5) Sūrat Al-Mā'idah

Printed format

5) سُورَة المَائِدَه

Yā 'Ayyuhā Al-Ladhīna 'Āmanū 'Awfū Bil-`Uqūdi 'Uĥillat Lakum Bahīmatu Al-'An`āmi 'Illā Mā Yutlá `Alaykum Ghayra Muĥillī Aş-Şaydi Wa 'Antum Ĥurumun 'Inna Al-Laha Yaĥkumu Mā Yurīdu 005-001 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقد ތައް ފުއްދާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު حكم އޮތްގޮތް قرآن ން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، نعم ސޫފިތައް، ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ. ތިޔަބައިމީހުން إحرام ބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާގޮތަށް حكم ކުރައްވަތެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَوْفُو‍‍ا‍ بِ‍‍ا‍لْعُق‍‍ُ‍و‍دِ أُحِلَّتْ لَكُ‍‍م‍ْ بَهِيمَةُ ا‍لأَنع‍‍َ‍ا‍مِ إِلاَّ مَا يُتْلَى عَلَيْكُمْ غَيْرَ مُحِلِّي ا‍لصَّيْدِ وَأَ‍ن‍‍ْتُمْ حُرُم‍‍‍ٌ إِ‍نّ‍‍َ ا‍للَّهَ يَحْكُمُ مَا يُ‍‍ر‍‍ِي‍‍د‍ُ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tuĥillū Sha`ā'ira Al-Lahi Wa Lā Ash-Shahra Al-Ĥarāma Wa Lā Al-Hadya Wa Lā Al-Qalā'ida Wa Lā 'Āmmīna Al-Bayta Al-Ĥarāma Yabtaghūna Fađlāan Min Rabbihim Wa Riđwānāan Wa 'Idhā Ĥalaltum Fāşţādū Wa Lā Yajrimannakum Shana'ānu Qawmin 'An Şaddūkum `Ani Al-Masjidi Al-Ĥarāmi 'An Ta`tadū Wa Ta`āwanū `Alá Al-Birri Wa At-Taqwá Wa Lā Ta`āwanū `Alá Al-'Ithmi Wa Al-`Udwāni Wa Attaqū Al-Laha 'Inna Al-Laha Shadīdu Al-`Iqābi 005-002 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ شعائر ތަކާއި، އަދި حرمة ތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ންفضل ވަންތަކަމާއި، ރުއްސެވުންއެދި، حرمة ތެރިިވެގެންވާ ގެފުޅަށް قصد ކޮށްގެން އަންނަމީހުންގެ حرمة ނުކަނޑާށެވެ! (مراد އަކީ حج ގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް حرمة ތެރިކޮށްހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި حرمة ތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމައެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން قصد ކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) ތިޔަބައިމީހުން إحرام ކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަކުރާށެވެ! އަދި ތިޔަބައިމީހުން حرمة ތެރިވެގެންވާ މިސްކިތަށް (އެބަހީ: كعبةاللَّه ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއްއެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تُحِلُّو‍‍ا‍ شَع‍‍َ‍ا‍ئِ‍‍ر‍َ ا‍للَّهِ وَلاَ ا‍لشَّهْرَ ا‍لْحَر‍َا‍مَ وَلاَ ا‍لْهَ‍‍د‍‍ْيَ وَلاَ ا‍لْقَلاَئِدَ وَلاَ آ‍مّ‍‍ِ‍ي‍نَ ا‍لْبَيْتَ ا‍لْحَر‍َا‍مَ يَ‍‍ب‍‍ْتَغ‍‍ُ‍و‍نَ فَضْلا‍ً مِ‍‍ن‍ْ رَبِّهِمْ وَر‍‍ِضْوَانا‍ً وَإِذَا حَلَلْتُمْ فَاصْطَادُوا‍ وَلاَ يَ‍‍ج‍‍ْ‍‍ر‍‍ِمَ‍‍ن‍ّ‍‍َكُمْ شَنَآنُ قَوْمٍ أَ‍ن‍ْ صَدُّوكُمْ عَنِ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ أَ‍ن‍ْ تَعْتَدُوا‍ وَتَعَاوَنُو‍‍ا‍ عَلَى ا‍لْبِرِّ وَا‍لتَّ‍‍ق‍‍ْوَى وَلاَ تَعَاوَنُو‍‍ا‍ عَلَى ا‍لإِثْمِ وَا‍لْعُ‍‍د‍‍ْو‍َا‍نِ وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Ĥurrimat `Alaykumu Al-Maytatu Wa Ad-Damu Wa Laĥmu Al-Khinzīri Wa Mā 'Uhilla Lighayri Al-Lahi Bihi Wa Al-Munkhaniqatu Wa Al-Mawqūdhatu Wa Al-Mutaraddiyatu Wa An-Naţīĥatu Wa Mā 'Akala As-Sabu`u 'Illā Mā Dhakkaytum Wa Mā Dhubiĥa `Alá An-Nuşubi Wa 'An Tastaqsimū Bil-'Azlāmi Dhālikum Fisqun Al-Yawma Ya'isa Al-Ladhīna Kafarū Min Dīnikum Falā Takhshawhum Wa Akhshawnī Al-Yawma 'Akmaltu Lakum Dīnakum Wa 'Atmamtu `Alaykum Ni`matī Wa Rađītu Lakumu Al-'Islāma Dīnāan Famani Ađţurra Fī Makhmaşatin Ghayra Mutajānifin L'ithmin Fa'inna Al-Laha Ghafūrun Raĥīmun 005-003 މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، اللَّه ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. (މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެއެއްޗެއް އަތުޖެހި شرعى ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި،أزلام މެދުވެރިކޮށްގެން ތިޔަބައިމީހުންގެ نصيب ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، فاسق ކަންތައްތަކެކެވެ. މިއަދު، ތިޔަބައިމީހުންގެ دين އާމެދު (އެބަހީ: އެ دين އަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) كافر ން، ނާއުއްމީދު ވެއްޖެއެވެ. ފަހެ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. ފަހެ، ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ حرام ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް) މަޖުބޫރުވީ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: أزلام އަކީ، ފާލުބެލުމަށް ޖާހިލީޒަމާނުގައި ބޭނުންކޮށްއުޅޭ ދަނޑިކޮޅުތަކެކެވެ. ނުވަތަ ދުނިދަނޑިތަކެކެވެ.) حُرِّمَتْ عَلَيْكُمُ ا‍لْمَيْتَةُ وَا‍لدَّمُ وَلَحْمُ ا‍لْخِ‍‍ن‍ز‍ِي‍رِ وَمَ‍‍ا‍ أُهِلَّ لِغَيْ‍‍ر‍ِ ا‍للَّهِ بِهِ وَا‍لْمُنْخَنِقَةُ وَا‍لْمَوْقُوذَةُ وَا‍لْمُتَرَدِّيَةُ وَا‍ل‍‍ن‍ّ‍‍َطِيحَةُ وَمَ‍‍ا‍ أَكَلَ ا‍لسَّبُعُ إِلاَّ مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ا‍ل‍‍ن‍ّ‍‍ُصُبِ وَأَ‍ن‍ْ تَسْتَ‍‍ق‍‍ْسِمُو‍‍ا‍ بِ‍‍ا‍لأَزْلاَمِ ذَلِكُمْ فِسْق‍‍‍ٌ ا‍لْيَوْمَ يَئِسَ ا‍لَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ دِينِكُمْ فَلاَ تَخْشَوْهُمْ وَا‍خْشَوْنِي ا‍لْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَض‍‍ِ‍ي‍تُ لَكُمُ ا‍لإِسْلاَمَ دِينا‍ً فَمَنِ ا‍ضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِف‍‍‍ٍ لإِثْم‍‍‍ٍ فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yas'alūnaka Mādhā 'Uĥilla Lahum Qul 'Uĥilla Lakumu Aţ-Ţayyibātu Wa Mā `Allamtum Mina Al-Jawāriĥi Mukallibīna Tu`allimūnahunna Mimmā `Allamakumu Al-Lahu Fakulū Mimmā 'Amsakna `Alaykum Wa Adhkurū Asma Al-Lahi `Alayhi Wa Attaqū Al-Laha 'Inna Al-Laha Sarī`u Al-Ĥisābi 005-004 އެއުރެންނަށް حلال ކުރެއްވީ، ކޮން އެއްޗެއްތޯ ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް حلال ކުރެއްވިއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި، ދޫނީގެ ތެރެއިން ޝިކާރަކުރުމަށް އެ ތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ حال، ތިޔަބައިމީހުން އުނގަންނައިދިން ޖަނަވާރާއި، ދޫނީގެ ޝިކާރަ حلال ކުރެއްވިއެވެ. اللَّه ތިޔަބައިމީހުންނަށް އުނގަންނައި ދެއްވި ކަންތަކުގެ ތެރެއިން އެ ތަކެއްޗަށް، ތިޔަބައިމީހުން އުނގަންނައިދެމުއެވެ. ފަހެ، އެތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިިން ތިޔަބައިމީހުން ކާށެވެ! އަދި އެ ޝިކާރައިގެ މައްޗަށް اللَّه ގެ اسم ފުޅު ތިޔަބައިމީހުން ކިޔާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ ا‍لطَّيِّب‍‍َ‍ا‍تُ وَمَا عَلَّمْتُ‍‍م‍ْ مِنَ ا‍لْجَوَا‍ر‍‍ِحِ مُكَلِّب‍‍ِ‍ي‍نَ تُعَلِّمُونَهُ‍‍ن‍ّ‍‍َ مِ‍‍م‍ّ‍‍َا عَلَّمَكُمُ ا‍للَّهُ فَكُلُو‍‍ا‍ مِ‍‍م‍ّ‍‍َ‍‍ا‍ أَمْسَكْنَ عَلَيْكُمْ وَا‍ذْكُرُوا‍ ا‍سْمَ ا‍للَّهِ عَلَيْهِ وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Al-Yawma 'Uĥilla Lakumu Aţ-Ţayyibātu Wa Ţa`āmu Al-Ladhīna 'Ū Al-Kitāba Ĥillun Lakum Wa Ţa`āmukum Ĥillun Lahum Wa Al-Muĥşanātu Mina Al-Mu'umināti Wa Al-Muĥşanātu Mina Al-Ladhīna 'Ū Al-Kitāba Min Qablikum 'Idhā 'Ātaytumūhunna 'Ujūrahunna Muĥşinīna Ghayra Musāfiĥīna Wa Lā Muttakhidhī 'Akhdānin Wa Man Yakfur Bil-'Īmāni Faqad Ĥabiţa `Amaluhu Wa Huwa Fī Al-'Ākhirati Mina Al-Khāsirīna 005-005 މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި حلال ކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާއެއުރެންނަށް حلال ވެގެންވެއެވެ. عفة ތެރިި مؤمن އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމައެވެ. ކާވެނީގެ عفة ތެރިކަން ހޯދާބަޔެއްގެ ގޮތުގައެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ. އަދި إيمان ކަމަށް كافر ވާމީހާ (އެބަހީ: إسلام دين ގެ حكم ތަކަށް ދެކޮޅު ހަދާމީހާ ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ عمل باطل ވެގެންވެއެވެ. އަދި އޭނާވަނީ آخرة ގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. ا‍لْيَوْمَ أُحِلَّ لَكُمُ ا‍لطَّيِّب‍‍َ‍ا‍تُ وَطَع‍‍َ‍ا‍مُ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ حِلّ‍‍‍ٌ لَكُمْ وَطَعَامُكُمْ حِلّ‍‍‍ٌ لَهُمْ وَا‍لْمُحْصَن‍‍َ‍ا‍تُ مِنَ ا‍لْمُؤْمِن‍‍َ‍ا‍تِ وَا‍لْمُحْصَن‍‍َ‍ا‍تُ مِنَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ إِذَا آتَيْتُمُوهُ‍‍ن‍ّ‍‍َ أُجُورَهُ‍‍ن‍ّ‍‍َ مُحْصِن‍‍ِ‍ي‍نَ غَيْرَ مُسَافِح‍‍ِ‍ي‍نَ وَلاَ مُتَّخِذِي أَخْد‍َا‍ن‍‍‍ٍ وَمَ‍‍ن‍ْ يَكْفُرْ بِ‍‍ا‍لإِيم‍‍َ‍ا‍نِ فَقَ‍‍د‍ْ حَبِطَ عَمَلُهُ وَهُوَ فِي ا‍لآخِرَةِ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Qumtum 'Ilá Aş-Şalāati Fāghsilū Wujūhakum Wa 'Aydiyakum 'Ilá Al-Marāfiqi Wa Amsaĥū Biru'ūsikum Wa 'Arjulakum 'Ilá Al-Ka`bayni Wa 'In Kuntum Junubāan Fa Aţţahharū Wa 'In Kuntum Marđá 'Aw `Alá Safarin 'Aw Jā'a 'Aĥadun Minkum Mina Al-Ghā'iţi 'Aw Lāmastumu An-Nisā' Falam Tajidū Mā'an Fatayammamū Şa`īdāan Ţayyibāanmsaĥū Biwujūhikum Wa 'Aydīkum Minhu Mā Yurīdu Al-Lahu Liyaj`ala `Alaykum Min Ĥarajin Wa Lakin Yurīdu Liyuţahhirakum Waliyutimma Ni`matahu `Alaykum La`allakum Tashkurūna 005-006 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ،ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِذَا قُمْتُمْ إِلَى ا‍لصَّلاَةِ فَاغْسِلُو‍‍ا‍ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ا‍لْمَرَافِقِ وَا‍مْسَحُو‍‍ا‍ بِرُء‍ُ‍وسِكُمْ وَأَرْجُلَكُمْ إِلَى ا‍لْكَعْبَيْنِ وَإِ‍ن‍ْ كُ‍‍ن‍‍ْتُمْ جُنُبا‍ً فَاطَّهَّرُوا‍ وَإِ‍ن‍ْ كُ‍‍ن‍‍ْتُ‍‍م‍ْ مَرْضَى أَوْ عَلَى سَفَرٍ أَوْ ج‍‍َ‍ا‍ءَ أَحَد‍ٌ مِ‍‍ن‍‍ْكُ‍‍م‍ْ مِنَ ا‍لْغ‍‍َ‍ا‍ئِطِ أَوْ لاَمَسْتُمُ ا‍لنِس‍‍َ‍ا‍ء فَلَمْ تَجِدُوا‍ م‍‍َ‍ا‍ء‍ً فَتَيَ‍‍م‍ّ‍‍َمُو‍‍ا‍ صَعِيدا‍ً طَيِّبا‍ً فَامْسَحُو‍‍ا‍ بِوُجُوهِكُمْ وَأَيْدِيكُ‍‍م‍ْ مِنْهُ مَا يُ‍‍ر‍‍ِي‍دُ ا‍للَّهُ لِيَ‍‍ج‍‍ْعَلَ عَلَيْكُ‍‍م‍ْ مِنْ حَرَج‍‍‍ٍ وَلَكِ‍‍ن‍ْ يُ‍‍ر‍‍ِي‍دُ لِيُطَهِّرَكُمْ وَلِيُتِ‍‍م‍ّ‍‍َ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُر‍ُو‍نَ
Wa Adhkurū Ni`mata Al-Lahi `Alaykum Wa Mīthāqahu Al-Ladhī Wa Athaqakum Bihi 'Idh Qultum Sami`nā Wa 'Aţa`nā Wa Attaqū Al-Laha 'Inna Al-Laha `Alīmun Bidhāti Aş-Şudūri 005-007 ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއޭ ތިޔަބައިމީހުން ބުނިހިނދު، ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ نعمة އާއި، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ހިއްޕަވާފައިވާ عهد ކަށަވަރު ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَاذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ وَمِيثَاقَهُ ا‍لَّذِي وَا‍ثَقَكُ‍‍م‍ْ بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
Yā 'Ayyuhā Al-Ladhīna 'Āmanū Kūnū Qawwāmīna Lillahi Shuhadā'a Bil-Qisţi Wa Lā Yajrimannakum Shana'ānu Qawmin `Alá 'Allā Ta`dilū A`dilū Huwa 'Aqrabu Lilttaqwá Wa Attaqū Al-Laha 'Inna Al-Laha Khabīrun Bimā Ta`malūna 005-008 އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ كُونُو‍‍ا‍ قَوَّام‍‍ِ‍ي‍نَ لِلَّهِ شُهَد‍َا‍ءَ بِ‍‍ا‍لْقِسْطِ وَلاَ يَ‍‍ج‍‍ْ‍‍ر‍‍ِمَ‍‍ن‍ّ‍‍َكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُو‍‍ا‍ ا‍عْدِلُو‍‍ا‍ هُوَ أَ‍ق‍‍ْرَبُ لِلتَّ‍‍ق‍‍ْوَى وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ خَب‍‍ِ‍ي‍ر‍ٌ بِمَا تَعْمَل‍‍ُ‍و‍نَ
Wa`ada Al-Lahu Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum Maghfiratun Wa 'Ajrun `Ažīmun 005-009 إيمان ވެ صالح عمل ކުޅަމީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުރިކަމަށް އެއުރެންނަށް اللَّه وعد ކުރައްވާފައިވެއެވެ. وَعَدَ ا‍للَّهُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ لَهُ‍‍م‍ْ مَغْفِرَة‍‍‍ٌ وَأَ‍ج‍‍ْرٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Al-Ladhīna Kafarū Wa Kadhdhabū Bi'āyātinā 'Ūlā'ika 'Aşĥābu Al-Jaĥīmi 005-010 އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ. وَالَّذ‍ِي‍نَ كَفَرُوا‍ وَكَذَّبُو‍‍ا‍ بِآيَاتِنَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍لْجَح‍‍ِ‍ي‍مِ
