27) Sūrat An-Naml

Printed format

27) سُورَة النَّمل

Ţā-Sīn Tilka 'Āyātu Al-Qur'āni Wa Kitābin Mubīnin 027-001 ط س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ކީރިތި قرآن ގެ އަދި ބަޔާންވެގެންވާ ފޮތެއްގެ آية ތަކެވެ. (އެބަހީ: ބަޔާންވެގެންވާ ފޮތެއްކަމުގައިވާ قرآن ގެ آية ތަކެވެ.) طَا-سِي‍‍ن تِلْكَ آي‍‍َ‍ا‍تُ ا‍لْقُرْآنِ وَكِت‍‍َ‍ا‍ب‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Hudáan Wa Bushrá Lilmu'uminīna 027-002 (އެއީ) مؤمن ންނަށް ތެދުމަގެކެވެ. އަދި އުފާވެރި خبر އެއްމެއެވެ. هُ‍‍دى‍ً وَبُشْرَى لِلْمُؤْمِن‍‍ِ‍ي‍نَ
Al-Ladhīna Yuqīmūna Aş-Şalāata Wa Yu'utūna Az-Zakāata Wa Hum Bil-'Ākhirati Hum Yūqinūna 027-003 އެއުރެންނީ ނަމާދު قائم ކޮށް، زكاة ދީ، އަދި آخرة ދުވަހާމެދު يقين ކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ يُقِيم‍‍ُ‍و‍نَ ا‍لصَّلاَةَ وَيُؤْت‍‍ُ‍و‍نَ ا‍لزَّك‍‍َ‍ا‍ةَ وَهُ‍‍م‍ْ بِ‍‍ا‍لآخِرَةِ هُمْ يُوقِن‍‍ُ‍و‍نَ
'Inna Al-Ladhīna Lā Yu'uminūna Bil-'Ākhirati Zayyannā Lahum 'A`mālahum Fahum Ya`mahūna 027-004 ހަމަކަށަވަރުން، آخرة ދުވަހަށް إيمان ނުވާމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންގެ عمل ތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެއުރެންވަނީ حيران ވެ، ދެފުށުއެޅޭ حال ގައެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ زَيَّ‍‍ن‍ّ‍‍َا لَهُمْ أَعْمَالَهُمْ فَهُمْ يَعْمَه‍‍ُ‍و‍نَ
'Ūlā'ika Al-Ladhīna Lahum Sū'u Al-`Adhābi Wa Hum Al-'Ākhirati Humu Al-'Akhsarūna 027-005 އެއުރެންނީ އެއުރެންނަށް ނުބައިވެގެންވާ عذاب ހުރި މީހުންނެވެ. އަދި އެއުރެންނީ آخرة ގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ لَهُمْ س‍‍ُ‍و‍ءُ ا‍لْعَذ‍َا‍بِ وَهُمْ فِي ا‍لآخِرَةِ هُمُ ا‍لأَخْسَر‍ُو‍نَ
Wa 'Innaka Latulaqqá Al-Qur'āna Min Ladun Ĥakīmin `Alīmin 027-006 ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة ންކަން ކަށަވަރެވެ. وَإِ‍نّ‍‍َكَ لَتُلَقَّى ا‍لْقُرْآنَ مِ‍‍ن‍ْ لَدُنْ حَك‍‍ِ‍ي‍مٍ عَل‍‍ِ‍ي‍م‍‍‍ٍ
'Idh Qāla Mūsá Li'hlihi 'Innī 'Ānastu Nārāan Sa'ātīkum Minhā Bikhabarin 'Aw 'Ātīkum Bishihābin Qabasin La`allakum Taşţalūna 027-007 موسى ގެފާނު އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެތަނުން خبر އަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާހުށީމެވެ. ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް ހުޅުކޮޅެއް ގެންނަވާހުށީމެވެ. إِذْ ق‍‍َ‍ا‍لَ مُوسَى لِأهْلِهِ إِ‍نّ‍‍ِ‍‍ي آنَسْتُ نَارا‍ً سَآتِيكُ‍‍م‍ْ مِنْهَا بِخَبَرٍ أَوْ آتِيكُ‍‍م‍ْ بِشِه‍‍َ‍ا‍ب‍‍‍ٍ قَبَس‍‍‍ٍ لَعَلَّكُمْ تَصْطَل‍‍ُ‍و‍نَ
Falammā Jā'ahā Nūdiya 'Anrika Man An-Nāri Wa Man Ĥawlahā Wa Subĥāna Al-Lahi Rabbi Al-`Ālamīna 027-008 ފަހެ، موسى ގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: موسى ގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: ملائكة ންނަށް) بركات ލައްވާފައިވެއެވެ. عالم ތަކުގެ ވެރި اللَّه، ހުސްطاهر ވަންތަވެވޮޑިގެންވެއެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهَا نُودِيَ أَ‍ن‍ْ بُو‍ر‍‍ِكَ مَ‍‍ن‍ْ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَمَنْ حَوْلَهَا وَسُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍للَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Yā Mūsá 'Innahu 'Anā Al-Lahu Al-`Azīzu Al-Ĥakīmu 027-009 އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ اللَّه އެވެ. يَا مُوسَى إِ‍نّ‍‍َهُ أَنَا ا‍للَّهُ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Wa 'Alqi `Aşāka Falammā Ra'āhā Tahtazzu Ka'annahā Jānnun Wallá Mudbirāan Wa Lam Yu`aqqib Yā Mūsá Lā Takhaf 'Innī Lā Yakhāfu Ladayya Al-Mursalūna 027-010 އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފަޔެއްހެން ހެލިފެލިވާތީ، ފެނިވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ދެން وحى ކުރެއްވިއެވެ.) އޭ موسى ގެފާނެވެ! ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި رسول ން (އެއްވެސް އެއްޗެއް ދެކެ) ބިރުފުޅެއް ނުގަންނާނެތެވެ. وَأَلْقِ عَص‍‍َ‍ا‍كَ فَلَ‍‍م‍ّ‍‍َا رَآهَا تَهْتَزُّ كَأَ‍نّ‍‍َهَا ج‍‍َ‍ا‍نّ‍‍‍ٌ وَلَّى مُ‍‍د‍‍ْبِرا‍ً وَلَمْ يُعَقِّ‍‍ب‍ْ يَا مُوسَى لاَ تَخَفْ إِ‍نّ‍‍ِي لاَ يَخ‍‍َ‍ا‍فُ لَدَيَّ ا‍لْمُرْسَل‍‍ُ‍و‍نَ
'Illā Man Žalama Thumma Baddala Ĥusnāan Ba`da Sū'in Fa'innī Ghafūrun Raĥīmun 027-011 އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށްފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. إِلاَّ مَ‍‍ن‍ْ ظَلَمَ ثُ‍‍م‍ّ‍‍َ بَدَّلَ حُسْنا‍ً بَعْدَ س‍‍ُ‍و‍ء‍ٍ فَإِ‍نّ‍‍ِي غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa 'Adkhil Yadaka Fī Jaybika Takhruj Bayđā'a Min Ghayri Sū'in Fī Tis`i 'Āyātin 'Ilá Fir`awna Wa Qawmihi 'Innahum Kānū Qawmāan Fāsiqīna 027-012 އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. فرعون އާއި، އޭނާގެ قوم ގެމީހުންނަށް ފޮނުއްވި ނުވަ معجزات ގެ ތެރެއިންނެވެ. ހަމަކަށަވަރުން، فاسق ބަޔަކުކަމުގައި، އެއުރެންވޫއެވެ. وَأَ‍د‍‍ْخِلْ يَدَكَ فِي جَيْبِكَ تَخْرُ‍ج‍ْ بَيْض‍‍َ‍ا‍ءَ مِنْ غَيْ‍‍ر‍ِ س‍‍ُ‍و‍ء‍ٍ فِي تِسْعِ آي‍‍َ‍ا‍ت‍‍‍ٍ إِلَى فِرْعَوْنَ وَقَوْمِهِ إِ‍نّ‍‍َهُمْ كَانُو‍‍ا‍ قَوْما‍ً فَاسِق‍‍ِ‍ي‍نَ
