34) Sūrat Saba'

Printed format

34) سُورَة سَبَأ

Al-Ĥamdu Lillahi Al-Ladhī Lahu Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa Lahu Al-Ĥamdu Fī Al-'Ākhirati Wa Huwa Al-Ĥakīmu Al-Khabīru 034-001 حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗަކާއި، ކަމެއް، އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި آخرة ދުވަހުންވެސް حمد ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. ا‍لْحَمْدُ لِلَّهِ ا‍لَّذِي لَهُ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَلَهُ ا‍لْحَمْدُ فِي ا‍لآخِرَةِ وَهُوَ ا‍لْحَك‍‍ِ‍ي‍مُ ا‍لْخَب‍‍ِ‍ي‍‍ر‍ُ
Ya`lamu Mā Yaliju Fī Al-'Arđi Wa Mā Yakhruju Minhā Wa Mā Yanzilu Mina As-Samā'i Wa Mā Ya`ruju Fīhā Wa Huwa Ar-Raĥīmu Al-Ghafūru 034-002 ބިމުގެ ތެރެޔަށް ވަދެގެންދާހާ ތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާ ތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. يَعْلَمُ مَا يَلِجُ فِي ا‍لأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَ‍‍ن‍زِلُ مِنَ ا‍لسَّم‍‍َ‍ا‍ءِ وَمَا يَعْرُجُ فِيهَا وَهُوَ ا‍لرَّح‍‍ِ‍ي‍مُ ا‍لْغَف‍‍ُ‍و‍رُ
Wa Qāla Al-Ladhīna Kafarū Lā Ta'tīnā As-Sā`atu Qul Balá Wa Rabbī Lata'tiyannakum `Ālimi Al-Ghaybi Lā Ya`zubu `Anhu Mithqālu Dharratin As-Samāwāti Wa Lā Fī Al-'Arđi Wa Lā 'Aşgharu Min Dhālika Wa Lā 'Akbaru 'Illā Fī Kitābin Mubīnin 034-003 كافر ވި މީހުން ބުނޫއެވެ. قيامة ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: قيامة ވުމުގެ ވަގުތު) ތިޔަބައިމީހުންނާހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. بيان ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ. وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لاَ تَأْتِينَا ا‍لسَّاعَةُ قُلْ بَلَى وَرَبِّي لَتَأْتِيَ‍‍ن‍ّ‍‍َكُمْ عَالِمِ ا‍لْغَيْبِ لاَ يَعْزُبُ عَنْهُ مِثْق‍‍َ‍ا‍لُ ذَرَّة‍‍‍ٍ فِي ا‍لسَّمَاو‍َا‍تِ وَلاَ فِي ا‍لأَرْضِ وَلاَ أَصْغَرُ مِ‍‍ن‍ْ ذَلِكَ وَلاَ أَكْبَرُ إِلاَّ فِي كِت‍‍َ‍ا‍ب‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Liyajziya Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti 'Ūlā'ika Lahum Maghfiratun Wa Rizqun Karīmun 034-004 (އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ. لِيَ‍‍ج‍‍ْزِيَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُ‍‍م‍ْ مَغْفِرَة‍‍‍ٌ وَر‍‍ِزْق‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
Wa Al-Ladhīna Sa`aw Fī 'Āyātinā Mu`ājizīna 'Ūlā'ika Lahum `Adhābun Min Rijzin 'Alīmun 034-005 ތިމަންރަސްކަލާނގެ (ބާވައިލެއްވި) آية ތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ عذاب ން އެއުރެންނަށް عذاب ހުށްޓެވެ. وَالَّذ‍ِي‍نَ سَعَوْا فِ‍‍ي آيَاتِنَا مُعَاجِز‍ِي‍نَ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ عَذ‍َا‍ب‍‍‍ٌ مِ‍‍ن‍ْ ‍ر‍‍ِ‍ج‍‍ْزٍ أَل‍‍ِ‍ي‍م‍‍‍ٌ
Wa Yará Al-Ladhīna 'Ū Al-`Ilma Al-Ladhī 'Unzila 'Ilayka Min Rabbika Huwa Al-Ĥaqqa Wa Yahdī 'Ilá Şirāţi Al-`Azīzi Al-Ĥamīdi 034-006 ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ. وَيَرَى ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْعِلْمَ ا‍لَّذِي أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ هُوَ ا‍لْحَقَّ وَيَهْدِي إِلَى صِر‍َا‍طِ ا‍لْعَز‍ِي‍زِ ا‍لْحَم‍‍ِ‍ي‍‍د‍ِ
Wa Qāla Al-Ladhīna Kafarū Hal Nadullukum `Alá Rajulin Yunabbi'ukum 'Idhā Muzziqtum Kulla Mumazzaqin 'Innakum Lafī Khalqin Jadīdin 034-007 كافر ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން، ތިޔަބައިމީހުން އުފެދިގެންދާނެކަމަށްތިޔަބައިމީހުންގެ ގާތުގައި ބުނެ، خبر ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟ وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ هَلْ نَدُلُّكُمْ عَلَى رَجُل‍‍‍ٍ يُنَبِّئُكُمْ إِذَا مُزِّ‍‍ق‍‍ْتُمْ كُلَّ مُمَزَّق‍‍‍ٍ إِ‍نّ‍‍َكُمْ لَفِي خَلْق‍‍‍ٍ جَد‍ِي‍‍د‍ٍ
