39) Sūrat Az-Zumar

Printed format

39) سُورَة الزُّمَر

Tanzīlu Al-Kitābi Mina Al-Lahi Al-`Azīzi Al-Ĥakīmi 039-001 މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ. تَ‍‍ن‍‍ْز‍ِي‍لُ ا‍لْكِت‍‍َ‍ا‍بِ مِنَ ا‍للَّهِ ا‍لْعَز‍ِي‍زِ ا‍لْحَك‍‍ِ‍ي‍مِ
'Innā 'Anzalnā 'Ilayka Al-Kitāba Bil-Ĥaqqi Fā`budi Al-Laha Mukhlişāan Lahu Ad-Dīna 039-002 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، اللَّه އަށް دين خالص ކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! إِ‍نّ‍‍َ‍‍ا‍ أَن‍زَلْنَ‍‍ا إِلَيْكَ ا‍لْكِت‍‍َ‍ا‍بَ بِ‍‍ا‍لْحَقِّ فَاعْبُدِ ا‍للَّهَ مُخْلِصا‍ً لَهُ ا‍لدّ‍ِي‍نَ
'Alā Lillahi Ad-Dīnu Al-Khālişu Wa Al-Ladhīna Attakhadhū Min Dūnihi 'Awliyā'a Mā Na`buduhum 'Illā Liyuqarribūnā 'Ilá Al-Lahi Zulfá 'Inna Al-Laha Yaĥkumu Baynahum Fī Mā Hum Fīhi Yakhtalifūna 'Inna Al-Laha Lā Yahdī Man Huwa Kādhibun Kaffārun 039-003 ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. أَلاَ لِلَّهِ ا‍لدّ‍ِي‍نُ ا‍لْخَالِصُ وَا‍لَّذ‍ِي‍نَ ا‍تَّخَذُوا‍ مِ‍‍ن‍ْ دُونِهِ أَوْلِي‍‍َ‍ا‍ءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَ‍‍ا إِلَى ا‍للَّهِ زُلْفَى إِ‍نّ‍‍َ ا‍للَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ إِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي مَنْ هُوَ كَاذِب‍‍‍ٌ كَفّ‍‍َ‍ا‍ر‍ٌ
Law 'Arāda Al-Lahu 'An Yattakhidha Waladāan Lāşţafá Mimmā Yakhluqu Mā Yashā'u Subĥānahu Huwa Al-Lahu Al-Wāĥidu Al-Qahhāru 039-004 اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيار ކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّه އެވެ. لَوْ أَر‍َا‍دَ ا‍للَّهُ أَ‍ن‍ْ يَتَّخِذَ وَلَدا‍ً لاَصْطَفَى مِ‍‍م‍ّ‍‍َا يَخْلُقُ مَا يَش‍‍َ‍ا‍ءُ سُ‍‍ب‍‍ْحَانَهُ هُوَ ا‍للَّهُ ا‍لْوَاحِدُ ا‍لْقَهّ‍‍َ‍ا‍رُ
Khalaqa As-Samāwāti Wa Al-'Arđa Bil-Ĥaqqi Yukawwiru Al-Layla `Alá An-Nahāri Wa Yukawwiru An-Nahāra `Alá Al-Layli Wa Sakhkhara Ash-Shamsa Wa Al-Qamara Kullun Yajrī Li'jalin Musammáan 'Alā Huwa Al-`Azīzu Al-Ghaffāru 039-005 އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيز ވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِ‍‍ا‍لْحَقِّ يُكَوِّ‍‍ر‍ُ ا‍للَّيْلَ عَلَى ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَيُكَوِّ‍‍ر‍ُ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ عَلَى ا‍للَّيْلِ وَسَخَّرَ ا‍لشَّمْسَ وَا‍لْقَمَرَ كُلّ‍‍‍ٌ يَ‍‍ج‍‍ْ‍‍ر‍‍ِي لِأجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍‍ً‍ا‍أَلاَ هُوَ ا‍لْعَز‍ِي‍زُ ا‍لْغَفّ‍‍َ‍ا‍رُ
Khalaqakum Min Nafsin Wāĥidatin Thumma Ja`ala Minhā Zawjahā Wa 'Anzala Lakum Mina Al-'An`ām Thamāniyata 'Azwājin Yakhluqukum Fī Buţūni 'Ummahātikum Khalqāan Min Ba`di Khalqin Fī Žulumātin Thalāthin Dhalikumu Al-Lahu Rabbukum Lahu Al-Mulku Lā 'Ilāha 'Illā Huwa Fa'anná Tuşrafūna 039-006 އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعم ސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ވެރިކަންވަނީއެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إله އަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައިި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ خَلَقَكُ‍‍م‍ْ مِ‍‍ن‍ْ نَفْس‍‍‍ٍ وَا‍حِدَة‍‍‍ٍ ثُ‍‍م‍ّ‍‍َ جَعَلَ مِنْهَا زَوْجَهَا وَأَ‍ن‍‍ْزَلَ لَكُ‍‍م‍ْ مِنَ ا‍لأَنعَام ثَمَانِيَةَ أَزْو‍َا‍ج‍‍‍ٍ يَخْلُقُكُمْ فِي بُط‍‍ُ‍و‍نِ أُ‍مّ‍‍َهَاتِكُمْ خَلْقا‍ً مِ‍‍ن‍ْ بَعْدِ خَلْق‍‍‍ٍ فِي ظُلُم‍‍َ‍ا‍ت‍‍‍ٍ ثَلاَث‍‍‍ٍ ذَلِكُمُ ا‍للَّهُ رَبُّكُمْ لَهُ ا‍لْمُلْكُ لاَ إِلَهَ إِلاَّ هُوَ فَأَ‍نّ‍‍َى تُصْرَف‍‍ُ‍و‍نَ
'In Takfurū Fa'inna Al-Laha Ghanīyun `Ankum Wa Lā Yarđá Li`ibādihi Al-Kufra Wa 'In Tashkurū Yarđahu Lakum Wa Lā Taziru Wāziratun Wizra 'UkhThumma 'Ilá Rabbikum Marji`ukum Fayunabbi'ukum Bimā Kuntum Ta`malūna 'Innahu `Alīmun Bidhāti Aş-Şudūri 039-007 ތިޔަބައިމީހުން كافر ވާނަމަ، ފަހެ اللَّه އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكر ކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍ن‍ْ تَكْفُرُوا‍ فَإِ‍نّ‍‍َ ا‍للَّهَ غَنِيٌّ عَ‍‍ن‍‍ْكُمْ وَلاَ يَرْضَى لِعِبَادِهِ ا‍لْكُفْرَ وَإِ‍ن‍ْ تَشْكُرُوا‍ يَرْضَهُ لَكُمْ وَلاَ تَزِ‍ر‍ُ وَا‍زِرَة‍‍‍ٌ وِزْرَ أُخْرَى ثُ‍‍م‍ّ‍‍َ إِلَى رَبِّكُ‍‍م‍ْ مَرْجِعُكُمْ فَيُنَبِّئُكُ‍‍م‍ْ بِمَا كُ‍‍ن‍‍ْتُمْ تَعْمَل‍‍ُ‍و‍نَ إِ‍نّ‍‍َهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
Wa 'Idhā Massa Al-'Insāna Đurrun Da`ā Rabbahu Munībāan 'Ilayhi Thumma 'Idhā Khawwalahu Ni`matan Minhu Nasiya Mā Kāna Yad`ū 'Ilayhi Min Qablu Wa Ja`ala Lillahi 'Andādāan Liyuđilla `An Sabīlihi Qul Tamatta` Bikufrika Qalīlāan 'Innaka Min 'Aşĥābi An-Nāri 039-008 އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާންނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. وَإِذَا مَسَّ ا‍لإِن‍س‍‍َ‍ا‍نَ ضُرّ‍ٌ دَعَا رَبَّهُ مُنِيبا‍ً إِلَيْهِ ثُ‍‍م‍ّ‍‍َ إِذَا خَوَّلَهُ نِعْمَة‍‍‍ً مِنْهُ نَسِيَ مَا ك‍‍َ‍ا‍نَ يَ‍‍د‍‍ْعُو إِلَيْهِ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَجَعَلَ لِلَّهِ أَ‍ن‍‍ْدَادا‍ً لِيُضِلَّ عَ‍‍ن‍ْ سَبِيلِهِ قُلْ تَمَتَّعْ بِكُفْ‍‍ر‍‍ِكَ قَلِيلا‍ً إِ‍نّ‍‍َكَ مِنْ أَصْح‍‍َ‍ا‍بِ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
