6) Sūrat Al-'An`ām

Printed format

6) سُورَة الأَنعَام

Al-Ĥamdu Lillahi Al-Ladhī Khalaqa As-Samāwāti Wa Al-'Arđa Wa Ja`ala Až-Žulumāti Wa An-Nūra Thumma Al-Ladhīna Kafarū Birabbihim Ya`dilūna 006-001 حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ. ދެންވެސް كافر ވި މީހުން އެއުރެންގެ ވެރިިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް شريك ކުރެތެވެ. ا‍لْحَمْدُ لِلَّهِ ا‍لَّذِي خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ وَجَعَلَ ا‍لظُّلُم‍‍َ‍ا‍تِ وَا‍ل‍‍ن‍ّ‍‍ُ‍و‍رَ ثُ‍‍م‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ بِرَبِّهِمْ يَعْدِل‍‍ُ‍و‍نَ
Huwa Al-Ladhī Khalaqakum Min Ţīnin Thumma Qađá 'Ajalāan Wa 'Ajalun Musammáan `Indahu Thumma 'Antum Tamtarūna 006-002 އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجل އެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެحضرة ގައި ކަނޑައަޅުއްވާފައިވާ أجل އެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شك ކުރަމުއެވެ. هُوَ ا‍لَّذِي خَلَقَكُ‍‍م‍ْ مِ‍‍ن‍ْ ط‍‍ِ‍ي‍ن‍‍‍ٍ ثُ‍‍م‍ّ‍‍َ قَضَى أَجَلا‍ً وَأَجَل‍‍‍ٌ مُسَ‍‍م‍ّ‍‍ىً عِ‍‍ن‍‍ْدَهُ ثُ‍‍م‍ّ‍‍َ أَ‍ن‍‍ْتُمْ تَمْتَر‍ُو‍نَ
Wa Huwa Al-Lahu Fī As-Samāwāti Wa Fī Al-'Arđi Ya`lamu Sirrakum Wa Jahrakum Wa Ya`lamu Mā Taksibūna 006-003 އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން حق ވެގެން) ވާ، اللَّه އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. وَهُوَ ا‍للَّهُ فِي ا‍لسَّمَاو‍َا‍تِ وَفِي ا‍لأَرْضِ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِب‍‍ُ‍و‍نَ
Wa Mā Ta'tīhim Min 'Āyatin Min 'Āyāti Rabbihim 'Illā Kānū `Anhā Mu`rīna 006-004 އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية ތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ. وَمَا تَأْتِيهِ‍‍م‍ْ مِ‍‍ن‍ْ آيَة‍‍‍ٍ مِ‍‍ن‍ْ آي‍‍َ‍ا‍تِ رَبِّهِمْ إِلاَّ كَانُو‍‍ا‍ عَنْهَا مُعْ‍‍ر‍‍ِض‍‍ِ‍ي‍نَ
Faqad Kadhdhabū Bil-Ĥaqqi Lammā Jā'ahum Fasawfa Ya'tīhim 'Anbā'u Mā Kānū Bihi Yastahzi'ūn 006-005 ފަހެ، ހަމަކަށަވަރުން، حق ބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبر ތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ. فَقَ‍‍د‍ْ كَذَّبُو‍‍ا‍ بِ‍‍ا‍لْحَقِّ لَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ فَسَوْفَ يَأْتِيهِمْ أَ‍ن‍‍ْب‍‍َ‍ا‍ءُ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
'Alam Yaraw Kam 'Ahlaknā Min Qablihim Min Qarnin Makkannāhum Al-'Arđi Mā Lam Numakkin Lakum Wa 'Arsalnā As-Samā'a `Alayhim Midrārāan Wa Ja`alnā Al-'Anhāra Tajrī Min Taĥtihim Fa'ahlaknāhum Bidhunūbihim Wa 'Ansha'nā Min Ba`dihim Qarnāan 'Ākharīna 006-006 އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް أمّة ގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭއެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيل އެއްގެ ބަޔަކު އުފެއްދެވީމެވެ. أَلَمْ يَرَوْا كَمْ أَهْلَكْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ‍‍م‍ْ مِ‍‍ن‍ْ قَرْن‍‍‍ٍ مَكَّ‍‍ن‍ّ‍‍َاهُمْ فِي ا‍لأَرْضِ مَا لَمْ نُمَكِّ‍‍ن‍ْ لَكُمْ وَأَرْسَلْنَا ا‍لسَّم‍‍َ‍ا‍ءَ عَلَيْهِ‍‍م‍ْ مِ‍‍د‍‍ْرَارا‍ً وَجَعَلْنَا ا‍لأَنْه‍‍َ‍ا‍رَ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهِمْ فَأَهْلَكْنَاهُ‍‍م‍ْ بِذُنُوبِهِمْ وَأَن‍شَأْنَا مِ‍‍ن‍ْ بَعْدِهِمْ قَرْنا‍ً آخَ‍‍ر‍‍ِي‍نَ
Wa Law Nazzalnā `Alayka Kitābāan Fī Qirţāsin Falamasūhu Bi'aydīhim Laqāla Al-Ladhīna Kafarū 'In Hādhā 'Illā Siĥrun Mubīnun 006-007 އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ كافر ވީ މީހުން ބުނީހެވެ. وَلَوْ نَزَّلْنَا عَلَيْكَ كِتَابا‍ً فِي قِرْط‍‍َ‍ا‍س‍‍‍ٍ فَلَمَس‍‍ُ‍و‍هُ بِأَيْدِيهِمْ لَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِنْ هَذَا إِلاَّ سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa Qālū Lawlā 'Unzila `Alayhi Malakun Wa Law 'Anzalnā Malakāan Laquđiya Al-'Amru Thumma Lā Yunžarūna 006-008 އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ ملائكة އަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް مهلة އެއް ނުދެއްވާ ހުށްޓެވެ. وَقَالُو‍‍ا‍ لَوْلاَ أُن‍زِلَ عَلَيْهِ مَلَك‍‍‍ٌ وَلَوْ أَن‍زَلْنَا مَلَكا‍ً لَقُضِيَ ا‍لأَمْرُ ثُ‍‍م‍ّ‍‍َ لاَ يُ‍‍ن‍ظَر‍ُو‍نَ
Wa Law Ja`alnāhu Malakāan Laja`alnāhu Rajulāan Wa Lalabasnā `Alayhim Mā Yalbisūna 006-009 ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވިނަމަަ، އެ ملائكة އަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ.އަދި އެއުރެން އޮޅުވައިިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ. (ނޯޓު: މި آية ން އެ އަންގަވަނީ މާތްاللَّه، رسول ކަމާއިގެން ملائكة އަކު ފޮނުއްވިނަމަ އެ ملائكة އަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ ملائكة އެއްގެ أصل ސޫރައިގައި ފޮނުއްވިނަމަ، އެ ملائكة އަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدم ގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް اللَّه ހެއްދެވީއެވެ.) وَلَوْ جَعَلْن‍‍َ‍ا‍هُ مَلَكا‍ً لَجَعَلْن‍‍َ‍ا‍هُ رَجُلا‍ً وَلَلَبَسْنَا عَلَيْهِ‍‍م‍ْ مَا يَلْبِس‍‍ُ‍و‍نَ
Wa Laqadi Astuhzi'a Birusulin Min Qablika Faĥāqa Bial-Ladhīna Sakhirū Minhum Mā Kānū Bihi Yastahzi'ūn 006-010 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ. وَلَقَدِ ا‍سْتُهْزِئَ بِرُسُل‍‍‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَح‍‍َ‍ا‍قَ بِ‍‍ا‍لَّذ‍ِي‍نَ سَخِرُوا‍ مِنْهُ‍‍م‍ْ مَا كَانُو‍‍ا‍ بِهِ يَسْتَهْزِئ‍‍ُ‍ون
Qul Sīrū Fī Al-'Arđi Thumma Anžurū Kayfa Kāna `Āqibatu Al-Mukadhdhibīna 006-011 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ! قُلْ سِيرُوا‍ فِي ا‍لأَرْضِ ثُ‍‍م‍ّ‍‍َ ا‍ن‍ظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُكَذِّب‍‍ِ‍ي‍نَ
Qul Liman Mā Fī As-Samāwāti Wa Al-'Arđi Qul Lillahi Kataba `Alá Nafsihi Ar-Raĥmata Layajma`annakum 'Ilá Yawmi Al-Qiyāmati Lā Rayba Fīhi Al-Ladhīna Khasirū 'Anfusahum Fahum Lā Yu'uminūna 006-012 ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ،ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށެވެ. އެކަލާނގެ އަމިއްލަ ذات ފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް رحمة ވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذات ފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން قيامة ދުވަހަށް އެއްކުރައްވާނެތެވެ. އެކަމާމެދު شك އެއް ނެތެވެ. އެއުރެންގެ އަމިއްލަ نفس ތައް ނަގައިލި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. قُ‍‍ل‍ْ لِمَ‍‍ن‍ْ مَا فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ قُ‍‍ل‍ْ لِلَّهِ كَتَبَ عَلَى نَفْسِهِ ا‍لرَّحْمَةَ لَيَ‍‍ج‍‍ْمَعَ‍‍ن‍ّ‍‍َكُمْ إِلَى يَوْمِ ا‍لْقِيَامَةِ لاَ رَيْبَ ف‍‍ِ‍ي‍هِ ا‍لَّذ‍ِي‍نَ خَسِرُو‍ا‍ أَن‍فُسَهُمْ فَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Wa Lahu Mā Sakana Fī Al-Layli Wa An-Nahāri Wa Huwa As-Samī`u Al-`Alīmu 006-013 ރެއާއި ދުވާލުގެތެރޭ އުޅޭހައި ތަކެތި، މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلَهُ مَا سَكَنَ فِي ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَهُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Qul 'Aghayra Al-Lahi 'Attakhidhu Walīyāan Fāţiri As-Samāwāti Wa Al-'Arđi Wa Huwa Yuţ`imu Wa Lā Yuţ`amu Qul 'Innī 'Umirtu 'An 'Akūna 'Awwala Man 'Aslama Wa Lā Takūnanna Mina Al-Mushrikīna 006-014 ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ مثال އެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ رزق ދެއްވަނީ އެކަލާނގެއެވެ. رزق ލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! إسلام ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދިހަމަކަށަވަރުން، شريك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! قُلْ أَغَيْرَ ا‍للَّهِ أَتَّخِذُ وَلِيّا‍ً فَاطِرِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَهُوَ يُ‍‍ط‍‍ْعِمُ وَلاَ يُ‍‍ط‍‍ْعَمُ قُلْ إِ‍نّ‍‍ِ‍‍ي‍ أُمِرْتُ أَنْ أَك‍‍ُ‍و‍نَ أَوَّلَ مَنْ أَسْلَمَ وَلاَ تَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Qul 'Innī 'Akhāfu 'In `Aşaytu Rabbī `Adhāba Yawmin `Ažīmin 006-015 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ. قُلْ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ إِنْ عَصَيْتُ رَبِّي عَذ‍َا‍بَ يَوْمٍ عَظ‍‍ِ‍ي‍م‍‍‍ٍ
Man Yuşraf `Anhu Yawma'idhin Faqad Raĥimahu Wa Dhalika Al-Fawzu Al-Mubīnu 006-016 އެދުވަހުން، އެމީހެއްގެ ކިބައިން އެ عذاب ދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ نصيب ލިބުމަކީ އެއީއެވެ. مَ‍‍ن‍ْ يُصْرَفْ عَنْهُ يَوْمَئِذ‍ٍ فَقَ‍‍د‍ْ رَحِمَهُ وَذَلِكَ ا‍لْفَوْزُ ا‍لْمُب‍‍ِ‍ي‍نُ
Wa 'In Yamsaska Al-Lahu Biđurrin Falā Kāshifa Lahu 'Illā Huwa Wa 'In Yamsaska Bikhayrin Fahuwa `Alá Kulli Shay'in Qadīrun 006-017 އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَإِ‍ن‍ْ يَمْسَسْكَ ا‍للَّهُ بِضُرّ‍ٍ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِ‍ن‍ْ يَمْسَسْكَ بِخَيْر‍ٍ فَهُوَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa Huwa Al-Qāhiru Fawqa `Ibādihi Wa Huwa Al-Ĥakīmu Al-Khabīru 006-018 އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. وَهُوَ ا‍لْقَاهِ‍‍ر‍ُ فَوْقَ عِبَادِهِ وَهُوَ ا‍لْحَك‍‍ِ‍ي‍مُ ا‍لْخَب‍‍ِ‍ي‍‍ر‍ُ
Qul 'Ayyu Shay'in 'Akbaru Shahādatan Quli Al-Lahu Shahīdun Baynī Wa Baynakum Wa 'Ūĥiya 'Ilayya Hādhā Al-Qur'ānu Li'ndhirakum Bihi Wa Man Balagha 'A'innakum Latash/hadūna 'Anna Ma`a Al-Lahi 'Ālihatan 'Ukhrá Qul Lā 'Ash/hadu Qul 'Innamā Huwa 'Ilahun Wāĥidun Wa 'Innanī Barī'un Mimmā Tushrikūna 006-019 ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އާއެކުގައި އެހެން إله ންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريك ކުރާ ތަކެތިން ބަރީއަވެގެންނެވެ. قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَة‍‍‍ً قُلِ ا‍للَّهُ شَه‍‍ِ‍ي‍د‍ٌ بَيْنِي وَبَيْنَكُمْ وَأ‍ُ‍وحِيَ إِلَيَّ هَذَا ا‍لْقُرْآنُ لِأن‍ذِرَكُ‍‍م‍ْ بِهِ وَمَ‍‍ن‍ْ بَلَغَ أَئِ‍‍ن‍ّ‍‍َكُمْ لَتَشْهَد‍ُو‍نَ أَ‍نّ‍‍َ مَعَ ا‍للَّهِ آلِهَةً أُخْرَى قُ‍‍ل‍ْ لاَ أَشْهَدُ قُلْ إِ‍نّ‍‍َمَا هُوَ إِلَه‍‍‍ٌ وَا‍حِد‍ٌ وَإِ‍نّ‍‍َنِي بَ‍‍ر‍‍ِي‍ء‍ٌ مِ‍‍م‍ّ‍‍َا تُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Al-Ladhīna 'Ātaynāhumu Al-Kitāba Ya`rifūnahu Kamā Ya`rifūna 'Abnā'ahumu Al-Ladhīna Khasirū 'Anfusahum Fahum Lā Yu'uminūna 006-020 ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަނެތެވެ. (އެބަހީ: توراة އާއި، إنجيل ގެ أهل ވެރިން، محمد ގެފާނަކީ رسول އަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ نفس ތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. ا‍لَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ يَعْ‍‍ر‍‍ِفُونَهُ كَمَا يَعْ‍‍ر‍‍ِف‍‍ُ‍و‍نَ أَ‍ب‍‍ْن‍‍َ‍ا‍ءَهُمُ ا‍لَّذ‍ِي‍نَ خَسِرُو‍ا‍ أَن‍فُسَهُمْ فَهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Wa Man 'Ažlamu Mimmani Aftará `Alá Al-Lahi Kadhibāan 'Aw Kadhdhaba Bi'āyātihi 'Innahu Lā Yufliĥu Až-Žālimūna 006-021 اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ آية ތައްދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ كَذِباً أَوْ كَذَّبَ بِآيَاتِهِ إِ‍نّ‍‍َهُ لاَ يُفْلِحُ ا‍لظَّالِم‍‍ُ‍و‍نَ
Wa Yawma Naĥshuruhum Jamī`āan Thumma Naqūlu Lilladhīna 'Ashrakū 'Ayna Shurakā'uukumu Al-Ladhīna Kuntum Taz`umūna 006-022 ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، شريك ކުޅަ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން شريك ން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ وَيَوْمَ نَحْشُرُهُمْ جَمِيعا‍ً ثُ‍‍م‍ّ‍‍َ نَق‍‍ُ‍و‍لُ لِلَّذ‍ِي‍نَ أَشْرَكُ‍‍و‍‍ا‍ أَيْنَ شُرَك‍‍َ‍ا‍ؤُكُمُ ا‍لَّذ‍ِي‍نَ كُ‍‍ن‍تُمْ تَزْعُم‍‍ُ‍و‍نَ
Thumma Lam Takun Fitnatuhum 'Illā 'An Qālū Wa Al-Lahi Rabbinā Mā Kunnā Mushrikīna 006-023 ދެން ތިމަންމެންގެ ވެރި اللَّه ގަންދީ ބުނަމުއޭ، شريك ކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ. ثُ‍‍م‍ّ‍‍َ لَمْ تَكُ‍‍ن‍ْ فِتْنَتُهُمْ إِلاَّ أَ‍ن‍ْ قَالُو‍‍ا‍ وَا‍للَّهِ رَبِّنَا مَا كُ‍‍ن‍ّ‍‍َا مُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Anžur Kayfa Kadhabū `Alá 'Anfusihim Wa Đalla `Anhum Mā Kānū Yaftarūna 006-024 އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ! ا‍ن‍ظُرْ كَيْفَ كَذَبُو‍‍ا‍ عَلَى أَن‍فُسِهِمْ وَضَلَّ عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَفْتَر‍ُو‍نَ
Wa Minhum Man Yastami`u 'Ilayka Wa Ja`alnā `Alá Qulūbihim 'Akinnatan 'An Yafqahūhu Wa Fī 'Ādhānihim Waqrāan Wa 'In Yaraw Kulla 'Āyatin Lā Yu'uminū Bihā Ĥattá 'Idhā Jā'ūka Yujādilūnaka Yaqūlu Al-Ladhīna Kafarū 'In Hādhā 'Illā 'Asāţīru Al-'Awwalīna 006-025 އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ آية އެއް ފެނުނަސް، އެއުރެން އެއަކަށް إيمان އެއް ނުވެތެވެ.އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ جدل ކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު كافر ވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ. وَمِنْهُ‍‍م‍ْ مَ‍‍ن‍ْ يَسْتَمِعُ إِلَيْكَ وَجَعَلْنَا عَلَى قُلُوبِهِمْ أَكِ‍‍ن‍ّ‍‍َةً أَ‍ن‍ْ يَفْقَه‍‍ُ‍و‍هُ وَفِ‍‍ي آذَانِهِمْ وَق‍‍ْرا‍ً وَإِ‍ن‍ْ يَرَوْا كُلَّ آيَة‍‍‍ٍ لاَ يُؤْمِنُو‍‍ا‍ بِهَا حَتَّى إِذَا ج‍‍َ‍ا‍ء‍ُو‍كَ يُجَادِلُونَكَ يَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِنْ هَذَا إِلاَّ أَسَاط‍‍ِ‍ي‍‍ر‍ُ ا‍لأَوَّل‍‍ِ‍ي‍نَ
