12) Sūrat Yūsuf

Printed format

12) سُورَة يُوسُف

'Alif-Lām-Rā Tilka 'Āyātu Al-Kitābi Al-Mubīni 012-001 ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފާޅުވެ ބަޔާންވެގެންވާ، ފޮތުގެ آية ތަކެވެ. أَلِف-لَام-رَا تِلْكَ آي‍‍َ‍ا‍تُ ا‍لْكِت‍‍َ‍ا‍بِ ا‍لْمُب‍‍ِ‍ي‍نِ
'Innā 'Anzalnāhu Qur'ānāan `Arabīyāan La`allakum Ta`qilūna 012-002 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ. إِ‍نّ‍‍َ‍‍ا‍ أَن‍زَلْن‍‍َ‍ا‍هُ قُرْآناً عَرَبِيّا‍ً لَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
Naĥnu Naquşşu `Alayka 'Aĥsana Al-Qaşaşi Bimā 'Awĥaynā 'Ilayka Hādhā Al-Qur'āna Wa 'In Kunta Min Qablihi Lamina Al-Ghāfilīna 012-003 އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި قرآن وحى ކުރެއްވި ކުރެއްވުމުންނެވެ. އޭގެކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ. نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ا‍لْقَصَصِ بِمَ‍‍ا‍ أَوْحَيْنَ‍‍ا إِلَيْكَ هَذَا ا‍لْقُرْآنَ وَإِ‍ن‍ْ كُ‍‍ن‍تَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ لَمِنَ ا‍لْغَافِل‍‍ِ‍ي‍نَ
'Idh Qāla Yūsufu Li'abīhi Yā 'Abati 'Innī Ra'aytu 'Aĥada `Ashara Kawkabāan Wa Ash-Shamsa Wa Al-Qamara Ra'aytuhum Lī Sājidīna 012-004 يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. إِذْ ق‍‍َ‍ا‍لَ يُوسُفُ لِأَب‍‍ِ‍ي‍هِ ي‍‍َ‍ا‍أَبَتِ إِ‍نّ‍‍ِي رَأَيْتُ أَحَدَ عَشَرَ كَوْكَبا‍ً وَا‍لشَّمْسَ وَا‍لْقَمَرَ رَأَيْتُهُمْ لِي سَاجِد‍ِي‍نَ
Qāla Yā Bunayya Lā Taqşuş Ru'uyā Ka `Alá 'Ikhwatika Fayakīdū Laka Kaydāan 'Inna Ash-Shayţāna Lil'insāni `Adūwun Mubīnun 012-005 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ،އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. ق‍َا‍لَ يَابُنَيَّ لاَ تَ‍‍ق‍‍ْصُصْ رُؤْي‍‍َ‍ا‍كَ عَلَى إِخْوَتِكَ فَيَكِيدُوا‍ لَكَ كَيْدا‍ً إِ‍نّ‍‍َ ا‍لشَّيْط‍‍َ‍ا‍نَ لِلإِن‍س‍‍َ‍ا‍نِ عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Kadhalika Yajtabīka Rabbuka Wa Yu`allimuka Min Ta'wīli Al-'Aĥādīthi Wa Yutimmu Ni`matahu `Alayka Wa `Alá 'Āli Ya`qūba Kamā 'Atammahā `Alá 'Abawayka Min Qablu 'Ibrāhīma Wa 'Isĥāqa 'Inna Rabbaka `Alīmun Ĥakīmun 012-006 އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ خيار ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާޔަށް ދަސްކޮށްދެއްވައި، އަދި ތިބާޔަށާއި، يعقوب ގެ ދަރިކޮޅަށް، އެކަލާނގެ نعمة ތައް ފުރިހަމަކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، إبراهيم ގެފާނާއި، إسحاق ގެފާނަށް އެ نعمة ތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. وَكَذَلِكَ يَ‍‍ج‍‍ْتَب‍‍ِ‍ي‍كَ رَبُّكَ وَيُعَلِّمُكَ مِ‍‍ن‍ْ تَأْو‍ِي‍لِ ا‍لأَحَاد‍ِي‍ثِ وَيُتِ‍‍م‍ّ‍‍ُ نِعْمَتَهُ عَلَيْكَ وَعَلَى آلِ يَعْق‍‍ُ‍و‍بَ كَمَ‍‍ا‍ أَتَ‍‍م‍ّ‍‍َهَا عَلَى أَبَوَيْكَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْح‍‍َ‍ا‍قَ إِ‍نّ‍‍َ رَبَّكَ عَل‍‍ِ‍ي‍مٌ حَك‍‍ِ‍ي‍م‍‍‍ٌ
Laqad Kāna Fī Yūsufa Wa 'Ikhwatihi 'Āyātun Lilssā'ilīna 012-007 يوسف ގެފާނާއި، އެކަލޭގެފާނުގެ أخ ންގެ ވާހަކައިގައި، سؤال ކުރާ މީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ. لَقَ‍‍د‍ْ ك‍‍َ‍ا‍نَ فِي يُوسُفَ وَإِخْوَتِهِ آي‍‍َ‍ا‍ت‍‍‍ٌ لِلسّ‍‍َ‍ا‍ئِل‍‍ِ‍ي‍نَ
'Idh Qālū Layūsufu Wa 'Akhūhu 'Aĥabbu 'Ilá 'Abīnā Minnā Wa Naĥnu `Uşbatun 'Inna 'Abānā Lafī Đalālin Mubīnin 012-008 އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ جماعة އެއްކަމުގައި ވާހިނދުވެސް، يوسف ގެފާނާއި، އޭނާގެ أخ (بنيامين) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ. إِذْ قَالُو‍‍ا‍ لَيُوسُفُ وَأَخ‍‍ُ‍و‍هُ أَحَبُّ إِلَى أَبِينَا مِ‍‍ن‍ّ‍‍َا وَنَحْنُ عُصْبَة‍‍‍ٌ إِ‍نّ‍‍َ أَبَانَا لَفِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Aqtulū Yūsufa 'Awi Aţraĥūhu 'Arđāan Yakhlu Lakum Wajhu 'Abīkum Wa Takūnū Min Ba`dihi Qawmāan Şāliĥīna 012-009 ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެހެެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) صالح ރަނގަޅު ބައެއްކަމުގައި ވާނީއެވެ. ا‍ق‍‍ْتُلُو‍‍ا‍ يُوسُفَ أَوِ ا‍ط‍‍ْرَح‍‍ُ‍و‍هُ أَرْضا‍ً يَخْلُ لَكُمْ وَج‍‍ْهُ أَبِيكُمْ وَتَكُونُو‍‍ا‍ مِ‍‍ن‍ْ بَعْدِهِ قَوْما‍ً صَالِح‍‍ِ‍ي‍نَ
Qāla Qā'ilun Minhum Lā Taqtulū Yūsufa Wa 'Alqūhu Fī Ghayābati Al-Jubbi Yaltaqiţhu Ba`đu As-Sayyārati 'In Kuntum Fā`ilīna 012-010 އެއުރެންގެ ތެރެއިން ބުނާ މީހަކު ބުންޏެވެ. ތިޔަބައިމީހުން يوسف ގެފާނު قتل ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ. ق‍َا‍لَ ق‍‍َ‍ا‍ئِل‍‍‍ٌ مِنْهُمْ لاَ تَ‍‍ق‍‍ْتُلُو‍‍ا‍ يُوسُفَ وَأَلْق‍‍ُ‍و‍هُ فِي غَيَابَتِ ا‍لْجُبِّ يَلْتَقِ‍‍ط‍‍ْهُ بَعْضُ ا‍لسَّيَّارَةِ إِ‍ن‍ْ كُ‍‍ن‍تُمْ فَاعِل‍‍ِ‍ي‍نَ
Qālū Yā 'Abānā Mā Laka Lā Ta'mannā `Alá Yūsufa Wa 'Innā Lahu Lanāşiĥūna 012-011 އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! يوسف ގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ. قَالُو‍‍ا‍ ي‍‍َ‍ا‍أَبَانَا مَا لَكَ لاَ تَأْمَ‍‍ن‍ّ‍‍َا عَلَى يُوسُفَ وَإِ‍نّ‍‍َا لَهُ لَنَاصِح‍‍ُ‍و‍نَ
'Arsilhu Ma`anā Ghadāan Yarta` Wa Yal`ab Wa 'Innā Lahu Laĥāfižūna 012-012 ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ. أَرْسِلْهُ مَعَنَا غَدا‍ً يَرْتَعْ وَيَلْعَ‍‍ب‍ْ وَإِ‍نّ‍‍َا لَهُ لَحَافِظ‍‍ُ‍و‍نَ
Qāla 'Innī Layaĥzununī 'An Tadh/habū Bihi Wa 'Akhāfu 'An Ya'kulahu Adh-Dhi'bu Wa 'Antum `Anhu Ghāfilūna 012-013 އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން غافل ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. ق‍َا‍لَ إِ‍نّ‍‍ِي لَيَحْزُنُنِ‍‍ي‍ أَ‍ن‍ْ تَذْهَبُو‍‍ا‍ بِهِ وَأَخ‍‍َ‍ا‍فُ أَ‍ن‍ْ يَأْكُلَهُ ا‍لذِّئْبُ وَأَ‍ن‍‍ْتُمْ عَنْهُ غَافِل‍‍ُ‍و‍نَ
Qālū La'in 'Akalahu Adh-Dhi'bu Wa Naĥnu `Uşbatun 'Innā 'Idhāan Lakhāsirūna 012-014 އެއުރެން ދެންނެވޫއެވެ. ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ. قَالُو‍‍ا‍ لَئِنْ أَكَلَهُ ا‍لذِّئْبُ وَنَحْنُ عُصْبَة‍‍‍ٌ إِ‍نّ‍‍َ‍‍ا إِذا‍ً لَخَاسِر‍ُو‍نَ
Falammā Dhahabū Bihi Wa 'Ajma`ū 'An Yaj`alūhu Fī Ghayābati Al-Jubbi Wa 'Awĥaynā 'Ilayhi Latunabbi'annahum Bi'amrihimdhā Wa Hum Lā Yash`urūna 012-015 ފަހެ، އެއުރެން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވޫއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. އެއުރެންގެ މިކަންތަކުގެ ވާހަކަ، އެއުރެންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް (ފަހުން) ކިޔައިދެއްވާނެތެވެ. فَلَ‍‍م‍ّ‍‍َا ذَهَبُو‍‍ا‍ بِهِ وَأَ‍ج‍‍ْمَعُ‍‍و‍‍ا‍ أَ‍ن‍ْ يَ‍‍ج‍‍ْعَل‍‍ُ‍و‍هُ فِي غَيَابَتِ ا‍لْجُبِّ وَأَوْحَيْنَ‍‍ا إِلَيْهِ لَتُنَبِّئَ‍‍ن‍ّ‍‍َهُ‍‍م‍ْ بِأَمْ‍‍ر‍‍ِهِمْ هَذَا وَهُمْ لاَ يَشْعُر‍ُو‍نَ
Wa Jā'ū 'Abāhum `Ishā'an Yabkūna 012-016 އަދި عشاء ވަގުތުގައި، އެއުރެންގެ ބައްޕާގެ އަރިހަށް ރޮމުން އެއުރެން އައޫއެވެ. وَج‍‍َ‍ا‍ءُو‍ا‍ أَبَاهُمْ عِش‍‍َ‍ا‍ء‍ً يَ‍‍ب‍‍ْك‍‍ُ‍و‍نَ
Qālū Yā 'Abānā 'Innā Dhahabnā Nastabiqu Wa Taraknā Yūsufa `Inda Matā`inā Fa'akalahu Adh-Dhi'bu Wa Mā 'Anta Bimu'uminin Lanā Wa Law Kunnā Şādiqīna 012-017 އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ. قَالُو‍‍ا‍ يَ‍‍ا‍ أَبَانَ‍‍ا إِ‍نّ‍‍َا ذَهَ‍‍ب‍‍ْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِ‍‍ن‍‍ْدَ مَتَاعِنَا فَأَكَلَهُ ا‍لذِّئْبُ وَمَ‍‍ا‍ أَ‍ن‍‍ْتَ بِمُؤْمِن‍‍‍ٍ لَنَا وَلَوْ كُ‍‍ن‍ّ‍‍َا صَادِق‍‍ِ‍ي‍نَ
