21) Sūrat Al-'Anbyā'

Printed format

21) سُورَة الأَنبيَاء

Aqtaraba Lilnnāsi Ĥisābuhum Wa HumGhaflatin Mu`rūna 021-001 މީސްތަކުންނަށް އެއުރެންގެ (عمل ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން غافل ވެ (އެކަމުން) އެއްކިބާވެގެންވާ حال ގައެވެ. ا‍ق‍‍ْتَرَبَ لِل‍‍ن‍ّ‍‍َ‍ا‍سِ حِسَابُهُمْ وَهُمْ فِي غَفْلَة‍‍‍ٍ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Mā Ya'tīhim Min Dhikrin Min Rabbihim Muĥdathin 'Illā Astama`ūhu Wa Hum Yal`abūna 021-002 އެއުރެން (އެއަށް) ފުރައްސާރަކުރާ حال ގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު آية އެއް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނާ ހަމަޔަކަށް ނާދެތެވެ. مَا يَأْتِيهِ‍‍م‍ْ مِ‍‍ن‍ْ ذِكْر‍ٍ مِ‍‍ن‍ْ رَبِّهِ‍‍م‍ْ مُحْدَث‍‍‍ٍ إِلاَّ ا‍سْتَمَع‍‍ُ‍و‍هُ وَهُمْ يَلْعَب‍‍ُ‍و‍نَ
Lāhiyatan Qulūbuhum Wa 'Asarrū An-Naj Al-Ladhīna Žalamū Hal Hādhā 'Illā Basharun Mithlukum 'Afata'tūna As-Siĥra Wa 'Antum Tubşirūna 021-003 އެއުރެންގެ ހިތްތައް غافل ވެގެންވާ حال ގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ. (އެއުރެން ބުނޫއެވެ.) މިއީ (އެބަހީ: محمد ގެފާނީ) ހަމަތިޔަބައިމީހުންފަދަ آدم ގެދަރިޔަކު ކަމުގައިމެނުވީ ނުވެތެވެ. ފަހެ، ކަލޭމެން ދެކެދެނެތިބެ، ޖާދޫ قبول ކުރަނީ ހެއްޔެވެ؟ لاَهِيَة‍‍‍ً قُلُوبُهُمْ وَأَسَرُّوا‍ ا‍ل‍‍ن‍ّ‍‍َ‍‍ج‍‍ْوَى ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ هَلْ هَذَا إِلاَّ بَشَر‍ٌ مِثْلُكُمْ أَفَتَأْت‍‍ُ‍و‍نَ ا‍لسِّحْرَ وَأَ‍ن‍‍ْتُمْ تُ‍‍ب‍‍ْصِر‍ُو‍نَ
Qāla Rabbī Ya`lamu Al-Qawla Fī As-Samā'i Wa Al-'Arđi Wa Huwa As-Samī`u Al-`Alīmu 021-004 އެކަލޭގެފާނު ވިދާޅުވިއެވެ. އުޑާއި، ބިމުގައި ދެކެވޭހާ ވާހަކަތައް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ق‍َا‍لَ رَبِّي يَعْلَمُ ا‍لْقَوْلَ فِي ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ وَهُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Bal Qālū 'Ađghāthu 'Aĥlāmin Bal Aftarāhu Bal Huwa Shā`irun Falya'tinā Bi'āyatin Kamā 'Ursila Al-'Awwalūna 021-005 އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسول ން ފޮނުއްވެވިފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ! بَلْ قَالُ‍‍و‍‍ا‍ أَضْغ‍‍َ‍ا‍ثُ أَحْلاَم‍‍‍ٍ بَلْ ا‍فْتَر‍َا‍هُ بَلْ هُوَ شَاعِر‍ٌ فَلْيَأْتِنَا بِآيَة‍‍‍ٍ كَمَ‍‍ا‍ أُرْسِلَ ا‍لأَوَّل‍‍ُ‍و‍نَ
Mā 'Āmanat Qablahum Min Qaryatin 'Ahlaknāhā 'Afahum Yu'uminūna 021-006 އެއުރެންގެ ކުރިން إيمان ނުވި ކިތަންމެ ރަށެއްގެ أهل ވެރިންނެއް، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. ވީއިރު އެއުރެން، ފަހެ، إيمان ވާނެ ހެއްޔެވެ؟ مَ‍‍ا آمَنَتْ قَ‍‍ب‍‍ْلَهُ‍‍م‍ْ مِ‍‍ن‍ْ قَرْيَةٍ أَهْلَكْنَاهَ‍‍ا‍ أَفَهُمْ يُؤْمِن‍‍ُ‍و‍نَ
Wa Mā 'Arsalnā Qablaka 'Illā Rijālāan Nūĥī 'Ilayhim Fās'alū 'Ahla Adh-Dhikri 'In Kuntum Lā Ta`lamūna 021-007 ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ އެއުރެންނަށް وحى އިއްވަވާ ފިރިހެނުން މެނުވީ، رسول ކަމާއިގެން ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ! وَمَ‍‍ا‍ أَرْسَلْنَا قَ‍‍ب‍‍ْلَكَ إِلاَّ ‍ر‍‍ِجَالا‍ً نُوحِ‍‍ي إِلَيْهِمْ فَاسْأَلُ‍‍و‍‍ا‍ أَهْلَ ا‍لذِّكْ‍‍ر‍ِ إِ‍ن‍ْ كُ‍‍ن‍تُمْ لاَ تَعْلَم‍‍ُ‍و‍نَ
Wa Mā Ja`alnāhum Jasadāan Lā Ya'kulūna Aţ-Ţa`āma Wa Mā Kānū Khālidīna 021-008 އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ رسول ން ނުލައްވަމެވެ. އަދި އަބަދަށް ދެމިތިބޭ ބަޔަކު ކަމުގައިވެސް އެބޭކަލުން ނުވެތެވެ. وَمَا جَعَلْنَاهُمْ جَسَدا‍ً لاَ يَأْكُل‍‍ُ‍و‍نَ ا‍لطَّع‍‍َ‍ا‍مَ وَمَا كَانُو‍‍ا‍ خَالِد‍ِي‍نَ
Thumma Şadaqnāhumu Al-Wa`da Fa'anjaynāhum Wa Man Nashā'u Wa 'Ahlaknā Al-Musrifīna 021-009 ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުންހަލާކުކުރެއްވީމެވެ. ثُ‍‍م‍ّ‍‍َ صَدَ‍ق‍‍ْنَاهُمُ ا‍لْوَعْدَ فَأَن‍جَيْنَاهُمْ وَمَ‍‍ن‍ْ نَش‍‍َ‍ا‍ءُ وَأَهْلَكْنَا ا‍لْمُسْ‍‍ر‍‍ِف‍‍ِ‍ي‍نَ
Laqad 'Anzalnā 'Ilaykum Kitābāan Fīhi Dhikrukum 'Afalā Ta`qilūna 021-010 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އާއި، نصيحة އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ لَقَ‍‍د‍ْ أَن‍زَلْنَ‍‍ا إِلَيْكُمْ كِتَابا‍ً ف‍‍ِ‍ي‍هِ ذِكْرُكُمْ أَفَلاَ تَعْقِل‍‍ُ‍و‍نَ
Wa Kam Qaşamnā Min Qaryatin Kānat Žālimatan Wa 'Ansha'nā Ba`dahā Qawmāan 'Ākharīna 021-011 އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. وَكَمْ قَصَمْنَا مِ‍‍ن‍ْ قَرْيَة‍‍‍ٍ كَانَتْ ظَالِمَة‍‍‍ً وَأَن‍شَأْنَا بَعْدَهَا قَوْما‍ً آخَ‍‍ر‍‍ِي‍نَ
Falammā 'Aĥassū Ba'sanā 'Idhā Hum Minhā Yarkuđūna 021-012 ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގާތްވެއްޖެކަން إحساس ވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ. فَلَ‍‍م‍ّ‍‍َ‍‍ا‍ أَحَسُّو‍‍ا‍ بَأْسَنَ‍‍ا إِذَا هُ‍‍م‍ْ مِنْهَا يَرْكُض‍‍ُ‍و‍نَ
Lā Tarkuđū Wa Arji`ū 'Ilá Mā 'Utriftum Fīhi Wa Masākinikum La`allakum Tus'alūna 021-013 (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ نعمة ތަކުގައި އަރާމުކުރާންތިބި نعمة ތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި رجوع ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ. لاَ تَرْكُضُو‍‍ا‍ وَا‍رْجِعُ‍‍و‍‍ا‍ إِلَى مَ‍‍ا‍ أُتْ‍‍ر‍‍ِفْتُمْ ف‍‍ِ‍ي‍هِ وَمَسَاكِنِكُمْ لَعَلَّكُمْ تُسْأَل‍‍ُ‍و‍نَ
Qālū Yā Waylanā 'Innā Kunnā Žālimīna 021-014 އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ. قَالُو‍‍ا‍ يَاوَيْلَنَ‍‍ا إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا ظَالِم‍‍ِ‍ي‍نَ
