7) Sūrat Al-'A`rāf

Printed format

7) سُورَة الأَعرَاف

'Alif-Lām-Mīm-Şād 007-001 ا ل م ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) أَلِف-لَام-مِيم-صَاد
Kitābun 'Unzila 'Ilayka Falā Yakun Fī Şadrika Ĥarajun Minhu Litundhira Bihi Wa Dhikrá Lilmu'uminīna 007-002 (މި قرآن އަކީ) ކަލޭގެފާނަށް ބާވައިލެއްވި ފޮތެކެވެ. ފަހެ، އެ ފޮތުން إنذار ކުރެއްވުމަށް، ކަލޭގެފާނުގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް އޮތަނުދެއްވާށެވެ! އަދި އެއީ، مؤمن ންނަށް ހުރި ހަނދާންކޮށްދިނުމެކެވެ. كِت‍‍َ‍ا‍بٌ أُن‍زِلَ إِلَيْكَ فَلاَ يَكُ‍‍ن‍ْ فِي صَ‍‍د‍‍ْ‍ر‍‍ِكَ حَرَج‍‍‍ٌ مِنْهُ لِتُ‍‍ن‍ذِ‍ر‍َ بِهِ وَذِكْرَى لِلْمُؤْمِن‍‍ِ‍ي‍نَ
Attabi`ū Mā 'Unzila 'Ilaykum Min Rabbikum Wa Lā Tattabi`ū Min Dūnihi 'Awliyā'a Qalīlāan Mā Tadhakkarūna 007-003 ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް تبع ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ. ا‍تَّبِعُو‍‍ا‍ مَ‍‍ا‍ أُ‍ن‍‍ْزِلَ إِلَيْكُ‍‍م‍ْ مِ‍‍ن‍ْ رَبِّكُمْ وَلاَ تَتَّبِعُو‍‍ا‍ مِ‍‍ن‍ْ دُونِهِ أَوْلِي‍‍َ‍ا‍ءَ قَلِيلا‍ً مَا تَذَكَّر‍ُو‍نَ
Wa Kam Min Qaryatin 'Ahlaknāhā Fajā'ahā Ba'sunā Bayātāan 'Aw Hum Qā'ilūna 007-004 ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ. وَكَ‍‍م‍ْ مِ‍‍ن‍ْ قَرْيَةٍ أَهْلَكْنَاهَا فَج‍‍َ‍ا‍ءَهَا بَأْسُنَا بَيَاتاً أَوْ هُمْ ق‍‍َ‍ا‍ئِل‍‍ُ‍و‍نَ
Famā Kāna Da`wāhum 'Idh Jā'ahum Ba'sunā 'Illā 'An Qālū 'Innā Kunnā Žālimīna 007-005 ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންގެ ގާތަށް އައިހިނދު، ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައި ވެއްޖައީމުއޭ ބުނުން ނޫން އެހެންބުނުމެއް، އެއުރެންގެ ނެތެވެ. فَمَا ك‍‍َ‍ا‍نَ دَعْوَاهُمْ إِذْ ج‍‍َ‍ا‍ءَهُ‍‍م‍ْ بَأْسُنَ‍‍ا إِلاَّ أَ‍ن‍ْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا ظَالِم‍‍ِ‍ي‍نَ
Falanas'alanna Al-Ladhīna 'Ursila 'Ilayhim Wa Lanas'alanna Al-Mursalīna 007-006 ހަމަށަވަރުން، އެއުރެންގެ ގާތަށް رسول ން ފޮނުއްވި މީހުންނާ ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ. އަދި رسول ންނާވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ. فَلَنَسْأَلَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَ‍‍ن‍ّ‍‍َ ا‍لْمُرْسَل‍‍ِ‍ي‍نَ
Falanaquşşanna `Alayhim Bi`ilmin Wa Mā Kunnā Ghā'ibīna 007-007 އަދި (އެއުރެންކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ حال ގައި، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަންރަސްކަލާނގެ ދުރުވެވޮޑިގެނެއް ނުވަމެވެ. فَلَنَقُصَّ‍‍ن‍ّ‍‍َ عَلَيْهِ‍‍م‍ْ بِعِلْم‍‍‍ٍ وَمَا كُ‍‍ن‍ّ‍‍َا غ‍‍َ‍ا‍ئِب‍‍ِ‍ي‍نَ
Wa Al-Waznu Yawma'idhin Al-Ĥaqqu Faman Thaqulat Mawāzīnuhu Fa'ūlā'ika Humu Al-Mufliĥūna 007-008 އެދުވަހުން (މީސްތަކުންގެ عمل ތައް) ކިރައި ވަޒަން ކުރައްވާހުށީ حق ގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. وَالْوَزْنُ يَوْمَئِذ‍ٍ ا‍لْحَقُّ فَمَ‍‍ن‍ْ ثَقُلَتْ مَوَازِينُهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُفْلِح‍‍ُ‍و‍نَ
Wa Man Khaffat Mawāzīnuhu Fa'ūlā'ika Al-Ladhīna Khasirū 'Anfusahum Bimā Kānū Bi'āyātinā Yažlimūna 007-009 އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަކީ، ތިމަންރަސްކަލާނގެ آية ތަކަށް إنكار ކޮށް އުޅުމުގެ ސަބަބުން އެއުރެންގެ އަމިއްލަ نفس ތަކަށް ގެއްލުންދިން މީހުންނެވެ. وَمَنْ خَفَّتْ مَوَازِينُهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ خَسِرُو‍ا‍ أَن‍فُسَهُ‍‍م‍ْ بِمَا كَانُو‍‍ا‍ بِآيَاتِنَا يَظْلِم‍‍ُ‍و‍نَ
Wa Laqad Makkannākum Al-'Arđi Wa Ja`alnā Lakum Fīhā Ma`āyisha Qalīlāan Mā Tashkurūna 007-010 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއްލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. وَلَقَ‍‍د‍ْ مَكَّ‍‍ن‍ّ‍‍َاكُمْ فِي ا‍لأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ قَلِيلا‍ً مَا تَشْكُر‍ُو‍نَ
Wa Laqad Khalaqnākum Thumma Şawwarnākum Thumma Qulnā Lilmalā'ikati Asjudū Li'dama Fasajadū 'Illā 'Iblīsa Lam Yakun Mina As-Sājidīna 007-011 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ أصل ކަމުގައިވާ آدم ގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: آدم ގެފާނު) صورة ކުރެއްވީމެވެ. ދެން ملائكة ންނަށް وحى ކުރެއްވީމެވެ. آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށެވެ! ދެން إبليس ފިޔަވައި، އެއުރެން سجدة ކުރިއެވެ. سجدة ކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ. وَلَقَ‍‍د‍ْ خَلَ‍‍ق‍‍ْنَاكُمْ ثُ‍‍م‍ّ‍‍َ صَوَّرْنَاكُمْ ثُ‍‍م‍ّ‍‍َ قُلْنَا لِلْمَلاَئِكَةِ ا‍سْجُدُوا‍ لِأدَمَ فَسَجَدُو‍ا‍ إِلاَّ إِ‍ب‍‍ْل‍‍ِ‍ي‍سَ لَمْ يَكُ‍‍ن‍ْ مِنَ ا‍لسَّاجِد‍ِي‍نَ
Qāla Mā Mana`aka 'Allā Tasjuda 'Idh 'Amartuka Qāla 'Anā Khayrun Minhu Khalaqtanī Min Nārin Wa Khalaqtahu Min Ţīnin 007-012 އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمر ކުރެއްވިހިނދު سجدة ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. ق‍َا‍لَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ ق‍‍َ‍ا‍لَ أَنَا خَيْر‍ٌ مِنْهُ خَلَ‍‍ق‍‍ْتَنِي مِ‍‍ن‍ْ ن‍‍َ‍ا‍ر‍ٍ وَخَلَ‍‍ق‍‍ْتَهُ مِ‍‍ن‍ْ ط‍‍ِ‍ي‍ن‍‍‍ٍ
Qāla Fāhbiţ Minhā Famā Yakūnu Laka 'An Tatakabbara Fīhā Fākhruj 'Innaka Mina Aş-Şāghirīna 007-013 އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. ق‍َا‍لَ فَاهْبِ‍‍ط‍ْ مِنْهَا فَمَا يَك‍‍ُ‍و‍نُ لَكَ أَ‍ن‍ْ تَتَكَبَّرَ فِيهَا فَاخْرُ‍ج‍ْ إِ‍نّ‍‍َكَ مِنَ ا‍لصَّاغِ‍‍ر‍‍ِي‍نَ
Qāla 'Anžirnī 'Ilá Yawmi Yub`athūna 007-014 އެކަލޭގެ ދެންނެވިއެވެ. އެއުރެންދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ! ق‍َا‍لَ أَن‍ظِرْنِ‍‍ي إِلَى يَوْمِ يُ‍‍ب‍‍ْعَث‍‍ُ‍و‍نَ
Qāla 'Innaka Mina Al-Munžarīna 007-015 އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ. ق‍َا‍لَ إِ‍نّ‍‍َكَ مِنَ ا‍لْمُ‍‍ن‍ظَ‍‍ر‍‍ِي‍نَ
Qāla Fabimā 'Aghwaytanī La'aq`udanna Lahum Şirāţaka Al-Mustaqīma 007-016 އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ. ق‍َا‍لَ فَبِمَ‍‍ا‍ أَغْوَيْتَنِي لَأَ‍ق‍‍ْعُدَ‍نّ‍‍َ لَهُمْ صِرَاطَكَ ا‍لْمُسْتَق‍‍ِ‍ي‍مَ
Thumma La'ātiyannahum Min Bayni 'Aydīhim Wa Min Khalfihim Wa `An 'Aymānihim Wa `An Shamā'ilihim Wa Lā Tajidu 'Aktharahum Shākirīna 007-017 ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ. ثُ‍‍م‍ّ‍‍َ لَآتِيَ‍‍ن‍ّ‍‍َهُ‍‍م‍ْ مِ‍‍ن‍ْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَ‍‍ن‍ْ شَم‍‍َ‍ا‍ئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِ‍‍ر‍‍ِي‍نَ
Qāla Akhruj Minhā Madh'ūmāan Madĥūrāan Laman Tabi`aka Minhum La'amla'anna Jahannama Minkum 'Ajma`īna 007-018 އެކަލާނގެ وحى ކުރެއްވިއެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް تبع ވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ. ق‍َا‍لَ ا‍خْرُ‍ج‍ْ مِنْهَا مَذْء‍ُ‍وما‍ً مَ‍‍د‍‍ْحُورا‍ً لَمَ‍‍ن‍ْ تَبِعَكَ مِنْهُمْ لَأَمْلَأَ‍نّ‍‍َ جَهَ‍‍ن‍ّ‍‍َمَ مِ‍‍ن‍‍ْكُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Wa Yā'ādamu Askun 'Anta Wa Zawjuka Al-Jannata Fakulā Min Ĥaythu Shi'tumā Wa Lā Taqrabā Hadhihi Ash-Shajarata Fatakūnā Mina Až-Žālimīna 007-019 އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ!(އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ. وَيَاآدَمُ ا‍سْكُنْ أَ‍ن‍‍ْتَ وَزَوْجُكَ ا‍لْجَ‍‍ن‍ّ‍‍َةَ فَكُلاَ مِنْ حَيْثُ شِئْتُمَا وَلاَ تَ‍‍ق‍‍ْرَبَا هَذِهِ ا‍لشَّجَرَةَ فَتَكُونَا مِنَ ا‍لظَّالِم‍‍ِ‍ي‍نَ
Fawaswasa Lahumā Ash-Shayţānu Liyubdiya Lahumā Mā Wūriya `Anhumā Min Saw'ātihimā Wa Qāla Mā Nahākumā Rabbukumā `An Hadhihi Ash-Shajarati 'Illā 'An Takūnā Malakayni 'Aw Takūnā Mina Al-Khālidīna 007-020 ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ. فَوَسْوَسَ لَهُمَا ا‍لشَّيْط‍‍َ‍ا‍نُ لِيُ‍‍ب‍‍ْدِيَ لَهُمَا مَا وُو‍ر‍‍ِيَ عَنْهُمَا مِ‍‍ن‍ْ سَوْآتِهِمَا وَق‍‍َ‍ا‍لَ مَا نَهَاكُمَا رَبُّكُمَا عَنْ هَذِهِ ا‍لشَّجَرَةِ إِلاَّ أَ‍ن‍ْ تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ا‍لْخَالِد‍ِي‍نَ
Wa Qāsamahumā 'Innī Lakumā Lamina An-Nāşiĥīna 007-021 އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ. وَقَاسَمَهُمَ‍‍ا إِ‍نّ‍‍ِي لَكُمَا لَمِنَ ا‍ل‍‍ن‍ّ‍‍َاصِح‍‍ِ‍ي‍نَ
Fadallāhumā Bighurūrin Falammā Dhāqā Ash-Shajarata Badat Lahumā Saw'ātuhumā Wa Ţafiqā Yakhşifāni `Alayhimā Min Waraqi Al-Jannati Wa Nādāhumā Rabbuhumā 'Alam 'Anhakumā `An Tilkumā Ash-Shajarati Wa 'Aqul Lakumā 'Inna Ash-Shayţāna Lakumā `Adūwun Mubīnun 007-022 މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ)ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟ فَدَلاَّهُمَا بِغُر‍ُو‍ر‍ٍ فَلَ‍‍م‍ّ‍‍َا ذَاقَا ا‍لشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِف‍‍َ‍ا‍نِ عَلَيْهِمَا مِ‍‍ن‍ْ وَرَقِ ا‍لْجَ‍‍ن‍ّ‍‍َةِ وَنَادَاهُمَا رَبُّهُمَ‍‍ا‍ أَلَمْ أَنْهَكُمَا عَ‍‍ن‍ْ تِلْكُمَا ا‍لشَّجَرَةِ وَأَقُ‍‍ل‍ْ لَكُمَ‍‍ا إِ‍نّ‍‍َ ا‍لشَّيْط‍‍َ‍ا‍نَ لَكُمَا عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Qālā Rabbanā Žalamnā 'Anfusanā Wa 'In Lam Taghfir Lanā Wa Tarĥamnā Lanakūnanna Mina Al-Khāsirīna 007-023 އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. قَالاَ رَبَّنَا ظَلَمْنَ‍‍ا‍ أَن‍فُسَنَا وَإِ‍ن‍ْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Qāla Ahbiţū Ba`đukum Liba`đin `Adūwun Wa Lakum Al-'Arđi Mustaqarrun Wa Matā`un 'Ilá Ĥīnin 007-024 އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. ق‍َا‍لَ ا‍هْبِطُو‍‍ا‍ بَعْضُكُمْ لِبَعْضٍ عَدُوّ‍ٌ وَلَكُمْ فِي ا‍لأَرْضِ مُسْتَقَرّ‍ٌ وَمَت‍‍َ‍ا‍ع‍‍‍ٌ إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Qāla Fīhā Taĥyawna Wa Fīhā Tamūtūna Wa Minhā Tukhrajūna 007-025 އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ، އެތާނގައެވެ. އަދި މަރުވާހުށީވެސް އެތާނގައެވެ. އަދި (قيامة ދުވަހުންދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ. ق‍َا‍لَ فِيهَا تَحْيَوْنَ وَفِيهَا تَمُوت‍‍ُ‍و‍نَ وَمِنْهَا تُخْرَج‍‍ُ‍و‍نَ
Yā Banī 'Ādama Qad 'Anzalnā `Alaykum Libāsāan Yuwārī Saw''ātikum Wa Rīshāan Wa Libāsu At-TaqDhālika Khayrun Dhālika Min 'Āyā Ti Al-Lahi La`allahum Yadhdhakkarūna 007-026 އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ. يَابَنِ‍‍ي آدَمَ قَ‍‍د‍ْ أَن‍زَلْنَا عَلَيْكُمْ لِبَاسا‍ً يُوَا‍ر‍‍ِي سَوْءآتِكُمْ وَر‍‍ِيشا‍ً وَلِب‍‍َ‍ا‍سُ ا‍لتَّ‍‍ق‍‍ْوَى ذَلِكَ خَيْر‍ٌ ذَلِكَ مِ‍‍ن‍ْ آي‍‍َ‍ا‍تِ ا‍للَّهِ لَعَلَّهُمْ يَذَّكَّر‍ُو‍نَ
Yā Banī 'Ādama Lā Yaftinannakumu Ash-Shayţānu Kamā 'Akhraja 'Abawaykum Mina Al-Jannati Yanzi`u `Anhumā Libāsahumā Liyuriyahumā Saw''ātihimā 'Innahu Yarākum Huwa Wa Qabīluhu Min Ĥaythu Lā Tarawnahum 'Innā Ja`alnā Ash-Shayā Ţīna 'Awliyā 'A Lilladhīna Lā Yu'uminūna 007-027 އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدم ގެފާނާއި حوّاء ގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطان ން ނުފެންނަހިނދުގައި، އެ شيطان އާއާއި، އޭނާގެ لشكر އަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، إيمان ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ. يَابَنِ‍‍ي آدَمَ لاَ يَفْتِنَ‍‍ن‍ّ‍‍َكُمُ ا‍لشَّيْط‍‍َ‍ا‍نُ كَمَ‍‍ا‍ أَخْرَجَ أَبَوَيْكُ‍‍م‍ْ مِنَ ا‍لْجَ‍‍ن‍ّ‍‍َةِ يَ‍‍ن‍زِعُ عَنْهُمَا لِبَاسَهُمَا لِيُ‍‍ر‍‍ِيَهُمَا سَوْءآتِهِمَ‍‍ا إِ‍نّ‍‍َهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِ‍نّ‍‍َا جَعَلْنَا ا‍لشَّيَاط‍‍ِ‍ي‍نَ أَوْلِي‍‍َ‍ا‍ءَ لِلَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ
Wa 'Idhā Fa`alū Fāĥishatan Qālū Wajadnā `Alayhā 'Ābā'anā Wa Allāhu 'Amaranā Bihā Qul 'Inna Al-Laha Lā Ya'muru Bil-Faĥshā'i 'Ataqūlūna `Alá Al-Lahi Mā Lā Ta`lamūna 007-028 އެއުރެން فاحش ކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ،ތިމަންމެންނަށް أمر ކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ وَإِذَا فَعَلُو‍‍ا‍ فَاحِشَة‍‍‍ً قَالُو‍‍ا‍ وَجَ‍‍د‍‍ْنَا عَلَيْهَ‍‍ا آب‍‍َ‍ا‍ءَنَا وَا‍للَّهُ أَمَرَنَا بِهَا قُلْ إِ‍نّ‍‍َ ا‍للَّهَ لاَ يَأْمُرُ بِ‍‍ا‍لْفَحْش‍‍َ‍ا‍ءِ أَتَقُول‍‍ُ‍و‍نَ عَلَى ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Qul 'Amara Rabbī Bil-Qisţi Wa 'Aqīmū Wujūhakum `Inda Kulli Masjidin Wa Ad`ūhu Mukhlişīna Lahu Ad-Dīna Kamā Bada'akum Ta`ūdūna 007-029 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (قبلة އަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކޮށް دعاء ކުރާށެވެ! އެކަލާނގެ ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުށްޓެވެ. قُلْ أَمَرَ رَبِّي بِ‍‍ا‍لْقِسْطِ وَأَقِيمُو‍‍ا‍ وُجُوهَكُمْ عِ‍‍ن‍‍ْدَ كُلِّ مَسْجِد‍ٍ وَا‍د‍‍ْع‍‍ُ‍و‍هُ مُخْلِص‍‍ِ‍ي‍نَ لَهُ ا‍لدّ‍ِي‍نَ كَمَا بَدَأَكُمْ تَعُود‍ُو‍نَ
Farīqāan Hadá Wa Farīqāan Ĥaqqa `Alayhimu Ađ-Đalālatu 'Innahumu Attakhadhū Ash-Shayāţīna 'Awliyā'a Min Dūni Al-Lahi Wa Yaĥsabūna 'Annahum Muhtadūna 007-030 އެއްބަޔަކަށް، އެކަލާނގެ ތެދުމަގު ދެއްކެވިއެވެ. އަދި އަނެއް ބަޔެއްގެ މައްޗަށް ވަނީ މަގުފުރެދުން حق ވެފައެވެ. ހަމަކަށަވަރުން، އެއުރެން اللَّه ފިޔަވައި شيطان ންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރެތެވެ. فَ‍‍ر‍‍ِيقاً هَدَى وَفَ‍‍ر‍‍ِيقاً حَقَّ عَلَيْهِمُ ا‍لضَّلاَلَةُ إِ‍نّ‍‍َهُمُ ا‍تَّخَذُوا‍ ا‍لشَّيَاط‍‍ِ‍ي‍نَ أَوْلِي‍‍َ‍ا‍ءَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَيَحْسَب‍‍ُ‍و‍نَ أَ‍نّ‍‍َهُ‍‍م‍ْ مُهْتَد‍ُو‍نَ
Yā Banī 'Ādama Khudhū Zīnatakum `Inda Kulli Masjidin Wa Kulū Wa Ashrabū Wa Lā Tusrifū 'Innahu Lā Yuĥibbu Al-Musrifīna 007-031 އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުންކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. يَابَنِ‍‍ي آدَمَ خُذُوا‍ زِينَتَكُمْ عِ‍‍ن‍‍ْدَ كُلِّ مَسْجِد‍ٍ وَكُلُو‍‍ا‍ وَا‍شْرَبُو‍‍ا‍ وَلاَ تُسْ‍‍ر‍‍ِفُ‍‍و‍‍ا‍ إِ‍نّ‍‍َهُ لاَ يُحِبُّ ا‍لْمُسْ‍‍ر‍‍ِف‍‍ِ‍ي‍نَ