Wa Jā'ū `Alá Qamīşihi Bidamin Kadhibin Qāla Bal Sawwalat Lakum 'Anfusukum 'Amrāan Faşabrun Jamīlun Wa Allāhu Al-Musta`ānu `Alá Mā Taşifūna 012-018 އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ.(يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ. وَج‍‍َ‍ا‍ء‍ُ‍وا عَلَى قَمِيصِهِ بِدَم‍‍‍ٍ كَذِب‍‍‍ٍ ق‍‍َ‍ا‍لَ بَلْ سَوَّلَتْ لَكُمْ أَن‍فُسُكُمْ أَمْرا‍ً فَصَ‍‍ب‍‍ْر‍ٌ جَم‍‍ِ‍ي‍ل‍‍‍ٌ وَا‍للَّهُ ا‍لْمُسْتَع‍‍َ‍ا‍نُ عَلَى مَا تَصِف‍‍ُ‍و‍نَ
Wa Jā'at Sayyāratun Fa'arsalū Wa Aridahum Fa'adlá Dalwahu Qāla Yā Bushrá Hādhā Ghulāmun Wa 'Asarrūhu Biđā`atan Wa Allāhu `Alīmun Bimā Ya`malūna 012-019 އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (يوسف ގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَج‍‍َ‍ا‍ءَتْ سَيَّارَة‍‍‍ٌ فَأَرْسَلُو‍‍ا‍ وَا‍ر‍‍ِدَهُمْ فَأَ‍د‍‍ْلَى دَلْوَهُ ق‍‍َ‍ا‍لَ يَا بُشْرَى هَذَا غُلاَم‍‍‍ٌ وَأَسَرّ‍ُو‍هُ بِضَاعَة‍‍‍ً وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِمَا يَعْمَل‍‍ُ‍و‍نَ
Wa Sharawhu Bithamanin Bakhsin Darāhima Ma`dūdatin Wa Kānū Fīhi Mina Az-Zāhidīna 012-020 އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު درهم ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) زاهد ންގެ ތެރެއިންނެވެ. وَشَرَوْهُ بِثَمَن‍‍‍ٍ بَخْس‍‍‍ٍ دَرَاهِمَ مَعْدُودَة‍‍‍ٍ وَكَانُو‍‍ا‍ ف‍‍ِ‍ي‍هِ مِنَ ا‍لزَّاهِد‍ِي‍نَ
Wa Qāla Al-Ladhī Ashtarāhu Min Mişra Li'imra'atihi 'Akrimī Mathwāhu `Asá 'An Yanfa`anā 'Aw Nattakhidhahu Waladāan Wa Kadhalika Makkannā Liyūsufa Fī Al-'Arđi Wa Linu`allimahu Min Ta'wīli Al-'Aĥādīthi Wa Allāhu Ghālibun `Alá 'Amrihi Wa Lakinna 'Akthara An-Nāsi Lā Ya`lamūna 012-021 مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَق‍‍َ‍ا‍لَ ا‍لَّذِي ا‍شْتَر‍َا‍هُ مِ‍‍ن‍ْ مِصْرَ لِإمْرَأَتِهِ أَكْ‍‍ر‍‍ِمِي مَثْو‍َا‍هُ عَسَى أَ‍ن‍ْ يَ‍‍ن‍فَعَنَ‍‍ا‍ أَوْ نَتَّخِذَهُ وَلَدا‍ً وَكَذَلِكَ مَكَّ‍‍ن‍ّ‍‍َا لِيُوسُفَ فِي ا‍لأَرْضِ وَلِنُعَلِّمَهُ مِ‍‍ن‍ْ تَأْو‍ِي‍لِ ا‍لأَحَاد‍ِي‍ثِ وَا‍للَّهُ غَالِبٌ عَلَى أَمْ‍‍ر‍‍ِهِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Lammā Balagha 'Ashuddahu 'Ātaynāhu Ĥukmāan Wa `Ilmāan Wa Kadhalika Naj Al-Muĥsinīna 012-022 އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް حكمة އާއި، علم ދެއްވީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. وَلَ‍‍م‍ّ‍‍َا بَلَغَ أَشُدَّهُ آتَيْن‍‍َ‍ا‍هُ حُكْما‍ً وَعِلْما‍ً وَكَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Rāwadat/hu Allatī Huwa Fī Baytihā `An Nafsihi Wa Ghallaqati Al-'Abwāba Wa Qālat Hayta Laka Qāla Ma`ādha Al-Lahi 'Innahu Rabbī 'Aĥsana Mathwāya 'Innahu Lā Yufliĥu Až-Žālimūna 012-023 އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. وَرَاوَدَتْهُ ا‍لَّتِي هُوَ فِي بَيْتِهَا عَ‍‍ن‍ْ نَفْسِهِ وَغَلَّقَتِ ا‍لأَ‍ب‍‍ْو‍َا‍بَ وَقَالَتْ هَيْتَ لَكَ ق‍‍َ‍ا‍لَ مَع‍‍َ‍ا‍ذَ ا‍للَّهِ إِ‍نّ‍‍َهُ رَبِّ‍‍ي‍ أَحْسَنَ مَثْو‍َا‍يَ إِ‍نّ‍‍َهُ لاَ يُفْلِحُ ا‍لظَّالِم‍‍ُ‍و‍نَ
Wa Laqad Hammat Bihi Wa Hamma Bihā Lawlā 'An Ra'á Burhāna Rabbihi Kadhālika Linaşrifa `Anhu As-Sū'a Wa Al-Faĥshā'a 'Innahu Min `Ibādinā Al-Mukhlaşīna 012-024 އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ. وَلَقَ‍‍د‍ْ هَ‍‍م‍ّ‍‍َتْ بِهِ وَهَ‍‍م‍ّ‍‍َ بِهَا لَوْلاَ أَ‍ن‍ْ رَأَى بُرْه‍‍َ‍ا‍نَ رَبِّهِ كَذَلِكَ لِنَصْ‍‍ر‍‍ِفَ عَنْهُ ا‍لسّ‍‍ُ‍و‍ءَ وَا‍لْفَحْش‍‍َ‍ا‍ءَ إِ‍نّ‍‍َهُ مِنْ عِبَادِنَا ا‍لْمُخْلَص‍‍ِ‍ي‍نَ
Wa Astabaqā Al-Bāba Wa Qaddat Qamīşahu Min Duburin Wa 'Alfayā Sayyidahā Ladá Al-Bābi Qālat Mā Jazā'u Man 'Arāda Bi'ahlika Sū'āan 'Illā 'An Yusjana 'Aw `Adhābun 'Alīmun 012-025 އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟ وَاسْتَبَقَا ا‍لْب‍‍َ‍ا‍بَ وَقَدَّتْ قَمِيصَهُ مِ‍‍ن‍ْ دُبُر‍ٍ وَأَلْفَيَا سَيِّدَهَا لَدَى ا‍لْب‍‍َ‍ا‍بِ قَالَتْ مَا جَز‍َا‍ءُ مَنْ أَر‍َا‍دَ بِأَهْلِكَ س‍‍ُ‍و‍ءا‍ً إِلاَّ أَ‍ن‍ْ يُسْجَنَ أَوْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Qāla Hiya Rāwadatnī `An Nafsī Wa Shahida Shāhidun Min 'Ahlihā 'In Kāna Qamīşuhu Qudda Min Qubulin Faşadaqat Wa Huwa Mina Al-Kādhibīna 012-026 އެކަލޭގެފާނު ވިދާޅުވިއެވެ.ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. ق‍َا‍لَ هِيَ رَاوَدَتْنِي عَ‍‍ن‍ْ نَفْسِي وَشَهِدَ شَاهِد‍ٌ مِنْ أَهْلِهَ‍‍ا إِ‍ن‍ْ ك‍‍َ‍ا‍نَ قَمِيصُهُ قُدَّ مِ‍‍ن‍ْ قُبُل‍‍‍ٍ فَصَدَقَتْ وَهُوَ مِنَ ا‍لْكَاذِب‍‍ِ‍ي‍نَ
Wa 'In Kāna Qamīşuhu Qudda Min Duburin Fakadhabat Wa Huwa Mina Aş-Şādiqīna 012-027 އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެެރެއިންނެވެ. وَإِ‍ن‍ْ ك‍‍َ‍ا‍نَ قَمِيصُهُ قُدَّ مِ‍‍ن‍ْ دُبُر‍ٍ فَكَذَبَتْ وَهُوَ مِنَ ا‍لصَّادِق‍‍ِ‍ي‍نَ
Falammā Ra'á Qamīşahu Qudda Min Duburin Qāla 'Innahu Min Kaydikunna 'Inna Kaydakunna `Ažīmun 012-028 ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. فَلَ‍‍م‍ّ‍‍َا رَأَى قَمِيصَهُ قُدَّ مِ‍‍ن‍ْ دُبُر‍ٍ ق‍‍َ‍ا‍لَ إِ‍نّ‍‍َهُ مِ‍‍ن‍ْ كَيْدِكُ‍‍ن‍ّ‍‍َ إِ‍نّ‍‍َ كَيْدَكُ‍‍ن‍ّ‍‍َ عَظ‍‍ِ‍ي‍م‍‍‍ٌ
Yūsufu 'A`riđ `An Hādhā Wa Astaghfirī Lidhanbiki 'Innaki Kunti Mina Al-Khāţi'īna 012-029 يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ. يُوسُفُ أَعْ‍‍ر‍‍ِضْ عَنْ هَذَا وَا‍سْتَغْفِ‍‍ر‍‍ِي لِذَ‍ن‍‍ْبِكِ إِ‍نّ‍‍َكِ كُ‍‍ن‍تِ مِنَ ا‍لْخَاطِئ‍‍ِ‍ي‍نَ
Wa Qāla Niswatun Al-Madīnati Amra'atu Al-`Azīzi Turāwidu Fatāhā `An Nafsihi Qad Shaghafahā Ĥubbāan 'Innā Lanarāhā Fī Đalālin Mubīnin 012-030 (މިކަންތަކުގެ خبر ފެތުރިގެންދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފޫއެވެ. العزيز ގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ. وَق‍‍َ‍ا‍لَ نِسْوَة‍‍‍ٌ فِي ا‍لْمَدِينَةِ ا‍مْرَأَتُ ا‍لْعَز‍ِي‍زِ تُرَاوِدُ فَتَاهَا عَ‍‍ن‍ْ نَفْسِهِ قَ‍‍د‍ْ شَغَفَهَا حُبّا‍ً إِ‍نّ‍‍َا لَنَرَاهَا فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Falammā Sami`at Bimakrihinna 'Arsalat 'Ilayhinna Wa 'A`tadat Lahunna Muttaka'an Wa 'Ātat Kulla Wāĥidatin Minhunna Sikkīnāan Wa Qālati Akhruj `Alayhinna Falammā Ra'aynahu 'Akbarnahu Wa Qaţţa`na 'Aydiyahunna Wa Qulna Ĥāsha Lillahi Mā Hādhā Basharāan 'In Hādhā 'Illā Malakun Karīmun 012-031 ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި يوسف ގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު حيران ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވަންތަ ކަމާއެވެ!) މިއީއަކީ آدم ގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ ملائكة އަކު ކަމުގައި ނޫނީ ނުވެތެވެ. فَلَ‍‍م‍ّ‍‍َا سَمِعَتْ بِمَكْ‍‍ر‍‍ِهِ‍‍ن‍ّ‍‍َ أَرْسَلَتْ إِلَيْهِ‍‍ن‍ّ‍‍َ وَأَعْتَدَتْ لَهُ‍‍ن‍ّ‍‍َ مُتَّكَأ‍ً وَآتَتْ كُلَّ وَا‍حِدَة‍‍‍ٍ مِنْهُ‍‍ن‍ّ‍‍َ سِكِّينا‍ً وَقَالَتِ ا‍خْرُ‍ج‍ْ عَلَيْهِ‍‍ن‍ّ‍‍َ فَلَ‍‍م‍ّ‍‍َا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُ‍‍ن‍ّ‍‍َ وَقُلْنَ ح‍‍َ‍ا‍شَ لِلَّهِ مَا هَذَا بَشَرا‍ً إِنْ هَذَا إِلاَّ مَلَك‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
Qālat Fadhālikunna Al-Ladhī Lumtunnanī Fīhi Wa Laqad Rāwadttuhu `An Nafsihi Fāsta`şama Wa La'in Lam Yaf`al Mā 'Āmuruhu Layusjananna Wa Layakūnāan Mina Aş-Şāghirīna 012-032 އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުންރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް أمر ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. قَالَتْ فَذَلِكُ‍‍ن‍ّ‍‍َ ا‍لَّذِي لُمْتُ‍‍ن‍ّ‍‍َنِي ف‍‍ِ‍ي‍هِ وَلَقَ‍‍د‍ْ رَاوَد‍تُّهُ عَ‍‍ن‍ْ نَفْسِهِ فَاسْتَعْصَمَ وَلَئِ‍‍ن‍ْ لَمْ يَفْعَلْ مَ‍‍ا آمُرُهُ لَيُسْجَنَ‍‍ن‍ّ‍‍َ وَلَيَكُونا‍ً مِنَ ا‍لصَّاغِ‍‍ر‍‍ِي‍نَ
