13) Sūrat Ar-Ra`d

Printed format

13) سُورَة الرَّعد

'Alif-Lām-Mīm-Rā Tilka 'Āyātu Al-Kitābi Wa Al-Ladhī 'Unzila 'Ilayka Min Rabbika Al-Ĥaqqu Wa Lakinna 'Akthara An-Nāsi Lā Yu'uminūna 013-001 ا ل م ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފޮތުގެ آية ތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި حق ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) إيمان އެއް ނުވެތެވެ. أَلِف-لَام-مِيم-رَا تِلْكَ آي‍‍َ‍ا‍تُ ا‍لْكِت‍‍َ‍ا‍بِ وَا‍لَّذِي أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ ا‍لْحَقُّ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يُؤْمِن‍‍ُ‍و‍نَ
Al-Lahu Al-Ladhī Rafa`a As-Samāwāti Bighayri `Amadin Tarawnahā Thumma Astawá `Alá Al-`Arshi Wa Sakhkhara Ash-Shamsa Wa Al-Qamara Kullun Yajrī Li'jalin Musammáan Yudabbiru Al-'Amra Yufaşşilu Al-'Āyāti La`allakum Biliqā'i Rabbikum Tūqinūna 013-002 اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقينކުރުމަށްޓަކައެވެ. ا‍للَّهُ ا‍لَّذِي رَفَعَ ا‍لسَّمَاو‍َا‍تِ بِغَيْ‍‍ر‍ِ عَمَد‍ٍ تَرَوْنَهَا ثُ‍‍م‍ّ‍‍َ ا‍سْتَوَى عَلَى ا‍لْعَرْشِ وَسَخَّرَ ا‍لشَّمْسَ وَا‍لْقَمَرَ كُلّ‍‍‍ٌ يَ‍‍ج‍‍ْ‍‍ر‍‍ِي لِأجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍ً يُدَبِّ‍‍ر‍ُ ا‍لأَمْرَ يُفَصِّلُ ا‍لآي‍‍َ‍ا‍تِ لَعَلَّكُ‍‍م‍ْ بِلِق‍‍َ‍ا‍ءِ رَبِّكُمْ تُوقِن‍‍ُ‍و‍نَ
Wa Huwa Al-Ladhī Madda Al-'Arđa Wa Ja`ala Fīhā Rawāsiya Wa 'Anhārāan Wa Min Kulli Ath-Thamarāti Ja`ala Fīhā Zawjayni Athnayni Yughshī Al-Layla An-Nahāra 'Inna Fī Dhālika La'āyātin Liqawmin Yatafakkarūna 013-003 އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ. وَهُوَ ا‍لَّذِي مَدَّ ا‍لأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارا‍ً وَمِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ جَعَلَ فِيهَا زَوْجَيْنِ ا‍ثْنَيْنِ يُغْشِي ا‍للَّيْلَ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَتَفَكَّر‍ُو‍نَ
Wa Fī Al-'Arđi Qiţa`un Mutajāwirātun Wa Jannātun Min 'A`nābin Wa Zar`un Wa Nakhīlun Şinwānun Wa Ghayru Şinwānin Yusqá Bimā'in Wāĥidin Wa Nufađđilu Ba`đahā `Alá Ba`đin Al-'Ukuli 'Inna Fī Dhālika La'āyātin Liqawmin Ya`qilūna 013-004 އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. وَفِي ا‍لأَرْضِ قِطَع‍‍‍ٌ مُتَجَاوِر‍َا‍ت‍‍‍ٌ وَجَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ مِنْ أَعْن‍‍َ‍ا‍ب‍‍‍ٍ وَزَرْع‍‍‍ٌ وَنَخ‍‍ِ‍ي‍ل‍‍‍ٌ صِ‍‍ن‍‍ْو‍َا‍ن‍‍‍ٌ وَغَيْرُ صِ‍‍ن‍‍ْو‍َا‍ن‍‍‍ٍ يُسْقَى بِم‍‍َ‍ا‍ء‍ٍ وَا‍حِد‍ٍ وَنُفَضِّلُ بَعْضَهَا عَلَى بَعْض‍‍‍ٍ فِي ا‍لأُكُلِ إِ‍نّ‍‍َ فِي ذَلِكَ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَعْقِل‍‍ُ‍و‍نَ
Wa 'In Ta`jab Fa`ajabun Qawluhum 'A'idhā Kunnā Turābāan 'A'innā Lafī Khalqin Jadīdin 'Ūlā'ika Al-Ladhīna Kafarū Birabbihim Wa 'Ūlā'ika Al-'Aghlālu Fī 'A`nāqihim Wa 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 013-005 ކަލޭގެފާނު ކަމަކާމެދު عجائب ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް عجائب ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުންއުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. وَإِ‍ن‍ْ تَعْجَ‍‍ب‍ْ فَعَجَب‍‍‍ٌ قَوْلُهُمْ أَئِذَا كُ‍‍ن‍ّ‍‍َا تُرَاباً أَئِ‍‍ن‍ّ‍‍َا لَفِي خَلْق‍‍‍ٍ جَد‍ِي‍دٍ أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ كَفَرُوا‍ بِرَبِّهِمْ وَأ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لأَغْلاَلُ فِ‍‍ي‍ أَعْنَاقِهِمْ وَأ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Wa Yasta`jilūnaka Bis-Sayyi'ati Qabla Al-Ĥasanati Wa Qad Khalat Min Qablihimu Al-Mathulātu Wa 'Inna Rabbaka Ladhū Maghfiratin Lilnnāsi `Alá Žulmihim Wa 'Inna Rabbaka Lashadīdu Al-`Iqābi 013-006 އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދެތެވެ. އަދި އެއުރެންގެ ކުރިން عبرة ލިބެނިވި عقاب އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. وَيَسْتَعْجِلُونَكَ بِ‍‍ا‍لسَّيِّئَةِ قَ‍‍ب‍‍ْلَ ا‍لْحَسَنَةِ وَقَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمُ ا‍لْمَثُلاَتُ وَإِ‍نّ‍‍َ رَبَّكَ لَذُو مَغْفِرَة‍‍‍ٍ لِل‍‍ن‍ّ‍‍َ‍ا‍سِ عَلَى ظُلْمِهِمْ وَإِ‍نّ‍‍َ رَبَّكَ لَشَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Wa Yaqūlu Al-Ladhīna Kafarū Lawlā 'Unzila `Alayhi 'Āyatun Min Rabbihi 'Innamā 'Anta Mundhirun Wa Likulli Qawmin Hādin 013-007 އަދި كافر ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް (އެބަހީ: معجزة އެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ قوم އަކަށްމެ ތެދުމަގު ދައްކަވާ رسول އަކު ވެއެވެ. وَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ كَفَرُوا‍ لَوْلاَ أُن‍زِلَ عَلَيْهِ آيَة‍‍‍ٌ مِ‍‍ن‍ْ رَبِّهِ إِ‍نّ‍‍َمَ‍‍ا‍ أَ‍ن‍‍ْتَ مُ‍‍ن‍ذِر‍ٌ وَلِكُلِّ قَوْمٍ ه‍‍َ‍ا‍د‍ٍ
Al-Lahu Ya`lamu Mā Taĥmilu Kullu 'Unthá Wa Mā Taghīđu Al-'Arĥāmu Wa Mā Tazdādu Wa Kullu Shay'in `Indahu Bimiqdārin 013-008 ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނައެއްޗަކާއި، رحم ތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ حضرة ގައި ވަނީ މިންވަރު ކުރައްވާފައެވެ. ا‍للَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُن‍ثَى وَمَا تَغ‍‍ِ‍ي‍ضُ ا‍لأَرْح‍‍َ‍ا‍مُ وَمَا تَزْد‍َا‍دُ وَكُلُّ شَيْءٍ عِ‍‍ن‍‍ْدَهُ بِمِ‍‍ق‍‍ْد‍َا‍ر‍ٍ
`Ālimu Al-Ghaybi Wa Ash-Shahādati Al-Kabīru Al-Muta`ālī 013-009 (އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބޮޑުވެގެންވާ މަތިވެރިވަންތަ ރަސްކަލާނގެއެވެ. عَالِمُ ا‍لْغَيْبِ وَا‍لشَّهَادَةِ ا‍لْكَب‍‍ِ‍ي‍‍ر‍ُ ا‍لْمُتَعَالِي
Sawā'un Minkum Man 'Asarra Al-Qawla Wa Man Jahara Bihi Wa Man Huwa Mustakhfin Bil-Layli Wa Sāribun Bin-Nahāri 013-010 ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެތަންމިތަނަށް ހިނގާމީހާ (އެކަލާނގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެތެވެ. سَو‍َا‍ء‍ٌ مِ‍‍ن‍‍ْكُ‍‍م‍ْ مَنْ أَسَرَّ ا‍لْقَوْلَ وَمَ‍‍ن‍ْ جَهَرَ بِهِ وَمَنْ هُوَ مُسْتَخْف‍‍‍ٍ بِ‍‍ا‍للَّيْلِ وَسَا‍ر‍‍ِب‍‍‍ٌ بِ‍‍ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ
Lahu Mu`aqqibātun Min Bayni Yadayhi Wa Min Khalfihi Yaĥfažūnahu Min 'Amri Al-Lahi 'Inna Al-Laha Lā Yughayyiru Mā Biqawmin Ĥattá Yughayyirū Mā Bi'anfusihim Wa 'Idhā 'Arāda Al-Lahu Biqawmin Sū'āan Falā Maradda Lahu Wa Mā Lahum Min Dūnihi Min Wa A- 013-011 އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި،އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ. لَهُ مُعَقِّب‍‍َ‍ا‍ت‍‍‍ٌ مِ‍‍ن‍ْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْ‍‍ر‍ِ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ لاَ يُغَيِّ‍‍ر‍ُ مَا بِقَوْمٍ حَتَّى يُغَيِّرُوا‍ مَا بِأَن‍فُسِهِمْ وَإِذَا أَر‍َا‍دَ ا‍للَّهُ بِقَوْم‍‍‍ٍ س‍‍ُ‍و‍ءا‍ً فَلاَ مَرَدَّ لَهُ وَمَا لَهُ‍‍م‍ْ مِ‍‍ن‍ْ دُونِهِ مِ‍‍ن‍ْ وَا‍ل‍‍‍ٍ