'Āftará `Alá Al-Lahi Kadhibāan 'Am Bihi Jinnatun Bali Al-Ladhīna Lā Yu'uminūna Bil-'Ākhirati Fī Al-`Adhābi Wa Ađ-Đalāli Al-Ba`īdi 034-008 އޭނާ اللَّه އާމެދު ހަދައިގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! آخرة އަށް إيمان ނުވާ މީހުން (آخرة ގައި) ވަނީ عذاب ގައެވެ. އަދި (ދުނިޔޭގައި އެއުރެންވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ. أ‍َ‍افْتَرَى عَلَى ا‍للَّهِ كَذِباً أَ‍م‍ْ بِهِ جِ‍‍ن‍ّ‍‍َة‍‍‍ٌ بَلِ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ فِي ا‍لْعَذ‍َا‍بِ وَا‍لضَّلاَلِ ا‍لْبَع‍‍ِ‍ي‍‍د‍ِ
'Afalam Yaraw 'Ilá Mā Bayna 'Aydīhim Wa Mā Khalfahum Mina As-Samā'i Wa Al-'Arđi 'In Nasha' Nakhsif Bihimu Al-'Arđa 'Aw Nusqiţ `Alayhim Kisafāan Mina As-Samā'i 'Inna Fī Dhālika La'āyatan Likulli `Abdin Munībin 034-009 އަދި އުޑާއި، ބިމުން އެއުރެންގެ ކުރިމަތީގައިވާތަނާއި، އެއުރެންގެ ފުރަގަހުގައިވާތަން، އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ބިންގަނޑު އެއުރެންނާއިގެން ގަންބަވައިގެންފާހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެއުރެންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން، އެކަމުގައި އެކަލާނގެއަށް توبة ވެ، رجوع ވާ ކޮންމެ އަޅަކަށް ހެތްކެއްވާކަން ކަށަވަރެވެ. أَفَلَمْ يَرَوْا إِلَى مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ إِ‍ن‍ْ نَشَأْ نَخْسِفْ بِهِمُ ا‍لأَرْضَ أَوْ نُسْقِ‍‍ط‍ْ عَلَيْهِمْ كِسَفا‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِكُلِّ عَ‍‍ب‍‍ْد‍ٍ مُن‍‍ِ‍ي‍‍ب‍‍ٍ
Wa Laqad 'Ātaynā Dāwūda Minnā Fađlāan Yā Jibālu 'Awwibī Ma`ahu Wa Aţ-Ţayra Wa 'Alannā Lahu Al-Ĥadīda 034-010 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދިދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ. وَلَقَ‍‍د‍ْ آتَيْنَا دَاو‍ُو‍دَ مِ‍‍ن‍ّ‍‍َا فَضْلا‍ً يَاجِب‍‍َ‍ا‍لُ أَوِّبِي مَعَهُ وَا‍لطَّيْرَ وَأَلَ‍‍ن‍ّ‍‍َا لَهُ ا‍لْحَد‍ِي‍‍د‍َ
'Ani A`mal Sābighātin Wa Qaddir Fī As-Sardi Wa A`malū Şāliĥāan 'Innī Bimā Ta`malūna Başīrun 034-011 (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. أَنِ ا‍عْمَلْ سَابِغ‍‍َ‍ا‍ت‍‍‍ٍ وَقَدِّرْ فِي ا‍لسَّرْدِ وَا‍عْمَلُو‍‍ا‍ صَالِحا‍ً إِ‍نّ‍‍ِي بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa Lisulaymāna Ar-Rīĥa Ghudūwuhā Shahrun Wa Rawāĥuhā Shahrun Wa 'Asalnā Lahu `Ayna Al-Qiţri Wa Mina Al-Jinni Man Ya`malu Bayna Yadayhi Bi'idhni Rabbihi Wa Man Yazigh Minhum `An 'Amrinā Nudhiqhu Min `Adhābi As-Sa`īri 034-012 އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސަައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، اللَّه، سليمان ގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.) وَلِسُلَيْم‍‍َ‍ا‍نَ ا‍لرّ‍ِي‍حَ غُدُوُّهَا شَهْر‍ٌ وَرَوَاحُهَا شَهْر‍ٌ وَأَسَلْنَا لَهُ عَيْنَ ا‍لْقِ‍‍ط‍‍ْ‍‍ر‍ِ وَمِنَ ا‍لْجِ‍‍ن‍ّ‍‍ِ مَ‍‍ن‍ْ يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ وَمَ‍‍ن‍ْ يَزِغْ مِنْهُمْ عَنْ أَمْ‍‍ر‍‍ِنَا نُذِ‍ق‍‍ْهُ مِنْ عَذ‍َا‍بِ ا‍لسَّع‍‍ِ‍ي‍رِ
Ya`malūna Lahu Mā Yashā'u Min Maĥārība Wa Tamāthīla Wa Jifānin Kāljawābi Wa Qudūrin Rāsiyātin A`malū 'Āla Dāwūda Shukrāan Wa Qalīlun Min `Ibādiya Ash-Shakūru 034-013 އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. يَعْمَل‍‍ُ‍و‍نَ لَهُ مَا يَش‍‍َ‍ا‍ءُ مِ‍‍ن‍ْ مَحَا‍ر‍‍ِي‍بَ وَتَمَاث‍‍ِ‍ي‍لَ وَجِف‍‍َ‍ا‍ن‍‍‍ٍ كَالْجَو‍َا‍بِ وَقُد‍ُو‍ر‍ٍ رَاسِي‍‍َ‍ا‍ت‍‍‍ٍ ا‍عْمَلُ‍‍و‍‍ا‍ آلَ دَاو‍ُو‍دَ شُكْرا‍ً وَقَل‍‍ِ‍ي‍ل‍‍‍ٌ مِنْ عِبَادِيَ ا‍لشَّك‍‍ُ‍و‍رُ
