8) Sūrat Al-'Anfāl

Printed format

8) سُورَة الأَنفَال

Yas'alūnaka `Ani Al-'Anfāl Quli Al-'Anfāli Lillahi Wa Ar-Rasūli Fa Attaqū Al-Laha Wa 'Aşliĥū Dhāta Baynikum Wa 'Aţī`ū Al-Laha Wa Rasūlahu 'In Kuntum Mu'uminīna 008-001 غنيمة މުދަލާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެެ! غنيمة މުދާ ވަނީ، اللَّه އަށާއި، رسول އާއަށެވެ. ފަހެ، اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް إصلاح ކުރާށެވެ! އަދި ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! يَسْأَلُونَكَ عَنِ ا‍لأَن‍فَال قُلِ ا‍لأَن‍ف‍‍َ‍ا‍لِ لِلَّهِ وَا‍لرَّس‍‍ُ‍و‍لِ فَاتَّقُو‍‍ا‍ ا‍للَّهَ وَأَصْلِحُو‍‍ا‍ ذ‍َا‍تَ بَيْنِكُمْ وَأَطِيعُو‍‍ا‍ ا‍للَّهَ وَرَسُولَهُ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
'Innamā Al-Mu'uminūna Al-Ladhīna 'Idhā Dhukira Al-Lahu Wajilat Qulūbuhum Wa 'Idhā Tuliyat `Alayhim 'Āyātuhu Zādat/hum 'Īmānāan Wa `Alá Rabbihim Yatawakkalūna 008-002 مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ. إِ‍نّ‍‍َمَا ا‍لْمُؤْمِن‍‍ُ‍و‍نَ ا‍لَّذ‍ِي‍نَ إِذَا ذُكِ‍‍ر‍َ ا‍للَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانَا‍ً وَعَلَى رَبِّهِمْ يَتَوَكَّل‍‍ُ‍و‍نَ
Al-Ladhīna Yuqīmūna Aş-Şalāata Wa Mimmā Razaqnāhum Yunfiqūna 008-003 އެއުރެންނީ، ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ يُقِيم‍‍ُ‍و‍نَ ا‍لصَّلاَةَ وَمِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ يُ‍‍ن‍فِق‍‍ُ‍و‍نَ
'Ūlā'ika Humu Al-Mu'uminūna Ĥaqqāan Lahum Darajātun `Inda Rabbihim Wa Maghfiratun Wa Rizqun Karīmun 008-004 حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق އެއުރެންނަށް ހުށްޓެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُؤْمِن‍‍ُ‍و‍نَ حَقّا‍ً لَهُمْ دَرَج‍‍َ‍ا‍تٌ عِ‍‍ن‍‍ْدَ رَبِّهِمْ وَمَغْفِرَة‍‍‍ٌ وَر‍‍ِزْق‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
Kamā 'Akhrajaka Rabbuka Min Baytika Bil-Ĥaqqi Wa 'Inna Farīqāan Mina Al-Mu'uminīna Lakārihūna 008-005 ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حق ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން، مؤمن ންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ. كَمَ‍‍ا‍ أَخْرَجَكَ رَبُّكَ مِ‍‍ن‍ْ بَيْتِكَ بِ‍‍ا‍لْحَقِّ وَإِ‍نّ‍‍َ فَ‍‍ر‍‍ِيقا‍ً مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ لَكَا‍ر‍‍ِه‍‍ُ‍و‍نَ
Yujādilūnaka Fī Al-Ĥaqqi Ba`damā Tabayyana Ka'annamā Yusāqūna 'Ilá Al-Mawti Wa Hum Yanžurūna 008-006 حق بيان ވުމަށްފަހު، އެ حق އާމެދު އެއުރެން ކަލޭގެފާނާ ޖަދަލުކުރެތެވެ. އެއުރެން ބަލަބަލާތިއްބައި މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެއުރެންވާ ކަހަލައެވެ. يُجَادِلُونَكَ فِي ا‍لْحَقِّ بَعْدَمَا تَبَيَّنَ كَأَ‍نّ‍‍َمَا يُسَاق‍‍ُ‍و‍نَ إِلَى ا‍لْمَوْتِ وَهُمْ يَ‍‍ن‍ظُر‍ُو‍نَ
Wa 'Idh Ya`idukumu Al-Lahu 'Iĥdá Aţā'ifatayni 'Annahā Lakum Wa Tawaddūna 'Anna Ghayra Dhāti Ash-Shawkati Takūnu Lakum Wa Yurīdu Al-Lahu 'An Yuĥiqqa Al-Ĥaqqa Bikalimātihi Wa Yaqţa`a Dābira Al-Kāfirīna 008-007 ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި قافلة އާއި، ހަނގުރާމަވެރި لشكر ގެތެރެއިން)އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބޭނެ ކަމުގައި، اللَّه ތިޔަބައިމީހުންނަށް وعد ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) اللَّه އިރާދަކުރައްވަނީ، އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި كافر ންގެ أصل މުލުން ލުހެލެއްވުމަށެވެ. وَإِذْ يَعِدُكُمُ ا‍للَّهُ إِحْدَى ا‍لطّ‍‍َ‍ا‍ئِفَتَيْنِ أَ‍نّ‍‍َهَا لَكُمْ وَتَوَدّ‍ُو‍نَ أَ‍نّ‍‍َ غَيْرَ ذ‍َا‍تِ ا‍لشَّوْكَةِ تَك‍‍ُ‍و‍نُ لَكُمْ وَيُ‍‍ر‍‍ِي‍دُ ا‍للَّهُ أَ‍ن‍ْ يُحِقَّ ا‍لْحَقَّ بِكَلِمَاتِهِ وَيَ‍‍ق‍‍ْطَعَ دَابِ‍‍ر‍َ ا‍لْكَافِ‍‍ر‍‍ِي‍نَ
Liyuĥiqqa Al-Ĥaqqa Wa Yubţila Al-Bāţila Wa Law Kariha Al-Mujrimūna 008-008 (އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، حق ގަދަކުރައްވައި، باطل ނެތިކުރެއްވުމަށްޓަކައެވެ. لِيُحِقَّ ا‍لْحَقَّ وَيُ‍‍ب‍‍ْطِلَ ا‍لْبَاطِلَ وَلَوْ كَ‍‍ر‍‍ِهَ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ُ‍و‍نَ
'Idh Tastaghīthūna Rabbakum Fāstajāba Lakum 'Annī Mumiddukum Bi'alfin Mina Al-Malā'ikati Murdifīna 008-009 ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ. إِذْ تَسْتَغِيث‍‍ُ‍و‍نَ رَبَّكُمْ فَاسْتَج‍‍َ‍ا‍بَ لَكُمْ أَ‍نّ‍‍ِي مُمِدُّكُ‍‍م‍ْ بِأَلْف‍‍‍ٍ مِنَ ا‍لْمَلاَئِكَةِ مُرْدِف‍‍ِ‍ي‍نَ
Wa Mā Ja`alahu Al-Lahu 'Illā Bushrá Wa Litaţma'inna Bihi Qulūbukum Wa Mā An-Naşru 'Illā Min `Indi Al-Lahi 'Inna Al-Laha `Azīzun Ĥakīmun 008-010 އުފާވެރިކަމުގެ خبر އެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވައެވެ. އަދި اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން، اللَّه އީ، عزيزވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. وَمَا جَعَلَهُ ا‍للَّهُ إِلاَّ بُشْرَى وَلِتَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍َ بِهِ قُلُوبُكُمْ وَمَا ا‍ل‍‍ن‍ّ‍‍َصْرُ إِلاَّ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