Qul Man Ĥarrama Zīnata Al-Lahi Allatī 'Akhraja Li`ibādihi Wa Aţ-Ţayyibāti Mina Ar-Rizqi Qul Hiya Lilladhīna 'Āmanū Fī Al-Ĥayāati Ad-DunKhālişatan Yawma Al-Qiyāmati Kadhālika Nufaşşilu Al-'Āyāti Liqawmin Ya`lamūna 007-032 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّه ގެ ޒީނަތާއި، رزق ގެ ތެރެއިން ރަނގަޅު ތަކެތި حرام ކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيمان ވީ، މީހުންނަށް ދުންޔަވީ حياة ގައި ދެއްވާފައެވެ. قيامة ދުވަހުން އެތަކެތި (مؤمن ންނަށް) خالص ވެގެންވާ حال ގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ. قُلْ مَنْ حَرَّمَ زِينَةَ ا‍للَّهِ ا‍لَّتِ‍‍ي‍ أَخْرَجَ لِعِبَادِهِ وَا‍لطَّيِّب‍‍َ‍ا‍تِ مِنَ ا‍لرِّزْقِ قُلْ هِيَ لِلَّذ‍ِي‍نَ آمَنُو‍‍ا‍ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا خَالِصَة‍‍‍ً يَوْمَ ا‍لْقِيَامَةِ كَذَلِكَ نُفَصِّلُ ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Qul 'Innamā Ĥarrama Rabbiya Al-Fawāĥisha Mā Žahara Minhā Wa Mā Baţana Wa Al-'Ithma Wa Al-Baghya Bighayri Al-Ĥaqqi Wa 'An Tushrikū Bil-Lahi Mā Lam Yunazzil Bihi Sulţānāan Wa 'An Taqūlū `Alá Al-Lahi Mā Lā Ta`lamūna 007-033 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرام ކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حق އަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް شريك ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ. قُلْ إِ‍نّ‍‍َمَا حَرَّمَ رَبِّيَ ا‍لْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَا‍لإِثْمَ وَا‍لْبَغْيَ بِغَيْ‍‍ر‍ِ ا‍لْحَقِّ وَأَ‍ن‍ْ تُشْ‍‍ر‍‍ِكُو‍‍ا‍ بِ‍‍ا‍للَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانا‍ً وَأَ‍ن‍ْ تَقُولُو‍‍ا‍ عَلَى ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Wa Likulli 'Ummatin 'Ajalun Fa'idhā Jā'a 'Ajaluhum Lā Yasta'khirūna Sā`atan Wa Lā Yastaqdimūna 007-034 ކޮންމެ أمّة އަކަށްމެ أجل އެއް ވެއެވެ. ފަހެ،އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ. وَلِكُلِّ أُ‍مّ‍‍َةٍ أَجَل‍‍‍ٌ فَإِذَا ج‍‍َ‍ا‍ءَ أَجَلُهُمْ لاَ يَسْتَأْخِر‍ُو‍نَ سَاعَة‍‍‍ً وَلاَ يَسْتَ‍‍ق‍‍ْدِم‍‍ُ‍و‍نَ
Yā Banī 'Ādama 'Immā Ya'tiyannakum Rusulun Minkum Yaquşşūna `Alaykum 'Āyā Tī Famani Attaqá Wa 'Aşlaĥa Falā Khawfun `Alayhim Wa Lā Hum Yaĥzanūna 007-035 އޭ آدم ގެދަރިންނޭވެ! ތިމަންރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ رسول ންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، تقوى ވެރިވެ، އަދި (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. يَابَنِ‍‍ي آدَمَ إِ‍مّ‍‍َا يَأْتِيَ‍‍ن‍ّ‍‍َكُمْ رُسُل‍‍‍ٌ مِ‍‍ن‍‍ْكُمْ يَقُصّ‍‍ُ‍و‍نَ عَلَيْكُمْ آيَاتِي فَمَنِ ا‍تَّقَى وَأَصْلَحَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Wa Al-Ladhīna Kadhdhabū Bi'āyātinā Wa Astakbarū `Anhā 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 007-036 އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ. وَالَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَا‍سْتَكْبَرُوا‍ عَنْهَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Faman 'Ažlamu Mimmani Aftará `Alá Al-Lahi Kadhibāan 'Aw Kadhdhaba Bi'āyātihi 'Ūlā'ika Yanāluhum Naşībuhum Mina Al-Kitābi Ĥattá 'Idhā Jā'at/hum Rusulunā Yatawaffawnahum Qālū 'Ayna Mā Kuntum Tad`ūna Min Dūni Al-Lahi Qālū Đallū `Annā Wa Shahidū `Alá 'Anfusihim 'Annahum Kānū Kāfirīna 007-037 اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. اللَّهފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ كافر ން ކަމުގައި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ. فَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ كَذِباً أَوْ كَذَّبَ بِآيَاتِهِ أ‍ُ‍وْل‍‍َ‍ا‍ئِكَ يَنَالُهُمْ نَصِيبُهُ‍‍م‍ْ مِنَ ا‍لْكِت‍‍َ‍ا‍بِ حَتَّى إِذَا ج‍‍َ‍ا‍ءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُ‍‍و‍‍ا‍ أَيْنَ مَا كُ‍‍ن‍تُمْ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ قَالُو‍‍ا‍ ضَلُّو‍‍ا‍ عَ‍‍ن‍ّ‍‍َا وَشَهِدُوا‍ عَلَى أَ‍ن‍‍ْفُسِهِمْ أَ‍نّ‍‍َهُمْ كَانُو‍‍ا‍ كَافِ‍‍ر‍‍ِي‍نَ
Qāla Adkhulū Fī 'Umamin Qad Khalat Min Qablikum Mina Al-Jinni Wa Al-'Insi Fī An-Nāri Kullamā Dakhalat 'Ummatun La`anat 'Ukhtahā Ĥattá 'Idhā Addārakū Fīhā Jamī`āan Qālat 'Ukhrāhum Li'wlāhum Rabbanā Hā'uulā' 'Ađallūnā Fa'ātihim `Adhābāan Đi`fāan Mina An-Nāri Qāla Likullin Đi`fun Wa Lakin Lā Ta`lamūna 007-038 އެކަލާނގެ وحى ކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެތެރެއިން ބަޔަކު (ނަރަކަޔަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއްބަޔަކަށް لعنة ދެއެވެ. އެ އެންމެން ނަރަކައަށް جمع ވެ ނިމުމުން އެއުރެންކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ދެގުނައަށް ދެއްވާނދޭވެ! އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔައިން ކޮންމެ ބަޔަކަށްވެސް ދެގުނަޔަށް (عذاب) ހުށްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ. ق‍َا‍لَ ا‍د‍‍ْخُلُو‍‍ا‍ فِ‍‍ي‍ أُمَم‍‍‍ٍ قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُ‍‍م‍ْ مِنَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِن‍سِ فِي ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ كُلَّمَا دَخَلَتْ أُ‍مّ‍‍َة‍‍‍ٌ لَعَنَتْ أُخْتَهَا حَتَّى إِذَا ا‍دَّارَكُو‍‍ا‍ فِيهَا جَمِيعا‍ً قَالَتْ أُخْرَاهُمْ لِأولاَهُمْ رَبَّنَا ه‍‍َ‍ا‍ؤُلاَء أَضَلُّونَا فَآتِهِمْ عَذَابا‍ً ضِعْفا‍ً مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ ق‍‍َ‍ا‍لَ لِكُلّ‍‍‍ٍ ضِعْف‍‍‍ٌ وَلَكِ‍‍ن‍ْ لاَ تَعْلَم‍‍ُ‍و‍نَ
Wa Qālat 'Ūlāhum Li'khrāhum Famā Kāna Lakum `Alaynā Min Fađlin Fadhūqū Al-`Adhāba Bimā Kuntum Taksibūna 007-039 އަދި އެއުރެންކުރެ ކުރީގެ މީހުން ފަހުގެ މީހުންނަށް ބުނާނެތެވެ. ފަހެ، ތިމަންމެންގެ މައްޗަށް ތިޔަބައިމީހުންނަކަށް އިތުރުކަމެއް ނެތެވެ. ފަހެ، ތިޔަބައިމީހުން ހޯދައި އުޅުނު (ނުބައި) عمل ތަކުގެ ސަބަބުން ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! وَقَالَتْ أ‍ُ‍ولاَهُمْ لِأخْرَاهُمْ فَمَا ك‍‍َ‍ا‍نَ لَكُمْ عَلَيْنَا مِ‍‍ن‍ْ فَضْل‍‍‍ٍ فَذُوقُو‍‍ا‍ ا‍لْعَذ‍َا‍بَ بِمَا كُ‍‍ن‍تُمْ تَكْسِب‍‍ُ‍و‍نَ
'Inna Al-Ladhīna Kadhdhabū Bi'āyātinā Wa Astakbarū `Anhā Lā Tufattaĥu Lahum 'Abwābu As-Samā'i Wa Lā Yadkhulūna Al-Jannata Ĥattá Yalija Al-Jamalu Fī Sammi Al-Khiyāţi Wa Kadhalika Naj Al-Mujrimīna 007-040 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَا‍سْتَكْبَرُوا‍ عَنْهَا لاَ تُفَتَّحُ لَهُمْ أَ‍ب‍‍ْو‍َا‍بُ ا‍لسَّم‍‍َ‍ا‍ءِ وَلاَ يَ‍‍د‍‍ْخُل‍‍ُ‍و‍نَ ا‍لْجَ‍‍ن‍ّ‍‍َةَ حَتَّى يَلِجَ ا‍لْجَمَلُ فِي سَ‍‍م‍ّ‍‍ِ ا‍لْخِي‍‍َ‍ا‍طِ وَكَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Lahum Min Jahannama Mihādun Wa Min Fawqihim Ghawāshin Wa Kadhalika Naj Až-Žālimīna 007-041 އެއުރެންނަށް ނަރަކައިގެ ދާނެއްވެއެވެ. އަދި އެއުރެންގެ ގައިމަތީ (އަލިފާނުގެ) ސާލުތަކެއްވެއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. لَهُ‍‍م‍ْ مِ‍‍ن‍ْ جَهَ‍‍ن‍ّ‍‍َمَ مِه‍‍َ‍ا‍د‍ٌ وَمِ‍‍ن‍ْ فَوْقِهِمْ غَو‍َا‍ش‍‍‍ٍ وَكَذَلِكَ نَ‍‍ج‍‍ْزِي ا‍لظَّالِم‍‍ِ‍ي‍نَ
Wa Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lā Nukallifu Nafsāan 'Illā Wus`ahā 'Ūlā'ika 'Aşĥābu Al-Jannati Hum Fīhā Khālidūna 007-042 އަދި إيمان ވެ، صالح عمل ކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވަމެވެ. އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބެނިވި ބަޔެކެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لاَ نُكَلِّفُ نَفْسا‍ً إِلاَّ وُسْعَهَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍لْجَ‍‍ن‍ّ‍‍َةِ هُمْ فِيهَا خَالِد‍ُو‍نَ
Wa Naza`nā Mā Fī Şudūrihim Min Ghillin Tajrī Min Taĥtihimu Al-'Anhāru Wa Qālū Al-Ĥamdu Lillahi Al-Ladhī Hadānā Lihadhā Wa Mā Kunnā Linahtadiya Lawlā 'An Hadānā Al-Lahu Laqad Jā'at Rusulu Rabbinā Bil-Ĥaqqi Wa Nūdū 'An Tilkumu Al-Jannatu 'Ūrithtumūhā Bimā Kuntum Ta`malūna 007-043 އަދި އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައްހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. حمد ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި اللَّه އަށެވެ. އަދި اللَّه، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބަައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ. وَنَزَعْنَا مَا فِي صُدُو‍ر‍‍ِهِ‍‍م‍ْ مِنْ غِلّ‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهِمُ ا‍لأَنْه‍‍َ‍ا‍رُ وَقَالُو‍‍ا‍ ا‍لْحَمْدُ لِلَّهِ ا‍لَّذِي هَدَانَا لِهَذَا وَمَا كُ‍‍ن‍ّ‍‍َا لِنَهْتَدِيَ لَوْلاَ أَنْ هَدَانَا ا‍للَّهُ لَقَ‍‍د‍ْ ج‍‍َ‍ا‍ءَتْ رُسُلُ رَبِّنَا بِ‍‍ا‍لْحَقِّ وَنُودُو‍ا‍ أَ‍ن‍ْ تِلْكُمُ ا‍لْجَ‍‍ن‍ّ‍‍َةُ أ‍ُ‍و‍ر‍‍ِثْتُمُوهَا بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Wa Nādá 'Aşĥābu Al-Jannati 'Aşĥāba An-Nāri 'An Qad Wajadnā Mā Wa`adanā Rabbunā Ĥaqqāan Fahal Wajadtum Mā Wa`ada Rabbukum Ĥaqqāan Qālū Na`am Fa'adhdhana Mu'uadhdhinun Baynahum 'An La`natu Al-Lahi `Alá Až-Žālimīna 007-044 ސުވަރުގޭގެ أهل ވެރިން، ނަރަކައިގެ أهل ވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް وعد ކުރެއްވި ކަންތައް، حق ގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފެނިއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وعد ކުރެއްވި ކަންތައް، حق ގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އާނއެކެވެ! ފަހެ، (އެހިނދު) ގޮވައިލައްވާ ބޭކަލަކު އެއުރެންގެ މެދުގައި ގޮވައިލައްވާނެތެވެ. އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ. وَنَادَى أَصْح‍‍َ‍ا‍بُ ا‍لْجَ‍‍ن‍ّ‍‍َةِ أَصْح‍‍َ‍ا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ أَ‍ن‍ْ قَ‍‍د‍ْ وَجَ‍‍د‍‍ْنَا مَا وَعَدَنَا رَبُّنَا حَقّا‍ً فَهَلْ وَجَ‍‍د‍‍ْتُ‍‍م‍ْ مَا وَعَدَ رَبُّكُمْ حَقّا‍ً قَالُو‍‍ا‍ نَعَمْ فَأَذَّنَ مُؤَذِّن‍‍‍ٌ بَيْنَهُمْ أَ‍ن‍ْ لَعْنَةُ ا‍للَّهِ عَلَى ا‍لظَّالِم‍‍ِ‍ي‍نَ
Al-Ladhīna Yaşuddūna `An Sabīli Al-Lahi Wa Yabghūnahā `Iwajāan Wa Hum Bil-'Ākhirati Kāfirūna 007-045 އެއުރެންނީ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެމަގު ގުދު މަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ، آخرة ދުވަހަށް كافر ވެގެންވާ މީހުންނެވެ. ا‍لَّذ‍ِي‍نَ يَصُدّ‍ُو‍نَ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ وَيَ‍‍ب‍‍ْغُونَهَا عِوَجا‍ً وَهُ‍‍م‍ْ بِ‍‍ا‍لآخِرَةِ كَافِر‍ُو‍نَ
Wa Baynahumā Ĥijābun Wa `Alá Al-'A`rāfi Rijālun Ya`rifūna Kullāan Bisīmāhum Wa Nādaw 'Aşĥāba Al-Jannati 'An Salāmun `Alaykum Lam Yadkhulūhā Wa Hum Yaţma`ūna 007-046 އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. أعراف މަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ. އެއުރެންނަށް އެ ދެބައިމީހުންގެ علامة ތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެއުރެން ސުވަރުގޭގެ أهل ވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. އެއުރެން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ. وَبَيْنَهُمَا حِج‍‍َ‍ا‍ب‍‍‍ٌ وَعَلَى ا‍لأَعر‍َا‍فِ ‍ر‍‍ِج‍‍َ‍ا‍ل‍‍‍ٌ يَعْ‍‍ر‍‍ِف‍‍ُ‍و‍نَ كُلاّ‍ً بِسِيمَاهُمْ وَنَادَوْا أَصْح‍‍َ‍ا‍بَ ا‍لْجَ‍‍ن‍ّ‍‍َةِ أَ‍ن‍ْ سَلاَمٌ عَلَيْكُمْ لَمْ يَ‍‍د‍‍ْخُلُوهَا وَهُمْ يَ‍‍ط‍‍ْمَع‍‍ُ‍و‍نَ
Wa 'Idhā Şurifat 'Abşāruhum Tilqā'a 'Aşĥābi An-Nāri Qālū Rabbanā Lā Taj`alnā Ma`a Al-Qawmi Až-Žālimīna 007-047 އަދި އެއުރެންގެ ލޯތައް ނަރަކައިގެ أهل ވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ! وَإِذَا صُ‍‍ر‍‍ِفَتْ أَ‍ب‍‍ْصَارُهُمْ تِلْق‍‍َ‍ا‍ءَ أَصْح‍‍َ‍ا‍بِ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ قَالُو‍‍ا‍ رَبَّنَا لاَ تَ‍‍ج‍‍ْعَلْنَا مَعَ ا‍لْقَوْمِ ا‍لظَّالِم‍‍ِ‍ي‍نَ
Wa Nādá 'Aşĥābu Al-'A`rāfi Rijālāan Ya`rifūnahum Bisīmāhum Qālū Mā 'Aghná `Ankum Jam`ukum Wa Mā Kuntum Tastakbirūna 007-048 އަދި أعراف ގެ أهل ވެރިން، އެބަޔެއްގެ علامات ން އެއުރެން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެތެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން كبر ވެރިވެ އުޅުނުކަން (ނަރަކައިގެ عذاب ން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ! وَنَادَى أَصْح‍‍َ‍ا‍بُ ا‍لأَعر‍َا‍فِ ‍ر‍‍ِجَالا‍ً يَعْ‍‍ر‍‍ِفُونَهُ‍‍م‍ْ بِسِيمَاهُمْ قَالُو‍‍ا‍ مَ‍‍ا‍ أَغْنَى عَ‍‍ن‍‍ْكُمْ جَمْعُكُمْ وَمَا كُ‍‍ن‍تُمْ تَسْتَكْبِر‍ُو‍نَ
'Ahā'uulā' Al-Ladhīna 'Aqsamtum Lā Yanāluhumu Al-Lahu Biraĥmatin Adkhulū Al-Jannata Lā Khawfun `Alaykum Wa Lā 'Antum Taĥzanūna 007-049 އެއުރެންނަށް اللَّه رحمة އެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުޅަ މީހުންނަކީ މިތިބީހެއްޔެވެ؟ (އެއުރެންނަށްއަންގަވާނެތެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. أَه‍‍َ‍ا‍ؤُلاَء ا‍لَّذ‍ِي‍نَ أَ‍ق‍‍ْسَمْتُمْ لاَ يَنَالُهُمُ ا‍للَّهُ بِرَحْمَة‍‍‍ٍ ا‍د‍‍ْخُلُو‍‍ا‍ ا‍لْجَ‍‍ن‍ّ‍‍َةَ لاَ خَوْفٌ عَلَيْكُمْ وَلاَ أَ‍ن‍‍ْتُمْ تَحْزَن‍‍ُ‍و‍نَ
Wa Nādá 'Aşĥābu An-Nāri 'Aşĥāba Al-Jannati 'An 'Afīđū `Alaynā Mina Al-Mā'i 'Aw Mimmā Razaqakumu Al-Lahu Qālū 'Inna Al-Laha Ĥarramahumā `Alá Al-Kāfirīna 007-050 ނަރަކައިގެ أهل ވެރިން، ސުވަރުގޭގެ أهل ވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ اللَّه، ތިޔަބައިމީހުންނަށް رزق ކުރެއްވި އެއްޗަކުން އެހީވާށެވެ! އެއުރެން ބުނާނެތެވެ. އެތަކެތި ވަނީ، كافر ވި މީހުންނަށް اللًَّه، حرام ކުރައްވާފައެވެ. وَنَادَى أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ أَصْح‍‍َ‍ا‍بَ ا‍لْجَ‍‍ن‍ّ‍‍َةِ أَنْ أَفِيضُو‍‍ا‍ عَلَيْنَا مِنَ ا‍لْم‍‍َ‍ا‍ءِ أَوْ مِ‍‍م‍ّ‍‍َا رَزَقَكُمُ ا‍للَّهُ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ حَرَّمَهُمَا عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ
Al-Ladhīna Attakhadhū Dīnahum Lahwan Wa La`ibāan Wa Gharrat/humu Al-Ĥayāatu Ad-Dunyā Fālyawma Nansāhum Kamā Nasū Liqā'a Yawmihimdhā Wa Mā Kānū Bi'āyātinā Yajĥadūna 007-051 އެއުރެންނީ، އެއުރެންގެ دين، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުންނެވެ. ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ. ا‍لَّذ‍ِي‍نَ ا‍تَّخَذُوا‍ دِينَهُمْ لَهْوا‍ً وَلَعِبا‍ً وَغَرَّتْهُمُ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا فَالْيَوْمَ نَ‍‍ن‍سَاهُمْ كَمَا نَسُو‍‍ا‍ لِق‍‍َ‍ا‍ءَ يَوْمِهِمْ هَذَا وَمَا كَانُو‍‍ا‍ بِآيَاتِنَا يَ‍‍ج‍‍ْحَد‍ُو‍نَ
