18) Sūrat Al-Kahf

Printed format

18) سُورَة الكَهف

Al-Ĥamdu Lillahi Al-Ladhī 'Anzala `Alá `Abdihi Al-Kitāba Wa Lam Yaj`al Llahu `Iwajā 018-001 حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ. ا‍لْحَمْدُ لِلَّهِ ا‍لَّذِي أَن‍زَلَ عَلَى عَ‍‍ب‍‍ْدِهِ ا‍لْكِت‍‍َ‍ا‍بَ وَلَمْ يَ‍‍ج‍‍ْعَ‍‍ل‍ْ لَّهُ عِوَجَا
Qayyimāan Liyundhira Ba'sāan Shadīdāan Min Ladunhu Wa Yubashshira Al-Mu'uminīna Al-Ladhīna Ya`malūna Aş-Şāliĥāti 'Anna Lahum 'Ajrāan Ĥasanāan 018-002 (އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ. އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ. قَيِّما‍ً لِيُ‍‍ن‍ذِ‍ر‍َ بَأْسا‍ً شَدِيدا‍ً مِ‍‍ن‍ْ لَدُنْهُ وَيُبَشِّ‍‍ر‍َ ا‍لْمُؤْمِن‍‍ِ‍ي‍نَ ا‍لَّذ‍ِي‍نَ يَعْمَل‍‍ُ‍و‍نَ ا‍لصَّالِح‍‍َ‍ا‍تِ أَ‍نّ‍‍َ لَهُمْ أَ‍ج‍‍ْراً حَسَنا‍ً
Mākithīna Fīhi 'Abadāan 018-003 އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. مَاكِث‍‍ِ‍ي‍نَ ف‍‍ِ‍ي‍هِ أَبَدا‍ً
Wa Yundhira Al-Ladhīna Qālū Attakhadha Al-Lahu Waladāan 018-004 އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ. وَيُ‍‍ن‍ذِ‍ر‍َ ا‍لَّذ‍ِي‍نَ قَالُو‍‍ا‍ ا‍تَّخَذَ ا‍للَّهُ وَلَدا‍ً
Mmā Lahum Bihi Min `Ilmin Wa Lā Li'ābā'ihim Kaburat Kalimatan Takhruju Min 'Afwāhihim 'In Yaqūlūna 'Illā Kadhibāan 018-005 އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ. مّ‍‍َا لَهُ‍‍م‍ْ بِهِ مِنْ عِلْم‍‍‍ٍ وَلاَ لِآب‍‍َ‍ا‍ئِهِمْ كَبُرَتْ كَلِمَة‍‍‍ً تَخْرُجُ مِنْ أَفْوَاهِهِمْ إِ‍ن‍ْ يَقُول‍‍ُ‍و‍نَ إِلاَّ كَذِبا‍ً
Fala`allaka Bākhi`un Nafsaka `Alá 'Āthārihim 'In Lam Yu'uminū Bihadhā Al-Ĥadīthi 'Asafāan 018-006 އެއުރެން މި قرآن އަށް إيمان ނުވިނަމަ، އެއުރެން ކަލޭގެފާނަށް މޫނުއަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ!) فَلَعَلَّكَ بَاخِع‍‍‍ٌ نَفْسَكَ عَلَى آثَا‍ر‍‍ِهِمْ إِ‍ن‍ْ لَمْ يُؤْمِنُو‍‍ا‍ بِهَذَا ا‍لْحَد‍ِي‍ثِ أَسَفا‍ً
'Innā Ja`alnā Mā `Alá Al-'Arđi Zīnatan Lahā Linabluwahum 'Ayyuhum 'Aĥsanu `Amalāan 018-007 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ. إِ‍نّ‍‍َا جَعَلْنَا مَا عَلَى ا‍لأَرْضِ زِينَة‍‍‍ً لَهَا لِنَ‍‍ب‍‍ْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلا‍ً
Wa 'Innā Lajā`ilūna Mā `Alayhā Şa`īdāan Juruzāan 018-008 އަދި ހަމަކަށަވަރުން، އެ ބިންމަތީގައިވާހާ ތަކެތި (ނެތިކުރައްވައި) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ. وَإِ‍نّ‍‍َا لَجَاعِل‍‍ُ‍و‍نَ مَا عَلَيْهَا صَعِيدا‍ً جُرُزا‍ً
'Am Ĥasibta 'Anna 'Aşĥāba Al-Kahfi Wa Ar-Raqīmi Kānū Min 'Āyātinā `Ajabāan 018-009 އަދި ކިއެއްތަ! كهف ބާގައިމީހުންނާއި، އެއުރެންގެ ނަންތަކާއި އެއުރެންގެ خبر ތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަންރަސްކަލާނގެ آية ތަކުގެ ތެރެއިން عجائب އަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟ أَمْ حَسِ‍‍ب‍‍ْتَ أَ‍نّ‍‍َ أَصْح‍‍َ‍ا‍بَ ا‍لْكَهْفِ وَا‍لرَّق‍‍ِ‍ي‍مِ كَانُو‍‍ا‍ مِ‍‍ن‍ْ آيَاتِنَا عَجَبا‍ً
'Idh 'Awá Al-Fityatu 'Ilá Al-Kahfi Faqālū Rabbanā 'Ātinā Min Ladunka Raĥmatan Wa Hayyi' Lanā Min 'Amrinā Rashadāan 018-010 އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއްއަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ! إِذْ أَوَى ا‍لْفِتْيَةُ إِلَى ا‍لْكَهْفِ فَقَالُو‍‍ا‍ رَبَّنَ‍‍ا آتِنَا مِ‍‍ن‍ْ لَدُ‍ن‍‍ْكَ رَحْمَة‍‍‍ً وَهَيِّئْ لَنَا مِنْ أَمْ‍‍ر‍‍ِنَا رَشَدا‍ً
Fađarabnā `Alá 'Ādhānihim Al-Kahfi Sinīna `Adadāan 018-011 ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ. فَضَرَ‍ب‍‍ْنَا عَلَى آذَانِهِمْ فِي ا‍لْكَهْفِ سِن‍‍ِ‍ي‍نَ عَدَدا‍ً
Thumma Ba`athnāhum Lina`lama 'Ayyu Al-Ĥizbayni 'Aĥşá Limā Labithū 'Amadāan 018-012 ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. ثُ‍‍م‍ّ‍‍َ بَعَثْنَاهُمْ لِنَعْلَمَ أَيُّ ا‍لْحِزْبَيْنِ أَحْصَى لِمَا لَبِثُ‍‍و‍‍ا‍ أَمَدا‍ً
Naĥnu Naquşşu `Alayka Naba'ahum Bil-Ĥaqqi 'Innahum Fityatun 'Āmanū Birabbihim Wa Zidnāhum Hudáan 018-013 ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ. نَحْنُ نَقُصُّ عَلَيْكَ نَبَأَهُ‍‍م‍ْ بِ‍‍ا‍لْحَقِّ إِ‍نّ‍‍َهُمْ فِتْيَة‍‍‍ٌ آمَنُو‍‍ا‍ بِرَبِّهِمْ وَزِ‍د‍‍ْنَاهُمْ هُ‍‍دى‍ً
Wa Rabaţnā `Alá Qulūbihim 'Idh Qāmū Faqālū Rabbunā Rabbu As-Samāwāti Wa Al-'Arđi Lan Nad`uwa Min Dūnihi 'Ilahāan Laqad Qulnā 'Idhāan Shaţaţāan 018-014 އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ. وَرَبَ‍‍ط‍‍ْنَا عَلَى قُلُوبِهِمْ إِذْ قَامُو‍‍ا‍ فَقَالُو‍‍ا‍ رَبُّنَا رَبُّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ لَ‍‍ن‍ْ نَ‍‍د‍‍ْعُوَ مِ‍‍ن‍ْ دُونِهِ إِلَها‍ً لَقَ‍‍د‍ْ قُلْنَ‍‍ا إِذا‍ً شَطَطا‍ً
Hā'uulā' Qawmunā Attakhadhū Min Dūnihi 'Ālihatan Lawlā Ya'tūna `Alayhim Bisulţānin Bayyinin Faman 'Ažlamu Mimmani Aftará `Alá Al-Lahi Kadhibāan 018-015 މިތިބީއެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟ ه‍َا‍ؤُلاَء قَوْمُنَا ا‍تَّخَذُوا‍ مِ‍‍ن‍ْ دُونِهِ آلِهَة‍‍‍ً لَوْلاَ يَأْت‍‍ُ‍و‍نَ عَلَيْهِ‍‍م‍ْ بِسُلْط‍‍َ‍ا‍ن‍‍‍ٍ بَيِّن‍‍‍ٍ فَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ كَذِبا‍ً
Wa 'Idh A`tazaltumūhum Wa Mā Ya`budūna 'Illā Al-Laha Fa'wū 'Ilá Al-Kahfi Yanshur Lakum Rabbukum Min Raĥmatihi Wa Yuhayyi' Lakum Min 'Amrikum Mirfaqāan 018-016 (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ. وَإِذْ ا‍عْتَزَلْتُمُوهُمْ وَمَا يَعْبُد‍ُو‍نَ إِلاَّ ا‍للَّهَ فَأْوُو‍ا‍ إِلَى ا‍لْكَهْفِ يَ‍‍ن‍شُرْ لَكُمْ رَبُّكُ‍‍م‍ْ مِ‍‍ن‍ْ رَحْمَتِهِ وَيُهَيِّئْ لَكُ‍‍م‍ْ مِنْ أَمْ‍‍ر‍‍ِكُ‍‍م‍ْ مِرفَقا‍ً
Wa Tará Ash-Shamsa 'Idhā Ţala`at Tazāwaru `An Kahfihim Dhāta Al-Yamīni Wa 'Idhā Gharabat Taqriđuhum Dhāta Ash-Shimāli Wa Hum Fī Fajwatin Minhu Dhālika Min 'Āyāti Al-Lahi Man Yahdi Al-Lahu Fahuwa Al-Muhtadi Wa Man Yuđlil Falan Tajida Lahu Walīyāan Murshidāan 018-017 އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ.اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ. وَتَرَى ا‍لشَّمْسَ إِذَا طَلَعَ‍‍ت‍ْ تَزَاوَرُ عَ‍‍ن‍ْ كَهْفِهِمْ ذ‍َا‍تَ ا‍لْيَم‍‍ِ‍ي‍نِ وَإِذَا غَرَبَ‍‍ت‍ْ تَ‍‍ق‍‍ْ‍‍ر‍‍ِضُهُمْ ذ‍َا‍تَ ا‍لشِّم‍‍َ‍ا‍لِ وَهُمْ فِي فَ‍‍ج‍‍ْوَة‍‍‍ٍ مِنْهُ ذَلِكَ مِ‍‍ن‍ْ آي‍‍َ‍ا‍تِ ا‍للَّهِ مَ‍‍ن‍ْ يَهْدِ ا‍للَّهُ فَهُوَ ا‍لْمُهْتَدِ وَمَ‍‍ن‍ْ يُضْلِلْ فَلَ‍‍ن‍ْ تَجِدَ لَهُ وَلِيّا‍ً مُرْشِدا‍ً
