2) Sūrat Al-Baqarah

Printed format

surah &surah &2) سُورَة البَقَرَه

'Alif-Lām-Mīm 002-001 ا ل م (މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެމެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) أَلِف-لَام-مِيم
Dhālika Al-Kitābu Lā Rayba Fīhi Hudáan Lilmuttaqīna 002-002 މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ. ذَلِكَ ا‍لْكِت‍‍َ‍ا‍بُ لاَ رَيْبَ ف‍‍ِ‍ي‍هِ هُ‍‍دى‍ً لِلْمُتَّق‍‍ِ‍ي‍نَ
Al-Ladhīna Yu'uminūna Bil-Ghaybi Wa Yuqīmūna Aş-Şalāata Wa Mimmā Razaqnāhum Yunfiqūna 002-003 އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ يُؤْمِن‍‍ُ‍و‍نَ بِ‍‍ا‍لْغَيْبِ وَيُقِيم‍‍ُ‍و‍نَ ا‍لصَّلاَةَ وَمِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاهُمْ يُ‍‍ن‍فِق‍‍ُ‍و‍نَ
Wa Al-Ladhīna Yu'uminūna Bimā 'Unzila 'Ilayka Wa Mā 'Unzila Min Qablika Wa Bil-'Ākhirati Hum Yūqinūna 002-004 އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. وَالَّذ‍ِي‍نَ يُؤْمِن‍‍ُ‍و‍نَ بِمَ‍‍ا‍ أُ‍ن‍‍ْزِلَ إِلَيْكَ وَمَ‍‍ا‍ أُ‍ن‍‍ْزِلَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكَ وَبِالآخِرَةِ هُمْ يُوقِن‍‍ُ‍و‍نَ
'Ūlā'ika `Alá Hudáan Min Rabbihim Wa 'Ūlā'ika Humu Al-Mufliĥūna 002-005 އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ عَلَى هُ‍‍دى‍ً مِ‍‍ن‍ْ رَبِّهِمْ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُفْلِح‍‍ُ‍و‍نَ
'Inna Al-Ladhīna Kafarū Sawā'un `Alayhim 'A 'Andhartahum 'Am Lam Tundhirhum Lā Yu'uminūna 002-006 ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ سَو‍َا‍ءٌ عَلَيْهِمْ أَ أَن‍ذَرْتَهُمْ أَمْ لَمْ تُ‍‍ن‍ذِرْهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Khatama Al-Lahu `Alá Qulūbihim Wa `Alá Sam`ihim Wa `Alá 'Abşārihim Ghishāwatun Wa Lahum `Adhābun `Ažīmun 002-007 اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާعذاب ހުށްޓެވެ. خَتَمَ ا‍للَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَ‍ب‍‍ْصَا‍ر‍‍ِهِمْ غِشَاوَة‍‍‍ٌ وَلَهُمْ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Mina An-Nāsi Man Yaqūlu 'Āmannā Bil-Lahi Wa Bil-Yawmi Al-'Ākhiri Wa Mā Hum Bimu'uminīna 002-008 އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. وَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَ‍‍ن‍ْ يَق‍‍ُ‍و‍لُ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَبِالْيَوْمِ ا‍لآخِرِ وَمَا هُ‍‍م‍ْ بِمُؤْمِن‍‍ِ‍ي‍نَ
Yukhādi`ūna Al-Laha Wa Al-Ladhīna 'Āmanū Wa Mā Yakhda`ūna 'Illā 'Anfusahum Wa Mā Yash`urūna 002-009 (އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ. يُخَادِع‍‍ُ‍و‍نَ ا‍للَّهَ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَمَا يَخْدَع‍‍ُ‍و‍نَ إِلاّ أَن‍فُسَهُمْ وَمَا يَشْعُر‍ُو‍نَ
Fī Qulūbihim Marađun Fazādahumu Al-Lahu Marađāan Wa Lahum `Adhābun 'Alīmun Bimā Kānū Yakdhibūna 002-010 އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. فِي قُلُوبِهِ‍‍م‍ْ مَرَض‍‍‍ٌ فَزَادَهُمُ ا‍للَّهُ مَرَضا‍ً وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ بِمَا كَانُو‍‍ا‍ يَكْذِب‍‍ُ‍و‍نَ
Wa 'Idhā Qīla Lahum Lā Tufsidū Fī Al-'Arđi Qālū 'Innamā Naĥnu Muşliĥūna 002-011 އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُمْ لاَ تُفْسِدُوا‍ فِي ا‍لأَرْضِ قَالُ‍‍و‍‍ا‍ إِ‍نّ‍‍َمَا نَحْنُ مُصْلِح‍‍ُ‍و‍نَ
'Alā 'Innahum Humu Al-Mufsidūna Wa Lakin Lā Yash`urūna 002-012 ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. أَلاَ إِ‍نّ‍‍َهُمْ هُمُ ا‍لْمُفْسِد‍ُو‍نَ وَلَكِ‍‍ن‍ْ لاَ يَشْعُر‍ُو‍نَ
Wa 'Idhā Qīla Lahum 'Āminū Kamā 'Āmana An-Nāsu Qālū 'Anu'uminu Kamā 'Āmana As-Sufahā'u 'Alā 'Innahum Humu As-Sufahā'u Wa Lakin Lā Ya`lamūna 002-013 އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން إيمان ވި ފަދައިންއަހަރެމެން إيمان ވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. وَإِذَا ق‍‍ِ‍ي‍لَ لَهُمْ آمِنُو‍‍ا‍ كَمَ‍‍ا آمَنَ ا‍ل‍‍ن‍ّ‍‍َ‍ا‍سُ قَالُ‍‍و‍‍ا‍ أَنُؤْمِنُ كَمَ‍‍ا آمَنَ ا‍لسُّفَه‍‍َ‍ا‍ءُ أَلاَ إِ‍نّ‍‍َهُمْ هُمُ ا‍لسُّفَه‍‍َ‍ا‍ءُ وَلَكِ‍‍ن‍ْ لاَ يَعْلَم‍‍ُ‍و‍نَ
Wa 'Idhā Laqū Al-Ladhīna 'Āmanū Qālū 'Āmannā Wa 'Idhā Khalaw 'Ilá Shayāţīnihim Qālū 'Innā Ma`akum 'Innamā Naĥnu Mustahzi'ūna 002-014 އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ. وَإِذَا لَقُو‍‍ا‍ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا مَعَكُمْ إِ‍نّ‍‍َمَا نَحْنُ مُسْتَهْزِئ‍‍ُ‍و‍نَ
Al-Lahu Yastahzi'u Bihim Wa Yamudduhum Fī Ţughyānihim Ya`mahūna 002-015 اللَّه، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ. ا‍للَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَه‍‍ُ‍و‍نَ
'Ūlā'ika Al-Ladhīna Ashtaraw Ađ-Đalālata Bil-Hudá Famā Rabiĥat Tijāratuhum Wa Mā Kānū Muhtadīna 002-016 އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ ا‍شْتَرَوُا ا‍لضَّلاَلَةَ بِ‍‍ا‍لْهُدَى فَمَا رَبِحَ‍‍ت‍ْ تِجَارَتُهُمْ وَمَا كَانُو‍‍ا‍ مُهْتَد‍ِي‍نَ