Huwa Al-Ladhī Yurīkumu Al-Barqa Khawfāan Wa Ţama`āan Wa Yunshi'u As-Saĥāba Ath-Thiqāla 013-012 އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، اميد ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ ރަސްކަލާނގެއެވެ. هُوَ ا‍لَّذِي يُ‍‍ر‍‍ِيكُمُ ا‍لْبَرْقَ خَوْفا‍ً وَطَمَعا‍ً وَيُ‍‍ن‍‍ْشِئُ ا‍لسَّح‍‍َ‍ا‍بَ ا‍لثِّق‍‍َ‍ا‍لَ
Wa Yusabbiĥu Ar-Ra`du Biĥamdihi Wa Al-Malā'ikatu Min Khīfatihi Wa Yursilu Aş-Şawā`iqa Fayuşību Bihā Man Yashā'u Wa Hum Yujādilūna Fī Al-Lahi Wa Huwa Shadīdu Al-Miĥāli 013-013 އަދި ގުގުރިވެސް އެކަލާނގެއަށް حمد އާއެކު تسبيح ކިޔަތެވެ. އަދި ملائكة ން ވެސް އެކަލާނގެއަށް ބިރުވެތިކަމާއެކު تسبيح ކިޔަތެވެ. އަދި ހޮނުއަޅުއްވައި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޖައްސަވަތެވެ. އަދި އެއުރެން اللَّه އާމެދު ޖަދަލުކޮށް ހަދަތެވެ. އަދި އެކަލާނގެއީ، ހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. وَيُسَبِّحُ ا‍لرَّعْدُ بِحَمْدِهِ وَا‍لْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ا‍لصَّوَاعِقَ فَيُص‍‍ِ‍ي‍بُ بِهَا مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَهُمْ يُجَادِل‍‍ُ‍و‍نَ فِي ا‍للَّهِ وَهُوَ شَد‍ِي‍دُ ا‍لْمِح‍‍َ‍ا‍لِ
Lahu Da`watu Al-Ĥaqqi Wa Al-Ladhīna Yad`ūna Min Dūnihi Lā Yastajībūna Lahum Bishay'in 'Illā Kabāsiţi Kaffayhi 'Ilá Al-Mā'i Liyablugha Fāhu Wa Mā Huwa Bibālighihi Wa Mā Du`ā'u Al-Kāfirīna 'Illā Fī Đalālin 013-014 حق ވެގެންވާ دعاء ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް دعاء ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ مثال ގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. كافر ވީ މީހުންގެ دعاء، ގެއްލުމެއްގައި މެނުވީ ނުވެތެވެ. لَهُ دَعْوَةُ ا‍لْحَقِّ وَا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ دُونِهِ لاَ يَسْتَجِيب‍‍ُ‍و‍نَ لَهُ‍‍م‍ْ بِشَيْء‍ٍ إِلاَّ كَبَاسِطِ كَفَّيْهِ إِلَى ا‍لْم‍‍َ‍ا‍ءِ لِيَ‍‍ب‍‍ْلُغَ ف‍‍َ‍ا‍هُ وَمَا هُوَ بِبَالِغِهِ وَمَا دُع‍‍َ‍ا‍ءُ ا‍لْكَافِ‍‍ر‍‍ِي‍نَ إِلاَّ فِي ضَلاَل‍‍‍ٍ
Wa Lillahi Yasjudu Man As-Samāwāti Wa Al-'Arđi Ţaw`āan Wa Karhāan Wa Žilāluhum Bil-Ghudūwi Wa Al-'Āşāli 013-015 އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އެއުރެންގެހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، اللَّه އަށް (ކިޔަމަންވެ) سجدة ކުރެތެވެ. وَلِلَّهِ يَسْجُدُ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ طَوْعا‍ً وَكَرْها‍ً وَظِلاَلُهُ‍‍م‍ْ بِ‍‍ا‍لْغُدُوِّ وَا‍لآص‍‍َ‍ا‍لِ
Qul Man Rabbu As-Samāwāti Wa Al-'Arđi Quli Al-Lahu Qul 'Afāttakhadhtum Min Dūnihi 'Awliyā'a Lā Yamlikūna Li'nfusihim Naf`āan Wa Lā Đarrāan Qul Hal Yastawī Al-'A`má Wa Al-Başīru 'Am Hal Tastawī Až-Žulumātu Wa An-Nūr 'Am Ja`alū Lillahi Shurakā'a Khalaqū Kakhalqihi Fatashābaha Al-Khalqu `Alayhim Quli Al-Lahu Khāliqu Kulli Shay'in Wa Huwa Al-Wāĥidu Al-Qahhāru 013-016 ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) مخلوق ން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. قُلْ مَ‍‍ن‍ْ رَبُّ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ قُلِ ا‍للَّهُ قُلْ أَف‍‍َ‍ا‍تَّخَذْتُ‍‍م‍ْ مِ‍‍ن‍ْ دُونِهِ أَوْلِي‍‍َ‍ا‍ءَ لاَ يَمْلِك‍‍ُ‍و‍نَ لِأن‍فُسِهِمْ نَفْعا‍ً وَلاَ ضَرّا‍ً قُلْ هَلْ يَسْتَوِي ا‍لأَعْمَى وَا‍لْبَص‍‍ِ‍ي‍‍ر‍ُ أَمْ هَلْ تَسْتَوِي ا‍لظُّلُم‍‍َ‍ا‍تُ وَا‍ل‍‍ن‍ّ‍‍ُور أَمْ جَعَلُو‍‍ا‍ لِلَّهِ شُرَك‍‍َ‍ا‍ءَ خَلَقُو‍‍ا‍ كَخَلْقِهِ فَتَشَابَهَ ا‍لْخَلْقُ عَلَيْهِمْ قُلِ ا‍للَّهُ خَالِقُ كُلِّ شَيْء‍ٍ وَهُوَ ا‍لْوَاحِدُ ا‍لْقَهّ‍‍َ‍ا‍رُ