Falammā Qađaynā `Alayhi Al-Mawta Mā Dallahum `Alá Mawtihi 'Illā Dābbatu Al-'Arđi Ta'kulu Minsa'atahu Falammā Kharra Tabayyanati Al-Jinnu 'An Law Kānū Ya`lamūna Al-Ghayba Mā Labithū Fī Al-`Adhābi Al-Muhīni 034-014 ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނުވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ. فَلَ‍‍م‍ّ‍‍َا قَضَيْنَا عَلَيْهِ ا‍لْمَوْتَ مَا دَلَّهُمْ عَلَى مَوْتِهِ إِلاَّ دَا‍بَّةُ ا‍لأَرْضِ تَأْكُلُ مِ‍‍ن‍سَأَتَهُ فَلَ‍‍م‍ّ‍‍َا خَرَّ تَبَيَّنَتِ ا‍لْجِ‍‍ن‍ّ‍‍ُ أَ‍ن‍ْ لَوْ كَانُو‍‍ا‍ يَعْلَم‍‍ُ‍و‍نَ ا‍لْغَيْبَ مَا لَبِثُو‍‍ا‍ فِي ا‍لْعَذ‍َا‍بِ ا‍لْمُه‍‍ِ‍ي‍نِ
Laqad Kāna Lisaba'iin Fī Maskanihim 'Āyatun Jannatāni `An Yamīnin Wa Shimālin Kulū Min Rizqi Rabbikum Wa Ashkurū Lahu Baldatun Ţayyibatun Wa Rabbun Ghafūrun 034-015 ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. لَقَ‍‍د‍ْ ك‍‍َ‍ا‍نَ لِسَبَإ‍ٍ فِي مَسْكَنِهِمْ آيَة‍‍‍ٌ جَ‍‍ن‍ّ‍‍َت‍‍َ‍ا‍نِ عَ‍‍ن‍ْ يَم‍‍ِ‍ي‍ن‍‍‍ٍ وَشِم‍‍َ‍ا‍ل‍‍‍ٍ كُلُو‍‍ا‍ مِ‍‍ن‍ْ ‍ر‍‍ِزْقِ رَبِّكُمْ وَا‍شْكُرُوا‍ لَهُ بَلْدَة‍‍‍ٌ طَيِّبَة‍‍‍ٌ وَرَبٌّ غَف‍‍ُ‍و‍ر‍ٌ
Fa'a`rađū Fa'arsalnā `Alayhim Sayla Al-`Arimi Wa Baddalnāhum Bijannatayhim Jannatayni Dhawātá 'Ukulin Khamţin Wa 'Athlin Wa Shay'in Min Sidrin Qalīlin 034-016 ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި،އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ. فَأَعْرَضُو‍‍ا‍ فَأَرْسَلْنَا عَلَيْهِمْ سَيْلَ ا‍لْعَ‍‍ر‍‍ِمِ وَبَدَّلْنَاهُ‍‍م‍ْ بِجَ‍‍ن‍ّ‍‍َتَيْهِمْ جَ‍‍ن‍ّ‍‍َتَيْنِ ذَوَاتَى أُكُلٍ خَمْط‍‍‍ٍ وَأَثْل‍‍‍ٍ وَشَيْء‍ٍ مِ‍‍ن‍ْ سِ‍‍د‍‍ْر‍ٍ قَل‍‍ِ‍ي‍ل‍‍‍ٍ
Dhālika Jazaynāhum Bimā Kafarū Wa Hal Nujāzī 'Illā Al-Kafūra 034-017 އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟ ذَلِكَ جَزَيْنَاهُ‍‍م‍ْ بِمَا كَفَرُوا‍ وَهَلْ نُجَازِي إِلاَّ ا‍لْكَف‍‍ُ‍و‍رَ
Wa Ja`alnā Baynahum Wa Bayna Al-Qurá Allatī Bāraknā Fīhā Quráan Žāhiratan Wa Qaddarnā Fīhā As-Sayra Sīrū Fīhā Layāliya Wa 'Ayyāmāan 'Āminīna 034-018 އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ! وَجَعَلْنَا بَيْنَهُمْ وَبَيْنَ ا‍لْقُرَى ا‍لَّتِي بَارَكْنَا فِيهَا قُرى‍ً ظَاهِرَة‍‍‍ً وَقَدَّرْنَا فِيهَا ا‍لسَّيْرَ سِيرُوا‍ فِيهَا لَيَالِيَ وَأَيَّاما‍ً آمِن‍‍ِ‍ي‍نَ
Faqālū Rabbanā Bā`id Bayna 'Asfārinā Wa Žalamū 'Anfusahum Faja`alnāhum 'Aĥādītha Wa Mazzaqnāhum Kulla Mumazzaqin 'Inna Fī Dhālika La'āyātin Likulli Şabbārin Shakūrin 034-019 ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށްތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. فَقَالُو‍‍ا‍ رَبَّنَا بَاعِ‍‍د‍ْ بَيْنَ أَسْفَا‍ر‍‍ِنَا وَظَلَمُ‍‍و‍‍ا‍ أَن‍فُسَهُمْ فَجَعَلْنَاهُمْ أَحَاد‍ِي‍ثَ وَمَزَّ‍‍ق‍‍ْنَاهُمْ كُلَّ مُمَزَّق‍‍‍ٍ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِكُلِّ صَبّ‍‍َ‍ا‍ر‍ٍ شَك‍‍ُ‍و‍ر‍ٍ
Wa Laqad Şaddaqa `Alayhim 'Iblīsu Žannahu Fa Attaba`ūhu 'Illā Farīqāan Mina Al-Mu'uminīna 034-020 ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ. وَلَقَ‍‍د‍ْ صَدَّقَ عَلَيْهِمْ إِ‍ب‍‍ْل‍‍ِ‍ي‍سُ ظَ‍‍ن‍ّ‍‍َهُ فَاتَّبَع‍‍ُ‍و‍هُ إِلاَّ فَ‍‍ر‍‍ِيقا‍ً مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Mā Kāna Lahu `Alayhim Min Sulţānin 'Illā Lina`lama Man Yu'uminu Bil-'Ākhirati Mimman Huwa Minhā Fī Shakkin Wa Rabbuka `Alá Kulli Shay'in Ĥafīžun 034-021 އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَمَا ك‍‍َ‍ا‍نَ لَهُ عَلَيْهِ‍‍م‍ْ مِ‍‍ن‍ْ سُلْط‍‍َ‍ا‍ن‍‍‍ٍ إِلاَّ لِنَعْلَمَ مَ‍‍ن‍ْ يُؤْمِنُ بِ‍‍ا‍لآخِرَةِ مِ‍‍م‍ّ‍‍َنْ هُوَ مِنْهَا فِي شَكّ‍‍‍ٍ وَرَبُّكَ عَلَى كُلِّ شَيْءٍ حَف‍‍ِ‍ي‍ظ‍‍‍ٌ