Mathaluhum Kamathali Al-Ladhī Astawqada Nārāan Falammā 'Ađā'at Mā Ĥawlahu Dhahaba Al-Lahu Binūrihim Wa Tarakahum Fī Žulumātin Lā Yubşirūna 002-017 އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ. مَثَلُهُمْ كَمَثَلِ ا‍لَّذِي ا‍سْتَوْقَدَ نَارا‍ً فَلَ‍‍م‍ّ‍‍َ‍‍ا‍ أَض‍‍َ‍ا‍ءَتْ مَا حَوْلَهُ ذَهَبَ ا‍للَّهُ بِنُو‍ر‍‍ِهِمْ وَتَرَكَهُمْ فِي ظُلُم‍‍َ‍ا‍ت‍‍‍ٍ لاَ يُ‍‍ب‍‍ْصِر‍ُو‍نَ
Şummun Bukmun `Umyun Fahum Lā Yarji`ūna 002-018 (އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (حق ގެ މަގަކަށް) رجوع އެއް ނުވާނެތެވެ. صُ‍‍م‍ّ‍‍‍ٌ بُكْمٌ عُمْي‍‍‍ٌ فَهُمْ لاَ يَرْجِع‍‍ُ‍و‍نَ
'Aw Kaşayyibin Mina As-Samā'i Fīhi Žulumātun Wa Ra`dun Wa Barqun Yaj`alūna 'Aşābi`ahum Fī 'Ādhānihim Mina Aş-Şawā`iqi Ĥadhara Al-Mawti Wa Allāhu Muĥīţun Bil-Kāfirīna 002-019 ނުވަތަ އެއުރެންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ. اللَّه އީ، އެ كافر ންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. أَوْ كَصَيِّب‍‍‍ٍ مِنَ ا‍لسَّم‍‍َ‍ا‍ءِ ف‍‍ِ‍ي‍هِ ظُلُم‍‍َ‍ا‍ت‍‍‍ٌ وَرَعْد‍ٌ وَبَرْق‍‍‍ٌ يَ‍‍ج‍‍ْعَل‍‍ُ‍و‍نَ أَصَابِعَهُمْ فِ‍‍ي آذَانِهِ‍‍م‍ْ مِنَ ا‍لصَّوَاعِقِ حَذَرَ ا‍لْمَوْتِ وَا‍للَّهُ مُح‍‍ِ‍ي‍ط‍‍‍ٌ بِ‍‍ا‍لْكَافِ‍‍ر‍‍ِي‍نَ
Yakādu Al-Barqu Yakhţafu 'Abşārahum Kullamā 'Ađā'a Lahum Mashaw Fīhi Wa 'Idhā 'Ažlama `Alayhim Qāmū Wa Law Shā'a Al-Lahu Ladhahaba Bisam`ihim Wa 'Abşārihim 'Inna Al-Laha `Alá Kulli Shay'in Qadīrun 002-020 އެ ވިދުން، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ. އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ. އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ، ހުއްޓުންއަރާފައި ތިބެތެވެ. اللَّهއިރާދަކުރައްވައިފިނަމަ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. يَك‍‍َ‍ا‍دُ ا‍لْبَرْقُ يَخْطَفُ أَ‍ب‍‍ْصَارَهُمْ كُلَّمَ‍‍ا‍ أَض‍‍َ‍ا‍ءَ لَهُ‍‍م‍ْ مَشَوْا ف‍‍ِ‍ي‍هِ وَإِذَا أَظْلَمَ عَلَيْهِمْ قَامُو‍‍ا‍ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ لَذَهَبَ بِسَمْعِهِمْ وَأَ‍ب‍‍ْصَا‍ر‍‍ِهِمْ إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Yā 'Ayyuhā An-Nāsu A`budū Rabbakumu Al-Ladhī Khalaqakum Wa Al-Ladhīna Min Qablikum La`allakum Tattaqūna 002-021 އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ ا‍عْبُدُوا‍ رَبَّكُمُ ا‍لَّذِي خَلَقَكُمْ وَا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
Al-Ladhī Ja`ala Lakumu Al-'Arđa Firāshāan Wa As-Samā'a Binā'an Wa 'Anzala Mina As-Samā'i Mā'an Fa'akhraja Bihi Mina Ath-Thamarāti Rizqāan Lakum Falā Taj`alū Lillahi 'Andādāan Wa 'Antum Ta`lamūna 002-022 އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ! ا‍لَّذِي جَعَلَ لَكُمُ ا‍لأَرْضَ فِرَاشا‍ً وَا‍لسَّم‍‍َ‍ا‍ءَ بِن‍‍َ‍ا‍ء‍ً وَأَ‍ن‍‍ْزَلَ مِنَ ا‍لسَّم‍‍َ‍ا‍ءِ م‍‍َ‍ا‍ء‍ً فَأَخْرَجَ بِهِ مِنَ ا‍لثَّمَر‍َا‍تِ ‍ر‍‍ِزْقا‍ً لَكُمْ فَلاَ تَ‍‍ج‍‍ْعَلُو‍‍ا‍ لِلَّهِ أَن‍دَادا‍ً وَأَ‍ن‍‍ْتُمْ تَعْلَم‍‍ُ‍و‍نَ
Wa 'In Kuntum Fī Raybin Mimmā Nazzalnā `Alá `Abdinā Fa'tū Bisūratin Min Mithlihi Wa AdShuhadā'akum Min Dūni Al-Lahi 'In Kuntum Şādiqīna 002-023 ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަންގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ! وَإِ‍ن‍ْ كُ‍‍ن‍تُمْ فِي رَيْب‍‍‍ٍ مِ‍‍م‍ّ‍‍َا نَزَّلْنَا عَلَى عَ‍‍ب‍‍ْدِنَا فَأْتُو‍‍ا‍ بِسُورَة‍‍‍ٍ مِ‍‍ن‍ْ مِثْلِهِ وَا‍د‍‍ْعُو‍‍ا‍ شُهَد‍َا‍ءَكُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Fa'in Lam Taf`alū Wa Lan Taf`alū Fa Attaqū An-Nāra Allatī Waqūduhā An-Nāsu Wa Al-Ĥijāratu 'U`iddat Lilkāfirīna 002-024 ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ. فَإِ‍ن‍ْ لَمْ تَفْعَلُو‍‍ا‍ وَلَ‍‍ن‍ْ تَفْعَلُو‍‍ا‍ فَاتَّقُو‍‍ا‍ ا‍ل‍‍ن‍ّ‍‍َ‍ا‍رَ ا‍لَّتِي وَقُودُهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ وَا‍لْحِجَارَةُ أُعِدَّتْ لِلْكَافِ‍‍ر‍‍ِي‍نَ
Wa Bashshiri Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti 'Anna Lahum Jannātin Tajrī Min Taĥtihā Al-'Anhāru Kullamā Ruziqū Minhā Min Thamaratin Rizqāan Qālū Hādhā Al-Ladhī Ruziqnā Min Qablu Wa 'Utū Bihi Mutashābihāan Wa Lahum Fīhā 'Azwājun Muţahharatun Wa Hum Fīhā Khālidūna 002-025 އަދި إيمان ވެ صالح عمل ތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ حال ގައެވެ. އަދި އެ ސުވަރުގެ ތަކުގައިއެއުރެންނަށްޓަކައި طاهر ވެގެންވާ އަނބިން ފިރިންތަކެއް ވެއެވެ. އަދި އެއުރެންނީ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ. وَبَشِّرِ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ أَ‍نّ‍‍َ لَهُمْ جَ‍‍ن‍ّ‍‍َ‍ا‍ت‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ كُلَّمَا رُزِقُو‍‍ا‍ مِنْهَا مِ‍‍ن‍ْ ثَمَرَة‍‍‍ٍر‍‍ِزْقا‍ً قَالُو‍‍ا‍ هَذَا ا‍لَّذِي رُزِ‍ق‍‍ْنَا مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَأُتُو‍‍ا‍ بِهِ مُتَشَابِها‍ً وَلَهُمْ فِيهَ‍‍ا‍ أَزْو‍َا‍ج‍‍‍ٌ مُطَهَّرَة‍‍‍ٌ وَهُمْ فِيهَا خَالِد‍ُو‍نَ
