40) Sūrat Ghāfir

Printed format

40) سُورَة غَافِر

Ĥā-Mīm 040-001 ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) حَا-مِيم
Tanzīlu Al-Kitābi Mina Al-Lahi Al-`Azīzi Al-`Alīmi 040-002 މިއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ. تَ‍‍ن‍ز‍ِي‍لُ ا‍لْكِت‍‍َ‍ا‍بِ مِنَ ا‍للَّهِ ا‍لْعَز‍ِي‍زِ ا‍لْعَل‍‍ِ‍ي‍مِ
Ghāfiri Adh-Dhanbi Wa Qābili At-Tawbi Shadīdi Al-`Iqābi Dhī Aţ-Ţawli Lā 'Ilāha 'Illā Huwa 'Ilayhi Al-Maşīru 040-003 (އެކަލާނގެއީ) ފާފަފުއްސަވާ، توبة قبول ކުރައްވާ، عقوبات ގަދަފަދަ، نعمة ތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. (އެންމެހާ ތަކެތި) رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ. غَافِرِ ا‍لذَّ‍‍ن‍‍ْبِ وَقَابِلِ ا‍لتَّوْبِ شَد‍ِي‍دِ ا‍لْعِق‍‍َ‍ا‍بِ ذِي ا‍لطَّوْلِ لاَ إِلَهَ إِلاَّ هُوَ إِلَيْهِ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Mā Yujādilu Fī 'Āyāti Al-Lahi 'Illā Al-Ladhīna Kafarū Falā Yaghrurka Taqallubuhum Al-Bilādi 040-004 كافر ވިމީހުން މެނުވީ، اللَّه ގެ آية ތަކާމެދު ޖަދަލުކޮށެއް ނަހަދަތެވެ. ފަހެ، އެއުރެން ރަށްތަކުގައި އެގޮތްމިގޮތަށް އުޅުން (އެބަހީ: އެއުރެން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިިޔަ ނުދޭހުށިކަމެވެ. مَا يُجَادِلُ فِ‍‍ي آي‍‍َ‍ا‍تِ ا‍للَّهِ إِلاَّ ا‍لَّذ‍ِي‍نَ كَفَرُوا‍ فَلاَ يَغْرُرْكَ تَقَلُّبُهُمْ فِي ا‍لْبِلاَ‍د‍ِ
Kadhdhabat Qablahum Qawmu Nūĥin Wa Al-'Aĥzābu Min Ba`dihim Wa Hammat Kullu 'Ummatin Birasūlihim Liya'khudhūhu Wa Jādalū Bil-Bāţili Liyudĥiđū Bihi Al-Ĥaqqa Fa'akhadhtuhum Fakayfa Kāna `Iqābi 040-005 އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، އޭގެފަހުންވެސްގުޅިގެން އުޅުނު جماعة ތަކުގެ މީހުން (رسول ން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّة އެއްގެ ބަޔަކު، އެބަޔެއްގެ رسول އަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطل ގޮތުގައި (رسول ންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطل ގޮތް މެދުވެރިކޮށް حق ގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟ كَذَّبَتْ قَ‍‍ب‍‍ْلَهُمْ قَوْمُ ن‍‍ُ‍و‍ح‍‍‍ٍ وَا‍لأَحْز‍َا‍بُ مِ‍‍ن‍ْ بَعْدِهِمْ وَهَ‍‍م‍ّ‍‍َتْ كُلُّ أُ‍مّ‍‍َة‍‍‍ٍ بِرَسُولِهِمْ لِيَأْخُذ‍ُو‍هُ وَجَادَلُو‍‍ا‍ بِ‍‍ا‍لْبَاطِلِ لِيُ‍‍د‍‍ْحِضُو‍‍ا‍ بِهِ ا‍لْحَقَّ فَأَخَذْتُهُمْ فَكَيْفَ ك‍‍َ‍ا‍نَ عِق‍‍َ‍ا‍ب‍ِ
Wa Kadhalika Ĥaqqat Kalimatu Rabbika `Alá Al-Ladhīna Kafarū 'Annahum 'Aşĥābu An-Nāri 040-006 كافر ވިމީހުންގެ މައްޗަށް، ހަމަކަށަވަރުން، އެއުރެންނަކީ، ނަރަކައިގެ أهل ވެރިންކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު حق ވެގެންވަނީ އެފަދައިންނެވެ. وَكَذَلِكَ حَقَّتْ كَلِمَةُ رَبِّكَ عَلَى ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍نّ‍‍َهُمْ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Al-Ladhīna Yaĥmilūna Al-`Arsha Wa Man Ĥawlahu Yusabbiĥūna Biĥamdi Rabbihim Wa Yu'uminūna Bihi Wa Yastaghfirūna Lilladhīna 'Āmanū Rabbanā Wasi`ta Kulla Shay'in Raĥmatan Wa `Ilmāanghfir Lilladhīna Tābū Wa Attaba`ū Sabīlaka Wa Qihim `Adhāba Al-Jaĥīmi 040-007 عرش އުފުއްލަވާ ملائكة ންނާއި، އޭގެވަށައިގެންވާ ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبح ދަންނަވަތެވެ. އަދި އެކަލާނގެއަށް إيمان ވެތެވެ. އަދި إيمان ވިމީހުންނަށް ފާފަފުއްސެވުމަށް دعاء ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެعذاب ން އެއުރެން މުއްތިކުރައްވާނދޭވެ! ا‍لَّذ‍ِي‍نَ يَحْمِل‍‍ُ‍و‍نَ ا‍لْعَرْشَ وَمَنْ حَوْلَهُ يُسَبِّح‍‍ُ‍و‍نَ بِحَمْدِ رَبِّهِمْ وَيُؤْمِن‍‍ُ‍و‍نَ بِهِ وَيَسْتَغْفِر‍ُو‍نَ لِلَّذ‍ِي‍نَ آمَنُو‍‍ا‍ رَبَّنَا وَسِعْتَ كُلَّ شَيْء‍ٍ رَحْمَة‍‍‍ً وَعِلْما‍ً فَاغْفِرْ لِلَّذ‍ِي‍نَ تَابُو‍‍ا‍ وَا‍تَّبَعُو‍‍ا‍ سَبِيلَكَ وَقِهِمْ عَذ‍َا‍بَ ا‍لْجَح‍‍ِ‍ي‍مِ
Rabbanā Wa 'Adkhilhum Jannāti `Adnin Allatī Wa`adtahum Wa Man Şalaĥa Min 'Ābā'ihim Wa 'Azwājihim Wa Dhurrīyātihim 'Innaka 'Anta Al-`Azīzu Al-Ĥakīmu 040-008 އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعد ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. رَبَّنَا وَأَ‍د‍‍ْخِلْهُمْ جَ‍‍ن‍ّ‍‍َ‍ا‍تِ عَ‍‍د‍‍ْن‍‍‍ٍ ا‍لَّتِي وَعَ‍‍د‍‍ْتَهُم وَمَ‍‍ن‍ْ صَلَحَ مِ‍‍ن‍ْ آب‍‍َ‍ا‍ئِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Wa Qihimu As-Sayyi'āti Wa Man Taqī As-Sayyi'āti Yawma'idhin Faqad Raĥimtahu Wa Dhalika Huwa Al-Fawzu Al-`Ažīmu 040-009 އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمة ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ. وَقِهِمُ ا‍لسَّيِّئ‍‍َ‍ا‍تِ وَمَ‍‍ن‍ْ تَقِي ا‍لسَّيِّئ‍‍َ‍ا‍تِ يَوْمَئِذ‍ٍ فَقَ‍‍د‍ْ رَحِمْتَهُ وَذَلِكَ هُوَ ا‍لْفَوْزُ ا‍لْعَظ‍‍ِ‍ي‍مُ
'Inna Al-Ladhīna Kafarū Yunādawna Lamaqtu Al-Lahi 'Akbaru Min Maqtikum 'Anfusakum 'Idh Tud`awna 'Ilá Al-'Īmāni Fatakfurūna 040-010 ހަމަކަށަވަރުން، كافر ވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، اللَّه ގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް إيمان ވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން كافر ވަމުއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ يُنَادَوْنَ لَمَ‍‍ق‍‍ْتُ ا‍للَّهِ أَكْبَرُ مِ‍‍ن‍ْ مَ‍‍ق‍‍ْتِكُمْ أَ‍ن‍‍ْفُسَكُمْ إِذْ تُ‍‍د‍‍ْعَوْنَ إِلَى ا‍لإِيم‍‍َ‍ا‍نِ فَتَكْفُر‍ُو‍نَ