Wa Laqad Ji'nāhum Bikitābin Faşşalnāhu `Alá `Ilmin Hudáan Wa Raĥmatan Liqawmin Yu'uminūna 007-052 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ދެނެވޮޑިގަތުމާއެކު، ތިމަންރަސްކަލާނގެ އެ ފޮތް تفصيل ކޮށް ބަޔާންކޮށްދެއްވީމެވެ. އެއީ إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއްކަމުގައެވެ. وَلَقَ‍‍د‍ْ جِئْنَاهُ‍‍م‍ْ بِكِت‍‍َ‍ا‍ب‍‍‍ٍ فَصَّلْن‍‍َ‍ا‍هُ عَلَى عِلْمٍ هُ‍‍دى‍ً وَرَحْمَة‍‍‍ً لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Hal Yanžurūna 'Illā Ta'wīlahu Yawma Ya'tī Ta'wīluhu Yaqūlu Al-Ladhīna Nasūhu Min Qablu Qad Jā'at Rusulu Rabbinā Bil-Ĥaqqi Fahal Lanā Min Shufa`ā'a Fayashfa`ū Lanā 'Aw Nuraddu Fana`mala Ghayra Al-Ladhī Kunnā Na`malu Qad Khasirū 'Anfusahum Wa Đalla `Anhum Mā Kānū Yaftarūna 007-053 އެންމެފަހުގެ ނަތީޖާއަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: قيامة ދުވަހު) ކުރިން އެކަންތައް ހަނދާން ނައްތާލި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތެވެ. ފަހެ، ތިމަންމެންނަށް شفاعة ތެރިންތަކެއް ވޭބާވައެވެ؟ ނުވަތަ (ދުނިޔޭގައި) ތިމަންމެން عمل ކޮށް އުޅުނުގޮތް ނޫންގޮތަކަށް عمل ކުރުމަށްޓަކައި، ތިމަންމެން އެނބުރި (ދުނިޔެއަށް) ފޮނުއްވާނެ ބާވައެވެ؟ ހަމަކަށަވަރުން، އެއުރެން، އެއުރެންގެ نفس ތައް ނަގާލައިފިއެވެ. އަދި އެއުރެން ދޮގުން އުފައްދައި އުޅުނު إله ންތައް، އެއުރެންނަށް ގެއްލިހިނގައްޖެއެވެ. هَلْ يَ‍‍ن‍ظُر‍ُو‍نَ إِلاَّ تَأْوِيلَهُ يَوْمَ يَأْتِي تَأْوِيلُهُ يَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ نَس‍‍ُ‍و‍هُ مِ‍‍ن‍ْ قَ‍‍ب‍‍ْلُ قَ‍‍د‍ْ ج‍‍َ‍ا‍ءَتْ رُسُلُ رَبِّنَا بِ‍‍ا‍لْحَقِّ فَهَ‍‍ل‍ْ لَنَا مِ‍‍ن‍ْ شُفَع‍‍َ‍ا‍ءَ فَيَشْفَعُو‍‍ا‍ لَنَ‍‍ا‍ أَوْ نُرَدُّ فَنَعْمَلَ غَيْرَ ا‍لَّذِي كُ‍‍ن‍ّ‍‍َا نَعْمَلُ قَ‍‍د‍ْ خَسِرُو‍ا‍ أَن‍فُسَهُمْ وَضَلَّ عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَفْتَر‍ُو‍نَ
'Inna Rabbakumu Al-Lahu Al-Ladhī Khalaqa As-Samāwāti Wa Al-'Arđa Fī Sittati 'Ayyāmin Thumma Astawá `Alá Al-`Arshi Yughshī Al-Layla An-Nahāra Yaţlubuhu Ĥathīthāan Wa Ash-Shamsa Wa Al-Qamara Wa An-Nujūma Musakhkharātin Bi'amrihi 'Alā Lahu Al-Khalqu Wa Al-'Amru Tabāraka Al-Lahu Rabbu Al-`Ālamīna 007-054 ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަންކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ. إِ‍نّ‍‍َ رَبَّكُمُ ا‍للَّهُ ا‍لَّذِي خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ فِي سِتَّةِ أَيّ‍‍َ‍ا‍م‍‍‍ٍ ثُ‍‍م‍ّ‍‍َ ا‍سْتَوَى عَلَى ا‍لْعَرْشِ يُغْشِي ا‍للَّيْلَ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ يَ‍‍ط‍‍ْلُبُهُ حَثِيثا‍ً وَا‍لشَّمْسَ وَا‍لْقَمَرَ وَا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مَ مُسَخَّر‍َا‍ت‍‍‍ٍ بِأَمْ‍‍ر‍‍ِهِ أَلاَ لَهُ ا‍لْخَلْقُ وَا‍لأَمْرُ تَبَارَكَ ا‍للَّهُ رَبُّ ا‍لْعَالَم‍‍ِ‍ي‍نَ
Ad`ū Rabbakum Tađarru`āan Wa Khufyatan 'Innahu Lā Yuĥibbu Al-Mu`tadīna 007-055 މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. ا‍د‍‍ْعُو‍‍ا‍ رَبَّكُمْ تَضَرُّعا‍ً وَخُفْيَة‍‍‍ً إِ‍نّ‍‍َهُ لاَ يُحِبُّ ا‍لْمُعْتَد‍ِي‍نَ
Wa Lā Tufsidū Fī Al-'Arđi Ba`da 'Işlāĥihā Wa Ad`ūhu Khawfāan Wa Ţama`āan 'Inna Raĥmata Al-Lahi Qarībun Mina Al-Muĥsinīna 007-056 ބިން إصلاح ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެ ތިބޭ حال، އެކަލާނގެއަށް ތިޔަބައިމީހުން دعاء ކުރާށެވެ! ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ. وَلاَ تُفْسِدُوا‍ فِي ا‍لأَرْضِ بَعْدَ إِصْلاَحِهَا وَا‍د‍‍ْع‍‍ُ‍و‍هُ خَوْفا‍ً وَطَمَعا‍ً إِ‍نّ‍‍َ رَحْمَتَ ا‍للَّهِ قَ‍‍ر‍‍ِي‍ب‍‍‍ٌ مِنَ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Huwa Al-Ladhī Yursilu Ar-Riyāĥa Bushrāan Bayna Yaday Raĥmatihi Ĥattá 'Idhā 'Aqallat Saĥābāan Thiqālāan Suqnāhu Libaladin Mayyitin Fa'anzalnā Bihi Al-Mā'a Fa'akhrajnā Bihi Min Kulli Ath-Thamarāti Kadhālika Nukhriju Al-Mawtá La`allakum Tadhakkarūna 007-057 އަދި އެކަލާނގެ رحمة ގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަންރަސްކަލާނގެ އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމައެފަދައިންނެވެ. (އެއީ)ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ. وَهُوَ ا‍لَّذِي يُرْسِلُ ا‍لرِّي‍‍َ‍ا‍حَ بُشْرا‍ً بَيْنَ يَدَيْ رَحْمَتِهِ حَتَّى إِذَا أَقَلَّتْ سَحَابا‍ً ثِقَالا‍ً سُ‍‍ق‍‍ْن‍‍َ‍ا‍هُ لِبَلَد‍ٍ مَيِّت‍‍‍ٍ فَأَن‍زَلْنَا بِهِ ا‍لْم‍‍َ‍ا‍ءَ فَأَخْرَ‍ج‍‍ْنَا بِهِ مِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ كَذَلِكَ نُخْ‍‍ر‍‍ِجُ ا‍لْمَوْتَى لَعَلَّكُمْ تَذَكَّر‍ُو‍نَ
Wa Al-Baladu Aţ-Ţayyibu Yakhruju Nabātuhu Bi'idhni Rabbihi Wa Al-Ladhī Khabutha Lā Yakhruju 'Illā Nakidāan Kadhālika Nuşarrifu Al-'Āyāti Liqawmin Yashkurūna 007-058 (ބިމާއި ފެން) ރަނގަޅު ރަށްރަށުން، އެރަށްތަކުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އެރަށުގެ ގަސްގަހާގެހި ފަޅައެވެ. (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ. شكر ކުރާ ބަޔަކަށް ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ. وَالْبَلَدُ ا‍لطَّيِّبُ يَخْرُجُ نَبَاتُهُ بِإِذْنِ رَبِّهِ وَا‍لَّذِي خَبُثَ لاَ يَخْرُجُ إِلاَّ نَكِدا‍ً كَذَلِكَ نُصَرِّفُ ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يَشْكُر‍ُو‍نَ
Laqad 'Arsalnā Nūĥāan 'Ilá Qawmihi Faqāla Yā Qawmi A`budū Al-Laha Mā Lakum Min 'Ilahin Ghayruhu 'Innī 'Akhāfu `Alaykum `Adhāba Yawmin `Ažīmin 007-059 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ. لَقَ‍‍د‍ْ أَرْسَلْنَا نُوحا‍ً إِلَى قَوْمِهِ فَق‍‍َ‍ا‍لَ يَاقَوْمِ ا‍عْبُدُوا‍ ا‍للَّهَ مَا لَكُ‍‍م‍ْ مِ‍‍ن‍ْ إِلَهٍ غَيْرُهُ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ عَلَيْكُمْ عَذ‍َا‍بَ يَوْمٍ عَظ‍‍ِ‍ي‍م‍‍‍ٍ
Qāla Al-Mala'u Min Qawmihi 'Innā Lanarāka Fī Đalālin Mubīnin 007-060 އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ. ق‍َا‍لَ ا‍لْمَلَأُ مِ‍‍ن‍ْ قَوْمِهِ إِ‍نّ‍‍َا لَنَر‍َا‍كَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Qāla Yā Qawmi Laysa Bī Đalālatun Wa Lakinnī Rasūlun Min Rabbi Al-`Ālamīna 007-061 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ،عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ. ق‍َا‍لَ يَاقَوْمِ لَيْسَ بِي ضَلاَلَة‍‍‍ٌ وَلَكِ‍‍ن‍ّ‍‍ِي رَس‍‍ُ‍و‍ل‍‍‍ٌ مِ‍‍ن‍ْ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
'Uballighukum Risālāti Rabbī Wa 'Anşaĥu Lakum Wa 'A`lamu Mina Al-Lahi Mā Lā Ta`lamūna 007-062 އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ. أُبَلِّغُكُمْ ‍ر‍‍ِسَالاَتِ رَبِّي وَأَن‍صَحُ لَكُمْ وَأَعْلَمُ مِنَ ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
'Awa`ajibtum 'An Jā'akum Dhikrun Min Rabbikum `Alá Rajulin Minkum Liyundhirakum Wa Litattaqū Wa La`allakum Turĥamūna 007-063 ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށާއި، ތިޔަބައިމީހުން تقوى ވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمة ލައްވާތޯ، ތިޔަބައިމީހުންގެ ތެެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ أَوَعَجِ‍‍ب‍‍ْتُمْ أَ‍ن‍ْ ج‍‍َ‍ا‍ءَكُمْ ذِكْر‍ٌ مِ‍‍ن‍ْ رَبِّكُمْ عَلَى رَجُل‍‍‍ٍ مِ‍‍ن‍‍ْكُمْ لِيُ‍‍ن‍ذِرَكُمْ وَلِتَتَّقُو‍‍ا‍ وَلَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
Fakadhdhabūhu Fa'anjaynāhu Wa Al-Ladhīna Ma`ahu Fī Al-Fulki Wa 'Aghraq Al-Ladhīna Kadhdhabū Bi'āyātinā 'Innahum Kānū Qawmāan `Amīna 007-064 ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްްކަލާނގެ آية ތައް ދޮގުކުރި މީހުން غرق ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حق ގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ. فَكَذَّب‍‍ُ‍و‍هُ فَأَن‍جَيْن‍‍َ‍ا‍هُ وَا‍لَّذ‍ِي‍نَ مَعَهُ فِي ا‍لْفُلْكِ وَأَغْرَ‍ق‍‍ْنَا ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَ‍‍ا إِ‍نّ‍‍َهُمْ كَانُو‍‍ا‍ قَوْماً عَم‍‍ِ‍ي‍نَ
Wa 'Ilá `Ādin 'Akhāhum Hūdāan Qāla Yā Qawmi A`budū Al-Laha Mā Lakum Min 'Ilahin Ghayruhu 'Afalā Tattaqūna 007-065 އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެقوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ وَإِلَى ع‍‍َ‍ا‍دٍ أَخَاهُمْ هُودا‍ً ق‍‍َ‍ا‍لَ يَاقَوْمِ ا‍عْبُدُوا‍ ا‍للَّهَ مَا لَكُ‍‍م‍ْ مِ‍‍ن‍ْ إِلَهٍ غَيْرُهُ أَفَلاَ تَتَّق‍‍ُ‍و‍نَ
Qāla Al-Mala'u Al-Ladhīna Kafarū Min Qawmihi 'Innā Lanarāka Fī Safāhatin Wa 'Innā Lanažunnuka Mina Al-Kādhibīna 007-066 އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ. ق‍َا‍لَ ا‍لْمَلَأُ ا‍لَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ قَوْمِهِ إِ‍نّ‍‍َا لَنَر‍َا‍كَ فِي سَفَاهَة‍‍‍ٍ وَإِ‍نّ‍‍َا لَنَظُ‍‍ن‍ّ‍‍ُكَ مِنَ ا‍لْكَاذِب‍‍ِ‍ي‍نَ
Qāla Yā Qawmi Laysa Bī Safāhatun Wa Lakinnī Rasūlun Min Rabbi Al-`Ālamīna 007-067 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ. ق‍َا‍لَ يَاقَوْمِ لَيْسَ بِي سَفَاهَة‍‍‍ٌ وَلَكِ‍‍ن‍ّ‍‍ِي رَس‍‍ُ‍و‍ل‍‍‍ٌ مِ‍‍ن‍ْ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
'Uballighukum Risālāti Rabbī Wa 'Anā Lakum Nāşiĥun 'Amīnun 007-068 އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ. أُبَلِّغُكُمْ ‍ر‍‍ِسَالاَتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَم‍‍ِ‍ي‍ن‍‍‍ٌ
'Awa`ajibtum 'An Jā'akum Dhikrun Min Rabbikum `Alá Rajulin Minkum Liyundhirakum Wa Adhkurū 'Idh Ja`alakum Khulafā'a Min Ba`di Qawmi Nūĥin Wa Zādakum Al-Khalqi Basţatandhkurū 'Ālā'a Al-Lahi La`allakum Tufliĥūna 007-069 ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި،ތިޔަބައިމީހުން حيران ވީހެއްޔެވެ؟ އަދި نوح ގެފާނުގެ قوم އަށްފަހުގައި، خليفة އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. أَوَعَجِ‍‍ب‍‍ْتُمْ أَ‍ن‍ْ ج‍‍َ‍ا‍ءَكُمْ ذِكْر‍ٌ مِ‍‍ن‍ْ رَبِّكُمْ عَلَى رَجُل‍‍‍ٍ مِ‍‍ن‍‍ْكُمْ لِيُ‍‍ن‍ذِرَكُمْ وَا‍ذْكُرُو‍ا‍ إِذْ جَعَلَكُمْ خُلَف‍‍َ‍ا‍ءَ مِ‍‍ن‍ْ بَعْدِ قَوْمِ ن‍‍ُ‍و‍ح‍‍‍ٍ وَزَادَكُمْ فِي ا‍لْخَلْقِ بَسْطَة‍‍‍ً فَاذْكُرُو‍ا‍ آلاَءَ ا‍للَّهِ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Qālū 'Aji'tanā Lina`buda Al-Laha Waĥdahu Wa Nadhara Mā Kāna Ya`budu 'Ābā'uunā Fa'tinā Bimā Ta`idunā 'In Kunta Mina Aş-Şādiqīna 007-070 އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ! قَالُ‍‍و‍‍ا‍ أَجِئْتَنَا لِنَعْبُدَ ا‍للَّهَ وَحْدَهُ وَنَذَرَ مَا ك‍‍َ‍ا‍نَ يَعْبُدُ آب‍‍َ‍ا‍ؤُنَا فَأْتِنَا بِمَا تَعِدُنَ‍‍ا إِ‍ن‍ْ كُ‍‍ن‍تَ مِنَ ا‍لصَّادِق‍‍ِ‍ي‍نَ
Qāla Qad Waqa`a `Alaykum Min Rabbikum Rijsun Wa Ghađabun 'Atujādilūnanī Fī 'Asmā'in Sammaytumūhā 'Antum Wa 'Ābā'uukum Mā Nazzala Al-Lahu Bihā Min Sulţāninntažirū 'Innī Ma`akum Mina Al-Muntažirīna 007-071 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން عذاب އަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ. ق‍َا‍لَ قَ‍‍د‍ْ وَقَعَ عَلَيْكُ‍‍م‍ْ مِ‍‍ن‍ْ رَبِّكُمْ ‍ر‍‍ِ‍ج‍‍ْس‍‍‍ٌ وَغَضَبٌ أَتُجَادِلُونَنِي فِ‍‍ي‍ أَسْم‍‍َ‍ا‍ء‍ٍ سَ‍‍م‍ّ‍‍َيْتُمُوهَ‍‍ا‍ أَ‍ن‍‍ْتُمْ وَآب‍‍َ‍ا‍ؤُكُ‍‍م‍ْ مَا نَزَّلَ ا‍للَّهُ بِهَا مِ‍‍ن‍ْ سُلْط‍‍َ‍ا‍ن‍‍‍ٍ فَان‍تَظِرُو‍ا‍ إِ‍نّ‍‍ِي مَعَكُ‍‍م‍ْ مِنَ ا‍لْمُ‍‍ن‍تَظِ‍‍ر‍‍ِي‍نَ
Fa'anjaynāhu Wa Al-Ladhīna Ma`ahu Biraĥmatin Minnā Wa Qaţa`nā Dābira Al-Ladhīna Kadhdhabū Bi'āyātinā Wa Mā Kānū Mu'uminīna 007-072 ދެން (ތިމަންރަސްކަލާނގެ ކޯފާއާއި، عذاب އައިހިނދު) ތިމަންރަސްކަލާނގެ رحمة ފުޅުން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ އެންމެފަހު މީހާއަށް ދާނދެން، ހަލާކު ކުރައްވައި، ނެތިކުރެއްވީމެވެ. އަދި އެއުރެން إيمان ވި ބަޔަކު ކަމުގައި ނުވެތެވެ. فَأَن‍جَيْن‍‍َ‍ا‍هُ وَا‍لَّذ‍ِي‍نَ مَعَهُ بِرَحْمَة‍‍‍ٍ مِ‍‍ن‍ّ‍‍َا وَقَطَعْنَا دَابِ‍‍ر‍َ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَمَا كَانُو‍‍ا‍ مُؤْمِن‍‍ِ‍ي‍نَ
Wa 'Ilá Thamūda 'Akhāhum Şāliĥāan Qāla Yā Qawmi A`budū Al-Laha Mā Lakum Min 'Ilahin Ghayruhu Qad Jā'atkum Bayyinatun Min Rabbikum Hadhihi Nāqatu Al-Lahi Lakum 'Āyatan Fadharūhā Ta'kul Fī 'Arđi Al-Lahi Wa Lā Tamassūhā Bisū'in Faya'khudhakum `Adhābun 'Alīmun 007-073 އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވިޖަމަލެެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ. وَإِلَى ثَم‍‍ُ‍و‍دَ أَخَاهُمْ صَالِحا‍ً ق‍‍َ‍ا‍لَ يَاقَوْمِ ا‍عْبُدُوا‍ ا‍للَّهَ مَا لَكُ‍‍م‍ْ مِ‍‍ن‍ْ إِلَهٍ غَيْرُهُ قَ‍‍د‍ْ ج‍‍َ‍ا‍ءَتْكُ‍‍م‍ْ بَيِّنَة‍‍‍ٌ مِ‍‍ن‍ْ رَبِّكُمْ هَذِهِ نَاقَةُ ا‍للَّهِ لَكُمْ آيَة‍‍‍ً فَذَرُوهَا تَأْكُلْ فِ‍‍ي‍ أَرْضِ ا‍للَّهِ وَلاَ تَمَسُّوهَا بِس‍‍ُ‍و‍ء‍ٍ فَيَأْخُذَكُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa Adhkurū 'Idh Ja`alakum Khulafā'a Min Ba`di `Ādin Wa Bawwa'akum Al-'Arđi Tattakhidhūna Min Suhūlihā Quşūrāan Wa Tanĥitūna Al-Jibāla Buyūtāandhkurū 'Ālā'a Al-Lahi Wa Lā Ta`thaw Fī Al-'Arđi Mufsidīna 007-074 އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ! وَاذْكُرُو‍ا‍ إِذْ جَعَلَكُمْ خُلَف‍‍َ‍ا‍ءَ مِ‍‍ن‍ْ بَعْدِ ع‍‍َ‍ا‍د‍ٍ وَبَوَّأَكُمْ فِي ا‍لأَرْضِ تَتَّخِذ‍ُو‍نَ مِ‍‍ن‍ْ سُهُولِهَا قُصُورا‍ً وَتَنْحِت‍‍ُ‍و‍نَ ا‍لْجِب‍‍َ‍ا‍لَ بُيُوتا‍ً فَاذْكُرُو‍ا‍ آلاَءَ ا‍للَّهِ وَلاَ تَعْثَوْا فِي ا‍لأَرْضِ مُفْسِد‍ِي‍نَ
Qāla Al-Mala'u Al-Ladhīna Astakbarū Min Qawmihi Lilladhīna Astuđ`ifū Liman 'Āmana Minhum 'Ata`lamūna 'Anna Şāliĥāan Mursalun Min Rabbihi Qālū 'Innā Bimā 'Ursila Bihi Mu'uminūna 007-075 އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން، އޭގެތެރެއިން إيمان ވެ، ނިކަމެތިކޮށްހިތުނު މީހުންނަށް ބުނޫއެވެ. صالح ގެފާނަކީ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މިތިބީ إيمانވެގެންނެވެ. ق‍َا‍لَ ا‍لْمَلَأُ ا‍لَّذ‍ِي‍نَ ا‍سْتَكْبَرُوا‍ مِ‍‍ن‍ْ قَوْمِهِ لِلَّذ‍ِي‍نَ ا‍سْتُضْعِفُو‍‍ا‍ لِمَ‍‍ن‍ْ آمَنَ مِنْهُمْ أَتَعْلَم‍‍ُ‍و‍نَ أَ‍نّ‍‍َ صَالِحا‍ً مُرْسَل‍‍‍ٌ مِ‍‍ن‍ْ رَبِّهِ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا بِمَ‍‍ا‍ أُرْسِلَ بِهِ مُؤْمِن‍‍ُ‍و‍نَ
Qāla Al-Ladhīna Astakbarū 'Innā Bial-Ladhī 'Āmantum Bihi Kāfirūna 007-076 كبر ވެރިވިމީހުން ބުނޫއެވެ. ތިޔަބައިމީހުން، إيمان ވި ކަންތަކަށް ހަމަކަށަވަރުން، އަހުރެމެން މިތިބީ كافر ވެގެންނެވެ. ق‍َا‍لَ ا‍لَّذ‍ِي‍نَ ا‍سْتَكْبَرُو‍ا‍ إِ‍نّ‍‍َا بِ‍‍ا‍لَّذِي آمَ‍‍ن‍تُ‍‍م‍ْ بِهِ كَافِر‍ُو‍نَ