Qul Ad Al-Ladhīna Za`amtum Min Dūni Al-Lahi Lā Yamlikūna Mithqāla Dharratin As-Samāwāti Wa Lā Fī Al-'Arđi Wa Mā Lahum Fīhimā Min Shirkin Wa Mā Lahu Minhum Min Žahīrin 034-022 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުންނުވެތެވެ. قُلْ ا‍د‍‍ْعُو‍‍ا‍ ا‍لَّذ‍ِي‍نَ زَعَمْتُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ لاَ يَمْلِك‍‍ُ‍و‍نَ مِثْق‍‍َ‍ا‍لَ ذَرَّة‍‍‍ٍ فِي ا‍لسَّمَاو‍َا‍تِ وَلاَ فِي ا‍لأَرْضِ وَمَا لَهُمْ فِيهِمَا مِ‍‍ن‍ْ شِرْك‍‍‍ٍ وَمَا لَهُ مِنْهُ‍‍م‍ْ مِ‍‍ن‍ْ ظَه‍‍ِ‍ي‍ر‍ٍ
Wa Lā Tanfa`u Ash-Shafā`atu `Indahu 'Illā Liman 'Adhina Lahu Ĥattá 'Idhā Fuzzi`a `An Qulūbihim Qālū Mādhā Qāla Rabbukum Qālū Al-Ĥaqqa Wa Huwa Al-`Alīyu Al-Kabīru 034-023 އަދި އެމީހަކަށް އެކަލާނގެ إذن ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ حضرة ގައި شفاعة ތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ وحى ކުރެއްވީ) حق ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ. وَلاَ تَ‍‍ن‍فَعُ ا‍لشَّفَاعَةُ عِ‍‍ن‍‍ْدَهُ إِلاَّ لِمَنْ أَذِنَ لَهُ حَتَّى إِذَا فُزِّعَ عَ‍‍ن‍ْ قُلُوبِهِمْ قَالُو‍‍ا‍ مَاذَا ق‍‍َ‍ا‍لَ رَبُّكُمْ قَالُو‍‍ا‍ ا‍لْحَقَّ وَهُوَ ا‍لْعَلِيُّ ا‍لْكَب‍‍ِ‍ي‍‍ر‍ُ
Qul Man Yarzuqukum Mina As-Samāwāti Wa Al-'Arđi Quli Al-Lahu Wa 'Innā 'Aw 'Īyākum La`alá Hudáan 'Aw Fī Đalālin Mubīnin 034-024 ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. قُلْ مَ‍‍ن‍ْ يَرْزُقُكُ‍‍م‍ْ مِنَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ قُلِ ا‍للَّهُ وَإِ‍نّ‍‍َ‍‍ا‍ أَوْ إِيَّاكُمْ لَعَلَى هُ‍‍دى‍ًا‍أَوْ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Qul Lā Tus'alūna `Ammā 'Ajramnā Wa Lā Nus'alu `Ammā Ta`malūna 034-025 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ سؤال އެއްް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) عمل ތަކާމެދުވެސް، ތިމަންމެންނަކާ سؤال އެއް ނުކުރައްވާނެތެވެ. قُ‍‍ل‍ْ لاَ تُسْأَل‍‍ُ‍و‍نَ عَ‍‍م‍ّ‍‍َ‍‍ا‍ أَ‍ج‍‍ْرَمْنَا وَلاَ نُسْأَلُ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Qul Yajma`u Baynanā Rabbunā Thumma Yaftaĥu Baynanā Bil-Ĥaqqi Wa Huwa Al-Fattāĥu Al-`Alīmu 034-026 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ(قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ يَ‍‍ج‍‍ْمَعُ بَيْنَنَا رَبُّنَا ثُ‍‍م‍ّ‍‍َ يَفْتَحُ بَيْنَنَا بِ‍‍ا‍لْحَقِّ وَهُوَ ا‍لْفَتّ‍‍َ‍ا‍حُ ا‍لْعَل‍‍ِ‍ي‍مُ
Qul 'Arūniya Al-Ladhīna 'Alĥaqtum Bihi Shurakā'a Kallā Bal Huwa Al-Lahu Al-`Azīzu Al-Ĥakīmu 034-027 ކަލޭގެފާނު ވިދާޅުވާށެވެ! ބައިވެރިން ކަމުގައި އެކަލާނގެއަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ! އަދި ކިއެއްތަ! އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ اللَّه އެވެ. قُلْ أَرُونِيَ ا‍لَّذ‍ِي‍نَ أَلْحَ‍‍ق‍‍ْتُ‍‍م‍ْ بِهِ شُرَك‍‍َ‍ا‍ءَ كَلاَّ بَلْ هُوَ ا‍للَّهُ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Wa Mā 'Arsalnāka 'Illā Kāffatan Lilnnāsi Bashīrāan Wa Nadhīrāan Wa Lakinna 'Akthara An-Nāsi Lā Ya`lamūna 034-028 އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَمَ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ إِلاَّ كَافَّة‍‍‍ً لِل‍‍ن‍ّ‍‍َ‍ا‍سِ بَشِيرا‍ً وَنَذِيرا‍ً وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Yaqūlūna Matá Hādhā Al-Wa`du 'In Kuntum Şādiqīna 034-029 އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْوَعْدُ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Qul Lakum Mī`ādu Yawmin Lā Tasta'khirūna `Anhu Sā`atan Wa Lā Tastaqdimūna 034-030 ކަލޭގެފާނު ވިދާޅުވާށެވެ! އެ وعد އަށް ކަނޑައަޅުއްވާފައިވާ ދުވަހެއް ތިޔަބައިމީހުންނަށްވެއެވެ. އެދުވަހަށްވުރެ އެންމެހިނދުކޮޅަކަށްވެސްތިޔަބައިމީހުންނަކަށް ލަހެއް ނުކުރައްވާހުށްޓެވެ. އަދި އިހެއްވެސް ނުމެކުރައްވާހުށްޓެވެ. قُ‍‍ل‍ْ لَكُ‍‍م‍ْ مِيع‍‍َ‍ا‍دُ يَوْم‍‍‍ٍ لاَ تَسْتَأْخِر‍ُو‍نَ عَنْهُ سَاعَة‍‍‍ً وَلاَ تَسْتَ‍‍ق‍‍ْدِم‍‍ُ‍و‍نَ
