16) Sūrat An-Naĥl

Printed format

16) سُورَة النَّحل

'Atá 'Amru Al-Lahi Falā Tasta`jilūhu Subĥānahu Wa Ta`ālá `Ammā Yushrikūna 016-001 اللَّه ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން شريك ކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްطاهر ވެ،މަތިވެރިވެ ވޮޑިގެންވެއެވެ. أَتَى أَمْرُ ا‍للَّهِ فَلاَ تَسْتَعْجِل‍‍ُ‍و‍هُ سُ‍‍ب‍‍ْحَانَهُ وَتَعَالَى عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Yunazzilu Al-Malā'ikata Bir-Rūĥi Min 'Amrihi `Alá Man Yashā'u Min `Ibādihi 'An 'Andhirū 'Annahu Lā 'Ilāha 'Illā 'Anā Fa Attaqūni 016-002 އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާއެކު، وحى އާއިގެން ملائكة ން ފޮނުއްވަތެވެ. (وحى ކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! يُنَزِّلُ ا‍لْمَلاَئِكَةَ بِ‍‍ا‍لرّ‍ُو‍حِ مِنْ أَمْ‍‍ر‍‍ِهِ عَلَى مَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ أَنْ أَن‍ذِرُو‍ا‍ أَ‍نّ‍‍َهُ لاَ إِلَهَ إِلاَّ أَنَا فَاتَّق‍‍ُ‍و‍نِ
Khalaqa As-Samāwāti Wa Al-'Arđa Bil-Ĥaqqi Ta`ālá `Ammā Yushrikūna 016-003 އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެއުރެން شريك ކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެތެވެ. خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِ‍‍ا‍لْحَقِّ تَعَالَى عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Khalaqa Al-'Insāna Min Nuţfatin Fa'idhā Huwa Khīmun Mubīnun 016-004 މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. خَلَقَ ا‍لإِن‍س‍‍َ‍ا‍نَ مِ‍‍ن‍ْ نُ‍‍ط‍‍ْفَة‍‍‍ٍ فَإِذَا هُوَ خَص‍‍ِ‍ي‍م‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Al-'An`āma Khalaqahā Lakum Fīhā Dif'un Wa Manāfi`u Wa Minhā Ta'kulūna 016-005 އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، نعم ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ. وَالأَنع‍‍َ‍ا‍مَ خَلَقَهَا لَكُمْ فِيهَا دِفْء‍ٌ وَمَنَافِعُ وَمِنْهَا تَأْكُل‍‍ُ‍و‍نَ
Wa Lakum Fīhā Jamālun Ĥīna Turīĥūna Wa Ĥīna Tasraĥūna 016-006 އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭހިނދު، ތިޔަބައިމީހުންނަށްޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ. وَلَكُمْ فِيهَا جَم‍‍َ‍ا‍لٌ ح‍‍ِ‍ي‍نَ تُ‍‍ر‍‍ِيح‍‍ُ‍و‍نَ وَح‍‍ِ‍ي‍نَ تَسْرَح‍‍ُ‍و‍نَ
Wa Taĥmilu 'Athqālakum 'Ilá Baladin Lam Takūnū Bālighīhi 'Illā Bishiqqi Al-'Anfusi 'Inna Rabbakum Lara'ūfun Raĥīmun 016-007 އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ نعم ސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَتَحْمِلُ أَثْقَالَكُمْ إِلَى بَلَد‍ٍ لَمْ تَكُونُو‍‍ا‍ بَالِغ‍‍ِ‍ي‍هِ إِلاَّ بِشِقِّ ا‍لأَن‍فُسِ إِ‍نّ‍‍َ رَبَّكُمْ لَرَء‍ُو‍ف‍‍‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Al-Khayla Wa Al-Bighāla Wa Al-Ĥamīra Litarkabūhā Wa Zīnatan Wa Yakhluqu Mā Lā Ta`lamūna 016-008 އަދި އަހާއި، بغل އާއި، حمار ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ. وَالْخَيْلَ وَا‍لْبِغ‍‍َ‍ا‍لَ وَا‍لْحَم‍‍ِ‍ي‍‍ر‍َ لِتَرْكَبُوهَا وَزِينَة‍‍‍ً وَيَخْلُقُ مَا لاَ تَعْلَم‍‍ُ‍و‍نَ
Wa `Alá Al-Lahi Qaşdu As-Sabīli Wa Minhā Jā'irun Wa Law Shā'a Lahadākum 'Ajma`īna 016-009 ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، اللَّه އަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ. وَعَلَى ا‍للَّهِ قَصْدُ ا‍لسَّب‍‍ِ‍ي‍لِ وَمِنْهَا ج‍‍َ‍ا‍ئِر‍ٌ وَلَوْ ش‍‍َ‍ا‍ءَ لَهَدَاكُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Huwa Al-Ladhī 'Anzala Mina As-Samā'i Mā'an Lakum Minhu Sharābun Wa Minhu Shajarun Fīhi Tusīmūna 016-010 ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ. هُوَ ا‍لَّذِي أَن‍زَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً لَكُ‍‍م‍ْ مِنْهُ شَر‍َا‍ب‍‍‍ٌ وَمِنْهُ شَجَر‍ٌ ف‍‍ِ‍ي‍هِ تُسِيم‍‍ُ‍و‍نَ
Yunbitu Lakum Bihi Az-Zar`a Wa Az-Zaytūna Wa An-Nakhīla Wa Al-'A`nāba Wa Min Kulli Ath-Thamarāti 'Inna Fī Dhālika La'āyatan Liqawmin Yatafakkarūna 016-011 އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައްތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكر ކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. يُ‍‍ن‍‍ْبِتُ لَكُ‍‍م‍ْ بِهِ ا‍لزَّرْعَ وَا‍لزَّيْت‍‍ُ‍و‍نَ وَا‍ل‍‍ن‍ّ‍‍َخ‍‍ِ‍ي‍لَ وَا‍لأَعْن‍‍َ‍ا‍بَ وَمِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَتَفَكَّر‍ُو‍نَ
Wa Sakhkhara Lakumu Al-Layla Wa An-Nahāra Wa Ash-Shamsa Wa Al-Qamara Wa An-Nujūmu Musakhkharātun Bi'amrihi 'Inna Fī Dhālika La'āyātin Liqawmin Ya`qilūna 016-012 އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ أمر ފުޅުން خدمة ތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. وَسَخَّرَ لَكُمُ ا‍للَّيْلَ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ وَا‍لشَّمْسَ وَا‍لْقَمَرَ وَا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مُ مُسَخَّر‍َا‍ت‍‍‍ٌ بِأَمْ‍‍ر‍‍ِهِ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَعْقِل‍‍ُ‍و‍نَ
Wa Mā Dhara'a Lakum Al-'Arđi Mukhtalifāan 'Alwānuhu 'Inna Fī Dhālika La'āyatan Liqawmin Yadhdhakkarūna 016-013 އަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްމެއެވެ. ހަމަކަށަވަރުން، ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. وَمَا ذَرَأَ لَكُمْ فِي ا‍لأَرْضِ مُخْتَلِفاً أَلْوَانُهُ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَذَّكَّر‍ُو‍نَ
Wa Huwa Al-Ladhī Sakhkhara Al-Baĥra Lita'kulū Minhu Laĥmāan Ţarīyāan Wa Tastakhrijū Minhu Ĥilyatan Talbasūnahā Wa Tará Al-Fulka Mawākhira Fīhi Wa Litabtaghū Min Fađlihi Wa La`allakum Tashkurūna 016-014 އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު خدمة ތެރިކުރެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. އަދި (އެއީ) ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން (ދެއްވުމަށް) އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. وَهُوَ ا‍لَّذِي سَخَّرَ ا‍لْبَحْرَ لِتَأْكُلُو‍‍ا‍ مِنْهُ لَحْما‍ً طَ‍‍ر‍‍ِيّا‍ً وَتَسْتَخْ‍‍ر‍‍ِجُو‍‍ا‍ مِنْهُ حِلْيَة‍‍‍ً تَلْبَسُونَهَا وَتَرَى ا‍لْفُلْكَ مَوَاخِ‍‍ر‍َ ف‍‍ِ‍ي‍هِ وَلِتَ‍‍ب‍‍ْتَغُو‍‍ا‍ مِ‍‍ن‍ْ فَضْلِهِ وَلَعَلَّكُمْ تَشْكُر‍ُو‍نَ
Wa 'Alqá Fī Al-'Arđi Rawāsiya 'An Tamīda Bikum Wa 'Anhārāan Wa Subulāan Lla`allakum Tahtadūna 016-015 އަދިތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ. وَأَلْقَى فِي ا‍لأَرْضِ رَوَاسِيَ أَ‍ن‍ْ تَم‍‍ِ‍ي‍دَ بِكُمْ وَأَنْهَارا‍ً وَسُبُلا‍ً لَّعَلَّكُمْ تَهْتَد‍ُو‍نَ
Wa `Alāmātin Wa Bin-Najmi Hum Yahtadūna 016-016 އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ. وَعَلاَم‍‍َ‍ا‍ت‍‍‍ٍ وَبِال‍‍ن‍ّ‍‍َ‍‍ج‍‍ْمِ هُمْ يَهْتَد‍ُو‍نَ
'Afaman Yakhluqu Kaman Lā Yakhluqu 'Afalā Tadhakkarūna 016-017 ފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ أَفَمَ‍‍ن‍ْ يَخْلُقُ كَمَ‍‍ن‍ْ لاَ يَخْلُقُ أَفَلاَ تَذَكَّر‍ُو‍نَ
Wa 'In Ta`uddū Ni`mata Al-Lahi Lā Tuĥşūhā 'Inna Al-Laha Laghafūrun Raĥīmun 016-018 ތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. وَإِ‍ن‍ْ تَعُدُّوا‍ نِعْمَةَ ا‍للَّهِ لاَ تُحْصُوهَ‍‍ا إِ‍نّ‍‍َ ا‍للَّهَ لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Allāhu Ya`lamu Mā Tusirrūna Wa Mā Tu`linūna 016-019 އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ. وَاللَّهُ يَعْلَمُ مَا تُسِرّ‍ُو‍نَ وَمَا تُعْلِن‍‍ُ‍و‍نَ
Wa Al-Ladhīna Yad`ūna Min Dūni Al-Lahi Lā Yakhluqūna Shay'āan Wa Hum Yukhlaqūna 016-020 އަދި اللَّه ފިޔަވައި އެއުރެން دعاء ކޮށް އަޅުކަންކޮށް އުޅޭ ތަކެތި، އެއްވެސް އެއްޗެއް ނަހަދަތެވެ. އަދި خود އެ ތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. وَالَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ لاَ يَخْلُق‍‍ُ‍و‍نَ شَيْئا‍ً وَهُمْ يُخْلَق‍‍ُ‍و‍نَ