Fa`aqarū An-Nāqata Wa `Ataw `An 'Amri Rabbihim Wa Qālū Yā Şāliĥu A'tinā Bimā Ta`idunā 'In Kunta Mina Al-Mursalīna 007-077 ފަހެ، އެއުރެން އެ ޖަމަލު މަރައިލޫއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވޫއެވެ. އަދި އެއުރެން ބުނޫއެވެ. އޭ صالح ގެފާނެވެ! ކަލޭގެފާނުވަނީ، رسول ންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް (އެބަހީ: عذاب) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ! فَعَقَرُوا‍ ا‍ل‍‍ن‍ّ‍‍َاقَةَ وَعَتَوْا عَنْ أَمْ‍‍ر‍ِ رَبِّهِمْ وَقَالُو‍‍ا‍ يَاصَالِحُ ا‍ئْتِنَا بِمَا تَعِدُنَ‍‍ا إِ‍ن‍ْ كُ‍‍ن‍تَ مِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
Fa'akhadhat/humu Ar-Rajfatu Fa'aşbaĥū Fī Dārihimthimīna 007-078 ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. فَأَخَذَتْهُمُ ا‍لرَّ‍‍ج‍‍ْفَةُ فَأَصْبَحُو‍‍ا‍ فِي دَا‍ر‍‍ِهِمْ جَاثِم‍‍ِ‍ي‍نَ
Fatawallá `Anhum Wa Qāla Yā Qawmi Laqad 'Ablaghtukum Risālata Rabbī Wa Naşaĥtu Lakum Wa Lakin Lā Tuĥibbūna An-Nāşiĥīna 007-079 ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން نصيحة ތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ. فَتَوَلَّى عَنْهُمْ وَق‍‍َ‍ا‍لَ يَاقَوْمِ لَقَ‍‍د‍ْ أَ‍ب‍‍ْلَغْتُكُمْ ‍ر‍‍ِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَكِ‍‍ن‍ْ لاَ تُحِبّ‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َاصِح‍‍ِ‍ي‍نَ
Wa Lūţāan 'Idh Qāla Liqawmihi 'Ata'tūna Al-Fāĥishata Mā Sabaqakum Bihā Min 'Aĥadin Mina Al-`Ālamīna 007-080 އަދި لوط ގެފާނު، އެކަލޭގެފާނުގެقوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ وَلُوطا‍ً إِذْ ق‍‍َ‍ا‍لَ لِقَوْمِهِ أَتَأْت‍‍ُ‍و‍نَ ا‍لْفَاحِشَةَ مَا سَبَقَكُ‍‍م‍ْ بِهَا مِنْ أَحَد‍ٍ مِنَ ا‍لْعَالَم‍‍ِ‍ي‍نَ
'Innakum Lata'tūna Ar-Rijāla Shahwatan Min Dūni An-Nisā' Bal 'Antum Qawmun Musrifūna 007-081 ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ. إِ‍نّ‍‍َكُمْ لَتَأْت‍‍ُ‍و‍نَ ا‍لرِّج‍‍َ‍ا‍لَ شَهْوَة‍‍‍ً مِ‍‍ن‍ْ د‍ُو‍نِ ا‍لنِس‍‍َ‍ا‍ء بَلْ أَ‍ن‍‍ْتُمْ قَوْم‍‍‍ٌ مُسْ‍‍ر‍‍ِف‍‍ُ‍و‍نَ
Wa Mā Kāna Jawāba Qawmihi 'Illā 'An Qālū 'Akhrijūhum Min Qaryatikum 'Innahum 'Unāsun Yataţahharūn 007-082 އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ. وَمَا ك‍‍َ‍ا‍نَ جَو‍َا‍بَ قَوْمِهِ إِلاَّ أَ‍ن‍ْ قَالُ‍‍و‍‍ا‍ أَخْ‍‍ر‍‍ِجُوهُ‍‍م‍ْ مِ‍‍ن‍ْ قَرْيَتِكُمْ إِ‍نّ‍‍َهُمْ أُن‍‍َ‍ا‍س‍‍‍ٌ يَتَطَهَّرُون
Fa'anjaynāhu Wa 'Ahlahu 'Illā Amra'atahu Kānat Mina Al-Ghābirīna 007-083 ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ. فَأَن‍جَيْن‍‍َ‍ا‍هُ وَأَهْلَهُ إِلاَّ ا‍مْرَأَتَهُ كَانَتْ مِنَ ا‍لْغَابِ‍‍ر‍‍ِي‍نَ
Wa 'Amţarnā `Alayhim Maţarāannžur Kayfa Kāna `Āqibatu Al-Mujrimīna 007-084 އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! وَأَمْطَرْنَا عَلَيْهِ‍‍م‍ْ مَطَرا‍ً فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Wa 'Ilá Madyana 'Akhāhum Shu`aybāan Qāla Yā Qawmi A`budū Al-Laha Mā Lakum Min 'Ilahin Ghayruhu Qad Jā'atkum Bayyinatun Min Rabbikum Fa'awfū Al-Kayla Wa Al-Mīzāna Wa Lā Tabkhasū An-Nāsa 'Ashyā 'Ahum Wa Lā Tufsidū Fī Al-'Arđi Ba`da 'Işlāĥihā Dhālikum Khayrun Lakum 'In Kuntum Mu'uminīna 007-085 އަދި مدين ގެމީހުންގެގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. وَإِلَى مَ‍‍د‍‍ْيَنَ أَخَاهُمْ شُعَيْبا‍ً ق‍‍َ‍ا‍لَ يَاقَوْمِ ا‍عْبُدُوا‍ ا‍للَّهَ مَا لَكُ‍‍م‍ْ مِ‍‍ن‍ْ إِلَهٍ غَيْرُهُ قَ‍‍د‍ْ ج‍‍َ‍ا‍ءَتْكُ‍‍م‍ْ بَيِّنَة‍‍‍ٌ مِ‍‍ن‍ْ رَبِّكُمْ فَأَوْفُو‍‍ا‍ ا‍لْكَيْلَ وَا‍لْمِيز‍َا‍نَ وَلاَ تَ‍‍ب‍‍ْخَسُو‍‍ا‍ ا‍ل‍‍ن‍ّ‍‍َ‍ا‍سَ أَشْي‍‍َ‍ا‍ءَهُمْ وَلاَ تُفْسِدُوا‍ فِي ا‍لأَرْضِ بَعْدَ إِصْلاَحِهَا ذَلِكُمْ خَيْر‍ٌ لَكُمْ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Wa Lā Taq`udū Bikulli Şirāţin Tū`idūna Wa Taşuddūna `An Sabīli Al-Lahi Man 'Āmana Bihi Wa Tabghūnahā `Iwajāan Wa Adhkurū 'Idh Kuntum Qalīlāan Fakaththarakum Wa Anžurū Kayfa Kāna `Āqibatu Al-Mufsidīna 007-086 އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން،ތިޔަބައިމީހުން ދެކޭށެވެ! وَلاَ تَ‍‍ق‍‍ْعُدُوا‍ بِكُلِّ صِر‍َا‍ط‍‍‍ٍ تُوعِد‍ُو‍نَ وَتَصُدّ‍ُو‍نَ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ مَ‍‍ن‍ْ آمَنَ بِهِ وَتَ‍‍ب‍‍ْغُونَهَا عِوَجا‍ً وَا‍ذْكُرُو‍ا‍ إِذْ كُ‍‍ن‍تُمْ قَلِيلا‍ً فَكَثَّرَكُمْ وَا‍ن‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُفْسِد‍ِي‍نَ
Wa 'In Kāna Ţā'ifatun Minkum 'Āmanū Bial-Ladhī 'Ursiltu Bihi Wa Ţā'ifatun Lam Yu'uminū Fāşbirū Ĥattá Yaĥkuma Al-Lahu Baynanā Wa Huwa Khayru Al-Ĥākimīna 007-087 އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް إيمان ވެފައި، އަނެއްބަޔަކު إيمان ނުވިނަމަ، ތިމަންމެންގެ މެދުގައި اللَّه حكم ކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. وَإِ‍ن‍ْ ك‍‍َ‍ا‍نَ ط‍‍َ‍ا‍ئِفَة‍‍‍ٌ مِ‍‍ن‍‍ْكُمْ آمَنُو‍‍ا‍ بِ‍‍ا‍لَّذِي أُرْسِلْتُ بِهِ وَط‍‍َ‍ا‍ئِفَة‍‍‍ٌ لَمْ يُؤْمِنُو‍‍ا‍ فَاصْبِرُوا‍ حَتَّى يَحْكُمَ ا‍للَّهُ بَيْنَنَا وَهُوَ خَيْرُ ا‍لْحَاكِم‍‍ِ‍ي‍نَ
Qāla Al-Mala'u Al-Ladhīna Astakbarū Min Qawmihi Lanukhrijannaka Yā Shu`aybu Wa Al-Ladhīna 'Āmanū Ma`aka Min Qaryatinā 'Aw Lata`ūdunna Fī Millatinā Qāla 'Awalaw Kunnā Kārihīna 007-088 އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން ބުނޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دين އަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حال ގައި ވީނަމަވެސް ހެއްޔެވެ؟ ق‍َا‍لَ ا‍لْمَلَأُ ا‍لَّذ‍ِي‍نَ ا‍سْتَكْبَرُوا‍ مِ‍‍ن‍ْ قَوْمِهِ لَنُخْ‍‍ر‍‍ِجَ‍‍ن‍ّ‍‍َكَ يَا شُعَيْبُ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مَعَكَ مِ‍‍ن‍ْ قَرْيَتِنَ‍‍ا‍ أَوْ لَتَعُودُ‍نّ‍‍َ فِي مِلَّتِنَا ق‍‍َ‍ا‍لَ أَوَلَوْ كُ‍‍ن‍ّ‍‍َا كَا‍ر‍‍ِه‍‍ِ‍ي‍نَ
Qadi Aftaraynā `Alá Al-Lahi Kadhibāan 'In `Udnā Fī Millatikum Ba`da 'Idh Najjānā Al-Lahu Minhā Wa Mā Yakūnu Lanā 'An Na`ūda Fīhā 'Illā 'An Yashā'a Al-Lahu Rabbunā Wasi`a Rabbunā Kulla Shay'in `Ilmāan `Alá Al-Lahi Tawakkalnā Rabbanā Aftaĥ Baynanā Wa Bayna Qawminā Bil-Ĥaqqi Wa 'Anta Khayru Al-Fātiĥīna 007-089 ތިޔަބައިމީހުންގެ دين އަށް، ތިމަންމެން އެނބުރި ހިނގައްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، اللَّه، ތިމަންމެން އެ دين ން މިންޖުކުރެއްވުމަށް ފަހުގައި، اللَّه އާމެދު، ދޮގެއްހެދި ބަޔަކު ކަމުގައެވެ. އަދި ތިމަންމެންގެ ވެރި اللَّه އިރާދަކުރައްވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް އެ دين އަށް އެނބުރިއެއް ނުދެވޭނެތެވެ. ތިމަންމެންގެވެރިރަސްކަލާނގެ ދެނެވޮޑިގަތުން، ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ތިމަންމެން ވަކީލުކުރަނީ، اللَّه އަށެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނާއި، އަޅަމެންގެ قوم ގެމީހުންނާ ދެމެދު، حق ގޮތުގައި حكم ކުރައްވާނދޭވެ! އިބަރަސްކަލާނގެއީ، حكم ކުރައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. قَدِ ا‍فْتَرَيْنَا عَلَى ا‍للَّهِ كَذِبا‍ً إِنْ عُ‍‍د‍‍ْنَا فِي مِلَّتِكُ‍‍م‍ْ بَعْدَ إِذْ نَجَّانَا ا‍للَّهُ مِنْهَا وَمَا يَك‍‍ُ‍و‍نُ لَنَ‍‍ا‍ أَ‍ن‍ْ نَع‍‍ُ‍و‍دَ فِيهَ‍‍ا إِلاَّ أَ‍ن‍ْ يَش‍‍َ‍ا‍ءَ ا‍للَّهُ رَبُّنَا وَسِعَ رَبُّنَا كُلَّ شَيْءٍ عِلْماً عَلَى ا‍للَّهِ تَوَكَّلْنَا رَبَّنَا ا‍فْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِ‍‍ا‍لْحَقِّ وَأَ‍ن‍‍ْتَ خَيْرُ ا‍لْفَاتِح‍‍ِ‍ي‍نَ
Wa Qāla Al-Mala'u Al-Ladhīna Kafarū Min Qawmihi La'ini Attaba`tum Shu`aybāan 'Innakum 'Idhāan Lakhāsirūna 007-090 އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން، كافر ވެގަތް ބޮޑުން ބުނޫއެވެ. شعيب ގެފާނަށް ތިޔަބައިމީހުން تبع ވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. وَق‍‍َ‍ا‍لَ ا‍لْمَلَأُ ا‍لَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ قَوْمِهِ لَئِنِ ا‍تَّبَعْتُمْ شُعَيْبا‍ً إِ‍نّ‍‍َكُمْ إِذا‍ً لَخَاسِر‍ُو‍نَ
Fa'akhadhat/humu Ar-Rajfatu Fa'aşbaĥū Fī Dārihimthimīna 007-091 ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. فَأَخَذَتْهُمُ ا‍لرَّ‍‍ج‍‍ْفَةُ فَأَصْبَحُو‍‍ا‍ فِي دَا‍ر‍‍ِهِمْ جَاثِم‍‍ِ‍ي‍نَ
Al-Ladhīna Kadhdhabū Shu`aybāan Ka'an Lam Yaghnaw Fīhā Al-Ladhīna Kadhdhabū Shu`aybāan Kānū Humu Al-Khāsirīna 007-092 شعيب ގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيب ގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ شُعَيْبا‍ً كَأَ‍ن‍ْ لَمْ يَغْنَوْا فِيهَا ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ شُعَيْبا‍ً كَانُو‍‍ا‍ هُمُ ا‍لْخَاسِ‍‍ر‍‍ِي‍نَ
Fatawallá `Anhum Wa Qāla Yā Qawmi Laqad 'Ablaghtukum Risālāti Rabbī Wa Naşaĥtu Lakum Fakayfa 'Āsá `Alá Qawmin Kāfirīna 007-093 ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ.އަދި ތިޔަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. ފަހެ، كافر ވި ބަޔަކުގެ މައްޗަށް އަހުރެން ހިތާމަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ فَتَوَلَّى عَنْهُمْ وَق‍‍َ‍ا‍لَ يَا قَوْمِ لَقَ‍‍د‍ْ أَ‍ب‍‍ْلَغْتُكُمْ ‍ر‍‍ِسَالاَتِ رَبِّي وَنَصَحْتُ لَكُمْ فَكَيْفَ آسَى عَلَى قَوْم‍‍‍ٍ كَافِ‍‍ر‍‍ِي‍نَ
Wa Mā 'Arsalnā Fī Qaryatin Min Nabīyin 'Illā 'Akhadhnā 'Ahlahā Bil-Ba'sā'i Wa Ađ-Đarrā'i La`allahum Yađđarra`ūna 007-094 އެރަށެއްގެ أهل ވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ. وَمَ‍‍ا‍ أَرْسَلْنَا فِي قَرْيَة‍‍‍ٍ مِ‍‍ن‍ْ نَبِيّ‍‍‍ٍ إِلاَّ أَخَذْنَ‍‍ا‍ أَهْلَهَا بِ‍‍ا‍لْبَأْس‍‍َ‍ا‍ءِ وَا‍لضَّرّ‍َا‍ءِ لَعَلَّهُمْ يَضَّرَّع‍‍ُ‍و‍نَ
Thumma Baddalnā Makāna As-Sayyi'ati Al-Ĥasanata Ĥattá `Afaw Wa Qālū Qad Massa 'Ābā'anā Ađ-Đarrā'u Wa As-Sarrā'u Fa'akhadhnāhum Baghtatan Wa Hum Lā Yash`urūna 007-095 ދެން، ނުބައި حالة، ރަނގަޅު حالة އަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވީމެވެ. (އެއީ) އެއުރެން ގިނަވެ، ތަނަވަސްވެއްޖައުމަށް ދާނދެނެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިންނަށް ތަދުމަޑުކަމާއި، ތިޔާގިކަން ލިބުނެވެ. ދެން، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިއަކަށް، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. ثُ‍‍م‍ّ‍‍َ بَدَّلْنَا مَك‍‍َ‍ا‍نَ ا‍لسَّيِّئَةِ ا‍لْحَسَنَةَ حَتَّى عَفَوا وَقَالُو‍‍ا‍ قَ‍‍د‍ْ مَسَّ آب‍‍َ‍ا‍ءَنَا ا‍لضَّرّ‍َا‍ءُ وَا‍لسَّرّ‍َا‍ءُ فَأَخَذْنَاهُ‍‍م‍ْ بَغْتَة‍‍‍ً وَهُمْ لاَ يَشْعُر‍ُو‍نَ
Wa Law 'Anna 'Ahla Al-Qurá 'Āmanū Wa Attaqaw Lafataĥnā `Alayhim Barakātin Mina As-Samā'i Wa Al-'Arđi Wa Lakin Kadhdhabū Fa'akhadhnāhum Bimā Kānū Yaksibūna 007-096 ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. وَلَوْ أَ‍نّ‍‍َ أَهْلَ ا‍لْقُرَى آمَنُو‍‍ا‍ وَا‍تَّقَوْا لَفَتَحْنَا عَلَيْهِ‍‍م‍ْ بَرَك‍‍َ‍ا‍ت‍‍‍ٍ مِنَ ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ وَلَكِ‍‍ن‍ْ كَذَّبُو‍‍ا‍ فَأَخَذْنَاهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
'Afa'amina 'Ahlu Al-Qurá 'An Ya'tiyahum Ba'sunā Bayātāan Wa Hum Nā'imūna 007-097 ފަހެ، ރަށްތަކުގެ أهل ވެރިން އެއުރެންރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެކަމާމެދު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ أَفَأَمِنَ أَهْلُ ا‍لْقُرَى أَ‍ن‍ْ يَأْتِيَهُ‍‍م‍ْ بَأْسُنَا بَيَاتا‍ً وَهُمْ ن‍‍َ‍ا‍ئِم‍‍ُ‍و‍نَ
'Awa 'Amina 'Ahlu Al-Qurá 'An Ya'tiyahum Ba'sunā Đuĥáan Wa Hum Yal`abūna 007-098 ނުވަތަ ރަށްތަކުގެ أهل ވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ضحى ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ أَوَ أَمِنَ أَهْلُ ا‍لْقُرَى أَ‍ن‍ْ يَأْتِيَهُ‍‍م‍ْ بَأْسُنَا ضُحى‍ً وَهُمْ يَلْعَب‍‍ُ‍و‍نَ
'Afa'aminū Makra Al-Lahi Falā Ya'manu Makra Al-Lahi 'Illā Al-Qawmu Al-Khāsirūna 007-099 ފަހެ، اللَّه ގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، اللَّه ގެ ރޭއްވެވުމާމެދު (ބިރެއްނެތި) أمان ވެގެންނެއް ނުތިބޭނެތެވެ. أَفَأَمِنُو‍‍ا‍ مَكْرَ ا‍للَّهِ فَلاَ يَأْمَنُ مَكْرَ ا‍للَّهِ إِلاَّ ا‍لْقَوْمُ ا‍لْخَاسِر‍ُو‍نَ
'Awalam Yahdi Lilladhīna Yarithūna Al-'Arđa Min Ba`di 'Ahlihā 'An Law Nashā'u 'Aşabnāhum Bidhunūbihim Wa Naţba`u `Alá Qulūbihim Fahum Lā Yasma`ūna 007-100 ބިމުގެ أهل ވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައިފާނެކަމާއި، އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟ أَوَلَمْ يَهْدِ لِلَّذ‍ِي‍نَ يَ‍‍ر‍‍ِث‍‍ُ‍و‍نَ ا‍لأَرْضَ مِ‍‍ن‍ْ بَعْدِ أَهْلِهَ‍‍ا‍ أَ‍ن‍ْ لَوْ نَش‍‍َ‍ا‍ءُ أَصَ‍‍ب‍‍ْنَاهُ‍‍م‍ْ بِذُنُوبِهِمْ وَنَ‍‍ط‍‍ْبَعُ عَلَى قُلُوبِهِمْ فَهُمْ لاَ يَسْمَع‍‍ُ‍و‍نَ
Tilka Al-Qurá Naquşşu `Alayka Min 'Anbā'ihā Wa Laqad Jā'at/hum Rusuluhum Bil-Bayyināti Famā Kānū Liyu'uminū Bimā Kadhdhabū Min Qablu Kadhālika Yaţba`u Al-Lahu `Alá Qulūbi Al-Kāfirīna 007-101 އެއީ ރަށްތަކެވެ. އެ ރަށްތަކުގެ خبر ތައް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް، ބަޔާންވެގެންވާ ހެކިތަކާއިގެން އެއުރެންގެ رسول ންވަޑައިގަތެވެ. ފަހެ، އެއުރެން ކުރިން ދޮގުކުޅަ އެއްޗަކަށް إيمان ވާކަށް އެއުރެންނެތެވެ. كافر ންގެ ހިތްތަކުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ. تِلْكَ ا‍لْقُرَى نَقُصُّ عَلَيْكَ مِنْ أَ‍ن‍‍ْب‍‍َ‍ا‍ئِهَا وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَتْهُمْ رُسُلُهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَمَا كَانُو‍‍ا‍ لِيُؤْمِنُو‍‍ا‍ بِمَا كَذَّبُو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلُ كَذَلِكَ يَ‍‍ط‍‍ْبَعُ ا‍للَّهُ عَلَى قُل‍‍ُ‍و‍بِ ا‍لْكَافِ‍‍ر‍‍ِي‍نَ
Wa Mā Wajadnā Li'ktharihim Min `Ahdin Wa 'In Wajadnā 'Aktharahum Lafāsiqīna 007-102 އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް عهد އެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، فاسق ން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ. وَمَا وَجَ‍‍د‍‍ْنَا لِأكْثَ‍‍ر‍‍ِهِ‍‍م‍ْ مِنْ عَهْد‍ٍ وَإِ‍ن‍ْ وَجَ‍‍د‍‍ْنَ‍‍ا‍ أَكْثَرَهُمْ لَفَاسِق‍‍ِ‍ي‍نَ
Thumma Ba`athnā Min Ba`dihim Mūsá Bi'āyātinā 'Ilá Fir`awna Wa Mala'ihi Fažalamū Bihā Fānžur Kayfa Kāna `Āqibatu Al-Mufsidīna 007-103 ދެން އެބޭކަލުންނަށްފަހުގައި فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން އެ ހެކިތަކާ ދެކޮޅުހެދޫއެވެ. ފަހެ، ފަސާދަކުރާ މީހުންގެ ނިމުންހުރީ، ކިހިނަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ثُ‍‍م‍ّ‍‍َ بَعَثْنَا مِ‍‍ن‍ْ بَعْدِهِ‍‍م‍ْ مُوسَى بِآيَاتِنَ‍‍ا إِلَى فِرْعَوْنَ وَمَلَئِهِ فَظَلَمُو‍‍ا‍ بِهَا فَان‍ظُرْ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُفْسِد‍ِي‍نَ