'Idh Yughashshīkumu An-Nu`āsa 'Amanatan Minhu Wa Yunazzilu `Alaykum Mina As-Samā'i Mā'an Liyuţahhirakum Bihi Wa Yudh/hiba `Ankum Rijza Ash-Shayţāni Wa Liyarbiţa `Alá Qulūbikum Wa Yuthabbita Bihi Al-'Aqdāma 008-011 އެކަލާނގެ حضرة ން އައި أمان ކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، شيطان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! إِذْ يُغَشِّيكُمُ ا‍ل‍‍ن‍ّ‍‍ُع‍‍َ‍ا‍سَ أَمَنَة‍‍‍ً مِنْهُ وَيُنَزِّلُ عَلَيْكُ‍‍م‍ْ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً لِيُطَهِّرَكُ‍‍م‍ْ بِهِ وَيُذْهِبَ عَ‍‍ن‍كُمْ ‍ر‍‍ِ‍ج‍‍ْزَ ا‍لشَّيْط‍‍َ‍ا‍نِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ ا‍لأَ‍ق‍‍ْد‍َا‍مَ
'Idh Yūĥī Rabbuka 'Ilá Al-Malā'ikati 'Annī Ma`akum Fathabbitū Al-Ladhīna 'Āmanū Sa'ulqī Fī Qulūbi Al-Ladhīna Kafarū Ar-Ru`ba Fāđribū Fawqa Al-'A`nāqi Wa Ađribū Minhum Kulla Banānin 008-012 ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، إيمان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كافر ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ! إِذْ يُوحِي رَبُّكَ إِلَى ا‍لْمَلاَئِكَةِ أَ‍نّ‍‍ِي مَعَكُمْ فَثَبِّتُو‍‍ا‍ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ سَأُلْقِي فِي قُل‍‍ُ‍و‍بِ ا‍لَّذ‍ِي‍نَ كَفَرُوا‍ ا‍لرُّعْبَ فَاضْ‍‍ر‍‍ِبُو‍‍ا‍ فَوْقَ ا‍لأَعْن‍‍َ‍ا‍قِ وَا‍ضْ‍‍ر‍‍ِبُو‍‍ا‍ مِنْهُمْ كُلَّ بَن‍‍َ‍ا‍ن‍‍‍ٍ
Dhālika Bi'annahum Shāq Al-Laha Wa Rasūlahu Wa Man Yushāqiqi Al-Laha Wa Rasūlahu Fa'inna Al-Laha Shadīdu Al-`Iqābi 008-013 އެއީ އެއުރެން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާމީހާ(ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ذَلِكَ بِأَ‍نّ‍‍َهُمْ ش‍‍َ‍ا‍قُّو‍‍ا‍ ا‍للَّهَ وَرَسُولَهُ وَمَ‍‍ن‍ْ يُشَاقِقِ ا‍للَّهَ وَرَسُولَهُ فَإِ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Dhālikum Fadhūqūhu Wa 'Anna Lilkāfirīna `Adhāba An-Nāri 008-014 އެއީ އެކަން އޮތްގޮތެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ: كافر ން) އެ عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ. ذَلِكُمْ فَذُوق‍‍ُ‍و‍هُ وَأَ‍نّ‍‍َ لِلْكَافِ‍‍ر‍‍ِي‍نَ عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Laqītumu Al-Ladhīna Kafarū Zaĥfāan Falā Tuwallūhumu Al-'Adbāra 008-015 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافر ވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ! ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِذَا لَقِيتُمُ ا‍لَّذ‍ِي‍نَ كَفَرُوا‍ زَحْفا‍ً فَلاَ تُوَلُّوهُمُ ا‍لأَ‍د‍‍ْب‍‍َ‍ا‍رَ
Wa Man Yuwallihim Yawma'idhin Duburahu 'Illā Mutaĥarrifāan Liqitālin 'Aw Mutaĥayyizāan 'Ilá Fi'atin Faqad Bā'a Bighađabin Mina Al-Lahi Wa Ma'wāhu Jahannamu Wa Bi'sa Al-Maşīru 008-016 ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. وَمَ‍‍ن‍ْ يُوَلِّهِمْ يَوْمَئِذ‍ٍ دُبُرَهُ إِلاَّ مُتَحَرِّفا‍ً لِقِت‍‍َ‍ا‍لٍ أَوْ مُتَحَيِّزا‍ً إِلَى فِئَة‍‍‍ٍ فَقَ‍‍د‍ْ ب‍‍َ‍ا‍ءَ بِغَضَب‍‍‍ٍ مِنَ ا‍للَّهِ وَمَأْو‍َا‍هُ جَهَ‍‍ن‍ّ‍‍َمُ وَبِئْسَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Falam Taqtulūhum Wa Lakinna Al-Laha Qatalahum Wa Mā Ramayta 'Idh Ramayta Wa Lakinna Al-Laha Ramá Wa Liyubliya Al-Mu'uminīna Minhu Balā'an Ĥasanāan 'Inna Al-Laha Samī`un `Alīmun 008-017 ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه، އެއުރެން قتل ކުރެއްވީއެވެ. (އެބަހީ: كافر ން قتل ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. اللَّه ދެއްވި نصر ގެ ބާރުންނެވެ.)އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَلَمْ تَ‍‍ق‍‍ْتُلُوهُمْ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ رَمَى وَلِيُ‍‍ب‍‍ْلِيَ ا‍لْمُؤْمِن‍‍ِ‍ي‍نَ مِنْهُ بَلاَءً حَسَنا‍ً إِ‍نّ‍‍َ ا‍للَّهَ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Dhālikum Wa 'Anna Al-Laha Mūhinu Kaydi Al-Kāfirīna 008-018 އެއީ އެކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، كافر ންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ ރަސްކަލާނގެއެވެ. ذَلِكُمْ وَأَ‍نّ‍‍َ ا‍للَّهَ مُوهِنُ كَيْدِ ا‍لْكَافِ‍‍ر‍‍ِي‍نَ
'In Tastaftiĥū Faqad Jā'akumu Al-Fatĥu Wa 'In Tantahū Fahuwa Khayrun Lakum Wa 'In Ta`ūdū Na`ud Wa Lan Tughniya `Ankum Fi'atukum Shay'āan Wa Law Kathurat Wa 'Anna Al-Laha Ma`a Al-Mu'uminīna 008-019 ތިޔަބައިމީހުން (އެބަހީ: كافر ން) އިންސާފަށް އެދޭނަމަ، ފަހެ، ހަމަކަށަވަރުން، ތިޔަބައިިމީހުންނާ ހަމަޔަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިޔަބައިމީހުން (عداوة ތެރިވުން) ހުއްޓައިލާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން، އެނބުރި (عداوة ތެރިވުމަށް) އަންނަނަމަ، ތިމަންރަސްކަލާނގެ (مؤمن ންނަށް نصر ދެއްވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ބައިގިނަވެގެންވީ ކަމުގައިވިޔަސް، ތިޔަބައިމީހުންނަށްޓަކައި، އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، مؤمن ންނާ އެކުގައެވެ. إِ‍ن‍ْ تَسْتَفْتِحُو‍‍ا‍ فَقَ‍‍د‍ْ ج‍‍َ‍ا‍ءَكُمُ ا‍لْفَتْحُ وَإِ‍ن‍ْ تَ‍‍ن‍تَهُو‍‍ا‍ فَهُوَ خَيْر‍ٌ لَكُمْ وَإِ‍ن‍ْ تَعُودُوا‍ نَعُ‍‍د‍ْ وَلَ‍‍ن‍ْ تُغْنِيَ عَ‍‍ن‍كُمْ فِئَتُكُمْ شَيْئا‍ً وَلَوْ كَثُرَتْ وَأَ‍نّ‍‍َ ا‍للَّهَ مَعَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Aţī`ū Al-Laha Wa Rasūlahu Wa Lā Tawallaw `Anhu Wa 'Antum Tasma`ūna 008-020 އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ! ي‍َا‍أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَطِيعُو‍‍ا‍ ا‍للَّهَ وَرَسُولَهُ وَلاَ تَوَلَّوْا عَنْهُ وَأَ‍ن‍‍ْتُمْ تَسْمَع‍‍ُ‍و‍نَ
