19) Sūrat Maryam

Printed format

19) سُورَة مَريَم

Kāf-Hā-Yā-`Ayn-Şād 019-001 ك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) كَاف-هَا-يَا-عَي‍‍ن‍-صَاد
Dhikru Raĥmati Rabbika `Abdahu Zakarīyā 019-002 މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ. ذِكْرُ رَحْمَةِ رَبِّكَ عَ‍‍ب‍‍ْدَهُ زَكَ‍‍ر‍‍ِيَّا
'Idhdá Rabbahu Nidā'an Khafīyāan 019-003 އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ. إِذْ نَادَى رَبَّهُ نِد‍َا‍ءً خَفِيّا‍ً
Qāla Rabbi 'Innī Wahana Al-`Ažmu Minnī Wa Ashta`ala Ar-Ra'su Shaybāan Wa Lam 'Akun Bidu`ā'ika Rabbi Shaqīyāan 019-004 އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ. ق‍َا‍لَ رَبِّ إِ‍نّ‍‍ِي وَهَنَ ا‍لْعَظْمُ مِ‍‍ن‍ّ‍‍ِي وَا‍شْتَعَلَ ا‍لرَّأْسُ شَيْبا‍ً وَلَمْ أَكُ‍‍ن‍ْ بِدُع‍‍َ‍ا‍ئِكَ رَبِّ شَقِيّا‍ً
Wa 'Innī Khiftu Al-Mawāliya Min Warā'ī Wa Kānati Amra'atī `Āqirāan Fahab Lī Min Ladunka Walīyāan 019-005 އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! وَإِ‍نّ‍‍ِي خِفْتُ ا‍لْمَوَالِيَ مِ‍‍ن‍ْ وَر‍َا‍ئ‍‍ِ‍ي وَكَانَتِ ا‍مْرَأَتِي عَاقِرا‍ً فَهَ‍‍ب‍ْ لِي مِ‍‍ن‍ْ لَدُ‍ن‍‍ْكَ وَلِيّا‍ً
Yarithunī Wa Yarithu Min 'Āli Ya`qūba Wa Aj`alhu Rabbi Rađīyāan 019-006 ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާއަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ! يَ‍‍ر‍‍ِثُنِي وَيَ‍‍ر‍‍ِثُ مِ‍‍ن‍ْ آلِ يَعْق‍‍ُ‍و‍بَ وَا‍ج‍‍ْعَلْهُ رَبِّ رَضِيّا‍ً
Yā Zakarīyā 'Innā Nubashshiruka Bighulāmin Asmuhu Yaĥyá Lam Naj`al Lahu Min Qablu Samīyāan 019-007 އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ. يَازَكَ‍‍ر‍‍ِيَّ‍‍ا إِ‍نّ‍‍َا نُبَشِّرُكَ بِغُلاَم‍‍‍ٍ ا‍سْمُهُ يَحْيَى لَمْ نَ‍‍ج‍‍ْعَ‍‍ل‍ْ لَهُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ سَمِيّا‍ً
Qāla Rabbi 'Anná Yakūnu Lī Ghulāmun Wa Kānat Amra'atī `Āqirāan Wa Qad Balaghtu Mina Al-Kibari `Itīyāan 019-008 އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ. ق‍َا‍لَ رَبِّ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لِي غُلاَم‍‍‍ٌ وَكَانَتْ ا‍مْرَأَتِي عَاقِرا‍ً وَقَ‍‍د‍ْ بَلَغْتُ مِنَ ا‍لْكِبَ‍‍ر‍ِ عِتِيّا‍ً
Qāla Kadhālika Qāla Rabbuka Huwa `Alayya Hayyinun Wa Qad Khalaqtuka Min Qablu Wa Lam Taku Shay'āan 019-009 އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ. ق‍َا‍لَ كَذَلِكَ ق‍‍َ‍ا‍لَ رَبُّكَ هُوَ عَلَيَّ هَيِّن‍‍‍ٌ وَقَ‍‍د‍ْ خَلَ‍‍ق‍‍ْتُكَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلَمْ تَكُ شَيْئا‍ً
Qāla Rabbi Aj`al Lī 'Āyatan Qāla 'Āyatuka 'Allā Tukallima An-Nāsa Thalātha Layālin Sawīyāan 019-010 އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ. ق‍َا‍لَ رَبِّ ا‍ج‍‍ْعَ‍‍ل لِ‍‍ي آيَة‍‍‍ً ق‍‍َ‍ا‍لَ آيَتُكَ أَلاَّ تُكَلِّمَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ ثَلاَثَ لَي‍‍َ‍ا‍ل‍‍‍ٍ سَوِيّا‍ً
Fakharaja `Alá Qawmihi Mina Al-Miĥrābi Fa'awĥá 'Ilayhim 'An Sabbiĥū Bukratan Wa `Ashīyāan 019-011 ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ. فَخَرَجَ عَلَى قَوْمِهِ مِنَ ا‍لْمِحْر‍َا‍بِ فَأَوْحَى إِلَيْهِمْ أَ‍ن‍ْ سَبِّحُو‍‍ا‍ بُكْرَة‍‍‍ً وَعَشِيّا‍ً
Yā Yaĥyá Khudhi Al-Kitāba Biqūwatin Wa 'Ātaynāhu Al-Ĥukma Şabīyāan 019-012 އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ. يَايَحْيَى خُذِ ا‍لْكِت‍‍َ‍ا‍بَ بِقُوَّة‍‍‍ٍ وَآتَيْن‍‍َ‍ا‍هُ ا‍لْحُكْمَ صَبِيّا‍ً
Wa Ĥanānāan Min Ladunnā Wa Zakāatan Wa Kāna Taqīyāan 019-013 އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ. وَحَنَانا‍ً مِ‍‍ن‍ْ لَدُ‍نّ‍‍َا وَزَك‍‍َ‍ا‍ة‍‍‍ً وَك‍‍َ‍ا‍نَ تَقِيّا‍ً
Wa Barrāan Biwālidayhi Wa Lam Yakun Jabbārāan `Aşīyāan 019-014 އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ. وَبَرّا‍ً بِوَالِدَيْهِ وَلَمْ يَكُ‍‍ن‍ْ جَبَّاراً عَصِيّا‍ً