Yā 'Ayyuhā Al-Ladhīna 'Āmanū Adhkurū Ni`mata Al-Lahi `Alaykum 'Idh Hamma Qawmun 'An Yabsuţū 'Ilaykum 'Aydiyahum Fakaffa 'Aydiyahum `Ankum Wa Attaqū Al-Laha Wa `Alá Al-Lahi Falyatawakkali Al-Mu'uminūna 005-011 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ބަޔަކުމީހުން (عداوة ތެރިވުމުގެގޮތުން) ތިޔަބައިމީހުން ނެތިކޮށްލުމަށްރާވައި، އެއުރެންގެ އަތްތަކުން މަސައްކަތް ކުރިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ތިޔަބައިމީހުންގެ ކިބައިން އެއުރެންގެއަތްތައް ދުރުކުރެއްވިއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (ހަމައެކަނި) اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ إِذْ هَ‍‍م‍ّ‍‍َ قَوْمٌ أَ‍ن‍ْ يَ‍‍ب‍‍ْسُطُ‍‍و‍‍ا‍ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَ‍‍ن‍‍ْكُمْ وَا‍تَّقُو‍‍ا‍ ا‍للَّهَ وَعَلَى ا‍للَّهِ فَلْيَتَوَكَّلِ ا‍لْمُؤْمِن‍‍ُ‍و‍نَ
Wa Laqad 'Akhadha Al-Lahu Mīthāqa Banī 'Isrā'īla Wa Ba`athnā Minhumu Athnay `Ashara Naqībāan Wa Qāla Al-Lahu 'Innī Ma`akum La'in 'Aqamtumu Aş-Şalāata Wa 'Ātaytumu Az-Zakāata Wa 'Āmantum Birusulī Wa `Azzartumūhum Wa 'Aqrađtumu Al-Laha Qarđāan Ĥasanāan La'ukaffiranna `Ankum Sayyi'ātikum Wa La'udkhilannakum Jannātin Tajrī Min Taĥtihā Al-'Anhāru Faman Kafara Ba`da Dhālika Minkum Faqad Đalla Sawā'a As-Sabīli 005-012 ހަމަކަށަވަރުން، اللَّه، إسـرآءيـل ގެދަރިންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިއެވެ. އަދި އެއުރެންގެ ތެރެއިން ބާރަ نقيب ން (އެބަހީ: ބާރަ ވެރިން) ތިމަންރަސްކަލާނގެ اختيار ކުރެއްވީމެވެ. އަދި اللَّه وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއެކު ވޮޑިގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ނަމާދު قائم ކުރާނަމަ، އަދި زكاة ދޭނަމަ، އަދި ތިމަންރަސްކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވެ، އެ رسول ންނަށް نصر ދޭނަމަ، އަދި اللَّه އަށްޓަކައި ހެޔޮވެގެންވާ ދަރަންޏަކުން ދަރަނިދޭނަމަ، (އެބަހީ: اللَّه ގެ މަގުގައި ހޭދަކުރާނަމަ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ވައްދަވާހުށީމެވެ. ދެން އެ އެންގެވުމަށްފަހު، ތިޔަބައިމީހުންގެ ތެރެއިން كافر ވިމީހާ، ފަހެ، ހަމަމަގުން އެއްކިބާވެފުރެދިއްޖެކަން ކަށަވަރެވެ. وَلَقَ‍‍د‍ْ أَخَذَ ا‍للَّهُ مِيث‍‍َ‍ا‍قَ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ وَبَعَثْنَا مِنْهُمُ ا‍ثْنَيْ عَشَرَ نَقِيبا‍ً وَق‍‍َ‍ا‍لَ ا‍للَّهُ إِ‍نّ‍‍ِي مَعَكُمْ لَئِنْ أَقَمْتُمُ ا‍لصَّلاَةَ وَآتَيْتُمُ ا‍لزَّك‍‍َ‍ا‍ةَ وَآمَ‍‍ن‍‍ْتُ‍‍م‍ْ بِرُسُلِي وَعَزَّرْتُمُوهُمْ وَأَ‍ق‍‍ْرَضْتُمُ ا‍للَّهَ قَرْضاً حَسَنا‍ً لَأُكَفِّرَ‍نّ‍‍َ عَ‍‍ن‍‍ْكُمْ سَيِّئ‍‍َ‍اتِكُمْ وَلَأُ‍د‍‍ْخِلَ‍‍ن‍ّ‍‍َكُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ فَمَ‍‍ن‍ْ كَفَرَ بَعْدَ ذَلِكَ مِ‍‍ن‍‍ْكُمْ فَقَ‍‍د‍ْ ضَلَّ سَو‍َا‍ءَ ا‍لسَّب‍‍ِ‍ي‍لِ
Fabimā Naqđihimthāqahum La`annāhum Wa Ja`alnā Qulūbahum Qāsiyatan Yuĥarrifūna Al-Kalima `An Mawāđi`ihi Wa Nasū Ĥažžāan Mimmā Dhukkirū Bihi Wa Lā Tazālu Taţţali`u `Alá Khā'inatin Minhum 'Illā Qalīlāan Minhum Fā`fu `Anhum Wa Aşfaĥ 'Inna Al-Laha Yuĥibbu Al-Muĥsinīna 005-013 ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. فَبِمَا نَ‍‍ق‍‍ْضِهِ‍‍م‍ْ مِيثَاقَهُمْ لَعَ‍‍ن‍ّ‍‍َاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَة‍‍‍ً يُحَرِّف‍‍ُ‍و‍نَ ا‍لْكَلِمَ عَ‍‍ن‍ْ مَوَاضِعِهِ وَنَسُو‍‍ا‍ حَظّا‍ً مِ‍‍م‍ّ‍‍َا ذُكِّرُوا‍ بِهِ وَلاَ تَز‍َا‍لُ تَطَّلِعُ عَلَى خ‍‍َ‍ا‍ئِنَة‍‍‍ٍ مِنْهُمْ إِلاَّ قَلِيلا‍ً مِنْهُمْ فَاعْفُ عَنْهُمْ وَا‍صْفَحْ إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Mina Al-Ladhīna Qālū 'Innā Naşārá 'Akhadhnā Mīthāqahum Fanasū Ĥažžāan Mimmā Dhukkirū Bihi Fa'aghraynā Baynahumu Al-`Adāwata Wa Al-Baghđā'a 'Ilá Yawmi Al-Qiyāmati Wa Sawfa Yunabbi'uhumu Al-Lahu Bimā Kānū Yaşna`ūna 005-014 ހަމަކަށަވަރުން، ތިމަންމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް އެއުރެންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން އެއުރެން ހަނދާންނައްތާލިއެވެ. ފަހެ، قيامة ދުވަހަށް ދާނދެން އެއުރެންގެ މެދުގައި،عدواة ތެރިކަމާއި، ރުޅިވެރިކަން ލެއްވީމެވެ. އަދި ނިކަންހުރެ އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން اللَّه އެއުރެންނަށް خبر އަންގަވާނެއެވެ. وَمِنَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا نَصَارَى أَخَذْنَا مِيثَاقَهُمْ فَنَسُو‍‍ا‍ حَظّا‍ً مِ‍‍م‍ّ‍‍َا ذُكِّرُوا‍ بِهِ فَأَغْرَيْنَا بَيْنَهُمُ ا‍لْعَدَاوَةَ وَا‍لْبَغْض‍‍َ‍ا‍ءَ إِلَى يَوْمِ ا‍لْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ا‍للَّهُ بِمَا كَانُو‍‍ا‍ يَصْنَع‍‍ُ‍و‍نَ
Yā 'Ahla Al-Kitābi Qad Jā'akum Rasūlunā Yubayyinu Lakum Kathīrāan Mimmā Kuntum Tukhfūna Mina Al-Kitābi Wa Ya`fū `An Kathīrin Qad Jā'akum Mina Al-Lahi Nūrun Wa Kitābun Mubīnun 005-015 އޭ ފޮތުގެ أهل ވެރިންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް عفو ކުރައްވާ حال، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ން نور އަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ قَ‍‍د‍ْ ج‍‍َ‍ا‍ءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرا‍ً مِ‍‍م‍ّ‍‍َا كُ‍‍ن‍‍ْتُمْ تُخْف‍‍ُ‍و‍نَ مِنَ ا‍لْكِت‍‍َ‍ا‍بِ وَيَعْفُو عَ‍‍ن‍ْ كَث‍‍ِ‍ي‍ر‍ٍ قَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ مِنَ ا‍للَّهِ ن‍‍ُ‍و‍ر‍ٌ وَكِت‍‍َ‍ا‍ب‍‍‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Yahdī Bihi Al-Lahu Mani Attaba`a Riđwānahu Subula As-Salāmi Wa Yukhrijuhum Mina Až-Žulumāti 'Ilá An-Nūri Bi'idhnihi Wa Yahdīhim 'Ilá Şirāţin Mustaqīmin 005-016 اللَّه، އެކަލާނގެ ރުއްސަވާ މަގަށް تبع ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ إذن ފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ. يَهْدِي بِهِ ا‍للَّهُ مَنِ ا‍تَّبَعَ ‍ر‍‍ِضْوَانَهُ سُبُلَ ا‍لسَّلاَمِ وَيُخْ‍‍ر‍‍ِجُهُ‍‍م‍ْ مِنَ ا‍لظُّلُم‍‍َ‍ا‍تِ إِلَى ا‍ل‍‍ن‍ّ‍‍ُ‍و‍ر‍ِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Laqad Kafara Al-Ladhīna Qālū 'Inna Al-Laha Huwa Al-Masīĥu Abnu Maryama Qul Faman Yamliku Mina Al-Lahi Shay'āan 'In 'Arāda 'An Yuhlika Al-Masīĥa Abna Maryama Wa 'Ummahu Wa Man Al-'Arđi Jamī`āan Wa Lillahi Mulku As-Samāwāti Wa Al-'Arđi Wa Mā Baynahumā Ykhluqu Mā Yashā'u Wa Allāhu `Alá Kulli Shay'in Qadīrun 005-017 ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުންގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) އާއި،އެކަލޭގެފާނުގެ މައިކަނބަލުންނާއި، ބިމުގައިވާހައި ބަޔަކު ނެތިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، اللَّه ގެ އިރާދަފުޅާ ދެކޮޅަށް ކަމެއް ކުރުމަށް އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށްހެއްޔެވެ؟ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ހައްދަވަތެވެ. އަދި اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. لَقَ‍‍د‍ْ كَفَرَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ هُوَ ا‍لْمَس‍‍ِ‍ي‍حُ ا‍ب‍‍ْنُ مَرْيَمَ قُلْ فَمَ‍‍ن‍ْ يَمْلِكُ مِنَ ا‍للَّهِ شَيْئا‍ً إِنْ أَر‍َا‍دَ أَ‍ن‍ْ يُهْلِكَ ا‍لْمَس‍‍ِ‍ي‍حَ ا‍ب‍‍ْنَ مَرْيَمَ وَأُ‍مّ‍‍َهُ وَمَ‍‍ن‍ْ فِي ا‍لأَرْضِ جَمِيعا‍ً وَلِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا يخْلُقُ مَا يَش‍‍َ‍ا‍ءُ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa Qālati Al-Yahūdu Wa An-Naşārá Naĥnu 'Abnā'u Al-Lahi Wa 'Aĥibbā'uuhu Qul Falima Yu`adhdhibukum Bidhunūbikum Bal 'Antum Basharun Mimman Khalaqa Yaghfiru Liman Yashā'u Wa Yu`adhdhibu Man Yashā'u Wa Lillahi Mulku As-Samāwāti Wa Al-'Arđi Wa Mā Baynahumā Wa 'Ilayhi Al-Maşīru 005-018 يهودى ންނާއި، نصارى އިން ބުނެފޫއެވެ. ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ عذاب ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން ملك ވެގެންވަނީ اللّه އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ حضرة އަށެވެ. وَقَالَتِ ا‍لْيَه‍‍ُ‍و‍دُ وَا‍ل‍‍ن‍ّ‍‍َصَارَى نَحْنُ أَ‍ب‍‍ْن‍‍َ‍ا‍ءُ ا‍للَّهِ وَأَحِبّ‍‍َ‍ا‍ؤُهُ قُلْ فَلِمَ يُعَذِّبُكُ‍‍م‍ْ بِذُنُوبِكُ‍‍م‍ْ بَلْ أَ‍ن‍‍ْتُ‍‍م‍ْ بَشَر‍ٌ مِ‍‍م‍ّ‍‍َنْ خَلَقَ يَغْفِ‍‍ر‍ُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيُعَذِّبُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَلِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Yā 'Ahla Al-Kitābi Qad Jā'akum Rasūlunā Yubayyinu Lakum `Alá Fatratin Mina Ar-Rusuli 'An Taqūlū Mā Jā'anā Min Bashīrin Wa Lā Nadhīrin Faqad Jā'akum Bashīrun Wa Nadhīrun Wa Allāhu `Alá Kulli Shay'in Qadīrun 005-019 އޭފޮތުގެ أهل ވެރިންނޭވެ! އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، ތިމަންމެންގެ ގާތަކަށް ވަޑައެއްނުގަންނަވައޭ ތިޔަބައިމީހުން ބުނެފާނެކަމަށްޓަކައި، رسول ންގެ މެދުކެނޑުމަކަށްފަހު، ތިޔަބައިމީހުންނަށް (ކަންތައްތައް) بيان ކޮށްދެއްވާ حال ތިޔަބައިމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ ވަޑައިގެންފިކަން ކަށަވަރެވެ. ފަހެ، އުފާވެރިކަމުގެ خبر ދެއްވާ، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިކަން ކަށަވަރެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ قَ‍‍د‍ْ ج‍‍َ‍ا‍ءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَى فَتْرَة‍‍‍ٍ مِنَ ا‍لرُّسُلِ أَ‍ن‍ْ تَقُولُو‍‍ا‍ مَا ج‍‍َ‍ا‍ءَنَا مِ‍‍ن‍ْ بَش‍‍ِ‍ي‍ر‍ٍ وَلاَ نَذ‍ِي‍ر‍ٍ فَقَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ بَش‍‍ِ‍ي‍ر‍ٌ وَنَذ‍ِي‍ر‍ٌ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa 'Idh Qāla Mūsá Liqawmihi Yā Qawmi Adhkurū Ni`mata Al-Lahi `Alaykum 'Idh Ja`ala Fīkum 'Anbiyā'a Wa Ja`alakum Mulūkāan Wa 'Ātākum Mā Lam Yu'uti 'Aĥadāan Mina Al-`Ālamīna 005-020 އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް اللَّه ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، އެކަލާނގެ ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ. އަދި (އެޒަމާނުގެ) عالم ތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ نعمة ތިޔަބައިމީހުންނަށް ދެއްވިއެވެ. وَإِذْ ق‍‍َ‍ا‍لَ مُوسَى لِقَوْمِهِ يَا قَوْمِ ا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَ‍ن‍‍ْبِي‍‍َ‍ا‍ءَ وَجَعَلَكُ‍‍م‍ْ مُلُوكا‍ً وَآتَاكُ‍‍م‍ْ مَا لَمْ يُؤْتِ أَحَدا‍ً مِنَ ا‍لْعَالَم‍‍ِ‍ي‍نَ
Yā Qawmi Adkhulū Al-'Arđa Al-Muqaddasata Allatī Kataba Al-Lahu Lakum Wa Lā Tartaddū `Alá 'Adrikum Fatanqalibū Khāsirīna 005-021 އޭއަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ. يَا قَوْمِ ا‍د‍‍ْخُلُو‍‍ا‍ ا‍لأَرْضَ ا‍لْمُقَدَّسَةَ ا‍لَّتِي كَتَبَ ا‍للَّهُ لَكُمْ وَلاَ تَرْتَدُّوا‍ عَلَى أَ‍د‍‍ْبَا‍ر‍‍ِكُمْ فَتَ‍‍ن‍‍ْقَلِبُو‍‍ا‍ خَاسِ‍‍ر‍‍ِي‍نَ
Qālū Yā Mūsá 'Inna Fīhā Qawmāan Jabrīna Wa 'Innā Lan Nadkhulahā Ĥattá Yakhrujū Minhā Fa'in Yakhrujū Minhā Fa'innā Dākhilūna 005-022 އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ގަދަފަދަ جبّار ބަޔަކު އެތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން، އެއުރެން އެތަނުން ނުކުމެއްޖައުމަށްދާނދެން، ތިމަންމެން އެތަނަކަށް ނުވަންނާނޫއެވެ. ފަހެ، އެއުރެން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން، ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމުއެވެ. قَالُو‍‍ا‍ يَا مُوسَى إِ‍نّ‍‍َ فِيهَا قَوْما‍ً جَبَّا‍ر‍‍ِي‍نَ وَإِ‍نّ‍‍َا لَ‍‍ن‍ْ نَ‍‍د‍‍ْخُلَهَا حَتَّى يَخْرُجُو‍‍ا‍ مِنْهَا فَإِ‍ن‍ْ يَخْرُجُو‍‍ا‍ مِنْهَا فَإِ‍نّ‍‍َا دَاخِل‍‍ُ‍و‍نَ
Qāla Rajulāni Mina Al-Ladhīna Yakhāfūna 'An`ama Al-Lahu `Alayhimā Adkhulū `Alayhimu Al-Bāba Fa'idhā Dakhaltumūhu Fa'innakum Ghālibūna Wa `Alá Al-Lahi Fatawakkalū 'In Kuntum Mu'uminīna 005-023 (اللَّه ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން اللَّه، نعمة ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، إيمان ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން وكيل ކުރާށެވެ! ق‍َا‍لَ رَجُلاَنِ مِنَ ا‍لَّذ‍ِي‍نَ يَخَاف‍‍ُ‍و‍نَ أَنْعَمَ ا‍للَّهُ عَلَيْهِمَا ا‍د‍‍ْخُلُو‍‍ا‍ عَلَيْهِمُ ا‍لْب‍‍َ‍ا‍بَ فَإِذَا دَخَلْتُم‍‍ُ‍و‍هُ فَإِ‍نّ‍‍َكُمْ غَالِب‍‍ُ‍و‍نَ وَعَلَى ا‍للَّهِ فَتَوَكَّلُ‍‍و‍‍ا‍ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Qālū Yā Mūsá 'Innā Lan Nadkhulahā 'Abadāan Mā Dāmū Fīhā Fādh/hab 'Anta Wa Rabbuka Faqātilā 'Innā Hāhunā Qā`idūna 005-024 އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ. قَالُو‍‍ا‍ يَا مُوسَى إِ‍نّ‍‍َا لَ‍‍ن‍ْ نَ‍‍د‍‍ْخُلَهَ‍‍ا‍ أَبَدا‍ً مَا دَامُو‍‍ا‍ فِيهَا فَاذْهَ‍‍ب‍ْ أَ‍ن‍‍ْتَ وَرَبُّكَ فَقَاتِلاَ إِ‍نّ‍‍َا هَاهُنَا قَاعِد‍ُو‍نَ