Wa Hum Yanhawna `Anhu Wa Yan'awna `Anhu Wa 'In Yuhlikūna 'Illā 'Anfusahum Wa Mā Yash`urūna 006-026 އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ نفس ތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ. وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ وَإِ‍ن‍ْ يُهْلِك‍‍ُ‍و‍نَ إِلاَّ أَن‍فُسَهُمْ وَمَا يَشْعُر‍ُو‍نَ
Wa Law Tará 'Idh Wuqifū `Alá An-Nāri Faqālū Yā Laytanā Nuraddu Wa Lā Nukadhdhiba Bi'āyāti Rabbinā Wa Nakūna Mina Al-Mu'uminīna 006-027 އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ. وَلَوْ تَرَى إِذْ وُقِفُو‍‍ا‍ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ فَقَالُو‍‍ا‍ يَا لَيْتَنَا نُرَدُّ وَلاَ نُكَذِّبَ بِآي‍‍َ‍ا‍تِ رَبِّنَا وَنَك‍‍ُ‍و‍نَ مِنَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Bal Badā Lahum Mā Kānū Yukhfūna Min Qablu Wa Law Ruddū La`ādū Limā Nuhū `Anhu Wa 'Innahum Lakādhibūna 006-028 އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ. بَلْ بَدَا لَهُ‍‍م‍ْ مَا كَانُو‍‍ا‍ يُخْف‍‍ُ‍و‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَلَوْ رُدُّوا‍ لَعَادُوا‍ لِمَا نُهُو‍‍ا‍ عَنْهُ وَإِ‍نّ‍‍َهُمْ لَكَاذِب‍‍ُ‍و‍نَ
Wa Qālū 'In Hiya 'Illā Ĥayātunā Ad-Dunyā Wa Mā Naĥnu Bimabthīna 006-029 އަދިއެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. وَقَالُ‍‍و‍‍ا‍ إِنْ هِيَ إِلاَّ حَيَاتُنَا ا‍لدُّ‍‍ن‍‍ْيَا وَمَا نَحْنُ بِمَ‍‍ب‍‍ْعُوث‍‍ِ‍ي‍نَ
Wa Law Tará 'Idh Wuqifū `Alá Rabbihim Qāla 'Alaysa Hādhā Bil-Ĥaqqi Qālū Balá Wa Rabbinā Qāla Fadhūqū Al-`Adhāba Bimā Kuntum Takfurūna 006-030 އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. (އެހިނދު) އެކަލާނގެ وحى ކުރައްވާނެތެވެ. މިއީ ތެދު حقيقة ކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. ނޫނެކެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! وَلَوْ تَرَى إِذْ وُقِفُو‍‍ا‍ عَلَى رَبِّهِمْ ق‍‍َ‍ا‍لَ أَلَيْسَ هَذَا بِ‍‍ا‍لْحَقِّ قَالُو‍‍ا‍ بَلَى وَرَبِّنَا ق‍‍َ‍ا‍لَ فَذُوقُو‍‍ا‍ ا‍لْعَذ‍َا‍بَ بِمَا كُ‍‍ن‍تُمْ تَكْفُر‍ُو‍نَ
Qad Khasira Al-Ladhīna Kadhdhabū Biliqā'i Al-Lahi Ĥattá 'Idhā Jā'at/humu As-Sā`atu Baghtatan Qālū Yā Ĥasratanā `Alá Mā Farraţnā Fīhā Wa Hum Yaĥmilūna 'Awzārahum `Alá Žuhūrihim 'Alā Sā'a Mā Yazirūna 006-031 اللَّه އާ ބައްދަލުވާނެ ކަމާމެދު إنكار ކޮށް، ދޮގުކުޅަ މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. قيامة ގެ ވަގުތު ކުއްލިއަކަށް އެއުރެންގެ ގާތަށް އަންނަހިނދު އެއުރެން ބުނާނެތެވެ. އަހުރެމެން އެދުވަހާމެދު ކުޅަ إهمال ގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއުރެން އެހިނދު ތިބޭނީ އެއުރެންގެ ފާފަތައް އެއުރެންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ. قَ‍‍د‍ْ خَسِ‍‍ر‍َ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِلِق‍‍َ‍ا‍ءِ ا‍للَّهِ حَتَّى إِذَا ج‍‍َ‍ا‍ءَتْهُمُ ا‍لسَّاعَةُ بَغْتَة‍‍‍ً قَالُو‍‍ا‍ يَا حَسْرَتَنَا عَلَى مَا فَرَّ‍‍ط‍‍ْنَا فِيهَا وَهُمْ يَحْمِل‍‍ُ‍و‍نَ أَوْزَارَهُمْ عَلَى ظُهُو‍ر‍‍ِهِمْ أَلاَ س‍‍َ‍ا‍ءَ مَا يَزِر‍ُو‍نَ
Wa Mā Al-Ĥayāatu Ad-Dunyā 'Illā La`ibun Wa Lahwun Wa Lalddāru Al-'Ākhiratu Khayrun Lilladhīna Yattaqūna 'Afalā Ta`qilūna 006-032 ދުނިޔޭގެދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ وَمَا ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَ‍‍ا إِلاَّ لَعِب‍‍‍ٌ وَلَهْو‍ٌ وَلَلدّ‍َا‍رُ ا‍لآخِرَةُ خَيْر‍ٌ لِلَّذ‍ِي‍نَ يَتَّق‍‍ُ‍و‍نَ أَفَلاَ تَعْقِل‍‍ُ‍و‍نَ
Qad Na`lamu 'Innahu Layaĥzunuka Al-Ladhī Yaqūlūna Fa'innahum Lā Yukadhdhibūnaka Wa Lakinna Až-Žālimīna Bi'āyāti Al-Lahi Yajĥadūna 006-033 އެއުރެން (އެބަހީ: كافر ން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ اللَّه ގެ آية ތަކާމެދުގައެވެ. قَ‍‍د‍ْ نَعْلَمُ إِ‍نّ‍‍َهُ لَيَحْزُنُكَ ا‍لَّذِي يَقُول‍‍ُ‍و‍نَ فَإِ‍نّ‍‍َهُمْ لاَ يُكَذِّبُونَكَ وَلَكِ‍‍ن‍ّ‍‍َ ا‍لظَّالِم‍‍ِ‍ي‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ يَ‍‍ج‍‍ْحَد‍ُو‍نَ
Wa Laqad Kudhdhibat Rusulun Min Qablika Faşabarū `Alá Mā Kudhdhibū Wa 'Ūdhū Ĥattá 'Atāhum Naşrunā Wa Lā Mubaddila Likalimāti Al-Lahi Wa Laqad Jā'aka Min Naba'i Al-Mursalīna 006-034 ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسول ންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ رسول ން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ نصر ވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި اللَّه ގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ رسول ންނަށް نصر ދެއްވާނެކަމަށް ކުރައްވާފައިވާ وعد ގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ رسول ންގެ خبر ތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ. وَلَقَ‍‍د‍ْ كُذِّبَتْ رُسُل‍‍‍ٌ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَصَبَرُوا‍ عَلَى مَا كُذِّبُو‍‍ا‍ وَأ‍ُ‍وذُوا‍ حَتَّى أَتَاهُمْ نَصْرُنَا وَلاَ مُبَدِّلَ لِكَلِم‍‍َ‍ا‍تِ ا‍للَّهِ وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَكَ مِ‍‍ن‍ْ نَبَإِ ا‍لْمُرْسَل‍‍ِ‍ي‍نَ
Wa 'In Kāna Kabura `Alayka 'I`rāđuhum Fa'ini Astaţa`ta 'An Tabtaghiya Nafaqāan Al-'Arđi 'Aw Sullamāan As-Samā'i Fata'tiyahum Bi'āyatin Wa Law Shā'a Al-Lahu Lajama`ahum `Alá Al-Hudá Falā Takūnanna Mina Al-Jāhilīna 006-035 އެއުރެން އެނބުރިފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެއުރެންނަށް معجزة އެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ اللَّه ގެ حكم ފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) اللَّه އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެއުރެން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! وَإِ‍ن‍ْ ك‍‍َ‍ا‍نَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ا‍سْتَطَعْتَ أَ‍ن‍ْ تَ‍‍ب‍‍ْتَغِيَ نَفَقا‍ً فِي ا‍لأَرْضِ أَوْ سُلَّما‍ً فِي ا‍لسَّم‍‍َ‍ا‍ءِ فَتَأْتِيَهُ‍‍م‍ْ بِآيَة‍‍‍ٍ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ لَجَمَعَهُمْ عَلَى ا‍لْهُدَى فَلاَ تَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْجَاهِل‍‍ِ‍ي‍نَ
'Innamā Yastajību Al-Ladhīna Yasma`ūna Wa Al-Mawtá Yab`athuhumu Al-Lahu Thumma 'Ilayhi Yurja`ūna 006-036 ހަމަކަށަވަރުން (ކަލޭގެފާނުންގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި اللَّه، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. إِ‍نّ‍‍َمَا يَسْتَج‍‍ِ‍ي‍بُ ا‍لَّذ‍ِي‍نَ يَسْمَع‍‍ُ‍و‍نَ وَا‍لْمَوْتَى يَ‍‍ب‍‍ْعَثُهُمُ ا‍للَّهُ ثُ‍‍م‍ّ‍‍َ إِلَيْهِ يُرْجَع‍‍ُ‍و‍نَ
Wa Qālū Lawlā Nuzzila `Alayhi 'Āyatun Min Rabbihi Qul 'Inna Al-Laha Qādirun `Alá 'An Yunazzila 'Āyatan Wa Lakinna 'Aktharahum Lā Ya`lamūna 006-037 އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، معجزة އެއް ބާވައިލެއްވުމަށްވެސް اللَّه ކުޅަދުންވަންތައެވެ.އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَقَالُو‍‍ا‍ لَوْلاَ نُزِّلَ عَلَيْهِ آيَة‍‍‍ٌ مِ‍‍ن‍ْ رَبِّهِ قُلْ إِ‍نّ‍‍َ ا‍للَّهَ قَادِرٌ عَلَى أَ‍ن‍ْ يُنَزِّلَ آيَة‍‍‍ً وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Mā Min Dābbatin Al-'Arđi Wa Lā Ţā'irin Yaţīru Bijanāĥayhi 'Illā 'Umamun 'Amthālukum Mā Farraţnā Fī Al-Kitābi Min Shay'in Thumma 'Ilá Rabbihim Yuĥsharūna 006-038 ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ. وَمَا مِ‍‍ن‍ْ دَا‍بَّة‍‍‍ٍ فِي ا‍لأَرْضِ وَلاَ ط‍‍َ‍ا‍ئِر‍ٍ يَط‍‍ِ‍ي‍‍ر‍ُ بِجَنَاحَيْهِ إِلاَّ أُمَمٌ أَمْثَالُكُ‍‍م‍ْ مَا فَرَّ‍‍ط‍‍ْنَا فِي ا‍لْكِت‍‍َ‍ا‍بِ مِ‍‍ن‍ْ شَيْء‍ٍ ثُ‍‍م‍ّ‍‍َ إِلَى رَبِّهِمْ يُحْشَر‍ُو‍نَ
Wa Al-Ladhīna Kadhdhabū Bi'āyātinā Şummun Wa Bukmun Až-Žulumāti Man Yasha'i Al-Lahu Yuđlilhu Wa Man Yasha' Yaj`alhu `Alá Şirāţin Mustaqīmin 006-039 ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކުކަމުގައެވެ. اللَّه އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ. وَالَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا صُ‍‍م‍ّ‍‍‍ٌ وَبُكْم‍‍‍ٌ فِي ا‍لظُّلُم‍‍َ‍ا‍تِ مَ‍‍ن‍ْ يَشَإِ ا‍للَّهُ يُضْلِلْهُ وَمَ‍‍ن‍ْ يَشَأْ يَ‍‍ج‍‍ْعَلْهُ عَلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Qul 'Ara'aytakum 'In 'Atākum `Adhābu Al-Lahi 'Aw 'Atatkumu As-Sā`atu 'Aghayra Al-Lahi Tad`ūna 'In Kuntum Şādiqīna 006-040 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމަ، ނިކަން ތިޔަބައިމީހުން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް اللَّه ގެ عذاب އަތުވެއްޖެނަމަ، ނުވަތަ قيامة ގެ ވަގުތު ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، اللَّه ނޫންފަރާތަކަށް ތިޔަބައިމީހުން دعاء ކުރާނެހެއްޔެވެ؟ قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذ‍َا‍بُ ا‍للَّهِ أَوْ أَتَتْكُمُ ا‍لسَّاعَةُ أَغَيْرَ ا‍للَّهِ تَ‍‍د‍‍ْع‍‍ُ‍و‍نَ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Bal 'Īyāhu Tad`ūna Fayakshifu Mā Tad`ūna 'Ilayhi 'In Shā'a Wa Tansawna Mā Tushrikūna 006-041 އަދި ކިއެއްތަ! ތިޔަބައިމީހުން دعاء ކުރާނީ ހަމައެކަނިއެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން دعاء ކޮށް (ފިއްލެވުންއެދި) ދެންނެވިކަމެއް އެކަލާނގެ އިރާދަކުރައްވައިފިނަމަ، ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަ ފަރާތްތައް ތިޔަބައިމީހުން ހަނދާން ނައްތައިލާނޫއެވެ. بَلْ إِيّ‍‍َ‍ا‍هُ تَ‍‍د‍‍ْع‍‍ُ‍و‍نَ فَيَكْشِفُ مَا تَ‍‍د‍‍ْع‍‍ُ‍و‍نَ إِلَيْهِ إِ‍ن‍ْ ش‍‍َ‍ا‍ءَ وَتَ‍‍ن‍سَوْنَ مَا تُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Wa Laqad 'Arsalnā 'Ilá 'Umamin Min Qablika Fa'akhadhnāhum Bil-Ba'sā'i Wa Ađ-Đarrā'i La`allahum Yatađarra`ūna 006-042 ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން (އެއުރެން كافر ވީހިނދު) ތަދުމަޑުކަމާއި ބަލިމަޑުކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖެއްސެވީމެވެ. (އެއީ) އެއުރެން ކިޔަމަންވެ މަޑުމޮޅިވުމަށްޓަކައެވެ. وَلَقَ‍‍د‍ْ أَرْسَلْنَ‍‍ا إِلَى أُمَم‍‍‍ٍ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ فَأَخَذْنَاهُ‍‍م‍ْ بِ‍‍ا‍لْبَأْس‍‍َ‍ا‍ءِ وَا‍لضَّرّ‍َا‍ءِ لَعَلَّهُمْ يَتَضَرَّع‍‍ُ‍و‍نَ
Falawlā 'Idh Jā'ahum Ba'sunā Tađarra`ū Wa Lakin Qasat Qulūbuhum Wa Zayyana Lahumu Ash-Shayţānu Mā Kānū Ya`malūn 006-043 ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް شيطان އާ ޒީނަތްތެރިކޮށް ދެއްކިއެވެ. فَلَوْلاَ إِذْ ج‍‍َ‍ا‍ءَهُ‍‍م‍ْ بَأْسُنَا تَضَرَّعُو‍‍ا‍ وَلَكِ‍‍ن‍ْ قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ا‍لشَّيْط‍‍َ‍ا‍نُ مَا كَانُو‍‍ا‍ يَعْمَلُون
Falammā Nasū Mā Dhukkirū Bihi Fataĥnā `Alayhim 'Abwāba Kulli Shay'in Ĥattá 'Idhā Fariĥū Bimā 'Ūtū 'Akhadhnāhum Baghtatan Fa'idhā Hum Mublisūna 006-044 ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވިކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ. فَلَ‍‍م‍ّ‍‍َا نَسُو‍‍ا‍ مَا ذُكِّرُوا‍ بِهِ فَتَحْنَا عَلَيْهِمْ أَ‍ب‍‍ْو‍َا‍بَ كُلِّ شَيْءٍ حَتَّى إِذَا فَ‍‍ر‍‍ِحُو‍‍ا‍ بِمَ‍‍ا‍ أ‍ُ‍وتُ‍‍و‍‍ا‍ أَخَذْنَاهُ‍‍م‍ْ بَغْتَة‍‍‍ً فَإِذَا هُ‍‍م‍ْ مُ‍‍ب‍‍ْلِس‍‍ُ‍و‍نَ
Faquţi`a Dābiru Al-Qawmi Al-Ladhīna Žalamū Wa Al-Ĥamdu Lillahi Rabbi Al-`Ālamīna 006-045 ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. فَقُطِعَ دَابِ‍‍ر‍ُ ا‍لْقَوْمِ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ وَا‍لْحَمْدُ لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Qul 'Ara'aytum 'In 'Akhadha Al-Lahu Sam`akum Wa 'Abşārakum Wa Khatama `Alá Qulūbikum Man 'Ilahun Ghayru Al-Lahi Ya'tīkum Bihi Anžur Kayfa Nuşarrifu Al-'Āyāti Thumma Hum Yaşdifūna 006-046 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަގައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ اللَّه ފިޔަވައި ކޮން إله އަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ آية ތަކުން ދުރުހެލިވެގަނެތެވެ. قُلْ أَرَأَيْتُمْ إِنْ أَخَذَ ا‍للَّهُ سَمْعَكُمْ وَأَ‍ب‍‍ْصَارَكُمْ وَخَتَمَ عَلَى قُلُوبِكُ‍‍م‍ْ مَ‍‍ن‍ْ إِلَهٌ غَيْرُ ا‍للَّهِ يَأْتِيكُ‍‍م‍ْ بِهِ ا‍ن‍ظُرْ كَيْفَ نُصَرِّفُ ا‍لآي‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ هُمْ يَصْدِف‍‍ُ‍و‍نَ
Qul 'Ara'aytakum 'In 'Atākum `Adhābu Al-Lahi Baghtatan 'Aw Jahratan Hal Yuhlaku 'Illā Al-Qawmu Až-Žālimūna 006-047 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ގެ عذاب ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟ قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذ‍َا‍بُ ا‍للَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلاَّ ا‍لْقَوْمُ ا‍لظَّالِم‍‍ُ‍و‍نَ