Wa Salāmun `Alayhi Yawma Wulida Wa Yawma Yamūtu Wa Yawma Yub`athu Ĥayyāan 019-015 އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ. وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَم‍‍ُ‍و‍تُ وَيَوْمَ يُ‍‍ب‍‍ْعَثُ حَيّا‍ً
Wa Adhkur Fī Al-Kitābi Maryama 'Idh Antabadhat Min 'Ahlihā Makānāan Sharqīyāan 019-016 އަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަަކަށް ވަޑައިގަތްހިނދެވެ. وَاذْكُرْ فِي ا‍لْكِت‍‍َ‍ا‍بِ مَرْيَمَ إِذْ ا‍ن‍تَبَذَتْ مِنْ أَهْلِهَا مَكَانا‍ً شَرْقِيّا‍ً
Fāttakhadhat Min Dūnihim Ĥijābāan Fa'arsalnā 'Ilayhā Rūĥanā Fatamaththala Lahā Basharāan Sawīyāan 019-017 ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ،ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ. فَاتَّخَذَتْ مِ‍‍ن‍ْ دُونِهِمْ حِجَابا‍ً فَأَرْسَلْنَ‍‍ا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرا‍ً سَوِيّا‍ً
Qālat 'Innī 'A`ūdhu Bir-Raĥmani Minka 'In Kunta Taqīyāan 019-018 އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ. قَالَتْ إِ‍نّ‍‍ِ‍‍ي‍ أَع‍‍ُ‍و‍ذُ بِ‍‍ا‍لرَّحْمَنِ مِ‍‍ن‍‍ْكَ إِ‍ن‍ْ كُ‍‍ن‍تَ تَقِيّا‍ً
Qāla 'Innamā 'Anā Rasūlu Rabbiki Li'haba Laki Ghulāmāan Zakīyāan 019-019 އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ. ق‍َا‍لَ إِ‍نّ‍‍َمَ‍‍ا‍ أَنَا رَس‍‍ُ‍و‍لُ رَبِّكِ لِأهَبَ لَكِ غُلاَما‍ً زَكِيّا‍ً
Qālat 'Anná Yakūnu Lī Ghulāmun Wa Lam Yamsasnī Basharun Wa Lam 'Aku Baghīyāan 019-020 އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ. قَالَتْ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لِي غُلاَم‍‍‍ٌ وَلَمْ يَمْسَسْنِي بَشَر‍ٌ وَلَمْ أَكُ بَغِيّا‍ً
Qāla Kadhāliki Qāla Rabbuki Huwa `Alayya Hayyinun Wa Linaj`alahu 'Āyatan Lilnnāsi Wa Raĥmatan Minnā Wa Kāna 'Amrāan Maqđīyāan 019-021 އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއްކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ. ق‍َا‍لَ كَذَلِكِ ق‍‍َ‍ا‍لَ رَبُّكِ هُوَ عَلَيَّ هَيِّن‍‍‍ٌ وَلِنَ‍‍ج‍‍ْعَلَهُ آيَة‍‍‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَرَحْمَة‍‍‍ً مِ‍‍ن‍ّ‍‍َا وَك‍‍َ‍ا‍نَ أَمْرا‍ً مَ‍‍ق‍‍ْضِيّا‍ً
Faĥamalat/hu Fāntabadhat Bihi Makānāan Qaşīyāan 019-022 ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ. فَحَمَلَتْهُ فَان‍تَبَذَتْ بِهِ مَكَانا‍ً قَصِيّا‍ً
Fa'ajā'ahā Al-Makhāđu 'Ilá Jidh`i An-Nakhlati Qālat Yā Laytanī Mittu Qabla Hādhā Wa Kuntu Nasyāan Mansīyāan 019-023 ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ! فَأَج‍‍َ‍ا‍ءَهَا ا‍لْمَخ‍‍َ‍ا‍ضُ إِلَى جِذْعِ ا‍ل‍‍ن‍ّ‍‍َخْلَةِ قَالَتْ يَالَيْتَنِي مِتُّ قَ‍‍ب‍‍ْلَ هَذَا وَكُ‍‍ن‍تُ نَسْيا‍ً مَ‍‍ن‍‍ْسِيّا‍ً
Fanādāhā Min Taĥtihā 'Allā Taĥzanī Qad Ja`ala Rabbuki Taĥtaki Sarīyāan 019-024 ދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ. فَنَادَاهَا مِ‍‍ن‍ْ تَحْتِهَ‍‍ا‍ أَلاَّ تَحْزَنِي قَ‍‍د‍ْ جَعَلَ رَبُّكِ تَحْتَكِ سَ‍‍ر‍‍ِيّا‍ً
Wa Huzzī 'Ilayki Bijidh`i An-Nakhlati Tusāqiţ `Alayki Ruţabāan Janīyāan 019-025 އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. وَهُزِّ‍‍ي إِلَيْكِ بِجِذْعِ ا‍ل‍‍ن‍ّ‍‍َخْلَةِ تُسَاقِ‍‍ط‍ْ عَلَيْكِ رُطَبا‍ً جَنِيّا‍ً
Fakulī Wa Ashrabī Wa Qarrī `Aynāan Fa'immā Taraynna Mina Al-Bashari 'Aĥadāan Faqūlī 'Innī Nadhartu Lilrraĥmani Şawmāan Falan 'Ukallima Al-Yawma 'Insīyāan 019-026 ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށްފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ. فَكُلِي وَا‍شْرَبِي وَقَرِّي عَيْنا‍ً فَإِ‍مّ‍‍َا تَرَيْ‍‍ن‍ّ‍‍َ مِنَ ا‍لْبَشَ‍‍ر‍ِ أَحَدا‍ً فَقُولِ‍‍ي إِ‍نّ‍‍ِي نَذَرْتُ لِلرَّحْمَنِ صَوْما‍ً فَلَنْ أُكَلِّمَ ا‍لْيَوْمَ إِن‍سِيّا‍ً
Fa'atat Bihi Qawmahā Taĥmiluhu Qālū Yā Maryamu Laqad Ji'ti Shay'āan Farīyāan 019-027 ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ قَالُو‍‍ا‍ يَامَرْيَمُ لَقَ‍‍د‍ْ جِئْتِ شَيْئا‍ً فَ‍‍ر‍‍ِيّا‍ً