Wa Qāla Mūsá Yā Fir`awnu 'Innī Rasūlun Min Rabbi Al-`Ālamīna 007-104 موسى ގެފާނު ވިދާޅުވިއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކީމެވެ. وَق‍‍َ‍ا‍لَ مُوسَى يَا فِرْعَوْنُ إِ‍نّ‍‍ِي رَس‍‍ُ‍و‍ل‍‍‍ٌ مِ‍‍ن‍ْ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Ĥaqīqun `Alá 'An Lā 'Aqūla `Alá Al-Lahi 'Illā Al-Ĥaqqa Qad Ji'tukum Bibayyinatin Min Rabbikum Fa'arsil Ma`ī Banī 'Isrā'īla 007-105 ތިމަންކަލޭގެފާނަށް حق ވެގެންވަނީ، حق ތެދުފިޔަވައި (އެހެން އެއްވެސް އެއްޗެއް) اللَّه އާމެދު ތިމަންކަލޭގެފާނު ވިދާޅުނުވުމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ،ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކަކާއިގެންނެވެ. ފަހެ، إسـرآءيـل ގެދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ! حَق‍‍ِ‍ي‍قٌ عَلَى أَ‍ن‍ْ لاَ أَق‍‍ُ‍و‍لَ عَلَى ا‍للَّهِ إِلاَّ ا‍لْحَقَّ قَ‍‍د‍ْ جِئْتُكُ‍‍م‍ْ بِبَيِّنَة‍‍‍ٍ مِ‍‍ن‍ْ رَبِّكُمْ فَأَرْسِلْ مَعِي بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ
Qāla 'In Kunta Ji'ta Bi'āyatin Fa'ti Bihā 'In Kunta Mina Aş-Şādiqīna 007-106 އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ހެތްކަކާއިގެން ކަމުގައިވާނަމަ (އަދި) ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ، އެ ހެތްކެއް ނިކަން ގެންނަވައި ބައްލަވާށެވެ! ق‍َا‍لَ إِ‍ن‍ْ كُ‍‍ن‍تَ جِئْتَ بِآيَة‍‍‍ٍ فَأْتِ بِهَ‍‍ا إِ‍ن‍ْ كُ‍‍ن‍تَ مِنَ ا‍لصَّادِق‍‍ِ‍ي‍نَ
Fa'alqá `Aşāhu Fa'idhā Hiya Thu`bānun Mubīnun 007-107 ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. فَأَلْقَى عَص‍‍َ‍ا‍هُ فَإِذَا هِيَ ثُعْب‍‍َ‍ا‍ن‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Naza`a Yadahu Fa'idhā Hiya Bayđā'u Lilnnāžirīna 007-108 އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ. وَنَزَعَ يَدَهُ فَإِذَا هِيَ بَيْض‍‍َ‍ا‍ءُ لِل‍‍ن‍ّ‍‍َاظِ‍‍ر‍‍ِي‍نَ
Qāla Al-Mala'u Min Qawmi Fir`awna 'Inna Hādhā Lasāĥirun `Alīmun 007-109 فرعون ގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، މިއީ މޮޅަށްދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. ق‍َا‍لَ ا‍لْمَلَأُ مِ‍‍ن‍ْ قَوْمِ فِرْعَوْنَ إِ‍نّ‍‍َ هَذَا لَسَاحِرٌ عَل‍‍ِ‍ي‍م‍‍‍ٌ
Yurīdu 'An Yukhrijakum Min 'Arđikum Famādhā Ta'murūna 007-110 އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއްވުމަށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާ ގޮތަކީ ކޮބައިހެއްޔެވެ؟ يُ‍‍ر‍‍ِي‍دُ أَ‍ن‍ْ يُخْ‍‍ر‍‍ِجَكُ‍‍م‍ْ مِنْ أَرْضِكُمْ فَمَاذَا تَأْمُر‍ُو‍نَ
Qālū 'Arjihi Wa 'Akhāhu Wa 'Arsil Fī Al-Madā'ini Ĥāshirīna 007-111 އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު، ރަށުތެރެއަށް ފޮނުވާށެވެ! قَالُ‍‍و‍‍ا‍ أَرْجِهِ وَأَخ‍‍َ‍ا‍هُ وَأَرْسِلْ فِي ا‍لْمَد‍َا‍ئِنِ حَاشِ‍‍ر‍‍ِي‍نَ
Ya'tūka Bikulli Sāĥirin `Alīmin 007-112 އޭރުން، އެއުރެން (ގޮސް) މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ކަލޭގެގާތަށް ގެނެސް ދޭނެއެވެ. يَأْت‍‍ُ‍و‍كَ بِكُلِّ سَاحِرٍ عَل‍‍ِ‍ي‍م‍‍‍ٍ
Wa Jā'a As-Saĥaratu Fir`awna Qālū 'Inna Lanā La'ajrāan 'In Kunnā Naĥnu Al-Ghālibīna 007-113 فرعون ގެ ގާތަށް ޖާދޫގަރުން އަތުވެއްޖެއެވެ. އެއުރެން ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ. وَج‍‍َ‍ا‍ءَ ا‍لسَّحَرَةُ فِرْعَوْنَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ لَنَا لَأَ‍ج‍‍ْرا‍ً إِ‍ن‍ْ كُ‍‍ن‍ّ‍‍َا نَحْنُ ا‍لْغَالِب‍‍ِ‍ي‍نَ
Qāla Na`am Wa 'Innakum Lamina Al-Muqarrabīna 007-114 އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. ق‍َا‍لَ نَعَمْ وَإِ‍نّ‍‍َكُمْ لَمِنَ ا‍لْمُقَرَّب‍‍ِ‍ي‍نَ
Qālū Yā Mūsá 'Immā 'An Tulqiya Wa 'Immā 'An Nakūna Naĥnu Al-Mulqīna 007-115 އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު (ކުރިން) އެއްލަވާނީއެވެ. ނޫންނަމަ (ކުރިން) އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނޫއެވެ. قَالُو‍‍ا‍ يَا مُوسَى إِ‍مّ‍‍َ‍‍ا‍ أَ‍ن‍ْ تُلْقِيَ وَإِ‍مّ‍‍َ‍‍ا‍ أَ‍ن‍ْ نَك‍‍ُ‍و‍نَ نَحْنُ ا‍لْمُلْق‍‍ِ‍ي‍نَ
Qāla 'Alqū Falammā 'Alqaw Saĥarū 'A`yuna An-Nāsi Wa Astarhabūhum Wa Jā'ū Bisiĥrin `Ažīmin 007-116 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެއްލާށެވެ! ދެންފަހެ، އެއުރެން އެއްލިހިނދު، މީސްތަކުންގެ ލޯތަކަށް ޖާދޫދައްކައި، އެއުރެން ބިރުގެންނެވޫއެވެ. އަދި ބޮޑުވެގެންވާ ޖާދޫއެއް އެމީހުން ގެނައޫއެވެ. ق‍َا‍لَ أَلْقُو‍‍ا‍ فَلَ‍‍م‍ّ‍‍َ‍‍ا‍ أَلْقَوْا سَحَرُو‍ا‍ أَعْيُنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَا‍سْتَرْهَبُوهُمْ وَج‍‍َ‍ا‍ء‍ُ‍وا بِسِحْرٍ عَظ‍‍ِ‍ي‍م‍‍‍ٍ
Wa 'Awĥaynā 'Ilá Mūsá 'An 'Alqi `Aşāka Fa'idhā Hiya Talqafu Mā Ya'fikūna 007-117 ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ. وَأَوْحَيْنَ‍‍ا إِلَى مُوسَى أَنْ أَلْقِ عَص‍‍َ‍ا‍كَ فَإِذَا هِيَ تَلْقَفُ مَا يَأْفِك‍‍ُ‍و‍نَ
Fawaqa`a Al-Ĥaqqu Wa Baţala Mā Kānū Ya`malūna 007-118 ފަހެ، حق ތެދު ފާޅުވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައްباطل ވެގެން ހިނގައްޖެއެވެ. فَوَقَعَ ا‍لْحَقُّ وَبَطَلَ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Faghulibū Hunālika Wa Anqalabū Şāghirīna 007-119 ފަހެ، އެތާނގައި އެއުރެން ދެރަވެ ބަލިވެއްޖައޫއެވެ. އަދި އެއުރެން ނިކަމެތީންކަމުގައި ވެގެން ހިނގައްޖައޫއެވެ. فَغُلِبُو‍‍ا‍ هُنَالِكَ وَا‍ن‍قَلَبُو‍‍ا‍ صَاغِ‍‍ر‍‍ِي‍نَ
Wa 'Ulqiya As-Saĥaratu Sājidīna 007-120 އަދި އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ. وَأُلْقِيَ ا‍لسَّحَرَةُ سَاجِد‍ِي‍نَ
Qālū 'Āmannā Birabbi Al-`Ālamīna 007-121 އެއުރެން ބުނެފޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا بِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Rabbi Mūsá Wa Hārūna 007-122 (އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ. رَبِّ مُوسَى وَهَار‍ُو‍نَ
Qāla Fir`awnu 'Āmantum Bihi Qabla 'An 'Ādhana Lakum 'Inna Hādhā Lamakrun Makartumūhu Fī Al-Madīnati Litukhrijū Minhā 'Ahlahā Fasawfa Ta`lamūna 007-123 فرعون ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ރަށުގެ أهل ވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. ق‍َا‍لَ فِرْعَوْنُ آمَ‍‍ن‍تُ‍‍م‍ْ بِهِ قَ‍‍ب‍‍ْلَ أَ‍ن‍ْ آذَنَ لَكُمْ إِ‍نّ‍‍َ هَذَا لَمَكْر‍ٌ مَكَرْتُم‍‍ُ‍و‍هُ فِي ا‍لْمَدِينَةِ لِتُخْ‍‍ر‍‍ِجُو‍‍ا‍ مِنْهَ‍‍ا‍ أَهْلَهَا فَسَوْفَ تَعْلَم‍‍ُ‍و‍نَ
La'uqaţţi`anna 'Aydiyakum Wa 'Arjulakum Min Khilāfin Thumma La'uşallibannakum 'Ajma`īna 007-124 ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން، ތިޔަހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ. لَأُقَطِّعَ‍‍ن‍ّ‍‍َ أَيْدِيَكُمْ وَأَرْجُلَكُ‍‍م‍ْ مِنْ خِلاَف‍‍‍ٍ ثُ‍‍م‍ّ‍‍َ لَأُصَلِّبَ‍‍ن‍ّ‍‍َكُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Qālū 'Innā 'Ilá Rabbinā Munqalibūna 007-125 އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. قَالُ‍‍و‍‍ا‍ إِ‍نّ‍‍َ‍‍ا إِلَى رَبِّنَا مُ‍‍ن‍قَلِب‍‍ُ‍و‍نَ
Wa Mā Tanqimu Minnā 'Illā 'An 'Āmannā Bi'āyāti Rabbinā Lammā Jā'atnā Rabbanā 'Afrigh `Alaynā Şabrāan Wa Tawaffanā Muslimīna 007-126 ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ! وَمَا تَ‍‍ن‍قِمُ مِ‍‍ن‍ّ‍‍َ‍‍ا إِلاَّ أَ‍ن‍ْ آمَ‍‍ن‍ّ‍‍َا بِآي‍‍َ‍ا‍تِ رَبِّنَا لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَتْنَا رَبَّنَ‍‍ا‍ أَفْ‍‍ر‍‍ِغْ عَلَيْنَا صَ‍‍ب‍‍ْرا‍ً وَتَوَفَّنَا مُسْلِم‍‍ِ‍ي‍نَ
Wa Qāla Al-Mala'u Min Qawmi Fir`awna 'Atadharu Mūsá Wa Qawmahu Liyufsidū Fī Al-'Arđi Wa Yadharaka Wa 'Ālihataka Qāla Sanuqattilu 'Abnā'ahum Wa Nastaĥyī Nisā'ahum Wa 'Innā Fawqahum Qāhirūna 007-127 فرعون ގެ قوم ގެބޮޑުން ބުނޫއެވެ. موسى ގެފާނާއި، އެކަލޭގެފާނުގެ قوم ގެމީހުން، ކަލެޔާއި ކަލޭގެ إله ންތައް ދޫކޮށް، ބިމުގައި فساد އުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ. وَق‍‍َ‍ا‍لَ ا‍لْمَلَأُ مِ‍‍ن‍ْ قَوْمِ فِرْعَوْنَ أَتَذَرُ مُوسَى وَقَوْمَهُ لِيُفْسِدُوا‍ فِي ا‍لأَرْضِ وَيَذَرَكَ وَآلِهَتَكَ ق‍‍َ‍ا‍لَ سَنُقَتِّلُ أَ‍ب‍‍ْن‍‍َ‍ا‍ءَهُمْ وَنَسْتَحْيِي نِس‍‍َ‍ا‍ءَهُمْ وَإِ‍نّ‍‍َا فَوْقَهُمْ قَاهِر‍ُو‍نَ
Qāla Mūsá Liqawmihi Asta`īnū Bil-Lahi Wa Aşbirū 'Inna Al-'Arđa Lillahi Yūrithuhā Man Yashā'u Min `Ibādihi Wa Al-`Āqibatu Lilmuttaqīna 007-128 موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން، اللَّه ގެ حضرة ން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން ملك ވެގެންވަނީ اللَّه އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، تقوى ވެރިންނަށެވެ. ق‍َا‍لَ مُوسَى لِقَوْمِهِ ا‍سْتَعِينُو‍‍ا‍ بِ‍‍ا‍للَّهِ وَا‍صْبِرُو‍ا‍ إِ‍نّ‍‍َ ا‍لأَرْضَ لِلَّهِ يُو‍ر‍‍ِثُهَا مَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ وَا‍لْعَاقِبَةُ لِلْمُتَّق‍‍ِ‍ي‍نَ
Qālū 'Ūdhīnā Min Qabli 'An Ta'tiyanā Wa Min Ba`di Mā Ji'tanā Qāla `Asá Rabbukum 'An Yuhlika `Adūwakum Wa Yastakhlifakum Al-'Arđi Fayanžura Kayfa Ta`malūna 007-129 އެއުރެން ދެންނެވޫއެވެ. ތިމަންމެންގެގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ عداوة ތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން عمل ކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ. قَالُ‍‍و‍‍ا‍ أ‍ُ‍وذِينَا مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تَأْتِيَنَا وَمِ‍‍ن‍ْ بَعْدِ مَا جِئْتَنَا ق‍‍َ‍ا‍لَ عَسَى رَبُّكُمْ أَ‍ن‍ْ يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي ا‍لأَرْضِ فَيَ‍‍ن‍ظُرَ كَيْفَ تَعْمَل‍‍ُ‍و‍نَ
Wa Laqad 'Akhadhnā 'Āla Fir`awna Bis-Sinīna Wa Naqşin Mina Ath-Thamarāti La`allahum Yadhdhakkarūna 007-130 ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ فرعون ގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. وَلَقَ‍‍د‍ْ أَخَذْنَ‍‍ا آلَ فِرْعَوْنَ بِ‍‍ا‍لسِّن‍‍ِ‍ي‍نَ وَنَ‍‍ق‍‍ْص‍‍‍ٍ مِنَ ا‍لثَّمَر‍َا‍تِ لَعَلَّهُمْ يَذَّكَّر‍ُو‍نَ
Fa'idhā Jā'at/humu Al-Ĥasanatu Qālū Lanā Hadhihi Wa 'In Tuşibhum Sayyi'atun Yaţţayyarū Bimūsá Wa Man Ma`ahu 'Alā 'Innamā Ţā'iruhum `Inda Al-Lahi Wa Lakinna 'Aktharahum Lā Ya`lamūna 007-131 ފަހެ، އެއުރެންނާ ހަމަޔަށް ހެޔޮގޮތް އަތުވެއްޖެނަމަ، މިއީ ތިމަންމެންނަށް އޮތްކަމެކޭ އެއުރެން ބުނެތެވެ. އަދި އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ، موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަމުން ޖެހުނުކަމެއްކަމުގައި އެއުރެން ހަދަތެވެ. ދަންނާށެވެ! އެއުރެންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެެެ حضرة ގައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. فَإِذَا ج‍‍َ‍ا‍ءَتْهُمُ ا‍لْحَسَنَةُ قَالُو‍‍ا‍ لَنَا هَذِهِ وَإِ‍ن‍ْ تُصِ‍‍ب‍‍ْهُمْ سَيِّئَة‍‍‍ٌ يَطَّيَّرُوا‍ بِمُوسَى وَمَ‍‍ن‍ْ مَعَهُ أَلاَ إِ‍نّ‍‍َمَا ط‍‍َ‍ا‍ئِرُهُمْ عِ‍‍ن‍‍ْدَ ا‍للَّهِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Qālū Mahmā Ta'tinā Bihi Min 'Āyatin Litasĥaranā Bihā Famā Naĥnu Laka Bimu'uminīna 007-132 އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެޖާދޫގައި ޖެއްސެވުމަށްޓަކައި آية ތަކުގެ ތެރެއިން ކޮންމެފަދަ آية އެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ. وَقَالُو‍‍ا‍ مَهْمَا تَأْتِنَا بِهِ مِ‍‍ن‍ْ آيَة‍‍‍ٍ لِتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِن‍‍ِ‍ي‍نَ
Fa'arsalnā `Alayhimu Aţ-Ţūfāna Wa Al-Jarāda Wa Al-Qummala Wa Ađ-Đafādi`a Wa Ad-Dama 'Āyātin Mufaşşalātin Fāstakbarū Wa Kānū Qawmāan Mujrimīna 007-133 ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ. فَأَرْسَلْنَا عَلَيْهِمُ ا‍لطُّوف‍‍َ‍ا‍نَ وَا‍لْجَر‍َا‍دَ وَا‍لْقُ‍‍م‍ّ‍‍َلَ وَا‍لضَّفَادِعَ وَا‍لدَّمَ آي‍‍َ‍ا‍ت‍‍‍ٍ مُفَصَّلاَت‍‍‍ٍ فَاسْتَكْبَرُوا‍ وَكَانُو‍‍ا‍ قَوْما‍ً مُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Wa Lammā Waqa`a `Alayhimu Ar-Rijzu Qālū Yā Mūsá Ad`u Lanā Rabbaka Bimā `Ahida `Indaka La'in Kashafta `Annā Ar-Rijza Lanu'uminanna Laka Wa Lanursilanna Ma`aka Banī 'Isrā'īla 007-134 އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ތިމަންމެންނަށްޓަކައި، دعاء ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهد ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمان ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި إسـرآءيـل ގެދަރިން ފޮނުވާހުށީމެވެ. وَلَ‍‍م‍ّ‍‍َا وَقَعَ عَلَيْهِمُ ا‍لرِّ‍‍ج‍‍ْزُ قَالُو‍‍ا‍ يَا مُوسَى ا‍د‍‍ْعُ لَنَا رَبَّكَ بِمَا عَهِدَ عِ‍‍ن‍‍ْدَكَ لَئِ‍‍ن‍ْ كَشَفْتَ عَ‍‍ن‍ّ‍‍َا ا‍لرِّ‍‍ج‍‍ْزَ لَنُؤْمِنَ‍‍ن‍ّ‍‍َ لَكَ وَلَنُرْسِلَ‍‍ن‍ّ‍‍َ مَعَكَ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ
Falammā Kashafnā `Anhumu Ar-Rijza 'Ilá 'Ajalin Hum Bālighūhu 'Idhā Hum Yankuthūna 007-135 ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ عذاب ފިއްލެވިހިނދު، އެހާރުންعهد އުވާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ. فَلَ‍‍م‍ّ‍‍َا كَشَفْنَا عَنْهُمُ ا‍لرِّ‍‍ج‍‍ْزَ إِلَى أَجَلٍ هُ‍‍م‍ْ بَالِغ‍‍ُ‍و‍هُ إِذَا هُمْ يَ‍‍ن‍كُث‍‍ُ‍و‍نَ
ntaqamnā Minhum Fa'aghraqnāhum Al-Yammi Bi'annahum Kadhdhabū Bi'āyātinā Wa Kānū `Anhā Ghāfilīna 007-136 ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން غرق ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް، އެ آية ތަކާމެދު غافل ވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. فَان‍تَقَمْنَا مِنْهُمْ فَأَغْرَ‍ق‍‍ْنَاهُمْ فِي ا‍لْيَ‍‍م‍ّ‍‍ِ بِأَ‍نّ‍‍َهُمْ كَذَّبُو‍‍ا‍ بِآيَاتِنَا وَكَانُو‍‍ا‍ عَنْهَا غَافِل‍‍ِ‍ي‍نَ
Wa 'Awrath Al-Qawma Al-Ladhīna Kānū Yustađ`afūna Mashāriqa Al-'Arđi Wa Maghāribahā Allatī Bāraknā Fīhā Wa Tammat Kalimatu Rabbika Al-Ĥusná `Alá Banī 'Isrā'īla Bimā Şabarū Wa Dammarnā Mā Kāna Yaşna`u Fir`awnu Wa Qawmuhu Wa Mā Kānū Ya`rishūna 007-137 ނިކަމެތިކޮށް ހިތެމުންދިޔަ قوم ގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި بركات ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ إسـرآءيـل ގެދަރިންނަށް ދެއްވާފައިވާ (وعد ގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، فرعون އާއި، އޭނާގެ قوم ގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ عمارات ތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ. وَأَوْرَثْنَا ا‍لْقَوْمَ ا‍لَّذ‍ِي‍نَ كَانُو‍‍ا‍ يُسْتَضْعَف‍‍ُ‍و‍نَ مَشَا‍ر‍‍ِقَ ا‍لأَرْضِ وَمَغَا‍ر‍‍ِبَهَا ا‍لَّتِي بَارَكْنَا فِيهَا وَتَ‍‍م‍ّ‍‍َتْ كَلِمَةُ رَبِّكَ ا‍لْحُسْنَى عَلَى بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ بِمَا صَبَرُوا‍ وَدَ‍مّ‍‍َرْنَا مَا ك‍‍َ‍ا‍نَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُو‍‍ا‍ يَعْ‍‍ر‍‍ِش‍‍ُ‍و‍نَ
