35) Sūrat Fāţir

Printed format

35) سُورَة فَاطِر

Al-Ĥamdu Lillahi Fāţiri As-Samāwāti Wa Al-'Arđi Jā`ili Al-Malā'ikati Rusulāan 'Ūlī 'Ajniĥatin Mathná Wa Thulātha Wa Rubā`a Yazīdu Fī Al-Khalqi Mā Yashā'u 'Inna Al-Laha `Alá Kulli Shay'in Qadīrun 035-001 حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިންއުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ا‍لْحَمْدُ لِلَّهِ فَاطِرِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ جَاعِلِ ا‍لْمَلاَئِكَةِ رُسُلاً أ‍ُ‍ولِ‍‍ي‍ أَ‍ج‍‍ْنِحَة‍‍‍ٍ مَثْنَى وَثُلاَثَ وَرُب‍‍َ‍ا‍عَ يَز‍ِي‍دُ فِي ا‍لْخَلْقِ مَا يَش‍‍َ‍ا‍ءُ إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Mā Yaftaĥi Al-Lahu Lilnnāsi Min Raĥmatin Falā Mumsika Lahā Wa Mā Yumsik Falā Mursila Lahu Min Ba`dihi Wa Huwa Al-`Azīzu Al-Ĥakīmu 035-002 މީސްތަކުންނަށްޓަކައި اللَّه އެއްވެސް رحمة އެއް ހުޅުއްވަވާނަމަ، ފަހެ، އެ رحمة ހިފަހައްޓާނެ މީހަކު ނުވެތެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. مَا يَفْتَحِ ا‍للَّهُ لِل‍‍ن‍ّ‍‍َ‍ا‍سِ مِ‍‍ن‍ْ رَحْمَة‍‍‍ٍ فَلاَ مُمْسِكَ لَهَا وَمَا يُمْسِكْ فَلاَ مُرْسِلَ لَهُ مِ‍‍ن‍ْ بَعْدِهِ وَهُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Yā 'Ayyuhā An-Nāsu Adhkurū Ni`mata Al-Lahi `Alaykum Hal Min Khāliqin Ghayru Al-Lahi Yarzuqukum Mina As-Samā'i Wa Al-'Arđi Lā 'Ilāha 'Illā Huwa Fa'anná Tu'ufakūna 035-003 އޭ މީސްތަކުންނޭވެ! اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ ي‍َا‍أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ ا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ ا‍للَّهِ يَرْزُقُكُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ لاَ إِلَهَ إِلاَّ هُوَ فَأَ‍نّ‍‍َى تُؤْفَك‍‍ُ‍و‍نَ
Wa 'In Yukadhdhibūka Faqad Kudhdhibat Rusulun Min Qablika Wa 'Ilá Al-Lahi Turja`u Al-'Umūru 035-004 އަދި އެއުރެން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسول ން ދޮގުކުރެވުނެވެ.އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ اللَّه ގެ حضرة އަށެވެ. وَإِ‍ن‍ْ يُكَذِّب‍‍ُ‍و‍كَ فَقَ‍‍د‍ْ كُذِّبَتْ رُسُل‍‍‍ٌ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ وَإِلَى ا‍للَّهِ تُرْجَعُ ا‍لأُم‍‍ُ‍و‍رُ
Yā 'Ayyuhā An-Nāsu 'Inna Wa`da Al-Lahi Ĥaqqun Falā Taghurrannakumu Al-Ĥayā Atu Ad-Dunyā Wa Lā Yaghurrannakum Bil-Lahi Al-Gharūru 035-005 އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ي‍َا‍أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ إِ‍نّ‍‍َ وَعْدَ ا‍للَّهِ حَقّ‍‍‍ٌ فَلاَ تَغُرَّ‍‍ن‍ّ‍‍َكُمُ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا وَلاَ يَغُرَّ‍‍ن‍ّ‍‍َكُ‍‍م‍ْ بِ‍‍ا‍للَّهِ ا‍لْغَر‍ُو‍رُ
'Inna Ash-Shayţāna Lakum `Adūwun Fa Attakhidhūhu `Adūwāan 'Innamā Yad`ū Ĥizbahu Liyakūnū Min 'Aşĥābi As-Sa`īri 035-006 ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ. إِ‍نّ‍‍َ ا‍لشَّيْط‍‍َ‍ا‍نَ لَكُمْ عَدُوّ‍ٌ فَاتَّخِذ‍ُو‍هُ عَدُوّا‍ً إِ‍نّ‍‍َمَا يَ‍‍د‍‍ْعُو حِزْبَهُ لِيَكُونُو‍‍ا‍ مِنْ أَصْح‍‍َ‍ا‍بِ ا‍لسَّع‍‍ِ‍ي‍رِ