Wa Mā Nursilu Al-Mursalīna 'Illā Mubashshirīna Wa Mundhirīna Faman 'Āmana Wa 'Aşlaĥa Falā Khawfun `Alayhim Wa Lā Hum Yaĥzanūna 006-048 އަދި އުފާވެރިކަމުގެ خبر ދެއްވާ، ބޭކަލުންކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. ފަހެ، إيمان ވެ إصلاح ކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. وَمَا نُرْسِلُ ا‍لْمُرْسَل‍‍ِ‍ي‍نَ إِلاَّ مُبَشِّ‍‍ر‍‍ِي‍نَ وَمُ‍‍ن‍ذِ‍ر‍‍ِي‍نَ فَمَ‍‍ن‍ْ آمَنَ وَأَصْلَحَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Wa Al-Ladhīna Kadhdhabū Bi'āyātinā Yamassuhumu Al-`Adhābu Bimā Kānū Yafsuqūna 006-049 ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ. وَالَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا يَمَسُّهُمُ ا‍لْعَذ‍َا‍بُ بِمَا كَانُو‍‍ا‍ يَفْسُق‍‍ُ‍و‍نَ
Qul Lā 'Aqūlu Lakum `InKhazā'inu Al-Lahi Wa Lā 'A`lamu Al-Ghayba Wa Lā 'Aqūlu Lakum 'Innī Malakun 'In 'Attabi`u 'Illā Mā Yūĥá 'Ilayya Qul Hal Yastawī Al-'A`má Wa Al-Başīru 'Afalā Tatafakkarūna 006-050 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި اللَّه ގެ خزانة ތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް غيب އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ ملائكة އެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން فكر ނުކުރަނީހެއްޔެވެެ؟ قُ‍‍ل‍ْ لاَ أَق‍‍ُ‍و‍لُ لَكُمْ عِ‍‍ن‍دِي خَز‍َا‍ئِنُ ا‍للَّهِ وَلاَ أَعْلَمُ ا‍لْغَيْبَ وَلاَ أَق‍‍ُ‍و‍لُ لَكُمْ إِ‍نّ‍‍ِي مَلَك‍‍‍ٌ إِنْ أَتَّبِعُ إِلاَّ مَا يُوحَى إِلَيَّ قُلْ هَلْ يَسْتَوِي ا‍لأَعْمَى وَا‍لْبَص‍‍ِ‍ي‍‍ر‍ُ أَفَلاَ تَتَفَكَّر‍ُو‍نَ
Wa 'Andhir Bihi Al-Ladhīna Yakhāfūna 'An Yuĥsharū 'Ilá Rabbihim Laysa Lahum Min Dūnihi Wa Līyun Wa Lā Shafī`un La`allahum Yattaqūna 006-051 އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ قرآن ންކަލޭގެފާނު إنذار ކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، شفاعة ތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން تقوى ވެރި ވުމަށްޓަކައެވެ. وَأَن‍ذِرْ بِهِ ا‍لَّذ‍ِي‍نَ يَخَاف‍‍ُ‍و‍نَ أَ‍ن‍ْ يُحْشَرُو‍ا‍ إِلَى رَبِّهِمْ لَيْسَ لَهُ‍‍م‍ْ مِ‍‍ن‍ْ دُونِهِ وَلِيّ‍‍‍ٌ وَلاَ شَف‍‍ِ‍ي‍ع‍‍‍ٌ لَعَلَّهُمْ يَتَّق‍‍ُ‍و‍نَ
Wa Lā Taţrudi Al-Ladhīna Yad`ūna Rabbahum Bil-Ghadāati Wa Al-`Ashīyi Yurīdūna Wajhahu Mā `Alayka Min Ĥisābihim Min Shay'in Wa Mā Min Ĥisābika `Alayhim Min Shay'in Fataţrudahum Fatakūna Mina Až-Žālimīna 006-052 އަދި އެއުރެން އެކަލާނގެ وجه ފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް دعاء ކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ. وَلاَ تَ‍‍ط‍‍ْرُدِ ا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ رَبَّهُ‍‍م‍ْ بِ‍‍ا‍لْغَد‍َا‍ةِ وَا‍لْعَشِيِّ يُ‍‍ر‍‍ِيد‍ُو‍نَ وَج‍‍ْهَهُ مَا عَلَيْكَ مِنْ حِسَابِهِ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ وَمَا مِنْ حِسَابِكَ عَلَيْهِ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ فَتَ‍‍ط‍‍ْرُدَهُمْ فَتَك‍‍ُ‍و‍نَ مِنَ ا‍لظَّالِم‍‍ِ‍ي‍نَ
Wa Kadhalika Fatannā Ba`đahum Biba`đin Liyaqūlū 'Ahā'uulā' Manna Al-Lahu `Alayhim Min Bayninā 'Alaysa Al-Lahu Bi'a`lama Bish-Shākirīna 006-053 އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحان ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން اللَّه نعمة ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. شكر ވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، اللَّه ކަމުގައިނުވޭ ހެއްޔެވެެ؟ وَكَذَلِكَ فَتَ‍‍ن‍ّ‍‍َا بَعْضَهُ‍‍م‍ْ بِبَعْض‍‍‍ٍ لِيَقُولُ‍‍و‍‍ا‍ أَه‍‍َ‍ا‍ؤُلاَء مَ‍‍ن‍ّ‍‍َ ا‍للَّهُ عَلَيْهِ‍‍م‍ْ مِ‍‍ن‍ْ بَيْنِنَ‍‍ا‍ أَلَيْسَ ا‍للَّهُ بِأَعْلَمَ بِ‍‍ا‍لشَّاكِ‍‍ر‍‍ِي‍نَ
Wa 'Idhā Jā'aka Al-Ladhīna Yu'uminūna Bi'āyātinā Faqul Salāmun `Alaykum Kataba Rabbukum `Alá Nafsihi Ar-Raĥmata 'Annahu Man `Amila Minkum Sū'āan Bijahālatin Thumma Tāba Min Ba`dihi Wa 'Aşlaĥa Fa'annahu Ghafūrun Raĥīmun 006-054 ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށްسلام ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازم ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. وَإِذَا ج‍‍َ‍ا‍ءَكَ ا‍لَّذ‍ِي‍نَ يُؤْمِن‍‍ُ‍و‍نَ بِآيَاتِنَا فَقُلْ سَلاَمٌ عَلَيْكُمْ كَتَبَ رَبُّكُمْ عَلَى نَفْسِهِ ا‍لرَّحْمَةَ أَ‍نّ‍‍َهُ مَنْ عَمِلَ مِ‍‍ن‍‍ْكُمْ س‍‍ُ‍و‍ءا‍ً بِجَهَالَة‍‍‍ٍ ثُ‍‍م‍ّ‍‍َ ت‍‍َ‍ا‍بَ مِ‍‍ن‍ْ بَعْدِهِ وَأَصْلَحَ فَأَ‍نّ‍‍َهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Kadhalika Nufaşşilu Al-'Āyāti Wa Litastabīna Sabīlu Al-Mujrimīna 006-055 ތިމަންރަސްކަލާނގެ آية ތައް بيان ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ. وَكَذَلِكَ نُفَصِّلُ ا‍لآي‍‍َ‍ا‍تِ وَلِتَسْتَب‍‍ِ‍ي‍نَ سَب‍‍ِ‍ي‍لُ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Qul 'Innī Nuhītu 'An 'A`buda Al-Ladhīna Tad`ūna Min Dūni Al-Lahi Qul Lā 'Attabi`u 'Ahwā'akum Qad Đalaltu 'Idhāan Wa Mā 'Anā Mina Al-Muhtadīna 006-056 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު تبع އެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ. قُلْ إِ‍نّ‍‍ِي نُه‍‍ِ‍ي‍تُ أَنْ أَعْبُدَ ا‍لَّذ‍ِي‍نَ تَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ قُ‍‍ل‍ْ لاَ أَتَّبِعُ أَهْو‍َا‍ءَكُمْ قَ‍‍د‍ْ ضَلَلْتُ إِذا‍ً وَمَ‍‍ا‍ أَنَا مِنَ ا‍لْمُهْتَد‍ِي‍نَ
Qul 'Innī `Alá Bayyinatin Min Rabbī Wa Kadhdhabtum Bihi Mā `Indī Mā Tasta`jilūna Bihi 'Ini Al-Ĥukmu 'Illā Lillahi Yaquşşu Al-Ĥaqqa Wa Huwa Khayru Al-Fāşilīna 006-057 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެމަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: اللَّه ގެ عذاب ފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. حكم ކުރެއްވުން اللَّه އަށް މެނުވީ ނުވެއެވެ. އެކަލާނގެ حق ބަސްފުޅު وحى ކުރައްވައެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. قُلْ إِ‍نّ‍‍ِي عَلَى بَيِّنَة‍‍‍ٍ مِ‍‍ن‍ْ رَبِّي وَكَذَّ‍‍ب‍‍ْتُ‍‍م‍ْ بِهِ مَا عِ‍‍ن‍دِي مَا تَسْتَعْجِل‍‍ُ‍و‍نَ بِهِ إِنِ ا‍لْحُكْمُ إِلاَّ لِلَّهِ يَقُصُّ ا‍لْحَقَّ وَهُوَ خَيْرُ ا‍لْفَاصِل‍‍ِ‍ي‍نَ
Qul Law 'Anna `Indī Mā Tasta`jilūna Bihi Laquđiya Al-'Amru Baynī Wa Baynakum Wa Allāhu 'A`lamu Biž-Žālimīna 006-058 ކަލޭގެފާނު ވިދާޅުވާށެވެ! އެކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވައި ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. قُ‍‍ل‍ْ لَوْ أَ‍نّ‍‍َ عِ‍‍ن‍دِي مَا تَسْتَعْجِل‍‍ُ‍و‍نَ بِهِ لَقُضِيَ ا‍لأَمْرُ بَيْنِي وَبَيْنَكُمْ وَا‍للَّهُ أَعْلَمُ بِ‍‍ا‍لظَّالِم‍‍ِ‍ي‍نَ
Wa `Indahu Mafātiĥu Al-Ghaybi Lā Ya`lamuhā 'Illā Huwa Wa Ya`lamu Mā Fī Al-Barri Wa Al-Baĥri Wa Mā Tasquţu Min Waraqatin 'Illā Ya`lamuhā Wa Lā Ĥabbatin Fī Žulumāti Al-'Arđi Wa Lā Raţbin Wa Lā Yā Bisin 'Illā Fī Kitābin Mubīnin 006-059 އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީނުވެތެވެ. وَعِ‍‍ن‍‍ْدَهُ مَفَاتِحُ ا‍لْغَيْبِ لاَ يَعْلَمُهَ‍‍ا إِلاَّ هُوَ وَيَعْلَمُ مَا فِي ا‍لْبَرِّ وَا‍لْبَحْ‍‍ر‍ِ وَمَا تَسْقُطُ مِ‍‍ن‍ْ وَرَقَة‍‍‍ٍ إِلاَّ يَعْلَمُهَا وَلاَ حَبَّة‍‍‍ٍ فِي ظُلُم‍‍َ‍ا‍تِ ا‍لأَرْضِ وَلاَ رَ‍ط‍‍ْب‍‍‍ٍ وَلاَ يَابِس‍‍‍ٍ إِلاَّ فِي كِت‍‍َ‍ا‍ب‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Wa Huwa Al-Ladhī Yatawaffākum Bil-Layli Wa Ya`lamu Mā Jaraĥtum Bin-Nahāri Thumma Yab`athukum Fīhi Liyuqđá 'Ajalun Musammáan Thumma 'Ilayhi Marji`ukum Thumma Yunabbi'ukum Bimā Kuntum Ta`malūna 006-060 އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާأجل ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، އެކަލާނގެ حضرة އަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. وَهُوَ ا‍لَّذِي يَتَوَفَّاكُ‍‍م‍ْ بِ‍‍ا‍للَّيْلِ وَيَعْلَمُ مَا جَرَحْتُ‍‍م‍ْ بِ‍‍ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ ثُ‍‍م‍ّ‍‍َ يَ‍‍ب‍‍ْعَثُكُمْ ف‍‍ِ‍ي‍هِ لِيُ‍‍ق‍‍ْضَى أَجَل‍‍‍ٌ مُسَ‍‍م‍ّ‍‍ى‍ً ثُ‍‍م‍ّ‍‍َ إِلَيْهِ مَرْجِعُكُمْ ثُ‍‍م‍ّ‍‍َ يُنَبِّئُكُ‍‍م‍ْ بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Wa Huwa Al-Qāhiru Fawqa `Ibādihi Wa Yursilu `Alaykum Ĥafažatan Ĥattá 'Idhā Jā'a 'Aĥadakumu Al-Mawtu Tawaffat/hu Rusulunā Wa Hum Lā Yufarrūna 006-061 އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكة ން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ ملائكة ން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ ملائكة ން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. وَهُوَ ا‍لْقَاهِ‍‍ر‍ُ فَوْقَ عِبَادِهِ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّى إِذَا ج‍‍َ‍ا‍ءَ أَحَدَكُمُ ا‍لْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لاَ يُفَرِّط‍‍ُ‍و‍نَ
Thumma Ruddū 'Ilá Al-Lahi Mawlāhumu Al-Ĥaqqi 'Alā Lahu Al-Ĥukmu Wa Huwa 'Asra`u Al-Ĥāsibīna 006-062 ދެން އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ!حكم ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حساب ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ. ثُ‍‍م‍ّ‍‍َ رُدُّو‍ا‍ إِلَى ا‍للَّهِ مَوْلاَهُمُ ا‍لْحَقِّ أَلاَ لَهُ ا‍لْحُكْمُ وَهُوَ أَسْرَعُ ا‍لْحَاسِب‍‍ِ‍ي‍نَ
Qul Man Yunajjīkum Min Žulumāti Al-Barri Wa Al-Baĥri Tad`ūnahu Tađarru`āan Wa Khufyatan La'in 'Anjānā Min Hadhihi Lanakūnanna Mina Ash-Shākirīna 006-063 ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް دعاء ކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މިކަމުން ސަލާމަތް ކުރައްވައިފިނަމަ، شكر ވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ. قُلْ مَ‍‍ن‍ْ يُنَجِّيكُ‍‍م‍ْ مِ‍‍ن‍ْ ظُلُم‍‍َ‍ا‍تِ ا‍لْبَرِّ وَا‍لْبَحْ‍‍ر‍ِ تَ‍‍د‍‍ْعُونَهُ تَضَرُّعا‍ً وَخُفْيَة‍‍‍ً لَئِنْ أَن‍جَانَا مِنْ هَذِهِ لَنَكُونَ‍‍ن‍ّ‍‍َ مِنَ ا‍لشَّاكِ‍‍ر‍‍ِي‍نَ
Quli Al-Lahu Yunajjīkum Minhā Wa Min Kulli Karbin Thumma 'Antum Tushrikūna 006-064 ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ اللَّه އެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން شريك ކުރަމުއެވެ. قُلِ ا‍للَّهُ يُنَجِّيكُ‍‍م‍ْ مِنْهَا وَمِ‍‍ن‍ْ كُلِّ كَرْب‍‍‍ٍ ثُ‍‍م‍ّ‍‍َ أَ‍ن‍‍ْتُمْ تُشْ‍‍ر‍‍ِك‍‍ُ‍و‍نَ
Qul Huwa Al-Qādiru `Alá 'An Yab`atha `Alaykum `Adhābāan Min Fawqikum 'Aw Min Taĥti 'Arjulikum 'Aw Yalbisakum Shiya`āan Wa Yudhīqa Ba`đakum Ba'sa Ba`đin Anžur Kayfa Nuşarrifu Al-'Āyāti La`allahum Yafqahūna 006-065 ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް عذاب އެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ. قُلْ هُوَ ا‍لْقَادِ‍ر‍ُ عَلَى أَ‍ن‍ْ يَ‍‍ب‍‍ْعَثَ عَلَيْكُمْ عَذَابا‍ً مِ‍‍ن‍ْ فَوْقِكُمْ أَوْ مِ‍‍ن‍ْ تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعا‍ً وَيُذ‍ِي‍قَ بَعْضَكُ‍‍م‍ْ بَأْسَ بَعْض‍‍‍ٍ ا‍ن‍ظُرْ كَيْفَ نُصَرِّفُ ا‍لآي‍‍َ‍ا‍تِ لَعَلَّهُمْ يَفْقَه‍‍ُ‍و‍نَ
Wa Kadhdhaba Bihi Qawmuka Wa Huwa Al-Ĥaqqu Qul Lastu `Alaykum Biwakīlin 006-066 އެއީ حق ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ قوم ގެމީހުން އެ قرآن ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ حوال ވެގެންހުރި وكيل އަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. وَكَذَّبَ بِهِ قَوْمُكَ وَهُوَ ا‍لْحَقُّ قُ‍‍ل‍ْ لَسْتُ عَلَيْكُ‍‍م‍ْ بِوَك‍‍ِ‍ي‍ل‍‍‍ٍ
Likulli Naba'iin Mustaqarrun Wa Sawfa Ta`lamūna 006-067 ކޮންމެ خبر އަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. لِكُلِّ نَبَإ‍ٍ مُسْتَقَرّ‍ٌ وَسَوْفَ تَعْلَم‍‍ُ‍و‍نَ
Wa 'Idhā Ra'ayta Al-Ladhīna Yakhūđūna Fī 'Āyātinā Fa'a`riđ `Anhum Ĥattá Yakhūđū Fī Ĥadīthin Ghayrihi Wa 'Immā Yunsiyannaka Ash-Shayţānu Falā Taq`ud Ba`da Adh-Dhikrá Ma`a Al-Qawmi Až-Žālimīna 006-068 ތިމަންރަސްކަލާނގެ آية ތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطان އާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ! وَإِذَا رَأَيْتَ ا‍لَّذ‍ِي‍نَ يَخُوض‍‍ُ‍و‍نَ فِ‍‍ي آيَاتِنَا فَأَعْ‍‍ر‍‍ِضْ عَنْهُمْ حَتَّى يَخُوضُو‍‍ا‍ فِي حَد‍ِي‍ثٍ غَيْ‍‍ر‍‍ِهِ وَإِ‍مّ‍‍َا يُ‍‍ن‍سِيَ‍‍ن‍ّ‍‍َكَ ا‍لشَّيْط‍‍َ‍ا‍نُ فَلاَ تَ‍‍ق‍‍ْعُ‍‍د‍ْ بَعْدَ ا‍لذِّكْرَى مَعَ ا‍لْقَوْمِ ا‍لظَّالِم‍‍ِ‍ي‍نَ
Wa Mā `Alá Al-Ladhīna Yattaqūna Min Ĥisābihim Min Shay'in Wa Lakin Dhikrá La`allahum Yattaqūna 006-069 އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް، تقوى ވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެއުރެން (އެފަދަ ވާހަކަތަކުން)ރައްކާތެރިވުމަށްޓަކައެވެ. وَمَا عَلَى ا‍لَّذ‍ِي‍نَ يَتَّق‍‍ُ‍و‍نَ مِنْ حِسَابِهِ‍‍م‍ْ مِ‍‍ن‍ْ شَيْء‍ٍ وَلَكِ‍‍ن‍ْ ذِكْرَى لَعَلَّهُمْ يَتَّق‍‍ُ‍و‍نَ