Famā Zālat Tilka Da`wāhum Ĥattá Ja`alnāhum Ĥaşīdāan Khāmidīna 021-015 ފަހެ، ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، އަދި ނިވިފައިވާ އަޅިތަކެއް ފަދައިން ތިމަންރަސްކަލާނގެ އެއުރެން ލައްވައިފުމަށްދާންދެން، އެއުރެންގެ އެ ގޮވުން ފިލައިނުދެތެވެ. فَمَا زَالَ‍‍ت‍ْ تِلْكَ دَعْوَاهُمْ حَتَّى جَعَلْنَاهُمْ حَصِيداً خَامِد‍ِي‍نَ
Wa Mā Khalaq As-Samā'a Wa Al-'Arđa Wa Mā Baynahumā Lā`ibīna 021-016 ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ. وَمَا خَلَ‍‍ق‍‍ْنَا ا‍لسَّم‍‍َ‍ا‍ءَ وَا‍لأَرْضَ وَمَا بَيْنَهُمَا لاَعِب‍‍ِ‍ي‍نَ
Law 'Aradnā 'An Nattakhidha Lahwan Lāttakhadhnāhu Min Ladunnā 'In Kunnā Fā`ilīna 021-017 ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ. لَوْ أَرَ‍د‍‍ْنَ‍‍ا‍ أَ‍ن‍ْ نَتَّخِذَ لَهْوا‍ً لاَتَّخَذْن‍‍َ‍ا‍هُ مِ‍‍ن‍ْ لَدُ‍نّ‍‍َ‍‍ا إِ‍ن‍ْ كُ‍‍ن‍ّ‍‍َا فَاعِل‍‍ِ‍ي‍نَ
Bal Naqdhifu Bil-Ĥaqqi `Alá Al-Bāţili Fayadmaghuhu Fa'idhā Huwa Zāhiqun Wa Lakumu Al-Waylu Mimmā Taşifūna 021-018 އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ. بَلْ نَ‍‍ق‍‍ْذِفُ بِ‍‍ا‍لْحَقِّ عَلَى ا‍لْبَاطِلِ فَيَ‍‍د‍‍ْمَغُهُ فَإِذَا هُوَ زَاهِق‍‍‍ٌ وَلَكُمُ ا‍لْوَيْلُ مِ‍‍م‍ّ‍‍َا تَصِف‍‍ُ‍و‍نَ
Wa Lahu Man As-Samāwāti Wa Al-'Arđi Wa Man `Indahu Lā Yastakbirūna `An `Ibādatihi Wa Lā Yastaĥsirūna 021-019 އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. وَلَهُ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَنْ عِ‍‍ن‍‍ْدَهُ لاَ يَسْتَكْبِر‍ُو‍نَ عَنْ عِبَادَتِهِ وَلاَ يَسْتَحْسِر‍ُو‍نَ
Yusabbiĥūna Al-Layla Wa An-Nahāra Lā Yafturūna 021-020 އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ. يُسَبِّح‍‍ُ‍و‍نَ ا‍للَّيْلَ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ لاَ يَفْتُر‍ُو‍نَ
'Am Attakhadhū 'Ālihatan Mina Al-'Arđi Hum Yunshirūna 021-021 ނުވަތަ (މަރުވެފައިވާ މީހުން) އަލުން ދިރުވާނެ إله ން ތަކެއް ބިމުން އެއުރެންހިފީ ހެއްޔެވެ؟ أَمْ ا‍تَّخَذُو‍ا‍ آلِهَة‍‍‍ً مِنَ ا‍لأَرْضِ هُمْ يُ‍‍ن‍شِر‍ُو‍نَ
Law Kāna Fīhimā 'Ālihatun 'Illā Al-Lahu Lafasadatā Fasubĥāna Al-Lahi Rabbi Al-`Arshi `Ammā Yaşifūna 021-022 އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إله ންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، عرش ގެވެރި اللَّه، ހުސްطاهر ވެވޮޑިގެންވެއެވެ. لَوْ ك‍‍َ‍ا‍نَ فِيهِمَ‍‍ا آلِهَة‍‍‍ٌ إِلاَّ ا‍للَّهُ لَفَسَدَتَا فَسُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍للَّهِ رَبِّ ا‍لْعَرْشِ عَ‍‍م‍ّ‍‍َا يَصِف‍‍ُ‍و‍نَ
Lā Yus'alu `Ammā Yaf`alu Wa Hum Yus'alūna 021-023 އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ سؤال ކުރައްވާނެތެވެ. لاَ يُسْأَلُ عَ‍‍م‍ّ‍‍َا يَفْعَلُ وَهُمْ يُسْأَل‍‍ُ‍و‍نَ
'Am Attakhadhū Min Dūnihi 'Ālihatan Qul Hātū Burhānakumdhā Dhikru Man Ma`iya Wa Dhikru Man Qablī Bal 'Aktharuhum Lā Ya`lamūna Al-Ĥaqqa Fahum Mu`rūna 021-024 ނުވަތަ އެކަލާނގެ ފިޔަވައި، އެއުރެން إله ންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން حق އެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ. أَمْ ا‍تَّخَذُوا‍ مِ‍‍ن‍ْ دُونِهِ آلِهَة‍‍‍ً قُلْ هَاتُو‍‍ا‍ بُرْهَانَكُمْ هَذَا ذِكْرُ مَ‍‍ن‍ْ مَعِيَ وَذِكْرُ مَ‍‍ن‍ْ قَ‍‍ب‍‍ْلِي بَلْ أَكْثَرُهُمْ لاَ يَعْلَم‍‍ُ‍و‍نَ ا‍لْحَقَّ فَهُ‍‍م‍ْ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Wa Mā 'Arsalnā Min Qablika Min Rasūl 'Iinillā Nūĥī 'Ilayhi 'Annahu Lā 'Ilāha 'Illā 'Anā Fā`budūni 021-025 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! وَمَ‍‍ا‍ أَرْسَلْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ مِ‍‍ن‍ْ رَسُول إٍِلاَّ نُوحِ‍‍ي إِلَيْهِ أَ‍نّ‍‍َهُ لاَ إِلَهَ إِلاَّ أَنَا فَاعْبُد‍ُو‍نِ
Wa Qālū Attakhadha Ar-Raĥmānu Waladāan Subĥānahu Bal `Ibādun Mukramūna 021-026 އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެދަރިކަލަކު ހިއްޕެވިއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! (اللَّه ގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ ملائكة ންނަކީ) މާތް ކުރައްވާފައިވާ، އެކަލާނގެ އަޅުންތަކެކެވެ. وَقَالُو‍‍ا‍ ا‍تَّخَذَ ا‍لرَّحْمَنُ وَلَدا‍ً سُ‍‍ب‍‍ْحَانَهُ بَلْ عِب‍‍َ‍ا‍د‍ٌ مُكْرَم‍‍ُ‍و‍نَ
Lā Yasbiqūnahu Bil-Qawli Wa Hum Bi'amrihi Ya`malūna 021-027 އެބޭކަލުން އެކަލާނގެ حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން عمل ކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ. لاَ يَسْبِقُونَهُ بِ‍‍ا‍لْقَوْلِ وَهُ‍‍م‍ْ بِأَمْ‍‍ر‍‍ِهِ يَعْمَل‍‍ُ‍و‍نَ
Ya`lamu Mā Bayna 'Aydīhim Wa Mā Khalfahum Wa Lā Yashfa`ūna 'Illā Limani Artađá Wa Hum Min Khashyatihi Mushfiqūna 021-028 އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން شفاعة ތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުންތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ. يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يَشْفَع‍‍ُ‍و‍نَ إِلاَّ لِمَنِ ا‍رْتَضَى وَهُ‍‍م‍ْ مِنْ خَشْيَتِهِ مُشْفِق‍‍ُ‍و‍نَ
Wa Man Yaqul Minhum 'Innī 'Ilahun Min Dūnihi Fadhālika Najzīhi Jahannama Kadhālika Naj Až-Žālimīna 021-029 އެއުރެންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި إله އެކޭ ބުނާ މީހަކަށް، ފަހެ، ތިމަންރަސްކަލާނގެ ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. وَمَ‍‍ن‍ْ يَقُلْ مِنْهُمْ إِ‍نّ‍‍ِ‍‍ي إِلَه‍‍‍ٌ مِ‍‍ن‍ْ دُونِهِ فَذَلِكَ نَ‍‍ج‍‍ْز‍ِي‍هِ جَهَ‍‍ن‍ّ‍‍َمَ كَذَلِكَ نَ‍‍ج‍‍ْزِي ا‍لظَّالِم‍‍ِ‍ي‍نَ