Qāla Rabbi 'Innī Lā 'Amliku 'Illā Nafsī Wa 'Akhī Fāfruq Baynanā Wa Bayna Al-Qawmi Al-Fāsiqīna 005-025 އެކަލޭގެފާނު ވިދާޅުވިއެވެ. މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ أخ އާއި، މިއަޅާގެ އަމިއްލަ نفس މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ، فاسق ވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވައިފާނދޭވެ! ق‍َا‍لَ رَبِّ إِ‍نّ‍‍ِي لاَ أَمْلِكُ إِلاَّ نَفْسِي وَأَخِي فَافْرُ‍ق‍ْ بَيْنَنَا وَبَيْنَ ا‍لْقَوْمِ ا‍لْفَاسِق‍‍ِ‍ي‍نَ
Qāla Fa'innahā Muĥarramatun `Alayhim 'Arba`īna Sanatan Yatīhūna Fī Al-'Arđi Falā Ta'sa `Alá Al-Qawmi Al-Fāsiqīna 005-026 އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަން (އެބަހީ: مقدّس ވެގެންވާ ރަށުގެ ބިމަށް ވަނުން) އެއުރެންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ސާޅީސް އަހަރުވާންދެނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އެއުރެން އުޅުމަށެވެ. ފަހެ، فاسق ވި قوم ގެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! ق‍َا‍لَ فَإِ‍نّ‍‍َهَا مُحَرَّمَةٌ عَلَيْهِمْ أَرْبَع‍‍ِ‍ي‍نَ سَنَة‍‍‍ً يَتِيه‍‍ُ‍و‍نَ فِي ا‍لأَرْضِ فَلاَ تَأْسَ عَلَى ا‍لْقَوْمِ ا‍لْفَاسِق‍‍ِ‍ي‍نَ
Wa Atlu `Alayhim Naba'a Abnay 'Ādama Bil-Ĥaqqi 'Idh Qarrabā Qurbānāan Fatuqubbila Min 'Aĥadihimā Wa Lam Yutaqabbal Mina Al-'Ākhari Qāla La'aqtulannaka Qāla 'Innamā Yataqabbalu Al-Lahu Mina Al-Muttaqīna 005-027 آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެއެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ. وَاتْلُ عَلَيْهِمْ نَبَأَ ا‍ب‍‍ْنَ‍‍ي‍ْ آدَمَ بِ‍‍ا‍لْحَقِّ إِذْ قَرَّبَا قُرْبَانا‍ً فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ا‍لآخَ‍‍ر‍ِ ق‍‍َ‍ا‍لَ لَأَ‍ق‍‍ْتُلَ‍‍ن‍ّ‍‍َكَ ق‍‍َ‍ا‍لَ إِ‍نّ‍‍َمَا يَتَقَبَّلُ ا‍للَّهُ مِنَ ا‍لْمُتَّق‍‍ِ‍ي‍نَ
La'in Basaţta 'Ilayya Yadaka Litaqtulanī Mā 'Anā Bibāsiţin Yadiya 'Ilayka Li'qtulaka 'Innī 'Akhāfu Al-Laha Rabba Al-`Ālamīna 005-028 ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. لَئِ‍‍ن‍ْ بَسَ‍‍ط‍تَ إِلَيَّ يَدَكَ لِتَ‍‍ق‍‍ْتُلَنِي مَ‍‍ا‍ أَنَا بِبَاسِط‍‍‍ٍ يَدِيَ إِلَيْكَ لِأ‍ق‍‍ْتُلَكَ إِ‍نّ‍‍ِ‍‍ي‍ أَخ‍‍َ‍ا‍فُ ا‍للَّهَ رَبَّ ا‍لْعَالَم‍‍ِ‍ي‍نَ
'Innī 'Urīdu 'An Tabū'a Bi'ithmī Wa 'Ithmika Fatakūna Min 'Aşĥābi An-Nāri Wa Dhalika Jazā'u Až-Žālimīna 005-029 ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. إِ‍نّ‍‍ِ‍‍ي‍ أُ‍ر‍‍ِي‍دُ أَ‍ن‍ْ تَب‍‍ُ‍و‍ءَ بِإِثْمِي وَإِثْمِكَ فَتَك‍‍ُ‍و‍نَ مِنْ أَصْح‍‍َ‍ا‍بِ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَذَلِكَ جَز‍َا‍ءُ ا‍لظَّالِم‍‍ِ‍ي‍نَ
Faţawwa`at Lahu Nafsuhu Qatla 'Akhīhi Faqatalahu Fa'aşbaĥa Mina Al-Khāsirīna 005-030 ދެން އޭނާގެ أخ އާ قتل ކުރުމަށް، އޭނާގެ نفس އޭނާޔަށް زينة ތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ أخ އާ قتل ކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ. فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخ‍‍ِ‍ي‍هِ فَقَتَلَهُ فَأَصْبَحَ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Faba`atha Al-Lahu Ghurābāan Yabĥathu Fī Al-'Arđi Liyuriyahu Kayfa Yuwārī Saw'ata 'Akhīhi Qāla Yā Waylatā 'A`ajaztu 'An 'Akūna Mithla Hādhā Al-Ghurābi Fa'uwāriya Saw'ata 'Akhī Fa'aşbaĥa Mina An-Nādimīna 005-031 ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަންއޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ. فَبَعَثَ ا‍للَّهُ غُرَابا‍ً يَ‍‍ب‍‍ْحَثُ فِي ا‍لأَرْضِ لِيُ‍‍ر‍‍ِيَهُ كَيْفَ يُوَا‍ر‍‍ِي سَوْأَةَ أَخ‍‍ِ‍ي‍هِ ق‍‍َ‍ا‍لَ يَاوَيْلَتَ‍‍ا‍ أَعَجَزْتُ أَنْ أَك‍‍ُ‍و‍نَ مِثْلَ هَذَا ا‍لْغُر‍َا‍بِ فَأ‍ُ‍وَا‍ر‍‍ِيَ سَوْأَةَ أَخِي فَأَصْبَحَ مِنَ ا‍ل‍‍ن‍ّ‍‍َادِم‍‍ِ‍ي‍نَ
Min 'Ajli Dhālika Katabnā `Alá Banī 'Isrā'īla 'Annahu Man Qatala Nafsāan Bighayri Nafsin 'Aw Fasādin Al-'Arđi Faka'annamā Qatala An-Nāsa Jamī`āan Wa Man 'Aĥyāhā Faka'annamā 'Aĥyā An-Nāsa Jamī`āan Wa Laqad Jā'at/hum Rusulunā Bil-Bayyināti Thumma 'Inna Kathīrāan Minhum Ba`da Dhālika Fī Al-'Arđi Lamusrifūna 005-032 އެކަމަށްޓަކައި إسـرآءيـل ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.) مِنْ أَ‍ج‍‍ْلِ ذَلِكَ كَتَ‍‍ب‍‍ْنَا عَلَى بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ أَ‍نّ‍‍َهُ مَ‍‍ن‍ْ قَتَلَ نَفْسا‍ً بِغَيْ‍‍ر‍ِ نَفْسٍ أَوْ فَس‍‍َ‍ا‍د‍ٍ فِي ا‍لأَرْضِ فَكَأَ‍نّ‍‍َمَا قَتَلَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ جَمِيعا‍ً وَمَنْ أَحْيَاهَا فَكَأَ‍نّ‍‍َمَ‍‍ا‍ أَحْيَا ا‍ل‍‍ن‍ّ‍‍َ‍ا‍سَ جَمِيعا‍ً وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَتْهُمْ رُسُلُنَا بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ إِ‍نّ‍‍َ كَثِيرا‍ً مِنْهُ‍‍م‍ْ بَعْدَ ذَلِكَ فِي ا‍لأَرْضِ لَمُسْ‍‍ر‍‍ِف‍‍ُ‍و‍نَ
'Innamā Jazā'u Al-Ladhīna Yuĥāribūna Al-Laha Wa Rasūlahu Wa Yas`awna Fī Al-'Arđi Fasādāan 'An Yuqattalū 'Aw Yuşallabū 'Aw Tuqaţţa`a 'Aydīhim Wa 'Arjuluhum Min Khilāfin 'Aw Yunfaw Mina Al-'Arđi Dhālika Lahum Khizyun Ad-Dunyā Wa Lahum Al-'Ākhirati `Adhābun `Ažīmun 005-033 اللَّه އާއި، އެކަލާނގެ رسول އާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައިفساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. إِ‍نّ‍‍َمَا جَز‍َا‍ءُ ا‍لَّذ‍ِي‍نَ يُحَا‍ر‍‍ِب‍‍ُ‍و‍نَ ا‍للَّهَ وَرَسُولَهُ وَيَسْعَوْنَ فِي ا‍لأَرْضِ فَسَاداً أَ‍ن‍ْ يُقَتَّلُ‍‍و‍‍ا‍ أَوْ يُصَلَّبُ‍‍و‍‍ا‍ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُ‍‍م‍ْ مِنْ خِلاَفٍ أَوْ يُ‍‍ن‍فَوْا مِنَ ا‍لأَرْضِ ذَلِكَ لَهُمْ خِزْي‍‍‍ٌ فِي ا‍لدُّ‍‍ن‍يَا وَلَهُمْ فِي ا‍لآخِرَةِ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
'Illā Al-Ladhīna Tābū Min Qabli 'An Taqdirū `Alayhim Fā`lamū 'Anna Al-Laha Ghafūrun Raĥīmun 005-034 އެއުރެންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، توبة ވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަން، ތިޔަބައިމީހުން ދަންނާށެވެ! إِلاَّ ا‍لَّذ‍ِي‍نَ تَابُو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تَ‍‍ق‍‍ْدِرُوا‍ عَلَيْهِمْ فَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Attaqū Al-Laha Wa Abtaghū 'Ilayhi Al-Wasīlata Wa Jāhidū Fī Sabīlihi La`allakum Tufliĥūna 005-035 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة އަށް ކުއްތަންވުމުގެ މަގު ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެ މަގުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (އެއީ) ތިޔަބައިމީހުން، ދިންނަވައި نصيب ލިބުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّقُو‍‍ا‍ ا‍للَّهَ وَا‍ب‍‍ْتَغُ‍‍و‍‍ا‍ إِلَيْهِ ا‍لْوَسِيلَةَ وَجَاهِدُوا‍ فِي سَبِيلِهِ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
'Inna Al-Ladhīna Kafarū Law 'Anna Lahum Mā Fī Al-'Arđi Jamī`āan Wa Mithlahu Ma`ahu Liyaftadū Bihi Min `Adhābi Yawmi Al-Qiyāmati Mā Tuqubbila Minhum Wa Lahum `Adhābun 'Alīmun 005-036 ހަމަކަށަވަރުން، كافر ވި މީހުން، قيامة ދުވަހުގެ عذاب ން އެއުރެން ސަލާމަތްވެގަތުމަށް އެތަކެތިން فدية ދިނުމަށްޓަކައި، ބިމުގައިވާ އެންމެހާތަކެއްޗާއި، އެއާއެކު ހަމައެފަދަ ތަކެތި، އެއުރެންނަށް މިލްކުވެގެންވީ ނަމަވެސް، އެއުރެންގެ ކިބައިން قبول އެއް ނުކުރެއްވީހެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ لَوْ أَ‍نّ‍‍َ لَهُ‍‍م‍ْ مَا فِي ا‍لأَرْضِ جَمِيعا‍ً وَمِثْلَهُ مَعَهُ لِيَفْتَدُوا‍ بِهِ مِنْ عَذ‍َا‍بِ يَوْمِ ا‍لْقِيَامَةِ مَا تُقُبِّلَ مِنْهُمْ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Yurīdūna 'An Yakhrujū Mina An-Nāri Wa Mā Hum Bikhārijīna Minhā Wa Lahum `Adhābun Muqīmun 005-037 ނަރަކައިގެ އަލިފާނުގެ ތެރެއިން ނުކުތުމަށް އެއުރެން އެދޭނެތެވެ. (ނަމަވެސް) އެތަނުން ނުކުމެވޭނޭ ބަޔަކު ކަމުގައި، އެއުރެން ނުވެތެވެ. އަދި އެއުރެންނަށް ދެމިހުންނަނިވި عذاب ހުށްޓެވެ. يُ‍‍ر‍‍ِيد‍ُو‍نَ أَ‍ن‍ْ يَخْرُجُو‍‍ا‍ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَمَا هُ‍‍م‍ْ بِخَا‍ر‍‍ِج‍‍ِ‍ي‍نَ مِنْهَا وَلَهُمْ عَذ‍َا‍ب‍‍‍ٌ مُق‍‍ِ‍ي‍م‍‍‍ٌ
Wa As-Sāriqu Wa As-Sāriqatu Fāqţa`ū 'Aydiyahumā Jazā'an Bimā Kasabā Nakālāan Mina Al-Lahi Wa Allāhu `Azīzun Ĥakīmun 005-038 ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. وَالسَّا‍ر‍‍ِقُ وَا‍لسَّا‍ر‍‍ِقَةُ فَا‍ق‍‍ْطَعُ‍‍و‍‍ا‍ أَيْدِيَهُمَا جَز‍َا‍ء‍ً بِمَا كَسَبَا نَكَالا‍ً مِنَ ا‍للَّهِ وَا‍للَّهُ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Faman Tāba Min Ba`di Žulmihi Wa 'Aşlaĥa Fa'inna Al-Laha Yatūbu `Alayhi 'Inna Al-Laha Ghafūrun Raĥīmun 005-039 ފަހެ، އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. فَمَ‍‍ن‍ْ ت‍‍َ‍ا‍بَ مِ‍‍ن‍ْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِ‍نّ‍‍َ ا‍للَّهَ يَت‍‍ُ‍و‍بُ عَلَيْهِ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Alam Ta`lam 'Anna Al-Laha Lahu Mulku As-Samāwāti Wa Al-'Arđi Yu`adhdhibu Man Yashā'u Wa Yaghfiru Liman Yashā'u Wa Allāhu `Alá Kulli Shay'in Qadīrun 005-040 ހަމަކަށަވަރުން، އުޑުތަކާއި، ބިމުގެ ވެރިކަން اللَّه އަށް މިލްކުވެގެންވާކަން ތިބާނުދަންނަމުހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ ފާފަފުއްސަވަތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. أَلَمْ تَعْلَمْ أَ‍نّ‍‍َ ا‍للَّهَ لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ يُعَذِّبُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيَغْفِ‍‍ر‍ُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Yā 'Ayyuhā Ar-Rasūlu Lā Yaĥzunka Al-Ladhīna Yusāri`ūna Fī Al-Kufri Mina Al-Ladhīna Qālū 'Āmannā Bi'afwāhihim Wa Lam Tu'umin Qulūbuhum Wa Mina Al-Ladhīna Hādū Sammā`ūna Lilkadhibi Sammā`ūna Liqawmin 'Ākharīna Lam Ya'tūka Yuĥarrifūna Al-Kalima Min Ba`di Mawāđi`ihi Yaqūlūna 'In 'Ūtītumdhā Fakhudhūhu Wa 'In Lam Tu'utawhu Fāĥdharū Wa Man Yuridi Al-Lahu Fitnatahu Falan Tamlika Lahu Mina Al-Lahi Shay'āan 'Ūlā'ika Al-Ladhīna Lam Yuridi Al-Lahu 'An Yuţahhira Qulūbahum Lahum Ad-DunKhizyun Wa Lahum Al-'Ākhirati `Adhābun `Ažīmun 005-041 އޭ رسول އާއެވެ! އެއުރެންގެ ހިތްތައް إيمان ނުވެ، އެއުރެންގެ އަނގައިން ތިމަންމެން إيمان ވެއްޖައީމުއޭ ބުނި މީހުންގެ ތެރެއިންނާއި، يهودى ން ކަމުގައިވި މީހުންގެ ތެރެއިން كافر ވުމަށް އަވަސްވެގަންނަ މީހުންނާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އެއުރެންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެންބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. (توراة ގެ) كلمة ތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ. އެއުރެން ބުނެތެވެ. ތިޔަބައިމީހުންނަށް މި كلمة ތައް (އެބަހީ: ބަދަލުކުރި كلمة ތައް) ލިބިއްޖެނަމަ، އޭގައި ތިޔަބައިމީހުން ހިފަހައްޓާށެވެ! އެ كلمة ތައް ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ތިޔަބައިމީހުން ރައްކާތެރިވާށެވެ! اللَّه އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ حضرة ންއެމީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށްި މިލްކުވެގެނެއް ނުވާނެއެވެ. އެއުރެންނަކީ، އެއުރެންގެ ހިތްތައް طاهر ކުރެއްވުމަށް اللَّه އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. يَ‍‍ا‍ أَيُّهَا ا‍لرَّس‍‍ُ‍و‍لُ لاَ يَحْزُ‍ن‍‍ْكَ ا‍لَّذ‍ِي‍نَ يُسَا‍ر‍‍ِع‍‍ُ‍و‍نَ فِي ا‍لْكُفْ‍‍ر‍ِ مِنَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا بِأَفْوَاهِهِمْ وَلَمْ تُؤْمِ‍‍ن‍ْ قُلُوبُهُمْ وَمِنَ ا‍لَّذ‍ِي‍نَ هَادُوا‍ سَ‍‍م‍ّ‍‍َاع‍‍ُ‍و‍نَ لِلْكَذِبِ سَ‍‍م‍ّ‍‍َاع‍‍ُ‍و‍نَ لِقَوْم‍‍‍ٍ آخَ‍‍ر‍‍ِي‍نَ لَمْ يَأْت‍‍ُ‍و‍كَ يُحَرِّف‍‍ُ‍و‍نَ ا‍لْكَلِمَ مِ‍‍ن‍ْ بَعْدِ مَوَاضِعِهِ يَقُول‍‍ُ‍و‍نَ إِنْ أ‍ُ‍وتِيتُمْ هَذَا فَخُذ‍ُو‍هُ وَإِ‍ن‍ْ لَمْ تُؤْتَوْهُ فَاحْذَرُوا‍ وَمَ‍‍ن‍ْ يُ‍‍ر‍‍ِدِ ا‍للَّهُ فِتْنَتَهُ فَلَ‍‍ن‍ْ تَمْلِكَ لَهُ مِنَ ا‍للَّهِ شَيْئاً أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ لَمْ يُ‍‍ر‍‍ِدِ ا‍للَّهُ أَ‍ن‍ْ يُطَهِّ‍‍ر‍َ قُلُوبَهُمْ لَهُمْ فِي ا‍لدُّ‍‍ن‍‍ْيَا خِزْي‍‍‍ٌ وَلَهُمْ فِي ا‍لآخِرَةِ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Sammā`ūna Lilkadhibi 'Akkālūna Lilssuĥti Fa'in Jā'ūka Fāĥkum Baynahum 'Aw 'A`riđ `Anhum Wa 'In Tu`riđ `Anhum Falan Yađurrūka Shay'āan Wa 'In Ĥakamta Fāĥkum Baynahum Bil-Qisţi 'Inna Al-Laha Yuĥibbu Al-Muqsiţīna 005-042 (އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. حرام މުދާ ގިނައިން ކާމީހުންނެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެއުރެންގެ މެދުގައި حكم ކުރައްވާށެވެ! ނުވަތަ އެއުރެންގެ ކިބައިން އެނބުރިިވަޑައިގަންނަވާށެވެ! އެއުރެންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަތަސް އެއުރެންނަކަށް ކަލޭގެފާނަށް އެއްވެސް ކަމަކުން ގެއްލުމެއް ނުދެވޭނެތެވެ. އަދި ކަލޭގެފާނު حكم ކުރައްވާނަމަަ އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާށެވެ! ހަމަކަށަވަރުން، عدل އަށް حكم ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. سَ‍‍م‍ّ‍‍َاع‍‍ُ‍و‍نَ لِلْكَذِبِ أَكَّال‍‍ُ‍و‍نَ لِلسُّحْتِ فَإِ‍ن‍ْ ج‍‍َ‍ا‍ء‍ُو‍كَ فَاحْكُ‍‍م‍ْ بَيْنَهُمْ أَوْ أَعْ‍‍ر‍‍ِضْ عَنْهُمْ وَإِ‍ن‍ْ تُعْ‍‍ر‍‍ِضْ عَنْهُمْ فَلَ‍‍ن‍ْ يَضُرّ‍ُو‍كَ شَيْئا‍ً وَإِنْ حَكَمْتَ فَاحْكُ‍‍م‍ْ بَيْنَهُ‍‍م‍ْ بِ‍‍ا‍لْقِسْطِ إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لْمُ‍‍ق‍‍ْسِط‍‍ِ‍ي‍نَ