Wa Dhari Al-Ladhīna Attakhadhū Dīnahum La`ibāan Wa Lahwan Wa Gharrat/humu Al-Ĥayāatu Ad-Dunyā Wa Dhakkir Bihi 'An Tubsala Nafsun Bimā Kasabat Laysa Lahā Min Dūni Al-Lahi Wa Līyun Wa Lā Shafī`un Wa 'In Ta`dil Kulla `Adlin Lā Yu'ukhadh Minhā 'Ūlā'ika Al-Ladhīna 'Ubsilū Bimā Kasabū Lahum Sharābun Min Ĥamīmin Wa `Adhābun 'Alīmun Bimā Kānū Yakfurūna 006-070 އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު އެ قرآن ން ހަނދާންކޮށް ދެއްވާށެވެ! نفس އެއްކުޅަ عمل ތަކުގެ ސަބަބުން، އެ نفس އެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށްޓަކައެވެ. اللَّه ފިޔަވައި އެ نفس އަށް އެހީތެރިވާނޭ ފަރާތެއް ނުވެތެވެ. އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. އަދި ކޮންމެ فدية އަކުން އެ نفس އެއް فدية ދިނަސް، އެ فدية އެއް ނުހިއްޕަވާނެތެވެ. އެއުރެންނަކީ އެއުރެން ކުޅަ عمل ތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެއުރެންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި عذاب ހުށްޓެވެ. (އެއީ) އެއުރެން كافر ވެ އުޅުނުކަމަށްޓަކައެވެ. وَذَ‍ر‍ِ ا‍لَّذ‍ِي‍نَ ا‍تَّخَذُوا‍ دِينَهُمْ لَعِبا‍ً وَلَهْوا‍ً وَغَرَّتْهُمُ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا وَذَكِّرْ بِهِ أَ‍ن‍ْ تُ‍‍ب‍‍ْسَلَ نَفْس‍‍‍ٌ بِمَا كَسَبَتْ لَيْسَ لَهَا مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَلِيّ‍‍‍ٌ وَلاَ شَف‍‍ِ‍ي‍ع‍‍‍ٌ وَإِ‍ن‍ْ تَعْدِلْ كُلَّ عَ‍‍د‍‍ْل‍‍‍ٍ لاَ يُؤْخَذْ مِنْهَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ أُ‍ب‍‍ْسِلُو‍‍ا‍ بِمَا كَسَبُو‍‍ا‍ لَهُمْ شَر‍َا‍ب‍‍‍ٌ مِنْ حَم‍‍ِ‍ي‍م‍‍‍ٍ وَعَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ بِمَا كَانُو‍‍ا‍ يَكْفُر‍ُو‍نَ
Qul 'Anad`ū Min Dūni Al-Lahi Mā Lā Yanfa`unā Wa Lā Yađurrunā Wa Nuraddu `Alá 'A`qābinā Ba`da 'Idh Hadānā Al-Lahu Kālladhī Astahwat/hu Ash-Shayāţīnu Fī Al-'Arđi Ĥayrāna Lahu 'Aşĥābun Yad`ūnahu 'Ilá Al-Hudá A'tinā Qul 'Inna Hudá Al-Lahi Huwa Al-Hudá Wa 'Umirnā Linuslima Lirabbi Al-`Ālamīna 006-071 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން دعاء ކުރާނެހެއްޔެވެެ؟ އަދި اللَّه އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި (شرك ގެ ތެރެއަށް) ފަހަށްއެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި شيطان ންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، حيران ވެފައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، اللَّه ގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް أمر ކުރައްވާފައިވަނީ عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންވުމަށެވެ. قُلْ أَنَ‍‍د‍‍ْعُو مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ مَا لاَ يَ‍‍ن‍فَعُنَا وَلاَ يَضُرُّنَا وَنُرَدُّ عَلَى أَعْقَابِنَا بَعْدَ إِذْ هَدَانَا ا‍للَّهُ كَالَّذِي ا‍سْتَهْوَتْهُ ا‍لشَّيَاط‍‍ِ‍ي‍نُ فِي ا‍لأَرْضِ حَيْر‍َا‍نَ لَهُ أَصْح‍‍َ‍ا‍ب‍‍‍ٌ يَ‍‍د‍‍ْعُونَهُ إِلَى ا‍لْهُدَى ا‍ئْتِنَا قُلْ إِ‍نّ‍‍َ هُدَى ا‍للَّهِ هُوَ ا‍لْهُدَى وَأُمِرْنَا لِنُسْلِمَ لِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Wa 'An 'Aqīmū Aş-Şalāata Wa Attaqūhu Wa Huwa Al-Ladhī 'Ilayhi Tuĥsharūna 006-072 އަދި ނަމާދު قائم ކުރުމަށާއި، އެކަލާނގެއަށް تقوى ވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ. وَأَنْ أَقِيمُو‍‍ا‍ ا‍لصَّلاَةَ وَا‍تَّق‍‍ُ‍و‍هُ وَهُوَ ا‍لَّذِي إِلَيْهِ تُحْشَر‍ُو‍نَ
Wa Huwa Al-Ladhī Khalaqa As-Samāwāti Wa Al-'Arđa Bil-Ĥaqqi Wa Yawma Yaqūlu Kun Fayakūnu Qawluhu Al-Ĥaqqu Wa Lahu Al-Mulku Yawma Yunfakhu Fī Aş-Şūri `Ālimu Al-Ghaybi Wa Ash-Shahādati Wa Huwa Al-Ĥakīmu Al-Khabīr 006-073 އެކަލާނގެއީ، حق ގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، [ވާށޭ] وحى ކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ حق ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ. وَهُوَ ا‍لَّذِي خَلَقَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ بِ‍‍ا‍لْحَقِّ وَيَوْمَ يَق‍‍ُ‍و‍لُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ قَوْلُهُ ا‍لْحَقُّ وَلَهُ ا‍لْمُلْكُ يَوْمَ يُ‍‍ن‍فَخُ فِي ا‍لصّ‍‍ُ‍و‍ر‍ِ عَالِمُ ا‍لْغَيْبِ وَا‍لشَّهَادَةِ وَهُوَ ا‍لْحَك‍‍ِ‍ي‍مُ ا‍لْخَبِير
Wa 'Idh Qāla 'Ibrāhīmu Li'abīhi 'Āzara 'Atattakhidhu 'Aşnāmāan 'Ālihatan 'Innī 'Arāka Wa Qawmaka Fī Đalālin Mubīnin 006-074 إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަآزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ. وَإِذْ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ لِأَب‍‍ِ‍ي‍هِ آزَرَ أَتَتَّخِذُ أَصْنَاما‍ً آلِهَة‍‍‍ً إِ‍نّ‍‍ِ‍‍ي‍ أَر‍َا‍كَ وَقَوْمَكَ فِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
Wa Kadhalika Nurī 'Ibrāhīma Malakūta As-Samāwāti Wa Al-'Arđi Wa Liyakūna Mina Al-Mūqinīna 006-075 އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް އުޑުތަކާއި، ބިމުގެ ملكوتى ވެރިކަން ދެއްކެވީމެވެ. އެއީ يقين ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ. وَكَذَلِكَ نُ‍‍ر‍‍ِي إِ‍ب‍‍ْرَاه‍‍ِ‍ي‍مَ مَلَك‍‍ُ‍و‍تَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَلِيَك‍‍ُ‍و‍نَ مِنَ ا‍لْمُوقِن‍‍ِ‍ي‍نَ
Falammā Janna `Alayhi Al-Laylu Ra'á Kawkabāan Qāla Hādhā Rabbī Falammā 'Afala Qāla Lā 'Uĥibbu Al-'Āfilīna 006-076 ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ قوم އަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ. فَلَ‍‍م‍ّ‍‍َا جَ‍‍ن‍ّ‍‍َ عَلَيْهِ ا‍للَّيْلُ رَأَى كَوْكَبا‍ً ق‍‍َ‍ا‍لَ هَذَا رَبِّي فَلَ‍‍م‍ّ‍‍َ‍‍ا‍ أَفَلَ ق‍‍َ‍ا‍لَ لاَ أُحِبُّ ا‍لآفِل‍‍ِ‍ي‍نَ
Falammā Ra'á Al-Qamara Bāzighāan Qāla Hādhā Rabbī Falammā 'Afala Qāla La'in Lam Yahdinī Rabbī La'akūnanna Mina Al-Qawmi Ađ-Đāllīna 006-077 ދެންފަހެ، ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެ ހަނދު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ.އަހުރެންގެ ވެރިރަސްކަލާނގެ ތެދުމަގުގައި އަހުރެން ثابت ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ. فَلَ‍‍م‍ّ‍‍َا رَأَى ا‍لْقَمَرَ بَازِغا‍ً ق‍‍َ‍ا‍لَ هَذَا رَبِّي فَلَ‍‍م‍ّ‍‍َ‍‍ا‍ أَفَلَ ق‍‍َ‍ا‍لَ لَئِ‍‍ن‍ْ لَمْ يَهْدِنِي رَبِّي لَأَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْقَوْمِ ا‍لضّ‍‍َ‍ا‍لّ‍‍ِ‍ي‍نَ
Falammā Ra'á Ash-Shamsa Bāzighatan Qāla Hādhā Rabbī Hādhā 'Akbaru Falammā 'Afalat Qāla Yā Qawmi 'Innī Barī'un Mimmā Tushrikūna 006-078 ދެންފަހެ، އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. (ހަނދަށްވުރެން) މި، މާބޮޑެވެ. ދެންފަހެ، އެ އިރު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން شريك ކޮށް ތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން، އަހުރެން ބަރީއަވެގެންވަމެވެ. فَلَ‍‍م‍ّ‍‍َا رَأَى ا‍لشَّمْسَ بَازِغَة‍‍‍ً ق‍‍َ‍ا‍لَ هَذَا رَبِّي هَذَا أَكْبَرُ فَلَ‍‍م‍ّ‍‍َ‍‍ا‍ أَفَلَتْ ق‍‍َ‍ا‍لَ يَاقَوْمِ إِ‍نّ‍‍ِي بَ‍‍ر‍‍ِي‍ء‍ٌ مِ‍‍م‍ّ‍‍َا تُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Innī Wajjahtu Wajhiya Lilladhī Faţara As-Samāwāti Wa Al-'Arđa Ĥanīfāan Wa Mā 'Anā Mina Al-Mushrikīna 006-079 ހަމަކަށަވަރުން، (އަޅުކަންކުރުމުގެ قصد ގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، باطل ގޮތުން އެއްކިބާވެ، حق ގެ ފަރާތަށް ލެނބިހުރި حال ގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއަށެވެ. އަދި މިއަޅާ مشرك ންގެ ތެރެއަކުން ނުވަމެވެ. إِ‍نّ‍‍ِي وَجَّهْتُ وَج‍‍ْهِيَ لِلَّذِي فَطَرَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ حَنِيفا‍ً وَمَ‍‍ا‍ أَنَا مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Wa Ĥājjahu Qawmuhu Qāla 'Atuĥājjūnī Fī Al-Lahi Wa Qad Hadāni Wa Lā 'Akhāfu Mā Tushrikūna Bihi 'Illā 'An Yashā'a RabShay'āan Wasi`a Rabbī Kulla Shay'in `Ilmāan 'Afalā Tatadhakkarūna 006-080 އެކަލޭގެފާނުގެ قوم ގެމީހުން (ދީނާމެދު) އެކަލޭގެފާނާ جدل ކޮށް ހަދައިފޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައި ވަނިކޮށް،اللَّه އާމެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެެ؟ ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، ހަނދާންވެސް ނުކުރަނީ ހެއްޔެވެެ؟ وَح‍‍َ‍ا‍جَّهُ قَوْمُهُ ق‍‍َ‍ا‍لَ أَتُح‍‍َ‍ا‍جُّونِي فِي ا‍للَّهِ وَقَ‍‍د‍ْ هَد‍َا‍نِ وَلاَ أَخ‍‍َ‍ا‍فُ مَا تُشْ‍‍ر‍‍ِك‍‍ُ‍و‍نَ بِهِ إِلاَّ أَ‍ن‍ْ يَش‍‍َ‍ا‍ءَ رَبِّي شَيْئا‍ً وَسِعَ رَبِّي كُلَّ شَيْءٍ عِلْماً أَفَلاَ تَتَذَكَّر‍ُو‍نَ
Wa Kayfa 'Akhāfu Mā 'Ashraktum Wa Lā Takhāfūna 'Annakum 'Ashraktum Bil-Lahi Mā Lam Yunazzil Bihi `Alaykum Sulţānāan Fa'ayyu Al-Farīqayni 'Aĥaqqu Bil-'Amni 'In Kuntum Ta`lamūna 006-081 އަދި ތިޔަބައިމީހުން (اللَّه އަށް) شريك ކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް حجّة އެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން اللَّه އަށް شريك ކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުންކުރެ (عذاب ން ސަލާމަތްވެ) އަމާންކަން ލިބުން حق ކަންބޮޑީ، ކޮންބަޔެއްހެއްޔެވެެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!) وَكَيْفَ أَخ‍‍َ‍ا‍فُ مَ‍‍ا‍ أَشْرَكْتُمْ وَلاَ تَخَاف‍‍ُ‍و‍نَ أَ‍نّ‍‍َكُمْ أَشْرَكْتُ‍‍م‍ْ بِ‍‍ا‍للَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانا‍ً فَأَيُّ ا‍لْفَ‍‍ر‍‍ِيقَيْنِ أَحَقُّ بِ‍‍ا‍لأَمْنِ إِ‍ن‍ْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Al-Ladhīna 'Āmanū Wa Lam Yalbisū 'Īmānahum Bižulmin 'Ūlā'ika Lahumu Al-'Amnu Wa Hum Muhtadūna 006-082 އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ،އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ. ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَلَمْ يَلْبِسُ‍‍و‍‍ا‍ إِيمَانَهُ‍‍م‍ْ بِظُلْمٍ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمُ ا‍لأَمْنُ وَهُ‍‍م‍ْ مُهْتَد‍ُو‍نَ
Wa Tilka Ĥujjatunā 'Ātaynāhā 'Ibrāhīma `Alá Qawmihi Narfa`u Darajātin Man Nashā'u 'Inna Rabbaka Ĥakīmun `Alīmun 006-083 އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة ތައް، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قوم ގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَتِلْكَ حُجَّتُنَ‍‍ا آتَيْنَاهَ‍‍ا إِ‍ب‍‍ْرَاه‍‍ِ‍ي‍مَ عَلَى قَوْمِهِ نَرْفَعُ دَرَج‍‍َ‍ا‍ت‍‍‍ٍ مَ‍‍ن‍ْ نَش‍‍َ‍ا‍ءُ إِ‍نّ‍‍َ رَبَّكَ حَك‍‍ِ‍ي‍مٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Wahabnā Lahu 'Isĥāqa Wa Ya`qūba Kullāan Hadaynā Wa Nūĥāan Hadaynā Min Qablu Wa Min Dhurrīyatihi Dāwūda Wa Sulaymāna Wa 'Ayyūba Wa Yūsufa Wa Mūsá Wa Hārūna Wa Kadhalika Naj Al-Muĥsinīna 006-084 ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެެ. އަދި އޭގެކުރިން نوح ގެފާނަށް ތެދުމަގު ދެއްކެވީމެވެެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داود ގެފާނާއި، سليمان ގެފާނާއި، أيّوب ގެފާނާއި، يوسف ގެފާނާއި، موسى ގެފާނާއި، هارون ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. وَوَهَ‍‍ب‍‍ْنَا لَهُ إِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ كُلّاً هَدَيْنَا وَنُوحاً هَدَيْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَمِ‍‍ن‍ْ ذُرِّيَّتِهِ دَاو‍ُو‍دَ وَسُلَيْم‍‍َ‍ا‍نَ وَأَيّ‍‍ُ‍و‍بَ وَيُوسُفَ وَمُوسَى وَهَار‍ُو‍نَ وَكَذَلِكَ نَ‍‍ج‍‍ْزِي ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Zakarīyā Wa Yaĥyá Wa `Īsá Wa 'Ilyāsa Kullun Mina Aş-Şāliĥīna 006-085 އަދި زكريّا ގެފާނާއި، يحيى ގެފާނާއި، عيسى ގެފާނާއި، إلياس ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، صالح ންގެ ތެރެއިންނެވެ. وَزَكَ‍‍ر‍‍ِيَّا وَيَحْيَى وَعِيسَى وَإِلْي‍‍َ‍ا‍سَ كُلّ‍‍‍ٌ مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Wa 'Ismā`īla Wa Al-Yasa`a Wa Yūnus Wa Lūţāan Wa Kullāan Fađđalnā `Alá Al-`Ālamīna 006-086 އަދިإسماعيل ގެފާނާއި، اليسع ގެފާނާއި، يونس ގެފާނާއި، لوط ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالم ތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ. وَإِسْمَاع‍‍ِ‍ي‍لَ وَا‍لْيَسَعَ وَيُونُس وَلُوطا‍ً وَكُلاّ‍ً فَضَّلْنَا عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Wa Min 'Ābā'ihim Wa Dhurrīyātihim Wa 'Ikhwānihim Wa Ajtabaynāhum Wa Hadaynāhum 'Ilá Şirāţin Mustaqīmin 006-087 އަދި އެބޭކަލުންގެ ކާބަފައިކަލުންނާއި، އެބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެބޭކަލުންގެ إخوان ންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުން خيار ކުރައްވައި، އެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. وَمِ‍‍ن‍ْ آب‍‍َ‍ا‍ئِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ وَا‍ج‍‍ْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Dhālika Hudá Al-Lahi Yahdī Bihi Man Yashā'u Min `Ibādihi Wa Law 'Ashrakū Laĥabiţa `Anhum Mā Kānū Ya`malūna 006-088 އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (اللَّه އަށް) شريك ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި عمل ތައް باطل ވީހެވެ. ذَلِكَ هُدَى ا‍للَّهِ يَهْدِي بِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ وَلَوْ أَشْرَكُو‍‍ا‍ لَحَبِطَ عَنْهُ‍‍م‍ْ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
'Ūlā'ika Al-Ladhīna 'Ātaynāhumu Al-Kitāba Wa Al-Ĥukma Wa An-Nubūwata Fa'in Yakfur Bihā Hā'uulā' Faqad Wa Kkalnā Bihā Qawmāan Laysū Bihā Bikāfirīna 006-089 އެބޭކަލުންނަކީ، ތިމަންރަސްކަލާނގެ އެބޭކަލުންނަށް ފޮތާއި، حكمة އާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެކަންތަކަށް كافر ވާނަމަ، އެކަންތައްތަކަށް كافر ނުވާނެ ބަޔަކާ އެކަންތައް حوال ކުރައްވައިފާހުށީމެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحُكْمَ وَا‍ل‍‍ن‍ّ‍‍ُبُوَّةَ فَإِ‍ن‍ْ يَكْفُرْ بِهَا ه‍‍َ‍ا‍ؤُلاَء فَقَ‍‍د‍ْ وَكَّلْنَا بِهَا قَوْما‍ً لَيْسُو‍‍ا‍ بِهَا بِكَافِ‍‍ر‍‍ِي‍نَ