Qālū Rabbanā 'Amattanā Athnatayni Wa 'Aĥyaytanā Athnatayni Fā`tarafnā Bidhunūbinā Fahal 'Ilá Khurūjin Min Sabīlin 040-011 އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށްދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعتراف ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذاب ން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشر އަށް ފޮނުއްވުމަށް ދިރުއްވުމެވެ.) قَالُو‍‍ا‍ رَبَّنَ‍‍ا‍ أَمَتَّنَا ا‍ثْنَتَيْنِ وَأَحْيَيْتَنَا ا‍ثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَى خُر‍ُو‍ج‍‍‍ٍ مِ‍‍ن‍ْ سَب‍‍ِ‍ي‍ل‍‍‍ٍ
Dhālikum Bi'annahu 'Idhā Du`iya Al-Lahu Waĥdahu Kafartum Wa 'In Yushrak Bihi Tu'uminū Fālĥukmu Lillahi Al-`Alīyi Al-Kabīri 040-012 (ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافر ވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريك ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمان ވާކަމަށްޓަކައެވެ. ފަހެ، حكم ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ. ذَلِكُ‍‍م‍ْ بِأَ‍نّ‍‍َهُ إِذَا دُعِيَ ا‍للَّهُ وَحْدَهُ كَفَرْتُمْ وَإِ‍ن‍ْ يُشْرَكْ بِهِ تُؤْمِنُو‍‍ا‍ فَالْحُكْمُ لِلَّهِ ا‍لْعَلِيِّ ا‍لْكَب‍‍ِ‍ي‍رِ
Huwa Al-Ladhī Yurīkum 'Āyātihi Wa Yunazzilu Lakum Mina As-Samā'i Rizqāan Wa Mā Yatadhakkaru 'Illā Man Yunību 040-013 އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ. هُوَ ا‍لَّذِي يُ‍‍ر‍‍ِيكُمْ آيَاتِهِ وَيُنَزِّلُ لَكُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ ‍ر‍‍ِزْقا‍ً وَمَا يَتَذَكَّرُ إِلاَّ مَ‍‍ن‍ْ يُن‍‍ِ‍ي‍‍ب‍ُ
d Al-Laha Mukhlişīna Lahu Ad-Dīna Wa Law Kariha Al-Kāfirūna 040-014 ފަހެ،ތިޔަބައިމީހުން اللَّه އަށް دعاء ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالص ކުރާ حال ގައެވެ. كافر ތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ. فَا‍د‍‍ْعُو‍‍ا‍ ا‍للَّهَ مُخْلِص‍‍ِ‍ي‍نَ لَهُ ا‍لدّ‍ِي‍نَ وَلَوْ كَ‍‍ر‍‍ِهَ ا‍لْكَافِر‍ُو‍نَ
Rafī`u Ad-Darajāti Dhū Al-`Arshi Yulqī Ar-Rūĥa Min 'Amrihi `Alá Man Yashā'u Min `Ibādihi Liyundhira Yawma At-Talāqi 040-015 އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرش ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحى ފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسول އަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ. رَف‍‍ِ‍ي‍عُ ا‍لدَّرَج‍‍َ‍ا‍تِ ذُو ا‍لْعَرْشِ يُلْقِي ا‍لرّ‍ُو‍حَ مِنْ أَمْ‍‍ر‍‍ِهِ عَلَى مَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ لِيُ‍‍ن‍‍ْذِ‍ر‍َ يَوْمَ ا‍لتَّلاَ‍ق‍ِ
Yawma Humrizūna Lā Yakhfá `Alá Al-Lahi Minhum Shay'un Limani Al-Mulku Al-Yawma Lillahi Al-Wāĥidi Al-Qahhāri 040-016 އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّه އަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحى ކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުުވެރިވަންތަ اللَّه އަށެވެ. يَوْمَ هُ‍‍م‍ْ بَا‍ر‍‍ِز‍ُو‍نَ لاَ يَخْفَى عَلَى ا‍للَّهِ مِنْهُمْ شَيْء‍ٌ لِمَنِ ا‍لْمُلْكُ ا‍لْيَوْمَ لِلَّهِ ا‍لْوَاحِدِ ا‍لْقَهّ‍‍َ‍ا‍ر‍ِ
Al-Yawma Tujzá Kullu Nafsin Bimā Kasabat Lā Žulma Al-Yawma 'Inna Al-Laha Sarī`u Al-Ĥisābi 040-017 މިއަދު (އެބަހީ: قيامة ދުވަހު) ކޮންމެ نفس އަކަށްމެ، އެنفس އެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. ا‍لْيَوْمَ تُ‍‍ج‍‍ْزَى كُلُّ نَفْس‍‍‍ٍ بِمَا كَسَبَتْ لاَ ظُلْمَ ا‍لْيَوْمَ إِ‍نّ‍‍َ ا‍للَّهَ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Wa 'Andhirhum Yawma Al-'Āzifati 'Idhi Al-Qulūbu Ladá Al-Ĥanājiri Kāžimīna Mā Lilžžālimīna Min Ĥamīmin Wa Lā Shafī`in Yuţā`u 040-018 ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނުއެއުރެންނަށް إنذار ކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمة ތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعة ތެރިޔަކުވެސް ނުވެއެވެ. وَأَن‍ذِرْهُمْ يَوْمَ ا‍لآزِفَةِ إِذِ ا‍لْقُل‍‍ُ‍و‍بُ لَدَى ا‍لْحَنَاجِرِ كَاظِم‍‍ِ‍ي‍نَ مَا لِلظَّالِم‍‍ِ‍ي‍نَ مِنْ حَم‍‍ِ‍ي‍م‍‍‍ٍ وَلاَ شَف‍‍ِ‍ي‍ع‍‍‍ٍ يُط‍‍َ‍ا‍عُ
Ya`lamu Khā'inata Al-'A`yuni Wa Mā Tukh Aş-Şudūru 040-019 ލޮލުގެ خيانة ތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. يَعْلَمُ خ‍‍َ‍ا‍ئِنَةَ ا‍لأَعْيُنِ وَمَا تُخْفِي ا‍لصُّد‍ُو‍رُ
Wa Allāhu Yaqđī Bil-Ĥaqqi Wa Al-Ladhīna Yad`ūna Min Dūnihi Lā Yaqđūna Bishay'in 'Inna Al-Laha Huwa As-Samī`u Al-Başīru 040-020 اللَّه، حق އަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَاللَّهُ يَ‍‍ق‍‍ْضِي بِ‍‍ا‍لْحَقِّ وَا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ دُونِهِ لاَ يَ‍‍ق‍‍ْض‍‍ُ‍و‍نَ بِشَيْء‍ٍ إِ‍نّ‍‍َ ا‍للَّهَ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْبَص‍‍ِ‍ي‍‍ر‍ُ
'Awa Lam Yasīrū Fī Al-'Arđi Fayanžurū Kayfa Kāna `Āqibatu Al-Ladhīna Kānū Min Qablihim Kānū Hum 'Ashadda Minhum Qūwatan Wa 'Āthārāan Al-'Arđi Fa'akhadhahumu Al-Lahu Bidhunūbihim Wa Mā Kāna Lahum Mini Al-Lahi Min Wāqin 040-021 އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކުކުރެއްވިއެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ. أَوَ لَمْ يَسِيرُوا‍ فِي ا‍لأَرْضِ فَيَ‍‍ن‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لَّذ‍ِي‍نَ كَانُو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ كَانُو‍‍ا‍ هُمْ أَشَدَّ مِنْهُمْ قُوَّة‍‍‍ً وَآثَارا‍ً فِي ا‍لأَرْضِ فَأَخَذَهُمُ ا‍للَّهُ بِذُنُوبِهِمْ وَمَا ك‍‍َ‍ا‍نَ لَهُ‍‍م‍ْ مِنِ ا‍للَّهِ مِ‍‍ن‍ْ وَا‍ق‍‍ٍ
