45) Sūrat Al-Jāthiyah

Printed format

45) سُورَة الجَاثِيَه

Ĥā-Mīm 045-001 ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) حَا-مِيم
Tanzīlu Al-Kitābi Mina Al-Lahi Al-`Azīzi Al-Ĥakīmi 045-002 މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ. تَ‍‍ن‍ز‍ِي‍لُ ا‍لْكِت‍‍َ‍ا‍بِ مِنَ ا‍للَّهِ ا‍لْعَز‍ِي‍زِ ا‍لْحَك‍‍ِ‍ي‍مِ
'Inna Fī As-Samāwāti Wa Al-'Arđi La'āyātin Lilmu'uminīna 045-003 ހަމަކަށަވަރުން، مؤمن ންނަށް އުޑުތަކާއި، ބިމުގައި (اللَّه ގެ قدرة ތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ. إِ‍نّ‍‍َ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ لَآي‍‍َ‍ا‍ت‍‍‍ٍ لِلْمُؤْمِن‍‍ِ‍ي‍نَ
Wa Fī Khalqikum Wa Mā Yabuththu Min Dābbatin 'Āyātun Liqawmin Yūqinūna 045-004 އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި،އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ. وَفِي خَلْقِكُمْ وَمَا يَبُثُّ مِ‍‍ن‍ْ دَا‍بَّة‍‍‍ٍ آي‍‍َ‍ا‍ت‍‍‍ٌ لِقَوْم‍‍‍ٍ يُوقِن‍‍ُ‍و‍نَ
Wa Akhtilāfi Al-Layli Wa An-Nahāri Wa Mā 'Anzala Al-Lahu Mina As-Samā'i Min Rizqin Fa'aĥyā Bihi Al-'Arđa Ba`da Mawtihā Wa Taşrīfi Ar-Riyāĥi 'Āyātun Liqawmin Ya`qilūna 045-005 އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزق ން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ. وَاخْتِلاَفِ ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَمَ‍‍ا‍ أَن‍زَلَ ا‍للَّهُ مِنَ ا‍لسَّم‍‍َ‍ا‍ءِ مِ‍‍ن‍ْ ‍ر‍‍ِزْق‍‍‍ٍ فَأَحْيَا بِهِ ا‍لأَرْضَ بَعْدَ مَوْتِهَا وَتَصْ‍‍ر‍‍ِي‍فِ ا‍لرِّي‍‍َ‍ا‍حِ آي‍‍َ‍ا‍ت‍‍‍ٌ لِقَوْم‍‍‍ٍ يَعْقِل‍‍ُ‍و‍نَ
Tilka 'Āyātu Al-Lahi Natlūhā `Alayka Bil-Ĥaqqi Fabi'ayyi Ĥadīthin Ba`da Al-Lahi Wa 'Āyātihi Yu'uminūna 045-006 އެއީ اللَّه ގެ آية ތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آية ތައް ކިޔައިދެއްވަމެވެ. ފަހެ، اللَّه ގެ ފޮތާއި، އެކަލާނގެ آية ތަކަށްފަހުގައި، އެއުރެން إيمان ވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟ تِلْكَ آي‍‍َ‍ا‍تُ ا‍للَّهِ نَتْلُوهَا عَلَيْكَ بِ‍‍ا‍لْحَقِّ فَبِأَيِّ حَد‍ِي‍ث‍‍‍ٍ بَعْدَ ا‍للَّهِ وَآيَاتِهِ يُؤْمِن‍‍ُ‍و‍نَ
Waylun Likulli 'Affākin 'Athīmin 045-007 ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ. وَيْل‍‍‍ٌ لِكُلِّ أَفّ‍‍َ‍ا‍كٍ أَث‍‍ِ‍ي‍م‍‍‍ٍ
Yasma`u 'Āyāti Al-Lahi Tutlá `Alayhi Thumma Yuşirru Mustakbirāan Ka'an Lam Yasma`hā Fabashshirhu Bi`adhābin 'Alīmin 045-008 اللَّه ގެ آية ތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (كافر ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! يَسْمَعُ آي‍‍َ‍ا‍تِ ا‍للَّهِ تُتْلَى عَلَيْهِ ثُ‍‍م‍ّ‍‍َ يُصِرُّ مُسْتَكْبِرا‍ً كَأَ‍ن‍ْ لَمْ يَسْمَعْهَا فَبَشِّرْهُ بِعَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