'Ūlā'ika Al-Ladhīna Hadá Al-Lahu Fabihudāhumu Aqtadihi Qul Lā 'As'alukum `Alayhi 'Ajrāan 'In Huwa 'Illā Dhikrá Lil`ālamīna 006-090 އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ!ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހުރެން ނޭދެމެވެ. އެ قرآن އަކީ، عالم ތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ هَدَى ا‍للَّهُ فَبِهُدَاهُمُ ا‍ق‍‍ْتَدِهِ قُ‍‍ل‍ْ لاَ أَسْأَلُكُمْ عَلَيْهِ أَ‍ج‍‍ْرا‍ً إِنْ هُوَ إِلاَّ ذِكْرَى لِلْعَالَم‍‍ِ‍ي‍نَ
Wa Mā Qadarū Al-Laha Ĥaqqa Qadrihi 'Idh Qālū Mā 'Anzala Al-Lahu `Alá Basharin Min Shay'in Qul Man 'Anzala Al-Kitāba Al-Ladhī Jā'a Bihi Mūsá Nūrāan Wa Hudáan Lilnnāsi Taj`alūnahu Qarāţīsa Tubdūnahā Wa Tukhfūna Kathīrāan Wa `Ullimtum Mā Lam Ta`lamū 'Antum Wa Lā 'Ābā'uukum Quli Al-Lahu Thumma DharhumKhawđihim Yal`abūna 006-091 اللّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި އެއުރެން (އެބަހީ: يهودى ން) އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، آدم ގެދަރިޔަކަށް اللَّه އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، هداية އެއް ކަމުގައި، موسى ގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (قرآن ން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) اللّه އެވެ. ދެން އެއުރެންގެ باطل ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ! وَمَا قَدَرُوا‍ ا‍للَّهَ حَقَّ قَ‍‍د‍‍ْ‍ر‍‍ِهِ إِذْ قَالُو‍‍ا‍ مَ‍‍ا‍ أَن‍زَلَ ا‍للَّهُ عَلَى بَشَر‍ٍ مِ‍‍ن‍ْ شَيْء‍ٍ قُلْ مَنْ أَن‍زَلَ ا‍لْكِت‍‍َ‍ا‍بَ ا‍لَّذِي ج‍‍َ‍ا‍ءَ بِهِ مُوسَى نُورا‍ً وَهُ‍‍دى‍ً لِل‍‍ن‍ّ‍‍َ‍ا‍سِ تَ‍‍ج‍‍ْعَلُونَهُ قَرَاط‍‍ِ‍ي‍سَ تُ‍‍ب‍‍ْدُونَهَا وَتُخْف‍‍ُ‍و‍نَ كَثِيرا‍ً وَعُلِّمْتُ‍‍م‍ْ مَا لَمْ تَعْلَمُ‍‍و‍‍ا‍ أَ‍ن‍‍ْتُمْ وَلاَ آب‍‍َ‍ا‍ؤُكُمْ قُلِ ا‍للَّهُ ثُ‍‍م‍ّ‍‍َ ذَرْهُمْ فِي خَوْضِهِمْ يَلْعَب‍‍ُ‍و‍نَ
Wa Hadhā Kitābun 'Anzalnāhu Mubārakun Muşaddiqu Al-Ladhī Bayna Yadayhi Wa Litundhira 'Umma Al-Qurá Wa Man Ĥawlahā Wa Al-Ladhīna Yu'uminūna Bil-'Ākhirati Yu'uminūna Bihi Wa Hum `Alá Şalātihim Yuĥāfižūna 006-092 މި قرآنއަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި آخرة ދުވަހަށް إيمان ވާ މީހުން އެ ފޮތަށް إيمان ވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ. وَهَذَا كِت‍‍َ‍ا‍بٌ أَن‍زَلْن‍‍َ‍ا‍هُ مُبَارَك‍‍‍ٌ مُصَدِّقُ ا‍لَّذِي بَيْنَ يَدَيْهِ وَلِتُ‍‍ن‍ذِ‍ر‍َ أُ‍مّ‍‍َ ا‍لْقُرَى وَمَنْ حَوْلَهَا وَا‍لَّذ‍ِي‍نَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ يُؤْمِن‍‍ُ‍و‍نَ بِهِ وَهُمْ عَلَى صَلاَتِهِمْ يُحَافِظ‍‍ُ‍و‍نَ
Wa Man 'Ažlamu Mimmani Aftará `Alá Al-Lahi Kadhibāan 'Aw Qāla 'Ūĥiya 'Ilayya Wa Lam Yūĥa 'Ilayhi Shay'un Wa Man Qāla Sa'unzilu Mithla Mā 'Anzala Al-Lahu Wa Law Tará 'Idhi Až-Žālimūna Fī Ghamarāti Al-Mawti Wa Al-Malā'ikatu Bāsiţū 'Aydīhim 'Akhrijū 'Anfusakumu Al-Yawma Tujzawna `Adhāba Al-Hūni Bimā Kuntum Taqūlūna `Alá Al-Lahi Ghayra Al-Ĥaqqi Wa Kuntum `An 'Āyātihi Tastakbirūna 006-093 اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް وحى ނުކުރައްވަނީސް، ތިމަންނާއަށް وحى ކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި اللّه ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. ملائكة ން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި عذاب ން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، اللّه އާމެދު ބުނެއުޅުނު حق ނޫން ބަސްތަކުގެސަބަބުންނާއި، އެކަލާނގެ آية ތަކަށް (إيمان ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ كَذِباً أَوْ ق‍‍َ‍ا‍لَ أ‍ُ‍وحِيَ إِلَيَّ وَلَمْ ي‍‍ُ‍و‍حَ إِلَيْهِ شَيْء‍ٌ وَمَ‍‍ن‍ْ ق‍‍َ‍ا‍لَ سَأُن‍زِلُ مِثْلَ مَ‍‍ا‍ أَن‍زَلَ ا‍للَّهُ وَلَوْ تَرَى إِذِ ا‍لظَّالِم‍‍ُ‍و‍نَ فِي غَمَر‍َا‍تِ ا‍لْمَوْتِ وَا‍لْمَلاَئِكَةُ بَاسِطُ‍‍و‍‍ا‍ أَيْدِيهِمْ أَخْ‍‍ر‍‍ِجُ‍‍و‍‍ا‍ أَن‍فُسَكُمُ ا‍لْيَوْمَ تُ‍‍ج‍‍ْزَوْنَ عَذ‍َا‍بَ ا‍لْه‍‍ُ‍و‍نِ بِمَا كُ‍‍ن‍تُمْ تَقُول‍‍ُ‍و‍نَ عَلَى ا‍للَّهِ غَيْرَ ا‍لْحَقِّ وَكُ‍‍ن‍تُمْ عَ‍‍ن‍ْ آيَاتِهِ تَسْتَكْبِر‍ُو‍نَ
Wa Laqad Ji'tumūnā Furādá Kamā Khalaqnākum 'Awwala Marratin Wa TaraktumKhawwalnākum Warā'a Žuhūrikum Wa Mā Nará Ma`akum Shufa`ā'akumu Al-Ladhīna Za`amtum 'Annahum Fīkum Shurakā'u Laqad Taqaţţa`a Baynakum Wa Đalla `Ankum Mā Kuntum Taz`umūna 006-094 އަދި (محشر އަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ شفاعة ތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި شريك ން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (شفاعة ތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ. وَلَقَ‍‍د‍ْ جِئْتُمُونَا فُرَادَى كَمَا خَلَ‍‍ق‍‍ْنَاكُمْ أَوَّلَ مَرَّة‍‍‍ٍ وَتَرَكْتُ‍‍م‍ْ مَا خَوَّلْنَاكُمْ وَر‍َا‍ءَ ظُهُو‍ر‍‍ِكُمْ وَمَا نَرَى مَعَكُمْ شُفَع‍‍َ‍ا‍ءَكُمُ ا‍لَّذ‍ِي‍نَ زَعَمْتُمْ أَ‍نّ‍‍َهُمْ فِيكُمْ شُرَك‍‍َ‍ا‍ءُ لَقَ‍‍د‍ْ تَقَطَّعَ بَيْنَكُمْ وَضَلَّ عَ‍‍ن‍كُ‍‍م‍ْ مَا كُ‍‍ن‍تُمْ تَزْعُم‍‍ُ‍و‍نَ
'Inna Al-Laha Fāliqu Al-Ĥabbi Wa An-Nawá Yukhriju Al-Ĥayya Mina Al-Mayyiti Wa Mukhriju Al-Mayyiti Mina Al-Ĥayyi Dhalikumu Al-Lahu Fa'anná Tu'ufakūna 006-095 ހަމަކަށަވަރުން، اللّه އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީاللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ إِ‍نّ‍‍َ ا‍للَّهَ فَالِقُ ا‍لْحَبِّ وَا‍ل‍‍ن‍ّ‍‍َوَى يُخْ‍‍ر‍‍ِجُ ا‍لْحَيَّ مِنَ ا‍لْمَيِّتِ وَمُخْ‍‍ر‍‍ِجُ ا‍لْمَيِّتِ مِنَ ا‍لْحَيِّ ذَلِكُمُ ا‍للَّهُ فَأَ‍نّ‍‍َى تُؤْفَك‍‍ُ‍و‍نَ
Fāliqu Al-'Işbāĥi Wa Ja`ala Al-Layla Sakanāan Wa Ash-Shamsa Wa Al-Qamara Ĥusbānāan Dhālika Taqdīru Al-`Azīzi Al-`Alīmi 006-096 އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ. فَالِقُ ا‍لإِصْب‍‍َ‍ا‍حِ وَجَعَلَ ا‍للَّيْلَ سَكَنا‍ً وَا‍لشَّمْسَ وَا‍لْقَمَرَ حُسْبَانا‍ً ذَلِكَ تَ‍‍ق‍‍ْد‍ِي‍‍ر‍ُ ا‍لْعَز‍ِي‍زِ ا‍لْعَل‍‍ِ‍ي‍مِ
Wa Huwa Al-Ladhī Ja`ala Lakumu An-Nujūma Litahtadū Bihā Fī Žulumāti Al-Barri Wa Al-Baĥri Qad Faşşalnā Al-'Āyāti Liqawmin Ya`lamūna 006-097 އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ. وَهُوَ ا‍لَّذِي جَعَلَ لَكُمُ ا‍ل‍‍ن‍ّ‍‍ُج‍‍ُ‍و‍مَ لِتَهْتَدُوا‍ بِهَا فِي ظُلُم‍‍َ‍ا‍تِ ا‍لْبَرِّ وَا‍لْبَحْ‍‍ر‍ِ قَ‍‍د‍ْ فَصَّلْنَا ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Wa Huwa Al-Ladhī 'Ansha'akum Min Nafsin Wāĥidatin Famustaqarrun Wa Mustawda`un Qad Faşşalnā Al-'Āyāti Liqawmin Yafqahūn 006-098 އަދި އެކަލާނގެއީ، އެންމެ نفس އަކުން (އެބަހީ: آدم ގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. ފަހެ، قرار ވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ ވިސްނާ ބަޔަކަށެވެ. وَهُوَ ا‍لَّذِي أَن‍شَأَكُ‍‍م‍ْ مِ‍‍ن‍ْ نَفْس‍‍‍ٍ وَا‍حِدَة‍‍‍ٍ فَمُسْتَقَرّ‍ٌ وَمُسْتَوْدَع‍‍‍ٌ قَ‍‍د‍ْ فَصَّلْنَا ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يَفْقَهُون
Wa Huwa Al-Ladhī 'Anzala Mina As-Samā'i Mā'an Fa'akhrajnā Bihi Nabāta Kulli Shay'in Fa'akhrajnā Minhu Khađirāan Nukhriju Minhu Ĥabbāan Mutarākibāan Wa Mina An-Nakhli Min Ţal`ihā Qinwānun Dāniyatun Wa Jannātin Min 'A`nābin Wa Az-Zaytūna Wa Ar-Rummāna Mushtabihāan Wa Ghayra Mutashābihin Anžurū 'Ilá Thamarihi 'Idhā 'Athmara Wa Yan`ihi 'Inna Fī Dhālikum La'āyātin Liqawmin Yu'uminūna 006-099 އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ حال ގައްޔާއި، އެއްވައްތަރު ވެގެންނުވާ حال ގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (عبرة ގެ نظر އަކުން) ބަލާށެވެ! ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ. وَهُوَ ا‍لَّذِي أَن‍زَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَأَخْرَ‍ج‍‍ْنَا بِهِ نَب‍‍َ‍ا‍تَ كُلِّ شَيْء‍ٍ فَأَخْرَ‍ج‍‍ْنَا مِنْهُ خَضِرا‍ً نُخْ‍‍ر‍‍ِجُ مِنْهُ حَبّا‍ً مُتَرَاكِبا‍ً وَمِنَ ا‍ل‍‍ن‍ّ‍‍َخْلِ مِ‍‍ن‍ْ طَلْعِهَا قِ‍‍ن‍‍ْو‍َا‍ن‍‍‍ٌ دَانِيَة‍‍‍ٌ وَجَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ مِنْ أَعْن‍‍َ‍ا‍ب‍‍‍ٍ وَا‍لزَّيْت‍‍ُ‍و‍نَ وَا‍لرُّ‍‍م‍ّ‍‍َ‍ا‍نَ مُشْتَبِها‍ً وَغَيْرَ مُتَشَابِه‍‍‍ٍ ا‍ن‍ظُرُو‍ا‍ إِلَى ثَمَ‍‍ر‍‍ِهِ إِذَا أَثْمَرَ وَيَنْعِهِ إِ‍نّ‍‍َ فِي ذَلِكُمْ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يُؤْمِن‍‍ُ‍و‍نَ
Wa Ja`alū Lillahi Shurakā'a Al-Jinna Wa Khalaqahum Wa Kharaqū Lahu Banīna Wa Banātin Bighayri `Ilmin Subĥānahu Wa Ta`ālá `Ammā Yaşifūna 006-100 ޖިންނީންނަކީ، اللَّه އަށްވާ شريك ންތަކެއްކަމުގައި ހަދައިގެން އެއުރެން އުޅުނޫވެ. އެ ޖިންނީންވެސް ހެއްދެވީ އެކަލާނގެއެވެ. އަދި އެއްވެސް އެނގުމަކާނުލައި، އެކަލާނގެއަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދައިގެން އެއުރެން އުޅުނޫއެވެ. އެއުރެން އެސިފަކުރާ ކަންތަކުން، އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ. وَجَعَلُو‍‍ا‍ لِلَّهِ شُرَك‍‍َ‍ا‍ءَ ا‍لْجِ‍‍ن‍ّ‍‍َ وَخَلَقَهُمْ وَخَرَقُو‍‍ا‍ لَهُ بَن‍‍ِ‍ي‍نَ وَبَن‍‍َ‍ا‍ت‍‍‍ٍ بِغَيْ‍‍ر‍ِ عِلْم‍‍‍ٍ سُ‍‍ب‍‍ْحَانَهُ وَتَعَالَى عَ‍‍م‍ّ‍‍َا يَصِف‍‍ُ‍و‍نَ
Badī`u As-Samāwāti Wa Al-'Arđi 'Anná Yakūnu Lahu Waladun Wa Lam Takun Lahu Şāĥibatun Wa Khalaqa Kulla Shay'in Wa Huwa Bikulli Shay'in `Alīmun 006-101 (އެކަލާނގެއީ) އިސްވެދިޔަمثال އެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. بَد‍ِي‍عُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لَهُ وَلَد‍ٌ وَلَمْ تَكُ‍‍ن‍ْ لَهُ صَاحِبَة‍‍‍ٌ وَخَلَقَ كُلَّ شَيْء‍ٍ وَهُوَ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Dhalikumu Al-Lahu Rabbukum Lā 'Ilāha 'Illā Huwa Khāliqu Kulli Shay'in Fā`budūhu Wa Huwa `Alá Kulli Shay'in Wa Kīlun 006-102 އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ. ذَلِكُمُ ا‍للَّهُ رَبُّكُمْ لاَ إِلَهَ إِلاَّ هُوَ خَالِقُ كُلِّ شَيْء‍ٍ فَاعْبُد‍ُو‍هُ وَهُوَ عَلَى كُلِّ شَيْء‍ٍ وَك‍‍ِ‍ي‍ل‍‍‍ٌ
Lā Tudrikuhu Al-'Abşāru Wa Huwa Yudriku Al-'Abşāra Wa Huwa Al-Laţīfu Al-Khabīr 006-103 އެކަލާނގެ ذات ފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. لاَ تُ‍‍د‍‍ْ‍ر‍‍ِكُهُ ا‍لأَ‍ب‍‍ْص‍‍َ‍ا‍رُ وَهُوَ يُ‍‍د‍‍ْ‍ر‍‍ِكُ ا‍لأَ‍ب‍‍ْص‍‍َ‍ا‍رَ وَهُوَ ا‍للَّط‍‍ِ‍ي‍فُ ا‍لْخَبِير
Qad Jā'akum Başā'iru Min Rabbikum Faman 'Abşara Falinafsihi Wa Man `Amiya Fa`alayhā Wa Mā 'Anā `Alaykum Biĥafīžin 006-104 (ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމައެމީހާގެ އަމިއްލަ نفس އަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. قَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ بَص‍‍َ‍ا‍ئِ‍‍ر‍ُ مِ‍‍ن‍ْ رَبِّكُمْ فَمَنْ أَ‍ب‍‍ْصَرَ فَلِنَفْسِهِ وَمَنْ عَمِيَ فَعَلَيْهَا وَمَ‍‍ا‍ أَنَا عَلَيْكُ‍‍م‍ْ بِحَف‍‍ِ‍ي‍ظ‍‍‍ٍ
Wa Kadhalika Nuşarrifu Al-'Āyāti Wa Liyaqūlū Darasta Wa Linubayyinahu Liqawmin Ya`lamūna 006-105 ހަމައެފަދައިން، ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަމެވެ. އެންމެފަހުން އެ كافر ވި މީހުން ބުނެތެވެ. ކަލޭގެފާނު (އެ آية ތައް އިހުގެ ފޮތްފޮތުން) ދަސްފުޅު ކުރެއްވީއެވެ. އަދި ތިމަންރަސްކަލާނގެ އެ آية ތައް (ބަޔާންކޮށްދެއްވަނީ) ދަންނާނޭ ބަޔަކަށް ހާމަކޮށްދެއްވުމަށެވެ. وَكَذَلِكَ نُصَرِّفُ ا‍لآي‍‍َ‍ا‍تِ وَلِيَقُولُو‍‍ا‍ دَرَسْتَ وَلِنُبَيِّنَهُ لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Attabi` Mā 'Ūĥiya 'Ilayka Min Rabbika Lā 'Ilāha 'Illā Huwa Wa 'A`riđ `Ani Al-Mushrikīna 006-106 ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް وحى ކުރެއްވި ތަކެއްޗަށް تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެމެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. އަދި ކަލޭގެފާނު مشرك ންނާ އެއްކިބާވެވަޑައި ގަންނަވާށެވެ! ا‍تَّبِعْ مَ‍‍ا‍ أ‍ُ‍وحِيَ إِلَيْكَ مِ‍‍ن‍ْ رَبِّكَ لاَ إِلَهَ إِلاَّ هُوَ وَأَعْ‍‍ر‍‍ِضْ عَنِ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Wa Law Shā'a Al-Lahu Mā 'Ashrakū Wa Mā Ja`alnāka `Alayhim Ĥafīžāan Wa Mā 'Anta `Alayhim Biwakīlin 006-107 އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން شريك އެއް ނުކުޅައީހެވެ. އަދި އެއުރެންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ. وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَ‍‍ا‍ أَشْرَكُو‍‍ا‍ وَمَا جَعَلْن‍‍َ‍ا‍كَ عَلَيْهِمْ حَفِيظا‍ً وَمَ‍‍ا‍ أَ‍ن‍‍ْتَ عَلَيْهِ‍‍م‍ْ بِوَك‍‍ِ‍ي‍ل‍‍‍ٍ
Wa Lā Tasub Al-Ladhīna Yad`ūna Min Dūni Al-Lahi Fayasub Al-Laha `Adwan Bighayri `Ilmin Kadhālika Zayyannā Likulli 'Ummatin `Amalahum Thumma 'Ilá Rabbihim Marji`uhum Fayunabbi'uhum Bimā Kānū Ya`malūna 006-108 اللَّهދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّة އަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوع ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. وَلاَ تَسُبُّو‍‍ا‍ ا‍لَّذ‍ِي‍نَ يَ‍‍د‍‍ْع‍‍ُ‍و‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ فَيَسُبُّو‍‍ا‍ ا‍للَّهَ عَ‍‍د‍‍ْوا‍ً بِغَيْ‍‍ر‍ِ عِلْم‍‍‍ٍ كَذَلِكَ زَيَّ‍‍ن‍ّ‍‍َا لِكُلِّ أُ‍مّ‍‍َةٍ عَمَلَهُمْ ثُ‍‍م‍ّ‍‍َ إِلَى رَبِّهِ‍‍م‍ْ مَرْجِعُهُمْ فَيُنَبِّئُهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa 'Aqsamū Bil-Lahi Jahda 'Aymānihim La'in Jā'at/hum 'Āyatun Layu'uminunna Bihā Qul 'Innamā Al-'Āyātu `Inda Al-Lahi Wa Mā Yush`irukum 'Annahā 'Idhā Jā'at Lā Yu'uminūna 006-109 އެ (كافر ވި) މީހުންގެ ގާތަށް آية އެއް (އެބަހީ: معجزة އެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން، إيمان ވާނެކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް اللَّه ގަންދީ ހުވާކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، آية ތައް ވަނީ، اللَّه ގެ حضرة ގައެވެ. އެ آية ތައް އަތުވެއްޖެނަމަ، (އެއުރެން عمل ކުރާނޭގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެެ؟ އެއުރެން إيمان އެއް ނުވާނެތެވެ. وَأَ‍ق‍‍ْسَمُو‍‍ا‍ بِ‍‍ا‍للَّهِ جَهْدَ أَيْمَانِهِمْ لَئِ‍‍ن‍ْ ج‍‍َ‍ا‍ءَتْهُمْ آيَة‍‍‍ٌ لَيُؤْمِنُ‍‍ن‍ّ‍‍َ بِهَا قُلْ إِ‍نّ‍‍َمَا ا‍لآي‍‍َ‍ا‍تُ عِ‍‍ن‍‍ْدَ ا‍للَّهِ وَمَا يُشْعِرُكُمْ أَ‍نّ‍‍َهَ‍‍ا إِذَا ج‍‍َ‍ا‍ءَتْ لاَ يُؤْمِن‍‍ُ‍و‍نَ
