3) Sūrat 'Āli `Imn

Printed format

3) سُورَة آلِ عِمرَان

'Alif-Lām-Mīm 003-001 ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެ މެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) أَلِف-لَام-مِيم
Al-Lahu Lā 'Ilāha 'Illā Huwa Al-Ĥayyu Al-Qayyūmu 003-002 اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ا‍للَّهُ لاَ إِلَهَ إِلاَّ هُوَ ا‍لْحَيُّ ا‍لْقَيّ‍‍ُ‍و‍مُ
Nazzala `Alayka Al-Kitāba Bil-Ĥaqqi Muşaddiqāan Limā Bayna Yadayhi Wa 'Anzala At-Tawrāata Wa Al-'Injīla 003-003 ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސްބާވައިލެއްވިއެވެ. نَزَّلَ عَلَيْكَ ا‍لْكِت‍‍َ‍ا‍بَ بِ‍‍ا‍لْحَقِّ مُصَدِّقا‍ً لِمَا بَيْنَ يَدَيْهِ وَأَ‍ن‍‍ْزَلَ ا‍لتَّوْر‍َا‍ةَ وَا‍لإِ‍ن‍‍ْج‍‍ِ‍ي‍لَ
Min Qablu Hudáan Lilnnāsi Wa 'Anzala Al-Furqāna 'Inna Al-Ladhīna Kafarū Bi'āyāti Al-Lahi Lahum `Adhābun Shadīdun Wa Allāhu `Azīzun Dhū Antiqāmin 003-004 (އެއީ) قرآن ގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هداية އެކެވެ. އަދި، އެކަލާނގެ، حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّه އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ ރަސްކަލާނގެއެވެ. مِ‍‍ن‍ْ قَ‍‍ب‍‍ْلُ هُ‍‍دى‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَأَ‍ن‍‍ْزَلَ ا‍لْفُرْق‍‍َ‍ا‍نَ إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ بِآي‍‍َ‍ا‍تِ ا‍للَّهِ لَهُمْ عَذ‍َا‍ب‍‍‍ٌ شَد‍ِي‍د‍ٌ وَا‍للَّهُ عَز‍ِي‍ز‍ٌ ذُو ا‍ن‍‍ْتِق‍‍َ‍ا‍م‍‍‍ٍ
'Inna Al-Laha Lā Yakhfá `Alayhi Shay'un Al-'Arđi Wa Lā Fī As-Samā'i 003-005 ހަމަކަށަވަރުން، اللَّه އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍للَّهَ لاَ يَخْفَى عَلَيْهِ شَيْء‍ٌ فِي ا‍لأَرْضِ وَلاَ فِي ا‍لسَّم‍‍َ‍ا‍ءِ
Huwa Al-Ladhī Yuşawwirukum Al-'Arĥāmi Kayfa Yashā'u Lā 'Ilāha 'Illā Huwa Al-`Azīzu Al-Ĥakīmu 003-006 އެކަލާނގެ އިރާދަކުރައްވާފަދަޔަކުން رحِم ތަކުގައި ތިޔަބައިމީހުން صورة ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. هُوَ ا‍لَّذِي يُصَوِّرُكُمْ فِي ا‍لأَرْح‍‍َ‍ا‍مِ كَيْفَ يَش‍‍َ‍ا‍ءُ لاَ إِلَهَ إِلاَّ هُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Huwa Al-Ladhī 'Anzala `Alayka Al-Kitāba Minhu 'Āyātun Muĥkamātun Hunna 'Ummu Al-Kitābi Wa 'Ukharu Mutashābihātun Fa'ammā Al-Ladhīna Fī Qulūbihim Zayghun Fayattabi`ūna Mā Tashābaha Minhu Abtighā'a Al-Fitnati Wa Abtighā'a Ta'wīlihi Wa Mā Ya`lamu Ta'wīlahu 'Illā Al-Lahu Wa Ar-Rāsikhūna Fī Al-`Ilmi Yaqūlūna 'Āmannā Bihi Kullun Min `Indi Rabbinā Wa Mā Yadhdhakkaru 'Illā 'Ū Al-'Albābi 003-007 އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آية ތަކެއް އޭގެތެރޭގައިވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެެވެ. އަދި متشابه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއްވެސްއޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آية ތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آية ތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ آية ތަކުގެ حقيقى މާނަ، اللَّه އަށް މެނުވީ އެނގިގެނެއް ނުވެތެވެ. علم ގައި ހަރުދަނާކަމާއި ثابت ކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آية ތަކަށް إيمان ވެގެންނެވެ. ހުރިހާ آية ތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهل ވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ. هُوَ ا‍لَّذِي أَ‍ن‍‍ْزَلَ عَلَيْكَ ا‍لْكِت‍‍َ‍ا‍بَ مِنْهُ آي‍‍َ‍ا‍ت‍‍‍ٌ مُحْكَم‍‍َ‍ا‍تٌ هُ‍‍ن‍ّ‍‍َ أُ‍مّ‍‍ُ ا‍لْكِت‍‍َ‍ا‍بِ وَأُخَرُ مُتَشَابِه‍‍َ‍ا‍ت‍‍‍ٌ فَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ فِي قُلُوبِهِمْ زَيْغ‍‍‍ٌ فَيَتَّبِع‍‍ُ‍و‍نَ مَا تَشَابَهَ مِنْهُ ا‍ب‍‍ْتِغ‍‍َ‍ا‍ءَ ا‍لْفِتْنَةِ وَا‍ب‍‍ْتِغ‍‍َ‍ا‍ءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلاَّ ا‍للَّهُ وَا‍لرَّاسِخ‍‍ُ‍و‍نَ فِي ا‍لْعِلْمِ يَقُول‍‍ُ‍و‍نَ آمَ‍‍ن‍ّ‍‍َا بِهِ كُلّ‍‍‍ٌ مِنْ عِ‍‍ن‍‍ْدِ رَبِّنَا وَمَا يَذَّكَّرُ إِلاَّ أ‍ُ‍وْلُو‍‍ا‍ ا‍لأَلْب‍‍َ‍ا‍ب‍ِ
Rabbanā Lā Tuzigh Qulūbanā Ba`da 'Idh Hadaytanā Wa Hab Lanā Min Ladunka Raĥmatan 'Innaka 'Anta Al-Wahhābu 003-008 އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ. رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَ‍‍ب‍ْ لَنَا مِ‍‍ن‍ْ لَدُ‍ن‍‍ْكَ رَحْمَة‍‍‍ً إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لْوَهّ‍‍َ‍ا‍ب‍ُ
Rabbanā 'Innaka Jāmi`u An-Nāsi Liyawmin Lā Rayba Fīhi 'Inna Al-Laha Lā Yukhlifu Al-Mī`āda 003-009 އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، އެދުވަހަކާމެދު شك އެއްނެތް ދުވަހުގައި (حساب ބެއްލެވުމަށް) މީސްތަކުންއެއްކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަތެވެ. رَبَّنَ‍‍ا إِ‍نّ‍‍َكَ جَامِعُ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لِيَوْم‍‍‍ٍ لاَ رَيْبَ ف‍‍ِ‍ي‍هِ إِ‍نّ‍‍َ ا‍للَّهَ لاَ يُخْلِفُ ا‍لْمِيع‍‍َ‍ا‍د‍َ
'Inna Al-Ladhīna Kafarū Lan Tughniya `Anhum 'Amwāluhum Wa Lā 'Awlāduhum Mina Al-Lahi Shay'āan Wa 'Ūlā'ika Hum Wa Qūdu An-Nāri 003-010 ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި، އެއުރެންނީ ހަމަ، ނަރަކައިގެ ދަރެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ لَ‍‍ن‍ْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُ‍‍م‍ْ مِنَ ا‍للَّهِ شَيْئا‍ً وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمْ وَق‍‍ُ‍و‍دُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Kada'bi 'Āli Fir`awna Wa Al-Ladhīna Min Qablihim Kadhdhabū Bi'āyātinā Fa'akhadhahumu Al-Lahu Bidhunūbihim Wa Allāhu Shadīdu Al-`Iqābi 003-011 (އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އަދި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ އެންމެންވެސް ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިއެވެ. ދެން، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކު ކުރެއްވިއެވެ. اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. كَدَأْبِ آلِ فِرْعَوْنَ وَا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِمْ كَذَّبُو‍‍ا‍ بِآيَاتِنَا فَأَخَذَهُمُ ا‍للَّهُ بِذُنُوبِهِمْ وَا‍للَّهُ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Qul Lilladhīna Kafarū Satughlabūna Wa Tuĥsharūna 'Ilá Jahannama Wa Bi'sa Al-Mihādu 003-012 كافر ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (آخرة ގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! قُ‍‍ل‍ْ لِلَّذ‍ِي‍نَ كَفَرُوا‍ سَتُغْلَب‍‍ُ‍و‍نَ وَتُحْشَر‍ُو‍نَ إِلَى جَهَ‍‍ن‍ّ‍‍َمَ وَبِئْسَ ا‍لْمِه‍‍َ‍ا‍د‍ُ
Qad Kāna Lakum 'Āyatun Fī Fi'atayni At-Taqatā Fi'atun Tuqātilu Fī Sabīli Al-Lahi Wa 'Ukhrá Kāfiratun Yarawnahum Mithlayhim Ra'ya Al-`Ayni Wa Allāhu Yu'uayyidu Binaşrihi Man Yashā'u 'Inna Fī Dhālika La`ibratan Li'wlī Al-'Abşāri 003-013 (بدر ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބަައިމީހުންނަށް عبرة އެއްވެއެވެ. އެއްބަޔަކީ اللَّه ގެ މަގުގައިހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافر ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلم ން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصر ން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއްވާކަން يقين އެވެ. قَ‍‍د‍ْ ك‍‍َ‍ا‍نَ لَكُمْ آيَة‍‍‍ٌ فِي فِئَتَيْنِ ا‍لْتَقَتَا فِئَة‍‍‍ٌ تُقَاتِلُ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَأُخْرَى كَافِرَة‍‍‍ٌ يَرَوْنَهُ‍‍م‍ْ مِثْلَيْهِمْ رَأْيَ ا‍لْعَيْنِ وَا‍للَّهُ يُؤَيِّدُ بِنَصْ‍‍ر‍‍ِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ إِ‍نّ‍‍َ فِي ذَلِكَ لَعِ‍‍ب‍‍ْرَة‍‍‍ً لِأوْلِي ا‍لأَ‍ب‍‍ْص‍‍َ‍ا‍ر‍ِ
Zuyyina Lilnnāsi Ĥubbu Ash-Shahawāti Mina An-Nisā' Wa Al-Banīna Wa Al-Qanāţīri Al-Muqanţarati Mina Adh-Dhahabi Wa Al-Fiđđati Wa Al-Khayli Al-Musawwamati Wa Al-'An`āmi Wa Al-Ĥarthi Dhālika Matā`u Al-Ĥayāati Ad-Dunyā Wa Allāhu `Indahu Ĥusnu Al-Ma'ābi 003-014 އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ. زُيِّنَ لِل‍‍ن‍ّ‍‍َ‍ا‍سِ حُبُّ ا‍لشَّهَو‍َا‍تِ مِنَ ا‍لنِس‍‍َ‍ا‍ء وَا‍لْبَن‍‍ِ‍ي‍نَ وَا‍لْقَنَاط‍‍ِ‍ي‍رِ ا‍لْمُقَ‍‍ن‍‍ْطَرَةِ مِنَ ا‍لذَّهَبِ وَا‍لْفِضَّةِ وَا‍لْخَيْلِ ا‍لْمُسَوَّمَةِ وَا‍لأَنع‍‍َ‍ا‍مِ وَا‍لْحَرْثِ ذَلِكَ مَت‍‍َ‍ا‍عُ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَا‍للَّهُ عِ‍‍ن‍‍ْدَهُ حُسْنُ ا‍لْمَآ‍ب‍ِ
Qul 'A'uunabbi'ukum Bikhayrin Min Dhālikum Lilladhīna Attaqaw `Inda Rabbihim Jannātun Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā Wa 'Azwājun Muţahharatun Wa Riđwānun Mina Al-Lahi Wa Allāhu Başīrun Bil-`Ibādi 003-015 ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوى ވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ حال ގަޔެވެ. އަދި، طاهر ވެގެންވާއަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، اللَّه ގެ حضرة ން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ أَؤُنَبِّئُكُ‍‍م‍ْ بِخَيْر‍ٍ مِ‍‍ن‍ْ ذَلِكُمْ لِلَّذ‍ِي‍نَ ا‍تَّقَوْا عِ‍‍ن‍‍ْدَ رَبِّهِمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَا وَأَزْو‍َا‍ج‍‍‍ٌ مُطَهَّرَة‍‍‍ٌ وَر‍‍ِضْو‍َا‍ن‍‍‍ٌ مِنَ ا‍للَّهِ وَا‍للَّهُ بَص‍‍ِ‍ي‍ر‍ٌ بِ‍‍ا‍لْعِب‍‍َ‍ا‍د‍ِ
Al-Ladhīna Yaqūlūna Rabbanā 'Innanā 'Āmannā Fāghfir Lanā Dhunūbanā Wa Qinā `Adhāba An-Nāri 003-016 އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! ا‍لَّذ‍ِي‍نَ يَقُول‍‍ُ‍و‍نَ رَبَّنَ‍‍ا إِ‍نّ‍‍َنَ‍‍ا آمَ‍‍ن‍ّ‍‍َا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Aş-Şābirīna Wa Aş-Şādiqīna Wa Al-Qānitīna Wa Al-Munfiqīna Wa Al-Mustaghfirīna Bil-'Asĥāri 003-017 (އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ. ا‍لصَّابِ‍‍ر‍‍ِي‍نَ وَا‍لصَّادِق‍‍ِ‍ي‍نَ وَا‍لْقَانِت‍‍ِ‍ي‍نَ وَا‍لْمُ‍‍ن‍‍ْفِق‍‍ِ‍ي‍نَ وَا‍لْمُسْتَغْفِ‍‍ر‍‍ِي‍نَ بِ‍‍ا‍لأَسْح‍‍َ‍ا‍ر‍ِ
Shahida Al-Lahu 'Annahu Lā 'Ilāha 'Illā Huwa Wa Al-Malā'ikatu Wa 'Ū Al-`Ilmi Qā'imāan Bil-Qisţi Lā 'Ilāha 'Illā Huwa Al-`Azīzu Al-Ĥakīmu 003-018 ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަރަސްކަލާނގެއެވެ. شَهِدَ ا‍للَّهُ أَ‍نّ‍‍َهُ لاَ إِلَهَ إِلاَّ هُوَ وَا‍لْمَلاَئِكَةُ وَأ‍ُ‍وْلُو‍‍ا‍ ا‍لْعِلْمِ ق‍‍َ‍ا‍ئِما‍ً بِ‍‍ا‍لْقِسْطِ لاَ إِلَهَ إِلاَّ هُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
'Inna Ad-Dīna `Inda Al-Lahi Al-'Islāmu Wa Mā Akhtalafa Al-Ladhīna 'Ū Al-Kitāba 'Illā Min Ba`di Mā Jā'ahumu Al-`Ilmu Baghyāan Baynahum Wa Man Yakfur Bi'āyāti Al-Lahi Fa'inna Al-Laha Sarī`u Al-Ĥisābi 003-019 ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حق ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلاف ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسد ވެރިކަމުގެ ގޮތުންނެވެ. اللَّه ގެ آية ތަކަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لدّ‍ِي‍نَ عِ‍‍ن‍‍ْدَ ا‍للَّهِ ا‍لإِسْلاَمُ وَمَا ا‍خْتَلَفَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ إِلاَّ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَهُمُ ا‍لْعِلْمُ بَغْيا‍ً بَيْنَهُمْ وَمَ‍‍ن‍ْ يَكْفُرْ بِآي‍‍َ‍ا‍تِ ا‍للَّهِ فَإِ‍نّ‍‍َ ا‍للَّهَ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Fa'in Ĥājjūka Faqul 'Aslamtu Wajhiya Lillahi Wa Mani Attaba`ani Wa Qul Lilladhīna 'Ū Al-Kitāba Wa Al-'Ummīyīna 'A'aslamtum Fa'in 'Aslamū Faqadi Ahtadaw Wa 'In Tawallaw Fa'innamā `Alayka Al-Balāghu Wa Allāhu Başīrun Bil-`Ibādi 003-020 ފަހެ، އެއުރެން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) اللَّه އަށް خالص ކޮށް ކިޔަމަންކުރައްވައިފީމެވެ. އަދި، ތިމަންކަލޭގެފާނަށް تبع ވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، أمّى ންނަށް (އެބަހީ: عربى ންގެ مشرك ންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ، އެއުރެން ކިޔަމަން ވެއްޖެނަމަ، އެއުރެން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާރަސްކަލާނގެއެވެ. فَإِنْ ح‍‍َ‍ا‍جّ‍‍ُ‍و‍كَ فَقُلْ أَسْلَمْتُ وَج‍‍ْهِيَ لِلَّهِ وَمَنِ ا‍تَّبَعَنِ وَقُ‍‍ل‍ْ لِلَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ وَا‍لأُ‍مّ‍‍ِيّ‍‍ِ‍ي‍نَ أَأَسْلَمْتُمْ فَإِنْ أَسْلَمُو‍‍ا‍ فَقَدِ ا‍هْتَدَوا وَإِ‍ن‍ْ تَوَلَّوْا فَإِ‍نّ‍‍َمَا عَلَيْكَ ا‍لْبَلاَغُ وَا‍للَّهُ بَص‍‍ِ‍ي‍ر‍ٌ بِ‍‍ا‍لْعِب‍‍َ‍ا‍د‍ِ
'Inna Al-Ladhīna Yakfurūna Bi'āyāti Al-Lahi Wa Yaqtulūna An-Nabīyīna Bighayri Ĥaqqin Wa Yaqtulūna Al-Ladhīna Ya'murūna Bil-Qisţi Mina An-Nāsi Fabashshirhum Bi`adhābin 'Alīmin 003-021 ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވެ، حق އަކާނުލައި، ނަބިއްޔުން قتل ކޮށް، މީސްތަކުންގެ ތެރެއިން عدل އަށް أمر ކުރާ މީހުން قتل ކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَكْفُر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَيَ‍‍ق‍‍ْتُل‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ بِغَيْ‍‍ر‍ِ حَقّ‍‍‍ٍ وَيَ‍‍ق‍‍ْتُل‍‍ُ‍و‍نَ ا‍لَّذ‍ِي‍نَ يَأْمُر‍ُو‍نَ بِ‍‍ا‍لْقِسْطِ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ فَبَشِّرْهُ‍‍م‍ْ بِعَذ‍َا‍بٍ أَل‍‍ِ‍ي‍م‍‍‍ٍ
'Ūlā'ika Al-Ladhīna Ĥabiţat 'A`māluhum Ad-Dunyā Wa Al-'Ākhirati Wa Mā Lahum Min Nāşirīna 003-022 އެއުރެންނީ، ދުނިޔެއާއި، آخرة ގައި، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި، އެއުރެންނަށް نصر ދޭނެ އެއްވެސްބަޔަކު ނުވެތެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ حَبِطَتْ أَعْمَالُهُمْ فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَمَا لَهُ‍‍م‍ْ مِ‍‍ن‍ْ نَاصِ‍‍ر‍‍ِي‍نَ
'Alam Tara 'Ilá Al-Ladhīna 'Ūtū Naşībāan Mina Al-Kitābi Yud`awna 'Ilá Kitābi Al-Lahi Liyaĥkuma Baynahum Thumma Yatawallá Farīqun Minhum Wa Hum Mu`rūna 003-023 ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ أَلَمْ تَرَ إِلَى ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ نَصِيبا‍ً مِنَ ا‍لْكِت‍‍َ‍ا‍بِ يُ‍‍د‍‍ْعَوْنَ إِلَى كِت‍‍َ‍ا‍بِ ا‍للَّهِ لِيَحْكُمَ بَيْنَهُمْ ثُ‍‍م‍ّ‍‍َ يَتَوَلَّى فَ‍‍ر‍‍ِي‍ق‍‍‍ٌ مِنْهُمْ وَهُ‍‍م‍ْ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Dhālika Bi'annahum Qālū Lan Tamassanā An-Nāru 'Illā 'Ayyāmāan Ma`dūdātin Wa Gharrahum Fī Dīnihim Mā Kānū Yaftarūna 003-024 އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دين އާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ. ذَلِكَ بِأَ‍نّ‍‍َهُمْ قَالُو‍‍ا‍ لَ‍‍ن‍ْ تَمَسَّنَا ا‍ل‍‍ن‍ّ‍‍َ‍ا‍رُ إِلاَّ أَيَّاما‍ً مَعْدُود‍َا‍ت‍‍‍ٍ وَغَرَّهُمْ فِي دِينِهِ‍‍م‍ْ مَا كَانُو‍‍ا‍ يَفْتَر‍ُو‍نَ
Fakayfa 'Idhā Jama`nāhum Liyawmin Lā Rayba Fīhi Wa Wuffiyat Kullu Nafsin Mā Kasabat Wa Hum Lā Yužlamūna 003-025 ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށްބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟ فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْم‍‍‍ٍ لاَ رَيْبَ ف‍‍ِ‍ي‍هِ وَوُفِّيَتْ كُلُّ نَفْس‍‍‍ٍ مَا كَسَبَتْ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