Qāla Rabbi As-Sijnu 'Aĥabbu 'Ilayya Mimmā Yad`ūnanī 'Ilayhi Wa 'Illā Taşrif `Annī Kaydahunna 'Aşbu 'Ilayhinna Wa 'Akun Mina Al-Jāhilīna 012-033 އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ. ق‍َا‍لَ رَبِّ ا‍لسِّ‍‍ج‍‍ْنُ أَحَبُّ إِلَيَّ مِ‍‍م‍ّ‍‍َا يَ‍‍د‍‍ْعُونَنِ‍‍ي إِلَيْهِ وَإِلاَّ تَصْ‍‍ر‍‍ِفْ عَ‍‍ن‍ّ‍‍ِي كَيْدَهُ‍‍ن‍ّ‍‍َ أَصْبُ إِلَيْهِ‍‍ن‍ّ‍‍َ وَأَكُ‍‍ن‍ْ مِنَ ا‍لْجَاهِل‍‍ِ‍ي‍نَ
Fāstajāba Lahu Rabbuhu Faşarafa `Anhu Kaydahunna 'Innahu Huwa As-Samī`u Al-`Alīmu 012-034 ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَاسْتَج‍‍َ‍ا‍بَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُ‍‍ن‍ّ‍‍َ إِ‍نّ‍‍َهُ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Thumma Badā Lahum Min Ba`di Mā Ra'aw Al-'Āyāti Layasjununnahu Ĥattá Ĥīnin 012-035 ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ. ثُ‍‍م‍ّ‍‍َ بَدَا لَهُ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا رَأَوُا ا‍لآي‍‍َ‍ا‍تِ لَيَسْجُنُ‍‍ن‍ّ‍‍َهُ حَتَّى ح‍‍ِ‍ي‍ن‍‍‍ٍ
Wa Dakhala Ma`ahu As-Sijna Fatayāni Qāla 'Aĥaduhumā 'Innī 'Arānī 'A`şiru Khamrāan Wa Qāla Al-'Ākharu 'Innī 'Arānī 'Aĥmilu Fawqa Ra'sī Khubzāan Ta'kulu Aţ-Ţayru Minhu Nabbi'nā Bita'wīlihi 'Innā Narāka Mina Al-Muĥsinīna 012-036 އަދި (ރަސްގެފާނުގެ خادمންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ. وَدَخَلَ مَعَهُ ا‍لسِّ‍‍ج‍‍ْنَ فَتَي‍‍َ‍ا‍نِ ق‍‍َ‍ا‍لَ أَحَدُهُمَ‍‍ا إِ‍نّ‍‍ِ‍‍ي‍ أَرَانِ‍‍ي‍ أَعْصِ‍‍ر‍ُ خَمْرا‍ً وَق‍‍َ‍ا‍لَ ا‍لآخَرُ إِ‍نّ‍‍ِ‍‍ي‍ أَرَانِ‍‍ي‍ أَحْمِلُ فَوْقَ رَأْسِي خُ‍‍ب‍‍ْزا‍ً تَأْكُلُ ا‍لطَّيْرُ مِنْهُ نَبِّئْنَا بِتَأْوِيلِهِ إِ‍نّ‍‍َا نَر‍َا‍كَ مِنَ ا‍لْمُحْسِن‍‍ِ‍ي‍نَ
Qāla Lā Ya'tīkumā Ţa`āmun Turzaqānihi 'Illā Nabba'tukumā Bita'wīlihi Qabla 'An Ya'tiyakumā Dhālikumā Mimmā `Allamanī Rabbī 'Innī Taraktu Millata Qawmin Lā Yu'uminūna Bil-Lahi Wa Hum Bil-'Ākhirati Hum Kāfirūna 012-037 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް إيمان ނުވާ ބަޔެއްގެ دين ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، آخرة އަށް كافر ވެގެންވާ ބަޔެކެވެ. ق‍َا‍لَ لاَ يَأْتِيكُمَا طَع‍‍َ‍ا‍م‍‍‍ٌ تُرْزَقَانِهِ إِلاَّ نَبَّأْتُكُمَا بِتَأْوِيلِهِ قَ‍‍ب‍‍ْلَ أَ‍ن‍ْ يَأْتِيَكُمَا ذَلِكُمَا مِ‍‍م‍ّ‍‍َا عَلَّمَنِي رَبِّ‍‍ي إِ‍نّ‍‍ِي تَرَكْتُ مِلَّةَ قَوْم‍‍‍ٍ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍للَّهِ وَهُ‍‍م‍ْ بِ‍‍ا‍لآخِرَةِ هُمْ كَافِر‍ُو‍نَ
Wa Attaba`tu Millata 'Ābā'ī 'Ibrāhīma Wa 'Isĥāqa Wa Ya`qūba Mā Kāna Lanā 'An Nushrika Bil-Lahi Min Shay'in Dhālika Min Fađli Al-Lahi `Alaynā Wa `Alá An-Nāsi Wa Lakinna 'Akthara An-Nāsi Lā Yashkurūna 012-038 އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި، إسحاقގެފާނާއި، يعقوب ގެފާނުގެ دين އަށް ތިމަންކަލޭގެފާނު تبع ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް شريك ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި فضل ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) شكر އެއް ނުކުރެތެވެ. وَاتَّبَعْتُ مِلَّةَ آب‍‍َ‍ا‍ئ‍‍ِ‍‍ي إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ مَا ك‍‍َ‍ا‍نَ لَنَ‍‍ا‍ أَ‍ن‍ْ نُشْ‍‍ر‍‍ِكَ بِ‍‍ا‍للَّهِ مِ‍‍ن‍ْ شَيْء‍ٍ ذَلِكَ مِ‍‍ن‍ْ فَضْلِ ا‍للَّهِ عَلَيْنَا وَعَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَشْكُر‍ُو‍نَ
Yā Şāĥibayi As-Sijni 'A'arbābun Mutafarriqūna Khayrun 'Ami Al-Lahu Al-Wāĥidu Al-Qahhāru 012-039 އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ يَا صَاحِبَيِ ا‍لسِّ‍‍ج‍‍ْنِ أَأَرْب‍‍َ‍ا‍ب‍‍‍ٌ مُتَفَرِّق‍‍ُ‍و‍نَ خَيْرٌ أَمِ ا‍للَّهُ ا‍لْوَاحِدُ ا‍لْقَهّ‍‍َ‍ا‍رُ
Mā Ta`budūna Min Dūnihi 'Illā 'Asmā'an Sammaytumūhā 'Antum Wa 'Ābā'uukum Mā 'Anzala Al-Lahu Bihā Min Sulţānin 'Ini Al-Ĥukmu 'Illā Lillahi 'Amara 'Allā Ta`budū 'Illā 'Īyāhu Dhālika Ad-Dīnu Al-Qayyimu Wa Lakinna 'Akthara An-Nāsi Lā Ya`lamūna 012-040 ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. مَا تَعْبُد‍ُو‍نَ مِ‍‍ن‍ْ دُونِهِ إِلاَّ أَسْم‍‍َ‍ا‍ء‍ً سَ‍‍م‍ّ‍‍َيْتُمُوهَ‍‍ا‍ أَ‍ن‍‍ْتُمْ وَآب‍‍َ‍ا‍ؤُكُ‍‍م‍ْ مَ‍‍ا‍ أَن‍زَلَ ا‍للَّهُ بِهَا مِ‍‍ن‍ْ سُلْط‍‍َ‍ا‍ن‍‍‍ٍ إِنِ ا‍لْحُكْمُ إِلاَّ لِلَّهِ أَمَرَ أَلاَّ تَعْبُدُو‍ا‍ إِلاَّ إِيّ‍‍َ‍ا‍هُ ذَلِكَ ا‍لدّ‍ِي‍نُ ا‍لْقَيِّمُ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Yā Şāĥibayi As-Sijni 'Ammā 'Aĥadukumā Fayasqī Rabbahu Khamrāan Wa 'Ammā Al-'Ākharu Fayuşlabu Fata'kulu Aţ-Ţayru Min Ra'sihi Quđiya Al-'Amru Al-Ladhī Fīhi Tastaftiyāni 012-041 އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ތިޔަ ދެމީހުންކުރެ އެކަކު ދަންނާށެވެ! ފަހެ،އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެތެވެ. އަދި އަނެކަކު ދަންނާށެވެ! ފަހެ، އޭނާ صليب އަށް އެރުވޭނެތެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެތެވެ. ތިޔަ ދެމީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ (އެގޮތަށް) ނިޔާކުރައްވާފައެވެ. يَا صَاحِبَيِ ا‍لسِّ‍‍ج‍‍ْنِ أَ‍مّ‍‍َ‍‍ا‍ أَحَدُكُمَا فَيَسْقِي رَبَّهُ خَمْرا‍ً وَأَ‍مّ‍‍َا ا‍لآخَرُ فَيُصْلَبُ فَتَأْكُلُ ا‍لطَّيْرُ مِ‍‍ن‍ْ رَأْسِهِ قُضِيَ ا‍لأَمْرُ ا‍لَّذِي ف‍‍ِ‍ي‍هِ تَسْتَفْتِي‍‍َ‍ا‍نِ
Wa Qāla Lilladhī Žanna 'Annahu Nājin Minhumā Adhkurnī `Inda Rabbika Fa'ansāhu Ash-Shayţānu Dhikra Rabbihi Falabitha Fī As-Sijni Biđ`a Sinīna 012-042 އެ ދެމީހުންކުރެ ނަޖާވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ! ފަހެ، އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަދައްކަން شيطان އާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައްއަހަރަކު ހުންނެވިއެވެ. وَق‍‍َ‍ا‍لَ لِلَّذِي ظَ‍‍ن‍ّ‍‍َ أَ‍نّ‍‍َهُ ن‍‍َ‍ا‍ج‍‍‍ٍ مِنْهُمَا ا‍ذْكُرْنِي عِ‍‍ن‍‍ْدَ رَبِّكَ فَأَن‍س‍‍َ‍ا‍هُ ا‍لشَّيْط‍‍َ‍ا‍نُ ذِكْرَ رَبِّهِ فَلَبِثَ فِي ا‍لسِّ‍‍ج‍‍ْنِ بِضْعَ سِن‍‍ِ‍ي‍نَ
Wa Qāla Al-Maliku 'Innī 'Ará Sab`a Baqarātin Simānin Ya'kuluhunna Sab`un `Ijāfun Wa Sab`a Sunbulātin Khrin Wa 'Ukhara Yā Bisātin Yā 'Ayyuhā Al-Mala'u 'Aftūnī Fī Ru'uyā Ya 'In Kuntum Lilrru'uyā Ta`burūna 012-043 ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! وَق‍‍َ‍ا‍لَ ا‍لْمَلِكُ إِ‍نّ‍‍ِ‍‍ي‍ أَرَى سَ‍‍ب‍‍ْعَ بَقَر‍َا‍ت‍‍‍ٍ سِم‍‍َ‍ا‍ن‍‍‍ٍ يَأْكُلُهُ‍‍ن‍ّ‍‍َ سَ‍‍ب‍‍ْعٌ عِج‍‍َ‍ا‍ف‍‍‍ٌ وَسَ‍‍ب‍‍ْعَ سُ‍‍ن‍‍ْبُلاَتٍ خُضْر‍ٍ وَأُخَرَ يَابِس‍‍َ‍ا‍ت‍‍‍ٍ ي‍‍َ‍ا‍أَيُّهَا ا‍لْمَلَأُ أَفْتُونِي فِي رُؤْي‍‍َ‍ا‍يَ إِ‍ن‍ْ كُ‍‍ن‍تُمْ لِلرُّؤْيَا تَعْبُر‍ُو‍نَ
Qālū 'Ađghāthu 'Aĥlāmin Wa Mā Naĥnu Bita'wīli Al-'Aĥlāmi Bi`ālimīna 012-044 އެއުރެން ދެންނެވޫއެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ. قَالُ‍‍و‍‍ا‍ أَضْغ‍‍َ‍ا‍ثُ أَحْلاَم‍‍‍ٍ وَمَا نَحْنُ بِتَأْو‍ِي‍لِ ا‍لأَحْلاَمِ بِعَالِم‍‍ِ‍ي‍نَ
Wa Qāla Al-Ladhī Najā Minhumā Wa Aiddakara Ba`da 'Ummatin 'Anā 'Unabbi'ukum Bita'wīlihi Fa'arsilūni 012-045 އަދި އެ ދެމީހުންކުރެ (ޖަލުން) ސަލާމަތްވީމީހާ އެތައްދުވަހެއް ފަހުން (يوسف ގެފާނު މަތިިން) ހަނދާންވެގެން ބުންޏެވެ. އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (يوسف ގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ! وَق‍‍َ‍ا‍لَ ا‍لَّذِي نَجَا مِنْهُمَا وَا‍ِدَّكَرَ بَعْدَ أُ‍مّ‍‍َةٍ أَنَ‍‍ا‍ أُنَبِّئُكُ‍‍م‍ْ بِتَأْوِيلِهِ فَأَرْسِل‍‍ُ‍و‍نِ