Yā 'Ukhta Hārūna Mā Kāna 'Abūki Amra'a Saw'in Wa Mā Kānat 'Ummuki Baghīyāan 019-028 އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ. ي‍َا‍أُخْتَ هَار‍ُو‍نَ مَا ك‍‍َ‍ا‍نَ أَب‍‍ُ‍و‍كِ ا‍مْرَأَ سَوْء‍ٍ وَمَا كَانَتْ أُ‍مّ‍‍ُكِ بَغِيّا‍ً
Fa'ashārat 'Ilayhi Qālū Kayfa Nukallimu Man Kāna Fī Al-Mahdi Şabīyāan 019-029 ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟ فَأَشَارَتْ إِلَيْهِ قَالُو‍‍ا‍ كَيْفَ نُكَلِّمُ مَ‍‍ن‍ْ ك‍‍َ‍ا‍نَ فِي ا‍لْمَهْدِ صَبِيّا‍ً
Qāla 'Innī `Abdu Al-Lahi 'Ātāniya Al-Kitāba Wa Ja`alanī Nabīyāan 019-030 އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ. ق‍َا‍لَ إِ‍نّ‍‍ِي عَ‍‍ب‍‍ْدُ ا‍للَّهِ آتَانِيَ ا‍لْكِت‍‍َ‍ا‍بَ وَجَعَلَنِي نَبِيّا‍ً
Wa Ja`alanī Mubārakāan 'Ayna Mā Kuntu Wa 'Awşānī Biş-Şalāati Wa Az-Zakāati Mā Dumtu Ĥayyāan 019-031 އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ. وَجَعَلَنِي مُبَارَكاً أَيْنَ مَا كُ‍‍ن‍تُ وَأَوْصَانِي بِ‍‍ا‍لصَّلاَةِ وَا‍لزَّك‍‍َ‍ا‍ةِ مَا دُمْتُ حَيّا‍ً
Wa Barrāan Biwālidatī Wa Lam Yaj`alnī Jabbārāan Shaqīyāan 019-032 އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّـار އަކު ކަމުގައި ނުލައްވަތެވެ. وَبَرّا‍ً بِوَالِدَتِي وَلَمْ يَ‍‍ج‍‍ْعَلْنِي جَبَّارا‍ً شَقِيّا‍ً
Wa As-Salāmu `Alayya Yawma Wulidtu Wa Yawma 'Amūtu Wa Yawma 'Ub`athu Ĥayyāan 019-033 މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ. وَالسَّلاَمُ عَلَيَّ يَوْمَ وُلِ‍‍د‍‍ْتُ وَيَوْمَ أَم‍‍ُ‍و‍تُ وَيَوْمَ أُ‍ب‍‍ْعَثُ حَيّا‍ً
Dhālika `Īsá Abnu Maryama Qawla Al-Ĥaqqi Al-Ladhī Fīhi Yamtarūna 019-034 އެއީ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ. (މިއީ) އެއުރެން އެބަސްފުޅާމެދު شك ކުރާ، حق ތެދުބަސްފުޅެވެ. ذَلِكَ عِيسَى ا‍ب‍‍ْنُ مَرْيَمَ قَوْلَ ا‍لْحَقِّ ا‍لَّذِي ف‍‍ِ‍ي‍هِ يَمْتَر‍ُو‍نَ
Mā Kāna Lillahi 'An Yattakhidha Min Waladin Subĥānahu 'Idhā Qađá 'Amrāan Fa'innamā Yaqūlu Lahu Kun Fayakūnu 019-035 ދަރިކަލަކު ހިއްޕެވުން އެއީ، اللَّه އަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެތެވެ. مَا ك‍‍َ‍ا‍نَ لِلَّهِ أَ‍ن‍ْ يَتَّخِذَ مِ‍‍ن‍ْ وَلَد‍ٍ سُ‍‍ب‍‍ْحَانَهُ إِذَا قَضَى أَمْرا‍ً فَإِ‍نّ‍‍َمَا يَق‍‍ُ‍و‍لُ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Wa 'Inna Al-Laha Rabbī Wa Rabbukum Fā`budūhu Hādhā Şirāţun Mustaqīmun 019-036 ހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. وَإِ‍نّ‍‍َ ا‍للَّهَ رَبِّي وَرَبُّكُمْ فَاعْبُد‍ُو‍هُ هَذَا صِر‍َا‍ط‍‍‍ٌ مُسْتَق‍‍ِ‍ي‍م‍‍‍ٌ
khtalafa Al-'Aĥzābu Min Baynihim Fawaylun Lilladhīna Kafarū Min Mash/hadi Yawmin `Ažīmin 019-037 ފަހެ، އެއުރެންގެ އެކި جماعة ތަކުގެ މެދުގައި خلافއުފެދުނެވެ. ފަހެ، ބޮޑުވެގެންވާ ދުވަހެއްގެ (ބިރުވެރިކަން) ދެކޭހިނދު، كافر ވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ. فَاخْتَلَفَ ا‍لأَحْز‍َا‍بُ مِ‍‍ن‍ْ بَيْنِهِمْ فَوَيْل‍‍‍ٌ لِلَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ مَشْهَدِ يَوْمٍ عَظ‍‍ِ‍ي‍م‍‍‍ٍ
'Asmi` Bihim Wa 'Abşir Yawma Ya'tūnanā Lakini Až-Žālimūna Al-Yawma Fī Đalālin Mubīnin 019-038 އެއުރެން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު، އެއުރެންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ! އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ بيان ވެގެންވާ މަގުފުރެދުމެއްގައެވެ. أَسْمِعْ بِهِمْ وَأَ‍ب‍‍ْصِرْ يَوْمَ يَأْتُونَنَا لَكِنِ ا‍لظَّالِم‍‍ُ‍و‍نَ ا‍لْيَوْمَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Wa 'Andhirhum Yawma Al-Ĥasrati 'Idh Quđiya Al-'Amru Wa HumGhaflatin Wa Hum Lā Yu'uminūna 019-039 ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ غافل ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން إيمان އެއް ނުމެވޭމެއެވެ. وَأَن‍ذِرْهُمْ يَوْمَ ا‍لْحَسْرَةِ إِذْ قُضِيَ ا‍لأَمْرُ وَهُمْ فِي غَفْلَة‍‍‍ٍ وَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