Falammā Jā'at/hum 'Āyātunā Mubşiratan Qālū Hādhā Siĥrun Mubīnun 027-013 ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَتْهُمْ آيَاتُنَا مُ‍‍ب‍‍ْصِرَة‍‍‍ً قَالُو‍‍ا‍ هَذَا سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Jaĥadū Bihā Wa Astayqanat/hā 'Anfusuhum Žulmāan Wa `Ulūwāannžur Kayfa Kāna `Āqibatu Al-Mufsidīna 027-014 އަދި އެ آية ތައް އެއީ، ތެދުކަން އެއުރެންގެ نفس ތަކަށް يقين ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آية ތަކަށް އެއުރެން إنكار ކުރޫއެވެ. ފަހެ، فساد ކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! وَجَحَدُوا‍ بِهَا وَا‍سْتَيْقَنَتْهَ‍‍ا‍ أَ‍ن‍‍ْفُسُهُمْ ظُلْما‍ً وَعُلُوّا‍ً فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُفْسِد‍ِي‍نَ
Wa Laqad 'Ātaynā Dāwūda Wa Sulaymāna `Ilmāan Wa Qālā Al-Ĥamdu Lillahi Al-Ladhī Fađđalanā `Alá Kathīrin Min `Ibādihi Al-Mu'uminīna 027-015 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ. وَلَقَ‍‍د‍ْ آتَيْنَا دَاو‍ُو‍دَ وَسُلَيْم‍‍َ‍ا‍نَ عِلْما‍ً وَقَالاَ ا‍لْحَمْدُ لِلَّهِ ا‍لَّذِي فَضَّلَنَا عَلَى كَث‍‍ِ‍ي‍ر‍ٍ مِنْ عِبَادِهِ ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Waritha Sulaymānu Dāwūda Wa Qāla Yā 'Ayyuhā An-Nāsu `Ullimnā Manţiqa Aţ-Ţayri Wa 'Ūtīnā Min Kulli Shay'in 'Inna Hādhā Lahuwa Al-Fađlu Al-Mubīnu 027-016 އަދި داود ގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، سليمان ގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ فضل ވަންތަ ކަމެއްކަން ކަށަވަރެވެ. وَوَر‍‍ِثَ سُلَيْم‍‍َ‍ا‍نُ دَاو‍ُو‍دَ وَق‍‍َ‍ا‍لَ ي‍‍َ‍ا‍أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ عُلِّمْنَا مَ‍‍ن‍طِقَ ا‍لطَّيْ‍‍ر‍ِ وَأ‍ُ‍وتِينَا مِ‍‍ن‍ْ كُلِّ شَيْء‍ٍ إِ‍نّ‍‍َ هَذَا لَهُوَ ا‍لْفَضْلُ ا‍لْمُب‍‍ِ‍ي‍نُ
Wa Ĥushira Lisulaymāna Junūduhu Mina Al-Jinni Wa Al-'Insi Wa Aţ-Ţayri Fahum Yūza`ūna 027-017 އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمان ގެފާނަށް އެކަލޭގެފާނުގެ لشكر އެއްކުރެއްވުނެވެ. ފަހެ، އެ لشكر އެތުރިގެންވެއެވެ. وَحُشِ‍‍ر‍َ لِسُلَيْم‍‍َ‍ا‍نَ جُنُودُهُ مِنَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِ‍ن‍‍ْسِ وَا‍لطَّيْ‍‍ر‍ِ فَهُمْ يُوزَع‍‍ُ‍و‍نَ
Ĥattá 'Idhā 'Ataw `Alá Wādī An-Namli Qālat Namlatun Yā 'Ayyuhā An-Namlu Adkhulū Masākinakum Lā Yaĥţimannakum Sulaymānu Wa Junūduhu Wa Hum Lā Yash`urūna 027-018 (ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ. حَتَّى إِذَا أَتَوْا عَلَى وَا‍دِي ا‍ل‍‍ن‍ّ‍‍َمْلِ قَالَتْ نَمْلَة‍‍‍ٌ ي‍‍َ‍ا‍أَيُّهَا ا‍ل‍‍ن‍ّ‍‍َمْلُ ا‍د‍‍ْخُلُو‍‍ا‍ مَسَاكِنَكُمْ لاَ يَحْطِمَ‍‍ن‍ّ‍‍َكُمْ سُلَيْم‍‍َ‍ا‍نُ وَجُنُودُهُ وَهُمْ لاَ يَشْعُر‍ُو‍نَ
Fatabassama Đāĥikāan Min Qawlihā Wa Qāla Rabbi 'Awzi`nī 'An 'Ashkura Ni`mataka Allatī 'An`amta `Alayya Wa `Alá Wa A-Dayya Wa 'An 'A`mala Şāliĥāan Tarđāhu Wa 'Adkhilnī Biraĥmatika Fī `Ibādika Aş-Şāliĥīna 027-019 ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! فَتَبَسَّمَ ضَاحِكا‍ً مِ‍‍ن‍ْ قَوْلِهَا وَق‍‍َ‍ا‍لَ رَبِّ أَوْزِعْنِ‍‍ي‍ أَنْ أَشْكُرَ نِعْمَتَكَ ا‍لَّتِ‍‍ي‍ أَنْعَمْتَ عَلَيَّ وَعَلَى وَا‍لِدَيَّ وَأَنْ أَعْمَلَ صَالِحا‍ً تَرْض‍‍َ‍ا‍هُ وَأَ‍د‍‍ْخِلْنِي بِرَحْمَتِكَ فِي عِبَادِكَ ا‍لصَّالِح‍‍ِ‍ي‍نَ
Wa Tafaqqada Aţ-Ţayra Faqāla Mā Lī Lā 'Ará Al-Hud/huda 'Am Kāna Mina Al-Ghā'ibīna 027-020 އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟ وَتَفَقَّدَ ا‍لطَّيْرَ فَق‍‍َ‍ا‍لَ مَا لِي لاَ أَرَى ا‍لْهُ‍‍د‍‍ْهُدَ أَمْ ك‍‍َ‍ا‍نَ مِنَ ا‍لْغ‍‍َ‍ا‍ئِب‍‍ِ‍ي‍نَ
La'u`adhdhibannahu `Adhābāan Shadīdāan 'Aw La'adhbaĥannahu 'Aw Laya'tiyanī Bisulţānin Mubīnin 027-021 ހަމަކަށަވަރުން،(އޭތީގެ عذر އެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ. لَأُعَذِّبَ‍‍ن‍ّ‍‍َهُ عَذَابا‍ً شَدِيداً أَوْ لَأَذْبَحَ‍‍ن‍ّ‍‍َهُ أَوْ لَيَأْتِيَنِي بِسُلْط‍‍َ‍ا‍ن‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Famakatha Ghayra Ba`īdin Faqāla 'Aĥaţtu Bimā Lam Tuĥiţ Bihi Wa Ji'tuka Min Saba'iin Binaba'iin Yaqīnin 027-022 ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمن ކަރައިގެ) سبإ އިން يقين ވެގެންވާ خبر އަކާއިގެންނެވެ. فَمَكَثَ غَيْرَ بَع‍‍ِ‍ي‍د‍ٍ فَق‍‍َ‍ا‍لَ أَحَ‍‍ط‍تُ بِمَا لَمْ تُحِ‍‍ط‍ْ بِهِ وَجِئْتُكَ مِ‍‍ن‍ْ سَبَإ‍ٍ بِنَبَإ‍ٍ يَق‍‍ِ‍ي‍ن‍‍‍ٍ