'Amwātun Ghayru 'Aĥyā'in Wa Mā Yash`urūna 'Ayyāna Yub`athūna 016-021 (އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް)ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ. أَمْو‍َا‍تٌ غَيْرُ أَحْي‍‍َ‍ا‍ء‍ٍ وَمَا يَشْعُر‍ُو‍نَ أَيّ‍‍َ‍ا‍نَ يُ‍‍ب‍‍ْعَث‍‍ُ‍و‍نَ
'Ilahukum 'Ilahun Wāĥidun Fa-Al-Ladhīna Lā Yu'uminūna Bil-'Ākhirati Qulūbuhum Munkiratun Wa Hum Mustakbirūna 016-022 ތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެވެ. ފަހެ، آخرة އަށް إيمان ނުވާ މީހުންނަކީ، އެއުރެންގެ ހިތްތައް އެކަމަށް إنكار ކުރާ މީހުންނެވެ. އަދި އެއުރެންނީ ބޮޑާވެގެންވާ ބަޔެކެވެ. إِلَهُكُمْ إِلَه‍‍‍ٌ وَا‍حِد‍ٌ فَالَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ قُلُوبُهُ‍‍م‍ْ مُ‍‍ن‍كِرَة‍‍‍ٌ وَهُ‍‍م‍ْ مُسْتَكْبِر‍ُو‍نَ
Lā Jarama 'Anna Al-Laha Ya`lamu Mā Yusirrūna Wa Mā Yu`linūna 'Innahu Lā Yuĥibbu Al-Mustakbirīna 016-023 شك އެއްނެތެވެ. ހަމަކަށަވަރުން، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. لاَ جَرَمَ أَ‍نّ‍‍َ ا‍للَّهَ يَعْلَمُ مَا يُسِرّ‍ُو‍نَ وَمَا يُعْلِن‍‍ُ‍و‍نَ إِ‍نّ‍‍َهُ لاَ يُحِبُّ ا‍لْمُسْتَكْبِ‍‍ر‍‍ِي‍نَ
Wa 'Idhā Qīla Lahumdhā 'Anzala Rabbukum Qālū 'Asāţīru Al-'Awwalīna 016-024 ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެއުރެންނަށް ބުނެފިނަމަ، އެއުރެން ބުނެތެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُ‍‍م‍ْ مَاذَا أَن‍زَلَ رَبُّكُمْ قَالُ‍‍و‍‍ا‍ أَسَاط‍‍ِ‍ي‍‍ر‍ُ ا‍لأَوَّل‍‍ِ‍ي‍نَ
Liyaĥmilū 'Awzārahum Kāmilatan Yawma Al-Qiyāmati Wa Min 'Awzāri Al-Ladhīna Yuđillūnahum Bighayri `Ilmin 'Alā Sā'a Mā Yazirūna 016-025 (އެއީ) قيامة ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ! لِيَحْمِلُ‍‍و‍‍ا‍ أَوْزَارَهُمْ كَامِلَة‍‍‍ً يَوْمَ ا‍لْقِيَامَةِ وَمِنْ أَوْز‍َا‍ر‍ِ ا‍لَّذ‍ِي‍نَ يُضِلُّونَهُ‍‍م‍ْ بِغَيْ‍‍ر‍ِ عِلْمٍ أَلاَ س‍‍َ‍ا‍ءَ مَا يَزِر‍ُو‍نَ
Qad Makara Al-Ladhīna Min Qablihim Fa'atá Al-Lahu Bunyānahum Mina Al-Qawā`idi Fakharra `Alayhimu As-Saqfu Min Fawqihim Wa 'Atāhumu Al-`Adhābu Min Ĥaythu Lā Yash`urūna 016-026 ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެންއެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذاب އައެވެ. قَ‍‍د‍ْ مَكَرَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَأَتَى ا‍للَّهُ بُ‍‍ن‍‍ْيَانَهُ‍‍م‍ْ مِنَ ا‍لْقَوَاعِدِ فَخَرَّ عَلَيْهِمُ ا‍لسَّ‍‍ق‍‍ْفُ مِ‍‍ن‍ْ فَوْقِهِمْ وَأَتَاهُمُ ا‍لْعَذ‍َا‍بُ مِنْ حَيْثُ لاَ يَشْعُر‍ُو‍نَ
Thumma Yawma Al-Qiyāmati Yukhzīhim Wa Yaqūlu 'Ayna Shurakā'iya Al-Ladhīna Kuntum Tushāqqūna Fīhim Qāla Al-Ladhīna 'Ū Al-`Ilma 'Inna Al-Khizya Al-Yawma Wa As-Sū'a `Alá Al-Kāfirīna 016-027 ދެން قيامة ދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (مؤمن ންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު شريك ން ކޮބައިހެއްޔެވެ؟ علم ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ كافر ންގެ މައްޗަށެވެ. ثُ‍‍م‍ّ‍‍َ يَوْمَ ا‍لْقِيَامَةِ يُخْزِيهِمْ وَيَق‍‍ُ‍و‍لُ أَيْنَ شُرَك‍‍َ‍ا‍ئ‍‍ِ‍يَ ا‍لَّذ‍ِي‍نَ كُ‍‍ن‍‍ْتُمْ تُش‍‍َ‍ا‍قّ‍‍ُ‍و‍نَ فِيهِمْ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْعِلْمَ إِ‍نّ‍‍َ ا‍لْخِزْيَ ا‍لْيَوْمَ وَا‍لسّ‍‍ُ‍و‍ءَ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ
Al-Ladhīna Tatawaffāhumu Al-Malā'ikatu Žālimī 'Anfusihim Fa'alqaw As-Salama Mā Kunnā Na`malu Min Sū'in Balá 'Inna Al-Laha `Alīmun Bimā Kuntum Ta`malūna 016-028 (އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكة ންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ا‍لَّذ‍ِي‍نَ تَتَوَفَّاهُمُ ا‍لْمَلاَئِكَةُ ظَالِمِ‍‍ي‍ أَن‍فُسِهِمْ فَأَلْقَوْا ا‍لسَّلَمَ مَا كُ‍‍ن‍ّ‍‍َا نَعْمَلُ مِ‍‍ن‍ْ س‍‍ُ‍و‍ء‍ٍ بَلَى إِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ بِمَا كُ‍‍ن‍‍ْتُمْ تَعْمَل‍‍ُ‍و‍نَ
dkhulū 'Abwāba Jahannama Khālidīna Fīhā Falabi'sa Math Al-Mutakabbirīna 016-029 ފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كبر ވެރިވެގެންވާ މީހުން ތިބުމަށްހާދަހާ ނުބައިވެގެންވާ ތަނެކެވެ! فَا‍د‍‍ْخُلُ‍‍و‍‍ا‍ أَ‍ب‍‍ْو‍َا‍بَ جَهَ‍‍ن‍ّ‍‍َمَ خَالِد‍ِي‍نَ فِيهَا فَلَبِئْسَ مَثْوَى ا‍لْمُتَكَبِّ‍‍ر‍‍ِي‍نَ
Wa Qīla Lilladhīna Attaqaw Mādhā 'Anzala Rabbukum Qālū Khayrāan Lilladhīna 'Aĥsanū Fī Hadhihi Ad-Dunyā Ĥasanatun Wa Ladāru Al-'Ākhirati Khayrun Wa Lani`ma Dāru Al-Muttaqīna 016-030 تقوى ވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرة ގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوى ވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ! وَق‍‍ِ‍ي‍لَ لِلَّذ‍ِي‍نَ ا‍تَّقَوْا مَاذَا أَ‍ن‍‍ْزَلَ رَبُّكُمْ قَالُو‍‍ا‍ خَيْرا‍ً لِلَّذ‍ِي‍نَ أَحْسَنُو‍‍ا‍ فِي هَذِهِ ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ٌ وَلَد‍َا‍رُ ا‍لآخِرَةِ خَيْر‍ٌ وَلَنِعْمَ د‍َا‍رُ ا‍لْمُتَّق‍‍ِ‍ي‍نَ
Jannātu `Adnin Yadkhulūnahā Tajrī Min Taĥtihā Al-'Anhāru Lahum Fīhā Mā Yashā'ūna Kadhālika Yaj Al-Lahu Al-Muttaqīna 016-031 އެއީ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. تقوى ވެރިންނަށް اللَّه ޖަޒާ ދެއްވަނީ އެފަދައިންނެވެ. جَ‍‍ن‍ّ‍‍َ‍ا‍تُ عَ‍‍د‍‍ْن‍‍‍ٍ يَ‍‍د‍‍ْخُلُونَهَا تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ لَهُمْ فِيهَا مَا يَش‍‍َ‍ا‍ء‍ُو‍نَ كَذَلِكَ يَ‍‍ج‍‍ْزِي ا‍للَّهُ ا‍لْمُتَّق‍‍ِ‍ي‍نَ
Al-Ladhīna Tatawaffāhumu Al-Malā'ikatu Ţayyibīna Yaqūlūna Salāmun `Alaykumu Adkhulū Al-Jannata Bimā Kuntum Ta`malūna 016-032 އެއުރެންނަކީ، ކުށްފާފަތަކުން طاهر ވެގެންވާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكة ން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! ا‍لَّذ‍ِي‍نَ تَتَوَفَّاهُمُ ا‍لْمَلاَئِكَةُ طَيِّب‍‍ِ‍ي‍نَ يَقُول‍‍ُ‍و‍نَ سَلاَمٌ عَلَيْكُمُ ا‍د‍‍ْخُلُو‍‍ا‍ ا‍لْجَ‍‍ن‍ّ‍‍َةَ بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Hal Yanžurūna 'Illā 'An Ta'tiyahumu Al-Malā'ikatu 'Aw Ya'tiya 'Amru Rabbika Kadhālika Fa`ala Al-Ladhīna Min Qablihim Wa Mā Žalamahumu Al-Lahu Wa Lakin Kānū 'Anfusahum Yažlimūna 016-033 އެއުރެންގެ ގާތަށް ملائكة ން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب ގެ) أمر ފުޅު އައުމަށް މެނުވީ އެއުރެން انتظار ކުރޭހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ. هَلْ يَ‍‍ن‍ظُر‍ُو‍نَ إِلاَّ أَ‍ن‍ْ تَأْتِيَهُمُ ا‍لْمَلاَئِكَةُ أَوْ يَأْتِيَ أَمْرُ رَبِّكَ كَذَلِكَ فَعَلَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ وَمَا ظَلَمَهُمُ ا‍للَّهُ وَلَكِ‍‍ن‍ْ كَانُ‍‍و‍‍ا‍ أَ‍ن‍‍ْفُسَهُمْ يَظْلِم‍‍ُ‍و‍نَ
Fa'aşābahum Sayyi'ātu Mā `Amilū Wa Ĥāqa Bihim Mā Kānū Bihi Yastahzi'ūn 016-034 ފަހެ، އެއުރެން عمل ކުޅަގޮތުގެ ނުބައި ޖަޒާތައް، އެއުރެންނަށް ޖެހުނެވެ. އަދި އެއުރެން އެކަމަކަށް މަލާމާތްކޮށް އުޅުނު ކަންތައް އައިސް އެއުރެން ވަށައިލިއެވެ. فَأَصَابَهُمْ سَيِّئ‍‍َ‍ا‍تُ مَا عَمِلُو‍‍ا‍ وَح‍‍َ‍ا‍قَ بِهِ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Wa Qāla Al-Ladhīna 'Ashrakū Law Shā'a Al-Lahu Mā `Abadnā Min Dūnihi Min Shay'in Naĥnu Wa Lā 'Ābā'uunā Wa Lā Ĥarramnā Min Dūnihi Min Shay'in Kadhālika Fa`ala Al-Ladhīna Min Qablihim Fahal `Alá Ar-Rusuli 'Illā Al-Balāghu Al-Mubīnu 016-035 شريك ކުޅަ މީހުން ބުނެފޫއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސް އެއްޗެއް ތިމަންމެން حرام ކޮށެއް ނުހެދީމުހެވެ. އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، رسول ންގެ މައްޗަށް ވޭހެއްޔެވެ؟ وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ أَشْرَكُو‍‍ا‍ لَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَا عَبَ‍‍د‍‍ْنَا مِ‍‍ن‍ْ دُونِهِ مِ‍‍ن‍ْ شَيْء‍ٍ نَحْنُ وَلاَ آب‍‍َ‍ا‍ؤُنَا وَلاَ حَرَّمْنَا مِ‍‍ن‍ْ دُونِهِ مِ‍‍ن‍ْ شَيْء‍ٍ كَذَلِكَ فَعَلَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَهَلْ عَلَى ا‍لرُّسُلِ إِلاَّ ا‍لْبَلاَغُ ا‍لْمُب‍‍ِ‍ي‍نُ