'Amman Huwa Qānitun 'Ānā'a Al-Layli Sājidāan Wa Qā'imāan Yaĥdharu Al-'Ākhirata Wa Yarjū Raĥmata Rabbihi Qul Hal Yastawī Al-Ladhīna Ya`lamūna Wa Al-Ladhīna Lā Ya`lamūna 'Innamā Yatadhakkaru 'Ū Al-'Albābi 039-009 ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدة ގައްޔާއި، قيام ގައި މަޑުމޮޅިވެ، آخرة ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمة އަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ. أَ‍مّ‍‍َنْ هُوَ قَانِت‍‍‍ٌ آن‍‍َ‍ا‍ءَ ا‍للَّيْلِ سَاجِدا‍ً وَق‍‍َ‍ا‍ئِما‍ً يَحْذَرُ ا‍لآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي ا‍لَّذ‍ِي‍نَ يَعْلَم‍‍ُ‍و‍نَ وَا‍لَّذ‍ِي‍نَ لاَ يَعْلَم‍‍ُ‍و‍نَ إِ‍نّ‍‍َمَا يَتَذَكَّرُ أ‍ُ‍وْلُو‍‍ا‍ ا‍لأَلْب‍‍َ‍ا‍ب‍ِ
Qul Yā `Ibādi Al-Ladhīna 'Āmanū Attaqū Rabbakum Lilladhīna 'Aĥsanū Fī Hadhihi Ad-Dunyā Ĥasanatun Wa 'Arđu Al-Lahi Wāsi`atun 'Innamā Yuwaffá Aş-Şābirūna 'Ajrahum Bighayri Ĥisābin 039-010 ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. قُلْ يَاعِب‍‍َ‍ا‍دِ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّقُو‍‍ا‍ رَبَّكُمْ لِلَّذ‍ِي‍نَ أَحْسَنُو‍‍ا‍ فِي هَذِهِ ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ٌ وَأَرْضُ ا‍للَّهِ وَا‍سِعَة‍‍‍ٌ إِ‍نّ‍‍َمَا يُوَفَّى ا‍لصَّابِر‍ُو‍نَ أَ‍ج‍‍ْرَهُ‍‍م‍ْ بِغَيْ‍‍ر‍ِ حِس‍‍َ‍ا‍ب‍‍ٍ
Qul 'Innī 'Umirtu 'An 'A`buda Al-Laha Mukhlişāan Lahu Ad-Dīna 039-011 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް أمر ކުރައްވާފައިވަނީ،اللَّه އަށް دين خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. قُلْ إِ‍نّ‍‍ِ‍‍ي‍ أُمِرْتُ أَنْ أَعْبُدَ ا‍للَّهَ مُخْلِصا‍ً لَهُ ا‍لدّ‍ِي‍نَ
Wa 'Umirtu Li'n 'Akūna 'Awwala Al-Muslimīna 039-012 އަދި އަހުރެންނަށް أمر ކުރައްވާފައިވަނީ (މި أمّة ގެ) مسلم ންގެ ތެރެއިން އެންމެފުރަތަމަ މީހާކަމުގައި އަހުރެން ވުމަށެވެ. وَأُمِرْتُ لِأنْ أَك‍‍ُ‍و‍نَ أَوَّلَ ا‍لْمُسْلِم‍‍ِ‍ي‍نَ
Qul 'Innī 'Akhāfu 'In `Aşaytu Rabbī `Adhāba Yawmin `Ažīmin 039-013 ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރިރަސްކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ. قُلْ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ إِنْ عَصَيْتُ رَبِّي عَذ‍َا‍بَ يَوْمٍ عَظ‍‍ِ‍ي‍م‍‍‍ٍ
Quli Al-Laha 'A`budu Mukhlişāan Lahu Dīni 039-014 ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ دين خالص ކުރާ حال، އަހުރެން އަޅުކަންކުރަނީ، ހަމައެކަނި اللَّه އަށެވެ. قُلِ ا‍للَّهَ أَعْبُدُ مُخْلِصا‍ً لَهُ د‍ِي‍نِ
Fā`budū Mā Shi'tum Min Dūnihi Qul 'Inna Al-Khāsirīna Al-Ladhīna Khasirū 'Anfusahum Wa 'Ahlīhim Yawma Al-Qiyāmati 'Alā Dhālika Huwa Al-Khusrānu Al-Mubīnu 039-015 ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ. فَاعْبُدُوا‍ مَا شِئْتُ‍‍م‍ْ مِ‍‍ن‍ْ دُونِهِ قُلْ إِ‍نّ‍‍َ ا‍لْخَاسِ‍‍ر‍‍ِي‍نَ ا‍لَّذ‍ِي‍نَ خَسِرُو‍ا‍ أَ‍ن‍‍ْفُسَهُمْ وَأَهْلِيهِمْ يَوْمَ ا‍لْقِيَامَةِ أَلاَ ذَلِكَ هُوَ ا‍لْخُسْر‍َا‍نُ ا‍لْمُب‍‍ِ‍ي‍نُ
Lahum Min Fawqihim Žulalun Mina An-Nāri Wa Min Taĥtihim Žulalun Dhālika Yukhawwifu Al-Lahu Bihi `Ibādahu Yā `Ibādi Fa Attaqūni 039-016 (ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުންބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! لَهُ‍‍م‍ْ مِ‍‍ن‍ْ فَوْقِهِمْ ظُلَل‍‍‍ٌ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَمِ‍‍ن‍ْ تَحْتِهِمْ ظُلَل‍‍‍ٌ ذَلِكَ يُخَوِّفُ ا‍للَّهُ بِهِ عِبَادَهُ يَاعِب‍‍َ‍ا‍دِ فَاتَّق‍‍ُ‍و‍نِ
Wa Al-Ladhīna Ajtanabū Aţ-Ţāghūta 'An Ya`budūhā Wa 'Anābū 'Ilá Al-Lahi Lahumu Al-Bushrá Fabashshir `Ibādi 039-017 شيطان އާއަށް އަޅުކަންކުރުމުން ދުރުވެގަނެ، اللَّه ގެ حضرة އަށް رجوع ވާމީހުންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. ފަހެ، ކަލޭގެފާނު، ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ! وَالَّذ‍ِي‍نَ ا‍ج‍‍ْتَنَبُو‍‍ا‍ ا‍لطَّاغ‍‍ُ‍و‍تَ أَ‍ن‍ْ يَعْبُدُوهَا وَأَنَابُ‍‍و‍‍ا‍ إِلَى ا‍للَّهِ لَهُمُ ا‍لْبُشْرَى فَبَشِّرْ عِب‍‍َ‍ا‍د‍ِ
Al-Ladhīna Yastami`ūna Al-Qawla Fayattabi`ūna 'Aĥsanahu 'Ūlā'ika Al-Ladhīna Hadāhumu Al-Lahu Wa 'Ūlā'ika Hum 'Ū Al-'Albābi 039-018 އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبع ވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهل ވެރިންނީވެސް، ހަމައެއުރެންނެވެ. ا‍لَّذ‍ِي‍نَ يَسْتَمِع‍‍ُ‍و‍نَ ا‍لْقَوْلَ فَيَتَّبِع‍‍ُ‍و‍نَ أَحْسَنَهُ أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ هَدَاهُمُ ا‍للَّهُ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمْ أ‍ُ‍وْلُو‍‍ا‍ ا‍لأَلْب‍‍َ‍ا‍ب‍ِ