Wa Qāla Al-Ladhīna Kafarū Lan Nu'umina Bihadhā Al-Qur'āni Wa Lā Bial-Ladhī Bayna Yadayhi Wa Law Tará 'Idhi Až-Žālimūna Mawqūfūna `Inda Rabbihim Yarji`u Ba`đuhum 'Ilá Ba`đin Al-Qawla Yaqūlu Al-Ladhīna Astuđ`ifū Lilladhīna Astakbarū Lawlā 'Antum Lakunnā Mu'uminīna 034-031 އަދި كافر ވިމީހުން ބުނޫއެވެ. ތިމަންމެން މި قرآن އަކަށްވެސް، އަދި މީގެކުރީގެ ފޮތްތަކަކަށްވެސް إيمان އެއް ނުވާނަމެވެ. އަނިޔާވެރިން އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ހުއްޓިތިބޭހިނދު، ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. (އެހިނދު) އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ބަސްބުނެ ރައްދުކޮށް ހަދާނެތެވެ. ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ތިޔަބައިމީހުން ނުވާނަމަ، ތިމަންމެން مؤمن ންކަމުގައި ވީސްކަން ކަށަވަރެވެ. وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لَ‍‍ن‍ْ نُؤْمِنَ بِهَذَا ا‍لْقُرْآنِ وَلاَ بِ‍‍ا‍لَّذِي بَيْنَ يَدَيْهِ وَلَوْ تَرَى إِذِ ا‍لظَّالِم‍‍ُ‍و‍نَ مَوْقُوف‍‍ُ‍و‍نَ عِ‍‍ن‍‍ْدَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَى بَعْض‍‍‍ٍ ا‍لْقَوْلَ يَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ ا‍سْتُضْعِفُو‍‍ا‍ لِلَّذ‍ِي‍نَ ا‍سْتَكْبَرُوا‍ لَوْلاَ أَ‍ن‍‍ْتُمْ لَكُ‍‍ن‍ّ‍‍َا مُؤْمِن‍‍ِ‍ي‍نَ
Qāla Al-Ladhīna Astakbarū Lilladhīna Astuđ`ifū 'Anaĥnu Şadadnākum `Ani Al-Hudá Ba`da 'Idh Jā'akum Bal Kuntum Mujrimīna 034-032 ބޮޑާވެގަތްމީހުން، ނިކަމެތިވެގެންވާ މީހުންނަށް ބުނޫއެވެ. ތިޔަބައިމީހުންނާ ހަމަޔަށް ތެދުމަގު އައުމަށްފަހު، އެ ތެދުމަގުން ތިޔަބައިމީހުން އެއްކިބާކުރީ ތިމަންމެން ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، ކުށްކުރާބަޔަކު ކަމުގައިވީމުއެވެ. ق‍َا‍لَ ا‍لَّذ‍ِي‍نَ ا‍سْتَكْبَرُوا‍ لِلَّذ‍ِي‍نَ ا‍سْتُضْعِفُ‍‍و‍‍ا‍ أَنَحْنُ صَدَ‍د‍‍ْنَاكُمْ عَنِ ا‍لْهُدَى بَعْدَ إِذْ ج‍‍َ‍ا‍ءَكُ‍‍م‍ْ بَلْ كُ‍‍ن‍تُ‍‍م‍ْ مُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Wa Qāla Al-Ladhīna Astuđ`ifū Lilladhīna Astakbarū Bal Makru Al-Layli Wa An-Nahāri 'Idh Ta'murūnanā 'An Nakfura Bil-Lahi Wa Naj`ala Lahu 'Andādāan Wa 'Asarrū An-Nadāmata Lammā Ra'aw Al-`Adhāba Wa Ja`alnā Al-'Aghlāla Fī 'A`nāqi Al-Ladhīna Kafarū Hal Yujzawna 'Illā Mā Kānū Ya`malūna 034-033 އަދި ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނޫއެވެ. އަދި ކިއެއްތަ! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ. އެއީ اللَّه އަށް ތިމަންމެން كافر ވެ، އަދި އެކަލާނގެއަށް شريك ންތަކެއް ލުމަށް ތިޔަބައިމީހުންތިމަންމެންނަށް أمر ކުޅަހިނދެވެ. އަދި އެއުރެން عذاب ދުށްހިނދު، އެކަމުގެ މައްޗަށް ހިތާމަކޮށް އެކަން ވަންހަނާކުޅައޫއެވެ. އަދި كافر ވި މީހުންގެ ކަނދުރާތަކުގައި، ތިމަންރަސްކަލާނގެ ކަސްތޮޅުތައް ލެއްވީމެވެ. (ފަހެ) އެއުރެން عمل ކުރަމުންގެންދިޔަ ގޮތަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟ وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ ا‍سْتُضْعِفُو‍‍ا‍ لِلَّذ‍ِي‍نَ ا‍سْتَكْبَرُوا‍ بَلْ مَكْرُ ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ إِذْ تَأْمُرُونَنَ‍‍ا‍ أَ‍ن‍ْ نَكْفُرَ بِ‍‍ا‍للَّهِ وَنَ‍‍ج‍‍ْعَلَ لَهُ أَن‍دَادا‍ً وَأَسَرُّوا‍ ا‍ل‍‍ن‍ّ‍‍َدَامَةَ لَ‍‍م‍ّ‍‍َا رَأَوْا ا‍لْعَذ‍َا‍بَ وَجَعَلْنَا ا‍لأَغْلاَلَ فِ‍‍ي‍ أَعْن‍‍َ‍ا‍قِ ا‍لَّذ‍ِي‍نَ كَفَرُوا‍ هَلْ يُ‍‍ج‍‍ْزَوْنَ إِلاَّ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Mā 'Arsalnā Fī Qaryatin Min Nadhīrin 'Illā Qāla Mutrafūhā 'Innā Bimā 'Ursiltum Bihi Kāfirūna 034-034 އެރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މިތިބީ، ތިޔަ رسول ން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން، كافر ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ خبر ދެއްވާ رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. وَمَ‍‍ا‍ أَرْسَلْنَا فِي قَرْيَة‍‍‍ٍ مِ‍‍ن‍ْ نَذ‍ِي‍ر‍ٍ إِلاَّ ق‍‍َ‍ا‍لَ مُتْرَفُوهَ‍‍ا إِ‍نّ‍‍َا بِمَ‍‍ا‍ أُرْسِلْتُ‍‍م‍ْ بِهِ كَافِر‍ُو‍نَ