Wa Laqad Ba`athnā Fī Kulli 'Ummatin Rasūlāan 'Ani Au`budū Al-Laha Wa Ajtanibū Aţ-Ţāghūta Faminhum Man Hadá Al-Lahu Wa Minhum Man Ĥaqqat `Alayhi Ađ-Đalālatu Fasīrū Fī Al-'Arđi Fānžurū Kayfa Kāna `Āqibatu Al-Mukadhdhibīna 016-036 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ! وَلَقَ‍‍د‍ْ بَعَثْنَا فِي كُلِّ أُ‍مّ‍‍َة‍‍‍ٍ رَسُولاً أَنِ ‍ا‍‍ُعْبُدُوا‍ ا‍للَّهَ وَا‍ج‍‍ْتَنِبُو‍‍ا‍ ا‍لطَّاغ‍‍ُ‍و‍تَ فَمِنْهُ‍‍م‍ْ مَنْ هَدَى ا‍للَّهُ وَمِنْهُ‍‍م‍ْ مَنْ حَقَّتْ عَلَيْهِ ا‍لضَّلاَلَةُ فَسِيرُوا‍ فِي ا‍لأَرْضِ فَا‍ن‍‍ْظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُكَذِّب‍‍ِ‍ي‍نَ
'In Taĥriş `Alá Hudāhum Fa'inna Al-Laha Lā Yahdī Man Yuđillu Wa Mā Lahum Min Nāşirīna 016-037 އެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު شوق ވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، اللَّه، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ. إِ‍ن‍ْ تَحْ‍‍ر‍‍ِصْ عَلَى هُدَاهُمْ فَإِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي مَ‍‍ن‍ْ يُضِلُّ وَمَا لَهُ‍‍م‍ْ مِ‍‍ن‍ْ نَاصِ‍‍ر‍‍ِي‍نَ
Wa 'Aqsamū Bil-Lahi Jahda 'Aymānihim Lā Yab`athu Al-Lahu Man Yamūtu Balá Wa`dāan `Alayhi Ĥaqqāan Wa Lakinna 'Akthara An-Nāsi Lā Ya`lamūna 016-038 އެއުރެންނަށް ވެވުނުހާ ގަދައެއްކޮށް اللَّه ގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) اللَّه ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ حق ވެގެންވާ ގޮތުގައި، ކުރައްވާފައިވާ وعد އެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَأَ‍ق‍‍ْسَمُو‍‍ا‍ بِ‍‍ا‍للَّهِ جَهْدَ أَيْمَانِهِمْ لاَ يَ‍‍ب‍‍ْعَثُ ا‍للَّهُ مَ‍‍ن‍ْ يَم‍‍ُ‍و‍تُ بَلَى وَعْداً عَلَيْهِ حَقّا‍ً وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Liyubayyina Lahumu Al-Ladhī Yakhtalifūna Fīhi Wa Liya`lama Al-Ladhīna Kafarū 'Annahum Kānū Kādhibīna 016-039 އެއުރެން އެކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ حقيقة އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންވީ، ދޮގުވެރިންކަމުގައިކަން، كافر ވި މީހުން ދެނެގަތުމަށްޓަކައެވެ. لِيُبَيِّنَ لَهُمُ ا‍لَّذِي يَخْتَلِف‍‍ُ‍و‍نَ ف‍‍ِ‍ي‍هِ وَلِيَعْلَمَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍نّ‍‍َهُمْ كَانُو‍‍ا‍ كَاذِب‍‍ِ‍ي‍نَ
'Innamā Qawlunā Lishay'in 'Idhā 'Aradnāhu 'An Naqūla Lahu Kun Fayakūnu 016-040 ތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، [ވާށޭ] ތިމަންރަސްކަލާނގެ އެކަމަކަށް وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ. إِ‍نّ‍‍َمَا قَوْلُنَا لِشَيْء‍ٍ إِذَا أَرَ‍د‍‍ْن‍‍َ‍ا‍هُ أَ‍ن‍ْ نَق‍‍ُ‍و‍لَ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Wa Al-Ladhīna Hājarū Fī Al-Lahi Min Ba`di Mā Žulimū Lanubawwi'annahum Ad-Dunyā Ĥasanatan Wa La'ajru Al-'Ākhirati 'Akbaru Law Kānū Ya`lamūna 016-041 އެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّه އަށްޓަކައި هجرة ކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ. وَالَّذ‍ِي‍نَ هَاجَرُوا‍ فِي ا‍للَّهِ مِ‍‍ن‍ْ بَعْدِ مَا ظُلِمُو‍‍ا‍ لَنُبَوِّئَ‍‍ن‍ّ‍‍َهُمْ فِي ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ً وَلَأَ‍ج‍‍ْرُ ا‍لآخِرَةِ أَكْبَرُ لَوْ كَانُو‍‍ا‍ يَعْلَم‍‍ُ‍و‍نَ
Al-Ladhīna Şabarū Wa `Alá Rabbihim Yatawakkalūna 016-042 އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ صَبَرُوا‍ وَعَلَى رَبِّهِمْ يَتَوَكَّل‍‍ُ‍و‍نَ
Wa Mā 'Arsalnā Min Qablika 'Illā Rijālāan Nūĥī 'Ilayhim Fās'alū 'Ahla Adh-Dhikri 'In Kuntum Lā Ta`lamūna 016-043 އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ! وَمَ‍‍ا‍ أَرْسَلْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ إِلاَّ ‍ر‍‍ِجَالا‍ً نُوحِ‍‍ي إِلَيْهِمْ فَاسْأَلُ‍‍و‍‍ا‍ أَهْلَ ا‍لذِّكْ‍‍ر‍ِ إِ‍ن‍ْ كُ‍‍ن‍‍ْتُمْ لاَ تَعْلَم‍‍ُ‍و‍نَ
Bil-Bayyināti Wa Az-Zuburi Wa 'Anzalnā 'Ilayka Adh-Dhikra Litubayyina Lilnnāsi Mā Nuzzila 'Ilayhim Wa La`allahum Yatafakkarūna 016-044 (ތިމަންރަސްކަލާނގެ އެ رسول ން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށްކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ. بِالْبَيِّن‍‍َ‍ا‍تِ وَا‍لزُّبُ‍‍ر‍ِ وَأَن‍زَلْنَ‍‍ا إِلَيْكَ ا‍لذِّكْرَ لِتُبَيِّنَ لِل‍‍ن‍ّ‍‍َ‍ا‍سِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّر‍ُو‍نَ
'Afa'amina Al-Ladhīna Makarū As-Sayyi'āti 'An Yakhsifa Al-Lahu Bihimu Al-'Arđa 'Aw Ya'tiyahumu Al-`Adhābu Min Ĥaythu Lā Yash`urūna 016-045 ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذاب އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟ أَفَأَمِنَ ا‍لَّذ‍ِي‍نَ مَكَرُوا‍ ا‍لسَّيِّئ‍‍َ‍ا‍تِ أَ‍ن‍ْ يَخْسِفَ ا‍للَّهُ بِهِمُ ا‍لأَرْضَ أَوْ يَأْتِيَهُمُ ا‍لْعَذ‍َا‍بُ مِنْ حَيْثُ لاَ يَشْعُر‍ُو‍نَ
'Aw Ya'khudhahum Fī Taqallubihim Famā Hum Bimu`jizīna 016-046 ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. أَوْ يَأْخُذَهُمْ فِي تَقَلُّبِهِمْ فَمَا هُ‍‍م‍ْ بِمُعْجِز‍ِي‍نَ
'Aw Ya'khudhahum `Alá Takhawwufin Fa'inna Rabbakum Lara'ūfun Raĥīmun 016-047 ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. أَوْ يَأْخُذَهُمْ عَلَى تَخَوُّف‍‍‍ٍ فَإِ‍نّ‍‍َ رَبَّكُمْ لَرَء‍ُو‍ف‍‍‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Awalam Yaraw 'Ilá Mā Khalaqa Al-Lahu Min Shay'in Yatafayya'u Žilāluhu `Ani Al-Yamīni Wa Ash-Shamā'ili Sujjadāan Lillahi Wa Humkhirūna 016-048 އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށްދެރަވެ، ނިކަމެތިވާ حال ގައެވެ. أَوَلَمْ يَرَوْا إِلَى مَا خَلَقَ ا‍للَّهُ مِ‍‍ن‍ْ شَيْء‍ٍ يَتَفَيَّأُ ظِلاَلُهُ عَنِ ا‍لْيَم‍‍ِ‍ي‍نِ وَا‍لشَّم‍‍َ‍ا‍ئِلِ سُجَّدا‍ً لِلَّهِ وَهُمْ دَاخِر‍ُو‍نَ
Wa Lillahi Yasjudu Mā Fī As-Samāwāti Wa Mā Fī Al-'Arđi Min Dābbatin Wa Al-Malā'ikatu Wa Hum Lā Yastakbirūna 016-049 އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ. وَلِلَّهِ يَسْجُدُ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ مِ‍‍ن‍ْ دَا‍بَّة‍‍‍ٍ وَا‍لْمَلاَئِكَةُ وَهُمْ لاَ يَسْتَكْبِر‍ُو‍نَ
Yakhāfūna Rabbahum Min Fawqihim Wa Yaf`alūna Mā Yu'umarūna 016-050 އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ. يَخَاف‍‍ُ‍و‍نَ رَبَّهُ‍‍م‍ْ مِ‍‍ن‍ْ فَوْقِهِمْ وَيَفْعَل‍‍ُ‍و‍نَ مَا يُؤْمَر‍ُو‍نَ
Wa Qāla Al-Lahu Lā Tattakhidhū 'Ilahayni Athnayni 'Innamā Huwa 'Ilahun Wāĥidun Fa'īyāya Fārhabūni 016-051 اللَّه وحى ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إله ން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! وَق‍‍َ‍ا‍لَ ا‍للَّهُ لاَ تَتَّخِذُو‍ا‍ إِلَهَيْنِ ا‍ثْنَيْنِ إِ‍نّ‍‍َمَا هُوَ إِلَه‍‍‍ٌ وَا‍حِد‍ٌ فَإِيّ‍‍َ‍ا‍يَ فَارْهَب‍‍ُ‍و‍نِ
Wa Lahu Mā Fī As-Samāwāti Wa Al-'Arđi Wa Lahu Ad-Dīnu Wa Aşibāan 'Afaghayra Al-Lahi Tattaqūna 016-052 އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟ وَلَهُ مَا فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَلَهُ ا‍لدّ‍ِي‍نُ وَا‍صِباً أَفَغَيْرَ ا‍للَّهِ تَتَّق‍‍ُ‍و‍نَ
Wa Mā Bikum Min Ni`matin Famina Al-Lahi Thumma 'Idhā Massakumu Ađ-Đurru Fa'ilayhi Taj'arūna 016-053 އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެحضرة އަށެވެ. وَمَا بِكُ‍‍م‍ْ مِ‍‍ن‍ْ نِعْمَة‍‍‍ٍ فَمِنَ ا‍للَّهِ ثُ‍‍م‍ّ‍‍َ إِذَا مَسَّكُمُ ا‍لضُّرُّ فَإِلَيْهِ تَ‍‍ج‍‍ْأَر‍ُو‍نَ