'Innā Naĥnu Narithu Al-'Arđa Wa Man `Alayhā Wa 'Ilaynā Yurja`ūna 019-040 ހަމަކަށަވަރުން، ބިމާއި، ބިމުގައިވާހާ ބަޔަކު ވާރުތަވެ ملك ވެގެންވަނީ، ތިމަންރަސްކަލާނގެއަށެވެ. އަދި އެއުރެން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. إِ‍نّ‍‍َا نَحْنُ نَ‍‍ر‍‍ِثُ ا‍لأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَع‍‍ُ‍و‍نَ
Wa Adhkur Fī Al-Kitābi 'Ibrāhīma 'Innahu Kāna Şiddīqāan Nabīyāan 019-041 ކަލޭގެފާނު މިފޮތުން إبراهيم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. وَاذْكُرْ فِي ا‍لْكِت‍‍َ‍ا‍بِ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ صِدِّيقا‍ً نَبِيّا‍ً
'Idh Qāla Li'abīhi Yā 'Abati Lima Ta`budu Mā Lā Yasma`u Wa Lā Yubşiru Wa Lā Yughnī `Anka Shay'āan 019-042 އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއްފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟ إِذْ ق‍‍َ‍ا‍لَ لِأَب‍‍ِ‍ي‍هِ ي‍‍َ‍ا‍أَبَتِ لِمَ تَعْبُدُ مَا لاَ يَسْمَعُ وَلاَ يُ‍‍ب‍‍ْصِ‍‍ر‍ُ وَلاَ يُغْنِي عَ‍‍ن‍‍ْكَ شَيْئا‍ً
Yā 'Abati 'Innī Qad Jā'anī Mina Al-`Ilmi Mā Lam Ya'tika Fa Attabi`nī 'Ahdika Şirāţāan Sawīyāan 019-043 އޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبع ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ. ي‍َا‍أَبَتِ إِ‍نّ‍‍ِي قَ‍‍د‍ْ ج‍‍َ‍ا‍ءَنِي مِنَ ا‍لْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِ‍‍ي‍ أَهْدِكَ صِرَاطا‍ً سَوِيّا‍ً
Yā 'Abati Lā Ta`budi Ash-Shayţāna 'Inna Ash-Shayţāna Kāna Lilrraĥmani `Aşīyāan 019-044 އޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ. ي‍َا‍أَبَتِ لاَ تَعْبُدِ ا‍لشَّيْط‍‍َ‍ا‍نَ إِ‍نّ‍‍َ ا‍لشَّيْط‍‍َ‍ا‍نَ ك‍‍َ‍ا‍نَ لِلرَّحْمَنِ عَصِيّا‍ً
Yā 'Abati 'Innī 'Akhāfu 'An Yamassaka `Adhābun Mina Ar-Raĥmāni Fatakūna Lilshshayţāni Walīyāan 019-045 އޭ ބައްޕާއެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެ حضرة ން عذاب އެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، شيطان އާގެ އެހީތެރިޔެއް ކަމުގައެވެ. ي‍َا‍أَبَتِ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ أَ‍ن‍ْ يَمَسَّكَ عَذ‍َا‍ب‍‍‍ٌ مِنَ ا‍لرَّحْمَنِ فَتَك‍‍ُ‍و‍نَ لِلشَّيْط‍‍َ‍ا‍نِ وَلِيّا‍ً
Qāla 'Arāghibun 'Anta `An 'Ālihatī Yā 'Ibrāhīmu La'in Lam Tantahi La'arjumannaka Wa Ahjurnī Malīyāan 019-046 އޭނާ ބުންޏެވެ. އޭ إبراهيم އެވެ! ތިމަންގެ إله ންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ! ق‍َا‍لَ أَرَاغِبٌ أَ‍ن‍‍ْتَ عَ‍‍ن‍ْ آلِهَتِي يَاإِ‍ب‍‍ْراه‍‍ِ‍ي‍مُ لَئِ‍‍ن‍ْ لَمْ تَ‍‍ن‍تَهِ لَأَرْجُمَ‍‍ن‍ّ‍‍َكَ وَا‍هْجُرْنِي مَلِيّا‍ً
Qāla Salāmun `Alayka Sa'astaghfiru Laka Rabbī 'Innahu Kāna Bī Ĥafīyāan 019-047 އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް سلام ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް دعاء ކުރާހުށީމެވެ.ހަމަކަށަވަރުން، އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ. ق‍َا‍لَ سَلاَمٌ عَلَيْكَ سَأَسْتَغْفِ‍‍ر‍ُ لَكَ رَبِّ‍‍ي إِ‍نّ‍‍َهُ ك‍‍َ‍ا‍نَ بِي حَفِيّا‍ً
Wa 'A`tazilukum Wa Mā Tad`ūna Min Dūni Al-Lahi Wa 'Ad`ū Rabbī `Asá 'Allā 'Akūna Bidu`ā'i RabShaqīyāan 019-048 އަދި ތިޔަބައިމީހުންނާއި اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ. އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ. وَأَعْتَزِلُكُمْ وَمَا تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَأَ‍د‍‍ْعُو رَبِّي عَسَى أَلاَّ أَك‍‍ُ‍و‍نَ بِدُع‍‍َ‍ا‍ءِ رَبِّي شَقِيّا‍ً
Falammā A`tazalahum Wa Mā Ya`budūna Min Dūni Al-Lahi Wahabnā Lahu 'Isĥāqa Wa Ya`qūba Wa Kullā Ja`alnā Nabīyāan 019-049 ފަހެ، އެކަލޭގެފާނު، އެއުރެންނާއި، اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް، إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ. فَلَ‍‍م‍ّ‍‍َا ا‍عْتَزَلَهُمْ وَمَا يَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَهَ‍‍ب‍‍ْنَا لَهُ إِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ وَكُلاَّ جَعَلْنَا نَبِيّا‍ً
