ilāha 'Illā Al-Lahu Wa Astaghfir Lidhanbika Wa Lilmu'uminīna Wa Al-Mu'umināti Wa Allāhu Ya`lamu Mutaqallabakum Wa Mathwākum 047-019 ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން اللَّه ދެނެވޮޑިގެންވެތެވެ. فَاعْلَمْ أَ‍نّ‍‍َهُ لاَ إِلَهَ إِلاَّ ا‍للَّهُ وَا‍سْتَغْفِرْ لِذَ‍ن‍‍ْبِكَ وَلِلْمُؤْمِن‍‍ِ‍ي‍نَ وَا‍لْمُؤْمِن‍‍َ‍ا‍تِ وَا‍للَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ
Wa Yaqūlu Al-Ladhīna 'Āmanū Lawlā Nuzzilat Sūratun Fa'idhā 'Unzilat Sūratun Muĥkamatun Wa Dhukira Fīhā Al-Qitālu Ra'ayta Al-Ladhīna Fī Qulūbihim Marađun Yanžurūna 'Ilayka Nažara Al-Maghshīyi `Alayhi Mina Al-Mawti Fa'awlá Lahum 047-020 إيمان ވި މީހުން ބުނެތެވެ. سورة އެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި صريح حكم ކަނޑައަޅުއްވާފައިވާ سورة އެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ سورة ގައި ބަޔާންކުރައްވައިފިހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާފަދައިން އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. ފަހެ، އެއުރެންނަށް ހަލާކުހުށްޓެވެ. وَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لَوْلاَ نُزِّلَتْ سُورَة‍‍‍ٌ فَإِذَا أُن‍زِلَتْ سُورَة‍‍‍ٌ مُحْكَمَة‍‍‍ٌ وَذُكِ‍‍ر‍َ فِيهَا ا‍لْقِت‍‍َ‍ا‍لُ رَأَيْتَ ا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَض‍‍‍ٌ يَ‍‍ن‍ظُر‍ُو‍نَ إِلَيْكَ نَظَرَ ا‍لْمَغْشِيِّ عَلَيْهِ مِنَ ا‍لْمَوْتِ فَأَوْلَى لَهُمْ
Ţā`atun Wa Qawlun Ma`rūfun Fa'idhā `Azama Al-'Amru Falaw Şadaqū Al-Laha Lakāna Khayrāan Lahum 047-021 ކިޔަމަންވުމަކާއި، ރީތި ބަހެއް ބުނުން (ހެޔޮކަން ބޮޑުވެގެން) ވެއެވެ. ފަހެ، ހަނގުރާމަކުރުމުގެ أمر ފުޅު ކަނޑައެޅިއްޖެހިނދު، اللَّه އަށް އެއުރެން ތެދުވެރިވީނަމަ،އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ. طَاعَة‍‍‍ٌ وَقَوْل‍‍‍ٌ مَعْر‍ُو‍ف‍‍‍ٌ فَإِذَا عَزَمَ ا‍لأَمْرُ فَلَوْ صَدَقُو‍‍ا‍ ا‍للَّهَ لَك‍‍َ‍ا‍نَ خَيْرا‍ً لَهُمْ
Fahal `Asaytum 'In Tawallaytum 'An Tufsidū Fī Al-'Arđi Wa Tuqaţţi`ū 'Arĥāmakum 047-022 ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ فَهَلْ عَسَيْتُمْ إِ‍ن‍ْ تَوَلَّيْتُمْ أَ‍ن‍ْ تُفْسِدُوا‍ فِي ا‍لأَرْضِ وَتُقَطِّعُ‍‍و‍‍ا‍ أَرْحَامَكُمْ
'Ūlā'ika Al-Ladhīna La`anahumu Al-Lahu Fa'aşammahum Wa 'A`má 'Abşārahum 047-023 އެއުރެންނީ، އެއުރެންނަށް اللَّه لعنة ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ لَعَنَهُمُ ا‍للَّهُ فَأَصَ‍‍م‍ّ‍‍َهُمْ وَأَعْمَى أَ‍ب‍‍ْصَارَهُمْ