Dhālika Bi'annahum Kānat Ta'tīhim Rusuluhum Bil-Bayyināti Fakafarū Fa'akhadhahumu Al-Lahu 'Innahu Qawīyun Shadīdu Al-`Iqābi 040-022 އެއީއެއުރެންގެ ގާތަށް، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް كافر ވީތީއެވެ. ދެން اللَّه އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ذَلِكَ بِأَ‍نّ‍‍َهُمْ كَانَ‍‍ت‍ْ تَأْتِيهِمْ رُسُلُهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَكَفَرُوا‍ فَأَخَذَهُمُ ا‍للَّهُ إِ‍نّ‍‍َهُ قَوِيّ‍‍‍ٌ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Wa Laqad 'Arsalnā Mūsá Bi'āyātinā Wa Sulţānin Mubīnin 040-023 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަންރަސްކަލާނގެ، موسى ގެފާނު ފޮނުއްވީމެވެ. وَلَقَ‍‍د‍ْ أَرْسَلْنَا مُوسَى بِآيَاتِنَا وَسُلْط‍‍َ‍ا‍ن‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
'Ilá Fir`awna Wa Hāmāna Wa Qārūna Faqālū Sāĥirun Kadhdhābun 040-024 فرعون އާއި، هامان އާއި، قارون ގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. إِلَى فِرْعَوْنَ وَهَام‍‍َ‍ا‍نَ وَقَار‍ُو‍نَ فَقَالُو‍‍ا‍ سَاحِر‍ٌ كَذّ‍َا‍ب‍‍ٌ
Falammā Jā'ahum Bil-Ĥaqqi Min `Indinā Qālū Aqtulū 'Abnā'a Al-Ladhīna 'Āmanū Ma`ahu Wa Astaĥyū Nisā'ahum Wa Mā Kaydu Al-Kāfirīna 'Illā Fī Đalālin 040-025 ފަހެ، ތިމަންރަސްކަލާނގެ حضرة ން حق ތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! كافر ންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُ‍‍م‍ْ بِ‍‍ا‍لْحَقِّ مِنْ عِ‍‍ن‍‍ْدِنَا قَالُو‍‍ا‍ ا‍ق‍‍ْتُلُ‍‍و‍‍ا‍ أَ‍ب‍‍ْن‍‍َ‍ا‍ءَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مَعَهُ وَا‍سْتَحْيُو‍‍ا‍ نِس‍‍َ‍ا‍ءَهُمْ وَمَا كَيْدُ ا‍لْكَافِ‍‍ر‍‍ِي‍نَ إِلاَّ فِي ضَلاَل‍‍‍ٍ
Wa Qāla Fir`awnu Dharūnī 'Aqtul Mūsá Wa Līad`u Rabbahu 'Innī 'Akhāfu 'An Yubaddila Dīnakum 'Aw 'An Yužhira Fī Al-'Arđi Al-Fasāda 040-026 فرعون ބުންޏެވެ. موسى ގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނުތިޔަބައިމީހުންގެ دين ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ. وَق‍‍َ‍ا‍لَ فِرْعَوْنُ ذَرُونِ‍‍ي‍ أَ‍ق‍‍ْتُلْ مُوسَى وَلْيَ‍‍د‍‍ْعُ رَبَّهُ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ أَ‍ن‍ْ يُبَدِّلَ دِينَكُمْ أَوْ أَ‍ن‍ْ يُظْهِ‍‍ر‍َ فِي ا‍لأَرْضِ ا‍لْفَس‍‍َ‍ا‍د‍َ
Wa Qāla Mūsá 'Innī `Udhtu Birabbī Wa Rabbikum Min Kulli Mutakabbirin Lā Yu'uminu Biyawmi Al-Ĥisābi 040-027 موسى ގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، حساب ބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. وَق‍‍َ‍ا‍لَ مُوسَى إِ‍نّ‍‍ِي عُذْتُ بِرَبِّي وَرَبِّكُ‍‍م‍ْ مِ‍‍ن‍ْ كُلِّ مُتَكَبِّر‍ٍ لاَ يُؤْمِنُ بِيَوْمِ ا‍لْحِس‍‍َ‍ا‍ب‍ِ
Wa Qāla Rajulun Mu'uminun Min 'Āli Fir`awna Yaktumu 'Īmānahu 'Ataqtulūna Rajulāan 'An Yaqūla Rabbiya Al-Lahu Wa Qad Jā'akum Bil-Bayyināti Min Rabbikum Wa 'In Yaku Kādhibāan Fa`alayhi Kadhibuhu Wa 'In Yaku Şādiqāan Yuşibkum Ba`đu Al-Ladhī Ya`idukum 'Inna Al-Laha Lā Yahdī Man Huwa Musrifun Kadhdhābun 040-028 فرعون ގެ خاندان ގެ މީހުންކުރެ إيمان ކަން ވަންހަނާކޮށްގެންހުރި مؤمن ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسى ގެފާނު) ތިޔަ قتل ކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّه އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعد ކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން،އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. وَق‍‍َ‍ا‍لَ رَجُل‍‍‍ٌ مُؤْمِن‍‍‍ٌ مِ‍‍ن‍ْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَ‍‍ق‍‍ْتُل‍‍ُ‍و‍نَ رَجُلاً أَ‍ن‍ْ يَق‍‍ُ‍و‍لَ رَبِّيَ ا‍للَّهُ وَقَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ مِ‍‍ن‍ْ رَبِّكُمْ وَإِ‍ن‍ْ يَكُ كَاذِبا‍ً فَعَلَيْهِ كَذِبُهُ وَإِ‍ن‍ْ يَكُ صَادِقا‍ً يُصِ‍‍ب‍‍ْكُ‍‍م‍ْ بَعْضُ ا‍لَّذِي يَعِدُكُمْ إِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي مَنْ هُوَ مُسْ‍‍ر‍‍ِف‍‍‍ٌ كَذّ‍َا‍ب‍‍ٌ
Yā Qawmi Lakumu Al-Mulku Al-Yawma Žāhirīna Fī Al-'Arđi Faman Yanşurunā Min Ba'si Al-Lahi 'In Jā'anā Qāla Fir`awnu Mā 'Urīkum 'Illā Mā 'Ará Wa Mā 'Ahdīkum 'Illā Sabīla Ar-Rashādi 040-029 އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިއަދު مصر ގެ ބިމުގައި ވެރިކަމާއި، ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ، اللَّه ގެ عذاب ތިމަންމެންނަށް އަތުވެއްޖެނަމަ، ތިމަންމެންނަށް އެހީވާނީ ކާކުހެއްޔެވެ؟ فرعون ބުންޏެވެ. ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ. يَاقَوْمِ لَكُمُ ا‍لْمُلْكُ ا‍لْيَوْمَ ظَاهِ‍‍ر‍‍ِي‍نَ فِي ا‍لأَرْضِ فَمَ‍‍ن‍ْ يَ‍‍ن‍صُرُنَا مِ‍‍ن‍ْ بَأْسِ ا‍للَّهِ إِ‍ن‍ْ ج‍‍َ‍ا‍ءَنَا ق‍‍َ‍ا‍لَ فِرْعَوْنُ مَ‍‍ا‍ أُ‍ر‍‍ِيكُمْ إِلاَّ مَ‍‍ا‍ أَرَى وَمَ‍‍ا‍ أَهْدِيكُمْ إِلاَّ سَب‍‍ِ‍ي‍لَ ا‍لرَّش‍‍َ‍ا‍د‍ِ
Wa Qāla Al-Ladhī 'Āmana Yā Qawmi 'Innī 'Akhāfu `Alaykum Mithla Yawmi Al-'Aĥzābi 040-030 އަދި إيمان ވިމީހާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! كافر جماعة ތަކަށް عذاب އައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ. وَق‍‍َ‍ا‍لَ ا‍لَّذِي آمَنَ يَاقَوْمِ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ عَلَيْكُ‍‍م‍ْ مِثْلَ يَوْمِ ا‍لأَحْز‍َا‍ب‍ِ
Mithla Da'bi Qawmi Nūĥin Wa `Ādin Wa Thamūda Wa Al-Ladhīna Min Ba`dihim Wa Mā Al-Lahu Yurīdu Žulmāan Lil`ibādi 040-031 نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. އަދި اللَّه، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ. مِثْلَ دَأْبِ قَوْمِ ن‍‍ُ‍و‍ح‍‍‍ٍ وَع‍‍َ‍ا‍د‍ٍ وَثَم‍‍ُ‍و‍دَ وَا‍لَّذ‍ِي‍نَ مِ‍‍ن‍ْ بَعْدِهِمْ وَمَا ا‍للَّهُ يُ‍‍ر‍‍ِي‍دُ ظُلْما‍ً لِلْعِب‍‍َ‍ا‍د‍ِ