Wa Wahabnā Lahum Min Raĥmatinā Wa Ja`alnā Lahum Lisāna Şidqin `Alīyāan 019-050 އަދި އެބޭކަލުންނަށް، ތިމަންރަސްކަލާނގެ رحمة ގެތެރެއިން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެބޭކަލުންނަށް (އަންނަނިވި جيل ތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ. وَوَهَ‍‍ب‍‍ْنَا لَهُ‍‍م‍ْ مِ‍‍ن‍ْ رَحْمَتِنَا وَجَعَلْنَا لَهُمْ لِس‍‍َ‍ا‍نَ صِ‍‍د‍‍ْقٍ عَلِيّا‍ً
Wa Adhkur Fī Al-Kitābi Mūsá 'Innahu Kāna Mukhlaşāan Wa Kāna Rasūlāan Nabīyāan 019-051 ކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. وَاذْكُرْ فِي ا‍لْكِت‍‍َ‍ا‍بِ مُوسَى إِ‍نّ‍‍َهُ ك‍‍َ‍ا‍نَ مُخْلَصا‍ً وَك‍‍َ‍ا‍نَ رَسُولا‍ً نَبِيّا‍ً
Wa Nādaynāhu Min Jānibi Aţūri Al-'Aymani Wa Qarrabnāhu Najīyāan 019-052 އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ. وَنَادَيْن‍‍َ‍ا‍هُ مِ‍‍ن‍ْ جَانِبِ ا‍لطّ‍‍ُ‍و‍ر‍ِ ا‍لأَيْمَنِ وَقَرَّ‍‍ب‍‍ْن‍‍َ‍ا‍هُ نَجِيّا‍ً
Wa Wahabnā Lahu Min Raĥmatinā 'Akhāhu Hārūna Nabīyāan 019-053 އަދި ތިމަންރަސްކަލާނގެ رحمة ވަންތަކަމުން، އެކަލޭގެފާނުގެ أخ، هارون ގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ. وَوَهَ‍‍ب‍‍ْنَا لَهُ مِ‍‍ن‍ْ رَحْمَتِنَ‍‍ا‍ أَخ‍‍َ‍ا‍هُ هَار‍ُو‍نَ نَبِيّا‍ً
Wa Adhkur Fī Al-Kitābi 'Ismā`īla 'Innahu Kāna Şādiqa Al-Wa`di Wa Kāna Rasūlāan Nabīyāan 019-054 ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ. وَاذْكُرْ فِي ا‍لْكِت‍‍َ‍ا‍بِ إِسْمَاع‍‍ِ‍ي‍لَ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ صَادِقَ ا‍لْوَعْدِ وَك‍‍َ‍ا‍نَ رَسُولا‍ً نَبِيّا‍ً
Wa Kāna Ya'muru 'Ahlahu Biş-Şalāati Wa Az-Zakāati Wa Kāna `Inda Rabbihi Marđīyāan 019-055 އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ. وَك‍‍َ‍ا‍نَ يَأْمُرُ أَهْلَهُ بِ‍‍ا‍لصَّلاَةِ وَا‍لزَّك‍‍َ‍ا‍ةِ وَك‍‍َ‍ا‍نَ عِ‍‍ن‍‍ْدَ رَبِّهِ مَرْضِيّا‍ً
Wa Adhkur Fī Al-Kitābi 'Idrīsa 'Innahu Kāna Şiddīqāan Nabīyāan 019-056 ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. وَاذْكُرْ فِي ا‍لْكِت‍‍َ‍ا‍بِ إِ‍د‍‍ْ‍ر‍‍ِي‍سَ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ صِدِّيقا‍ً نَبِيّا‍ً
Wa Rafa`nāhu Makānāan `Alīyāan 019-057 އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ. وَرَفَعْن‍‍َ‍ا‍هُ مَكَاناً عَلِيّا‍ً
'Ūlā'ika Al-Ladhīna 'An`ama Al-Lahu `Alayhim Mina An-Nabīyīna Min Dhurrīyati 'Ādama Wa Mimman Ĥamalnā Ma`a Nūĥin Wa Min Dhurrīyati 'Ibrāhīma Wa 'Isrā'īla Wa Mimman Hadaynā Wa Ajtabaynā 'Idhā Tutlá `Alayhim 'Āyātu Ar-Raĥmāni Kharrū Sujjadāan Wa Bukīyāan 019-058 އެބޭކަލުންނަކީ، آدم ގެފާނުގެދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް اللَّه نعمة ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، نوح ގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި إبراهيم ގެފާނާއި إسـرآءيـل ގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، خيار ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ أَنْعَمَ ا‍للَّهُ عَلَيْهِ‍‍م‍ْ مِنَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ مِ‍‍ن‍ْ ذُرِّيَّةِ آدَمَ وَمِ‍‍م‍ّ‍‍َنْ حَمَلْنَا مَعَ ن‍‍ُ‍و‍ح‍‍‍ٍ وَمِ‍‍ن‍ْ ذُرِّيَّةِ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْر‍َا‍ئ‍‍ِ‍ي‍لَ وَمِ‍‍م‍ّ‍‍َنْ هَدَيْنَا وَا‍ج‍‍ْتَبَيْنَ‍‍ا إِذَا تُتْلَى عَلَيْهِمْ آي‍‍َ‍ا‍تُ ا‍لرَّحْمَنِ خَرُّوا‍ سُجَّدا‍ً وَبُكِيّا‍ً
Fakhalafa Min Ba`dihim Khalfun 'Ađā`ū Aş-Şalāata Wa Attaba`ū Ash-Shahawāti Fasawfa Yalqawna Ghayyāan 019-059 ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ! فَخَلَفَ مِ‍‍ن‍ْ بَعْدِهِمْ خَلْفٌ أَضَاعُو‍‍ا‍ ا‍لصَّلاَةَ وَا‍تَّبَعُو‍‍ا‍ ا‍لشَّهَو‍َا‍تِ فَسَوْفَ يَلْقَوْنَ غَيّا‍ً
'Illā Man Tāba Wa 'Āmana Wa `Amila Şāliĥāan Fa'ūlā'ika Yadkhulūna Al-Jannata Wa Lā Yužlamūna Shay'āan 019-060 توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. إِلاَّ مَ‍‍ن‍ْ ت‍‍َ‍ا‍بَ وَآمَنَ وَعَمِلَ صَالِحا‍ً فَأ‍ُ‍وْل‍‍َ‍ا‍ئِكَ يَ‍‍د‍‍ْخُل‍‍ُ‍و‍نَ ا‍لْجَ‍‍ن‍ّ‍‍َةَ وَلاَ يُظْلَم‍‍ُ‍و‍نَ شَيْئا‍ً