Wa Kayfa Yuĥakkimūnaka Wa `Indahumu At-Tawrāatu Fīhā Ĥukmu Al-Lahi Thumma Yatawallawna Min Ba`di Dhālika Wa Mā 'Ūlā'ika Bil-Mu'uminīna 005-043 އެއުރެންގެ އަތުގައި توراة އޮވެ، އެ توراة ގައި اللَّه ގެ حكم ވަނިކޮށް، އެއުރެން ކަލޭގެފާނުގެ އަރިހުން حكم އަކަށް އެދެނީ ކޮންފަދަޔަކުންހޭ؟ ދެން އެއަށްފަހު، އެއުރެން (އެ حكم އަށް) ފުރަގަސްދެތެވެ. ފަހެ، އެއުރެން مؤمنން ކަމުގައެއް ނުވެތެވެ. وَكَيْفَ يُحَكِّمُونَكَ وَعِ‍‍ن‍‍ْدَهُمُ ا‍لتَّوْر‍َا‍ةُ فِيهَا حُكْمُ ا‍للَّهِ ثُ‍‍م‍ّ‍‍َ يَتَوَلَّوْنَ مِ‍‍ن‍ْ بَعْدِ ذَلِكَ وَمَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ بِ‍‍ا‍لْمُؤْمِن‍‍ِ‍ي‍نَ
'Innā 'Anzalnā At-Tawrāata Fīhā Hudáan Wa Nūrun Yaĥkumu Bihā An-Nabīyūna Al-Ladhīna 'Aslamū Lilladhīna Hādū Wa Ar-Rabbānīyūna Wa Al-'Aĥbāru Bimā Astuĥfižū Min Kitābi Al-Lahi Wa Kānū `Alayhi Shuhadā'a Falā Takhshaw An-Nāsa Wa Akhshawnī Wa Lā Tashtarū Bi'āyātī Thamanāan Qalīlāan Wa Man Lam Yaĥkum Bimā 'Anzala Al-Lahu Fa'ūlā'ika Humu Al-Kāfirūna 005-044 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ربّانى ން (އެބަހީ: يهودى ންގެ އަޅުވެރިން) ނާއި، يهودى ންގެ علم ވެރިން، އެފޮތުން يهودى ންގެ މައްޗަށް حكم ކުރައްވަތެވެ. (އެއީ) اللَّه ގެ ފޮތް ރައްކާތެރިކުރުމުގެ أمانة އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ. ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ. إِ‍نّ‍‍َ‍‍ا‍ أَن‍زَلْنَا ا‍لتَّوْر‍َا‍ةَ فِيهَا هُ‍‍دى‍ً وَن‍‍ُ‍و‍ر‍ٌ يَحْكُمُ بِهَا ا‍ل‍‍ن‍ّ‍‍َبِيّ‍‍ُ‍و‍نَ ا‍لَّذ‍ِي‍نَ أَسْلَمُو‍‍ا‍ لِلَّذ‍ِي‍نَ هَادُوا‍ وَا‍لرَّبَّانِيّ‍‍ُ‍و‍نَ وَا‍لأَحْب‍‍َ‍ا‍رُ بِمَا ا‍سْتُحْفِظُو‍‍ا‍ مِ‍‍ن‍ْ كِت‍‍َ‍ا‍بِ ا‍للَّهِ وَكَانُو‍‍ا‍ عَلَيْهِ شُهَد‍َا‍ءَ فَلاَ تَخْشَوْا ا‍ل‍‍ن‍ّ‍‍َ‍ا‍سَ وَا‍خْشَوْنِي وَلاَ تَشْتَرُوا‍ بِآيَاتِي ثَمَنا‍ً قَلِيلا‍ً وَمَ‍‍ن‍ْ لَمْ يَحْكُ‍‍م‍ْ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْكَافِر‍ُو‍نَ
Wa Katabnā `Alayhim Fīhā 'Anna An-Nafsa Bin-Nafsi Wa Al-`Ayna Bil-`Ayni Wa Al-'Anfa Bil-'Anfi Wa Al-'Udhuna Bil-'Udhuni Wa As-Sinna Bis-Sinni Wa Al-Jurūĥa Qişāşun Faman Taşaddaqa Bihi Fahuwa Kaffāratun Lahu Wa Man Lam Yaĥkum Bimā 'Anzala Al-Lahu Fa'ūlā'ika Humu Až-Žālimūna 005-045 އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ.އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. وَكَتَ‍‍ب‍‍ْنَا عَلَيْهِمْ فِيهَ‍‍ا‍ أَ‍نّ‍‍َ ا‍ل‍‍ن‍ّ‍‍َفْسَ بِ‍‍ا‍ل‍‍ن‍ّ‍‍َفْسِ وَا‍لْعَيْنَ بِ‍‍ا‍لْعَيْنِ وَا‍لأَن‍فَ بِ‍‍ا‍لأَن‍فِ وَا‍لأُذُنَ بِ‍‍ا‍لأُذُنِ وَا‍لسِّ‍‍ن‍ّ‍‍َ بِ‍‍ا‍لسِّ‍‍ن‍ّ‍‍ِ وَا‍لْجُر‍ُو‍حَ قِص‍‍َ‍ا‍ص‍‍‍ٌ فَمَ‍‍ن‍ْ تَصَدَّقَ بِهِ فَهُوَ كَفَّارَة‍‍‍ٌ لَهُ وَمَ‍‍ن‍ْ لَمْ يَحْكُ‍‍م‍ْ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لظَّالِم‍‍ُ‍و‍نَ
Wa Qaffaynā `Alá 'Āthārihim Bi`īsá Abni Maryama Muşaddiqāan Limā Bayna Yadayhi Mina At-Tawrāati Wa 'Ātaynāhu Al-'Injīla Fīhi Hudáan Wa Nūrun Wa Muşaddiqāan Limā Bayna Yadayhi Mina At-Tawrāati Wa Hudáan Wa Maw`ižatan Lilmuttaqīna 005-046 އަދި އެބޭކަލުންނާ ވިދިގެން ފަހަތުން مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން (ބާވައިލައްވާފައިވާ) توراة ގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އޭގައި ތެދުމަގާއި نور ވެއެވެ. އެއީ އޭގެކުރިން ބާވައިލައްވާފައިވާ توراة ގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި تقوى ވެރިންނަށް ތެދުމަގާއި، وعظ އެއް ކަމުގައެވެ. وَقَفَّيْنَا عَلَى آثَا‍ر‍‍ِهِ‍‍م‍ْ بِعِيسَى ا‍ب‍‍ْنِ مَرْيَمَ مُصَدِّقا‍ً لِمَا بَيْنَ يَدَيْهِ مِنَ ا‍لتَّوْر‍َا‍ةِ وَآتَيْن‍‍َ‍ا‍هُ ا‍لإِن‍ج‍‍ِ‍ي‍لَ ف‍‍ِ‍ي‍هِ هُ‍‍دى‍ً وَن‍‍ُ‍و‍ر‍ٌ وَمُصَدِّقا‍ً لِمَا بَيْنَ يَدَيْهِ مِنَ ا‍لتَّوْر‍َا‍ةِ وَهُ‍‍دى‍ً وَمَوْعِظَة‍‍‍ً لِلْمُتَّق‍‍ِ‍ي‍نَ
Wa Līaĥkum 'Ahlu Al-'Injīli Bimā 'Anzala Al-Lahu Fīhi Wa Man Lam Yaĥkum Bimā 'Anzala Al-Lahu Fa'ūlā'ika Humu Al-Fāsiqūna 005-047 إنجيل ގެ أهل ވެރިން އެ إنجيل ގައި اللَّه ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ. وَلْيَحْكُمْ أَهْلُ ا‍لإِن‍ج‍‍ِ‍ي‍لِ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ ف‍‍ِ‍ي‍هِ وَمَ‍‍ن‍ْ لَمْ يَحْكُ‍‍م‍ْ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْفَاسِق‍‍ُ‍و‍نَ
Wa 'Anzalnā 'Ilayka Al-Kitāba Bil-Ĥaqqi Muşaddiqāan Limā Bayna Yadayhi Mina Al-Kitābi Wa Muhaymināan `Alayhi Fāĥkum Baynahum Bimā 'Anzala Al-Lahu Wa Lā Tattabi` 'Ahwā'ahum `Ammā Jā'aka Mina Al-Ĥaqqi Likullin Ja`alnā Minkum Shir`atan Wa Minhājāan Wa Law Shā'a Al-Lahu Laja`alakum 'Ummatan Wāĥidatan Wa Lakin Liyabluwakum Fī Mā 'Ātākum Fāstabiqū Al-Khayrāti 'Ilá Al-Lahi Marji`ukum Jamī`āan Fayunabbi'ukum Bimā Kuntum Fīhi Takhtalifūna 005-048 އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެމެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. وَأَن‍زَلْنَ‍‍ا إِلَيْكَ ا‍لْكِت‍‍َ‍ا‍بَ بِ‍‍ا‍لْحَقِّ مُصَدِّقا‍ً لِمَا بَيْنَ يَدَيْهِ مِنَ ا‍لْكِت‍‍َ‍ا‍بِ وَمُهَيْمِناً عَلَيْهِ فَاحْكُ‍‍م‍ْ بَيْنَهُ‍‍م‍ْ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ وَلاَ تَتَّبِعْ أَهْو‍َا‍ءَهُمْ عَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَكَ مِنَ ا‍لْحَقِّ لِكُلّ‍‍‍ٍ جَعَلْنَا مِ‍‍ن‍‍ْكُمْ شِرْعَة‍‍‍ً وَمِنْهَاجا‍ً وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ لَجَعَلَكُمْ أُ‍مّ‍‍َة‍‍‍ً وَا‍حِدَة‍‍‍ً وَلَكِ‍‍ن‍ْ لِيَ‍‍ب‍‍ْلُوَكُمْ فِي مَ‍‍ا آتَاكُمْ فَاسْتَبِقُو‍‍ا‍ ا‍لْخَيْر‍َا‍تِ إِلَى ا‍للَّهِ مَرْجِعُكُمْ جَمِيعا‍ً فَيُنَبِّئُكُ‍‍م‍ْ بِمَا كُ‍‍ن‍تُمْ ف‍‍ِ‍ي‍هِ تَخْتَلِف‍‍ُ‍و‍نَ
Wa 'Ani Aĥkum Baynahum Bimā 'Anzala Al-Lahu Wa Lā Tattabi` 'Ahwā'ahum Wa Aĥdharhum 'An Yaftinūka `An Ba`đi Mā 'Anzala Al-Lahu 'Ilayka Fa'in Tawallaw Fā`lam 'Annamā Yurīdu Al-Lahu 'An Yuşībahum Biba`đi Dhunūbihim Wa 'Inna Kathīrāan Mina An-Nāsi Lafāsiqūna 005-049 އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށްއެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسق ންކަން ކަށަވަރެވެ. وَأَنِ ا‍حْكُ‍‍م‍ْ بَيْنَهُ‍‍م‍ْ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ وَلاَ تَتَّبِعْ أَهْو‍َا‍ءَهُمْ وَا‍حْذَرْهُمْ أَ‍ن‍ْ يَفْتِن‍‍ُ‍و‍كَ عَ‍‍ن‍ْ بَعْضِ مَ‍‍ا‍ أَن‍زَلَ ا‍للَّهُ إِلَيْكَ فَإِ‍ن‍ْ تَوَلَّوْا فَاعْلَمْ أَ‍نّ‍‍َمَا يُ‍‍ر‍‍ِي‍دُ ا‍للَّهُ أَ‍ن‍ْ يُصِيبَهُ‍‍م‍ْ بِبَعْضِ ذُنُوبِهِمْ وَإِ‍نّ‍‍َ كَثِيرا‍ً مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لَفَاسِق‍‍ُ‍و‍نَ
'Afaĥukma Al-Jāhilīyati Yabghūna Wa Man 'Aĥsanu Mina Al-Lahi Ĥukmāan Liqawmin Yūqinūna 005-050 ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ أَفَحُكْمَ ا‍لْجَاهِلِيَّةِ يَ‍‍ب‍‍ْغ‍‍ُ‍و‍نَ وَمَنْ أَحْسَنُ مِنَ ا‍للَّهِ حُكْما‍ً لِقَوْم‍‍‍ٍ يُوقِن‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tattakhidhū Al-Yahūda Wa An-Naşārá 'Awliyā'a Ba`đuhum 'Awliyā'u Ba`đin Wa Man Yatawallahum Minkum Fa'innahu Minhum 'Inna Al-Laha Lā Yahdī Al-Qawma Až-Žālimīna 005-051 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَتَّخِذُوا‍ ا‍لْيَه‍‍ُ‍و‍دَ وَا‍ل‍‍ن‍ّ‍‍َصَارَى أَوْلِي‍‍َ‍ا‍ءَ بَعْضُهُمْ أَوْلِي‍‍َ‍ا‍ءُ بَعْض‍‍‍ٍ وَمَ‍‍ن‍ْ يَتَوَلَّهُ‍‍م‍ْ مِ‍‍ن‍‍ْكُمْ فَإِ‍نّ‍‍َهُ مِنْهُمْ إِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي ا‍لْقَوْمَ ا‍لظَّالِم‍‍ِ‍ي‍نَ
Fatará Al-Ladhīna Fī Qulūbihim Marađun Yusāri`ūna Fīhim Yaqūlūna Nakhshá 'An Tuşībanā Dā'iratun Fa`asá Al-Lahu 'An Ya'tiya Bil-Fatĥi 'Aw 'Amrin Min `Indihi Fayuşbiĥū `Alá Mā 'Asarrū Fī 'Anfusihim Nādimīna 005-052 ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) އެއުރެންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ،ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ފަހެ، اللَّه فتح އެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ حضرة ން، އެހެން أمر ފުޅެއްވެސް އަތުވެދާނެތެވެ. ފަހެ، އެހާރުން އެއުރެންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެން ވާނެތެވެ. فَتَرَى ا‍لَّذ‍ِي‍نَ فِي قُلُوبِهِ‍‍م‍ْ مَرَض‍‍‍ٌ يُسَا‍ر‍‍ِع‍‍ُ‍و‍نَ فِيهِم يَقُول‍‍ُ‍و‍نَ نَخْشَى أَ‍ن‍ْ تُصِيبَنَا د‍َا‍ئِرَة‍‍‍ٌ فَعَسَى ا‍للَّهُ أَ‍ن‍ْ يَأْتِيَ بِ‍‍ا‍لْفَتْحِ أَوْ أَمْر‍ٍ مِنْ عِ‍‍ن‍‍ْدِهِ فَيُصْبِحُو‍‍ا‍ عَلَى مَ‍‍ا‍ أَسَرُّوا‍ فِ‍‍ي‍ أَن‍فُسِهِمْ نَادِم‍‍ِ‍ي‍نَ
Wa Yaqūlu Al-Ladhīna 'Āmanū 'Ahā'uulā' Al-Ladhīna 'Aqsamū Bil-Lahi Jahda 'Aymānihim 'Innahum Lama`akum Ĥabiţat 'A`māluhum Fa'aşbaĥū Khāsirīna 005-053 إيمان ވި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، އެއުރެންތިބީ ތިޔަބައިމީހުންނާ އެކުގައިކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް اللّه ގަންދީ ހުވާކުރި ބަޔަކީ މިއީހެއްޔެވެ؟ އެއުރެންގެ عمل ތައްވަނީ باطل ވެފައެވެ. ދެން އެއުރެން ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ވެއްޖައޫއެވެ. وَيَق‍‍ُ‍و‍لُ ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَه‍‍َ‍ا‍ؤُلاَء ا‍لَّذ‍ِي‍نَ أَ‍ق‍‍ْسَمُو‍‍ا‍ بِ‍‍ا‍للَّهِ جَهْدَ أَيْمَانِهِمْ إِ‍نّ‍‍َهُمْ لَمَعَكُمْ حَبِطَتْ أَعْمَالُهُمْ فَأَصْبَحُو‍‍ا‍ خَاسِ‍‍ر‍‍ِي‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Man Yartadda Minkum `An Dīnihi Fasawfa Ya'tī Al-Lahu Biqawmin Yuĥibbuhum Wa Yuĥibbūnahu 'Adhillatin `Alá Al-Mu'uminīna 'A`izzatin `Alá Al-Kāfirīna Yujāhidūna Fī Sabīli Al-Lahi Wa Lā Yakhāfūna Lawmata Lā'imin Dhālika Fađlu Al-Lahi Yu'utīhi Man Yashā'u Wa Allāhu Wāsi`un `Alīmun 005-054 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّه ގެ މަގުގައިއެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مَ‍‍ن‍ْ يَرْتَدَّ مِ‍‍ن‍‍ْكُمْ عَ‍‍ن‍ْ دِينِهِ فَسَوْفَ يَأْتِي ا‍للَّهُ بِقَوْم‍‍‍ٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ أَعِزَّةٍ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ يُجَاهِد‍ُو‍نَ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَلاَ يَخَاف‍‍ُ‍و‍نَ لَوْمَةَ لاَئِم‍‍‍ٍ ذَلِكَ فَضْلُ ا‍للَّهِ يُؤْت‍‍ِ‍ي‍هِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
'Innamā Wa Līyukumu Al-Lahu Wa Rasūluhu Wa Al-Ladhīna 'Āmanū Al-Ladhīna Yuqīmūna Aş-Şalāata Wa Yu'utūna Az-Zakāata Wa Hum Rāki`ūna 005-055 ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ اللَّه އެވެ. އަދި އެކަލާނގެ رسول އާއެވެ. އަދި إيمان ވެގެންތިބި މީހުންނެވެ. އެއުރެންނީ خشوع ގައިތިބެ ނަމާދުކޮށް، އަދި زكاة ދޭ މީހުންނެވެ. إِ‍نّ‍‍َمَا وَلِيُّكُمُ ا‍للَّهُ وَرَسُولُهُ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍لَّذ‍ِي‍نَ يُقِيم‍‍ُ‍و‍نَ ا‍لصَّلاَةَ وَيُؤْت‍‍ُ‍و‍نَ ا‍لزَّك‍‍َ‍ا‍ةَ وَهُمْ رَاكِع‍‍ُ‍و‍نَ
Wa Man Yatawalla Al-Laha Wa Rasūlahu Wa Al-Ladhīna 'Āmanū Fa'inna Ĥizba Al-Lahi Humu Al-Ghālibūna 005-056 اللَّه އާއި، އެކަލާނގެ رسول އާއާއި، إيمان ވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ اللَّه ގެ جماعة އެވެ. وَمَ‍‍ن‍ْ يَتَوَلَّ ا‍للَّهَ وَرَسُولَهُ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ فَإِ‍نّ‍‍َ حِزْبَ ا‍للَّهِ هُمُ ا‍لْغَالِب‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tattakhidhū Al-Ladhīna Attakhadhū Dīnakum Huzūan Wa La`ibāan Mina Al-Ladhīna 'Ū Al-Kitāba Min Qablikum Wa Al-Kuffāra 'Awliyā'a Wa Attaqū Al-Laha 'In Kuntum Mu'uminīna 005-057 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دين އަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافر ން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަަ اللَّه އަށް تقوى ވެރިވާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَتَّخِذُوا‍ ا‍لَّذ‍ِي‍نَ ا‍تَّخَذُوا‍ دِينَكُمْ هُز‍ُو‍ا‍ً وَلَعِبا‍ً مِنَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ وَا‍لْكُفّ‍‍َ‍ا‍رَ أَوْلِي‍‍َ‍ا‍ءَ وَا‍تَّقُو‍‍ا‍ ا‍للَّهَ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Wa 'Idhā Nādaytum 'Ilá Aş-Şalāati Attakhadhūhā Huzūan Wa La`ibāan Dhālika Bi'annahum Qawmun Lā Ya`qilūna 005-058 އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަަ އެކަމަކީފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ. وَإِذَا نَادَيْتُمْ إِلَى ا‍لصَّلاَةِ ا‍تَّخَذُوهَا هُز‍ُو‍ا‍ً وَلَعِبا‍ً ذَلِكَ بِأَ‍نّ‍‍َهُمْ قَوْم‍‍‍ٌ لاَ يَعْقِل‍‍ُ‍و‍نَ