Yūsufu 'Ayyuhā Aş-Şiddīqu 'Aftinā Fī Sab`i Baqarātin Simānin Ya'kuluhunna Sab`un `Ijāfun Wa Sab`i Sunbulātin Khrin Wa 'Ukhara Yā Bisātin La`allī 'Arji`u 'Ilá An-Nāsi La`allahum Ya`lamūna 012-046 (އޭނާ ދެންނެވިއެވެ.) އޭ يوسف ގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ. يُوسُفُ أَيُّهَا ا‍لصِّدّ‍ِي‍قُ أَفْتِنَا فِي سَ‍‍ب‍‍ْعِ بَقَر‍َا‍ت‍‍‍ٍ سِم‍‍َ‍ا‍ن‍‍‍ٍ يَأْكُلُهُ‍‍ن‍ّ‍‍َ سَ‍‍ب‍‍ْعٌ عِج‍‍َ‍ا‍ف‍‍‍ٌ وَسَ‍‍ب‍‍ْعِ سُ‍‍ن‍‍ْبُلاَتٍ خُضْر‍ٍ وَأُخَرَ يَابِس‍‍َ‍ا‍ت‍‍‍ٍ لَعَلِّ‍‍ي‍ أَرْجِعُ إِلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ لَعَلَّهُمْ يَعْلَم‍‍ُ‍و‍نَ
Qāla Tazra`ūna Sab`a Sinīna Da'abāan Famā Ĥaşadtum Fadharūhu Fī Sunbulihi 'Illā Qalīlāan Mimmā Ta'kulūna 012-047 އެކަލޭގެފާނު ވިދާޅުވިއެވެ. ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ. ق‍َا‍لَ تَزْرَع‍‍ُ‍و‍نَ سَ‍‍ب‍‍ْعَ سِن‍‍ِ‍ي‍نَ دَأَبا‍ً فَمَا حَصَ‍‍د‍‍ْتُمْ فَذَر‍ُو‍هُ فِي سُ‍‍ن‍‍ْبُلِهِ إِلاَّ قَلِيلا‍ً مِ‍‍م‍ّ‍‍َا تَأْكُل‍‍ُ‍و‍نَ
Thumma Ya'tī Min Ba`di Dhālika Sab`un Shidādun Ya'kulna Mā Qaddamtum Lahunna 'Illā Qalīlāan Mimmā Tuĥşinūna 012-048 ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތިތިޔަބައިމީހުން ކައިހުސްކުރާނޫއެވެ. ثُ‍‍م‍ّ‍‍َ يَأْتِي مِ‍‍ن‍ْ بَعْدِ ذَلِكَ سَ‍‍ب‍‍ْع‍‍‍ٌ شِد‍َا‍د‍ٌ يَأْكُلْنَ مَا قَدَّمْتُمْ لَهُ‍‍ن‍ّ‍‍َ إِلاَّ قَلِيلا‍ً مِ‍‍م‍ّ‍‍َا تُحْصِن‍‍ُ‍و‍نَ
Thumma Ya'tī Min Ba`di Dhālika `Āmun Fīhi Yughāthu An-Nāsu Wa Fīhi Ya`şirūna 012-049 ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ. ثُ‍‍م‍ّ‍‍َ يَأْتِي مِ‍‍ن‍ْ بَعْدِ ذَلِكَ ع‍‍َ‍ا‍م‍‍‍ٌ ف‍‍ِ‍ي‍هِ يُغ‍‍َ‍ا‍ثُ ا‍ل‍‍ن‍ّ‍‍َ‍ا‍سُ وَف‍‍ِ‍ي‍هِ يَعْصِر‍ُو‍نَ
Wa Qāla Al-Maliku A'tūnī Bihi Falammā Jā'ahu Ar-Rasūlu Qāla Arji` 'Ilá Rabbika Fās'alhu Mā Bālu An-Niswati Al-Lātī Qaţţa`na 'Aydiyahunna 'Inna Rabbī Bikaydihinna `Alīmun 012-050 ރަސްގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންގެ ގާތަށް އޭނާ ގެންނާށެވެ! ފަހެ، ރަސްގެފާނު ފޮނުއްވި މީހާ އެކަލޭގެފާނުގެ އަރިހަށް އައުމުން، ވިދާޅުވިއެވެ. ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ. وَق‍‍َ‍ا‍لَ ا‍لْمَلِكُ ا‍ئْتُونِي بِهِ فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُ ا‍لرَّس‍‍ُ‍و‍لُ ق‍‍َ‍ا‍لَ ا‍رْجِعْ إِلَى رَبِّكَ فَاسْأَلْهُ مَا ب‍‍َ‍ا‍لُ ا‍ل‍‍ن‍ّ‍‍ِسْوَةِ ا‍للاَّتِي قَطَّعْنَ أَيْدِيَهُ‍‍ن‍ّ‍‍َ إِ‍نّ‍‍َ رَبِّي بِكَيْدِهِ‍‍ن‍ّ‍‍َ عَل‍‍ِ‍ي‍م‍‍‍ٌ
Qāla Mā Khaţbukunna 'Idh Rāwadttunna Yūsufa `An Nafsihi Qulna Ĥāsha Lillahi Mā `Alimnā `Alayhi Min Sū'in Qālati Amra'atu Al-`Azīzi Al-'Āna Ĥaşĥaşa Al-Ĥaqqu 'Anā Rāwadttuhu `An Nafsihi Wa 'Innahu Lamina Aş-Şādiqīna 012-051 އޭނާ (އެބަހީ: ރަސްގެފާނު) ވިދާޅުވިއެވެ. ތިޔަކަނބަލުން يوسف ގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ!) އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. العزيز ގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިންނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ. ق‍َا‍لَ مَا خَ‍‍ط‍‍ْبُكُ‍‍ن‍ّ‍‍َ إِذْ رَاوَد‍تُّ‍‍ن‍ّ‍‍َ يُوسُفَ عَ‍‍ن‍ْ نَفْسِهِ قُلْنَ ح‍‍َ‍ا‍شَ لِلَّهِ مَا عَلِمْنَا عَلَيْهِ مِ‍‍ن‍ْ س‍‍ُ‍و‍ء‍ٍ قَالَتِ ا‍مْرَأَتُ ا‍لْعَز‍ِي‍زِ ا‍لآنَ حَصْحَصَ ا‍لْحَقُّ أَنَا رَاوَد‍تُّهُ عَ‍‍ن‍ْ نَفْسِهِ وَإِ‍نّ‍‍َهُ لَمِنَ ا‍لصَّادِق‍‍ِ‍ي‍نَ
Dhālika Liya`lama 'Annī Lam 'Akhunhu Bil-Ghaybi Wa 'Anna Al-Laha Lā Yahdī Kayda Al-Khā'inīna 012-052 (يوسف ގެފާނު ވިދާޅުވިއެވެ.) އެއީ ތިމަން غيب ގައި އޭނާއަށް (އެބަހީ: العزيز އަށް) خيانة ތެރި ނުވާކަމާއި، އަދި خيانة ތެރިންގެ މަކަރުވެރި ރޭވުން اللَّه ފަހިކޮށް ނުދެއްވާނެކަން، އޭނާއަށް އެނގުމަށްޓަކައެވެ. ذَلِكَ لِيَعْلَمَ أَ‍نّ‍‍ِي لَمْ أَخُنْهُ بِ‍‍ا‍لْغَيْبِ وَأَ‍نّ‍‍َ ا‍للَّهَ لاَ يَهْدِي كَيْدَ ا‍لْخ‍‍َ‍ا‍ئِن‍‍ِ‍ي‍نَ
Wa Mā 'Ubarri'u Nafsī 'Inna An-Nafsa La'ammāratun Bis-Sū'i 'Illā Mā Raĥima Rabbī 'Inna RabGhafūrun Raĥīmun 012-053 އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. وَمَ‍‍ا‍ أُبَرِّئُ نَفْسِ‍‍ي إِ‍نّ‍‍َ ا‍ل‍‍ن‍ّ‍‍َفْسَ لَأَ‍مّ‍‍َارَة‍‍‍ٌ بِ‍‍ا‍لسّ‍‍ُ‍و‍ءِ إِلاَّ مَا رَحِمَ رَبِّ‍‍ي إِ‍نّ‍‍َ رَبِّي غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Qāla Al-Maliku A'tūnī Bihi 'Astakhlişhu Linafsī Falammā Kallamahu Qāla 'Innaka Al-Yawma Ladaynā Makīnun 'Amīnun 012-054 ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ خدمة އަށް خاص ކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ أمانة ތެރިޔަކީމުއެވެ. وَق‍‍َ‍ا‍لَ ا‍لْمَلِكُ ا‍ئْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي فَلَ‍‍م‍ّ‍‍َا كَلَّمَهُ ق‍‍َ‍ا‍لَ إِ‍نّ‍‍َكَ ا‍لْيَوْمَ لَدَيْنَا مَك‍‍ِ‍ي‍نٌ أَم‍‍ِ‍ي‍ن‍‍‍ٌ
Qāla Aj`alnī `Alá Khazā'ini Al-'Arđi 'Innī Ĥafīžun `Alīmun 012-055 އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ. ق‍َا‍لَ ا‍ج‍‍ْعَلْنِي عَلَى خَز‍َا‍ئِنِ ا‍لأَرْضِ إِ‍نّ‍‍ِي حَف‍‍ِ‍ي‍ظٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Kadhalika Makkannā Liyūsufa Fī Al-'Arđi Yatabawwa'u Minhā Ĥaythu Yashā'u Nuşību Biraĥmatinā Man Nashā'u Wa Lā Nuđī`u 'Ajra Al-Muĥsinīna 012-056 އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ رحمة ލައްވަމެވެ. އަދި إحسان ތެރިންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. وَكَذَلِكَ مَكَّ‍‍ن‍ّ‍‍َا لِيُوسُفَ فِي ا‍لأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَش‍‍َ‍ا‍ءُ نُص‍‍ِ‍ي‍بُ بِرَحْمَتِنَا مَ‍‍ن‍ْ نَش‍‍َ‍ا‍ءُ وَلاَ نُض‍‍ِ‍ي‍عُ أَ‍ج‍‍ْرَ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa La'ajru Al-'Ākhirati Khayrun Lilladhīna 'Āmanū Wa Kānū Yattaqūna 012-057 އަދި ހަމަކަށަަވަރުން، إيمان ވެ، تقوى ވެރިވެއުޅުނު މީހުންނަށް، آخرة ގެ ދަރުމައިގެ ހެޔޮކަން މާބޮޑެވެ. وَلَأَ‍ج‍‍ْرُ ا‍لآخِرَةِ خَيْر‍ٌ لِلَّذ‍ِي‍نَ آمَنُو‍‍ا‍ وَكَانُو‍‍ا‍ يَتَّق‍‍ُ‍و‍نَ
Wa Jā'a 'Ikhwatu Yūsufa Fadakhalū `Alayhi Fa`arafahum Wa Hum Lahu Munkirūna 012-058 އަދި يوسف ގެފާނުގެ أخ ން އަތުވެއްޖައޫއެވެ. ދެން އެކަލޭގެފާނުގެ އަރިހަށް އެއުރެން ވަދެއްޖައޫއެވެ. އަދި އެކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތެވެ. ފަހެ، އެއުރެންނަކަށް އެކަލޭގެފާނަކީ ކާކުކަމެއް ނޭނގެތެވެ. وَج‍‍َ‍ا‍ءَ إِخْوَةُ يُوسُفَ فَدَخَلُو‍‍ا‍ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُ مُ‍‍ن‍كِر‍ُو‍نَ
Wa Lammā Jahhazahum Bijahāzihim Qāla A'tūnī Bi'akhin Lakum Min 'Abīkum 'Alā Tarawna 'Annī 'Ū Al-Kayla Wa 'Anā Khayru Al-Munzilīna 012-059 އެއުރެން ބޭނުންވެގެން އައި ސާމާނު ތައްޔާރުކޮށްދެއްވިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާ އެއްބަފާ أخ އެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމަޔަށް މިނެދެއްވާކަމާއި،ތިމަންކަލޭގެފާނީ، އެންމެހެޔޮގޮތުގައި މެހުމާނުންނަށް ކަމޭހިތާ މީހަކުކަން ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ وَلَ‍‍م‍ّ‍‍َا جَهَّزَهُ‍‍م‍ْ بِجَهَازِهِمْ ق‍‍َ‍ا‍لَ ا‍ئْتُونِي بِأَخ‍‍‍ٍ لَكُ‍‍م‍ْ مِنْ أَبِيكُمْ أَلاَ تَرَوْنَ أَ‍نّ‍‍ِ‍‍ي‍ أ‍ُ‍وفِي ا‍لْكَيْلَ وَأَنَا خَيْرُ ا‍لْمُ‍‍ن‍زِل‍‍ِ‍ي‍نَ
Fa'in Lam Ta'tūnī Bihi Falā Kayla Lakum `Indī Wa Lā Taqrabūni 012-060 ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނައިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަކަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ! فَإِ‍ن‍ْ لَمْ تَأْتُونِي بِهِ فَلاَ كَيْلَ لَكُمْ عِ‍‍ن‍دِي وَلاَ تَ‍‍ق‍‍ْرَب‍‍ُ‍و‍نِ