Quli Al-Lahumma Mālika Al-Mulki Tu'utī Al-Mulka Man Tashā'u Wa Tanzi`u Al-Mulka Mimman Tashā'u Wa Tu`izzu Man Tashā'u Wa Tudhillu Man Tashā'u Biyadika Al-Khayru 'Innaka `Alá Kulli Shay'in Qadīrun 003-026 ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. قُلِ ا‍للَّهُ‍‍م‍ّ‍‍َ مَالِكَ ا‍لْمُلْكِ تُؤْتِي ا‍لْمُلْكَ مَ‍‍ن‍ْ تَش‍‍َ‍ا‍ءُ وَتَ‍‍ن‍‍ْزِعُ ا‍لْمُلْكَ مِ‍‍م‍ّ‍‍َ‍‍ن‍ْ تَش‍‍َ‍ا‍ءُ وَتُعِزُّ مَ‍‍ن‍ْ تَش‍‍َ‍ا‍ءُ وَتُذِلُّ مَ‍‍ن‍ْ تَش‍‍َ‍ا‍ءُ بِيَدِكَ ا‍لْخَيْرُ إِ‍نّ‍‍َكَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Tūliju Al-Layla Fī An-Nahāri Wa Tūliju An-Nahāra Fī Al-Layli Wa Tukhriju Al-Ĥayya Mina Al-Mayyiti Wa Tukhriju Al-Mayyita Mina Al-Ĥayyi Wa Tarzuqu Man Tashā'u Bighayri Ĥisābin 003-027 އިބަރަސްކަލާނގެ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް حساب އެއްނެތި رزق ދެއްވަމުއެވެ. تُولِجُ ا‍للَّيْلَ فِي ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَتُولِجُ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍رَ فِي ا‍للَّيْلِ وَتُخْ‍‍ر‍‍ِجُ ا‍لْحَيَّ مِنَ ا‍لْمَيِّتِ وَتُخْ‍‍ر‍‍ِجُ ا‍لْمَيِّتَ مِنَ ا‍لْحَيِّ وَتَرْزُقُ مَ‍‍ن‍ْ تَش‍‍َ‍ا‍ءُ بِغَيْ‍‍ر‍ِ حِس‍‍َ‍ا‍ب‍‍ٍ
Lā Yattakhidhi Al-Mu'uminūna Al-Kāfirīna 'Awliyā'a Min Dūni Al-Mu'uminīna Wa Man Yaf`al Dhālika Falaysa Mina Al-Lahi Fī Shay'in 'Illā 'An Tattaqū Minhum Tuqāatan Wa Yuĥadhdhirukumu Al-Lahu Nafsahu Wa 'Ilá Al-Lahi Al-Maşīru 003-028 مؤمن ން، مؤمنން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ. لاَ يَتَّخِذِ ا‍لْمُؤْمِن‍‍ُ‍و‍نَ ا‍لْكَافِ‍‍ر‍‍ِي‍نَ أَوْلِي‍‍َ‍ا‍ءَ مِ‍‍ن‍ْ د‍ُو‍نِ ا‍لْمُؤْمِن‍‍ِ‍ي‍نَ وَمَ‍‍ن‍ْ يَفْعَلْ ذَلِكَ فَلَيْسَ مِنَ ا‍للَّهِ فِي شَيْء‍ٍ إِلاَّ أَ‍ن‍ْ تَتَّقُو‍‍ا‍ مِنْهُمْ تُق‍‍َ‍ا‍ة‍‍‍ً وَيُحَذِّرُكُمُ ا‍للَّهُ نَفْسَهُ وَإِلَى ا‍للَّهِ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Qul 'In Tukhfū Mā Fī Şudūrikum 'Aw Tubdūhu Ya`lamhu Al-Lahu Wa Ya`lamu Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa Allāhu `Alá Kulli Shay'in Qadīrun 003-029 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. قُلْ إِ‍ن‍ْ تُخْفُو‍‍ا‍ مَا فِي صُدُو‍ر‍‍ِكُمْ أَوْ تُ‍‍ب‍‍ْد‍ُو‍هُ يَعْلَمْهُ ا‍للَّهُ وَيَعْلَمُ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Yawma Tajidu Kullu Nafsin Mā `Amilat Min Khayrin Muĥđarāan Wa Mā `Amilat Min Sū'in Tawaddu Law 'Anna Baynahā Wa Baynahu 'Amadāan Ba`īdāan Wa Yuĥadhdhirukumu Al-Lahu Nafsahu Wa Allāhu Ra'ūfun Bil-`Ibādi 003-030 ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމެއް حاضر ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفس އެއް ކުޅަ ނުބައިކަމަކާއި، އެ نفس އަކާ ދެމެދު އެތަކެއްދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّه އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. يَوْمَ تَجِدُ كُلُّ نَفْس‍‍‍ٍ مَا عَمِلَتْ مِنْ خَيْر‍ٍ مُحْضَرا‍ً وَمَا عَمِلَتْ مِ‍‍ن‍ْ س‍‍ُ‍و‍ء‍ٍ تَوَدُّ لَوْ أَ‍نّ‍‍َ بَيْنَهَا وَبَيْنَهُ أَمَدا‍ً بَعِيدا‍ً وَيُحَذِّرُكُمُ ا‍للَّهُ نَفْسَهُ وَا‍للَّهُ رَء‍ُو‍ف‍‍‍ٌ بِ‍‍ا‍لْعِب‍‍َ‍ا‍د‍ِ
Qul 'In Kuntum Tuĥibbūna Al-Laha Fa Attabi`ūnī Yuĥbibkumu Al-Lahu Wa Yaghfir Lakum Dhunūbakum Wa Allāhu Ghafūrun Raĥīmun 003-031 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. قُلْ إِ‍ن‍ْ كُ‍‍ن‍‍ْتُمْ تُحِبّ‍‍ُ‍و‍نَ ا‍للَّهَ فَاتَّبِعُونِي يُحْبِ‍‍ب‍‍ْكُمُ ا‍للَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَا‍للَّهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Qul 'Aţī`ū Al-Laha Wa Ar-Rasūla Fa'in Tawallaw Fa'inna Al-Laha Lā Yuĥibbu Al-Kāfirīna 003-032 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. قُلْ أَطِيعُو‍‍ا‍ ا‍للَّهَ وَا‍لرَّس‍‍ُ‍و‍لَ فَإِ‍ن‍ْ تَوَلَّوْا فَإِ‍نّ‍‍َ ا‍للَّهَ لاَ يُحِبُّ ا‍لْكَافِ‍‍ر‍‍ِي‍نَ
'Inna Al-Laha Aşţafá 'Ādama Wa Nūĥāan Wa 'Āla 'Ibrāhīma Wa 'Āla `Imrān `Alá Al-`Ālamīna 003-033 ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ. إِ‍نّ‍‍َ ا‍للَّهَ ا‍صْطَفَى آدَمَ وَنُوحا‍ً وَآلَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَآلَ عِمرَان عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Dhurrīyatan Ba`đuhā Min Ba`đin Wa Allāhu Samī`un `Alīmun 003-034 އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔެއްގެ ކިބައިން އައިސްފައިވާ ދަރިފަސްކޮޅެކެވެ. اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ذُرِّيَّة‍‍‍ً بَعْضُهَا مِ‍‍ن‍ْ بَعْض‍‍‍ٍ وَا‍للَّهُ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
'Idh Qālati Amra'atu `Imrāna Rabbi 'Innī Nadhartu Laka Mā Fī Baţnī Muĥarrarāan Fataqabbal Minnī 'Innaka 'Anta As-Samī`u Al-`Alīmu 003-035 عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِذْ قَالَتِ ا‍مْرَأَةُ عِمْر‍َا‍نَ رَبِّ إِ‍نّ‍‍ِي نَذَرْتُ لَكَ مَا فِي بَ‍‍ط‍‍ْنِي مُحَرَّرا‍ً فَتَقَبَّلْ مِ‍‍ن‍ّ‍‍ِ‍‍ي إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Falammā Wađa`at/hā Qālat Rabbi 'Innī Wađa`tuhā 'Unthá Wa Allāhu 'A`lamu Bimā Wađa`at Wa Laysa Adh-Dhakaru Kāl'unthá Wa 'Innī Sammaytuhā Maryama Wa 'Innī 'U`īdhuhā Bika Wa Dhurrīyatahā Mina Ash-Shayţāni Ar-Rajīmi 003-036 ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު،ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ. فَلَ‍‍م‍ّ‍‍َا وَضَعَتْهَا قَالَتْ رَبِّ إِ‍نّ‍‍ِي وَضَعْتُهَ‍‍ا‍ أُ‍ن‍‍ْثَى وَا‍للَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ا‍لذَّكَرُ كَالأُ‍ن‍‍ْثَى وَإِ‍نّ‍‍ِي سَ‍‍م‍ّ‍‍َيْتُهَا مَرْيَمَ وَإِ‍نّ‍‍ِ‍‍ي‍ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ا‍لشَّيْط‍‍َ‍ا‍نِ ا‍لرَّج‍‍ِ‍ي‍مِ
Fataqabbalahā Rabbuhā Biqabūlin Ĥasanin Wa 'Anbatahā Nabātāan Ĥasanāan Wa Kaffalahā Zakarīyā Kullamā Dakhala `Alayhā Zakarīyā Al-Miĥrāba Wajada `Indahā Rizqāan Qāla Yā Maryamu 'Anná Laki Hādhā Qālat Huwa Min `Indi Al-Lahi 'Inna Al-Laha Yarzuqu Man Yashā'u Bighayri Ĥisābin 003-037 ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ. فَتَقَبَّلَهَا رَبُّهَا بِقَب‍‍ُ‍و‍لٍ حَسَن‍‍‍ٍ وَأَ‍ن‍‍ْبَتَهَا نَبَاتاً حَسَنا‍ً وَكَفَّلَهَا زَكَ‍‍ر‍‍ِيَّا كُلَّمَا دَخَلَ عَلَيْهَا زَكَ‍‍ر‍‍ِيَّا ا‍لْمِحْر‍َا‍بَ وَجَدَ عِ‍‍ن‍‍ْدَهَا ‍ر‍‍ِزْقا‍ً ق‍‍َ‍ا‍لَ يَا مَرْيَمُ أَ‍نّ‍‍َى لَكِ هَذَا قَالَتْ هُوَ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ يَرْزُقُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ بِغَيْ‍‍ر‍ِ حِس‍‍َ‍ا‍ب‍‍ٍ
Hunālika Da`ā Zakarīyā Rabbahu Qāla Rabbi Hab Lī Min Ladunka Dhurrīyatan Ţayyibatan 'Innaka Samī`u Ad-Du`ā'i 003-038 އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. هُنَالِكَ دَعَا زَكَ‍‍ر‍‍ِيَّا رَبَّهُ ق‍‍َ‍ا‍لَ رَبِّ هَ‍‍ب‍ْ لِي مِ‍‍ن‍ْ لَدُ‍ن‍‍ْكَ ذُرِّيَّة‍‍‍ً طَيِّبَة‍‍‍ً إِ‍نّ‍‍َكَ سَم‍‍ِ‍ي‍عُ ا‍لدُّع‍‍َ‍ا‍ءِ
Fanādat/hu Al-Malā'ikatu Wa Huwa Qā'imun Yuşallī Fī Al-Miĥrābi 'Anna Al-Laha Yubashshiruka Biyaĥyá Muşaddiqāan Bikalimatin Mina Al-Lahi Wa Sayyidāan Wa Ĥaşūrāan Wa Nabīyāan Mina Aş-Şāliĥīna 003-039 ދެންފަހެ،އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ. فَنَادَتْهُ ا‍لْمَلاَئِكَةُ وَهُوَ ق‍‍َ‍ا‍ئِم‍‍‍ٌ يُصَلِّي فِي ا‍لْمِحْر‍َا‍بِ أَ‍نّ‍‍َ ا‍للَّهَ يُبَشِّرُكَ بِيَحْيَى مُصَدِّقا‍ً بِكَلِمَة‍‍‍ٍ مِنَ ا‍للَّهِ وَسَيِّدا‍ً وَحَصُورا‍ً وَنَبِيّا‍ً مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Qāla Rabbi 'Anná Yakūnu Lī Ghulāmun Wa Qad Balaghaniya Al-Kibaru Wa Amra'atī `Āqirun Qāla Kadhālika Al-Lahu Yaf`alu Mā Yashā'u 003-040 އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمر ން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ. ق‍َا‍لَ رَبِّ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لِي غُلاَم‍‍‍ٌ وَقَ‍‍د‍ْ بَلَغَنِيَ ا‍لْكِبَرُ وَا‍مْرَأَتِي عَاقِر‍ٌ ق‍‍َ‍ا‍لَ كَذَلِكَ ا‍للَّهُ يَفْعَلُ مَا يَش‍‍َ‍ا‍ءُ
Qāla Rabbi Aj`al Lī 'Āyatan Qāla 'Āyatuka 'Allā Tukallima An-Nāsa Thalāthata 'Ayyāmin 'Illā Ramzāan Wa Adhkur Rabbaka Kathīrāan Wa Sabbiĥ Bil-`Ashīyi Wa Al-'Ibkāri 003-041 އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން،ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ! ق‍َا‍لَ رَبِّ ا‍ج‍‍ْعَ‍‍ل‍ْ لِ‍‍ي آيَة‍‍‍ً ق‍‍َ‍ا‍لَ آيَتُكَ أَلاَّ تُكَلِّمَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ ثَلاَثَةَ أَيّ‍‍َ‍ا‍م‍‍‍ٍ إِلاَّ رَمْزا‍ً وَا‍ذْكُ‍‍ر‍ْ رَبَّكَ كَثِيرا‍ً وَسَبِّحْ بِ‍‍ا‍لْعَشِيِّ وَا‍لإِ‍ب‍‍ْك‍‍َ‍ا‍ر‍ِ
Wa 'Idh Qālati Al-Malā'ikatu Yā Maryamu 'Inna Al-Laha Aşţafāki Wa Ţahharaki Wa Aşţafāki `Alá Nisā'i Al-`Ālamīna 003-042 ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ. وَإِذْ قَالَتِ ا‍لْمَلاَئِكَةُ يَا مَرْيَمُ إِ‍نّ‍‍َ ا‍للَّهَ ا‍صْطَف‍‍َ‍ا‍كِ وَطَهَّرَكِ وَا‍صْطَف‍‍َ‍ا‍كِ عَلَى نِس‍‍َ‍ا‍ءِ ا‍لْعَالَم‍‍ِ‍ي‍نَ
Yā Maryamu Aqnutī Lirabbiki Wa Asjudī Wa Arka`ī Ma`a Ar-Rāki`īna 003-043 އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ! يَا مَرْيَمُ ا‍ق‍‍ْنُتِي لِرَبِّكِ وَا‍سْجُدِي وَا‍رْكَعِي مَعَ ا‍لرَّاكِع‍‍ِ‍ي‍نَ
Dhālika Min 'Nbā'i Al-Ghaybi Nūĥīhi 'Ilayka Wa Mā Kunta Ladayhim 'Idh Yulqūna 'Aqlāmahum 'Ayyuhum Yakfulu Maryama Wa Mā Kunta Ladayhim 'Idh Yakhtaşimūna 003-044 އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. ذَلِكَ مِنْ أ‍ن‍‍ْب‍‍َ‍ا‍ءِ ا‍لْغَيْبِ نُوح‍‍ِ‍ي‍هِ إِلَيْكَ وَمَا كُ‍‍ن‍‍ْتَ لَدَيْهِمْ إِذْ يُلْق‍‍ُ‍و‍نَ أَ‍ق‍‍ْلاَمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُ‍‍ن‍‍ْتَ لَدَيْهِمْ إِذْ يَخْتَصِم‍‍ُ‍و‍نَ
'Idh Qālati Al-Malā'ikatu Yā Maryamu 'Inna Al-Laha Yubashshiruki Bikalimatin Minhu Asmuhu Al-Masīĥu `Īsá Abnu Maryama Wajīhāan Ad-Dunyā Wa Al-'Ākhirati Wa Mina Al-Muqarrabīna 003-045 ملائكة ން ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، އެކަލާނގެ حضرة ންވާ كلمة ފުޅެއްގެ خبر ން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (އެބަހީ: عيسى ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ بشارة ދެއްވަތެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريم އެވެ. އެ ދަރިކަލުން ވާހުށީ ދުނިޔެއާއި آخرة ގައި قدر އުފުލިގެންވާ ބޭކަލެއްކަމުގައެވެ. އަދި، اللَّه، حضرة އަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ. إِذْ قَالَتِ ا‍لْمَلاَئِكَةُ يَامَرْيَمُ إِ‍نّ‍‍َ ا‍للَّهَ يُبَشِّرُكِ بِكَلِمَة‍‍‍ٍ مِنْهُ ا‍سْمُهُ ا‍لْمَس‍‍ِ‍ي‍حُ عِيسَى ا‍ب‍‍ْنُ مَرْيَمَ وَجِيها‍ً فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَمِنَ ا‍لْمُقَرَّب‍‍ِ‍ي‍نَ
Wa Yukallimu An-Nāsa Fī Al-Mahdi Wa Kahlāan Wa Mina Aş-Şāliĥīna 003-046 އަދި، (އެކަލޭގެފާނު ވާހުށީ) ޅަފަތުގެ ދާނުގައްޔާއި، ދުވަސްވެފައިވާ عمر ގައިވެސް، މީސްތަކުންނާ ވާހަކަދައްކަވާ، އަދި، صالح ންގެ ތެރެއިންވާ ބޭކަލެއް ކަމުގައެވެ. وَيُكَلِّمُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ فِي ا‍لْمَهْدِ وَكَهْلا‍ً وَمِنَ ا‍لصَّالِح‍‍ِ‍ي‍نَ
Qālat Rabbi 'Anná Yakūnu Lī Waladun Wa Lam Yamsasnī Basharun Qāla Kadhāliki Al-Lahu Yakhluqu Mā Yashā'u 'Idhā Qađá 'Amrāan Fa'innamā Yaqūlu Lahu Kun Fayakūnu 003-047 އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު ތިމަންއަޅާގެ ގަޔަކު ނުބީހެއެވެ. އެ ملائكة އާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ. قَالَتْ رَبِّ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لِي وَلَد‍ٌ وَلَمْ يَمْسَسْنِي بَشَر‍ٌ ق‍‍َ‍ا‍لَ كَذَلِكِ ا‍للَّهُ يَخْلُقُ مَا يَش‍‍َ‍ا‍ءُ إِذَا قَضَى أَمْرا‍ً فَإِ‍نّ‍‍َمَا يَق‍‍ُ‍و‍لُ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Wa Yu`allimuhu Al-Kitāba Wa Al-Ĥikmata Wa At-Tawrāata Wa Al-'Injīla 003-048 އަދި، ލިޔުމާއި، حكمة އާއި، توراة އާއި، إنجيل، އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވާނެތެވެ. وَيُعَلِّمُهُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحِكْمَةَ وَا‍لتَّوْر‍َا‍ةَ وَا‍لإِن‍ج‍‍ِ‍ي‍لَ
Wa Rasūlāan 'Ilá Banī 'Isrā'īla 'Annī Qad Ji'tukum Bi'āyatin Min Rabbikum 'Annī 'Akhluqu Lakum Mina Aţīni Kahay'ati Aţ-Ţayri Fa'anfukhu Fīhi Fayakūnu Ţayrāan Bi'idhni Al-Lahi Wa 'Ubri'u Al-'Akmaha Wa Al-'Abraşa Wa 'Uĥyi Al-Mawtá Bi'idhni Al-Lahi Wa 'Unabbi'ukum Bimā Ta'kulūna Wa Mā Taddakhirūna Fī Buyūtikum 'Inna Fī Dhālika La'āyatan Lakum 'In Kuntum Mu'uminyna 003-049 އަދި، (އެކަލޭގެފާނު ވާހުށީ) إسـرآءيـل ގެދަރިންގެ ގާތަށް ފޮނުއްވާ رسول އެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިމަންކަލޭގެފާނީ رسول އަކު ކަމަށް ހެކިދޭ) ސާފު دليل އަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، اللَّه ގެ إذن ފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، اللَّه ގެ إذن ފުޅާއެކު، ލޯކަނު މީހުންނާއި، برص ބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمان ވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسولއެއްކަމަށް ހެކިދޭ) ސާފު دليل އެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ. وَرَسُولا‍ً إِلَى بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ أَ‍نّ‍‍ِي قَ‍‍د‍ْ جِئْتُكُ‍‍م‍ْ بِآيَة‍‍‍ٍ مِ‍‍ن‍ْ رَبِّكُمْ أَ‍نّ‍‍ِ‍‍ي‍ أَخْلُقُ لَكُ‍‍م‍ْ مِنَ ا‍لطّ‍‍ِ‍ي‍نِ كَهَيْئَةِ ا‍لطَّيْ‍‍ر‍ِ فَأَن‍فُخُ ف‍‍ِ‍ي‍هِ فَيَك‍‍ُ‍و‍نُ طَيْرا‍ً بِإِذْنِ ا‍للَّهِ وَأُ‍ب‍‍ْ‍‍ر‍‍ِئُ ا‍لأَكْمَهَ وَا‍لأَ‍ب‍‍ْرَصَ وَأُحْيِ ا‍لْمَوْتَى بِإِذْنِ ا‍للَّهِ وَأُنَبِّئُكُ‍‍م‍ْ بِمَا تَأْكُل‍‍ُ‍و‍نَ وَمَا تَدَّخِر‍ُو‍نَ فِي بُيُوتِكُمْ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لَكُمْ إِ‍ن‍ْ كُ‍‍ن‍‍ْتُ‍‍م‍ْ مُؤْمِ‍‍ن‍ينَ
Wa Muşaddiqāan Limā Bayna Yadayya Mina At-Tawrāati Wa Li'uĥilla Lakum Ba`đa Al-Ladhī Ĥurrima `Alaykum Wa Ji'tukum Bi'āyatin Min Rabbikum Fa Attaqū Al-Laha Wa 'Aţī`ūni 003-050 އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ! وَمُصَدِّقا‍ً لِمَا بَيْنَ يَدَيَّ مِنَ ا‍لتَّوْر‍َا‍ةِ وَلِأُحِلَّ لَكُ‍‍م‍ْ بَعْضَ ا‍لَّذِي حُرِّمَ عَلَيْكُمْ وَجِئْتُكُ‍‍م‍ْ بِآيَة‍‍‍ٍ مِ‍‍ن‍ْ رَبِّكُمْ فَاتَّقُو‍‍ا‍ ا‍للَّهَ وَأَطِيع‍‍ُ‍و‍نِ
'Inna Al-Laha Rabbī Wa Rabbukum Fā`budūhu Hādhā Şirāţun Mustaqīmun 003-051 ހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި، ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެމެއެވެ. ފަހެ، ތިޔަބައިމީހުން، އެކަލާނގެޔަށް އަޅުކަންކުރާށެވެ! މިއީ، ސީދާވެގެންވާ ތެދުމަގެވެ. إِ‍نّ‍‍َ ا‍للَّهَ رَبِّي وَرَبُّكُمْ فَاعْبُد‍ُو‍هُ هَذَا صِر‍َا‍ط‍‍‍ٌ مُسْتَق‍‍ِ‍ي‍م‍‍‍ٌ
Falammā 'Aĥassa `Īsá Minhumu Al-Kufra Qāla Man 'Anşārī 'Ilá Al-Lahi Qāla Al-Ĥawārīyūna Naĥnu 'Anşāru Al-Lahi 'Āmannā Bil-Lahi Wa Ash/had Bi'annā Muslimūna 003-052 ފަހެ، އެއުރެންގެ ކިބައިން كفر ވެރިކަން، عيسى ގެފާނަށް އެނގިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ. اللَّه އަށްޓަކައި، ތިމަންކަލޭގެފާނަށް نصر ދޭނީ ކޮންބަޔެއް ހެއްޔެވެ؟ حوارى ބޭކަލުންގެ މީހުން ދެންނެވޫއެވެ. ތިމަންމެންނީ،اللَّه އަށް نصر ދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، اللَّه އަށް إيمان ވެގެންނެވެ. އަދި، ތިމަންމެންނީ مسلم ން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ! فَلَ‍‍م‍ّ‍‍َ‍‍ا‍ أَحَسَّ عِيسَى مِنْهُمُ ا‍لْكُفْرَ ق‍‍َ‍ا‍لَ مَنْ أَ‍ن‍‍ْصَا‍ر‍‍ِي إِلَى ا‍للَّهِ ق‍‍َ‍ا‍لَ ا‍لْحَوَا‍ر‍‍ِيّ‍‍ُ‍و‍نَ نَحْنُ أَ‍ن‍‍ْص‍‍َ‍ا‍رُ ا‍للَّهِ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَا‍شْهَ‍‍د‍ْ بِأَ‍نّ‍‍َا مُسْلِم‍‍ُ‍و‍نَ