'Inna Al-Laha Lā Yastaĥyī 'An Yađriba Mathalāan Mā Ba`ūđatan Famā Fawqahā Fa'ammā Al-Ladhīna 'Āmanū Faya`lamūna 'Annahu Al-Ĥaqqu Min Rabbihim Wa 'Ammā Al-Ladhīna Kafarū Fayaqūlūna Mādhā 'Arāda Al-Lahu Bihadhā Mathalāan Yuđillu Bihi Kathīrāan Wa Yahdī Bihi Kathīrāan Wa Mā Yuđillu Bihi 'Illā Al-Fāsiqīna 002-026 ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިިވެވޮޑިގެނެއް ނުވެތެވެ. ފަހެ، إيمان ވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި كافر ވި މީހުން ބުނެތެވެ. ތިޔަ މިސާލުން، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. فاسق ން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ. إِ‍نّ‍‍َ ا‍للَّهَ لاَ يَسْتَحْيِ‍‍ي‍ أَ‍ن‍ْ يَضْ‍‍ر‍‍ِبَ مَثَلا‍ً مَا بَعُوضَة‍‍‍ً فَمَا فَوْقَهَا فَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ فَيَعْلَم‍‍ُ‍و‍نَ أَ‍نّ‍‍َهُ ا‍لْحَقُّ مِ‍‍ن‍ْ رَبِّهِمْ وَأَ‍مّ‍‍َا ا‍لَّذ‍ِي‍نَ كَفَرُوا‍ فَيَقُول‍‍ُ‍و‍نَ مَاذَا أَر‍َا‍دَ ا‍للَّهُ بِهَذَا مَثَلا‍ً يُضِلُّ بِهِ كَثِيرا‍ً وَيَهْدِي بِهِ كَثِيرا‍ً وَمَا يُضِلُّ بِهِ إِلاَّ ا‍لْفَاسِق‍‍ِ‍ي‍نَ
Al-Ladhīna Yanquđūna `Ahda Al-Lahi Min Ba`di Mīthāqihi Wa Yaqţa`ūna Mā 'Amara Al-Lahu Bihi 'An Yūşala Wa Yufsidūna Fī Al-'Arđi 'Ūlā'ika Humu Al-Khāsirūna 002-027 އެއުރެންނީ، اللَّه އަށް عهد ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ عهد އުވައިލާ މީހުންނެވެ. އަދި އެއުރެންނީ، ގުޅުވައި ދެމެހެއްޓުމަށް اللَّه أمر ކުރެއްވި ކަންތައްތައް ކަނޑާލައި، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ. ا‍لَّذ‍ِي‍نَ يَ‍‍ن‍قُض‍‍ُ‍و‍نَ عَهْدَ ا‍للَّهِ مِ‍‍ن‍ْ بَعْدِ مِيثَاقِهِ وَيَ‍‍ق‍‍ْطَع‍‍ُ‍و‍نَ مَ‍‍ا‍ أَمَرَ ا‍للَّهُ بِهِ أَ‍ن‍ْ يُوصَلَ وَيُفْسِد‍ُو‍نَ فِي ا‍لأَرْضِ أ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْخَاسِر‍ُو‍نَ
Kayfa Takfurūna Bil-Lahi Wa Kuntum 'Amwātāan Fa'aĥyākum Thumma Yumītukum Thumma Yuĥyīkum Thumma 'Ilayhi Turja`ūna 002-028 ތިޔަބައިމީހުން اللَّه އަށް كافر ވެގަންނަނީ،ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (أجل ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (قيامة ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނެތެވެ. كَيْفَ تَكْفُر‍ُو‍نَ بِ‍‍ا‍للَّهِ وَكُ‍‍ن‍تُمْ أَمْوَاتا‍ً فَأَحْيَاكُمْ ثُ‍‍م‍ّ‍‍َ يُمِيتُكُمْ ثُ‍‍م‍ّ‍‍َ يُحْيِيكُمْ ثُ‍‍م‍ّ‍‍َ إِلَيْهِ تُرْجَع‍‍ُ‍و‍نَ
Huwa Al-Ladhī Khalaqa Lakum Mā Fī Al-'Arđi Jamī`āan Thumma Astawá 'Ilá As-Samā'i Fasawwāhunna Sab`a Samāwātin Wa Huwa Bikulli Shay'in `Alīmun 002-029 އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. هُوَ ا‍لَّذِي خَلَقَ لَكُ‍‍م‍ْ مَا فِي ا‍لأَرْضِ جَمِيعا‍ً ثُ‍‍م‍ّ‍‍َ ا‍سْتَوَى إِلَى ا‍لسَّم‍‍َ‍ا‍ءِ فَسَوَّاهُ‍‍ن‍ّ‍‍َ سَ‍‍ب‍‍ْعَ سَمَاو‍َا‍ت‍‍‍ٍ وَهُوَ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Wa 'Idh Qāla Rabbuka Lilmalā'ikati 'Innī Jā`ilun Al-'Arđi Khalīfatan Qālū 'Ataj`alu Fīhā Man Yufsidu Fīhā Wa Yasfiku Ad-Dimā'a Wa Naĥnu Nusabbiĥu Biĥamdika Wa Nuqaddisu Laka Qāla 'Innī 'A`lamu Mā Lā Ta`lamūna 002-030 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ.ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. وَإِذْ ق‍‍َ‍ا‍لَ رَبُّكَ لِلْمَلاَئِكَةِ إِ‍نّ‍‍ِي جَاعِل‍‍‍ٌ فِي ا‍لأَرْضِ خَلِيفَة‍‍‍ً قَالُ‍‍و‍‍ا‍ أَتَ‍‍ج‍‍ْعَلُ فِيهَا مَ‍‍ن‍ْ يُفْسِدُ فِيهَا وَيَسْفِكُ ا‍لدِّم‍‍َ‍ا‍ءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ق‍‍َ‍ا‍لَ إِ‍نّ‍‍ِ‍‍ي‍ أَعْلَمُ مَا لاَ تَعْلَم‍‍ُ‍و‍نَ
Wa `Allama 'Ādama Al-'Asmā'a Kullahā Thumma `Arađahum `Alá Al-Malā'ikati Faqāla 'Anbi'ūnī Bi'asmā'i Hā'uulā' 'In Kuntum Şādiqīna 002-031 އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ! وَعَلَّمَ آدَمَ ا‍لأَسْم‍‍َ‍ا‍ءَ كُلَّهَا ثُ‍‍م‍ّ‍‍َ عَرَضَهُمْ عَلَى ا‍لْمَلاَئِكَةِ فَق‍‍َ‍ا‍لَ أَ‍ن‍‍ْبِئ‍‍ُ‍ونِي بِأَسْم‍‍َ‍ا‍ءِ ه‍‍َ‍ا‍ؤُلاَء إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Qālū Subĥānaka Lā `Ilma Lanā 'Illā Mā `Allamtanā 'Innaka 'Anta Al-`Alīmu Al-Ĥakīmu 002-032 އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ. قَالُو‍‍ا‍ سُ‍‍ب‍‍ْحَانَكَ لاَ عِلْمَ لَنَ‍‍ا إِلاَّ مَا عَلَّمْتَنَ‍‍ا إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لْعَل‍‍ِ‍ي‍مُ ا‍لْحَك‍‍ِ‍ي‍مُ
Qāla Yā 'Ādamu 'Anbi'hum Bi'asmā'ihim Falammā 'Anba'ahum Bi'asmā'ihim Qāla 'Alam 'Aqul Lakum 'Innī 'A`lamu Ghayba As-Samāwāti Wa Al-'Arđi Wa 'A`lamu Mā Tubdūna Wa Mā Kuntum Taktumūna 002-033 އެކަލާނގެ وحى ކުރެއްވިއެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު، އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيبދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ؟ ق‍َا‍لَ يَ‍‍ا آدَمُ أَ‍ن‍‍ْبِئْهُ‍‍م‍ْ بِأَسْم‍‍َ‍ا‍ئِهِمْ فَلَ‍‍م‍ّ‍‍َ‍‍ا‍ أَ‍ن‍‍ْبَأَهُ‍‍م‍ْ بِأَسْم‍‍َ‍ا‍ئِهِمْ ق‍‍َ‍ا‍لَ أَلَمْ أَقُ‍‍ل‍ْ لَكُمْ إِ‍نّ‍‍ِ‍‍ي‍ أَعْلَمُ غَيْبَ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَأَعْلَمُ مَا تُ‍‍ب‍‍ْد‍ُو‍نَ وَمَا كُ‍‍ن‍تُمْ تَكْتُم‍‍ُ‍و‍نَ
Wa 'Idh Qulnā Lilmalā'ikati Asjudū Li'dama Fasajadū 'Illā 'Iblīsa 'Abá Wa Astakbara Wa Kāna Mina Al-Kāfirīna 002-034 އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبر ވެރިވީއެވެ. އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ. وَإِذْ قُلْنَا لِلْمَلاَئِكَةِ ا‍سْجُدُوا‍ لِأدَمَ فَسَجَدُو‍ا‍ إِلاَّ إِ‍ب‍‍ْل‍‍ِ‍ي‍سَ أَبَى وَا‍سْتَكْبَرَ وَك‍‍َ‍ا‍نَ مِنَ ا‍لْكَافِ‍‍ر‍‍ِي‍نَ