Wa Taĥsabuhum 'Ayqāžāan Wa Hum Ruqūdun Wa Nuqallibuhum Dhāta Al-Yamīni Wa Dhāta Ash-Shimāli Wa Kalbuhum Bāsiţun Dhirā`ayhi Bil-Waşīdi Lawi Aţţala`ta `Alayhim Lawallayta Minhum Firārāan Wa Lamuli'ta Minhum Ru`bāan 018-018 އަދި އެއުރެން ނިދާފައި ތިބިއިރު، ތިބާޔަށް ހީވާނީ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ. وَتَحْسَبُهُمْ أَيْقَاظا‍ً وَهُمْ رُق‍‍ُ‍و‍د‍ٌ وَنُقَلِّبُهُمْ ذ‍َا‍تَ ا‍لْيَم‍‍ِ‍ي‍نِ وَذ‍َا‍تَ ا‍لشِّم‍‍َ‍ا‍لِ وَكَلْبُهُ‍‍م‍ْ بَاسِط‍‍‍ٌ ذِرَاعَيْهِ بِ‍‍ا‍لْوَص‍‍ِ‍ي‍دِ لَوِ ا‍طَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارا‍ً وَلَمُلِئْتَ مِنْهُمْ رُعْبا‍ً
Wa Kadhalika Ba`athnāhum Liyatasā'alū Baynahum Qāla Qā'ilun Minhum Kam Labithtum Qālū Labithnā Yawmāan 'Aw Ba`đa Yawmin Qālū Rabbukum 'A`lamu Bimā Labithtumb`athū 'Aĥadakum Biwariqikum Hadhihi 'Ilá Al-Madīnati Falyanžur 'Ayyuhā 'Azká Ţa`āmāan Falya'tikum Birizqin Minhu Wa Līatalaţţaf Wa Lā Yush`iranna Bikum 'Aĥadāan 018-019 އެފަދައިން ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ އެކަކު އަނެކަކާ سؤال ކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއްދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، حلال ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبر އެނގުނަދީގެން ނުވާނެއެވެ. وَكَذَلِكَ بَعَثْنَاهُمْ لِيَتَس‍‍َ‍ا‍ءَلُو‍‍ا‍ بَيْنَهُمْ ق‍‍َ‍ا‍لَ ق‍‍َ‍ا‍ئِل‍‍‍ٌ مِنْهُمْ كَمْ لَبِثْتُمْ قَالُو‍‍ا‍ لَبِثْنَا يَوْماً أَوْ بَعْضَ يَوْم‍‍‍ٍ قَالُو‍‍ا‍ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَا‍ب‍‍ْعَثُ‍‍و‍‍ا‍ أَحَدَكُ‍‍م‍ْ بِوَر‍‍ِقِكُمْ هَذِهِ إِلَى ا‍لْمَدِينَةِ فَلْيَ‍‍ن‍ظُرْ أَيُّهَ‍‍ا‍ أَزْكَى طَعَاما‍ً فَلْيَأْتِكُ‍‍م‍ْ بِ‍‍ر‍‍ِزْق‍‍‍ٍ مِنْهُ وَلْيَتَلَطَّفْ وَلاَ يُشْعِرَ‍نّ‍‍َ بِكُمْ أَحَدا‍ً
'Innahum 'In Yažharū `Alaykum Yarjumūkum 'Aw Yu`īdūkum Fī Millatihim Wa Lan Tufliĥū 'Idhāan 'Abadāan 018-020 ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبر އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دين އަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ. إِ‍نّ‍‍َهُمْ إِ‍ن‍ْ يَظْهَرُوا‍ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَ‍‍ن‍ْ تُفْلِحُ‍‍و‍‍ا‍ إِذاً أَبَدا‍ً
Wa Kadhalika 'A`tharnā `Alayhim Liya`lamū 'Anna Wa`da Al-Lahi Ĥaqqun Wa 'Anna As-Sā`ata Lā Rayba Fīhā 'Idh Yatanāza`ūna Baynahum 'Amrahum Faqālū Abnū `Alayhim Bunyānāan Rabbuhum 'A`lamu Bihim Qāla Al-Ladhīna Ghalabū `Alá 'Amrihim Lanattakhidhanna `Alayhim Masjidāan 018-021 އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ އެއުރެންނެރެ ދެއްކެވީމެވެ. އެއީ اللَّه ގެ وعد ފުޅަކީ، حق ތެދުކަމާއި، قيامة ދުވަހާމެދު شك އެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ،އެއުރެންގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީއެވެ. وَكَذَلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ وَعْدَ ا‍للَّهِ حَقّ‍‍‍ٌ وَأَ‍نّ‍‍َ ا‍لسَّاعَةَ لاَ رَيْبَ فِيهَ‍‍ا إِذْ يَتَنَازَع‍‍ُ‍و‍نَ بَيْنَهُمْ أَمْرَهُمْ فَقَالُو‍‍ا‍ ا‍ب‍‍ْنُو‍‍ا‍ عَلَيْهِ‍‍م‍ْ بُ‍‍ن‍‍ْيَانا‍ً رَبُّهُمْ أَعْلَمُ بِهِمْ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ غَلَبُو‍‍ا‍ عَلَى أَمْ‍‍ر‍‍ِهِمْ لَنَتَّخِذَ‍نّ‍‍َ عَلَيْهِ‍‍م‍ْ مَسْجِدا‍ً
Sayaqūlūna Thalāthatun Rābi`uhum Kalbuhum Wa Yaqūlūna Khamsatun Sādisuhum Kalbuhum Rajmāan Bil-Ghaybi Wa Yaqūlūna Sab`atun Wa Thāminuhum Kalbuhum Qul Rabbī 'A`lamu Bi`iddatihim Mā Ya`lamuhum 'Illā Qalīlun Falā Tumāri Fīhim 'Illā Mirā'an Žāhirāan Wa Lā Tastafti Fīhim Minhum 'Aĥadāan 018-022 އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ! سَيَقُول‍‍ُ‍و‍نَ ثَلاَثَة‍‍‍ٌ رَابِعُهُمْ كَلْبُهُمْ وَيَقُول‍‍ُ‍و‍نَ خَمْسَة‍‍‍ٌ سَادِسُهُمْ كَلْبُهُمْ رَ‍ج‍‍ْما‍ً بِ‍‍ا‍لْغَيْبِ وَيَقُول‍‍ُ‍و‍نَ سَ‍‍ب‍‍ْعَة‍‍‍ٌ وَثَامِنُهُمْ كَلْبُهُمْ قُلْ رَبِّ‍‍ي‍ أَعْلَمُ بِعِدَّتِهِ‍‍م‍ْ مَا يَعْلَمُهُمْ إِلاَّ قَل‍‍ِ‍ي‍ل‍‍‍ٌ فَلاَ تُم‍‍َ‍ا‍ر‍ِ فِيهِمْ إِلاَّ مِر‍َا‍ء‍ً ظَاهِرا‍ً وَلاَ تَسْتَفْتِ فِيهِ‍‍م‍ْ مِنْهُمْ أَحَدا‍ً
Wa Lā Taqūlanna Lishay'in 'Innī Fā`ilun Dhālika Ghadāan 018-023 އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! وَلاَ تَقُولَ‍‍ن‍ّ‍‍َ لِشَيْء‍ٍ إِ‍نّ‍‍ِي فَاعِل‍‍‍ٌ ذَلِكَ غَدا‍ً
'Illā 'An Yashā'a Al-Lahu Wa Adhkur Rabbaka 'Idhā Nasīta Wa Qul `Asá 'An Yahdiyani Rabbī Li'qraba Min Hādhā Rashadāan 018-024 اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ! إِلاَّ أَ‍ن‍ْ يَش‍‍َ‍ا‍ءَ ا‍للَّهُ وَا‍ذْكُ‍‍ر‍ْ رَبَّكَ إِذَا نَس‍‍ِ‍ي‍تَ وَقُلْ عَسَى أَ‍ن‍ْ يَهْدِيَنِ رَبِّي لِأ‍ق‍‍ْرَبَ مِنْ هَذَا رَشَدا‍ً
Wa Labithū Fī Kahfihim Thalātha Miā'atin Sinīna Wa Azdādū Tis`āan 018-025 އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ. وَلَبِثُو‍‍ا‍ فِي كَهْفِهِمْ ثَلاَثَ مِائَة‍‍‍ٍ سِن‍‍ِ‍ي‍نَ وَا‍زْدَادُوا‍ تِسْعا‍ً
Quli Al-Lahu 'A`lamu Bimā Labithū Lahu Ghaybu As-Samāwāti Wa Al-'Arđi 'Abşir Bihi Wa 'Asmi` Mā Lahum Min Dūnihi Min Wa Līyin Wa Lā Yushriku Fī Ĥukmihi 'Aĥadāan 018-026 ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ. قُلِ ا‍للَّهُ أَعْلَمُ بِمَا لَبِثُو‍‍ا‍ لَهُ غَيْبُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ أَ‍ب‍‍ْصِرْ بِهِ وَأَسْمِعْ مَا لَهُ‍‍م‍ْ مِ‍‍ن‍ْ دُونِهِ مِ‍‍ن‍ْ وَلِيّ‍‍‍ٍ وَلاَ يُشْ‍‍ر‍‍ِكُ فِي حُكْمِهِ أَحَدا‍ً
Wa Atlu Mā 'Ūĥiya 'Ilayka Min Kitābi Rabbika Lā Mubaddila Likalimātihi Wa Lan Tajida Min Dūnihi Multaĥadāan 018-027 ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއްނުގަންނަވާނެތެވެ. وَاتْلُ مَ‍‍ا‍ أ‍ُ‍وحِيَ إِلَيْكَ مِ‍‍ن‍ْ كِت‍‍َ‍ا‍بِ رَبِّكَ لاَ مُبَدِّلَ لِكَلِمَاتِهِ وَلَ‍‍ن‍ْ تَجِدَ مِ‍‍ن‍ْ دُونِهِ مُلْتَحَدا‍ً