'Innī Wa Jadttu Amra'atan Tamlikuhum Wa 'Ūtiyat Min Kulli Shay'in Wa Lahā `Arshun `Ažīmun 027-023 އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ. إِ‍نّ‍‍ِي وَجَ‍‍د‍تُّ ا‍مْرَأَة‍‍‍ً تَمْلِكُهُمْ وَأ‍ُ‍وتِيَتْ مِ‍‍ن‍ْ كُلِّ شَيْء‍ٍ وَلَهَا عَرْشٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Jadtuhā Wa Qawmahā Yasjudūna Lilshshamsi Min Dūni Al-Lahi Wa Zayyana Lahumu Ash-Shayţānu 'A`mālahum Faşaddahum `Ani As-Sabīli Fahum Lā Yahtadūna 027-024 އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. وَجَ‍‍د‍‍ْتُهَا وَقَوْمَهَا يَسْجُد‍ُو‍نَ لِلشَّمْسِ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَزَيَّنَ لَهُمُ ا‍لشَّيْط‍‍َ‍ا‍نُ أَعْمَالَهُمْ فَصَدَّهُمْ عَنِ ا‍لسَّب‍‍ِ‍ي‍لِ فَهُمْ لاَ يَهْتَد‍ُو‍نَ
'Allā Yasjudū Lillahi Al-Ladhī Yukhriju Al-Khab'a Fī As-Samāwāti Wa Al-'Arđi Wa Ya`lamu Mā Tukhfūna Wa Mā Tu`linūna 027-025 އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. أَلاَّ يَسْجُدُوا‍ لِلَّهِ ا‍لَّذِي يُخْ‍‍ر‍‍ِجُ ا‍لْخَ‍‍ب‍‍ْءَ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَيَعْلَمُ مَا تُخْف‍‍ُ‍و‍نَ وَمَا تُعْلِن‍‍ُ‍و‍نَ
Al-Lahu Lā 'Ilāha 'Illā Huwa Rabbu Al-`Arshi Al-`Ažīmi 027-026 اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ. ا‍للَّهُ لاَ إِلَهَ إِلاَّ هُوَ رَبُّ ا‍لْعَرْشِ ا‍لْعَظ‍‍ِ‍ي‍مِ
Qāla Sananžuru 'Aşadaqta 'Am Kunta Mina Al-Kādhibīna 027-027 އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ. ق‍َا‍لَ سَنَ‍‍ن‍ظُرُ أَصَدَ‍ق‍‍ْتَ أَمْ كُ‍‍ن‍تَ مِنَ ا‍لْكَاذِب‍‍ِ‍ي‍نَ
Adh/hab Bikitābī Hādhā Fa'alqih 'Ilayhim Thumma Tawalla `Anhumnžur Mādhā Yarji`ūna 027-028 އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ! ا‍ذْهَ‍‍ب بِكِتَابِي هَذَا فَأَلْقِه إِلَيْهِمْ ثُ‍‍م‍ّ‍‍َ تَوَلَّ عَنْهُمْ فَان‍ظُرْ مَاذَا يَرْجِع‍‍ُ‍و‍نَ
Qālat Yā 'Ayyuhā Al-Mala'u 'Innī 'Ulqiya 'Ilayya Kitābun Karīmun 027-029 (ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. قَالَتْ يَ‍‍ا‍ أَيُّهَا ا‍لمَلَأُ إِ‍نّ‍‍ِ‍‍ي‍ أُلْقِيَ إِلَيَّ كِت‍‍َ‍ا‍ب‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
'Innahu Min Sulaymāna Wa 'Innahu Bismi Al-Lahi Ar-Raĥmāni Ar-Raĥīmi 027-030 އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.) إِ‍نّ‍‍َهُ مِ‍‍ن‍ْ سُلَيْم‍‍َ‍ا‍نَ وَإِ‍نّ‍‍َهُ بِسْمِ ا‍للَّهِ ا‍لرَّحْمَنِ ا‍لرَّح‍‍ِ‍ي‍مِ
'Allā Ta`lū `Alayya Wa 'Tūnī Muslimīna 027-031 ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެންތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! أَلاَّ تَعْلُو‍‍ا‍ عَلَيَّ وَأْتُونِي مُسْلِم‍‍ِ‍ي‍نَ
Qālat Yā 'Ayyuhā Al-Mala'u 'Aftūnī Fī 'Amrī Mā Kuntu Qāţi`atan 'Amrāan Ĥattá Tash/hadūni 027-032 އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ. قَالَتْ ي‍‍َ‍ا‍أَيُّهَا ا‍لمَلَأُ أَفْتُونِي فِ‍‍ي‍ أَمْ‍‍ر‍‍ِي مَا كُ‍‍ن‍تُ قَاطِعَةً أَمْراً حَتَّى تَشْهَد‍ُو‍نِ
Qālū Naĥnu 'Ūlū Qūwatin Wa 'Ūlū Ba'sin Shadīdin Wa Al-'Amru 'Ilayki Fānžurī Mādhā Ta'murīna 027-033 އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ! قَالُو‍‍ا‍ نَحْنُ أ‍ُ‍وْلُو‍‍ا‍ قُوَّة‍‍‍ٍ وَأ‍ُ‍ولُو‍‍ا‍ بَأْس‍‍‍ٍ شَد‍ِي‍د‍ٍ وَا‍لأَمْرُ إِلَيْكِ فَان‍ظُ‍‍ر‍‍ِي مَاذَا تَأْمُ‍‍ر‍‍ِي‍نَ
Qālat 'Inna Al-Mulūka 'Idhā Dakhalū Qaryatan 'Afsadūhā Wa Ja`alū 'A`izzata 'Ahlihā 'Adhillatan Wa Kadhalika Yaf`alūna 027-034 އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ. قَالَتْ إِ‍نّ‍‍َ ا‍لْمُل‍‍ُ‍و‍كَ إِذَا دَخَلُو‍‍ا‍ قَرْيَةً أَفْسَدُوهَا وَجَعَلُ‍‍و‍‍ا‍ أَعِزَّةَ أَهْلِهَ‍‍ا‍ أَذِلَّة‍‍‍ً وَكَذَلِكَ يَفْعَل‍‍ُ‍و‍نَ
Wa 'Innī Mursilatun 'Ilayhim Bihadīyatin Fanāžiratun Bima Yarji`u Al-Mursalūna 027-035 އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ. وَإِ‍نّ‍‍ِي مُرْسِلَة‍‍‍ٌ إِلَيْهِ‍‍م‍ْ بِهَدِيَّة‍‍‍ٍ فَنَاظِرَة‍‍‍ٌ بِمَ يَرْجِعُ ا‍لْمُرْسَل‍‍ُ‍و‍نَ
Falammā Jā'a Sulaymāna Qāla 'Atumiddūnani Bimālin Famā 'Ātāniya Al-Lahu Khayrun Mimmā 'Ātākum Bal 'Antum Bihadīyatikum Tafraĥūna 027-036 ފަހެ (އެކަމަނާ ފޮނުއްވި) މީހުންسليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَ سُلَيْم‍‍َ‍ا‍نَ ق‍‍َ‍ا‍لَ أَتُمِدُّونَنِ بِم‍‍َ‍ا‍ل‍‍‍ٍ فَمَ‍‍ا آتَانِيَ ا‍للَّهُ خَيْر‍ٌ مِ‍‍م‍ّ‍‍َ‍‍ا آتَاكُ‍‍م‍ْ بَلْ أَ‍ن‍‍ْتُ‍‍م‍ْ بِهَدِيَّتِكُمْ تَفْرَح‍‍ُ‍و‍نَ
Arji` 'Ilayhim Falana'tiyannahum Bijunūdin Lā Qibala Lahum Bihā Wa Lanukhrijannahum Minhā 'Adhillatan Wa Hum Şāghirūna 027-037 ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكر އަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ. ا‍رْجِعْ إِلَيْهِمْ فَلَنَأْتِيَ‍‍ن‍ّ‍‍َهُ‍‍م‍ْ بِجُن‍‍ُ‍و‍د‍ٍ لاَ قِبَلَ لَهُ‍‍م‍ْ بِهَا وَلَنُخْ‍‍ر‍‍ِجَ‍‍ن‍ّ‍‍َهُ‍‍م‍ْ مِنْهَ‍‍ا‍ أَذِلَّة‍‍‍ً وَهُمْ صَاغِر‍ُو‍نَ
Qāla Yā 'Ayyuhā Al-Mala'u 'Ayyukum Ya'tīnī Bi`arshihā Qabla 'An Ya'tūnī Muslimīna 027-038 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ ق‍َا‍لَ ي‍‍َ‍ا‍أَيُّهَا ا‍لمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَ‍‍ب‍‍ْلَ أَ‍ن‍ْ يَأْتُونِي مُسْلِم‍‍ِ‍ي‍نَ