Wa Yāqawmi 'Innī 'Akhāfu `Alaykum Yawma At-Tanādi 040-032 އަދި އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށްއަހުރެން ބިރުވެތިވަމެވެ. وَيَاقَوْمِ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ عَلَيْكُمْ يَوْمَ ا‍لتَّن‍‍َ‍ا‍د‍ِ
Yawma Tuwallūna Mudbirīna Mā Lakum Mina Al-Lahi Min `Āşimin Wa Man Yuđlili Al-Lahu Famā Lahu Min Hādin 040-033 (އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. اللَّه ގެ عذاب ން ތިޔަބައިމީހުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ. يَوْمَ تُوَلّ‍‍ُ‍و‍نَ مُ‍‍د‍‍ْبِ‍‍ر‍‍ِي‍نَ مَا لَكُ‍‍م‍ْ مِنَ ا‍للَّهِ مِنْ عَاصِم‍‍‍ٍ وَمَ‍‍ن‍ْ يُضْلِلِ ا‍للَّهُ فَمَا لَهُ مِنْ ه‍‍َ‍ا‍د‍ٍ
Wa Laqad Jā'akum Yūsufu Min Qablu Bil-Bayyināti Famā ZiltumShakkin Mimmā Jā'akum Bihi Ĥattá 'Idhā Halaka Qultum Lan Yab`atha Al-Lahu Min Ba`dihi Rasūlāan Kadhālika Yuđillu Al-Lahu Man Huwa Musrifun Murtābun 040-034 ހަމަކަށަވަރުން، ތިޔަބައިިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شك ކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسول އަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شك ކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ. وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَكُمْ يُوسُفُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَمَا زِلْتُمْ فِي شَكّ‍‍‍ٍ مِ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَكُ‍‍م‍ْ بِهِ حَتَّى إِذَا هَلَكَ قُلْتُمْ لَ‍‍ن‍ْ يَ‍‍ب‍‍ْعَثَ ا‍للَّهُ مِ‍‍ن‍ْ بَعْدِهِ رَسُولا‍ً كَذَلِكَ يُضِلُّ ا‍للَّهُ مَنْ هُوَ مُسْ‍‍ر‍‍ِف‍‍‍ٌ مُرْت‍‍َ‍ا‍ب‍‍ٌ
Al-Ladhīna Yujādilūna Fī 'Āyāti Al-Lahi Bighayri Sulţānin 'Atāhum Kabura Maqtāan `Inda Al-Lahi Wa `Inda Al-Ladhīna 'Āmanū Kadhālika Yaţba`u Al-Lahu `Alá Kulli Qalbi Mutakabbirin Jabbārin 040-035 އެއުރެންނީ، اللَّه ގެ آية ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. اللَّه ގެ حضرة ގައްޔާއި، إيمان ވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ. ا‍لَّذ‍ِي‍نَ يُجَادِل‍‍ُ‍و‍نَ فِ‍‍ي آي‍‍َ‍ا‍تِ ا‍للَّهِ بِغَيْ‍‍ر‍ِ سُلْط‍‍َ‍ا‍نٍ أَتَاهُمْ كَبُرَ مَ‍‍ق‍‍ْتاً عِ‍‍ن‍‍ْدَ ا‍للَّهِ وَعِ‍‍ن‍‍ْدَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ كَذَلِكَ يَ‍‍ط‍‍ْبَعُ ا‍للَّهُ عَلَى كُلِّ قَلْبِ مُتَكَبِّر‍ٍ جَبّ‍‍َ‍ا‍ر‍ٍ
Wa Qāla Fir`awnu Yā Hāmānu Abni Lī Şarĥāan La`allī 'Ablughu Al-'Asbāba 040-036 فرعون ބުންޏެވެ.އޭهامان އެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ. وَق‍‍َ‍ا‍لَ فِرْعَوْنُ يَا هَام‍‍َ‍ا‍نُ ا‍ب‍‍ْنِ لِي صَرْحا‍ً لَعَلِّ‍‍ي‍ أَ‍ب‍‍ْلُغُ ا‍لأَسْب‍‍َ‍ا‍ب‍َ
'Asbāba As-Samāwāti Fa'aţţali`a 'Ilá 'Ilahi Mūsá Wa 'Innī La'ažunnuhu Kādhibāan Wa Kadhalika Zuyyina Lifir`awna Sū'u `Amalihi Wa Şudda `Ani As-Sabīli Wa Mā Kaydu Fir`awna 'Illā Fī Tabābin 040-037 އެއީ އުޑުތަކުގެ މަގުތަކެވެ. موسى ގެފާނުގެ إله، އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއް ކަމަށެވެ. އަދި ހަމައެފަދައިން، فرعون އަށް އޭނާގެ ނުބައި عمل ތައް ޒީނަތްތެރިކޮށްދެއްވިއެވެ. އަދި ސީދާމަގުން އެއްކިބާކޮށްލެއްވިއެވެ. އަދި فرعون ގެ މަކަރުވެރި ރޭވުން، ގެއްލުމާއި، ހަލާކެއްގައި މެނުވީ ނުވެއެވެ. أَسْب‍‍َ‍ا‍بَ ا‍لسَّمَاو‍َا‍تِ فَأَطَّلِعَ إِلَى إِلَهِ مُوسَى وَإِ‍نّ‍‍ِي لَأَظُ‍‍ن‍ّ‍‍ُهُ كَاذِبا‍ً وَكَذَلِكَ زُيِّنَ لِفِرْعَوْنَ س‍‍ُ‍و‍ءُ عَمَلِهِ وَصُدَّ عَنِ ا‍لسَّب‍‍ِ‍ي‍لِ وَمَا كَيْدُ فِرْعَوْنَ إِلاَّ فِي تَب‍‍َ‍ا‍ب‍‍ٍ
Wa Qāla Al-Ladhī 'Āmana Yā Qawmi Attabi`ūnī 'Ahdikum Sabīla Ar-Rashādi 040-038 އަދި إيمان ވިމީހާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް ތަބާވާށެވެ! އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހުރެން މަގު ދައްކާހުށީމެވެ. وَق‍‍َ‍ا‍لَ ا‍لَّذِي آمَنَ يَاقَوْمِ ا‍تَّبِعُونِ‍‍ي‍ أَهْدِكُمْ سَب‍‍ِ‍ي‍لَ ا‍لرَّش‍‍َ‍ا‍د‍ِ
Yā Qawmi 'Innamā Hadhihi Al-Ĥayā Atu Ad-Dunyā Matā`un Wa 'Inna Al-'Ākhirata Hiya Dāru Al-Qarāri 040-039 އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން، آخرة އަކީ قرار ވެ ދެމިހުންނަނިވި ގޮވައްޗެވެ. يَاقَوْمِ إِ‍نّ‍‍َمَا هَذِهِ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا مَت‍‍َ‍ا‍ع‍‍‍ٌ وَإِ‍نّ‍‍َ ا‍لآخِرَةَ هِيَ د‍َا‍رُ ا‍لْقَر‍َا‍ر‍ِ
Man `Amila Sayyi'atan Falā Yujzá 'Illā Mithlahā Wa Man `Amila Şāliĥāan Min Dhakarin 'Aw 'Unthá Wa Huwa Mu'uminun Fa'ūlā'ika Yadkhulūna Al-Jannata Yurzaqūna Fīhā Bighayri Ĥisābin 040-040 ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެންވިޔަސް، إيمان ވެގެންހުރެ صالح عمل ކޮށްފިމީހާ (ދަންނާށެވެ!)ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި حساب އެއްނެތި އެއުރެންނަށް رزق ލިބޭނެތެވެ. مَنْ عَمِلَ سَيِّئَة‍‍‍ً فَلاَ يُ‍‍ج‍‍ْزَى إِلاَّ مِثْلَهَا وَمَنْ عَمِلَ صَالِحا‍ً مِ‍‍ن‍ْ ذَكَرٍ أَوْ أُ‍ن‍‍ْثَى وَهُوَ مُؤْمِن‍‍‍ٌ فَأ‍ُ‍وْل‍‍َ‍ا‍ئِكَ يَ‍‍د‍‍ْخُل‍‍ُ‍و‍نَ ا‍لْجَ‍‍ن‍ّ‍‍َةَ يُرْزَق‍‍ُ‍و‍نَ فِيهَا بِغَيْ‍‍ر‍ِ حِس‍‍َ‍ا‍ب‍‍ٍ