Wa Qulnā Yā 'Ādamu Askun 'Anta Wa Zawjuka Al-Jannata Wa Kulā Minhā Raghadāan Ĥaythu Shi'tumā Wa Lā Taqrabā Hadhihi Ash-Shajarata Fatakūnā Mina Až-Žālimīna 002-035 އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ! އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ! އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަ ދެކަނބަލުންވާހުށީ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ. وَقُلْنَا يَ‍‍ا آدَمُ ا‍سْكُنْ أَ‍ن‍‍ْتَ وَزَوْجُكَ ا‍لْجَ‍‍ن‍ّ‍‍َةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَ‍‍ق‍‍ْرَبَا هَذِهِ ا‍لشَّجَرَةَ فَتَكُونَا مِنَ ا‍لظَّالِم‍‍ِ‍ي‍نَ
Fa'azallahumā Ash-Shayţānu `Anhā Fa'akhrajahumā Mimmā Kānā Fīhi Wa Qulnā Ahbiţū Ba`đukum Liba`đin `Adūwun Wa Lakum Al-'Arđi Mustaqarrun Wa Matā`un 'Ilá Ĥīnin 002-036 ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދިތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. فَأَزَلَّهُمَا ا‍لشَّيْط‍‍َ‍ا‍نُ عَنْهَا فَأَخْرَجَهُمَا مِ‍‍م‍ّ‍‍َا كَانَا ف‍‍ِ‍ي‍هِ وَقُلْنَا ا‍هْبِطُو‍‍ا‍ بَعْضُكُمْ لِبَعْضٍ عَدُوّ‍ٌ وَلَكُمْ فِي ا‍لأَرْضِ مُسْتَقَرّ‍ٌ وَمَت‍‍َ‍ا‍ع‍‍‍ٌ إِلَى ح‍‍ِ‍ي‍ن‍‍‍ٍ
Fatalaqqá 'Ādamu Min Rabbihi Kalimātin Fatāba `Alayhi 'Innahu Huwa At-Tawwābu Ar-Raĥīmu 002-037 ފަހެ، آدم ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި (އެ كلمة ފުޅުތައް ވިދާޅުވެ، توبة ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. فَتَلَقَّى آدَمُ مِ‍‍ن‍ْ رَبِّهِ كَلِم‍‍َ‍ا‍ت‍‍‍ٍ فَت‍‍َ‍ا‍بَ عَلَيْهِ إِ‍نّ‍‍َهُ هُوَ ا‍لتَّوّ‍َا‍بُ ا‍لرَّح‍‍ِ‍ي‍مُ
Qulnā Ahbiţū Minhā Jamī`āan Fa'immā Ya'tiyannakum Minnī Hudáan Faman Tabi`a Hudāya Falā Khawfun `Alayhim Wa Lā Hum Yaĥzanūna 002-038 ތިމަންރަސްކަލާނގެ (آدم ގެފާނުގެ ދެކަނބަލުންނާއި إبليس އަށް) وحى ކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންރަސްކަލާނގެ حضرة ން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަންރަސްކަލާނގެ ތެދުމަގާ تبع ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. قُلْنَا ا‍هْبِطُو‍‍ا‍ مِنْهَا جَمِيعا‍ً فَإِ‍مّ‍‍َا يَأْتِيَ‍‍ن‍ّ‍‍َكُ‍‍م‍ْ مِ‍‍ن‍ّ‍‍ِي هُ‍‍دى‍ً فَمَ‍‍ن‍ْ تَبِعَ هُد‍َا‍يَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Wa Al-Ladhīna Kafarū Wa Kadhdhabū Bi'āyātinā 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 002-039 އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ. وَالَّذ‍ِي‍نَ كَفَرُوا‍ وَكَذَّبُو‍‍ا‍ بِآيَاتِنَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Yā Banī 'Isrā'īla Adhkurū Ni`matiya Allatī 'An`amtu `Alaykum Wa 'Awfū Bi`ahdī 'Ūfi Bi`ahdikum Wa 'Īyāya Fārhabūni 002-040 އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! يَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍ذْكُرُوا‍ نِعْمَتِيَ ا‍لَّتِ‍‍ي‍ أَنْعَمْتُ عَلَيْكُمْ وَأَوْفُو‍‍ا‍ بِعَهْدِي أ‍ُو‍فِ بِعَهْدِكُمْ وَإِيّ‍‍َ‍ا‍يَ فَارْهَب‍‍ُ‍و‍نِ
Wa 'Āminū Bimā 'Anzaltu Muşaddiqāan Limā Ma`akum Wa Lā Takūnū 'Awwala Kāfirin Bihi Wa Lā Tashtarū Bi'āyātī Thamanāan Qalīlāan Wa 'Īyāya Fa Attaqūni 002-041 އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: توراة) ތެދުކުރަނިވި ގޮތުގައިވާ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! އަދި އެފޮތަށް އެންމެ ފުރަތަމައިން كافر ވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ حرام ކުރެއްވި ކަންތައްތައްފަދައެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! وَآمِنُو‍‍ا‍ بِمَ‍‍ا‍ أَن‍زَلْتُ مُصَدِّقا‍ً لِمَا مَعَكُمْ وَلاَ تَكُونُ‍‍و‍‍ا‍ أَوَّلَ كَافِر‍ٍ بِهِ وَلاَ تَشْتَرُوا‍ بِآيَاتِي ثَمَنا‍ً قَلِيلا‍ً وَإِيّ‍‍َ‍ا‍يَ فَاتَّق‍‍ُ‍و‍نِ
Wa Lā Talbisū Al-Ĥaqqa Bil-Bāţili Wa Taktumū Al-Ĥaqqa Wa 'Antum Ta`lamūna 002-042 އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ! وَلاَ تَلْبِسُو‍‍ا‍ ا‍لْحَقَّ بِ‍‍ا‍لْبَاطِلِ وَتَكْتُمُو‍‍ا‍ ا‍لْحَقَّ وَأَ‍ن‍‍ْتُمْ تَعْلَم‍‍ُ‍و‍نَ
Wa 'Aqīmū Aş-Şalāata Wa 'Ā Az-Zakāata Wa Arka`ū Ma`a Ar-Rāki`īna 002-043 އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ! وَأَقِيمُو‍‍ا‍ ا‍لصَّلاَةَ وَآتُو‍‍ا‍ ا‍لزَّك‍‍َ‍ا‍ةَ وَا‍رْكَعُو‍‍ا‍ مَعَ ا‍لرَّاكِع‍‍ِ‍ي‍نَ
'Ata'murūna An-Nāsa Bil-Birri Wa Tansawna 'Anfusakum Wa 'Antum Tatlūna Al-Kitāba 'Afalā Ta`qilūna 002-044 ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ أَتَأْمُر‍ُو‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ بِ‍‍ا‍لْبِرِّ وَتَ‍‍ن‍سَوْنَ أَن‍فُسَكُمْ وَأَ‍ن‍‍ْتُمْ تَتْل‍‍ُ‍و‍نَ ا‍لْكِت‍‍َ‍ا‍بَ أَفَلاَ تَعْقِل‍‍ُ‍و‍نَ
Wa Asta`īnū Biş-Şabri Wa Aş-Şalāati Wa 'Innahā Lakabīratun 'Illā `Alá Al-Khāshi`īna 002-045 އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) وَاسْتَعِينُو‍‍ا‍ بِ‍‍ا‍لصَّ‍‍ب‍‍ْ‍‍ر‍ِ وَا‍لصَّلاَةِ وَإِ‍نّ‍‍َهَا لَكَبِيرَة‍‍‍ٌ إِلاَّ عَلَى ا‍لْخَاشِع‍‍ِ‍ي‍نَ