'Afaman Ĥaqqa `Alayhi Kalimatu Al-`Adhābi 'Afa'anta Tunqidhu Man An-Nāri 039-019 ފަހެ، عذاب ގެ كلمة ފުޅު حق ވެއްޖެމީހަކު (އެ عذاب ން ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟) ފަހެ، ނަރަކައިގައިވާ މީހަކު ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟ أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ا‍لْعَذ‍َا‍بِ أَفَأَ‍ن‍‍ْتَ تُ‍‍ن‍قِذُ مَ‍‍ن‍ْ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Lakini Al-Ladhīna Attaqaw Rabbahum Lahum Ghurafun Min Fawqihā Ghurafun Mabnīyatun Tajrī Min Taĥtihā Al-'Anhāru Wa`da Al-Lahi Lā Yukhlifu Al-Lahu Al-Mī`ād 039-020 އެހެނެއްކަމަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއްވެއެވެ. އޭގެމަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. އެކަމަށް اللَّه ވަނީ وعد ކުރައްވައިފައެވެ. اللَّه وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ. لَكِنِ ا‍لَّذ‍ِي‍نَ ا‍تَّقَوْا رَبَّهُمْ لَهُمْ غُرَف‍‍‍ٌ مِ‍‍ن‍ْ فَوْقِهَا غُرَف‍‍‍ٌ مَ‍‍ب‍‍ْنِيَّة‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ وَعْدَ ا‍للَّهِ لاَ يُخْلِفُ ا‍للَّهُ ا‍لْمِيعَاد
'Alam Tará 'Anna Al-Laha 'Anzala Mina As-Samā'i Mā'an Fasalakahu Yanābī`a Fī Al-'Arđi Thumma Yukhriju Bihi Zar`āan Mukhtalifāan 'Alwānuhu Thumma Yahīju Fatarāhu Muşfarrāan Thumma Yaj`aluhu Ĥuţāmāan 'Inna Fī Dhālika Ladhikrá Li'wlī Al-'Albābi 039-021 ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ أهل ވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ. أَلَمْ تَرَى أَ‍نّ‍‍َ ا‍للَّهَ أَ‍ن‍‍ْزَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَسَلَكَهُ يَنَاب‍‍ِ‍ي‍عَ فِي ا‍لأَرْضِ ثُ‍‍م‍ّ‍‍َ يُخْ‍‍ر‍‍ِجُ بِهِ زَرْعا‍ً مُخْتَلِفاً أَلْوَانُهُ ثُ‍‍م‍ّ‍‍َ يَه‍‍ِ‍ي‍جُ فَتَر‍َا‍هُ مُصْفَرّا‍ً ثُ‍‍م‍ّ‍‍َ يَ‍‍ج‍‍ْعَلُهُ حُطَاما‍ً إِ‍نّ‍‍َ فِي ذَلِكَ لَذِكْرَى لِأوْلِي ا‍لأَلْب‍‍َ‍ا‍ب‍ِ
'Afaman Sharaĥa Al-Lahu Şadrahu Lil'islāmi Fahuwa `Alá Nūrin Min Rabbihi Fawaylun Lilqāsiyati Qulūbuhum Min Dhikri Al-Lahi 'Ūlā'ika Fī Đalālin Mubīnin 039-022 ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ. أَفَمَ‍‍ن‍ْ شَرَحَ ا‍للَّهُ صَ‍‍د‍‍ْرَهُ لِلإِسْلاَمِ فَهُوَ عَلَى ن‍‍ُ‍و‍ر‍ٍ مِ‍‍ن‍ْ رَبِّهِ فَوَيْل‍‍‍ٌ لِلْقَاسِيَةِ قُلُوبُهُ‍‍م‍ْ مِ‍‍ن‍ْ ذِكْ‍‍ر‍ِ ا‍للَّهِ أ‍ُ‍وْل‍‍َ‍ا‍ئِكَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Al-Lahu Nazzala 'Aĥsana Al-Ĥadīthi Kitābāan Mutashābihāan Mathāniya Taqsha`irru Minhu Julūdu Al-Ladhīna Yakhshawna Rabbahum Thumma Talīnu Julūduhum Wa Qulūbuhum 'Ilá Dhikri Al-Lahi Dhālika Hudá Al-Lahi Yahdī Bihi Man Yashā'u Wa Man Yuđlili Al-Lahu Famā Lahu Min Hādin 039-023 اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރުއަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ. ا‍للَّهُ نَزَّلَ أَحْسَنَ ا‍لْحَد‍ِي‍ثِ كِتَابا‍ً مُتَشَابِها‍ً مَثَانِيَ تَ‍‍ق‍‍ْشَعِرُّ مِنْهُ جُل‍‍ُ‍و‍دُ ا‍لَّذ‍ِي‍نَ يَخْشَوْنَ رَبَّهُمْ ثُ‍‍م‍ّ‍‍َ تَل‍‍ِ‍ي‍نُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْ‍‍ر‍ِ ا‍للَّهِ ذَلِكَ هُدَى ا‍للَّهِ يَهْدِي بِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَمَ‍‍ن‍ْ يُضْلِلِ ا‍للَّهُ فَمَا لَهُ مِنْ ه‍‍َ‍ا‍د‍ٍ
'Afaman Yattaqī Biwajhihi Sū'a Al-`Adhābi Yawma Al-Qiyāmati Wa Qīla Lilžžālimīna Dhūqū Mā Kuntum Taksibūna 039-024 ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! أَفَمَ‍‍ن‍ْ يَتَّقِي بِوَج‍‍ْهِهِ س‍‍ُ‍و‍ءَ ا‍لْعَذ‍َا‍بِ يَوْمَ ا‍لْقِيَامَةِ وَق‍‍ِ‍ي‍لَ لِلظَّالِم‍‍ِ‍ي‍نَ ذُوقُو‍‍ا‍ مَا كُ‍‍ن‍‍ْتُمْ تَكْسِب‍‍ُ‍و‍نَ
Kadhdhaba Al-Ladhīna Min Qablihim Fa'atāhumu Al-`Adhābu Min Ĥaythu Lā Yash`urūna 039-025 އެއުރެންގެ ކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، އެއުރެން ހީވެސްނުކުރާ ދިމާޔަކުން، އެއުރެންނަށް عذاب އައެވެ. كَذَّبَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَأَتَاهُمُ ا‍لْعَذ‍َا‍بُ مِنْ حَيْثُ لاَ يَشْعُر‍ُو‍نَ
Fa'adhāqahumu Al-Lahu Al-Khizya Fī Al-Ĥayāati Ad-Dunyā Wa La`adhābu Al-'Ākhirati 'Akbaru Law Kānū Ya`lamūna 039-026 ފަހެ، اللَّه އެއުރެންނަށް ދުނިޔޭގެ حياة ގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާބޮޑެވެ. އެއުރެންނަށް އެކަން އެނގޭނޭނަމައެވެ. فَأَذَاقَهُمُ ا‍للَّهُ ا‍لْخِزْيَ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَلَعَذ‍َا‍بُ ا‍لآخِرَةِ أَكْبَرُ لَوْ كَانُو‍‍ا‍ يَعْلَم‍‍ُ‍و‍نَ
Wa Laqad Đarabnā Lilnnāsi Fī Hādhā Al-Qur'āni Min Kulli Mathalin La`allahum Yatadhakkarūna 039-027 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން مثال ޖެއްސެވީމެވެ. (އެއީ) އެއުރެންހަނދުމަކުޅައުމަށްޓަކައެވެ. وَلَقَ‍‍د‍ْ ضَرَ‍ب‍‍ْنَا لِل‍‍ن‍ّ‍‍َ‍ا‍سِ فِي هَذَا ا‍لْقُرْآنِ مِ‍‍ن‍ْ كُلِّ مَثَل‍‍‍ٍ لَعَلَّهُمْ يَتَذَكَّر‍ُو‍نَ