'Awalam Yará Al-Ladhīna Kafarū 'Anna As-Samāwāti Wa Al-'Arđa Kānatā Ratqāan Fafataqnāhumā Wa Ja`alnā Mina Al-Mā'i Kulla Shay'in Ĥayyin 'Afalā Yu'uminūna 021-030 ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، كافر ވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުންހެއްދެވީމެވެ. ފަހެ، އެއުރެން إيمان ނުވަނީ ހެއްޔެވެ؟ أَوَلَمْ يَرَى ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍نّ‍‍َ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ كَانَتَا رَتْقا‍ً فَفَتَ‍‍ق‍‍ْنَاهُمَا وَجَعَلْنَا مِنَ ا‍لْم‍‍َ‍ا‍ءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِن‍‍ُ‍و‍نَ
Wa Ja`alnā Fī Al-'Arđi Rawāsiya 'An Tamīda Bihim Wa Ja`alnā Fīhā Fijājāan Subulāan La`allahum Yahtadūna 021-031 އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ. وَجَعَلْنَا فِي ا‍لأَرْضِ رَوَاسِيَ أَ‍ن‍ْ تَم‍‍ِ‍ي‍دَ بِهِمْ وَجَعَلْنَا فِيهَا فِجَاجا‍ً سُبُلا‍ً لَعَلَّهُمْ يَهْتَد‍ُو‍نَ
Wa Ja`alnā As-Samā'a Saqfāan Maĥfūžāan Wa Hum `An 'Āyātihā Mu`rūna 021-032 އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. وَجَعَلْنَا ا‍لسَّم‍‍َ‍ا‍ءَ سَ‍‍ق‍‍ْفا‍ً مَحْفُوظا‍ً وَهُمْ عَ‍‍ن‍ْ آيَاتِهَا مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Wa Huwa Al-Ladhī Khalaqa Al-Layla Wa An-Nahāra Wa Ash-Shamsa Wa Al-Qamara Kullun Fī Falakin Yasbaĥūna 021-033 އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. وَهُوَ ا‍لَّذِي خَلَقَ ا‍للَّيْلَ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ وَا‍لشَّمْسَ وَا‍لْقَمَرَ كُلّ‍‍‍ٌ فِي فَلَك‍‍‍ٍ يَسْبَح‍‍ُ‍و‍نَ
Wa Mā Ja`alnā Libasharin Min Qablika Al-Khulda 'Afa'īn Mitta Fahumu Al-Khālidūna 021-034 ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް آدم ގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ وَمَا جَعَلْنَا لِبَشَر‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ ا‍لْخُلْدَ أَفَإِيْ‍‍ن‍ْ مِتَّ فَهُمُ ا‍لْخَالِد‍ُو‍نَ
Kullu Nafsin Dhā'iqatu Al-Mawti Wa Nablūkum Bish-Sharri Wa Al-Khayri Fitnatan Wa 'Ilaynā Turja`ūna 021-035 ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوعކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. كُلُّ نَفْس‍‍‍ٍ ذ‍َا‍ئِقَةُ ا‍لْمَوْتِ وَنَ‍‍ب‍‍ْلُوكُ‍‍م‍ْ بِ‍‍ا‍لشَّرِّ وَا‍لْخَيْ‍‍ر‍ِ فِتْنَة‍‍‍ً وَإِلَيْنَا تُرْجَع‍‍ُ‍و‍نَ
Wa 'Idhā Ra'āka Al-Ladhīna Kafarū 'In Yattakhidhūnaka 'Illā Huzūan 'Ahadhā Al-Ladhī Yadhkuru 'Ālihatakum Wa Hum Bidhikri Ar-Raĥmāni Hum Kāfirūna 021-036 كافر ވި މީހުން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) ތިޔަބައިމީހުންގެ إله ންތަކަށް ކުޑައިމީސްބަސް ބުނާ މީހަކީ މިއީ ހެއްޔެވެ؟ އަދި އެއުރެންވަނީ ހަމަ، رحمن ވަންތަ ރަސްކަލާނގެ ފޮތަށް كافر ވެގެންނެވެ. وَإِذَا رَآكَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِ‍ن‍ْ يَتَّخِذُونَكَ إِلاَّ هُز‍ُو‍اً أَهَذَا ا‍لَّذِي يَذْكُرُ آلِهَتَكُمْ وَهُ‍‍م‍ْ بِذِكْ‍‍ر‍ِ ا‍لرَّحْمَنِ هُمْ كَافِر‍ُو‍نَ
Khuliqa Al-'Insānu Min `Ajalin Sa'urīkum 'Āyātī Falā Tasta`jilūni 021-037 އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ طبيعة ގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ آية ތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة ން އަވަސްވުން އެދި ނޫޅޭށެވެ! خُلِقَ ا‍لإِن‍س‍‍َ‍ا‍نُ مِنْ عَجَل‍‍‍ٍ سَأُ‍ر‍‍ِيكُمْ آيَاتِي فَلاَ تَسْتَعْجِل‍‍ُ‍و‍نِ
Wa Yaqūlūna Matá Hādhā Al-Wa`du 'In Kuntum Şādiqīna 021-038 އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُول‍‍ُ‍و‍نَ مَتَى هَذَا ا‍لْوَعْدُ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Law Ya`lamu Al-Ladhīna Kafarū Ĥīna Lā Yakuffūna `An Wujūhihimu An-Nāra Wa Lā `An Žuhūrihim Wa Lā Hum Yunşarūna 021-039 كافر ވި މީހުންނަށް އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފުރަގަހުން، އަލިފާނުގެ عذاب ދުރުނުކުރެވޭހިނދު، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر ލިބުމެއް ނުވާހިނދު (އެކަން) އެނގޭނަމަ (އެއުރެން އެހެނެއް ނުބުނާނެ) ތެވެ. لَوْ يَعْلَمُ ا‍لَّذ‍ِي‍نَ كَفَرُوا‍ ح‍‍ِ‍ي‍نَ لاَ يَكُفّ‍‍ُ‍و‍نَ عَ‍‍ن‍ْ وُجُوهِهِمُ ا‍ل‍‍ن‍ّ‍‍َ‍ا‍رَ وَلاَ عَ‍‍ن‍ْ ظُهُو‍ر‍‍ِهِمْ وَلاَ هُمْ يُ‍‍ن‍‍ْصَر‍ُو‍نَ
Bal Ta'tīhim Baghtatan Fatabhatuhum Falā Yastaţī`ūna Raddahā Wa Lā Hum Yunžarūna 021-040 އަދި ކިއެއްތަ! އެއުރެންނަށް އެކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެކަންތައް އެއުރެން حيران ކޮށްލާނެތެވެ.ފަހެ، އެއުރެންނަށް އެކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި އެއުރެންނަކަށް مهلة އެއް ނުމެދެއްވާނެމެއެވެ. بَلْ تَأْتِيهِ‍‍م‍ْ بَغْتَة‍‍‍ً فَتَ‍‍ب‍‍ْهَتُهُمْ فَلاَ يَسْتَطِيع‍‍ُ‍و‍نَ رَدَّهَا وَلاَ هُمْ يُ‍‍ن‍ظَر‍ُو‍نَ
Wa Laqadi Astuhzi'a Birusulin Min Qablika Faĥāqa Bial-Ladhīna Sakhirū Minhum Mā Kānū Bihi Yastahzi'ūn 021-041 ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ. وَلَقَدِ ا‍سْتُهْزِئَ بِرُسُل‍‍‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَح‍‍َ‍ا‍قَ بِ‍‍ا‍لَّذ‍ِي‍نَ سَخِرُوا‍ مِنْهُ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Qul Man Yakla'uukum Bil-Layli Wa An-Nahāri Mina Ar-Raĥmāni Bal Hum `An Dhikri Rabbihim Mu`rūna 021-042 ކަލޭގެފާނު ވިދާޅުވާށެވެ! ރެޔާއިދުވާލުގައި، رحمن ވަންތަ ރަސްކަލާނގެ ކޯފާއިން ތިޔަބައިމީހުން ރައްކާތެރިކުރާނީ ކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ ފޮތަށް ފުރަގަސްދޭ ބަޔެކެވެ. قُلْ مَ‍‍ن‍ْ يَكْلَؤُكُ‍‍م‍ْ بِ‍‍ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ مِنَ ا‍لرَّحْمَنِ بَلْ هُمْ عَ‍‍ن‍ْ ذِكْ‍‍ر‍ِ رَبِّهِ‍‍م‍ْ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