Wa 'Idhā `Alima Min 'Āyātinā Shay'āan Attakhadhahā Huzūan 'Ūlā'ika Lahum `Adhābun Muhīnun 045-009 އަދި ތިމަންރަސްކަލާނގެ آية ތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ. وَإِذَا عَلِمَ مِ‍‍ن‍ْ آيَاتِنَا شَيْئا‍ً ا‍تَّخَذَهَا هُز‍ُو‍اً أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ عَذ‍َا‍ب‍‍‍ٌ مُه‍‍ِ‍ي‍ن‍‍‍ٌ
Min Warā'ihim Jahannamu Wa Lā Yughnī `Anhum Mā Kasabū Shay'āan Wa Lā Mā Attakhadhū Min Dūni Al-Lahi 'Awliyā'a Wa Lahum `Adhābun `Ažīmun 045-010 އެއުރެންގެ ފަހަތުގައިވަނީނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ اللَّه ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. مِ‍‍ن‍ْ وَر‍َا‍ئِهِمْ جَهَ‍‍ن‍ّ‍‍َمُ وَلاَ يُغْنِي عَنْهُ‍‍م‍ْ مَا كَسَبُو‍‍ا‍ شَيْئا‍ً وَلاَ مَا ا‍تَّخَذُوا‍ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ أَوْلِي‍‍َ‍ا‍ءَ وَلَهُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
dhā Hudáan Wa Al-Ladhīna Kafarū Bi'āyāti Rabbihim Lahum `Adhābun Min Rijzin 'Alīmun 045-011 މިއީ (އެބަހީ: މި قرآن އަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް كافر ވި މީހުންނަށް ވޭންދެނިވި، އެންމެގަދަ عذاب ން عذاب ހުށްޓެވެ. هَذَا هُ‍‍دى‍ً وَا‍لَّذ‍ِي‍نَ كَفَرُوا‍ بِآي‍‍َ‍ا‍تِ رَبِّهِمْ لَهُمْ عَذ‍َا‍ب‍‍‍ٌ مِ‍‍ن‍ْ ‍ر‍‍ِ‍ج‍‍ْزٍ أَل‍‍ِ‍ي‍م‍‍‍ٌ
Al-Lahu Al-Ladhī Sakhkhara Lakumu Al-Baĥra Litajriya Al-Fulku Fīhi Bi'amrihi Wa Litabtaghū Min Fađlihi Wa La`allakum Tashkurūna 045-012 اللَّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. ا‍للَّهُ ا‍لَّذِي سَخَّرَ لَكُمُ ا‍لْبَحْرَ لِتَ‍‍ج‍‍ْ‍‍ر‍‍ِيَ ا‍لْفُلْكُ ف‍‍ِ‍ي‍هِ بِأَمْ‍‍ر‍‍ِهِ وَلِتَ‍‍ب‍‍ْتَغُو‍‍ا‍ مِ‍‍ن‍ْ فَضْلِهِ وَلَعَلَّكُمْ تَشْكُر‍ُو‍نَ
Wa Sakhkhara Lakum Mā Fī As-Samāwāti Wa Mā Fī Al-'Arđi Jamī`āan Minhu 'Inna Fī Dhālika La'āyātin Liqawmin Yatafakkarūna 045-013 އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. وَسَخَّرَ لَكُ‍‍م‍ْ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ جَمِيعا‍ً مِنْهُ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَتَفَكَّر‍ُو‍نَ
Qul Lilladhīna 'Āmanū Yaghfirū Lilladhīna Lā Yarjūna 'Ayyāma Al-Lahi Liyajziya Qawmāan Bimā Kānū Yaksibūna 045-014 إيمان ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ عقوبات އަށް) ބިރުނުގަންނަ މީހުންނަށް މާފު(ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަަޒާ ދެއްވުމަށްޓަކައެވެ. قُ‍‍ل‍ْ لِلَّذ‍ِي‍نَ آمَنُو‍‍ا‍ يَغْفِرُوا‍ لِلَّذ‍ِي‍نَ لاَ يَرْج‍‍ُ‍و‍نَ أَيّ‍‍َ‍ا‍مَ ا‍للَّهِ لِيَ‍‍ج‍‍ْزِيَ قَوْما‍ً بِمَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Man `Amila Şāliĥāan Falinafsihi Wa Man 'Asā'a Fa`alayhā Thumma 'Ilá Rabbikum Turja`ūna 045-015 صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. مَنْ عَمِلَ صَالِحا‍ً فَلِنَفْسِهِ وَمَنْ أَس‍‍َ‍ا‍ءَ فَعَلَيْهَا ثُ‍‍م‍ّ‍‍َ إِلَى رَبِّكُمْ تُرْجَع‍‍ُ‍و‍نَ