Wa Yāqawmi Mā Lī 'Ad`ūkum 'Ilá An-Najāati Wa Tad`ūnanī 'Ilá An-Nāri 040-041 އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮަވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟ وَيَاقَوْمِ مَا لِ‍‍ي‍ أَ‍د‍‍ْعُوكُمْ إِلَى ا‍ل‍‍ن‍ّ‍‍َج‍‍َ‍ا‍ةِ وَتَ‍‍د‍‍ْعُونَنِ‍‍ي إِلَى ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Tad`ūnanī Li'kfura Bil-Lahi Wa 'Ushrika Bihi Mā Laysa Lī Bihi `Ilmun Wa 'Anā 'Ad`ūkum 'Ilá Al-`Azīzi Al-Ghaffāri 040-042 ތިޔަބައިމީހުން އަހުރެންނަށް ގޮވަނީ، اللَّه އަށް كافر ވުމަށާއި، އަހުރެންނަށް އެނގިގެންނުވާ އެއްޗެތި އެކަލާނގެއަށް شريك ކުރުމަށެވެ. އަހުރެން ތިޔަބައިމީހުންނަށް ގޮވަނީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ حضرة އަށެވެ. تَ‍‍د‍‍ْعُونَنِي لِأكْفُرَ بِ‍‍ا‍للَّهِ وَأُشْ‍‍ر‍‍ِكَ بِهِ مَا لَيْسَ لِي بِهِ عِلْم‍‍‍ٌ وَأَنَ‍‍ا‍ أَ‍د‍‍ْعُوكُمْ إِلَى ا‍لْعَز‍ِي‍زِ ا‍لْغَفّ‍‍َ‍ا‍ر‍ِ
Lā Jarama 'Annamā Tad`ūnanī 'Ilayhi Laysa Lahu Da`watun Ad-Dunyā Wa Lā Fī Al-'Ākhirati Wa 'Anna Maraddanā 'Ilá Al-Lahi Wa 'Anna Al-Musrifīna Hum 'Aşĥābu An-Nāri 040-043 شك އެއްނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއަށް ގޮވުން حق ވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، اللَّه ގެ حضرة އަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهل ވެރިންނެވެ. لاَ جَرَمَ أَ‍نّ‍‍َمَا تَ‍‍د‍‍ْعُونَنِ‍‍ي إِلَيْهِ لَيْسَ لَهُ دَعْوَة‍‍‍ٌ فِي ا‍لدُّ‍‍ن‍‍ْيَا وَلاَ فِي ا‍لآخِرَةِ وَأَ‍نّ‍‍َ مَرَدَّنَ‍‍ا إِلَى ا‍للَّهِ وَأَ‍نّ‍‍َ ا‍لْمُسْ‍‍ر‍‍ِف‍‍ِ‍ي‍نَ هُمْ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Fasatadhkurūna Mā 'Aqūlu Lakum Wa 'Ufawwiđu 'Amrī 'Ilá Al-Lahi 'Inna Al-Laha Başīrun Bil-`Ibādi 040-044 ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނޫއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް اللَّه އަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންގެކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. فَسَتَذْكُر‍ُو‍نَ مَ‍‍ا‍ أَق‍‍ُ‍و‍لُ لَكُمْ وَأُفَوِّضُ أَمْ‍‍ر‍‍ِي إِلَى ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ بَص‍‍ِ‍ي‍ر‍ٌ بِ‍‍ا‍لْعِب‍‍َ‍ا‍د‍ِ
Fawaqāhu Al-Lahu Sayyi'āti Mā Makarū Wa Ĥāqa Bi'āli Fir`awna Sū'u Al-`Adhābi 040-045 ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން اللَّه އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި عذاب، فرعون ގެ މީހުން ވަށައިލިއެވެ. فَوَق‍‍َ‍ا‍هُ ا‍للَّهُ سَيِّئ‍‍َ‍ا‍تِ مَا مَكَرُوا‍ وَح‍‍َ‍ا‍قَ بِآلِ فِرْعَوْنَ س‍‍ُ‍و‍ءُ ا‍لْعَذ‍َا‍ب‍ِ
An-Nāru Yu`rađūna `Alayhā Ghudūwāan Wa `Ashīyāan Wa Yawma Taqūmu As-Sā`atu 'Adkhilū 'Āla Fir`awna 'Ashadda Al-`Adhābi 040-046 އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذاب އަށް) ހުށަހަޅުއްވާނެތެވެ. އަދި قيامة ގެވަގުތު އަންނަދުވަހު (ملائكة ންނަށް އަންގަވާނެތެވެ.) فرعون ގެމީހުން އެންމެގަދަފަދަވެގެންވާ عذاب އަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ! ا‍ل‍‍ن‍ّ‍‍َ‍ا‍رُ يُعْرَض‍‍ُ‍و‍نَ عَلَيْهَا غُدُوّا‍ً وَعَشِيّا‍ً وَيَوْمَ تَق‍‍ُ‍و‍مُ ا‍لسَّاعَةُ أَ‍د‍‍ْخِلُ‍‍و‍‍ا‍ آلَ فِرْعَوْنَ أَشَدَّ ا‍لْعَذ‍َا‍ب‍ِ
Wa 'Idh Yataĥājjūna Fī An-Nāri Fayaqūlu Ađ-Đu`afā'u Lilladhīna Astakbarū 'Innā Kunnā Lakum Taba`āan Fahal 'Antum Mughnūna `Annā Naşībāan Mina An-Nāri 040-047 އަދި ނަރަކައިގައި އެއުރެން (އެބަހީ: كافر ން) އެކަކު އަނެކަކާ އަރާރުންވާނޭހިނދު، ހަނދުމަކުރާށެވެ! ފަހެ (އެއުރެންކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވީ ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެ ހެއްޔެވެ؟ وَإِذْ يَتَح‍‍َ‍ا‍جّ‍‍ُ‍و‍نَ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ فَيَق‍‍ُ‍و‍لُ ا‍لضُّعَف‍‍َ‍ا‍ءُ لِلَّذ‍ِي‍نَ ا‍سْتَكْبَرُو‍ا‍ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا لَكُمْ تَبَعا‍ً فَهَلْ أَ‍ن‍‍ْتُ‍‍م‍ْ مُغْن‍‍ُ‍و‍نَ عَ‍‍ن‍ّ‍‍َا نَصِيبا‍ً مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Qāla Al-Ladhīna Astakbarū 'Innā Kullun Fīhā 'Inna Al-Laha Qad Ĥakama Bayna Al-`Ibādi 040-048 ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكم ކުރައްވައި ނިންމަވައިފިއެވެ. ق‍َا‍لَ ا‍لَّذ‍ِي‍نَ ا‍سْتَكْبَرُو‍ا‍ إِ‍نّ‍‍َا كُلّ‍‍‍ٌ فِيهَ‍‍ا إِ‍نّ‍‍َ ا‍للَّهَ قَ‍‍د‍ْ حَكَمَ بَيْنَ ا‍لْعِب‍‍َ‍ا‍د‍ِ
Wa Qāla Al-Ladhīna Fī An-Nāri Likhazanati Jahannama Ad`ū Rabbakum Yukhaffif `Annā Yawmāan Mina Al-`Adhābi 040-049 އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ لِخَزَنَةِ جَهَ‍‍ن‍ّ‍‍َمَ ا‍د‍‍ْعُو‍‍ا‍ رَبَّكُمْ يُخَفِّفْ عَ‍‍ن‍ّ‍‍َا يَوْما‍ً مِنَ ا‍لْعَذ‍َا‍ب‍ِ
Qālū 'Awa Lam Taku Ta'tīkum Rusulukum Bil-Bayyināti Qālū Balá Qālū Fād`ū Wa Mā Du`ā'u Al-Kāfirīna 'Illā Fī Đalālin 040-050 އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ. قَالُ‍‍و‍‍ا‍ أَوَ لَمْ تَكُ تَأْتِيكُمْ رُسُلُكُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ قَالُو‍‍ا‍ بَلَى قَالُو‍‍ا‍ فَا‍د‍‍ْعُو‍‍ا‍ وَمَا دُع‍‍َ‍ا‍ءُ ا‍لْكَافِ‍‍ر‍‍ِي‍نَ إِلاَّ فِي ضَلاَل‍‍‍ٍ
'Innā Lananşuru Rusulanā Wa Al-Ladhīna 'Āmanū Fī Al-Ĥayāati Ad-Dunyā Wa Yawma Yaqūmu Al-'Ash/hādu 040-051 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول ންނަށާއި، إيمان ވި މީހުންނަށް، ދުނިޔޭގެ حياة ގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامة ދުވަހުގައި) نصر ދެއްވާހުށީމެވެ. إِ‍نّ‍‍َا لَنَ‍‍ن‍صُرُ رُسُلَنَا وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَيَوْمَ يَق‍‍ُ‍و‍مُ ا‍لأَشْه‍‍َ‍ا‍د‍ُ