Wa Lā Takūnū Kālladhīna Qālū Sami`nā Wa Hum Lā Yasma`ūna 008-021 އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! وَلاَ تَكُونُو‍‍ا‍ كَالَّذ‍ِي‍نَ قَالُو‍‍ا‍ سَمِعْنَا وَهُمْ لاَ يَسْمَع‍‍ُ‍و‍نَ
'Inna Sharra Ad-Dawābbi `Inda Al-Lahi Aş-Şummu Al-Bukmu Al-Ladhīna Lā Ya`qilūna 008-022 ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) إِ‍نّ‍‍َ شَرَّ ا‍لدَّوَا‍بِّ عِ‍‍ن‍‍ْدَ ا‍للَّهِ ا‍لصُّ‍‍م‍ّ‍‍ُ ا‍لْبُكْمُ ا‍لَّذ‍ِي‍نَ لاَ يَعْقِل‍‍ُ‍و‍نَ
Wa Law `Alima Al-Lahu Fīhim Khayrāan La'asma`ahum Wa Law 'Asma`ahum Latawallaw Wa Hum Mu`rūna 008-023 އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ حال، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. وَلَوْ عَلِمَ ا‍للَّهُ فِيهِمْ خَيْرا‍ً لَأَسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّوا وَهُ‍‍م‍ْ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Astajībū Lillahi Wa Lilrrasūli 'Idhā Da`ākum Limā Yuĥyīkum Wa A`lamū 'Anna Al-Laha Yaĥūlu Bayna Al-Mar'i Wa Qalbihi Wa 'Annahu 'Ilayhi Tuĥsharūna 008-024 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه،އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍سْتَجِيبُو‍‍ا‍ لِلَّهِ وَلِلرَّس‍‍ُ‍و‍لِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ يَح‍‍ُ‍و‍لُ بَيْنَ ا‍لْمَرْءِ وَقَلْبِهِ وَأَ‍نّ‍‍َهُ إِلَيْهِ تُحْشَر‍ُو‍نَ
Wa Attaqū Fitnatan Lā Tuşībanna Al-Ladhīna Žalamū Minkum Khāşşatan Wa A`lamū 'Anna Al-Laha Shadīdu Al-`Iqābi 008-025 އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَاتَّقُو‍‍ا‍ فِتْنَة‍‍‍ً لاَ تُصِيبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ مِ‍‍ن‍‍ْكُمْ خ‍‍َ‍ا‍صَّة‍‍‍ً وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Wa Adhkurū 'Idh 'Antum Qalīlun Mustađ`afūna Fī Al-'Arđi Takhāfūna 'An Yatakhaţţafakumu An-Nāsu Fa'āwākum Wa 'Ayyadakum Binaşrihi Wa Razaqakum Mina Aţ-Ţayyibāti La`allakum Tashkurūna 008-026 ބިމުގައި ތިޔަބައިމީހުން عدد މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (عداوة ތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ نصر ން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ. وَاذْكُرُو‍ا‍ إِذْ أَ‍ن‍‍ْتُمْ قَل‍‍ِ‍ي‍ل‍‍‍ٌ مُسْتَضْعَف‍‍ُ‍و‍نَ فِي ا‍لأَرْضِ تَخَاف‍‍ُ‍و‍نَ أَ‍ن‍ْ يَتَخَطَّفَكُمُ ا‍ل‍‍ن‍ّ‍‍َ‍ا‍سُ فَآوَاكُمْ وَأَيَّدَكُ‍‍م‍ْ بِنَصْ‍‍ر‍‍ِهِ وَرَزَقَكُ‍‍م‍ْ مِنَ ا‍لطَّيِّب‍‍َ‍ا‍تِ لَعَلَّكُمْ تَشْكُر‍ُو‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Takhūnū Al-Laha Wa Ar-Rasūla Wa Takhūnū 'Amānātikum Wa 'Antum Ta`lamūna 008-027 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެތިޔަބައިމީހުން خيانة ތެރި ނުވާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَخُونُو‍‍ا‍ ا‍للَّهَ وَا‍لرَّس‍‍ُ‍و‍لَ وَتَخُونُ‍‍و‍‍ا‍ أَمَانَاتِكُمْ وَأَ‍ن‍‍ْتُمْ تَعْلَم‍‍ُ‍و‍نَ
Wa A`lamū 'Annamā 'Amwālukum Wa 'Awlādukum Fitnatun Wa 'Anna Al-Laha `Indahu 'Ajrun `Ažīmun 008-028 އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، امتحان އެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّه ގެ حضرة ގައެވެ. وَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َمَ‍‍ا‍ أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَة‍‍‍ٌ وَأَ‍نّ‍‍َ ا‍للَّهَ عِ‍‍ن‍‍ْدَهُ أَ‍ج‍‍ْرٌ عَظ‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū 'In Tattaqū Al-Laha Yaj`al Lakum Furqānāan Wa Yukaffir `Ankum Sayyi'ātikum Wa Yaghfir Lakum Wa Allāhu Dhū Al-Fađli Al-`Ažīmi 008-029 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍ن‍ْ تَتَّقُو‍‍ا‍ ا‍للَّهَ يَ‍‍ج‍‍ْعَ‍‍ل‍ْ لَكُمْ فُرْقَانا‍ً وَيُكَفِّرْ عَ‍‍ن‍كُمْ سَيِّئ‍‍َ‍اتِكُمْ وَيَغْفِرْ لَكُمْ وَا‍للَّهُ ذُو ا‍لْفَضْلِ ا‍لْعَظ‍‍ِ‍ي‍مِ
Wa 'Idh Yamkuru Bika Al-Ladhīna Kafarū Liyuthbitūka 'Aw Yaqtulūka 'Aw Yukhrijūka Wa Yamkurūna Wa Yamkuru Al-Lahu Wa Allāhu Khayru Al-Mākirīna 008-030 كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. وَإِذْ يَمْكُرُ بِكَ ا‍لَّذ‍ِي‍نَ كَفَرُوا‍ لِيُثْبِت‍‍ُ‍و‍كَ أَوْ يَ‍‍ق‍‍ْتُل‍‍ُ‍و‍كَ أَوْ يُخْ‍‍ر‍‍ِج‍‍ُ‍و‍كَ وَيَمْكُر‍ُو‍نَ وَيَمْكُرُ ا‍للَّهُ وَا‍للَّهُ خَيْرُ ا‍لْمَاكِ‍‍ر‍‍ِي‍نَ
Wa 'Idhā Tutlá `Alayhim 'Āyātunā Qālū Qad Sami`nā Law Nashā'u Laqulnā Mithla Hādhā 'In Hādhā 'Illā 'Asāţīru Al-'Awwalīna 008-031 އަދި އެއުރެންނަށް، ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަ އަޑުއެހީމުއެވެ. ތިމަންމެން އެދޭނަމަ، ތިމަންމެންވެސް ތިޔަކަހަލަ ބަސްތަކެއް ކިޔައިފީމުހެވެ. ތިޔައީ، އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ. وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا قَالُو‍‍ا‍ قَ‍‍د‍ْ سَمِعْنَا لَوْ نَش‍‍َ‍ا‍ءُ لَقُلْنَا مِثْلَ هَذَا إِنْ هَذَا إِلاَّ أَسَاط‍‍ِ‍ي‍‍ر‍ُ ا‍لأَوَّل‍‍ِ‍ي‍نَ
Wa 'Idh Qālū Al-Lahumma 'In Kāna Hādhā Huwa Al-Ĥaqqa Min `Indika Fa'amţir `Alaynā Ĥijāratan Mina As-Samā'i 'Aw A'tinā Bi`adhābin 'Alīmin 008-032 އަދި އެއުރެން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ، އިބަރަސްކަލާނގެ حضرة ން އައި حق ބަސްފުޅު ކަމުގައިވާނަމަ، ފަހެ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ! ނުވަތަ އަޅަމެންނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނދޭވެ! وَإِذْ قَالُو‍‍ا‍ ا‍للَّهُ‍‍م‍ّ‍‍َ إِ‍ن‍ْ ك‍‍َ‍ا‍نَ هَذَا هُوَ ا‍لْحَقَّ مِنْ عِ‍‍ن‍‍ْدِكَ فَأَمْطِرْ عَلَيْنَا حِجَارَة‍‍‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ أَوْ ا‍ئْتِنَا بِعَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