Wa Laqad 'Ātaynā Banī 'Isrā'īla Al-Kitāba Wa Al-Ĥukma Wa An-Nubūwata Wa Razaqnāhum Mina Aţ-Ţayyibāti Wa Fađđalnāhum `Alá Al-`Ālamīna 045-016 ހަމަކަށަވަރުން، إسـرآءيـل ގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزق ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ. وَلَقَ‍‍د‍ْ آتَيْنَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍لْكِت‍‍َ‍ا‍بَ وَا‍لْحُكْمَ وَا‍ل‍‍ن‍ّ‍‍ُبُوَّةَ وَرَزَ‍ق‍‍ْنَاهُ‍‍م‍ْ مِنَ ا‍لطَّيِّب‍‍َ‍ا‍تِ وَفَضَّلْنَاهُمْ عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Wa 'Ātaynāhum Bayyinātin Mina Al-'Amri Famā Akhtalafū 'Illā Min Ba`di Mā Jā'ahumu Al-`Ilmu Baghyāan Baynahum 'Inna Rabbaka Yaqđī Baynahum Yawma Al-Qiyāmati Fīmā Kānū Fīhi Yakhtalifūna 045-017 އަދި دين ގެ ކަންތަކާމެދުގައި بيان ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلاف އެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެقيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ. وَآتَيْنَاهُ‍‍م‍ْ بَيِّن‍‍َ‍ا‍ت‍‍‍ٍ مِنَ ا‍لأَمْ‍‍ر‍ِ فَمَا ا‍خْتَلَفُ‍‍و‍‍ا‍ إِلاَّ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَهُمُ ا‍لْعِلْمُ بَغْيا‍ً بَيْنَهُمْ إِ‍نّ‍‍َ رَبَّكَ يَ‍‍ق‍‍ْضِي بَيْنَهُمْ يَوْمَ ا‍لْقِيَامَةِ فِيمَا كَانُو‍‍ا‍ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
Thumma Ja`alnāka `Alá Sharī`atin Mina Al-'Amri Fa Attabi`hā Wa Lā Tattabi` 'Ahwā'a Al-Ladhīna Lā Ya`lamūna 045-018 ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! ثُ‍‍م‍ّ‍‍َ جَعَلْن‍‍َ‍ا‍كَ عَلَى شَ‍‍ر‍‍ِيعَة‍‍‍ٍ مِنَ ا‍لأَمْ‍‍ر‍ِ فَاتَّبِعْهَا وَلاَ تَتَّبِعْ أَهْو‍َا‍ءَ ا‍لَّذ‍ِي‍نَ لاَ يَعْلَم‍‍ُ‍و‍نَ
'Innahum Lan Yughnū `Anka Mina Al-Lahi Shay'āan Wa 'Inna Až-Žālimīna Ba`đuhum 'Awliyā'u Ba`đin Wa Allāhu Wa Līyu Al-Muttaqīna 045-019 ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َهُمْ لَ‍‍ن‍ْ يُغْنُو‍‍ا‍ عَ‍‍ن‍كَ مِنَ ا‍للَّهِ شَيْئا‍ً وَإِ‍نّ‍‍َ ا‍لظَّالِم‍‍ِ‍ي‍نَ بَعْضُهُمْ أَوْلِي‍‍َ‍ا‍ءُ بَعْض‍‍‍ٍ وَا‍للَّهُ وَلِيُّ ا‍لْمُتَّق‍‍ِ‍ي‍نَ
dhā Başā'iru Lilnnāsi Wa Hudáan Wa Raĥmatun Liqawmin Yūqinūna 045-020 މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ ބަޔަކަށްވާ هداية އަކާއި، رحمة އެކެވެ. هَذَا بَص‍‍َ‍ا‍ئِ‍‍ر‍ُ لِل‍‍ن‍ّ‍‍َ‍ا‍سِ وَهُ‍‍دى‍ً وَرَحْمَة‍‍‍ٌ لِقَوْم‍‍‍ٍ يُوقِن‍‍ُ‍و‍نَ