Yawma Lā Yanfa`u Až-Žālimīna Ma`dhiratuhum Wa Lahumu Al-La`natu Wa Lahum Sū'u Ad-Dāri 040-052 (އެއީ) އަނިޔާވެރިންނަށް އެއުރެންގެ عذر ދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ لعنة އެވެ. އަދި އެއުރެންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ. يَوْمَ لاَ يَ‍‍ن‍فَعُ ا‍لظَّالِم‍‍ِ‍ي‍نَ مَعْذِرَتُهُمْ وَلَهُمُ ا‍للَّعْنَةُ وَلَهُمْ س‍‍ُ‍و‍ءُ ا‍لدّ‍َا‍ر‍ِ
Wa Laqad 'Ātaynā Mūsá Al-Hudá Wa 'Awrathnā Banī 'Isrā'īla Al-Kitāba 040-053 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إسـرآءيـل ގެދަރިންނަށް ފޮތް ވާރުތަކުރެއްވީމެވެ. وَلَقَ‍‍د‍ْ آتَيْنَا مُوسَى ا‍لْهُدَى وَأَوْرَثْنَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍لْكِت‍‍َ‍ا‍ب‍َ
Hudáan Wa Dhikrá Li'wlī Al-'Albābi 040-054 (އެއީ) ބުއްދީގެ أهل ވެރިންނަށް ތެދުމަގެއް ކަމުގައްޔާއި،ހަނދާންކޮށްދިނުމެއް ކަމުގައެވެ. هُ‍‍دى‍ً وَذِكْرَى لِأولِي ا‍لأَلْب‍‍َ‍ا‍ب‍ِ
Fāşbir 'Inna Wa`da Al-Lahi Ĥaqqun Wa Astaghfir Lidhanbika Wa Sabbiĥ Biĥamdi Rabbika Bil-`Ashīyi Wa Al-'Ibkāri 040-055 ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمد އާއެކު تسبيح ވިދާޅުވާށެވެ! فَاصْبِرْ إِ‍نّ‍‍َ وَعْدَ ا‍للَّهِ حَقّ‍‍‍ٌ وَا‍سْتَغْفِرْ لِذَ‍ن‍‍ْبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِ‍‍ا‍لْعَشِيِّ وَا‍لإِ‍ب‍‍ْك‍‍َ‍ا‍ر‍ِ
'Inna Al-Ladhīna Yujādilūna Fī 'Āyāti Al-Lahi Bighayri Sulţānin 'Atāhum 'In Fī Şudūrihim 'Illā Kibrun Mā Hum Bibālighīhi Fāsta`idh Bil-Lahi 'Innahu Huwa As-Samī`u Al-Başīru 040-056 ހަމަކަށަވަރުން، اللَّه ގެ آية ތަކާމެދުގައި، އެއުރެންނަށް ލިބިފައވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެއުރެންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެތެވެ. އެއުރެންއެދޭ ކަންތަކަކަށް އެއުރެން ނުފޯރާނެއެވެ. ފަހެ، ކަލޭގެފާނު اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يُجَادِل‍‍ُ‍و‍نَ فِ‍‍ي آي‍‍َ‍ا‍تِ ا‍للَّهِ بِغَيْ‍‍ر‍ِ سُلْط‍‍َ‍ا‍نٍ أَتَاهُمْ إِ‍ن‍ْ فِي صُدُو‍ر‍‍ِهِمْ إِلاَّ كِ‍‍ب‍‍ْر‍ٌ مَا هُ‍‍م‍ْ بِبَالِغ‍‍ِ‍ي‍هِ فَاسْتَعِذْ بِ‍‍ا‍للَّهِ إِ‍نّ‍‍َهُ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْبَص‍‍ِ‍ي‍‍ر‍ُ
Lakhalqu As-Samāwāti Wa Al-'Arđi 'Akbaru Min Khalqi An-Nāsi Wa Lakinna 'Akthara An-Nāsi Lā Ya`lamūna 040-057 ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. لَخَلْقُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ أَكْبَرُ مِنْ خَلْقِ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Mā Yastawī Al-'A`má Wa Al-Başīru Wa Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Wa Lā Al-Musī'u Qalīlāan Mā Tatadhakkarūna 040-058 އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمان ވެ صالح عمل ތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެތެވެ. ތިޔަބައިމީހުންހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. وَمَا يَسْتَوِي ا‍لأَعْمَى وَا‍لْبَص‍‍ِ‍ي‍‍ر‍ُ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ وَلاَ ا‍لْمُس‍‍ِ‍ي‍ءُ قَلِيلا‍ً مَا تَتَذَكَّر‍ُو‍نَ
'Inna As-Sā`ata La'ātiyatun Lā Rayba Fīhā Wa Lakinna 'Akthara An-Nāsi Lā Yu'uminūna 040-059 ހަމަކަށަވަރުން، قيامة ގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިިނަމީހުން إيمان އެއް ނުވެތެވެ. إِ‍نّ‍‍َ ا‍لسَّاعَةَ لَآتِيَة‍‍‍ٌ لاَ رَيْبَ فِيهَا وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يُؤْمِن‍‍ُ‍و‍نَ
Wa Qāla Rabbukum Ad`ūnī 'Astajib Lakum 'Inna Al-Ladhīna Yastakbirūna `An `Ibādatī Sayadkhulūna Jahannama Dākhirīna 040-060 އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. وَق‍‍َ‍ا‍لَ رَبُّكُمْ ا‍د‍‍ْعُونِ‍‍ي‍ أَسْتَجِ‍‍ب‍ْ لَكُمْ إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَسْتَكْبِر‍ُو‍نَ عَنْ عِبَادَتِي سَيَ‍‍د‍‍ْخُل‍‍ُ‍و‍نَ جَهَ‍‍ن‍ّ‍‍َمَ دَاخِ‍‍ر‍‍ِي‍نَ
Al-Lahu Al-Ladhī Ja`ala Lakumu Al-Layla Litaskunū Fīhi Wa An-Nahāra Mubşirāan 'Inna Al-Laha Ladhū Fađlin `Alá An-Nāsi Wa Lakinna 'Akthara An-Nāsi Lā Yashkurūna 040-061 اللَّه އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ. ا‍للَّهُ ا‍لَّذِي جَعَلَ لَكُمُ ا‍للَّيْلَ لِتَسْكُنُو‍‍ا‍ ف‍‍ِ‍ي‍هِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ مُ‍‍ب‍‍ْصِرا‍ً إِ‍نّ‍‍َ ا‍للَّهَ لَذُو فَضْلٍ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَشْكُر‍ُو‍نَ
Dhalikumu Al-Lahu Rabbukum Khāliqu Kulli Shay'in Lā 'Ilāha 'Illā Huwa Fa'annā Tu'ufakūna 040-062 އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. (އެކަލާނގެއީ) ހުރިހާތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ ذَلِكُمُ ا‍للَّهُ رَبُّكُمْ خَالِقُ كُلِّ شَيْء‍ٍ لاَ إِلَهَ إِلاَّ هُوَ فَأَ‍نّ‍‍َا تُؤْفَك‍‍ُ‍و‍نَ
Kadhālika Yu'ufaku Al-Ladhīna Kānū Bi'āyāti Al-Lahi Yajĥadūna 040-063 اللَّه ގެ آية ތަކަށް ދެކޮޅުހަދައިއުޅުނު މީހުން (ތެދުމަގުން) އެއްކިބާވަނީ އެފަދައިންނެވެ. كَذَلِكَ يُؤْفَكُ ا‍لَّذ‍ِي‍نَ كَانُو‍‍ا‍ بِآي‍‍َ‍ا‍تِ ا‍للَّهِ يَ‍‍ج‍‍ْحَد‍ُو‍نَ