Al-Ladhīna Kafarū Lahum `Adhābun Shadīdun Wa Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum Maghfiratun Wa 'Ajrun Kabīrun 035-007 كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. އަދި إيمان ވެ صالح عمل ކުޅަ މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. ا‍لَّذ‍ِي‍نَ كَفَرُوا‍ لَهُمْ عَذ‍َا‍ب‍‍‍ٌ شَد‍ِي‍د‍ٌ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لَهُ‍‍م‍ْ مَغْفِرَة‍‍‍ٌ وَأَ‍ج‍‍ْر‍ٌ كَب‍‍ِ‍ي‍ر‍ٌ
'Afaman Zuyyina Lahu Sū'u `Amalihi Fara'āhu Ĥasanāan Fa'inna Al-Laha Yuđillu Man Yashā'u Wa Yahdī Man Yashā'u Falā Tadh/hab Nafsuka `Alayhim Ĥasarātin 'Inna Al-Laha `Alīmun Bimā Yaşna`ūna 035-008 ފަހެ، އެމީހެއްގެ ނުބައި عمل، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު عمل ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި،ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. أَفَمَ‍‍ن‍ْ زُيِّنَ لَهُ س‍‍ُ‍و‍ءُ عَمَلِهِ فَرَآهُ حَسَنا‍ً فَإِ‍نّ‍‍َ ا‍للَّهَ يُضِلُّ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَهْدِي مَ‍‍ن‍ْ يَش‍‍َ‍ا‍ءُ فَلاَ تَذْهَ‍‍ب‍ْ نَفْسُكَ عَلَيْهِمْ حَسَر‍َا‍ت‍‍‍ٍ إِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ بِمَا يَصْنَع‍‍ُ‍و‍نَ
Wa Allāhu Al-Ladhī 'Arsala Ar-Riyāĥa Fatuthīru Saĥābāan Fasuqnāhu 'Ilá Baladin Mayyitin Fa'aĥyaynā Bihi Al-'Arđa Ba`da Mawtihā Kadhālika An-Nushūru 035-009 އަދި اللَّه އީ، ވައިރޯޅި ފޮނުއްވި ރަސްކަލާނގެއެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަންރަސްކަލާނގެ އެ ވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަންރަސްކަލާނގެ އެ ބިން ދިރުއްވީމެވެ. (قيامة ދުވަހުން) އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ. وَاللَّهُ ا‍لَّذِي أَرْسَلَ ا‍لرِّي‍‍َ‍ا‍حَ فَتُث‍‍ِ‍ي‍‍ر‍ُ سَحَابا‍ً فَسُ‍‍ق‍‍ْن‍‍َ‍ا‍هُ إِلَى بَلَد‍ٍ مَيِّت‍‍‍ٍ فَأَحْيَيْنَا بِهِ ا‍لأَرْضَ بَعْدَ مَوْتِهَا كَذَلِكَ ا‍ل‍‍ن‍ّ‍‍ُش‍‍ُ‍و‍رُ
Man Kāna Yurīdu Al-`Izzata Falillāhi Al-`Izzatu Jamī`āan 'Ilayhi Yaş`adu Al-Kalimu Aţ-Ţayyibu Wa Al-`Amalu Aş-Şāliĥu Yarfa`uhu Wa Al-Ladhīna Yamkurūna As-Sayyi'āti Lahum `Adhābun Shadīdun Wa Makru 'Ūlā'ika Huwa Yabūru 035-010 عزّة ތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ عزّة، މިލްކުވެގެންވަނީ اللَّه އަށެވެ. ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ حضرة އަށެވެ. އަދި صالح عمل އެކަލާނގެ حضرة އަށް އުފުލައްވަތެވެ. އަދި ނުބައި ކަންތައް ރާވައިހަދާ މީހުންނަށް، ގަދަވެގެންވާ عذاب ހުށްޓެވެ. އަދި، ގެއްލި ހަލާކުވެދާނީ ހަމައެއުރެންގެ ރޭވުންތަކެވެ. مَ‍‍ن‍ْ ك‍‍َ‍ا‍نَ يُ‍‍ر‍‍ِي‍دُ ا‍لْعِزَّةَ فَلِلَّهِ ا‍لْعِزَّةُ جَمِيعا‍ً إِلَيْهِ يَصْعَدُ ا‍لْكَلِمُ ا‍لطَّيِّبُ وَا‍لْعَمَلُ ا‍لصَّالِحُ يَرْفَعُهُ وَا‍لَّذ‍ِي‍نَ يَمْكُر‍ُو‍نَ ا‍لسَّيِّئ‍‍َ‍ا‍تِ لَهُمْ عَذ‍َا‍ب‍‍‍ٌ شَد‍ِي‍د‍ٌ وَمَكْرُ أ‍ُ‍وْل‍‍َ‍ا‍ئِكَ هُوَ يَب‍‍ُ‍و‍رُ
Wa Allāhu Khalaqakum Min Turābin Thumma Min Nuţfatin Thumma Ja`alakum 'Azwājāan Wa Mā Taĥmilu Min 'Unthá Wa Lā Tađa`u 'Illā Bi`ilmihi Wa Mā Yu`ammaru Min Mu`ammarin Wa Lā Yunqaşu Min `Umurihi 'Illā Fī Kitābin 'Inna Dhālika `Alá Al-Lahi Yasīrun 035-011 ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ اللَّه އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ، އަންހެނަކުމާބަނޑެއް ނުވެތެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، عمر ދިގު މީހެއްގެ عمر ދިގުވެގެން ނުދެތެވެ. އަދި އޭނާގެ عمر ކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ. وَاللَّهُ خَلَقَكُ‍‍م‍ْ مِ‍‍ن‍ْ تُر‍َا‍ب‍‍‍ٍ ثُ‍‍م‍ّ‍‍َ مِ‍‍ن‍ْ نُ‍‍ط‍‍ْفَة‍‍‍ٍ ثُ‍‍م‍ّ‍‍َ جَعَلَكُمْ أَزْوَاجا‍ً وَمَا تَحْمِلُ مِنْ أُ‍ن‍‍ْثَى وَلاَ تَضَعُ إِلاَّ بِعِلْمِهِ وَمَا يُعَ‍‍م‍ّ‍‍َرُ مِ‍‍ن‍ْ مُعَ‍‍م‍ّ‍‍َر‍ٍ وَلاَ يُ‍‍ن‍‍ْقَصُ مِنْ عُمُ‍‍ر‍‍ِهِ إِلاَّ فِي كِت‍‍َ‍ا‍ب‍‍‍ٍ إِ‍نّ‍‍َ ذَلِكَ عَلَى ا‍للَّهِ يَس‍‍ِ‍ي‍ر‍ٌ