Wa Qālū Naĥnu 'Aktharu 'Amwālāan Wa 'Awlādāan Wa Mā Naĥnu Bimu`adhdhabīna 034-035 އަދި އެއުރެން ބުނޫއެވެ. މުދަލުގެ ގޮތުންނާއި، ދަރިންގެގޮތުން، ތިމަންމެން މާގިނައެވެ. އަދި ތިމަންމެންނީ (آخرة ގައި) عذاب ދެއްވާނެ ބަޔަކު ކަމުގައި ނުވަމުއެވެ. وَقَالُو‍‍ا‍ نَحْنُ أَكْثَرُ أَمْوَالا‍ً وَأَوْلاَدا‍ً وَمَا نَحْنُ بِمُعَذَّب‍‍ِ‍ي‍نَ
Qul 'Inna Rabbī Yabsuţu Ar-Rizqa Liman Yashā'u Wa Yaqdiru Wa Lakinna 'Akthara An-Nāsi Lā Ya`lamūna 034-036 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ. قُلْ إِ‍نّ‍‍َ رَبِّي يَ‍‍ب‍‍ْسُطُ ا‍لرِّزْقَ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَ‍‍ق‍‍ْدِ‍ر‍ُ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Mā 'Amwālukum Wa Lā 'Awlādukum Bi-Atī Tuqarribukum `Indanā Zulfá 'Illā Man 'Āmana Wa `Amila Şāliĥāan Fa'ūlā'ika Lahum Jazā'u Ađ-Đi`fi Bimā `Amilū Wa Hum Al-Ghurufāti 'Āminūna 034-037 އަދި ތިޔަބައިމީހުންގެ މުދާވިޔަސް،އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. إيمان ވެ صالح عمل ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ عمل އަށް ގިނަގުނަވެގެންވާ ثواب އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ أمان ކަން ލިބިގެންވާ ބަޔަކުކަމުގައެވެ. وَمَ‍‍ا‍ أَمْوَالُكُمْ وَلاَ أَوْلاَدُكُ‍‍م‍ْ بِ‍‍ا‍لَّتِي تُقَرِّبُكُمْ عِ‍‍ن‍‍ْدَنَا زُلْفَى إِلاَّ مَ‍‍ن‍ْ آمَنَ وَعَمِلَ صَالِحا‍ً فَأ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ جَز‍َا‍ءُ ا‍لضِّعْفِ بِمَا عَمِلُو‍‍ا‍ وَهُمْ فِي ا‍لْغُرُف‍‍َ‍ا‍تِ آمِن‍‍ُ‍و‍نَ
Wa Al-Ladhīna Yas`awna Fī 'Āyātinā Mu`ājizīna 'Ūlā'ika Fī Al-`Adhābi Muĥđarūna 034-038 އަދި ތިމަންރަސްކަލާނގެ آية ތަކާމެދު ދެކޮޅުހަދަން މަސައްކަތްކުރާ މީހުން (ދަންނާށެވެ!) އެއުރެން عذاب ގެތެރެޔަށް حاضر ކުރައްވާނެތެވެ. وَالَّذ‍ِي‍نَ يَسْعَوْنَ فِ‍‍ي آيَاتِنَا مُعَاجِز‍ِي‍نَ أ‍ُ‍وْل‍‍َ‍ا‍ئِكَ فِي ا‍لْعَذ‍َا‍بِ مُحْضَر‍ُو‍نَ
Qul 'Inna Rabbī Yabsuţu Ar-Rizqa Liman Yashā'u Min `Ibādihi Wa Yaqdiru Lahu Wa Mā 'Anfaqtum Min Shay'in Fahuwa Yukhlifuhu Wa Huwa Khayru Ar-Rāziqīna 034-039 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ. قُلْ إِ‍نّ‍‍َ رَبِّي يَ‍‍ب‍‍ْسُطُ ا‍لرِّزْقَ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ وَيَ‍‍ق‍‍ْدِ‍ر‍ُ لَهُ وَمَ‍‍ا‍ أَن‍فَ‍‍ق‍‍ْتُ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ا‍لرَّازِق‍‍ِ‍ي‍نَ
Wa Yawma Yaĥshuruhum Jamī`āan Thumma Yaqūlu Lilmalā'ikati 'Ahā'uulā' 'Īyākum Kānū Ya`budūna 034-040 އެކަލާނގެ އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ދެން އެކަލާނގެ ملائكة ންނަށް وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އަޅުކަންކުރާކަމުގައިވީ މިތިބަމީހުން ހެއްޔެވެ؟ وَيَوْمَ يَحْشُرُهُمْ جَمِيعا‍ً ثُ‍‍م‍ّ‍‍َ يَق‍‍ُ‍و‍لُ لِلْمَلاَئِكَةِ أَه‍‍َ‍ا‍ؤُلاَء إِيَّاكُمْ كَانُو‍‍ا‍ يَعْبُد‍ُو‍نَ
Qālū Subĥānaka 'Anta Walīyunā Min Dūnihim Bal Kānū Ya`budūna Al-Jinna 'Aktharuhum Bihim Mu'uminūna 034-041 އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް إيمان ވެގެންނެވެ. قَالُو‍‍ا‍ سُ‍‍ب‍‍ْحَانَكَ أَ‍ن‍‍ْتَ وَلِيُّنَا مِ‍‍ن‍ْ دُونِهِ‍‍م‍ْ بَلْ كَانُو‍‍ا‍ يَعْبُد‍ُو‍نَ ا‍لْجِ‍‍ن‍ّ‍‍َ أَكْثَرُهُ‍‍م‍ْ بِهِ‍‍م‍ْ مُؤْمِن‍‍ُ‍و‍نَ