Thumma 'Idhā Kashafa Ađ-Đurra `Ankum 'Idhā Farīqun Minkum Birabbihim Yushrikūna 016-054 ދެން އެކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިحال ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ކުރެތެވެ. ثُ‍‍م‍ّ‍‍َ إِذَا كَشَفَ ا‍لضُّرَّ عَ‍‍ن‍‍ْكُمْ إِذَا فَ‍‍ر‍‍ِي‍ق‍‍‍ٌ مِ‍‍ن‍‍ْكُ‍‍م‍ْ بِرَبِّهِمْ يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Liyakfurū Bimā 'Ātaynāhum Fatamatta`ū Fasawfa Ta`lamūna 016-055 އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް، كافر ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ نتيجة) އެނގޭހުށްޓެވެ. لِيَكْفُرُوا‍ بِمَ‍‍ا آتَيْنَاهُمْ فَتَمَتَّعُو‍‍ا‍ فَسَوْفَ تَعْلَم‍‍ُ‍و‍نَ
Wa Yaj`alūna Limā Lā Ya`lamūna Naşībāan Mimmā Razaqnāhum Ta-Allāhi Latus'alunna `Ammā Kuntum Taftarūna 016-056 ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ބައެއް، އެއުރެންނަށް އެނގުމެއްނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ތިޔަބައިމީހުން، ހަދައިއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން، ތިޔަބައިމީހުންނާ سؤال ކުރައްވާ ހުށްޓެވެ. وَيَ‍‍ج‍‍ْعَل‍‍ُ‍و‍نَ لِمَا لاَ يَعْلَم‍‍ُ‍و‍نَ نَصِيبا‍ً مِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ تَال‍لَّهِ لَتُسْأَلُ‍‍ن‍ّ‍‍َ عَ‍‍م‍ّ‍‍َا كُ‍‍ن‍‍ْتُمْ تَفْتَر‍ُو‍نَ
Wa Yaj`alūna Lillahi Al-Banāti Subĥānahu Wa Lahum Mā Yashtahūna 016-057 އަދި اللَّه އަށް އަންހެންދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްطاهر ވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެންދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ. وَيَ‍‍ج‍‍ْعَل‍‍ُ‍و‍نَ لِلَّهِ ا‍لْبَن‍‍َ‍ا‍تِ سُ‍‍ب‍‍ْحَانَهُ وَلَهُ‍‍م‍ْ مَا يَشْتَه‍‍ُ‍و‍نَ
Wa 'Idhā Bushshira 'Aĥaduhum Bil-'Unthá Žalla Wajhuhu Muswaddāan Wa Huwa Kažīmun 016-058 އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެހިތާމަ ލިބިގެންވާ حال ގައެވެ. وَإِذَا بُشِّ‍‍ر‍َ أَحَدُهُ‍‍م‍ْ بِ‍‍ا‍لأُن‍ثَى ظَلَّ وَج‍‍ْهُهُ مُسْوَدّا‍ً وَهُوَ كَظ‍‍ِ‍ي‍م‍‍‍ٌ
Yatawārá Mina Al-Qawmi Min Sū'i Mā Bushshira Bihi 'Ayumsikuhu `Alá Hūnin 'Am Yadussuhu Fī At-Turābi 'Alā Sā'a Mā Yaĥkumūna 016-059 އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ. يَتَوَارَى مِنَ ا‍لْقَوْمِ مِ‍‍ن‍ْ س‍‍ُ‍و‍ءِ مَا بُشِّ‍‍ر‍َ بِهِ أَيُمْسِكُهُ عَلَى ه‍‍ُ‍و‍نٍ أَمْ يَدُسُّهُ فِي ا‍لتُّر‍َا‍بِ أَلاَ س‍‍َ‍ا‍ءَ مَا يَحْكُم‍‍ُ‍و‍نَ
Lilladhīna Lā Yu'uminūna Bil-'Ākhirati Mathalu As-Saw'i Wa Lillahi Al-Mathalu Al-'A`lá Wa Huwa Al-`Azīzu Al-Ĥakīmu 016-060 ނުބައިވެގެންވާ مثال ވަނީ، آخرة އަށް إيمان ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި مثال ވަނީ، اللَّه އަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. لِلَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ مَثَلُ ا‍لسَّوْءِ وَلِلَّهِ ا‍لْمَثَلُ ا‍لأَعْلَى وَهُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Wa Law Yu'uākhidhu Al-Lahu An-Nāsa Bižulmihim Mā Taraka `Alayhā Min Dābbatin Wa Lakin Yu'uakhkhiruhum 'Ilá 'Ajalin Musammáan Fa'idhā Jā'a 'Ajaluhum Lā Yasta'khirūna Sā`atan Wa Lā Yastaqdimūna 016-061 އަދި އެއުރެންގެ އަނިޔާގެ ސަބަބުން اللَّه މީސްތަކުންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ. وَلَوْ يُؤ‍َ‍اخِذُ ا‍للَّهُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ بِظُلْمِهِ‍‍م‍ْ مَا تَرَكَ عَلَيْهَا مِ‍‍ن‍ْ دَا‍بَّة‍‍‍ٍ وَلَكِ‍‍ن‍ْ يُؤَخِّرُهُمْ إِلَى أَجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍ً فَإِذَا ج‍‍َ‍ا‍ءَ أَجَلُهُمْ لاَ يَسْتَأْخِر‍ُو‍نَ سَاعَة‍‍‍ً وَلاَ يَسْتَ‍‍ق‍‍ْدِم‍‍ُ‍و‍نَ
Wa Yaj`alūna Lillahi Mā Yakrahūna Wa Taşifu 'Alsinatuhumu Al-Kadhiba 'Anna Lahumu Al-Ĥusná Lā Jarama 'Anna Lahumu An-Nāra Wa 'Annahum Mufraţūna 016-062 އަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން اللَّه އަށް نسبة ކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. شك އެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ. وَيَ‍‍ج‍‍ْعَل‍‍ُ‍و‍نَ لِلَّهِ مَا يَكْرَه‍‍ُ‍و‍نَ وَتَصِفُ أَلْسِنَتُهُمُ ا‍لْكَذِبَ أَ‍نّ‍‍َ لَهُمُ ا‍لْحُسْنَى لاَ جَرَمَ أَ‍نّ‍‍َ لَهُمُ ا‍ل‍‍ن‍ّ‍‍َ‍ا‍رَ وَأَ‍نّ‍‍َهُ‍‍م‍ْ مُفْرَط‍‍ُ‍و‍نَ
Ta-Allāhi Laqad 'Arsalnā 'Ilá 'Umamin Min Qablika Fazayyana Lahumu Ash-Shayţānu 'A`mālahum Fahuwa Walīyuhumu Al-Yawma Wa Lahum `Adhābun 'Alīmun 016-063 اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށް، ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ شيطان އާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. تَاللَّهِ لَقَ‍‍د‍ْ أَرْسَلْنَ‍‍ا إِلَى أُمَم‍‍‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَزَيَّنَ لَهُمُ ا‍لشَّيْط‍‍َ‍ا‍نُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ ا‍لْيَوْمَ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa Mā 'Anzalnā `Alayka Al-Kitāba 'Illā Litubayyina Lahumu Al-Ladhī Akhtalafū Fīhi Wa Hudáan Wa Raĥmatan Liqawmin Yu'uminūna 016-064 އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ. وَمَ‍‍ا‍ أَن‍زَلْنَا عَلَيْكَ ا‍لْكِت‍‍َ‍ا‍بَ إِلاَّ لِتُبَيِّنَ لَهُمُ ا‍لَّذِي ا‍خْتَلَفُو‍‍ا‍ ف‍‍ِ‍ي‍هِ وَهُ‍‍دى‍ً وَرَحْمَة‍‍‍ً لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Wa Allāhu 'Anzala Mina As-Samā'i Mā'an Fa'aĥyā Bihi Al-'Arđa Ba`da Mawtihā 'Inna Fī Dhālika La'āyatan Liqawmin Yasma`ūna 016-065 اللَّه، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. وَاللَّهُ أَن‍زَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَأَحْيَا بِهِ ا‍لأَرْضَ بَعْدَ مَوْتِهَ‍‍ا إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَسْمَع‍‍ُ‍و‍نَ
Wa 'Inna Lakum Al-'An`ām La`ibratan Nusqīkum Mimmā Fī Buţūnihi Min Bayni Farthin Wa Damin Labanāan Khālişāan Sā'ighāan Lilshshāribīna 016-066 އަދިހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ. وَإِ‍نّ‍‍َ لَكُمْ فِي ا‍لأَنعَام لَعِ‍‍ب‍‍ْرَة‍‍‍ً نُسْقِيكُ‍‍م‍ْ مِ‍‍م‍ّ‍‍َا فِي بُطُونِهِ مِ‍‍ن‍ْ بَيْنِ فَرْث‍‍‍ٍ وَدَم‍‍‍ٍ لَبَناً خَالِصا‍ً س‍‍َ‍ا‍ئِغا‍ً لِلشَّا‍ر‍‍ِب‍‍ِ‍ي‍نَ
Wa Min Thamarāti An-Nakhīli Wa Al-'A`nābi Tattakhidhūna Minhu Sakarāan Wa Rizqāan Ĥasanāan 'Inna Fī Dhālika La'āyatan Liqawmin Ya`qilūna 016-067 އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި آية ބާވައިލެއްވީ، ރާ حرام ކުރެއްވުމުގެ ކުރީގައެވެ.) وَمِ‍‍ن‍ْ ثَمَر‍َا‍تِ ا‍ل‍‍ن‍ّ‍‍َخ‍‍ِ‍ي‍لِ وَا‍لأَعْن‍‍َ‍ا‍بِ تَتَّخِذ‍ُو‍نَ مِنْهُ سَكَرا‍ً وَر‍‍ِزْقاً حَسَنا‍ً إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَعْقِل‍‍ُ‍و‍نَ
Wa 'Awĥá Rabbuka 'Ilá An-Naĥli 'Ani Attakhidhī Mina Al-Jibāli Buyūtāan Wa Mina Ash-Shajari Wa Mimmā Ya`rishūna 016-068 ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! وَأَوْحَى رَبُّكَ إِلَى ا‍ل‍‍ن‍ّ‍‍َحْلِ أَنِ ا‍تَّخِذِي مِنَ ا‍لْجِب‍‍َ‍ا‍لِ بُيُوتا‍ً وَمِنَ ا‍لشَّجَ‍‍ر‍ِ وَمِ‍‍م‍ّ‍‍َا يَعْ‍‍ر‍‍ِش‍‍ُ‍و‍نَ
Thumma Kulī Min Kulli Ath-Thamarāti Fāslukī Subula Rabbiki Dhululāan Yakhruju Min Buţūnihā Sharābun Mukhtalifun 'Alwānuhu Fīhi Shifā'un Lilnnāsi 'Inna Fī Dhālika La'āyatan Liqawmin Yatafakkarūna 016-069 ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ كُلِي مِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ فَاسْلُكِي سُبُلَ رَبِّكِ ذُلُلا‍ً يَخْرُجُ مِ‍‍ن‍ْ بُطُونِهَا شَر‍َا‍ب‍‍‍ٌ مُخْتَلِفٌ أَلْوَانُهُ ف‍‍ِ‍ي‍هِ شِف‍‍َ‍ا‍ء‍ٌ لِل‍‍ن‍ّ‍‍َ‍ا‍سِ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لِقَوْم‍‍‍ٍ يَتَفَكَّر‍ُو‍نَ
Wa Allāhu Khalaqakum Thumma Yatawaffākum Wa Minkum Man Yuraddu 'Ilá 'Ardhali Al-`Umuri Likay Lā Ya`lama Ba`da `Ilmin Shay'āan 'Inna Al-Laha `Alīmun Qadīrun 016-070 اللَّه، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި عمر އަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَاللَّهُ خَلَقَكُمْ ثُ‍‍م‍ّ‍‍َ يَتَوَفَّاكُمْ وَمِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ن‍ْ يُرَدُّ إِلَى أَرْذَلِ ا‍لْعُمُ‍‍ر‍ِ لِكَيْ لاَ يَعْلَمَ بَعْدَ عِلْم‍‍‍ٍ شَيْئا‍ً إِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ قَد‍ِي‍ر‍ٌ