Al-Lahu Al-Ladhī Ja`ala Lakumu Al-'Arđa Qarārāan Wa As-Samā'a Binā'an Wa Şawwarakum Fa'aĥsana Şuwarakum Wa Razaqakum Mina Aţ-Ţayyibāti Dhalikumu Al-Lahu Rabbukum Fatabāraka Al-Lahu Rabbu Al-`Ālamīna 040-064 اللَّه އީ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން صورة ކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރައްވައި، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވި ރަސްކަލާނގެއެވެ. އެއީ، اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، عالم ތަކުގެވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ. ا‍للَّهُ ا‍لَّذِي جَعَلَ لَكُمُ ا‍لأَرْضَ قَرَارا‍ً وَا‍لسَّم‍‍َ‍ا‍ءَ بِن‍‍َ‍ا‍ء‍ً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُ‍‍م‍ْ مِنَ ا‍لطَّيِّب‍‍َ‍ا‍تِ ذَلِكُمُ ا‍للَّهُ رَبُّكُمْ فَتَبَارَكَ ا‍للَّهُ رَبُّ ا‍لْعَالَم‍‍ِ‍ي‍نَ
Huwa Al-Ĥayyu Lā 'Ilāha 'Illā Huwa Fād`ūhu Mukhlişīna Lahu Ad-Dīna Al-Ĥamdu Lillahi Rabbi Al-`Ālamīna 040-065 އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އެހެން إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް دعاء ކޮށް އަޅުކަން ކުރާށެވެ! حمد ހުރީ عالم ތަކުގެވެރި اللَّه އަށެވެ. هُوَ ا‍لْحَيُّ لاَ إِلَهَ إِلاَّ هُوَ فَا‍د‍‍ْع‍‍ُ‍و‍هُ مُخْلِص‍‍ِ‍ي‍نَ لَهُ ا‍لدّ‍ِي‍نَ ا‍لْحَمْدُ لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Qul 'Innī Nuhītu 'An 'A`buda Al-Ladhīna Tad`ūna Min Dūni Al-Lahi Lammā Jā'aniya Al-Bayyinātu Min Rabbī Wa 'Umirtu 'An 'Uslima Lirabbi Al-`Ālamīna 040-066 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައިހިނދު، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ. قُلْ إِ‍نّ‍‍ِي نُه‍‍ِ‍ي‍تُ أَنْ أَعْبُدَ ا‍لَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَنِيَ ا‍لْبَيِّن‍‍َ‍ا‍تُ مِ‍‍ن‍ْ رَبِّي وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Huwa Al-Ladhī Khalaqakum Min Turābin Thumma Min Nuţfatin Thumma Min `Alaqatin Thumma Yukhrijukum Ţiflāan Thumma Litablughū 'Ashuddakum Thumma Litakūnū Shuyūkhāan Wa Minkum Man Yutawaffá Min Qablu Wa Litablughū 'Ajalāan Musammáan Wa La`allakum Ta`qilūna 040-067 އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. هُوَ ا‍لَّذِي خَلَقَكُ‍‍م‍ْ مِ‍‍ن‍ْ تُر‍َا‍ب‍‍‍ٍ ثُ‍‍م‍ّ‍‍َ مِ‍‍ن‍ْ نُ‍‍ط‍‍ْفَة‍‍‍ٍ ثُ‍‍م‍ّ‍‍َ مِنْ عَلَقَة‍‍‍ٍ ثُ‍‍م‍ّ‍‍َ يُخْ‍‍ر‍‍ِجُكُمْ طِفْلا‍ً ثُ‍‍م‍ّ‍‍َ لِتَ‍‍ب‍‍ْلُغُ‍‍و‍‍ا‍ أَشُدَّكُمْ ثُ‍‍م‍ّ‍‍َ لِتَكُونُو‍‍ا‍ شُيُوخا‍ً وَمِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ن‍ْ يُتَوَفَّى مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلِتَ‍‍ب‍‍ْلُغُ‍‍و‍‍ا‍ أَجَلا‍ً مُسَ‍‍م‍ّ‍‍ى‍ً وَلَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
Huwa Al-Ladhī Yuĥyī Wa Yumītu Fa'idhā Qađá 'Amrāan Fa'innamā Yaqūlu Lahu Kun Fayakūnu 040-068 އެކަލާނގެއީ، ދިރުއްވައި، އަދި މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ ފަހެ، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ. ދެން އެކަމެއް ވެދެތެވެ. هُوَ ا‍لَّذِي يُحْيِي وَيُم‍‍ِ‍ي‍تُ فَإِذَا قَضَى أَمْرا‍ً فَإِ‍نّ‍‍َمَا يَق‍‍ُ‍و‍لُ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
'Alam Tará 'Ilá Al-Ladhīna Yujādilūna Fī 'Āyāti Al-Lahi 'Anná Yuşrafūna 040-069 اللَّه ގެآية ތަކާމެދު ޖަދަލުކުރާ މީހުން، ތިބާ ނުދެކެމުހެއްޔެވެ؟ އެއުރެން (حق މަގުން) އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ أَلَمْ تَرَى إِلَى ا‍لَّذ‍ِي‍نَ يُجَادِل‍‍ُ‍و‍نَ فِ‍‍ي آي‍‍َ‍ا‍تِ ا‍للَّهِ أَ‍نّ‍‍َى يُصْرَف‍‍ُ‍و‍نَ
Al-Ladhīna Kadhdhabū Bil-Kitābi Wa Bimā 'Arsalnā Bihi Rusulanā Fasawfa Ya`lamūna 040-070 އެއުރެންނީ، މިފޮތާއި (އެބަހީ: قرآن އާއި) ތިމަންރަސްކަލާނގެ رسول ން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ، (އެކަމުގެ ނަތީޖާ) ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِ‍‍ا‍لْكِت‍‍َ‍ا‍بِ وَبِمَ‍‍ا‍ أَرْسَلْنَا بِهِ رُسُلَنَا فَسَوْفَ يَعْلَم‍‍ُ‍و‍نَ
'Idhi Al-'Aghlālu Fī 'A`nāqihim Wa As-Salāsilu Yusĥabūna 040-071 އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ. إِذِ ا‍لأَغْلاَلُ فِ‍‍ي‍ أَعْنَاقِهِمْ وَا‍لسَّلاَسِلُ يُسْحَب‍‍ُ‍و‍نَ
Al-Ĥamīmi Thumma Fī An-Nāri Yusjarūna 040-072 ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ. فِي ا‍لْحَم‍‍ِ‍ي‍مِ ثُ‍‍م‍ّ‍‍َ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ يُسْجَر‍ُو‍نَ
Thumma Qīla Lahum 'Ayna Mā Kuntum Tushrikūna 040-073 ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ. ثُ‍‍م‍ّ‍‍َ ق‍‍ِ‍ي‍لَ لَهُمْ أَيْنَ مَا كُ‍‍ن‍‍ْتُمْ تُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Min Dūni Al-Lahi Qālū Đallū `Annā Bal Lam Nakun Nad`ū Min Qablu Shay'āan Kadhālika Yuđillu Al-Lahu Al-Kāfirīna 040-074 ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން شريك ކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافر ވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ. مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ قَالُو‍‍ا‍ ضَلُّو‍‍ا‍ عَ‍‍ن‍ّ‍‍َا بَ‍‍ل‍ْ لَمْ نَكُ‍‍ن‍ْ نَ‍‍د‍‍ْعُو مِ‍‍ن‍ْ قَ‍‍ب‍‍ْلُ شَيْئا‍ً كَذَلِكَ يُضِلُّ ا‍للَّهُ ا‍لْكَافِ‍‍ر‍‍ِي‍نَ
Dhālikum Bimā Kuntum Tafraĥūna Fī Al-'Arđi Bighayri Al-Ĥaqqi Wa Bimā Kuntum Tamraĥūna 040-075 އެއީ حق އަކާ ނުލައި ބިމުގައި ތިޔަބައިމީހުން(އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. ذَلِكُ‍‍م‍ْ بِمَا كُ‍‍ن‍‍ْتُمْ تَفْرَح‍‍ُ‍و‍نَ فِي ا‍لأَرْضِ بِغَيْ‍‍ر‍ِ ا‍لْحَقِّ وَبِمَا كُ‍‍ن‍‍ْتُمْ تَمْرَح‍‍ُ‍و‍نَ
Adkhulū 'Abwāba Jahannama Khālidīna Fīhā Fabi'sa Math Al-Mutakabbirīna 040-076 ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ. ا‍د‍‍ْخُلُ‍‍و‍‍ا‍ أَ‍ب‍‍ْو‍َا‍بَ جَهَ‍‍ن‍ّ‍‍َمَ خَالِد‍ِي‍نَ فِيهَا فَبِئْسَ مَثْوَى ا‍لْمُتَكَبِّ‍‍ر‍‍ِي‍نَ