Fālyawma Lā Yamliku Ba`đukum Liba`đin Naf`āan Wa Lā Đarrāan Wa Naqūlu Lilladhīna Žalamū Dhūqū `Adhāba An-Nāri Allatī Kuntum Bihā Tukadhdhibūn 034-042 ފަހެ، މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއްބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެތެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! فَالْيَوْمَ لاَ يَمْلِكُ بَعْضُكُمْ لِبَعْض‍‍‍ٍ نَفْعا‍ً وَلاَ ضَرّا‍ً وَنَق‍‍ُ‍و‍لُ لِلَّذ‍ِي‍نَ ظَلَمُو‍‍ا‍ ذُوقُو‍‍ا‍ عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ ا‍لَّتِي كُ‍‍ن‍تُ‍‍م‍ْ بِهَا تُكَذِّبُون
Wa 'Idhā Tutlá `Alayhim 'Āyātunā Bayyinātin Qālū Mā Hādhā 'Illā Rajulun Yurīdu 'An Yaşuddakum `Ammā Kāna Ya`budu 'Ābā'uukum Wa Qālū Mā Hādhā 'Illā 'Ifkun Muftaráan Wa Qāla Al-Ladhīna Kafarū Lilĥaqqi Lammā Jā'ahum 'In Hādhā 'Illā Siĥrun Mubīnun 034-043 އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށްއުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް قصد ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: رسول އާ) ނުވެތެވެ. އަދި އެއުރެން ބުނެތެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (قرآن) ނުވެތެވެ. އަދިއެއުރެންނަށް، حق قرآن އައިހިނދު، އެ قرآن އާމެދު كافر ވިމީހުން ބުނޫއެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެތެވެ. وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّن‍‍َ‍ا‍ت‍‍‍ٍ قَالُو‍‍ا‍ مَا هَذَا إِلاَّ رَجُل‍‍‍ٌ يُ‍‍ر‍‍ِي‍دُ أَ‍ن‍ْ يَصُدَّكُمْ عَ‍‍م‍ّ‍‍َا ك‍‍َ‍ا‍نَ يَعْبُدُ آب‍‍َ‍ا‍ؤُكُمْ وَقَالُو‍‍ا‍ مَا هَذَا إِلاَّ إِفْك‍‍‍ٌ مُفْتَرى‍ً وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لِلْحَقِّ لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ إِنْ هَذَا إِلاَّ سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Mā 'Ātaynāhum Min Kutubin Yadrusūnahā Wa Mā 'Arsalnā 'Ilayhim Qablaka Min Nadhīrin 034-044 އަދި އެއުރެން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުދެއްވަމެވެ. އަދި އެއުރެންގެގާތަށް ބިރުވެރިކަމުގެ خبر ދެއްވާ އެއްވެސް رسول އަކު ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ. وَمَ‍‍ا آتَيْنَاهُ‍‍م‍ْ مِ‍‍ن‍ْ كُتُب‍‍‍ٍ يَ‍‍د‍‍ْرُسُونَهَا وَمَ‍‍ا‍ أَرْسَلْنَ‍‍ا إِلَيْهِمْ قَ‍‍ب‍‍ْلَكَ مِ‍‍ن‍ْ نَذ‍ِي‍ر‍ٍ
Wa Kadhdhaba Al-Ladhīna Min Qablihim Wa Mā Balaghū Mi`shāra Mā 'Ātaynāhum Fakadhdhabū Rusulī Fakayfa Kāna Nakīri 034-045 އަދި އެއުރެންގެ ކުރީގެ މީހުންވެސް ދޮގުކުރޫއެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމަޔަށްވެސް އެއުރެންނެއް (އެބަހީ: مكة ގެ مشرك ން) ނުފޯރަތެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން ދޮގުކުޅައޫއެވެ. ފަހެ، ތިމަންރަސްކަލާނގެ إنكار ކުރެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟ وَكَذَّبَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ وَمَا بَلَغُو‍‍ا‍ مِعْش‍‍َ‍ا‍رَ مَ‍‍ا آتَيْنَاهُمْ فَكَذَّبُو‍‍ا‍ رُسُلِي فَكَيْفَ ك‍‍َ‍ا‍نَ نَك‍‍ِ‍ي‍رِ
Qul 'Innamā 'A`ižukum Biwāĥidatin 'An Taqūmū Lillahi Mathná Wa Furādá Thumma Tatafakkarū Mā Bişāĥibikum Min Jinnatin 'In Huwa 'Illā Nadhīrun Lakum Bayna Yaday `Adhābin Shadīdin 034-046 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް نصيحة ތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން اللَّه އަށްޓަކައި (حق މަގު ހޯދުމުގައި) قائم ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) ގެ ކިބައިގައިއެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ عذاب އެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ خبر ދެއްވާ رسول އަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. قُلْ إِ‍نّ‍‍َمَ‍‍ا‍ أَعِظُكُ‍‍م‍ْ بِوَاحِدَةٍ أَ‍ن‍ْ تَقُومُو‍‍ا‍ لِلَّهِ مَثْنَى وَفُرَادَى ثُ‍‍م‍ّ‍‍َ تَتَفَكَّرُوا‍ مَا بِصَاحِبِكُ‍‍م‍ْ مِ‍‍ن‍ْ جِ‍‍ن‍ّ‍‍َة‍‍‍ٍ إِنْ هُوَ إِلاَّ نَذ‍ِي‍ر‍ٌ لَكُ‍‍م‍ْ بَيْنَ يَدَيْ عَذ‍َا‍ب‍‍‍ٍ شَد‍ِي‍‍د‍ٍ