Wa Aşbir Nafsaka Ma`a Al-Ladhīna Yad`ūna Rabbahum Bil-Ghadāati Wa Al-`Ashīyi Yurīdūna Wajhahu Wa Lā Ta`du `Aynāka `Anhum Turīdu Zīnata Al-Ĥayāati Ad-Dunyā Wa Lā Tuţi` Man 'Aghfalnā Qalbahu `An Dhikrinā Wa Attaba`a Hawāhu Wa Kāna 'Amruhu Furuţāan 018-028 އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! وَاصْبِرْ نَفْسَكَ مَعَ ا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ رَبَّهُ‍‍م‍ْ بِ‍‍ا‍لْغَد‍َا‍ةِ وَا‍لْعَشِيِّ يُ‍‍ر‍‍ِيد‍ُو‍نَ وَج‍‍ْهَهُ وَلاَ تَعْدُ عَيْن‍‍َ‍ا‍كَ عَنْهُمْ تُ‍‍ر‍‍ِي‍دُ زِينَةَ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَلاَ تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَ‍‍ن‍ْ ذِكْ‍‍ر‍‍ِنَا وَا‍تَّبَعَ هَو‍َا‍هُ وَك‍‍َ‍ا‍نَ أَمْرُهُ فُرُطا‍ً
Wa Quli Al-Ĥaqqu Min Rabbikum Faman Shā'a Falyu'umin Wa Man Shā'a Falyakfur 'Innā 'A`tadnā Lilžžālimīna Nārāan 'Aĥāţa Bihim Surādiquhā Wa 'In Yastaghīthū Yughāthū Bimā'in Kālmuhli Yash Al-Wujūha Bi'sa Ash-Sharābu Wa Sā'at Murtafaqāan 018-029 އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ. ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ! ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ.(އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ! وَقُلِ ا‍لْحَقُّ مِ‍‍ن‍ْ رَبِّكُمْ فَمَ‍‍ن‍ْ ش‍‍َ‍ا‍ءَ فَلْيُؤْمِ‍‍ن‍ْ وَمَ‍‍ن‍ْ ش‍‍َ‍ا‍ءَ فَلْيَكْفُرْ إِ‍نّ‍‍َ‍‍ا‍ أَعْتَ‍‍د‍‍ْنَا لِلظَّالِم‍‍ِ‍ي‍نَ نَاراً أَح‍‍َ‍ا‍طَ بِهِمْ سُرَادِقُهَا وَإِ‍ن‍ْ يَسْتَغِيثُو‍‍ا‍ يُغَاثُو‍‍ا‍ بِم‍‍َ‍ا‍ء‍ٍ كَالْمُهْلِ يَشْوِي ا‍لْوُج‍‍ُ‍و‍هَ بِئْسَ ا‍لشَّر‍َا‍بُ وَس‍‍َ‍ا‍ءَتْ مُرْتَفَقا‍ً
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti 'Innā Lā Nuđī`u 'Ajra Man 'Aĥsana `Amalāan 018-030 ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުން (ދަންނާށެވެ!) ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ إِ‍نّ‍‍َا لاَ نُض‍‍ِ‍ي‍عُ أَ‍ج‍‍ْرَ مَنْ أَحْسَنَ عَمَلا‍ً
'Ūlā'ika Lahum Jannātu `Adnin Tajrī Min Taĥtihimu Al-'Anhāru Yuĥallawna Fīhā Min 'Asāwira Min Dhahabin Wa Yalbasūna Thiyābāan Khuđrāan Min Sundusin Wa 'Istabraqin Muttaki'īna Fīhā `Alá Al-'Arā'iki Ni`ma Ath-Thawābu Wa Ĥasunat Murtafaqāan 018-031 އެއުރެންނަށް، عدن އޭ ކިއުނު ސުވަރުގެތައް ހުށްޓެވެ. އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި ފެހިކުލައިގެ سُندُس އާއި إستَبرَق (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ. އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ حال ގައެވެ. (އެއުރެންނަށްހުރި) ثواب ގެ މޮޅުކަމާއެވެ! އަދި (އެއުރެން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ! أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍تُ عَ‍‍د‍‍ْن‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهِمُ ا‍لأَنْه‍‍َ‍ا‍رُ يُحَلَّوْنَ فِيهَا مِنْ أَسَاوِ‍ر‍َ مِ‍‍ن‍ْ ذَهَب‍‍‍ٍ وَيَلْبَس‍‍ُ‍و‍نَ ثِيَاباً خُضْرا‍ً مِ‍‍ن‍ْ سُ‍‍ن‍دُس‍‍‍ٍ وَإِسْتَ‍‍ب‍‍ْرَق‍‍‍ٍ مُتَّكِئ‍‍ِ‍ي‍نَ فِيهَا عَلَى ا‍لأَر‍َا‍ئِكِ نِعْمَ ا‍لثَّو‍َا‍بُ وَحَسُنَتْ مُرْتَفَقا‍ً
Wa Ađrib Lahum Mathalāan Rajulayni Ja`alnā Li'ĥadihimā Jannatayni Min 'A`nābin Wa Ĥafafnāhumā Binakhlin Wa Ja`alnā Baynahumā Zar`āan 018-032 ކަލޭގެފާނު އެއުރެންނަށް ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެ ދެމީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ. އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ. وَاضْ‍‍ر‍‍ِ‍ب‍ْ لَهُ‍‍م‍ْ مَثَلا‍ً رَجُلَيْنِ جَعَلْنَا لِأحَدِهِمَا جَ‍‍ن‍ّ‍‍َتَيْنِ مِنْ أَعْن‍‍َ‍ا‍ب‍‍‍ٍ وَحَفَفْنَاهُمَا بِنَخْل‍‍‍ٍ وَجَعَلْنَا بَيْنَهُمَا زَرْعا‍ً
Kiltā Al-Jannatayni 'Ātat 'Ukulahā Wa Lam Tažlim Minhu Shay'āan Wa Fajjarnā Khilālahumā Naharāan 018-033 އެ ދެބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ. كِلْتَا ا‍لْجَ‍‍ن‍ّ‍‍َتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِ‍‍م‍ْ مِنْهُ شَيْئا‍ً وَفَجَّرْنَا خِلاَلَهُمَا نَهَرا‍ً
Wa Kāna Lahu Thamarun Faqāla Lişāĥibihi Wa Huwa Yuĥāwiruhu 'Anā 'Aktharu Minka Mālāan Wa 'A`azzu Nafarāan 018-034 އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ. وَك‍‍َ‍ا‍نَ لَهُ ثَمَر‍ٌ فَق‍‍َ‍ا‍لَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَ‍‍ا‍ أَكْثَرُ مِ‍‍ن‍‍ْكَ مَالا‍ً وَأَعَزُّ نَفَرا‍ً
Wa Dakhala Jannatahu Wa Huwa Žālimun Linafsihi Qāla Mā 'Ažunnu 'An Tabīda Hadhihi 'Abadāan 018-035 އަދި އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް ނުކުރަމެވެ. وَدَخَلَ جَ‍‍ن‍ّ‍‍َتَهُ وَهُوَ ظَالِم‍‍‍ٌ لِنَفْسِهِ ق‍‍َ‍ا‍لَ مَ‍‍ا‍ أَظُ‍‍ن‍ّ‍‍ُ أَ‍ن‍ْ تَب‍‍ِ‍ي‍دَ هَذِهِ أَبَدا‍ً
Wa Mā 'Ažunnu As-Sā`ata Qā'imatan Wa La'in Rudidtu 'Ilá Rabbī La'ajidanna Khayrāan Minhā Munqalabāan 018-036 އަދި قيامة ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ. وَمَ‍‍ا‍ أَظُ‍‍ن‍ّ‍‍ُ ا‍لسَّاعَةَ ق‍‍َ‍ا‍ئِمَة‍‍‍ً وَلَئِ‍‍ن‍ْ رُدِ‍د‍‍ْتُ إِلَى رَبِّي لَأَجِدَ‍نّ‍‍َ خَيْرا‍ً مِنْهَا مُ‍‍ن‍قَلَبا‍ً
Qāla Lahu Şāĥibuhu Wa Huwa Yuĥāwiruhu 'Akafarta Bial-Ladhī Khalaqaka Min Turābin Thumma Min Nuţfatin Thumma Sawwāka Rajulāan 018-037 (جواب ގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: آدم ގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ كافر ވީ ހެއްޔެވެ؟ ق‍َا‍لَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِ‍‍ا‍لَّذِي خَلَقَكَ مِ‍‍ن‍ْ تُر‍َا‍ب‍‍‍ٍ ثُ‍‍م‍ّ‍‍َ مِ‍‍ن‍ْ نُ‍‍ط‍‍ْفَة‍‍‍ٍ ثُ‍‍م‍ّ‍‍َ سَوّ‍َا‍كَ رَجُلا‍ً
Lakinnā Huwa Al-Lahu Rabbī Wa Lā 'Ushriku Birabbī 'Aĥadāan 018-038 އެހެނެއްކަމަކު،އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ. لَكِ‍‍ن‍ّ‍‍َا هُوَ ا‍للَّهُ رَبِّي وَلاَ أُشْ‍‍ر‍‍ِكُ بِرَبِّ‍‍ي‍ أَحَدا‍ً
Wa Lawlā 'Idh Dakhalta Jannataka Qulta Mā Shā'a Al-Lahu Lā Qūwata 'Illā Bil-Lahi 'In Tarani 'Anā 'Aqalla Minka Mālāan Wa Waladāan 018-039 އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ. وَلَوْلاَ إِذْ دَخَلْتَ جَ‍‍ن‍ّ‍‍َتَكَ قُلْتَ مَا ش‍‍َ‍ا‍ءَ ا‍للَّهُ لاَ قُوَّةَ إِلاَّ بِ‍‍ا‍للَّهِ إِ‍ن‍ْ تَرَنِ أَنَ‍‍ا‍ أَقَلَّ مِ‍‍ن‍‍ْكَ مَالا‍ً وَوَلَدا‍ً