Wa Allāhu Fađđala Ba`đakum `Alá Ba`đin Ar-Rizqi Famā Al-Ladhīna Fuđđilū BirādRizqihim `Alá Mā Malakat 'Aymānuhum Fahum Fīhi Sawā'un 'Afabini`mati Al-Lahi Yajĥadūna 016-071 އަދި اللَّه، رزق ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ رزق ރައްދުކޮށްދޭ ބަޔަކުކަމުގައި، އިތުރު ކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި، އެއުރެން ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން إنكار ކޮށް ދެކޮޅުހަދަނީ، اللَّه ދެއްވި نعمة އާ މެދުގައި ހެއްޔެވެ؟ وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْض‍‍‍ٍ فِي ا‍لرِّزْقِ فَمَا ا‍لَّذ‍ِي‍نَ فُضِّلُو‍‍ا‍ بِرَا‍دِّي ‍ر‍‍ِزْقِهِمْ عَلَى مَا مَلَكَتْ أَيْمَانُهُمْ فَهُمْ ف‍‍ِ‍ي‍هِ سَو‍َا‍ءٌ أَفَبِنِعْمَةِ ا‍للَّهِ يَ‍‍ج‍‍ْحَد‍ُو‍نَ
Wa Allāhu Ja`ala Lakum Min 'Anfusikum 'Azwājāan Wa Ja`ala Lakum Min 'Azwājikum Banīna Wa Ĥafadatan Wa Razaqakum Mina Aţ-Ţayyibāti 'Afabiālbāţili Yu'uminūna Wa Bini`mati Al-Lahi Hum Yakfurūna 016-072 އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު حلال ތަކެތިން،ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. ފަހެ، އެއުރެން إيمان ވަނީ، باطل އަށް ހެއްޔެވެ؟ އަދި އެއުރެން كافر ވަނީ، اللَّه ގެ نعمة އަށް ހެއްޔެވެ؟ وَاللَّهُ جَعَلَ لَكُ‍‍م‍ْ مِنْ أَن‍فُسِكُمْ أَزْوَاجا‍ً وَجَعَلَ لَكُ‍‍م‍ْ مِنْ أَزْوَاجِكُ‍‍م‍ْ بَن‍‍ِ‍ي‍نَ وَحَفَدَة‍‍‍ً وَرَزَقَكُ‍‍م‍ْ مِنَ ا‍لطَّيِّب‍‍َ‍ا‍تِ أَفَبِالْبَاطِلِ يُؤْمِن‍‍ُ‍و‍نَ وَبِنِعْمَةِ ا‍للَّهِ هُمْ يَكْفُر‍ُو‍نَ
Wa Ya`budūna Min Dūni Al-Lahi Mā Lā Yamliku Lahum Rizqāan Mina As-Samāwāti Wa Al-'Arđi Shay'āan Wa Lā Yastaţī`ūna 016-073 اللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزق ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ. وَيَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ مَا لاَ يَمْلِكُ لَهُمْ ‍ر‍‍ِزْقا‍ً مِنَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ شَيْئا‍ً وَلاَ يَسْتَطِيع‍‍ُ‍و‍نَ
Falā Tađribū Lillahi Al-'Amthāla 'Inna Al-Laha Ya`lamu Wa 'Antum Lā Ta`lamūna 016-074 ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّه އާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. فَلاَ تَضْ‍‍ر‍‍ِبُو‍‍ا‍ لِلَّهِ ا‍لأَمْث‍‍َ‍ا‍لَ إِ‍نّ‍‍َ ا‍للَّهَ يَعْلَمُ وَأَ‍ن‍‍ْتُمْ لاَ تَعْلَم‍‍ُ‍و‍نَ
Đaraba Al-Lahu Mathalāan `Abdāan Mamlūkāan Lā Yaqdiru `Alá Shay'in Wa Man Razaqnāhu Minnā Rizqāan Ĥasanāan Fahuwa Yunfiqu Minhu Sirrāan Wa Jahrāan Hal Yastawūna Al-Ĥamdu Lillahi Bal 'Aktharuhum Lā Ya`lamūna 016-075 އެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަންރަސްކަލާނގެ ހެޔޮވެގެންވާ رزق ން رزق ދެއްވައި، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެމީހުންގެ مثال ން اللَّه، مثال އެއް ޖެއްސެވިއެވެ. އެއުރެން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ، اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ. ضَرَبَ ا‍للَّهُ مَثَلاً عَ‍‍ب‍‍ْدا‍ً مَمْلُوكا‍ً لاَ يَ‍‍ق‍‍ْدِ‍ر‍ُ عَلَى شَيْء‍ٍ وَمَ‍‍ن‍ْ رَزَ‍ق‍‍ْن‍‍َ‍ا‍هُ مِ‍‍ن‍ّ‍‍َا ‍ر‍‍ِزْقاً حَسَنا‍ً فَهُوَ يُ‍‍ن‍فِقُ مِنْهُ سِرّا‍ً وَجَهْراً هَلْ يَسْتَو‍ُو‍نَ ا‍لْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Đaraba Al-Lahu Mathalāan Rajulayni 'Aĥaduhumā 'Abkamu Lā Yaqdiru `Alá Shay'in Wa Huwa Kallun `Alá Mawlāhu 'Aynamā Yuwajjhhhu Lā Ya'ti Bikhayrin Hal Yastawī Huwa Wa Man Ya'muru Bil-`Adli Wa Huwa `Alá Şirāţin Mustaqīmin 016-076 ދެފިރިހެނެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސްކަމެއްގެ މައްޗަށްކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، إنصاف އަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަވެގެންވާނޭ ހެއްޔެވެ؟ وَضَرَبَ ا‍للَّهُ مَثَلا‍ً رَجُلَيْنِ أَحَدُهُمَ‍‍ا‍ أَ‍ب‍‍ْكَمُ لاَ يَ‍‍ق‍‍ْدِ‍ر‍ُ عَلَى شَيْء‍ٍ وَهُوَ كَلٌّ عَلَى مَوْلاَهُ أَيْنَمَا يُوَجّههُّ لاَ يَأْتِ بِخَيْرٍ هَلْ يَسْتَوِي هُوَ وَمَ‍‍ن‍ْ يَأْمُرُ بِ‍‍ا‍لْعَ‍‍د‍‍ْلِ وَهُوَ عَلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Wa Lillahi Ghaybu As-Samāwāti Wa Al-'Arđi Wa Mā 'Amru As-Sā`ati 'Illā Kalamĥi Al-Başari 'Aw Huwa 'Aqrabu 'Inna Al-Laha `Alá Kulli Shay'in Qadīrun 016-077 އަދި އުޑުތަކާއި، ބިމުގެ غيب މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި قيامة ވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެތެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَلِلَّهِ غَيْبُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَ‍‍ا‍ أَمْرُ ا‍لسَّاعَةِ إِلاَّ كَلَمْحِ ا‍لْبَصَ‍‍ر‍ِ أَوْ هُوَ أَ‍ق‍‍ْرَبُ إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa Allāhu 'Akhrajakum Min Buţūni 'Ummahātikum Lā Ta`lamūna Shay'āan Wa Ja`ala Lakumu As-Sam`a Wa Al-'Abşāra Wa Al-'Af'idata La`allakum Tashkurūna 016-078 ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ. وَاللَّهُ أَخْرَجَكُ‍‍م‍ْ مِ‍‍ن‍ْ بُط‍‍ُ‍و‍نِ أُ‍مّ‍‍َهَاتِكُمْ لاَ تَعْلَم‍‍ُ‍و‍نَ شَيْئا‍ً وَجَعَلَ لَكُمُ ا‍لسَّمْعَ وَا‍لأَ‍ب‍‍ْص‍‍َ‍ا‍رَ وَا‍لأَفْئِدَةَ لَعَلَّكُمْ تَشْكُر‍ُو‍نَ
'Alam Yaraw 'Ilá Aţ-Ţayri Musakhkharātin Fī Jawwi As-Samā'i Mā Yumsikuhunna 'Illā Al-Lahu 'Inna Fī Dhālika La'āyātin Liqawmin Yu'uminūna 016-079 އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّه މެނުވީ ނުހިފަހައްޓަވަތެވެ. إيمان ވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައިހެކިތަކެއްވާކަން ކަށަވަރެވެ. أَلَمْ يَرَوْا إِلَى ا‍لطَّيْ‍‍ر‍ِ مُسَخَّر‍َا‍ت‍‍‍ٍ فِي جَوِّ ا‍لسَّم‍‍َ‍ا‍ءِ مَا يُمْسِكُهُ‍‍ن‍ّ‍‍َ إِلاَّ ا‍للَّهُ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Wa Allāhu Ja`ala Lakum Min Buyūtikum Sakanāan Wa Ja`ala Lakum Min Julūdi Al-'An`āmi Buyūtāan Tastakhiffūnahā Yawma Ža`nikum Wa Yawma 'Iqāmatikum Wa Min 'Aşwāfihā Wa 'Awbārihā Wa 'Ashrihā 'Athāthāan Wa Matā`āan 'Ilá Ĥīnin 016-080 އަދި اللَّه، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائم ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعم ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ. وَاللَّهُ جَعَلَ لَكُ‍‍م‍ْ مِ‍‍ن‍ْ بُيُوتِكُمْ سَكَنا‍ً وَجَعَلَ لَكُ‍‍م‍ْ مِ‍‍ن‍ْ جُل‍‍ُ‍و‍دِ ا‍لأَنع‍‍َ‍ا‍مِ بُيُوتا‍ً تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ وَمِنْ أَصْوَافِهَا وَأَوْبَا‍ر‍‍ِهَا وَأَشْعَا‍ر‍‍ِهَ‍‍ا‍ أَثَاثا‍ً وَمَتَاعا‍ً إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Wa Allāhu Ja`ala Lakum Mimmā Khalaqa Žilālāan Wa Ja`ala Lakum Mina Al-Jibāli 'Aknānāan Wa Ja`ala Lakum Sarābīla Taqīkumu Al-Ĥarra Wa Sarābīla Taqīkum Ba'sakum Kadhālika Yutimmu Ni`matahu `Alaykum La`allakum Tuslimūna 016-081 އަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ،ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ. وَاللَّهُ جَعَلَ لَكُ‍‍م‍ْ مِ‍‍م‍ّ‍‍َا خَلَقَ ظِلاَلا‍ً وَجَعَلَ لَكُ‍‍م‍ْ مِنَ ا‍لْجِب‍‍َ‍ا‍لِ أَكْنَانا‍ً وَجَعَلَ لَكُمْ سَرَاب‍‍ِ‍ي‍لَ تَقِيكُمُ ا‍لْحَرَّ وَسَرَاب‍‍ِ‍ي‍لَ تَقِيكُ‍‍م‍ْ بَأْسَكُمْ كَذَلِكَ يُتِ‍‍م‍ّ‍‍ُ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِم‍‍ُ‍و‍نَ
Fa'in Tawallaw Fa'innamā `Alayka Al-Balāghu Al-Mubīnu 016-082 ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ. فَإِ‍ن‍ْ تَوَلَّوْا فَإِ‍نّ‍‍َمَا عَلَيْكَ ا‍لْبَلاَغُ ا‍لْمُب‍‍ِ‍ي‍نُ