Rabbanā 'Āmannā Bimā 'Anzalta Wa Attaba`nā Ar-Rasūla Fāktubnā Ma`a Ash-Shāhidīna 003-053 އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمان ވެއްޖައީމުއެވެ. އަދި، رسول އާޔަށް (އެބަހީ: عيسى ގެފާނަށް) އަޅަމެން تبع ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، رسول އާއީ، އިބަރަސްކަލާނގެ حق رسول އާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ! رَبَّنَ‍‍ا آمَ‍‍ن‍ّ‍‍َا بِمَ‍‍ا‍ أَ‍ن‍‍ْزَلْتَ وَا‍تَّبَعْنَا ا‍لرَّس‍‍ُ‍و‍لَ فَاكْتُ‍‍ب‍‍ْنَا مَعَ ا‍لشَّاهِد‍ِي‍نَ
Wa Makarū Wa Makara Al-Lahu Wa Allāhu Khayru Al-Mākirīna 003-054 އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. وَمَكَرُوا‍ وَمَكَرَ ا‍للَّهُ وَا‍للَّهُ خَيْرُ ا‍لْمَاكِ‍‍ر‍‍ِي‍نَ
'Idh Qāla Al-Lahu Yā `Īsá 'Innī Mutawaffīka Wa Rāfi`uka 'Ilayya Wa Muţahhiruka Mina Al-Ladhīna Kafarū Wa Jā`ilu Al-Ladhīna Attaba`ūka Fawqa Al-Ladhīna Kafarū 'Ilá Yawmi Al-Qiyā Mati Thumma 'Ilayya Marji`ukum Fa'aĥkumu Baynakum Fīmā Kuntum Fīhi Takhtalifūna 003-055 اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި،كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ. إِذْ ق‍‍َ‍ا‍لَ ا‍للَّهُ يَاعِيسَى إِ‍نّ‍‍ِي مُتَوَفّ‍‍ِ‍ي‍كَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ا‍لَّذ‍ِي‍نَ كَفَرُوا‍ وَجَاعِلُ ا‍لَّذ‍ِي‍نَ ا‍تَّبَع‍‍ُ‍و‍كَ فَوْقَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ إِلَى يَوْمِ ا‍لْقِيَامَةِ ثُ‍‍م‍ّ‍‍َ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُ‍‍ن‍‍ْتُمْ ف‍‍ِ‍ي‍هِ تَخْتَلِف‍‍ُ‍و‍نَ
Fa'ammā Al-Ladhīna Kafarū Fa'u`adhdhibuhum `Adhābāan Shadīdāan Ad-Dunyā Wa Al-'Ākhirati Wa Mā Lahum Min Nāşirīna 003-056 ފަހެ، كافر ވި މީހުން ދަންނާށެވެ! ފަހެ، ދުނިޔެއާއި آخرة ގައި، ގަދަފަދަވެގެންވާ عذاب އަކުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވާ ހުށީމެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. فَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ كَفَرُوا‍ فَأُعَذِّبُهُمْ عَذَابا‍ً شَدِيدا‍ً فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَمَا لَهُ‍‍م‍ْ مِ‍‍ن‍ْ نَاصِ‍‍ر‍‍ِي‍نَ
Wa 'Ammā Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Fayuwaffīhim 'Ujūrahum Wa Allāhu Lā Yuĥibbu Až-Žālimīna 003-057 އަދި، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ ފުރިހަމަޔަށް އެއުރެންނަށް، އެކަލާނގެ ދެއްވާނެތެވެ. އަނިޔާވެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. وَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ فَيُوَفِّيهِمْ أُجُورَهُمْ وَا‍للَّهُ لاَ يُحِبُّ ا‍لظَّالِم‍‍ِ‍ي‍نَ
Dhālika Natlūhu `Alayka Mina Al-'Āyāti Wa Adh-Dhikri Al-Ĥakīmi 003-058 މިއީ، ފާޅުވެގެންވާ دليل ތަކާއި، حكمة ތެރި ذِكر ގެ ތެރެއިން (އެބަހީ: ކީރިތި قرآن ން) ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ކިޔައިދެއްވާ ވާހަކަތަކެކެވެ. ذَلِكَ نَتْل‍‍ُ‍و‍هُ عَلَيْكَ مِنَ ا‍لآي‍‍َ‍ا‍تِ وَا‍لذِّكْ‍‍ر‍ِ ا‍لْحَك‍‍ِ‍ي‍مِ
'Inna Mathala `Īsá `Inda Al-Lahi Kamathali 'Ādama Khalaqahu Min Turābin Thumma Qāla Lahu Kun Fayakūnu 003-059 ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް(އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ. إِ‍نّ‍‍َ مَثَلَ عِيسَى عِ‍‍ن‍‍ْدَ ا‍للَّهِ كَمَثَلِ آدَمَ خَلَقَهُ مِ‍‍ن‍ْ تُر‍َا‍ب‍‍‍ٍ ثُ‍‍م‍ّ‍‍َ ق‍‍َ‍ا‍لَ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Al-Ĥaqqu Min Rabbika Falā Takun Mina Al-Mumtarīna 003-060 (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދު ބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! ا‍لْحَقُّ مِ‍‍ن‍ْ رَبِّكَ فَلاَ تَكُ‍‍ن‍ْ مِنَ ا‍لْمُمْتَ‍‍ر‍‍ِي‍نَ
Faman Ĥājjaka Fīhi Min Ba`di Mā Jā'aka Mina Al-`Ilmi Faqul Ta`ālaw Nad`u 'Abnā'anā Wa 'Abnā'akum Wa Nisā'anā Wa Nisā'akum Wa 'Anfusanā Wa 'Anfusakum Thumma Nabtahil Fanaj`al La`nata Al-Lahi `Alá Al-Kādhibīna 003-061 ފަހެ، ކަލޭގެފާނަށް علم ގެ ތެރެއިން (عيسى ގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارى އިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفس ތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّه ގެ لعنة ލެއްވުމަށްއެދި، އަހަރެމެން دعاء ކޮށް ابتهال ކުރާނީއެވެ. فَمَنْ ح‍‍َ‍ا‍جَّكَ ف‍‍ِ‍ي‍هِ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَكَ مِنَ ا‍لْعِلْمِ فَقُلْ تَعَالَوْا نَ‍‍د‍‍ْعُ أَ‍ب‍‍ْن‍‍َ‍ا‍ءَنَا وَأَ‍ب‍‍ْن‍‍َ‍ا‍ءَكُمْ وَنِس‍‍َ‍ا‍ءَنَا وَنِس‍‍َ‍ا‍ءَكُمْ وَأَ‍ن‍‍ْفُسَنَا وَأَ‍ن‍‍ْفُسَكُمْ ثُ‍‍م‍ّ‍‍َ نَ‍‍ب‍‍ْتَهِلْ فَنَ‍‍ج‍‍ْعَ‍‍ل‍ْ لَعْنَةَ ا‍للَّهِ عَلَى ا‍لْكَاذِب‍‍ِ‍ي‍نَ
'Inna Hādhā Lahuwa Al-Qaşaşu Al-Ĥaqqu Wa Mā Min 'Ilahin 'Illā Al-Lahu Wa 'Inna Al-Laha Lahuwa Al-`Azīzu Al-Ĥakīmu 003-062 ހަމަކަށަވަރުންވެސް، މިއީ حق ތެދު ވާހަކަތަކެކެވެ. އަދި، اللَّه މެނުވީ، އެއްވެސް إله އަކު ނުވެއެވެ. އަދި، ހަމަކަށަވަރުންވެސް، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َ هَذَا لَهُوَ ا‍لْقَصَصُ ا‍لْحَقُّ وَمَا مِ‍‍ن‍ْ إِلَه‍‍‍ٍ إِلاَّ ا‍للَّهُ وَإِ‍نّ‍‍َ ا‍للَّهَ لَهُوَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Fa'in Tawallaw Fa'inna Al-Laha `Alīmun Bil-Mufsidīna 003-063 ފަހެ، އެއުރެން، (إنكار ކޮށް) އެނބުރި ފުރަގަސްދީފިނަމަ، (ދަންނާށެވެ!)ފަހެ، ހަމަކަށަވަރުން، اللَّه އީ، فساد ކުރާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَإِ‍ن‍ْ تَوَلَّوْا فَإِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ بِ‍‍ا‍لْمُفْسِد‍ِي‍نَ
Qul Yā 'Ahla Al-Kitābi Ta`ālaw 'Ilá Kalimatin Sawā'in Baynanā Wa Baynakum 'Allā Na`buda 'Illā Al-Laha Wa Lā Nushrika Bihi Shay'āan Wa Lā Yattakhidha Ba`đunā Ba`đāan 'Arbābāan Min Dūni Al-Lahi Fa'in Tawallaw Faqūlū Ash/hadū Bi'annā Muslimūna 003-064 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ! قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ تَعَالَوْا إِلَى كَلِمَة‍‍‍ٍ سَو‍َا‍ء‍ٍ بَيْنَنَا وَبَيْنَكُمْ أَلاَّ نَعْبُدَ إِلاَّ ا‍للَّهَ وَلاَ نُشْ‍‍ر‍‍ِكَ بِهِ شَيْئا‍ً وَلاَ يَتَّخِذَ بَعْضُنَا بَعْضاً أَرْبَابا‍ً مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ فَإِ‍ن‍ْ تَوَلَّوْا فَقُولُو‍‍ا‍ ا‍شْهَدُوا‍ بِأَ‍نّ‍‍َا مُسْلِم‍‍ُ‍و‍نَ
Yā 'Ahla Al-Kitābi Lima Tuĥājjūna Fī 'Ibrāhīma Wa Mā 'Unzilati At-Tawrāatu Wa Al-'Injīlu 'Illā Min Ba`dihi 'Afalā Ta`qilūna 003-065 އޭ ފޮތުގެ أهل ވެރިންނޭވެ! إبراهيم ގެފާނަށް ފަހުގައި މެނުވީ، توراة އާއި، إنجيل ބާވައިލައްވާފައި ނުވާއިރު، إبراهيم ގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لِمَ تُح‍‍َ‍ا‍جّ‍‍ُ‍و‍نَ فِ‍‍ي إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَمَ‍‍ا‍ أُ‍ن‍‍ْزِلَتِ ا‍لتَّوْر‍َا‍ةُ وَا‍لإِن‍ج‍‍ِ‍ي‍لُ إِلاَّ مِ‍‍ن‍ْ بَعْدِهِ أَفَلاَ تَعْقِل‍‍ُ‍و‍نَ
Hā'antum Hā'uulā' Ĥājajtum Fīmā Lakum Bihi `Ilmun Falima Tuĥājjūna Fīmā Laysa Lakum Bihi `Ilmun Wa Allāhu Ya`lamu Wa 'Antum Lā Ta`lamūna 003-066 ބަލަ! ތިޔަބައިމީހުން އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެކަމެއްގެ علمތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެކަންތައް) ދެނެވޮޑިގެންވަނީ اللَّه އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. ه‍َا‍أَ‍ن‍‍ْتُمْ ه‍‍َ‍ا‍ؤُلاَء حَاجَ‍‍ج‍‍ْتُمْ فِيمَا لَكُ‍‍م‍ْ بِهِ عِلْم‍‍‍ٌ فَلِمَ تُح‍‍َ‍ا‍جّ‍‍ُ‍و‍نَ فِيمَا لَيْسَ لَكُ‍‍م‍ْ بِهِ عِلْم‍‍‍ٌ وَا‍للَّهُ يَعْلَمُ وَأَ‍ن‍‍ْتُمْ لاَ تَعْلَم‍‍ُ‍و‍نَ
Mā Kāna 'Ibrāhīmu Yahūdīyāan Wa Lā Naşrānīyāan Wa Lakin Kāna Ĥanīfāan Muslimāan Wa Mā Kāna Mina Al-Mushrikīna 003-067 يهودى އެއް ކަމުގައިވެސް އަދި، نصرانى އެއް ކަމުގައިވެސް إبراهيم ގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ باطل މަގުން އެއްކިބާވެ، حق دين އަށް تبع ވެގެންވާ مسلم އަކު ކަމުގައެވެ. އަދި، شريك ކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. مَا ك‍‍َ‍ا‍نَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ يَهُودِيّا‍ً وَلاَ نَصْرَانِيّا‍ً وَلَكِ‍‍ن‍ْ ك‍‍َ‍ا‍نَ حَنِيفا‍ً مُسْلِما‍ً وَمَا ك‍‍َ‍ا‍نَ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
'Inna 'Awlá An-Nāsi Bi'ibrāhīma Lalladhīna Attaba`ūhu Wa Hadhā An-Nabīyu Wa Al-Ladhīna 'Āmanū Wa Allāhu Wa Līyu Al-Mu'uminīna 003-068 ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيم ގެފާނަށް (نسبة ވުމުގައި) އެންމެ أولى ކަން ބޮޑީ، އެކަލޭގެފާނަށް تبع ވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمد ގެފާނާއި) إيمان ވި މީހުންނެވެ. اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ أَوْلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ بِإِ‍ب‍‍ْرَاه‍‍ِ‍ي‍مَ لَلَّذ‍ِي‍نَ ا‍تَّبَع‍‍ُ‍و‍هُ وَهَذَا ا‍ل‍‍ن‍ّ‍‍َبِيُّ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍للَّهُ وَلِيُّ ا‍لْمُؤْمِن‍‍ِ‍ي‍نَ
Waddat Ţā'ifatun Min 'Ahli Al-Kitābi Law Yuđillūnakum Wa Mā Yuđillūna 'Illā 'Anfusahum Wa Mā Yash`urūn 003-069 ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު، ތިޔަބައިމީހުން މަގުފުރައްދައިލެވޭނެ ނަމައޭ ހިތައި، އެކަމަށް އެދުނެވެ. އެއުރެންގެ އަމިއްލަ نفس ތައް މެނުވީ، އެއުރެންނަކަށް މަގުފުރައްދައެއް ނުލެވެތެވެ. އަދި، އެއުރެންނަކަށް (އެކަމެއް) ނޭނގެއެވެ. وَدَّتْ ط‍‍َ‍ا‍ئِفَة‍‍‍ٌ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ لَوْ يُضِلُّونَكُمْ وَمَا يُضِلّ‍‍ُ‍و‍نَ إِلاَّ أَ‍ن‍‍ْفُسَهُمْ وَمَا يَشْعُرُون
Yā 'Ahla Al-Kitābi Lima Takfurūna Bi'āyāti Al-Lahi Wa 'Antum Tash/hadūna 003-070 އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން (އެއީ حق ކަން އެނގިތިބެ އެކަމަށް)ހެކިވާ حال، اللَّه ގެ آية ތަކަށް ތިޔަބައިމީހުން كافر ވަނީ ކީއްވެގެން ހެއްޔެވެ؟ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لِمَ تَكْفُر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَأَ‍ن‍‍ْتُمْ تَشْهَد‍ُو‍نَ
Yā 'Ahla Al-Kitābi Lima Talbisūna Al-Ĥaqqa Bil-Bāţili Wa Taktumūna Al-Ĥaqqa Wa 'Antum Ta`lamūna 003-071 އޭ ފޮތުގެ أهل ވެރިންނޭވެ! (އެއީ حق ކަން) ތިޔަބައިމީހުންނަށް އެނގިތިބި حال ގައި، حق އާއި باطل އޮޅުވާލައި އަދި، حق ގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لِمَ تَلْبِس‍‍ُ‍و‍نَ ا‍لْحَقَّ بِ‍‍ا‍لْبَاطِلِ وَتَكْتُم‍‍ُ‍و‍نَ ا‍لْحَقَّ وَأَ‍ن‍‍ْتُمْ تَعْلَم‍‍ُ‍و‍نَ
Wa Qālat Ţā'ifatun Min 'Ahli Al-Kitābi 'Āminū Bial-Ladhī 'Unzila `Alá Al-Ladhīna 'Āmanū Wajha An-Nahāri Wa Akfurū 'Ākhirahu La`allahum Yarji`ūna 003-072 ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ! وَقَالَتْ ط‍‍َ‍ا‍ئِفَة‍‍‍ٌ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ آمِنُو‍‍ا‍ بِ‍‍ا‍لَّذِي أُ‍ن‍‍ْزِلَ عَلَى ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَج‍‍ْهَ ا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَا‍كْفُرُو‍ا‍ آخِرَهُ لَعَلَّهُمْ يَرْجِع‍‍ُ‍و‍نَ
Wa Lā Tu'uminū 'Illā Liman Tabi`a Dīnakum Qul 'Inna Al-Hudá Hudá Al-Lahi 'An Yu'utá 'Aĥadun Mithla Mā 'Ūtītum 'Aw Yuĥājjūkum `Inda Rabbikum Qul 'Inna Al-Fađla Biyadi Al-Lahi Yu'utīhi Man Yashā'u Wa Allāhu Wāsi`un `Alīmun 003-073 އަދި، (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ دين އަށް تبع ވީ މީހަކަށް މެނުވީ، ތިޔަބައިމީހުން إيمان ނުވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތެދުމަގަކީ اللَّه ގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން قبول ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން (އެބަހީ: مؤمن ން)ތިޔަބައިމީހުން حجّة ން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، فضل ވަންތަކަންވަނީ، اللَّه ގެ يدقدرة ފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلاَ تُؤْمِنُ‍‍و‍‍ا‍ إِلاَّ لِمَ‍‍ن‍ْ تَبِعَ دِينَكُمْ قُلْ إِ‍نّ‍‍َ ا‍لْهُدَى هُدَى ا‍للَّهِ أَ‍ن‍ْ يُؤْتَى أَحَد‍ٌ مِثْلَ مَ‍‍ا‍ أ‍ُ‍وتِيتُمْ أَوْ يُح‍‍َ‍ا‍جُّوكُمْ عِ‍‍ن‍‍ْدَ رَبِّكُمْ قُلْ إِ‍نّ‍‍َ ا‍لْفَضْلَ بِيَدِ ا‍للَّهِ يُؤْت‍‍ِ‍ي‍هِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
Yakhtaşşu Biraĥmatihi Man Yashā'u Wa Allāhu Dhū Al-Fađli Al-`Ažīmi 003-074 އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ رحمة خاص ކުރައްވަތެވެ. އަދި، اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. يَخْتَصُّ بِرَحْمَتِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ ذُو ا‍لْفَضْلِ ا‍لْعَظ‍‍ِ‍ي‍مِ
Wa Min 'Ahli Al-Kitābi Man 'In Ta'manhu Biqinţārin Yu'uaddihi 'Ilayka Wa Minhum Man 'In Ta'manhu Bidīnārin Lā Yu'uaddihi 'Ilayka 'Illā Mā Dumta `Alayhi Qā'imāan Dhālika Bi'annahum Qālū Laysa `Alaynā Fī Al-'Ummīyīna Sabīlun Wa Yaqūlūna `Alá Al-Lahi Al-Kadhiba Wa Hum Ya`lamūna 003-075 ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، (އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު قائم ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ أمّى ންނާ މެދުގައި، (އެބަހީ: عربى ންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެންދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ. وَمِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ مَ‍‍ن‍ْ إِ‍ن‍ْ تَأْمَنْهُ بِقِ‍‍ن‍ط‍‍َ‍ا‍ر‍ٍ يُؤَدِّهِ إِلَيْكَ وَمِنْهُ‍‍م‍ْ مَ‍‍ن‍ْ إِ‍ن‍ْ تَأْمَنْهُ بِدِين‍‍َ‍ا‍ر‍ٍ لاَ يُؤَدِّهِ إِلَيْكَ إِلاَّ مَا دُمْتَ عَلَيْهِ ق‍‍َ‍ا‍ئِما‍ً ذَلِكَ بِأَ‍نّ‍‍َهُمْ قَالُو‍‍ا‍ لَيْسَ عَلَيْنَا فِي ا‍لأُ‍مّ‍‍ِيّ‍‍ِ‍ي‍نَ سَب‍‍ِ‍ي‍ل‍‍‍ٌ وَيَقُول‍‍ُ‍و‍نَ عَلَى ا‍للَّهِ ا‍لْكَذِبَ وَهُمْ يَعْلَم‍‍ُ‍و‍نَ
Balá Man 'Awfá Bi`ahdihi Wa Attaqá Fa'inna Al-Laha Yuĥibbu Al-Muttaqīna 003-076 އެހެންނަކުންނޫނެވެ! އެމީހެއްގެ عهد އެމީހަކު ފުރިހަމަޔަށް އަދާކޮށް، تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެެތެވެ. بَلَى مَنْ أَوْفَى بِعَهْدِهِ وَا‍تَّقَى فَإِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لْمُتَّق‍‍ِ‍ي‍نَ