Qur'ānāan `Arabīyāan Ghayra Dhī `Iwajin La`allahum Yattaqūna 039-028 އެއްވެސް ގުދުކަމެއްނުވާ، عرب ބަހުން އޮތް قرآن އެއްގެގޮތުގައެވެ. (އެއީ) އެއުރެން تقوى ވެރިވުމަށްޓަކައެވެ. قُرآناً عَرَبِيّاً غَيْرَ ذِي عِوَج‍‍‍ٍ لَعَلَّهُمْ يَتَّق‍‍ُ‍و‍نَ
Đaraba Al-Lahu Mathalāan Rajulāan Fīhi Shurakā'u Mutashākisūna Wa Rajulāan Salamāan Lirajulin Hal Yastawiyāni Mathalāan Al-Ĥamdu Lillahi Bal 'Aktharuhum Lā Ya`lamūna 039-029 އެއުރެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް خاص ވެގެންވާ (އަޅު) ފިރިހެނެއްގެ مثال اللَّه ޖެއްސެވިއެވެ. مثال ގެގޮތުން އެ ދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެތެވެ. ضَرَبَ ا‍للَّهُ مَثَلا‍ً رَجُلا‍ً ف‍‍ِ‍ي‍هِ شُرَك‍‍َ‍ا‍ءُ مُتَشَاكِس‍‍ُ‍و‍نَ وَرَجُلا‍ً سَلَما‍ً لِرَجُلٍ هَلْ يَسْتَوِي‍‍َ‍ا‍نِ مَثَلا‍ً ا‍لْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَم‍‍ُ‍و‍نَ
'Innaka Mayyitun Wa 'Innahum Mayyitūna 039-030 ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ. إِ‍نّ‍‍َكَ مَيِّت‍‍‍ٌ وَإِ‍نّ‍‍َهُ‍‍م‍ْ مَيِّت‍‍ُ‍و‍نَ
Thumma 'Innakum Yawma Al-Qiyāmati `Inda Rabbikum Takhtaşimūna 039-031 ދެން ހަމަކަށަވަރުން قيامة ދުވަހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނޫއެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َكُمْ يَوْمَ ا‍لْقِيَامَةِ عِ‍‍ن‍‍ْدَ رَبِّكُمْ تَخْتَصِم‍‍ُ‍و‍نَ
Faman 'Ažlamu Mimman Kadhaba `Alá Al-Lahi Wa Kadhdhaba Biş-Şidqi 'Idh Jā'ahu 'Alaysa Fī Jahannama Mathwáan Lilkāfirīna 039-032 ފަހެ، اللَّه އާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެގާތަށް އައިހިނދު، އެދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ كافر ން ތިބޭނޭތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟ فَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ كَذَبَ عَلَى ا‍للَّهِ وَكَذَّبَ بِ‍‍ا‍لصِّ‍‍د‍‍ْقِ إِذْ ج‍‍َ‍ا‍ءَهُ أَلَيْسَ فِي جَهَ‍‍ن‍ّ‍‍َمَ مَثْوى‍ً لِلْكَافِ‍‍ر‍‍ِي‍نَ
Wa Al-Ladhī Jā'a Biş-Şidqi Wa Şaddaqa Bihi 'Ūlā'ika Humu Al-Muttaqūna 039-033 ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبول ކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوى ވެރިންނެވެ. وَالَّذِي ج‍‍َ‍ا‍ءَ بِ‍‍ا‍لصِّ‍‍د‍‍ْقِ وَصَدَّقَ بِهِ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُتَّق‍‍ُ‍و‍نَ
Lahum Mā Yashā'ūna `Inda Rabbihim Dhālika Jazā'u Al-Muĥsinīna 039-034 އެއުރެންގެވެރިރަސްކަލާނގެ حضرة ގައި އެއުރެން އެދޭހާކަމެއް އެއުރެންނަށް ހުށްޓެވެ. އެއީ إحسان ތެރިންނަށްހުރި ޖަޒާއެވެ. لَهُ‍‍م‍ْ مَا يَش‍‍َ‍ا‍ء‍ُو‍نَ عِ‍‍ن‍‍ْدَ رَبِّهِمْ ذَلِكَ جَز‍َا‍ءُ ا‍لْمُحْسِن‍‍ِ‍ي‍نَ
Liyukaffira Al-Lahu `Anhum 'Aswa'a Al-Ladhī `Amilū Wa Yajziyahum 'Ajrahum Bi'aĥsani Al-Ladhī Kānū Ya`malūna 039-035 އެއުރެންކޮށްފައިވާ ނުބައި عمل ތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عمل ކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ. لِيُكَفِّ‍‍ر‍َ ا‍للَّهُ عَنْهُمْ أَسْوَأَ ا‍لَّذِي عَمِلُو‍‍ا‍ وَيَ‍‍ج‍‍ْزِيَهُمْ أَ‍ج‍‍ْرَهُ‍‍م‍ْ بِأَحْسَنِ ا‍لَّذِي كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
'Alaysa Al-Lahu Bikāfin `Abdahu Wa Yukhawwifūnaka Bial-Ladhīna Min Dūnihi Wa Man Yuđlili Al-Lahu Famā Lahu Min Hādin 039-036 اللَّه، އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެތެވެ. أَلَيْسَ ا‍للَّهُ بِك‍‍َ‍ا‍فٍ عَ‍‍ب‍‍ْدَهُ وَيُخَوِّفُونَكَ بِ‍‍ا‍لَّذ‍ِي‍نَ مِ‍‍ن‍ْ دُونِهِ وَمَ‍‍ن‍ْ يُضْلِلِ ا‍للَّهُ فَمَا لَهُ مِنْ ه‍‍َ‍ا‍د‍ٍ
Wa Man Yahdi Al-Lahu Famā Lahu Min Muđillin 'Alaysa Al-Lahu Bi`azīzin Dhī Antiqāmin 039-037 އަދި އެމީހަކަށް اللَّه ތެދުމަގު ދައްކަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެތެވެ. اللَّه އީ عزيز ވަންތަ، ބަދަލުހިއްޕެވުމުގެ ވެރިރަސްކަލާނގެކަމުގައި ނުވޭހެއްޔެވެ؟ وَمَ‍‍ن‍ْ يَهْدِ ا‍للَّهُ فَمَا لَهُ مِ‍‍ن‍ْ مُضِلٍّ أَلَيْسَ ا‍للَّهُ بِعَز‍ِي‍ز‍ٍ ذِي ا‍ن‍‍ْتِق‍‍َ‍ا‍م‍‍‍ٍ
Wa La'in Sa'altahum Man Khalaqa As-Samāwāti Wa Al-'Arđa Layaqūlunna Al-Lahu Qul 'Afara'aytum Mā Tad`ūna Min Dūni Al-Lahi 'In 'Arādaniya Al-Lahu Biđurrin Hal Hunna Kāshifātu Đurrihi 'Aw 'Arādanī Biraĥmatin Hal Hunna Mumsikātu Raĥmatihi Qul Ĥasbiya Al-Lahu `Alayhi Yatawakkalu Al-Mutawakkilūna 039-038 އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) خبر ދީބަލާށެވެ! اللَّه، ތިމަންކަލޭގެފާނަށްގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް رحمة އަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ رحمة (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. وكيل ކުރާމީހުން وكيل ކުރާހުށީ އެކަލާނގެއަށެވެ! وَلَئِ‍‍ن‍ْ سَأَلْتَهُ‍‍م‍ْ مَنْ خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ لَيَقُولُ‍‍ن‍ّ‍‍َ ا‍للَّهُ قُلْ أَفَرَأَيْتُ‍‍م‍ْ مَا تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ إِنْ أَرَادَنِيَ ا‍للَّهُ بِضُرٍّ هَلْ هُ‍‍ن‍ّ‍‍َ كَاشِف‍‍َ‍ا‍تُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُ‍‍ن‍ّ‍‍َ مُمْسِك‍‍َ‍ا‍تُ رَحْمَتِهِ قُلْ حَسْبِيَ ا‍للَّهُ عَلَيْهِ يَتَوَكَّلُ ا‍لْمُتَوَكِّل‍‍ُ‍و‍نَ