Jannāti `Adnin Allatī Wa`ada Ar-Raĥmānu `Ibādahu Bil-Ghaybi 'Innahu Kāna Wa`duhu Ma'tīyāan 019-061 (އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعدފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ. جَ‍‍ن‍ّ‍‍َ‍ا‍تِ عَ‍‍د‍‍ْن‍‍‍ٍ ا‍لَّتِي وَعَدَ ا‍لرَّحْمَنُ عِبَادَهُ بِ‍‍ا‍لْغَيْبِ إِ‍نّ‍‍َهُ ك‍‍َ‍ا‍نَ وَعْدُهُ مَأْتِيّا‍ً
Lā Yasma`ūna Fīhā Laghwan 'Illā Salāmāan Wa Lahum Rizquhum Fīhā Bukratan Wa `Ashīyāan 019-062 އެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) سلام އާއި، تحيّة ގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ. لاَ يَسْمَع‍‍ُ‍و‍نَ فِيهَا لَغْوا‍ً إِلاَّ سَلاَما‍ً وَلَهُمْ ‍ر‍‍ِزْقُهُمْ فِيهَا بُكْرَة‍‍‍ً وَعَشِيّا‍ً
Tilka Al-Jannatu Allatī Nūrithu Min `Ibādinā Man Kāna Taqīyāan 019-063 އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ. تِلْكَ ا‍لْجَ‍‍ن‍ّ‍‍َةُ ا‍لَّتِي نُو‍ر‍‍ِثُ مِنْ عِبَادِنَا مَ‍‍ن‍ْ ك‍‍َ‍ا‍نَ تَقِيّا‍ً
Wa Mā Natanazzalu 'Illā Bi'amri Rabbika Lahu Mā Bayna 'Aydīnā Wa Mā Khalfanā Wa Mā Bayna Dhālika Wa Mā Kāna Rabbuka Nasīyāan 019-064 އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ. وَمَا نَتَنَزَّلُ إِلاَّ بِأَمْ‍‍ر‍ِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَلِكَ وَمَا ك‍‍َ‍ا‍نَ رَبُّكَ نَسِيّا‍ً
Rabbu As-Samāwāti Wa Al-'Arđi Wa Mā Baynahumā Fā`bud/hu Wa Aşţabir Li`ibādatihi Hal Ta`lamu Lahu Samīyāan 019-065 (އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ رَبُّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا فَاعْبُ‍‍د‍‍ْهُ وَا‍صْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيّا‍ً
Wa Yaqūlu Al-'Insānu 'A'idhā Mā Mittu Lasawfa 'Ukhraju Ĥayyāan 019-066 އިންސާނާ ބުނެތެވެ. ތިމަންމަރުވެދިއުމަށްފަހުގައިވެސް، އަލުން ދިރުމަކަށް ނެރުއްވާނޭހެއްޔެވެ؟ وَيَق‍‍ُ‍و‍لُ ا‍لإِن‍س‍‍َ‍ا‍نُ أَئِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيّا‍ً
'Awalā Yadhkuru Al-'Insānu 'Annā Khalaqnāhu Min Qablu Wa Lam Yaku Shay'āan 019-067 އެ އިންސާނާ މީގެކުރިން موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟ أَوَلاَ يَذْكُرُ ا‍لإِن‍س‍‍َ‍ا‍نُ أَ‍نّ‍‍َا خَلَ‍‍ق‍‍ْن‍‍َ‍ا‍هُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلَمْ يَكُ شَيْئا‍ً
Fawarabbika Lanaĥshurannahum Wa Ash-Shayāţīna Thumma Lanuĥđirannahum Ĥawla Jahannama Jithīyāan 019-068 ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، شيطان ންނާ އެކުގައި އެއުރެން محشر އަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ حال، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ. فَوَرَبِّكَ لَنَحْشُرَ‍نّ‍‍َهُمْ وَا‍لشَّيَاط‍‍ِ‍ي‍نَ ثُ‍‍م‍ّ‍‍َ لَنُحْضِرَ‍نّ‍‍َهُمْ حَوْلَ جَهَ‍‍ن‍ّ‍‍َمَ جِثِيّا‍ً
Thumma Lananzi`anna Min Kulli Shī`atin 'Ayyuhum 'Ashaddu `Alá Ar-Raĥmāni `Itīyāan 019-069 ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ رحمن ވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ. ثُ‍‍م‍ّ‍‍َ لَنَ‍‍ن‍زِعَ‍‍ن‍ّ‍‍َ مِ‍‍ن‍ْ كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ا‍لرَّحْمَنِ عِتِيّا‍ً
Thumma Lanaĥnu 'A`lamu Bial-Ladhīna Hum 'Awlá Bihā Şilīyāan 019-070 ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ. ثُ‍‍م‍ّ‍‍َ لَنَحْنُ أَعْلَمُ بِ‍‍ا‍لَّذ‍ِي‍نَ هُمْ أَوْلَى بِهَا صِلِيّا‍ً
Wa 'In Minkum 'Illā Wa Ariduhā Kāna `Alá Rabbika Ĥatmāan Maqđīyāan 019-071 އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ. وَإِ‍ن‍ْ مِ‍‍ن‍‍ْكُمْ إِلاَّ وَا‍ر‍‍ِدُهَا ك‍‍َ‍ا‍نَ عَلَى رَبِّكَ حَتْما‍ً مَ‍‍ق‍‍ْضِيّا‍ً
Thumma Nunaj Al-Ladhīna Attaqaw Wa Nadharu Až-Žālimīna Fīhā Jithīyāan 019-072 ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދިއަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ. ثُ‍‍م‍ّ‍‍َ نُنَجِّي ا‍لَّذ‍ِي‍نَ ا‍تَّقَوْا وَنَذَرُ ا‍لظَّالِم‍‍ِ‍ي‍نَ فِيهَا جِثِيّا‍ً