Qāla `Ifrytun Mina Al-Jinni 'Anā 'Ātīka Bihi Qabla 'An Taqūma Min Maqāmika Wa 'Innī `Alayhi Laqawīyun 'Amīnun 027-039 ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން،ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ. ق‍َا‍لَ عِفْريت‍‍‍ٌ مِنَ ا‍لْجِ‍‍ن‍ّ‍‍ِ أَنَ‍‍ا آت‍‍ِ‍ي‍كَ بِهِ قَ‍‍ب‍‍ْلَ أَ‍ن‍ْ تَق‍‍ُ‍و‍مَ مِ‍‍ن‍ْ مَقَامِكَ وَإِ‍نّ‍‍ِي عَلَيْهِ لَقَوِيٌّ أَم‍‍ِ‍ي‍ن‍‍‍ٌ
Qāla Al-Ladhī `Indahu `Ilmun Mina Al-Kitābi 'Anā 'Ātīka Bihi Qabla 'An Yartadda 'Ilayka Ţarfuka Falammā Ra'āhu Mustaqirrāan `Indahu Qāla Hādhā Min Fađli Rabbī Liyabluwanī 'A'ashkuru 'Am 'Akfuru Wa Man Shakara Fa'innamā Yashkuru Linafsihi Wa Man Kafara Fa'inna RabGhanīyun Karīmun 027-040 (ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ ا‍لَّذِي عِ‍‍ن‍‍ْدَهُ عِلْم‍‍‍ٌ مِنَ ا‍لْكِت‍‍َ‍ا‍بِ أَنَ‍‍ا آت‍‍ِ‍ي‍كَ بِهِ قَ‍‍ب‍‍ْلَ أَ‍ن‍ْ يَرْتَدَّ إِلَيْكَ طَرْفُكَ فَلَ‍‍م‍ّ‍‍َا رَآهُ مُسْتَقِرّاً عِ‍‍ن‍‍ْدَهُ ق‍‍َ‍ا‍لَ هَذَا مِ‍‍ن‍ْ فَضْلِ رَبِّي لِيَ‍‍ب‍‍ْلُوَنِ‍‍ي‍ أَأَشْكُرُ أَمْ أَكْفُرُ وَمَ‍‍ن‍ْ شَكَرَ فَإِ‍نّ‍‍َمَا يَشْكُرُ لِنَفْسِهِ وَمَ‍‍ن‍ْ كَفَرَ فَإِ‍نّ‍‍َ رَبِّي غَنِيّ‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
Qāla Nakkirū Lahā `Arshahā Nanžur 'Atahtadī 'Am Takūnu Mina Al-Ladhīna Lā Yahtadūna 027-041 އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ تخت ގެ ސިފަ ބަދަލުކޮށްލާށެވެ! ق‍َا‍لَ نَكِّرُوا‍ لَهَا عَرْشَهَا نَ‍‍ن‍ظُرْ أَتَهْتَدِي أَمْ تَك‍‍ُ‍و‍نُ مِنَ ا‍لَّذ‍ِي‍نَ لاَ يَهْتَد‍ُو‍نَ
Falammā Jā'at Qīla 'Ahakadhā `Arshuki Qālat Ka'annahu Huwa Wa 'Ūtīnā Al-`Ilma Min Qablihā Wa Kunnā Muslimīna 027-042 ފަހެ، އެކަމަނާ ވަޑައިގަތުމުންދެންނެވިއެވެ. ކަމަނާގެ تخت ވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمان ގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން مسلم ންކަމުގައި ވީމުއެވެ. فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَتْ ق‍‍ِ‍ي‍لَ أَهَكَذَا عَرْشُكِ قَالَتْ كَأَ‍نّ‍‍َهُ هُوَ وَأ‍ُ‍وتِينَا ا‍لْعِلْمَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهَا وَكُ‍‍ن‍ّ‍‍َا مُسْلِم‍‍ِ‍ي‍نَ
Wa Şaddahā Mā Kānat Ta`budu Min Dūni Al-Lahi 'Innahā Kānat Min Qawmin Kāfirīna 027-043 އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قوم އެއްގެ މީހުންގެ ތެރެއިންނެވެ. وَصَدَّهَا مَا كَانَ‍‍ت‍ْ تَعْبُدُ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ إِ‍نّ‍‍َهَا كَانَتْ مِ‍‍ن‍ْ قَوْم‍‍‍ٍ كَافِ‍‍ر‍‍ِي‍نَ
Qīla Lahā Adkhulī Aş-Şarĥa Falammā Ra'at/hu Ĥasibat/hu Lujjatan Wa Kashafat `An Sāqayhā Qāla 'Innahu Şarĥun Mumarradun Min Qawārīra Qālat Rabbi 'Innī Žalamtu Nafsī Wa 'Aslamtu Ma`a Sulaymāna Lillahi Rabbi Al-`Ālamīna 027-044 އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި،ކިޔަމަންވެއްޖައީމެވެ. ق‍ِي‍لَ لَهَا ا‍د‍‍ْخُلِي ا‍لصَّرْحَ فَلَ‍‍م‍ّ‍‍َا رَأَتْهُ حَسِبَتْهُ لُجَّة‍‍‍ً وَكَشَفَتْ عَ‍‍ن‍ْ سَاقَيْهَا ق‍‍َ‍ا‍لَ إِ‍نّ‍‍َهُ صَرْح‍‍‍ٌ مُمَرَّد‍ٌ مِ‍‍ن‍ْ قَوَا‍ر‍‍ِي‍‍ر‍َ قَالَتْ رَبِّ إِ‍نّ‍‍ِي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْم‍‍َ‍ا‍نَ لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Wa Laqad 'Arsalnā 'Ilá Thamūda 'Akhāhum Şāliĥāan 'Ani A`budū Al-Laha Fa'idhā Hum Farīqāni Yakhtaşimūna 027-045 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ. وَلَقَ‍‍د‍ْ أَرْسَلْنَ‍‍ا إِلَى ثَم‍‍ُ‍و‍دَ أَخَاهُمْ صَالِحاً أَنِ ا‍عْبُدُوا‍ ا‍للَّهَ فَإِذَا هُمْ فَ‍‍ر‍‍ِيق‍‍َ‍ا‍نِ يَخْتَصِم‍‍ُ‍و‍نَ
Qāla Yā Qawmi Lima Tasta`jilūna Bis-Sayyi'ati Qabla Al-Ĥasanati Lawlā Tastaghfirūna Al-Laha La`allakum Turĥamūna 027-046 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّه އަށް دعاء ނުކުރާނޫހެއްޔެވެ؟ ق‍َا‍لَ يَاقَوْمِ لِمَ تَسْتَعْجِل‍‍ُ‍و‍نَ بِ‍‍ا‍لسَّيِّئَةِ قَ‍‍ب‍‍ْلَ ا‍لْحَسَنَةِ لَوْلاَ تَسْتَغْفِر‍ُو‍نَ ا‍للَّهَ لَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
Qālū Aţţayyarnā Bika Wa Biman Ma`aka Qāla Ţā'irukum `Inda Al-Lahi Bal 'Antum Qawmun Tuftanūna 027-047 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަން ތިމަންމެންނަށް ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެ حضرة ގައެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ، امتحان ވެވޭ ބަޔެކެވެ. قَالُو‍‍ا‍ ا‍طَّيَّرْنَا بِكَ وَبِمَ‍‍ن‍ْ مَعَكَ ق‍‍َ‍ا‍لَ ط‍‍َ‍ا‍ئِرُكُمْ عِ‍‍ن‍‍ْدَ ا‍للَّهِ بَلْ أَ‍ن‍‍ْتُمْ قَوْم‍‍‍ٌ تُفْتَن‍‍ُ‍و‍نَ
Wa Kāna Fī Al-Madīnati Tis`atu Rahţin Yufsidūna Fī Al-'Arđi Wa Lā Yuşliĥūna 027-048 އަދި އެރަށުގައި ނުވަމީހަކު އުޅުނެވެ. އެއުރެން ބިމުގައި فساد އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) إصلاح އެއް ނުކުރެތެވެ. وَك‍‍َ‍ا‍نَ فِي ا‍لْمَدِينَةِ تِسْعَةُ رَهْط‍‍‍ٍ يُفْسِد‍ُو‍نَ فِي ا‍لأَرْضِ وَلاَ يُصْلِح‍‍ُ‍و‍نَ