Qul Yā Qawmi A`malū `Alá Makānatikum 'Innī `Āmilun Fasawfa Ta`lamūna 039-039 އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) خبر ދީބަލާށެވެ! اللَّه، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް رحمة އަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ رحمة (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. وكيل ކުރާމީހުން وكيل ކުރާހުށީއެކަލާނގެއަށެވެ! قُلْ يَاقَوْمِ ا‍عْمَلُو‍‍ا‍ عَلَى مَكَانَتِكُمْ إِ‍نّ‍‍ِي عَامِل‍‍‍ٌ فَسَوْفَ تَعْلَم‍‍ُ‍و‍نَ
Man Ya'tīhi `Adhābun Yukhzīhi Wa Yaĥillu `Alayhi `Adhābun Muqīmun 039-040 ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ތިބިގޮތުގައި ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) عمل ކުރައްވާހުށީމެވެ. ނިކަމެތިކޮށްލަނިވި عذاب އަންނަހުށީ ކާކަށްކަމާއި، ދެމިހުންނަނިވި عذاب ލިބޭހުށީ ކާކަށްކަންފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. مَ‍‍ن‍ْ يَأْت‍‍ِ‍ي‍هِ عَذ‍َا‍ب‍‍‍ٌ يُخْز‍ِي‍هِ وَيَحِلُّ عَلَيْهِ عَذ‍َا‍ب‍‍‍ٌ مُق‍‍ِ‍ي‍م‍‍‍ٌ
'Innā 'Anzalnā `Alayka Al-Kitāba Lilnnāsi Bil-Ĥaqqi Famani Ahtadá Falinafsihi Wa Man Đalla Fa'innamā Yađillu `Alayhā Wa Mā 'Anta `Alayhim Biwakīlin 039-041 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. إِ‍نّ‍‍َ‍‍ا‍ أَ‍ن‍‍ْزَلْنَا عَلَيْكَ ا‍لْكِت‍‍َ‍ا‍بَ لِل‍‍ن‍ّ‍‍َ‍ا‍سِ بِ‍‍ا‍لْحَقِّ فَمَنِ ا‍هْتَدَى فَلِنَفْسِهِ وَمَ‍‍ن‍ْ ضَلَّ فَإِ‍نّ‍‍َمَا يَضِلُّ عَلَيْهَا وَمَ‍‍ا‍ أَ‍ن‍‍ْتَ عَلَيْهِ‍‍م‍ْ بِوَك‍‍ِ‍ي‍ل‍‍‍ٍ
Al-Lahu Yatawaffá Al-'Anfusa Ĥīna Mawtihā Wa A-Atī Lam Tamut Fī Manāmihā Fayumsiku Allatī Qađá `Alayhā Al-Mawta Wa Yursilu Al-'Ukhrá 'Ilá 'Ajalin Musammáan 'Inna Fī Dhālika La'āyātin Liqawmin Yatafakkarūna 039-042 نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ،ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. ا‍للَّهُ يَتَوَفَّى ا‍لأَ‍ن‍‍ْفُسَ ح‍‍ِ‍ي‍نَ مَوْتِهَا وَا‍لَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ ا‍لَّتِي قَضَى عَلَيْهَا ا‍لْمَوْتَ وَيُرْسِلُ ا‍لأُخْرَى إِلَى أَجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍‍ً‍ا‍إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَتَفَكَّر‍ُو‍نَ
'Ami Attakhadhū Min Dūni Al-Lahi Shufa`ā'a Qul 'Awalaw Kānū Lā Yamlikūna Shay'āan Wa Lā Ya`qilūna 039-043 ނުވަތަ އެއުރެން، اللَّه ފިޔަވައި އެހެން شفاعة ތެރިންތަކެއް ހޯދީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ شفاعة ތެރިންނަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވާ، އަދި ބުއްދިއެއް ނުވާނަމަވެސް ހެއްޔެވެ؟ أَمِ ا‍تَّخَذُوا‍ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ شُفَع‍‍َ‍ا‍ءَ قُلْ أَوَلَوْ كَانُو‍‍ا‍ لاَ يَمْلِك‍‍ُ‍و‍نَ شَيْئا‍ً وَلاَ يَعْقِل‍‍ُ‍و‍نَ
Qul Lillahi Ash-Shafā`atu Jamī`āan Lahu Mulku As-Samāwāti Wa Al-'Arđi Thumma 'Ilayhi Turja`ūna 039-044 ކަލޭގެފާނު ވިދާޅުވާށެވެ! شفاعة ތެރިކަންވަނީ، މުޅިންވެސް اللَّه އަށެވެ. އުޑުތަކާއި ބިމުގެވެރިކަން ވަނީވެސް އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. قُ‍‍ل‍ْ لِلَّهِ ا‍لشَّفَاعَةُ جَمِيعا‍ً لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ ثُ‍‍م‍ّ‍‍َ إِلَيْهِ تُرْجَع‍‍ُ‍و‍نَ
Wa 'Idhā Dhukira Al-Lahu Waĥdahu Ashma'azzat Qulūbu Al-Ladhīna Lā Yu'uminūna Bil-'Ākhirati Wa 'Idhā Dhukira Al-Ladhīna Min Dūnihi 'Idhā Hum Yastabshirūna 039-045 ހަމައެކަނި اللَّه ގެ اسم ފުޅު ނަންގަނެވޭހިނދު، آخرة އަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرت ކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ. وَإِذَا ذُكِ‍‍ر‍َ ا‍للَّهُ وَحْدَهُ ا‍شْمَأَزَّتْ قُل‍‍ُ‍و‍بُ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ وَإِذَا ذُكِ‍‍ر‍َ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ دُونِهِ إِذَا هُمْ يَسْتَ‍‍ب‍‍ْشِر‍ُو‍نَ
Quli Al-Lahumma Fāţira As-Samāwāti Wa Al-'Arđi `Ālima Al-Ghaybi Wa Ash-Shahādati 'Anta Taĥkumu Bayna `Ibādika Fī Mā Kānū Fīhi Yakhtalifūna 039-046 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބަރަސްކަލާނގެއަޅުތަކުންގެ މެދުގައި، އެއުރެން خلاف ވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަރަސްކަލާނގެއެވެ. قُلِ ا‍للَّهُ‍‍م‍ّ‍‍َ فَاطِ‍‍ر‍َ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ عَالِمَ ا‍لْغَيْبِ وَا‍لشَّهَادَةِ أَ‍ن‍‍ْتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُو‍‍ا‍ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