Al-Ladhīna Yažunnūna 'Annahum Mulāqū Rabbihim Wa 'Annahum 'Ilayhi Rāji`ūna 002-046 އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ. ا‍لَّذ‍ِي‍نَ يَظُ‍‍ن‍ّ‍‍ُ‍و‍نَ أَ‍نّ‍‍َهُ‍‍م‍ْ مُلاَقُو رَبِّهِمْ وَأَ‍نّ‍‍َهُمْ إِلَيْهِ رَاجِع‍‍ُ‍و‍نَ
Yā Banī 'Isrā'īla Adhkurū Ni`matiya Allatī 'An`amtu `Alaykum Wa 'Annī Fađđaltukum `Alá Al-`Ālamīna 002-047 އޭ إسـرآءيـلގެދަރިންނެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ! يَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍ذْكُرُوا‍ نِعْمَتِيَ ا‍لَّتِ‍‍ي‍ أَنْعَمْتُ عَلَيْكُمْ وَأَ‍نّ‍‍ِي فَضَّلْتُكُمْ عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Wa Attaqū Yawmāan Lā Tajzī Nafsun `An Nafsin Shay'āan Wa Lā Yuqbalu Minhā Shafā`atun Wa Lā Yu'ukhadhu Minhā `Adlun Wa Lā Hum Yunşarūna 002-048 އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ! وَاتَّقُو‍‍ا‍ يَوْما‍ً لاَ تَ‍‍ج‍‍ْزِي نَفْسٌ عَ‍‍ن‍ْ نَفْس‍‍‍ٍ شَيْئا‍ً وَلاَ يُ‍‍ق‍‍ْبَلُ مِنْهَا شَفَاعَة‍‍‍ٌ وَلاَ يُؤْخَذُ مِنْهَا عَ‍‍د‍‍ْل‍‍‍ٌ وَلاَ هُمْ يُ‍‍ن‍صَر‍ُو‍نَ
Wa 'Idh Najjaynākum Min 'Āli Fir`awna Yasūmūnakum Sū'a Al-`Adhābi Yudhabbiĥūna 'Abnā'akum Wa Yastaĥyūna Nisā'akum Wa Fī Dhālikum Balā'un Min Rabbikum `Ažīmun 002-049 އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ. وَإِذْ نَجَّيْنَاكُ‍‍م‍ْ مِ‍‍ن‍ْ آلِ فِرْعَوْنَ يَسُومُونَكُمْ س‍‍ُ‍و‍ءَ ا‍لْعَذ‍َا‍بِ يُذَبِّح‍‍ُ‍و‍نَ أَ‍ب‍‍ْن‍‍َ‍ا‍ءَكُمْ وَيَسْتَحْي‍‍ُ‍و‍نَ نِس‍‍َ‍ا‍ءَكُمْ وَفِي ذَلِكُ‍‍م‍ْ بَلاَء‍ٌ مِ‍‍ن‍ْ رَبِّكُمْ عَظ‍‍ِ‍ي‍م‍‍‍ٌ
Wa 'Idh Faraqnā Bikumu Al-Baĥra Fa'anjaynākum Wa 'Aghraqnā 'Āla Fir`awna Wa 'Antum Tanžurūna 002-050 އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ!ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ. وَإِذْ فَرَ‍ق‍‍ْنَا بِكُمُ ا‍لْبَحْرَ فَأَ‍ن‍‍ْجَيْنَاكُمْ وَأَغْرَ‍ق‍‍ْنَ‍‍ا آلَ فِرْعَوْنَ وَأَ‍ن‍‍ْتُمْ تَ‍‍ن‍ظُر‍ُو‍نَ
Wa 'Idh Wā`adnā Mūsá 'Arba`īna Laylatan Thumma Attakhadhtumu Al-`Ijla Min Ba`dihi Wa 'Antum Žālimūna 002-051 އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ. وَإِذْ وَا‍عَ‍‍د‍‍ْنَا مُوسَى أَرْبَع‍‍ِ‍ي‍نَ لَيْلَة‍‍‍ً ثُ‍‍م‍ّ‍‍َ ا‍تَّخَذْتُمُ ا‍لْعِ‍‍ج‍‍ْلَ مِ‍‍ن‍ْ بَعْدِهِ وَأَ‍ن‍‍ْتُمْ ظَالِم‍‍ُ‍و‍نَ
Thumma `Afawnā `Ankum Min Ba`di Dhālika La`allakum Tashkurūna 002-052 ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ. ثُ‍‍م‍ّ‍‍َ عَفَوْنَا عَ‍‍ن‍‍ْكُ‍‍م‍ْ مِ‍‍ن‍ْ بَعْدِ ذَلِكَ لَعَلَّكُمْ تَشْكُر‍ُو‍نَ
Wa 'Idh 'Ātaynā Mūsá Al-Kitāba Wa Al-Furqāna La`allakum Tahtadūna 002-053 އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ. وَإِذْ آتَيْنَا مُوسَى ا‍لْكِت‍‍َ‍ا‍بَ وَا‍لْفُرْق‍‍َ‍ا‍نَ لَعَلَّكُمْ تَهْتَد‍ُو‍نَ
Wa 'Idh Qāla Mūsá Liqawmihi Yā Qawmi 'Innakum Žalamtum 'Anfusakum Biāttikhādhikumu Al-`Ijla Fatūbū 'Ilá Bāri'ikumqtulū 'Anfusakum Dhālikum Khayrun Lakum `Inda Bāri'ikum Fatāba `Alaykum 'Innahu Huwa At-Tawwābu Ar-Raĥīmu 002-054 އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ.ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް توبة ވާށެވެ! އަދި ތިޔަބައިމީހުންގެ نفس ތައް قتل ކުރާށެވެ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ حضرة ގައި، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. وَإِذْ ق‍‍َ‍ا‍لَ مُوسَى لِقَوْمِهِ يَا قَوْمِ إِ‍نّ‍‍َكُمْ ظَلَمْتُمْ أَن‍فُسَكُ‍‍م‍ْ بِ‍ا‍تِّخَاذِكُمُ ا‍لْعِ‍‍ج‍‍ْلَ فَتُوبُ‍‍و‍‍ا‍ إِلَى بَا‍ر‍‍ِئِكُمْ فَا‍ق‍‍ْتُلُ‍‍و‍‍ا‍ أَن‍فُسَكُمْ ذَلِكُمْ خَيْر‍ٌ لَكُمْ عِ‍‍ن‍‍ْدَ بَا‍ر‍‍ِئِكُمْ فَت‍‍َ‍ا‍بَ عَلَيْكُمْ إِ‍نّ‍‍َهُ هُوَ ا‍لتَّوّ‍َا‍بُ ا‍لرَّح‍‍ِ‍ي‍مُ
Wa 'Idh Qultum Yā Mūsá Lan Nu'umina Laka Ĥattá Nará Al-Laha Jahratan Fa'akhadhatkumu Aş-Şā`iqatu Wa 'Antum Tanžurūna 002-055 އަދި އޭ موسى ގެފާނެވެ! ފާޅުގައި އަހަރެމެން اللَّه ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް إيمان އެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ. وَإِذْ قُلْتُمْ يَا مُوسَى لَ‍‍ن‍ْ نُؤْمِنَ لَكَ حَتَّى نَرَى ا‍للَّهَ جَهْرَة‍‍‍ً فَأَخَذَتْكُمُ ا‍لصَّاعِقَةُ وَأَ‍ن‍‍ْتُمْ تَ‍‍ن‍ظُر‍ُو‍نَ
Thumma Ba`athnākum Min Ba`di Mawtikum La`allakum Tashkurūna 002-056 ދެން ތިޔަބައިމީހުން މަރުވުމަށްފަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އަލުން ދިރުއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ. ثُ‍‍م‍ّ‍‍َ بَعَثْنَاكُ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُر‍ُو‍نَ
Wa Žallalnā `Alaykumu Al-Ghamāma Wa 'Anzalnā `Alaykumu Al-Manna Wa As-Salwá Kulū Min Ţayyibāti Mā Razaqnākum Wa Mā Žalamūnā Wa Lakin Kānū 'Anfusahum Yažlimūna 002-057 އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެއުރެން އެ نعمةއަށް كافر ވެ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެއުރެން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ. (ނޯޓު: منّ އަކީ ބައެއް مفسّر ން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާ ގޮތުގައި، އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ، ބާވަތެއްގެ ދޫންޏެކެވެ.) وَظَلَّلْنَا عَلَيْكُمُ ا‍لْغَم‍‍َ‍ا‍مَ وَأَن‍زَلْنَا عَلَيْكُمُ ا‍لْمَ‍‍ن‍ّ‍‍َ وَا‍لسَّلْوَى كُلُو‍‍ا‍ مِ‍‍ن‍ْ طَيِّب‍‍َ‍ا‍تِ مَا رَزَ‍ق‍‍ْنَاكُمْ وَمَا ظَلَمُونَا وَلَكِ‍‍ن‍ْ كَانُ‍‍و‍‍ا‍ أَن‍فُسَهُمْ يَظْلِم‍‍ُ‍و‍نَ