'Am Lahum 'Ālihatun Tamna`uhum Min Dūninā Lā Yastaţī`ūna Naşra 'Anfusihim Wa Lā Hum Minnā Yuşĥabūna 021-043 ނުވަތަ ތިމަންރަސްކަލާނގެ عذاب އެއުރެންގެ ކިބައިން ދުރުކޮށްދޭނެ إله ން ތަކެއް، އެއުރެންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ نفس އަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއްނުވެތެވެ. އަދި ތިމަންރަސްކަލާނގެ عذاب ން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ. أَمْ لَهُمْ آلِهَة‍‍‍ٌ تَمْنَعُهُ‍‍م‍ْ مِ‍‍ن‍ْ دُونِنَا لاَ يَسْتَطِيع‍‍ُ‍و‍نَ نَصْرَ أَن‍فُسِهِمْ وَلاَ هُ‍‍م‍ْ مِ‍‍ن‍ّ‍‍َا يُصْحَب‍‍ُ‍و‍نَ
Bal Matta`nā Hā'uulā' Wa 'Ābā'ahum Ĥattá Ţāla `Alayhimu Al-`Umuru 'Afalā Yarawna 'Annā Na'tī Al-'Arđa Nanquşuhā Min 'Aţrāfihā 'Afahumu Al-Ghālibūna 021-044 އަދި ކިއެއްތަ! މިބައިމީހުންނާއި، އެއުރެންގެ މައިންބަފައިން ދިގު عمر އަކަށް ދާނދެން ދުނިޔޭގެ نعمة ގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ،ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގެ ހުރިހާ ފަރާތަކުން އުނިކުރައްވަމުން ގެންދަވާކަން، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، ގަދަވާނެ ބަޔަކީ އެއުރެން ހެއްޔެވެ؟ بَلْ مَتَّعْنَا ه‍‍َ‍ا‍ؤُلاَء وَآب‍‍َ‍ا‍ءَهُمْ حَتَّى ط‍‍َ‍ا‍لَ عَلَيْهِمُ ا‍لْعُمُرُ أَفَلاَ يَرَوْنَ أَ‍نّ‍‍َا نَأْتِي ا‍لأَرْضَ نَ‍‍ن‍قُصُهَا مِنْ أَ‍ط‍‍ْرَافِهَ‍‍ا‍ أَفَهُمُ ا‍لْغَالِب‍‍ُ‍و‍نَ
Qul 'Innamā 'Undhirukum Bil-Waĥyi Wa Lā Yasma`u Aş-Şummu Ad-Du`ā'a 'Idhā Mā Yundharūna 021-045 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް إنذار ކުރައްވާކަން ކަށަވަރީ، وحى އިންނެވެ. އަދި ބީރުމީހުން، އެއުރެންނަށް إنذار ކުރައްވާ ހިނދު، ގޮވައިލާއަޑެއް ނާހާނެތެވެ. قُلْ إِ‍نّ‍‍َمَ‍‍ا‍ أُن‍ذِرُكُ‍‍م‍ْ بِ‍‍ا‍لْوَحْيِ وَلاَ يَسْمَعُ ا‍لصُّ‍‍م‍ّ‍‍ُ ا‍لدُّع‍‍َ‍ا‍ءَ إِذَا مَا يُ‍‍ن‍ذَر‍ُو‍نَ
Wa La'in Massat/hum Nafĥatun Min `Adhābi Rabbika Layaqūlunna Yā Waylanā 'Innā Kunnā Žālimīna 021-046 ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب ން ކިތަންމެ ކުޑަ މިންވަރެއް އެއުރެންގައި ބީހުނަސް، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައިވީމުއެވެ. وَلَئِ‍‍ن‍ْ مَسَّتْهُمْ نَفْحَة‍‍‍ٌ مِنْ عَذ‍َا‍بِ رَبِّكَ لَيَقُولُ‍‍ن‍ّ‍‍َ يَاوَيْلَنَ‍‍ا إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا ظَالِم‍‍ِ‍ي‍نَ
Wa Nađa`u Al-Mawāzīna Al-Qisţa Liyawmi Al-Qiyāmati Falā Tužlamu Nafsun Shay'āan Wa 'In Kāna Mithqāla Ĥabbatin Min Khardalin 'Ataynā Bihā Wa Kafá Binā Ĥāsibīna 021-047 ތިމަންރަސްކަލާނގެ قيامة ދުވަހުން عدل ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ. وَنَضَعُ ا‍لْمَوَاز‍ِي‍نَ ا‍لْقِسْطَ لِيَوْمِ ا‍لْقِيَامَةِ فَلاَ تُظْلَمُ نَفْس‍‍‍ٌ شَيْئا‍ً وَإِ‍ن‍ْ ك‍‍َ‍ا‍نَ مِثْق‍‍َ‍ا‍لَ حَبَّة‍‍‍ٍ مِنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِب‍‍ِ‍ي‍نَ
Wa Laqad 'Ātaynā Mūsá Wa Hārūna Al-Furqāna Wa Điyā'an Wa Dhikrāan Lilmuttaqīna 021-048 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށާއި، هارون ގެފާނަށް حق އާއި، باطل ވަކިކުރަނިވި ފޮތް (އެބަހީ:توراة) ދެއްވީމެވެ. تقوى ވެރިންނަށް، އަލިކަމެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. وَلَقَ‍‍د‍ْ آتَيْنَا مُوسَى وَهَار‍ُو‍نَ ا‍لْفُرْق‍‍َ‍ا‍نَ وَضِي‍‍َ‍ا‍ء‍ً وَذِكْرا‍ً لِلْمُتَّق‍‍ِ‍ي‍نَ
Al-Ladhīna Yakhshawna Rabbahum Bil-Ghaybi Wa Hum Mina As-Sā`ati Mushfiqūna 021-049 އެއުރެންނަކީ އެއުރެންގެ ވެރިރަސްކަލާނގެއަށް غيب ގައި ބިރުވެތިވާ މީހުންނެވެ. އަދި އެއުރެންވަނީ، قيامة ދުވަހަށް ބިރުވެތިވެގެންނެވެ. ا‍لَّذ‍ِي‍نَ يَخْشَوْنَ رَبَّهُ‍‍م‍ْ بِ‍‍ا‍لْغَيْبِ وَهُ‍‍م‍ْ مِنَ ا‍لسَّاعَةِ مُشْفِق‍‍ُ‍و‍نَ
Wa Hadhā Dhikrun Mubārakun 'Anzalnāhu 'Afa'antum Lahu Munkirūna 021-050 މި قرآن އަކީ، بركات ތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީ ހެއްޔެވެ؟ وَهَذَا ذِكْر‍ٌ مُبَارَكٌ أَن‍زَلْن‍‍َ‍ا‍هُ أَفَأَ‍ن‍‍ْتُمْ لَهُ مُ‍‍ن‍كِر‍ُو‍نَ
Wa Laqad 'Ātaynā 'Ibrāhīma Rushdahu Min Qablu Wa Kunnā Bihi `Ālimīna 021-051 އަދި ހަމަކަށަވަރުން، މީގެކުރިން إبراهيم ގެފާނަށް، ތިމަންރަސްކަލާނގެ ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ. وَلَقَ‍‍د‍ْ آتَيْنَ‍‍ا إِ‍ب‍‍ْرَاه‍‍ِ‍ي‍مَ رُشْدَهُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَكُ‍‍ن‍ّ‍‍َا بِهِ عَالِم‍‍ِ‍ي‍نَ
'Idh Qāla Li'abīhi Wa Qawmihi Mā Hadhihi At-Tamāthīlu Allatī 'Antum Lahā `Ākifūna 021-052 އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟ إِذْ ق‍‍َ‍ا‍لَ لِأَب‍‍ِ‍ي‍هِ وَقَوْمِهِ مَا هَذِهِ ا‍لتَّمَاث‍‍ِ‍ي‍لُ ا‍لَّتِ‍‍ي‍ أَ‍ن‍‍ْتُمْ لَهَا عَاكِف‍‍ُ‍و‍نَ
Qālū Wajadnā 'Ābā'anā Lahā `Ābidīna 021-053 އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ. قَالُو‍‍ا‍ وَجَ‍‍د‍‍ْنَ‍‍ا آب‍‍َ‍ا‍ءَنَا لَهَا عَابِد‍ِي‍نَ
Qāla Laqad Kuntum 'Antum Wa 'Ābā'uukum Fī Đalālin Mubīnin 021-054 އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ. ق‍َا‍لَ لَقَ‍‍د‍ْ كُ‍‍ن‍تُمْ أَ‍ن‍‍ْتُمْ وَآب‍‍َ‍ا‍ؤُكُمْ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Qālū 'Aji'tanā Bil-Ĥaqqi 'Am 'Anta Mina Al-Lā`ibīna 021-055 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، حق ތެދުމަގާއިގެން ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިން ހެއްޔެވެ؟ قَالُ‍‍و‍‍ا‍ أَجِئْتَنَا بِ‍‍ا‍لْحَقِّ أَمْ أَ‍ن‍‍ْتَ مِنَ ا‍للاَّعِب‍‍ِ‍ي‍نَ