Wa Mā Yastawī Al-Baĥrāni Hādhā `Adhbun Furātun Sā'ighun Sharābuhu Wa Hadhā Milĥun 'Ujājun Wa Min Kullin Ta'kulūna Laĥmāan Ţarīyāan Wa Tastakhrijūna Ĥilyatan Talbasūnahā Wa Tará Al-Fulka Fīhi Mawākhira Litabtaghū Min Fađlihi Wa La`allakum Tashkurūna 035-012 ދެކަނޑު ހަމަހަމަވެގެން ނުވެތެވެ. (އެބަހީ: ކަނޑުގެ ލޮނުގަނޑާއި ކޯރުގެ މީރު ފެން، ހަމަހަމަވެގެނެއް ނުވެތެވެ.) މިއީ މީރުކަން ބޮޑު، ބުއިމަށް ފަސޭހަ މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ހިތި ފެނެވެ. އަދި އެއިން ކޮންމެ ތަނަކުން ތިޔަބައިމީހުން ތާޒާ މަސްކަމުއެވެ. އަދި ތިޔަބައިމީހުން އަޅައި އުޅޭ ގަހަނާ އެ ކަނޑުން ނެރެމުއެވެ. އަދި އެ ކަނޑުގައި ގޮސްއައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. (އެއީ) ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. وَمَا يَسْتَوِي ا‍لْبَحْر‍َا‍نِ هَذَا عَذْب‍‍‍ٌ فُر‍َا‍ت‍‍‍ٌ س‍‍َ‍ا‍ئِغ‍‍‍ٌ شَرَابُهُ وَهَذَا مِلْحٌ أُج‍‍َ‍ا‍ج‍‍‍ٌ وَمِ‍‍ن‍ْ كُلّ‍‍‍ٍ تَأْكُل‍‍ُ‍و‍نَ لَحْما‍ً طَ‍‍ر‍‍ِيّا‍ً وَتَسْتَخْ‍‍ر‍‍ِج‍‍ُ‍و‍نَ حِلْيَة‍‍‍ً تَلْبَسُونَهَا وَتَرَى ا‍لْفُلْكَ ف‍‍ِ‍ي‍هِ مَوَاخِ‍‍ر‍َ لِتَ‍‍ب‍‍ْتَغُو‍‍ا‍ مِ‍‍ن‍ْ فَضْلِهِ وَلَعَلَّكُمْ تَشْكُر‍ُو‍نَ
Yūliju Al-Layla Fī An-Nahāri Wa Yūliju An-Nahāra Fī Al-Layli Wa Sakhkhara Ash-Shamsa Wa Al-Qamara Kullun Yajrī Li'jalin Musammáan Dhalikumu Al-Lahu Rabbukum Lahu Al-Mulku Wa Al-Ladhīna Tad`ūna Min Dūnihi Mā Yamlikūna Min Qiţmīrin 035-013 އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު خدمة ތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ اللَّه އެވެ. (އެކަލާނގެއީ)ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. يُولِجُ ا‍للَّيْلَ فِي ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَيُولِجُ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ فِي ا‍للَّيْلِ وَسَخَّرَ ا‍لشَّمْسَ وَا‍لْقَمَرَ كُلّ‍‍‍ٌ يَ‍‍ج‍‍ْ‍‍ر‍‍ِي لِأجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍ً ذَلِكُمُ ا‍للَّهُ رَبُّكُمْ لَهُ ا‍لْمُلْكُ وَا‍لَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ دُونِهِ مَا يَمْلِك‍‍ُ‍و‍نَ مِ‍‍ن‍ْ قِ‍‍ط‍‍ْم‍‍ِ‍ي‍ر‍ٍ
'In Tad`ūhum Lā Yasma`ū Du`ā'akum Wa Law Sami`ū Mā Astajābū Lakum Wa Yawma Al-Qiyāmati Yakfurūna Bishirkikum Wa Lā Yunabbi'uka Mithlu Khabīrin 035-014 ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަކަމާމެދު قيامة ދުވަހުން އެފަރާތްތައް إنكار ކުރާނެތެވެ. خبر ތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް خبر ދޭނެ ހަމަ އެކަކުވެސް ނެތެވެ. إِ‍ن‍ْ تَ‍‍د‍‍ْعُوهُمْ لاَ يَسْمَعُو‍‍ا‍ دُع‍‍َ‍ا‍ءَكُمْ وَلَوْ سَمِعُو‍‍ا‍ مَا ا‍سْتَجَابُو‍‍ا‍ لَكُمْ وَيَوْمَ ا‍لْقِيَامَةِ يَكْفُر‍ُو‍نَ بِشِرْكِكُمْ وَلاَ يُنَبِّئُكَ مِثْلُ خَب‍‍ِ‍ي‍ر‍ٍ