Fa`asá Rabbī 'An Yu'utiyanī Khayrāan Min Jannatika Wa Yursila `Alayhā Ĥusbānāan Mina As-Samā'i Fatuşbiĥa Şa`īdāan Zalaqāan 018-040 އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަންހިނދު، اللَّه އިރާދަކުރެއްވިކަމެއްވާނެއޭ ބުނިނަމަ، ކޮންފަދަހެއްޔެވެ! އެއްވެސް ބާރެއް اللَّه ގެ حضرة ން މެނުވީ ނުވެއެވެ. ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނަސް، ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ نعمة އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވައިފާށިއެވެ! އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވައި، ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަންވެދާނެތެވެ. فَعَسَى رَبِّ‍‍ي‍ أَ‍ن‍ْ يُؤْتِيَنِي خَيْرا‍ً مِ‍‍ن‍ْ جَ‍‍ن‍ّ‍‍َتِكَ وَيُرْسِلَ عَلَيْهَا حُسْبَانا‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ فَتُصْبِحَ صَعِيدا‍ً زَلَقا‍ً
'Aw Yuşbiĥa Mā'uuhā Ghawrāan Falan Tastaţī`a Lahu Ţalabāan 018-041 ނުވަތަ އެތާނގެ ފެން، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނގައިދާނެތެވެ. ދެން އެ ފެން އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. أَوْ يُصْبِحَ م‍‍َ‍ا‍ؤُهَا غَوْرا‍ً فَلَ‍‍ن‍ْ تَسْتَط‍‍ِ‍ي‍عَ لَهُ طَلَبا‍ً
Wa 'Uĥīţa Bithamarihi Fa'aşbaĥa Yuqallibu Kaffayhi `Alá Mā 'Anfaqa Fīhā Wa Hiya Khāwiyatun `Alá `Urūshihā Wa Yaqūlu Yā Laytanī Lam 'Ushrik Birabbī 'Aĥadāan 018-042 އަދި އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް، އަށިގަނޑުތަކާއެކު ވެއްޓިފައިވާ حال، އެ ބަގީޗާ ހެއްދުމަށް އޭނާކުޅަ خرد ތަކުގެމައްޗަށް، ހިތާމައިން ދެއަތް ފުރޮޅަފުރޮޅައިހުރެ ބުނެތެވެ. އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ وَأُح‍‍ِ‍ي‍طَ بِثَمَ‍‍ر‍‍ِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَى مَ‍‍ا‍ أَن‍فَقَ فِيهَا وَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَيَق‍‍ُ‍و‍لُ يَالَيْتَنِي لَمْ أُشْ‍‍ر‍‍ِكْ بِرَبِّ‍‍ي‍ أَحَدا‍ً
Wa Lam Takun Lahu Fi'atun Yanşurūnahu Min Dūni Al-Lahi Wa Mā Kāna Muntaşirāan 018-043 އަދި اللَّه ފިޔަވައި، އޭނާއަށް نصر ދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ، نصر ލިބޭނޭ މީހަކު ކަމުގައިވެސް ނުވިއެވެ. وَلَمْ تَكُ‍‍ن‍ْ لَهُ فِئَة‍‍‍ٌ يَ‍‍ن‍صُرُونَهُ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَمَا ك‍‍َ‍ا‍نَ مُ‍‍ن‍تَصِرا‍ً
Hunālika Al-Walāyatu Lillahi Al-Ĥaqqi Huwa Khayrun Thawābāan Wa Khayrun `Uqan 018-044 އެތާނގައި (އެބަހީ: قيامة ދުވަހުން) އެހީތެރިކަން ދެއްވުން ملك ވެގެންވަނީ، حق ވަންތަ اللَّه އަށެވެ. އެކަލާނގެއީ، ثواب ދެއްވުމުގައި އެންމެހެޔޮ ރަސްކަލާނގެއެވެ. އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ ރަސްކަލާނގެއެވެ. هُنَالِكَ ا‍لْوَلاَيَةُ لِلَّهِ ا‍لْحَقِّ هُوَ خَيْر‍ٌ ثَوَابا‍ً وَخَيْرٌ عُ‍‍ق‍‍ْبا‍ً
Wa Ađrib Lahum Mathala Al-Ĥayāati Ad-Dunyā Kamā'in 'Anzalnāhu Mina As-Samā'i Fākhtalaţa Bihi Nabātu Al-'Arđi Fa'aşbaĥa Hashīmāan Tadhrūhu Ar-Riyāĥu Wa Kāna Al-Lahu `Alá Kulli Shay'in Muqtadirāan 018-045 ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. وَاضْ‍‍ر‍‍ِ‍ب‍ْ لَهُ‍‍م‍ْ مَثَلَ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا كَم‍‍َ‍ا‍ءٍ أَن‍زَلْن‍‍َ‍ا‍هُ مِنَ ا‍لسَّم‍‍َ‍ا‍ءِ فَاخْتَلَطَ بِهِ نَب‍‍َ‍ا‍تُ ا‍لأَرْضِ فَأَصْبَحَ هَشِيما‍ً تَذْر‍ُو‍هُ ا‍لرِّي‍‍َ‍ا‍حُ وَك‍‍َ‍ا‍نَ ا‍للَّهُ عَلَى كُلِّ شَيْء‍ٍ مُ‍‍ق‍‍ْتَدِرا‍ً
Al-Mālu Wa Al-Banūna Zīnatu Al-Ĥayāati Ad-Dunyā Wa Al-Bāqiyātu Aş-Şāliĥātu Khayrun `Inda Rabbika Thawābāan Wa Khayrun 'Amalāan 018-046 މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި صالح عمل ތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ثوابގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ. ا‍لْم‍‍َ‍ا‍لُ وَا‍لْبَن‍‍ُ‍و‍نَ زِينَةُ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَا‍لْبَاقِي‍‍َ‍ا‍تُ ا‍لصَّالِح‍‍َ‍ا‍تُ خَيْرٌ عِ‍‍ن‍‍ْدَ رَبِّكَ ثَوَابا‍ً وَخَيْرٌ أَمَلا‍ً
Wa Yawma Nusayyiru Al-Jibāla Wa Tará Al-'Arđa Bārizatan Wa Ĥasharnāhum Falam Nughādir Minhum 'Aĥadāan 018-047 އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. وَيَوْمَ نُسَيِّ‍‍ر‍ُ ا‍لْجِب‍‍َ‍ا‍لَ وَتَرَى ا‍لأَرْضَ بَا‍ر‍‍ِزَة‍‍‍ً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدا‍ً
Wa `Uriđū `Alá Rabbika Şaffāan Laqad Ji'tumūnā Kamā Khalaqnākum 'Awwala Marratin Bal Za`amtum 'Allan Naj`ala Lakum Maw`idāan 018-048 އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި اللَّه وحى ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشر އަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ. وَعُ‍‍ر‍‍ِضُو‍‍ا‍ عَلَى رَبِّكَ صَفّا‍ً لَقَ‍‍د‍ْ جِئْتُمُونَا كَمَا خَلَ‍‍ق‍‍ْنَاكُمْ أَوَّلَ مَرَّة‍‍‍ٍ بَلْ زَعَمْتُمْ أَلَّ‍‍ن‍ْ نَ‍‍ج‍‍ْعَلَ لَكُ‍‍م‍ْ مَوْعِدا‍ً
Wa Wuđi`a Al-Kitābu Fatará Al-Mujrimīna Mushfiqīna Mimmā Fīhi Wa Yaqūlūna Yā Waylatanā Māli Hādhā Al-Kitābi Lā Yughādiru Şaghīratan Wa Lā Kabīratan 'Illā 'Aĥşāhā Wa Wajadū Mā `Amilū Ĥāđirāan Wa Lā Yažlimu Rabbuka 'Aĥadāan 018-049 އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށްމިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. وَوُضِعَ ا‍لْكِت‍‍َ‍ا‍بُ فَتَرَى ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ مُشْفِق‍‍ِ‍ي‍نَ مِ‍‍م‍ّ‍‍َا ف‍‍ِ‍ي‍هِ وَيَقُول‍‍ُ‍و‍نَ يَاوَيْلَتَنَا م‍‍َ‍ا‍لِ هَذَا ا‍لْكِت‍‍َ‍ا‍بِ لاَ يُغَادِ‍ر‍ُ صَغِيرَة‍‍‍ً وَلاَ كَبِيرَة‍‍‍ً إِلاَّ أَحْصَاهَا وَوَجَدُوا‍ مَا عَمِلُو‍‍ا‍ حَاضِرا‍ً وَلاَ يَظْلِمُ رَبُّكَ أَحَدا‍ً
Wa 'Idh Qulnā Lilmalā'ikati Asjudū Li'dama Fasajadū 'Illā 'Iblīsa Kāna Mina Al-Jinni Fafasaqa `An 'Amri Rabbihi 'Afatattakhidhūnahu Wa Dhurrīyatahu 'Awliyā'a Min Dūnī Wa Hum Lakum `Adūwun Bi'sa Lilžžālimīna Badalāan 018-050 ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ! وَإِذْ قُلْنَا لِلْمَلاَئِكَةِ ا‍سْجُدُوا‍ لِأدَمَ فَسَجَدُو‍ا‍ إِلاَّ إِ‍ب‍‍ْل‍‍ِ‍ي‍سَ ك‍‍َ‍ا‍نَ مِنَ ا‍لْجِ‍‍ن‍ّ‍‍ِ فَفَسَقَ عَنْ أَمْ‍‍ر‍ِ رَبِّهِ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِي‍‍َ‍ا‍ءَ مِ‍‍ن‍ْ دُونِي وَهُمْ لَكُمْ عَدُوّ‍ٌ بِئْسَ لِلظَّالِم‍‍ِ‍ي‍نَ بَدَلا‍ً