Qul Yā 'Ahla Al-Kitābi Hal Tanqimūna Minnā 'Illā 'An 'Āmannā Bil-Lahi Wa Mā 'Unzila 'Ilaynā Wa Mā 'Unzila Min Qablu Wa 'Anna 'Aktharakum Fāsiqūna 005-059 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! اللَّه ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ކުރިން ބާވައިލެއްވި ފޮތްތަކަށް ތިމަންމެން إيمان ވާ ކަމާއި، ތިޔަބައިމީހުންކުރެ ގިނަމީހުންނަކީ فاسق ން ކަމުގައިވާކަން ފިޔަވައި އެހެންކަމަކާ ތިމަންމެންދެކެ ތިޔަބައިމީހުން ރުޅިއަރައި إنكار ކުރަމުހެއްޔެވެ؟ قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ هَلْ تَ‍‍ن‍قِم‍‍ُ‍و‍نَ مِ‍‍ن‍ّ‍‍َ‍‍ا إِلاَّ أَ‍ن‍ْ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَمَ‍‍ا‍ أُن‍زِلَ إِلَيْنَا وَمَ‍‍ا‍ أُ‍ن‍‍ْزِلَ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَأَ‍نّ‍‍َ أَكْثَرَكُمْ فَاسِق‍‍ُ‍و‍نَ
Qul Hal 'Unabbi'ukum Bisharrin Min Dhālika Mathūbatan `Inda Al-Lahi Man La`anahu Al-Lahu Wa Ghađiba `Alayhi Wa Ja`ala Minhumu Al-Qiradata Wa Al-Khanāzīra Wa `Abada Aţ-Ţāghūta 'Ūlā'ika Sharrun Makānāan Wa 'Ađallu `An Sawā'i As-Sabīli 005-060 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި ޖަޒާދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައިބަޔެއްގެ ވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަންހެއްޔެވެ؟ އެއުރެންނީ، اللَّه އެބަޔަކަށް لعنة ލައްވައި، އަދި އެބަޔެއްގެ މައްޗަށް ކޯފާލައްވައި އެބަޔެއްގެ ތެރެއިން ބަޔަކު ރާމާމަކުނުކަމުގައްޔާއި، އޫރުކަމުގައި ލައްވައި، އަދި އަނެއްބަޔަކު شيطان އާއަށް އަޅުކަންކުރާ މީހުން ކަމުގައިލެއްވި މީހުންނެވެ. އެއުރެންނީ (قيامة ދުވަހުން) ތިބޭނެ ތަނުގެގޮތުން ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބަޔެކެވެ. قُلْ هَلْ أُنَبِّئُكُ‍‍م‍ْ بِشَرّ‍ٍ مِ‍‍ن‍ْ ذَلِكَ مَثُوبَةً عِ‍‍ن‍‍ْدَ ا‍للَّهِ مَ‍‍ن‍ْ لَعَنَهُ ا‍للَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ا‍لْقِرَدَةَ وَا‍لْخَنَاز‍ِي‍‍ر‍َ وَعَبَدَ ا‍لطَّاغ‍‍ُ‍و‍تَ أ‍ُ‍وْل‍‍َ‍ا‍ئِكَ شَرّ‍ٌ مَكَانا‍ً وَأَضَلُّ عَ‍‍ن‍ْ سَو‍َا‍ءِ ا‍لسَّب‍‍ِ‍ي‍لِ
Wa 'Idhā Jā'ūkum Qālū 'Āmannā Wa Qad Dakhalū Bil-Kufri Wa Hum Qad Kharajū Bihi Wa Allāhu 'A`lamu Bimā Kānū Yaktumūna 005-061 އަދިއެއުރެން (އެބަހީ: يهودى ންގެ ތެރެއިން منافق ން) ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އޭރު އެއުރެން (ތިޔަބައިމީހުންގެ ތެރެއަށް) ވަދެ އެތިބީ كافر ކަމާއިގެންނެވެ. އަދި އެއުރެން ނުކުމެގެން ދިޔައީވެސް އެ كافر ކަމާއިގެންނެވެ. އެއުރެން ވަންހަނާކޮށް އުޅުނުކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ. وَإِذَا ج‍‍َ‍ا‍ء‍ُ‍وكُمْ قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا وَقَ‍‍د‍ْ دَخَلُو‍‍ا‍ بِ‍‍ا‍لْكُفْ‍‍ر‍ِ وَهُمْ قَ‍‍د‍ْ خَرَجُو‍‍ا‍ بِهِ وَا‍للَّهُ أَعْلَمُ بِمَا كَانُو‍‍ا‍ يَكْتُم‍‍ُ‍و‍نَ
Wa Tará Kathīrāan Minhum Yusāri`ūna Fī Al-'Ithmi Wa Al-`Udwāni Wa 'Aklihimu As-Suĥta Labi'sa Mā Kānū Ya`malūna 005-062 އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، حرام މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ކޮށްއުޅުނު عمل ތަކުގެ ނުބައިކަމާއެވެ! وَتَرَى كَثِيرا‍ً مِنْهُمْ يُسَا‍ر‍‍ِع‍‍ُ‍و‍نَ فِي ا‍لإِثْمِ وَا‍لْعُ‍‍د‍‍ْو‍َا‍نِ وَأَكْلِهِمُ ا‍لسُّحْتَ لَبِئْسَ مَا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Lawlā Yanhāhumu Ar-Rabbānīyūna Wa Al-'Aĥbāru `An Qawlihimu Al-'Ithma Wa 'Aklihimu As-Suĥta Labi'sa Mā Kānū Yaşna`ūna 005-063 އެއުރެން ފާފަވެރި ބަސްތައް ބުނުމާއި، حرام މުދާކެއުން يهودى ންގެ އަޅުވެރިންނާއި، علم ވެރިން އެއުރެންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ! އެއުރެން ކުރަމުންގެންދިޔަ ކަންތަކުގެ ނުބައިކަމާއެވެ! لَوْلاَ يَنْهَاهُمُ ا‍لرَّبَّانِيّ‍‍ُ‍و‍نَ وَا‍لأَحْب‍‍َ‍ا‍رُ عَ‍‍ن‍ْ قَوْلِهِمُ ا‍لإِثْمَ وَأَكْلِهِمُ ا‍لسُّحْتَ لَبِئْسَ مَا كَانُو‍‍ا‍ يَصْنَع‍‍ُ‍و‍نَ
Wa Qālati Al-Yahūdu Yadu Al-Lahi Maghlūlatun Ghullat 'Aydīhim Wa Lu`inū Bimā Qālū Bal Yadāhu Mabsūţatāni Yunfiqu Kayfa Yashā'u Wa Layazīdanna Kathīrāan Minhum Mā 'Unzila 'Ilayka Min Rabbika Ţughyānāan Wa Kufrāan Wa 'Alqaynā Baynahumu Al-`Adāwata Wa Al-Baghđā'a 'Ilá Yawmi Al-Qiyāmati Kullamā 'Awqadū Nārāan Lilĥarbi 'Aţfa'ahā Al-Lahu Wa Yas`awna Fī Al-'Arđi Fasādāan Wa Allāhu Lā Yuĥibbu Al-Mufsidīna 005-064 يهودى ން ބުނޫއެވެ. اللَّه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (يهودى ން މިހެންބުނީ اللَّه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް لعنة ލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ يدقدرة ފުޅުވަނީހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި قيامة އަށް ދާނދެން عداوة ތެރިކަމާއި، ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި فساد ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، فساد ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. وَقَالَتِ ا‍لْيَه‍‍ُ‍و‍دُ يَدُ ا‍للَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُو‍‍ا‍ بِمَا قَالُو‍‍ا‍ بَلْ يَد‍َا‍هُ مَ‍‍ب‍‍ْسُوطَت‍‍َ‍ا‍نِ يُ‍‍ن‍فِقُ كَيْفَ يَش‍‍َ‍ا‍ءُ وَلَيَزِيدَ‍نّ‍‍َ كَثِيرا‍ً مِنْهُ‍‍م‍ْ مَ‍‍ا‍ أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ طُغْيَانا‍ً وَكُفْرا‍ً وَأَلْقَيْنَا بَيْنَهُمُ ا‍لْعَدَاوَةَ وَا‍لْبَغْض‍‍َ‍ا‍ءَ إِلَى يَوْمِ ا‍لْقِيَامَةِ كُلَّمَ‍‍ا‍ أَوْقَدُوا‍ نَارا‍ً لِلْحَرْبِ أَ‍ط‍‍ْفَأَهَا ا‍للَّهُ وَيَسْعَوْنَ فِي ا‍لأَرْضِ فَسَادا‍ً وَا‍للَّهُ لاَ يُحِبُّ ا‍لْمُفْسِد‍ِي‍نَ
Wa Law 'Anna 'Ahla Al-Kitābi 'Āmanū Wa Attaqaw Lakaffarnā `Anhum Sayyi'ātihim Wa La'adkhalnāhum Jannāti An-Na`īmi 005-065 ހަމަކަށަވަރުން، ފޮތުގެ أهل ވެރިން إيمان ވެ، تقوى ވެރިވީނަމަ، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ފުއްސެވީމުހެވެ. އަދި نعمة ގެ ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެއުރެން ވެއްދެވީމުހެވެ. وَلَوْ أَ‍نّ‍‍َ أَهْلَ ا‍لْكِت‍‍َ‍ا‍بِ آمَنُو‍‍ا‍ وَا‍تَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئ‍‍َ‍اتِهِمْ وَلَأَ‍د‍‍ْخَلْنَاهُمْ جَ‍‍ن‍ّ‍‍َ‍ا‍تِ ا‍ل‍‍ن‍ّ‍‍َع‍‍ِ‍ي‍مِ
Wa Law 'Annahum 'Aqāmū At-Tawrāata Wa Al-'Injīla Wa Mā 'Unzila 'Ilayhim Min Rabbihim La'akalū Min Fawqihim Wa Min Taĥti 'Arjulihim Minhum 'Ummatun Muqtaşidatun Wa Kathīrun Minhum Sā'a Mā Ya`malūna 005-066 އަދި އެއުރެން توراة އާއި، إنجيل އާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކުރިނަމަ، އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން އެއުރެންނަށް رزقލިބުނީހެވެ. އެއުރެންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ކުޅަ عمل ތައް ހާދަހާ ނުބައިވެގެންވެއެވެ. وَلَوْ أَ‍نّ‍‍َهُمْ أَقَامُو‍‍ا‍ ا‍لتَّوْر‍َا‍ةَ وَا‍لإِن‍ج‍‍ِ‍ي‍لَ وَمَ‍‍ا‍ أُن‍زِلَ إِلَيْهِ‍‍م‍ْ مِ‍‍ن‍ْ رَبِّهِمْ لَأَكَلُو‍‍ا‍ مِ‍‍ن‍ْ فَوْقِهِمْ وَمِ‍‍ن‍ْ تَحْتِ أَرْجُلِهِ‍‍م‍ْ مِنْهُمْ أُ‍مّ‍‍َة‍‍‍ٌ مُ‍‍ق‍‍ْتَصِدَة‍‍‍ٌ وَكَث‍‍ِ‍ي‍ر‍ٌ مِنْهُمْ س‍‍َ‍ا‍ءَ مَا يَعْمَل‍‍ُ‍و‍نَ
Yā 'Ayyuhā Ar-Rasūlu Balligh Mā 'Unzila 'Ilayka Min Rabbika Wa 'In Lam Taf`al Famā Ballaghta Risālatahu Wa Allāhu Ya`şimuka Mina An-Nāsi 'Inna Al-Laha Lā Yahdī Al-Qawma Al-Kāfirīna 005-067 އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، كافر ވި މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. يَ‍‍ا‍ أَيُّهَا ا‍لرَّس‍‍ُ‍و‍لُ بَلِّغْ مَ‍‍ا‍ أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ وَإِ‍ن‍ْ لَمْ تَفْعَلْ فَمَا بَلَّغْتَ ‍ر‍‍ِسَالَتَهُ وَا‍للَّهُ يَعْصِمُكَ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ إِ‍نّ‍‍َ ا‍للَّهَ لاَ يَهْدِي ا‍لْقَوْمَ ا‍لْكَافِ‍‍ر‍‍ِي‍نَ
Qul Yā 'Ahla Al-Kitābi Lastum `Alá Shay'in Ĥattá Tuqīmū At-Tawrāata Wa Al-'Injīla Wa Mā 'Unzila 'Ilaykum Min Rabbikum Wa Layazīdanna Kathīrāan Minhum Mā 'Unzila 'Ilayka Min Rabbika Ţughyānāan Wa Kufrāan Falā Ta'sa `Alá Al-Qawmi Al-Kāfirīna 005-068 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން توراة އާއި، إنجيل އާއި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވިފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކޮށްފުމަށްދާނދެން ތިޔަބައިމީހުން ތެދުމަގެއްގައި ތިބިބަޔަކު ކަމުގައި ނުވަމުއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި، އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. ފަހެ، كافر ވި މީސްތަކުންގެ މައްޗަށް ކަލޭގެފާނު ހިތާމަނުކުރައްވާށެވެ! قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لَسْتُمْ عَلَى شَيْءٍ حَتَّى تُقِيمُو‍‍ا‍ ا‍لتَّوْر‍َا‍ةَ وَا‍لإِن‍ج‍‍ِ‍ي‍لَ وَمَ‍‍ا‍ أُن‍زِلَ إِلَيْكُ‍‍م‍ْ مِ‍‍ن‍ْ رَبِّكُمْ وَلَيَزِيدَ‍نّ‍‍َ كَثِيرا‍ً مِنْهُ‍‍م‍ْ مَ‍‍ا‍ أُن‍زِلَ إِلَيْكَ مِ‍‍ن‍ْ رَبِّكَ طُغْيَانا‍ً وَكُفْرا‍ً فَلاَ تَأْسَ عَلَى ا‍لْقَوْمِ ا‍لْكَافِ‍‍ر‍‍ِي‍نَ
'Inna Al-Ladhīna 'Āmanū Wa Al-Ladhīna Hādū Wa Aş-Şābi'ūna Wa An-Naşārá Man 'Āmana Bil-Lahi Wa Al-Yawmi Al-'Ākhiri Wa `Amila Şāliĥāan Falā Khawfun `Alayhim Wa Lā Hum Yaĥzanūna 005-069 ހަމަކަށަވަރުން، إيمان ވި މީހުންނާއި، يهودى ން ކަމުގައިވި މީހުންނާއި، صابئ ންނާއި، نصارى އިންގެ ތެރެއިން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ހެޔޮ عمل ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍لَّذ‍ِي‍نَ هَادُوا‍ وَا‍لصَّابِئ‍‍ُ‍و‍نَ وَا‍ل‍‍ن‍ّ‍‍َصَارَى مَ‍‍ن‍ْ آمَنَ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ وَعَمِلَ صَالِحا‍ً فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Laqad 'Akhadhnā Mīthāqa Banī 'Isrā'īla Wa 'Arsalnā 'Ilayhim Rusulāan Kullamā Jā'ahum Rasūlun Bimā Lā Tahwá 'Anfusuhum Farīqāan Kadhdhabū Wa Farīqāan Yaqtulūna 005-070 ހަމަކަށަވަރުން، إسـرآءيـل ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ. لَقَ‍‍د‍ْ أَخَذْنَا مِيث‍‍َ‍ا‍قَ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ وَأَرْسَلْنَ‍‍ا إِلَيْهِمْ رُسُلا‍ً كُلَّمَا ج‍‍َ‍ا‍ءَهُمْ رَس‍‍ُ‍و‍ل‍‍‍ٌ بِمَا لاَ تَهْوَى أَن‍فُسُهُمْ فَ‍‍ر‍‍ِيقا‍ً كَذَّبُو‍‍ا‍ وَفَ‍‍ر‍‍ِيقا‍ً يَ‍‍ق‍‍ْتُل‍‍ُ‍و‍نَ
Wa Ĥasibū 'Allā Takūna Fitnatun Fa`amū Wa Şammū Thumma Tāba Al-Lahu `Alayhim Thumma `Amū Wa Şammū Kathīrun Minhum Wa Allāhu Başīrun Bimā Ya`malūna 005-071 އެއުރެންނަށް امتحان އެއް ނާންނާނެކަމަށް، އެއުރެން ހީކުޅައޫއެވެ. ފަހެ، (އެކަމުގެ ސަބަބުން حق އާމެދު) އެއުރެން ކަނުވެގެންފޫއެވެ. އަދި ބީރުވެގެންފޫއެވެ. ދެން اللَّه، އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ދެންވެސް އެއުރެންގެ ތެރެއިން ގިނަބަޔަކު ކަނުވެގެންފޫއެވެ. އަދި ބީރުވެގެންފޫއެވެ. اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَحَسِبُ‍‍و‍‍ا‍ أَلاَّ تَك‍‍ُ‍و‍نَ فِتْنَة‍‍‍ٌ فَعَمُو‍‍ا‍ وَصَ‍‍م‍ّ‍‍ُو‍‍ا‍ ثُ‍‍م‍ّ‍‍َ ت‍‍َ‍ا‍بَ ا‍للَّهُ عَلَيْهِمْ ثُ‍‍م‍ّ‍‍َ عَمُو‍‍ا‍ وَصَ‍‍م‍ّ‍‍ُو‍‍ا‍ كَث‍‍ِ‍ي‍ر‍ٌ مِنْهُمْ وَا‍للَّهُ بَص‍‍ِ‍ي‍ر‍ٌ بِمَا يَعْمَل‍‍ُ‍و‍نَ
Laqad Kafara Al-Ladhīna Qālū 'Inna Al-Laha Huwa Al-Masīĥu Abnu Maryama Wa Qāla Al-Masīĥu Yā Banī 'Isrā'īla A`budū Al-Laha Rabbī Wa Rabbakum 'Innahu Man Yushrik Bil-Lahi Faqad Ĥarrama Al-Lahu `Alayhi Al-Jannata Wa Ma'wāhu An-Nāru Wa Mā Lilžžālimīna Min 'Anşārin 005-072 ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އަދި المسيح ވިދާޅުވިއެވެ. އޭ إسـرآءيـل ގެދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. لَقَ‍‍د‍ْ كَفَرَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ هُوَ ا‍لْمَس‍‍ِ‍ي‍حُ ا‍ب‍‍ْنُ مَرْيَمَ وَق‍‍َ‍ا‍لَ ا‍لْمَس‍‍ِ‍ي‍حُ يَابَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍عْبُدُوا‍ ا‍للَّهَ رَبِّي وَرَبَّكُمْ إِ‍نّ‍‍َهُ مَ‍‍ن‍ْ يُشْ‍‍ر‍‍ِكْ بِ‍‍ا‍للَّهِ فَقَ‍‍د‍ْ حَرَّمَ ا‍للَّهُ عَلَيْهِ ا‍لْجَ‍‍ن‍ّ‍‍َةَ وَمَأْو‍َا‍هُ ا‍ل‍‍ن‍ّ‍‍َ‍ا‍رُ وَمَا لِلظَّالِم‍‍ِ‍ي‍نَ مِنْ أَن‍ص‍‍َ‍ا‍ر‍ٍ