Qul Mā Sa'altukum Min 'Ajrin Fahuwa Lakum 'In 'Ajriya 'Illā `Alá Al-Lahi Wa Huwa `Alá Kulli Shay'in Shahīdun 034-047 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރަައަކަށް ތިމަންއެދިފައިވާނަމަ، ފަހެ، އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން اللَّه އަށް މެނުވީ ނުވެތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ مَا سَأَلْتُكُ‍‍م‍ْ مِنْ أَ‍ج‍‍ْر‍ٍ فَهُوَ لَكُمْ إِنْ أَ‍ج‍‍ْ‍‍ر‍‍ِيَ إِلاَّ عَلَى ا‍للَّهِ وَهُوَ عَلَى كُلِّ شَيْء‍ٍ شَه‍‍ِ‍ي‍‍د‍ٌ
Qul 'Inna Rabbī Yaqdhifu Bil-Ĥaqqi `Allāmu Al-Ghuyūbi 034-048 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حق ގޮތް ފޮނުއްވަތެވެ. (އެކަލާނގެއީ) غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ إِ‍نّ‍‍َ رَبِّي يَ‍‍ق‍‍ْذِفُ بِ‍‍ا‍لْحَقِّ عَلاَّمُ ا‍لْغُي‍‍ُ‍و‍ب‍ِ
Qul Jā'a Al-Ĥaqqu Wa Mā Yubdi'u Al-Bāţilu Wa Mā Yu`īdu 034-049 ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ. قُلْ ج‍‍َ‍ا‍ءَ ا‍لْحَقُّ وَمَا يُ‍‍ب‍‍ْدِئُ ا‍لْبَاطِلُ وَمَا يُع‍‍ِ‍ي‍‍د‍ُ
Qul 'In Đalaltu Fa'innamā 'Ađillu `Alá Nafsī Wa 'Ini Ahtadaytu Fabimā Yūĥī 'Ilayya Rabbī 'Innahu Samī`un Qarībun 034-050 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ نفس ގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ نفس އަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ وحى ގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ إِ‍ن‍ْ ضَلَلْتُ فَإِ‍نّ‍‍َمَ‍‍ا‍ أَضِلُّ عَلَى نَفْسِي وَإِنِ ا‍هْتَدَيْتُ فَبِمَا يُوحِ‍‍ي إِلَيَّ رَبِّ‍‍ي إِ‍نّ‍‍َهُ سَم‍‍ِ‍ي‍ع‍‍‍ٌ قَ‍‍ر‍‍ِي‍‍ب‍‍ٌ
Wa Law Tará 'Idh Fazi`ū Falā Fawta Wa 'Ukhidhū Min Makānin Qarībin 034-051 އެއުރެން (قيامة ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ. وَلَوْ تَرَى إِذْ فَزِعُو‍‍ا‍ فَلاَ فَوْتَ وَأُخِذُوا‍ مِ‍‍ن‍ْ مَك‍‍َ‍ا‍ن‍‍‍ٍ قَ‍‍ر‍‍ِي‍‍ب‍‍ٍ
Wa Qālū 'Āmannā Bihi Wa 'Anná Lahumu At-Tanāwushu Min Makānin Ba`īdin 034-052 އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ إيمان ކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ وَقَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا بِهِ وَأَ‍نّ‍‍َى لَهُمُ ا‍لتَّنَاوُشُ مِ‍‍ن‍ْ مَك‍‍َ‍ا‍ن‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Wa Qad Kafarū Bihi Min Qablu Wa Yaqdhifūna Bil-Ghaybi Min Makānin Ba`īdin 034-053 މީގެކުރިން އެއުރެންވަނީ އެ قرآن އަށް كافر ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެއުރެން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނޫއެވެ. وَقَ‍‍د‍ْ كَفَرُوا‍ بِهِ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَيَ‍‍ق‍‍ْذِف‍‍ُ‍و‍نَ بِ‍‍ا‍لْغَيْبِ مِ‍‍ن‍ْ مَك‍‍َ‍ا‍ن‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Wa Ĥīla Baynahum Wa Bayna Mā Yashtahūna Kamā Fu`ila Bi'ashyā`ihim Min Qablu 'Innahum Kānū Fī Shakkin Murībin 034-054 އަދި އެއުރެން އެދޭކަންތަކާއި، އެއުރެންނާދެމެދު ހުރަސްއެޅުއްވިއެވެ. އެއުރެންނާ އެއްފަދަވެގެންވާ މީހުންނާމެދު، ކުރިން ކަންތައްކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން، އެއުރެންވީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައެވެ. وَح‍‍ِ‍ي‍لَ بَيْنَهُمْ وَبَيْنَ مَا يَشْتَه‍‍ُ‍و‍نَ كَمَا فُعِلَ بِأَشْيَاعِهِ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلُ إِ‍نّ‍‍َهُمْ كَانُو‍‍ا‍ فِي شَكّ‍‍‍ٍ مُ‍‍ر‍‍ِي‍‍ب‍‍ٍ
Next Sūrah