Wa Nuqallibu 'Af'idatahum Wa 'Abşārahum Kamā Lam Yu'uminū Bihi 'Awwala Marratin Wa Nadharuhum Fī Ţughyānihim Ya`mahūna 006-110 ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (حق ގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ آية ތަކަށް ފުރަތަމަ ފަހަރުވެސް، إيمان ނުވިފަދައިން (إيمان އެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ حال އެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ. وَنُقَلِّبُ أَفْئِدَتَهُمْ وَأَ‍ب‍‍ْصَارَهُمْ كَمَا لَمْ يُؤْمِنُو‍‍ا‍ بِهِ أَوَّلَ مَرَّة‍‍‍ٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَه‍‍ُ‍و‍نَ
Wa Law 'Annanā Nazzalnā 'Ilayhimu Al-Malā'ikata Wa Kallamahumu Al-Mawtá Wa Ĥasharnā `Alayhim Kulla Shay'in Qubulāan Mā Kānū Liyu'uminū 'Illā 'An Yashā'a Al-Lahu Wa Lakinna 'Aktharahum Yajhalūna 006-111 ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ملائكة ން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް، اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން إيمان ވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. وَلَوْ أَ‍نّ‍‍َنَا نَزَّلْنَ‍‍ا إِلَيْهِمُ ا‍لْمَلاَئِكَةَ وَكَلَّمَهُمُ ا‍لْمَوْتَى وَحَشَرْنَا عَلَيْهِمْ كُلَّ شَيْء‍ٍ قُبُلا‍ً مَا كَانُو‍‍ا‍ لِيُؤْمِنُ‍‍و‍‍ا‍ إِلاَّ أَ‍ن‍ْ يَش‍‍َ‍ا‍ءَ ا‍للَّهُ وَلَكِ‍‍ن‍ّ‍‍َ أَكْثَرَهُمْ يَ‍‍ج‍‍ْهَل‍‍ُ‍و‍نَ
Wa Kadhalika Ja`alnā Likulli Nabīyin `Adūwāan Shayāţīna Al-'Insi Wa Al-Jinni Yūĥī Ba`đuhum 'Ilá Ba`đin Zukhrufa Al-Qawli Ghurūrāan Wa Law Shā'a Rabbuka Mā Fa`alūhu Fadharhum Wa Mā Yaftarūna 006-112 ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّا‍ً شَيَاط‍‍ِ‍ي‍نَ ا‍لإِن‍سِ وَا‍لْجِ‍‍ن‍ّ‍‍ِ يُوحِي بَعْضُهُمْ إِلَى بَعْض‍‍‍ٍ زُخْرُفَ ا‍لْقَوْلِ غُرُورا‍ً وَلَوْ ش‍‍َ‍ا‍ءَ رَبُّكَ مَا فَعَل‍‍ُ‍و‍هُ فَذَرْهُمْ وَمَا يَفْتَر‍ُو‍نَ
Wa Litaşghá 'Ilayhi 'Af'idatu Al-Ladhīna Lā Yu'uminūna Bil-'Ākhirati Wa Liyarđawhu Wa Liyaqtarifū Mā Hum Muqtarifūna 006-113 އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ. وَلِتَصْغَى إِلَيْهِ أَفْئِدَةُ ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ وَلِيَرْضَوْهُ وَلِيَ‍‍ق‍‍ْتَ‍‍ر‍‍ِفُو‍‍ا‍ مَا هُ‍‍م‍ْ مُ‍‍ق‍‍ْتَ‍‍ر‍‍ِف‍‍ُ‍و‍نَ
'Afaghayra Al-Lahi 'Abtaghī Ĥakamāan Wa Huwa Al-Ladhī 'Anzala 'Ilaykumu Al-Kitāba Mufaşşalāan Wa Al-Ladhīna 'Ātaynāhumu Al-Kitāba Ya`lamūna 'Annahu Munazzalun Min Rabbika Bil-Ĥaqqi Falā Takūnanna Mina Al-Mumtarīna 006-114 (ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ! أَفَغَيْرَ ا‍للَّهِ أَ‍ب‍‍ْتَغِي حَكَما‍ً وَهُوَ ا‍لَّذِي أَن‍زَلَ إِلَيْكُمُ ا‍لْكِت‍‍َ‍ا‍بَ مُفَصَّلا‍ً وَا‍لَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ يَعْلَم‍‍ُ‍و‍نَ أَ‍نّ‍‍َهُ مُنَزَّل‍‍‍ٌ مِ‍‍ن‍ْ رَبِّكَ بِ‍‍ا‍لْحَقِّ فَلاَ تَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْمُمْتَ‍‍ر‍‍ِي‍نَ
Wa Tammat Kalimatu Rabbika Şidqāan Wa `Adlāan Lā Mubaddila Likalimātihi Wa Huwa As-Samī`u Al-`Alīmu 006-115 އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ތެދުވެރިކަމާއި، عدل ވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ كلمة ފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَتَ‍‍م‍ّ‍‍َتْ كَلِمَةُ رَبِّكَ صِ‍‍د‍‍ْقا‍ً وَعَ‍‍د‍‍ْلا‍ً لاَ مُبَدِّلَ لِكَلِمَاتِهِ وَهُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Wa 'In Tuţi` 'Akthara Man Al-'Arđi Yuđillūka `An Sabīli Al-Lahi 'In Yattabi`ūna 'Illā Až-Žanna Wa 'In Hum 'Illā Yakhruşūna 006-116 އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ.އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. وَإِ‍ن‍ْ تُطِعْ أَكْثَرَ مَ‍‍ن‍ْ فِي ا‍لأَرْضِ يُضِلّ‍‍ُ‍و‍كَ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ إِ‍ن‍ْ يَتَّبِع‍‍ُ‍و‍نَ إِلاَّ ا‍لظَّ‍‍ن‍ّ‍‍َ وَإِنْ هُمْ إِلاَّ يَخْرُص‍‍ُ‍و‍نَ
'Inna Rabbaka Huwa 'A`lamu Man Yađillu `An Sabīlihi Wa Huwa 'A`lamu Bil-Muhtadīna 006-117 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ. إِ‍نّ‍‍َ رَبَّكَ هُوَ أَعْلَمُ مَ‍‍ن‍ْ يَضِلُّ عَ‍‍ن‍ْ سَبِيلِهِ وَهُوَ أَعْلَمُ بِ‍‍ا‍لْمُهْتَد‍ِي‍نَ
Fakulū Mimmā Dhukira Asmu Al-Lahi `Alayhi 'In Kuntum Bi'āyātihi Mu'uminīna 006-118 ތިޔަބައިމީހުން، އެކަލާނގެ آية ތަކަށް إيمان ވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް اللَّه ގެ اسم ފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ: اللَّه ގެ اسم ފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ! فَكُلُو‍‍ا‍ مِ‍‍م‍ّ‍‍َا ذُكِ‍‍ر‍َ ا‍سْمُ ا‍للَّهِ عَلَيْهِ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ بِآيَاتِهِ مُؤْمِن‍‍ِ‍ي‍نَ
Wa Mā Lakum 'Allā Ta'kulū Mimmā Dhukira Asmu Al-Lahi `Alayhi Wa Qad Faşşala Lakum Mā Ĥarrama `Alaykum 'Illā Mā Ađţurirtum 'Ilayhi Wa 'Inna Kathīrāan Layuđillūna Bi'ahwā'ihim Bighayri `Ilmin 'Inna Rabbaka Huwa 'A`lamu Bil-Mu`tadīna 006-119 ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ حرام ކުރެއްވި ތަކެތި، تفصيل ކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް اللَّه ގެ اسم ފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ވަރަށް ގިނަމީހުން ނުދެނެތިބެ، އެއުރެންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހައްދުފަހަނަޅައިދާމީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَمَا لَكُمْ أَلاَّ تَأْكُلُو‍‍ا‍ مِ‍‍م‍ّ‍‍َا ذُكِ‍‍ر‍َ ا‍سْمُ ا‍للَّهِ عَلَيْهِ وَقَ‍‍د‍ْ فَصَّلَ لَكُ‍‍م‍ْ مَا حَرَّمَ عَلَيْكُمْ إِلاَّ مَا ا‍ضْطُ‍‍ر‍‍ِرْتُمْ إِلَيْهِ وَإِ‍نّ‍‍َ كَثِيرا‍ً لَيُضِلّ‍‍ُ‍و‍نَ بِأَهْو‍َا‍ئِهِ‍‍م‍ْ بِغَيْ‍‍ر‍ِ عِلْم‍‍‍ٍ إِ‍نّ‍‍َ رَبَّكَ هُوَ أَعْلَمُ بِ‍‍ا‍لْمُعْتَد‍ِي‍نَ
Wa Dharū Žāhira Al-'Ithmi Wa Bāţinahu 'Inna Al-Ladhīna Yaksibūna Al-'Ithma Sayujzawna Bimā Kānū Yaqtarifūna 006-120 ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ. وَذَرُوا‍ ظَاهِ‍‍ر‍َ ا‍لإِثْمِ وَبَاطِنَهُ إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَكْسِب‍‍ُ‍و‍نَ ا‍لإِثْمَ سَيُ‍‍ج‍‍ْزَوْنَ بِمَا كَانُو‍‍ا‍ يَ‍‍ق‍‍ْتَ‍‍ر‍‍ِف‍‍ُ‍و‍نَ
Wa Lā Ta'kulū Mimmā Lam Yudhkari Asmu Al-Lahi `Alayhi Wa 'Innahu Lafisqun Wa 'Inna Ash-Shayāţīna Layūĥūna 'Ilá 'Awliyā'ihim Liyujādilūkum Wa 'In 'Aţa`tumūhum 'Innakum Lamushrikūna 006-121 (ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ. وَلاَ تَأْكُلُو‍‍ا‍ مِ‍‍م‍ّ‍‍َا لَمْ يُذْكَ‍‍ر‍ِ ا‍سْمُ ا‍للَّهِ عَلَيْهِ وَإِ‍نّ‍‍َهُ لَفِسْق‍‍‍ٌ وَإِ‍نّ‍‍َ ا‍لشَّيَاط‍‍ِ‍ي‍نَ لَيُوح‍‍ُ‍و‍نَ إِلَى أَوْلِي‍‍َ‍ا‍ئِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِ‍نّ‍‍َكُمْ لَمُشْ‍‍ر‍‍ِك‍‍ُ‍و‍نَ
'Awaman Kāna Maytāan Fa'aĥyaynāhu Wa Ja`alnā Lahu Nūrāan Yamshī Bihi Fī An-Nāsi Kaman Mathaluhu Fī Až-Žulumāti Laysa Bikhārijin Minhā Kadhālika Zuyyina Lilkāfirīna Mā Kānū Ya`malūna 006-122 (كافر ކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެެ؟ އެފަދައިން، كافر ންނަށް އެއުރެންކޮށް އުޅުނު عمل ތައް ޒީނަތްތެރިކޮށް ދެއްވިއެވެ. أَوَمَ‍‍ن‍ْ ك‍‍َ‍ا‍نَ مَيْتا‍ً فَأَحْيَيْن‍‍َ‍ا‍هُ وَجَعَلْنَا لَهُ نُورا‍ً يَمْشِي بِهِ فِي ا‍ل‍‍ن‍ّ‍‍َ‍ا‍سِ كَمَ‍‍ن‍ْ مَثَلُهُ فِي ا‍لظُّلُم‍‍َ‍ا‍تِ لَيْسَ بِخَا‍ر‍‍ِج‍‍‍ٍ مِنْهَا كَذَلِكَ زُيِّنَ لِلْكَافِ‍‍ر‍‍ِي‍نَ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Kadhalika Ja`alnā Fī Kulli Qaryatin 'Akābira Mujrimīhā Liyamkurū Fīhā Wa Mā Yamkurūna 'Illā Bi'anfusihim Wa Mā Yash`urūna 006-123 އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرمންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ. وَكَذَلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِ‍‍ر‍َ مُ‍‍ج‍‍ْ‍‍ر‍‍ِمِيهَا لِيَمْكُرُوا‍ فِيهَا وَمَا يَمْكُر‍ُو‍نَ إِلاَّ بِأَن‍فُسِهِمْ وَمَا يَشْعُر‍ُو‍نَ
Wa 'Idhā Jā'at/hum 'Āyatun Qālū Lan Nu'umina Ĥattá Nu'utá Mithla Mā 'Ūtiya Rusulu Al-Lahi Al-Lahu 'A`lamu Ĥaythu Yaj`alu Risālatahu Sayuşību Al-Ladhīna 'Ajramū Şaghārun `Inda Al-Lahi Wa `Adhābun Shadīdun Bimā Kānū Yamkurūna 006-124 އެއުރެންގެ ގާތަށް آية އެއް އަތުވެއްޖެނަމަ، އެއުރެން ބުނެތެވެ. اللَّه ގެ رسول ންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށްވެސް ދެއްވައިފުމަށް ދާނދެން، ތިމަންމެން إيمان އެއް ނުވާނޫއެވެ. اللَّه، އެކަލާނގެ رسول ކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، اللَّه ގެ حضرة ގައި ނިކަމެތިކަމާއި، ގަދަވެގެންވާ عذاب އައިސްޖެހޭހުށްޓެވެ. وَإِذَا ج‍‍َ‍ا‍ءَتْهُمْ آيَة‍‍‍ٌ قَالُو‍‍ا‍ لَ‍‍ن‍ْ نُؤْمِنَ حَتَّى نُؤْتَى مِثْلَ مَ‍‍ا‍ أ‍ُ‍وتِيَ رُسُلُ ا‍للَّهِ ا‍للَّهُ أَعْلَمُ حَيْثُ يَ‍‍ج‍‍ْعَلُ ‍ر‍‍ِسَالَتَهُ سَيُص‍‍ِ‍ي‍بُ ا‍لَّذ‍ِي‍نَ أَ‍ج‍‍ْرَمُو‍‍ا‍ صَغ‍‍َ‍ا‍رٌ عِ‍‍ن‍‍ْدَ ا‍للَّهِ وَعَذ‍َا‍ب‍‍‍ٌ شَد‍ِي‍د‍ٌ بِمَا كَانُو‍‍ا‍ يَمْكُر‍ُو‍نَ
Faman Yuridi Al-Lahu 'An Yahdiyahu Yashraĥ Şadrahu Lil'islāmi Wa Man Yurid 'An Yuđillahu Yaj`al Şadrahu Đayyiqāan Ĥarajāan Ka'annamā Yaşşa``adu Fī As-Samā'i Kadhālika Yaj`alu Al-Lahu Ar-Rijsa `Alá Al-Ladhīna Lā Yu'uminūna 006-125 اللَّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّه ގެ عذاب އާއިކޯފާ ލައްވަތެވެ. فَمَ‍‍ن‍ْ يُ‍‍ر‍‍ِدِ ا‍للَّهُ أَ‍ن‍ْ يَهدِيَهُ يَشْرَحْ صَ‍‍د‍‍ْرَهُ لِلإِسْلاَمِ وَمَ‍‍ن‍ْ يُ‍‍ر‍‍ِ‍د‍ْ أَ‍ن‍ْ يُضِلَّهُ يَ‍‍ج‍‍ْعَلْ صَ‍‍د‍‍ْرَهُ ضَيِّقاً حَرَجا‍ً كَأَ‍نّ‍‍َمَا يَصَّعَّدُ فِي ا‍لسَّم‍‍َ‍ا‍ءِ كَذَلِكَ يَ‍‍ج‍‍ْعَلُ ا‍للَّهُ ا‍لرِّ‍‍ج‍‍ْسَ عَلَى ا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ
Wa Hadhā Şirāţu Rabbika Mustaqīmāan Qad Faşşalnā Al-'Āyāti Liqawmin Yadhdhakkarūna 006-126 މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށް ބަޔާންކޮށްދެއްވީ نصيحة ލިބިގަންނަ ބަޔަކަށެވެ. وَهَذَا صِر‍َا‍طُ رَبِّكَ مُسْتَقِيما‍ً قَ‍‍د‍ْ فَصَّلْنَا ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يَذَّكَّر‍ُو‍نَ
Lahum Dāru As-Salāmi `Inda Rabbihim Wa Huwa Walīyuhum Bimā Kānū Ya`malūna 006-127 އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެއުރެންނަށް ހުށްޓެވެ. އަދި އެކަލާނގެއީ، އެއުރެން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އެއުރެންނަށް نصر ދެއްވާ، ވާގިދެއްވާ ރަސްކަލާނގެއެވެ. لَهُمْ د‍َا‍رُ ا‍لسَّلاَمِ عِ‍‍ن‍‍ْدَ رَبِّهِمْ وَهُوَ وَلِيُّهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Yawma Yaĥshuruhum Jamī`āan Yā Ma`shara Al-Jinni Qadi Astakthartum Mina Al-'Insi Wa Qāla 'Awliyā'uuhum Mina Al-'Insi Rabbanā Astamta`a Ba`đunā Biba`đin Wa Balaghnā 'Ajalanā Al-Ladhī 'Ajjalta Lanā Qāla An-Nāru Mathwākum Khālidīna Fīhā 'Illā Mā Shā'a Al-Lahu 'Inna Rabbaka Ĥakīmun `Alīmun 006-128 އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ وحى ކުރައްވާނެތެވެ.) އޭ ޖިންނީންގެ جماعة ގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ أجل އަށް އަޅަމެން ފޯރައްޖައީމުއެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. اللَّه އިރާދަކުރެއްވި ވަގުތަކަށް މެނުވީ،އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَيَوْمَ يَحْشُرُهُمْ جَمِيعا‍ً يَا مَعْشَرَ ا‍لْجِ‍‍ن‍ّ‍‍ِ قَدِ ا‍سْتَكْثَرْتُ‍‍م‍ْ مِنَ ا‍لإِن‍سِ وَق‍‍َ‍ا‍لَ أَوْلِي‍‍َ‍ا‍ؤُهُ‍‍م‍ْ مِنَ ا‍لإِن‍سِ رَبَّنَا ا‍سْتَمْتَعَ بَعْضُنَا بِبَعْض‍‍‍ٍ وَبَلَغْنَ‍‍ا‍ أَجَلَنَا ا‍لَّذِي أَجَّلْتَ لَنَا ق‍‍َ‍ا‍لَ ا‍ل‍‍ن‍ّ‍‍َ‍ا‍رُ مَثْوَاكُمْ خَالِد‍ِي‍نَ فِيهَ‍‍ا إِلاَّ مَا ش‍‍َ‍ا‍ءَ ا‍للَّهُ إِ‍نّ‍‍َ رَبَّكَ حَك‍‍ِ‍ي‍مٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Kadhalika Nuwallī Ba`đa Až-Žālimīna Ba`đāan Bimā Kānū Yaksibūna 006-129 ހަމައެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ. وَكَذَلِكَ نُوَلِّي بَعْضَ ا‍لظَّالِم‍‍ِ‍ي‍نَ بَعْضا‍ً بِمَا كَانُو‍‍ا‍ يَكْسِب‍‍ُ‍و‍نَ
Yā Ma`shara Al-Jinni Wa Al-'Insi 'Alam Ya'tikum Rusulun Minkum Yaquşşūna `Alaykum 'Āyā Tī Wa Yundhirūnakum Liqā'a Yawmikumdhā Qālū Shahidnā `Alá 'Anfusinā Wa Gharrat/humu Al-Ĥayā Atu Ad-Dunyā Wa Shahidū `Alá 'Anfusihim 'Annahum Kānū Kāfirīna 006-130 އޭ ޖިންނީންނާއި އިންސީންގެ جماعة ގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ آية ތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ إنذار ކުރައްވާނެ رسول ންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރި ކުރުވީއެވެ. އަދި އެއުރެން كافر ން ކަމުގައި ވީކަމަށް އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެން ހެކިދީފިއެވެ. يَامَعْشَرَ ا‍لْجِ‍‍ن‍ّ‍‍ِ وَا‍لإِن‍سِ أَلَمْ يَأْتِكُمْ رُسُل‍‍‍ٌ مِ‍‍ن‍‍ْكُمْ يَقُصّ‍‍ُ‍و‍نَ عَلَيْكُمْ آيَاتِي وَيُ‍‍ن‍ذِرُونَكُمْ لِق‍‍َ‍ا‍ءَ يَوْمِكُمْ هَذَا قَالُو‍‍ا‍ شَهِ‍‍د‍‍ْنَا عَلَى أَن‍فُسِنَا وَغَرَّتْهُمُ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا وَشَهِدُوا‍ عَلَى أَن‍فُسِهِمْ أَ‍نّ‍‍َهُمْ كَانُو‍‍ا‍ كَافِ‍‍ر‍‍ِي‍نَ