'Am Ĥasiba Al-Ladhīna Ajtaraĥū As-Sayyi'āti 'An Naj`alahum Kālladhīna 'Āmanū Wa `Amilū Aş-Şāliĥāti Sawā'an Maĥyāhum Wa Mamātuhum Sā'a Mā Yaĥkumūna 045-021 ނުބައިކަންތައް ކުރިމީހުން، إيمان ވެ صالح عمل ތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ! أَمْ حَسِبَ ا‍لَّذ‍ِي‍نَ ا‍ج‍‍ْتَرَحُو‍‍ا‍ ا‍لسَّيِّئ‍‍َ‍ا‍تِ أَ‍ن‍ْ نَ‍‍ج‍‍ْعَلَهُمْ كَالَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ سَو‍َا‍ء‍ً مَحْيَاهُمْ وَمَمَاتُهُمْ س‍‍َ‍ا‍ءَ مَا يَحْكُم‍‍ُ‍و‍نَ
Wa Khalaqa Al-Lahu As-Samāwāti Wa Al-'Arđa Bil-Ĥaqqi Wa Litujzá Kullu Nafsin Bimā Kasabat Wa Hum Lā Yužlamūna 045-022 اللَّه، އުޑުތަކާއި ބިން حق ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ نفسއަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. وَخَلَقَ ا‍للَّهُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِ‍‍ا‍لْحَقِّ وَلِتُ‍‍ج‍‍ْزَى كُلُّ نَفْس‍‍‍ٍ بِمَا كَسَبَتْ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
'Afara'ayta Mani Attakhadha 'Ilahahu Hawāhu Wa 'Ađallahu Al-Lahu `Alá `Ilmin Wa Khatama `Alá Sam`ihi Wa Qalbihi Wa Ja`ala `Alá Başarihi Ghishāwatan Faman Yahdīhi Min Ba`di Al-Lahi 'Afalā Tadhakkarūna 045-023 ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ أَفَرَأَيْتَ مَنِ ا‍تَّخَذَ إِلَهَهُ هَو‍َا‍هُ وَأَضَلَّهُ ا‍للَّهُ عَلَى عِلْم‍‍‍ٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ وَجَعَلَ عَلَى بَصَ‍‍ر‍‍ِهِ غِشَاوَة‍‍‍ً فَمَ‍‍ن‍ْ يَهْد‍ِي‍هِ مِ‍‍ن‍ْ بَعْدِ ا‍للَّهِ أَفَلاَ تَذَكَّر‍ُو‍نَ
Wa Qālū Mā Hiya 'Illā Ĥayātunā Ad-Dunyā Namūtu Wa Naĥyā Wa Mā Yuhlikunā 'Illā Ad-Dahru Wa Mā Lahum Bidhālika Min `Ilmin 'In Hum 'Illā Yažunnūna 045-024 އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ. وَقَالُو‍‍ا‍ مَا هِيَ إِلاَّ حَيَاتُنَا ا‍لدُّ‍‍ن‍‍ْيَا نَم‍‍ُ‍و‍تُ وَنَحْيَا وَمَا يُهْلِكُنَ‍‍ا إِلاَّ ا‍لدَّهْرُ وَمَا لَهُ‍‍م‍ْ بِذَلِكَ مِنْ عِلْم‍‍‍ٍ إِنْ هُمْ إِلاَّ يَظُ‍‍ن‍ّ‍‍ُ‍و‍نَ
Wa 'Idhā Tutlá `Alayhim 'Āyātunā Bayyinātin Mā Kāna Ĥujjatahum 'Illā 'An Qālū A'tū Bi'ābā'inā 'In Kuntum Şādiqīna 045-025 އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީއެއުރެން ދައްކާނޭ حجّة އެއް ނުވެތެވެ. وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّن‍‍َ‍ا‍ت‍‍‍ٍ مَا ك‍‍َ‍ا‍نَ حُجَّتَهُمْ إِلاَّ أَ‍ن‍ْ قَالُو‍‍ا‍ ا‍ئْتُو‍‍ا‍ بِآب‍‍َ‍ا‍ئِنَ‍‍ا إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Quli Al-Lahu Yuĥyīkum Thumma Yumītukum Thumma Yajma`ukum 'Ilá Yawmi Al-Qiyāmati Lā Rayba Fīhi Wa Lakinna 'Akthara An-Nāsi Lā