Wa Mā Kāna Al-Lahu Liyu`adhdhibahum Wa 'Anta Fīhim Wa Mā Kāna Al-Lahu Mu`adhdhibahum Wa Hum Yastaghfirūna 008-033 އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. وَمَا ك‍‍َ‍ا‍نَ ا‍للَّهُ لِيُعَذِّبَهُمْ وَأَ‍ن‍‍ْتَ فِيهِمْ وَمَا ك‍‍َ‍ا‍نَ ا‍للَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِر‍ُو‍نَ
Wa Mā Lahum 'Allā Yu`adhdhibahumu Al-Lahu Wa Hum Yaşuddūna `Ani Al-Masjidi Al-Ĥarāmi Wa Mā Kānū 'Awliyā'ahu 'In 'Awliyā'uuhu 'Illā Al-Muttaqūna Wa Lakinna 'Aktharahum Lā Ya`lamūna 008-034 އެއުރެންނަށް اللَّه، عذاب ނުދެއްވުމަށް އެއުރެންނަށް އޮތީ ކޮން عذر އެއް ހެއްޔެވެ؟ އެއުރެން އެތިބަ حرمة ތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަނީއެވެ. އެއުރެންނަކީ، އެތާނގެ ބެލެހެއްޓުންތެރިންނެއްވެސް ނޫނެވެ. تقوى ވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެތެވެ.އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. وَمَا لَهُمْ أَلاَّ يُعَذِّبَهُمُ ا‍للَّهُ وَهُمْ يَصُدّ‍ُو‍نَ عَنِ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَمَا كَانُ‍‍و‍‍ا‍ أَوْلِي‍‍َ‍ا‍ءَهُ إِنْ أَوْلِي‍‍َ‍ا‍ؤُهُ إِلاَّ ا‍لْمُتَّق‍‍ُ‍و‍نَ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Mā Kāna Şalātuhum `Inda Al-Bayti 'Illā Mukā'an Wa Taşdiyatan Fadhūqū Al-`Adhāba Bimā Kuntum Takfurūna 008-035 ގެފުޅުގެ އަރިހުގައި އެއުރެންކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! وَمَا ك‍‍َ‍ا‍نَ صَلاَتُهُمْ عِ‍‍ن‍‍ْدَ ا‍لْبَيْتِ إِلاَّ مُك‍‍َ‍ا‍ء‍ً وَتَصْدِيَة‍‍‍ً فَذُوقُو‍‍ا‍ ا‍لْعَذ‍َا‍بَ بِمَا كُ‍‍ن‍تُمْ تَكْفُر‍ُو‍نَ
'Inna Al-Ladhīna Kafarū Yunfiqūna 'Amwālahum Liyaşuddū `An Sabīli Al-Lahi Fasayunfiqūnahā Thumma Takūnu `Alayhim Ĥasratan Thumma Yughlabūna Wa Al-Ladhīna Kafarū 'Ilá Jahannama Yuĥsharūna 008-036 ހަމަކަށަވަރުން، كافر ވި މީހުން، اللَّه ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި كافر ވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ يُ‍‍ن‍‍ْفِق‍‍ُ‍و‍نَ أَمْوَالَهُمْ لِيَصُدُّوا‍ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ فَسَيُ‍‍ن‍فِقُونَهَا ثُ‍‍م‍ّ‍‍َ تَك‍‍ُ‍و‍نُ عَلَيْهِمْ حَسْرَة‍‍‍ً ثُ‍‍م‍ّ‍‍َ يُغْلَب‍‍ُ‍و‍نَ وَا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِلَى جَهَ‍‍ن‍ّ‍‍َمَ يُحْشَر‍ُو‍نَ
Liyamīza Al-Lahu Al-Khabītha Mina Aţ-Ţayyibi Wa Yaj`ala Al-Khabītha Ba`đahu `Alá Ba`đin Fayarkumahu Jamī`āan Fayaj`alahu Fī Jahannama 'Ūlā'ika Humu Al-Khāsirūna 008-037 (އެއީ) اللَّه، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވައި، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށްޓަކައެވެ. އެއުރެންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ. لِيَم‍‍ِ‍ي‍زَ ا‍للَّهُ ا‍لْخَب‍‍ِ‍ي‍ثَ مِنَ ا‍لطَّيِّبِ وَيَ‍‍ج‍‍ْعَلَ ا‍لْخَب‍‍ِ‍ي‍ثَ بَعْضَهُ عَلَى بَعْض‍‍‍ٍ فَيَرْكُمَهُ جَمِيعا‍ً فَيَ‍‍ج‍‍ْعَلَهُ فِي جَهَ‍‍ن‍ّ‍‍َمَ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْخَاسِر‍ُو‍نَ
Qul Lilladhīna Kafarū 'In Yantahū Yughfar Lahum Mā Qad Salafa Wa 'In Ya`ūdū Faqad Mađat Sunnatu Al-'Awwalīna 008-038 كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައްފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ. قُ‍‍ل‍ْ لِلَّذ‍ِي‍نَ كَفَرُو‍ا‍ إِ‍ن‍ْ يَ‍‍ن‍تَهُو‍‍ا‍ يُغْفَرْ لَهُ‍‍م‍ْ مَا قَ‍‍د‍ْ سَلَفَ وَإِ‍ن‍ْ يَعُودُوا‍ فَقَ‍‍د‍ْ مَضَتْ سُ‍‍ن‍ّ‍‍َةُ ا‍لأَوَّل‍‍ِ‍ي‍نَ
Wa Qātilūhum Ĥattá Lā Takūna Fitnatun Wa Yakūna Ad-Dīnu Kulluhu Lillahi Fa'ini Antahaw Fa'inna Al-Laha Bimā Ya`malūna Başīrun 008-039 ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَقَاتِلُوهُمْ حَتَّى لاَ تَك‍‍ُ‍و‍نَ فِتْنَة‍‍‍ٌ وَيَك‍‍ُ‍و‍نَ ا‍لدّ‍ِي‍نُ كُلُّهُ لِلَّهِ فَإِنِ ا‍ن‍تَهَوْا فَإِ‍نّ‍‍َ ا‍للَّهَ بِمَا يَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa 'In Tawallaw Fā`lamū 'Anna Al-Laha Mawlākum Ni`ma Al-Mawlá Wa Ni`ma An-Naşīru 008-040 އަދި އެއުރެން (ހަނގުރާމައަށް) އެނބުރިގެންފިނަމަ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާ ކަލާނގެ މޮޅުކަމާއެވެ! وَإِ‍ن‍ْ تَوَلَّوْا فَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ مَوْلاَكُمْ نِعْمَ ا‍لْمَوْلَى وَنِعْمَ ا‍ل‍‍ن‍ّ‍‍َص‍‍ِ‍ي‍‍ر‍ُ
Wa A`lamū 'Annamā Ghanimtum Min Shay'in Fa'anna Lillahi Khumusahu Wa Lilrrasūli Wa Lidhī Al-Qurbá Wa Al-Yatāmá Wa Al-Masākīni Wa Abni As-Sabīli 'In Kuntum 'Āmantum Bil-Lahi Wa Mā 'Anzalnā `Alá `Abdinā Yawma Al-Furqāni Yawma At-Taqá Al-Jam`āni Wa Allāhu `Alá Kulli Shay'in Qadīrun 008-041 ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި،باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ.) وَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َمَا غَنِمْتُ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ فَأَ‍نّ‍‍َ لِلَّهِ خُمُسَهُ وَلِلرَّس‍‍ُ‍و‍لِ وَلِذِي ا‍لْقُرْبَى وَا‍لْيَتَامَى وَا‍لْمَسَاك‍‍ِ‍ي‍نِ وَا‍ب‍‍ْنِ ا‍لسَّب‍‍ِ‍ي‍لِ إِ‍ن‍ْ كُ‍‍ن‍تُمْ آمَ‍‍ن‍‍ْتُ‍‍م‍ْ بِ‍‍ا‍للَّهِ وَمَ‍‍ا‍ أَن‍زَلْنَا عَلَى عَ‍‍ب‍‍ْدِنَا يَوْمَ ا‍لْفُرْق‍‍َ‍ا‍نِ يَوْمَ ا‍لْتَقَى ا‍لْجَمْع‍‍َ‍ا‍نِ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