'Inna Al-Ladhīna Yashtarūna Bi`ahdi Al-Lahi Wa 'Aymānihim Thamanāan Qalīlāan 'Ūlā'ika Lā Khalāqa Lahum Al-'Ākhirati Wa Lā Yukallimuhumu Al-Lahu Wa Lā Yanžuru 'Ilayhim Yawma Al-Qiyāmati Wa Lā Yuzakkīhim Wa Lahum `Adhābun 'Alīmun 003-077 ހަމަކަށަވަރުން، اللَّه ގެ عهد އާއި، އެއުރެންގެ ހުވާތަކަށް ކުޑަ އަގެއް ގަނެއުޅޭ މީހުންނީ آخرة ގައި އެއުރެންނަށް އެއްވެސް نصيب އެއް ނެތްބަޔެކެވެ. އަދި، قيامة ދުވަހުން، اللَّه، އެއުރެންނަކަށް ބަސް وحى އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން) އެއުރެން طاهر އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَشْتَر‍ُو‍نَ بِعَهْدِ ا‍للَّهِ وَأَيْمَانِهِمْ ثَمَنا‍ً قَلِيلاً أ‍ُ‍وْل‍‍َ‍ا‍ئِكَ لاَ خَلاَقَ لَهُمْ فِي ا‍لآخِرَةِ وَلاَ يُكَلِّمُهُمُ ا‍للَّهُ وَلاَ يَ‍‍ن‍‍ْظُرُ إِلَيْهِمْ يَوْمَ ا‍لْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa 'Inna Minhum Lafarīqāan Yalwūna 'Alsinatahum Bil-Kitābi Litaĥsabūhu Mina Al-Kitābi Wa Mā Huwa Mina Al-Kitābi Wa Yaqūlūna Huwa Min `Indi Al-Lahi Wa Mā Huwa Min `Indi Al-Lahi Wa Yaqūlūna `Alá Al-Lahi Al-Kadhiba Wa Hum Ya`lamūna 003-078 އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ حال ގައެވެ. އަދި، އެއީ اللَّه ގެ حضرة ން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، اللَّه ގެ حضرة ން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ حال ގައެވެ. އަދި، އެއުރެންދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ. وَإِ‍نّ‍‍َ مِنْهُمْ لَفَ‍‍ر‍‍ِيقا‍ً يَلْو‍ُو‍نَ أَلْسِنَتَهُ‍‍م‍ْ بِ‍‍ا‍لْكِت‍‍َ‍ا‍بِ لِتَحْسَب‍‍ُ‍و‍هُ مِنَ ا‍لْكِت‍‍َ‍ا‍بِ وَمَا هُوَ مِنَ ا‍لْكِت‍‍َ‍ا‍بِ وَيَقُول‍‍ُ‍و‍نَ هُوَ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ وَمَا هُوَ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ وَيَقُول‍‍ُ‍و‍نَ عَلَى ا‍للَّهِ ا‍لْكَذِبَ وَهُمْ يَعْلَم‍‍ُ‍و‍نَ
Mā Kāna Libasharin 'An Yu'utiyahu Al-Lahu Al-Kitāba Wa Al-Ĥukma Wa An-Nubūwata Thumma Yaqūla Lilnnāsi Kūnū `Ibādāan Lī Min Dūni Al-Lahi Wa Lakin Kūnū Rabbānīyīna Bimā Kuntum Tu`allimūna Al-Kitāba Wa Bimā Kuntum Tadrusūna 003-079 اللَّه، އެމީހަކަށް ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމާ، ދެން، اللَّه ފިޔަވައި ތިމަންނާއަށް އަޅުކަން ކުރާމީހުން ކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ، (އެކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ربّانى ންނަށް (އެބަހީ: دين ވެރި علم ވެރިންނަށް) ވާށޭއެވެ! مَا ك‍‍َ‍ا‍نَ لِبَشَرٍ أَ‍ن‍ْ يُؤْتِيَهُ ا‍للَّهُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحُكْمَ وَا‍ل‍‍ن‍ّ‍‍ُبُوَّةَ ثُ‍‍م‍ّ‍‍َ يَق‍‍ُ‍و‍لَ لِل‍‍ن‍ّ‍‍َ‍ا‍سِ كُونُو‍‍ا‍ عِبَادا‍ً لِي مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ وَلَكِ‍‍ن‍ْ كُونُو‍‍ا‍ رَبَّانِيّ‍‍ِ‍ي‍نَ بِمَا كُ‍‍ن‍‍ْتُمْ تُعَلِّم‍‍ُ‍و‍نَ ا‍لْكِت‍‍َ‍ا‍بَ وَبِمَا كُ‍‍ن‍تُمْ تَ‍‍د‍‍ْرُس‍‍ُ‍و‍نَ
Wa Lā Ya'murakum 'An Tattakhidhū Al-Malā'ikata Wa An-Nabīyīna 'Arbābāan 'Aya'murukum Bil-Kufri Ba`da 'Idh 'Antum Muslimūna 003-080 އަދި، ملائكة ންނާއި، ނަބިއްޔުންނީ، إله ން ކަމުގައި ހަދައިގެން އުޅުމަކަށް އެމީހަކު ތިޔަބައިމީހުންނަކަށް أمر ކުރުމެއްވެސް ނެތެވެ. ތިޔަބައިމީހުން مسلم ން ކަމުގައިވެގެން ތިބުމަށްފަހު، كافر ވުމަށް އެމީހަކު ތިޔަބައިމީހުންނަށް (ފަހެ) أمر ކުރާނެ ހެއްޔެވެ؟ وَلاَ يَأْمُرَكُمْ أَ‍ن‍ْ تَتَّخِذُوا‍ ا‍لْمَلاَئِكَةَ وَا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ أَرْبَاباً أَيَأْمُرُكُ‍‍م‍ْ بِ‍‍ا‍لْكُفْ‍‍ر‍ِ بَعْدَ إِذْ أَ‍ن‍‍ْتُ‍‍م‍ْ مُسْلِم‍‍ُ‍و‍نَ
Wa 'Idh 'Akhadha Al-Lahu Mīthāqa An-Nabīyīna Lamā 'Ātaytukum Min Kitābin Wa Ĥikmatin Thumma Jā'akum Rasūlun Muşaddiqun Limā Ma`akum Latu'uminunna Bihi Wa Latanşurunnahu Qāla 'A'aqrartum Wa 'Akhadhtum `Alá Dhālikum 'Işrī Qālū 'Aqrarnā Qāla Fāsh/hadū Wa 'Anā Ma`akum Mina Ash-Shāhidīna 003-081 ނަބިއްޔުންގެ ކިބައިން، اللَّه ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު اللَّه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި حكمة ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާއެއްޗެއް ތެދުކުރައްވާ رسول އަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް إيمان ވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން نصر ދޭހުށިކަމެވެ! އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބޭކަލުން إقرار ވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ عهد ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން إقرار ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. وَإِذْ أَخَذَ ا‍للَّهُ مِيث‍‍َ‍ا‍قَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ لَمَ‍‍ا آتَيْتُكُ‍‍م‍ْ مِ‍‍ن‍ْ كِت‍‍َ‍ا‍ب‍‍‍ٍ وَحِكْمَة‍‍‍ٍ ثُ‍‍م‍ّ‍‍َ ج‍‍َ‍ا‍ءَكُمْ رَس‍‍ُ‍و‍ل‍‍‍ٌ مُصَدِّق‍‍‍ٌ لِمَا مَعَكُمْ لَتُؤْمِنُ‍‍ن‍ّ‍‍َ بِهِ وَلَتَ‍‍ن‍‍ْصُرُ‍نّ‍‍َهُ ق‍‍َ‍ا‍لَ أَأَ‍ق‍‍ْرَرْتُمْ وَأَخَذْتُمْ عَلَى ذَلِكُمْ إِصْ‍‍ر‍‍ِي قَالُ‍‍و‍‍ا‍ أَ‍ق‍‍ْرَرْنَا ق‍‍َ‍ا‍لَ فَاشْهَدُوا‍ وَأَنَا مَعَكُ‍‍م‍ْ مِنَ ا‍لشَّاهِد‍ِي‍نَ
Faman Tawallá Ba`da Dhālika Fa'ūlā'ika Humu Al-Fāsiqūna 003-082 ދެން، އެއަށްފަހު (އެ عهد އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނަކީ ހަމަ فاسق ންނެވެ. فَمَ‍‍ن‍ْ تَوَلَّى بَعْدَ ذَلِكَ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْفَاسِق‍‍ُ‍و‍نَ
'Afaghayra Dīni Al-Lahi Yabghūna Wa Lahu 'Aslama Man As-Samāwāti Wa Al-'Arđi Ţaw`āan Wa Karhāan Wa 'Ilayhi Yurja`ūna 003-083 އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ اللَّه ގެ دين ފިޔަވައި އެހެން دين އެއް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. أَفَغَيْرَ د‍ِي‍نِ ا‍للَّهِ يَ‍‍ب‍‍ْغ‍‍ُ‍و‍نَ وَلَهُ أَسْلَمَ مَ‍‍ن‍ْ فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ طَوْعا‍ً وَكَرْها‍ً وَإِلَيْهِ يُرْجَع‍‍ُ‍و‍نَ
Qul 'Āmannā Bil-Lahi Wa Mā 'Unzila `Alaynā Wa Mā 'Unzila `Alá 'Ibrāhīma Wa 'Ismā`īla Wa 'Isĥāqa Wa Ya`qūba Wa Al-'Asbāţi Wa Mā 'Ūtiya Mūsá Wa `Īsá Wa An-Nabīyūna Min Rabbihim Lā Nufarriqu Bayna 'Aĥadin Minhum Wa Naĥnu Lahu Muslimūna 003-084 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّه އަށާއި، އަދި ތިމަންމެންގެމައްޗަށް ބާވައިލެއްވި އެއްޗަކަށް إيمان ވެއްޖައީމުއެވެ. އަދި، إبراهيم ގެފާނާއި، إسماعيل ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسى ގެފާނާއި، عيسى ގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ. قُلْ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَمَ‍‍ا‍ أُ‍ن‍‍ْزِلَ عَلَيْنَا وَمَ‍‍ا‍ أُ‍ن‍‍ْزِلَ عَلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْمَاع‍‍ِ‍ي‍لَ وَإِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ وَا‍لأَسْب‍‍َ‍ا‍طِ وَمَ‍‍ا‍ أ‍ُ‍وتِيَ مُوسَى وَعِيسَى وَا‍ل‍‍ن‍ّ‍‍َبِيّ‍‍ُ‍و‍نَ مِ‍‍ن‍ْ رَبِّهِمْ لاَ نُفَرِّقُ بَيْنَ أَحَد‍ٍ مِنْهُمْ وَنَحْنُ لَهُ مُسْلِم‍‍ُ‍و‍نَ
Wa Man Yabtaghi Ghayra Al-'Islāmi Dīnāan Falan Yuqbala Minhu Wa Huwa Fī Al-'Ākhirati Mina Al-Khāsirīna 003-085 دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. وَمَ‍‍ن‍ْ يَ‍‍ب‍‍ْتَغِ غَيْرَ ا‍لإِسْلاَمِ دِينا‍ً فَلَ‍‍ن‍ْ يُ‍‍ق‍‍ْبَلَ مِنْهُ وَهُوَ فِي ا‍لآخِرَةِ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Kayfa Yahdī Al-Lahu Qawmāan Kafarū Ba`da 'Īmānihim Wa Shahidū 'Anna Ar-Rasūla Ĥaqqun Wa Jā'ahumu Al-Bayyinātu Wa Allāhu Lā Yahdī Al-Qawma Až-Žālimīna 003-086 އެބަޔަކު إيمان ވުމަށްފަހު، އަދި ހަމަކަށަވަރުން، رسول އާއީ حق رسول އާ ކަމަށް ހެކިވުމަށްފަހު، އަދި ފާޅުވެގެންވާ دليل ތައް އެއުރެންނާ ހަމަޔަށް އައުމަށްފަހު، كافر ވި ބަޔަކަށް، اللَّه ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟ އަނިޔާވެރި ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ. كَيْفَ يَهْدِي ا‍للَّهُ قَوْما‍ً كَفَرُوا‍ بَعْدَ إِيمَانِهِمْ وَشَهِدُو‍ا‍ أَ‍نّ‍‍َ ا‍لرَّس‍‍ُ‍و‍لَ حَقّ‍‍‍ٌ وَج‍‍َ‍ا‍ءَهُمُ ا‍لْبَيِّن‍‍َ‍ا‍تُ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لظَّالِم‍‍ِ‍ي‍نَ
'Ūlā'ika Jazā'uuhum 'Anna `Alayhim La`nata Al-Lahi Wa Al-Malā'ikati Wa An-Nāsi 'Ajma`īna 003-087 އެއުރެންގެ ޖަޒާއަކީ، ހަމަކަށަވަރުން اللَّهއާއި، ملائكة ންނާއި، އެންމެހައި މީސްތަކުންގެ لعنة އެއުރެންގެ މައްޗަށް ލެއްވުމެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ جَز‍َا‍ؤُهُمْ أَ‍نّ‍‍َ عَلَيْهِمْ لَعْنَةَ ا‍للَّهِ وَا‍لْمَلاَئِكَةِ وَا‍ل‍‍ن‍ّ‍‍َ‍ا‍سِ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Khālidīna Fīhā Lā Yukhaffafu `Anhumu Al-`Adhābu Wa Lā Hum Yunžarūna 003-088 އެއުރެން، އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ. خَالِد‍ِي‍نَ فِيهَا لاَ يُخَفَّفُ عَنْهُمُ ا‍لْعَذ‍َا‍بُ وَلاَ هُمْ يُ‍‍ن‍‍ْظَر‍ُو‍نَ
'Illā Al-Ladhīna Tābū Min Ba`di Dhālika Wa 'Aşlaĥū Fa'inna Al-Laha Ghafūrun Raĥīmun 003-089 އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފުފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. إِلاَّ ا‍لَّذ‍ِي‍نَ تَابُو‍‍ا‍ مِ‍‍ن‍ْ بَعْدِ ذَلِكَ وَأَصْلَحُو‍‍ا‍ فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna Kafarū Ba`da 'Īmānihim Thumma Azdādū Kufrāan Lan Tuqbala Tawbatuhum Wa 'Ūlā'ika Humu Ađ-Đāllūna 003-090 ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ بَعْدَ إِيمَانِهِمْ ثُ‍‍م‍ّ‍‍َ ا‍زْدَادُوا‍ كُفْرا‍ً لَ‍‍ن‍ْ تُ‍‍ق‍‍ْبَلَ تَوْبَتُهُمْ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لضّ‍‍َ‍ا‍لّ‍‍ُ‍و‍نَ
'Inna Al-Ladhīna Kafarū Wa Mātū Wa Hum Kuffārun Falan Yuqbala Min 'Aĥadihim Mil'u Al-'Arđi Dhahabāan Wa Law Aftadá Bihi 'Ūlā'ika Lahum `Adhābun 'Alīmun Wa Mā Lahum Min Nāşirīna 003-091 ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ وَمَاتُو‍‍ا‍ وَهُمْ كُفّ‍‍َ‍ا‍ر‍ٌ فَلَ‍‍ن‍ْ يُ‍‍ق‍‍ْبَلَ مِنْ أَحَدِهِ‍‍م‍ْ مِلْءُ ا‍لأَرْضِ ذَهَبا‍ً وَلَوْ ا‍فْتَدَى بِهِ أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ وَمَا لَهُ‍‍م‍ْ مِ‍‍ن‍ْ نَاصِ‍‍ر‍‍ِي‍نَ
Lan Tanālū Al-Birra Ĥattá Tunfiqū Mimmā Tuĥibbūna Wa Mā Tunfiqū Min Shay'in Fa'inna Al-Laha Bihi `Alīmun 003-092 ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުންހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ. لَ‍‍ن‍ْ تَنَالُو‍‍ا‍ ا‍لْبِرَّ حَتَّى تُ‍‍ن‍‍ْفِقُو‍‍ا‍ مِ‍‍م‍ّ‍‍َا تُحِبّ‍‍ُ‍و‍نَ وَمَا تُ‍‍ن‍‍ْفِقُو‍‍ا‍ مِ‍‍ن‍ْ شَيْء‍ٍ فَإِ‍نّ‍‍َ ا‍للَّهَ بِهِ عَل‍‍ِ‍ي‍م‍‍‍ٌ
Kullu Aţ-Ţa`āmi Kāna Ĥillāan Libanī 'Isrā'īla 'Illā Mā Ĥarrama 'Isrā'īlu `Alá Nafsihi Min Qabli 'An Tunazzala At-Tawrāatu Qul Fa'tū Bit-Tawrāati Fātlūhā 'In Kuntum Şādiqīna 003-093 توراة ބާވައިލެއްވުމުގެ ކުރިން، إسـرآءيـل ގެފާނު އެކަލޭގެފާނުގެ އަމިއްލަ نفس ގެ މައްޗަށް حرام ކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، إسـرآءيـل ގެދަރިންނަށް حلال ތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަަ، ފަހެ، ތިޔަބައިމީހުން توراة ގެނެސް އެ ކިޔައިބަލާށެވެ! كُلُّ ا‍لطَّع‍‍َ‍ا‍مِ ك‍‍َ‍ا‍نَ حِلّا‍ً لِبَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ إِلاَّ مَا حَرَّمَ إِسْر‍َا‍ئ‍‍ِ‍ي‍لُ عَلَى نَفْسِهِ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تُنَزَّلَ ا‍لتَّوْر‍َا‍ةُ قُلْ فَأْتُو‍‍ا‍ بِ‍‍ا‍لتَّوْر‍َا‍ةِ فَاتْلُوهَ‍‍ا إِ‍ن‍ْ كُ‍‍ن‍‍ْتُمْ صَادِق‍‍ِ‍ي‍نَ
Famani Aftará `Alá Al-Lahi Al-Kadhiba Min Ba`di Dhālika Fa'ūlā'ika Humu Až-Žālimūna 003-094 އެޔަށްފަހު، اللَّه އާމެދު ހަދައިގެން ދޮގު ބުނިމީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. فَمَنِ ا‍فْتَرَى عَلَى ا‍للَّهِ ا‍لكَذِبَ مِ‍‍ن‍ْ بَعْدِ ذَلِكَ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لظَّالِم‍‍ُ‍و‍نَ
Qul Şadaqa Al-Lahu Fa Attabi`ū Millata 'Ibrāhīma Ĥanīfāan Wa Mā Kāna Mina Al-Mushrikīna 003-095 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه وحى ކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުންގެ دين އަށް ތިޔަބައިމީހުން تبع ވާށެވެ! އަދި، އެކަލޭގެފާނު مشرك ންގެ ތެރެޔަކުން ނުވެއެވެ. قُلْ صَدَقَ ا‍للَّهُ فَاتَّبِعُو‍‍ا‍ مِلَّةَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ حَنِيفا‍ً وَمَا ك‍‍َ‍ا‍نَ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
'Inna 'Awwala Baytin Wuđi`a Lilnnāsi Lalladhī Bibakkata Mubārakāan Wa Hudáan Lil`ālamīna 003-096 ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ. إِ‍نّ‍‍َ أَوَّلَ بَيْت‍‍‍ٍ وُضِعَ لِل‍‍ن‍ّ‍‍َ‍ا‍سِ لَلَّذِي بِبَكَّةَ مُبَارَكا‍ً وَهُ‍‍دى‍ً لِلْعَالَم‍‍ِ‍ي‍نَ
Fīhi 'Āyātun Bayyinātun Maqāmu 'Ibrāhīma Wa Man Dakhalahu Kāna 'Āmināan Wa Lillahi `Alá An-Nāsi Ĥijju Al-Bayti Mani Astaţā`a 'Ilayhi Sabīlāan Wa Man Kafara Fa'inna Al-Laha Ghanīyun `Ani Al-`Ālamīna 003-097 ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ.إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެންމެހާ عالم ތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ف‍ِي‍هِ آي‍‍َ‍ا‍ت‍‍‍ٌ بَيِّن‍‍َ‍ا‍ت‍‍‍ٌ مَق‍‍َ‍ا‍مُ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَمَ‍‍ن‍ْ دَخَلَهُ ك‍‍َ‍ا‍نَ آمِنا‍ً وَلِلَّهِ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ حِجُّ ا‍لْبَيْتِ مَنِ ا‍سْتَط‍‍َ‍ا‍عَ إِلَيْهِ سَبِيلا‍ً وَمَ‍‍ن‍ْ كَفَرَ فَإِ‍نّ‍‍َ ا‍للَّهَ غَنِيٌّ عَنِ ا‍لْعَالَم‍‍ِ‍ي‍نَ
Qul Yā 'Ahla Al-Kitābi Lima Takfurūna Bi'āyāti Al-Lahi Wa Allāhu Shahīdun `Alá Mā Ta`malūna 003-098 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން اللَّه ގެ آية ތަކަށް كافر ވަނީ ކީއްވެގެންހެއްޔެވެ؟ اللَّه އީ، ތިޔަބައިމީހުންކުރާ ކަންތަކުގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لِمَ تَكْفُر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَا‍للَّهُ شَه‍‍ِ‍ي‍دٌ عَلَى مَا تَعْمَل‍‍ُ‍و‍نَ
Qul Yā 'Ahla Al-Kitābi Lima Taşuddūna `An Sabīli Al-Lahi Man 'Āmana Tabghūnahā `Iwajāan Wa 'Antum Shuhadā'u Wa Mā Al-Lahu Bighāfilin `Ammā Ta`malūna 003-099 ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން، إيمان ވި މީހަކު اللَّه ގެ މަގުން އެއްކިބާކުރަނީ، ކީއްވެގެން ހެއްޔެވެ؟ (އެ މަގަކީ اللَّه ގެ ތެދުމަގުކަމަށް) ތިޔަބައިމީހުން ހެކިވެތިބެ، އެ މަގު ގުދުކޮށް އޮތުމަށް ތިޔަބައިމީހުން އެދެނީއެވެ. ތިޔަބައިމީހުންކުރާ عمل ތަކާމެދު، اللَّه غافل ވެވޮޑިގެނެއް ނުވެތެވެ. قُلْ يَ‍‍ا‍ أَهْلَ ا‍لْكِت‍‍َ‍ا‍بِ لِمَ تَصُدّ‍ُو‍نَ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ مَ‍‍ن‍ْ آمَنَ تَ‍‍ب‍‍ْغُونَهَا عِوَجا‍ً وَأَ‍ن‍‍ْتُمْ شُهَد‍َا‍ءُ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'In Tuţī`ū Farīqāan Mina Al-Ladhīna 'Ū Al-Kitāba Yaruddūkum Ba`da 'Īmānikum Kāfirīna 003-100 އޭ إيمان ވެއްޖެމީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ން ކަމުގައި ރައްދުކުރާނެތެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍ن‍ْ تُطِيعُو‍‍ا‍ فَ‍‍ر‍‍ِيقا‍ً مِنَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ يَرُدُّوكُ‍‍م‍ْ بَعْدَ إِيمَانِكُمْ كَافِ‍‍ر‍‍ِي‍نَ
Wa Kayfa Takfurūna Wa 'Antum Tutlá `Alaykum 'Āyātu Al-Lahi Wa Fīkum Rasūluhu Wa Man Ya`taşim Bil-Lahi Faqad Hudiya 'Ilá Şirāţin Mustaqīmin 003-101 އަދި، اللَّه ބާވައިލެއްވި آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވަނިކޮށް އަދި، ތިޔަބައިމީހުންގެ ތެރޭގައި އެކަލާނގެ رسول އާ ހުންނަވަނިކޮށް، ތިޔަބައިމީހުން كافر ވަނީ ކޮންފަދަޔަކުން ހެއްޔެވެ؟ اللَّه ގެ دين ގައި ހިފަހައްޓާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ. وَكَيْفَ تَكْفُر‍ُو‍نَ وَأَ‍ن‍‍ْتُمْ تُتْلَى عَلَيْكُمْ آي‍‍َ‍ا‍تُ ا‍للَّهِ وَفِيكُمْ رَسُولُهُ وَمَ‍‍ن‍ْ يَعْتَصِ‍‍م‍ْ بِ‍‍ا‍للَّهِ فَقَ‍‍د‍ْ هُدِيَ إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Yā 'Ayyuhā Al-Ladhīna 'Āmanū Attaqū Al-Laha Ĥaqqa Tuqātihi Wa Lā Tamūtunna 'Illā Wa 'Antum Muslimūna 003-102 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّقُو‍‍ا‍ ا‍للَّهَ حَقَّ تُقَاتِهِ وَلاَ تَمُوتُ‍‍ن‍ّ‍‍َ إِلاَّ وَأَ‍ن‍‍ْتُ‍‍م‍ْ مُسْلِم‍‍ُ‍و‍نَ