Qālū Sanurāwidu `Anhu 'Abāhu Wa 'Innā Lafā`ilūna 012-061 އެއުރެން ދެންނެވޫއެވެ. އޭނާގެ ބައްޕާ އަރިހުން އޭނާ ގެނެވޭތޯ ތިމަންމެން ގަދަމަސައްކަތް ކުރާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންމެން (އެކަން) ކުރާހުށީމުއެވެ. قَالُو‍‍ا‍ سَنُرَاوِدُ عَنْهُ أَب‍‍َ‍ا‍هُ وَإِ‍نّ‍‍َا لَفَاعِل‍‍ُ‍و‍نَ
Wa Qāla Lifityānihi Aj`alū Biđā`atahumRiĥālihim La`allahum Ya`rifūnahā 'Idhā Anqalabū 'Ilá 'Ahlihim La`allahum Yarji`ūna 012-062 އެކަލޭގެފާނު ގެންގުޅުއްވާ ކުދިންނަށް ވިދާޅުވިއެވެ. އެއުރެން (އަގަކަށް) ގެނައި މުދާ، އެއުރެންގެ ތަކެތީގެ ތެރެޔަށްލާށެވެ! (އެއީ) އެއުރެންގެ أهل ންގެ ގާތަށް އެނބުރިދާހިނދު، އެކަން އެއުރެންނަށް އެނގުމަށްޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެއުރެން އެނބުރި އާދޭތޯއެވެ. وَق‍‍َ‍ا‍لَ لِفِتْيَانِهِ ا‍ج‍‍ْعَلُو‍‍ا‍ بِضَاعَتَهُمْ فِي ‍ر‍‍ِحَالِهِمْ لَعَلَّهُمْ يَعْ‍‍ر‍‍ِفُونَهَ‍‍ا إِذَا ا‍ن‍قَلَبُ‍‍و‍‍ا‍ إِلَى أَهْلِهِمْ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Falammā Raja`ū 'Ilá 'Abīhim Qālū Yā 'Abānā Muni`a Minnā Al-Kaylu Fa'arsil Ma`anā 'Akhānā Naktal Wa 'Innā Lahu Laĥāfižūna 012-063 ފަހެ، އެއުރެންގެ ބައްޕާގެ އަރިހަށް އެއުރެން އެނބުރި ދިޔަހިނދު އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ، ތިމަންމެންނަށްމިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ. فَلَ‍‍م‍ّ‍‍َا رَجَعُ‍‍و‍‍ا‍ إِلَى أَبِيهِمْ قَالُو‍‍ا‍ يَ‍‍ا‍ أَبَانَا مُنِعَ مِ‍‍ن‍ّ‍‍َا ا‍لْكَيْلُ فَأَرْسِلْ مَعَنَ‍‍ا‍ أَخَانَا نَكْتَلْ وَإِ‍نّ‍‍َا لَهُ لَحَافِظ‍‍ُ‍و‍نَ
Qāla Hal 'Āmanukum `Alayhi 'Illā Kamā 'Amintukum `Alá 'Akhīhi Min Qablu Fa-Allāhu Khayrun Ĥāfižāan Wa Huwa 'Arĥamu Ar-Rāĥimīna 012-064 އެކަލޭގެފާނު ވިދާޅުވިއެވެ. މީގެކުރިން އޭނާގެ أخ (يوسف ގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭ ހެއްޔެވެ؟ ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ هَلْ آمَنُكُمْ عَلَيْهِ إِلاَّ كَمَ‍‍ا‍ أَمِ‍‍ن‍تُكُمْ عَلَى أَخ‍‍ِ‍ي‍هِ مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَال‍لَّهُ خَيْرٌ حَافِظا‍ً وَهُوَ أَرْحَمُ ا‍لرَّاحِم‍‍ِ‍ي‍نَ
Wa Lammā Fataĥū Matā`ahum Wa Jadū Biđā`atahum Ruddat 'Ilayhim Qālū Yā 'Abānā Mā Nabghī Hadhihi Biđā`atunā Ruddat 'Ilaynā Wa Namīru 'Ahlanā Wa Naĥfažu 'Akhānā Wa Nazdādu Kayla Ba`īrin Dhālika Kaylun Yasīrun 012-065 އަދި އެއުރެންގެ ސާމާނު އެއުރެން ހުޅުވިހިނދު، އެއުރެންގެ މުދާ (އޭގެތެރޭގައި) އެއުރެންނަށް ރައްދުކުރެވިފައިވަނިކޮށް ފެނިފައި، އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! (މިއަށްވުރެމޮޅަށް) ތިމަންމެން އެދޭނީ ކޮންކަމެއްހެއްޔެވެ؟ މިހިރީ ތިމަންމެންގެ މުދާ ތިމަންމެންނަށް ރައްދުކުރެވިފައެވެ. އަދި ތިމަންމެންގެ أهل ންނަށް (އިތުރަށް) ކާބޯތަކެތި ގެނެސްދީ، އަދި ތިމަންމެންގެ ކޮއްކޮ ރައްކާތެރި ކުރާހުށީމުއެވެ. އަދި جمل އަކަށް އެރުވޭތަކެތި އިތުރުކުރާނޫއެވެ. އެއީ މިނެދެވޭ މަދު އެތިކޮޅެކެވެ. وَلَ‍‍م‍ّ‍‍َا فَتَحُو‍‍ا‍ مَتَاعَهُمْ وَجَدُوا‍ بِضَاعَتَهُمْ رُدَّتْ إِلَيْهِمْ قَالُو‍‍ا‍ يَ‍‍ا‍ أَبَانَا مَا نَ‍‍ب‍‍ْغِي هَذِهِ بِضَاعَتُنَا رُدَّتْ إِلَيْنَا وَنَم‍‍ِ‍ي‍‍ر‍ُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْد‍َا‍دُ كَيْلَ بَع‍‍ِ‍ي‍ر‍ٍ ذَلِكَ كَيْل‍‍‍ٌ يَس‍‍ِ‍ي‍ر‍ٌ
Qāla Lan 'Ursilahu Ma`akum Ĥattá Tu'utūni Mawthiqāan Mina Al-Lahi Lata'tunanī Bihi 'Illā 'An Yuĥāţa Bikum Falammā 'Ātawhu Mawthiqahum Qāla Al-Lahu `Alá Mā Naqūlu Wa Kīlun 012-066 އެކަލޭގެފާނު ވިދާޅުވިއެވެ.ތިޔަބައިމީހުންގެ މައްޗަށް عداوة ތެރިންގެ ބަޔަކު ގަދަވެއްޖެހިނދަކު މެނުވީ، އޭނާ އަނބުރާ ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭންކަމަށް، اللَّه ގެ حضرة ންވާ عهد އެއް ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ގެނެސްދީފުމަށް ދާނދެން ތިޔަބައިމީހުންނާއެކު އޭނާއެއް ނުފޮނުއްވާ ހުށީމެވެ. ފަހެ، އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ބަސް ގެނެސްގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މިބުނާ އެއްޗަކަށް، اللَّه ހެކިވެވޮޑިގެންވާނެތެވެ. ق‍َا‍لَ لَنْ أُرْسِلَهُ مَعَكُمْ حَتَّى تُؤْت‍‍ُ‍و‍نِ مَوْثِقا‍ً مِنَ ا‍للَّهِ لَتَأْتُنَنِي بِهِ إِلاَّ أَ‍ن‍ْ يُح‍‍َ‍ا‍طَ بِكُمْ فَلَ‍‍م‍ّ‍‍َ‍‍ا آتَوْهُ مَوْثِقَهُمْ ق‍‍َ‍ا‍لَ ا‍للَّهُ عَلَى مَا نَق‍‍ُ‍و‍لُ وَك‍‍ِ‍ي‍ل‍‍‍ٌ
Wa Qāla Yā Banīya Lā Tadkhulū Min Bābin Wāĥidin Wa Adkhulū Min 'Abwābin Mutafarriqatin Wa Mā 'Ughnī `Ankum Mina Al-Lahi Min Shay'in 'Ini Al-Ĥukmu 'Illā Lillahi `Alayhi Tawakkaltu Wa `Alayhi Falyatawakkali Al-Mutawakkilūna 012-067 އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ! وَق‍‍َ‍ا‍لَ يَا بَنِيَّ لاَ تَ‍‍د‍‍ْخُلُو‍‍ا‍ مِ‍‍ن‍ْ ب‍‍َ‍ا‍ب‍‍‍ٍ وَا‍حِد‍ٍ وَا‍د‍‍ْخُلُو‍‍ا‍ مِنْ أَ‍ب‍‍ْو‍َا‍ب‍‍‍ٍ مُتَفَرِّقَة‍‍‍ٍ وَمَ‍‍ا‍ أُغْنِي عَ‍‍ن‍كُ‍‍م‍ْ مِنَ ا‍للَّهِ مِ‍‍ن‍ْ شَيْء‍ٍ إِنِ ا‍لْحُكْمُ إِلاَّ لِلَّهِ عَلَيْهِ تَوَكَّلْتُ وَعَلَيْهِ فَلْيَتَوَكَّلِ ا‍لْمُتَوَكِّل‍‍ُ‍و‍نَ
Wa Lammā Dakhalū Min Ĥaythu 'Amarahum 'Abūhum Mmā Kāna Yughnī `Anhum Mmina Al-Lahi Min Shay'in 'Illā Ĥājatan Fī Nafsi Ya`qūba Qađāhā Wa 'Innahu Ladhū `Ilmin Limā `Allamnāhu Wa Lakinna 'Akthara An-Nāsi Lā Ya`lamūna 012-068 އަދި އެއުރެންގެ ބައްޕާ أمر ކުރެއްވިގޮތަށް، އެއުރެންގޮސް ވަންހިނދު އެކަލޭގެފާނަކަށް اللَّه ގެ حضرة ން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއްނުދެއްވުނެވެ. ހަމައެކަނި، يعقوب ގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ. (އެއީ يعقوب ގެފާނު ވިދާޅުވިގޮތަށް އެއުރެން އެކަން ކުރުމެވެ.) އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވި އެއްޗެއް ރަނގަޅަށް ދެނެހުންނެވި ބޭކަލެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَلَ‍‍م‍ّ‍‍َا دَخَلُواْ مِنْ حَيْثُ أَمَرَهُمْ أَبُوهُ‍‍ممّ‍‍َا ك‍‍َ‍ا‍نَ يُغْنِي عَنْهُ‍‍ممّ‍‍ِنَ ا‍للَّهِ مِ‍‍ن‍ْ شَيْء‍ٍ إِلاَّ حَاجَة‍‍‍ً فِي نَفْسِ يَعْق‍‍ُ‍و‍بَ قَضَاهَا وَإِ‍نّ‍‍َهُ لَذُو عِلْم‍‍‍ٍ لِمَا عَلَّمْن‍‍َ‍ا‍هُ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Wa Lammā Dakhalū `Alá Yūsufa 'Āwá 'Ilayhi 'Akhāhu Qāla 'Innī 'Anā 'Akhūka Falā Tabta'is Bimā Kānū Ya`malūna 012-069 އަދި يوسف ގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ أخ އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ أخ އާއެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ! وَلَ‍‍م‍ّ‍‍َا دَخَلُو‍‍ا‍ عَلَى يُوسُفَ آوَى إِلَيْهِ أَخ‍‍َ‍ا‍هُ ق‍‍َ‍ا‍لَ إِ‍نّ‍‍ِ‍‍ي‍ أَنَ‍‍ا‍ أَخ‍‍ُ‍و‍كَ فَلاَ تَ‍‍ب‍‍ْتَئِسْ بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Falammā Jahhazahum Bijahāzihim Ja`ala As-Siqāyata Fī Raĥli 'Akhīhi Thumma 'Adhdhana Mu'uadhdhinun 'Ayyatuhā Al-`Īru 'Innakum Lasāriqūna 012-070 ފަހެ، އެކަލޭގެފާނު އެއުރެންގެ ސާމާނު ތައްޔާރުކޮށްދެއްވިހިނދު (މިނެހެދުމަށް ގެންގުޅޭ) سقاية، އޭނާގެ أخ ގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. ދެން ގޮވައި އަންގާ މީހަކު ގޮވިއެވެ. އޭ قافلة ގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ. فَلَ‍‍م‍ّ‍‍َا جَهَّزَهُ‍‍م‍ْ بِجَهَازِهِمْ جَعَلَ ا‍لسِّقَايَةَ فِي رَحْلِ أَخ‍‍ِ‍ي‍هِ ثُ‍‍م‍ّ‍‍َ أَذَّنَ مُؤَذِّنٌ أَيَّتُهَا ا‍لْع‍‍ِ‍ي‍‍ر‍ُ إِ‍نّ‍‍َكُمْ لَسَا‍ر‍‍ِق‍‍ُ‍و‍نَ