Wa 'Idh Qulnā Adkhulū Hadhihi Al-Qaryata Fakulū Minhā Ĥaythu Shi'tum Raghadāan Wa Adkhulū Al-Bāba Sujjadāan Wa Qūlū Ĥiţţatun Naghfir Lakum Khaţāyākum Wa Sanazīdu Al-Muĥsinīna 002-058 އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ. وَإِذْ قُلْنَا ا‍د‍‍ْخُلُو‍‍ا‍ هَذِهِ ا‍لْقَرْيَةَ فَكُلُو‍‍ا‍ مِنْهَا حَيْثُ شِئْتُمْ رَغَدا‍ً وَا‍د‍‍ْخُلُو‍‍ا‍ ا‍لْب‍‍َ‍ا‍بَ سُجَّدا‍ً وَقُولُو‍‍ا‍ حِطَّة‍‍‍ٌ نَغْفِرْ لَكُمْ خَطَايَاكُمْ وَسَنَز‍ِي‍دُ ا‍لْمُحْسِن‍‍ِ‍ي‍نَ
Fabaddala Al-Ladhīna Žalamū Qawlāan Ghayra Al-Ladhī Qīla Lahum Fa'anzalnā `Alá Al-Ladhīna Žalamū Rijzāan Mina As-Samā'i Bimā Kānū Yafsuqūna 002-059 ދެން (އޭގެތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެއުރެން فاسق ވި ކަމުގެ ސަބަބުން، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. فَبَدَّلَ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ قَوْلاً غَيْرَ ا‍لَّذِي ق‍‍ِ‍ي‍لَ لَهُمْ فَأَن‍زَلْنَا عَلَى ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ر‍‍ِ‍ج‍‍ْزا‍ً مِنَ ا‍لسَّم‍‍َ‍ا‍ءِ بِمَا كَانُو‍‍ا‍ يَفْسُق‍‍ُ‍و‍نَ
Wa 'Idh Astasqá Mūsá Liqawmihi Faqulnā Ađrib Bi`aşāka Al-Ĥajara Fānfajarat Minhu Athnatā `Ashrata `Aynāan Qad `Alima Kullu 'Unāsin Mashrabahum Kulū Wa Ashrabū Min Rizqi Al-Lahi Wa Lā Ta`thaw Fī Al-'Arđi Mufsidīna 002-060 موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، (އެހިނދު موسى ގެފާނަށް) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! وَإِذْ ا‍سْتَسْقَى مُوسَى لِقَوْمِهِ فَقُلْنَا ا‍ضْ‍‍ر‍‍ِ‍ب‍ْ بِعَص‍‍َ‍ا‍كَ ا‍لْحَجَرَ فَان‍فَجَرَتْ مِنْهُ ا‍ثْنَتَا عَشْرَةَ عَيْنا‍ً قَ‍‍د‍ْ عَلِمَ كُلُّ أُن‍‍َ‍ا‍س‍‍‍ٍ مَشْرَبَهُمْ كُلُو‍‍ا‍ وَا‍شْرَبُو‍‍ا‍ مِ‍‍ن‍ْ ‍ر‍‍ِزْقِ ا‍للَّهِ وَلاَ تَعْثَوْا فِي ا‍لأَرْضِ مُفْسِد‍ِي‍نَ
Wa 'Idhi Qultum Yā Mūsá Lan Naşbira `Alá Ţa`āmin Wāĥidind`u Lanā Rabbaka Yukhrij Lanā Mimmā Tunbitu Al-'Arđu Min Baqlihā Wa Qiththā'ihā Wa Fūmihā Wa `Adasihā Wa Başalihā Qāla 'Atastabdilūna Al-Ladhī Huwa 'Adná Bial-Ladhī Huwa Khayrun Ahbiţū Mişrāan Fa'inna Lakum Mā Sa'altum Wa Đuribat `Alayhimu Adh-Dhillatu Wa Al-Maskanatu Wa Bā'ū Bighađabin Mina Al-Lahi Dhālika Bi'annahum Kānū Yakfurūna Bi'āyāti Al-Lahi Wa Yaqtulūna An-Nabīyīna Bighayri Al-Ĥaqqi Dhālika Bimā `Aşaw Wa Kānū Ya`tadūna 002-061 އަދި ތިޔަބައިމީހުން (މިފަދައިން) ދެންނެވިހިނދު، ހަނދުމަކުރާށެވެ! އޭ موسى ގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ. ފަހެ، ބިމުން ފަޅާގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، قثاّء (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟ (އެގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ. ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ. وَإِذِ قُلْتُمْ يَا مُوسَى لَ‍‍ن‍ْ نَصْبِ‍‍ر‍َ عَلَى طَع‍‍َ‍ا‍م‍‍‍ٍ وَا‍حِد‍ٍ فَا‍د‍‍ْعُ لَنَا رَبَّكَ يُخْ‍‍ر‍‍ِ‍ج‍ْ لَنَا مِ‍‍م‍ّ‍‍َا تُ‍‍ن‍‍ْبِتُ ا‍لأَرْضُ مِ‍‍ن‍ْ بَ‍‍ق‍‍ْلِهَا وَقِثّ‍‍َ‍ا‍ئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ق‍‍َ‍ا‍لَ أَتَسْتَ‍‍ب‍‍ْدِل‍‍ُ‍و‍نَ ا‍لَّذِي هُوَ أَ‍د‍‍ْنَى بِ‍‍ا‍لَّذِي هُوَ خَيْر‍ٌ ا‍هْبِطُو‍‍ا‍ مِصْرا‍ً فَإِ‍نّ‍‍َ لَكُ‍‍م‍ْ مَا سَأَلْتُمْ وَضُ‍‍ر‍‍ِبَتْ عَلَيْهِمُ ا‍لذِّلَّةُ وَا‍لْمَسْكَنَةُ وَب‍‍َ‍ا‍ء‍ُ‍وا بِغَضَب‍‍‍ٍ مِنَ ا‍للَّهِ ذَلِكَ بِأَ‍نّ‍‍َهُمْ كَانُو‍‍ا‍ يَكْفُر‍ُو‍نَ بِآي‍‍َ‍ا‍تِ ا‍للَّهِ وَيَ‍‍ق‍‍ْتُل‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ بِغَيْ‍‍ر‍ِ ا‍لْحَقِّ ذَلِكَ بِمَا عَصَوْا وَكَانُو‍‍ا‍ يَعْتَد‍ُو‍نَ
'Inna Al-Ladhīna 'Āmanū Wa Al-Ladhīna Hādū Wa An-Naşārá Wa Aş-Şābi'īna Man 'Āmana Bil-Lahi Wa Al-Yawmi Al-'Ākhiri Wa `Amila Şāliĥāan Falahum 'Ajruhum `Inda Rabbihim Wa Lā Khawfun `Alayhim Wa Lā Hum Yaĥzanūna 002-062 ހަމަކަށަވަރުން إيمان ވެއްޖެ މީސްތަކުންނާއި، يهودى ން ކަމުގައިވި މީހުންނާއި، نصارى އިންނާއި، صابئ ންނާއި (މިއެންމެންގެ ތެރެއިންވެސް) اللَّه އަށާއި آخرة ދުވަހަށް إيمان ވެ، صالح عمل ކުޅަމީހުންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (ނޯޓު: صابئ ންނަކީ دين އެއްނެތް މީހުން ކަމަށާއި، ތަރިތަކަށާއި، ملائكة ންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ.) إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍لَّذ‍ِي‍نَ هَادُوا‍ وَا‍ل‍‍ن‍ّ‍‍َصَارَى وَا‍لصَّابِئ‍‍ِ‍ي‍نَ مَ‍‍ن‍ْ آمَنَ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ وَعَمِلَ صَالِحا‍ً فَلَهُمْ أَ‍ج‍‍ْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Wa 'Idh 'Akhadhnā Mīthāqakum Wa Rafa`nā Fawqakumu Aţūra Khudhū Mā 'Ātaynākum Biqūwatin Wa Adhkurū Mā Fīhi La`allakum Tattaqūna 002-063 ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، ތިޔަބައިމީހުންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި (އެބަހީ: ތިމަންރަސްކަލާނގެ ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ. وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ا‍لطّ‍‍ُ‍و‍رَ خُذُوا‍ مَ‍‍ا آتَيْنَاكُ‍‍م‍ْ بِقُوَّة‍‍‍ٍ وَا‍ذْكُرُوا‍ مَا ف‍‍ِ‍ي‍هِ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