'Idh 'Antum Bil-`Udwati Ad-Dunyā Wa Hum Bil-`Udwati Al-Quşwá Wa Ar-Rakbu 'Asfala Minkum Wa Law Tawā`adttumkhtalaftum Al-Mī`ādi Wa Lakin Liyaqđiya Al-Lahu 'Amrāan Kāna Maf`ūlāan Liyahlika Man Halaka `An Bayyinatin Wa Yaĥyá Man Ĥayya `An Bayyinatin Wa 'Inna Al-Laha Lasamī`un `Alīmun 008-042 ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި قافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެންދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. إِذْ أَ‍ن‍‍ْتُ‍‍م‍ْ بِ‍‍ا‍لْعُ‍‍د‍‍ْوَةِ ا‍لدُّ‍‍ن‍‍ْيَا وَهُ‍‍م‍ْ بِ‍‍ا‍لْعُ‍‍د‍‍ْوَةِ ا‍لْقُصْوَى وَا‍لرَّكْبُ أَسْفَلَ مِ‍‍ن‍‍ْكُمْ وَلَوْ تَوَاعَ‍‍د‍تُّمْ لاَخْتَلَفْتُمْ فِي ا‍لْمِيع‍‍َ‍ا‍دِ وَلَكِ‍‍ن‍ْ لِيَ‍‍ق‍‍ْضِيَ ا‍للَّهُ أَمْرا‍ً ك‍‍َ‍ا‍نَ مَفْعُولا‍ً لِيَهْلِكَ مَنْ هَلَكَ عَ‍‍ن‍ْ بَيِّنَة‍‍‍ٍ وَيَحْيَى مَنْ حَيَّ عَ‍‍ن‍ْ بَيِّنَة‍‍‍ٍ وَإِ‍نّ‍‍َ ا‍للَّهَ لَسَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
'Idh Yurīkahumu Al-Lahu Fī Manāmika Qalīlāan Wa Law 'Arākahum Kathīrāan Lafashiltum Wa Latanāza`tum Al-'Amri Wa Lakinna Al-Laha Sallama 'Innahu `Alīmun Bidhāti Aş-Şudūri 008-043 اللَّه، އެއުރެން (އެބަހީ: مشرك ންގެ لشكر) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެއުރެން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، اللَّه (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِذْ يُ‍‍ر‍‍ِيكَهُمُ ا‍للَّهُ فِي مَنَامِكَ قَلِيلا‍ً وَلَوْ أَرَاكَهُمْ كَثِيرا‍ً لَفَشِلْتُمْ وَلَتَنَازَعْتُمْ فِي ا‍لأَمْ‍‍ر‍ِ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ سَلَّمَ إِ‍نّ‍‍َهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
Wa 'Idh Yurīkumūhum 'Idhi At-Taqaytum Fī 'A`yunikum Qalīlāan Wa Yuqallilukum Fī 'A`yunihim Liyaqđiya Al-Lahu 'Amrāan Kāna Maf`ūlāan Wa 'Ilá Al-Lahi Turja`u Al-'Umūru 008-044 އަދި ތިޔަބައިމީހުން (ދެ لشكر) ބައްދަލުވީހިނދު، އެކަލާނގެ ތިޔަބައިމީހުންގެ ލޯތަކަށް އެއުރެން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެއުރެންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއީ އެކަލާނގެ ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށްޓަކައެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، اللَّه ގެ حضرة އަށެވެ. وَإِذْ يُ‍‍ر‍‍ِيكُمُوهُمْ إِذِ ا‍لْتَقَيْتُمْ فِ‍‍ي‍ أَعْيُنِكُمْ قَلِيلا‍ً وَيُقَلِّلُكُمْ فِ‍‍ي‍ أَعْيُنِهِمْ لِيَ‍‍ق‍‍ْضِيَ ا‍للَّهُ أَمْرا‍ً ك‍‍َ‍ا‍نَ مَفْعُولا‍ً وَإِلَى ا‍للَّهِ تُرْجَعُ ا‍لأُم‍‍ُ‍و‍رُ
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Laqītum Fi'atanthbutū Wa Adhkurū Al-Laha Kathīrāan La`allakum Tufliĥūna 008-045 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافر ންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِذَا لَقِيتُمْ فِئَة‍‍‍ً فَاثْبُتُو‍‍ا‍ وَا‍ذْكُرُوا‍ ا‍للَّهَ كَثِيرا‍ً لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Wa 'Aţī`ū Al-Laha Wa Rasūlahu Wa Lā Tanāza`ū Fatafshalū Wa Tadh/haba Rīĥukum Wa Aşbirū 'Inna Al-Laha Ma`a Aş-Şābirīna 008-046 އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. وَأَطِيعُو‍‍ا‍ ا‍للَّهَ وَرَسُولَهُ وَلاَ تَنَازَعُو‍‍ا‍ فَتَفْشَلُو‍‍ا‍ وَتَذْهَبَ ‍ر‍‍ِيحُكُمْ وَا‍صْبِرُو‍ا‍ إِ‍نّ‍‍َ ا‍للَّهَ مَعَ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa Lā Takūnū Kālladhīna Kharajū Min Diyārihim Baţarāan Wa Ri'ā'a An-Nāsi Wa Yaşuddūna `An Sabīli Al-Lahi Wa Allāhu Bimā Ya`malūna Muĥīţun 008-047 ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި اللَّه ގެ މަގުން މީސްތަކުން ދުރުކުރާ حال، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلاَ تَكُونُو‍‍ا‍ كَالَّذ‍ِي‍نَ خَرَجُو‍‍ا‍ مِ‍‍ن‍ْ دِيَا‍ر‍‍ِهِ‍‍م‍ْ بَطَرا‍ً وَر‍‍ِئ‍‍َ‍ا‍ءَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَيَصُدّ‍ُو‍نَ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ وَا‍للَّهُ بِمَا يَعْمَل‍‍ُ‍و‍نَ مُح‍‍ِ‍ي‍‍ط‍‍ٌ
Wa 'Idh Zayyana Lahumu Ash-Shayţānu 'A`mālahum Wa Qāla Lā Ghāliba Lakumu Al-Yawma Mina An-Nāsi Wa 'Innī Jārun Lakum Falammā Tarā'ati Al-Fi'atāni Nakaşa `Alá `Aqibayhi Wa Qāla 'Innī Barī'un Minkum 'Innī 'Ará Mā Lā Tarawna 'Inniyi 'Akhāfu Al-Laha Wa Allāhu Shadīdu Al-`Iqābi 008-048 އެއުރެންގެ (ނުބައި) عمل ތަކަކީ، ޒީނަތްތެރި عمل ތަކެއް ކަމުގައި شيطان އާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށްގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ لشكر، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، اللَّه އަށް ތިމަން ބިރުގަނެއެވެ. އަދި اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. وَإِذْ زَيَّنَ لَهُمُ ا‍لشَّيْط‍‍َ‍ا‍نُ أَعْمَالَهُمْ وَق‍‍َ‍ا‍لَ لاَ غَالِبَ لَكُمُ ا‍لْيَوْمَ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَإِ‍نّ‍‍ِي ج‍‍َ‍ا‍ر‍ٌ لَكُمْ فَلَ‍‍م‍ّ‍‍َا تَر‍َا‍ءَتِ ا‍لْفِئَت‍‍َ‍ا‍نِ نَكَصَ عَلَى عَقِبَيْهِ وَق‍‍َ‍ا‍لَ إِ‍نّ‍‍ِي بَ‍‍ر‍‍ِي‍ء‍ٌ مِ‍‍ن‍‍ْكُمْ إِ‍نّ‍‍ِ‍‍ي‍ أَرَى مَا لاَ تَرَوْنَ إِ‍نّ‍‍ِيِ أَخ‍‍َ‍ا‍فُ ا‍للَّهَ وَا‍للَّهُ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