Mā 'Ash/hadtuhum Khalqa As-Samāwāti Wa Al-'Arđi Wa Lā Khalqa 'Anfusihim Wa Mā Kuntu Muttakhidha Al-Muđillīna `Ađudāan 018-051 އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަންރަސްކަލާނގެ އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ نفس ތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ شيطان ންނީ، އެހީތެރިންކަމުގައި ތިމަންރަސްކަލާނގެނުހިއްޕަވަމެވެ. مَ‍‍ا‍ أَشْهَ‍‍د‍‍ْتُهُمْ خَلْقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَلاَ خَلْقَ أَن‍فُسِهِمْ وَمَا كُ‍‍ن‍تُ مُتَّخِذَ ا‍لْمُضِلّ‍‍ِ‍ي‍نَ عَضُدا‍ً
Wa Yawma Yaqūlu Nādū Shurakā'iya Al-Ladhīna Za`amtum Fada`awhum Falam Yastajībū Lahum Wa Ja`alnā Baynahum Mawbiqāan 018-052 އަދި ތިމަންރަސްކަލާނގެ ބައިވެރިންކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗަށް، ތިޔަބައިމީހުން ގޮވައިބަލާށޭ އެކަލާނގެ وحى ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން އެތަކެއްޗަށް ގޮވާނެތެވެ. ނަމަވެސް އެތަކެތި އެއުރެންނަކަށް جواب އެއް ނުދޭނެތެވެ. އަދި އެއުރެންގެ މެދުގައި ހުރަހެއް (އެބަހީ: ނަރަކައިގެ ވާދީއެއް) ތިމަންރަސްކަލާނގެ ލައްވާހުށީމެވެ. وَيَوْمَ يَق‍‍ُ‍و‍لُ نَادُوا‍ شُرَك‍‍َ‍ا‍ئ‍‍ِ‍يَ ا‍لَّذ‍ِي‍نَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُو‍‍ا‍ لَهُمْ وَجَعَلْنَا بَيْنَهُ‍‍م‍ْ مَوْبِقا‍ً
Wa Ra'á Al-Mujrimūna An-Nāra Fažannū 'Annahum Muwāqi`ūhā Wa Lam Yajidū `Anhā Maşrifāan 018-053 ކުށްވެރިންނަށް ނަރަކަ ފެނި، އެ ނަރަކައަށް އެއުރެން ވެއްޓޭނޭކަމުގައި އެއުރެންނަށް يقين ވާނެތެވެ. އަދި އެ ނަރަކައާ ދުރަށް ފިލަންދާނޭ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ. وَرَأَى ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍رَ فَظَ‍‍ن‍ّ‍‍ُ‍‍و‍‍ا‍ أَ‍نّ‍‍َهُ‍‍م‍ْ مُوَاقِعُوهَا وَلَمْ يَجِدُوا‍ عَنْهَا مَصْ‍‍ر‍‍ِفا‍ً
Wa Laqad Şarrafnā Fī Hādhā Al-Qur'āni Lilnnāsi Min Kulli Mathalin Wa Kāna Al-'Insānu 'Akthara Shay'in Jadalāan 018-054 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ. وَلَقَ‍‍د‍ْ صَرَّفْنَا فِي هَذَا ا‍لْقُرْآنِ لِل‍‍ن‍ّ‍‍َ‍ا‍سِ مِ‍‍ن‍ْ كُلِّ مَثَل‍‍‍ٍ وَك‍‍َ‍ا‍نَ ا‍لإِن‍س‍‍َ‍ا‍نُ أَكْثَرَ شَيْء‍ٍ جَدَلا‍ً
Wa Mā Mana`a An-Nāsa 'An Yu'uminū 'Idh Jā'ahumu Al-Hudá Wa Yastaghfirū Rabbahum 'Illā 'An Ta'tiyahum Sunnatu Al-'Awwalīna 'Aw Ya'tiyahumu Al-`Adhābu Qubulāan 018-055 އިސްވެދިޔަމީހުންނަށް ވެގެންދިޔަގޮތް އެއުރެންނަށްވެސްވުން، ނުވަތަ އެއުރެންނަށް ފެންނަގޮތުގައި عذاب އައުން (އެބަހީ: އެކަމަށްއެދި انتظار ކުރުން) މެނުވީ، މީސްތަކުންނަށް ތެދުމަގު އައިހިނދު، އެއުރެން إيمان ވުމާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންއެދި ދެންނެވުން،އެއުރެންނަށް މަނާއެއް ނުކުރެތެވެ. وَمَا مَنَعَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ أَ‍ن‍ْ يُؤْمِنُ‍‍و‍‍ا‍ إِذْ ج‍‍َ‍ا‍ءَهُمُ ا‍لْهُدَى وَيَسْتَغْفِرُوا‍ رَبَّهُمْ إِلاَّ أَ‍ن‍ْ تَأْتِيَهُمْ سُ‍‍ن‍ّ‍‍َةُ ا‍لأَوَّل‍‍ِ‍ي‍نَ أَوْ يَأْتِيَهُمُ ا‍لْعَذ‍َا‍بُ قُبُلا‍ً
Wa Mā Nursilu Al-Mursalīna 'Illā Mubashshirīna Wa Mundhirīna Wa Yujādilu Al-Ladhīna Kafarū Bil-Bāţili Liyudĥiđū Bihi Al-Ĥaqqa Wa Attakhadhū 'Āyātī Wa Mā 'Undhirū Huzūan 018-056 އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުންކަމުގައި މެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. އަދި كافر ވީ މީހުން باطل ގޮތުން جدل ކުރެތެވެ. (އެއީ) އެގޮތުން އެއުރެން، حق އަކީ، باطل އެއްޗެއް ކަމުގައި ހެދުމަށެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާއި، އެއުރެންނަށް إنذار ކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދޫއެވެ. وَمَا نُرْسِلُ ا‍لْمُرْسَل‍‍ِ‍ي‍نَ إِلاَّ مُبَشِّ‍‍ر‍‍ِي‍نَ وَمُ‍‍ن‍ذِ‍ر‍‍ِي‍نَ وَيُجَادِلُ ا‍لَّذ‍ِي‍نَ كَفَرُوا‍ بِ‍‍ا‍لْبَاطِلِ لِيُ‍‍د‍‍ْحِضُو‍‍ا‍ بِهِ ا‍لْحَقَّ وَا‍تَّخَذُو‍ا‍ آيَاتِي وَمَ‍‍ا‍ أُ‍ن‍‍ْذِرُوا‍ هُز‍ُو‍ا‍ً
Wa Man 'Ažlamu Mimman Dhukkira Bi'āyāti Rabbihi Fa'a`rađa `Anhā Wa Nasiya Mā Qaddamat Yadāhu 'Innā Ja`alnā `Alá Qulūbihim 'Akinnatan 'An Yafqahūhu Wa Fī 'Ādhānihim Waqrāan Wa 'In Tad`uhum 'Ilá Al-Hudá Falan Yahtadū 'Idhāan 'Abadāan 018-057 އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، އެ آية ތަކަށް ފުރަގަސްދީ، އެނބުރިގަނެ، އަދި އޭނާ އިސްކުޅަ عمل ތައް ހަނދާންނެތުނު މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލައްވައިފިނަމަ، ފަހެ، އޭރުން އެއްގޮތަކަށްވެސް އެއުރެން ތެދުމަގު ލިބިއެއް ނުގަންނާނެތެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ ذُكِّ‍‍ر‍َ بِآي‍‍َ‍ا‍تِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَد‍َا‍هُ إِ‍نّ‍‍َا جَعَلْنَا عَلَى قُلُوبِهِمْ أَكِ‍‍ن‍ّ‍‍َةً أَ‍ن‍ْ يَفْقَه‍‍ُ‍و‍هُ وَفِ‍‍ي آذَانِهِمْ وَق‍‍ْرا‍ً وَإِ‍ن‍ْ تَ‍‍د‍‍ْعُهُمْ إِلَى ا‍لْهُدَى فَلَ‍‍ن‍ْ يَهْتَدُو‍ا‍ إِذاً أَبَدا‍ً
Wa Rabbuka Al-Ghafūru Dhū Ar-Raĥmati Law Yu'uākhidhuhum Bimā Kasabū La`ajjala Lahumu Al-`Adhāba Bal Lahum Maw`idun Lan Yajidū Min Dūnihi Maw'ilāan 018-058 ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިންފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعد އެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ. وَرَبُّكَ ا‍لْغَف‍‍ُ‍و‍رُ ذُو ا‍لرَّحْمَةِ لَوْ يُؤ‍َ‍اخِذُهُ‍‍م‍ْ بِمَا كَسَبُو‍‍ا‍ لَعَجَّلَ لَهُمُ ا‍لْعَذ‍َا‍بَ بَ‍‍ل‍ْ لَهُ‍‍م‍ْ مَوْعِد‍ٌ لَ‍‍ن‍ْ يَجِدُوا‍ مِ‍‍ن‍ْ دُونِهِ مَوْئِلا‍ً
Wa Tilka Al-Qurá 'Ahlaknāhum Lammā Žalamū Wa Ja`alnā Limahlikihim Maw`idāan 018-059 އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. وَتِلْكَ ا‍لْقُرَى أَهْلَكْنَاهُمْ لَ‍‍م‍ّ‍‍َا ظَلَمُو‍‍ا‍ وَجَعَلْنَا لِمَهْلِكِهِ‍‍م‍ْ مَوْعِدا‍ً
Wa 'Idh Qāla Mūsá Lifatāhu Lā 'Abraĥu Ĥattá 'Ablugha Majma`a Al-Baĥrayni 'Aw 'Amđiya Ĥuqubāan 018-060 موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ. وَإِذْ ق‍‍َ‍ا‍لَ مُوسَى لِفَت‍‍َ‍ا‍هُ لاَ أَ‍ب‍‍ْرَحُ حَتَّى أَ‍ب‍‍ْلُغَ مَ‍‍ج‍‍ْمَعَ ا‍لْبَحْرَيْنِ أَوْ أَمْضِيَ حُقُبا‍ً