Laqad Kafara Al-Ladhīna Qālū 'Inna Al-Laha Thālithu Thalāthatin Wa Mā Min 'Ilahin 'Illā 'Ilahun Wāĥidun Wa 'In Lam Yantahū `Ammā Yaqūlūna Layamassanna Al-Ladhīna Kafarū Minhum `Adhābun 'Alīmun 005-073 ހަމަކަށަވަރުން، اللَّه އީ، ތިން إله ންކުރެ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ إله މެނުވީ، އެހެން إله އަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ވޭންދެނިވި عذاب ލިބޭނެކަން ކަށަވަރެވެ. لَقَ‍‍د‍ْ كَفَرَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ ثَالِثُ ثَلاَثَة‍‍‍ٍ وَمَا مِ‍‍ن‍ْ إِلَه‍‍‍ٍ إِلاَّ إِلَه‍‍‍ٌ وَا‍حِد‍ٌ وَإِ‍ن‍ْ لَمْ يَ‍‍ن‍تَهُو‍‍ا‍ عَ‍‍م‍ّ‍‍َا يَقُول‍‍ُ‍و‍نَ لَيَمَسَّ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ مِنْهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
'Afalā Yatūbūna 'Ilá Al-Lahi Wa Yastaghfirūnahu Wa Allāhu Ghafūrun Raĥīmun 005-074 ފަހެ، އެއުރެން اللَّه އަށް توبة ނުވަނީހެއްޔެވެ؟ އަދި ފާފަފުއްސެވުން އެދި އެކަލާނގެ حضرة އަށް ނުދަންނަވަނީހެއްޔެވެ؟ ފަހެ، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. أَفَلاَ يَتُوب‍‍ُ‍و‍نَ إِلَى ا‍للَّهِ وَيَسْتَغْفِرُونَهُ وَا‍للَّهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Al-Masīĥu Abnu Maryama 'Illā Rasūlun Qad Khalat Min Qablihi Ar-Rusulu Wa 'Ummuhu Şiddīqatun Kānā Ya'kulāni Aţ-Ţa`āma Anžur Kayfa Nubayyinu Lahumu Al-'Āyāti Thumma Anžur 'Anná Yu'ufakūna 005-075 رسول އަކު ކަމުގައި މެނުވީ مريم ގެފާނުންގެ ދަރިކަލުން المسيح ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް آية ތައް (އެބަހީ: ހެކިތައް) بيان ކޮށްދެއްވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! ދެން އެއުރެން (حق ގެމަގުން) އެއްކިބާވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! مَا ا‍لْمَس‍‍ِ‍ي‍حُ ا‍ب‍‍ْنُ مَرْيَمَ إِلاَّ رَس‍‍ُ‍و‍ل‍‍‍ٌ قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ ا‍لرُّسُلُ وَأُ‍مّ‍‍ُهُ صِدِّيقَة‍‍‍ٌ كَانَا يَأْكُلاَنِ ا‍لطَّع‍‍َ‍ا‍مَ ا‍ن‍ظُرْ كَيْفَ نُبَيِّنُ لَهُمُ ا‍لآي‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ ا‍ن‍ظُرْ أَ‍نّ‍‍َى يُؤْفَك‍‍ُ‍و‍نَ
Qul 'Ata`budūna Min Dūni Al-Lahi Mā Lā Yamliku Lakum Đarrāan Wa Lā Naf`āan Wa Allāhu Huwa As-Samī`u Al-`Alīmu 005-076 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުންވިޔަސް، މަންފާއެއް ދިނުންވިޔަސް، މިލްކުވެގެންނުވާ ތަކެއްޗަށް، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ ފަހެ، اللَّه އީ، މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ أَتَعْبُد‍ُو‍نَ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ مَا لاَ يَمْلِكُ لَكُمْ ضَرّا‍ً وَلاَ نَفْعا‍ً وَا‍للَّهُ هُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Qul Yā 'Ahla Al-Kitābi Lā Taghlū Fī Dīnikum Ghayra Al-Ĥaqqi Wa Lā Tattabi`ū 'Ahwā'a Qawmin Qad Đallū Min Qablu Wa 'Ađallū Kathīrāan Wa Đallū `An Sawā'i As-Sabīli 005-077 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު حق ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިންމަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން تبع ނުވާށެވެ! قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لاَ تَغْلُو‍‍ا‍ فِي دِينِكُمْ غَيْرَ ا‍لْحَقِّ وَلاَ تَتَّبِعُ‍‍و‍‍ا‍ أَهْو‍َا‍ءَ قَوْم‍‍‍ٍ قَ‍‍د‍ْ ضَلُّو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَأَضَلُّو‍‍ا‍ كَثِيرا‍ً وَضَلُّو‍‍ا‍ عَ‍‍ن‍ْ سَو‍َا‍ءِ ا‍لسَّب‍‍ِ‍ي‍لِ
Lu`ina Al-Ladhīna Kafarū Min Banī 'Isrā'īla `Alá Lisāni Dāwūda Wa `Īsá Abni Maryama Dhālika Bimā `Aşaw Wa Kānū Ya`tadūna 005-078 إسـرآءيـل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. لُعِنَ ا‍لَّذ‍ِي‍نَ كَفَرُوا‍ مِ‍‍ن‍ْ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ عَلَى لِس‍‍َ‍ا‍نِ دَاو‍ُو‍دَ وَعِيسَى ا‍ب‍‍ْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُو‍‍ا‍ يَعْتَد‍ُو‍نَ
Kānū Lā Yatanāhawna `An Munkarin Fa`alūhu Labi'sa Mā Kānū Yaf`alūna 005-079 އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! كَانُو‍‍ا‍ لاَ يَتَنَاهَوْنَ عَ‍‍ن‍ْ مُ‍‍ن‍كَر‍ٍ فَعَل‍‍ُ‍و‍هُ لَبِئْسَ مَا كَانُو‍‍ا‍ يَفْعَل‍‍ُ‍و‍نَ
Tará Kathīrāan Minhum Yatawallawna Al-Ladhīna Kafarū Labi'sa Mā Qaddamat Lahum 'Anfusuhum 'An Sakhiţa Al-Lahu `Alayhim Wa Fī Al-`Adhābi Hum Khālidūna 005-080 އޭގެތެރެއިން ގިނަމީހުން كافر ވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެންގެ نفس ތައް، އެއުރެންނަށްޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ اللَّه، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ عذاب ގެ ތެރޭގައި ދެމިތިބޭނޭ ބަޔަކު ކަމުގައިވުމެވެ. تَرَى كَثِيرا‍ً مِنْهُمْ يَتَوَلَّوْنَ ا‍لَّذ‍ِي‍نَ كَفَرُوا‍ لَبِئْسَ مَا قَدَّمَتْ لَهُمْ أَن‍فُسُهُمْ أَ‍ن‍ْ سَخِطَ ا‍للَّهُ عَلَيْهِمْ وَفِي ا‍لْعَذ‍َا‍بِ هُمْ خَالِد‍ُو‍نَ
Wa Law Kānū Yu'uminūna Bil-Lahi Wa An-Nabīyi Wa Mā 'Unzila 'Ilayhi Mā Attakhadhūhum 'Awliyā'a Wa Lakinna Kathīrāan Minhum Fāsiqūna 005-081 އެއުރެން اللَّه އަށާއި، ނަބިއްޔާއަށާއި، އެކަލޭގެފާނަށް ބާވައިލެއްވި ފޮތަށް إيمان ވާ ކަމުގައިވީނަމަ، އެ كافر ންނީ، އެކުވެރިން ކަމުގައެއް ނުހިފީހެވެ.އެހެނެއްކަމަކު އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ. وَلَوْ كَانُو‍‍ا‍ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍للَّهِ وَا‍ل‍‍ن‍ّ‍‍َبِيِّ وَمَ‍‍ا‍ أُن‍زِلَ إِلَيْهِ مَا ا‍تَّخَذُوهُمْ أَوْلِي‍‍َ‍ا‍ءَ وَلَكِ‍‍ن‍ّ‍‍َ كَثِيرا‍ً مِنْهُمْ فَاسِق‍‍ُ‍و‍نَ
Latajidanna 'Ashadda An-Nāsi `Adāwatan Lilladhīna 'Āmanū Al-Yahūda Wa Al-Ladhīna 'Ashrakū Wa Latajidanna 'Aqrabahum Mawaddatan Lilladhīna 'Āmanū Al-Ladhīna Qālū 'Innā Naşārá Dhālika Bi'anna Minhum Qissīsīna Wa Ruhbānāan Wa 'Annahum Lā Yastakbirūna 005-082 إيمان ވި މީހުންނަށް މީސްތަކުންކުރެ، عداوة ތެރިކަން އެންމެބޮޑު ބަޔަކީ، يهودى ންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ رحمة ތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ نصارى އިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި راهب ން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ. لَتَجِدَ‍نّ‍‍َ أَشَدَّ ا‍ل‍‍ن‍ّ‍‍َ‍ا‍سِ عَدَاوَة‍‍‍ً لِلَّذ‍ِي‍نَ آمَنُو‍‍ا‍ ا‍لْيَه‍‍ُ‍و‍دَ وَا‍لَّذ‍ِي‍نَ أَشْرَكُو‍‍ا‍ وَلَتَجِدَ‍نّ‍‍َ أَ‍ق‍‍ْرَبَهُ‍‍م‍ْ مَوَدَّة‍‍‍ً لِلَّذ‍ِي‍نَ آمَنُو‍‍ا‍ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا نَصَارَى ذَلِكَ بِأَ‍نّ‍‍َ مِنْهُمْ قِسِّيس‍‍ِ‍ي‍نَ وَرُهْبَانا‍ً وَأَ‍نّ‍‍َهُمْ لاَ يَسْتَكْبِر‍ُو‍نَ
Wa 'Idhā Sami`ū Mā 'Unzila 'Ilá Ar-Rasūli Tará 'A`yunahum Tafīđu Mina Ad-Dam`i Mimmā `Arafū Mina Al-Ĥaqqi Yaqūlūna Rabbanā 'Āmannā Fāktubnā Ma`a Ash-Shāhidīna 005-083 އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ! وَإِذَا سَمِعُو‍‍ا‍ مَ‍‍ا‍ أُن‍زِلَ إِلَى ا‍لرَّس‍‍ُ‍و‍لِ تَرَى أَعْيُنَهُمْ تَف‍‍ِ‍ي‍ضُ مِنَ ا‍لدَّمْعِ مِ‍‍م‍ّ‍‍َا عَرَفُو‍‍ا‍ مِنَ ا‍لْحَقِّ يَقُول‍‍ُ‍و‍نَ رَبَّنَ‍‍ا آمَ‍‍ن‍ّ‍‍َا فَاكْتُ‍‍ب‍‍ْنَا مَعَ ا‍لشَّاهِد‍ِي‍نَ
Wa Mā Lanā Lā Nu'uminu Bil-Lahi Wa Mā Jā'anā Mina Al-Ĥaqqi Wa Naţma`u 'An Yudkhilanā Rabbunā Ma`a Al-Qawmi Aş-Şāliĥīna 005-084 އަދި اللَّه އަށާއި، ތިމަންމެންގެ ގާތަށްއައި حق ގޮތަށް، ތިމަންމެން إيمان ނުވާންވީ،އަދި ތިމަންމެންގެ ވެރިރަސްކަލާނގެ صالح އަޅުންގެ ތެރެޔަށް ތިމަންމެން ވެއްދެވުމަށް އެދުންވެރި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ وَمَا لَنَا لاَ نُؤْمِنُ بِ‍‍ا‍للَّهِ وَمَا ج‍‍َ‍ا‍ءَنَا مِنَ ا‍لْحَقِّ وَنَ‍‍ط‍‍ْمَعُ أَ‍ن‍ْ يُ‍‍د‍‍ْخِلَنَا رَبُّنَا مَعَ ا‍لْقَوْمِ ا‍لصَّالِح‍‍ِ‍ي‍نَ
Fa'athābahumu Al-Lahu Bimā Qālū Jannātin Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā Wa Dhalika Jazā'u Al-Muĥsinīna 005-085 ދެން އެއުރެން ބުނި ބަސްތަކުގެ ސަބަބުން ޖަޒާއަކަށް، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެއުރެންނަށް اللَّه ދެއްވިއެވެ. އެތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. އެއީ إحسان ތެރިންގެ ޖަޒާއެވެ. فَأَثَابَهُمُ ا‍للَّهُ بِمَا قَالُو‍‍ا‍ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَا وَذَلِكَ جَز‍َا‍ءُ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Al-Ladhīna Kafarū Wa Kadhdhabū Bi'āyātinā 'Ūlā'ika 'Aşĥābu Al-Jaĥīmi 005-086 އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ. وَالَّذ‍ِي‍نَ كَفَرُوا‍ وَكَذَّبُو‍‍ا‍ بِآيَاتِنَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍لْجَح‍‍ِ‍ي‍مِ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tuĥarrimū Ţayyibāti Mā 'Aĥalla Al-Lahu Lakum Wa Lā Ta`tadū 'Inna Al-Laha Lā Yuĥibbu Al-Mu`tadīna 005-087 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، اللَّه، حلال ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން حرام ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تُحَرِّمُو‍‍ا‍ طَيِّب‍‍َ‍ا‍تِ مَ‍‍ا‍ أَحَلَّ ا‍للَّهُ لَكُمْ وَلاَ تَعْتَدُو‍ا‍ إِ‍نّ‍‍َ ا‍للَّهَ لاَ يُحِبُّ ا‍لْمُعْتَد‍ِي‍نَ
Wa Kulū Mimmā Razaqakumu Al-Lahu Ĥalālāan Ţayyibāan Wa Attaqū Al-Laha Al-Ladhī 'Antum Bihi Mu'uminūna 005-088 އަދި اللَّه، ތިޔަބައިމީހުންނަށް ދެއްވި ތަކެތީގެ ތެރެއިން، حلال ރަނގަޅު ތަކެތި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް إيمان ވެގެންތިބި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! وَكُلُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَقَكُمُ ا‍للَّهُ حَلالا‍ً طَيِّبا‍ً وَا‍تَّقُو‍‍ا‍ ا‍للَّهَ ا‍لَّذِي أَ‍ن‍‍ْتُ‍‍م‍ْ بِهِ مُؤْمِن‍‍ُ‍و‍نَ
Lā Yu'uākhidhukumu Al-Lahu Bil-Laghwi Fī 'Aymānikum Wa Lakin Yu'uākhidhukum Bimā `Aqqadtumu Al-'Īmāna Fakaffāratuhu 'Iţ`āmu `Asharati Masākīna Min 'Awsaţi Mā Tuţ`imūna 'Ahlīkum 'Aw Kiswatuhum 'Aw Taĥrīru Raqabatin Faman Lam Yajid Faşiyāmu Thalāthati 'Ayyāmin Dhālika Kaffāratu 'Aymānikum 'Idhā Ĥalaftum Wa Aĥfažū 'Aymānakum Kadhālika Yubayyinu Al-Lahu Lakum 'Āyātihi La`allakum Tashkurūna 005-089 قصد އަކާނުލައި، ބުނާ ބަސްތަކަކުން، اللَّه، ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެތެވެ.(އެބަހީ: އާދައިގައި ވާހަކަދައްކާ އުޅޭއިރު، ހުވާކުރުމުގެ قصد އެއްނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، قصد ކޮށްގެންކުރާ ހުވާތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެތެވެ. ފަހެ، ހުވާގެ كفّارة އަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ خلاف ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ كفّارة އެވެ. އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން شكر ކުރުމަށްޓަކައި، اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް އެފަދައިން بيان ކޮށްދެއްވަތެވެ. لاَ يُؤ‍َ‍اخِذُكُمُ ا‍للَّهُ بِ‍‍ا‍للَّغْوِ فِ‍‍ي‍ أَيْمَانِكُمْ وَلَكِ‍‍ن‍ْ يُؤ‍َ‍اخِذُكُ‍‍م‍ْ بِمَا عَقَّ‍‍د‍‍ْتُمُ ا‍لإِيْم‍‍َ‍ا‍نَ فَكَفَّارَتُهُ إِ‍ط‍‍ْع‍‍َ‍ا‍مُ عَشَرَةِ مَسَاك‍‍ِ‍ي‍نَ مِنْ أَوْسَطِ مَا تُ‍‍ط‍‍ْعِم‍‍ُ‍و‍نَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْ‍‍ر‍‍ِي‍‍ر‍ُ رَقَبَة‍‍‍ٍ فَمَ‍‍ن‍ْ لَمْ يَجِ‍‍د‍ْ فَصِي‍‍َ‍ا‍مُ ثَلاَثَةِ أَيّ‍‍َ‍ا‍م‍‍‍ٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَا‍حْفَظُ‍‍و‍‍ا‍ أَيْمَانَكُمْ كَذَلِكَ يُبَيِّنُ ا‍للَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُر‍ُو‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Innamā Al-Khamru Wa Al-Maysiru Wa Al-'Anşābu Wa Al-'Azlāmu Rijsun Min `Amali Ash-Shayţāni Fājtanibūhu La`allakum Tufliĥūna 005-090 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރުތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍نّ‍‍َمَا ا‍لْخَمْرُ وَا‍لْمَيْسِ‍‍ر‍ُ وَا‍لأَن‍ص‍‍َ‍ا‍بُ وَا‍لأَزْلاَمُ ‍ر‍‍ِ‍ج‍‍ْس‍‍‍ٌ مِنْ عَمَلِ ا‍لشَّيْط‍‍َ‍ا‍نِ فَا‍ج‍‍ْتَنِب‍‍ُ‍و‍هُ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
'Innamā Yurīdu Ash-Shayţānu 'An Yūqi`a Baynakumu Al-`Adāwata Wa Al-Baghđā'a Fī Al-Khamri Wa Al-Maysiri Wa Yaşuddakum `An Dhikri Al-Lahi Wa `Ani Aş-Şalāati Fahal 'Antum Muntahūna 005-091 شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) إِ‍نّ‍‍َمَا يُ‍‍ر‍‍ِي‍دُ ا‍لشَّيْط‍‍َ‍ا‍نُ أَ‍ن‍ْ يُوقِعَ بَيْنَكُمُ ا‍لْعَدَاوَةَ وَا‍لْبَغْض‍‍َ‍ا‍ءَ فِي ا‍لْخَمْ‍‍ر‍ِ وَا‍لْمَيْسِرِ وَيَصُدَّكُمْ عَ‍‍ن‍ْ ذِكْ‍‍ر‍ِ ا‍للَّهِ وَعَنِ ا‍لصَّلاَةِ فَهَلْ أَ‍ن‍‍ْتُ‍‍م‍ْ مُ‍‍ن‍تَه‍‍ُ‍و‍نَ