Wa 'Idhā Tutlá `Alayhim 'Āyātunā Bayyinātin Qāla Al-Ladhīna Kafarū Lilladhīna 'Āmanū 'Ayyu Al-Farīqayni Khayrun Maqāmāan Wa 'Aĥsanu Nadīyāan 019-073 އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟ وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّن‍‍َ‍ا‍ت‍‍‍ٍ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ لِلَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَيُّ ا‍لْفَ‍‍ر‍‍ِيقَيْنِ خَيْر‍ٌ مَقَاما‍ً وَأَحْسَنُ نَدِيّا‍ً
Wa Kam 'Ahlaknā Qablahum Min Qarnin Hum 'Aĥsanu 'Athāthāan Wa Ri'yāan 019-074 އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން ކިތައް ކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެއުރެން މާރަނގަޅެވެ. وَكَمْ أَهْلَكْنَا قَ‍‍ب‍‍ْلَهُ‍‍م‍ْ مِ‍‍ن‍ْ قَرْنٍ هُمْ أَحْسَنُ أَثَاثا‍ً وَر‍‍ِئْيا‍ً
Qul Man Kāna Fī Ađ-Đalālati Falyamdud Lahu Ar-Raĥmānu Maddāan Ĥattá 'Idhā Ra'aw Mā Yū`adūna 'Immā Al-`Adhāba Wa 'Immā As-Sā`ata Fasaya`lamūna Man Huwa Sharrun Makānāan Wa 'Ađ`afu Junan 019-075 ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް رحمن ވަންތަ ރަސްކަލާނގެ عمر ދިގުކުރައްވައި، مهلة ދެއްވާނެތެވެ. އެއުރެންނަށް وعد ކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) عذاب އެވެ. އެހެންޏާ قيامة ދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި لشكر ގެގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. قُلْ مَ‍‍ن‍ْ ك‍‍َ‍ا‍نَ فِي ا‍لضَّلاَلَةِ فَلْيَمْدُ‍د‍ْ لَهُ ا‍لرَّحْمَنُ مَدّاً حَتَّى إِذَا رَأَوْا مَا يُوعَد‍ُو‍نَ إِ‍مّ‍‍َا ا‍لْعَذ‍َا‍بَ وَإِ‍مّ‍‍َا ا‍لسَّاعَةَ فَسَيَعْلَم‍‍ُ‍و‍نَ مَنْ هُوَ شَرّ‍ٌ مَكَانا‍ً وَأَضْعَفُ جُ‍‍ن‍دا‍ً
Wa Yazīdu Al-Lahu Al-Ladhīna Ahtadaw Hudáan Wa Al-Bāqiyātu Aş-Şāliĥātu Khayrun `Inda Rabbika Thawābāan Wa Khayrun Maradan 019-076 ތެދުމަގު ލިބިގެންފި މީހުންނަށް اللَّه ތެދުމަގު ދެއްކެވުން އިތުރުކުރައްވަތެވެ. އަދިކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ثواب ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި صالح عمل ތަކެވެ. وَيَز‍ِي‍دُ ا‍للَّهُ ا‍لَّذ‍ِي‍نَ ا‍هْتَدَوْا هُ‍‍دى‍ً وَا‍لْبَاقِي‍‍َ‍ا‍تُ ا‍لصَّالِح‍‍َ‍ا‍تُ خَيْرٌ عِ‍‍ن‍‍ْدَ رَبِّكَ ثَوَابا‍ً وَخَيْر‍ٌ مَرَدّا‍ً
'Afara'ayta Al-Ladhī Kafara Bi'āyātinā Wa Qāla La'ūtayanna Mālāan Wa Waladāan 019-077 ތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟ أَفَرَأَيْتَ ا‍لَّذِي كَفَرَ بِآيَاتِنَا وَق‍‍َ‍ا‍لَ لَأ‍ُ‍وتَيَ‍‍ن‍ّ‍‍َ مَالا‍ً وَوَلَدا‍ً
'Āţţala`a Al-Ghayba 'Am Attakhadha `Inda Ar-Raĥmāni `Ahdāan 019-078 އޭނާއަށް غيب އެނގުނީހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީހެއްޔެވެ؟ أَا‍طَّلَعَ ا‍لْغَيْبَ أَمْ ا‍تَّخَذَ عِ‍‍ن‍‍ْدَ ا‍لرَّحْمَنِ عَهْدا‍ً
Kallā Sanaktubu Mā Yaqūlu Wa Namuddu Lahu Mina Al-`Adhābi Madan 019-079 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ. كَلاَّ سَنَكْتُبُ مَا يَق‍‍ُ‍و‍لُ وَنَمُدُّ لَهُ مِنَ ا‍لْعَذ‍َا‍بِ مَدّا‍ً
Wa Narithuhu Mā Yaqūlu Wa Ya'tīnā Fardāan 019-080 އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ. وَنَ‍‍ر‍‍ِثُهُ مَا يَق‍‍ُ‍و‍لُ وَيَأْتِينَا فَرْدا‍ً
Wa Attakhadhū Min Dūni Al-Lahi 'Ālihatan Liyakūnū Lahum `Izzāan 019-081 އެއުރެން اللَّه ފިޔަވައި އެހެން إله ންތަކެއް ހިފީ އެއުރެންނަށް عزّة އެއްކަމުގައި ވާނޭކަމަށެވެ. وَاتَّخَذُوا‍ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ آلِهَة‍‍‍ً لِيَكُونُو‍‍ا‍ لَهُمْ عِزّا‍ً
Kallā Sayakfurūna Bi`ibādatihim Wa Yakūnūna `Alayhim Đidan 019-082 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ إله ންތަކަށް އެއުރެން އަޅުކަންކުރުމަށް إنكار ކުރާނެތެވެ. އަދި އެ إله ންތައް އެއުރެންގެ މައްޗަށްعداوة ތެރިންކަމުގައި ވާނެތެވެ. كَلاَّ سَيَكْفُر‍ُو‍نَ بِعِبَادَتِهِمْ وَيَكُون‍‍ُ‍و‍نَ عَلَيْهِمْ ضِدّا‍ً