Wa A`taşimū Biĥabli Al-Lahi Jamī`āan Wa Lā Tafarraqū Wa Adhkurū Ni`mata Al-Lahi `Alaykum 'Idh Kuntum 'A`dā'an Fa'allafa Bayna Qulūbikum Fa'aşbaĥtum Bini`matihi 'Ikhwānāan Wa Kuntum `Alá Shafā Ĥufratin Mina An-Nāri Fa'anqadhakum Minhā Kadhālika Yubayyinu Al-Lahu Lakum 'Āyātihi La`allakum Tahtadūna 003-103 ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. وَاعْتَصِمُو‍‍ا‍ بِحَ‍‍ب‍‍ْلِ ا‍للَّهِ جَمِيعا‍ً وَلاَ تَفَرَّقُو‍‍ا‍ وَا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ إِذْ كُ‍‍ن‍‍ْتُمْ أَعْد‍َا‍ء‍ً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُ‍‍م‍ْ بِنِعْمَتِهِ إِخْوَانا‍ً وَكُ‍‍ن‍‍ْتُمْ عَلَى شَفَا حُفْرَة‍‍‍ٍ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ فَأَ‍ن‍‍ْقَذَكُ‍‍م‍ْ مِنْهَا كَذَلِكَ يُبَيِّنُ ا‍للَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَد‍ُو‍نَ
Wa Ltakun Minkum 'Ummatun Yad`ūna 'Ilá Al-Khayri Wa Ya'murūna Bil-Ma`rūfi Wa Yanhawna `Ani Al-Munkari Wa 'Ūlā'ika Humu Al-Mufliĥūna 003-104 ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ. وَلْتَكُ‍‍ن‍ْ مِ‍‍ن‍‍ْكُمْ أُ‍مّ‍‍َة‍‍‍ٌ يَ‍‍د‍‍ْع‍‍ُ‍و‍نَ إِلَى ا‍لْخَيْ‍‍ر‍ِ وَيَأْمُر‍ُو‍نَ بِ‍‍ا‍لْمَعْر‍ُو‍فِ وَيَنْهَوْنَ عَنِ ا‍لْمُ‍‍ن‍‍ْكَ‍‍ر‍ِ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُفْلِح‍‍ُ‍و‍نَ
Wa Lā Takūnū Kālladhīna Tafarraqū Wa Akhtalafū Min Ba`di Mā Jā'ahumu Al-Bayyinātu Wa 'Ūlā'ika Lahum `Adhābun `Ažīmun 003-105 ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذاب އެއް އެއުރެންނަށް ހުށްޓެވެ. وَلاَ تَكُونُو‍‍ا‍ كَالَّذ‍ِي‍نَ تَفَرَّقُو‍‍ا‍ وَا‍خْتَلَفُو‍‍ا‍ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَهُمُ ا‍لْبَيِّن‍‍َ‍ا‍تُ وَأ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Yawma Tabyađđu Wujūhun Wa Taswaddu Wujūhun Fa'ammā Al-Ladhīna Aswaddat Wujūhuhum 'Akafartum Ba`da 'Īmānikum Fadhūqū Al-`Adhāba Bimā Kuntum Takfurūna 003-106 (އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންދާ ދުވަހެވެ. ފަހެ، އެއުރެންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެދުވަހުން ބުނެވޭހުށްޓެވެ.) ތިޔަބައިމީހުން، إيمان ވުމަށްފަހު، ތިޔަބައިމީހުން كافر ވީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން كافر ވެއުޅުނުކަމަށްޓަކައި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! يَوْمَ تَ‍‍ب‍‍ْيَضُّ وُج‍‍ُ‍و‍ه‍‍‍ٌ وَتَسْوَدُّ وُج‍‍ُ‍و‍ه‍‍‍ٌ فَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ ا‍سْوَدَّتْ وُجُوهُهُمْ أَكَفَرْتُ‍‍م‍ْ بَعْدَ إِيمَانِكُمْ فَذُوقُو‍‍ا‍ ا‍لْعَذ‍َا‍بَ بِمَا كُ‍‍ن‍‍ْتُمْ تَكْفُر‍ُو‍نَ
Wa 'Ammā Al-Ladhīna Abyađđat Wujūhuhum Fafī Raĥmati Al-Lahi Hum Fīhā Khālidūna 003-107 އަދި، އެއުރެންގެ މޫނުތައް އަލިވެގެންދިޔަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވަނީ اللَّه ގެ رحمة ގައެވެ. އެއުރެންނީ އެ رحمة ގައި ދެމިތިބެނިވި ބަޔެކެވެ. وَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ ا‍ب‍‍ْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ ا‍للَّهِ هُمْ فِيهَا خَالِد‍ُو‍نَ
Tilka 'Āyātu Al-Lahi Natlūhā `Alayka Bil-Ĥaqqi Wa Mā Al-Lahu Yurīdu Žulmāan Lil`ālamīna 003-108 އެއީ، اللَّه ގެ آية ތަކެވެ. حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ آية ތައް ކިޔައިދެއްވަމެވެ. އަދި، އެއްވެސް مخلوق އަކަށް އަނިޔާއެއް ދެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. تِلْكَ آي‍‍َ‍ا‍تُ ا‍للَّهِ نَتْلُوهَا عَلَيْكَ بِ‍‍ا‍لْحَقِّ وَمَا ا‍للَّهُ يُ‍‍ر‍‍ِي‍دُ ظُلْما‍ً لِلْعَالَم‍‍ِ‍ي‍نَ
Wa Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa 'Ilá Al-Lahi Turja`u Al-'Umūru 003-109 އަދި، އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި، އެންމެހާ ކަންތައް رجوع ކުރައްވާހުށީ اللَّه ގެ حضرة އަށެވެ. وَلِلَّهِ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَإِلَى ا‍للَّهِ تُرْجَعُ ا‍لأُم‍‍ُ‍و‍رُ
Kuntum Khayra 'Ummatin 'Ukhrijat Lilnnāsi Ta'murūna Bil-Ma`rūfi Wa Tanhawna `Ani Al-Munkari Wa Tu'uminūna Bil-Lahi Wa Law 'Āmana 'Ahlu Al-Kitābi Lakāna Khayrāan Lahum Minhumu Al-Mu'uminūna Wa 'Aktharuhumu Al-Fāsiqūna 003-110 މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ. كُ‍‍ن‍‍ْتُمْ خَيْرَ أُ‍مّ‍‍َةٍ أُخْ‍‍ر‍‍ِجَتْ لِل‍‍ن‍ّ‍‍َ‍ا‍سِ تَأْمُر‍ُو‍نَ بِ‍‍ا‍لْمَعْر‍ُو‍فِ وَتَنْهَوْنَ عَنِ ا‍لْمُ‍‍ن‍كَ‍‍ر‍ِ وَتُؤْمِن‍‍ُ‍و‍نَ بِ‍‍ا‍للَّهِ وَلَوْ آمَنَ أَهْلُ ا‍لْكِت‍‍َ‍ا‍بِ لَك‍‍َ‍ا‍نَ خَيْرا‍ً لَهُ‍‍م‍ْ مِنْهُمُ ا‍لْمُؤْمِن‍‍ُ‍و‍نَ وَأَكْثَرُهُمُ ا‍لْفَاسِق‍‍ُ‍و‍نَ
Lan Yađurrūkum 'Illā 'Adháan Wa 'In Yuqātilūkum Yuwallūkumu Al-'Adbāra Thumma Lā Yunşarūna 003-111 އުނދަގޫކުރުންނޫންއެހެންގޮތަކުން އެއުރެންނަކަށް ތިޔަބައިމީހުންނަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރާނަމަ، ތިޔަބައިމީހުންނަށް ފުރަގަސްދީ (ބަލިވެގެން) އެއުރެން ހިނގައިދާނެތެވެ. ދެން، އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ. لَ‍‍ن‍ْ يَضُرُّوكُمْ إِلاَّ أَذى‍ً وَإِ‍ن‍ْ يُقَاتِلُوكُمْ يُوَلُّوكُمُ ا‍لأَ‍د‍‍ْب‍‍َ‍ا‍رَ ثُ‍‍م‍ّ‍‍َ لاَ يُ‍‍ن‍‍ْصَر‍ُو‍نَ
Đuribat `Alayhimu Adh-Dhillatu 'Ayna Mā Thuqifū 'Illā Biĥablin Mina Al-Lahi Wa Ĥablin Mina An-Nāsi Wa Bā'ū Bighađabin Mina Al-Lahi Wa Đuribat `Alayhimu Al-Maskanatu Dhālika Bi'annahum Kānū Yakfurūna Bi'āyāti Al-Lahi Wa Yaqtulūna Al-'Anbiyā'a Bighayri Ĥaqqin Dhālika Bimā `Aşaw Wa Kānū Ya`tadūna 003-112 އެއުރެންވީ، ކޮންމެތަނެއްގައިވެސްް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. اللَّه ގެ عهد އަކުން ނުވަތަ މީސްތަކުންގެ عهد އަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، اللَّه ގެ ކޯފާއާއިގެން އެއުރެން އެނބުރި އަޔެވެ. އަދި، مسكين ކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން اللَّه ގެ آية ތަކަށް كافر ވެ އަދި، حق އަކާ ނުލައި، ނަބިއްޔުން قتل ކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. ضُ‍‍ر‍‍ِبَتْ عَلَيْهِمُ ا‍لذِّلَّةُ أَيْنَ مَا ثُقِفُ‍‍و‍‍ا‍ إِلاَّ بِحَ‍‍ب‍‍ْل‍‍‍ٍ مِنَ ا‍للَّهِ وَحَ‍‍ب‍‍ْل‍‍‍ٍ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَب‍‍َ‍ا‍ء‍ُ‍وا بِغَضَب‍‍‍ٍ مِنَ ا‍للَّهِ وَضُ‍‍ر‍‍ِبَتْ عَلَيْهِمُ ا‍لْمَسْكَنَةُ ذَلِكَ بِأَ‍نّ‍‍َهُمْ كَانُو‍‍ا‍ يَكْفُر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَيَ‍‍ق‍‍ْتُل‍‍ُ‍و‍نَ ا‍لأَن‍بِي‍‍َ‍ا‍ءَ بِغَيْ‍‍ر‍ِ حَقّ‍‍‍ٍ ذَلِكَ بِمَا عَصَوْا وَكَانُو‍‍ا‍ يَعْتَد‍ُو‍نَ
Laysū Sawā'an Min 'Ahli Al-Kitābi 'Ummatun Qā'imatun Yatlūna 'Āyāti Al-Lahi 'Ānā'a Al-Layli Wa Hum Yasjudūna 003-113 އެއުރެން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަންމަތީ قائم ވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ. لَيْسُو‍‍ا‍ سَو‍َا‍ء‍ً مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ أُ‍مّ‍‍َة‍‍‍ٌ ق‍‍َ‍ا‍ئِمَة‍‍‍ٌ يَتْل‍‍ُ‍و‍نَ آي‍‍َ‍ا‍تِ ا‍للَّهِ آن‍‍َ‍ا‍ءَ ا‍للَّيْلِ وَهُمْ يَسْجُد‍ُو‍نَ
Yu'uminūna Bil-Lahi Wa Al-Yawmi Al-'Ākhiri Wa Ya'murūna Bil-Ma`rūfi Wa Yanhawna `Ani Al-Munkari Wa Yusāri`ūna Fī Al-Khayrāti Wa 'Ūlā'ika Mina Aş-Şāliĥīna 003-114 اللَّهއަށާއި، آخرة ދުވަހަށް އެއުރެން إيمان ވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެންވަނީ صالح ންގެ ތެރެއިންނެވެ. يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ وَيَأْمُر‍ُو‍نَ بِ‍‍ا‍لْمَعْر‍ُو‍فِ وَيَنْهَوْنَ عَنِ ا‍لْمُ‍‍ن‍‍ْكَ‍‍ر‍ِ وَيُسَا‍ر‍‍ِع‍‍ُ‍و‍نَ فِي ا‍لْخَيْر‍َا‍تِ وَأ‍ُ‍وْل‍‍َ‍ا‍ئِكَ مِنَ ا‍لصَّالِح‍‍ِ‍ي‍نَ
Wa Mā Yaf`alū Min Khayrin Falan Yukfarūhu Wa Allāhu `Alīmun Bil-Muttaqīna 003-115 ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثواب ން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَمَا يَفْعَلُو‍‍ا‍ مِنْ خَيْر‍ٍ فَلَ‍‍ن‍ْ يُكْفَر‍ُو‍هُ وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِ‍‍ا‍لْمُتَّق‍‍ِ‍ي‍نَ
'Inna Al-Ladhīna Kafarū Lan Tughniya `Anhum 'Amwāluhum Wa Lā 'Awlāduhum Mina Al-Lahi Shay'āan Wa 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 003-116 ހަމަކަށަވަރުން، كافر ވި މީހުންނަކަށް އެއުރެންގެ މުދާތަކެއްވެސް އަދި، އެއުރެންގެ ދަރިންތަކެއްވެސް، އެއުރެންނަށްޓަކައި، اللَّه ގެ حضرة ން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ لَ‍‍ن‍ْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُ‍‍م‍ْ مِنَ ا‍للَّهِ شَيْئا‍ً وَأ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Mathalu Mā Yunfiqūna Fī Hadhihi Al-Ĥayāati Ad-Dunyā Kamathali Rīĥin Fīhā Şirrun 'Aşābat Ĥartha Qawmin Žalamū 'Anfusahum Fa'ahlakat/hu Wa Mā Žalamahumu Al-Lahu Wa Lakin 'Anfusahum Yažlimūna 003-117 މި ދުނިޔޭގެ حياة ގައި، އެއުރެން (އެބަހީ: كافر ވި މީހުން) ހޭދަކުރާ އެއްޗެއްގެ مثال އަކީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް (ނުވަތަ ގަދަ ހޫނުކަމެއް) ވާ، ވައިރޯޅިއެއް، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުޅަ ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު،އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރަނީއެވެ. مَثَلُ مَا يُ‍‍ن‍‍ْفِق‍‍ُ‍و‍نَ فِي هَذِهِ ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا كَمَثَلِ ‍ر‍‍ِي‍ح‍‍‍ٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْم‍‍‍ٍ ظَلَمُ‍‍و‍‍ا‍ أَ‍ن‍‍ْفُسَهُمْ فَأَهْلَكَتْهُ وَمَا ظَلَمَهُمُ ا‍للَّهُ وَلَكِنْ أَ‍ن‍‍ْفُسَهُمْ يَظْلِم‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tattakhidhū Biţānatan Min Dūnikum Lā Ya'lūnakum Khabālāan Wa Ddū Mā `Anittum Qad Badati Al-Baghđā'u Min 'Afwāhihim Wa Mā Tukhfī Şudūruhum 'Akbaru Qad Bayyannā Lakumu Al-'Āyāti 'In Kuntum Ta`qilūna 003-118 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَتَّخِذُوا‍ بِطَانَة‍‍‍ً مِ‍‍ن‍ْ دُونِكُمْ لاَ يَأْلُونَكُمْ خَبَالا‍ً وَدُّوا‍ مَا عَنِتُّمْ قَ‍‍د‍ْ بَدَتِ ا‍لْبَغْض‍‍َ‍ا‍ءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ قَ‍‍د‍ْ بَيَّ‍‍ن‍ّ‍‍َا لَكُمُ ا‍لآي‍‍َ‍ا‍تِ إِ‍ن‍ْ كُ‍‍ن‍‍ْتُمْ تَعْقِل‍‍ُ‍و‍نَ
Hā'antum 'Ūlā'i Tuĥibbūnahum Wa Lā Yuĥibbūnakum Wa Tu'uminūna Bil-Kitābi Kullihi Wa 'Idhā Laqūkum Qālū 'Āmannā Wa 'Idhā Khalaw `Ađđū `Alaykumu Al-'Anāmila Mina Al-Ghayži Qul Mūtū Bighayžikum 'Inna Al-Laha `Alīmun Bidhāti Aş-Şudūri 003-119 ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް إيمان ވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެންމަރުވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ه‍َا‍أَ‍ن‍‍ْتُمْ أ‍ُ‍وْلاَءِ تُحِبُّونَهُمْ وَلاَ يُحِبُّونَكُمْ وَتُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لْكِت‍‍َ‍ا‍بِ كُلِّهِ وَإِذَا لَقُوكُمْ قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا وَإِذَا خَلَوْا عَضُّو‍‍ا‍ عَلَيْكُمُ ا‍لأَنَامِلَ مِنَ ا‍لغَيْظِ قُلْ مُوتُو‍‍ا‍ بِغَيْظِكُمْ إِ‍نّ‍‍َ ا‍للَّهَ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
'In Tamsaskum Ĥasanatun Tasu'uhum Wa 'In Tuşibkum Sayyi'atun Yafraĥū Bihā Wa 'In Taşbirū Wa Tattaqū Lā Yađurrukum Kayduhum Shay'āan 'Inna Al-Laha Bimā Ya`malūna Muĥīţun 003-120 ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍ن‍ْ تَمْسَسْكُمْ حَسَنَة‍‍‍ٌ تَسُؤْهُمْ وَإِ‍ن‍ْ تُصِ‍‍ب‍‍ْكُمْ سَيِّئَة‍‍‍ٌ يَفْرَحُو‍‍ا‍ بِهَا وَإِ‍ن‍ْ تَصْبِرُوا‍ وَتَتَّقُو‍‍ا‍ لاَ يَضُرُّكُمْ كَيْدُهُمْ شَيْئا‍ً إِ‍نّ‍‍َ ا‍للَّهَ بِمَا يَعْمَل‍‍ُ‍و‍نَ مُح‍‍ِ‍ي‍‍ط‍‍ٌ
Wa 'Idh Ghadawta Min 'Ahlika Tubawwi'u Al-Mu'uminīna Maqā`ida Lilqitāli Wa Allāhu Samī`un `Alīmun 003-121 (أُحد ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركز ތަކަށް مؤمن ން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهل ވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ا‍لْمُؤْمِن‍‍ِ‍ي‍نَ مَقَاعِدَ لِلْقِت‍‍َ‍ا‍لِ وَا‍للَّهُ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
'Idh Hammat Ţā'ifatāni Minkum 'An Tafshalā Wa Allāhu Walīyuhumā Wa `Alá Al-Lahi Falyatawakkali Al-Mu'uminūna 003-122 (އެއީ) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ، ހިތްވަރު އެލުނުހިނދެވެ. اللَّه އީ، އެ ދެބައިމީހުން ރައްކާތެރިކުރައްވައި نصر ދެއްވާ ރަސްކަލާނގެއެވެ. ހަމައެކަނި اللَّهއަށް مؤمن ން وكيل ކުރާހުށިކަމެވެ! إِذْ هَ‍‍م‍ّ‍‍َتْ ط‍‍َ‍ا‍ئِفَت‍‍َ‍ا‍نِ مِ‍‍ن‍‍ْكُمْ أَ‍ن‍ْ تَفْشَلاَ وَا‍للَّهُ وَلِيُّهُمَا وَعَلَى ا‍للَّهِ فَلْيَتَوَكَّلِ ا‍لْمُؤْمِن‍‍ُ‍و‍نَ
Wa Laqad Naşarakumu Al-Lahu Bibadrin Wa 'Antum 'Adhillatun Fa Attaqū Al-Laha La`allakum Tashkurūna 003-123 ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ. وَلَقَ‍‍د‍ْ نَصَرَكُمُ ا‍للَّهُ بِبَ‍‍د‍‍ْر‍ٍ وَأَ‍ن‍‍ْتُمْ أَذِلَّة‍‍‍ٌ فَاتَّقُو‍‍ا‍ ا‍للَّهَ لَعَلَّكُمْ تَشْكُر‍ُو‍نَ
'Idh Taqūlu Lilmu'uminīna 'Alan Yakfiyakum 'An Yumiddakum Rabbukum Bithalāthati 'Ālāfin Mina Al-Malā'ikati Munzalīna 003-124 (އެއީ) ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވާފައިވާ ملائكة ންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟ إِذْ تَق‍‍ُ‍و‍لُ لِلْمُؤْمِن‍‍ِ‍ي‍نَ أَلَ‍‍ن‍ْ يَكْفِيَكُمْ أَ‍ن‍ْ يُمِدَّكُمْ رَبُّكُ‍‍م‍ْ بِثَلاَثَةِ آلاَف‍‍‍ٍ مِنَ ا‍لْمَلاَئِكَةِ مُ‍‍ن‍‍ْزَل‍‍ِ‍ي‍نَ
Balá 'In Taşbirū Wa Tattaqū Wa Ya'tūkum Min Fawrihimdhā Yumdidkum Rabbukum Bikhamsati 'Ālāfin Mina Al-Malā'ikati Musawwimīna 003-125 ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّه އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشرك ން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް ملائكة ން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مد د ދެއްވާނެތެވެ. بَلَى إِ‍ن‍ْ تَصْبِرُوا‍ وَتَتَّقُو‍‍ا‍ وَيَأْتُوكُ‍‍م‍ْ مِ‍‍ن‍ْ فَوْ‍ر‍‍ِهِمْ هَذَا يُمْدِ‍د‍‍ْكُمْ رَبُّكُ‍‍م‍ْ بِخَمْسَةِ آلاَف‍‍‍ٍ مِنَ ا‍لْمَلاَئِكَةِ مُسَوِّم‍‍ِ‍ي‍نَ
Wa Mā Ja`alahu Al-Lahu 'Illā Bushrá Lakum Wa Litaţma'inna Qulūbukum Bihi Wa Mā An-Naşru 'Illā Min `Indi Al-Lahi Al-`Azīzi Al-Ĥakīmi 003-126 އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكة ންފޮނުއްވައިގެން مدد ދެއްވުން ނުލައްވަތެވެ.) عزيز ވަންތަ، حكيم ވަންތަ، اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ. وَمَا جَعَلَهُ ا‍للَّهُ إِلاَّ بُشْرَى لَكُمْ وَلِتَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍َ قُلُوبُكُ‍‍م‍ْ بِهِ وَمَا ا‍ل‍‍ن‍ّ‍‍َصْرُ إِلاَّ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ ا‍لْعَز‍ِي‍زِ ا‍لْحَك‍‍ِ‍ي‍مِ
Liyaqţa`a Ţarafāan Mina Al-Ladhīna Kafarū 'Aw Yakbitahum Fayanqalibū Khā'ibīna 003-127 (އެއީ) كافر ވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ. لِيَ‍‍ق‍‍ْطَعَ طَرَفا‍ً مِنَ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَوْ يَكْبِتَهُمْ فَيَ‍‍ن‍‍ْقَلِبُو‍‍ا‍ خ‍‍َ‍ا‍ئِب‍‍ِ‍ي‍نَ