Wa 'Aţī`ū Al-Laha Wa 'Aţī`ū Ar-Rasūla Wa Aĥdharū Fa'in Tawallaytum Fā`lamū 'Annamā `Alá Rasūlinā Al-Balāghu Al-Mubīnu 005-092 އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ! ފަހެ، ތިޔަބައިމީހުން ފުރަގަސްދިން ނަމަވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول އާއަށް އޮތީ، بيان ވެގެންވާ އިއްވެވުންކަން ތިޔަބައިމީހުން ދަންނާށެވެ! وَأَطِيعُو‍‍ا‍ ا‍للَّهَ وَأَطِيعُو‍‍ا‍ ا‍لرَّس‍‍ُ‍و‍لَ وَا‍حْذَرُوا‍ فَإِ‍ن‍ْ تَوَلَّيْتُمْ فَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َمَا عَلَى رَسُولِنَا ا‍لْبَلاَغُ ا‍لْمُب‍‍ِ‍ي‍نُ
Laysa `Alá Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Junāĥun Fīmā Ţa`imū 'Idhā Mā Attaqaw Wa 'Āmanū Wa `Amilū Aş-Şāliĥāti Thumma Attaqaw Wa 'Āmanū Thumma Attaqaw Wa 'Aĥsanū Wa Allāhu Yuĥibbu Al-Muĥsinīna 005-093 إيمان ވެ، صالح عمل ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާމެދު، އެއުރެންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ: ރާއާއި އަދި އެނޫން ތަކެތި حرام ކުރެއްވުމުގެކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ) އެއުރެން تقوى ވެރިވެ، إيمان ވެ، صالح عمل ކުޅަނަމައެވެ.ދެންވެސް تقوى ވެރިވެ، إيمان ވީނަމައެވެ. ދެންވެސް تقوى ވެރިވެ، عمل ތައް ރަނގަޅު ކުޅަނަމައެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. لَيْسَ عَلَى ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ جُن‍‍َ‍ا‍ح‍‍‍ٌ فِيمَا طَعِمُ‍‍و‍‍ا‍ إِذَا مَا ا‍تَّقَوْا وَآمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ ا‍تَّقَوْا وَآمَنُو‍‍ا‍ ثُ‍‍م‍ّ‍‍َ ا‍تَّقَوْا وَأَحْسَنُو‍‍ا‍ وَا‍للَّهُ يُحِبُّ ا‍لْمُحْسِن‍‍ِ‍ي‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Layabluwannakumu Al-Lahu Bishay'in Mina Aş-Şaydi Tanāluhu 'Aydīkum Wa Rimāĥukum Liya`lama Al-Lahu Man Yakhāfuhu Bil-Ghaybi Famani A`tadá Ba`da Dhālika Falahu `Adhābun 'Alīmun 005-094 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ލޮންސިތަކުން އަތުލާ ބައެއް ޝިކާރައިން، اللَّه، ތިޔަބައިމީހުން امتحان ކުރައްވާނެތެވެ. (އެއީ) ނުފެންނަ ތާނގައިވެސް، އެކަލާނގެއަށް ބިރުވެތިވާ ބަޔަކު، اللَّه ދެނެވޮޑިގެންވެ، އެކަން ފާޅުކުރެއްވުމަށްޓަކައެވެ. ފަހެ، އެއަށްފަހު (އެކަލާނގެ أمر ފުޅު) ފަހަނަޅައި ހިނގައްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ވޭންދެނިވި عذاب ހުށްޓެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لَيَ‍‍ب‍‍ْلُوَنّ‍‍َكُمُ ا‍للَّهُ بِشَيْء‍ٍ مِنَ ا‍لصَّيْدِ تَنَالُهُ أَيْدِيكُمْ وَر‍‍ِمَاحُكُمْ لِيَعْلَمَ ا‍للَّهُ مَ‍‍ن‍ْ يَخَافُهُ بِ‍‍ا‍لْغَيْبِ فَمَنِ ا‍عْتَدَى بَعْدَ ذَلِكَ فَلَهُ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Taqtulū Aş-Şayda Wa 'Antum Ĥurumun Wa Man Qatalahu Minkum Muta`ammidāan Fajazā'un Mithlu Mā Qatala Mina An-Na`ami Yaĥkumu Bihi Dhawā `Adlin Minkum Hadyāan Bāligha Al-Ka`bati 'Aw Kaffāratun Ţa`āmu Masākīna 'Aw `Adlu Dhālika Şiyāmāan Liyadhūqa Wabāla 'Amrihi `Afā Al-Lahu `Ammā Salafa Wa Man `Āda Fayantaqimu Al-Lahu Minhu Wa Allāhu `Azīzun Dhū Antiqāmin 005-095 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (حج އަކަށް، ނުވަތަ عمرة އަކަށް) ތިޔަބައިމީހުން إحرام ބަނދެގެންތިބެ (އެއްގަމު) ޝިކާރަ قتل ނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން قصد ގައި، އެފަދަ ޝިކާރައެއް قتل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ޖަޒާއަކީ، قتل ކުޅަ އެއްޗަކާ އެއްފަދަ އެއްޗެއް، نعم ސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު حكم ކުރާނީ، ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހެކެވެ. (މި ދޭންޖެހޭނީ) كعبة اللَّه ގެފުޅަށް ފޯރާ هَدْىއެއްގެ ގޮތުގައެވެ. ނުވަތަ كفّارة އެއް ދިނުމެވެ. އެއީ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއާ އެއްވަރަށް ރޯދަހިފުމެވެ. އެއީ އޭނާ ކުޅަކަންތަކުގެ ނަތީޖާގެ ރަހަ ލިބިގަތުމަށްޓަކައެވެ. (މި آية ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް اللَّه عفو ކުރައްވައިފިއެވެ. އަދި އެކަމަށް އެނބުރި إعادة ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން اللَّه ބަދަލުހިއްޕަވާނެތެވެ. اللَّه އީ، ބަދަލުހިއްޕެވުމުގެ ވެރި، عزيز ވަންތަ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَ‍‍ق‍‍ْتُلُو‍‍ا‍ ا‍لصَّيْدَ وَأَ‍ن‍‍ْتُمْ حُرُم‍‍‍ٌ وَمَ‍‍ن‍ْ قَتَلَهُ مِ‍‍ن‍‍ْكُ‍‍م‍ْ مُتَعَ‍‍م‍ّ‍‍ِدا‍ً فَجَز‍َا‍ء‍ٌ مِثْلُ مَا قَتَلَ مِنَ ا‍ل‍‍ن‍ّ‍‍َعَمِ يَحْكُمُ بِهِ ذَوَا عَ‍‍د‍‍ْل‍‍‍ٍ مِ‍‍ن‍‍ْكُمْ هَ‍‍د‍‍ْيا‍ً بَالِغَ ا‍لْكَعْبَةِ أَوْ كَفَّارَة‍‍‍ٌ طَع‍‍َ‍ا‍مُ مَسَاك‍‍ِ‍ي‍نَ أَوْ عَ‍‍د‍‍ْلُ ذَلِكَ صِيَاما‍ً لِيَذ‍ُو‍قَ وَب‍‍َ‍ا‍لَ أَمْ‍‍ر‍‍ِهِ عَفَا ا‍للَّهُ عَ‍‍م‍ّ‍‍َا سَلَفَ وَمَنْ ع‍‍َ‍ا‍دَ فَيَ‍‍ن‍تَقِمُ ا‍للَّهُ مِنْهُ وَا‍للَّهُ عَز‍ِي‍ز‍ٌ ذُو ا‍ن‍تِق‍‍َ‍ا‍م‍‍‍ٍ
'Uĥilla Lakum Şaydu Al-Baĥri Wa Ţa`āmuhu Matā`āan Lakum Wa Lilssayyārati Wa Ĥurrima `Alaykum Şaydu Al-Barri Mā Dumtum Ĥurumāan Wa Attaqū Al-Laha Al-Ladhī 'Ilayhi Tuĥsharūna 005-096 ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން، إحرام ބަނދެގެން ތިބިހާހިނދަކު، އެއްގަމު ޝިކާރަ ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައި ވެއެވެ. ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ حضرة އަށް ތިޔަބައިމީހުން محشر ކުރައްވާނޭ ރަސްކަލާނގެއެވެ. أُحِلَّ لَكُمْ صَيْدُ ا‍لْبَحْ‍‍ر‍ِ وَطَعَامُهُ مَتَاعا‍ً لَكُمْ وَلِلسَّيَّارَةِ وَحُرِّمَ عَلَيْكُمْ صَيْدُ ا‍لْبَرِّ مَا دُمْتُمْ حُرُما‍ً وَا‍تَّقُو‍‍ا‍ ا‍للَّهَ ا‍لَّذِي إِلَيْهِ تُحْشَر‍ُو‍نَ
Ja`ala Al-Lahu Al-Ka`bata Al-Bayta Al-Ĥarāma Qiyāmāan Lilnnāsi Wa Ash-Shahra Al-Ĥarāma Wa Al-Hadya Wa Al-Qalā'ida Dhālika Lita`lamū 'Anna Al-Laha Ya`lamu Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa 'Anna Al-Laha Bikulli Shay'in `Alīmun 005-097 حرمة ތެރިވެގެންވާ كعبة اللَّه ގެފުޅާއި، حرمة ތެރި މައްސަރުތަކާއި، حرم ފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، حرم ފުޅަށްޓަކައިފާހަގަކޮށް ގިލަފަތި އަޅުވާފައިވާ ތަކެތި، اللَّه ލައްވާފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް قائم ކުރާ ތަކެތި ކަމުގައެވެ. އެއީ ހަމަކަށަވަރުން، އުޑުތަކުގައިވާހާ ކަމަކާއި، ބިމުގައި ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. جَعَلَ ا‍للَّهُ ا‍لْكَعْبَةَ ا‍لْبَيْتَ ا‍لْحَر‍َا‍مَ قِيَاما‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَا‍لشَّهْرَ ا‍لْحَر‍َا‍مَ وَا‍لْهَ‍‍د‍‍ْيَ وَا‍لْقَلاَئِدَ ذَلِكَ لِتَعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ يَعْلَمُ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَأَ‍نّ‍‍َ ا‍للَّهَ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
A`lamū 'Anna Al-Laha Shadīdu Al-`Iqābi Wa 'Anna Al-Laha Ghafūrun Raĥīmun 005-098 ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެ ކަމާއި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން، ތިޔަބައިމީހުން ދަންނާށެވެ! ا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍بِ وَأَ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Mā `Alá Ar-Rasūli 'Illā Al-Balāghu Wa Allāhu Ya`lamu Mā Tubdūna Wa Mā Taktumūna 005-099 (رسالة) އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ. مَا عَلَى ا‍لرَّس‍‍ُ‍و‍لِ إِلاَّ ا‍لْبَلاَغُ وَا‍للَّهُ يَعْلَمُ مَا تُ‍‍ب‍‍ْد‍ُو‍نَ وَمَا تَكْتُم‍‍ُ‍و‍نَ
Qul Lā Yastawī Al-Khabīthu Wa Aţ-Ţayyibu Wa Law 'A`jabaka Kathratu Al-Khabīthi Fa Attaqū Al-Laha Yā 'Ū Al-'Albābi La`allakum Tufliĥūna 005-100 ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. قُ‍‍ل‍ْ لاَ يَسْتَوِي ا‍لْخَب‍‍ِ‍ي‍ثُ وَا‍لطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ا‍لْخَب‍‍ِ‍ي‍ثِ فَاتَّقُو‍‍ا‍ ا‍للَّهَ يَ‍‍ا‍ أ‍ُ‍ولِي ا‍لأَلْب‍‍َ‍ا‍بِ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tas'alū `An 'Ashyā'a 'In Tubda Lakum Tasu'ukum Wa 'In Tas'alū `Anhā Ĥīna Yunazzalu Al-Qur'ānu Tubda Lakum `Afā Al-Lahu `Anhā Wa Allāhu Ghafūrun Ĥalīmun 005-101 އޭ إيمان ވެއްޖެ މީސްތަކުންނޭވެ!ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން سؤال ނުކުރާށެވެ. އަދި قرآن ބާވައިލައްވާހިނދު އެކަންކަމާމެދު ތިޔަބައިމީހުން سؤال ކުރާނަމަ، އެކަންކަން ތިޔަބައިމީހުންނަށް ފާޅުކުރައްވައިފާނެތެވެ. (އިސްވެގޮސްފައިވާ) سؤال ކުރުމުގެ ކުށް، اللَّه عفو ކުރައްވައިފިއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَسْأَلُو‍‍ا‍ عَنْ أَشْي‍‍َ‍ا‍ءَ إِ‍ن‍ْ تُ‍‍ب‍‍ْدَ لَكُمْ تَسُؤْكُمْ وَإِ‍ن‍ْ تَسْأَلُو‍‍ا‍ عَنْهَا ح‍‍ِ‍ي‍نَ يُنَزَّلُ ا‍لْقُرْآنُ تُ‍‍ب‍‍ْدَ لَكُمْ عَفَا ا‍للَّهُ عَنْهَا وَا‍للَّهُ غَف‍‍ُ‍و‍رٌ حَل‍‍ِ‍ي‍م‍‍‍ٌ
Qad Sa'alahā Qawmun Min Qablikum Thumma 'Aşbaĥū Bihā Kāfirīna 005-102 ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން، އެފަދަ سؤال ކުރިއެވެ. ދެން (އެކަންކަމުގެ حكم ބަޔާންކުރެއްވި ހިނދު) އެކަންކަމަށް كافر ވި ބަޔަކު ކަމުގައި އެއުރެންވިއެވެ. قَ‍‍د‍ْ سَأَلَهَا قَوْم‍‍‍ٌ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ ثُ‍‍م‍ّ‍‍َ أَصْبَحُو‍‍ا‍ بِهَا كَافِ‍‍ر‍‍ِي‍نَ
Mā Ja`ala Al-Lahu Min Baĥīratin Wa Lā Sā'ibatin Wa Lā Waşīlatin Wa Lā Ĥāmin Wa Lakinna Al-Ladhīna Kafarū Yaftarūna `Alá Al-Lahi Al-Kadhiba Wa 'Aktharuhum Lā Ya`qilūna 005-103 بحيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މިތަކެތި حرمة ތެރި ތަކެތި ކަމުގައި اللَّه ލައްވައިފައެއް ނުވެއެވެ. އެހެނެއްކަމަކު، كافر ވި މީހުން اللَّه އާމެދު ދޮގުތައް ހަދައި އުޅެތެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކަށް ނުވިސްނެއެވެ. (ނޯޓު: بحـيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މި ތަކެއްޗަކީ ޖާހިލީ ޒަމާނުގައި، عربى ން އަޅުކަންކޮށްއުޅުނު ބުދުތަކަށްޓަކައި، نعم ސޫފީގެ ތެރެއިން، މިނަންތަކުން خاصކޮށްފައިވާ ތަކެއްޗެވެ.) مَا جَعَلَ ا‍للَّهُ مِ‍‍ن‍ْ بَحِيرَة‍‍‍ٍ وَلاَ س‍‍َ‍ا‍ئِبَة‍‍‍ٍ وَلاَ وَصِيلَة‍‍‍ٍ وَلاَ ح‍‍َ‍ا‍م‍‍‍ٍ وَلَكِ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ يَفْتَر‍ُو‍نَ عَلَى ا‍للَّهِ ا‍لْكَذِبَ وَأَكْثَرُهُمْ لاَ يَعْقِل‍‍ُ‍و‍نَ
Wa 'Idhā Qīla Lahum Ta`ālaw 'Ilá Mā 'Anzala Al-Lahu Wa 'Ilá Ar-Rasūli Qālū Ĥasbunā Mā Wajadnā `Alayhi 'Ābā'anā 'Awalaw Kāna 'Ābā'uuhum Lā Ya`lamūna Shay'āan Wa Lā Yahtadūna 005-104 އަދި اللَّه ބާވާލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟ وَإِذَا ق‍‍ِ‍ي‍لَ لَهُمْ تَعَالَوْا إِلَى مَ‍‍ا‍ أَن‍زَلَ ا‍للَّهُ وَإِلَى ا‍لرَّس‍‍ُ‍و‍لِ قَالُو‍‍ا‍ حَسْبُنَا مَا وَجَ‍‍د‍‍ْنَا عَلَيْهِ آب‍‍َ‍ا‍ءَنَ‍‍ا‍ أَوَلَوْ ك‍‍َ‍ا‍نَ آب‍‍َ‍ا‍ؤُهُمْ لاَ يَعْلَم‍‍ُ‍و‍نَ شَيْئا‍ً وَلاَ يَهْتَد‍ُو‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū `Alaykum 'Anfusakum Lā Yađurrukum Man Đalla 'Idhā Ahtadaytum 'Ilá Al-Lahi Marji`ukum Jamī`āan Fayunabbi'ukum Bimā Kuntum Ta`malūna 005-105 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ރައްކާތެރިކޮށް، إصلاح ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، اللَّه ގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ عَلَيْكُمْ أَن‍فُسَكُمْ لاَ يَضُرُّكُ‍‍م‍ْ مَ‍‍ن‍ْ ضَلَّ إِذَا ا‍هْتَدَيْتُمْ إِلَى ا‍للَّهِ مَرْجِعُكُمْ جَمِيعا‍ً فَيُنَبِّئُكُ‍‍م‍ْ بِمَا كُ‍‍ن‍تُمْ تَعْمَل‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Shahādatu Baynikum 'Idhā Ĥađara 'Aĥadakumu Al-Mawtu Ĥīna Al-Waşīyati Athnāni Dhawā `Adlin Minkum 'Aw 'Ākharāni Min Ghayrikum 'In 'Antum Đarabtum Al-'Arđi Fa'aşābatkum Muşībatu Al-Mawti Taĥbisūnahumā Min Ba`di Aş-Şalāati Fayuqsimāni Bil-Lahi 'Ini Artabtum Lā Nashtarī Bihi Thamanāan Wa Law Kāna Dhā Qurbá Wa Lā Naktumu Shahādata Al-Lahi 'Innā 'Idhāan Lamina Al-'Āthimīna 005-106 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު حاضر ވެއްޖެނަމަ، وصية ކުރާހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެފިރިހެނުން ހެކިކުރުން ހުށްޓެވެ. ނުވަތަ ތިޔަބައިމީހުންބިމުގައި، ދަތުރުފަތުރުކޮށް އުޅެނިކޮށް، މަރުގެ مصيبة ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫންމީހުންގެ ތެރެއިން، ދެމީހުން ހެކިކުރުން ހުށްޓެވެ. (އެދެމީހުންގެ ހެކިބަހާމެދުގައި) ތިޔަބައިމީހުންނަށް شك ވެއްޖެނަމަ، ނަމާދުގެ ފަހުން، ތިޔަބައިމީހުން އެދެމީހުން ހިފަހައްޓާނީއެވެ. ދެން އެ ދެ ހެކީން، اللَّه ގަންދީ ހުވާކުރާނީއެވެ. އެ މީހަކީ (އެބަހީ: އެމީހަކަށްޓަކައި ހުވާކުރެވޭ މީހަކީ) ގާތްތިމާގެ މީހަކު ކަމުގައިވިޔަސް، އެހުވަޔަށް އެއްވެސް އަގެއް އަތުލާފައި ނުވާކަމަށާއި، اللَّه ގެ ހެކިބަސް، ތިމަންމެން ވަންހަނާ ނުކުރާކަމަށެވެ. އެކަން ކޮށްފިނަމަ، އޭރުން ހަމަކަށަވަރުން، ތިމަންމެންވާހުށީ ފާފަވެރިންގެ ތެރެއިންނެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ا‍لْمَوْتُ ح‍‍ِ‍ي‍نَ ا‍لْوَصِيَّةِ ا‍ثْن‍‍َ‍ا‍نِ ذَوَا عَ‍‍د‍‍ْل‍‍‍ٍ مِ‍‍ن‍‍ْكُمْ أَوْ آخَر‍َا‍نِ مِنْ غَيْ‍‍ر‍‍ِكُمْ إِنْ أَ‍ن‍‍ْتُمْ ضَرَ‍ب‍‍ْتُمْ فِي ا‍لأَرْضِ فَأَصَابَتْكُ‍‍م‍ْ مُصِيبَةُ ا‍لْمَوْتِ تَحْبِسُونَهُمَا مِ‍‍ن‍ْ بَعْدِ ا‍لصَّلاَةِ فَيُ‍‍ق‍‍ْسِم‍‍َ‍ا‍نِ بِ‍‍ا‍للَّهِ إِنِ ا‍رْتَ‍‍ب‍‍ْتُمْ لاَ نَشْتَ‍‍ر‍‍ِي بِهِ ثَمَنا‍ً وَلَوْ ك‍‍َ‍ا‍نَ ذَا قُرْبَى وَلاَ نَكْتُمُ شَهَادَةَ ا‍للَّهِ إِ‍نّ‍‍َ‍‍ا إِذا‍ً لَمِنَ ا‍لآثِم‍‍ِ‍ي‍نَ