Ya`rifūna Ni`mata Al-Lahi Thumma Yunkirūnahā Wa 'Aktharuhumu Al-Kāfirūna 016-083 އެއުރެން اللَّه ގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكار ކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، كافر ންނެވެ. يَعْ‍‍ر‍‍ِف‍‍ُ‍و‍نَ نِعْمَةَ ا‍للَّهِ ثُ‍‍م‍ّ‍‍َ يُ‍‍ن‍كِرُونَهَا وَأَكْثَرُهُمُ ا‍لْكَافِر‍ُو‍نَ
Wa Yawma Nab`athu Min Kulli 'Ummatin Shahīdāan Thumma Lā Yu'udhanu Lilladhīna Kafarū Wa Lā Hum Yusta`tabūna 016-084 ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން كافر ވިމީހުންނަށް (عذر ދެއްކުމަކަށް) إذن އެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެތެވެ. وَيَوْمَ نَ‍‍ب‍‍ْعَثُ مِ‍‍ن‍ْ كُلِّ أُ‍مّ‍‍َة‍‍‍ٍ شَهِيدا‍ً ثُ‍‍م‍ّ‍‍َ لاَ يُؤْذَنُ لِلَّذ‍ِي‍نَ كَفَرُوا‍ وَلاَ هُمْ يُسْتَعْتَب‍‍ُ‍و‍نَ
Wa 'Idhā Ra'á Al-Ladhīna Žalamū Al-`Adhāba Falā Yukhaffafu `Anhum Wa Lā Hum Yunžarūna 016-085 އަދި އަނިޔާވެރިވި މީހުން، عذاب ދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ. وَإِذَا رَأَى ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ ا‍لْعَذ‍َا‍بَ فَلاَ يُخَفَّفُ عَنْهُمْ وَلاَ هُمْ يُ‍‍ن‍ظَر‍ُو‍نَ
Wa 'Idhā Ra'á Al-Ladhīna 'Ashrakū Shurakā'ahum Qālū Rabbanā Hā'uulā' Shurakā'uunā Al-Ladhīna Kunnā Nad`ū Min Dūnika Fa'alqaw 'Ilayhimu Al-Qawla 'Innakum Lakādhibūna 016-086 އަދި شريك ކުޅަ މީހުން، އެއުރެން (اللَّه އާ) شريك ކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ شريك ންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ،އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ. وَإِذَا رَأَى ا‍لَّذ‍ِي‍نَ أَشْرَكُو‍‍ا‍ شُرَك‍‍َ‍ا‍ءَهُمْ قَالُو‍‍ا‍ رَبَّنَا ه‍‍َ‍ا‍ؤُلاَء شُرَك‍‍َ‍ا‍ؤُنَا ا‍لَّذ‍ِي‍نَ كُ‍‍ن‍ّ‍‍َا نَ‍‍د‍‍ْعُو مِ‍‍ن‍ْ دُونِكَ فَأَلْقَوْا إِلَيْهِمُ ا‍لْقَوْلَ إِ‍نّ‍‍َكُمْ لَكَاذِب‍‍ُ‍و‍نَ
Wa 'Alqaw 'Ilá Al-Lahi Yawma'idhin As-Salama Wa Đalla `Anhum Mā Kānū Yaftarūna 016-087 އަދި އެއުރެން އެދުވަހުން، اللَّه އަށް تسليم ކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު باطل إله ންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ. وَأَلْقَوْا إِلَى ا‍للَّهِ يَوْمَئِذ‍ٍ ا‍لسَّلَمَ وَضَلَّ عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَفْتَر‍ُو‍نَ
Al-Ladhīna Kafarū Wa Şaddū `An Sabīli Al-Lahi Zidnāhum `Adhābāan Fawqa Al-`Adhābi Bimā Kānū Yufsidūna 016-088 (اللَّه އަށާއި އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، عذاب ގެ މައްޗަށް عذاب ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ. ا‍لَّذ‍ِي‍نَ كَفَرُوا‍ وَصَدُّوا‍ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ زِ‍د‍‍ْنَاهُمْ عَذَابا‍ً فَوْقَ ا‍لعَذ‍َا‍بِ بِمَا كَانُو‍‍ا‍ يُفْسِد‍ُو‍نَ
Wa Yawma Nab`athu Fī Kulli 'Ummatin Shahīdāan `Alayhim Min 'Anfusihim Wa Ji'nā Bika Shahīdāan `Alá Hā'uulā' Wa Nazzalnā `Alayka Al-Kitāba Tibyānāan Likulli Shay'in Wa Hudáan Wa Raĥmatan Wa Bushrá Lilmuslimīna 016-089 އަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. وَيَوْمَ نَ‍‍ب‍‍ْعَثُ فِي كُلِّ أُ‍مّ‍‍َة‍‍‍ٍ شَهِيداً عَلَيْهِ‍‍م‍ْ مِنْ أَن‍فُسِهِمْ وَجِئْنَا بِكَ شَهِيداً عَلَى ه‍‍َ‍ا‍ؤُلاَء وَنَزَّلْنَا عَلَيْكَ ا‍لْكِت‍‍َ‍ا‍بَ تِ‍‍ب‍‍ْيَانا‍ً لِكُلِّ شَيْء‍ٍ وَهُ‍‍دى‍ً وَرَحْمَة‍‍‍ً وَبُشْرَى لِلْمُسْلِم‍‍ِ‍ي‍نَ
'Inna Al-Laha Ya'muru Bil-`Adli Wa Al-'Iĥsāni Wa 'Ītā'i Dhī Al-Qurbá Wa Yanhá `Ani Al-Faĥshā'i Wa Al-Munkari Wa Al-Baghyi Ya`ižukum La`allakum Tadhakkarūna 016-090 ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّهއަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. إِ‍نّ‍‍َ ا‍للَّهَ يَأْمُرُ بِ‍‍ا‍لْعَ‍‍د‍‍ْلِ وَا‍لإِحْس‍‍َ‍ا‍نِ وَإِيت‍‍َ‍ا‍ءِ ذِي ا‍لْقُرْبَى وَيَنْهَى عَنِ ا‍لْفَحْش‍‍َ‍ا‍ءِ وَا‍لْمُ‍‍ن‍كَ‍‍ر‍ِ وَا‍لْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّر‍ُو‍نَ
Wa 'Awfū Bi`ahdi Al-Lahi 'Idhā `Āhadtum Wa Lā Tanquđū Al-'Aymāna Ba`da Tawkīdihā Wa Qad Ja`altumu Al-Laha `Alaykum Kafīlāan 'Inna Al-Laha Ya`lamu Mā Taf`alūna 016-091 ތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ. وَأَوْفُو‍‍ا‍ بِعَهْدِ ا‍للَّهِ إِذَا عَاهَ‍‍د‍‍ْتُمْ وَلاَ تَ‍‍ن‍قُضُو‍‍ا‍ ا‍لأَيْم‍‍َ‍ا‍نَ بَعْدَ تَوْكِيدِهَا وَقَ‍‍د‍ْ جَعَلْتُمُ ا‍للَّهَ عَلَيْكُمْ كَفِيلا‍ً إِ‍نّ‍‍َ ا‍للَّهَ يَعْلَمُ مَا تَفْعَل‍‍ُ‍و‍نَ
Wa Lā Takūnū Kāllatī Naqađat Ghazlahā Min Ba`di Qūwatin 'Anthāan Tattakhidhūna 'Aymānakum Dakhalāan Baynakum 'An Takūna 'Ummatun Hiya 'Arbá Min 'Ummatin 'Innamā Yablūkumu Al-Lahu Bihi Wa Layubayyinanna Lakum Yawma Al-Qiyāmati Mā Kuntum Fīhi Takhtalifūna 016-092 އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: عهد ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ عهد ތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު،އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެކަމުން امتحان ކުރައްވަތެވެ. އަދި ތިޔަބައިމީހުން، خلاف ވެ އުޅުނުކަންތައް، قيامة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ. وَلاَ تَكُونُو‍‍ا‍ كَالَّتِي نَقَضَتْ غَزْلَهَا مِ‍‍ن‍ْ بَعْدِ قُوَّةٍ أَن‍كَاثا‍ً تَتَّخِذ‍ُو‍نَ أَيْمَانَكُمْ دَخَلا‍ً بَيْنَكُمْ أَ‍ن‍ْ تَك‍‍ُ‍و‍نَ أُ‍مّ‍‍َةٌ هِيَ أَرْبَى مِنْ أُ‍مّ‍‍َة‍‍‍ٍ إِ‍نّ‍‍َمَا يَ‍‍ب‍‍ْلُوكُمُ ا‍للَّهُ بِهِ وَلَيُبَيِّنَ‍‍ن‍ّ‍‍َ لَكُمْ يَوْمَ ا‍لْقِيَامَةِ مَا كُ‍‍ن‍‍ْتُمْ ف‍‍ِ‍ي‍هِ تَخْتَلِف‍‍ُ‍و‍نَ
Wa Law Shā'a Al-Lahu Laja`alakum 'Ummatan Wāĥidatan Wa Lakin Yuđillu Man Yashā'u Wa Yahdī Man Yashā'u Wa Latus'alunna `Ammā Kuntum Ta`malūna 016-093 اللَّه އިރާދަކުރެއްވިނަމަ، އެއް أمّة އެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން عمل ކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ سوال ކުރައްވާހުށިކަން ކަށަވަރެވެ. وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ لَجَعَلَكُمْ أُ‍مّ‍‍َة‍‍‍ً وَا‍حِدَة‍‍‍ً وَلَكِ‍‍ن‍ْ يُضِلُّ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَهْدِي مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَلَتُسْأَلُ‍‍ن‍ّ‍‍َ عَ‍‍م‍ّ‍‍َا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Wa Lā Tattakhidhū 'Aymānakum Dakhalāan Baynakum Fatazilla Qadamun Ba`da Thubūtihā Wa Tadhūqū As-Sū'a Bimā Şadadtum `An Sabīli Al-Lahi Wa Lakum `Adhābun `Ažīmun 016-094 ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ثابت ވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، مصيبات ގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ عذاب،ތިޔަބައިމީހުންނަށް ހުށްޓެވެ. وَلاَ تَتَّخِذُو‍ا‍ أَيْمَانَكُمْ دَخَلا‍ً بَيْنَكُمْ فَتَزِلَّ قَدَم‍‍‍ٌ بَعْدَ ثُبُوتِهَا وَتَذُوقُو‍‍ا‍ ا‍لسّ‍‍ُ‍و‍ءَ بِمَا صَدَ‍د‍‍ْتُمْ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ وَلَكُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Lā Tashtarū Bi`ahdi Al-Lahi Thamanāan Qalīlāan 'Innamā `Inda Al-Lahi Huwa Khayrun Lakum 'In Kuntum Ta`lamūna 016-095 އަދި ތިޔަބައިމީހުން، اللَّه ގެ عهد އަށް ކުޑަ އަގެއް ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ حضرة ގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ. وَلاَ تَشْتَرُوا‍ بِعَهْدِ ا‍للَّهِ ثَمَنا‍ً قَلِيلا‍ً إِ‍نّ‍‍َمَا عِ‍‍ن‍‍ْدَ ا‍للَّهِ هُوَ خَيْر‍ٌ لَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Mā `Indakum Yanfadu Wa Mā `Inda Al-Lahi Bāqin Wa Lanajziyanna Al-Ladhīna Şabarū 'Ajrahum Bi'aĥsani Mā Kānū Ya`malūna 016-096 ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللَّه ގެ حضرة ގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عمل ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. مَا عِ‍‍ن‍‍ْدَكُمْ يَ‍‍ن‍فَدُ وَمَا عِ‍‍ن‍‍ْدَ ا‍للَّهِ ب‍‍َ‍ا‍ق‍‍‍ٍ وَلَنَ‍‍ج‍‍ْزِيَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ صَبَرُو‍ا‍ أَ‍ج‍‍ْرَهُ‍‍م‍ْ بِأَحْسَنِ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Man `Amila Şāliĥāan Min Dhakarin 'Aw 'Unthá Wa Huwa Mu'uminun Falanuĥyiyannahu Ĥayāatan Ţayyibatan Wa Lanajziyannahum 'Ajrahum Bi'aĥsani Mā Kānū Ya`malūna 016-097 مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. مَنْ عَمِلَ صَالِحا‍ً مِ‍‍ن‍ْ ذَكَرٍ أَوْ أُن‍ثَى وَهُوَ مُؤْمِن‍‍‍ٌ فَلَنُحْيِيَ‍‍ن‍ّ‍‍َهُ حَي‍‍َ‍ا‍ة‍‍‍ً طَيِّبَة‍‍‍ً وَلَنَ‍‍ج‍‍ْزِيَ‍‍ن‍ّ‍‍َهُمْ أَ‍ج‍‍ْرَهُ‍‍م‍ْ بِأَحْسَنِ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Fa'idhā Qara'ta Al-Qur'āna Fāsta`idh Bil-Lahi Mina Ash-Shayţāni Ar-Rajīmi 016-098 ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިންދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ! فَإِذَا قَرَأْتَ ا‍لْقُرْآنَ فَاسْتَعِذْ بِ‍‍ا‍للَّهِ مِنَ ا‍لشَّيْط‍‍َ‍ا‍نِ ا‍لرَّج‍‍ِ‍ي‍مِ