Yā 'Ayyuhā An-Nāsu 'Antumu Al-Fuqarā'u 'Ilá Al-Lahi Wa Allāhu Huwa Al-Ghanīyu Al-Ĥamīdu 035-015 އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ي‍َا‍أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ أَ‍ن‍‍ْتُمُ ا‍لْفُقَر‍َا‍ءُ إِلَى ا‍للَّهِ وَا‍للَّهُ هُوَ ا‍لْغَنِيُّ ا‍لْحَم‍‍ِ‍ي‍‍د‍ُ
'In Yasha' Yudh/hibkum Wa Ya'ti Bikhalqin Jadīdin 035-016 އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ مخلوق ންތަކެއް ގެންނަވައިފާހުށްޓެވެ. إِ‍ن‍ْ يَشَأْ يُذْهِ‍‍ب‍‍ْكُمْ وَيَأْتِ بِخَلْق‍‍‍ٍ جَد‍ِي‍‍د‍ٍ
Wa Mā Dhālika `Alá Al-Lahi Bi`azīzin 035-017 އަދި އެކަންތައް اللَّه އަށް އުނދަގޫ ކަމަކަށް ނުވެތެވެ. وَمَا ذَلِكَ عَلَى ا‍للَّهِ بِعَز‍ِي‍ز‍ٍ
Wa Lā Taziru Wāziratun Wizra 'Ukhrá Wa 'In Tad`u Muthqalatun 'Ilá Ĥimlihā Lā Yuĥmal Minhu Shay'un Wa Law Kāna Dhā Qurbá 'Innamā Tundhiru Al-Ladhīna Yakhshawna Rabbahum Bil-Ghaybi Wa 'Aqāmū Aş-Şalāata Wa Man Tazakká Fa'innamā Yatazakká Linafsihi Wa 'Ilá Al-Lahi Al-Maşīru 035-018 އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއްނުއުފުލާނެތެވެ. އަދި ފާފައިން ބަރުވެފައިވާ نفس އެއް، އެ އުފުލުމަށް (އެހެން ފަރާތަކަށް) ގޮވިޔަސް، އެއީ ގާތްތިމާގެކަމުގެ أهل ވެރިޔެއް ކަމުގައިވިޔަސް، އެއިން ހަމަ އެކައްޗެއްވެސް ނުއުފުލޭނެތެވެ. ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ، ނަމާދު قائم ކޮށްއުޅޭ މީހުންނަށެވެ. އަދި (كافر ކަމުން) طاهر ވެގަންނަމީހާ، ފަހެ، އެމީހާ طاهر ވެގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ. وَلاَ تَزِ‍ر‍ُ وَا‍زِرَة‍‍‍ٌ وِزْرَ أُخْرَى وَإِ‍ن‍ْ تَ‍‍د‍‍ْعُ مُثْقَلَة‍‍‍ٌ إِلَى حِمْلِهَا لاَ يُحْمَلْ مِنْهُ شَيْء‍ٌ وَلَوْ ك‍‍َ‍ا‍نَ ذَا قُرْبَى إِ‍نّ‍‍َمَا تُ‍‍ن‍‍ْذِ‍ر‍ُ ا‍لَّذ‍ِي‍نَ يَخْشَوْنَ رَبَّهُ‍‍م‍ْ بِ‍‍ا‍لغَيْبِ وَأَقَامُو‍‍ا‍ ا‍لصَّلاَةَ وَمَ‍‍ن‍ْ تَزَكَّى فَإِ‍نّ‍‍َمَا يَتَزَكَّى لِنَفْسِهِ وَإِلَى ا‍للَّهِ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Wa Mā Yastawī Al-'A`má Wa Al-Başīru 035-019 އަދި ކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެތެވެ. وَمَا يَسْتَوِي ا‍لأَعْمَى وَا‍لْبَص‍‍ِ‍ي‍‍ر‍ُ
Wa Lā Až-Žulumātu Wa Lā An-Nūr 035-020 އަދި އަނދިރިކަމާއި، އަލިކަމާވެސް ހަމަހަމަވެގެން ނުވެތެވެ. وَلاَ ا‍لظُّلُم‍‍َ‍ا‍تُ وَلاَ ا‍ل‍‍ن‍ّ‍‍ُور
Wa Lā Až-Žillu Wa Lā Al-Ĥarūru 035-021 އަދި ހިޔަލާއި، ގަދަ އަތްވާވެސް ހަމަހަމަވެގެން ނުވެތެވެ. وَلاَ ا‍لظِّلُّ وَلاَ ا‍لْحَر‍ُو‍رُ
Wa Mā Yastawī Al-'Aĥyā'u Wa Lā Al-'Amwātu 'Inna Al-Laha Yusmi`u Man Yashā'u Wa Mā 'Anta Bimusmi`in Man Al-Qubūri 035-022 އަދި ދިރިތިބި ތަކެއްޗާއި، މަރުވެފައިވާ ތަކެއްޗާ ހަމަހަމަވެގެން ނުވެތެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިއްވަވައިދެއްވަތެވެ. އަދި ކަށްވަޅުތަކުގައިވާ މީހުންނަށް އިއްވަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެތެވެ. وَمَا يَسْتَوِي ا‍لأَحْي‍‍َ‍ا‍ءُ وَلاَ ا‍لأَمْو‍َا‍تُ إِ‍نّ‍‍َ ا‍للَّهَ يُسْمِعُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَمَ‍‍ا‍ أَ‍ن‍‍ْتَ بِمُسْمِع‍‍‍ٍ مَ‍‍ن‍ْ فِي ا‍لْقُب‍‍ُ‍و‍ر‍ِ
'In 'Anta 'Illā Nadhīrun 035-023 إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. إِنْ أَ‍ن‍‍ْتَ إِلاَّ نَذ‍ِي‍ر‍ٌ