Wa Law 'Anna Lilladhīna Žalamū Mā Fī Al-'Arđi Jamī`āan Wa Mithlahu Ma`ahu Lāftadaw Bihi Min Sū'i Al-`Adhābi Yawma Al-Qiyāmati Wa Badā Lahum Mina Al-Lahi Mā Lam Yakūnū Yaĥtasibūna 039-047 އަނިޔާވެރިވި މީހުންނަށް، ބިމުގައިވާހާ ތަކެއްޗާއި، އެޔާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، قيامة ދުވަހުގެ ގަދަފަދަ عذاب ން މުއްތިވުމަށްޓަކައި، އެއިން فدية ދިނީހެވެ. އަދި އެއުރެން ހީވެސްނުކުރާ ކަންތައް އެދުވަހުން اللَّه ގެ حضرة ން އެއުރެންނަށް ފާޅުވާނެތެވެ. وَلَوْ أَ‍نّ‍‍َ لِلَّذ‍ِي‍نَ ظَلَمُو‍‍ا‍ مَا فِي ا‍لأَرْضِ جَمِيعا‍ً وَمِثْلَهُ مَعَهُ لاَفْتَدَوْا بِهِ مِ‍‍ن‍ْ س‍‍ُ‍و‍ءِ ا‍لْعَذ‍َا‍بِ يَوْمَ ا‍لْقِيَامَةِ وَبَدَا لَهُ‍‍م‍ْ مِنَ ا‍للَّهِ مَا لَمْ يَكُونُو‍‍ا‍ يَحْتَسِب‍‍ُ‍و‍نَ
Wa Badā Lahum Sayyi'ātu Mā Kasabū Wa Ĥāqa Bihim Mā Kānū Bihi Yastahzi'ūn 039-048 އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ އެއުރެންނަށް ފާޅުވާހުށްޓެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އެއުރެން ވަށައިލާހުށްޓެވެ. وَبَدَا لَهُمْ سَيِّئ‍‍َ‍ا‍تُ مَا كَسَبُو‍‍ا‍ وَح‍‍َ‍ا‍قَ بِهِ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Fa'idhā Massa Al-'Insāna Đurrun Da`ānā Thumma 'Idhā Khawwalnāhu Ni`matan Minnā Qāla 'Innamā 'Ūtītuhu `Alá `Ilmin Bal Hiya Fitnatun Wa Lakinna 'Aktharahum Lā Ya`lamūna 039-049 ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاء ކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އޭނާޔަށް نعمة އެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمة ލިބިފައިވާކަން ކަށަވަރީ، ތިމަންގެ علم ވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحان އެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. فَإِذَا مَسَّ ا‍لإِن‍س‍‍َ‍ا‍نَ ضُرّ‍ٌ دَعَانَا ثُ‍‍م‍ّ‍‍َ إِذَا خَوَّلْن‍‍َ‍ا‍هُ نِعْمَة‍‍‍ً مِ‍‍ن‍ّ‍‍َا ق‍‍َ‍ا‍لَ إِ‍نّ‍‍َمَ‍‍ا‍ أ‍ُ‍وتِيتُهُ عَلَى عِلْم‍‍‍ٍ بَلْ هِيَ فِتْنَة‍‍‍ٌ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَعْلَم‍‍ُ‍و‍نَ
Qad Qālahā Al-Ladhīna Min Qablihim Famā 'Aghná `Anhum Mā Kānū Yaksibūna 039-050 އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެންހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. قَ‍‍د‍ْ قَالَهَا ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَمَ‍‍ا‍ أَغْنَى عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Fa'aşābahum Sayyi'ātu Mā Kasabū Wa Al-Ladhīna Žalamū Min Hā'uulā' Sayuşībuhum Sayyi'ātu Mā Kasabū Wa Mā Hum Bimu`jizīna 039-051 ފަހެ، އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ، އެއުރެންގެ މައްޗަށް އައިސްޖެހުނެވެ. އަދި މިބައިމީހުންކުރެ (އެބަހީ: مكة ގެ مشرك ންކުރެ) އަނިޔާވެރިވިމީހުންހޯދި ނުބައި عمل ތަކުގެ ޖަޒާ ނިކަންހުރެ، އެއުރެންގެ މައްޗަށް އައިސްޖެހޭނެއެވެ. އަދި (اللَّه) ނުކުޅައްދައި ރެކިގެން ދެވޭނޭބަޔަކު ކަމުގައި އެއުރެން ނުވެތެވެ. فَأَصَابَهُمْ سَيِّئ‍‍َ‍ا‍تُ مَا كَسَبُو‍‍ا‍ وَا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ مِنْ ه‍‍َ‍ا‍ؤُلاَء سَيُصِيبُهُمْ سَيِّئ‍‍َ‍ا‍تُ مَا كَسَبُو‍‍ا‍ وَمَا هُ‍‍م‍ْ بِمُعْجِز‍ِي‍نَ
'Awalam Ya`lamū 'Anna Al-Laha Yabsuţu Ar-Rizqa Liman Yashā'u Wa Yaqdiru 'Inna Fī Dhālika La'āyātin Liqawmin Yu'uminūna 039-052 އަދި ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. أَوَلَمْ يَعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ يَ‍‍ب‍‍ْسُطُ ا‍لرِّزْقَ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَ‍‍ق‍‍ْدِ‍ر‍ُ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Qul Yā `Ibādī Al-Ladhīna 'Asrafū `Alá 'Anfusihim Lā Taqnaţū Min Raĥmati Al-Lahi 'Inna Al-Laha Yaghfiru Adh-Dhunūba Jamī`āan 'Innahu Huwa Al-Ghafūru Ar-Raĥīmu 039-053 ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ. قُلْ يَاعِبَادِي ا‍لَّذ‍ِي‍نَ أَسْرَفُو‍‍ا‍ عَلَى أَ‍ن‍‍ْفُسِهِمْ لاَ تَ‍‍ق‍‍ْنَطُو‍‍ا‍ مِ‍‍ن‍ْ رَحْمَةِ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ يَغْفِ‍‍ر‍ُ ا‍لذُّن‍‍ُ‍و‍بَ جَمِيعا‍ً إِ‍نّ‍‍َهُ هُوَ ا‍لْغَف‍‍ُ‍و‍رُ ا‍لرَّح‍‍ِ‍ي‍مُ
Wa 'Anībū 'Ilá Rabbikum Wa 'Aslimū Lahu Min Qabli 'An Ya'tiyakumu Al-`Adhābu Thumma Lā Tunşarūna 039-054 އަދިތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް توبة ވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއް ނުލިބޭނެތެވެ. وَأَنِيبُ‍‍و‍‍ا‍ إِلَى رَبِّكُمْ وَأَسْلِمُو‍‍ا‍ لَهُ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ يَأْتِيَكُمُ ا‍لْعَذ‍َا‍بُ ثُ‍‍م‍ّ‍‍َ لاَ تُ‍‍ن‍‍ْصَر‍ُو‍نَ
Wa Attabi`ū 'Aĥsana Mā 'Unzila 'Ilaykum Min Rabbikum Min Qabli 'An Ya'tiyakumu Al-`Adhābu Baghtatan Wa 'Antum Lā Tash`urūna 039-055 އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު وحى އަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން تبع ވާށެވެ! ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބައި، ކުއްލިޔަކަށް ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ. وَاتَّبِعُ‍‍و‍‍ا‍ أَحْسَنَ مَ‍‍ا‍ أُ‍ن‍‍ْزِلَ إِلَيْكُ‍‍م‍ْ مِ‍‍ن‍ْ رَبِّكُ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ يَأْتِيَكُمُ ا‍لعَذ‍َا‍بُ بَغْتَة‍‍‍ً وَأَ‍ن‍‍ْتُمْ لاَ تَشْعُر‍ُو‍نَ