Dhālika 'An Lam Yakun Rabbuka Muhlika Al-Qurá Bižulmin Wa 'Ahluhā Ghāfilūna 006-131 ކަންހުރީ އެހެންނެވެ. ރަށްތަކުގެ أهل ވެރިން غافل ވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ. ذَلِكَ أَ‍ن‍ْ لَمْ يَكُ‍‍ن‍ْ رَبُّكَ مُهْلِكَ ا‍لْقُرَى بِظُلْم‍‍‍ٍ وَأَهْلُهَا غَافِل‍‍ُ‍و‍نَ
Wa Likullin Darajātun Mimmā `Amilū Wa Mā Rabbuka Bighāfilin `Ammā Ya`malūna 006-132 އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ عمل ތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ عمل ތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ غافل ވެ ވޮޑިގެނެއްނުވެއެވެ. وَلِكُلّ‍‍‍ٍ دَرَج‍‍َ‍ا‍ت‍‍‍ٌ مِ‍‍م‍ّ‍‍َا عَمِلُو‍‍ا‍ وَمَا رَبُّكَ بِغَافِلٍ عَ‍‍م‍ّ‍‍َا يَعْمَل‍‍ُ‍و‍نَ
Wa Rabbuka Al-Ghanīyu Dhū Ar-Raĥmati 'In Yasha' Yudh/hibkum Wa Yastakhlif Min Ba`dikum Mā Yashā'u Kamā 'Ansha'akum Min Dhurrīyati Qawmin 'Ākharīna 006-133 ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައި، ތިޔަބައިމީހުންގެ ފަހަށް، އެކަލާނގެ އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުށްޓެވެ. އެއީ ތިޔަބައިމީހުން، އެހެން قوم އެއްގެ ދަރިކޮޅުން އުފެއްދެވި ފަދައިންނެވެ. وَرَبُّكَ ا‍لْغَنِيُّ ذُو ا‍لرَّحْمَةِ إِ‍ن‍ْ يَشَأْ يُذْهِ‍‍ب‍‍ْكُمْ وَيَسْتَخْلِفْ مِ‍‍ن‍ْ بَعْدِكُ‍‍م‍ْ مَا يَش‍‍َ‍ا‍ءُ كَمَ‍‍ا‍ أَن‍شَأَكُ‍‍م‍ْ مِ‍‍ن‍ْ ذُرِّيَّةِ قَوْم‍‍‍ٍ آخَ‍‍ر‍‍ِي‍نَ
'Inna Mā Tū`adūna La'ātin Wa Mā 'Antum Bimu`jizīna 006-134 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަންރަސްކަލާނގެ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ. إِ‍نّ‍‍َ مَا تُوعَد‍ُو‍نَ لَآت‍‍‍ٍ وَمَ‍‍ا‍ أَ‍ن‍‍ْتُ‍‍م‍ْ بِمُعْجِز‍ِي‍نَ
Qul Yā Qawmi A`malū `Alá Makānatikum 'Innī `Āmilun Fasawfa Ta`lamūna Man Takūnu Lahu `Āqibatu Ad-Dāri 'Innahu Lā Yufliĥu Až-Žālimūna 006-135 ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން عمل ކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި عمل ކުރާނަމެވެ. آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން،އަނިޔާވެރިންނެއް ނުދިނޭނެތެވެ. قُلْ يَا قَوْمِ ا‍عْمَلُو‍‍ا‍ عَلَى مَكَانَتِكُمْ إِ‍نّ‍‍ِي عَامِل‍‍‍ٌ فَسَوْفَ تَعْلَم‍‍ُ‍و‍نَ مَ‍‍ن‍ْ تَك‍‍ُ‍و‍نُ لَهُ عَاقِبَةُ ا‍لدّ‍َا‍ر‍ِ إِ‍نّ‍‍َهُ لاَ يُفْلِحُ ا‍لظَّالِم‍‍ُ‍و‍نَ
Wa Ja`alū Lillahi Mimmā Dhara'a Mina Al-Ĥarthi Wa Al-'An`ām Naşībāan Faqālū Hādhā Lillahi Biza`mihim Wa Hadhā Lishurakā'inā Famā Kāna Lishurakā'ihim Falā Yaşilu 'Ilá Al-Lahi Wa Mā Kāna Lillahi Fahuwa Yaşilu 'Ilá Shurakā'ihim Sā'a Mā Yaĥkumūna 006-136 އެ (كافر ވި) މީހުން، اللَّه އަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، نعم ސޫޫފީން ބައެއް އެޅިއެވެ. އެއުރެންގެ باطل ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ اللَّه އަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ شريك ންނަށެވެ. ފަހެ، އެއުރެންގެ شريك ންނަށްވީ ބައިގެ އެއްޗެއް، اللَّه ގެ ފަރާތަކަށް ނުލިބެއެވެ. اللَّه އަށް އެޅިބައި، އެއުރެންގެ شريك ންނަށް ލިބެއެވެ. އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ. وَجَعَلُو‍‍ا‍ لِلَّهِ مِ‍‍م‍ّ‍‍َا ذَرَأَ مِنَ ا‍لْحَرْثِ وَا‍لأَنعَام نَصِيبا‍ً فَقَالُو‍‍ا‍ هَذَا لِلَّهِ بِزَعْمِهِمْ وَهَذَا لِشُرَك‍‍َ‍ا‍ئِنَا فَمَا ك‍‍َ‍ا‍نَ لِشُرَك‍‍َ‍ا‍ئِهِمْ فَلاَ يَصِلُ إِلَى ا‍للَّهِ وَمَا ك‍‍َ‍ا‍نَ لِلَّهِ فَهُوَ يَصِلُ إِلَى شُرَك‍‍َ‍ا‍ئِهِمْ س‍‍َ‍ا‍ءَ مَا يَحْكُم‍‍ُ‍و‍نَ
Wa Kadhalika Zayyana Likathīrin Mina Al-Mushrikīna Qatla 'Awlādihim Shurakā'uuhum Liyurdūhum Wa Liyalbisū `Alayhim Dīnahum Wa Law Shā'a Al-Lahu Mā Fa`alūhu Fadharhum Wa Mā Yaftarūna 006-137 ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك ން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ! وَكَذَلِكَ زَيَّنَ لِكَث‍‍ِ‍ي‍ر‍ٍ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ قَتْلَ أَوْلاَدِهِمْ شُرَك‍‍َ‍ا‍ؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُو‍‍ا‍ عَلَيْهِمْ دِينَهُمْ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَا فَعَل‍‍ُ‍و‍هُ فَذَرْهُمْ وَمَا يَفْتَر‍ُو‍نَ
Wa Qālū Hadhihi 'An`āmun Wa Ĥarthun Ĥijrun Lā Yaţ`amuhā 'Illā Man Nashā'u Biza`mihim Wa 'An`āmun Ĥurrimat Žuhūruhā Wa 'An`āmun Lā Yadhkurūna Asma Al-Lahi `Alayhā Aftirā'an `Alayhi Sayajzīhim Bimā Kānū Yaftarūna 006-138 އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ نعم ސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެބުރިކަށިތައް حرام ކޮށްފައިވާ نعم ސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، اللَّه ގެ اسم ފުޅު ނަންނުގަންނަ نعم ސޫފިިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ. وَقَالُو‍‍ا‍ هَذِهِ أَنْع‍‍َ‍ا‍م‍‍‍ٌ وَحَرْثٌ حِ‍‍ج‍‍ْر‍ٌ لاَ يَ‍‍ط‍‍ْعَمُهَ‍‍ا إِلاَّ مَ‍‍ن‍ْ نَش‍‍َ‍ا‍ءُ بِزَعْمِهِمْ وَأَنْع‍‍َ‍ا‍مٌ حُرِّمَتْ ظُهُورُهَا وَأَنْع‍‍َ‍ا‍م‍‍‍ٌ لاَ يَذْكُر‍ُو‍نَ ا‍سْمَ ا‍للَّهِ عَلَيْهَا ا‍فْتِر‍َا‍ءً عَلَيْهِ سَيَ‍‍ج‍‍ْزِيهِ‍‍م‍ْ بِمَا كَانُو‍‍ا‍ يَفْتَر‍ُو‍نَ
Wa Qālū Mā Fī Buţūni Hadhihi Al-'An`āmi Khālişatun Lidhukūrinā Wa Muĥarramun `Alá 'Azwājinā Wa 'In Yakun Maytatan Fahum Fīhi Shurakā'u Sayajzīhim Waşfahum 'Innahu Ĥakīmun `Alīmun 006-139 އަދި އެއުރެން ބުނެފޫއެވެ. މި نعم ސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، حلال ވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް حرام ވެގެންނެވެ. އެތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެއުރެން (އެތަކެއްޗަށް حلال ނުވަތަ حرام ކަމުގެ) ސިިފަދިނުމުގެ ސަބަބުން، އެއުރެންނަށް އެކަލާނގެ عقوبات ދެއްވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَقَالُو‍‍ا‍ مَا فِي بُط‍‍ُ‍و‍نِ هَذِهِ ا‍لأَنع‍‍َ‍ا‍مِ خَالِصَة‍‍‍ٌ لِذُكُو‍ر‍‍ِنَا وَمُحَرَّمٌ عَلَى أَزْوَاجِنَا وَإِ‍ن‍ْ يَكُ‍‍ن‍ْ مَيْتَة‍‍‍ً فَهُمْ ف‍‍ِ‍ي‍هِ شُرَك‍‍َ‍ا‍ءُ سَيَ‍‍ج‍‍ْزِيهِمْ وَصْفَهُمْ إِ‍نّ‍‍َهُ حَك‍‍ِ‍ي‍مٌ عَل‍‍ِ‍ي‍م‍‍‍ٌ
Qad Khasira Al-Ladhīna Qatalū 'Awlādahum Safahāan Bighayri `Ilmin Wa Ĥarramū Mā Razaqahumu Al-Lahu Aftirā'an `Alá Al-Lahi Qad Đallū Wa Mā Kānū Muhtadīna 006-140 އެއްވެސް علم އަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتل ކޮށް، އެއުރެންނަށް اللَّه ދެއްވި ތަކެތި، اللَّه އަށް ދޮގުހެދުމުގެ ގޮތުން، حرام ކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން يقين އެވެ. އަދިއެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ. قَ‍‍د‍ْ خَسِ‍‍ر‍َ ا‍لَّذ‍ِي‍نَ قَتَلُ‍‍و‍‍ا‍ أَوْلاَدَهُمْ سَفَها‍ً بِغَيْ‍‍ر‍ِ عِلْم‍‍‍ٍ وَحَرَّمُو‍‍ا‍ مَا رَزَقَهُمُ ا‍للَّهُ ا‍فْتِر‍َا‍ءً عَلَى ا‍للَّهِ قَ‍‍د‍ْ ضَلُّو‍‍ا‍ وَمَا كَانُو‍‍ا‍ مُهْتَد‍ِي‍نَ
Wa Huwa Al-Ladhī 'Ansha'a Jannātin Ma`rūshātin Wa Ghayra Ma`rūshātin Wa An-Nakhla Wa Az-Zar`a Mukhtalifāan 'Ukuluhu Wa Az-Zaytūna Wa Ar-Rummāna Mutashābihāan Wa Ghayra Mutashābihin Kulū Min Thamarihi 'Idhā 'Athmara Wa 'Ātū Ĥaqqahu Yawma Ĥaşādihi Wa Lā Tusrifū 'Innahu Lā Yuĥibbu Al-Musrifīna 006-141 އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮަނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. وَهُوَ ا‍لَّذِي أَ‍ن‍‍ْشَأَ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ مَعْرُوش‍‍َ‍ا‍ت‍‍‍ٍ وَغَيْرَ مَعْرُوش‍‍َ‍ا‍ت‍‍‍ٍ وَا‍ل‍‍ن‍ّ‍‍َخْلَ وَا‍لزَّرْعَ مُخْتَلِفاً أُكُلُهُ وَا‍لزَّيْت‍‍ُ‍و‍نَ وَا‍لرُّ‍‍م‍ّ‍‍َ‍ا‍نَ مُتَشَابِها‍ً وَغَيْرَ مُتَشَابِه‍‍‍ٍ كُلُو‍‍ا‍ مِ‍‍ن‍ْ ثَمَ‍‍ر‍‍ِهِ إِذَا أَثْمَرَ وَآتُو‍‍ا‍ حَقَّهُ يَوْمَ حَصَادِهِ وَلاَ تُسْ‍‍ر‍‍ِفُ‍‍و‍‍ا‍ إِ‍نّ‍‍َهُ لاَ يُحِبُّ ا‍لْمُسْ‍‍ر‍‍ِف‍‍ِ‍ي‍نَ
Wa Mina Al-'An`āmi Ĥamūlatan Wa Farshāan Kulū Mimmā Razaqakumu Al-Lahu Wa Lā Tattabi`ū Khuţuwāti Ash-Shayţāni 'Innahu Lakum `Adūwun Mubīnun 006-142 އަދި نعم ސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް اللَّه ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން تبع ނުވާށެވެ! ހަމަކަށަވަރުން، އެ شيطان އާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި عداوة ތެރިއެކެވެ. وَمِنَ ا‍لأَنع‍‍َ‍ا‍مِ حَمُولَة‍‍‍ً وَفَرْشا‍ً كُلُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَقَكُمُ ا‍للَّهُ وَلاَ تَتَّبِعُو‍‍ا‍ خُطُو‍َا‍تِ ا‍لشَّيْط‍‍َ‍ا‍نِ إِ‍نّ‍‍َهُ لَكُمْ عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Thamāniyata 'Azwājin Mina Ađ-Đa'ni Athnayni Wa Mina Al-Ma`zi Athnayni Qul 'Āldhdhakarayni Ĥarrama 'Ami Al-'Unthayayni 'Ammā Ashtamalat `Alayhi 'Arĥāmu Al-'Unthayayni Nabbi'ūnī Bi`ilmin 'In Kuntum Şādiqīna 006-143 އަންހެން ފިރިހެން، އަށެތި އުފައްދަވާފައިވެއެވެ. އެއީ ضأنބަކަރީގެ ދެޖޯޑާއި، مَعز ބަކަރީގެ ދެޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرام ކުރައްވާފައިވަނީ، އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެެ؟ ނުވަތަ އެ އަންހެން ދޭތީގެ رحم ގައިވާ ދަރިންހެއްޔެވެ؟ ތިޔަބައިމީހުންނަކީ، ތެދުވެރިން ކަމުގައިވާނަމަ، (ތިޔަބައިމީހުންނަށް ލިބިފައިވާ) علم އަކާއެކު، ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! ثَمَانِيَةَ أَزْو‍َا‍ج‍‍‍ٍ مِنَ ا‍لضَّأْنِ ا‍ثْنَيْنِ وَمِنَ ا‍لْمَعْزِ ا‍ثْنَيْنِ قُلْ أ‍َ‍ال‍ذَّكَرَيْنِ حَرَّمَ أَمِ ا‍لأُ‍ن‍‍ْثَيَيْنِ أَ‍مّ‍‍َا ا‍شْتَمَلَتْ عَلَيْهِ أَرْح‍‍َ‍ا‍مُ ا‍لأُن‍ثَيَيْنِ نَبِّئ‍‍ُ‍ونِي بِعِلْم‍‍‍ٍ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Wa Mina Al-'Ibili Athnayni Wa Mina Al-Baqari Athnayni Qul 'Āldhdhakarayni Ĥarrama 'Ami Al-'Unthayayni 'Ammā Ashtamalat `Alayhi 'Arĥāmu Al-'Unthayayni 'Am Kuntum Shuhadā'a 'Idh Waşşākumu Al-Lahu Bihadhā Faman 'Ažlamu Mimmani Aftará `Alá Al-Lahi Kadhibāan Liyuđilla An-Nāsa Bighayri `Ilmin 'Inna Al-Laha Lā Yahdī Al-Qawma Až-Žālimīna 006-144 އަދި ޖަމަލުގެ ދެ ޖޯޑާއި، ގެރީގެ ދެ ޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرام ކުރެއްވީ އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެއަންހެން ދޭތީގެ رحم ގައިވާ ދަރިން ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް، اللَّه މި وصية ކުރެއްވިއިރު، ހެކިންގެ ގޮތުގައި ތިޔަބައިމީހުން حاضر ވެ ތިބީމުހެއްޔެވެ؟ علم އަކާނުލައި، މީސްތަކުން މަގުފުރެއްދުމަށްޓަކައި، اللَّه އާމެދު، ހަދައިގެން ދޮގުބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑުމީހަކީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދަންކަވަތެވެ. وَمِنَ ا‍لإِبِلِ ا‍ثْنَيْنِ وَمِنَ ا‍لْبَقَ‍‍ر‍ِ ا‍ثْنَيْنِ قُلْ أ‍َ‍ال‍ذَّكَرَيْنِ حَرَّمَ أَمِ ا‍لأُن‍ثَيَيْنِ أَ‍مّ‍‍َا ا‍شْتَمَلَتْ عَلَيْهِ أَرْح‍‍َ‍ا‍مُ ا‍لأُن‍ثَيَيْنِ أَمْ كُ‍‍ن‍تُمْ شُهَد‍َا‍ءَ إِذْ وَصَّاكُمُ ا‍للَّهُ بِهَذَا فَمَنْ أَظْلَمُ مِ‍‍م‍ّ‍‍َنِ ا‍فْتَرَى عَلَى ا‍للَّهِ كَذِبا‍ً لِيُضِلَّ ا‍ل‍‍ن‍ّ‍‍َ‍ا‍سَ بِغَيْ‍‍ر‍ِ عِلْم‍‍‍ٍ إِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي ا‍لْقَوْمَ ا‍لظَّالِم‍‍ِ‍ي‍نَ
Qul Lā 'Ajidu Fī Mā 'Ūĥiya 'Ilayya Muĥarramāan `Alá Ţā`imin Yaţ`amuhu 'Illā 'An Yakūna Maytatan 'Aw Damāan Masfūĥāan 'Aw Laĥma Khinzīrin Fa'innahu Rijsun 'Aw Fisqāan 'Uhilla Lighayri Al-Lahi Bihi Famani Ađţurra Ghayra Bāghin Wa Lā `Ādin Fa'inna Rabbaka Ghafūrun Raĥīmun 006-145 ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން حرام ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި وحى ގެތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ اللَّه ނޫންފަރާތަކަށް ކަތިލާފައިވާ فاسق އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް حرام ވެގެންވެއެވެ.) ފަހެ، ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަަހަނަޅައިދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. قُ‍‍ل‍ْ لاَ أَجِدُ فِي مَ‍‍ا‍ أ‍ُ‍وحِيَ إِلَيَّ مُحَرَّماً عَلَى طَاعِم‍‍‍ٍ يَ‍‍ط‍‍ْعَمُهُ إِلاَّ أَ‍ن‍ْ يَك‍‍ُ‍و‍نَ مَيْتَةً أَوْ دَما‍ً مَسْفُوحاً أَوْ لَحْمَ خِ‍‍ن‍ز‍ِي‍ر‍ٍ فَإِ‍نّ‍‍َهُ ‍ر‍‍ِ‍ج‍‍ْسٌ أَوْ فِسْقاً أُهِلَّ لِغَيْ‍‍ر‍ِ ا‍للَّهِ بِهِ فَمَنِ ا‍ضْطُرَّ غَيْرَ ب‍‍َ‍ا‍غ‍‍‍ٍ وَلاَ ع‍‍َ‍ا‍د‍ٍ فَإِ‍نّ‍‍َ رَبَّكَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa `Alá Al-Ladhīna Hādū Ĥarramnā Kulla Dhī Žufurin Wa Mina Al-Baqari Wa Al-Ghanami Ĥarramnā `Alayhim Shuĥūmahumā 'Illā Mā Ĥamalat Žuhūruhumā 'Awi Al-Ĥawāyā 'Aw Mā Akhtalaţa Bi`ažmin Dhālika Jazaynāhum Bibaghyihim Wa 'Innā Laşādiqūna 006-146 ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް حرام ކުރެއްވީމެވެ. އެގޮތުން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖަޒާދެއްވީ، އެއުރެންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން،ތިމަންރަސްކަލާނގެއީ، ތެދު وحى ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ. وَعَلَى ا‍لَّذ‍ِي‍نَ هَادُوا‍ حَرَّمْنَا كُلَّ ذِي ظُفُر‍ٍ وَمِنَ ا‍لْبَقَ‍‍ر‍ِ وَا‍لْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَ‍‍ا إِلاَّ مَا حَمَلَتْ ظُهُورُهُمَ‍‍ا‍ أَوِ ا‍لْحَوَايَ‍‍ا‍ أَوْ مَا ا‍خْتَلَطَ بِعَظْم‍‍‍ٍ ذَلِكَ جَزَيْنَاهُ‍‍م‍ْ بِبَغْيِهِمْ وَإِ‍نّ‍‍َا لَصَادِق‍‍ُ‍و‍نَ