Falammā Balaghā Majma`a Baynihimā Nasiyā Ĥūtahumā Fa Attakhadha Sabīlahu Fī Al-Baĥri Sarabāan 018-061 ފަހެ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް واصل ވެވުނު ހިނދު، އެ ދެކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ. فَلَ‍‍م‍ّ‍‍َا بَلَغَا مَ‍‍ج‍‍ْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي ا‍لْبَحْ‍‍ر‍ِ سَرَبا‍ً
Falammā Jāwazā Qāla Lifatāhu 'Ātinā Ghadā'anā Laqad Laqīnā Min Safarinā Hādhā Naşabāan 018-062 ފަހެ، އެ ދެކަލުން (އެތަން)ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނުގެ خادم ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ. فَلَ‍‍م‍ّ‍‍َا جَاوَزَا ق‍‍َ‍ا‍لَ لِفَت‍‍َ‍ا‍هُ آتِنَا غَد‍َا‍ءَنَا لَقَ‍‍د‍ْ لَقِينَا مِ‍‍ن‍ْ سَفَ‍‍ر‍‍ِنَا هَذَا نَصَبا‍ً
Qāla 'Ara'ayta 'Idh 'Awaynā 'Ilá Aş-Şakhrati Fa'innī Nasītu Al-Ĥūta Wa Mā 'Ansānīhu 'Illā Ash-Shayţānu 'An 'Adhkurahu Wa Attakhadha Sabīlahu Fī Al-Baĥri `Ajabāan 018-063 އެ خادم ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائب އެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ. ق‍َا‍لَ أَرَأَيْتَ إِذْ أَوَيْنَ‍‍ا إِلَى ا‍لصَّخْرَةِ فَإِ‍نّ‍‍ِي نَس‍‍ِ‍ي‍تُ ا‍لْح‍‍ُ‍و‍تَ وَمَ‍‍ا‍ أَ‍ن‍‍ْسَان‍‍ِ‍ي‍هُ إِلاَّ ا‍لشَّيْط‍‍َ‍ا‍نُ أَنْ أَذْكُرَهُ وَا‍تَّخَذَ سَبِيلَهُ فِي ا‍لْبَحْ‍‍ر‍ِ عَجَبا‍ً
Qāla Dhālika Mā Kunnā Nabghi Fārtaddā `Alá 'Āthārihimā Qaşaşāan 018-064 އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ. ق‍َا‍لَ ذَلِكَ مَا كُ‍‍ن‍ّ‍‍َا نَ‍‍ب‍‍ْغِ فَارْتَدَّا عَلَى آثَا‍ر‍‍ِهِمَا قَصَصا‍ً
Fawajadā `Abdāan Min `Ibādinā 'Ātaynāhu Raĥmatan Min `Indinā Wa `Allamnāhu Min Ladunnā `Ilmāan 018-065 ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެحضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ. فَوَجَدَا عَ‍‍ب‍‍ْدا‍ً مِنْ عِبَادِنَ‍‍ا آتَيْن‍‍َ‍ا‍هُ رَحْمَة‍‍‍ً مِنْ عِ‍‍ن‍‍ْدِنَا وَعَلَّمْن‍‍َ‍ا‍هُ مِ‍‍ن‍ْ لَدُ‍نّ‍‍َا عِلْما‍ً
Qāla Lahu Mūsá Hal 'Attabi`uka `Alá 'An Tu`allimani Mimmā `Ullimta Rushan 018-066 އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟ ق‍َا‍لَ لَهُ مُوسَى هَلْ أَتَّبِعُكَ عَلَى أَ‍ن‍ْ تُعَلِّمَنِ مِ‍‍م‍ّ‍‍َا عُلِّمْتَ رُشْدا‍ً
Qāla 'Innaka Lan Tastaţī`a Ma`iya Şaban 018-067 އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ. ق‍َا‍لَ إِ‍نّ‍‍َكَ لَ‍‍ن‍ْ تَسْتَط‍‍ِ‍ي‍عَ مَعِيَ صَ‍‍ب‍‍ْرا‍ً
Wa Kayfa Taşbiru `Alá Mā Lam Tuĥiţ Bihi Khuban 018-068 ކަލޭގެފާނަށް އެކަމެއްގެ حقيقة އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟ وَكَيْفَ تَصْبِ‍‍ر‍ُ عَلَى مَا لَمْ تُحِ‍‍ط‍ْ بِهِ خُ‍‍ب‍‍ْرا‍ً
Qāla Satajidunī 'In Shā'a Al-Lahu Şābirāan Wa Lā 'A`şī Laka 'Aman 018-069 އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. ق‍َا‍لَ سَتَجِدُنِ‍‍ي إِ‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ صَابِرا‍ً وَلاَ أَعْصِي لَكَ أَمْرا‍ً
Qāla Fa'ini Attaba`tanī Falā Tas'alnī `An Shay'in Ĥattá 'Uĥditha Laka Minhu Dhikrāan 018-070 އެބޭކަލަކު ވިދާޅުވިއެވެ. ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤال ނުކުރައްވާށެވެ! ق‍َا‍لَ فَإِنِ ا‍تَّبَعْتَنِي فَلاَ تَسْأَلْنِي عَ‍‍ن‍ْ شَيْءٍ حَتَّى أُحْدِثَ لَكَ مِنْهُ ذِكْرا‍ً
nţalaqā Ĥattá 'Idhā Rakibā Fī As-Safīnati Kharaqahā Qāla 'Akharaqtahā Litughriqa 'Ahlahā Laqad Ji'ta Shay'āan 'Iman 018-071 ދެން އެ ދެބޭކަލުން ކުރިޔަށްހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވިހިނދު، އެބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرق ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ. فَان‍طَلَقَا حَتَّى إِذَا رَكِبَا فِي ا‍لسَّفِينَةِ خَرَقَهَا ق‍‍َ‍ا‍لَ أَخَرَ‍ق‍‍ْتَهَا لِتُغْ‍‍ر‍‍ِقَ أَهْلَهَا لَقَ‍‍د‍ْ جِئْتَ شَيْئا‍ً إِمْرا‍ً
Qāla 'Alam 'Aqul 'Innaka Lan Tastaţī`a Ma`iya Şaban 018-072 އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟ ق‍َا‍لَ أَلَمْ أَقُلْ إِ‍نّ‍‍َكَ لَ‍‍ن‍ْ تَسْتَط‍‍ِ‍ي‍عَ مَعِيَ صَ‍‍ب‍‍ْرا‍ً
Qāla Lā Tu'uākhidhnī Bimā Nasītu Wa Lā Turhiqnī Min 'Amrī `Usrāan 018-073 އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ! ق‍َا‍لَ لاَ تُؤ‍َ‍اخِذْنِي بِمَا نَس‍‍ِ‍ي‍تُ وَلاَ تُرْهِ‍‍ق‍‍ْنِي مِنْ أَمْ‍‍ر‍‍ِي عُسْرا‍ً
nţalaqā Ĥattá 'Idhā Laqiyā Ghulāmāan Faqatalahu Qāla 'Aqatalta Nafsāan Zakīyatan Bighayri Nafsin Laqad Ji'ta Shay'āan Nukrāan 018-074 ދެން އެދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގަންނަވަނިކޮށް، ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ قتل ކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، طاهر نفس އެއް، ކަލޭގެފާނު ތިޔަ قتل ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ. فَان‍طَلَقَا حَتَّى إِذَا لَقِيَا غُلاَما‍ً فَقَتَلَهُ ق‍‍َ‍ا‍لَ أَقَتَلْتَ نَفْسا‍ً زَكِيَّة‍‍‍ً بِغَيْ‍‍ر‍ِ نَفْس‍‍‍ٍ لَقَ‍‍د‍ْ جِئْتَ شَيْئا‍ً نُكْرا‍ً
Qāla 'Alam 'Aqul Laka 'Innaka Lan Tastaţī`a Ma`iya Şaban 018-075 އެބޭކަލަކު ވިދާޅުވިއެވެ.ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟ ق‍َا‍لَ أَلَمْ أَقُ‍‍ل‍ْ لَكَ إِ‍نّ‍‍َكَ لَ‍‍ن‍ْ تَسْتَط‍‍ِ‍ي‍عَ مَعِيَ صَ‍‍ب‍‍ْرا‍ً
Qāla 'In Sa'altuka `An Shay'in Ba`dahā Falā Tuşāĥibnī Qad Balaghta Min Ladunnī `Udhan 018-076 އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު سؤال ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ. ق‍َا‍لَ إِ‍ن‍ْ سَأَلْتُكَ عَ‍‍ن‍ْ شَيْء‍ٍ بَعْدَهَا فَلاَ تُصَاحِ‍‍ب‍‍ْنِي قَ‍‍د‍ْ بَلَغْتَ مِ‍‍ن‍ْ لَدُ‍نّ‍‍ِي عُذْرا‍ً
nţalaqā Ĥattá 'Idhā 'Atayā 'Ahla Qaryatin Astaţ`amā 'Ahlahā Fa'abaw 'An Yuđayyifūhumā Fawajadā Fīhā Jidārāan Yurīdu 'An Yanqađđa Fa'aqāmahu Qāla Law Shi'ta Lāttakhadhta `Alayhi 'Ajan 018-077 ދެން އެެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ أهل ވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ. فَان‍طَلَقَا حَتَّى إِذَا أَتَيَ‍‍ا‍ أَهْلَ قَرْيَة‍‍‍ٍ ا‍سْتَ‍‍ط‍‍ْعَمَ‍‍ا‍ أَهْلَهَا فَأَبَوْا أَ‍ن‍ْ يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارا‍ً يُ‍‍ر‍‍ِي‍دُ أَ‍ن‍ْ يَ‍‍ن‍قَضَّ فَأَقَامَهُ ق‍‍َ‍ا‍لَ لَوْ شِئْتَ لاَتَّخَذْتَ عَلَيْهِ أَ‍ج‍‍ْرا‍ً