Ya`lamūna 045-026 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން قيامة ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. قُلِ ا‍للَّهُ يُحْيِيكُمْ ثُ‍‍م‍ّ‍‍َ يُمِيتُكُمْ ثُ‍‍م‍ّ‍‍َ يَ‍‍ج‍‍ْمَعُكُمْ إِلَى يَوْمِ ا‍لْقِيَامَةِ لاَ رَيْبَ ف‍‍ِ‍ي‍هِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Lillahi Mulku As-Samāwāti Wa Al-'Arđi Wa Yawma Taqūmu As-Sā`atu Yawma'idhin Yakhsaru Al-Mubţilūna 045-027 އުޑުތަކާއި، ބިމުގެވެރިކަންވަނީ اللَّه އަށެވެ. އަދި قيامة ގެ ވަގުތު އަންނަދުވަހު، އެދުވަހުން باطل ގެ أهل ވެރިން ގެއްލި ހަލާކުވެދާހުށްޓެވެ. وَلِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَيَوْمَ تَق‍‍ُ‍و‍مُ ا‍لسَّاعَةُ يَوْمَئِذ‍ٍ يَخْسَرُ ا‍لْمُ‍‍ب‍‍ْطِل‍‍ُ‍و‍نَ
Wa Tará Kulla 'Ummatinthiyatan Kullu 'Ummatin Tud`á 'Ilá Kitābihā Al-Yawma Tujzawna Mā Kuntum Ta`malūna 045-028 އަދި ކޮންމެ أمّة އެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ أمة އެންމެ އެ أمّة އެއްގެ (عمل ގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ. وَتَرَى كُلَّ أُ‍مّ‍‍َة‍‍‍ٍ جَاثِيَة‍‍‍ً كُلُّ أُ‍مّ‍‍َة‍‍‍ٍ تُ‍‍د‍‍ْعَى إِلَى كِتَابِهَا ا‍لْيَوْمَ تُ‍‍ج‍‍ْزَوْنَ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
dhā Kitābunā Yanţiqu `Alaykum Bil-Ĥaqqi 'Innā Kunnā Nastansikhu Mā Kuntum Ta`malūna 045-029 މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް حق ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް (ملائكة ން މެދުވެރިކުރައްވައި) ލިޔުއްވީމެވެ. هَذَا كِتَابُنَا يَ‍‍ن‍طِقُ عَلَيْكُ‍‍م‍ْ بِ‍‍ا‍لْحَقِّ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا نَسْتَ‍‍ن‍سِخُ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Fa'ammā Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Fayudkhiluhum Rabbuhum Fī Raĥmatihi Dhālika Huwa Al-Fawzu Al-Mubīnu 045-030 ފަހެ، إيمان ވެ އަދި صالح عمل ތައްކުޅަމީހުންދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ رحمة ގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ. فَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ فَيُ‍‍د‍‍ْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ذَلِكَ هُوَ ا‍لْفَوْزُ ا‍لْمُب‍‍ِ‍ي‍نُ
Wa 'Ammā Al-Ladhīna Kafarū 'Afalam Takun 'Āyātī Tutlá `Alaykum Fāstakbartum Wa Kuntum Qawmāan Mujrimīna 045-031 އަދި كافر ވި މީހުން ދަންނާށެވެ! (އެއުރެންނަށް އަންގަވާނެތެވެ.) ފަހެ، ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން كبر ވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ. وَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَفَلَمْ تَكُ‍‍ن‍ْ آيَاتِي تُتْلَى