Qālū Wa 'Aqbalū `Alayhimdhā Tafqidūna 012-071 އެއުރެން އެއުރެންނާ ކުރިމަތިލައި އައިސް ބުނެފޫއެވެ. ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟ قَالُو‍‍ا‍ وَأَ‍ق‍‍ْبَلُو‍‍ا‍ عَلَيْهِ‍‍م‍ْ مَاذَا تَفْقِد‍ُو‍نَ
Qālū Nafqidu Şuwā`a Al-Maliki Wa Liman Jā'a Bihi Ĥimlu Ba`īrin Wa 'Anā Bihi Za`īmun 012-072 އެއުރެން ބުނެފޫއެވެ. ތިމަންމެން ގެއްލިގެންމިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ، جمل އަކަށް އެރުވޭހާ ތަކެއްޗެވެ. އެކަމަށް އަހަރެން ޖާމިނުވެގެންވަމެވެ. قَالُو‍‍ا‍ نَفْقِدُ صُو‍َا‍عَ ا‍لْمَلِكِ وَلِمَ‍‍ن‍ْ ج‍‍َ‍ا‍ءَ بِهِ حِمْلُ بَع‍‍ِ‍ي‍ر‍ٍ وَأَنَا بِهِ زَع‍‍ِ‍ي‍م‍‍‍ٌ
Qālū Ta-Allāhi Laqad `Alimtum Mā Ji'nā Linufsida Fī Al-'Arđi Wa Mā Kunnā Sāriqīna 012-073 އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި فساد ކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. قَالُو‍‍ا‍ تَال‍لَّهِ لَقَ‍‍د‍ْ عَلِمْتُ‍‍م‍ْ مَا جِئْنَا لِنُفْسِدَ فِي ا‍لأَرْضِ وَمَا كُ‍‍ن‍ّ‍‍َا سَا‍ر‍‍ِق‍‍ِ‍ي‍نَ
Qālū Famā Jazā'uuhu 'In Kuntumdhibīna 012-074 އެއުރެން ބުނެފޫއެވެ. ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ، ފަހެ، އެކަމުގެ (އެބަހީ: މިނާއެތި ވަގަށްނެގުމުގެ) ޖަޒާއަކީ ކޮބައިހެއްޔެވެ؟ قَالُو‍‍ا‍ فَمَا جَز‍َا‍ؤُهُ إِ‍ن‍ْ كُ‍‍ن‍تُمْ كَاذِب‍‍ِ‍ي‍نَ
Qālū Jazā'uuhu Man Wujida Fī Raĥlihi Fahuwa Jazā'uuhu Kadhālika Naj Až-Žālimīna 012-075 އެއުރެން ބުނެފޫއެވެ. އެކަމުގެ ޖަޒާއަކީ، އެމީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ، އޭނާ އެއީ އެކަމުގެ ޖަޒާއެވެ. (އެބަހީ: ޖަޒާދިނުމަށްޓަކައި އެމީހަކު ހިފެހެއްޓުމެވެ.) އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. قَالُو‍‍ا‍ جَز‍َا‍ؤُهُ مَ‍‍ن‍ْ وُجِدَ فِي رَحْلِهِ فَهُوَ جَز‍َا‍ؤُهُ كَذَلِكَ نَ‍‍ج‍‍ْزِي ا‍لظَّالِم‍‍ِ‍ي‍نَ
Fabada'a Bi'aw`iyatihim Qabla Wi`ā'i 'Akhīhi Thumma Astakhrajahā Min Wi`ā'i 'Akhīhi Kadhālika Kidnā Liyūsufa Mā Kāna Liya'khudha 'Akhāhu Fī Dīni Al-Maliki 'Illā 'An Yashā'a Al-Lahu Narfa`u Darajātin Man Nashā'u Wa Fawqa Kulli Dhī `Ilmin `Alīmun 012-076 ފަހެ، އެކަލޭގެފާނުގެ أخ އާގެ ތަކެތި ހޯދުމުގެ ކުރިން، އެއުރެންގެ ތަކެތި ހޯދަންފެށިއެވެ. ދެން އެކަލޭގެފާނުގެ أخ އާގެ ތަކެތީގެ ތެރެއިން، އެ މިނާއެތި ނެރުނެވެ. އެގޮތަށް يوسف ގެފާނަށްޓަކައި، ތިމަންރަސްކަލާނގެ (އެކަންތައް) ރޭއްވެވީމެވެ. اللَّهއިރާދަކުރެއްވުމާނުލައި، ރަސްގެފާނުގެ އާދަޔާ އެއްގޮތަށް އެކަލޭގެފާނަކަށް، އޭނާގެ أخ އާ އަތަކު ނުލެއްވުނީހެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. އަދި ކޮންމެ علٰٰم ވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ. فَبَدَأَ بِأَوْعِيَتِهِمْ قَ‍‍ب‍‍ْلَ وِع‍‍َ‍ا‍ءِ أَخ‍‍ِ‍ي‍هِ ثُ‍‍م‍ّ‍‍َ ا‍سْتَخْرَجَهَا مِ‍‍ن‍ْ وِع‍‍َ‍ا‍ءِ أَخ‍‍ِ‍ي‍هِ كَذَلِكَ كِ‍‍د‍‍ْنَا لِيُوسُفَ مَا ك‍‍َ‍ا‍نَ لِيَأْخُذَ أَخ‍‍َ‍ا‍هُ فِي د‍ِي‍نِ ا‍لْمَلِكِ إِلاَّ أَ‍ن‍ْ يَش‍‍َ‍ا‍ءَ ا‍للَّهُ نَرْفَعُ دَرَج‍‍َ‍ا‍ت‍‍‍ٍ مَ‍‍ن‍ْ نَش‍‍َ‍ا‍ءُ وَفَوْقَ كُلِّ ذِي عِلْمٍ عَل‍‍ِ‍ي‍م‍‍‍ٌ
Qālū 'In Yasriq Faqad Saraqa 'Akhun Lahu Min Qablu Fa'asarrahā Yūsufu Fī Nafsihi Wa Lam Yubdihā Lahum Qāla 'Antum Sharrun Makānāan Wa Allāhu 'A`lamu Bimā Taşifūna 012-077 އެއުރެން ބުނެފޫއެވެ. އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ أخ އަކުވެސްވަނީ ވައްކަންކޮށްފައެވެ. ފަހެ، يوسف ގެފާނު، އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބަސް ސިއްރުކުރެއްވިއެވެ. އަދި އެއުރެންނަށް އެކަން ފާޅެއްނުކުރައްވަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް اللَّه ދެނެވޮޑިގަތުން ބޮޑެވެ. قَالُ‍‍و‍‍ا‍ إِ‍ن‍ْ يَسْ‍‍ر‍‍ِ‍ق‍ْ فَقَ‍‍د‍ْ سَرَقَ أَخ‍‍‍ٌ لَهُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَأَسَرَّهَا يُوسُفُ فِي نَفْسِهِ وَلَمْ يُ‍‍ب‍‍ْدِهَا لَهُمْ ق‍‍َ‍ا‍لَ أَ‍ن‍‍ْتُمْ شَرّ‍ٌ مَكَانا‍ً وَا‍للَّهُ أَعْلَمُ بِمَا تَصِف‍‍ُ‍و‍نَ
Qālū Yā 'Ayyuhā Al-`Azīzu 'Inna Lahu 'Abāan Shaykhāan Kabīrāan Fakhudh 'Aĥadanā Makānahu 'Innā Narāka Mina Al-Muĥsinīna 012-078 އެއުރެން ދެންނެވޫއެވެ. އޭ العزيز އެވެ! ހަމަކަށަވަރުން، އޭނާގެ قدر ވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންނެވެ. قَالُو‍‍ا‍ يَ‍‍ا‍ أَيُّهَا ا‍لْعَز‍ِي‍زُ إِ‍نّ‍‍َ لَهُ أَبا‍ً شَيْخا‍ً كَبِيرا‍ً فَخُذْ أَحَدَنَا مَكَانَهُ إِ‍نّ‍‍َا نَر‍َا‍كَ مِنَ ا‍لْمُحْسِن‍‍ِ‍ي‍نَ
Qāla Ma`ādha Al-Lahi 'An Na'khudha 'Illā Man Wajadnā Matā`anā `Indahu 'Innā 'Idhāan Lažālimūna 012-079 އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށްއެދެމެވެ.) އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ. ق‍َا‍لَ مَع‍‍َ‍ا‍ذَ ا‍للَّهِ أَ‍ن‍ْ نَأْخُذَ إِلاَّ مَ‍‍ن‍ْ وَجَ‍‍د‍‍ْنَا مَتَاعَنَا عِ‍‍ن‍‍ْدَهُ إِ‍نّ‍‍َ‍‍ا إِذا‍ً لَظَالِم‍‍ُ‍و‍نَ
Falammā Astay'asū Minhu Khalaşū Najīyāan Qāla Kabīruhum 'Alam Ta`lamū 'Anna 'Abākum Qad 'Akhadha `Alaykum Mawthiqāan Mina Al-Lahi Wa Min Qablu Mā Farraţtum Fī Yūsufa Falan 'Abraĥa Al-'Arđa Ĥattá Ya'dhana Lī 'Abī 'Aw Yaĥkuma Al-Lahu Lī Wa Huwa Khayru Al-Ĥākimīna 012-080 ފަހެ، އެއުރެން އެކަލޭގެފާނުގެ ކިބައިން اميد ކެނޑުނުހިނދު، އެއުރެން އެކަހެރިވެ ސައްލާކުރޫއެވެ. އެއުރެންގެ ބޮޑަކަށްހުރި މީހާ ބުންޏެވެ. ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، اللَّه ގެ حضرة ން عهد ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން يوسف ގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ، ތިމަންގެ ބައްޕާ ތިމަންނައަށް إذن ދެއްވައިފުމަށްދާނދެން، ނުވަތަ اللَّه ތިމަންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާނދެން ތިމަން (مصر ގެ) ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެކަލާނގެއީ حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. فَلَ‍‍م‍ّ‍‍َا ا‍سْتَيْئَسُو‍‍ا‍ مِنْهُ خَلَصُو‍‍ا‍ نَجِيّا‍ً ق‍‍َ‍ا‍لَ كَبِيرُهُمْ أَلَمْ تَعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ أَبَاكُمْ قَ‍‍د‍ْ أَخَذَ عَلَيْكُ‍‍م‍ْ مَوْثِقا‍ً مِنَ ا‍للَّهِ وَمِ‍‍ن‍ْ قَ‍‍ب‍‍ْلُ مَا فَرَّ‍‍ط‍تُمْ فِي يُوسُفَ فَلَنْ أَ‍ب‍‍ْرَحَ ا‍لأَرْضَ حَتَّى يَأْذَنَ لِ‍‍ي‍ أَبِ‍‍ي‍ أَوْ يَحْكُمَ ا‍للَّهُ لِي وَهُوَ خَيْرُ ا‍لْحَاكِم‍‍ِ‍ي‍نَ
Arji`ū 'Ilá 'Abīkum Faqūlū Yā 'Abānā 'Inna Abnaka Saraqa Wa Mā Shahidnā 'Illā Bimā `Alimnā Wa Mā Kunnā Lilghaybi Ĥāfižīna 012-081 ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށްމެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި غيب ގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. ا‍رْجِعُ‍‍و‍‍ا‍ إِلَى أَبِيكُمْ فَقُولُو‍‍ا‍ يَ‍‍ا‍ أَبَانَ‍‍ا إِ‍نّ‍‍َ ا‍ب‍‍ْنَكَ سَرَقَ وَمَا شَهِ‍‍د‍‍ْنَ‍‍ا إِلاَّ بِمَا عَلِمْنَا وَمَا كُ‍‍ن‍ّ‍‍َا لِلْغَيْبِ حَافِظ‍‍ِ‍ي‍نَ
Wa As'ali Al-Qaryata Allatī Kunnā Fīhā Wa Al-`Īra Allatī 'Aqbalnā Fīhā Wa 'Innā Laşādiqūna 012-082 އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި قافلة ގެ މީހުންނާ سؤال ކުރައްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ. وَاسْأَلِ ا‍لْقَرْيَةَ ا‍لَّتِي كُ‍‍ن‍ّ‍‍َا فِيهَا وَا‍لْع‍‍ِ‍ي‍‍ر‍َ ا‍لَّتِ‍‍ي‍ أَ‍ق‍‍ْبَلْنَا فِيهَا وَإِ‍نّ‍‍َا لَصَادِق‍‍ُ‍و‍نَ
Qāla Bal Sawwalat Lakum 'Anfusukum 'Amrāan Faşabrun Jamīlun `Asá Al-Lahu 'An Ya'tiyanī Bihim Jamī`āan 'Innahu Huwa Al-`Alīmu Al-Ĥakīmu 012-083 އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ نفس ތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. اللَّه އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ بَلْ سَوَّلَتْ لَكُمْ أَن‍فُسُكُمْ أَمْرا‍ً فَصَ‍‍ب‍‍ْر‍ٌ جَم‍‍ِ‍ي‍لٌ عَسَى ا‍للَّهُ أَ‍ن‍ْ يَأْتِيَنِي بِهِمْ جَمِيعا‍ً إِ‍نّ‍‍َهُ هُوَ ا‍لْعَل‍‍ِ‍ي‍مُ ا‍لْحَك‍‍ِ‍ي‍مُ