'Anzala Mina As-Samā'i Mā'an Fasālat 'Awdiyatun Biqadarihā Fāĥtamala As-Saylu Zabadāan Rābīāan Wa Mimmā Yūqidūna `Alayhi Fī An-Nāri Abtighā'a Ĥilyatin 'Aw Matā`in Zabadun Mithluhu Kadhālika Yađribu Al-Lahu Al-Ĥaqqa Wa Al-Bāţila Fa'ammā Az-Zabadu Fayadh/habu Jufā'an Wa 'Ammā Mā Yanfa`u An-Nāsa Fayamkuthu Fī Al-'Arđi Kadhālika Yađribu Al-Lahu Al-'Amthāla 013-017 އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށްކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ، އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެއުރެން އަލިފާނަށްލައި ވިރުވާ معدن ގެ މައްޗަށްވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، اللَّه، حق އާއި باطل ގެ مثال ޖައްސަވަތެވެ. ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން اللَّه مثال ޖައްސަވަތެވެ. أَن‍زَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَسَالَتْ أَوْدِيَة‍‍‍ٌ بِقَدَ‍ر‍‍ِهَا فَاحْتَمَلَ ا‍لسَّيْلُ زَبَدا‍ً رَاب‍‍ِ‍ي‍ا‍ً وَمِ‍‍م‍ّ‍‍َا يُوقِد‍ُو‍نَ عَلَيْهِ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ ا‍ب‍‍ْتِغ‍‍َ‍ا‍ءَ حِلْيَةٍ أَوْ مَت‍‍َ‍ا‍ع‍‍‍ٍ زَبَد‍ٌ مِثْلُهُ كَذَلِكَ يَضْ‍‍ر‍‍ِبُ ا‍للَّهُ ا‍لْحَقَّ وَا‍لْبَاطِلَ فَأَ‍مّ‍‍َا ا‍لزَّبَدُ فَيَذْهَبُ جُف‍‍َ‍ا‍ء‍ً وَأَ‍مّ‍‍َا مَا يَ‍‍ن‍فَعُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ فَيَمْكُثُ فِي ا‍لأَرْضِ كَذَلِكَ يَضْ‍‍ر‍‍ِبُ ا‍للَّهُ ا‍لأَمْث‍‍َ‍ا‍لَ
Lilladhīna Astajābū Lirabbihimu Al-Ĥusná Wa Al-Ladhīna Lam Yastajībū Lahu Law 'Anna Lahum Mā Fī Al-'Arđi Jamī`āan Wa Mithlahu Ma`ahu Lāftadaw Bihi 'Ūlā'ika Lahum Sū'u Al-Ĥisābi Wa Ma'wāhum Jahannamu Wa Bi'sa Al-Mihādu 013-018 އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެކަލާނގެއަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން فدية ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި حساب ބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ! لِلَّذ‍ِي‍نَ ا‍سْتَجَابُو‍‍ا‍ لِرَبِّهِمُ ا‍لْحُسْنَى وَا‍لَّذ‍ِي‍نَ لَمْ يَسْتَجِيبُو‍‍ا‍ لَهُ لَوْ أَ‍نّ‍‍َ لَهُ‍‍م‍ْ مَا فِي ا‍لأَرْضِ جَمِيعا‍ً وَمِثْلَهُ مَعَهُ لاَفْتَدَوْا بِهِ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ س‍‍ُ‍و‍ءُ ا‍لْحِس‍‍َ‍ا‍بِ وَمَأْوَاهُمْ جَهَ‍‍ن‍ّ‍‍َمُ وَبِئْسَ ا‍لْمِه‍‍َ‍ا‍د‍ُ
'Afaman Ya`lamu 'Annamā 'Unzila 'Ilayka Min Rabbika Al-Ĥaqqu Kaman Huwa 'A`má 'Innamā Yatadhakkaru 'Ū Al-'Albābi 013-019 ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حقތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ. أَفَمَ‍‍ن‍ْ يَعْلَمُ أَ‍نّ‍‍َمَ‍‍ا‍ أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ ا‍لْحَقُّ كَمَنْ هُوَ أَعْمَى إِ‍نّ‍‍َمَا يَتَذَكَّرُ أ‍ُ‍وْلُو‍‍ا‍ ا‍لأَلْب‍‍َ‍ا‍ب‍ِ
Al-Ladhīna Yūfūna Bi`ahdi Al-Lahi Wa Lā Yanquđūna Al-Mīthāqa 013-020 އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ. ا‍لَّذ‍ِي‍نَ يُوف‍‍ُ‍و‍نَ بِعَهْدِ ا‍للَّهِ وَلاَ يَ‍‍ن‍قُض‍‍ُ‍و‍نَ ا‍لْمِيث‍‍َ‍ا‍ق‍َ
Wa Al-Ladhīna Yaşilūna Mā 'Amara Al-Lahu Bihi 'An Yūşala Wa Yakhshawna Rabbahum Wa Yakhāfūna Sū'a Al-Ĥisābi 013-021 އަދި އެއުރެންނަކީ، ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި حساب ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ. وَالَّذ‍ِي‍نَ يَصِل‍‍ُ‍و‍نَ مَ‍‍ا‍ أَمَرَ ا‍للَّهُ بِهِ أَ‍ن‍ْ يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَاف‍‍ُ‍و‍نَ س‍‍ُ‍و‍ءَ ا‍لْحِس‍‍َ‍ا‍ب‍ِ