'Innahu Laysa Lahu Sulţānun `Alá Al-Ladhīna 'Āmanū Wa `Alá Rabbihim Yatawakkalūna 016-099 ހަމަކަށަވަރުން، إيمان ވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ شيطان އާއަކަށް ނުވެއެވެ. إِ‍نّ‍‍َهُ لَيْسَ لَهُ سُلْط‍‍َ‍ا‍نٌ عَلَى ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَلَى رَبِّهِمْ يَتَوَكَّل‍‍ُ‍و‍نَ
'Innamā Sulţānuhu `Alá Al-Ladhīna Yatawallawnahu Wa Al-Ladhīna Hum Bihi Mushrikūna 016-100 އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ. إِ‍نّ‍‍َمَا سُلْطَانُهُ عَلَى ا‍لَّذ‍ِي‍نَ يَتَوَلَّوْنَهُ وَا‍لَّذ‍ِي‍نَ هُ‍‍م‍ْ بِهِ مُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Wa 'Idhā Baddalnā 'Āyatan Makāna 'Āyatin Wa Allāhu 'A`lamu Bimā Yunazzilu Qālū 'Innamā 'Anta Muftarin Bal 'Aktharuhum Lā Ya`lamūna 016-101 އެއް آية އެއްގެ ތަނަށް، އެހެން آية އެއް ތިމަންރަސްކަލާނގެ ބަދަލުކުރައްވައި ގެންނަވައިފި ހިނދު، اللَّه އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ. އެއުރެން ބުނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ނުދަނެތެވެ. وَإِذَا بَدَّلْنَ‍‍ا آيَة‍‍‍ً مَك‍‍َ‍ا‍نَ آيَة‍‍‍ٍ وَا‍للَّهُ أَعْلَمُ بِمَا يُنَزِّلُ قَالُ‍‍و‍‍ا‍ إِ‍نّ‍‍َمَ‍‍ا‍ أَ‍ن‍‍ْتَ مُفْتَر‍ٍ بَلْ أَكْثَرُهُمْ لاَ يَعْلَم‍‍ُ‍و‍نَ
Qul Nazzalahu Rūĥu Al-Qudusi Min Rabbika Bil-Ĥaqqi Liyuthabbita Al-Ladhīna 'Āmanū Wa Hudáan Wa Bushrá Lilmuslimīna 016-102 ކަލޭގެފާނު ވިދާޅުވާށެވެ! حق ގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން جبريل ގެފާނެވެ. (އެއީ) إيمان ވި މީހުންނަށް ثابت ކަން ދެއްވުމަށްޓަކައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. قُلْ نَزَّلَهُ ر‍ُو‍حُ ا‍لْقُدُسِ مِ‍‍ن‍ْ رَبِّكَ بِ‍‍ا‍لْحَقِّ لِيُثَبِّتَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَهُ‍‍دى‍ً وَبُشْرَى لِلْمُسْلِم‍‍ِ‍ي‍نَ
Wa Laqad Na`lamu 'Annahum Yaqūlūna 'Innamā Yu`allimuhu Basharun Lisānu Al-Ladhī Yulĥidūna 'Ilayhi 'A`jamīyun Wa Hadhā Lisānun `Arabīyun Mubīnun 016-103 އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، إنسان އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން،ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمى ބަހެވެ. މިއީ ބަޔާންވެގެންވާ عرب ބަހެވެ. وَلَقَ‍‍د‍ْ نَعْلَمُ أَ‍نّ‍‍َهُمْ يَقُول‍‍ُ‍و‍نَ إِ‍نّ‍‍َمَا يُعَلِّمُهُ بَشَر‍ٌ لِس‍‍َ‍ا‍نُ ا‍لَّذِي يُلْحِد‍ُو‍نَ إِلَيْهِ أَعْجَمِيّ‍‍‍ٌ وَهَذَا لِس‍‍َ‍ا‍نٌ عَرَبِيّ‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
'Inna Al-Ladhīna Lā Yu'uminūna Bi'āyāti Al-Lahi Lā Yahdīhimu Al-Lahu Wa Lahum `Adhābun 'Alīmun 016-104 ހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި عذاب އެއުރެންނަށްހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ لاَ يَهْدِيهِمُ ا‍للَّهُ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
'Innamā Yaftarī Al-Kadhiba Al-Ladhīna Lā Yu'uminūna Bi'āyāti Al-Lahi Wa 'Ūlā'ika Humu Al-Kādhibūna 016-105 ދޮގުހަދާކަން ކަށަވަރީ، اللَّه ގެ آية ތަަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ. إِ‍نّ‍‍َمَا يَفْتَ‍‍ر‍‍ِي ا‍لْكَذِبَ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْكَاذِب‍‍ُ‍و‍نَ
Man Kafara Bil-Lahi Min Ba`di 'Īmānihi 'Illā Man 'Ukriha Wa Qalbuhu Muţma'innun Bil-'Īmāni Wa Lakin Man Sharaĥa Bil-Kufri Şadrāan Fa`alayhim Ghađabun Mina Al-Lahi Wa Lahum `Adhābun `Ažīmun 016-106 إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ. مَ‍‍ن‍ْ كَفَرَ بِ‍‍ا‍للَّهِ مِ‍‍ن‍ْ بَعْدِ إِيمَانِهِ إِلاَّ مَنْ أُكْ‍‍ر‍‍ِهَ وَقَلْبُهُ مُ‍‍ط‍‍ْمَئِ‍‍ن‍ّ‍‍‍ٌ بِ‍‍ا‍لإِيم‍‍َ‍ا‍نِ وَلَكِ‍‍ن‍ْ مَ‍‍ن‍ْ شَرَحَ بِ‍‍ا‍لْكُفْ‍‍ر‍ِ صَ‍‍د‍‍ْرا‍ً فَعَلَيْهِمْ غَضَب‍‍‍ٌ مِنَ ا‍للَّهِ وَلَهُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Dhālika Bi'annahumu Astaĥab Al-Ĥayāata Ad-Dunyā `Alá Al-'Ākhirati Wa 'Anna Al-Laha Lā Yahdī Al-Qawma Al-Kāfirīna 016-107 އެއީ ހަމަކަށަވަރުން، އެއުރެން، آخرة ގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافر ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ. ذَلِكَ بِأَ‍نّ‍‍َهُمُ ا‍سْتَحَبُّو‍‍ا‍ ا‍لْحَي‍‍َ‍ا‍ةَ ا‍لدُّ‍‍ن‍‍ْيَا عَلَى ا‍لآخِرَةِ وَأَ‍نّ‍‍َ ا‍للَّهَ لاَ يَهْدِي ا‍لْقَوْمَ ا‍لْكَافِ‍‍ر‍‍ِي‍نَ
'Ūlā'ika Al-Ladhīna Ţaba`a Al-Lahu `Alá Qulūbihim Wa Sam`ihim Wa 'Abşārihim Wa 'Ūlā'ika Humu Al-Ghāfilūna 016-108 އެއުރެންނީ، އެއުރެންގެ ހިތްތަކުގައްޔާއި، އެއުރެންގެކަންފަތްތަކުގައްޔާއި، އެއުރެންގެ ލޯތަކުގައި، اللَّه ސިއްކަގައްސަވާފައިވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، غافل ވެގެންވާ މީހުންނެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ طَبَعَ ا‍للَّهُ عَلَى قُلُوبِهِمْ وَسَمْعِهِمْ وَأَ‍ب‍‍ْصَا‍ر‍‍ِهِمْ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْغَافِل‍‍ُ‍و‍نَ
Lā Jarama 'Annahum Al-'Ākhirati Humu Al-Khāsirūna 016-109 شك އެއްނެތެވެ. ހަމަކަށަވަރުން، آخرة ގައި ގެއްލެނިވެގެންވާ މީހުންނަކީ، ހަމަ، އެއުރެންނެވެ. لاَ جَرَمَ أَ‍نّ‍‍َهُمْ فِي ا‍لآخِرَةِ هُمُ ا‍لْخَاسِر‍ُو‍نَ
Thumma 'Inna Rabbaka Lilladhīna Hājarū Min Ba`di Mā Futinū Thumma Jāhadū Wa Şabarū 'Inna Rabbaka Min Ba`dihā Laghafūrun Raĥīmun 016-110 ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެހީތެރިވެ) ވޮޑިގަތުންވަނީ، އެއުރެންނަށް އަނިޔާލިބި، امتحان ވެވުމަށްފަހު، هجرة ކޮށް، ދެން جهاد ކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެއަށްފަހުވެސް ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ رَبَّكَ لِلَّذ‍ِي‍نَ هَاجَرُوا‍ مِ‍‍ن‍ْ بَعْدِ مَا فُتِنُو‍‍ا‍ ثُ‍‍م‍ّ‍‍َ جَاهَدُوا‍ وَصَبَرُو‍ا‍ إِ‍نّ‍‍َ رَبَّكَ مِ‍‍ن‍ْ بَعْدِهَا لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yawma Ta'tī Kullu Nafsin Tujādilu `An Nafsihā Wa Tuwaffá Kullu Nafsin Mā `Amilat Wa Hum Lā Yužlamūna 016-111 ކޮންމެ نفس އެއްވެސް، އެ نفس އެއް (دفاع ކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކުޅަ عمل އަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެތެވެ. އަދި އެއުރެންނަށް، ބޭއިންސާފެއް ނުކުރައްވާނޭމެއެވެ. يَوْمَ تَأْتِي كُلُّ نَفْس‍‍‍ٍ تُجَادِلُ عَ‍‍ن‍ْ نَفْسِهَا وَتُوَفَّى كُلُّ نَفْس‍‍‍ٍ مَا عَمِلَتْ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
Wa Đaraba Al-Lahu Mathalāan Qaryatan Kānat 'Āminatan Muţma'innatan Ya'tīhā Rizquhā Raghadāan Min Kulli Makānin Fakafarat Bi'an`umi Al-Lahi Fa'adhāqahā Al-Lahu Libāsa Al-Jū`i Wa Al-Khawfi Bimā Kānū Yaşna`ūna 016-112 އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافرވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ. وَضَرَبَ ا‍للَّهُ مَثَلا‍ً قَرْيَة‍‍‍ً كَانَتْ آمِنَة‍‍‍ً مُ‍‍ط‍‍ْمَئِ‍‍ن‍ّ‍‍َة‍‍‍ً يَأْتِيهَا ‍ر‍‍ِزْقُهَا رَغَدا‍ً مِ‍‍ن‍ْ كُلِّ مَك‍‍َ‍ا‍ن‍‍‍ٍ فَكَفَرَتْ بِأَنْعُمِ ا‍للَّهِ فَأَذَاقَهَا ا‍للَّهُ لِب‍‍َ‍ا‍سَ ا‍لْج‍‍ُ‍و‍عِ وَا‍لْخَوْفِ بِمَا كَانُو‍‍ا‍ يَصْنَع‍‍ُ‍و‍نَ