'An Taqūla Nafsun Yā Ĥasratā `Alá Mā Farraţtu Fī Janbi Al-Lahi Wa 'In Kuntu Lamina As-Sākhirīna 039-056 اللَّه ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (دين އަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ. أَ‍ن‍ْ تَق‍‍ُ‍و‍لَ نَفْس‍‍‍ٌ يَاحَسْرَتَا عَلَى مَا فَرَّ‍‍ط‍‍ْتُ فِي جَ‍‍ن‍‍ْبِ ا‍للَّهِ وَإِ‍ن‍ْ كُ‍‍ن‍‍ْتُ لَمِنَ ا‍لسَّاخِ‍‍ر‍‍ِي‍نَ
'Aw Taqūla Law 'Anna Al-Laha Hadānī Lakuntu Mina Al-Muttaqīna 039-057 ނުވަތަ اللَّه މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، تقوى ވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ. أَوْ تَق‍‍ُ‍و‍لَ لَوْ أَ‍نّ‍‍َ ا‍للَّهَ هَدَانِي لَكُ‍‍ن‍‍ْتُ مِنَ ا‍لْمُتَّق‍‍ِ‍ي‍نَ
'Aw Taqūla Ĥīna Tará Al-`Adhāba Law 'Anna Lī Karratan Fa'akūna Mina Al-Muĥsinīna 039-058 ނުވަތަ އެމީހަކަށް عذاب ފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، إحسانތެރިންގެ ތެރެއިންނެވެ. أَوْ تَق‍‍ُ‍و‍لَ ح‍‍ِ‍ي‍نَ تَرَى ا‍لْعَذ‍َا‍بَ لَوْ أَ‍نّ‍‍َ لِي كَرَّة‍‍‍ً فَأَك‍‍ُ‍و‍نَ مِنَ ا‍لْمُحْسِن‍‍ِ‍ي‍نَ
Balá Qad Jā'atka 'Āyātī Fakadhdhabta Bihā Wa Astakbarta Wa Kunta Mina Al-Kāfirīna 039-059 އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ކަލޭގެ ގާތަށްއައެވެ. ފަހެ، ކަލޭ އެ آية ތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، كافر ންގެ ތެރެއިންނެވެ. بَلَى قَ‍‍د‍ْ ج‍‍َ‍ا‍ءَتْكَ آيَاتِي فَكَذَّ‍‍ب‍‍ْتَ بِهَا وَا‍سْتَكْبَرْتَ وَكُ‍‍ن‍‍ْتَ مِنَ ا‍لْكَافِ‍‍ر‍‍ِي‍نَ
Wa Yawma Al-Qiyāmati Tará Al-Ladhīna Kadhabū `Alá Al-Lahi Wujūhuhum Muswaddatun 'Alaysa Fī Jahannama Mathwáan Lilmutakabbirīna 039-060 اللَّه އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، قيامة ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟ وَيَوْمَ ا‍لْقِيَامَةِ تَرَى ا‍لَّذ‍ِي‍نَ كَذَبُو‍‍ا‍ عَلَى ا‍للَّهِ وُجُوهُهُ‍‍م‍ْ مُسْوَدَّةٌ أَلَيْسَ فِي جَهَ‍‍ن‍ّ‍‍َمَ مَثْوى‍ً لِلْمُتَكَبِّ‍‍ر‍‍ِي‍نَ
Wa Yunaj Al-Lahu Al-Ladhīna Attaqaw Bimafāzatihim Lā Yamassuhumu As-Sū'u Wa Lā Hum Yaĥzanūna 039-061 އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ. وَيُنَجِّي ا‍للَّهُ ا‍لَّذ‍ِي‍نَ ا‍تَّقَوا بِمَفَازَتِهِمْ لاَ يَمَسُّهُمُ ا‍لسّ‍‍ُ‍و‍ءُ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Al-Lahu Khāliqu Kulli Shay'in Wa Huwa `Alá Kulli Shay'in Wa Kīlun 039-062 اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ. ا‍للَّهُ خَالِقُ كُلِّ شَيْء‍ٍ وَهُوَ عَلَى كُلِّ شَيْء‍ٍ وَك‍‍ِ‍ي‍ل‍‍‍ٌ
Lahu Maqālīdu As-Samāwāti Wa Al-'Arđi Wa Al-Ladhīna Kafarū Bi'āyāti Al-Lahi 'Ūlā'ika Humu Al-Khāsirūna 039-063 އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި اللَّه ގެ آية ތަކަށް كافر ވިމީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ. لَهُ مَقَال‍‍ِ‍ي‍دُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍لَّذ‍ِي‍نَ كَفَرُوا‍ بِآي‍‍َ‍ا‍تِ ا‍للَّهِ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْخَاسِر‍ُو‍نَ
Qul 'Afaghayra Al-Lahi Ta'murūnnī 'A`budu 'Ayyuhā Al-Jāhilūna 039-064 ކަލޭގެފާނު ވިދާޅުވާށެވެ! އޭ جاهل ތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔައަމުރުކުރަނީ،اللَّه ނޫންފަރާތަކަށް އަޅުކަންކުރުމަށް ހެއްޔެވެ؟ قُلْ أَفَغَيْرَ ا‍للَّهِ تَأْمُرُو‍نّ‍‍ِ‍‍ي‍ أَعْبُدُ أَيُّهَا ا‍لْجَاهِل‍‍ُ‍و‍نَ
Wa Laqad 'Ūĥiya 'Ilayka Wa 'Ilá Al-Ladhīna Min Qablika La'in 'Ashrakta Layaĥbaţanna `Amaluka Wa Latakūnanna Mina Al-Khāsirīna 039-065 ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسول ންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. وَلَقَ‍‍د‍ْ أ‍ُ‍وحِيَ إِلَيْكَ وَإِلَى ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَ‍‍ن‍ّ‍‍َ عَمَلُكَ وَلَتَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Bali Al-Laha Fā`bud Wa Kun Mina Ash-Shākirīna 039-066 އަދި ކިއެއްތަ! ހަމައެކަނި اللَّه އަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! بَلِ ا‍للَّهَ فَاعْبُ‍‍د‍ْ وَكُ‍‍ن‍ْ مِنَ ا‍لشَّاكِ‍‍ر‍‍ِي‍نَ
Wa Mā Qadarū Al-Laha Ĥaqqa Qadrihi Wa Al-'Arđu Jamī`āan Qabđatuhu Yawma Al-Qiyāmati Wa As-Samāwātu Maţwīyātun Biyamīnihi Subĥānahu Wa Ta`ālá `Ammā Yushrikūna 039-067 اللَّه އަށް قدر ކުރުން حق ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އަދި قيامة ދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ قدرة ތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން شريك ކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެވޮޑިގެންވެއެވެ. وَمَا قَدَرُوا‍ ا‍للَّهَ حَقَّ قَ‍‍د‍‍ْ‍ر‍‍ِهِ وَا‍لأَرْضُ جَمِيعا‍ً قَ‍‍ب‍‍ْضَتُهُ يَوْمَ ا‍لْقِيَامَةِ وَا‍لسَّماو‍َا‍تُ مَ‍‍ط‍‍ْوِيّ‍‍َ‍ا‍ت‍‍‍ٌ بِيَمِينِهِ سُ‍‍ب‍‍ْحَانَهُ وَتَعَالَى عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Wa Nufikha Fī Aş-Şūri Faşa`iqa Man As-Samāwāti Wa Man Al-'Arđi 'Illā Man Shā'a Al-Lahu Thumma Nufikha Fīhi 'Ukhrá Fa'idhā Hum Qiyāmun Yanžurūna 039-068 ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުންއެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ. وَنُفِخَ فِي ا‍لصّ‍‍ُ‍و‍ر‍ِ فَصَعِقَ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَمَ‍‍ن‍ْ فِي ا‍لأَرْضِ إِلاَّ مَ‍‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ ثُ‍‍م‍ّ‍‍َ نُفِخَ ف‍‍ِ‍ي‍هِ أُخْرَى فَإِذَا هُمْ قِي‍‍َ‍ا‍م‍‍‍ٌ يَ‍‍ن‍‍ْظُر‍ُو‍نَ