Wa Al-Ladhīna Şabarū Abtighā'a Wajhi Rabbihim Wa 'Aqāmū Aş-Şalāata Wa 'Anfaqū Mimmā Razaqnāhum Sirrāan Wa `Alāniyatan Wa Yadra'ūna Bil-Ĥasanati As-Sayyi'ata 'Ūlā'ika Lahum `Uqbá Ad-Dāri 013-022 އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އަދައިގެން ކެތްތެރިވެ، ނަމާދު قائم ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް آخرة ގައި އުފާވެރި ގޮވަތި ހުށްޓެވެ. وَالَّذ‍ِي‍نَ صَبَرُوا‍ ا‍ب‍‍ْتِغ‍‍َ‍ا‍ءَ وَج‍‍ْهِ رَبِّهِمْ وَأَقَامُو‍‍ا‍ ا‍لصَّلاَةَ وَأَن‍فَقُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ سِرّا‍ً وَعَلاَنِيَة‍‍‍ً وَيَ‍‍د‍‍ْرَء‍ُو‍نَ بِ‍‍ا‍لْحَسَنَةِ ا‍لسَّيِّئَةَ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ عُ‍‍ق‍‍ْبَى ا‍لدّ‍َا‍ر‍ِ
Jannātu `Adnin Yadkhulūnahā Wa Man Şalaĥa Min 'Ābā'ihim Wa 'Azwājihim Wa Dhurrīyātihim Wa Al-Malā'ikatu Yadkhulūna `Alayhim Min Kulli Bābin 013-023 (އެއީ) عَدْنُ އޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ. جَ‍‍ن‍ّ‍‍َ‍ا‍تُ عَ‍‍د‍‍ْن‍‍‍ٍ يَ‍‍د‍‍ْخُلُونَهَا وَمَ‍‍ن‍ْ صَلَحَ مِ‍‍ن‍ْ آب‍‍َ‍ا‍ئِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَا‍لْمَلاَئِكَةُ يَ‍‍د‍‍ْخُل‍‍ُ‍و‍نَ عَلَيْهِ‍‍م‍ْ مِ‍‍ن‍ْ كُلِّ ب‍‍َ‍ا‍ب‍‍ٍ
Salāmun `Alaykum Bimā Şabartum Fani`ma `Uqbá Ad-Dāri 013-024 (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! سَلاَمٌ عَلَيْكُ‍‍م‍ْ بِمَا صَبَرْتُمْ فَنِعْمَ عُ‍‍ق‍‍ْبَى ا‍لدّ‍َا‍ر‍ِ
Wa Al-Ladhīna Yanquđūna `Ahda Al-Lahi Min Ba`di Mīthāqihi Wa Yaqţa`ūna Mā 'Amara Al-Lahu Bihi 'An Yūşala Wa Yufsidūna Fī Al-'Arđi 'Ūlā'ika Lahumu Al-La`natu Wa Lahum Sū'u Ad-Dāri 013-025 އަދި اللَّه އަށް عهد ކަށަވަރުކުރުމަށްފަހު، އެ عهد އުވާލައި، އަދި ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް لعنة ހުށްޓެވެ. އަދި آخرة ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ. وَالَّذ‍ِي‍نَ يَ‍‍ن‍قُض‍‍ُ‍و‍نَ عَهْدَ ا‍للَّهِ مِ‍‍ن‍ْ بَعْدِ مِيثَاقِهِ وَيَ‍‍ق‍‍ْطَع‍‍ُ‍و‍نَ مَ‍‍ا‍ أَمَرَ ا‍للَّهُ بِهِ أَ‍ن‍ْ يُوصَلَ وَيُفْسِد‍ُو‍نَ فِي ا‍لأَرْضِ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمُ ا‍للَّعْنَةُ وَلَهُمْ س‍‍ُ‍و‍ءُ ا‍لدّ‍َا‍ر‍ِ
Al-Lahu Yabsuţu Ar-Rizqa Liman Yashā'u Wa Yaqdiru Wa Fariĥū Bil-Ĥayāati Ad-Dunyā Wa Mā Al-Ĥayāatu Ad-Dunyā Fī Al-'Ākhirati 'Illā Matā`un 013-026 اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، آخرة ގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ. ا‍للَّهُ يَ‍‍ب‍‍ْسُطُ ا‍لرِّزْقَ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَ‍‍ق‍‍ْدِ‍ر‍ُ وَفَ‍‍ر‍‍ِحُو‍‍ا‍ بِ‍‍ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَمَا ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا فِي ا‍لآخِرَةِ إِلاَّ مَت‍‍َ‍ا‍ع‍‍‍ٌ
Wa Yaqūlu Al-Ladhīna Kafarū Lawlā 'Unzila `Alayhi 'Āyatun Min Rabbihi Qul 'Inna Al-Laha Yuđillu Man Yashā'u Wa Yahdī 'Ilayhi Man 'Anāba 013-027 كافر ވި މީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ، ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ حضرة އަށް އެނބުރިއަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ. وَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ كَفَرُوا‍ لَوْلاَ أُن‍زِلَ عَلَيْهِ آيَة‍‍‍ٌ مِ‍‍ن‍ْ رَبِّهِ قُلْ إِ‍نّ‍‍َ ا‍للَّهَ يُضِلُّ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَهْدِي إِلَيْهِ مَنْ أَن‍‍َ‍ا‍ب‍َ