Qālū Taqāsamū Bil-Lahi Lanubayyitannahu Wa 'Ahlahu Thumma Lanaqūlanna Liwalīyihi Mā Shahidnā Mahlika 'Ahlihi Wa 'Innā Laşādiqūna 027-049 އެއުރެން ބުނެފޫއެވެ. ރޭގަނޑުގެ ވަގުތުގައިއެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް اللَّه ގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ. قَالُو‍‍ا‍ تَقَاسَمُو‍‍ا‍ بِ‍‍ا‍للَّهِ لَنُبَيِّتَ‍‍ن‍ّ‍‍َهُ وَأَهْلَهُ ثُ‍‍م‍ّ‍‍َ لَنَقُولَ‍‍ن‍ّ‍‍َ لِوَلِيِّهِ مَا شَهِ‍‍د‍‍ْنَا مَهْلِكَ أَهْلِهِ وَإِ‍نّ‍‍َا لَصَادِق‍‍ُ‍و‍نَ
Wa Makarū Makrāan Wa Makarnā Makrāan Wa Hum Lā Yash`urūna 027-050 އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެއެވެ. وَمَكَرُوا‍ مَكْرا‍ً وَمَكَرْنَا مَكْرا‍ً وَهُمْ لاَ يَشْعُر‍ُو‍نَ
nžur Kayfa Kāna `Āqibatu Makrihim 'Annā Dammarnāhum Wa Qawmahum 'Ajma`īna 027-051 ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ قوم ގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ. فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ مَكْ‍‍ر‍‍ِهِمْ أَ‍نّ‍‍َا دَ‍مّ‍‍َرْنَاهُمْ وَقَوْمَهُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Fatilka Buyūtuhum Khāwiyatan Bimā Žalamū 'Inna Fī Dhālika La'āyatan Liqawmin Ya`lamūna 027-052 ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. فَتِلْكَ بُيُوتُهُمْ خَاوِيَة‍‍‍ً بِمَا ظَلَمُ‍‍و‍‍ا‍ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Wa 'Anjaynā Al-Ladhīna 'Āmanū Wa Kānū Yattaqūna 027-053 އަދި إيمان ވެ تقوى ވެރިކަންމަތީ އުޅުނުމީހުން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. وَأَن‍جَيْنَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَكَانُو‍‍ا‍ يَتَّق‍‍ُ‍و‍نَ
Wa Lūţāan 'Idh Qāla Liqawmihi 'Ata'tūna Al-Fāĥishata Wa 'Antum Tubşirūna 027-054 لوط ގެފާނު،އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި حال، فاحش عمل ތައް ކުރަނީހެއްޔެވެ؟ وَلُوطا‍ً إِذْ ق‍‍َ‍ا‍لَ لِقَوْمِهِ أَتَأْت‍‍ُ‍و‍نَ ا‍لْفَاحِشَةَ وَأَ‍ن‍‍ْتُمْ تُ‍‍ب‍‍ْصِر‍ُو‍نَ
'A'innakum Lata'tūna Ar-Rijāla Shahwatan Min Dūni An-Nisā' Bal 'Antum Qawmun Tajhalūna 027-055 ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ. أَئِ‍‍ن‍ّ‍‍َكُمْ لَتَأْت‍‍ُ‍و‍نَ ا‍لرِّج‍‍َ‍ا‍لَ شَهْوَة‍‍‍ً مِ‍‍ن‍ْ د‍ُو‍نِ ا‍لنِس‍‍َ‍ا‍ء بَلْ أَ‍ن‍‍ْتُمْ قَوْم‍‍‍ٌ تَ‍‍ج‍‍ْهَل‍‍ُ‍و‍نَ
Famā Kāna Jawāba Qawmihi 'Illā 'An Qālū 'Akhrijū 'Āla Lūţin Min Qaryatikum 'Innahum 'Unāsun Yataţahharūna 027-056 ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوط ގެފާނާއި، އެކަލޭގެފާނަށް تبع ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهر ވެ ތިބޭބަޔެކެވެ. فَمَا ك‍‍َ‍ا‍نَ جَو‍َا‍بَ قَوْمِهِ إِلاَّ أَ‍ن‍ْ قَالُ‍‍و‍‍ا‍ أَخْ‍‍ر‍‍ِجُ‍‍و‍‍ا‍ آلَ ل‍‍ُ‍و‍ط‍‍‍ٍ مِ‍‍ن‍ْ قَرْيَتِكُمْ إِ‍نّ‍‍َهُمْ أُن‍‍َ‍ا‍س‍‍‍ٌ يَتَطَهَّر‍ُو‍نَ
Fa'anjaynāhu Wa 'Ahlahu 'Illā Amra'atahu Qaddarnāhā Mina Al-Ghābirīna 027-057 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذاب ގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ. فَأَن‍جَيْن‍‍َ‍ا‍هُ وَأَهْلَهُ إِلاَّ ا‍مْرَأَتَهُ قَدَّرْنَاهَا مِنَ ا‍لْغَابِ‍‍ر‍‍ِي‍نَ
Wa 'Amţarnā `Alayhim Maţarāan Fasā'a Maţaru Al-Mundharīna 027-058 އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! وَأَمْطَرْنَا عَلَيْهِ‍‍م‍ْ مَطَرا‍ً فَس‍‍َ‍ا‍ءَ مَطَرُ ا‍لْمُ‍‍ن‍ذَ‍ر‍‍ِي‍نَ
Quli Al-Ĥamdu Lillahi Wa Salāmun `Alá `Ibādihi Al-Ladhīna Aşţafá 'Āālllahu Khayrun 'Ammā Yushrikūna 027-059 ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެخيار ކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلام ހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެތި ހެއްޔެވެ؟ قُلِ ا‍لْحَمْدُ لِلَّهِ وَسَلاَمٌ عَلَى عِبَادِهِ ا‍لَّذ‍ِي‍نَ ا‍صْطَفَى آاللَّهُ خَيْرٌ أَ‍مّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Amman Khalaqa As-Samāwāti Wa Al-'Arđa Wa 'Anzala Lakum Mina As-Samā'i Mā'an Fa'anbatnā Bihi Ĥadā'iqa Dhāta Bahjatin Mā Kāna Lakum 'An Tunbitū Shajarahā 'A'ilahun Ma`a Al-Lahi Bal Hum Qawmun Ya`dilūna 027-060 ނުވަތަ އުޑުތަކާއި، ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވި ރަސްކަލާނގެ ހެއްޔެވެ؟ ފަހެ، ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ (حق ން) އެއްކިބާވާ ބަޔެކެވެ. أَ‍مّ‍‍َنْ خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ وَأَن‍زَلَ لَكُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَأَ‍ن‍‍ْبَتْنَا بِهِ حَد‍َا‍ئِقَ ذ‍َا‍تَ بَهْجَة‍‍‍ٍ مَا ك‍‍َ‍ا‍نَ لَكُمْ أَ‍ن‍ْ تُ‍‍ن‍‍ْبِتُو‍‍ا‍ شَجَرَهَ‍‍ا‍ أَءِلَه‍‍‍ٌ مَعَ ا‍للَّهِ بَلْ هُمْ قَوْم‍‍‍ٌ يَعْدِل‍‍ُ‍و‍نَ