Qāla Bal Rabbukum Rabbu As-Samāwāti Wa Al-'Arđi Al-Ladhī Faţarahunna Wa 'Anā `Alá Dhālikum Mina Ash-Shāhidīna 021-056 އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާނުލައި، އެ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ. ق‍َا‍لَ بَل رَبُّكُمْ رَبُّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ ا‍لَّذِي فَطَرَهُ‍‍ن‍ّ‍‍َ وَأَنَا عَلَى ذَلِكُ‍‍م‍ْ مِنَ ا‍لشَّاهِد‍ِي‍نَ
Wa Tālllahi La'akīdanna 'Aşnāmakum Ba`da 'An Tuwallū Mudbirīna 021-057 އަދި اللَّه ގަންދީ ހުވާ ކުރައްވަމެވެ. ތިޔަބައިމީހުން ފުރަގަސްދީ ދިއުމަށްފަހު، ތިޔަބައިމީހުންގެ ބުދުތައް ހަލާކުކޮށްލުމަށް، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ގޮތެއް ރާއްވަވާހުށީމެވެ. وَتَاللَّهِ لَأَكِيدَ‍نّ‍‍َ أَصْنَامَكُ‍‍م‍ْ بَعْدَ أَ‍ن‍ْ تُوَلُّو‍‍ا‍ مُ‍‍د‍‍ْبِ‍‍ر‍‍ِي‍نَ
Faja`alahum Judhādhāan 'Illā Kabīrāan Lahum La`allahum 'Ilayhi Yarji`ūna 021-058 ފަހެ، އެއުރެންގެ ބޮޑު ބުދު ފިޔަވައި، އެކަލޭގެފާނު އެ ބުދުތައް މުގުރުއްވިއެވެ. (އެއީ) އެއުރެން އޭގެކައިރިޔަށް އައުމަށްޓަކައެވެ. فَجَعَلَهُمْ جُذَاذا‍ً إِلاَّ كَبِيرا‍ً لَهُمْ لَعَلَّهُمْ إِلَيْهِ يَرْجِع‍‍ُ‍و‍نَ
Qālū Man Fa`ala Hādhā Bi'ālihatinā 'Innahu Lamina Až-Žālimīna 021-059 އެއުރެން ބުނޫއެވެ. ތިމަންމެންގެ إله ންތަކަށް މިހެންހެދީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ. قَالُو‍‍ا‍ مَ‍‍ن‍ْ فَعَلَ هَذَا بِآلِهَتِنَ‍‍ا إِ‍نّ‍‍َهُ لَمِنَ ا‍لظَّالِم‍‍ِ‍ي‍نَ
Qālū Sami`nā Fatáan Yadhkuruhum Yuqālu Lahu 'Ibrāhīmu 021-060 އެއުރެން ބުނޫއެވެ. إبراهيم އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް عيب ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ. قَالُو‍‍ا‍ سَمِعْنَا فَتى‍ً يَذْكُرُهُمْ يُق‍‍َ‍ا‍لُ لَهُ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ
Qālū Fa'tū Bihi `Alá 'A`yuni An-Nāsi La`allahum Yash/hadūna 021-061 އެއުރެން ބުނޫއެވެ.ފަހެ، މީސްތަކުންގެ ކުރިމައްޗަށް އޭނާ ގެންނާށެވެ! (އެއީ) އެއުރެން ހެކިވުމަށްޓަކައެވެ. قَالُو‍‍ا‍ فَأْتُو‍‍ا‍ بِهِ عَلَى أَعْيُنِ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لَعَلَّهُمْ يَشْهَد‍ُو‍نَ
Qālū 'A'anta Fa`alta Hādhā Bi'ālihatinā Yā 'Ibrāhīmu 021-062 އެއުރެން ބުނޫއެވެ. އޭ إبراهيم ގެފާނެވެ! ތިމަންމެންގެ إله ންތަކަށް މިހެން ހެއްދެވީ ކަލޭގެފާނުތޯއެވެ؟ قَالُ‍‍و‍‍ا‍ أَأَ‍ن‍‍ْتَ فَعَلْتَ هَذَا بِآلِهَتِنَا يَاإِ‍ب‍‍ْرَاه‍‍ِ‍ي‍مُ
Qāla Bal Fa`alahu Kabīruhumdhā Fās'alūhum 'In Kānū Yanţiqūna 021-063 އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! އެކަންތައް ކުޅައީ އެ ބުދުތަކުގެ ތެރެއިން މިހިރަބޮޑުބުދެވެ. ފަހެ، އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެބުދުތަކާ سؤال ކުރާށެވެ! ق‍َا‍لَ بَلْ فَعَلَهُ كَبِيرُهُمْ هَذَا فَاسْأَلُوهُمْ إِ‍ن‍ْ كَانُو‍‍ا‍ يَ‍‍ن‍طِق‍‍ُ‍و‍نَ
Faraja`ū 'Ilá 'Anfusihim Faqālū 'Innakum 'Antumu Až-Žālimūna 021-064 ފަހެ، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް رجوع ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކީ، ހަމަތިޔަބައި މީހުންނެވެ. فَرَجَعُ‍‍و‍‍ا‍ إِلَى أَن‍فُسِهِمْ فَقَالُ‍‍و‍‍ا‍ إِ‍نّ‍‍َكُمْ أَ‍ن‍‍ْتُمُ ا‍لظَّالِم‍‍ُ‍و‍نَ
Thumma Nukisū `Alá Ru'ūsihim Laqad `Alimta Mā Hā'uulā' Yanţiqūna 021-065 ދެން އެއުރެންނަށް އިސްދަށަށް ޖެހެވުނެވެ. (އަދި ބުނޫއެވެ.) ހަމަކަށަވަރުން، މި ތަކެތި ވާހަކަ ނުދައްކާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާނެތެވެ. ثُ‍‍م‍ّ‍‍َ نُكِسُو‍‍ا‍ عَلَى رُء‍ُ‍وسِهِمْ لَقَ‍‍د‍ْ عَلِمْتَ مَا ه‍‍َ‍ا‍ؤُلاَء يَ‍‍ن‍طِق‍‍ُ‍و‍نَ
Qāla 'Afata`budūna Min Dūni Al-Lahi Mā Lā Yanfa`ukum Shay'āan Wa Lā Yađurrukum 021-066 އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ، އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް اللَّه ފިޔަވައި، ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ ق‍َا‍لَ أَفَتَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ مَا لاَ يَ‍‍ن‍فَعُكُمْ شَيْئا‍ً وَلاَ يَضُرُّكُمْ
'Uffin Lakum Wa Limā Ta`budūna Min Dūni Al-Lahi 'Afalā Ta`qilūna 021-067 ތިޔަބައިމީހުންނަށާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް، ހަޑިހުތުރުކަންހުށްޓެވެ. ފަހެ،ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ أُفّ‍‍‍ٍ لَكُمْ وَلِمَا تَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ أَفَلاَ تَعْقِل‍‍ُ‍و‍نَ
Qālū Ĥarriqūhu Wa Anşurū 'Ālihatakum 'In Kuntum Fā`ilīna 021-068 އެއުރެން ބުނޫއެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދައިލާށެވެ! އަދި ތިޔަބައިމީހުންގެ إله ންތަކަށް نصر ދޭށެވެ! قَالُو‍‍ا‍ حَرِّق‍‍ُ‍و‍هُ وَا‍ن‍صُرُو‍ا‍ آلِهَتَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ فَاعِل‍‍ِ‍ي‍نَ
Qulnā Yā Nāru Kūnī Bardāan Wa Salāmāan `Alá 'Ibrāhīma 021-069 (ދެން އެއުރެން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ އަލިފާނާއެވެ! إبراهيم ގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، أمان ކަމެއްކަމުގައި ވާށެވެ! قُلْنَا يَا ن‍‍َ‍ا‍رُ كُونِي بَرْدا‍ً وَسَلاَماً عَلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ
Wa 'Arādū Bihi Kaydāan Faja`alnāhumu Al-'Akhsarīna 021-070 އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. ފަހެ، އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކުކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. وَأَرَادُوا‍ بِهِ كَيْدا‍ً فَجَعَلْنَاهُمُ ا‍لأَخْسَ‍‍ر‍‍ِي‍نَ
Wa Najjaynāhu Wa Lūţāan 'Ilá Al-'Arđi Allatī Bāraknā Fīhā Lil`ālamīna 021-071 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، لوط ގެފާނު ސަލާމަތްކުރައްވައި، عالم ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ. وَنَجَّيْن‍‍َ‍ا‍هُ وَلُوطا‍ً إِلَى ا‍لأَرْضِ ا‍لَّتِي بَارَكْنَا فِيهَا لِلْعَالَم‍‍ِ‍ي‍نَ