Wa Tawallá `Anhum Wa Qāla Yā 'Asafá `Alá Yūsufa Wa Abyađđat `Aynāhu Mina Al-Ĥuzni Fahuwa Kažīmun 012-084 އަދި އެކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. يوسف ގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ! އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވައި، ހިފަހައްޓަވާ ބޭކަލެކެވެ. وَتَوَلَّى عَنْهُمْ وَق‍‍َ‍ا‍لَ يَ‍‍ا‍ أَسَفَى عَلَى يُوسُفَ وَا‍ب‍‍ْيَضَّتْ عَيْن‍‍َ‍ا‍هُ مِنَ ا‍لْحُزْنِ فَهُوَ كَظ‍‍ِ‍ي‍م‍‍‍ٌ
Qālū Ta-Allāhi Tafta'u Tadhkuru Yūsufa Ĥattá Takūna Ĥarađāan 'Aw Takūna Mina Al-Hālikīna 012-085 އެއުުރެން ދެންނެވޫއެވެ. اللَّه ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލިحالބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، يوسف ގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ. قَالُو‍‍ا‍ تَال‍لَّهِ تَفْتَأُ تَذْكُرُ يُوسُفَ حَتَّى تَك‍‍ُ‍و‍نَ حَرَضاً أَوْ تَك‍‍ُ‍و‍نَ مِنَ ا‍لْهَالِك‍‍ِ‍ي‍نَ
Qāla 'Innamā 'Ashkū Baththī Wa Ĥuznī 'Ilá Al-Lahi Wa 'A`lamu Mina Al-Lahi Mā Lā Ta`lamūna 012-086 އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. ق‍َا‍لَ إِ‍نّ‍‍َمَ‍‍ا‍ أَشْكُو بَثِّي وَحُزْنِ‍‍ي إِلَى ا‍للَّهِ وَأَعْلَمُ مِنَ ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Yā Banīya Adh/habū Fataĥassasū Min Yūsufa Wa 'Akhīhi Wa Lā Tay'asū Min Rawĥi Al-Lahi 'Innahu Lā Yay'asu Min Rawĥi Al-Lahi 'Illā Al-Qawmu Al-Kāfirūna 012-087 އޭ އަހުރެންގެ ދަރިންނޭވެ! يوسف ގެފާނާއި، އޭނާގެ أخ އާގެ خبر އެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.) يَا بَنِيَّ ا‍ذْهَبُو‍‍ا‍ فَتَحَسَّسُو‍‍ا‍ مِ‍‍ن‍ْ يُوسُفَ وَأَخ‍‍ِ‍ي‍هِ وَلاَ تَيْئَسُو‍‍ا‍ مِ‍‍ن‍ْ رَوْحِ ا‍للَّهِ إِ‍نّ‍‍َهُ لاَ يَيْئَسُ مِ‍‍ن‍ْ رَوْحِ ا‍للَّهِ إِلاَّ ا‍لْقَوْمُ ا‍لكَافِر‍ُو‍نَ
Falammā Dakhalū `Alayhi Qālū Yā 'Ayyuhā Al-`Azīzu Massanā Wa 'Ahlanā Ađ-Đurru Wa Ji'nā Bibiđā`atin Muzjāatin Fa'awfi Lanā Al-Kayla Wa Taşaddaq `Alaynā 'Inna Al-Laha Yaj Al-Mutaşaddiqīna 012-088 ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް ވަންހިނދު، އެއުރެން ދެންނެވޫއެވެ. އޭ العزيز އެވެ! ތިމަންމެންނަށާއި، ތިމަންމެންގެ أهل ވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، ތިމަންމެންނަށް صدقات ކުރައްވާށެވެ! ހަމަކަށަވަރުން، صدقات ކުރާ މީހުންނަށް اللَّه (ހެޔޮ)ޖަޒާދެއްވާނެތެވެ. فَلَ‍‍م‍ّ‍‍َا دَخَلُو‍‍ا‍ عَلَيْهِ قَالُو‍‍ا‍ يَ‍‍ا‍ أَيُّهَا ا‍لْعَز‍ِي‍زُ مَسَّنَا وَأَهْلَنَا ا‍لضُّرُّ وَجِئْنَا بِبِضَاعَة‍‍‍ٍ مُزْج‍‍َ‍ا‍ة‍‍‍ٍ فَأَوْفِ لَنَا ا‍لْكَيْلَ وَتَصَدَّ‍‍ق‍ْ عَلَيْنَ‍‍ا إِ‍نّ‍‍َ ا‍للَّهَ يَ‍‍ج‍‍ْزِي ا‍لْمُتَصَدِّق‍‍ِ‍ي‍نَ
Qāla Hal `Alimtum Mā Fa`altum Biyūsufa Wa 'Akhīhi 'Idh 'Antum Jāhilūna 012-089 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގިތިބި حال، يوسف ގެފާނަށާއި، އެކަލޭގެފާނުގެ أخ އާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟ ق‍َا‍لَ هَلْ عَلِمْتُ‍‍م‍ْ مَا فَعَلْتُ‍‍م‍ْ بِيُوسُفَ وَأَخ‍‍ِ‍ي‍هِ إِذْ أَ‍ن‍‍ْتُمْ جَاهِل‍‍ُ‍و‍نَ
Qālū 'A'innaka La'anta Yūsufu Qāla 'Anā Yūsufu Wa Hadhā 'Akhī Qad Manna Al-Lahu `Alaynā 'Innahu Man Yattaqi Wa Yaşbir Fa'inna Al-Laha Lā Yuđī`u 'Ajra Al-Muĥsinīna 012-090 އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިޔައީ يوسف ގެފާނު ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަކީ، يوسف ގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أخ އާއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، تقوى ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ. قَالُ‍‍و‍‍ا‍ أَئِ‍‍ن‍ّ‍‍َكَ لَأَ‍ن‍‍ْتَ يُوسُفُ ق‍‍َ‍ا‍لَ أَنَا يُوسُفُ وَهَذَا أَخِي قَ‍‍د‍ْ مَ‍‍ن‍ّ‍‍َ ا‍للَّهُ عَلَيْنَ‍‍ا إِ‍نّ‍‍َهُ مَ‍‍ن‍ْ يَتَّقِ وَيَصْبِرْ فَإِ‍نّ‍‍َ ا‍للَّهَ لاَ يُض‍‍ِ‍ي‍عُ أَ‍ج‍‍ْرَ ا‍لْمُحْسِن‍‍ِ‍ي‍نَ
Qālū Ta-Allāhi Laqad 'Ātharaka Al-Lahu `Alaynā Wa 'In Kunnā Lakhāţi'īna 012-091 އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ. قَالُو‍‍ا‍ تَال‍لَّهِ لَقَ‍‍د‍ْ آثَرَكَ ا‍للَّهُ عَلَيْنَا وَإِ‍ن‍ْ كُ‍‍ن‍ّ‍‍َا لَخَاطِئ‍‍ِ‍ي‍نَ
Qāla Lā Tathrība `Alaykumu Al-Yawma Yaghfiru Al-Lahu Lakum Wa Huwa 'Arĥamu Ar-Rāĥimīna 012-092 އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ لاَ تَثْ‍‍ر‍‍ِي‍بَ عَلَيْكُمُ ا‍لْيَوْمَ يَغْفِ‍‍ر‍ُ ا‍للَّهُ لَكُمْ وَهُوَ أَرْحَمُ ا‍لرَّاحِم‍‍ِ‍ي‍نَ
Adh/habū Biqamīşī Hādhā Fa'alqūhu `Alá Wajhi 'Abī Ya'ti Başīrāan Wa 'Tūnī Bi'ahlikum 'Ajma`īna 012-093 ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ أهل ވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! ا‍ذْهَبُو‍‍ا‍ بِقَمِيصِي هَذَا فَأَلْق‍‍ُ‍و‍هُ عَلَى وَج‍‍ْهِ أَبِي يَأْتِ بَصِيرا‍ً وَأْتُونِي بِأَهْلِكُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Wa Lammā Faşalati Al-`Īru Qāla 'Abūhum 'Innī La'ajidu Rīĥa Yūsufa Lawlā 'An Tufannidūni 012-094 އެ قافلة (ރަށުން) ވަކިވިހިނދު، އެއުރެންގެ ބައްޕާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް يوسف ގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ. وَلَ‍‍م‍ّ‍‍َا فَصَلَتِ ا‍لْع‍‍ِ‍ي‍‍ر‍ُ ق‍‍َ‍ا‍لَ أَبُوهُمْ إِ‍نّ‍‍ِي لَأَجِدُ ‍ر‍‍ِي‍حَ يُوسُفَ لَوْلاَ أَ‍ن‍ْ تُفَ‍‍ن‍ّ‍‍ِد‍ُو‍نِ
Qālū Ta-Allāhi 'Innaka Lafī Đalālika Al-Qadīmi 012-095 އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް خيال ގައިކަން ކަށަވަރެވެ. قَالُو‍‍ا‍ تَال‍لَّهِ إِ‍نّ‍‍َكَ لَفِي ضَلاَلِكَ ا‍لْقَد‍ِي‍مِ
Falammā 'An Jā'a Al-Bashīru 'Alqāhu `Alá Wajhihi Fārtadda Başīrāan Qāla 'Alam 'Aqul Lakum 'Innī 'A`lamu Mina Al-Lahi Mā Lā Ta`lamūna 012-096 ފަހެ، އުފާވެރިކަމުގެ خبر ދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުމައްޗަށް އެ ގަަމީސްކޮޅު އެއްލިއެވެ. ފަހެ، އެހިނދު ލޮލަށް ފެންނަމީހަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް،ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟ فَلَ‍‍م‍ّ‍‍َ‍‍ا‍ أَ‍ن‍ْ ج‍‍َ‍ا‍ءَ ا‍لْبَش‍‍ِ‍ي‍‍ر‍ُ أَلْق‍‍َ‍ا‍هُ عَلَى وَج‍‍ْهِهِ فَارْتَدَّ بَصِيرا‍ً ق‍‍َ‍ا‍لَ أَلَمْ أَقُ‍‍ل‍ْ لَكُمْ إِ‍نّ‍‍ِ‍‍ي‍ أَعْلَمُ مِنَ ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Qālū Yā 'Abānā Astaghfir Lanā Dhunūbanā 'Innā Kunnā Khāţi'īna 012-097 އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ. قَالُو‍‍ا‍ ي‍‍َ‍ا‍أَبَانَا ا‍سْتَغْفِرْ لَنَا ذُنُوبَنَ‍‍ا إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا خَاطِئ‍‍ِ‍ي‍نَ
Qāla Sawfa 'Astaghfiru Lakum Rabbī 'Innahu Huwa Al-Ghafūru Ar-Raĥīmu 012-098 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ سَوْفَ أَسْتَغْفِ‍‍ر‍ُ لَكُمْ رَبِّ‍‍ي إِ‍نّ‍‍َهُ هُوَ ا‍لْغَف‍‍ُ‍و‍رُ ا‍لرَّح‍‍ِ‍ي‍مُ
Falammā Dakhalū `Alá Yūsufa 'Āwá 'Ilayhi 'Abawayhi Wa Qāla Adkhulū Mişra 'In Shā'a Al-Lahu 'Āminīna 012-099 ފަހެ، އެއުރެން (އެންމެން) يوسف ގެފާނުގެ އަރިހަށް (ގޮސް) ވަންހިނދު، އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވިއެެވެ. އަދި ވިދާޅުވިއެވެ. اللَّه ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ حال ގައި، مصر އަށް ވެދެވަޑައިގަންނަވާށެވެ! فَلَ‍‍م‍ّ‍‍َا دَخَلُو‍‍ا‍ عَلَى يُوسُفَ آوَى إِلَيْهِ أَبَوَيْهِ وَق‍‍َ‍ا‍لَ ا‍د‍‍ْخُلُو‍‍ا‍ مِصْرَ إِ‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ آمِن‍‍ِ‍ي‍نَ