Al-Ladhīna 'Āmanū Wa Taţma'innu Qulūbuhum Bidhikri Al-Lahi 'Alā Bidhikri Al-Lahi Taţma'innu Al-Qulūbu 013-028 އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَتَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍ُ قُلُوبُهُ‍‍م‍ْ بِذِكْ‍‍ر‍ِ ا‍للَّهِ أَلاَ بِذِكْ‍‍ر‍ِ ا‍للَّهِ تَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍ُ ا‍لْقُل‍‍ُ‍و‍ب‍ُ
Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Ţūbá Lahum Wa Ĥusnu Ma'ābin 013-029 އެއުރެންނީ، إيمان ވެ، صالح عمل ތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ طُوبَى لَهُمْ وَحُسْنُ مَآ‍ب‍‍ٍ
Kadhālika 'Arsalnāka Fī 'Ummatin Qad Khalat Min Qablihā 'Umamun Litatluwa `Alayhimu Al-Ladhī 'Awĥaynā 'Ilayka Wa Hum Yakfurūna Bir-Raĥmani Qul Huwa Rabbī Lā 'Ilāha 'Illā Huwa `Alayhi Tawakkaltu Wa 'Ilayhi Matābi 013-030 އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު أمّة އެއްގެތެރެއަށް ފޮނުއްވީމެވެ. އެ أمّة ގެ ކުރީގައި، އެތައް أمّة ތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި وحى އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން رحمن ވަންތަ ރަސްކަލާނގެއަށް كافر ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ حضرة އަށެވެ. كَذَلِكَ أَرْسَلْن‍‍َ‍ا‍كَ فِ‍‍ي‍ أُ‍مّ‍‍َة‍‍‍ٍ قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهَ‍‍ا‍ أُمَم‍‍‍ٌ لِتَتْلُوَ عَلَيْهِمُ ا‍لَّذِي أَوْحَيْنَ‍‍ا إِلَيْكَ وَهُمْ يَكْفُر‍ُو‍نَ بِ‍‍ا‍لرَّحْمَنِ قُلْ هُوَ رَبِّي لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَت‍‍َ‍ا‍ب‍ِ
Wa Law 'Anna Qur'ānāan Suyyirat Bihi Al-Jibālu 'Aw Quţţi`at Bihi Al-'Arđu 'Aw Kullima Bihi Al-Mawtá Bal Lillahi Al-'Amru Jamī`āan 'Afalam Yay'asi Al-Ladhīna 'Āmanū 'An Law Yashā'u Al-Lahu Lahadá An-Nāsa Jamī`āan Wa Lā Yazālu Al-Ladhīna Kafarū Tuşībuhum Bimā Şana`ū Qāri`atun 'Aw Taĥullu Qarībāan Minrihim Ĥattá Ya'tiya Wa`du Al-Lahi 'Inna Al-Laha Lā Yukhlifu Al-Mī`āda 013-031 قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަމަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ. ފަހެ، اللَّه އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، إيمان ވިމީހުންނަށް ނޭނގޭހެއްޔެވެ؟ كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ. وَلَوْ أَ‍نّ‍‍َ قُرْآنا‍ً سُيِّرَتْ بِهِ ا‍لْجِب‍‍َ‍ا‍لُ أَوْ قُطِّعَتْ بِهِ ا‍لأَرْضُ أَوْ كُلِّمَ بِهِ ا‍لْمَوْتَى بَ‍‍ل‍ْ لِلَّهِ ا‍لأَمْرُ جَمِيعاً أَفَلَمْ يَيْئَسِ ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَ‍ن‍ْ لَوْ يَش‍‍َ‍ا‍ءُ ا‍للَّهُ لَهَدَى ا‍ل‍‍ن‍ّ‍‍َ‍ا‍سَ جَمِيعا‍ً وَلاَ يَز‍َا‍لُ ا‍لَّذ‍ِي‍نَ كَفَرُوا‍ تُصِيبُهُ‍‍م‍ْ بِمَا صَنَعُو‍‍ا‍ قَا‍ر‍‍ِعَةٌ أَوْ تَحُلُّ قَ‍‍ر‍‍ِيبا‍ً مِ‍‍ن‍ْ دَا‍ر‍‍ِهِمْ حَتَّى يَأْتِيَ وَعْدُ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ لاَ يُخْلِفُ ا‍لْمِيع‍‍َ‍ا‍د‍َ
Wa Laqadi Astuhzi'a Birusulin Min Qablika Fa'amlaytu Lilladhīna Kafarū Thumma 'Akhadhtuhum Fakayfa Kāna `Iqābi 013-032 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ وَلَقَدِ ا‍سْتُهْزِئَ بِرُسُل‍‍‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَأَمْلَيْتُ لِلَّذ‍ِي‍نَ كَفَرُوا‍ ثُ‍‍م‍ّ‍‍َ أَخَذْتُهُمْ فَكَيْفَ ك‍‍َ‍ا‍نَ عِق‍‍َ‍ا‍ب‍ِ