Wa Wahabnā Lahu 'Isĥāqa Wa Ya`qūba Nāfilatan Wa Kullāan Ja`alnā Şāliĥīna 021-072 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނު ދެއްވީމެވެ. އަދި އިތުރަށް يعقوب ގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ހުރިހާ ބޭކަލުންނަކީ، صالح ން ކަމުގައި ލެއްވީމެވެ. وَوَهَ‍‍ب‍‍ْنَا لَهُ إِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ نَافِلَة‍‍‍ً وَكُلاّ‍ً جَعَلْنَا صَالِح‍‍ِ‍ي‍نَ
Wa Ja`alnāhum 'A'immatan Yahdūna Bi'amrinā Wa 'Awĥaynā 'Ilayhim Fi`la Al-Khayrāti Wa 'Iqāma Aş-Şalāati Wa 'Ītā'a Az-Zakāati Wa Kānū Lanā `Ābidīna 021-073 އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެއެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު قائم ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحى ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ. وَجَعَلْنَاهُمْ أَئِ‍‍م‍ّ‍‍َة‍‍‍ً يَهْد‍ُو‍نَ بِأَمْ‍‍ر‍‍ِنَا وَأَوْحَيْنَ‍‍ا إِلَيْهِمْ فِعْلَ ا‍لْخَيْر‍َا‍تِ وَإِق‍‍َ‍ا‍مَ ا‍لصَّلاَةِ وَإِيت‍‍َ‍ا‍ءَ ا‍لزَّك‍‍َ‍ا‍ةِ وَكَانُو‍‍ا‍ لَنَا عَابِد‍ِي‍نَ
Wa Lūţāan 'Ātaynāhu Ĥukmāan Wa `Ilmāan Wa Najjaynāhu Mina Al-Qaryati Allatī Kānat Ta`malu Al-Khabā'itha 'Innahum Kānū Qawma Saw'in Fāsiqīna 021-074 لوط ގެފާނަށް ތިމަންރަސްކަލާނގެ حكمة ތެރިކަމާއި، علم ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ، ނުބައިކަމުގެ أهل ވެރި، فاسق ބަޔަކު ކަމުގައެވެ. وَلُوطا‍ً آتَيْن‍‍َ‍ا‍هُ حُكْما‍ً وَعِلْما‍ً وَنَجَّيْن‍‍َ‍ا‍هُ مِنَ ا‍لْقَرْيَةِ ا‍لَّتِي كَانَ‍‍ت‍ْ تَعْمَلُ ا‍لْخَب‍‍َ‍ا‍ئِثَ إِ‍نّ‍‍َهُمْ كَانُو‍‍ا‍ قَوْمَ سَوْء‍ٍ فَاسِق‍‍ِ‍ي‍نَ
Wa 'Adkhalnāhu Fī Raĥmatinā 'Innahu Mina Aş-Şāliĥīna 021-075 އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، صالح ންގެ ތެރެއިންނެވެ. وَأَ‍د‍‍ْخَلْن‍‍َ‍ا‍هُ فِي رَحْمَتِنَ‍‍ا إِ‍نّ‍‍َهُ مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Wa Nūĥāan 'Idhdá Min Qablu Fāstajabnā Lahu Fanajjaynāhu Wa 'Ahlahu Mina Al-Karbi Al-`Ažīmi 021-076 އަދި އޭގެކުރިން، نوح ގެފާނު (ތިމަންރަސްކަލާނގެ حضرة އަށް) دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. وَنُوحا‍ً إِذْ نَادَى مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَاسْتَجَ‍‍ب‍‍ْنَا لَهُ فَنَجَّيْن‍‍َ‍ا‍هُ وَأَهْلَهُ مِنَ ا‍لْكَرْبِ ا‍لْعَظ‍‍ِ‍ي‍مِ
Wa Naşarnāhu Mina Al-Qawmi Al-Ladhīna Kadhdhabū Bi'āyātinā 'Innahum Kānū Qawma Saw'in Fa'aghraqnāhum 'Ajma`īna 021-077 އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތްކުރައްވައި) ތިމަންރަސްކަލާނގެއެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ނުބައިކަމުގެ أهل ވެރި ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ. وَنَصَرْن‍‍َ‍ا‍هُ مِنَ ا‍لْقَوْمِ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَ‍‍ا إِ‍نّ‍‍َهُمْ كَانُو‍‍ا‍ قَوْمَ سَوْء‍ٍ فَأَغْرَ‍ق‍‍ْنَاهُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Wa Dāwūda Wa Sulaymāna 'Idh Yaĥkumāni Fī Al-Ĥarthi 'Idh Nafashat Fīhi Ghanamu Al-Qawmi Wa Kunnā Liĥukmihim Shāhidīna 021-078 އަދި داود ގެފާނާއި، سليمان ގެފާނު ހަނދުމަކުރާށެވެ! قوم ގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألة ގައި، އެ ދެބޭކަލުން (ދެގޮތަށް) حكم ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكم ގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ. وَدَاو‍ُو‍دَ وَسُلَيْم‍‍َ‍ا‍نَ إِذْ يَحْكُم‍‍َ‍ا‍نِ فِي ا‍لْحَرْثِ إِذْ نَفَشَتْ ف‍‍ِ‍ي‍هِ غَنَمُ ا‍لْقَوْمِ وَكُ‍‍ن‍ّ‍‍َا لِحُكْمِهِمْ شَاهِد‍ِي‍نَ
Fafahhamnāhā Sulaymāna Wa Kullāan 'Ātaynā Ĥukmāan Wa `Ilmāan Wa Sakhkharnā Ma`a Dāwūda Al-Jibāla Yusabbiĥna Wa Aţ-Ţayra Wa Kunnā Fā`ilīna 021-079 ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ. فَفَهَّمْنَاهَا سُلَيْم‍‍َ‍ا‍نَ وَكُلاّ‍ً آتَيْنَا حُكْما‍ً وَعِلْما‍ً وَسَخَّرْنَا مَعَ دَاو‍ُو‍دَ ا‍لْجِب‍‍َ‍ا‍لَ يُسَبِّحْنَ وَا‍لطَّيْرَ وَكُ‍‍ن‍ّ‍‍َا فَاعِل‍‍ِ‍ي‍نَ
Wa `Allamnāhu Şan`ata Labūsin Lakum Lituĥşinakum Min Ba'sikum Fahal 'Antum Shākirūna 021-080 އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟ وَعَلَّمْن‍‍َ‍ا‍هُ صَنْعَةَ لَب‍‍ُ‍و‍س‍‍‍ٍ لَكُمْ لِتُحْصِنَكُ‍‍م‍ْ مِ‍‍ن‍ْ بَأْسِكُمْ فَهَلْ أَ‍ن‍‍ْتُمْ شَاكِر‍ُو‍نَ
Wa Lisulaymāna Ar-Rīĥa `Āşifatan Tajrī Bi'amrihi 'Ilá Al-'Arđi Allatī Bāraknā Fīhā Wa Kunnā Bikulli Shay'in `Ālimīna 021-081 އަދި ތިމަންރަސްކަލާނގެ، سليمان ގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) خدمةތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركات ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ. وَلِسُلَيْم‍‍َ‍ا‍نَ ا‍لرّ‍ِي‍حَ عَاصِفَة‍‍‍ً تَ‍‍ج‍‍ْ‍‍ر‍‍ِي بِأَمْ‍‍ر‍‍ِهِ إِلَى ا‍لأَرْضِ ا‍لَّتِي بَارَكْنَا فِيهَا وَكُ‍‍ن‍ّ‍‍َا بِكُلِّ شَيْءٍ عَالِم‍‍ِ‍ي‍نَ
Wa Mina Ash-Shayāţīni Man Yaghūşūna Lahu Wa Ya`malūna `Amalāan Dūna Dhālika Wa Kunnā Lahum Ĥāfižīna 021-082 އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ. وَمِنَ ا‍لشَّيَاط‍‍ِ‍ي‍نِ مَ‍‍ن‍ْ يَغُوص‍‍ُ‍و‍نَ لَهُ وَيَعْمَل‍‍ُ‍و‍نَ عَمَلا‍ً د‍ُو‍نَ ذَلِكَ وَكُ‍‍ن‍ّ‍‍َا لَهُمْ حَافِظ‍‍ِ‍ي‍نَ
Wa 'Ayyūba 'Idhdá Rabbahu 'Annī Massanī Ađ-Đurru Wa 'Anta 'Arĥamu Ar-Rāĥimīna 021-083 އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. وَأَيّ‍‍ُ‍و‍بَ إِذْ نَادَى رَبَّهُ أَ‍نّ‍‍ِي مَسَّنِي ا‍لضُّرُّ وَأَ‍ن‍‍ْتَ أَرْحَمُ ا‍لرَّاحِم‍‍ِ‍ي‍نَ