Wa Jāwaznā Bibanī 'Isrā'īla Al-Baĥra Fa'ataw `Alá Qawmin Ya`kufūna `Alá 'Aşnāmin Lahum Qālū Yā Mūsá Aj`al Lanā 'Ilahāan Kamā Lahum 'Ālihatun Qāla 'Innakum Qawmun Tajhalūna 007-138 އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ދެން އެއުރެން قوم އެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން(އެބަހީ: إسـرآءيـل ގެދަރިން) ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ. وَجَاوَزْنَا بِبَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍لْبَحْرَ فَأَتَوْا عَلَى قَوْم‍‍‍ٍ يَعْكُف‍‍ُ‍و‍نَ عَلَى أَصْن‍‍َ‍ا‍م‍‍‍ٍ لَهُمْ قَالُو‍‍ا‍ يَامُوسَى ا‍ج‍‍ْعَ‍‍ل لَنَ‍‍ا إِلَها‍ً كَمَا لَهُمْ آلِهَة‍‍‍ٌ ق‍‍َ‍ا‍لَ إِ‍نّ‍‍َكُمْ قَوْم‍‍‍ٌ تَ‍‍ج‍‍ْهَل‍‍ُ‍و‍نَ
'Inna Hā'uulā' Mutabbarun Mā Hum Fīhi Wa Bāţilun Mā Kānū Ya`malūna 007-139 ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عمل ތައް، باطل ވެގެންވެއެވެ. إِ‍نّ‍‍َ ه‍‍َ‍ا‍ؤُلاَء مُتَبَّر‍ٌ مَا هُمْ ف‍‍ِ‍ي‍هِ وَبَاطِل‍‍‍ٌ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Qāla 'Aghayra Al-Lahi 'Abghīkum 'Ilahāan Wa Huwa Fađđalakum `Alá Al-`Ālamīna 007-140 އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إله އަކު ކަމުގައި اللَّه ނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟ ق‍َا‍لَ أَغَيْرَ ا‍للَّهِ أَ‍ب‍‍ْغِيكُمْ إِلَها‍ً وَهُوَ فَضَّلَكُمْ عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Wa 'Idh 'Anjaynākum Min 'Āli Fir`awna Yasūmūnakum Sū'a Al-`Adhābi Yuqattilūna 'Abnā'akum Wa Yastaĥyūna Nisā'akum Wa Fī Dhālikum Balā'un Min Rabbikum `Ažīmun 007-141 فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން މިންޖުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެތެވެ. އެއުރެން ތިޔަބައިމީހުންގެ ތެރެއިން ފިރިހެންދަރިން قتل ކޮށް، އަދި ތިޔަބައިމީހުންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑުامتحان އެއްވެއެވެ. وَإِذْ أَن‍جَيْنَاكُ‍‍م‍ْ مِ‍‍ن‍ْ آلِ فِرْعَوْنَ يَسُومُونَكُمْ س‍‍ُ‍و‍ءَ ا‍لْعَذ‍َا‍بِ يُقَتِّل‍‍ُ‍و‍نَ أَ‍ب‍‍ْن‍‍َ‍ا‍ءَكُمْ وَيَسْتَحْي‍‍ُ‍و‍نَ نِس‍‍َ‍ا‍ءَكُمْ وَفِي ذَلِكُ‍‍م‍ْ بَلاَء‍ٌ مِ‍‍ن‍ْ رَبِّكُمْ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Wā`adnā Mūsá Thalāthīna Laylatan Wa 'Atmamnāhā Bi`ashrin Fatamma Mīqātu Rabbihi 'Arba`īna Laylatan Wa Qāla Mūsá Li'khīhi Hārūna Akhlufnī Fī Qawmī Wa 'Aşliĥ Wa Lā Tattabi` Sabīla Al-Mufsidīna 007-142 (ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ! وَوَاعَ‍‍د‍‍ْنَا مُوسَى ثَلاَث‍‍ِ‍ي‍نَ لَيْلَة‍‍‍ً وَأَتْمَمْنَاهَا بِعَشْر‍ٍ فَتَ‍‍م‍ّ‍‍َ مِيق‍‍َ‍ا‍تُ رَبِّهِ أَرْبَع‍‍ِ‍ي‍نَ لَيْلَة‍‍‍ً وَق‍‍َ‍ا‍لَ مُوسَى لِأخ‍‍ِ‍ي‍هِ هَار‍ُو‍نَ ا‍خْلُفْنِي فِي قَوْمِي وَأَصْلِحْ وَلاَ تَتَّبِعْ سَب‍‍ِ‍ي‍لَ ا‍لْمُفْسِد‍ِي‍نَ
Wa Lammā Jā'a Mūsá Limīqātinā Wa Kallamahu Rabbuhu Qāla Rabbi 'Arinī 'Anžur 'Ilayka Qāla Lan Tarānī Wa Lakini Anžur 'Ilá Al-Jabali Fa'ini Astaqarra Makānahu Fasawfa Tarānī Falammā Tajallá Rabbuhu Liljabali Ja`alahu Dakkāan Wa Kharra Mūsá Şa`iqāan Falammā 'Afāqa Qāla Subĥānaka Tubtu 'Ilayka Wa 'Anā 'Awwalu Al-Mu'uminīna 007-143 ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ. وَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَ مُوسَى لِمِيقَاتِنَا وَكَلَّمَهُ رَبُّهُ ق‍‍َ‍ا‍لَ رَبِّ أَ‍ر‍‍ِنِ‍‍ي‍ أَن‍ظُرْ إِلَيْكَ ق‍‍َ‍ا‍لَ لَ‍‍ن‍ْ تَرَانِي وَلَكِنِ ا‍ن‍ظُرْ إِلَى ا‍لْجَبَلِ فَإِنِ ا‍سْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي فَلَ‍‍م‍ّ‍‍َا تَجَلَّى رَبُّهُ لِلْجَبَلِ جَعَلَهُ دَكّا‍ً وَخَرَّ مُوسَى صَعِقا‍ً فَلَ‍‍م‍ّ‍‍َ‍‍ا‍ أَف‍‍َ‍ا‍قَ ق‍‍َ‍ا‍لَ سُ‍‍ب‍‍ْحَانَكَ تُ‍‍ب‍‍ْتُ إِلَيْكَ وَأَنَ‍‍ا‍ أَوَّلُ ا‍لْمُؤْمِن‍‍ِ‍ي‍نَ
Qāla Yā Mūsá 'Innī Aşţafaytuka `Alá An-Nāsi Birisālātī Wa Bikalāmī Fakhudh Mā 'Ātaytuka Wa Kun Mina Ash-Shākirīna 007-144 އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! ق‍َا‍لَ يَامُوسَى إِ‍نّ‍‍ِي ا‍صْطَفَيْتُكَ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ بِ‍‍ر‍‍ِسَالاَتِي وَبِكَلاَمِي فَخُذْ مَ‍‍ا آتَيْتُكَ وَكُ‍‍ن‍ْ مِنَ ا‍لشَّاكِ‍‍ر‍‍ِي‍نَ
Wa Katabnā Lahu Fī Al-'Alwāĥi Min Kulli Shay'in Maw`ižatan Wa Tafşīlāan Likulli Shay'in Fakhudh/hā Biqūwatin Wa 'Mur Qawmaka Ya'khudhū Bi'aĥsanihā Sa'urīkum Dāra Al-Fāsiqīna 007-145 (دين އާބެހޭ) ކޮންމެކަމެއް (توراة ގެ) ފިލާތަކުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލިޔެދެއްވީމެވެ. وعظ އެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައްބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ. ފަހެ، ބާރާއެކު ކަލޭގެފާނު އޭގައި ހިއްޕަވާށެވެ! އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ކަލޭގެފާނުގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ވިމީހުންގެ ގޯތިގެދޮރު (عبرة އެއްގެ ގޮތުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. وَكَتَ‍‍ب‍‍ْنَا لَهُ فِي ا‍لأَلْو‍َا‍حِ مِ‍‍ن‍ْ كُلِّ شَيْء‍ٍ مَوْعِظَة‍‍‍ً وَتَفْصِيلا‍ً لِكُلِّ شَيْء‍ٍ فَخُذْهَا بِقُوَّة‍‍‍ٍ وَأْمُرْ قَوْمَكَ يَأْخُذُوا‍ بِأَحْسَنِهَا سَأُ‍ر‍‍ِيكُمْ د‍َا‍رَ ا‍لْفَاسِق‍‍ِ‍ي‍نَ
Sa'aşrifu `An 'Āyātiya Al-Ladhīna Yatakabbarūna Fī Al-'Arđi Bighayri Al-Ĥaqqi Wa 'In Yaraw Kulla 'Āyatin Lā Yu'uminū Bihā Wa 'In Yaraw Sabīla Ar-Rushdi Lā Yattakhidhūhu Sabīlāan Wa 'In Yaraw Sabīla Al-Ghayyi Yattakhidhūhu Sabīlāan Dhālika Bi'annahum Kadhdhabū Bi'āyātinā Wa Kānū `Anhā Ghāfilīna 007-146 حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ. سَأَصْ‍‍ر‍‍ِفُ عَ‍‍ن‍ْ آيَاتِيَ ا‍لَّذ‍ِي‍نَ يَتَكَبَّر‍ُو‍نَ فِي ا‍لأَرْضِ بِغَيْ‍‍ر‍ِ ا‍لْحَقِّ وَإِ‍ن‍ْ يَرَوْا كُلَّ آيَة‍‍‍ٍ لاَ يُؤْمِنُو‍‍ا‍ بِهَا وَإِ‍ن‍ْ يَرَوْا سَب‍‍ِ‍ي‍لَ ا‍لرُّشْدِ لاَ يَتَّخِذ‍ُو‍هُ سَبِيلا‍ً وَإِ‍ن‍ْ يَرَوْا سَب‍‍ِ‍ي‍لَ ا‍لغَيِّ يَتَّخِذ‍ُو‍هُ سَبِيلا‍ً ذَلِكَ بِأَ‍نّ‍‍َهُمْ كَذَّبُو‍‍ا‍ بِآيَاتِنَا وَكَانُو‍‍ا‍ عَنْهَا غَافِل‍‍ِ‍ي‍نَ
Wa Al-Ladhīna Kadhdhabū Bi'āyātinā Wa Liqā'i Al-'Ākhirati Ĥabiţat 'A`māluhum Hal Yujzawna 'Illā Mā Kānū Ya`malūna 007-147 އަދި ތިމަންރަސްކަލާނގެ آية ތަކާއި، އަދި آخرة އާ ބައްދަލުވާނެކަން ދޮގުކުޅަ މީހުންގެ عمل ތައް، باطل ވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟ وَالَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَلِق‍‍َ‍ا‍ءِ ا‍لآخِرَةِ حَبِطَتْ أَعْمَالُهُمْ هَلْ يُ‍‍ج‍‍ْزَوْنَ إِلاَّ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Attakhadha Qawmu Mūsá Min Ba`dihi Min Ĥulīyihim `Ijlāan Jasadāan Lahu Khuwārun 'Alam Yaraw 'Annahu Lā Yukallimuhum Wa Lā Yahdīhim Sabīlāan Attakhadhūhu Wa Kānū Žālimīna 007-148 موسى ގެފާނުގެ قومގެމީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށްފަހު، ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެއުރެންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެއުރެންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީހެއްޔެވެ؟ އެއުރެން އެގެރި (إله އެއްކަމުގައި) ހިފައިފޫއެވެ. އަދި އަނިޔާވެރިންކަމުގައި އެއުރެންވޫއެވެ. وَاتَّخَذَ قَوْمُ مُوسَى مِ‍‍ن‍ْ بَعْدِهِ مِنْ حُلِيِّهِمْ عِ‍‍ج‍‍ْلا‍ً جَسَدا‍ً لَهُ خُو‍َا‍رٌ أَلَمْ يَرَوْا أَ‍نّ‍‍َهُ لاَ يُكَلِّمُهُمْ وَلاَ يَهْدِيهِمْ سَبِيلا‍ً ا‍تَّخَذ‍ُو‍هُ وَكَانُو‍‍ا‍ ظَالِم‍‍ِ‍ي‍نَ
Wa Lammā Suqiţa Fī 'Aydīhim Wa Ra'aw 'Annahum Qad Đallū Qālū La'in Lam Yarĥamnā Rabbunā Wa Yaghfir Lanā Lanakūnanna Mina Al-Khāsirīna 007-149 އެއުރެން (އެކުޅަ ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެއުރެންނަށް މަގު އޮޅިއްޖެކަމަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ތިމަންމެންނަށް رحمة ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. وَلَ‍‍م‍ّ‍‍َا سُقِطَ فِ‍‍ي‍ أَيْدِيهِمْ وَرَأَوْا أَ‍نّ‍‍َهُمْ قَ‍‍د‍ْ ضَلُّو‍‍ا‍ قَالُو‍‍ا‍ لَئِ‍‍ن‍ْ لَمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Wa Lammā Raja`a Mūsá 'Ilá Qawmihi Ghađbāna 'Asifāan Qāla Bi'samā Khalaftumūnī Min Ba`dī 'A`ajiltum 'Amra Rabbikum Wa 'Alqá Al-'Alwāĥa Wa 'Akhadha Bira'si 'Akhīhi Yajurruhu 'Ilayhi Qāla Abna 'Umma 'Inna Al-Qawma Astađ`afūnī Wa Kādū Yaqtulūnanī Falā Tushmit Biya Al-'A`dā'a Wa Lā Taj`alnī Ma`a Al-Qawmi Až-Žālimīna 007-150 އަދި موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުންއަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ! وَلَ‍‍م‍ّ‍‍َا رَجَعَ مُوسَى إِلَى قَوْمِهِ غَضْب‍‍َ‍ا‍نَ أَسِفا‍ً ق‍‍َ‍ا‍لَ بِئْسَمَا خَلَفْتُمُونِي مِ‍‍ن‍ْ بَعْدِي أَعَجِلْتُمْ أَمْرَ رَبِّكُمْ وَأَلْقَى ا‍لأَلْو‍َا‍حَ وَأَخَذَ بِرَأْسِ أَخ‍‍ِ‍ي‍هِ يَجُرُّهُ إِلَيْهِ ق‍‍َ‍ا‍لَ ا‍ب‍‍ْنَ أُ‍مّ‍‍َ إِ‍نّ‍‍َ ا‍لْقَوْمَ ا‍سْتَضْعَفُونِي وَكَادُوا‍ يَ‍‍ق‍‍ْتُلُونَنِي فَلاَ تُشْمِتْ بِيَ ا‍لأَعْد‍َا‍ءَ وَلاَ تَ‍‍ج‍‍ْعَلْنِي مَعَ ا‍لْقَوْمِ ا‍لظَّالِم‍‍ِ‍ي‍نَ
Qāla Rabbi Aghfir Lī Wa Li'akhī Wa 'Adkhilnā Fī Raĥmatika Wa 'Anta 'Arĥamu Ar-Rāĥimīna 007-151 އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ق‍َا‍لَ رَبِّ ا‍غْفِرْ لِي وَلِأَخِي وَأَ‍د‍‍ْخِلْنَا فِي رَحْمَتِكَ وَأَ‍ن‍‍ْتَ أَرْحَمُ ا‍لرَّاحِم‍‍ِ‍ي‍نَ
'Inna Al-Ladhīna Attakhadhū Al-`Ijla Sayanāluhum Ghađabun Min Rabbihim Wa Dhillatun Al-Ĥayāati Ad-Dunyā Wa Kadhalika Naj Al-Muftarīna 007-152 ހަމަކަށަވަރުން، ގެރިޔަކީ، إله އެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށްތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ ا‍تَّخَذُوا‍ ا‍لْعِ‍‍ج‍‍ْلَ سَيَنَالُهُمْ غَضَب‍‍‍ٌ مِ‍‍ن‍ْ رَبِّهِمْ وَذِلَّة‍‍‍ٌ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَكَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُفْتَ‍‍ر‍‍ِي‍نَ
Wa Al-Ladhīna `Amilū As-Sayyi'āti Thumma Tābū Min Ba`dihā Wa 'Āmanū 'Inna Rabbaka Min Ba`dihā Laghafūrun Raĥīmun 007-153 އަދި ނުބައިކަންތައްކޮށް ދެން އެއަށްފަހު، توبة ވެ، إيمان ވި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އޭގެފަހުންވެސް ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَالَّذ‍ِي‍نَ عَمِلُو‍‍ا‍ ا‍لسَّيِّئ‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ تَابُو‍‍ا‍ مِ‍‍ن‍ْ بَعْدِهَا وَآمَنُ‍‍و‍‍ا‍ إِ‍نّ‍‍َ رَبَّكَ مِ‍‍ن‍ْ بَعْدِهَا لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Lammā Sakata `An Mūsá Al-Ghađabu 'Akhadha Al-'Alwāĥa Wa Fī Nuskhatihā Hudáan Wa Raĥmatun Lilladhīna Hum Lirabbihim Yarhabūna 007-154 موسى ގެފާނުގެ ކިބައިން ކޯފާމަޑުވިހިނދު (توراة ގެ) ފިލާތައް ނެންގެވިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންނަށްޓަކައި ހުރި ތެދުމަގާއި، رحمة، އެ ފިލާތަކުގެ ލިޔުމުގައި ވެއެވެ. وَلَ‍‍م‍ّ‍‍َا سَكَتَ عَ‍‍ن‍ْ مُوسَى ا‍لْغَضَبُ أَخَذَ ا‍لأَلْو‍َا‍حَ وَفِي نُسْخَتِهَا هُ‍‍دى‍ً وَرَحْمَة‍‍‍ٌ لِلَّذ‍ِي‍نَ هُمْ لِرَبِّهِمْ يَرْهَب‍‍ُ‍و‍نَ
Wa Akhtāra Mūsá Qawmahu Sab`īna Rajulāan Limīqātinā Falammā 'Akhadhat/humu Ar-Rajfatu Qāla Rabbi Law Shi'ta 'Ahlaktahum Min Qablu Wa 'Īyāya 'Atuhlikunā Bimā Fa`ala As-Sufahā'u Minnā 'In Hiya 'Illā Fitnatuka Tuđillu Bihā Man Tashā'u Wa Tahdī Man Tashā'u 'Anta Walīyunā Fāghfir Lanā Wa Arĥamnā Wa 'Anta Khayru Al-Ghāfirīna 007-155 އަދި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަށްޓަކައި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ. ފަހެ، ގަދަފަދަވެގެންވާ ބިންހެލުން އެއުރެންނަށް ޖެހުނުހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީގެކުރިންވެސް އެއުރެންނާއި ތިމަންއަޅާ ހަލާކުކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިން ހަމަބުއްދި ނުވާމީހުން ކުޅަކަންތަކުގެ ސަބަބުން، އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އިބަރަސްކަލާނގެ ފޮނުއްވި امتحان އެއްކަމުގައިނޫނީ އެކަންތައް ނުވެތެވެ.އެކަމުގެ ސަބަބުން، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ފުރައްދަވަމުއެވެ. އަދި އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ. وَاخْت‍‍َ‍ا‍رَ مُوسَى قَوْمَهُ سَ‍‍ب‍‍ْع‍‍ِ‍ي‍نَ رَجُلا‍ً لِمِيقَاتِنَا فَلَ‍‍م‍ّ‍‍َ‍‍ا‍ أَخَذَتْهُمُ ا‍لرَّ‍‍ج‍‍ْفَةُ ق‍‍َ‍ا‍لَ رَبِّ لَوْ شِئْتَ أَهْلَكْتَهُ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَإِيّ‍‍َ‍ا‍يَ أَتُهْلِكُنَا بِمَا فَعَلَ ا‍لسُّفَه‍‍َ‍ا‍ءُ مِ‍‍ن‍ّ‍‍َ‍‍ا إِنْ هِيَ إِلاَّ فِتْنَتُكَ تُضِلُّ بِهَا مَ‍‍ن‍ْ تَش‍‍َ‍ا‍ءُ وَتَهْدِي مَ‍‍ن‍ْ تَش‍‍َ‍ا‍ءُ أَ‍ن‍‍ْتَ وَلِيُّنَا فَاغْفِرْ لَنَا وَا‍رْحَمْنَا وَأَ‍ن‍‍ْتَ خَيْرُ ا‍لْغَافِ‍‍ر‍‍ِي‍نَ
Wa Aktub Lanā Fī Hadhihi Ad-Dunyā Ĥasanatan Wa Fī Al-'Ākhirati 'Innā Hudnā 'Ilayka Qāla `Adhābī 'Uşību Bihi Man 'Ashā'u Wa Raĥmatī Wasi`at Kulla Shay'in Fasa'aktubuhā Lilladhīna Yattaqūna Wa Yu'utūna Az-Zakāata Wa Al-Ladhīna Hum Bi'āyātinā Yu'uminūna 007-156 އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب އެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ عذاب ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، تقوى ވެރިވެ، زكاة ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ. وَاكْتُ‍‍ب‍ْ لَنَا فِي هَذِهِ ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ً وَفِي ا‍لآخِرَةِ إِ‍نّ‍‍َا هُ‍‍د‍‍ْنَ‍‍ا إِلَيْكَ ق‍‍َ‍ا‍لَ عَذَابِ‍‍ي‍ أُص‍‍ِ‍ي‍بُ بِهِ مَنْ أَش‍‍َ‍ا‍ءُ وَرَحْمَتِي وَسِعَتْ كُلَّ شَيْء‍ٍ فَسَأَكْتُبُهَا لِلَّذ‍ِي‍نَ يَتَّق‍‍ُ‍و‍نَ وَيُؤْت‍‍ُ‍و‍نَ ا‍لزَّك‍‍َ‍ا‍ةَ وَا‍لَّذ‍ِي‍نَ هُ‍‍م‍ْ بِآيَاتِنَا يُؤْمِن‍‍ُ‍و‍نَ