Wa Laqad Jā'ahum Rasūlun Minhum Fakadhdhabūhu Fa'akhadhahumu Al-`Adhābu Wa Hum Žālimūna 016-113 ހަމަކަށަވަރުން، އެއުރެންގެތެރެއިން، رسول އަކު، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، އެއުރެން އެ رسول އާ ދޮގުކުޅައޫވެ. ދެން އެއުރެން އަނިޔާވެރިންކަމުގައިވާ حال، އެއުރެންގެ މައްޗަށް عذاب އައެވެ. وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَهُمْ رَس‍‍ُ‍و‍ل‍‍‍ٌ مِنْهُمْ فَكَذَّب‍‍ُ‍و‍هُ فَأَخَذَهُمُ ا‍لْعَذ‍َا‍بُ وَهُمْ ظَالِم‍‍ُ‍و‍نَ
Fakulū Mimmā Razaqakumu Al-Lahu Ĥalālāan Ţayyibāan Wa Ashkurū Ni`mata Al-Lahi 'In Kuntum 'Īyāhu Ta`budūna 016-114 ފަހެ، اللَّه ތިޔަބައިމީހުންނަށް ރަނގަޅު حلال ތަކެތީގެ ގޮތުގައި ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި اللَّه ގެ نعمة އަށް ތިޔަބައިމީހުން شكر ކުރާށެވެ! (އެއީ) ހަމައެކަނި، އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ. فَكُلُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَقَكُمُ ا‍للَّهُ حَلالا‍ً طَيِّبا‍ً وَا‍شْكُرُوا‍ نِعْمَةَ ا‍للَّهِ إِ‍ن‍ْ كُ‍‍ن‍‍ْتُمْ إِيّ‍‍َ‍ا‍هُ تَعْبُد‍ُو‍نَ
'Innamā Ĥarrama `Alaykumu Al-Maytata Wa Ad-Dama Wa Laĥma Al-Khinzīri Wa Mā 'Uhilla Lighayri Al-Lahi Bihi Famani Ađţurra Ghayra Bāghin Wa Lā `Ādin Fa'inna Al-Laha Ghafūrun Raĥīmun 016-115 ތިޔަބައިމީހުންނަށް، އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، مجبور ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َمَا حَرَّمَ عَلَيْكُمُ ا‍لْمَيْتَةَ وَا‍لدَّمَ وَلَحْمَ ا‍لْخِ‍‍ن‍‍ْز‍ِي‍رِ وَمَ‍‍ا‍ أُهِلَّ لِغَيْ‍‍ر‍ِ ا‍للَّهِ بِهِ فَمَنِ ا‍ضْطُرَّ غَيْرَ ب‍‍َ‍ا‍غ‍‍‍ٍ وَلاَ ع‍‍َ‍ا‍د‍ٍ فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Lā Taqūlū Limā Taşifu 'Alsinatukumu Al-Kadhiba Hādhā Ĥalālun Wa Hadhā Ĥarāmun Litaftarū `Alá Al-Lahi Al-Kadhiba 'Inna Al-Ladhīna Yaftarūna `Alá Al-Lahi Al-Kadhiba Lā Yufliĥūna 016-116 اللَّه އާމެދު،ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حلال ކަމެކޭ، އަދި މިއީ حرام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللَّه އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ. وَلاَ تَقُولُو‍‍ا‍ لِمَا تَصِفُ أَلْسِنَتُكُمُ ا‍لْكَذِبَ هَذَا حَلاَل‍‍‍ٌ وَهَذَا حَر‍َا‍م‍‍‍ٌ لِتَفْتَرُوا‍ عَلَى ا‍للَّهِ ا‍لْكَذِبَ إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَفْتَر‍ُو‍نَ عَلَى ا‍للَّهِ ا‍لْكَذِبَ لاَ يُفْلِح‍‍ُ‍و‍نَ
Matā`un Qalīlun Wa Lahum `Adhābun 'Alīmun 016-117 (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. مَت‍‍َ‍ا‍ع‍‍‍ٌ قَل‍‍ِ‍ي‍ل‍‍‍ٌ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa `Alá Al-Ladhīna Hādū Ĥarramnā Mā Qaşaşnā `Alayka Min Qablu Wa Mā Žalamnāhum Wa Lakin Kānū 'Anfusahum Yažlimūna 016-118 މީގެކުރިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ (وحى ކުރައްވައި) ކިޔައިދެއްވި ކަންތައް، يهودى ވީ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ حرام ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަމެވެ. އެހެނެއް ކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވާ ކަމުގައި، އެއުރެން ވޫއެވެ. وَعَلَى ا‍لَّذ‍ِي‍نَ هَادُوا‍ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَمَا ظَلَمْنَاهُمْ وَلَكِ‍‍ن‍ْ كَانُ‍‍و‍‍ا‍ أَن‍فُسَهُمْ يَظْلِم‍‍ُ‍و‍نَ
Thumma 'Inna Rabbaka Lilladhīna `Amilū As-Sū'a Bijahālatin Thumma Tābū Min Ba`di Dhālika Wa 'Aşlaĥū 'Inna Rabbaka Min Ba`dihā Laghafūrun Raĥīmun 016-119 ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبة ވެ، إصلاح ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ رَبَّكَ لِلَّذ‍ِي‍نَ عَمِلُو‍‍ا‍ ا‍لسّ‍‍ُ‍و‍ءَ بِجَهَالَة‍‍‍ٍ ثُ‍‍م‍ّ‍‍َ تَابُو‍‍ا‍ مِ‍‍ن‍ْ بَعْدِ ذَلِكَ وَأَصْلَحُ‍‍و‍‍ا‍ إِ‍نّ‍‍َ رَبَّكَ مِ‍‍ن‍ْ بَعْدِهَا لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Inna 'Ibrāhīma Kāna 'Ummatan Qānitāan Lillahi Ĥanīfāan Wa Lam Yaku Mina Al-Mushrikīna 016-120 ހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށްކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ. إِ‍نّ‍‍َ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ ك‍‍َ‍ا‍نَ أُ‍مّ‍‍َة‍‍‍ً قَانِتا‍ً لِلَّهِ حَنِيفا‍ً وَلَمْ يَكُ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Shākirāan Li'n`umihi Ajtabāhu Wa Hadāhu 'Ilá Şirāţin Mustaqīm 016-121 އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ. شَاكِرا‍ً لِأنْعُمِهِ ا‍ج‍‍ْتَب‍‍َ‍ا‍هُ وَهَد‍َا‍هُ إِلَى صِر‍َا‍ط‍‍‍ٍ مُسْتَقِيم
Wa 'Ātaynāhu Fī Ad-Dunyā Ĥasanatan Wa 'Innahu Fī Al-'Ākhirati Lamina Aş-Şāliĥīna 016-122 އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، آخرة ގައި، އެކަލޭގެފާނު ވަނީ، صالح ންގެތެރެއިންކަން ކަށަވަރެވެ. وَآتَيْن‍‍َ‍ا‍هُ فِي ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ً وَإِ‍نّ‍‍َهُ فِي ا‍لآخِرَةِ لَمِنَ ا‍لصَّالِح‍‍ِ‍ي‍نَ
Thumma 'Awĥaynā 'Ilayka 'Ani Attabi` Millata 'Ibrāhīma Ĥanīfāan Wa Mā Kāna Mina Al-Mushrikīna 016-123 ދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް وحى ކުރެއްވީމެވެ. باطل މަގުން އެއްކިބާވެ، ސީދާމަގުގައިވާ إبراهيم ގެފާނުގެ دين އަށް، ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ފަހެ، مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެތެވެ. ثُ‍‍م‍ّ‍‍َ أَوْحَيْنَ‍‍ا إِلَيْكَ أَنِ ا‍تَّبِعْ مِلَّةَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ حَنِيفا‍ً وَمَا ك‍‍َ‍ا‍نَ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
'Innamā Ju`ila As-Sabtu `Alá Al-Ladhīna Akhtalafū Fīhi Wa 'Inna Rabbaka Layaĥkumu Baynahum Yawma Al-Qiyāmati Fīmā Kānū Fīhi Yakhtalifūna 016-124 ހޮނިހިރުދުވަހުގެ حرمة ތެރިކަން ލައްވާފައިވާކަން ކަށަވަރީ، އެދުވަހާމެދު خلاف ވެގެން އުޅުނު މީހުންގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުންއެއުރެންގެމެދުގައި، حكم ކުރައްވާނެކަން ކަށަވަރެވެ. إِ‍نّ‍‍َمَا جُعِلَ ا‍لسَّ‍‍ب‍‍ْتُ عَلَى ا‍لَّذ‍ِي‍نَ ا‍خْتَلَفُو‍‍ا‍ ف‍‍ِ‍ي‍هِ وَإِ‍نّ‍‍َ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ا‍لْقِيَامَةِ فِيمَا كَانُو‍‍ا‍ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
Ad`u 'Ilá Sabīli Rabbika Bil-Ĥikmati Wa Al-Maw`ižati Al-Ĥasanati Wa Jādilhum Bi-Atī Hiya 'Aĥsanu 'Inna Rabbaka Huwa 'A`lamu Biman Đalla `An Sabīlihi Wa Huwa 'A`lamu Bil-Muhtadīna 016-125 حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. ا‍د‍‍ْعُ إِلَى سَب‍‍ِ‍ي‍لِ رَبِّكَ بِ‍‍ا‍لْحِكْمَةِ وَا‍لْمَوْعِظَةِ ا‍لْحَسَنَةِ وَجَادِلْهُ‍‍م‍ْ بِ‍‍ا‍لَّتِي هِيَ أَحْسَنُ إِ‍نّ‍‍َ رَبَّكَ هُوَ أَعْلَمُ بِمَ‍‍ن‍ْ ضَلَّ عَ‍‍ن‍ْ سَبِيلِهِ وَهُوَ أَعْلَمُ بِ‍‍ا‍لْمُهْتَد‍ِي‍نَ
Wa 'In `Āqabtum Fa`āqibū Bimithli Mā `Ūqibtum Bihi Wa La'in Şabartum Lahuwa Khayrun Lilşşābirīna 016-126 އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ. وَإِنْ عَاقَ‍‍ب‍‍ْتُمْ فَعَاقِبُو‍‍ا‍ بِمِثْلِ مَا عُوقِ‍‍ب‍‍ْتُ‍‍م‍ْ بِهِ وَلَئِ‍‍ن‍ْ صَبَرْتُمْ لَهُوَ خَيْر‍ٌ لِلصَّابِ‍‍ر‍‍ِي‍نَ
Wa Aşbir Wa Mā Şabruka 'Illā Bil-Lahi Wa Lā Taĥzan `Alayhim Wa Lā Taku Fī Đayqin Mimmā Yamkurūna 016-127 އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! وَاصْبِرْ وَمَا صَ‍‍ب‍‍ْرُكَ إِلاَّ بِ‍‍ا‍للَّهِ وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُ فِي ضَيْق‍‍‍ٍ مِ‍‍م‍ّ‍‍َا يَمْكُر‍ُو‍نَ
'Inna Al-Laha Ma`a Al-Ladhīna Attaqaw Wa Al-Ladhīna Hum Muĥsinūna 016-128 ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ.އަދި إحسان ތެރިންނާވެސް އެކުގައެވެ. إِ‍نّ‍‍َ ا‍للَّهَ مَعَ ا‍لَّذ‍ِي‍نَ ا‍تَّقَوْا وَا‍لَّذ‍ِي‍نَ هُ‍‍م‍ْ مُحْسِن‍‍ُ‍و‍نَ
Next Sūrah