Fāşbir 'Inna Wa`da Al-Lahi Ĥaqqun Fa'immā Nuriyannaka Ba`đa Al-Ladhī Na`iduhum 'Aw Natawaffayannaka Fa'ilaynā Yurja`ūna 040-077 ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއްކަންތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވިޔަސް ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެން رجوع ވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. فَاصْبِرْ إِ‍نّ‍‍َ وَعْدَ ا‍للَّهِ حَقّ‍‍‍ٌ فَإِ‍مّ‍‍َا نُ‍‍ر‍‍ِيَ‍‍ن‍ّ‍‍َكَ بَعْضَ ا‍لَّذِي نَعِدُهُمْ أَوْ نَتَوَفَّيَ‍‍ن‍ّ‍‍َكَ فَإِلَيْنَا يُرْجَع‍‍ُ‍و‍نَ
Wa Laqad 'Arsalnā Rusulāan Min Qablika Minhum Man Qaşaşnā `Alayka Wa Minhum Man Lam Naqşuş `Alayka Wa Mā Kāna Lirasūlin 'An Ya'tiya Bi'āyatin 'Illā Bi'idhni Al-Lahi Fa'idhā Jā'a 'Amru Al-Lahi Quđiya Bil-Ĥaqqi Wa Khasira Hunālika Al-Mubţilūna 040-078 ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އެ رسول ންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ން، އޭގެތެރެއިންވެއެވެ. އަދި އެ رسول ންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ رسول ންވެސް އޭގެތެރެއިންވެއެވެ. އަދި އެއްވެސް رسول އަކަށް اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް معجزة އެއް ގެންނެވުމެއް ނުވެއެވެ. ފަހެ، اللَّه ގެއަމުރުފުޅު އަންނަހިނދު، حق އަށް ނިޔާކުރައްވާހުށްޓެވެ. އަދި އެތާނގައި باطل ގެ أهل ވެރިން ގެއްލި ހަލާކުވެދާހުށްޓެވެ. وَلَقَ‍‍د‍ْ أَرْسَلْنَا رُسُلا‍ً مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ مِنْهُ‍‍م‍ْ مَ‍‍ن‍ْ قَصَصْنَا عَلَيْكَ وَمِنْهُ‍‍م‍ْ مَ‍‍ن‍ْ لَمْ نَ‍‍ق‍‍ْصُصْ عَلَيْكَ وَمَا ك‍‍َ‍ا‍نَ لِرَس‍‍ُ‍و‍لٍ أَ‍ن‍ْ يَأْتِيَ بِآيَة‍‍‍ٍ إِلاَّ بِإِذْنِ ا‍للَّهِ فَإِذَا ج‍‍َ‍ا‍ءَ أَمْرُ ا‍للَّهِ قُضِيَ بِ‍‍ا‍لْحَقِّ وَخَسِ‍‍ر‍َ هُنَالِكَ ا‍لْمُ‍‍ب‍‍ْطِل‍‍ُ‍و‍نَ
Al-Lahu Al-Ladhī Ja`ala Lakumu Al-'An`ām Litarkabū Minhā Wa Minhā Ta'kulūna 040-079 اللَّه އީ، ތިޔަބައިމީހުންނަށްޓަކައި نعم ސޫފި ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ. ا‍للَّهُ ا‍لَّذِي جَعَلَ لَكُمُ ا‍لأَنعَام لِتَرْكَبُو‍‍ا‍ مِنْهَا وَمِنْهَا تَأْكُل‍‍ُ‍و‍نَ
Wa Lakum Fīhā Manāfi`u Wa Litablughū `Alayhā Ĥājatan Fī Şudūrikum Wa `Alayhā Wa `Alá Al-Fulki Tuĥmalūna 040-080 އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުން ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ. وَلَكُمْ فِيهَا مَنَافِعُ وَلِتَ‍‍ب‍‍ْلُغُو‍‍ا‍ عَلَيْهَا حَاجَة‍‍‍ً فِي صُدُو‍ر‍‍ِكُمْ وَعَلَيْهَا وَعَلَى ا‍لْفُلْكِ تُحْمَل‍‍ُ‍و‍نَ
Wa Yurīkum 'Āyātihi Fa'ayya 'Āyāti Al-Lahi Tunkirūna 040-081 އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آية ތައް ދައްކަވަތެވެ. ފަހެ، اللَّه ގެ آية ތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآية އަކަށް ހެއްޔެވެ؟ وَيُ‍‍ر‍‍ِيكُمْ آيَاتِهِ فَأَيَّ آي‍‍َ‍ا‍تِ ا‍للَّهِ تُ‍‍ن‍كِر‍ُو‍نَ
'Afalam Yasīrū Fī Al-'Arđi Fayanžurū Kayfa Kāna `Āqibatu Al-Ladhīna Min Qablihim Kānū 'Akthara Minhum Wa 'Ashadda Qūwatan Wa 'Āthārāan Al-'Arđi Famā 'Aghná `Anhum Mā Kānū Yaksibūna 040-082 ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ عدد ގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ أثر ތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ،ކުރިންއުޅުނުމީހުން) ވޫއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. أَفَلَمْ يَسِيرُوا‍ فِي ا‍لأَرْضِ فَيَ‍‍ن‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ كَانُ‍‍و‍‍ا‍ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّة‍‍‍ً وَآثَارا‍ً فِي ا‍لأَرْضِ فَمَ‍‍ا‍ أَغْنَى عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Falammā Jā'at/hum Rusuluhum Bil-Bayyināti Fariĥū Bimā `Indahum Mina Al-`Ilmi Wa Ĥāqa Bihim Mā Kānū Bihi Yastahzi'ūn 040-083 ފަހެ، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علم އަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَتْهُمْ رُسُلُهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَ‍‍ر‍‍ِحُو‍‍ا‍ بِمَا عِ‍‍ن‍‍ْدَهُ‍‍م‍ْ مِنَ ا‍لْعِلْمِ وَح‍‍َ‍ا‍قَ بِهِ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Falammā Ra'aw Ba'sanā Qālū 'Āmannā Bil-Lahi Waĥdahu Wa Kafarnā Bimā Kunnā Bihi Mushrikīna 040-084 ފަހެ، ތިމަންރަސްކަލާނގެ عذاب، އެއުރެންނަށް ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމައެކަނި، اللَّه އަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެން شريك ކޮށް އުޅުނު ތަކެއްޗަށް كافر ވެއްޖައީމުއެވެ. فَلَ‍‍م‍ّ‍‍َا رَأَوْا بَأْسَنَا قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَحْدَهُ وَكَفَرْنَا بِمَا كُ‍‍ن‍ّ‍‍َا بِهِ مُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Falam Yaku Yanfa`uhum 'Īmānuhum Lammā Ra'aw Ba'sanā Sunnata Al-Lahi Allatī Qad Khalat Fī `Ibādihi Wa Khasira Hunālika Al-Kāfirūna 040-085 ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނަށް ފެނުނުހިނދު، އެއުރެންވީ إيمان ން އެއުރެންނަށް މަންފާއެއް ކުރާނެކަމުގައި ނުވެތެވެ. (އެއީ) اللَّه، އެކަލާނގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާގޮތެވެ. އަދި އެތާނގައި كافر ވިމީހުން ގެއްލި ހަލާކުވެއްޖައޫއެވެ. فَلَمْ يَكُ يَ‍‍ن‍‍ْفَعُهُمْ إِيمَانُهُمْ لَ‍‍م‍ّ‍‍َا رَأَوْا بَأْسَنَا سُ‍‍ن‍ّ‍‍َةَ ا‍للَّهِ ا‍لَّتِي قَ‍‍د‍ْ خَلَتْ فِي عِبَادِهِ وَخَسِ‍‍ر‍َ هُنَالِكَ ا‍لْكَافِر‍ُو‍نَ
Next Sūrah