Wa Rafa`a 'Abawayhi `Alá Al-`Arshi Wa Kharrū Lahu Sujjadāan Wa Qāla Yā 'Abati Hādhā Ta'wīlu Ru'uyā Y Min Qablu Qad Ja`alahā Rabbī Ĥaqqāan Wa Qad 'Aĥsana Bī 'Idh 'Akhrajanī Mina As-Sijni Wa Jā'a Bikum Mina Al-Badwi Min Ba`di 'An Nazagha Ash-Shayţānu Baynī Wa Bayna 'Ikhwatī 'Inna Rabbī Laţīfun Limā Yashā'u 'Innahu Huwa Al-`Alīmu Al-Ĥakīmu 012-100 އަދި يوسف ގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تخت އަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، سجدة އަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން،ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން حق ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخ ންނާ ދެމެދު شيطان އާ ނުބައިކޮށްފުމަށް ފަހުގައި، بدوى ންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. وَرَفَعَ أَبَوَيْهِ عَلَى ا‍لْعَرْشِ وَخَرُّوا‍ لَهُ سُجَّدا‍ً وَق‍‍َ‍ا‍لَ ي‍‍َ‍ا‍أَبَتِ هَذَا تَأْو‍ِي‍لُ رُؤْيَاي مِ‍‍ن‍ْ قَ‍‍ب‍‍ْلُ قَ‍‍د‍ْ جَعَلَهَا رَبِّي حَقّا‍ً وَقَ‍‍د‍ْ أَحْسَنَ بِ‍‍ي إِذْ أَخْرَجَنِي مِنَ ا‍لسِّ‍‍ج‍‍ْنِ وَج‍‍َ‍ا‍ءَ بِكُ‍‍م‍ْ مِنَ ا‍لْبَ‍‍د‍‍ْوِ مِ‍‍ن‍ْ بَعْدِ أَ‍ن‍ْ نَزَغَ ا‍لشَّيْط‍‍َ‍ا‍نُ بَيْنِي وَبَيْنَ إِخْوَتِ‍‍ي إِ‍نّ‍‍َ رَبِّي لَط‍‍ِ‍ي‍ف‍‍‍ٌ لِمَا يَش‍‍َ‍ا‍ءُ إِ‍نّ‍‍َهُ هُوَ ا‍لْعَل‍‍ِ‍ي‍مُ ا‍لْحَك‍‍ِ‍ي‍مُ
Rabbi Qad 'Ātaytanī Mina Al-Mulki Wa `Allamtanī Min Ta'wīli Al-'Aĥādīthi Fāţira As-Samāwāti Wa Al-'Arđi 'Anta Wa Līyi Fī Ad-Dunyā Wa Al-'Ākhirati Tawaffanī Muslimāan Wa 'Alĥiqnī Biş-Şāliĥīna 012-101 އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! رَبِّ قَ‍‍د‍ْ آتَيْتَنِي مِنَ ا‍لْمُلْكِ وَعَلَّمْتَنِي مِ‍‍ن‍ْ تَأْو‍ِي‍لِ ا‍لأَحَاد‍ِي‍ثِ فَاطِ‍‍ر‍َ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ أَ‍ن‍‍ْتَ وَلِيِّ فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ تَوَفَّنِي مُسْلِما‍ً وَأَلْحِ‍‍ق‍‍ْنِي بِ‍‍ا‍لصَّالِح‍‍ِ‍ي‍نَ
Dhālika Min 'Anbā'i Al-Ghaybi Nūĥīhi 'Ilayka Wa Mā Kunta Ladayhim 'Idh 'Ajma`ū 'Amrahum Wa Hum Yamkurūna 012-102 އެއީ غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. އަދި އެއުރެން މަކަރުވެރިރޭވުންތައް ރާވާ حال، އެއުރެންގެ ކަންތައްތަކަށް އެއްބަސްވިއިރަކު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. ذَلِكَ مِنْ أَ‍ن‍‍ْب‍‍َ‍ا‍ءِ ا‍لْغَيْبِ نُوح‍‍ِ‍ي‍هِ إِلَيْكَ وَمَا كُ‍‍ن‍تَ لَدَيْهِمْ إِذْ أَ‍ج‍‍ْمَعُ‍‍و‍‍ا‍ أَمْرَهُمْ وَهُمْ يَمْكُر‍ُو‍نَ
Wa Mā 'Aktharu An-Nāsi Wa Law Ĥaraşta Bimu'uminīna 012-103 އަދި ކަލޭގެފާނު ކިތަންމެވަރަކަށް شوق ވެރިވެވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައެއް ނުވެތެވެ. وَمَ‍‍ا‍ أَكْثَرُ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَوْ حَرَصْتَ بِمُؤْمِن‍‍ِ‍ي‍نَ
Wa Mā Tas'aluhum `Alayhi Min 'Ajrin 'In Huwa 'Illā Dhikrun Lil`ālamīna 012-104 އަދި އެ قرآن އަށްޓަކައި، ކަލޭގެފާނު އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައެއް ނުގަންނަވަމުއެވެ. عالم ތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ، އެ قرآن ނުވެތެވެ. وَمَا تَسْأَلُهُمْ عَلَيْهِ مِنْ أَ‍ج‍‍ْر‍ٍ إِنْ هُوَ إِلاَّ ذِكْر‍ٌ لِلْعَالَم‍‍ِ‍ي‍نَ
Wa Ka'ayyin Min 'Āyatin As-Samāwāti Wa Al-'Arđi Yamurrūna `Alayhā Wa Hum `Anhā Mu`rūna 012-105 އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެއުރެން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ؟ وَكَأَيِّ‍‍ن‍ْ مِ‍‍ن‍ْ آيَة‍‍‍ٍ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ يَمُرّ‍ُو‍نَ عَلَيْهَا وَهُمْ عَنْهَا مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Wa Mā Yu'uminu 'Aktharuhum Bil-Lahi 'Illā Wa Hum Mushrikūna 012-106 އަދި އެއުރެންކުރެ ގިނަމީހުން، شريك ކުރާ ބަޔަކުކަމުގައިވާ حال ގައި މެނުވީ، اللَّه އަށް إيمان އެއް ނުވެތެވެ. وَمَا يُؤْمِنُ أَكْثَرُهُ‍‍م‍ْ بِ‍‍ا‍للَّهِ إِلاَّ وَهُ‍‍م‍ْ مُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Afa'aminū 'An Ta'tiyahum Ghāshiyatun Min `Adhābi Al-Lahi 'Aw Ta'tiyahumu As-Sā`atu Baghtatan Wa Hum Lā Yash`urūna 012-107 ފަހެ، اللَّه ގެ عذاب ގެ ތެރެއިން ކޯފާއެއް އެއުރެންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް قيامة ގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެއުރެން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟ أَفَأَمِنُ‍‍و‍‍ا‍ أَ‍ن‍ْ تَأْتِيَهُمْ غَاشِيَة‍‍‍ٌ مِنْ عَذ‍َا‍بِ ا‍للَّهِ أَوْ تَأْتِيَهُمُ ا‍لسَّاعَةُ بَغْتَة‍‍‍ً وَهُمْ لاَ يَشْعُر‍ُو‍نَ
Qul Hadhihi Sabīlī 'Ad`ū 'Ilá Al-Lahi `Alá Başīratin 'Anā Wa Mani Attaba`anī Wa Subĥāna Al-Lahi Wa Mā 'Anā Mina Al-Mushrikīna 012-108 ކަލޭގެފާނު ވިދާޅުވާށެވެ! މިއީތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. އަދި اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އަދި شريك ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ. قُلْ هَذِهِ سَبِيلِ‍‍ي‍ أَ‍د‍‍ْعُو إِلَى ا‍للَّهِ عَلَى بَصِيرَةٍ أَنَا وَمَنِ ا‍تَّبَعَنِي وَسُ‍‍ب‍‍ْح‍‍َ‍ا‍نَ ا‍للَّهِ وَمَ‍‍ا‍ أَنَا مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Wa Mā 'Arsalnā Min Qablika 'Illā Rijālāan Nūĥī 'Ilayhim Min 'Ahli Al-Qurá 'Afalam Yasīrū Fī Al-'Arđi Fayanžurū Kayfa Kāna `Āqibatu Al-Ladhīna Min Qablihim Wa Ladāru Al-'Ākhirati Khayrun Lilladhīna Attaqaw 'Afalā Ta`qilūna 012-109 އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ أهل ވެރިންގެ ތެރެއިން އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ، ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، تقوى ވެރިވި މީހުންނަށް، آخرة ގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ وَمَ‍‍ا‍ أَرْسَلْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ إِلاَّ ‍ر‍‍ِجَالا‍ً نُوحِ‍‍ي إِلَيْهِ‍‍م‍ْ مِنْ أَهْلِ ا‍لْقُرَى أَفَلَمْ يَسِيرُوا‍ فِي ا‍لأَرْضِ فَيَ‍‍ن‍‍ْظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ وَلَد‍َا‍رُ ا‍لآخِرَةِ خَيْر‍ٌ لِلَّذ‍ِي‍نَ ا‍تَّقَوْا أَفَلاَ تَعْقِل‍‍ُ‍و‍نَ
Ĥattá 'Idhā Astay'asa Ar-Rusulu Wa Žannū 'Annahum Qad Kudhibū Jā'ahum Naşrunā Fanujjiya Man Nashā'u Wa Lā Yuraddu Ba'sunā `Ani Al-Qawmi Al-Mujrimīna 012-110 (މެދުވެރިވާ ދުއްތުރާތަކުގެ ސަބަބުން) رسول ންގެ اميد ކެނޑިި، އެބޭކަލުން ދޮގުކުރެވުނީކަމަށް އެބޭކަލުންނަށް ހީވެދާހިނދު، ތިމަންރަސްކަލާނގެ نصر، އެބޭކަލުންނަށް އަތުވެދެއެވެ. ފަހެ، ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު ސަލާމަތްކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން، ތިމަންރަސްކަލާނގެ عذاب އަނބުރާ ރައްދުނުކުރެވޭ ހުށްޓެވެ. حَتَّى إِذَا ا‍سْتَيْئَسَ ا‍لرُّسُلُ وَظَ‍‍ن‍ّ‍‍ُ‍‍و‍‍ا‍ أَ‍نّ‍‍َهُمْ قَ‍‍د‍ْ كُذِبُو‍‍ا‍ ج‍‍َ‍ا‍ءَهُمْ نَصْرُنَا فَنُجِّيَ مَ‍‍ن‍ْ نَش‍‍َ‍ا‍ءُ وَلاَ يُرَدُّ بَأْسُنَا عَنِ ا‍لْقَوْمِ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Laqad Kāna Fī Qaşaşihim `Ibratun Li'wlī Al-'Albābi Mā Kāna Ĥadīthāan Yuftará Wa Lakin Taşdīqa Al-Ladhī Bayna Yadayhi Wa Tafşīla Kulli Shay'in Wa Hudáan Wa Raĥmatan Liqawmin Yu'uminūna 012-111 ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ. لَقَ‍‍د‍ْ ك‍‍َ‍ا‍نَ فِي قَصَصِهِمْ عِ‍‍ب‍‍ْرَة‍‍‍ٌ لِأوْلِي ا‍لأَلْب‍‍َ‍ا‍بِ مَا ك‍‍َ‍ا‍نَ حَدِيثا‍ً يُفْتَرَى وَلَكِ‍‍ن‍ْ تَصْد‍ِي‍قَ ا‍لَّذِي بَيْنَ يَدَيْهِ وَتَفْص‍‍ِ‍ي‍لَ كُلِّ شَيْء‍ٍ وَهُ‍‍دى‍ً وَرَحْمَة‍‍‍ً لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Next Sūrah