'Amman Ja`ala Al-'Arđa Qarārāan Wa Ja`ala Khilālahā 'Anhārāan Wa Ja`ala Lahā Rawāsiya Wa Ja`ala Bayna Al-Baĥrayni Ĥājizāan 'A'ilahun Ma`a Al-Lahi Bal 'Aktharuhum Lā Ya`lamūna 027-061 ނުވަތަ قرار ވެ ތިބުމުގެ ތަނެއްކަމުގައި، ބިންލައްވައި އެތާނގައި ކޯރުތައް ލައްވައި، އަދި އެތާނގައި ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި (މީރުފެނާއި ލޮނުފެނުގެ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުނެއް (އެކަމެއް) ނުދަނެތެވެ. أَ‍مّ‍‍َ‍‍ن‍ْ جَعَلَ ا‍لأَرْضَ قَرَارا‍ً وَجَعَلَ خِلاَلَهَ‍‍ا‍ أَنْهَارا‍ً وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ ا‍لْبَحْرَيْنِ حَاجِزاً أَءِلَه‍‍‍ٌ مَعَ ا‍للَّهِ بَلْ أَكْثَرُهُمْ لاَ يَعْلَم‍‍ُ‍و‍نَ
'Amman Yujību Al-Muđţarra 'Idhā Da`āhu Wa Yakshifu As-Sū'a Wa Yaj`alukum Khulafā'a Al-'Arđi 'A'ilahun Ma`a Al-Lahi Qalīlāan Mā Tadhakkarūna 027-062 ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދިނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. أَ‍مّ‍‍َ‍‍ن‍ْ يُج‍‍ِ‍ي‍بُ ا‍لْمُضطَرَّ إِذَا دَع‍‍َ‍ا‍هُ وَيَكْشِفُ ا‍لسّ‍‍ُ‍و‍ءَ وَيَ‍‍ج‍‍ْعَلُكُمْ خُلَف‍‍َ‍ا‍ءَ ا‍لأَرْضِ أَءِلَه‍‍‍ٌ مَعَ ا‍للَّهِ قَلِيلا‍ً مَا تَذَكَّر‍ُو‍نَ
'Amman Yahdīkum Fī Žulumāti Al-Barri Wa Al-Baĥri Wa Man Yursilu Ar-Riyāĥa Bushrāan Bayna Yaday Raĥmatihi 'A'ilahun Ma`a Al-Lahi Ta`ālá Al-Lahu `Ammā Yushrikūna 027-063 ނުވަތަ އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރޭގައި، ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާ، އަދި އެކަލާނގެ رحمة (ގެ ވާރޭ) ގެ ކުރިޔަށް އުފާވެރި خبر އެއްގެ ގޮތުގައި (ވިލާގަނޑުގެ) ވައި ފޮނުއްވާ ރަސްކަލާނގެހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ އެއުރެން އެ شريك ކުރާ ތަކެއްޗަށްވުރެން اللَّه މަތިވެރިވެވޮޑިގެންވެއެވެ. أَ‍مّ‍‍َ‍‍ن‍ْ يَهْدِيكُمْ فِي ظُلُم‍‍َ‍ا‍تِ ا‍لْبَرِّ وَا‍لْبَحْ‍‍ر‍ِ وَمَ‍‍ن‍ْ يُرْسِلُ ا‍لرِّي‍‍َ‍ا‍حَ بُشْرا‍ً بَيْنَ يَدَيْ رَحْمَتِهِ أَءِلَه‍‍‍ٌ مَعَ ا‍للَّهِ تَعَالَى ا‍للَّهُ عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Amman Yabda'u Al-Khalqa Thumma Yu`īduhu Wa Man Yarzuqukum Mina As-Samā'i Wa Al-'Arđi 'A'ilahun Ma`a Al-Lahi Qul Hātū Burhānakum 'In Kuntum Şādiqīna 027-064 ނުވަތަ (ނެތުމުގެތެރޭން) خلق ތަކުން އަލަށް އުފައްދަވައި، ދެން އެ ތަކެތި އަލުން إعادة ކުރައްވައި، އަދި އުޑާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ތިޔަބައިމީހުންގެ دليل ތިޔަބައިމީހުން ގެނެސްބަލާށެވެ! أَ‍مّ‍‍َ‍‍ن‍ْ يَ‍‍ب‍‍ْدَأُ ا‍لْخَلْقَ ثُ‍‍م‍ّ‍‍َ يُعِيدُهُ وَمَ‍‍ن‍ْ يَرْزُقُكُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ أَءِلَه‍‍‍ٌ مَعَ ا‍للَّهِ قُلْ هَاتُو‍‍ا‍ بُرْهَانَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Qul Lā Ya`lamu Man As-Samāwāti Wa Al-'Arđi Al-Ghayba 'Illā Al-Lahu Wa Mā Yash`urūna 'Ayyāna Yub`athūna 027-065 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުންދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ. قُ‍‍ل‍ْ لاَ يَعْلَمُ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ ا‍لْغَيْبَ إِلاَّ ا‍للَّهُ وَمَا يَشْعُر‍ُو‍نَ أَيّ‍‍َ‍ا‍نَ يُ‍‍ب‍‍ْعَث‍‍ُ‍و‍نَ
Bal Addāraka `Ilmuhum Al-'Ākhirati Bal HumShakkin Minhā Bal Hum Minhā `Amūna 027-066 އަދި ކިއެއްތަ! آخرة އާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ! އެދުވަހާމެދުގައި އެއުރެންވަނީ شك ކަމެއްގައެވެ. އަދި ކިއެއްތަ؟ އެދުވަހާމެދު އެއުރެންވަނީ ކަނުބަޔަކު ކަމުގައެވެ. بَلْ ا‍دَّارَكَ عِلْمُهُمْ فِي ا‍لآخِرَةِ بَلْ هُمْ فِي شَكّ‍‍‍ٍ مِنْهَا بَلْ هُ‍‍م‍ْ مِنْهَا عَم‍‍ُ‍و‍نَ
Wa Qāla Al-Ladhīna Kafarū 'A'idhā Kunnā Turābāan Wa 'Ābā'uunā 'A'innā Lamukhrajūna 027-067 كافر ވި މީހުން ބުނެފޫއެވެ. ތިމަންމެންނާ، ތިމަންމެންގެ ކާބަފައިން (މަރުވެ) ވެއްޔަށް ވެދާހިނދު، ހަމަކަށަވަރުން، ތިމަންމެންނީ އަލުން (ދިރުއްވައި) ނެރުއްވާނޭ ބަޔެއް ހެއްޔެވެ؟ وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَئِذَا كُ‍‍ن‍ّ‍‍َا تُرَابا‍ً وَآب‍‍َ‍ا‍ؤُنَ‍‍ا‍ أَئِ‍‍ن‍ّ‍‍َا لَمُخْرَج‍‍ُ‍و‍نَ
Laqad Wu`idnā Hādhā Naĥnu Wa 'Ābā'uunā Min Qablu 'In Hādhā 'Illā 'Asāţīru Al-'Awwalīna 027-068 ހަމަށަވަރުން، ތިމަންމެންނާއި، ތިމަންމެންގެ ކާބަފައިންނަށް މީގެކުރިންވެސް މިކަންތައް وعد ކުރައްވާފައިވެއެވެ. އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެއް ކަމުގައިމެނުވީ މިކަންތައް ނުވެއެވެ. لَقَ‍‍د‍ْ وُعِ‍‍د‍‍ْنَا هَذَا نَحْنُ وَآب‍‍َ‍ا‍ؤُنَا مِ‍‍ن‍ْ قَ‍‍ب‍‍ْلُ إِنْ هَذَا إِلاَّ أَسَاط‍‍ِ‍ي‍‍ر‍ُ ا‍لأَوَّل‍‍ِ‍ي‍نَ
Qul Sīrū Fī Al-'Arđi Fānžurū Kayfa Kāna `Āqibatu Al-Mujrimīna 027-069 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ، ކުށްވެރިންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ! قُلْ سِيرُوا‍ فِي ا‍لأَرْضِ فَان‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Wa Lā Taĥzan `Alayhim Wa Lā Takun Fī Đayqin Mimmā Yamkurūna 027-070 އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން މަކަރުހަދާ ކަންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُ‍‍ن‍ْ فِي ضَيْق‍‍‍ٍ مِ‍‍م‍ّ‍‍َا يَمْكُر‍ُو‍نَ