Al-Ladhīna Yattabi`ūna Ar-Rasūla An-Nabīya Al-'Ummīya Al-Ladhī Yajidūnahu Maktūbāan `Indahum At-Tawrāati Wa Al-'Injīli Ya'muruhum Bil-Ma`rūfi Wa Yanhāhum `Ani Al-Munkari Wa Yuĥillu Lahumu Aţ-Ţayyibāti Wa Yuĥarrimu `Alayhimu Al-Khabā'itha Wa Yađa`u `Anhum 'Işrahum Wa Al-'Aghlāla Allatī Kānat `Alayhim Fa-Al-Ladhīna 'Āmanū Bihi Wa `Azzarūhu Wa Naşarūhu Wa Attaba`ū An-Nūra Al-Ladhī 'Unzila Ma`ahu 'Ūlā'ika Humu Al-Mufliĥūna 007-157 އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް)ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް إيمان ވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصر ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نور އަށް تبع ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. ا‍لَّذ‍ِي‍نَ يَتَّبِع‍‍ُ‍و‍نَ ا‍لرَّس‍‍ُ‍و‍لَ ا‍ل‍‍ن‍ّ‍‍َبِيَّ ا‍لأُ‍مّ‍‍ِيَّ ا‍لَّذِي يَجِدُونَهُ مَكْتُوباً عِ‍‍ن‍‍ْدَهُمْ فِي ا‍لتَّوْر‍َا‍ةِ وَا‍لإِن‍ج‍‍ِ‍ي‍لِ يَأْمُرُهُ‍‍م‍ْ بِ‍‍ا‍لْمَعْر‍ُو‍فِ وَيَنْهَاهُمْ عَنِ ا‍لْمُ‍‍ن‍كَ‍‍ر‍ِ وَيُحِلُّ لَهُمُ ا‍لطَّيِّب‍‍َ‍ا‍تِ وَيُحَرِّمُ عَلَيْهِمُ ا‍لْخَب‍‍َ‍ا‍ئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَا‍لأَغْلاَلَ ا‍لَّتِي كَانَتْ عَلَيْهِمْ فَالَّذ‍ِي‍نَ آمَنُو‍‍ا‍ بِهِ وَعَزَّر‍ُو‍هُ وَنَصَر‍ُو‍هُ وَا‍تَّبَعُو‍‍ا‍ ا‍ل‍‍ن‍ّ‍‍ُ‍و‍رَ ا‍لَّذِي أُن‍زِلَ مَعَهُ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُفْلِح‍‍ُ‍و‍نَ
Qul Yā 'Ayyuhā An-Nāsu 'Innī Rasūlu Al-Lahi 'Ilaykum Jamī`āan Al-Ladhī Lahu Mulku As-Samāwāti Wa Al-'Arđi Lā 'Ilāha 'Illā Huwa Yuĥyī Wa Yumītu Fa'āminū Bil-Lahi Wa Rasūlihi An-Nabīyi Al-'Ummīyi Al-Ladhī Yu'uminu Bil-Lahi Wa Kalimātihi Wa Attabi`ūhu La`allakum Tahtadūna 007-158 ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި أمّى ނަބިއްޔާ ކަމުގައިވާ އެކަލާނގެ رسول އާއަށް ތިޔަބައިމީހުން إيمان ވާށެވެ! އެކަލޭގެފާނީ اللَّهއަށާއި އެކަލާނގެ ބަސްފުޅުތަކަށް إيمان ވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް تبع ވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. قُلْ ي‍‍َ‍ا‍أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ إِ‍نّ‍‍ِي رَس‍‍ُ‍و‍لُ ا‍للَّهِ إِلَيْكُمْ جَمِيعا‍ً ا‍لَّذِي لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ لاَ إِلَهَ إِلاَّ هُوَ يُحْيِي وَيُم‍‍ِ‍ي‍تُ فَآمِنُو‍‍ا‍ بِ‍‍ا‍للَّهِ وَرَسُولِهِ ا‍ل‍‍ن‍ّ‍‍َبِيِّ ا‍لأُ‍مّ‍‍ِيِّ ا‍لَّذِي يُؤْمِنُ بِ‍‍ا‍للَّهِ وَكَلِمَاتِهِ وَا‍تَّبِع‍‍ُ‍و‍هُ لَعَلَّكُمْ تَهْتَد‍ُو‍نَ
Wa Min Qawmi Mūsá 'Ummatun Yahdūna Bil-Ĥaqqi Wa Bihi Ya`dilūna 007-159 حق ގޮތުގައި ތެދުމަގު ދައްކައި، އަދި حق ގޮތުގައި إنصاف ކޮށްއުޅޭ ބަޔަކު، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވެއެވެ. وَمِ‍‍ن‍ْ قَوْمِ مُوسَى أُ‍مّ‍‍َة‍‍‍ٌ يَهْد‍ُو‍نَ بِ‍‍ا‍لْحَقِّ وَبِهِ يَعْدِل‍‍ُ‍و‍نَ
Wa Qaţţa`nāhumu Athnatay `Ashrata 'Asbāţāan 'Umamāan Wa 'Awĥaynā 'Ilá Mūsá 'Idh Astasqāhu Qawmuhu 'Ani Ađrib Bi`aşāka Al-Ĥajara Fānbajasat Minhu Athnatā `Ashrata `Aynāan Qad `Alima Kullu 'Unāsin Mashrabahum Wa Žallalnā `Alayhimu Al-Ghamāma Wa 'Anzalnā `Alayhimu Al-Manna Wa As-Salwá Kulū Min Ţayyibāti Mā Razaqnākum Wa Mā Žalamūnā Wa Lakin Kānū 'Anfusahum Yažlimūna 007-160 އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ. އަދި موسى ގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّ އާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެންތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ. وَقَطَّعْنَاهُمُ ا‍ثْنَتَيْ عَشْرَةَ أَسْبَاطاً أُمَما‍ً وَأَوْحَيْنَ‍‍ا إِلَى مُوسَى إِذْ ا‍سْتَسْق‍‍َ‍ا‍هُ قَوْمُهُ أَنِ ا‍ضْ‍‍ر‍‍ِب بِعَص‍‍َ‍ا‍كَ ا‍لْحَجَرَ فَا‍ن‍‍ْبَجَسَتْ مِنْهُ ا‍ثْنَتَا عَشْرَةَ عَيْنا‍ً قَ‍‍د‍ْ عَلِمَ كُلُّ أُن‍‍َ‍ا‍س‍‍‍ٍ مَشْرَبَهُمْ وَظَلَّلْنَا عَلَيْهِمُ ا‍لْغَم‍‍َ‍ا‍مَ وَأَن‍زَلْنَا عَلَيْهِمُ ا‍لْمَ‍‍ن‍ّ‍‍َ وَا‍لسَّلْوَى كُلُو‍‍ا‍ مِ‍‍ن‍ْ طَيِّب‍‍َ‍ا‍تِ مَا رَزَ‍ق‍‍ْنَاكُمْ وَمَا ظَلَمُونَا وَلَكِ‍‍ن‍ْ كَانُ‍‍و‍‍ا‍ أَن‍فُسَهُمْ يَظْلِم‍‍ُ‍و‍نَ
Wa 'Idh Qīla Lahumu Askunū Hadhihi Al-Qaryata Wa Kulū Minhā Ĥaythu Shi'tum Wa Qūlū Ĥiţţatun Wa Adkhulū Al-Bāba Sujjadāan Naghfir Lakum Khī'ātikum Sanazīdu Al-Muĥsinīna 007-161 އެއުރެންނަށް އެންގެވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން، މިރަށުގައި ވަޒަންވެރިވެ ތިބޭށެވެ! އަދި އެރަށުން ތިޔަބައިމީހުން އެދޭފަދަޔަކުން ކައިއުޅޭށެވެ! އަދި އަޅަމެންގެ އެދުމަކީ، ކުށްފާފަތައް ފުއްސަވައި، عفو ކުރެއްވުމޭ ދަންނަވާށެވެ! އަދި سجدة ކުރާ حال، ތިޔަބައިމީހުން (އެރަށުގެ) ދޮރޯށިން ވަންނާށެވެ! އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރުކުރައްވާ ހުށީމެވެ. وَإِذْ ق‍‍ِ‍ي‍لَ لَهُمُ ا‍سْكُنُو‍‍ا‍ هَذِهِ ا‍لْقَرْيَةَ وَكُلُو‍‍ا‍ مِنْهَا حَيْثُ شِئْتُمْ وَقُولُو‍‍ا‍ حِطَّة‍‍‍ٌ وَا‍د‍‍ْخُلُو‍‍ا‍ ا‍لْب‍‍َ‍ا‍بَ سُجَّدا‍ً نَغْفِرْ لَكُمْ خَط‍‍ِ‍ي‍ئ‍‍َ‍اتِكُمْ سَنَز‍ِي‍دُ ا‍لْمُحْسِن‍‍ِ‍ي‍نَ
Fabaddala Al-Ladhīna Žalamū Minhum Qawlāan Ghayra Al-Ladhī Qīla Lahum Fa'arsalnā `Alayhim Rijzāan Mina As-Samā'i Bimā Kānū Yažlimūna 007-162 ދެން އޭގެތެރެއިން އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް، އެނޫންބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެއުރެން އަނިޔާވެރިވެ އުޅުނުކަމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް އުޑުން عذاب އެއް ފޮނުއްވީމެވެ. فَبَدَّلَ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ مِنْهُمْ قَوْلاً غَيْرَ ا‍لَّذِي ق‍‍ِ‍ي‍لَ لَهُمْ فَأَرْسَلْنَا عَلَيْهِمْ ‍ر‍‍ِ‍ج‍‍ْزا‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ بِمَا كَانُو‍‍ا‍ يَظْلِم‍‍ُ‍و‍نَ
Wa As'alhum `Ani Al-Qaryati Allatī Kānat Ĥāđirata Al-Baĥri 'Idh Ya`dūna Fī As-Sabti 'Idh Ta'tīhim Ĥītānuhum Yawma Sabtihim Shurra`āan Wa Yawma Lā Yasbitūna Lā Ta'tīhim Kadhālika Nablūhum Bimā Kānū Yafsuqūna 007-163 އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެމަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ. وَاسْأَلْهُمْ عَنِ ا‍لْقَرْيَةِ ا‍لَّتِي كَانَتْ حَاضِرَةَ ا‍لْبَحْ‍‍ر‍ِ إِذْ يَعْد‍ُو‍نَ فِي ا‍لسَّ‍‍ب‍‍ْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَ‍‍ب‍‍ْتِهِمْ شُرَّعا‍ً وَيَوْمَ لاَ يَسْبِت‍‍ُ‍و‍نَ لاَ تَأْتِيهِمْ كَذَلِكَ نَ‍‍ب‍‍ْلُوهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَفْسُق‍‍ُ‍و‍نَ
Wa 'Idh Qālat 'Ummatun Minhum Lima Ta`ižūna Qawmāan Al-Lahu Muhlikuhum 'Aw Mu`adhdhibuhum `Adhābāan Shadīdāan Qālū Ma`dhiratan 'Ilá Rabbikum Wa La`allahum Yattaqūna 007-164 އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ. وَإِذْ قَالَتْ أُ‍مّ‍‍َة‍‍‍ٌ مِنْهُمْ لِمَ تَعِظ‍‍ُ‍و‍نَ قَوْما‍ً ا‍للَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابا‍ً شَدِيدا‍ً قَالُو‍‍ا‍ مَعْذِرَة‍‍‍ً إِلَى رَبِّكُمْ وَلَعَلَّهُمْ يَتَّق‍‍ُ‍و‍نَ
Falammā Nasū Mā Dhukkirū Bihi 'Anjaynā Al-Ladhīna Yanhawna `Ani As-Sū'i Wa 'Akhadh Al-Ladhīna Žalamū Bi`adhābin Ba'īsin Bimā Kānū Yafsuqūna 007-165 ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ. فَلَ‍‍م‍ّ‍‍َا نَسُو‍‍ا‍ مَا ذُكِّرُوا‍ بِهِ أَ‍ن‍‍ْجَيْنَا ا‍لَّذ‍ِي‍نَ يَنْهَوْنَ عَنِ ا‍لسّ‍‍ُ‍و‍ءِ وَأَخَذْنَا ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ بِعَذ‍َا‍ب‍‍‍ٍ بَئ‍‍ِ‍ي‍س‍‍‍ٍ بِمَا كَانُو‍‍ا‍ يَفْسُق‍‍ُ‍و‍نَ
Falammā `Ataw `An Mā Nuhū `Anhu Qulnā Lahum Kūnū Qiradatan Khāsi'īna 007-166 ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށްوحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ! فَلَ‍‍م‍ّ‍‍َا عَتَوْا عَ‍‍ن‍ْ مَا نُهُو‍‍ا‍ عَنْهُ قُلْنَا لَهُمْ كُونُو‍‍ا‍ قِرَدَةً خَاسِئ‍‍ِ‍ي‍نَ
Wa 'Idh Ta'adhdhana Rabbuka Layab`athanna `Alayhim 'Ilá Yawmi Al-Qiyāmati Man Yasūmuhum Sū'a Al-`Adhābi 'Inna Rabbaka Lasarī`u Al-`Iqābi Wa 'Innahu Laghafūrun Raĥīmun 007-167 އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذاب ގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. وَإِذْ تَأَذَّنَ رَبُّكَ لَيَ‍‍ب‍‍ْعَثَ‍‍ن‍ّ‍‍َ عَلَيْهِمْ إِلَى يَوْمِ ا‍لْقِيَامَةِ مَ‍‍ن‍ْ يَسُومُهُمْ س‍‍ُ‍و‍ءَ ا‍لْعَذ‍َا‍بِ إِ‍نّ‍‍َ رَبَّكَ لَسَ‍‍ر‍‍ِي‍عُ ا‍لْعِق‍‍َ‍ا‍بِ وَإِ‍نّ‍‍َهُ لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Qaţţa`nāhum Al-'Arđi 'Umamāan Minhumu Aş-Şāliĥūna Wa Minhum Dūna Dhālika Wa Balawnāhum Bil-Ĥasanāti Wa As-Sayyi'āti La`allahum Yarji`ūna 007-168 އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެން أمّة ތަކަކަށް ބައިބައިކުރެއްވީމެވެ. އެއުރެންގެ ތެރެއިން ހެޔޮލަފާ މީހުންވެއެވެ. އަދި އެނޫންމީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތްތަކާއި، ނުބައިގޮތްތައް މެދުވެރިކުރެއްވުމުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. (އެއީ) އެއުރެން (ހެޔޮމަގަށް) އެނބުރި އައުމަށްޓަކައެވެ. وَقَطَّعْنَاهُمْ فِي ا‍لأَرْضِ أُمَما‍ً مِنْهُمُ ا‍لصَّالِح‍‍ُ‍و‍نَ وَمِنْهُمْ د‍ُو‍نَ ذَلِكَ وَبَلَوْنَاهُ‍‍م‍ْ بِ‍‍ا‍لْحَسَن‍‍َ‍ا‍تِ وَا‍لسَّيِّئ‍‍َ‍ا‍تِ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Fakhalafa Min Ba`dihim Khalfun Warithū Al-Kitāba Ya'khudhūna `Arađa Hādhā Al-'Adná Wa Yaqūlūna Sayughfaru Lanā Wa 'In Ya'tihim `Arađun Mithluhu Ya'khudhūhu 'Alam Yu'ukhadh `Alayhimthāqu Al-Kitābi 'An Lā Yaqūlū `Alá Al-Lahi 'Illā Al-Ĥaqqa Wa Darasū Mā Fīhi Wa Ad-Dāru Al-'Ākhiratu Khayrun Lilladhīna Yattaqūna 'Afalā Ta`qilūna 007-169 ފަހެ، ފޮތް ވާރުތަވީ ބަޔަކު އެއުރެންގެ ފަހުން އައޫއެވެ. އެއުރެން މިދުނިޔޭގެ މުދަލުގައި ހިފަތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް ފާފަފުއްސަވާނެތެވެ. އަދިހަމައެފަދަ މުދަލެއް، އެއުރެންނާ ހަމަޔަށް އަޔަސް އޭގައި އެއުރެން ހިފަތެވެ. اللَّه އާމެދު حق ބަސްމެނުވީ އެއުރެން ނުބުނުމަށް، ފޮތުގެ ކަށަވަރުވެގެންވާ عهد އެއުރެންގެ މައްޗަށް ނުހިއްޕަވާ ހެއްޔެވެ؟ އަދި އެފޮތުގައިވާގޮތް އެއުރެން އުނގެނި ދަސްކުރޫއެވެ. އަދި تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި މާހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ فَخَلَفَ مِ‍‍ن‍ْ بَعْدِهِمْ خَلْف‍‍‍ٌ وَر‍‍ِثُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ يَأْخُذ‍ُو‍نَ عَرَضَ هَذَا ا‍لأَ‍د‍‍ْنَى وَيَقُول‍‍ُ‍و‍نَ سَيُغْفَرُ لَنَا وَإِ‍ن‍ْ يَأْتِهِمْ عَرَض‍‍‍ٌ مِثْلُهُ يَأْخُذ‍ُو‍هُ أَلَمْ يُؤْخَذْ عَلَيْهِ‍‍م‍ْ مِيث‍‍َ‍ا‍قُ ا‍لْكِت‍‍َ‍ا‍بِ أَ‍ن‍ْ لاَ يَقُولُو‍‍ا‍ عَلَى ا‍للَّهِ إِلاَّ ا‍لْحَقَّ وَدَرَسُو‍‍ا‍ مَا ف‍‍ِ‍ي‍هِ وَا‍لدّ‍َا‍رُ ا‍لآخِرَةُ خَيْر‍ٌ لِلَّذ‍ِي‍نَ يَتَّق‍‍ُ‍و‍نَ أَفَلاَ تَعْقِل‍‍ُ‍و‍نَ
Wa Al-Ladhīna Yumassikūna Bil-Kitābi Wa 'Aqāmū Aş-Şalāata 'Innā Lā Nuđī`u 'Ajra Al-Muşliĥīna 007-170 ފޮތުގައި ހިފަހައްޓައި، ނަމާދު قائم ކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، إصلاح ކުރާމީހުންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. وَالَّذ‍ِي‍نَ يُمَسِّك‍‍ُ‍و‍نَ بِ‍‍ا‍لْكِت‍‍َ‍ا‍بِ وَأَقَامُو‍‍ا‍ ا‍لصَّلاَةَ إِ‍نّ‍‍َا لاَ نُض‍‍ِ‍ي‍عُ أَ‍ج‍‍ْرَ ا‍لْمُصْلِح‍‍ِ‍ي‍نَ
Wa 'Idh Nataq Al-Jabala Fawqahum Ka'annahu Žullatun Wa Žannū 'Annahu Wāqi`un Bihim Khudhū Mā 'Ātaynākum Biqūwatin Wa Adhkurū Mā Fīhi La`allakum Tattaqūna 007-171 އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފަރުބަދަ އުފުއްލެވިހިނދު، ހަނދުމަކުރާށެވެ! އެ ފަރުބަދަ އެއުރެންގެ މައްޗަށް އޮތް ހިޔާވައްސެއް ކަހަލައެވެ. އެ ފަރުބަދަ އެއުރެންގެ މައްޗަށް ވެއްޓިދާނެކަމަށް އެއުރެން ހީކުޅައޫއެވެ. (ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) ތިމަންރަސްކަލާގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައި، ބާރާއެކު ތިޔަބައިމީހުން ހިފަހައްޓާށެވެ! އަދި އެ ފޮތުގައިވާ ކަންތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ. وَإِذْ نَتَ‍‍ق‍‍ْنَا ا‍لْجَبَلَ فَوْقَهُمْ كَأَ‍نّ‍‍َهُ ظُلَّة‍‍‍ٌ وَظَ‍‍ن‍ّ‍‍ُ‍‍و‍‍ا‍ أَ‍نّ‍‍َهُ وَا‍قِع‍‍‍ٌ بِهِمْ خُذُوا‍ مَ‍‍ا آتَيْنَاكُ‍‍م‍ْ بِقُوَّة‍‍‍ٍ وَا‍ذْكُرُوا‍ مَا ف‍‍ِ‍ي‍هِ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
Wa 'Idh 'Akhadha Rabbuka Min Banī 'Ādama Min Žuhūrihim Dhurrīyatahum Wa 'Ash/hadahum `Alá 'Anfusihim 'Alastu Birabbikum Qālū Balá Shahidnā 'An Taqūlū Yawma Al-Qiyāmati 'Innā Kunnā `An Hādhā Ghāfilīna 007-172 އަދިކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحى ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافل ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامة ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. وَإِذْ أَخَذَ رَبُّكَ مِ‍‍ن‍ْ بَنِ‍‍ي آدَمَ مِ‍‍ن‍ْ ظُهُو‍ر‍‍ِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَن‍فُسِهِمْ أَلَسْتُ بِرَبِّكُمْ قَالُو‍‍ا‍ بَلَى شَهِ‍‍د‍‍ْنَ‍‍ا‍ أَ‍ن‍ْ تَقُولُو‍‍ا‍ يَوْمَ ا‍لْقِيَامَةِ إِ‍نّ‍‍َا كُ‍‍ن‍ّ‍‍َا عَنْ هَذَا غَافِل‍‍ِ‍ي‍نَ
'Aw Taqūlū 'Innamā 'Ashraka 'Ābā'uunā Min Qablu Wa Kunnā Dhurrīyatan Min Ba`dihim 'Afatuhlikunā Bimā Fa`ala Al-Mubţilūna 007-173 ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. شريك ކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطل ގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟ أَوْ تَقُولُ‍‍و‍‍ا‍ إِ‍نّ‍‍َمَ‍‍ا‍ أَشْرَكَ آب‍‍َ‍ا‍ؤُنَا مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَكُ‍‍ن‍ّ‍‍َا ذُرِّيَّة‍‍‍ً مِ‍‍ن‍ْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ ا‍لْمُ‍‍ب‍‍ْطِل‍‍ُ‍و‍نَ
Wa Kadhalika Nufaşşilu Al-'Āyāti Wa La`allahum Yarji`ūna 007-174 ތިމަންރަސްކަލާނގެ آية ތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (حق ގެ މަގަށް) އެނބުރި އައުމަށްޓަކައެވެ. وَكَذَلِكَ نُفَصِّلُ ا‍لآي‍‍َ‍ا‍تِ وَلَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Wa Atlu `Alayhim Naba'a Al-Ladhī 'Ātaynāhu 'Āyātinā Fānsalakha Minhā Fa'atba`ahu Ash-Shayţānu Fakāna Mina Al-Ghāwīna 007-175 ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. وَاتْلُ عَلَيْهِمْ نَبَأَ ا‍لَّذِي آتَيْن‍‍َ‍ا‍هُ آيَاتِنَا فَان‍سَلَخَ مِنْهَا فَأَتْبَعَهُ ا‍لشَّيْط‍‍َ‍ا‍نُ فَك‍‍َ‍ا‍نَ مِنَ ا‍لْغَاو‍ِي‍نَ
Wa Law Shi'nā Larafa`nāhu Bihā Wa Lakinnahu 'Akhlada 'Ilá Al-'Arđi Wa Attaba`a Hawāhu Famathaluhu Kamathali Al-Kalbi 'In Taĥmil `Alayhi Yalhath 'Aw Tatruk/hu Yalhath Dhālika Mathalu Al-Qawmi Al-Ladhīna Kadhdhabū Bi'āyātinā Fāqşuşi Al-Qaşaşa La`allahum Yatafakkarūna 007-176 ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ. وَلَوْ شِئْنَا لَرَفَعْن‍‍َ‍ا‍هُ بِهَا وَلَكِ‍‍ن‍ّ‍‍َهُ أَخْلَدَ إِلَى ا‍لأَرْضِ وَا‍تَّبَعَ هَو‍َا‍هُ فَمَثَلُهُ كَمَثَلِ ا‍لْكَلْبِ إِ‍ن‍ْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ ذَلِكَ مَثَلُ ا‍لْقَوْمِ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا فَا‍ق‍‍ْصُصِ ا‍لْقَصَصَ لَعَلَّهُمْ يَتَفَكَّر‍ُو‍نَ