Thumma Tawallaytum Min Ba`di Dhālika Falawlā Fađlu Al-Lahi `Alaykum Wa Raĥmatuhu Lakuntum Mina Al-Khāsirīna 002-064 ދެން އޭގެފަހުން ތިޔަބައިމީހުން (އެ عهد އަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ، اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންތިޔަބައިމީހުން ވީސްކަން ކަށަވަރެވެ. ثُ‍‍م‍ّ‍‍َ تَوَلَّيْتُ‍‍م‍ْ مِ‍‍ن‍ْ بَعْدِ ذَلِكَ فَلَوْلاَ فَضْلُ ا‍للَّهِ عَلَيْكُمْ وَرَحْمَتُهُ لَكُ‍‍ن‍تُ‍‍م‍ْ مِنَ ا‍لْخَاسِ‍‍ر‍‍ِي‍نَ
Wa Laqad `Alimtumu Al-Ladhīna A`tadaw Minkum As-Sabti Faqulnā Lahum Kūnū Qiradatan Khāsi'īna 002-065 އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ! وَلَقَ‍‍د‍ْ عَلِمْتُمُ ا‍لَّذ‍ِي‍نَ ا‍عْتَدَوْا مِ‍‍ن‍‍ْكُمْ فِي ا‍لسَّ‍‍ب‍‍ْتِ فَقُلْنَا لَهُمْ كُونُو‍‍ا‍ قِرَدَةً خَاسِئ‍‍ِ‍ي‍نَ
Faja`alnāhā Nakālāan Limā Bayna Yadayhā Wa Mā Khalfahā Wa Maw`ižatan Lilmuttaqīna 002-066 ފަހެ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ. فَجَعَلْنَاهَا نَكَالا‍ً لِمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَة‍‍‍ً لِلْمُتَّق‍‍ِ‍ي‍نَ
Wa 'Idh Qāla Mūsá Liqawmihi 'Inna Al-Laha Ya'murukum 'An Tadhbaĥū Baqaratan Qālū 'Atattakhidhunā Huzūan Qāla 'A`ūdhu Bil-Lahi 'An 'Akūna Mina Al-Jāhilīn 002-067 އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަންލިބިވަޑައިގަންނަވަމެވެ. وَإِذْ ق‍‍َ‍ا‍لَ مُوسَى لِقَوْمِهِ إِ‍نّ‍‍َ ا‍للَّهَ يَأْمُرُكُمْ أَ‍ن‍ْ تَذْبَحُو‍‍ا‍ بَقَرَة‍‍‍ً قَالُ‍‍و‍‍ا‍ أَتَتَّخِذُنَا هُز‍ُو‍ا‍ً ق‍‍َ‍ا‍لَ أَع‍‍ُ‍و‍ذُ بِ‍‍ا‍للَّهِ أَنْ أَك‍‍ُ‍و‍نَ مِنَ ا‍لْجَاهِلِي‍‍ن
Qālū Ad`u Lanā Rabbaka Yubayyin Lanā Mā Hiya Qāla 'Innahu Yaqūlu 'Innahā Baqaratun Lā Fāriđun Wa Lā Bikrun `Awānun Bayna Dhālika Fāf`alū Mā Tu'umarūna 002-068 އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ! قَالُو‍‍ا‍ ا‍د‍‍ْعُ لَنَا رَبَّكَ يُبَيِّ‍‍ن‍ْ لَنَا مَا هِيَ ق‍‍َ‍ا‍لَ إِ‍نّ‍‍َهُ يَق‍‍ُ‍و‍لُ إِ‍نّ‍‍َهَا بَقَرَة‍‍‍ٌ لاَ فَا‍ر‍‍ِض‍‍‍ٌ وَلاَ بِكْرٌ عَو‍َا‍ن‍‍‍ٌ بَيْنَ ذَلِكَ فَافْعَلُو‍‍ا‍ مَا تُؤْمَر‍ُو‍نَ
Qālū Ad`u Lanā Rabbaka Yubayyin Lanā Mā Lawnuhā Qāla 'Innahu Yaqūlu 'Innahā Baqaratun Şafrā'u Fāqi`un Lawnuhā Tasurru An-Nāžirīna 002-069 އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. قَالُو‍‍ا‍ ا‍د‍‍ْعُ لَنَا رَبَّكَ يُبَيِّ‍‍ن‍ْ لَنَا مَا لَوْنُهَا ق‍‍َ‍ا‍لَ إِ‍نّ‍‍َهُ يَق‍‍ُ‍و‍لُ إِ‍نّ‍‍َهَا بَقَرَة‍‍‍ٌ صَفْر‍َا‍ءُ فَاقِع‍‍‍ٌ لَوْنُهَا تَسُرُّ ا‍ل‍‍ن‍ّ‍‍َاظِ‍‍ر‍‍ِي‍نَ
Qālū Ad`u Lanā Rabbaka Yubayyin Lanā Mā Hiya 'Inna Al-Baqara Tashābaha `Alaynā Wa 'Innā 'In Shā'a Al-Lahu Lamuhtadūna 002-070 އެއުރެން ދެންނެވޫއެވެ. އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށްއޮޅިއްޖެއެވެ. اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ. قَالُو‍‍ا‍ ا‍د‍‍ْعُ لَنَا رَبَّكَ يُبَيِّ‍‍ن‍ْ لَنَا مَا هِيَ إِ‍نّ‍‍َ ا‍لْبَقَرَ تَشَابَهَ عَلَيْنَا وَإِ‍نّ‍‍َ‍‍ا إِ‍ن‍ْ ش‍‍َ‍ا‍ءَ ا‍للَّهُ لَمُهْتَد‍ُو‍نَ
Qāla 'Innahu Yaqūlu 'Innahā BaqaratunDhalūlun Tuthīru Al-'Arđa Wa Lā Tasqī Al-Ĥartha MusallamatunShiyata Fīhā Qālū Al-'Āna Ji'ta Bil-Ĥaqqi Fadhabaĥūhā Wa Mā Kādū Yaf`alūna 002-071 އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (عيب ތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ. ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ. ق‍َا‍لَ إِ‍نّ‍‍َهُ يَق‍‍ُ‍و‍لُ إِ‍نّ‍‍َهَا بَقَرَة‍‍‍ٌ لاَ ذَل‍‍ُ‍و‍ل‍‍‍ٌ تُث‍‍ِ‍ي‍‍ر‍ُ ا‍لأَرْضَ وَلاَ تَسْقِي ا‍لْحَرْثَ مُسَلَّمَة‍‍‍ٌ لاَ شِيَةَ فِيهَا قَالُو‍‍ا‍ ا‍لآنَ جِئْتَ بِ‍‍ا‍لْحَقِّ فَذَبَحُوهَا وَمَا كَادُوا‍ يَفْعَل‍‍ُ‍و‍نَ
Wa 'Idh Qataltum Nafsāan Fa Addāra'tum Fīhā Wa Allāhu Mukhrijun Mā Kuntum Taktumūna 002-072 ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް، اللَّه ހާމަކުރައްވައި، ނެރުއްވާހުށްޓެވެ. وَإِذْ قَتَلْتُمْ نَفْسا‍ً فَادَّارَأْتُمْ فِيهَا وَا‍للَّهُ مُخْ‍‍ر‍‍ِج‍‍‍ٌ مَا كُ‍‍ن‍تُمْ تَكْتُم‍‍ُ‍و‍نَ
Faqulnā Ađribūhu Biba`đihā Kadhālika Yuĥyī Al-Lahu Al-Mawtá Wa Yurīkum 'Āyātihi La`allakum Ta`qilūna 002-073 ދެން ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، اللَّه އަލުން ދިރުއްވަނީއެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ. فَقُلْنَا ا‍ضْ‍‍ر‍‍ِب‍‍ُ‍و‍هُ بِبَعْضِهَا كَذَلِكَ يُحْيِي ا‍للَّهُ ا‍لْمَوْتَى وَيُ‍‍ر‍‍ِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