Laysa Laka Mina Al-'Amri Shay'un 'Aw Yatūba `Alayhim 'Aw Yu`adhdhibahum Fa'innahum Žālimūna 003-128 (އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ. لَيْسَ لَكَ مِنَ ا‍لأَمْ‍‍ر‍ِ شَيْءٌ أَوْ يَت‍‍ُ‍و‍بَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِ‍نّ‍‍َهُمْ ظَالِم‍‍ُ‍و‍نَ
Wa Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Yaghfiru Liman Yashā'u Wa Yu`adhdhibu Man Yashā'u Wa Allāhu Ghafūrun Raĥīmun 003-129 އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. وَلِلَّهِ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ يَغْفِ‍‍ر‍ُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيُعَذِّبُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Ta'kulū Ar-Ribā 'Ađ`āfāan Muđā`afatan Wa Attaqū Al-Laha La`allakum Tufliĥūna 003-130 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ!އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ.) يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَأْكُلُو‍‍ا‍ ا‍لرِّبَ‍‍ا‍ أَضْعَافا‍ً مُضَاعَفَة‍‍‍ً وَا‍تَّقُو‍‍ا‍ ا‍للَّهَ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Wa Attaqū An-Nāra Allatī 'U`iddat Lilkāfirīna 003-131 އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، كافر ންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ. وَاتَّقُو‍‍ا‍ ا‍ل‍‍ن‍ّ‍‍َ‍ا‍رَ ا‍لَّتِ‍‍ي‍ أُعِدَّتْ لِلْكَافِ‍‍ر‍‍ِي‍نَ
Wa 'Aţī`ū Al-Laha Wa Ar-Rasūla La`allakum Turĥamūna 003-132 އަދި، اللَّه އަށާއި، رسول އާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. وَأَطِيعُو‍‍ا‍ ا‍للَّهَ وَا‍لرَّس‍‍ُ‍و‍لَ لَعَلَّكُمْ تُرْحَم‍‍ُ‍و‍نَ
Wa Sāri`ū 'Ilá Maghfiratin Min Rabbikum Wa Jannatin `Arđuhā As-Samāwātu Wa Al-'Arđu 'U`iddat Lilmuttaqīna 003-133 އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. وَسَا‍ر‍‍ِعُ‍‍و‍‍ا‍ إِلَى مَغْفِرَة‍‍‍ٍ مِ‍‍ن‍ْ رَبِّكُمْ وَجَ‍‍ن‍ّ‍‍َةٍ عَرْضُهَا ا‍لسَّمَاو‍َا‍تُ وَا‍لأَرْضُ أُعِدَّتْ لِلْمُتَّق‍‍ِ‍ي‍نَ
Al-Ladhīna Yunfiqūna Fī As-Sarrā'i Wa Ađ-Đarrā'i Wa Al-Kāžimīna Al-Ghayža Wa Al-`Āfīna `Ani An-Nāsi Wa Allāhu Yuĥibbu Al-Muĥsinīna 003-134 އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. ا‍لَّذ‍ِي‍نَ يُ‍‍ن‍‍ْفِق‍‍ُ‍و‍نَ فِي ا‍لسَّرّ‍َا‍ءِ وَا‍لضَّرّ‍َا‍ءِ وَا‍لْكَاظِم‍‍ِ‍ي‍نَ ا‍لْغَيْظَ وَا‍لْعَاف‍‍ِ‍ي‍نَ عَنِ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَا‍للَّهُ يُحِبُّ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa Al-Ladhīna 'Idhā Fa`alū Fāĥishatan 'Aw Žalamū 'Anfusahum Dhakarū Al-Laha Fāstaghfarū Lidhunūbihim Wa Man Yaghfiru Adh-Dhunūba 'Illā Al-Lahu Wa Lam Yuşirrū `Alá Mā Fa`alū Wa Hum Ya`lamūna 003-135 އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفس ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاء ކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. وَالَّذ‍ِي‍نَ إِذَا فَعَلُو‍‍ا‍ فَاحِشَةً أَوْ ظَلَمُ‍‍و‍‍ا‍ أَ‍ن‍‍ْفُسَهُمْ ذَكَرُوا‍ ا‍للَّهَ فَاسْتَغْفَرُوا‍ لِذُنُوبِهِمْ وَمَ‍‍ن‍ْ يَغْفِ‍‍ر‍ُ ا‍لذُّن‍‍ُ‍و‍بَ إِلاَّ ا‍للَّهُ وَلَمْ يُصِرُّوا‍ عَلَى مَا فَعَلُو‍‍ا‍ وَهُمْ يَعْلَم‍‍ُ‍و‍نَ
'Ūlā'ika Jazā'uuhum Maghfiratun Min Rabbihim Wa Jannātun Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā Wa Ni`ma 'Ajru Al-`Āmilīna 003-136 އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. ހެޔޮ عمل ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ! أ‍ُ‍وْل‍‍َ‍ا‍ئِكَ جَز‍َا‍ؤُهُ‍‍م‍ْ مَغْفِرَة‍‍‍ٌ مِ‍‍ن‍ْ رَبِّهِمْ وَجَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَا وَنِعْمَ أَ‍ج‍‍ْرُ ا‍لْعَامِل‍‍ِ‍ي‍نَ
Qad Khalat Min Qablikum Sunanun Fasīrū Fī Al-'Arđi Fānžurū Kayfa Kāna `Āqibatu Al-Mukadhdhibīna 003-137 (އެކިއެކި أمّة ތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ! قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ سُنَن‍‍‍ٌ فَسِيرُوا‍ فِي ا‍لأَرْضِ فَا‍ن‍‍ْظُرُوا‍ كَيْفَ ك‍‍َ‍ا‍نَ عَاقِبَةُ ا‍لْمُكَذِّب‍‍ِ‍ي‍نَ
dhā Bayānun Lilnnāsi Wa Hudáan Wa Maw`ižatun Lilmuttaqīna 003-138 މިއީ، މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި، މަގު ދެއްކެވުމެކެވެ. އަދި، تقوى ވެރިންނަށްއޮތް وعظ އެކެވެ. هَذَا بَي‍‍َ‍ا‍ن‍‍‍ٌ لِل‍‍ن‍ّ‍‍َ‍ا‍سِ وَهُ‍‍دى‍ً وَمَوْعِظَة‍‍‍ٌ لِلْمُتَّق‍‍ِ‍ي‍نَ
Wa Lā Tahinū Wa Lā Taĥzanū Wa 'Antumu Al-'A`lawna 'In Kuntum Mu'uminīna 003-139 ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ!އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ. وَلاَ تَهِنُو‍‍ا‍ وَلاَ تَحْزَنُو‍‍ا‍ وَأَ‍ن‍‍ْتُمُ ا‍لأَعْلَوْنَ إِ‍ن‍ْ كُ‍‍ن‍‍ْتُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
'In Yamsaskum Qarĥun Faqad Massa Al-Qawma Qarĥun Mithluhu Wa Tilka Al-'Ayyāmu Nudāwiluhā Bayna An-Nāsi Wa Liya`lama Al-Lahu Al-Ladhīna 'Āmanū Wa Yattakhidha Minkum Shuhadā'a Wa Allāhu Lā Yuĥibbu Až-Žālimīna 003-140 (أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ. إِ‍ن‍ْ يَمْسَسْكُمْ قَرْح‍‍‍ٌ فَقَ‍‍د‍ْ مَسَّ ا‍لْقَوْمَ قَرْح‍‍‍ٌ مِثْلُهُ وَتِلْكَ ا‍لأَيّ‍‍َ‍ا‍مُ نُدَاوِلُهَا بَيْنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلِيَعْلَمَ ا‍للَّهُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَيَتَّخِذَ مِ‍‍ن‍‍ْكُمْ شُهَد‍َا‍ءَ وَا‍للَّهُ لاَ يُحِبُّ ا‍لظَّالِم‍‍ِ‍ي‍نَ
Wa Liyumaĥĥişa Al-Lahu Al-Ladhīna 'Āmanū Wa Yamĥaqa Al-Kāfirīna 003-141 އަދި، اللَّه، إيمان ވެއްޖެ މީސްތަކުން طاهر ކުރައްވައި، ސާފުކުރެއްވުމަށްޓަކައެވެ. އަދި، كافر ން ހަލާކުކުރައްވައި، ނެތިކުރެއްވުމަށްޓަކައެވެ. وَلِيُمَحِّصَ ا‍للَّهُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَيَمْحَقَ ا‍لْكَافِ‍‍ر‍‍ِي‍نَ
'Am Ĥasibtum 'An Tadkhulū Al-Jannata Wa Lammā Ya`lami Al-Lahu Al-Ladhīna Jāhadū Minkum Wa Ya`lama Aş-Şābirīna 003-142 ތިޔަބައިމީހުންގެ ތެރެއިން جهاد ކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ أَمْ حَسِ‍‍ب‍‍ْتُمْ أَ‍ن‍ْ تَ‍‍د‍‍ْخُلُو‍‍ا‍ ا‍لْجَ‍‍ن‍ّ‍‍َةَ وَلَ‍‍م‍ّ‍‍َا يَعْلَمِ ا‍للَّهُ ا‍لَّذ‍ِي‍نَ جَاهَدُوا‍ مِ‍‍ن‍‍ْكُمْ وَيَعْلَمَ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa Laqad Kuntum Tatamannawn Al-Mawta Min Qabli 'An Talqawhu Faqad Ra'aytumūhu Wa 'Antum Tanžurūna 003-143 އަދި، މަރުވުމަށް އެދޭކަމުގައި (އެބަހީ: شهيد ވުމަށް އެދޭ ބަޔަކު ކަމުގައި) ހަމަކަށަވަރުންވެސް ތިޔަބައިމީހުން ވީމުއެވެ. (އެއީ) ތިޔަބައިމީހުން އެ މަރާ ބައްދަލުކުރުމުގެ ކުރީގައެވެ. ފަހެ، (މިހާރު) ތިޔަބައިމީހުން ލޮލުން ދެކޭ حال ގައި ތިޔަބައިމީހުންނަށް އެކަންތައް ފެނިއްޖެކަން ކަށަވަރެވެ. وَلَقَ‍‍د‍ْ كُ‍‍ن‍‍ْتُمْ تَتَمَ‍‍ن‍ّ‍‍َوْن ا‍لْمَوْتَ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تَلْقَوْهُ فَقَ‍‍د‍ْ رَأَيْتُم‍‍ُ‍و‍هُ وَأَ‍ن‍‍ْتُمْ تَ‍‍ن‍‍ْظُر‍ُو‍نَ
Wa Mā Muĥammadun 'Illā Rasūlun Qad Khalat Min Qablihi Ar-Rusulu 'Afa'īn Māta 'Aw Qutila Anqalabtum `Alá 'A`qābikum Wa Man Yanqalib `Alá `Aqibayhi Falan Yađurra Al-Laha Shay'āan Wa Sayaj Al-Lahu Ash-Shākirīna 003-144 رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ. وَمَا مُحَ‍‍م‍ّ‍‍َد‍ٌ إِلاَّ رَس‍‍ُ‍و‍ل‍‍‍ٌ قَ‍‍د‍ْ خَلَتْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ ا‍لرُّسُلُ أَفَإِيْ‍‍ن م‍‍َ‍ا‍تَ أَوْ قُتِلَ ا‍ن‍‍ْقَلَ‍‍ب‍‍ْتُمْ عَلَى أَعْقَابِكُمْ وَمَ‍‍ن‍ْ يَ‍‍ن‍‍ْقَلِ‍‍ب‍ْ عَلَى عَقِبَيْهِ فَلَ‍‍ن‍ْ يَضُرَّ ا‍للَّهَ شَيْئا‍ً وَسَيَ‍‍ج‍‍ْزِي ا‍للَّهُ ا‍لشَّاكِ‍‍ر‍‍ِي‍نَ
Wa Mā Kāna Linafsin 'An Tamūta 'Illā Bi'idhni Al-Lahi Kitābāan Mu'uajjalāan Wa Man Yurid Thawāba Ad-Dunyā Nu'utihi Minhā Wa Man Yurid Thawāba Al-'Ākhirati Nu'utihi Minhā Wa Sanaj Ash-Shākirīna 003-145 އަދި، اللَّه ގެ إذن ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفس އަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިންމިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. وَمَا ك‍‍َ‍ا‍نَ لِنَفْسٍ أَ‍ن‍ْ تَم‍‍ُ‍و‍تَ إِلاَّ بِإِذْنِ ا‍للَّهِ كِتَابا‍ً مُؤَجَّلا‍ً وَمَ‍‍ن‍ْ يُ‍‍ر‍‍ِ‍د‍ْ ثَو‍َا‍بَ ا‍لدُّ‍‍ن‍‍ْيَا نُؤْتِهِ مِنْهَا وَمَ‍‍ن‍ْ يُ‍‍ر‍‍ِ‍د‍ْ ثَو‍َا‍بَ ا‍لآخِرَةِ نُؤْتِهِ مِنْهَا وَسَنَ‍‍ج‍‍ْزِي ا‍لشَّاكِ‍‍ر‍‍ِي‍نَ
Wa Ka'ayyin Min Nabīyin Qātala Ma`ahu Ribbīyūna Kathīrun Famā Wahanū Limā 'Aşābahum Fī Sabīli Al-Lahi Wa Mā Đa`ufū Wa Mā Astakānū Wa Allāhu Yuĥibbu Aş-Şābirīna 003-146 އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ جماعة ތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، اللَّه ގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި، (دشمن ންގެ ކުރިމަތީގައިި) އެއުރެން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. وَكَأَيِّ‍‍ن‍ْ مِ‍‍ن‍ْ نَبِيّ‍‍‍ٍ قَاتَلَ مَعَهُ ‍ر‍‍ِبِّيّ‍‍ُ‍و‍نَ كَث‍‍ِ‍ي‍ر‍ٌ فَمَا وَهَنُو‍‍ا‍ لِمَ‍‍ا‍ أَصَابَهُمْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَمَا ضَعُفُو‍‍ا‍ وَمَا ا‍سْتَكَانُو‍‍ا‍ وَا‍للَّهُ يُحِبُّ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa Mā Kāna Qawlahum 'Illā 'An Qālū Rabbanā Aghfir Lanā Dhunūbanā Wa 'Isrāfanā Fī 'Amrinā Wa Thabbit 'Aqdāmanā Wa Anşurnā `Alá Al-Qawmi Al-Kāfirīna 003-147 އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! وَمَا ك‍‍َ‍ا‍نَ قَوْلَهُمْ إِلاَّ أَ‍ن‍ْ قَالُو‍‍ا‍ رَبَّنَا ا‍غْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِ‍‍ي‍ أَمْ‍‍ر‍‍ِنَا وَثَبِّتْ أَ‍ق‍‍ْدَامَنَا وَا‍ن‍‍ْصُرْنَا عَلَى ا‍لْقَوْمِ ا‍لْكَافِ‍‍ر‍‍ِي‍نَ
Fa'ātāhumu Al-Lahu Thawāba Ad-Dunyā Wa Ĥusna Thawābi Al-'Ākhirati Wa Allāhu Yuĥibbu Al-Muĥsinīna 003-148 ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ.إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. فَآتَاهُمُ ا‍للَّهُ ثَو‍َا‍بَ ا‍لدُّ‍‍ن‍‍ْيَا وَحُسْنَ ثَو‍َا‍بِ ا‍لآخِرَةِ وَا‍للَّهُ يُحِبُّ ا‍لْمُحْسِن‍‍ِ‍ي‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'In Tuţī`ū Al-Ladhīna Kafarū Yaruddūkum `Alá 'A`qābikum Fatanqalibū Khāsirīna 003-149 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِ‍ن‍ْ تُطِيعُو‍‍ا‍ ا‍لَّذ‍ِي‍نَ كَفَرُوا‍ يَرُدُّوكُمْ عَلَى أَعْقَابِكُمْ فَتَ‍‍ن‍‍ْقَلِبُو‍‍ا‍ خَاسِ‍‍ر‍‍ِي‍نَ
Bali Al-Lahu Mawlākum Wa Huwa Khayru An-Nāşirīna 003-150 އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިޔަކީ اللَّه އެވެ. އަދި، نصر ދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ. بَلِ ا‍للَّهُ مَوْلاَكُمْ وَهُوَ خَيْرُ ا‍ل‍‍ن‍ّ‍‍َاصِ‍‍ر‍‍ِي‍نَ
Sanulqī Fī Qulūbi Al-Ladhīna Kafarū Ar-Ru`ba Bimā 'Ashrakū Bil-Lahi Mā Lam Yunazzil Bihi Sulţānāan Wa Ma'wāhumu An-Nāru Wa Bi'sa Math Až-Žālimīna 003-151 كافر ވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّه އާ އެއްފަދަކޮށް، އެއުރެން شريك ކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشرك ން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ. سَنُلْقِي فِي قُل‍‍ُ‍و‍بِ ا‍لَّذ‍ِي‍نَ كَفَرُوا‍ ا‍لرُّعْبَ بِمَ‍‍ا‍ أَشْرَكُو‍‍ا‍ بِ‍‍ا‍للَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانا‍ً وَمَأْوَاهُمُ ا‍ل‍‍ن‍ّ‍‍َ‍ا‍رُ وَبِئْسَ مَثْوَى ا‍لظَّالِم‍‍ِ‍ي‍نَ
Wa Laqad Şadaqakumu Al-Lahu Wa`dahu 'Idh Taĥussūnahum Bi'idhnihi Ĥattá 'Idhā Fashiltum Wa Tanāza`tum Al-'Amri Wa `Aşaytum Min Ba`di Mā 'Arākum Mā Tuĥibbūna Minkum Man Yurīdu Ad-Dunyā Wa Minkum Man Yurīdu Al-'Ākhirata Thumma Şarafakum `Anhum Liyabtaliyakum Wa Laqad `Afā `Ankum Wa Allāhu Dhū Fađlin `Alá Al-Mu'uminīna 003-152 ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް، އެކަލާނގެ وعد ފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ إذن ފުޅާލައިގެން ތިޔަބައިމީހުން އެ كافر ން قتل ކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ.ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (رسول އާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި آخرة އެދޭމީހުންވެސްވެއެވެ. ދެން، އެ كافر ންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް عفو ކުރެއްވިއެވެ. اللَّه އީ، مؤمن ތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ. وَلَقَ‍‍د‍ْ صَدَقَكُمُ ا‍للَّهُ وَعْدَهُ إِذْ تَحُسُّونَهُ‍‍م‍ْ بِإِذْنِهِ حَتَّى إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي ا‍لأَمْ‍‍ر‍ِ وَعَصَيْتُ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَ‍‍ا‍ أَرَاكُ‍‍م‍ْ مَا تُحِبّ‍‍ُ‍و‍نَ مِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ن‍ْ يُ‍‍ر‍‍ِي‍دُ ا‍لدُّ‍‍ن‍‍ْيَا وَمِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ن‍ْ يُ‍‍ر‍‍ِي‍دُ ا‍لآخِرَةَ ثُ‍‍م‍ّ‍‍َ صَرَفَكُمْ عَنْهُمْ لِيَ‍‍ب‍‍ْتَلِيَكُمْ وَلَقَ‍‍د‍ْ عَفَا عَ‍‍ن‍‍ْكُمْ وَا‍للَّهُ ذُو فَضْلٍ عَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ
'Idh Tuş`idūna Wa Lā Talwūna `Alá 'Aĥadin Wa Ar-Rasūlu Yad`ūkum Fī 'Ukhrākum Fa'athābakum Ghammāan Bighammin Likaylā Taĥzanū `Alá Mā Fātakum Wa Lā Mā 'Aşābakum Wa Allāhu Khabīrun Bimā Ta`malūna 003-153 (އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން رسول އާ ތިޔަބައިމީހުންނަށް ގޮވާލައްވާ حال ގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (غنيمة އިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِذْ تُصْعِد‍ُو‍نَ وَلاَ تَلْو‍ُو‍نَ عَلَى أَحَد‍ٍ وَا‍لرَّس‍‍ُ‍و‍لُ يَ‍‍د‍‍ْعُوكُمْ فِ‍‍ي‍ أُخْرَاكُمْ فَأَثَابَكُمْ غَ‍‍م‍ّ‍‍ا‍ً بِغَ‍‍م‍ّ‍‍‍ٍ لِكَيْلاَ تَحْزَنُو‍‍ا‍ عَلَى مَا فَاتَكُمْ وَلاَ مَ‍‍ا‍ أَصَابَكُمْ وَا‍للَّهُ خَب‍‍ِ‍ي‍ر‍ٌ بِمَا تَعْمَل‍‍ُ‍و‍نَ
Thumma 'Anzala `Alaykum Min Ba`di Al-Ghammi 'Amanatan Nu`āsāan Yaghshá Ţā'ifatan Minkum Wa Ţā'ifatun Qad 'Ahammat/hum 'Anfusuhum Yažunnūna Bil-Lahi Ghayra Al-Ĥaqqi Žanna Al-Jāhilīyati Yaqūlūna Hal Lanā Mina Al-'Amri Min Shay'in Qul 'Inna Al-'Amra Kullahu Lillahi Yukhfūna Fī 'Anfusihim Mā Lā Yubdūna Laka Yaqūlūna Law Kāna Lanā Mina Al-'Amri Shay'un Mā Qutilnā Hāhunā Qul Law Kuntum Fī Buyūtikum Labaraza Al-Ladhīna Kutiba `Alayhimu Al-Qatlu 'Ilá Mađāji`ihim Wa Liyabtaliya Al-Lahu Mā Fī Şudūrikum Wa Liyumaĥĥişa Mā Fī Qulūbikum Wa Allāhu `Alīmun Bidhāti Aş-Şudūri 003-154 ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفس ތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّه އާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصر ދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ اللَّه އަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމަޔަށް ނުކުތުމާމެދު اختيار އެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ވީކަމުގައިވިޔަސް قتل ވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ މީހުން،އެއުރެން قتل ވެގެން ވެއްޓޭނޭ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ. އަދި، (ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވީ) اللَّه ތިޔަބައިމީހުންގެ ހިތްތަކުގައިވާގޮތް امتحان ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ހިތްތަކުގައިވާ ގޮތްތައް ވަކި ކުރައްވައި ހާމަކުރެއްވުމަށްޓަކައެވެ. اللَّه އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ثُ‍‍م‍ّ‍‍َ أَ‍ن‍‍ْزَلَ عَلَيْكُ‍‍م‍ْ مِ‍‍ن‍ْ بَعْدِ ا‍لْغَ‍‍م‍ّ‍‍ِ أَمَنَة‍‍‍ً نُعَاسا‍ً يَغْشَى ط‍‍َ‍ا‍ئِفَة‍‍‍ً مِ‍‍ن‍‍ْكُمْ وَط‍‍َ‍ا‍ئِفَة‍‍‍ٌ قَ‍‍د‍ْ أَهَ‍‍م‍ّ‍‍َتْهُمْ أَ‍ن‍‍ْفُسُهُمْ يَظُ‍‍ن‍ّ‍‍ُ‍و‍نَ بِ‍‍ا‍للَّهِ غَيْرَ ا‍لْحَقِّ ظَ‍‍ن‍ّ‍‍َ ا‍لْجَاهِلِيَّةِ يَقُول‍‍ُ‍و‍نَ هَ‍‍ل‍ْ لَنَا مِنَ ا‍لأَمْ‍‍ر‍ِ مِ‍‍ن‍ْ شَيْء‍ٍ قُلْ إِ‍نّ‍‍َ ا‍لأَمْرَ كُلَّهُ لِلَّهِ يُخْف‍‍ُ‍و‍نَ فِ‍‍ي‍ أَ‍ن‍‍ْفُسِهِ‍‍م‍ْ مَا لاَ يُ‍‍ب‍‍ْد‍ُو‍نَ لَكَ يَقُول‍‍ُ‍و‍نَ لَوْ ك‍‍َ‍ا‍نَ لَنَا مِنَ ا‍لأَمْ‍‍ر‍ِ شَيْء‍ٌ مَا قُتِلْنَا هَاهُنَا قُ‍‍ل‍ْ لَوْ كُ‍‍ن‍‍ْتُمْ فِي بُيُوتِكُمْ لَبَرَزَ ا‍لَّذ‍ِي‍نَ كُتِبَ عَلَيْهِمُ ا‍لْقَتْلُ إِلَى مَضَاجِعِهِمْ وَلِيَ‍‍ب‍‍ْتَلِيَ ا‍للَّهُ مَا فِي صُدُو‍ر‍‍ِكُمْ وَلِيُمَحِّصَ مَا فِي قُلُوبِكُمْ وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِذ‍َا‍تِ ا‍لصُّد‍ُو‍ر‍ِ