Qāla Hādhā Firāqu Baynī Wa Baynika Sa'unabbi'uka Bita'wīli Mā Lam Tastaţi` `Alayhi Şaban 018-078 އެބޭކަލަކު ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ تفسير ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ. ق‍َا‍لَ هَذَا فِر‍َا‍قُ بَيْنِي وَبَيْنِكَ سَأُنَبِّئُكَ بِتَأْو‍ِي‍لِ مَا لَمْ تَسْتَطِ‍‍ع‍ْ عَلَيْهِ صَ‍‍ب‍‍ْرا‍ً
'Ammā As-Safīnatu Fakānat Limasākīna Ya`malūna Fī Al-Baĥri Fa'aradtu 'An 'A`ībahā Wa Kāna Warā'ahum Malikun Ya'khudhu Kulla Safīnatin Ghaşbāan 018-079 ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ. أَ‍مّ‍‍َا ا‍لسَّفِينَةُ فَكَانَتْ لِمَسَاك‍‍ِ‍ي‍نَ يَعْمَل‍‍ُ‍و‍نَ فِي ا‍لْبَحْ‍‍ر‍ِ فَأَرَ‍د‍‍ْتُ أَنْ أَعِيبَهَا وَك‍‍َ‍ا‍نَ وَر‍َا‍ءَهُ‍‍م‍ْ مَلِك‍‍‍ٌ يَأْخُذُ كُلَّ سَفِينَةٍ غَصْبا‍ً
Wa 'Ammā Al-Ghulāmu Fakāna 'Abawāhu Mu'uminayni Fakhashīnā 'An Yurhiqahumā Ţughyānāan Wa Kufrāan 018-080 އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. وَأَ‍مّ‍‍َا ا‍لْغُلاَمُ فَك‍‍َ‍ا‍نَ أَبَو‍َا‍هُ مُؤْمِنَيْنِ فَخَشِينَ‍‍ا‍ أَ‍ن‍ْ يُرْهِقَهُمَا طُغْيَانا‍ً وَكُفْرا‍ً
Fa'aradnā 'An Yubdilahumā Rabbuhumā Khayrāan Minhu Zakāatan Wa 'Aqraba Ruĥmāan 018-081 ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ. فَأَرَ‍د‍‍ْنَ‍‍ا‍ أَ‍ن‍ْ يُ‍‍ب‍‍ْدِلَهُمَا رَبُّهُمَا خَيْرا‍ً مِنْهُ زَك‍‍َ‍ا‍ة‍‍‍ً وَأَ‍ق‍‍ْرَبَ رُحْما‍ً
Wa 'Ammā Al-Jidāru Fakāna Lighulāmayni Yatīmayni Fī Al-Madīnati Wa Kāna Taĥtahu Kanzun Lahumā Wa Kāna 'Abūhumā Şāliĥāan Fa'arāda Rabbuka 'An Yablughā 'Ashuddahumā Wa Yastakhrijā Kanzahumā Raĥmatan Min Rabbika Wa Mā Fa`altuhu `An 'Amrī Dhālika Ta'wīlu Mā Lam Tasţi` `Alayhi Şaban 018-082 އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ. وَأَ‍مّ‍‍َا ا‍لْجِد‍َا‍رُ فَك‍‍َ‍ا‍نَ لِغُلاَمَيْنِ يَتِيمَيْنِ فِي ا‍لْمَدِينَةِ وَك‍‍َ‍ا‍نَ تَحْتَهُ كَ‍‍ن‍ز‍ٌ لَهُمَا وَك‍‍َ‍ا‍نَ أَبُوهُمَا صَالِحا‍ً فَأَر‍َا‍دَ رَبُّكَ أَ‍ن‍ْ يَ‍‍ب‍‍ْلُغَ‍‍ا‍ أَشُدَّهُمَا وَيَسْتَخْ‍‍ر‍‍ِجَا كَ‍‍ن‍زَهُمَا رَحْمَة‍‍‍ً مِ‍‍ن‍ْ رَبِّكَ وَمَا فَعَلْتُهُ عَنْ أَمْ‍‍ر‍‍ِي ذَلِكَ تَأْو‍ِي‍لُ مَا لَمْ تَسْطِ‍‍ع‍ْ عَلَيْهِ صَ‍‍ب‍‍ْرا‍ً
Wa Yas'alūnaka `An Dhī Al-Qarnayni Qul Sa'atlū `Alaykum Minhu Dhikrāan 018-083 ذوالقرنين އާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. وَيَسْأَلُونَكَ عَ‍‍ن‍ْ ذِي ا‍لْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُ‍‍م‍ْ مِنْهُ ذِكْرا‍ً
'Innā Makkannā Lahu Fī Al-'Arđi Wa 'Ātaynāhu Min Kulli Shay'in Sababāan 018-084 ހަމަކަަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް ބިމުގައި ކަންތައް ފަހިކޮށްދެއްވައި، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެކަމަކުން، އޭނާއަށް މަގެއް ދެއްކެވީމެވެ. إِ‍نّ‍‍َا مَكَّ‍‍ن‍ّ‍‍َا لَهُ فِي ا‍لأَرْضِ وَآتَيْن‍‍َ‍ا‍هُ مِ‍‍ن‍ْ كُلِّ شَيْء‍ٍ سَبَبا‍ً
Fa'atba`a Sababāan 018-085 ފަހެ، އޭނާ މަގަކުން ކުރިޔަށް ވަޑައިގަތެވެ. فَأَتْبَعَ سَبَبا‍ً
Ĥattá 'Idhā Balagha Maghriba Ash-Shamsi Wajadahā Taghrubu Fī `Aynin Ĥami'atin Wa Wajada `Indahā Qawmāan Qulnā Yā Dhā Al-Qarnayni 'Immā 'An Tu`adhdhiba Wa 'Immā 'An Tattakhidha Fīhim Ĥusnāan 018-086 އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުންފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ! حَتَّى إِذَا بَلَغَ مَغْ‍‍ر‍‍ِبَ ا‍لشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَة‍‍‍ٍ وَوَجَدَ عِ‍‍ن‍‍ْدَهَا قَوْما‍ً قُلْنَا يَاذَا ا‍لْقَرْنَيْنِ إِ‍مّ‍‍َ‍‍ا‍ أَ‍ن‍ْ تُعَذِّبَ وَإِ‍مّ‍‍َ‍‍ا‍ أَ‍ن‍ْ تَتَّخِذَ فِيهِمْ حُسْنا‍ً
Qāla 'Ammā Man Žalama Fasawfa Nu`adhdhibuhu Thumma Yuraddu 'Ilá Rabbihi Fayu`adhdhibuhu `Adhābāan Nukrāan 018-087 އޭނާ ވިދާޅުވިއެވެ. އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ!) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. ق‍َا‍لَ أَ‍مّ‍‍َا مَ‍‍ن‍ْ ظَلَمَ فَسَوْفَ نُعَذِّبُهُ ثُ‍‍م‍ّ‍‍َ يُرَدُّ إِلَى رَبِّهِ فَيُعَذِّبُهُ عَذَابا‍ً نُكْرا‍ً
Wa 'Ammā Man 'Āmana Wa `Amila Şāliĥāan Falahu Jazā'an Al-Ĥusná Wa Sanaqūlu Lahu Min 'Amrinā Yusrāan 018-088 އަދި إيمان ވެ، صالح عمل ކުރިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ހެޔޮ ޖަޒާހުށްޓެވެ. އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ. وَأَ‍مّ‍‍َا مَ‍‍ن‍ْ آمَنَ وَعَمِلَ صَالِحا‍ً فَلَهُ جَز‍َا‍ء‍ً ا‍لْحُسْنَى وَسَنَق‍‍ُ‍و‍لُ لَهُ مِنْ أَمْ‍‍ر‍‍ِنَا يُسْرا‍ً
Thumma 'Atba`a Sababāan 018-089 ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ. ثُ‍‍م‍ّ‍‍َ أَتْبَعَ سَبَبا‍ً
Ĥattá 'Idhā Balagha Maţli`a Ash-Shamsi Wajadahā Taţlu`u `Alá Qawmin Lam Naj`al Lahum Min Dūnihā Sitrāan 018-090 އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ. حَتَّى إِذَا بَلَغَ مَ‍‍ط‍‍ْلِعَ ا‍لشَّمْسِ وَجَدَهَا تَ‍‍ط‍‍ْلُعُ عَلَى قَوْم‍‍‍ٍ لَمْ نَ‍‍ج‍‍ْعَ‍‍ل‍ْ لَهُ‍‍م‍ْ مِ‍‍ن‍ْ دُونِهَا سِتْرا‍ً
Kadhālika Wa Qad 'Aĥaţnā Bimā Ladayhi Khuban 018-091 ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ. كَذَلِكَ وَقَ‍‍د‍ْ أَحَ‍‍ط‍‍ْنَا بِمَا لَدَيْهِ خُ‍‍ب‍‍ْرا‍ً
Thumma 'Atba`a Sababāan 018-092 ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ. ثُ‍‍م‍ّ‍‍َ أَتْبَعَ سَبَبا‍ً
Ĥattá 'Idhā Balagha Bayna As-Saddayni Wajada Min Dūnihimā Qawmāan Lā Yakādūna Yafqahūna Qawlāan 018-093 ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ. حَتَّى إِذَا بَلَغَ بَيْنَ ا‍لسَّدَّيْنِ وَجَدَ مِ‍‍ن‍ْ دُونِهِمَا قَوْما‍ً لاَ يَكَاد‍ُو‍نَ يَفْقَه‍‍ُ‍و‍نَ قَوْلا‍ً
Qālū Yā Dhā Al-Qarnayni 'Inna Ya'jūja Wa Ma'jūja Mufsidūna Fī Al-'Arđi Fahal Naj`alu Laka Kharjāan `Alá 'An Taj`ala Baynanā Wa Baynahum Sadan 018-094 އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟ قَالُو‍‍ا‍ يَاذَا ا‍لْقَرْنَيْنِ إِ‍نّ‍‍َ يَأْج‍‍ُ‍و‍جَ وَمَأْج‍‍ُ‍و‍جَ مُفْسِد‍ُو‍نَ فِي ا‍لأَرْضِ فَهَلْ نَ‍‍ج‍‍ْعَلُ لَكَ خَرْجاً عَلَى أَ‍ن‍ْ تَ‍‍ج‍‍ْعَلَ بَيْنَنَا وَبَيْنَهُمْ سَدّا‍ً
Qāla Mā Makkananī Fīhi RabKhayrun Fa'a`īnūnī Biqūwatin 'Aj`al Baynakum Wa Baynahum Radan 018-095 އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ. ق‍َا‍لَ مَا مَكَّنَنِي ف‍‍ِ‍ي‍هِ رَبِّي خَيْر‍ٌ فَأَعِينُونِي بِقُوَّةٍ أَ‍ج‍‍ْعَلْ بَيْنَكُمْ وَبَيْنَهُمْ رَ‍د‍‍ْما‍ً