Sā'a Mathalāan Al-Qawmu Al-Ladhīna Kadhdhabū Bi'āyātinā Wa 'Anfusahum Kānū Yažlimūna 007-177 ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި ހަމަ އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވެ އުޅުނުމީހުން، މިސާލެއްގެ ގޮތުން ނުބައިކަމާއެވެ! س‍َا‍ءَ مَثَلا‍ً ا‍لْقَوْمُ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَأَن‍فُسَهُمْ كَانُو‍‍ا‍ يَظْلِم‍‍ُ‍و‍نَ
Man Yahdi Al-Lahu Fahuwa Al-Muhtadī Wa Man Yuđlil Fa'ūlā'ika Humu Al-Khāsirūna 007-178 اللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ،އެއުރެންނީ، ހަމަ ގެއްލެނިވެގެންވާ މީހުންނެވެ. مَ‍‍ن‍ْ يَهْدِ ا‍للَّهُ فَهُوَ ا‍لْمُهْتَدِي وَمَ‍‍ن‍ْ يُضْلِلْ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْخَاسِر‍ُو‍نَ
Wa Laqad Dhara'nā Lijahannama Kathīrāan Mina Al-Jinni Wa Al-'Insi Lahum Qulūbun Lā Yafqahūna Bihā Wa Lahum 'A`yunun Lā Yubşirūna Bihā Wa Lahum 'Ādhānun Lā Yasma`ūna Bihā 'Ūlā'ika Kāl'an`āmi Bal Hum 'Ađallu 'Ūlā'ika Humu Al-Ghāfilūna 007-179 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ. وَلَقَ‍‍د‍ْ ذَرَأْنَا لِجَهَ‍‍ن‍ّ‍‍َمَ كَثِيرا‍ً مِنَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِن‍سِ لَهُمْ قُل‍‍ُ‍و‍ب‍‍‍ٌ لاَ يَفْقَه‍‍ُ‍و‍نَ بِهَا وَلَهُمْ أَعْيُن‍‍‍ٌ لاَ يُ‍‍ب‍‍ْصِر‍ُو‍نَ بِهَا وَلَهُمْ آذ‍َا‍ن‍‍‍ٌ لاَ يَسْمَع‍‍ُ‍و‍نَ بِهَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ كَالأَنع‍‍َ‍ا‍مِ بَلْ هُمْ أَضَلُّ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْغَافِل‍‍ُ‍و‍نَ
Wa Lillahi Al-'Asmā'u Al-Ĥusná Fād`ūhu Bihā Wa Dharū Al-Ladhīna Yulĥidūna Fī 'Asmā'ihi Sayujzawna Mā Kānū Ya`malūna 007-180 އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ. وَلِلَّهِ ا‍لأَسْم‍‍َ‍ا‍ءُ ا‍لْحُسْنَى فَا‍د‍‍ْع‍‍ُ‍و‍هُ بِهَا وَذَرُوا‍ ا‍لَّذ‍ِي‍نَ يُلْحِد‍ُو‍نَ فِ‍‍ي‍ أَسْم‍‍َ‍ا‍ئِهِ سَيُ‍‍ج‍‍ْزَوْنَ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Mimman Khalaqnā 'Ummatun Yahdūna Bil-Ĥaqqi Wa Bihi Ya`dilūna 007-181 حق ގޮތުގެމަތިން މަގުދައްކައި، އަދި އެގޮތުގެމަތީން عدل ވެރިވެއުޅޭ ބަޔަކު، ތިމަންރަސްކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވެއެވެ. وَمِ‍‍م‍ّ‍‍َنْ خَلَ‍‍ق‍‍ْنَ‍‍ا‍ أُ‍مّ‍‍َة‍‍‍ٌ يَهْد‍ُو‍نَ بِ‍‍ا‍لْحَقِّ وَبِهِ يَعْدِل‍‍ُ‍و‍نَ
Wa Al-Ladhīna Kadhdhabū Bi'āyātinā Sanastadrijuhum Min Ĥaythu Lā Ya`lamūna 007-182 ތިމަންރަސްލާނގެ آية ތައް ދޮގުކުޅަމީހުން، އެއުރެންނަށްނޭނގޭނޭގޮތުން (عذاب ގެ ތެރެއަށް) ތިމަންރަސްކަލާނގެ އެއުރެން ގެންދަވާހުށީމެވެ. وَالَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا سَنَسْتَ‍‍د‍‍ْ‍ر‍‍ِجُهُ‍‍م‍ْ مِنْ حَيْثُ لاَ يَعْلَم‍‍ُ‍و‍نَ
Wa 'Umlī Lahum 'Inna Kaydī Matīnun 007-183 އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ. وَأُمْلِي لَهُمْ إِ‍نّ‍‍َ كَيْدِي مَت‍‍ِ‍ي‍ن‍‍‍ٌ
'Awalam Yatafakkarū Mā Bişāĥibihim Min Jinnatin 'In Huwa 'Illā Nadhīrun Mubīnun 007-184 އަދި އެއުރެން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެއުރެންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: محمد ގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެތެވެ. أَوَلَمْ يَتَفَكَّرُوا‍ مَا بِصَاحِبِهِ‍‍م‍ْ مِ‍‍ن‍ْ جِ‍‍ن‍ّ‍‍َة‍‍‍ٍ إِنْ هُوَ إِلاَّ نَذ‍ِي‍ر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
'Awalam Yanžurū Fī Malakūti As-Samāwāti Wa Al-'Arđi Wa Mā Khalaqa Al-Lahu Min Shay'in Wa 'An `Asá 'An Yakūna Qadi Aqtaraba 'Ajaluhum Fabi'ayyi Ĥadīthin Ba`dahu Yu'uminūna 007-185 އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، اللَّه ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން إيمان ވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟ أَوَلَمْ يَ‍‍ن‍ظُرُوا‍ فِي مَلَك‍‍ُ‍و‍تِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا خَلَقَ ا‍للَّهُ مِ‍‍ن‍ْ شَيْء‍ٍ وَأَنْ عَسَى أَ‍ن‍ْ يَك‍‍ُ‍و‍نَ قَدِ ا‍ق‍‍ْتَرَبَ أَجَلُهُمْ فَبِأَيِّ حَد‍ِي‍ث‍‍‍ٍ بَعْدَهُ يُؤْمِن‍‍ُ‍و‍نَ
Man Yuđlili Al-Lahu Falā Hādiya Lahu Wa Yadharuhum Fī Ţughyānihim Ya`mahūna 007-186 اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ حال ގައި، ފުރެދުމުގެ ތެރެޔަށް އެކަލާނގެ އެއުރެން ދޫކުރައްވަތެވެ. مَ‍‍ن‍ْ يُضْلِلِ ا‍للَّهُ فَلاَ هَادِيَ لَهُ وَيَذَرُهُمْ فِي طُغْيَانِهِمْ يَعْمَه‍‍ُ‍و‍نَ
Yas'alūnaka `Ani As-Sā`ati 'Ayyāna Mursāhā Qul 'Innamā `Ilmuhā `Inda Rabbī Lā Yujallīhā Liwaqtihā 'Illā Huwa Thaqulat Fī As-Samāwāti Wa Al-'Arđi Lā Ta'tīkum 'Illā Baghtatan Yas'alūnaka Ka'annaka Ĥafīyun `Anhā Qul 'Innamā `Ilmuhā `Inda Al-Lahi Wa Lakinna 'Akthara An-Nāsi Lā Ya`lamūna 007-187 قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނުވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. يَسْأَلُونَكَ عَنِ ا‍لسَّاعَةِ أَيّ‍‍َ‍ا‍نَ مُرْسَاهَا قُلْ إِ‍نّ‍‍َمَا عِلْمُهَا عِ‍‍ن‍‍ْدَ رَبِّي لاَ يُجَلِّيهَا لِوَق‍‍ْتِهَ‍‍ا إِلاَّ هُوَ ثَقُلَتْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ لاَ تَأْتِيكُمْ إِلاَّ بَغْتَة‍‍‍ً يَسْأَلُونَكَ كَأَ‍نّ‍‍َكَ حَفِيٌّ عَنْهَا قُلْ إِ‍نّ‍‍َمَا عِلْمُهَا عِ‍‍ن‍‍ْدَ ا‍للَّهِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَعْلَم‍‍ُ‍و‍نَ
Qul Lā 'Amliku Linafsī Naf`āan Wa Lā Đarrāan 'Illā Mā Shā'a Al-Lahu Wa Law Kuntu 'A`lamu Al-Ghayba Lāstakthartu Mina Al-Khayri Wa Mā Massaniya As-Sū'u 'In 'Anā 'Illā Nadhīrun Wa Bashīrun Liqawmin Yu'uminūna 007-188 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށްއުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ. قُ‍‍ل‍ْ لاَ أَمْلِكُ لِنَفْسِي نَفْعا‍ً وَلاَ ضَرّا‍ً إِلاَّ مَا ش‍‍َ‍ا‍ءَ ا‍للَّهُ وَلَوْ كُ‍‍ن‍تُ أَعْلَمُ ا‍لْغَيْبَ لاَسْتَكْثَرْتُ مِنَ ا‍لْخَيْ‍‍ر‍ِ وَمَا مَسَّنِيَ ا‍لسّ‍‍ُ‍و‍ءُ إِنْ أَنَ‍‍ا إِلاَّ نَذ‍ِي‍ر‍ٌ وَبَش‍‍ِ‍ي‍ر‍ٌ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Huwa Al-Ladhī Khalaqakum Min Nafsin Wāĥidatin Wa Ja`ala Minhā Zawjahā Liyaskuna 'Ilayhā Falammā Taghashshāhā Ĥamalat Ĥamlāan Khafīfāan Famarrat Bihi Falammā 'Athqalat Da`awā Al-Laha Rabbahumā La'in 'Ātaytanā Şāliĥāan Lanakūnanna Mina Ash-Shākirīna 007-189 އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ. هُوَ ا‍لَّذِي خَلَقَكُ‍‍م‍ْ مِ‍‍ن‍ْ نَفْس‍‍‍ٍ وَا‍حِدَة‍‍‍ٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا فَلَ‍‍م‍ّ‍‍َا تَغَشَّاهَا حَمَلَتْ حَمْلاً خَفِيفا‍ً فَمَرَّتْ بِهِ فَلَ‍‍م‍ّ‍‍َ‍‍ا‍ أَثْقَلَتْ دَعَوَا ا‍للَّهَ رَبَّهُمَا لَئِ‍‍ن‍ْ آتَيْتَنَا صَالِحا‍ً لَنَكُونَ‍‍ن‍ّ‍‍َ مِنَ ا‍لشَّاكِ‍‍ر‍‍ِي‍نَ
Falammā 'Ātāhumā Şāliĥāan Ja`alā Lahu Shurakā'a Fīmā 'Ātāhumā Fata`ālá Al-Lahu `Ammā Yushrikūna 007-190 ފަހެ، އެ ދެމީހުންނަށް صالح ދަރިއަކު ދެއްވިހިނދު، އެކަލާނގެ އެ ދެމީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެމީހުން (އެބަހީ: آدم ގެފާނުގެ ދަރިކޮޅުގެ މީހުންކުރެ كافر ވިމީހުން) އެކަލާނގެއަށް شريك ންތަކެއް ލައިފިއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެތި ފިޔަވައި، اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. فَلَ‍‍م‍ّ‍‍َ‍‍ا آتَاهُمَا صَالِحا‍ً جَعَلاَ لَهُ شُرَك‍‍َ‍ا‍ءَ فِيمَ‍‍ا آتَاهُمَا فَتَعَالَى ا‍للَّهُ عَ‍‍م‍ّ‍‍َا يُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Ayushrikūna Mā Lā Yakhluqu Shay'āan Wa Hum Yukhlaqūna 007-191 އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެއުރެން (އެކަލާނގެއަށް) شريكކުރަނީހެއްޔެވެ؟ خود އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. أَيُشْ‍‍ر‍‍ِك‍‍ُ‍و‍نَ مَا لاَ يَخْلُقُ شَيْئا‍ً وَهُمْ يُخْلَق‍‍ُ‍و‍نَ
Wa Lā Yastaţī`ūna Lahum Naşrāan Wa Lā 'Anfusahum Yanşurūna 007-192 އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ. وَلاَ يَسْتَطِيع‍‍ُ‍و‍نَ لَهُمْ نَصْرا‍ً وَلاَ أَن‍فُسَهُمْ يَ‍‍ن‍صُر‍ُو‍نَ
Wa 'In Tad`ūhum 'Ilá Al-Hudá Lā Yattabi`ūkum Sawā'un `Alaykum 'Ada`awtumūhum 'Am 'Antum Şāmitūna 007-193 ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبع އެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ. وَإِ‍ن‍ْ تَ‍‍د‍‍ْعُوهُمْ إِلَى ا‍لْهُدَى لاَ يَتَّبِعُوكُمْ سَو‍َا‍ءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَ‍ن‍‍ْتُمْ صَامِت‍‍ُ‍و‍نَ
'Inna Al-Ladhīna Tad`ūna Min Dūni Al-Lahi `Ibādun 'Amthālukumd`ūhum Falyastajībū Lakum 'In Kuntum Şādiqīna 007-194 ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެފަރާތްތަކަށް ގޮވައިބަލާށެވެ! إِ‍نّ‍‍َ ا‍لَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ عِب‍‍َ‍ا‍دٌ أَمْثَالُكُمْ فَا‍د‍‍ْعُوهُمْ فَلْيَسْتَجِيبُو‍‍ا‍ لَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
'Alahum 'Arjulun Yamshūna Bihā 'Am Lahum 'Aydin Yabţishūna Bihā 'Am Lahum 'A`yunun Yubşirūna Bihā 'Am Lahum 'Ādhānun Yasma`ūna Bihā Quli AdShurakā'akum Thumma Kīdūni Falā Tunžirūni 007-195 އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ! أَلَهُمْ أَرْجُل‍‍‍ٌ يَمْش‍‍ُ‍و‍نَ بِهَ‍‍ا‍ أَمْ لَهُمْ أَيْد‍ٍ يَ‍‍ب‍‍ْطِش‍‍ُ‍و‍نَ بِهَ‍‍ا‍ أَمْ لَهُمْ أَعْيُن‍‍‍ٌ يُ‍‍ب‍‍ْصِر‍ُو‍نَ بِهَ‍‍ا‍ أَمْ لَهُمْ آذ‍َا‍ن‍‍‍ٌ يَسْمَع‍‍ُ‍و‍نَ بِهَا قُلِ ا‍د‍‍ْعُو‍‍ا‍ شُرَك‍‍َ‍ا‍ءَكُمْ ثُ‍‍م‍ّ‍‍َ كِيد‍ُو‍نِ فَلاَ تُ‍‍ن‍ظِر‍ُو‍نِ
'Inna Walīyiya Al-Lahu Al-Ladhī Nazzala Al-Kitāba Wa Huwa Yatawallá Aş-Şāliĥīna 007-196 ހަމަކަށަވަރުން، ތިމަންގެ އެހީތެރި ފަރާތަކީ، اللَّه އެވެ. އެކަލާނގެއީ، ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، صالح ންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ وَلِيِّيَ ا‍للَّهُ ا‍لَّذِي نَزَّلَ ا‍لْكِت‍‍َ‍ا‍بَ وَهُوَ يَتَوَلَّى ا‍لصَّالِح‍‍ِ‍ي‍نَ
Wa Al-Ladhīna Tad`ūna Min Dūnihi Lā Yastaţī`ūna Naşrakum Wa Lā 'Anfusahum Yanşurūna 007-197 އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ نفس ތަކަށްވެސް نصر އެއް ނުދެވޭނެތެވެ. وَالَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ دُونِهِ لاَ يَسْتَطِيع‍‍ُ‍و‍نَ نَصْرَكُمْ وَلاَ أَن‍فُسَهُمْ يَ‍‍ن‍صُر‍ُو‍نَ
Wa 'In Tad`ūhum 'Ilá Al-Hudá Lā Yasma`ū Wa Tarāhum Yanžurūna 'Ilayka Wa Hum Lā Yubşirūna 007-198 ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެފަރާތްތަކަކަށް ނީވެތެވެ. އަދި އެފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެތެވެ. ނަމަވެސް (حقيقة ގައި) އެފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެނެތެވެ. وَإِ‍ن‍ْ تَ‍‍د‍‍ْعُوهُمْ إِلَى ا‍لْهُدَى لاَ يَسْمَعُو‍‍ا‍ وَتَرَاهُمْ يَ‍‍ن‍ظُر‍ُو‍نَ إِلَيْكَ وَهُمْ لاَ يُ‍‍ب‍‍ْصِر‍ُو‍نَ
Khudhi Al-`Afwa Wa 'Mur Bil-`Urfi Wa 'A`riđ `Ani Al-Jāhilīna 007-199 ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! خُذِ ا‍لْعَفْوَ وَأْمُرْ بِ‍‍ا‍لْعُرْفِ وَأَعْ‍‍ر‍‍ِضْ عَنِ ا‍لْجَاهِل‍‍ِ‍ي‍نَ
Wa 'Immā Yanzaghannaka Mina Ash-Shayţāni Nazghun Fāsta`idh Bil-Lahi 'Innahu Samī`un `Alīmun 007-200 އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުންވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. وَإِ‍مّ‍‍َا يَ‍‍ن‍زَغَ‍‍ن‍ّ‍‍َكَ مِنَ ا‍لشَّيْط‍‍َ‍ا‍نِ نَزْغ‍‍‍ٌ فَاسْتَعِذْ بِ‍‍ا‍للَّهِ إِ‍نّ‍‍َهُ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna Attaqaw 'Idhā Massahum Ţā'ifun Mina Ash-Shayţāni Tadhakkarū Fa'idhā Hum Mubşirūna 007-201 ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ ا‍تَّقَوْا إِذَا مَسَّهُمْ ط‍‍َ‍ا‍ئِف‍‍‍ٌ مِنَ ا‍لشَّيْط‍‍َ‍ا‍نِ تَذَكَّرُوا‍ فَإِذَا هُ‍‍م‍ْ مُ‍‍ب‍‍ْصِر‍ُو‍نَ
Wa 'Ikhwānuhum Yamuddūnahum Al-Ghayyi Thumma Lā Yuqşirūna 007-202 އަދި އެ شيطان ންގެ أخ ން، އެއުރެން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެއުރެން ދުލެއް ނުކުރެތެވެ. وَإِخْوَانُهُمْ يَمُدُّونَهُمْ فِي ا‍لغَيِّ ثُ‍‍م‍ّ‍‍َ لاَ يُ‍‍ق‍‍ْصِر‍ُو‍نَ
Wa 'Idhā Lam Ta'tihim Bi'āyatin Qālū Lawlā Ajtabaytahā Qul 'Innamā 'Attabi`u Mā Yūĥá 'Ilayya Min Rabbī Hādhā Başā'iru Min Rabbikum Wa Hudáan Wa Raĥmatun Liqawmin Yu'uminūna 007-203 އަދި ކަލޭގެފާނު އެއުރެންނާ ހަމައަށް آية އެއް ނުގެންނަވައިފިނަމަ، އެއުރެން ދަންނަވާނެތެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެކަން اختيار ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު تبع ވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށެވެ. މިއީ (އެބަހީ: މި قرآن އަކީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައި ހެކިތަކެކެވެ. އަދި إيمان ވާ ބަޔަކަށް ތެދުމަގެކެވެ. އަދި رحمة އެއްމެއެވެ. وَإِذَا لَمْ تَأْتِهِ‍‍م‍ْ بِآيَة‍‍‍ٍ قَالُو‍‍ا‍ لَوْلاَ ا‍ج‍‍ْتَبَيْتَهَا قُلْ إِ‍نّ‍‍َمَ‍‍ا‍ أَتَّبِعُ مَا يُوحَى إِلَيَّ مِ‍‍ن‍ْ رَبِّي هَذَا بَص‍‍َ‍ا‍ئِ‍‍ر‍ُ مِ‍‍ن‍ْ رَبِّكُمْ وَهُ‍‍دى‍ً وَرَحْمَة‍‍‍ٌ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Wa 'Idhā Quri'a Al-Qur'ānu Fāstami`ū Lahu Wa 'Anşitū La`allakum Turĥamūna 007-204 އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. وَإِذَا قُ‍‍ر‍‍ِئَ ا‍لْقُرْآنُ فَاسْتَمِعُو‍‍ا‍ لَهُ وَأَن‍صِتُو‍‍ا‍ لَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
Wa Adhkur Rabbaka Fī Nafsika Tađarru`āan Wa Khīfatan Wa Dūna Al-Jahri Mina Al-Qawli Bil-Ghudūwi Wa Al-'Āşāli Wa Lā Takun Mina Al-Ghāfilīna 007-205 އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ حال ގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި غافل ވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! وَاذْكُ‍‍ر‍ْ رَبَّكَ فِي نَفْسِكَ تَضَرُّعا‍ً وَخِيفَة‍‍‍ً وَد‍ُو‍نَ ا‍لْجَهْ‍‍ر‍ِ مِنَ ا‍لْقَوْلِ بِ‍‍ا‍لْغُدُوِّ وَا‍لآص‍‍َ‍ا‍لِ وَلاَ تَكُ‍‍ن‍ْ مِنَ ا‍لْغَافِل‍‍ِ‍ي‍نَ
'Inna Al-Ladhīna `Inda Rabbika Lā Yastakbirūna `An `Ibādatihi Wa Yusabbiĥūnahu Wa Lahu Yasjudūna 007-206 ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ބޮޑާވެއެއް ނުގަނެތެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ދަންނަވަތެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ އެކަލާނގެއަށެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ عِ‍‍ن‍‍ْدَ رَبِّكَ لاَ يَسْتَكْبِر‍ُو‍نَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُد‍ُو‍نَ
Next Sūrah