'Inna Al-Ladhīna Tawallaw Minkum Yawma At-Taqá Al-Jam`āni 'Innamā Astazallahumu Ash-Shayţānu Biba`đi Mā Kasabū Wa Laqad `Afā Al-Lahu `Anhum 'Inna Al-Laha Ghafūrun Ĥalīmun 003-155 ހަމަކަށަވަރުން، (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަޔަށް) އެނބުރި ފުރަގަސްދިން މީހުން، شيطان އާ އެއުރެންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެއުރެން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަަހީ: رسول އާގެ އެންގެވުންތަކާ خلاف ވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން، اللَّه އެއުރެންނަށް عفو ކުރައްވައިފިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ تَوَلَّوْا مِ‍‍ن‍‍ْكُمْ يَوْمَ ا‍لْتَقَى ا‍لْجَمْع‍‍َ‍ا‍نِ إِ‍نّ‍‍َمَا ا‍سْتَزَلَّهُمُ ا‍لشَّيْط‍‍َ‍ا‍نُ بِبَعْضِ مَا كَسَبُو‍‍ا‍ وَلَقَ‍‍د‍ْ عَفَا ا‍للَّهُ عَنْهُمْ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍رٌ حَل‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Takūnū Kālladhīna Kafarū Wa Qālū Li'khwānihim 'Idhā Đarabū Fī Al-'Arđi 'Aw Kānū Ghuzzáan Law Kānū `Indanā Mā Mātū Wa Mā Qutilū Liyaj`ala Al-Lahu Dhālika Ĥasratan Fī Qulūbihim Wa Allāhu Yuĥyī Wa Yumītu Wa Allāhu Bimā Ta`malūna Başīrun 003-156 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ أخ ން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި قتل އެއްވެސް ނުވީހޭ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، اللَّه އެވެ. އަދި، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَكُونُو‍‍ا‍ كَالَّذ‍ِي‍نَ كَفَرُوا‍ وَقَالُو‍‍ا‍ لِأخْوَانِهِمْ إِذَا ضَرَبُو‍‍ا‍ فِي ا‍لأَرْضِ أَوْ كَانُو‍‍ا‍ غُزّى‍ً لَوْ كَانُو‍‍ا‍ عِ‍‍ن‍‍ْدَنَا مَا مَاتُو‍‍ا‍ وَمَا قُتِلُو‍‍ا‍ لِيَ‍‍ج‍‍ْعَلَ ا‍للَّهُ ذَلِكَ حَسْرَة‍‍‍ً فِي قُلُوبِهِمْ وَا‍للَّهُ يُحْيِي وَيُم‍‍ِ‍ي‍تُ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa La'in Qutiltum Fī Sabīli Al-Lahi 'Aw Muttum Lamaghfiratun Mina Al-Lahi Wa Raĥmatun Khayrun Mimmā Yajma`ūna 003-157 ހަމަކަށަވަރުން، اللَّه ގެ މަގުގައި ތިޔަބައިމީހުން قتل ވިޔަސް، ނުވަތަ މަރުވިޔަސް، اللَّه ގެ حضرة ން ފާފަފުއްސެވުމާއި، رحمة ލެއްވުން އެއުރެން އެއްކުރާ ތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ. وَلَئِ‍‍ن‍ْ قُتِلْتُمْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ أَوْ مُتُّمْ لَمَغْفِرَة‍‍‍ٌ مِنَ ا‍للَّهِ وَرَحْمَةٌ خَيْر‍ٌ مِ‍‍م‍ّ‍‍َا يَ‍‍ج‍‍ْمَع‍‍ُ‍و‍نَ
Wa La'in Muttum 'Aw Qutiltum La'ilá Al-Lahi Tuĥsharūna 003-158 ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވިޔަސް، ނުވަތަ قتل ވިޔަސް، ތިޔަބައިމީހުން އެއްކުރައްވާހުށީ، اللَّه ގެ حضرة އަށް ކަން ކަށަވަރެވެ. وَلَئِ‍‍ن‍ْ مُتُّمْ أَوْ قُتِلْتُمْ لَإِلَى ا‍للَّهِ تُحْشَر‍ُو‍نَ
Fabimā Raĥmatin Mina Al-Lahi Linta Lahum Wa Law Kunta Fažžāan Ghalīža Al-Qalbi Lānfađđū Min Ĥawlika Fā`fu `Anhum Wa Astaghfir Lahum Wa Shāwirhum Al-'Amri Fa'idhā `Azamta Fatawakkal `Alá Al-Lahi 'Inna Al-Laha Yuĥibbu Al-Mutawakkilīna 003-159 އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދިދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. فَبِمَا رَحْمَة‍‍‍ٍ مِنَ ا‍للَّهِ لِ‍‍ن‍‍ْتَ لَهُمْ وَلَوْ كُ‍‍ن‍‍ْتَ فَظّاً غَل‍‍ِ‍ي‍ظَ ا‍لْقَلْبِ لاَ‍ن‍‍ْفَضُّو‍‍ا‍ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَا‍سْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي ا‍لأَمْ‍‍ر‍ِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لْمُتَوَكِّل‍‍ِ‍ي‍نَ
'In Yanşurkumu Al-Lahu Falā Ghāliba Lakum Wa 'In Yakhdhulkum Faman Dhā Al-Ladhī Yanşurukum Min Ba`dihi Wa `Alá Al-Lahi Falyatawakkali Al-Mu'uminūna 003-160 اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ! إِ‍ن‍ْ يَ‍‍ن‍‍ْصُرْكُمُ ا‍للَّهُ فَلاَ غَالِبَ لَكُمْ وَإِ‍ن‍ْ يَخْذُلْكُمْ فَمَ‍‍ن‍ْ ذَا ا‍لَّذِي يَ‍‍ن‍‍ْصُرُكُ‍‍م‍ْ مِ‍‍ن‍ْ بَعْدِهِ وَعَلَى ا‍للَّهِ فَلْيَتَوَكَّلِ ا‍لْمُؤْمِن‍‍ُ‍و‍نَ
Wa Mā Kāna Linabīyin 'An Yaghulla Wa Man Yaghlul Ya'ti Bimā Ghalla Yawma Al-Qiyāmati Thumma Tuwaffá Kullu Nafsin Mā Kasabat Wa Hum Lā Yužlamūna 003-161 (غنيمة) މުދަލަށް خيانة ތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرة އަށް) އަންނާނެތެވެ. ދެން، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ. وَمَا ك‍‍َ‍ا‍نَ لِنَبِيٍّ أَ‍ن‍ْ يَغُلَّ وَمَ‍‍ن‍ْ يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ا‍لْقِيَامَةِ ثُ‍‍م‍ّ‍‍َ تُوَفَّى كُلُّ نَفْس‍‍‍ٍ مَا كَسَبَتْ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
'Afamani Attaba`a Riđwāna Al-Lahi Kaman Bā'a Bisakhaţin Mina Al-Lahi Wa Ma'wāhu Jahannamu Wa Bi'sa Al-Maşīru 003-162 ފަހެ، اللَّه ގެ ރުއްސެވުމަށް تبع ވީމީހާ، اللَّه ގެ حضرة ން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަ ހެއްޔެވެ؟ އަދި، އެމީހަކު (އެބަހީ:اللَّه ގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، جهنّم އެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ. أَفَمَنِ ا‍تَّبَعَ ‍ر‍‍ِضْو‍َا‍نَ ا‍للَّهِ كَمَ‍‍ن‍ْ ب‍‍َ‍ا‍ءَ بِسَخَط‍‍‍ٍ مِنَ ا‍للَّهِ وَمَأْو‍َا‍هُ جَهَ‍‍ن‍ّ‍‍َمُ وَبِئْسَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Hum Darajātun `Inda Al-Lahi Wa Allāhu Başīrun Bimā Ya`malūna 003-163 އެއުރެން، اللَّه ގެ حضرة ގައި ވަނީ ދަރަޖަތަކަކަށެވެ. އަދި، اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. هُمْ دَرَج‍‍َ‍ا‍تٌ عِ‍‍ن‍‍ْدَ ا‍للَّهِ وَا‍للَّهُ بَص‍‍ِ‍ي‍ر‍ٌ بِمَا يَعْمَل‍‍ُ‍و‍نَ
Laqad Manna Al-Lahu `Alá Al-Mu'uminīna 'Idh Ba`atha Fīhim Rasūlāan Min 'Anfusihim Yatlū `Alayhim 'Āyātihi Wa Yuzakkīhim Wa Yu`allimuhumu Al-Kitāba Wa Al-Ĥikmata Wa 'In Kānū Min Qablu Lafī Đalālin Mubīnin 003-164 ހަމަކަށަވަރުން، مؤمن ންގެ މައްޗަށް اللَّه ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ آية ތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން طاهر ކުރައްވާ، އަދި ފޮތާއި حكمة، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. لَقَ‍‍د‍ْ مَ‍‍ن‍ّ‍‍َ ا‍للَّهُ عَلَى ا‍لْمُؤْمِن‍‍ِ‍ي‍نَ إِذْ بَعَثَ فِيهِمْ رَسُولا‍ً مِنْ أَ‍ن‍‍ْفُسِهِمْ يَتْلُو‍‍ا‍ عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحِكْمَةَ وَإِ‍ن‍ْ كَانُو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلُ لَفِي ضَلاَل‍‍‍ٍ مُب‍‍ِ‍ي‍ن‍‍‍ٍ
'Awalammā 'Aşābatkum Muşībatun Qad 'Aşabtum Mithlayhā Qultum 'Anná Hādhā Qul Huwa Min `Indi 'Anfusikum 'Inna Al-Laha `Alá Kulli Shay'in Qadīrun 003-165 މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް مصيبة އެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ مصيبة ގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. أَوَلَ‍‍م‍ّ‍‍َ‍‍ا‍ أَصَابَتْكُ‍‍م‍ْ مُصِيبَة‍‍‍ٌ قَ‍‍د‍ْ أَصَ‍‍ب‍‍ْتُ‍‍م‍ْ مِثْلَيْهَا قُلْتُمْ أَ‍نّ‍‍َى هَذَا قُلْ هُوَ مِنْ عِ‍‍ن‍‍ْدِ أَ‍ن‍‍ْفُسِكُمْ إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa Mā 'Aşābakum Yawma At-Taqá Al-Jam`āni Fabi'idhni Al-Lahi Wa Liya`lama Al-Mu'uminīna 003-166 (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّه ގެ إذن ފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمن ން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. وَمَ‍‍ا‍ أَصَابَكُمْ يَوْمَ ا‍لْتَقَى ا‍لْجَمْع‍‍َ‍ا‍نِ فَبِإِذْنِ ا‍للَّهِ وَلِيَعْلَمَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Liya`lama Al-Ladhīna Nāfaqū Wa Qīla Lahum Ta`ālaw Qātilū Fī Sabīli Al-Lahi 'Aw Adfa`ū Qālū Law Na`lamu Qitālāan Lāttaba`nākum Hum Lilkufri Yawma'idhin 'Aqrabu Minhum Lil'īmāni Yaqūlūna Bi'afwhihim Mā Laysa Fī Qulūbihim Wa Allāhu 'A`lamu Bimā Yaktumūna 003-167 އަދި، منافق ވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އެދުވަހު) އެއުރެންނަށް އެންގެވިއެވެ. اللَّه ގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު دشمن ންގެ ކިބައިން) دفاع ކުރަން ތިޔަބައިމީހުން އަންނާށެވެ! އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެދުވަހު އެއުރެން إيمان ކަމަށްވުރެ كافر ކަމާ ގާތްކަން ބޮޑެވެ. އެއުރެންގެ ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާ ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ اللَّه އެވެ. وَلِيَعْلَمَ ا‍لَّذ‍ِي‍نَ نَافَقُو‍‍ا‍ وَق‍‍ِ‍ي‍لَ لَهُمْ تَعَالَوْا قَاتِلُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ أَوْ ا‍د‍‍ْفَعُو‍‍ا‍ قَالُو‍‍ا‍ لَوْ نَعْلَمُ قِتَالا‍ً لاَتَّبَعْنَاكُمْ هُمْ لِلْكُفْ‍‍ر‍ِ يَوْمَئِذٍ أَ‍ق‍‍ْرَبُ مِنْهُمْ لِلإِيم‍‍َ‍ا‍نِ يَقُول‍‍ُ‍و‍نَ بِأَفْواهِهِ‍‍م‍ْ مَا لَيْسَ فِي قُلُوبِهِمْ وَا‍للَّهُ أَعْلَمُ بِمَا يَكْتُم‍‍ُ‍و‍نَ
Al-Ladhīna Qālū Li'khwānihim Wa Qa`adū Law 'Aţā`ūnā Mā Qutilū Qul Fādra'ū `An 'Anfusikumu Al-Mawta 'In Kuntum Şādiqīna 003-168 އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން قتل އެއް ނުވީހެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުން ދުރުކޮށްބަލާށެވެ! ا‍لَّذ‍ِي‍نَ قَالُو‍‍ا‍ لِأخْوَانِهِمْ وَقَعَدُوا‍ لَوْ أَطَاعُونَا مَا قُتِلُو‍‍ا‍ قُلْ فَا‍د‍‍ْرَء‍ُ‍وا عَنْ أَ‍ن‍‍ْفُسِكُمُ ا‍لْمَوْتَ إِ‍ن‍ْ كُ‍‍ن‍‍ْتُمْ صَادِق‍‍ِ‍ي‍نَ
Wa Lā Taĥsabanna Al-Ladhīna Qutilū Fī Sabīli Al-Lahi 'Amwātāan Bal 'Aĥyā'un `Inda Rabbihim Yurzaqūna 003-169 اللَّه ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ. وَلاَ تَحْسَبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ قُتِلُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ أَمْوَاتا‍ً بَلْ أَحْي‍‍َ‍ا‍ءٌ عِ‍‍ن‍‍ْدَ رَبِّهِمْ يُرْزَق‍‍ُ‍و‍نَ
Farīna Bimā 'Ātāhumu Al-Lahu Min Fađlihi Wa Yastabshirūna Bial-Ladhīna Lam Yalĥaqū Bihim Min Khalfihim 'Allā Khawfun `Alayhim Wa Lā Hum Yaĥzanūna 003-170 (އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حال ގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حال ގައެވެ. فَ‍‍ر‍‍ِح‍‍ِ‍ي‍نَ بِمَ‍‍ا آتَاهُمُ ا‍للَّهُ مِ‍‍ن‍ْ فَضْلِهِ وَيَسْتَ‍‍ب‍‍ْشِر‍ُو‍نَ بِ‍‍ا‍لَّذ‍ِي‍نَ لَمْ يَلْحَقُو‍‍ا‍ بِهِ‍‍م‍ْ مِنْ خَلْفِهِمْ أَلاَّ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Yastabshirūna Bini`matin Mina Al-Lahi Wa Fađlin Wa 'Anna Al-Laha Lā Yuđī`u 'Ajra Al-Mu'uminīna 003-171 އެއުރެން (ވަނީ) اللَّه ގެ حضرة ން ދެއްވާ نعمة އާއި، فضل ވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، مؤمن ންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ. يَسْتَ‍‍ب‍‍ْشِر‍ُو‍نَ بِنِعْمَة‍‍‍ٍ مِنَ ا‍للَّهِ وَفَضْل‍‍‍ٍ وَأَ‍نّ‍‍َ ا‍للَّهَ لاَ يُض‍‍ِ‍ي‍عُ أَ‍ج‍‍ْرَ ا‍لْمُؤْمِن‍‍ِ‍ي‍نَ
Al-Ladhīna Astajābū Lillahi Wa Ar-Rasūli Min Ba`di Mā 'Aşābahumu Al-Qarĥu Lilladhīna 'Aĥsanū Minhum Wa Attaqaw 'Ajrun `Ažīmun 003-172 އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށްފަހުވެސް، اللَّه އާއި، رسول އާއަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسان ތެރިވެ تقوى ވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ. ا‍لَّذ‍ِي‍نَ ا‍سْتَجَابُو‍‍ا‍ لِلَّهِ وَا‍لرَّس‍‍ُ‍و‍لِ مِ‍‍ن‍ْ بَعْدِ مَ‍‍ا‍ أَصَابَهُمُ ا‍لْقَرْحُ لِلَّذ‍ِي‍نَ أَحْسَنُو‍‍ا‍ مِنْهُمْ وَا‍تَّقَوْا أَ‍ج‍‍ْرٌ عَظ‍‍ِ‍ي‍م‍‍‍ٌ
Al-Ladhīna Qāla Lahumu An-Nāsu 'Inna An-Nāsa Qad Jama`ū Lakumkhshawhum Fazādahum 'Īmānāan Wa Qālū Ĥasbunā Al-Lahu Wa Ni`ma Al-Wakīlu 003-173 އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! ا‍لَّذ‍ِي‍نَ ق‍‍َ‍ا‍لَ لَهُمُ ا‍ل‍‍ن‍ّ‍‍َ‍ا‍سُ إِ‍نّ‍‍َ ا‍ل‍‍ن‍ّ‍‍َ‍ا‍سَ قَ‍‍د‍ْ جَمَعُو‍‍ا‍ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانا‍ً وَقَالُو‍‍ا‍ حَسْبُنَا ا‍للَّهُ وَنِعْمَ ا‍لْوَك‍‍ِ‍ي‍لُ
nqalabū Bini`matin Mina Al-Lahi Wa Fađlin Lam Yamsas/hum Sū'un Wa Attaba`ū Riđwāna Al-Lahi Wa Allāhu Dhū Fađlin `Ažīmin 003-174 ފަހެ، اللَّه ގެ حضرة ން ދެއްވި نعمة އާއި، فضل ވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّه ގެ ރުއްސެވުންހުރި މަގަށް تبع ވޫއެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. فَا‍ن‍‍ْقَلَبُو‍‍ا‍ بِنِعْمَة‍‍‍ٍ مِنَ ا‍للَّهِ وَفَضْل‍‍‍ٍ لَمْ يَمْسَسْهُمْ س‍‍ُ‍و‍ء‍ٌ وَا‍تَّبَعُو‍‍ا‍ر‍‍ِضْو‍َا‍نَ ا‍للَّهِ وَا‍للَّهُ ذُو فَضْلٍ عَظ‍‍ِ‍ي‍م‍‍‍ٍ
'Innamā Dhalikumu Ash-Shayţānu Yukhawwifu 'Awliyā'ahu Falā Takhāfūhum Wa Khāfūni 'In Kuntum Mu'uminīna 003-175 ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! إِ‍نّ‍‍َمَا ذَلِكُمُ ا‍لشَّيْط‍‍َ‍ا‍نُ يُخَوِّفُ أَوْلِي‍‍َ‍ا‍ءَهُ فَلاَ تَخَافُوهُمْ وَخَاف‍‍ُ‍و‍نِ إِ‍ن‍ْ كُ‍‍ن‍‍ْتُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Wa Lā Yaĥzunka Al-Ladhīna Yusāri`ūna Fī Al-Kufri 'Innahum Lan Yađurrū Al-Laha Shay'āan Yurīdu Al-Lahu 'Allā Yaj`ala Lahum Ĥažžāan Al-'Ākhirati Wa Lahum `Adhābun `Ažīmun 003-176 كافر ވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް آخرة ގައި އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. وَلاَ يَحْزُ‍ن‍‍ْكَ ا‍لَّذ‍ِي‍نَ يُسَا‍ر‍‍ِع‍‍ُ‍و‍نَ فِي ا‍لْكُفْ‍‍ر‍ِ إِ‍نّ‍‍َهُمْ لَ‍‍ن‍ْ يَضُرُّوا‍ ا‍للَّهَ شَيْئا‍ً يُ‍‍ر‍‍ِي‍دُ ا‍للَّهُ أَلاَّ يَ‍‍ج‍‍ْعَلَ لَهُمْ حَظّا‍ً فِي ا‍لآخِرَةِ وَلَهُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna Ashtaraw Al-Kufra Bil-'Īmāni Lan Yađurrū Al-Laha Shay'āan Wa Lahum `Adhābun 'Alīmun 003-177 ހަމަކަށަވަރުން، إيمان ކަމުގެ ބަދަލުގައި كافر ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ ا‍شْتَرَوُا ا‍لْكُفْرَ بِ‍‍ا‍لإِيم‍‍َ‍ا‍نِ لَ‍‍ن‍ْ يَضُرُّوا‍ ا‍للَّهَ شَيْئا‍ً وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa Lā Yaĥsabanna Al-Ladhīna Kafarū 'Annamā Numlī Lahum Khayrun Li'anfusihim 'Innamā Numlī Lahum Liyazdādū 'Ithmāan Wa Lahum `Adhābun Muhīnun 003-178 ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތެއްކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ. وَلاَ يَحْسَبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَ‍نّ‍‍َمَا نُمْلِي لَهُمْ خَيْر‍ٌ لِأَ‍ن‍‍ْفُسِهِمْ إِ‍نّ‍‍َمَا نُمْلِي لَهُمْ لِيَزْدَادُو‍ا‍ إِثْما‍ً وَلَهُمْ عَذ‍َا‍ب‍‍‍ٌ مُه‍‍ِ‍ي‍ن‍‍‍ٌ