'Ātūnī Zubara Al-Ĥadīdi Ĥattá 'Idhā Sāwá Bayna Aş-Şadafayni Qāla Anfukhū Ĥattá 'Idhā Ja`alahu Nārāan Qāla 'Ātūnī 'Ufrigh `Alayhi Qiţan 018-096 ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ!އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ. آتُونِي زُبَرَ ا‍لْحَد‍ِي‍دِ حَتَّى إِذَا سَاوَى بَيْنَ ا‍لصَّدَفَيْنِ ق‍‍َ‍ا‍لَ ا‍ن‍فُخُو‍‍ا‍ حَتَّى إِذَا جَعَلَهُ نَارا‍ً ق‍‍َ‍ا‍لَ آتُونِ‍‍ي‍ أُفْ‍‍ر‍‍ِغْ عَلَيْهِ قِ‍‍ط‍‍ْرا‍ً
Famā Asţā`ū 'An Yažharūhu Wa Mā Astaţā`ū Lahu Naqan 018-097 ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. فَمَا ا‍سْطَاعُ‍‍و‍‍ا‍ أَ‍ن‍ْ يَظْهَر‍ُو‍هُ وَمَا ا‍سْتَطَاعُو‍‍ا‍ لَهُ نَ‍‍ق‍‍ْبا‍ً
Qāla Hādhā Raĥmatun Min Rabbī Fa'idhā Jā'a Wa`du Rabbī Ja`alahu Dakkā'a Wa Kāna Wa`du Rabbī Ĥaqan 018-098 އޭނާ ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެކެވެ. ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު، حق ތެދުކަމުގައިވިއެވެ. ق‍َا‍لَ هَذَا رَحْمَة‍‍‍ٌ مِ‍‍ن‍ْ رَبِّي فَإِذَا ج‍‍َ‍ا‍ءَ وَعْدُ رَبِّي جَعَلَهُ دَكّ‍‍َ‍ا‍ءَ وَك‍‍َ‍ا‍نَ وَعْدُ رَبِّي حَقّا‍ً
Wa Taraknā Ba`đahum Yawma'idhin Yamūju Fī Ba`đin Wa Nufikha Fī Aş-Şūri Fajama`nāhum Jaman 018-099 އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން ތިމަންރަސްކަލާނގެ އެއުރެން އެންމެން (އެއްތަނަކަށް) އެއްކުރައްވާހުށީމެވެ. وَتَرَكْنَا بَعْضَهُمْ يَوْمَئِذ‍ٍ يَم‍‍ُ‍و‍جُ فِي بَعْض‍‍‍ٍ وَنُفِخَ فِي ا‍لصّ‍‍ُ‍و‍ر‍ِ فَجَمَعْنَاهُمْ جَمْعا‍ً
Wa `Arađnā Jahannama Yawma'idhin Lilkāfirīna `Arđāan 018-100 އަދި އެދުވަހުން، ތިމަންރަސްކަލާނގެ كافر ންނަށް ފެންނަގޮތަށް ނަރަކަ ހުށަހަޅުއްވާހުށީމެވެ. وَعَرَضْنَا جَهَ‍‍ن‍ّ‍‍َمَ يَوْمَئِذ‍ٍ لِلْكَافِ‍‍ر‍‍ِي‍نَ عَرْضا‍ً
Al-Ladhīna Kānat 'A`yunuhumGhā'in `An Dhikrī Wa Kānū Lā Yastaţī`ūna Saman 018-101 އެއުރެންނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި قرآن ފިޔަވައި އެއުރެންގެ ލޯތައް ފަރުދާވެގެންވާ މީހުންނެވެ. އަދި (އެ قرآن) އަޑުއެހުމަކަށްވެސްއެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ا‍لَّذ‍ِي‍نَ كَانَتْ أَعْيُنُهُمْ فِي غِط‍‍َ‍ا‍ءٍ عَ‍‍ن‍ْ ذِكْ‍‍ر‍‍ِي وَكَانُو‍‍ا‍ لاَ يَسْتَطِيع‍‍ُ‍و‍نَ سَمْعا‍ً
'Afaĥasiba Al-Ladhīna Kafarū 'An Yattakhidhū `Ibādī Min Dūnī 'Awliyā'a 'Innā 'A`tadnā Jahannama Lilkāfirīna Nuzulāan 018-102 ތިމަންރަސްކަލާނގެ އަޅުންނީ ތިމަންރަސްކަލާނގެ ފިޔަވައި ވާގިވެރިން ކަމުގައި، كافر ވި މީހުން ހިފިހިފުން އެއީ، ތިމަންރަސްކަލާނގެ عذاب ން އެއުރެން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެއުރެން ހީކުރީހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީ، كافر ން ތިބެނިވި ތަނެއްކަމުގައެވެ. أَفَحَسِبَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍ن‍ْ يَتَّخِذُوا‍ عِبَادِي مِ‍‍ن‍ْ دُونِ‍‍ي‍ أَوْلِي‍‍َ‍ا‍ءَ إِ‍نّ‍‍َ‍‍ا‍ أَعْتَ‍‍د‍‍ْنَا جَهَ‍‍ن‍ّ‍‍َمَ لِلْكَافِ‍‍ر‍‍ِي‍نَ نُزُلا‍ً
Qul Hal Nunabbi'ukum Bil-'Akhsarīna 'A`mālāan 018-103 ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ قُلْ هَلْ نُنَبِّئُكُ‍‍م‍ْ بِ‍‍ا‍لأَخْسَ‍‍ر‍‍ِي‍نَ أَعْمَالا‍ً
Al-Ladhīna Đalla Sa`yuhum Al-Ĥayāati Ad-Dunyā Wa Hum Yaĥsabūna 'Annahum Yuĥsinūna Şun`āan 018-104 އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. ا‍لَّذ‍ِي‍نَ ضَلَّ سَعْيُهُمْ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَهُمْ يَحْسَب‍‍ُ‍و‍نَ أَ‍نّ‍‍َهُمْ يُحْسِن‍‍ُ‍و‍نَ صُنْعا‍ً
'Ūla'ika Al-Ladhīna Kafarū Bi'āyāti Rabbihim Wa Liqā'ihi Faĥabiţat 'A`māluhum Falā Nuqīmu Lahum Yawma Al-Qiyāmati Waznāan 018-105 އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެެ. أ‍ُ‍ولَئِكَ ا‍لَّذ‍ِي‍نَ كَفَرُوا‍ بِآي‍‍َ‍ا‍تِ رَبِّهِمْ وَلِق‍‍َ‍ا‍ئِهِ فَحَبِطَتْ أَعْمَالُهُمْ فَلاَ نُق‍‍ِ‍ي‍مُ لَهُمْ يَوْمَ ا‍لْقِيَامَةِ وَزْنا‍ً
Dhālika Jazā'uuhum Jahannamu Bimā Kafarū Wa Attakhadhū 'Āyātī Wa Rusulī Huzūan 018-106 އެއީ އެއުރެންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީއެއުރެން كافر ވެ އަދި ތިމަންރަސްކަލާނގެ آية ތަކާއި، ތިމަންރަސްކަލާނގެ رسول ންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. ذَلِكَ جَز‍َا‍ؤُهُمْ جَهَ‍‍ن‍ّ‍‍َمُ بِمَا كَفَرُوا‍ وَا‍تَّخَذُو‍ا‍ آيَاتِي وَرُسُلِي هُز‍ُو‍ا‍ً
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Kānat Lahum Jannātu Al-Firdawsi Nuzulāan 018-107 ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް އެއުރެން ތިބެނިވި ތަނެއްކަމުގައި، فردوس އޭ ކިއުނު ސުވަރުގެތައް ވެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ كَانَتْ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍تُ ا‍لْفِرْدَوْسِ نُزُلا‍ً
Khālidīna Fīhā Lā Yabghūna `Anhā Ĥiwalāan 018-108 އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ حال ގައެވެ. خَالِد‍ِي‍نَ فِيهَا لاَ يَ‍‍ب‍‍ْغ‍‍ُ‍و‍نَ عَنْهَا حِوَلا‍ً
Qul Law Kāna Al-Baĥru Midādāan Likalimāti Rabbī Lanafida Al-Baĥru Qabla 'An Tanfada Kalimātu Rabbī Wa Law Ji'nā Bimithlihi Madadāan 018-109 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅުތަކަށް ދަވާދެއްކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަންރަސްކަލާނގެ އެފަދަ އެހެންކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ. قُ‍‍ل‍ْ لَوْ ك‍‍َ‍ا‍نَ ا‍لْبَحْرُ مِدَادا‍ً لِكَلِم‍‍َ‍ا‍تِ رَبِّي لَنَفِدَ ا‍لْبَحْرُ قَ‍‍ب‍‍ْلَ أَ‍ن‍ْ تَ‍‍ن‍فَدَ كَلِم‍‍َ‍ا‍تُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدا‍ً
Qul 'Innamā 'Anā Basharun Mithlukum Yūĥá 'Ilayya 'Annamā 'Ilahukum 'Ilahun Wāĥidun Faman Kāna Yarjū Liqā'a Rabbihi Falya`mal `Amalāan Şāliĥāan Wa Lā Yushrik Bi`ibādati Rabbihi 'Aĥadāan 018-110 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށްއަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ! قُلْ إِ‍نّ‍‍َمَ‍‍ا‍ أَنَا بَشَر‍ٌ مِثْلُكُمْ يُوحَى إِلَيَّ أَ‍نّ‍‍َمَ‍‍ا إِلَهُكُمْ إِلَه‍‍‍ٌ وَا‍حِد‍ٌ فَمَ‍‍ن‍ْ ك‍‍َ‍ا‍نَ يَرْجُو‍‍ا‍ لِق‍‍َ‍ا‍ءَ رَبِّهِ فَلْيَعْمَلْ عَمَلا‍ً صَالِحا‍ً وَلاَ يُشْ‍‍ر‍‍ِكْ بِعِبَادَةِ رَبِّهِ أَحَدا‍ً
Next Sūrah