Fāstajabnā Lahu Fakashafnā Mā Bihi Min Đurrin Wa 'Ātaynāhu 'Ahlahu Wa Mithlahum Ma`ahum Raĥmatan Min `Indinā Wa Dhikrá Lil`ābidīna 021-084 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ. فَاسْتَجَ‍‍ب‍‍ْنَا لَهُ فَكَشَفْنَا مَا بِهِ مِ‍‍ن‍ْ ضُرّ‍ٍ وَآتَيْن‍‍َ‍ا‍هُ أَهْلَهُ وَمِثْلَهُ‍‍م‍ْ مَعَهُمْ رَحْمَة‍‍‍ً مِنْ عِ‍‍ن‍‍ْدِنَا وَذِكْرَى لِلْعَابِد‍ِي‍نَ
Wa 'Ismā`īla Wa 'Idrīsa Wa Dhā Al-Kifli Kullun Mina Aş-Şābirīna 021-085 އަދި إسماعيل ގެފާނާއި، إدريس ގެފާނާއި،ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. وَإِسْمَاع‍‍ِ‍ي‍لَ وَإِ‍د‍‍ْ‍ر‍‍ِي‍سَ وَذَا ا‍لْكِفْلِ كُلّ‍‍‍ٌ مِنَ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa 'Adkhalnāhum Fī Raĥmatinā 'Innahum Mina Aş-Şāliĥīna 021-086 އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ. وَأَ‍د‍‍ْخَلْنَاهُمْ فِي رَحْمَتِنَ‍‍ا إِ‍نّ‍‍َهُ‍‍م‍ْ مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Wa Dhā An-Nūni 'Idh Dhahaba Mughāđibāan Fažanna 'An Lan Naqdira `Alayhi Fanādá Fī Až-Žulumāti 'An Lā 'Ilāha 'Illā 'Anta Subĥānaka 'Innī Kuntu Mina Až-Žālimīna 021-087 އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. وَذَا ا‍ل‍‍ن‍ّ‍‍ُ‍و‍نِ إِ‍ذ‍ْ ذَهَبَ مُغَاضِبا‍ً فَظَ‍‍ن‍ّ‍‍َ أَ‍ن‍ْ لَ‍‍ن‍ْ نَ‍‍ق‍‍ْدِ‍ر‍َ عَلَيْهِ فَنَادَى فِي ا‍لظُّلُم‍‍َ‍ا‍تِ أَ‍ن‍ْ لاَ إِلَهَ إِلاَّ أَ‍ن‍‍ْتَ سُ‍‍ب‍‍ْحَانَكَ إِ‍نّ‍‍ِي كُ‍‍ن‍تُ مِنَ ا‍لظَّالِم‍‍ِ‍ي‍نَ
Fāstajabnā Lahu Wa Najjaynāhu Mina Al-Ghammi Wa Kadhalika Nun Al-Mu'uminīna 021-088 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ. فَاسْتَجَ‍‍ب‍‍ْنَا لَهُ وَنَجَّيْن‍‍َ‍ا‍هُ مِنَ ا‍لْغَ‍‍م‍ّ‍‍ِ وَكَذَلِكَ نُ‍‍ن‍‍ْجِي ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Zakarīyā 'Idhdá Rabbahu Rabbi Lā Tadharnī Fardāan Wa 'Anta Khayru Al-Wārithīna 021-089 އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް)އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. وَزَكَ‍‍ر‍‍ِيَّ‍‍ا إِذْ نَادَى رَبَّهُ رَبِّ لاَ تَذَرْنِي فَرْدا‍ً وَأَ‍ن‍‍ْتَ خَيْرُ ا‍لْوَا‍ر‍‍ِث‍‍ِ‍ي‍نَ
Fāstajabnā Lahu Wa Wahabnā Lahu Yaĥyá Wa 'Aşlaĥnā Lahu Zawjahu 'Innahum Kānū Yusāri`ūna Fī Al-Khayrāti Wa Yad`ūnanā Raghabāan Wa Rahabāan Wa Kānū Lanā Khāshi`īna 021-090 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ. فَاسْتَجَ‍‍ب‍‍ْنَا لَهُ وَوَهَ‍‍ب‍‍ْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُ إِ‍نّ‍‍َهُمْ كَانُو‍‍ا‍ يُسَا‍ر‍‍ِع‍‍ُ‍و‍نَ فِي ا‍لْخَيْر‍َا‍تِ وَيَ‍‍د‍‍ْعُونَنَا رَغَبا‍ً وَرَهَبا‍ً وَكَانُو‍‍ا‍ لَنَا خَاشِع‍‍ِ‍ي‍نَ
Wa A-Atī 'Aĥşanat Farjahā Fanafakhnā Fīhā Min Rūĥinā Wa Ja`alnāhā Wa Abnahā 'Āyatan Lil`ālamīna 021-091 އަދި އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާ (އެބަހީ: مريم ގެފާނު) ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ روح ފުޅުން އެ ކަމަނާއަށް ފުމެލެއްވީމެވެ. އަދި އެކަމަނާއާއި، އެ ކަމަނާގެ ދަރިކަލުން عيسى ގެފާނު، عالم ތަކަށްވާ ހެތްކެއްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. وَالَّتِ‍‍ي‍ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِ‍‍ن‍ْ رُوحِنَا وَجَعَلْنَاهَا وَا‍ب‍‍ْنَهَ‍‍ا آيَة‍‍‍ً لِلْعَالَم‍‍ِ‍ي‍نَ
'Inna Hadhihi 'Ummatukum 'Ummatan Wāĥidatan Wa 'Anā Rabbukum Fā`budūni 021-092 ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށްއަޅުކަންކުރާށެވެ! إِ‍نّ‍‍َ هَذِهِ أُ‍مّ‍‍َتُكُمْ أُ‍مّ‍‍َة‍‍‍ً وَا‍حِدَة‍‍‍ً وَأَنَا رَبُّكُمْ فَاعْبُد‍ُو‍نِ
Wa Taqaţţa`ū 'Amrahum Baynahum Kullun 'Ilaynā Rāji`ūna 021-093 އެއުރެންގެ މެދުގައި، ދީނުގެ ކަންތައްތަކާމެދު خلاف ވެ، ވަކިވަކިވެގަތޫއެވެ. އެއިން ކޮންމެ ބަޔަކީވެސް، ތިމަންރަސްކަލާނގެ حضرة އަށް رجوع ވާނޭ ބަޔެކެވެ. وَتَقَطَّعُ‍‍و‍‍ا‍ أَمْرَهُ‍‍م‍ْ بَيْنَهُمْ كُلّ‍‍‍ٌ إِلَيْنَا رَاجِع‍‍ُ‍و‍نَ
Faman Ya`mal Mina Aş-Şāliĥāti Wa Huwa Mu'uminun Falā Kufrāna Lisa`yihi Wa 'Innā Lahu Kātibūna 021-094 ފަހެ، إيمان ވެހުރެ صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ عمل ގެއްލިއެއް ނުދާނެތެވެ. އަދި އެމީހާގެ عمل ތައް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. فَمَ‍‍ن‍ْ يَعْمَلْ مِنَ ا‍لصَّالِح‍‍َ‍ا‍تِ وَهُوَ مُؤْمِن‍‍‍ٌ فَلاَ كُفْر‍َا‍نَ لِسَعْيِهِ وَإِ‍نّ‍‍َا لَهُ كَاتِب‍‍ُ‍و‍نَ
Wa Ĥarāmun `Alá Qaryatin 'Ahlaknāhā 'Annahum Lā Yarji`ūna 021-095 ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهل ވެރިން އެނބުރި (ދުނިޔެއަށް) ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވެއެވެ. وَحَر‍َا‍مٌ عَلَى قَرْيَةٍ أَهْلَكْنَاهَ‍‍ا‍ أَ‍نّ‍‍َهُمْ لاَ يَرْجِع‍‍ُ‍و‍نَ
Ĥattá 'Idhā Futiĥat Ya'jūju Wa Ma'jūju Wa Hum Min Kulli Ĥadabin Yansilūna 021-096 يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. حَتَّى إِذَا فُتِحَتْ يَأْج‍‍ُ‍و‍جُ وَمَأْج‍‍ُ‍و‍جُ وَهُ‍‍م‍ْ مِ‍‍ن‍ْ كُلِّ حَدَب‍‍‍ٍ يَ‍‍ن‍سِل‍‍ُ‍و‍نَ
qtaraba Al-Wa`du Al-Ĥaqqu Fa'idhā Hiya Shākhişatun 'Abşāru Al-Ladhīna Kafarū Yā Waylanā Qad Kunnā Fī Ghaflatin Min Hādhā Bal Kunnā Žālimīna 021-097 އަދި حق ތެދު وعد (އެބަހީ: قيامة ވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން كافر ވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެތެވެ. (އަދި ބުނާނެތެވެ.) އޭ ތިމަންމެންނަށްހުރި ހަލާކެއްގެބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންތިބީ، މިކަންތައްތަކާމެދު غافل ކަމެއްގައެވެ. އަދި ކިއެއްތަ! ތިމަންމެންވީ، އަނިޔާވެރި ބަޔެއްކަަމުގައެވެ. وَا‍ق‍‍ْتَرَبَ ا‍لْوَعْدُ ا‍لْحَقُّ فَإِذَا هِيَ شَاخِصَةٌ أَ‍ب‍‍ْص‍‍َ‍ا‍رُ ا‍لَّذ‍ِي‍نَ كَفَرُوا‍ يَاوَيْلَنَا قَ‍‍د‍ْ كُ‍‍ن‍ّ‍‍َا فِي غَفْلَة‍‍‍ٍ مِنْ هَذَا بَلْ كُ‍‍ن‍ّ‍‍َا ظَالِم‍‍ِ‍ي‍نَ