'Afalā Yatadabbarūna Al-Qur'āna 'Am `Alá Qulūbin 'Aqfāluhā 047-024 ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟ أَفَلاَ يَتَدَبَّر‍ُو‍نَ ا‍لْقُرْآنَ أَمْ عَلَى قُل‍‍ُ‍و‍بٍ أَ‍ق‍‍ْفَالُهَا
'Inna Al-Ladhīna Artaddū `Alá 'Adrihim Min Ba`di Mā Tabayyana Lahumu Al-Hudá Ash-Shayţānu Sawwala Lahum Wa 'Amlá Lahum 047-025 ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް شيطان އާ އެކަން زينة ތެރިކޮށްދެއްކިއެވެ. އަދި أجل ތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ ا‍رْتَدُّوا‍ عَلَى أَ‍د‍‍ْبَا‍ر‍‍ِهِ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا تَبَيَّنَ لَهُمُ ا‍لْهُدَى ا‍لشَّيْط‍‍َ‍ا‍نُ سَوَّلَ لَهُمْ وَأَمْلَى لَهُمْ
Dhālika Bi'annahum Qālū Lilladhīna Karihū Mā Nazzala Al-Lahu Sanuţī`ukum Fī Ba`đi Al-'Amri Wa Allāhu Ya`lamu 'Isrārahum 047-026 އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ. އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް اللَّه ދެނެވޮޑިގެންވެތެވެ. ذَلِكَ بِأَ‍نّ‍‍َهُمْ قَالُو‍‍ا‍ لِلَّذ‍ِي‍نَ كَ‍‍ر‍‍ِهُو‍‍ا‍ مَا نَزَّلَ ا‍للَّهُ سَنُطِيعُكُمْ فِي بَعْضِ ا‍لأَمْ‍‍ر‍ِ وَا‍للَّهُ يَعْلَمُ إِسْرَارَهُمْ
Fakayfa 'Idhā Tawaffat/humu Al-Malā'ikatu Yađribūna Wujūhahum Wa 'Adbārahum 047-027 އެއުރެންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން ملائكة ން އެއުރެންގެ މަރުހިއްޕަވާހިނދު، އެއުރެންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟ فَكَيْفَ إِذَا تَوَفَّتْهُمُ ا‍لْمَلاَئِكَةُ يَضْ‍‍ر‍‍ِب‍‍ُ‍و‍نَ وُجُوهَهُمْ وَأَ‍د‍‍ْبَارَهُمْ
Dhālika Bi'annahumu Attaba`ū Mā 'Askhaţa Al-Laha Wa Karihū Riđwānahu Fa'aĥbaţa 'A`mālahum 047-028 އެއީ، اللّه ކޯފާވެވޮޑިގެންވާމަގަށް އެއުރެން تبع ވީކަމަށްޓަކައެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. ذَلِكَ بِأَ‍نّ‍‍َهُمُ ا‍تَّبَعُو‍‍ا‍ مَ‍‍ا‍ أَسْخَطَ ا‍للَّهَ وَكَ‍‍ر‍‍ِهُو‍‍ا‍ر‍‍ِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ
'Am Ĥasiba Al-Ladhīna Fī Qulūbihim Marađun 'An Lan Yukhrija Al-Lahu 'Ađghānahum 047-029 ނުވަތަ އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން، އެއުރެންގެ ރުޅިވެރިކަމާއި، حسد ވެރިކަން اللَّه ފާޅުނުކުރައްވާނެކަމަށް އެއުރެން ހީކުރީހެއްޔެވެ؟ أَمْ حَسِبَ ا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَضٌ أَ‍ن‍ْ لَ‍‍ن‍ْ يُخْ‍‍ر‍‍ِجَ ا‍للَّهُ أَضْغَانَهُمْ