'Afaman Huwa Qā'imun `Alá Kulli Nafsin Bimā Kasabat Wa Ja`alū Lillahi Shurakā'a Qul Sammūhum 'Am Tunabbi'ūnahu Bimā Lā Ya`lamu Fī Al-'Arđi 'Am Bižāhirin Mina Al-Qawli Bal Zuyyina Lilladhīna Kafarū Makruhum Wa Şuddū `Ani As-Sabīli Wa Man Yuđlili Al-Lahu Famā Lahu Min Hādin 013-033 ފަހެ، ކޮންމެ نفس އަކާއި، އެ نفس އެއް ހޯދައިގަތް عمل ތަކުގެ މައްޗަށް قائم ވެ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ (އެނޫން ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެއުރެން، اللَّه އަށް شريك ންތަކެއް ލޫއެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ خبر، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ كافر ވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ. أَفَمَنْ هُوَ ق‍‍َ‍ا‍ئِمٌ عَلَى كُلِّ نَفْس‍‍‍ٍ بِمَا كَسَبَتْ وَجَعَلُو‍‍ا‍ لِلَّهِ شُرَك‍‍َ‍ا‍ءَ قُلْ سَ‍‍م‍ّ‍‍ُوهُمْ أَمْ تُنَبِّئ‍‍ُ‍ونَهُ بِمَا لاَ يَعْلَمُ فِي ا‍لأَرْضِ أَ‍م‍ْ بِظَاهِر‍ٍ مِنَ ا‍لْقَوْلِ بَلْ زُيِّنَ لِلَّذ‍ِي‍نَ كَفَرُوا‍ مَكْرُهُمْ وَصُدُّوا‍ عَنِ ا‍لسَّب‍‍ِ‍ي‍لِ وَمَ‍‍ن‍ْ يُضْلِلِ ا‍للَّهُ فَمَا لَهُ مِنْ ه‍‍َ‍ا‍د‍ٍ
Lahum `Adhābun Al-Ĥayāati Ad-Dunyā Wa La`adhābu Al-'Ākhirati 'Ashaqqu Wa Mā Lahum Mina Al-Lahi Min Wāqin 013-034 އެއުރެންނަށް ދުނިޔޭގެ حياة ގައިވެސް عذاب ހުށްޓެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ. لَهُمْ عَذ‍َا‍ب‍‍‍ٌ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَلَعَذ‍َا‍بُ ا‍لآخِرَةِ أَشَقُّ وَمَا لَهُ‍‍م‍ْ مِنَ ا‍للَّهِ مِ‍‍ن‍ْ وَا‍ق‍‍ٍ
Mathalu Al-Jannati Allatī Wu`ida Al-Muttaqūna Tajrī Min Taĥtihā Al-'Anhāru 'Ukuluhā Dā'imun Wa Žilluhā Tilka `Uqbá Al-Ladhīna Attaqaw Wa `Uqbá Al-Kāfirīna An-Nāru 013-035 تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ. مَثَلُ ا‍لْجَ‍‍ن‍ّ‍‍َةِ ا‍لَّتِي وُعِدَ ا‍لْمُتَّق‍‍ُ‍و‍نَ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ أُكُلُهَا د‍َا‍ئِم‍‍‍ٌ وَظِلُّهَا تِلْكَ عُ‍‍ق‍‍ْبَى ا‍لَّذ‍ِي‍نَ ا‍تَّقَوا وَعُ‍‍ق‍‍ْبَى ا‍لْكَافِ‍‍ر‍‍ِي‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍رُ
Wa Al-Ladhīna 'Ātaynāhumu Al-Kitāba Yafraĥūna Bimā 'Unzila 'Ilayka Wa Mina Al-'Aĥzābi Man Yunkiru Ba`đahu Qul 'Innamā 'Umirtu 'An 'A`buda Al-Laha Wa Lā 'Ushrika Bihi 'Ilayhi 'Ad`ū Wa 'Ilayhi Ma'ābi 013-036 ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއްތަކެއްޗާމެދު إنكار ކުރާ ބަޔަކު أحزاب ގެ ތެރެއިން (އެބަހީ: مشرك ންނާއި، ފޮތުގެ أهل ވެރިންކުރެ إيمان ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވާކަން ކަށަވަރީ، اللَّه އަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ حضرة އަށެވެ. وَالَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ يَفْرَح‍‍ُ‍و‍نَ بِمَ‍‍ا‍ أُن‍زِلَ إِلَيْكَ وَمِنَ ا‍لأَحْز‍َا‍بِ مَ‍‍ن‍ْ يُ‍‍ن‍كِ‍‍ر‍ُ بَعْضَهُ قُلْ إِ‍نّ‍‍َمَ‍‍ا‍ أُمِرْتُ أَنْ أَعْبُدَ ا‍للَّهَ وَلاَ أُشْ‍‍ر‍‍ِكَ بِهِ إِلَيْهِ أَ‍د‍‍ْعُو وَإِلَيْهِ مَآ‍ب‍ِ
Wa Kadhalika 'Anzalnāhu Ĥukmāan `Arabīyāan Wa La'ini Attaba`ta 'Ahwā'ahum Ba`damā Jā'aka Mina Al-`Ilmi Mā Laka Mina Al-Lahi Min Wa Līyin Wa Lā Wāqin 013-037 އެފަދައިން عرب ބަހުންވާ حكم އެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި علم އަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަަ، اللَّه އާ ދެކޮޅަށް نصر ދޭނެ މީހަކުވެސް، އަދި عذاب ން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ. وَكَذَلِكَ أَن‍زَلْن‍‍َ‍ا‍هُ حُكْماً عَرَبِيّا‍ً وَلَئِنِ ا‍تَّبَعْتَ أَهْو‍َا‍ءَهُ‍‍م‍ْ بَعْدَمَا ج‍‍َ‍ا‍ءَكَ مِنَ ا‍لْعِلْمِ مَا لَكَ مِنَ ا‍للَّهِ مِ‍‍ن‍ْ وَلِيّ‍‍‍ٍ وَلاَ وَا‍ق‍‍ٍ