Fa'in Kadhdhabūka Faqul Rabbukum Dhū Raĥmatin Wāsi`atin Wa Lā Yuraddu Ba'suhu `Ani Al-Qawmi Al-Mujrimīna 006-147 ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ. فَإِ‍ن‍ْ كَذَّب‍‍ُ‍و‍كَ فَقُلْ رَبُّكُمْ ذُو رَحْمَة‍‍‍ٍ وَا‍سِعَة‍‍‍ٍ وَلاَ يُرَدُّ بَأْسُهُ عَنِ ا‍لْقَوْمِ ا‍لْمُ‍‍ج‍‍ْ‍‍ر‍‍ِم‍‍ِ‍ي‍نَ
Sayaqūlu Al-Ladhīna 'Ashrakū Law Shā'a Al-Lahu Mā 'Ashraknā Wa Lā 'Ābā'uunā Wa Lā Ĥarramnā Min Shay'in Kadhālika Kadhdhaba Al-Ladhīna Min Qablihim Ĥattá Dhāqū Ba'sanā Qul Hal `Indakum Min `Ilmin Fatukhrijūhu Lanā 'In Tattabi`ūna 'Illā Až-Žanna Wa 'In 'Antum 'Illā Takhruşūna 006-148 شريك ކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريك އެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرام ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذاب ގެ ރަހަ ލިބިއްޖައުމަށްދާނދެން (رسول ން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبع ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ. سَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ أَشْرَكُو‍‍ا‍ لَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَ‍‍ا‍ أَشْرَكْنَا وَلاَ آب‍‍َ‍ا‍ؤُنَا وَلاَ حَرَّمْنَا مِ‍‍ن‍ْ شَيْء‍ٍ كَذَلِكَ كَذَّبَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ حَتَّى ذَاقُو‍‍ا‍ بَأْسَنَا قُلْ هَلْ عِ‍‍ن‍‍ْدَكُ‍‍م‍ْ مِنْ عِلْم‍‍‍ٍ فَتُخْ‍‍ر‍‍ِج‍‍ُ‍و‍هُ لَنَ‍‍ا إِ‍ن‍ْ تَتَّبِع‍‍ُ‍و‍نَ إِلاَّ ا‍لظَّ‍‍ن‍ّ‍‍َ وَإِنْ أَ‍ن‍‍ْتُمْ إِلاَّ تَخْرُص‍‍ُ‍و‍نَ
Qul Falillāhi Al-Ĥujjatu Al-Bālighatu Falaw Shā'a Lahadākum 'Ajma`īna 006-149 ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ حجّة ވަނީ اللَّه އަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ،ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ. قُلْ فَلِلَّهِ ا‍لْحُجَّةُ ا‍لْبَالِغَةُ فَلَوْ ش‍‍َ‍ا‍ءَ لَهَدَاكُمْ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Qul Halumma Shuhadā'akumu Al-Ladhīna Yash/hadūna 'Anna Al-Laha Ĥarrama Hādhā Fa'in Shahidū Falā Tash/had Ma`ahum Wa Lā Tattabi` 'Ahwā'a Al-Ladhīna Kadhdhabū Bi'āyātinā Wa Al-Ladhīna Lā Yu'uminūna Bil-'Ākhirati Wa Hum Birabbihim Ya`dilūna 006-150 ކަލޭގެފާނު ވިދާޅުވާށެވެ. اللَّه މި ތަކެތި حرام ކުރެއްވިކަމަށް ހެކިވާނެ ހެކިން ތިޔަބައިމީހުން ގެންނާށެވެ! ދެން އެއުރެން، ހެކިދިން ނަމަވެސް، ކަލޭގެފާނު އެއުރެންނާ އެކުގައި ހެކިވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް، شريك ކުރާ حال، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، آخرة ދުވަހަށް إيمان ނުވާ މީހުން، ހިތް އެދޭ ގޮތްތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! قُلْ هَلُ‍‍م‍ّ‍‍َ شُهَد‍َا‍ءَكُمُ ا‍لَّذ‍ِي‍نَ يَشْهَد‍ُو‍نَ أَ‍نّ‍‍َ ا‍للَّهَ حَرَّمَ هَذَا فَإِ‍ن‍ْ شَهِدُوا‍ فَلاَ تَشْهَ‍‍د‍ْ مَعَهُمْ وَلاَ تَتَّبِعْ أَهْو‍َا‍ءَ ا‍لَّذ‍ِي‍نَ كَذَّبُو‍‍ا‍ بِآيَاتِنَا وَا‍لَّذ‍ِي‍نَ لاَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لآخِرَةِ وَهُ‍‍م‍ْ بِرَبِّهِمْ يَعْدِل‍‍ُ‍و‍نَ
Qul Ta`ālaw 'Atlu Mā Ĥarrama Rabbukum `Alaykum 'Allā Tushrikū Bihi Shay'āan Wa Bil-Wālidayni 'Iĥsānāan Wa Lā Taqtulū 'Awlādakum Min 'Imlāqin Naĥnu Narzuqukum Wa 'Īyāhum Wa Lā Taqrabū Al-Fawāĥisha Mā Žahara Minhā Wa Mā Baţana Wa Lā Taqtulū An-Nafsa Allatī Ĥarrama Al-Lahu 'Illā Bil-Ĥaqqi Dhālikum Waşşākum Bihi La`allakum Ta`qilūna 006-151 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمةތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْ‍‍ر‍‍ِكُو‍‍ا‍ بِهِ شَيْئا‍ً وَبِالْوَالِدَيْنِ إِحْسَانا‍ً وَلاَ تَ‍‍ق‍‍ْتُلُ‍‍و‍‍ا‍ أَوْلاَدَكُ‍‍م‍ْ مِ‍‍ن‍ْ إِمْلاَق‍‍‍ٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلاَ تَ‍‍ق‍‍ْرَبُو‍‍ا‍ ا‍لْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلاَ تَ‍‍ق‍‍ْتُلُو‍‍ا‍ ا‍ل‍‍ن‍ّ‍‍َفْسَ ا‍لَّتِي حَرَّمَ ا‍للَّهُ إِلاَّ بِ‍‍ا‍لْحَقِّ ذَلِكُمْ وَصَّاكُ‍‍م‍ْ بِهِ لَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
Wa Lā Taqrabū Māla Al-Yatīmi 'Illā Bi-Atī Hiya 'Aĥsanu Ĥattá Yablugha 'Ashuddahu Wa 'Awfū Al-Kayla Wa Al-Mīzāna Bil-Qisţi Lā Nukallifu Nafsāan 'Illā Wus`ahā Wa 'Idhā Qultum Fā`dilū Wa Law Kāna Dhā Qurbá Wa Bi`ahdi Al-Lahi 'Awfū Dhālikum Waşşākum Bihi La`allakum Tadhakkarūna 006-152 ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ تصرف ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصاف ވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، تكليف އެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدل އަށް (ތެދަށް) ބުނާށެވެ! އަދި اللَّه ގެ عهد ތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް وصية ކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. وَلاَ تَ‍‍ق‍‍ْرَبُو‍‍ا‍ م‍‍َ‍ا‍لَ ا‍لْيَت‍‍ِ‍ي‍مِ إِلاَّ بِ‍‍ا‍لَّتِي هِيَ أَحْسَنُ حَتَّى يَ‍‍ب‍‍ْلُغَ أَشُدَّهُ وَأَوْفُو‍‍ا‍ ا‍لْكَيْلَ وَا‍لْمِيز‍َا‍نَ بِ‍‍ا‍لْقِسْطِ لاَ نُكَلِّفُ نَفْسا‍ً إِلاَّ وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُو‍‍ا‍ وَلَوْ ك‍‍َ‍ا‍نَ ذَا قُرْبَى وَبِعَهْدِ ا‍للَّهِ أَوْفُو‍‍ا‍ ذَلِكُمْ وَصَّاكُ‍‍م‍ْ بِهِ لَعَلَّكُمْ تَذَكَّر‍ُو‍نَ
Wa 'Anna Hādhā Şirāţī Mustaqīmāan Fa Attabi`ūhu Wa Lā Tattabi`ū As-Subula Fatafarraqa Bikum `An Sabīlihi Dhālikum Waşşākum Bihi La`allakum Tattaqūna 006-153 އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ،ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ. وَأَ‍نّ‍‍َ هَذَا صِرَاطِي مُسْتَقِيما‍ً فَاتَّبِع‍‍ُ‍و‍هُ وَلاَ تَتَّبِعُو‍‍ا‍ ا‍لسُّبُلَ فَتَفَرَّقَ بِكُمْ عَ‍‍ن‍ْ سَبِيلِهِ ذَلِكُمْ وَصَّاكُ‍‍م‍ْ بِهِ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
Thumma 'Ātaynā Mūsá Al-Kitāba Tamāmāan `Alá Al-Ladhī 'Aĥsana Wa Tafşīlāan Likulli Shay'in Wa Hudáan Wa Raĥmatan La`allahum Biliqā'i Rabbihim Yu'uminūna 006-154 ދެން ހެޔޮعمل ކުޅަ މީހާއަށް (نعمة) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް تفصيل ކޮށް ބަޔާންކޮށްދެއްވުމަށާއި، هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެއުރެން إيمان ވުމަށްޓަކައެވެ. ثُ‍‍م‍ّ‍‍َ آتَيْنَا مُوسَى ا‍لْكِت‍‍َ‍ا‍بَ تَمَاماً عَلَى ا‍لَّذِي أَحْسَنَ وَتَفْصِيلا‍ً لِكُلِّ شَيْء‍ٍ وَهُ‍‍دى‍ً وَرَحْمَة‍‍‍ً لَعَلَّهُ‍‍م‍ْ بِلِق‍‍َ‍ا‍ءِ رَبِّهِمْ يُؤْمِن‍‍ُ‍و‍نَ
Wa Hadhā Kitābun 'Anzalnāhu Mubārakun Fa Attabi`ūhu Wa Attaqū La`allakum Turĥamūna 006-155 މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް تبع ވާށެވެ! އަދި ތިޔަބައިމީހުން تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. وَهَذَا كِت‍‍َ‍ا‍بٌ أَن‍زَلْن‍‍َ‍ا‍هُ مُبَارَك‍‍‍ٌ فَاتَّبِع‍‍ُ‍و‍هُ وَا‍تَّقُو‍‍ا‍ لَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
'An Taqūlū 'Innamā 'Unzila Al-Kitābu `Alá Ţā'ifatayni Min Qablinā Wa 'In Kunnā `An Dirāsatihim Laghāfilīna 006-156 ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެއުރެން ކުޅަ دراسة އާމެދު غافل ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ. أَ‍ن‍ْ تَقُولُ‍‍و‍‍ا‍ إِ‍نّ‍‍َمَ‍‍ا‍ أُن‍زِلَ ا‍لْكِت‍‍َ‍ا‍بُ عَلَى ط‍‍َ‍ا‍ئِفَتَيْنِ مِ‍‍ن‍ْ قَ‍‍ب‍‍ْلِنَا وَإِ‍ن‍ْ كُ‍‍ن‍ّ‍‍َا عَ‍‍ن‍ْ دِرَاسَتِهِمْ لَغَافِل‍‍ِ‍ي‍نَ
'Aw Taqūlū Law 'Annā 'Unzila `Alaynā Al-Kitābu Lakunnā 'Ahdá Minhum Faqad Jā'akum Bayyinatun Min Rabbikum Wa Hudáan Wa Raĥmatun Faman 'Ažlamu Mimman Kadhdhaba Bi'āyāti Al-Lahi Wa Şadafa `Anhā Sanaj Al-Ladhīna Yaşdifūna `An 'Āyātinā Sū'a Al-`Adhābi Bimā Kānū Yaşdifūna 006-157 ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ސާފު ހެތްކަކާއި، ތެދުމަގަކާއި، رحمة އެއް، ތިޔަބައިމީހުންގެ ގާތަށްއަތުވެއްޖެކަން ކަށަވަރެވެ. اللَّه ގެ آية ތައް ދޮގުކޮށް، އެ آية ތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ آية ތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ عذاب ން، ޖަޒާދެއްވާހުށީމެވެ. أَوْ تَقُولُو‍‍ا‍ لَوْ أَ‍نّ‍‍َ‍‍ا‍ أُن‍زِلَ عَلَيْنَا ا‍لْكِت‍‍َ‍ا‍بُ لَكُ‍‍ن‍ّ‍‍َ‍‍ا‍ أَهْدَى مِنْهُمْ فَقَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ بَيِّنَة‍‍‍ٌ مِ‍‍ن‍ْ رَبِّكُمْ وَهُ‍‍دى‍ً وَرَحْمَة‍‍‍ٌ فَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ كَذَّبَ بِآي‍‍َ‍ا‍تِ ا‍للَّهِ وَصَدَفَ عَنْهَا سَنَ‍‍ج‍‍ْزِي ا‍لَّذ‍ِي‍نَ يَصْدِف‍‍ُ‍و‍نَ عَ‍‍ن‍ْ آيَاتِنَا س‍‍ُ‍و‍ءَ ا‍لْعَذ‍َا‍بِ بِمَا كَانُو‍‍ا‍ يَصْدِف‍‍ُ‍و‍نَ
Hal Yanžurūna 'Illā 'An Ta'tiyahumu Al-Malā'ikatu 'Aw Ya'tiya Rabbuka 'Aw Ya'tiya Ba`đu 'Āyāti Rabbika Yawma Ya'tī Ba`đu 'Āyāti Rabbika Lā Yanfa`u Nafsāan 'Īmānuhā Lam Takun 'Āmanat Min Qablu 'Aw Kasabat Fī 'Īmānihā Khayrāan Qul Antažirū 'Innā Muntažirūna 006-158 އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ. هَلْ يَ‍‍ن‍ظُر‍ُو‍نَ إِلاَّ أَ‍ن‍ْ تَأْتِيَهُمُ ا‍لْمَلاَئِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آي‍‍َ‍ا‍تِ رَبِّكَ يَوْمَ يَأْتِي بَعْضُ آي‍‍َ‍ا‍تِ رَبِّكَ لاَ يَ‍‍ن‍فَعُ نَفْسا‍ً إِيمَانُهَا لَمْ تَكُ‍‍ن‍ْ آمَنَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلُ أَوْ كَسَبَتْ فِ‍‍ي إِيمَانِهَا خَيْرا‍ً قُلْ ا‍ن‍تَظِرُو‍ا‍ إِ‍نّ‍‍َا مُ‍‍ن‍تَظِر‍ُو‍نَ
'Inna Al-Ladhīna Farraqū Dīnahum Wa Kānū Shiya`āan Lasta MinhumShay'in 'Innamā 'Amruhum 'Ilá Al-Lahi Thumma Yunabbi'uhum Bimā Kānū Yaf`alūna 006-159 ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނުނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ فَرَّقُو‍‍ا‍ دِينَهُمْ وَكَانُو‍‍ا‍ شِيَعا‍ً لَسْتَ مِنْهُمْ فِي شَيْء‍ٍ إِ‍نّ‍‍َمَ‍‍ا‍ أَمْرُهُمْ إِلَى ا‍للَّهِ ثُ‍‍م‍ّ‍‍َ يُنَبِّئُهُ‍‍م‍ْ بِمَا كَانُو‍‍ا‍ يَفْعَل‍‍ُ‍و‍نَ
Man Jā'a Bil-Ĥasanati Falahu `Ashru 'Amthālihā Wa Man Jā'a Bis-Sayyi'ati Falā Yujzá 'Illā Mithlahā Wa Hum Lā Yužlamūna 006-160 ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. مَ‍‍ن‍ْ ج‍‍َ‍ا‍ءَ بِ‍‍ا‍لْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَمَ‍‍ن‍ْ ج‍‍َ‍ا‍ءَ بِ‍‍ا‍لسَّيِّئَةِ فَلاَ يُ‍‍ج‍‍ْزَى إِلاَّ مِثْلَهَا وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
Qul 'Innanī Hadānī Rabbī 'Ilá Şirāţin Mustaqīmin Dīnāan Qiyamāan Millata 'Ibrāhīma Ĥanīfāan Wa Mā Kāna Mina Al-Mushrikīna 006-161 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ باطل ގެ މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ ދީނެވެ. އަދި مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ. قُلْ إِ‍نّ‍‍َنِي هَدَانِي رَبِّ‍‍ي إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ دِينا‍ً قِيَما‍ً مِلَّةَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ حَنِيفا‍ً وَمَا ك‍‍َ‍ا‍نَ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Qul 'Inna Şalātī Wa Nusukī Wa Maĥyāya Wa Mamātī Lillahi Rabbi Al-`Ālamīna 006-162 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ. قُلْ إِ‍نّ‍‍َ صَلاَتِي وَنُسُكِي وَمَحْي‍‍َ‍ا‍يَ وَمَمَاتِي لِلَّهِ رَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Sharīka Lahu Wa Bidhalika 'Umirtu Wa 'Anā 'Awwalu Al-Muslimīna 006-163 އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ.އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّة ގެ) مسلم ންކުރެ، އެންމެ ފުރަތަމަ މީހާއެވެ. لاَ شَ‍‍ر‍‍ِي‍كَ لَهُ وَبِذَلِكَ أُمِرْتُ وَأَنَ‍‍ا‍ أَوَّلُ ا‍لْمُسْلِم‍‍ِ‍ي‍نَ
Qul 'Aghayra Al-Lahi 'Abghī Rabbāan Wa Huwa Rabbu Kulli Shay'in Wa Lā Taksibu Kullu Nafsin 'Illā `Alayhā Wa Lā Taziru Wāziratun Wizra 'UkhThumma 'Ilá Rabbikum Marji`ukum Fayunabbi'ukum Bimā Kuntum Fīhi Takhtalifūna 006-164 ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ حال، ކަލަކު ކަމުގައި، اللَّه ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ نفس އެއްމެ، އެ نفس އެއް ހޯދައިގަތް ކަމެއް މެނުވީ، އެ نفس އެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ. قُلْ أَغَيْرَ ا‍للَّهِ أَ‍ب‍‍ْغِي رَبّا‍ً وَهُوَ رَبُّ كُلِّ شَيْء‍ٍ وَلاَ تَكْسِبُ كُلُّ نَفْس‍‍‍ٍ إِلاَّ عَلَيْهَا وَلاَ تَزِ‍ر‍ُ وَا‍زِرَة‍‍‍ٌ وِزْرَ أُخْرَى ثُ‍‍م‍ّ‍‍َ إِلَى رَبِّكُ‍‍م‍ْ مَرْجِعُكُمْ فَيُنَبِّئُكُ‍‍م‍ْ بِمَا كُ‍‍ن‍تُمْ ف‍‍ِ‍ي‍هِ تَخْتَلِف‍‍ُ‍و‍نَ
Wa Huwa Al-Ladhī Ja`alakum Khalā'ifa Al-'Arđi Wa Rafa`a Ba`đakum Fawqa Ba`đin Darajātin Liyabluwakum Fī Mā 'Ātākum 'Inna Rabbaka Sarī`u Al-`Iqābi Wa 'Innahu Laghafūrun Raĥīmun 006-165 އެކަލާނގެއީ، ބިމުގެ خليفة އިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَهُوَ ا‍لَّذِي جَعَلَكُمْ خَلاَئِفَ ا‍لأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْض‍‍‍ٍ دَرَج‍‍َ‍ا‍ت‍‍‍ٍ لِيَ‍‍ب‍‍ْلُوَكُمْ فِي مَ‍‍ا آتَاكُمْ إِ‍نّ‍‍َ رَبَّكَ سَ‍‍ر‍‍ِي‍عُ ا‍لْعِق‍‍َ‍ا‍بِ وَإِ‍نّ‍‍َهُ لَغَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Next Sūrah