Mā Kāna Al-Lahu Liyadhara Al-Mu'uminīna `Alá Mā 'Antum `Alayhi Ĥattá Yamīza Al-Khabītha Mina Aţ-Ţayyibi Wa Mā Kāna Al-Lahu Liyuţli`akum `Alá Al-Ghaybi Wa Lakinna Al-Laha Yajtabī Min Rusulihi Man Yashā'u Fa'āminū Bil-Lahi Wa Rusulihi Wa 'In Tu'uminū Wa Tattaqū Falakum 'Ajrun `Ažīmun 003-179 ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمن ންނާއި منافق ން އެކުވެ އުޅުމުގެ މައްޗަށް) مؤمن ން ދުލެއް ނުކުރައްވާނެތެވެ. އަދި، غيب ގެ ކަންތައް اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ رسول ންގެ ތެރެއިން އެކަލާނގެއިރާދަކުރައްވާ ބަޔަކު خيار ކުރައްވަތެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول ންނަށް إيمان ވާށެވެ! އަދި، ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ. مَا ك‍‍َ‍ا‍نَ ا‍للَّهُ لِيَذَرَ ا‍لْمُؤْمِن‍‍ِ‍ي‍نَ عَلَى مَ‍‍ا‍ أَ‍ن‍‍ْتُمْ عَلَيْهِ حَتَّى يَم‍‍ِ‍ي‍زَ ا‍لْخَب‍‍ِ‍ي‍ثَ مِنَ ا‍لطَّيِّبِ وَمَا ك‍‍َ‍ا‍نَ ا‍للَّهُ لِيُ‍‍ط‍‍ْلِعَكُمْ عَلَى ا‍لْغَيْبِ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ يَ‍‍ج‍‍ْتَبِي مِ‍‍ن‍ْ رُسُلِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ فَآمِنُو‍‍ا‍ بِ‍‍ا‍للَّهِ وَرُسُلِهِ وَإِ‍ن‍ْ تُؤْمِنُو‍‍ا‍ وَتَتَّقُو‍‍ا‍ فَلَكُمْ أَ‍ج‍‍ْرٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Lā Yaĥsabanna Al-Ladhīna Yabkhalūna Bimā 'Ātāhumu Al-Lahu Min Fađlihi Huwa Khayrāan Lahum Bal Huwa Sharrun Lahum Sayuţawwaqūna Mā Bakhilū Bihi Yawma Al-Qiyāmati Wa Lillahi Mīrāthu As-Samāwāti Wa Al-'Arđi Wa Allāhu Bimā Ta`malūna Khabīrun 003-180 اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެއުރެންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެއުރެންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެއުރެންނަށްހުރި ނުބައިކަމެކެވެ. އެއުރެން ދަހިވެތިވި ތަކެތީން قيامة ދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ ملك ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلاَ يَحْسَبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ يَ‍‍ب‍‍ْخَل‍‍ُ‍و‍نَ بِمَ‍‍ا آتَاهُمُ ا‍للَّهُ مِ‍‍ن‍ْ فَضْلِهِ هُوَ خَيْرا‍ً لَهُ‍‍م‍ْ بَلْ هُوَ شَرّ‍ٌ لَهُمْ سَيُطَوَّق‍‍ُ‍و‍نَ مَا بَخِلُو‍‍ا‍ بِهِ يَوْمَ ا‍لْقِيَامَةِ وَلِلَّهِ مِير‍َا‍ثُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ خَب‍‍ِ‍ي‍ر‍ٌ
Laqad Sami`a Al-Lahu Qawla Al-Ladhīna Qālū 'Inna Al-Laha Faqīrun Wa Naĥnu 'Aghniyā'u Sanaktubu Mā Qālū Wa Qatlahumu Al-'Anbiyā'a Bighayri Ĥaqqin Wa Naqūlu Dhūqū `Adhāba Al-Ĥarīqi 003-181 ހަމަކަށަވަރުން، اللَّه އީ فقير އެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، اللَّه އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެއުރެން ބުނި ބުނުމާއި، އެއުރެން حق އަކާނުލައި ނަބިއްޔުން قتل ކުޅަކަން ނިކަންހުރެ ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި، (قيامة ދުވަހުން އެއުރެންނަށް) ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ.ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ! لَقَ‍‍د‍ْ سَمِعَ ا‍للَّهُ قَوْلَ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ فَق‍‍ِ‍ي‍ر‍ٌ وَنَحْنُ أَغْنِي‍‍َ‍ا‍ءُ سَنَكْتُبُ مَا قَالُو‍‍ا‍ وَقَتْلَهُمُ ا‍لأَ‍ن‍‍ْبِي‍‍َ‍ا‍ءَ بِغَيْ‍‍ر‍ِ حَقّ‍‍‍ٍ وَنَق‍‍ُ‍و‍لُ ذُوقُو‍‍ا‍ عَذ‍َا‍بَ ا‍لْحَ‍‍ر‍‍ِي‍‍ق‍ِ
Dhālika Bimā Qaddamat 'Aydīkum Wa 'Anna Al-Laha Laysa Bižallāmin Lil`abīdi 003-182 އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ. ذَلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَ‍نّ‍‍َ ا‍للَّهَ لَيْسَ بِظَلاَّم‍‍‍ٍ لِلْعَب‍‍ِ‍ي‍‍د‍ِ
Al-Ladhīna Qālū 'Inna Al-Laha `Ahida 'Ilaynā 'Allā Nu'umina Lirasūlin Ĥattá Ya'tiyanā Biqurbānin Ta'kuluhu An-Nāru Qul Qad Jā'akum Rusulun Min Qablī Bil-Bayyināti Wa Bial-Ladhī Qultum Falima Qataltumūhum 'In Kuntum Şādiqīna 003-183 އެއުރެންނީ، އަލިފާން އެ قربان އެއް ކައިލާ، قربان އަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسول އަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް رسول ން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ رسول ން قتل ކުޅައީ ފަހެ، ކީއްވެގެން ހެއްޔެވެ؟ ا‍لَّذ‍ِي‍نَ قَالُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ عَهِدَ إِلَيْنَ‍‍ا‍ أَلاَّ نُؤْمِنَ لِرَس‍‍ُ‍و‍لٍ حَتَّى يَأْتِيَنَا بِقُرْب‍‍َ‍ا‍ن‍‍‍ٍ تَأْكُلُهُ ا‍ل‍‍ن‍ّ‍‍َ‍ا‍رُ قُلْ قَ‍‍د‍ْ ج‍‍َ‍ا‍ءَكُمْ رُسُل‍‍‍ٌ مِ‍‍ن‍ْ قَ‍‍ب‍‍ْلِي بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ وَبِالَّذِي قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِ‍ن‍ْ كُ‍‍ن‍‍ْتُمْ صَادِق‍‍ِ‍ي‍نَ
Fa'in Kadhdhabūka Faqad Kudhdhiba Rusulun Min Qablika Jā'ū Bil-Bayyināti Wa Az-Zuburi Wa Al-Kitābi Al-Munīri 003-184 ފަހެ، އެއުރެން ކަލޭގެފާނު ދޮގުކުޅަނަމަ، (ދެނެވަޑައިގަންނަވާށެވެ!) ފަހެ، ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް رسول ން ދޮގު ކުޅައޫއެވެ. އެބޭކަލުން ވަޑައިގަތީ، ފާޅުވެގެންހުރި ހެކިތަކާއި، ލިޔުއްވާފައިވާ ފަތްފުށްތަކާއި، އަލިކުރަނިވިފޮތާއިގެންނެވެ. فَإِ‍ن‍ْ كَذَّب‍‍ُ‍و‍كَ فَقَ‍‍د‍ْ كُذِّبَ رُسُل‍‍‍ٌ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ ج‍‍َ‍ا‍ء‍ُ‍وا بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ وَا‍لزُّبُ‍‍ر‍ِ وَا‍لْكِت‍‍َ‍ا‍بِ ا‍لْمُن‍‍ِ‍ي‍رِ
Kullu Nafsin Dhā'iqatu Al-Mawti Wa 'Innamā Tuwaffawna 'Ujūrakum Yawma Al-Qiyāmati Faman Zuĥziĥa `Ani An-Nāri Wa 'Udkhila Al-Jannata Faqad Fāza Wa Mā Al-Ĥayāatu Ad-Dunyā 'Illā Matā`u Al-Ghurūri 003-185 ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. كُلُّ نَفْس‍‍‍ٍ ذ‍َا‍ئِقَةُ ا‍لْمَوْتِ وَإِ‍نّ‍‍َمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ا‍لْقِيَامَةِ فَمَ‍‍ن‍ْ زُحْزِحَ عَنِ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَأُ‍د‍‍ْخِلَ ا‍لْجَ‍‍ن‍ّ‍‍َةَ فَقَ‍‍د‍ْ ف‍‍َ‍ا‍زَ وَمَا ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَ‍‍ا إِلاَّ مَت‍‍َ‍ا‍عُ ا‍لْغُر‍ُو‍ر‍ِ
Latublawunna Fī 'Amwālikum Wa 'Anfusikum Wa Latasma`unna Mina Al-Ladhīna 'Ū Al-Kitāba Min Qablikum Wa Mina Al-Ladhīna 'Ashrakū 'Adháan Kathīrāan Wa 'In Taşbirū Wa Tattaqū Fa'inna Dhālika Min `Azmi Al-'Umūri 003-186 ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކާ މެދުގައި، ތިޔަބައިމީހުން امتحان ކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، شريك ކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. لَتُ‍‍ب‍‍ْلَوُ‍نّ‍‍َ فِ‍‍ي‍ أَمْوَالِكُمْ وَأَ‍ن‍‍ْفُسِكُمْ وَلَتَسْمَعُ‍‍ن‍ّ‍‍َ مِنَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ وَمِنَ ا‍لَّذ‍ِي‍نَ أَشْرَكُ‍‍و‍‍ا‍ أَذى‍ً كَثِيرا‍ً وَإِ‍ن‍ْ تَصْبِرُوا‍ وَتَتَّقُو‍‍ا‍ فَإِ‍نّ‍‍َ ذَلِكَ مِنْ عَزْمِ ا‍لأُم‍‍ُ‍و‍ر‍ِ
Wa 'Idh 'Akhadha Al-Lahu Mīthāqa Al-Ladhīna 'Ū Al-Kitāba Latubayyinunnahu Lilnnāsi Wa Lā Taktumūnahu Fanabadhūhu Warā'a Žuhūrihim Wa Ashtaraw Bihi Thamanāan Qalīlāan Fabi'sa Mā Yashtarūna 003-187 ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهد އަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيان ކޮށްދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهد އެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ! وَإِذْ أَخَذَ ا‍للَّهُ مِيث‍‍َ‍ا‍قَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ لَتُبَيِّنُ‍‍ن‍ّ‍‍َهُ لِل‍‍ن‍ّ‍‍َ‍ا‍سِ وَلاَ تَكْتُمُونَهُ فَنَبَذ‍ُو‍هُ وَر‍َا‍ءَ ظُهُو‍ر‍‍ِهِمْ وَا‍شْتَرَوْا بِهِ ثَمَنا‍ً قَلِيلا‍ً فَبِئْسَ مَا يَشْتَر‍ُو‍نَ
Lā Taĥsabanna Al-Ladhīna Yafraĥūna Bimā 'Ataw Wa Yuĥibbūna 'An Yuĥmadū Bimā Lam Yaf`alū Falā Taĥsabannahum Bimafāzatin Mina Al-`Adhābi Wa Lahum `Adhābun 'Alīmun 003-188 އެއުރެންކުޅަ ކަންތަކަށް އުފާކުރާ، އަދި، އެއުރެން ނުކުރާ ކަންތަކާމެދު ތާރީފު ލިބުމަށް އެދޭމީހުންނީ، عذاب ން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. لاَ تَحْسَبَ‍‍ن‍ّ‍‍َ ا‍لَّذ‍ِي‍نَ يَفْرَح‍‍ُ‍و‍نَ بِمَ‍‍ا‍ أَتَوا وَيُحِبّ‍‍ُ‍و‍نَ أَ‍ن‍ْ يُحْمَدُوا‍ بِمَا لَمْ يَفْعَلُو‍‍ا‍ فَلاَ تَحْسَبَ‍‍ن‍ّ‍‍َهُ‍‍م‍ْ بِمَفَازَة‍‍‍ٍ مِنَ ا‍لْعَذ‍َا‍بِ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa Lillahi Mulku As-Samāwāti Wa Al-'Arđi Wa Allāhu `Alá Kulli Shay'in Qadīrun 003-189 އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَلِلَّهِ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
'Inna Fī Khalqi As-Samāwāti Wa Al-'Arđi Wa Akhtilāfi Al-Layli Wa An-Nahāri La'āyātin Li'wlī Al-'Albābi 003-190 ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. إِ‍نّ‍‍َ فِي خَلْقِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍خْتِلاَفِ ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ لَآي‍‍َ‍ا‍ت‍‍‍ٍ لِأولِي ا‍لأَلْب‍‍َ‍ا‍ب‍ِ
Al-Ladhīna Yadhkurūna Al-Laha Qiyāmāan Wa Qu`ūdāan Wa `Alá Junūbihim Wa Yatafakkarūna Fī Khalqi As-Samāwāti Wa Al-'Arđi Rabbanā Mā Khalaqta Hādhā Bāţilāan Subĥānaka Faqinā `Adhāba An-Nāri 003-191 އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! ا‍لَّذ‍ِي‍نَ يَذْكُر‍ُو‍نَ ا‍للَّهَ قِيَاما‍ً وَقُعُودا‍ً وَعَلَى جُنُوبِهِمْ وَيَتَفَكَّر‍ُو‍نَ فِي خَلْقِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ رَبَّنَا مَا خَلَ‍‍ق‍‍ْتَ هَذَا بَاطِلا‍ً سُ‍‍ب‍‍ْحَانَكَ فَقِنَا عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Rabbanā 'Innaka Man Tudkhili An-Nāra Faqad 'Akhzaytahu Wa Mā Lilžžālimīna Min 'Anşārin 003-192 އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ. رَبَّنَ‍‍ا إِ‍نّ‍‍َكَ مَ‍‍ن‍ْ تُ‍‍د‍‍ْخِلِ ا‍ل‍‍ن‍ّ‍‍َ‍ا‍رَ فَقَ‍‍د‍ْ أَخْزَيْتَهُ وَمَا لِلظَّالِم‍‍ِ‍ي‍نَ مِنْ أَ‍ن‍‍ْص‍‍َ‍ا‍ر‍ٍ
Rabbanā 'Innanā Sami`nā Munādīāan Yunādī Lil'īmāni 'An 'Āminū Birabbikum Fa'āmannā Rabbanā Fāghfir Lanā Dhunūbanā Wa Kaffir `Annā Sayyi'ātinā Wa Tawaffanā Ma`a Al-'Abrāri 003-193 އަޅަމެންގެ ވެރިރަސްކަލާކޮ! إيمان ވުމަށް ގޮވާލައްވާ رسول އަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް إيمان ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمان ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ! رَبَّنَ‍‍ا إِ‍نّ‍‍َنَا سَمِعْنَا مُنَاد‍ِي‍ا‍ً يُنَادِي لِلإِيم‍‍َ‍ا‍نِ أَ‍ن‍ْ آمِنُو‍‍ا‍ بِرَبِّكُمْ فَآمَ‍‍ن‍ّ‍‍َا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَ‍‍ن‍ّ‍‍َا سَيِّئ‍‍َ‍اتِنَا وَتَوَفَّنَا مَعَ ا‍لأَ‍ب‍‍ْر‍َا‍ر‍ِ
Rabbanā Wa 'Ātinā Mā Wa`adtanā `Alá Rusulika Wa Lā Tukhzinā Yawma Al-Qiyāmati 'Innaka Lā Tukhlifu Al-Mī`āda 003-194 އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رسول ންގެ ދޫފުޅުމަތީން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، قيامة ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަމުއެވެ. رَبَّنَا وَآتِنَا مَا وَعَ‍‍د‍‍ْتَنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ ا‍لْقِيَامَةِ إِ‍نّ‍‍َكَ لاَ تُخْلِفُ ا‍لْمِيع‍‍َ‍ا‍د‍َ
Fāstajāba Lahum Rabbuhum 'Annī Lā 'Uđī`u `Amala `Āmilin Minkum Min Dhakarin 'Aw 'Unthá Ba`đukum Min Ba`đin Fa-Al-Ladhīna Hājarū Wa 'Ukhrijū Min Diyārihim Wa 'Ūdhū Fī Sabīlī Wa Qātalū Wa Qutilū La'ukaffiranna `Anhum Sayyi'ātihim Wa La'udkhilannahum Jannātin Tajrī Min Taĥtihā Al-'Anhāru Thawābāan Min `Indi Al-Lahi Wa Allāhu `Indahu Ĥusnu Ath-Thawābi 003-195 ދެން، އެއުރެންގެ ވެރިރަސްކަލާނގެ،އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން هجرة ކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި قتل ވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّه ގެ حضرة ން ލިބޭ ثواب އެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ثواب ވަނީ اللَّه ގެ حضرة ގައެވެ. فَاسْتَج‍‍َ‍ا‍بَ لَهُمْ رَبُّهُمْ أَ‍نّ‍‍ِي لاَ أُض‍‍ِ‍ي‍عُ عَمَلَ عَامِل‍‍‍ٍ مِ‍‍ن‍‍ْكُ‍‍م‍ْ مِ‍‍ن‍ْ ذَكَرٍ أَوْ أُ‍ن‍‍ْثَى بَعْضُكُ‍‍م‍ْ مِ‍‍ن‍ْ بَعْض‍‍‍ٍ فَالَّذ‍ِي‍نَ هَاجَرُوا‍ وَأُخْ‍‍ر‍‍ِجُو‍‍ا‍ مِ‍‍ن‍ْ دِيَا‍ر‍‍ِهِمْ وَأ‍ُ‍وذُوا‍ فِي سَبِيلِي وَقَاتَلُو‍‍ا‍ وَقُتِلُو‍‍ا‍ لَأُكَفِّرَ‍نّ‍‍َ عَنْهُمْ سَيِّئ‍‍َ‍اتِهِمْ وَلَأُ‍د‍‍ْخِلَ‍‍ن‍ّ‍‍َهُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ ثَوَابا‍ً مِنْ عِ‍‍ن‍‍ْدِ ا‍للَّهِ وَا‍للَّهُ عِ‍‍ن‍‍ْدَهُ حُسْنُ ا‍لثَّو‍َا‍ب‍ِ
Lā Yaghurrannaka Taqallubu Al-Ladhīna Kafarū Fī Al-Bilādi 003-196 كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ! لاَ يَغُرَّ‍‍ن‍ّ‍‍َكَ تَقَلُّبُ ا‍لَّذ‍ِي‍نَ كَفَرُوا‍ فِي ا‍لْبِلاَ‍د‍ِ
Matā`un Qalīlun Thumma Ma'wāhum Jahannamu Wa Bi'sa Al-Mihādu 003-197 (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! مَت‍‍َ‍ا‍ع‍‍‍ٌ قَل‍‍ِ‍ي‍ل‍‍‍ٌ ثُ‍‍م‍ّ‍‍َ مَأْوَاهُمْ جَهَ‍‍ن‍ّ‍‍َمُ وَبِئْسَ ا‍لْمِه‍‍َ‍ا‍د‍ُ
Lakini Al-Ladhīna Attaqaw Rabbahum Lahum Jannātun Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā Nuzulāan Min `Indi Al-Lahi Wa Mā `Inda Al-Lahi Khayrun Lil'abrāri 003-198 އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوىވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حال ގައެވެ. اللَّه ގެ حضرة ން ލިބޭ شرف އެއްގެ ގޮތުގައެވެ. اللَّه ގެ حضرة ގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ. لَكِنِ ا‍لَّذ‍ِي‍نَ ا‍تَّقَوْا رَبَّهُمْ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٌ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ خَالِد‍ِي‍نَ فِيهَا نُزُلا‍ً مِنْ عِ‍‍ن‍‍ْدِ ا‍للَّهِ وَمَا عِ‍‍ن‍‍ْدَ ا‍للَّهِ خَيْر‍ٌ لِلأَ‍ب‍‍ْر‍َا‍ر‍ِ
Wa 'Inna Min 'Ahli Al-Kitābi Laman Yu'uminu Bil-Lahi Wa Mā 'Unzila 'Ilaykum Wa Mā 'Unzila 'Ilayhim Khāshi`īna Lillahi Lā Yashtarūna Bi'āyāti Al-Lahi Thamanāan Qalīlāan 'Ūlā'ika Lahum 'Ajruhum `Inda Rabbihim 'Inna Al-Laha Sarī`u Al-Ĥisābi 003-199 ހަމަކަށަވަރުން، اللَّه އަށް إيمان ވާ، އަދި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެއުރެންނަށް ބާވައިލެއްވި ފޮތަށް إيمان ވާ މީހުން ހަމަކަށަވަރުން، ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އެއުރެން اللَّه އަށް މަޑުމައިތިރިވެގެންވާ حال ގައެވެ. اللَّه ގެ آية ތަކަށް އެއުރެން ކުޑައަގެއް ނުގަނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ އެއުރެންނަށް ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِ‍نّ‍‍َ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ لَمَ‍‍ن‍ْ يُؤْمِنُ بِ‍‍ا‍للَّهِ وَمَ‍‍ا‍ أُ‍ن‍‍ْزِلَ إِلَيْكُمْ وَمَ‍‍ا‍ أُ‍ن‍‍ْزِلَ إِلَيْهِمْ خَاشِع‍‍ِ‍ي‍نَ لِلَّهِ لاَ يَشْتَر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ ثَمَنا‍ً قَلِيلاً أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ أَ‍ج‍‍ْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ إِ‍نّ‍‍َ ا‍للَّهَ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Yā 'Ayyuhā Al-Ladhīna 'Āmanū Aşbirū Wa Şābirū Wa Rābiţū Wa Attaqū Al-Laha La`allakum Tufliĥūna 003-200 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍صْبِرُوا‍ وَصَابِرُوا‍ وَرَابِطُو‍‍ا‍ وَا‍تَّقُو‍‍ا‍ ا‍للَّهَ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Next Sūrah