'Idh Yaqūlu Al-Munāfiqūna Wa Al-Ladhīna Fī Qulūbihim Marađun Gharra Hā'uulā' Dīnuhum Wa Man Yatawakkal `Alá Al-Lahi Fa'inna Al-Laha `Azīzun Ĥakīmun 008-049 منافق ންނާއި، އެއުރެންގެ ހިތްތަކުގައި (كفر ގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: مسلم ންގެ) دين އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި اللَّه އަށް وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. إِذْ يَق‍‍ُ‍و‍لُ ا‍لْمُنَافِق‍‍ُ‍و‍نَ وَا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَضٌ غَرَّ ه‍‍َ‍ا‍ؤُلاَء دِينُهُمْ وَمَ‍‍ن‍ْ يَتَوَكَّلْ عَلَى ا‍للَّهِ فَإِ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Wa Law Tará 'Idh Yatawaffá Al-Ladhīna Kafarū Al-Malā'ikatu Yađribūna Wujūhahum Wa 'Adbārahum Wa Dhūqū `Adhāba Al-Ĥarīqi 008-050 ملائكة ން، كافر ވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ ملائكة ން ތަޅުއްވާ حال ގައެވެ.އަދި (އެހިނދު އެ ملائكة ން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ! وَلَوْ تَرَى إِذْ يَتَوَفَّى ا‍لَّذ‍ِي‍نَ كَفَرُوا‍ ا‍لْمَلاَئِكَةُ يَضْ‍‍ر‍‍ِب‍‍ُ‍و‍نَ وُجُوهَهُمْ وَأَ‍د‍‍ْبَارَهُمْ وَذُوقُو‍‍ا‍ عَذ‍َا‍بَ ا‍لْحَ‍‍ر‍‍ِي‍‍ق‍ِ
Dhālika Bimā Qaddamat 'Aydīkum Wa 'Anna Al-Laha Laysa Bižallāmin Lil`abīdi 008-051 އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިިގެންވާ ކަލަކު ކަމުގައި ނުވެތެވެ. ذَلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَ‍نّ‍‍َ ا‍للَّهَ لَيْسَ بِظَلاَّم‍‍‍ٍ لِلْعَب‍‍ِ‍ي‍‍د‍ِ
Kada'bi 'Āli Fir`awna Wa Al-Ladhīna Min Qablihim Kafarū Bi'āyāti Al-Lahi Fa'akhadhahumu Al-Lahu Bidhunūbihim 'Inna Al-Laha Qawīyun Shadīdu Al-`Iqābi 008-052 (އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް اللَّه ގެ آية ތަކަށް كافر ވިއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން اللَّه އެއުރެން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. كَدَأْبِ آلِ فِرْعَوْنَ وَا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ كَفَرُوا‍ بِآي‍‍َ‍ا‍تِ ا‍للَّهِ فَأَخَذَهُمُ ا‍للَّهُ بِذُنُوبِهِمْ إِ‍نّ‍‍َ ا‍للَّهَ قَوِيّ‍‍‍ٌ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Dhālika Bi'anna Al-Laha Lam Yaku Mughayyirāan Ni`matan 'An`amahā `Alá Qawmin Ĥattá Yughayyirū Mā Bi'anfusihim Wa 'Anna Al-Laha Samī`un `Alīmun 008-053 އެއީ ބަޔަކުމީހުންނަށް اللَّه ދެއްވާފައިވާ نعمة އެއް، އެބަޔަކުގެ އަމިއްލަ نفس ތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ذَلِكَ بِأَ‍نّ‍‍َ ا‍للَّهَ لَمْ يَكُ مُغَيِّرا‍ً نِعْمَةً أَنْعَمَهَا عَلَى قَوْمٍ حَتَّى يُغَيِّرُوا‍ مَا بِأَن‍فُسِهِمْ وَأَ‍نّ‍‍َ ا‍للَّهَ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Kada'bi 'Āli Fir`awna Wa Al-Ladhīna Min Qablihim Kadhdhabū Bi'āyāti Rabbihim Fa'ahlaknāhum Bidhunūbihim Wa 'Aghraqnā 'Āla Fir`awna Wa Kullun Kānū Žālimīna 008-054 (އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަފަދައިންނެވެ. އެއުރެންވެސް، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ދޮގުކުޅައޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. އަދި فرعون ގެމީހުން غرق ކުރެއްވީމެވެ. އެ އެންމެންވީ، އަނިޔާވެރިން ކަމުގައެވެ. كَدَأْبِ آلِ فِرْعَوْنَ وَا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ كَذَّبُو‍‍ا‍ بِآي‍‍َ‍ا‍تِ رَبِّهِمْ فَأَهْلَكْنَاهُ‍‍م‍ْ بِذُنُوبِهِمْ وَأَغْرَ‍ق‍‍ْنَ‍‍ا آلَ فِرْعَوْنَ وَكُلّ‍‍‍ٌ كَانُو‍‍ا‍ ظَالِم‍‍ِ‍ي‍نَ
'Inna Sharra Ad-Dawābbi `Inda Al-Lahi Al-Ladhīna Kafarū Fahum Lā Yu'uminūna 008-055 ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން، اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، كافر ވީ މީހުންނެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. إِ‍نّ‍‍َ شَرَّ ا‍لدَّوَا‍بِّ عِ‍‍ن‍‍ْدَ ا‍للَّهِ ا‍لَّذ‍ِي‍نَ كَفَرُوا‍ فَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Al-Ladhīna `Āhadta Minhum Thumma Yanquđūna `Ahdahum Fī Kulli Marratin Wa Hum Lā Yattaqūna 008-056 އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ عهد ކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން، އެއުރެންގެ عهد އުވާލައެވެ. އަދި އެއުރެން (اللَّه އަށް) ބިރުވެތިވާކަމުގައި ނުވެތެވެ. ا‍لَّذ‍ِي‍نَ عَاهَ‍‍د‍‍ْتَ مِنْهُمْ ثُ‍‍م‍ّ‍‍َ يَ‍‍ن‍قُض‍‍ُ‍و‍نَ عَهْدَهُمْ فِي كُلِّ مَرَّة‍‍‍ٍ وَهُمْ لاَ يَتَّق‍‍ُ‍و‍نَ
Fa'immā Tathqafannahum Al-Ĥarbi Fasharrid Bihim Man Khalfahum La`allahum Yadhdhakkarūna 008-057 ފަހެ، ހަނގުރާމައިގައި، ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ، އެއުރެންގެ ފަހުން އަންނާންތިބި ބަޔަކު ވަކިވަކިވެގެންދާނޭގޮތުން، އެއުރެންނަށް އަދަބު ދެއްވާށެވެ! (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. فَإِ‍مّ‍‍َا تَثْقَفَ‍‍ن‍ّ‍‍َهُمْ فِي ا‍لْحَرْبِ فَشَرِّ‍‍د‍ْ بِهِ‍‍م‍ْ مَنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّر‍ُو‍نَ
Wa 'Immā Takhāfanna Min Qawmin Khiyānatannbidh 'Ilayhim `Alá Sawā'in 'Inna Al-Laha Lā Yuĥibbu Al-Khā'inīna 008-058 ބަޔަކުމީހުންގެ ކިބައިން خيانة ތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ معاهدة އެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ.ހަމަކަށަވަރުން، خيانة ތެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. وَإِ‍مّ‍‍َا تَخَافَ‍‍ن‍ّ‍‍َ مِ‍‍ن‍ْ قَوْمٍ خِيَانَة‍‍‍ً فَا‍ن‍‍ْبِذْ إِلَيْهِمْ عَلَى سَو‍َا‍ء‍ٍ إِ‍نّ‍‍َ ا‍للَّهَ لاَ يُحِبُّ ا‍لْخ‍‍َ‍ا‍ئِن‍‍ِ‍ي‍نَ