Wa Law Nashā'u La'araynākahum Fala`araftahum Bisīmāhum Wa Lata`rifannahum Fī Laĥni Al-Qawli Wa Allāhu Ya`lamu 'A`mālakum 047-030 އަދި، ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެއުރެން ދައްކަވައިފީމުސްކަން ކަށަވަރެވެ. ފަހެ، އެއުރެންގެ نشان ތަކުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތީސްކަން ކަށަވަރެވެ. އަދި ބަސްބުނުމުގެ ރާގުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި اللَّه ތިޔަބައިމީހުންގެ عمل ތައް ދެނެވޮޑިގެންވެތެވެ. وَلَوْ نَش‍‍َ‍ا‍ءُ لَأَرَيْنَاكَهُمْ فَلَعَرَفْتَهُ‍‍م‍ْ بِسِيمَاهُمْ وَلَتَعْ‍‍ر‍‍ِفَ‍‍ن‍ّ‍‍َهُمْ فِي لَحْنِ ا‍لْقَوْلِ وَا‍للَّهُ يَعْلَمُ أَعْمَالَكُمْ
Wa Lanabluwannakum Ĥattá Na`lama Al-Mujāhidīna Minkum Wa Aş-Şābirīna Wa Nabluwa 'Akhbārakum 047-031 އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދިތިޔަބައިމީހުންގެ خبر ތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. وَلَنَ‍‍ب‍‍ْلُوَنّ‍‍َكُمْ حَتَّى نَعْلَمَ ا‍لْمُجَاهِد‍ِي‍نَ مِ‍‍ن‍‍ْكُمْ وَا‍لصَّابِ‍‍ر‍‍ِي‍نَ وَنَ‍‍ب‍‍ْلُوَ أَخْبَارَكُمْ
'Inna Al-Ladhīna Kafarū Wa Şaddū `An Sabīli Al-Lahi Wa Shāq Ar-Rasūla Min Ba`di Mā Tabayyana Lahumu Al-Hudá Lan Yađurrū Al-Laha Shay'āan Wa Sayuĥbiţu 'A`mālahum 047-032 ހަމަކަށަވަރުން، كافر ވެ، އަދި اللَّه ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، އަދި އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، رسول އާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރައްވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ وَصَدُّوا‍ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ وَش‍‍َ‍ا‍قُّو‍‍ا‍ ا‍لرَّس‍‍ُ‍و‍لَ مِ‍‍ن‍ْ بَعْدِ مَا تَبَيَّنَ لَهُمُ ا‍لهُدَى لَ‍‍ن‍ْ يَضُرُّوا‍ ا‍للَّهَ شَيْئا‍ً وَسَيُحْبِطُ أَعْمَالَهُمْ
Yā 'Ayyuhā Al-Ladhīna 'Āmanū 'Aţī`ū Al-Laha Wa 'Aţī`ū Ar-Rasūla Wa Lā Tubţilū 'A`mālakum 047-033 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عمل ތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ! ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَطِيعُو‍‍ا‍ ا‍للَّهَ وَأَطِيعُو‍‍ا‍ ا‍لرَّس‍‍ُ‍و‍لَ وَلاَ تُ‍‍ب‍‍ْطِلُ‍‍و‍‍ا‍ أَعْمَالَكُمْ
'Inna Al-Ladhīna Kafarū Wa Şaddū `An Sabīli Al-Lahi Thumma Mātū Wa Hum Kuffārun Falan Yaghfira Al-Lahu Lahum 047-034 ހަމަކަށަވަރުން، كافر ވެ اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން كافر ންކަމުގައި ވެގެންތިބެ މަރުވި މީހުން (ދަންނާށެވެ!) ފަހެ، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ وَصَدُّوا‍ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ ثُ‍‍م‍ّ‍‍َ مَاتُو‍‍ا‍ وَهُمْ كُفّ‍‍َ‍ا‍ر‍ٌ فَلَ‍‍ن‍ْ يَغْفِ‍‍ر‍َ ا‍للَّهُ لَهُمْ
Falā Tahinū Wa Tad`ū 'Ilá As-Salmi Wa 'Antumu Al-'A`lawna Wa Allāhu Ma`akum Wa Lan Yatirakum 'A`mālakum 047-035 ފަހެ، ތިޔަބައިމީހުން ނިކަމެތިވެގަނެ، كافر ންނާ صلح ވުމަށް ގޮވައިނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި، اللَّه ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެعمل ތައް އެކަލާނގެ އުނިނުކުރައްވާހުށްޓެވެ. فَلاَ تَهِنُو‍‍ا‍ وَتَ‍‍د‍‍ْعُ‍‍و‍‍ا‍ إِلَى ا‍لسَّلْمِ وَأَ‍ن‍‍ْتُمُ ا‍لأَعْلَوْنَ وَا‍للَّهُ مَعَكُمْ وَلَ‍‍ن‍ْ يَتِرَكُمْ أَعْمَالَكُمْ
'Innamā Al-Ĥayāatu Ad-Dunyā La`ibun Wa Lahwun Wa 'In Tu'uminū Wa Tattaqū Yu'utikum 'Ujūrakum Wa Lā Yas'alkum 'Amwālakum 047-036 ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ. އަދި ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މުދާތަކަކަށް އެދިވޮޑިއެއް ނުގަންނަވަތެވެ. إِ‍نّ‍‍َمَا ا‍لحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا لَعِب‍‍‍ٌ وَلَهْو‍ٌ وَإِ‍ن‍ْ تُؤْمِنُو‍‍ا‍ وَتَتَّقُو‍‍ا‍ يُؤْتِكُمْ أُجُورَكُمْ وَلاَ يَسْأَلْكُمْ أَمْوَالَكُمْ
'In Yas'alkumūhā Fayuĥfikum Tabkhalū Wa Yukhrij 'Ađghānakum 047-037 ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ އެތަކެއްޗަށް އެދިވޮޑިގަންނަވައި، އެކަމަށް ބާރުއަޅުއްވާނަމަ، ތިޔަބައިމީހުން ދަހިވެތިވާނޫއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ރުޅިވެރިކަމާއި، حسد ވެރިކަން ފާޅުކުރައްވާނެތެވެ. إِ‍ن‍ْ يَسْأَلْكُمُوهَا فَيُحْفِكُمْ تَ‍‍ب‍‍ْخَلُو‍‍ا‍ وَيُخْ‍‍ر‍‍ِ‍ج‍ْ أَضْغَانَكُمْ
Hā'antum Hā'uulā' Tud`awna Litunfiqū Fī Sabīli Al-Lahi Faminkum Man Yabkhalu Wa Man Yabkhal Fa'innamā Yabkhalu `An Nafsihi Wa Allāhu Al-Ghanīyu Wa 'Antumu Al-Fuqarā'u Wa 'In Tatawallaw Yastabdil Qawmāan Ghayrakum Thumma Lā Yakūnū 'Amthālakum 047-038 އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. اللَّه ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ ފަރާތުންނެވެ. اللَّه އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި فقير ންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ. ه‍َا‍أَ‍ن‍‍ْتُمْ ه‍‍َ‍ا‍ؤُلاَء تُ‍‍د‍‍ْعَوْنَ لِتُ‍‍ن‍فِقُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ فَمِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ن‍ْ يَ‍‍ب‍‍ْخَلُ وَمَ‍‍ن‍ْ يَ‍‍ب‍‍ْخَلْ فَإِ‍نّ‍‍َمَا يَ‍‍ب‍‍ْخَلُ عَ‍‍ن‍ْ نَفْسِهِ وَا‍للَّهُ ا‍لْغَنِيُّ وَأَ‍ن‍‍ْتُمُ ا‍لْفُقَر‍َا‍ءُ وَإِ‍ن‍ْ تَتَوَلَّوْا يَسْتَ‍‍ب‍‍ْدِلْ قَوْماً غَيْرَكُمْ ثُ‍‍م‍ّ‍‍َ لاَ يَكُونُ‍‍و‍‍ا‍ أَمْثَالَكُمْ
Next Sūrah