Wa Yaqūlūna Matá Hādhā Al-Wa`du 'In Kuntum Şādiqīna 027-071 އެއުރެން ބުނެތެވެ.ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަަ ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْوَعْدُ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Qul `Asá 'An Yakūna Radifa Lakum Ba`đu Al-Ladhī Tasta`jilūna 027-072 ކަލޭގެފާނު ވިދާޅުވާށެވެ! އަވަސްކުރުމަށް ތިޔަބައިމީހުން އެދޭ ބައެއްކަންތައް (އެބަހީ: عذاب) ތިޔަބައިމީހުންނާ ދާދިކައިރިވެފައިވުން އެކަށީގެންވެއެވެ. قُلْ عَسَى أَ‍ن‍ْ يَك‍‍ُ‍و‍نَ رَدِفَ لَكُ‍‍م‍ْ بَعْضُ ا‍لَّذِي تَسْتَعْجِل‍‍ُ‍و‍نَ
Wa 'Inna Rabbaka Ladhū Fađlin `Alá An-Nāsi Wa Lakinna 'Aktharahum Lā Yashkurūna 027-073 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުންގެ މައްޗަށް فضل ވަންތަ ވެރިރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ. وَإِ‍نّ‍‍َ رَبَّكَ لَذُو فَضْلٍ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَشْكُر‍ُو‍نَ
Wa 'Inna Rabbaka Laya`lamu Mā Tukinnu Şudūruhum Wa Mā Yu`linūna 027-074 އެއުރެންގެ ހިތްތަކުގައި ފޮރުވާ ކަންތަކާއި، އެއުރެން ފާޅުކުރާ ކަންތައް، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. وَإِ‍نّ‍‍َ رَبَّكَ لَيَعْلَمُ مَا تُكِ‍‍ن‍ّ‍‍ُ صُدُورُهُمْ وَمَا يُعْلِن‍‍ُ‍و‍نَ
Wa Mā Min Ghā'ibatin As-Samā'i Wa Al-'Arđi 'Illā Fī Kitābin Mubīnin 027-075 އަދި އުޑާއި، ބިމުގައިވިޔަސް (އެކަލާނގެއަށް) ފޮރުވިގެންވާ އެއްވެސް ކަމެއް ނުވެއެވެ. އެ ހުރިހާ ކަމެއްވަނީ، ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ. وَمَا مِنْ غ‍‍َ‍ا‍ئِبَة‍‍‍ٍ فِي ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ إِلاَّ فِي كِت‍‍َ‍ا‍ب‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
'Inna Hādhā Al-Qur'āna Yaquşşu `Alá Banī 'Isrā'īla 'Akthara Al-Ladhī Hum Fīhi Yakhtalifūna 027-076 إسـرآءيـل ގެދަރިން، އެކަންކަމާމެދު ދެބަސްވާ ކަންތަކުގެ ތެރެއިން ގިނަކަންތައް ހަމަކަށަވަރުން، މި قرآن، އެއުރެންނަށް ކިޔައިދީ ބަޔާންކޮށްދެއެވެ. إِ‍نّ‍‍َ هَذَا ا‍لْقُرْآنَ يَقُصُّ عَلَى بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ أَكْثَرَ ا‍لَّذِي هُمْ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
Wa 'Innahu Lahudáan Wa Raĥmatun Lilmu'uminīna 027-077 އަދި ހަމަކަށަވަރުން، އެ قرآن އަކީ، مؤمن ތަކުންނަށްވާ هداية އަކާއި، رحمة އެއްކަން ކަަށަވަރެވެ. وَإِ‍نّ‍‍َهُ لَهُ‍‍دى‍ً وَرَحْمَة‍‍‍ٌ لِلْمُؤْمِن‍‍ِ‍ي‍نَ
'Inna Rabbaka Yaqđī Baynahum Biĥukmihi Wa Huwa Al-`Azīzu Al-`Alīmu 027-078 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) އެއުރެންގެ މެދުގައި އެކަލާނގެ (عدل ވެރި) حكم ފުޅުން ނިޔާކުރައްވާނެތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ رَبَّكَ يَ‍‍ق‍‍ْضِي بَيْنَهُ‍‍م‍ْ بِحُكْمِهِ وَهُوَ ا‍لْعَز‍ِي‍زُ ا‍لْعَل‍‍ِ‍ي‍مُ
Fatawakkal `Alá Al-Lahi 'Innaka `Alá Al-Ĥaqqi Al-Mubīni 027-079 ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ބަޔާންވެގެންވާ حق މަގުގައެވެ. فَتَوَكَّلْ عَلَى ا‍للَّهِ إِ‍نّ‍‍َكَ عَلَى ا‍لْحَقِّ ا‍لْمُب‍‍ِ‍ي‍نِ
'Innaka Lā Tusmi`u Al-Mawtá Wa Lā Tusmi`u Aş-Şumma Ad-Du`ā'a 'Idhā Wa Llaw Mudbirīna 027-080 ހަމަކަށަވަރުން، މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ. إِ‍نّ‍‍َكَ لاَ تُسْمِعُ ا‍لْمَوْتَى وَلاَ تُسْمِعُ ا‍لصُّ‍‍م‍ّ‍‍َ ا‍لدُّع‍‍َ‍ا‍ءَ إِذَا وَلَّوْا مُ‍‍د‍‍ْبِ‍‍ر‍‍ِي‍نَ
Wa Mā 'Anta Bihādī Al-`Umyi `An Đalālatihim 'In Tusmi`u 'Illā Man Yu'uminu Bi'āyātinā Fahum Muslimūna 027-081 އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާކުރައްވައި، (ތެދުމަގު ދައްކަވާ) هادى އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނީއްވެވޭނެއެވެ. ފަހެ، އެއުރެންނީ، اللَّه އަށް ކިޔަމަންވާ މީހުންނެވެ. وَمَ‍‍ا‍ أَ‍ن‍‍ْتَ بِهَادِي ا‍لْعُمْيِ عَ‍‍ن‍ْ ضَلاَلَتِهِمْ إِ‍ن‍ْ تُسْمِعُ إِلاَّ مَ‍‍ن‍ْ يُؤْمِنُ بِآيَاتِنَا فَهُ‍‍م‍ْ مُسْلِم‍‍ُ‍و‍نَ
Wa 'Idhā Waqa`a Al-Qawlu `Alayhim 'Akhrajnā Lahum Dābbatan Mina Al-'Arđi Tukallimuhum 'Anna An-Nāsa Kānū Bi'āyātinā Lā Yūqinūna 027-082 އެއުރެންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުންބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް إيمان ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ. وَإِذَا وَقَعَ ا‍لْقَوْلُ عَلَيْهِمْ أَخْرَ‍ج‍‍ْنَا لَهُمْ دَا‍بَّة‍‍‍ً مِنَ ا‍لأَرْضِ تُكَلِّمُهُمْ أَ‍نّ‍‍َ ا‍ل‍‍ن‍ّ‍‍َ‍ا‍سَ كَانُو‍‍ا‍ بِآيَاتِنَا لاَ يُوقِن‍‍ُ‍و‍نَ
Wa Yawma Naĥshuru Min Kulli 'Ummatin Fawjāan Mimman Yukadhdhibu Bi'āyātinā Fahum Yūza`ūna 027-083 ކޮންމެ أمّة އަކުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ ތެރެއިން ބަޔަކު ތިމަންރަސްކަލާނގެ އެއްކުރައްވައި، محشر އަށް ފޮނުއްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން ބައިބަޔަށް ބައިތިއްބަވަމުން ގެންދަވާނެތެވެ. وَيَوْمَ نَحْشُرُ مِ‍‍ن‍ْ كُلِّ أُ‍مّ‍‍َة‍‍‍ٍ فَوْجا‍ً مِ‍‍م‍ّ‍‍َ‍‍ن‍ْ يُكَذِّبُ بِآيَاتِنَا فَهُمْ يُوزَع‍‍ُ‍و‍نَ