عَلَيْكُمْ فَاسْتَكْبَرْتُمْ وَكُ‍‍ن‍تُمْ قَوْما‍ً مُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Wa 'Idhā Qīla 'Inna Wa`da Al-Lahi Ĥaqqun Wa As-Sā`atu Lā Rayba Fīhā Qultum Mā Nadrī Mā As-Sā`atu 'In Nažunnu 'Illā Žannāan Wa Mā Naĥnu Bimustayqinīna 045-032 އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދޭ، އަދި قيامة އާ ދޭތެރޭގައި شك އެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. قيامة އަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި يقين ކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. وَإِذَا ق‍‍ِ‍ي‍لَ إِ‍نّ‍‍َ وَعْدَ ا‍للَّهِ حَقّ‍‍‍ٌ وَا‍لسَّاعَةُ لاَ رَيْبَ فِيهَا قُلْتُ‍‍م‍ْ مَا نَ‍‍د‍‍ْ‍ر‍‍ِي مَا ا‍لسَّاعَةُ إِ‍ن‍ْ نَظُ‍‍ن‍ّ‍‍ُ إِلاَّ ظَ‍‍ن‍ّ‍‍ا‍ً وَمَا نَحْنُ بِمُسْتَيْقِن‍‍ِ‍ي‍نَ
Wa Badā Lahum Sayyi'ātu Mā `Amilū Wa Ĥāqa Bihim Mā Kānū Bihi Yastahzi'ūn 045-033 އަދި އެއުރެންކުރި عمل ތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އައިސް، އެއުރެން ވަށައިލިއެވެ. وَبَدَا لَهُمْ سَيِّئ‍‍َ‍ا‍تُ مَا عَمِلُو‍‍ا‍ وَح‍‍َ‍ا‍قَ بِهِ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Wa Qīla Al-Yawma Nansākum Kamā Nasītum Liqā'a Yawmikumdhā Wa Ma'wākumu An-Nāru Wa Mā Lakum Min Nāşirīna 045-034 އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ. وَق‍‍ِ‍ي‍لَ ا‍لْيَوْمَ نَ‍‍ن‍سَاكُمْ كَمَا نَسِيتُمْ لِق‍‍َ‍ا‍ءَ يَوْمِكُمْ هَذَا وَمَأْوَاكُمُ ا‍ل‍‍ن‍ّ‍‍َ‍ا‍رُ وَمَا لَكُ‍‍م‍ْ مِ‍‍ن‍ْ نَاصِ‍‍ر‍‍ِي‍نَ
Dhālikum Bi'annakum Attakhadhtum 'Āyāti Al-Lahi Huzūan Wa Gharratkumu Al-Ĥayāatu Ad-Dunyā Fālyawma Lā Yukhrajūna Minhā Wa Lā Hum Yusta`tabūna 045-035 އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ. ذَلِكُ‍‍م‍ْ بِأَ‍نّ‍‍َكُمْ ا‍تَّخَذْتُمْ آي‍‍َ‍ا‍تِ ا‍للَّهِ هُز‍ُو‍ا‍ً وَغَرَّتْكُمُ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا فَالْيَوْمَ لاَ يُخْرَج‍‍ُ‍و‍نَ مِنْهَا وَلاَ هُمْ يُسْتَعْتَب‍‍ُ‍و‍نَ
Falillāhi Al-Ĥamdu Rabbi As-Samāwāti Wa Rabbi Al-'Arđi Rabbi Al-`Ālamīna 045-036 ފަހެ، حمد ހުރީ اللَّه އަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، عالم ތަކުގެ ވެރިރަސްކަލާނގެއެވެ. فَلِلَّهِ ا‍لْحَمْدُ رَبِّ ا‍لسَّمَاو‍َا‍تِ وَرَبِّ ا‍لأَرْضِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Wa Lahu Al-Kibriyā'u Fī As-Samāwāti Wa Al-'Arđi Wa Huwa Al-`Azīzu Al-Ĥakīmu 045-037 އަދި އުޑުތަކާއި، ބިމުގައި عظمة ތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. وَلَهُ ا‍لْكِ‍‍ب‍‍ْ‍‍ر‍‍ِي‍‍َ‍ا‍ءُ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَهُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Next Sūrah