'Innā 'Arsalnāka Bil-Ĥaqqi Bashīrāan Wa Nadhīrāan Wa 'In Min 'Ummatin 'Illā Khalā Fīhā Nadhīrun 035-024 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ أمّة އަކަށް إنذار ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ بِ‍‍ا‍لْحَقِّ بَشِيرا‍ً وَنَذِيرا‍ً وَإِ‍ن‍ْ مِنْ أُ‍مّ‍‍َة‍‍‍ٍ إِلاَّ خَلاَ فِيهَا نَذ‍ِي‍ر‍ٌ
Wa 'In Yukadhdhibūka Faqad Kadhdhaba Al-Ladhīna Min Qablihim Jā'at/hum Rusuluhum Bil-Bayyināti Wa Biz-Zuburi Wa Bil-Kitābi Al-Munīri 035-025 އަދި އެއުރެން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ، އެއުރެންގެ ކުރީގެ މީހުންވެސް ހަމަކަށަވަރުން (رسول ން) ދޮގުކުޅައޫއެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ. وَإِ‍ن‍ْ يُكَذِّب‍‍ُ‍و‍كَ فَقَ‍‍د‍ْ كَذَّبَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ ج‍‍َ‍ا‍ءَتْهُمْ رُسُلُهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ وَبِالزُّبُ‍‍ر‍ِ وَبِالْكِت‍‍َ‍ا‍بِ ا‍لْمُن‍‍ِ‍ي‍رِ
Thumma 'Akhadhtu Al-Ladhīna Kafarū Fakayfa Kāna Nakīri 035-026 ދެން ތިމަންރަސްކަލާނގެ، كافر ވިމީހުން ހިއްޕަވައި ގެންދެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ ثُ‍‍م‍ّ‍‍َ أَخَذْتُ ا‍لَّذ‍ِي‍نَ كَفَرُوا‍ فَكَيْفَ ك‍‍َ‍ا‍نَ نَك‍‍ِ‍ي‍رِ
'Alam Tará 'Anna Al-Laha 'Anzala Mina As-Samā'i Mā'an Fa'akhrajnā Bihi Thamarātin Mukhtalifāan 'Alwānuhā Wa Mina Al-Jibāli Judadun Bīđun Wa Ĥumrun Mukhtalifun 'Alwānuhā Wa Gharābību Sūdun 035-027 ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ. أَلَمْ تَرَى أَ‍نّ‍‍َ ا‍للَّهَ أَ‍ن‍‍ْزَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَأَخْرَ‍ج‍‍ْنَا بِهِ ثَمَر‍َا‍ت‍‍‍ٍ مُخْتَلِفاً أَلْوَانُهَا وَمِنَ ا‍لْجِب‍‍َ‍ا‍لِ جُدَد‍ٌ ب‍‍ِ‍ي‍ض‍‍‍ٌ وَحُمْر‍ٌ مُخْتَلِفٌ أَلْوَانُهَا وَغَرَاب‍‍ِ‍ي‍بُ س‍‍ُ‍و‍د‍ٌ
Wa Mina An-Nāsi Wa Ad-Dawābbi Wa Al-'An`ām Mukhtalifun 'Alwānuhu Kadhālika 'Innamā Yakhshá Al-Laha Min `Ibādihi Al-`Ulamā'u 'Inna Al-Laha `Azīzun Ghafūrun 035-028 އަދި މީސްތަކުންގެތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، نعم ސޫފީގެ ތެރެއިންވެސް ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. وَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَا‍لدَّوَا‍بِّ وَا‍لأَنعَام مُخْتَلِفٌ أَلْوَانُهُ كَذَلِكَ إِ‍نّ‍‍َمَا يَخْشَى ا‍للَّهَ مِنْ عِبَادِهِ ا‍لْعُلَم‍‍َ‍ا‍ءُ إِ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ غَف‍‍ُ‍و‍ر‍ٌ
'Inna Al-Ladhīna Yatlūna Kitāba Al-Lahi Wa 'Aqāmū Aş-Şalāata Wa 'Anfaqū Mimmā Razaqnāhum Sirrāan Wa `Alāniyatan Yarjūna Tijāratan Lan Tabūra 035-029 ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَتْل‍‍ُ‍و‍نَ كِت‍‍َ‍ا‍بَ ا‍للَّهِ وَأَقَامُو‍‍ا‍ ا‍لصَّلاَةَ وَأَ‍ن‍‍ْفَقُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ سِرّا‍ً وَعَلاَنِيَة‍‍‍ً يَرْج‍‍ُ‍و‍نَ تِجَارَة‍‍‍ً لَ‍‍ن‍ْ تَب‍‍ُ‍و‍رَ
Liyuwaffiyahum 'Ujūrahum Wa Yazīdahum Min Fađlihi 'Innahu Ghafūrun Shakūrun 035-030 (އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ. لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُ‍‍م‍ْ مِ‍‍ن‍ْ فَضْلِهِ إِ‍نّ‍‍َهُ غَف‍‍ُ‍و‍ر‍ٌ شَك‍‍ُ‍و‍ر‍ٌ