Ĥattá 'Idhā Jā'ū Qāla 'Akadhdhabtum Bi'āyātī Wa Lam Tuĥīţū Bihā `Ilmāan 'Ammādhā Kuntum Ta`malūna 027-084 (اللَّه ގެ حضرة އަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއާބެހޭ علم އެއް ލިބިފައިނެތް حال، ތިޔަބައިމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅައީ ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުންގެންދިޔައީ ކޮންކަމެއް ހެއްޔެވެ؟ حَتَّى إِذَا ج‍‍َ‍ا‍ء‍ُ‍وا ق‍‍َ‍ا‍لَ أَكَذَّ‍‍ب‍‍ْتُ‍‍م‍ْ بِآيَاتِي وَلَمْ تُحِيطُو‍‍ا‍ بِهَا عِلْماً أَ‍مّ‍‍َاذَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Wa Waqa`a Al-Qawlu `Alayhim Bimā Žalamū Fahum Lā Yanţiqūna 027-085 އަދި އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ عذاب އައިސް ޖެހިއްޖެއެވެ. އެއީ އެއުރެން އަނިޔާވެރިވީ ކަމަށްޓަކައެވެ. ފަހެ، އެއުރެންނަކަށް (އެދުވަހުން) އެއްވެސް ވާހަކައެއް ނުދެއްކޭނެތެވެ. وَوَقَعَ ا‍لْقَوْلُ عَلَيْهِ‍‍م‍ْ بِمَا ظَلَمُو‍‍ا‍ فَهُمْ لاَ يَ‍‍ن‍طِق‍‍ُ‍و‍نَ
'Alam Yaraw 'Annā Ja`alnā Al-Layla Liyaskunū Fīhi Wa An-Nahāra Mubşirāan 'Inna Fī Dhālika La'āyātin Liqawmin Yu'uminūna 027-086 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ރޭގަނޑު ލައްވާފައިވަނީ، އެވަގުތުގައި އެއުރެން ހަމަހިމޭންކަމާއި، އަރާމު ލިބިތިބުމަށާއި، އަދި ދުވާލު ލައްވާފައިވަނީ (މަސައްކަތްކޮށް އުޅުމަށްޓަކައި) ތަންތަންފެންނަގޮތުގައިކަން އެއުރެން ނުދެކޭހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ. أَلَمْ يَرَوْا أَ‍نّ‍‍َا جَعَلْنَا ا‍للَّيْلَ لِيَسْكُنُو‍‍ا‍ ف‍‍ِ‍ي‍هِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ مُ‍‍ب‍‍ْصِرا‍ً إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Wa Yawma Yunfakhu Fī Aş-Şūri Fafazi`a Man As-Samāwāti Wa Man Al-'Arđi 'Illā Man Shā'a Al-Lahu Wa Kullun 'Atawhu Dākhirīna 027-087 ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) اللَّه އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި އެކަލާނގެ حضرة އަށް އަންނާނެތެވެ. وَيَوْمَ يُ‍‍ن‍فَخُ فِي ا‍لصّ‍‍ُ‍و‍ر‍ِ فَفَزِعَ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَمَ‍‍ن‍ْ فِي ا‍لأَرْضِ إِلاَّ مَ‍‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ وَكُلٌّ أَتَوْهُ دَاخِ‍‍ر‍‍ِي‍نَ
Wa Tará Al-Jibāla Taĥsabuhā Jāmidatan Wa Hiya Tamurru Marra As-Saĥābi Şun`a Al-Lahi Al-Ladhī 'Atqana Kulla Shay'in 'Innahu Khabīrun Bimā Taf`alūna 027-088 އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَتَرَى ا‍لْجِب‍‍َ‍ا‍لَ تَحْسَبُهَا جَامِدَة‍‍‍ً وَهِيَ تَمُرُّ مَرَّ ا‍لسَّح‍‍َ‍ا‍بِ صُنْعَ ا‍للَّهِ ا‍لَّذِي أَتْقَنَ كُلَّ شَيْء‍ٍ إِ‍نّ‍‍َهُ خَب‍‍ِ‍ي‍ر‍ٌ بِمَا تَفْعَل‍‍ُ‍و‍نَ
Man Jā'a Bil-Ĥasanati Falahu Khayrun Minhā Wa Hum Min Faza`in Yawma'idhin 'Āminūna 027-089 ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرة ގައި) ހުށްޓެވެ. އަދި އެދުވަހުން އެއުރެންވަނީ، ހުރިހާ ބިރުވެރިކަމަކުން أمان ކަން ލިބިގެންނެވެ. مَ‍‍ن‍ْ ج‍‍َ‍ا‍ءَ بِ‍‍ا‍لْحَسَنَةِ فَلَهُ خَيْر‍ٌ مِنْهَا وَهُ‍‍م‍ْ مِ‍‍ن‍ْ فَزَع‍‍‍ٍ يَوْمَئِذ‍ٍ آمِن‍‍ُ‍و‍نَ
Wa Man Jā'a Bis-Sayyi'ati Fakubbat Wujūhuhum An-Nāri Hal Tujzawna 'Illā Mā Kuntum Ta`malūna 027-090 އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މޫނުތައް ވަތަށް، ނަރަކައަށްވެއްޓޭހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟ وَمَ‍‍ن‍ْ ج‍‍َ‍ا‍ءَ بِ‍‍ا‍لسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هَلْ تُ‍‍ج‍‍ْزَوْنَ إِلاَّ مَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
'Innamā 'Umirtu 'An 'A`buda Rabba Hadhihi Al-Baldati Al-Ladhī Ĥarramahā Wa Lahu Kullu Shay'in Wa 'Umirtu 'An 'Akūna Mina Al-Muslimīna 027-091 ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: مكة ގެ) ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއީ، އެރަށް حرمة ތެރިކުރެއްވި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. إِ‍نّ‍‍َمَ‍‍ا‍ أُمِرْتُ أَنْ أَعْبُدَ رَبَّ هَذِهِ ا‍لْبَلْدَةِ ا‍لَّذِي حَرَّمَهَا وَلَهُ كُلُّ شَيْء‍ٍ وَأُمِرْتُ أَنْ أَك‍‍ُ‍و‍نَ مِنَ ا‍لْمُسْلِم‍‍ِ‍ي‍نَ
Wa 'An 'Atluwa Al-Qur'āna Famani Ahtadá Fa'innamā Yahtadī Linafsihi Wa Man Đalla Faqul 'Innamā 'Anā Mina Al-Mundhirīna 027-092 އަދި قرآن ކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި މަގުފުރެދިއްޖެމީހާ (ދަންނާށެވެ! އެކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، إنذار ކުރައްވާ ބޭކަލުންގެ ތެރެއިންނެވެ. وَأَنْ أَتْلُوَ ا‍لْقُرْآنَ فَمَنِ ا‍هْتَدَى فَإِ‍نّ‍‍َمَا يَهْتَدِي لِنَفْسِهِ وَمَ‍‍ن‍ْ ضَلَّ فَقُلْ إِ‍نّ‍‍َمَ‍‍ا‍ أَنَا مِنَ ا‍لْمُ‍‍ن‍ذِ‍ر‍‍ِي‍نَ
Wa Quli Al-Ĥamdu Lillahi Sayurīkum 'Āyātihi Fata`rifūnahā Wa Mā Rabbuka Bighāfilin `Ammā Ta`malūna 027-093 އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެންއެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެނެއްނުވެތެވެ. وَقُلِ ا‍لْحَمْدُ لِلَّهِ سَيُ‍‍ر‍‍ِيكُمْ آيَاتِهِ فَتَعْ‍‍ر‍‍ِفُونَهَا وَمَا رَبُّكَ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Next Sūrah