Wa 'Ashraqati Al-'Arđu Binūri Rabbihā Wa Wuđi`a Al-Kitābu Wa Jī'a Bin-Nabīyīna Wa Ash-Shuhadā'i Wa Quđiya Baynahum Bil-Ĥaqqi Wa Hum Lā Yužlamūna 039-069 އަދި ބިން، އެ ބިމުގެ ވެރިރަސްކަލާނގެ نور ފުޅުން އަލިވެގެންދާނެތެވެ. އަދި عمل ތަކުގެ ފަތް (ހުޅުވާލައްވާފައި) ބާއްވަވާނެތެވެ. އަދި ނަބިއްޔުންނާއި، ހެކިވެރިން حاضر ކުރައްވާނެތެވެ. އަދި އެއުރެންގެ މެދުގައި حق އަށް ނިޔާކުރައްވާނެތެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. وَأَشْرَقَتِ ا‍لأَرْضُ بِن‍‍ُ‍و‍ر‍ِ رَبِّهَا وَوُضِعَ ا‍لْكِت‍‍َ‍ا‍بُ وَج‍‍ِ‍ي‍ءَ بِ‍‍ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ وَا‍لشُّهَد‍َا‍ءِ وَقُضِيَ بَيْنَهُ‍‍م‍ْ بِ‍‍ا‍لْحَقِّ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
Wa Wuffiyat Kullu Nafsin Mā `Amilat Wa Huwa 'A`lamu Bimā Yaf`alūna 039-070 އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެތެވެ. އެކަލާނގެއީ، އެއުރެން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَوُفِّيَتْ كُلُّ نَفْس‍‍‍ٍ مَا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَل‍‍ُ‍و‍نَ
Wa Sīqa Al-Ladhīna Kafarū 'Ilá Jahannama Zumarāan Ĥattá 'Idhā Jā'ūhā Futiĥat 'Abwābuhā Wa Qāla Lahum Khazanatuhā 'Alam Ya'tikum Rusulun Minkum Yatlūna `Alaykum 'Āyāti Rabbikum Wa Yundhirūnakum Liqā'a Yawmikumdhā Qālū Balá Wa Lakin Ĥaqqat Kalimatu Al-`Adhābi `Alá Al-Kāfirīna 039-071 އަދި كافر ވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذار ކުރައްވާނޭ رسول ން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ.އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذاب ގެ ބަސްފުޅު كافر ންގެ މައްޗަށް حق ވެއްޖެއެވެ. وَس‍‍ِ‍ي‍قَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِلَى جَهَ‍‍ن‍ّ‍‍َمَ زُمَراً حَتَّى إِذَا ج‍‍َ‍ا‍ء‍ُ‍وهَا فُتِحَتْ أَ‍ب‍‍ْوَابُهَا وَق‍‍َ‍ا‍لَ لَهُمْ خَزَنَتُهَ‍‍ا‍ أَلَمْ يَأْتِكُمْ رُسُل‍‍‍ٌ مِ‍‍ن‍‍ْكُمْ يَتْل‍‍ُ‍و‍نَ عَلَيْكُمْ آي‍‍َ‍ا‍تِ رَبِّكُمْ وَيُ‍‍ن‍‍ْذِرُونَكُمْ لِق‍‍َ‍ا‍ءَ يَوْمِكُمْ هَذَا قَالُو‍‍ا‍ بَلَى وَلَكِنْ حَقَّتْ كَلِمَةُ ا‍لْعَذ‍َا‍بِ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ
Qīla Adkhulū 'Abwāba Jahannama Khālidīna Fīhā Fabi'sa Math Al-Mutakabbirīna 039-072 އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كِبر ވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ. ق‍ِي‍لَ ا‍د‍‍ْخُلُ‍‍و‍‍ا‍ أَ‍ب‍‍ْو‍َا‍بَ جَهَ‍‍ن‍ّ‍‍َمَ خَالِد‍ِي‍نَ فِيهَا فَبِئْسَ مَثْوَى ا‍لْمُتَكَبِّ‍‍ر‍‍ِي‍نَ
Wa Sīqa Al-Ladhīna Attaqaw Rabbahum 'Ilá Al-Jannati Zumarāan Ĥattá 'Idhā Jā'ūhā Wa Futiĥat 'Abwābuhā Wa Qāla Lahum Khazanatuhā Salāmun `Alaykum Ţibtumdkhulūhā Khālidīna 039-073 އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ! وَس‍‍ِ‍ي‍قَ ا‍لَّذ‍ِي‍نَ ا‍تَّقَوْا رَبَّهُمْ إِلَى ا‍لْجَ‍‍ن‍ّ‍‍َةِ زُمَراً حَتَّى إِذَا ج‍‍َ‍ا‍ء‍ُ‍وهَا وَفُتِحَتْ أَ‍ب‍‍ْوَابُهَا وَق‍‍َ‍ا‍لَ لَهُمْ خَزَنَتُهَا سَلاَمٌ عَلَيْكُمْ طِ‍‍ب‍‍ْتُمْ فَا‍د‍‍ْخُلُوهَا خَالِد‍ِي‍نَ
Wa Qālū Al-Ĥamdu Lillahi Al-Ladhī Şadaqanā Wa`dahu Wa 'Awrathanā Al-'Arđa Natabawwa'u Mina Al-Jannati Ĥaythu Nashā'u Fani`ma 'Ajru Al-`Āmilīna 039-074 އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عملކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ! وَقَالُو‍‍ا‍ ا‍لْحَمْدُ لِلَّهِ ا‍لَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا ا‍لأَرْضَ نَتَبَوَّأُ مِنَ ا‍لْجَ‍‍ن‍ّ‍‍َةِ حَيْثُ نَش‍‍َ‍ا‍ءُ فَنِعْمَ أَ‍ج‍‍ْرُ ا‍لْعَامِل‍‍ِ‍ي‍نَ
Wa Tará Al-Malā'ikata Ĥāffīna Min Ĥawli Al-`Arshi Yusabbiĥūna Biĥamdi Rabbihim Wa Quđiya Baynahum Bil-Ĥaqqi Wa Qīla Al-Ĥamdu Lillahi Rabbi Al-`Ālamīna 039-075 އަދި ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވާ حال، عرش ގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއުރެންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) حق އަށް ނިޔާކުރައްވާނެތެވެ. އަދި އަންގަވާނެތެވެ. حمد ހުރީ عالم ތަކުގެވެރި اللَّه އަށެވެ. وَتَرَى ا‍لْمَلاَئِكَةَ ح‍‍َ‍ا‍فّ‍‍ِ‍ي‍نَ مِنْ حَوْلِ ا‍لْعَرْشِ يُسَبِّح‍‍ُ‍و‍نَ بِحَمْدِ رَبِّهِمْ وَقُضِيَ بَيْنَهُ‍‍م‍ْ بِ‍‍ا‍لْحَقِّ وَق‍‍ِ‍ي‍لَ ا‍لْحَمْدُ لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Next Sūrah