Wa Al-Ladhī 'Awĥaynā 'Ilayka Mina Al-Kitābi Huwa Al-Ĥaqqu Muşaddiqāan Limā Bayna Yadayhi 'Inna Al-Laha Bi`ibādihi Lakhabīrun Başīrun 035-031 ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ حق ތެދުބަސްފުޅެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. وَالَّذِي أَوْحَيْنَ‍‍ا إِلَيْكَ مِنَ ا‍لْكِت‍‍َ‍ا‍بِ هُوَ ا‍لْحَقُّ مُصَدِّقا‍ً لِمَا بَيْنَ يَدَيْهِ إِ‍نّ‍‍َ ا‍للَّهَ بِعِبَادِهِ لَخَب‍‍ِ‍ي‍ر‍ٌ بَص‍‍ِ‍ي‍ر‍ٌ
Thumma 'Awrath Al-Kitāba Al-Ladhīna Aşţafaynā Min `Ibādinā Faminhum Žālimun Linafsihi Wa Minhum Muqtaşidun Wa Minhum Sābiqun Bil-Khayrāti Bi'idhni Al-Lahi Dhālika Huwa Al-Fađlu Al-Kabīru 035-032 ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ. ثُ‍‍م‍ّ‍‍َ أَوْرَثْنَا ا‍لْكِت‍‍َ‍ا‍بَ ا‍لَّذ‍ِي‍نَ ا‍صْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِم‍‍‍ٌ لِنَفْسِهِ وَمِنْهُ‍‍م‍ْ مُ‍‍ق‍‍ْتَصِد‍ٌ وَمِنْهُمْ سَابِق‍‍‍ٌ بِ‍‍ا‍لْخَيْر‍َا‍تِ بِإِذْنِ ا‍للَّهِ ذَلِكَ هُوَ ا‍لْفَضْلُ ا‍لْكَب‍‍ِ‍ي‍‍ر‍ُ
Jannātu `Adnin Yadkhulūnahā Yuĥallawna Fīhā Min 'Asāwira Min Dhahabin Wa Lu'ulu'uāan Wa Libāsuhum Fīhā Ĥarīrun 035-033 (އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ. جَ‍‍ن‍ّ‍‍َ‍ا‍تُ عَ‍‍د‍‍ْن‍‍‍ٍ يَ‍‍د‍‍ْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِ‍ر‍َ مِ‍‍ن‍ْ ذَهَب‍‍‍ٍ وَلُؤْلُؤا‍ً وَلِبَاسُهُمْ فِيهَا حَ‍‍ر‍‍ِي‍ر‍ٌ
Wa Qālū Al-Ĥamdu Lillahi Al-Ladhī 'Adh/haba `Annā Al-Ĥazana 'Inna Rabbanā Laghafūrun Shakūrun 035-034 އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ. وَقَالُو‍‍ا‍ ا‍لْحَمْدُ لِلَّهِ ا‍لَّذِي أَذْهَبَ عَ‍‍ن‍ّ‍‍َا ا‍لْحَزَنَ إِ‍نّ‍‍َ رَبَّنَا لَغَف‍‍ُ‍و‍ر‍ٌ شَك‍‍ُ‍و‍ر‍ٌ
Al-Ladhī 'Aĥallanā Dāra Al-Muqāmati Min Fađlihi Lā Yamassunā Fīhā Naşabun Wa Lā Yamassunā Fīhā Lughūbun 035-035 އެކަލާނގެއީ، އެކަލާނގެ فضل ވަންތަކަމުން، ތިމަންމެން قائم ވެ ތިބުމުގެ ގޮވަތީގައި (އެބަހީ:ސުވަރުގޭގައި) ވަޒަންވެރިކުރެއްވި ރަސްކަލާނގެއެވެ. އެތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެތެވެ. އަދި އެތާނގައި ފޫހިކަމެއްވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ. ا‍لَّذِي أَحَلَّنَا د‍َا‍رَ ا‍لْمُقَامَةِ مِ‍‍ن‍ْ فَضْلِهِ لاَ يَمَسُّنَا فِيهَا نَصَب‍‍‍ٌ وَلاَ يَمَسُّنَا فِيهَا لُغ‍‍ُ‍و‍ب‍‍ٌ
Wa Al-Ladhīna Kafarū Lahum Nāru Jahannama Lā Yuqđá `Alayhim Fayamūtū Wa Lā Yukhaffafu `Anhum Min `Adhābihā Kadhālika Najzī Kulla Kafūrin 035-036 އަދި كافر ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ. وَالَّذ‍ِي‍نَ كَفَرُوا‍ لَهُمْ ن‍‍َ‍ا‍رُ جَهَ‍‍ن‍ّ‍‍َمَ لاَ يُ‍‍ق‍‍ْضَى عَلَيْهِمْ فَيَمُوتُو‍‍ا‍ وَلاَ يُخَفَّفُ عَنْهُ‍‍م‍ْ مِنْ عَذَابِهَا كَذَلِكَ نَ‍‍ج‍‍ْزِي كُلَّ كَف‍‍ُ‍و‍ر‍ٍ
Wa Hum Yaşţarikhūna Fīhā Rabbanā 'Akhrijnā Na`mal Şāliĥāan Ghayra Al-Ladhī Kunnā Na`malu 'Awalam Nu`ammirkum Mā Yatadhakkaru Fīhi Man Tadhakkara Wa Jā'akumu An-Nadhīru Fadhūqū Famā Lilžžālimīna Min Naşīr 035-037 އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ. وَهُمْ يَصْطَ‍‍ر‍‍ِخ‍‍ُ‍و‍نَ فِيهَا رَبَّنَ‍‍ا‍ أَخْ‍‍ر‍‍ِ‍ج‍‍ْنَا نَعْمَلْ صَالِحاً غَيْرَ ا‍لَّذِي كُ‍‍ن‍ّ‍‍َا نَعْمَلُ أَوَلَمْ نُعَ‍‍م‍ّ‍‍ِرْكُ‍‍م‍ْ مَا يَتَذَكَّرُ ف‍‍ِ‍ي‍هِ مَ‍‍ن‍ْ تَذَكَّرَ وَج‍‍َ‍ا‍ءَكُمُ ا‍ل‍‍ن‍ّ‍‍َذ‍ِي‍‍ر‍ُ فَذُوقُو‍‍ا‍ فَمَا لِلظَّالِم‍‍ِ‍ي‍نَ مِ‍‍ن‍ْ نَصِير