Wa Laqad 'Arsalnā Rusulāan Min Qablika Wa Ja`alnā Lahum 'Azwājāan Wa Dhurrīyatan Wa Mā Kāna Lirasūlin 'An Ya'tiya Bi'āyatin 'Illā Bi'idhni Al-Lahi Likulli 'Ajalin Kitābun 013-038 ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި اللَّه ގެ إذن ފުޅާ ލައިގެންމެނުވީ، އެއްވެސް معجزة އެއް ގެންނެވުމަކީ، އެއްވެސް رسول އަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ. وَلَقَ‍‍د‍ْ أَرْسَلْنَا رُسُلا‍ً مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ وَجَعَلْنَا لَهُمْ أَزْوَاجا‍ً وَذُرِّيَّة‍‍‍ً وَمَا ك‍‍َ‍ا‍نَ لِرَس‍‍ُ‍و‍لٍ أَ‍ن‍ْ يَأْتِيَ بِآيَة‍‍‍ٍ إِلاَّ بِإِذْنِ ا‍للَّهِ لِكُلِّ أَجَل‍‍‍ٍ كِت‍‍َ‍ا‍ب‍‍ٌ
Yamĥū Al-Lahu Mā Yashā'u Wa Yuthbitu Wa `Indahu 'Ummu Al-Kitābi 013-039 اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ. يَمْحُو‍‍ا‍ ا‍للَّهُ مَا يَش‍‍َ‍ا‍ءُ وَيُثْبِتُ وَعِ‍‍ن‍‍ْدَهُ أُ‍مّ‍‍ُ ا‍لْكِت‍‍َ‍ا‍ب‍ِ
Wa 'In Mā Nuriyannaka Ba`đa Al-Ladhī Na`iduhum 'Aw Natawaffayannaka Fa'innamā `Alayka Al-Balāghu Wa `Alaynā Al-Ĥisābu 013-040 ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ. وَإِ‍ن‍ْ مَا نُ‍‍ر‍‍ِيَ‍‍ن‍ّ‍‍َكَ بَعْضَ ا‍لَّذِي نَعِدُهُمْ أَوْ نَتَوَفَّيَ‍‍ن‍ّ‍‍َكَ فَإِ‍نّ‍‍َمَا عَلَيْكَ ا‍لْبَلاَغُ وَعَلَيْنَا ا‍لْحِس‍‍َ‍ا‍ب‍ُ
'Awalam Yaraw 'Annā Na'tī Al-'Arđa Nanquşuhā Min 'Aţrāfihā Wa Allāhu Yaĥkumu Lā Mu`aqqiba Liĥukmihi Wa Huwa Sarī`u Al-Ĥisābi 013-041 އަދި ތިމަންރަސްކަލާނގެ، ބިމާމެދު އިރާދަކުރައްވައި، އެ ބިމުގެ ކަންކޮޅުތަކުން އުނިކުރައްވާކަން، އެއުރެންނަށް ނޭނގޭހެއްޔެވެ؟ اللًّه، حكم ކުރައްވަތެވެ. އެކަލާނގެ حكم އަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެތެވެ. އަދި އެކަލާނގެއީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. أَوَلَمْ يَرَوْا أَ‍نّ‍‍َا نَأْتِي ا‍لأَرْضَ نَ‍‍ن‍‍ْقُصُهَا مِنْ أَ‍ط‍‍ْرَافِهَا وَا‍للَّهُ يَحْكُمُ لاَ مُعَقِّبَ لِحُكْمِهِ وَهُوَ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Wa Qad Makara Al-Ladhīna Min Qablihim Falillāhi Al-Makru Jamī`āan Ya`lamu Mā Taksibu Kullu Nafsin Wa Saya`lamu Al-Kuffāru Liman `Uqbá Ad-Dāri 013-042 ހަމަކަށަވަރުން، އެއުރެންގެ ކުރީގައި އުޅުނު މީހުންވެސް، މަކަރުވެރި ރޭވުންތައް ރާވައި އުޅުނޫއެވެ. ފަހެ، ހުރިހާ ރޭވުމެއްވަނީ، اللَّه އަށެވެ. ކޮންމެ نفس އެއް ހޯދައިގަންނަކަމެއް، އެކަލާނގެދެނެވޮޑިގެންވެތެވެ. އަދި آخرة ގެ نعمة ގެ ގޮވަތި ވަނީ، ކޮންބަޔަކަށްކަން، كافر ތަކުންނަށް އެނގޭހުށްޓެވެ. وَقَ‍‍د‍ْ مَكَرَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ فَلِلَّهِ ا‍لْمَكْرُ جَمِيعا‍ً يَعْلَمُ مَا تَكْسِبُ كُلُّ نَفْس‍‍‍ٍ وَسَيَعْلَمُ ا‍لْكُفّ‍‍َ‍ا‍رُ لِمَنْ عُ‍‍ق‍‍ْبَى ا‍لدّ‍َا‍ر‍ِ
Wa Yaqūlu Al-Ladhīna Kafarū Lasta Mursalāan Qul Kafá Bil-Lahi Shahīdāan Baynī Wa Baynakum Wa Man `Indahu `Ilmu Al-Kitābi 013-043 كافر ވި މީހުން ބުނެތެވެ. ކަލޭގެފާނީ، ފޮނުއްވާފައިވާ ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށް اللَّه ފުދެތެވެ. އަދި ފޮތުގެعلم ލިބިގެންވާ މީހުންވެސްމެއެވެ. وَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ كَفَرُوا‍ لَسْتَ مُرْسَلا‍ً قُلْ كَفَى بِ‍‍ا‍للَّهِ شَهِيدا‍ً بَيْنِي وَبَيْنَكُمْ وَمَنْ عِ‍‍ن‍‍ْدَهُ عِلْمُ ا‍لْكِت‍‍َ‍ا‍ب‍ِ
Next Sūrah