Fa'in `Uthira `Alá 'Annahumā Astaĥaqqā 'Ithmāan Fa'ākharāni Yaqūmāni Maqāmahumā Mina Al-Ladhīna Astaĥaqqa `Alayhimu Al-'Awlayāni Fayuqsimāni Bil-Lahi Lashahādatunā 'Aĥaqqu Min Shahādatihimā Wa Mā A`tadaynā 'Innā 'Idhāan Lamina Až-Žālimīna 005-107 ދެން އެ ދެމީހުން ފާފަވެރި ވެއްޖެކަމަށް ފެނިއްޖެނަމަ، އެދެމީހުންގެ مقام ގައި، އެހެން ދެމީހުން قائم ވާނީއެވެ. (އެއީ) އެބަޔަކަށް وصية حق ވެގެންވީ މީހުންގެ ތެރެއިން، މަރުވި މީހާއާ އެންމެގާތް ދެމީހެކެވެ. ދެން އެ ދެމީހުން، اللَّه ގަންދީ ހުވާކުރާނީއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ހެކިބަސް އެދެމީހުންގެ ހެކިބަހަށްވުރެ ތެދުކަން ބޮޑުކަމަށާއި، ތިމަންމެން ހައްދުފަހަނަޅައި ނުދާކަމަށެވެ.އެހެން އެކަންކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ. فَإِنْ عُثِ‍‍ر‍َ عَلَى أَ‍نّ‍‍َهُمَا ا‍سْتَحَقَّ‍‍ا إِثْما‍ً فَآخَر‍َا‍نِ يَقُوم‍‍َ‍ا‍نِ مَقَامَهُمَا مِنَ ا‍لَّذ‍ِي‍نَ ا‍سْتَحَقَّ عَلَيْهِمُ ا‍لأَوْلَي‍‍َ‍ا‍نِ فَيُ‍‍ق‍‍ْسِم‍‍َ‍ا‍نِ بِ‍‍ا‍للَّهِ لَشَهَادَتُنَ‍‍ا‍ أَحَقُّ مِ‍‍ن‍ْ شَهَادَتِهِمَا وَمَا ا‍عْتَدَيْنَ‍‍ا إِ‍نّ‍‍َ‍‍ا إِذا‍ً لَمِنَ ا‍لظَّالِم‍‍ِ‍ي‍نَ
Dhālika 'Adná 'An Ya'tū Bish-Shahādati `Alá Wajhihā 'Aw Yakhāfū 'An Turadda 'Aymānun Ba`da 'Aymānihim Wa Attaqū Al-Laha Wa Asma`ū Wa Allāhu Lā Yahdī Al-Qawma Al-Fāsiqīna 005-108 އެއުރެން ހެކިބަސް އަދާކުރާން އޮތްގޮތުގައި، އަދާކުރުމަށް ގާތްކަންބޮޑީ އެގޮތެވެ. ނުވަތަ އެއުރެންގެ ހުވަޔަށްފަހު، ހުވާ ރައްދުވެގެން އަތުވެދާނެކަމަށް، އެއުރެން ބިރުވެތިވުން ގާތްކަންބޮޑީވެސް އެގޮތެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވެ، އަޑުއަހާށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ذَلِكَ أَ‍د‍‍ْنَى أَ‍ن‍ْ يَأْتُو‍‍ا‍ بِ‍‍ا‍لشَّهَادَةِ عَلَى وَج‍‍ْهِهَ‍‍ا‍ أَوْ يَخَافُ‍‍و‍‍ا‍ أَ‍ن‍ْ تُرَدَّ أَيْم‍‍َ‍ا‍ن‍‍‍ٌ بَعْدَ أَيْمَانِهِمْ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍سْمَعُو‍‍ا‍ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لْفَاسِق‍‍ِ‍ي‍نَ
Yawma Yajma`u Al-Lahu Ar-Rusula Fayaqūlu Mādhā 'Ujibtum Qālū Lā `Ilma Lanā 'Innaka 'Anta `Allāmu Al-Ghuyūbi 005-109 اللَّه، رسول ން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ އެބޭކަލުންނަށް وحى ކުރައްވާނެތެވެ. (މީސްތަކުންގެ ފަރާތުން) ތިޔަބޭކަލުންނަށް ލިބުނީ ކޮން އިޖާބައެއް ހެއްޔެވެ؟ އެބޭކަލުން ދަންނަވާނެތެވެ. އަޅަމެންނަށް އެކަމުގެ އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. يَوْمَ يَ‍‍ج‍‍ْمَعُ ا‍للَّهُ ا‍لرُّسُلَ فَيَق‍‍ُ‍و‍لُ مَاذَا أُجِ‍‍ب‍‍ْتُمْ قَالُو‍‍ا‍ لاَ عِلْمَ لَنَ‍‍ا إِ‍نّ‍‍َكَ أَ‍ن‍‍ْتَ عَلاَّمُ ا‍لْغُي‍‍ُ‍و‍ب‍ِ
'Idh Qāla Al-Lahu Yā `Īsá Abna Maryama Adhkur Ni`matī `Alayka Wa `Alá Wa A-Datika 'Idh 'Ayyadttuka Birūĥi Al-Qudusi Tukallimu An-Nāsa Fī Al-Mahdi Wa Kahlāan Wa 'Idh `Allamtuka Al-Kitāba Wa Al-Ĥikmata Wa At-Tawrāata Wa Al-'Injīla Wa 'Idh Takhluqu Mina Aţīni Kahay'ati Aţ-Ţayri Bi'idhnī Fatanfukhu Fīhā Fatakūnu Ţayrāan Bi'idhnī Wa Tubri'u Al-'Akmaha Wa Al-'Abraşa Bi'idhnī Wa 'Idh Tukhriju Al-Mawtá Bi'idhnī Wa 'Idh Kafaftu Banī 'Isrā'īla `Anka 'Idh Ji'tahum Bil-Bayyināti Faqāla Al-Ladhīna Kafarū Minhum 'In Hādhā 'Illā Siĥrun Mubīnun 005-110 اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ކަލޭގެފާނަށާއި، ކަލޭގެފާނުންގެ މައިކަނބަލުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة ހަނދުމަކުރައްވާށެވެ! (އެއީ) جبريل ގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަންރަސްކަލާނގެބާރުދެއްވިހިނދެވެ. ޅަފަތުގެ ދާނުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި، حكمة އާއި، توراة އާއި، إنجيل، ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަންރަސްކަލާނގެ إذن ފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، برص ބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަންރަސްކަލާނގެ إذن ފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި بيان ވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު إسـرآءيـل ގެދަރިންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ. إِذْ ق‍‍َ‍ا‍لَ ا‍للَّهُ يَاعِيسَى ا‍ب‍‍ْنَ مَرْيَمَ ا‍ذْكُرْ نِعْمَتِي عَلَيْكَ وَعَلى وَا‍لِدَتِكَ إِذْ أَيَّ‍‍د‍تُّكَ بِر‍ُو‍حِ ا‍لْقُدُسِ تُكَلِّمُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ فِي ا‍لْمَهْدِ وَكَهْلا‍ً وَإِذْ عَلَّمْتُكَ ا‍لْكِت‍‍َ‍ا‍بَ وَا‍لْحِكْمَةَ وَا‍لتَّوْر‍َا‍ةَ وَا‍لإِن‍ج‍‍ِ‍ي‍لَ وَإِذْ تَخْلُقُ مِنَ ا‍لطّ‍‍ِ‍ي‍نِ كَهَيْئَةِ ا‍لطَّيْ‍‍ر‍ِ بِإِذْنِي فَتَ‍‍ن‍فُخُ فِيهَا فَتَك‍‍ُ‍و‍نُ طَيْرا‍ً بِإِذْنِي وَتُ‍‍ب‍‍ْ‍‍ر‍‍ِئُ ا‍لأَكْمَهَ وَا‍لأَ‍ب‍‍ْرَصَ بِإِذْنِي وَإِذْ تُخْ‍‍ر‍‍ِجُ ا‍لْمَوْتَى بِإِذْنِي وَإِذْ كَفَفْتُ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ عَ‍‍ن‍‍ْكَ إِذْ جِئْتَهُ‍‍م‍ْ بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ فَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ كَفَرُوا‍ مِنْهُمْ إِنْ هَذَا إِلاَّ سِحْر‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Wa 'Idh 'Awĥaytu 'Ilá Al-Ĥawārīyīna 'An 'Āminū Bī Wa Birasūlī Qālū 'Āmannā Wa Ash/had Bi'annanā Muslimūna 005-111 އަދި ތިމަންރަސްކަލާނގެއަށާއި، ތިމަންރަސްކަލާނގެ رسول އާއަށް إيمان ވުމަށް حوارى ންނަށް، ތިމަންރަސްކަލާނގެ އެންގެވިހިނދުހަނދުމަކުރާށެވެ! ދެން حوارى ން ދެންނެވޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެންތިބި ބަޔަކުކަމަށް އިބަރަސްކަލާނގެ ހެކިވެވޮޑިގެންފާނދޭވެ! (ނޯޓު: حوارى ންނަކީ، عيسى ގެފާނަށް تبع ވެގެން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އެންމެ إخلاص ތެރި އެކުވެރިންނެވެ.) وَإِذْ أَوْحَيْتُ إِلَى ا‍لْحَوَا‍ر‍‍ِيّ‍‍ِ‍ي‍نَ أَ‍ن‍ْ آمِنُو‍‍ا‍ بِي وَبِرَسُولِي قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا وَا‍شْهَ‍‍د‍ْ بِأَ‍نّ‍‍َنَا مُسْلِم‍‍ُ‍و‍نَ
'Idh Qāla Al-Ĥawārīyūna Yā `Īsá Abna Maryama Hal Yastaţī`u Rabbuka 'An Yunazzila `Alaynā Mā'idatan Mina As-Samā'i Qāla Attaqū Al-Laha 'In Kuntum Mu'uminīna 005-112 حوارى ން ދެންނެވިހިނދު ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަވެގެން ވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން إيمان ވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! إِذْ ق‍‍َ‍ا‍لَ ا‍لْحَوَا‍ر‍‍ِيّ‍‍ُ‍و‍نَ يَا عِيسَى ا‍ب‍‍ْنَ مَرْيَمَ هَلْ يَسْتَط‍‍ِ‍ي‍عُ رَبُّكَ أَ‍ن‍ْ يُنَزِّلَ عَلَيْنَا م‍‍َ‍ا‍ئِدَة‍‍‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ ق‍‍َ‍ا‍لَ ا‍تَّقُو‍‍ا‍ ا‍للَّهَ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Qālū Nurīdu 'An Na'kula Minhā Wa Taţma'inna Qulūbunā Wa Na`lama 'An Qad Şadaqtanā Wa Nakūna `Alayhā Mina Ash-Shāhidīna 005-113 އެއުރެން ދެންނެވޫއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ. قَالُو‍‍ا‍ نُ‍‍ر‍‍ِي‍دُ أَ‍ن‍ْ نَأْكُلَ مِنْهَا وَتَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍َ قُلُوبُنَا وَنَعْلَمَ أَ‍ن‍ْ قَ‍‍د‍ْ صَدَ‍ق‍‍ْتَنَا وَنَك‍‍ُ‍و‍نَ عَلَيْهَا مِنَ ا‍لشَّاهِد‍ِي‍نَ
Qāla `Īsá Abnu Maryama Al-Lahumma Rabbanā 'Anzil `Alaynā Mā'idatan Mina As-Samā'i Takūnu Lanā `Īdāan Li'wwalinā Wa 'Ākhirinā Wa 'Āyatan Minka Wa Arzuqnā Wa 'Anta Khayru Ar-Rāziqīna 005-114 مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް رزق ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. ق‍َا‍لَ عِيسَى ا‍ب‍‍ْنُ مَرْيَمَ ا‍للَّهُ‍‍م‍ّ‍‍َ رَبَّنَ‍‍ا‍ أَن‍زِلْ عَلَيْنَا م‍‍َ‍ا‍ئِدَة‍‍‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ تَك‍‍ُ‍و‍نُ لَنَا عِيدا‍ً لِأوَّلِنَا وَآخِ‍‍ر‍‍ِنَا وَآيَة‍‍‍ً مِ‍‍ن‍‍ْكَ وَا‍رْزُ‍ق‍‍ْنَا وَأَ‍ن‍‍ْتَ خَيرُ ا‍لرَّازِق‍‍ِ‍ي‍نَ
Qāla Al-Lahu 'Innī Munazziluhā `Alaykum Faman Yakfur Ba`du Minkum Fa'innī 'U`adhdhibuhu `Adhābāan Lā 'U`adhdhibuhu 'Aĥadāan Mina Al-`Ālamīna 005-115 اللَّه، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށްފަހު ތިޔަބައިމީހުންގެ ތެރެއިން، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، عالم ތަކުގެ ތެރެއިން އެކަކަށްވެސް، ތިމަންރަސްކަލާނގެ ނުދެއްވާ عذاب އެއް އެމީހަކަށް ދެއްވާހުށީމެވެ. ق‍َا‍لَ ا‍للَّهُ إِ‍نّ‍‍ِي مُنَزِّلُهَا عَلَيْكُمْ فَمَ‍‍ن‍ْ يَكْفُرْ بَعْدُ مِ‍‍ن‍‍ْكُمْ فَإِ‍نّ‍‍ِ‍‍ي‍ أُعَذِّبُهُ عَذَابا‍ً لاَ أُعَذِّبُهُ أَحَدا‍ً مِنَ ا‍لْعَالَم‍‍ِ‍ي‍نَ
Wa 'Idh Qāla Al-Lahu Yā `Īsá Abna Maryama 'A'anta Qulta Lilnnāsi Attakhidhūnī Wa 'Ummiya 'Ilahayni Min Dūni Al-Lahi Qāla Subĥānaka Mā Yakūnu Lī 'An 'Aqūla Mā Laysa Lī Biĥaqqin 'In Kuntu Qultuhu Faqad `Alimtahu Ta`lamu Mā Fī Nafsī Wa Lā 'A`lamu Mā Fī Nafsika 'Innaka 'Anta `Allāmu Al-Ghuyūbi 005-116 اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! اللَّه ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ،އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِذْ ق‍‍َ‍ا‍لَ ا‍للَّهُ يَا عِيسَى ا‍ب‍‍ْنَ مَرْيَمَ أَأَن‍تَ قُلْتَ لِل‍‍ن‍ّ‍‍َ‍ا‍سِ ا‍تَّخِذُونِي وَأُ‍مّ‍‍ِيَ إِلَهَيْنِ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ ق‍‍َ‍ا‍لَ سُ‍‍ب‍‍ْحَانَكَ مَا يَك‍‍ُ‍و‍نُ لِ‍‍ي‍ أَنْ أَق‍‍ُ‍و‍لَ مَا لَيْسَ لِي بِحَقّ‍‍‍ٍ إِ‍ن‍ْ كُ‍‍ن‍تُ قُلْتُهُ فَقَ‍‍د‍ْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِ‍نّ‍‍َكَ أَ‍ن‍‍ْتَ عَلاَّمُ ا‍لْغُي‍‍ُ‍و‍ب‍ِ
Mā Qultu Lahum 'Illā Mā 'Amartanī Bihi 'Ani A`budū Al-Laha Rabbī Wa Rabbakum Wa Kuntu `Alayhim Shahīdāan Mā Dumtu Fīhim Falammā Tawaffaytanī Kunta 'Anta Ar-Raqība `Alayhim Wa 'Anta `Alá Kulli Shay'in Shahīdun 005-117 އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. مَا قُلْتُ لَهُمْ إِلاَّ مَ‍‍ا‍ أَمَرْتَنِي بِهِ أَنِ ا‍عْبُدُوا‍ ا‍للَّهَ رَبِّي وَرَبَّكُمْ وَكُ‍‍ن‍تُ عَلَيْهِمْ شَهِيدا‍ً مَا دُمْتُ فِيهِمْ فَلَ‍‍م‍ّ‍‍َا تَوَفَّيْتَنِي كُ‍‍ن‍تَ أَ‍ن‍‍ْتَ ا‍لرَّق‍‍ِ‍ي‍بَ عَلَيْهِمْ وَأَ‍ن‍‍ْتَ عَلَى كُلِّ شَيْء‍ٍ شَه‍‍ِ‍ي‍‍د‍ٌ
'In Tu`adhdhibhum Fa'innahum `Ibāduka Wa 'In Taghfir Lahum Fa'innaka 'Anta Al-`Azīzu Al-Ĥakīmu 005-118 އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ،ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. إِ‍ن‍ْ تُعَذِّ‍‍ب‍‍ْهُمْ فَإِ‍نّ‍‍َهُمْ عِبَادُكَ وَإِ‍ن‍ْ تَغْفِرْ لَهُمْ فَإِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Qāla Al-Lahu Hādhā Yawmu Yanfa`u Aş-Şādiqīna Şidquhum Lahum Jannātun Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā 'Abadāan Rađiya Al-Lahu `Anhum Wa Rađū `Anhu Dhālika Al-Fawzu Al-`Ažīmu 005-119 اللَّه، وحى ކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. اللَّه، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. ق‍َا‍لَ ا‍للَّهُ هَذَا يَوْمُ يَ‍‍ن‍فَعُ ا‍لصَّادِق‍‍ِ‍ي‍نَ صِ‍‍د‍‍ْقُهُمْ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَ‍‍ا‍ أَبَدا‍ً رَضِيَ ا‍للَّهُ عَنْهُمْ وَرَضُو‍‍ا‍ عَنْهُ ذَلِكَ ا‍لْفَوْزُ ا‍لْعَظ‍‍ِ‍ي‍مُ
Lillahi Mulku As-Samāwāti Wa Al-'Arđi Wa Mā Fīhinna Wa Huwa `Alá Kulli Shay'in Qadīrun 005-120 އުޑުތަކާއި، ބިމާއި، އެތަންތާނގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަންވަނީ، اللَّه އަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. لِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا فِيهِ‍‍ن‍ّ‍‍َ وَهُوَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Next Sūrah