'Inna Al-Laha `Ālimu Ghaybi As-Samāwāti Wa Al-'Arđi 'Innahu `Alīmun Bidhāti Aş-Şudūri 035-038 ހަމަކަށަވަރުން، اللَّه އީ، އުޑުތަކާއި، ބިމުގެ غيبދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍للَّهَ عَالِمُ غَيْبِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ إِ‍نّ‍‍َهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
Huwa Al-Ladhī Ja`alakum Khalā'ifa Fī Al-'Arđi Faman Kafara Fa`alayhi Kufruhu Wa Lā Yazīdu Al-Kāfirīna Kufruhum `Inda Rabbihim 'Illā Maqtāan Wa Lā Yazīdu Al-Kāfirīna Kufruhum 'Illā Khasārāan 035-039 ބިމުގައި خليفة އިންތަކެއް ކަމުގައި ތިޔަބައިމީހުން ލެއްވީ އެކަލާނގެއެވެ. ފަހެ، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ كافر ކަން އޮތީ ހަމަ އެމީހާގެ މައްޗަށެވެ. އަދި كافر ންނަށް އެއުރެން كافر ވުމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ކޯފާމެނުވީ އިތުރެއް ނުވާނެތެވެ. އަދި كافر ވި މީހުންނަށް އެއުރެންގެ كافر ކަމުގެ ސަބަބުން ގެއްލުމެއް މެނުވީ އިތުރެއް ނުވާނެތެވެ. هُوَ ا‍لَّذِي جَعَلَكُمْ خَلاَئِفَ فِي ا‍لأَرْضِ فَمَ‍‍ن‍ْ كَفَرَ فَعَلَيْهِ كُفْرُهُ وَلاَ يَز‍ِي‍دُ ا‍لْكَافِ‍‍ر‍‍ِي‍نَ كُفْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ إِلاَّ مَ‍‍ق‍‍ْتا‍ً وَلاَ يَز‍ِي‍دُ ا‍لْكَافِ‍‍ر‍‍ِي‍نَ كُفْرُهُمْ إِلاَّ خَسَارا‍ً
Qul 'Ara'aytum Shurakā'akumu Al-Ladhīna Tad`ūna Min Dūni Al-Lahi 'Arūnī Mādhā Khalaqū Mina Al-'Arđi 'Am Lahum Shirkun As-Samāwāti 'Am 'Ātaynāhum Kitābāan Fahum `Alá Bayyinatin Minhu Bal 'In Ya`idu Až-Žālimūna Ba`đuhum Ba`đāan 'Illā Ghurūrāan 035-040 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ شريك ންނާމެދު ނިކަން خبر ދީ ބަލާށެވެ! އެތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަން ކަލޭގެފާނަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެތަކެއްޗަށް ވަނީ ހެއްޔެވެ؟ ނުވަތަ އެއިން ކަމެއްގެ މައްޗަށް ހެތްކެއްގެ މަތީގައި އެއުރެން ވުމަށް ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވާފައިވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އަނިޔާވެރިން އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރިކަމަކަށް މެނުވީوعد އެއް ނުކުރެތެވެ. قُلْ أَرَأَيْتُمْ شُرَك‍‍َ‍ا‍ءَكُمُ ا‍لَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ أَرُونِي مَاذَا خَلَقُو‍‍ا‍ مِنَ ا‍لأَرْضِ أَمْ لَهُمْ شِرْك‍‍‍ٌ فِي ا‍لسَّمَاو‍َا‍تِ أَمْ آتَيْنَاهُمْ كِتَابا‍ً فَهُمْ عَلَى بَيِّنَة‍‍‍ٍ مِنْهُ بَلْ إِ‍ن‍ْ يَعِدُ ا‍لظَّالِم‍‍ُ‍و‍نَ بَعْضُهُ‍‍م‍ْ بَعْضا‍ً إِلاَّ غُرُورا‍ً
'Inna Al-Laha Yumsiku As-Samāwāti Wa Al-'Arđa 'An Tazūlā Wa La'in Zālatā 'In 'Amsakahumā Min 'Aĥadin Min Ba`dihi 'Innahu Kāna Ĥalīmāan Ghafūrāan 035-041 ހަމަކަށަވަރުން، اللَّه، އުޑުތަކާއި ބިން އެހުރިގޮތުން ނެއްޓިދިޔަ ނުދެއްވައި ހިފަހައްޓަވަތެވެ. އަދި ހަމަކަށަވަރުން، އެހުރިގޮތުން އެ ދެތަން ނެއްޓިއްޖެނަމަ، އެކަލާނގެ ފިޔަވައި އެތަންތަން ހިފަހައްޓާނެ އެއްވެސް މީހަކު ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. إِ‍نّ‍‍َ ا‍للَّهَ يُمْسِكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ أَ‍ن‍ْ تَزُولاَ وَلَئِ‍‍ن‍ْ زَالَتَ‍‍ا إِنْ أَمْسَكَهُمَا مِنْ أَحَد‍ٍ مِ‍‍ن‍ْ بَعْدِهِ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ حَلِيماً غَفُورا‍ً