Wa Lā Yaĥsabanna Al-Ladhīna Kafarū Sabaqū 'Innahum Lā Yu`jizūna 008-059 (މިންޖުވެ) ކުރިއަރައިގެން ދެވޭނެކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެއުރެންނަކަށް (اللَّه) ނުކުޅައްދައެއް ނުލެވޭނެތެވެ. وَلاَ يَحْسَبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ سَبَقُ‍‍و‍‍ا‍ إِ‍نّ‍‍َهُمْ لاَ يُعْجِز‍ُو‍نَ
Wa 'A`iddū LahumAstaţa`tum Min Qūwatin Wa Min Ribāţi Al-Khayli Turhibūna Bihi `Adūwa Al-Lahi Wa `Adūwakum Wa 'Ākharīna Min Dūnihim Lā Ta`lamūnahumu Al-Lahu Ya`lamuhum Wa Mā Tunfiqū Min Shay'in Fī Sabīli Al-Lahi Yuwaffa 'Ilaykum Wa 'Antum Lā Tužlamūna 008-060 އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. اللَّه، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. وَأَعِدُّوا‍ لَهُ‍‍م‍ْ مَا ا‍سْتَطَعْتُ‍‍م‍ْ مِ‍‍ن‍ْ قُوَّة‍‍‍ٍ وَمِ‍‍ن‍ْ ‍ر‍‍ِب‍‍َ‍ا‍طِ ا‍لْخَيْلِ تُرْهِب‍‍ُ‍و‍نَ بِهِ عَدُوَّ ا‍للَّهِ وَعَدُوَّكُمْ وَآخَ‍‍ر‍‍ِي‍نَ مِ‍‍ن‍ْ دُونِهِمْ لاَ تَعْلَمُونَهُمُ ا‍للَّهُ يَعْلَمُهُمْ وَمَا تُ‍‍ن‍فِقُو‍‍ا‍ مِ‍‍ن‍ْ شَيْء‍ٍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ يُوَفَّ إِلَيْكُمْ وَأَ‍ن‍‍ْتُمْ لاَ تُظْلَم‍‍ُ‍و‍نَ
Wa 'In Janaĥū Lilssalmi Fājnaĥ Lahā Wa Tawakkal `Alá Al-Lahi 'Innahu Huwa As-Samī`u Al-`Alīmu 008-061 އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبول ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِ‍ن‍ْ جَنَحُو‍‍ا‍ لِلسَّلْمِ فَا‍ج‍‍ْنَحْ لَهَا وَتَوَكَّلْ عَلَى ا‍للَّهِ إِ‍نّ‍‍َهُ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Wa 'In Yurīdū 'An Yakhda`ūka Fa'inna Ĥasbaka Al-Lahu Huwa Al-Ladhī 'Ayyadaka Binaşrihi Wa Bil-Mu'uminīna 008-062 އަދި ކަލޭގެފާނަށްކެހިދިނުމަށް އެއުރެން قصد ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ نصر އާއި، مؤمن ން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ. وَإِ‍ن‍ْ يُ‍‍ر‍‍ِيدُو‍ا‍ أَ‍ن‍ْ يَخْدَع‍‍ُ‍و‍كَ فَإِ‍نّ‍‍َ حَسْبَكَ ا‍للَّهُ هُوَ ا‍لَّذِي أَيَّدَكَ بِنَصْ‍‍ر‍‍ِهِ وَبِالْمُؤْمِن‍‍ِ‍ي‍نَ
Wa 'Allafa Bayna Qulūbihim Law 'Anfaqta Mā Fī Al-'Arđi Jamī`āan Mā 'Allafta Bayna Qulūbihim Wa Lakinna Al-Laha 'Allafa Baynahum 'Innahu `Azīzun Ĥakīmun 008-063 އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَن‍فَ‍‍ق‍‍ْتَ مَا فِي ا‍لأَرْضِ جَمِيعا‍ً مَ‍‍ا‍ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ أَلَّفَ بَيْنَهُمْ إِ‍نّ‍‍َهُ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā An-Nabīyu Ĥasbuka Al-Lahu Wa Mani Attaba`aka Mina Al-Mu'uminīna 008-064 އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށްވެސް މެއެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ حَسْبُكَ ا‍للَّهُ وَمَنِ ا‍تَّبَعَكَ مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Yā 'Ayyuhā An-Nabīyu Ĥarriđi Al-Mu'uminīna `Alá Al-Qitāli 'In Yakun Minkum `Ishrūna Şābirūna Yaghlibū Miā'atayni Wa 'In Yakun Minkum Miā'atun Yaghlibū 'Alfāan Mina Al-Ladhīna Kafarū Bi'annahum Qawmun Lā Yafqahūna 008-065 އޭ ނަބިއްޔާއެވެ! (دين ގެ دفاع ގައި) ހަނގުރާމަކުރުމަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (كافر ންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، كافر ވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީއެއުރެންނަކީ ނުވިސްނޭ ބަޔެކެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ حَرِّضِ ا‍لْمُؤْمِن‍‍ِ‍ي‍نَ عَلَى ا‍لْقِت‍‍َ‍ا‍لِ إِ‍ن‍ْ يَكُ‍‍ن‍ْ مِ‍‍ن‍‍ْكُمْ عِشْر‍ُو‍نَ صَابِر‍ُو‍نَ يَغْلِبُو‍‍ا‍ مِائَتَيْنِ وَإِ‍ن‍ْ يَكُ‍‍ن‍ْ مِ‍‍ن‍‍ْكُ‍‍م‍ْ مِائَة‍‍‍ٌ يَغْلِبُ‍‍و‍‍ا‍ أَلْفا‍ً مِنَ ا‍لَّذ‍ِي‍نَ كَفَرُوا‍ بِأَ‍نّ‍‍َهُمْ قَوْم‍‍‍ٌ لاَ يَفْقَه‍‍ُ‍و‍نَ
Al-'Āna Khaffafa Al-Lahu `Ankum Wa `Alima 'Anna Fīkum Đa`fāan Fa'in Yakun Minkum Miā'atun Şābiratun Yaghlibū Miā'atayni Wa 'In Yakun Minkum 'Alfun Yaghlibū 'Alfayni Bi'idhni Al-Lahi Wa Allāhu Ma`a Aş-Şābirīna 008-066 މިހާރު، اللَّه ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. اللَّه ގެ إذن ޔާ އެކުގައެވެ. اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. ا‍لآنَ خَفَّفَ ا‍للَّهُ عَ‍‍ن‍كُمْ وَعَلِمَ أَ‍نّ‍‍َ فِيكُمْ ضَعْفا‍ً فَإِ‍ن‍ْ يَكُ‍‍ن‍ْ مِ‍‍ن‍‍ْكُ‍‍م‍ْ مِائَة‍‍‍ٌ صَابِرَة‍‍‍ٌ يَغْلِبُو‍‍ا‍ مِائَتَيْنِ وَإِ‍ن‍ْ يَكُ‍‍ن‍ْ مِ‍‍ن‍‍ْكُمْ أَلْف‍‍‍ٌ يَغْلِبُ‍‍و‍‍ا‍ أَلْفَيْنِ بِإِذْنِ ا‍للَّهِ وَا‍للَّهُ مَعَ ا‍لصَّابِ‍‍ر‍‍ِي‍نَ
Mā Kāna Linabīyin 'An Yakūna Lahu 'Asrá Ĥattá Yuthkhina Fī Al-'Arđi Turīdūna `Arađa Ad-Dunyā Wa Allāhu Yurīdu Al-'Ākhirata Wa Allāhu `Azīzun Ĥakīmun 008-067 (ހަނގުރާމައިގެ) ބިމުގައި (عدوّ ންގެ މެދުގައި) قتل ގިނަވެއްޖައުމަށް ދާނދެން (އެބަހީ: مسلم ން ގަދަވެ قتل ވެވޭ عدوّ ންގެ عدد ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. اللَّه އިރާދަކުރައްވަނީ، آخرة އެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. مَا ك‍‍َ‍ا‍نَ لِنَبِيٍّ أَ‍ن‍ْ يَك‍‍ُ‍و‍نَ لَهُ أَسْرَى حَتَّى يُثْخِنَ فِي ا‍لأَرْضِ تُ‍‍ر‍‍ِيد‍ُو‍نَ عَرَضَ ا‍لدُّ‍‍ن‍‍ْيَا وَا‍للَّهُ يُ‍‍ر‍‍ِي‍دُ ا‍لآخِرَةَ وَا‍للَّهُ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Lawlā Kitābun Mina Al-Lahi Sabaqa Lamassakum Fīmā 'Akhadhtum `Adhābun `Ažīmun 008-068 اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވާ حكم އެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދުތިޔަބައިމީހުންނަށް ބޮޑުވެގެންވާ عذاب އެއް އައިސް ޖެހިއްޖައީހެވެ. لَوْلاَ كِت‍‍َ‍ا‍ب‍‍‍ٌ مِنَ ا‍للَّهِ سَبَقَ لَمَسَّكُمْ فِيمَ‍‍ا‍ أَخَذْتُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Fakulū Mimmā Ghanimtum Ĥalālāan Ţayyibāan Wa Attaqū Al-Laha 'Inna Al-Laha Ghafūrun Raĥīmun 008-069 ފަހެ، ތިޔަބައިމީހުންނަށް غنيمة ގެ ގޮތުން ލިބިފައިވާ ތަކެތި حلال ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. فَكُلُو‍‍ا‍ مِ‍‍م‍ّ‍‍َا غَنِمْتُمْ حَلالا‍ً طَيِّبا‍ً وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā An-Nabīyu Qul Liman Fī 'Aydīkum Mina Al-'Asrá 'In Ya`lami Al-Lahu Fī Qulūbikum Khayrāan Yu'utikum Khayrāan Mimmā 'Ukhidha Minkum Wa Yaghfir Lakum Wa Allāhu Ghafūrun Raĥīmun 008-070 އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަތްދަށުގައި (ހަނގުރާމައިގައި) ހައްޔަރުވެފައިވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށްވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َبِيُّ قُ‍‍ل‍ْ لِمَ‍‍ن‍ْ فِ‍‍ي‍ أَيْدِيكُ‍‍م‍ْ مِنَ ا‍لأَسْرَى إِ‍ن‍ْ يَعْلَمِ ا‍للَّهُ فِي قُلُوبِكُمْ خَيْرا‍ً يُؤْتِكُمْ خَيْرا‍ً مِ‍‍م‍ّ‍‍َ‍‍ا‍ أُخِذَ مِ‍‍ن‍‍ْكُمْ وَيَغْفِرْ لَكُمْ وَا‍للَّهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa 'In Yurīdū Khiyānataka Faqad Khānū Al-Laha Min Qablu Fa'amkana Minhum Wa Allāhu `Alīmun Ĥakīmun 008-071 އަދި އެއުރެން އެދެނީ ކަލޭގެފާނަށް خيانة ތެރިވުން ކަމުގައިވާނަމަ، (ދަންނާށެވެ!) ފަހެ، އޭގެކުރިން ހަމަކަށަވަރުން، އެއުރެން اللَّه އަށް خيانة ތެރިވިއެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަރަސްކަލާނގެއެވެ. وَإِ‍ن‍ْ يُ‍‍ر‍‍ِيدُوا‍ خِيَانَتَكَ فَقَ‍‍د‍ْ خَانُو‍‍ا‍ ا‍للَّهَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ فَأَمْكَنَ مِنْهُمْ وَا‍للَّهُ عَل‍‍ِ‍ي‍مٌ حَك‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna 'Āmanū Wa Hājarū Wa Jāhadū Bi'amwālihim Wa 'Anfusihim Fī Sabīli Al-Lahi Wa Al-Ladhīna 'Āwaw Wa Naşarū 'Ūlā'ika Ba`đuhum 'Awliyā'u Ba`đin Wa Al-Ladhīna 'Āmanū Wa Lam Yuhājarū Mā Lakum Min Walāyatihim Min Shay'in Ĥattá Yuhājirū Wa 'Ini Astanşarūkum Ad-Dīni Fa`alaykumu An-Naşru 'Illā `Alá Qawmin Baynakum Wa Baynahumthāqun Wa Allāhu Bimā Ta`malūna Başīrun 008-072 ހަމަކަށަވަރުން، إيمان ވެ هجرة ކޮށް އެއުރެންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) ހިޔާވަހިކަންދީ، نصر ދިންމީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި إيمان ވެ هجرة ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން هجرة ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި دين ގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް نصر ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ. އެއުރެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި معاهدة އެއް ކޮށްފައިވާ قوم އަކާ ދެކޮޅަށް މެނުވީއެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَهَاجَرُوا‍ وَجَاهَدُوا‍ بِأَمْوَالِهِمْ وَأَن‍فُسِهِمْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَا‍لَّذ‍ِي‍نَ آوَوا وَنَصَرُو‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ بَعْضُهُمْ أَوْلِي‍‍َ‍ا‍ءُ بَعْض‍‍‍ٍ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَلَمْ يُهَاجَرُوا‍ مَا لَكُ‍‍م‍ْ مِ‍‍ن‍ْ وَلاَيَتِهِ‍‍م‍ْ مِ‍‍ن‍ْ شَيْءٍ حَتَّى يُهَاجِرُوا‍ وَإِنِ ا‍سْتَ‍‍ن‍صَرُوكُمْ فِي ا‍لدّ‍ِي‍نِ فَعَلَيْكُمُ ا‍ل‍‍ن‍ّ‍‍َصْرُ إِلاَّ عَلَى قَوْم‍‍‍ٍ بَيْنَكُمْ وَبَيْنَهُ‍‍م‍ْ مِيث‍‍َ‍ا‍ق‍‍‍ٌ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa Al-Ladhīna Kafarū Ba`đuhum 'Awliyā'u Ba`đin 'Illā Taf`alūhu Takun Fitnatun Al-'Arđi Wa Fasādun Kabīrun 008-073 كافر ވި މީހުން (ދަންނާށެވެ! (އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ) އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް نصر ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ. وَالَّذ‍ِي‍نَ كَفَرُوا‍ بَعْضُهُمْ أَوْلِي‍‍َ‍ا‍ءُ بَعْض‍‍‍ٍ إِلاَّ تَفْعَل‍‍ُ‍و‍هُ تَكُ‍‍ن‍ْ فِتْنَة‍‍‍ٌ فِي ا‍لأَرْضِ وَفَس‍‍َ‍ا‍د‍ٌ كَب‍‍ِ‍ي‍ر‍ٌ
Wa Al-Ladhīna 'Āmanū Wa Hājarū Wa Jāhadū Fī Sabīli Al-Lahi Wa Al-Ladhīna 'Āwaw Wa Naşarū 'Ūlā'ika Humu Al-Mu'uminūna Ĥaqqāan Lahum Maghfiratun Wa Rizqun Karīmun 008-074 އަދި إيمانވެ هجرة ކޮށް، اللَّه ގެ މަގުގައި جهاد ކޮށްއުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ نصر ދިން މީހުން (ދަންނާށެވެ!) حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ رزق ހުށްޓެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ وَهَاجَرُوا‍ وَجَاهَدُوا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَا‍لَّذ‍ِي‍نَ آوَوا وَنَصَرُو‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُؤْمِن‍‍ُ‍و‍نَ حَقّا‍ً لَهُ‍‍م‍ْ مَغْفِرَة‍‍‍ٌ وَر‍‍ِزْق‍‍‍ٌ كَ‍‍ر‍‍ِي‍م‍‍‍ٌ
Wa Al-Ladhīna 'Āmanū Min Ba`du Wa Hājarū Wa Jāhadū Ma`akum Fa'ūlā'ika Minkum Wa 'Ū Al-'Arĥāmi Ba`đuhum 'Awlá Biba`đin Fī Kitābi Al-Lahi 'Inna Al-Laha Bikulli Shay'in `Alīmun 008-075 އަދި އޭގެފަހުން إيمان ވެ، هجرة ކޮށް، ތިޔަބައިމީހުންނާއެކުގައި جهاد ކޮށް އުޅުނުމީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ مِ‍‍ن‍ْ بَعْدُ وَهَاجَرُوا‍ وَجَاهَدُوا‍ مَعَكُمْ فَأ‍ُ‍وْل‍‍َ‍ا‍ئِكَ مِ‍‍ن‍‍ْكُمْ وَأ‍ُ‍وْلُو‍‍ا‍ ا‍لأَرْح‍‍َ‍ا‍مِ بَعْضُهُمْ أَوْلَى بِبَعْض‍‍‍ٍ فِي كِت‍‍َ‍ا‍بِ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Next Sūrah