'Alam Tara 'Annā 'Arsalnā Ash-Shayāţīna `Alá Al-Kāfirīna Ta'uuzzuhum 'Azzāan 019-083 كافر ވި މީހުންގެމައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ شيطان ން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ شيطان ން އެއުރެންނަށް ވަސްވާސްދީ ހެއްލުންތެރިކުރެތެވެ. أَلَمْ تَرَ أَ‍نّ‍‍َ‍‍ا‍ أَرْسَلْنَا ا‍لشَّيَاط‍‍ِ‍ي‍نَ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ تَؤُزُّهُمْ أَزّا‍ً
Falā Ta`jal `Alayhim 'Innamā Na`uddu Lahum `Adan 019-084 ފަހެ، ކަލޭގެފާނު އެއުރެންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި (أجل ގެ ދުވަސްތައް) ގުނައި عدد ކުރައްވަމެވެ. فَلاَ تَعْجَلْ عَلَيْهِمْ إِ‍نّ‍‍َمَا نَعُدُّ لَهُمْ عَدّا‍ً
Yawma Naĥshuru Al-Muttaqīna 'Ilá Ar-Raĥmāni Wafdāan 019-085 تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) يَوْمَ نَحْشُرُ ا‍لْمُتَّق‍‍ِ‍ي‍نَ إِلَى ا‍لرَّحْمَنِ وَفْدا‍ً
Wa Nasūqu Al-Mujrimīna 'Ilá Jahannama Wiran 019-086 އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ. وَنَس‍‍ُ‍و‍قُ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ إِلَى جَهَ‍‍ن‍ّ‍‍َمَ وِرْدا‍ً
Lā Yamlikūna Ash-Shafā`ata 'Illā Mani Attakhadha `Inda Ar-Raĥmāni `Ahdāan 019-087 رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ. لاَ يَمْلِك‍‍ُ‍و‍نَ ا‍لشَّفَاعَةَ إِلاَّ مَنِ ا‍تَّخَذَ عِ‍‍ن‍‍ْدَ ا‍لرَّحْمَنِ عَهْدا‍ً
Wa Qālū Attakhadha Ar-Raĥmānu Waladāan 019-088 رحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ. وَقَالُو‍‍ا‍ ا‍تَّخَذَ ا‍لرَّحْمَنُ وَلَدا‍ً
Laqad Ji'tum Shay'āan 'Idan 019-089 ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސްނުބައިވެގެންވާ ބަހެކެވެ. لَقَ‍‍د‍ْ جِئْتُمْ شَيْئا‍ً إِدّا‍ً
Takādu As-Samāwātu Yatafaţţarna Minhu Wa Tanshaqqu Al-'Arđu Wa Takhirru Al-Jibālu Hadan 019-090 އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. تَك‍‍َ‍ا‍دُ ا‍لسَّمَاو‍َا‍تُ يَتَفَطَّرْنَ مِنْهُ وَتَ‍‍ن‍شَقُّ ا‍لأَرْضُ وَتَخِرُّ ا‍لْجِب‍‍َ‍ا‍لُ هَدّا‍ً
'An Da`aw Lilrraĥmani Waladāan 019-091 އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. أَ‍ن‍ْ دَعَوْا لِلرَّحْمَنِ وَلَدا‍ً
Wa Mā Yanbaghī Lilrraĥmani 'An Yattakhidha Waladāan 019-092 ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. وَمَا يَ‍‍ن‍‍ْبَغِي لِلرَّحْمَنِ أَ‍ن‍ْ يَتَّخِذَ وَلَدا‍ً
'In Kullu Man As-Samāwāti Wa Al-'Arđi 'Illā 'Ā Ar-Raĥmāni `Aban 019-093 رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ. إِ‍ن‍ْ كُلُّ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ إِلاَّ آتِي ا‍لرَّحْمَنِ عَ‍‍ب‍‍ْدا‍ً
Laqad 'Aĥşāhum Wa `Addahum `Adan 019-094 ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ. لَقَ‍‍د‍ْ أَحْصَاهُمْ وَعَدَّهُمْ عَدّا‍ً
Wa Kulluhum 'Ātīhi Yawma Al-Qiyāmati Fardāan 019-095 އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ. وَكُلُّهُمْ آت‍‍ِ‍ي‍هِ يَوْمَ ا‍لْقِيَامَةِ فَرْدا‍ً
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Sayaj`alu Lahumu Ar-Raĥmānu Wudan 019-096 ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ سَيَ‍‍ج‍‍ْعَلُ لَهُمُ ا‍لرَّحْمَنُ وُدّا‍ً
Fa'innamā Yassarnāhu Bilisānika Litubashshira Bihi Al-Muttaqīna Wa Tundhira Bihi Qawmāan Ludan 019-097 ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ قرآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން تقوى ވެރިންނަށް އުފާވެރިކަމުގެ خبر ދެއްވުމަށާއި،ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إنذار ކުރެއްވުމަށްޓަކައެވެ. فَإِ‍نّ‍‍َمَا يَسَّرْن‍‍َ‍ا‍هُ بِلِسَانِكَ لِتُبَشِّ‍‍ر‍َ بِهِ ا‍لْمُتَّق‍‍ِ‍ي‍نَ وَتُ‍‍ن‍ذِ‍ر‍َ بِهِ قَوْما‍ً لُدّا‍ً
Wa Kam 'Ahlaknā Qablahum Min Qarnin Hal Tuĥissu Minhum Min 'Aĥadin 'Aw Tasma`u Lahum Rikzāan 019-098 އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް أمّة ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟ وَكَمْ أَهْلَكْنَا قَ‍‍ب‍‍ْلَهُ‍‍م‍ْ مِ‍‍ن‍ْ قَرْنٍ هَلْ تُحِسُّ مِنْهُ‍‍م‍ْ مِنْ أَحَدٍ أَوْ تَسْمَعُ لَهُمْ ‍ر‍‍ِكْزا‍ً
Next Sūrah