Wa 'Aqsamū Bil-Lahi Jahda 'Aymānihim La'in Jā'ahum Nadhīrun Layakūnunna 'Ahdá Min 'Iĥdá Al-'Umami Falammā Jā'ahum Nadhīrun Mā Zādahum 'Illā Nufūrāan 035-042 އެއުރެންގެ އެންމެގަދަ ހުވައިން اللَّه ގަންދީ އެއުރެން ހުވާކޮށް ބުނޫއެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ވަޑައިގެންފިނަމަ، އެހެން ކޮންމެ أمّة އަކަށްވުރެން ތެދުމަގު ލިބުން ބޮޑު ބަޔަކު ކަމުގައި އެއުރެން ވާނެކަން ކަށަވަރެވެ. ފަހެ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގެންނެވިހިނދު، އެއިން ނަފުރަތުވެ، ދުރުހެލިވުން މެނުވީ، އެއުރެންނަކަށް އިތުރެއް ނުވިއެވެ. وَأَ‍ق‍‍ْسَمُو‍‍ا‍ بِ‍‍ا‍للَّهِ جَهْدَ أَيْمَانِهِمْ لَئِ‍‍ن‍ْ ج‍‍َ‍ا‍ءَهُمْ نَذ‍ِي‍ر‍ٌ لَيَكُونُ‍‍ن‍ّ‍‍َ أَهْدَى مِ‍‍ن‍ْ إِحْدَى ا‍لأُمَمِ فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ نَذ‍ِي‍ر‍ٌ مَا زَادَهُمْ إِلاَّ نُفُورا‍ً
Astikbārāan Al-'Arđi Wa Makra As-Sayyi'i Wa Lā Yaĥīqu Al-Makru As-Sayyi'u 'Illā Bi'ahlihi Fahal Yanžurūna 'Illā Sunnata Al-'Awwalīna Falan Tajida Lisunnati Al-Lahi Tabdīlāan Wa Lan Tajida Lisunnati Al-Lahi Taĥwīlāan 035-043 (އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ، އިސްވެދިޔަ މީހުންނާމެދު، اللَّه ކަންހިންގެވިގޮތަށް މެނުވީއެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، اللَّه، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. ا‍سْتِكْبَارا‍ً فِي ا‍لأَرْضِ وَمَكْرَ ا‍لسَّيِّئِ وَلاَ يَح‍‍ِ‍ي‍قُ ا‍لْمَكْرُ ا‍لسَّيِّئُ إِلاَّ بِأَهْلِهِ فَهَلْ يَ‍‍ن‍‍ْظُر‍ُو‍نَ إِلاَّ سُ‍‍ن‍ّ‍‍َةَ ا‍لأَوَّل‍‍ِ‍ي‍نَ فَلَ‍‍ن‍ْ تَجِدَ لِسُ‍‍ن‍ّ‍‍َةِ ا‍للَّهِ تَ‍‍ب‍‍ْدِيلا‍ً وَلَ‍‍ن‍ْ تَجِدَ لِسُ‍‍ن‍ّ‍‍َةِ ا‍للَّهِ تَحْوِيلا‍ً
'Awalam Yasīrū Fī Al-'Arđi Fayanžurū Kayfa Kāna `Āqibatu Al-Ladhīna Min Qablihim Wa Kānū 'Ashadda Minhum Qūwatan Wa Mā Kāna Al-Lahu Liyu`jizahu Min Shay'in As-Samāwāti Wa Lā Fī Al-'Arđi 'Innahu Kāna `Alīmāan Qadīrāan 035-044 އެއުރެން ބިމުގައި ދަތުރު ފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެއުރެންނަށްވުރެ (އެބަހީ: مكة ގެ أهل ވެރިންނަށްވުރެން) ބާރުގަދަ ބަޔަކު ކަމުގައި އެއުރެންވޫއެވެ. އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، اللَّه ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ. أَوَلَمْ يَسِيرُوا‍ فِي ا‍لأَرْضِ فَيَ‍‍ن‍‍ْظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ وَكَانُ‍‍و‍‍ا‍ أَشَدَّ مِنْهُمْ قُوَّة‍‍‍ً وَمَا ك‍‍َ‍ا‍نَ ا‍للَّهُ لِيُعْجِزَهُ مِ‍‍ن‍ْ شَيْء‍ٍ فِي ا‍لسَّمَاو‍َا‍تِ وَلاَ فِي ا‍لأَرْضِ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ عَلِيما‍ً قَدِيرا‍ً
Wa Law Yu'uākhidhu Al-Lahu An-Nāsa Bimā Kasabū Mā Taraka `Alá Žahrihā Min Dābbatin Wa Lakin Yu'uakhkhiruhum 'Ilá 'Ajalin Musammáan Fa'idhā Jā'a 'Ajaluhum Fa'inna Al-Laha Kāna Bi`ibādihi Başīrāan 035-045 މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ،ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ. وَلَوْ يُؤ‍َ‍اخِذُ ا‍للَّهُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ بِمَا كَسَبُو‍‍ا‍ مَا تَرَكَ عَلَى ظَهْ‍‍ر‍‍ِهَا مِ‍‍ن‍ْ دَا‍بَّة‍‍‍ٍ وَلَكِ‍‍ن‍ْ يُؤَخِّرُهُمْ إِلَى أَجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍ً فَإِذَا ج‍‍َ‍ا‍ءَ أَجَلُهُمْ فَإِ‍نّ‍‍َ ا‍للَّهَ ك‍‍َ‍ا‍نَ بِعِبَادِهِ بَصِيرا‍ً
Next Sūrah