'Innakum Wa Mā Ta`budūna Min Dūni Al-Lahi Ĥaşabu Jahannama 'Antum Lahā Wa Aridūna 021-098 ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުންއަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ. إِ‍نّ‍‍َكُمْ وَمَا تَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ حَصَبُ جَهَ‍‍ن‍ّ‍‍َمَ أَ‍ن‍‍ْتُمْ لَهَا وَا‍ر‍‍ِد‍ُو‍نَ
Law Kāna Hā'uulā' 'Ālihatan Mā Waradūhā Wa Kullun Fīhā Khālidūna 021-099 މި ތަކެއްޗަކީ، إله ންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ. لَوْ ك‍‍َ‍ا‍نَ ه‍‍َ‍ا‍ؤُلاَء آلِهَة‍‍‍ً مَا وَرَدُوهَا وَكُلّ‍‍‍ٌ فِيهَا خَالِد‍ُو‍نَ
Lahum Fīhā Zafīrun Wa Hum Fīhā Lā Yasma`ūna 021-100 އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ. لَهُمْ فِيهَا زَف‍‍ِ‍ي‍ر‍ٌ وَهُمْ فِيهَا لاَ يَسْمَع‍‍ُ‍و‍نَ
'Inna Al-Ladhīna Sabaqat Lahum Minnā Al-Ĥusná 'Ūlā'ika `Anhā Mub`adūna 021-101 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ سَبَقَتْ لَهُ‍‍م‍ْ مِ‍‍ن‍ّ‍‍َا ا‍لْحُسْنَى أ‍ُ‍وْل‍‍َ‍ا‍ئِكَ عَنْهَا مُ‍‍ب‍‍ْعَد‍ُو‍نَ
Lā Yasma`ūna Ĥasīsahā Wa Hum Fī Mā Ashtahat 'Anfusuhum Khālidūna 021-102 އެއުރެންނަކަށް އެތާނގެ އަލިފާނުގެ އަޑެއްވެސް ނީވޭނެތެވެ. އަދި އެއުރެން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެއުރެން ދެމިތިބޭނެތެވެ. لاَ يَسْمَع‍‍ُ‍و‍نَ حَسِيسَهَا وَهُمْ فِي مَا ا‍شْتَهَتْ أَن‍فُسُهُمْ خَالِد‍ُو‍نَ
Lā Yaĥzunuhumu Al-Faza`u Al-'Akbaru Wa Tatalaqqāhumu Al-Malā'ikatu Hādhā Yawmukumu Al-Ladhī Kuntum Tū`adūna 021-103 އެންމެބޮޑު ބިރުވެރިކަން (އެބަހީ: قيامة ދުވަހުގެ ބިރުވެރިކަން) އެއުރެންނަކަށް އެއްވެސް ހިތާމައެއް ނުދޭހުށްޓެވެ. އަދި ملائكة ން އެއުރެންނާ ބައްދަލުކުރައްވާނެތެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންނަށް وعد ކުރައްވާ ކަމުގައިވީ ދުވަހަކީ މިއެވެ. لاَ يَحْزُنُهُمُ ا‍لْفَزَعُ ا‍لأَكْبَرُ وَتَتَلَقَّاهُمُ ا‍لْمَلاَئِكَةُ هَذَا يَوْمُكُمُ ا‍لَّذِي كُ‍‍ن‍تُمْ تُوعَد‍ُو‍نَ
Yawma Naţ As-Samā'a Kaţayyi As-Sijilli Lilkutubi Kamā Bada'nā 'Awwala Khalqin Nu`īduhu Wa`dāan `Alaynā 'Innā Kunnā Fā`ilīna 021-104 އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ.އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ. يَوْمَ نَ‍‍ط‍‍ْوِي ا‍لسَّم‍‍َ‍ا‍ءَ كَطَيِّ ا‍لسِّجِلِّ لِلْكُتُبِ كَمَا بَدَأْنَ‍‍ا‍ أَوَّلَ خَلْق‍‍‍ٍ نُعِيدُهُ وَعْداً عَلَيْنَ‍‍ا إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا فَاعِل‍‍ِ‍ي‍نَ
Wa Laqad Katabnā Fī Az-Zabūri Min Ba`di Adh-Dhikri 'Anna Al-'Arđa Yarithuhā `Ibādiya Aş-Şāliĥūna 021-105 ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ صالح އަޅުންނަށެވެ. وَلَقَ‍‍د‍ْ كَتَ‍‍ب‍‍ْنَا فِي ا‍لزَّب‍‍ُ‍و‍ر‍ِ مِ‍‍ن‍ْ بَعْدِ ا‍لذِّكْ‍‍ر‍ِ أَ‍نّ‍‍َ ا‍لأَرْضَ يَ‍‍ر‍‍ِثُهَا عِبَادِيَ ا‍لصَّالِح‍‍ُ‍و‍نَ
'Inna Fī Hādhā Labalāghāan Liqawmin `Ābidīna 021-106 ހަމަކަށަވަރުން، އަޅުކަންކުރާ ބަޔަކަށް ފުދޭވަރުގެ އެންގުމެއް، މީގައިވާކަން ކަށަވަރެވެ. إِ‍نّ‍‍َ فِي هَذَا لَبَلاَغا‍ً لِقَوْمٍ عَابِد‍ِي‍نَ
Wa Mā 'Arsalnāka 'Illā Raĥmatan Lil`ālamīna 021-107 އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. وَمَ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ إِلاَّ رَحْمَة‍‍‍ً لِلْعَالَم‍‍ِ‍ي‍نَ
Qul 'Innamā Yūĥá 'Ilayya 'Annamā 'Ilahukum 'Ilahun Wāĥidun Fahal 'Antum Muslimūna 021-108 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް وحى އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެއް ކަމަށެވެ. ފަހެ، ތިޔަބައިމީހުންނީ (އެކަން قبول ކޮށް) إسلام ވާ ބަޔެއް ހެއްޔެވެ؟ قُلْ إِ‍نّ‍‍َمَا يُوحَى إِلَيَّ أَ‍نّ‍‍َمَ‍‍ا إِلَهُكُمْ إِلَه‍‍‍ٌ وَا‍حِد‍ٌ فَهَلْ أَ‍ن‍‍ْتُ‍‍م‍ْ مُسْلِم‍‍ُ‍و‍نَ
Fa'in Tawallaw Faqul 'Ādhantukum `Alá Sawā'in Wa 'In 'Adrī 'Aqarībun 'Am Ba`īdun Mā Tū`adūna 021-109 ދެން އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ސާފުކޮށް (حق ގޮތް) އަންގަވައި ދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށް وعد ކުރައްވާ ދުވަސްއޮތީ، ގާތުގައިކަން ނުވަތަ ދުރުގައިކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. فَإِ‍ن‍ْ تَوَلَّوْا فَقُلْ آذَ‍ن‍‍ْتُكُمْ عَلَى سَو‍َا‍ء‍ٍ وَإِنْ أَ‍د‍‍ْ‍ر‍‍ِي أَقَ‍‍ر‍‍ِي‍بٌ أَ‍م‍ْ بَع‍‍ِ‍ي‍د‍ٌ مَا تُوعَد‍ُو‍نَ
'Innahu Ya`lamu Al-Jahra Mina Al-Qawli Wa Ya`lamu Mā Taktumūna 021-110 ހަމަކަށަވަރުން، ފާޅުގައި ބުނެވޭބަސްތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. إِ‍نّ‍‍َهُ يَعْلَمُ ا‍لْجَهْرَ مِنَ ا‍لْقَوْلِ وَيَعْلَمُ مَا تَكْتُم‍‍ُ‍و‍نَ
Wa 'In 'Adrī La`allahu Fitnatun Lakum Wa Matā`un 'Ilá Ĥīnin 021-111 (ތިޔަބައިމީހުން ލެހެއްޓެވިކަން) އެއީ، ތިޔަބައިމީހުންނަށްވާ امتحان އެއްކަން، ނުވަތަ ވަކި މުއްދަތަކާ ޖެހެންދެން ލިބޭވަގުތީ އުފަލެއްކަން، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. وَإِنْ أَ‍د‍‍ْ‍ر‍‍ِي لَعَلَّهُ فِتْنَة‍‍‍ٌ لَكُمْ وَمَت‍‍َ‍ا‍ع‍‍‍ٌ إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Qāla Rabbi Aĥkum Bil-Ĥaqqi Wa Rabbunā Ar-Raĥmānu Al-Musta`ānu `Alá Mā Taşifūna 021-112 އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! (މި އަޅާއާއި، مشرك ންނާ ދެމެދު) حق ގޮތުގައި حكم ކުރައްވާނދޭވެ! އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާފަރާތަކީ، އަޅަމެންގެ ވެރި، رحمن ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ رَبِّ ا‍حْكُ‍‍م‍ْ بِ‍‍ا‍لْحَقِّ وَرَبُّنَا ا‍لرَّحْمَنُ ا‍لْمُسْتَع‍‍َ‍ا‍نُ عَلَى مَا تَصِف‍‍ُ‍و‍نَ
Next Sūrah