Thumma Qasat Qulūbukum Min Ba`di Dhālika Fahiya Kālĥijārati 'Aw 'Ashaddu Qaswatan Wa 'Inna Mina Al-Ĥijārati Lamā Yatafajjaru Minhu Al-'Anhāru Wa 'Inna Minhā Lamā Yashshaqqaqu Fayakhruju Minhu Al-Mā'u Wa 'Inna Minhā Lamā Yahbiţu Min Khashyati Al-Lahi Wa Mā Al-Lahu Bighāfilin `Ammā Ta`malūna 002-074 ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، اللَّه އަށް ބިރުުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. ثُ‍‍م‍ّ‍‍َ قَسَتْ قُلُوبُكُ‍‍م‍ْ مِ‍‍ن‍ْ بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَة‍‍‍ً وَإِ‍نّ‍‍َ مِنَ ا‍لْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ا‍لأَنْه‍‍َ‍ا‍رُ وَإِ‍نّ‍‍َ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ا‍لْم‍‍َ‍ا‍ءُ وَإِ‍نّ‍‍َ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ا‍للَّهِ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
'Afataţma`ūna 'An Yu'uminū Lakum Wa Qad Kāna Farīqun Minhum Yasma`ūna Kalāma Al-Lahi Thumma Yuĥarrifūnahu Min Ba`di Mā `Aqalūhu Wa Hum Ya`lamūna 002-075 ފަހެ، ތިޔަބައިމީހުންނަށް (އެބަހީ: رسول އާ އާއި مؤمن ންގެ ގޮވާލުމަށް) އެއުރެން (އިޖާބަދީ) إيمان ވުމަށް، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ؟ اللَّه ގެ كلام ފުޅު އަހައި، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިންވާކަން ކަށަވަރެވެ. أَفَتَ‍‍ط‍‍ْمَع‍‍ُ‍و‍نَ أَ‍ن‍ْ يُؤْمِنُو‍‍ا‍ لَكُمْ وَقَ‍‍د‍ْ ك‍‍َ‍ا‍نَ فَ‍‍ر‍‍ِي‍ق‍‍‍ٌ مِنْهُمْ يَسْمَع‍‍ُ‍و‍نَ كَلاَمَ ا‍للَّهِ ثُ‍‍م‍ّ‍‍َ يُحَرِّفُونَهُ مِ‍‍ن‍ْ بَعْدِ مَا عَقَل‍‍ُ‍و‍هُ وَهُمْ يَعْلَم‍‍ُ‍و‍نَ
Wa 'Idhā Laqū Al-Ladhīna 'Āmanū Qālū 'Āmannā Wa 'Idhā Khalā Ba`đuhum 'Ilá Ba`đin Qālū 'Atuĥaddithūnahum Bimā Fataĥa Al-Lahu `Alaykum Liyuĥājjūkum Bihi `Inda Rabbikum 'Afalā Ta`qilūna 002-076 އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (توراة ގައި) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: مسلم ންނަށް) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: مسلم ން) حجة ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟ وَإِذَا لَقُو‍‍ا‍ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ قَالُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا وَإِذَا خَلاَ بَعْضُهُمْ إِلَى بَعْض‍‍‍ٍ قَالُ‍‍و‍‍ا‍ أَتُحَدِّثُونَهُ‍‍م‍ْ بِمَا فَتَحَ ا‍للَّهُ عَلَيْكُمْ لِيُح‍‍َ‍ا‍جُّوكُ‍‍م‍ْ بِهِ عِ‍‍ن‍‍ْدَ رَبِّكُمْ أَفَلاَ تَعْقِل‍‍ُ‍و‍نَ
'Awalā Ya`lamūna 'Anna Al-Laha Ya`lamu Mā Yusirrūna Wa Mā Yu`linūna 002-077 އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟ أَوَلاَ يَعْلَم‍‍ُ‍و‍نَ أَ‍نّ‍‍َ ا‍للَّهَ يَعْلَمُ مَا يُسِرّ‍ُو‍نَ وَمَا يُعْلِن‍‍ُ‍و‍نَ
Wa Minhum 'Ummīyūna Lā Ya`lamūna Al-Kitāba 'Illā 'Amānīya Wa 'In Hum 'Illā Yažunnūna 002-078 އަދި އެއުރެންގެތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ. ފޮތުންވެސް، مستحيل އުންމީދުތަކެއްނޫނީ އެއުރެންނަކަށް ނުފެނެއެވެ. އަދި ހީތަކެއް ކުރާކަމުގައިނޫނީ، އެއުރެން ނުވެތެވެ. وَمِنْهُمْ أُ‍مّ‍‍ِيّ‍‍ُ‍و‍نَ لاَ يَعْلَم‍‍ُ‍و‍نَ ا‍لْكِت‍‍َ‍ا‍بَ إِلاَّ أَمَانِيَّ وَإِنْ هُمْ إِلاَّ يَظُ‍‍ن‍ّ‍‍ُ‍و‍نَ
Fawaylun Lilladhīna Yaktubūna Al-Kitāba Bi'aydīhim Thumma Yaqūlūna Hādhā Min `Indi Al-Lahi Liyashtarū Bihi Thamanāan Qalīlāan Fawaylun Lahum Mimmā Katabat 'Aydīhim Wa Waylun Lahum Mimmā Yaksibūna 002-079 ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ.(އެއުރެން އެކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. فَوَيْل‍‍‍ٌ لِلَّذ‍ِي‍نَ يَكْتُب‍‍ُ‍و‍نَ ا‍لْكِت‍‍َ‍ا‍بَ بِأَيْدِيهِمْ ثُ‍‍م‍ّ‍‍َ يَقُول‍‍ُ‍و‍نَ هَذَا مِنْ عِ‍‍ن‍‍ْدِ ا‍للَّهِ لِيَشْتَرُوا‍ بِهِ ثَمَنا‍ً قَلِيلا‍ً فَوَيْل‍‍‍ٌ لَهُ‍‍م‍ْ مِ‍‍م‍ّ‍‍َا كَتَبَتْ أَيْدِيهِمْ وَوَيْل‍‍‍ٌ لَهُ‍‍م‍ْ مِ‍‍م‍ّ‍‍َا يَكْسِب‍‍ُ‍و‍نَ
Wa Qālū Lan Tamassanā An-Nāru 'Illā 'Ayyāmāan Ma`dūdatan Qul 'Āttakhadhtum `Inda Al-Lahi `Ahdāan Falan Yukhlifa Al-Lahu `Ahdahu 'Am Taqūlūna `Alá Al-Lahi Mā Lā Ta`lamūna 002-080 އަދި އެއުރެން ބުނޫއެވެ. عدد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه ގެ حضرة ން (އެކަމަށް) عهد އެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ وَقَالُو‍‍ا‍ لَ‍‍ن‍ْ تَمَسَّنَا ا‍ل‍‍ن‍ّ‍‍َ‍ا‍رُ إِلاَّ أَيَّاما‍ً مَعْدُودَة‍‍‍ً قُلْ أَا‍تَّخَذْتُمْ عِ‍‍ن‍‍ْدَ ا‍للَّهِ عَهْدا‍ً فَلَ‍‍ن‍ْ يُخْلِفَ ا‍للَّهُ عَهْدَهُ أَمْ تَقُول‍‍ُ‍و‍نَ عَلَى ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Balá Man Kasaba Sayyi'atan Wa 'Aĥāţat Bihi Khī'atuhu Fa'ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 002-081 އެހެންނަކުންނޫނެވެ. ފާފަކޮށް، އެމީހެއްގެކުށް އެމީހަކު ވަށާލައިފި މީހުންނީ (އެބަހީ: އެއުރެންގެ ކުށްތަކުގެ ތެރެޔަށް ގެނބިގެންފި މީހުންނީ) ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ. بَلَى مَ‍‍ن‍ْ كَسَبَ سَيِّئَة‍‍‍ً وَأَحَاطَتْ بِهِ خَط‍‍ِ‍ي‍ئَتُهُ فَأ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Wa Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti 'Ūlā'ika 'Aşĥābu Al-Jannati Hum Fīhā Khālidūna 002-082 އަދި إيمان ވެ صالح عمل ތައް ކުޅަމީހުން، އެއީ ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ. وَالَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍لْجَ‍‍ن‍ّ‍‍َةِ هُمْ فِيهَا خَالِد‍ُو‍نَ
Wa 'Idh 'Akhadhnā Mīthāqa Banī 'Isrā'īla Lā Ta`budūna 'Illā Al-Laha Wa Bil-Wālidayni 'Iĥsānāan Wa Dhī Al-Qurbá Wa Al-Yatāmá Wa Al-Masākīni Wa Qūlū Lilnnāsi Ĥusnāan Wa 'Aqīmū Aş-Şalāata Wa 'Ā Az-Zakāata Thumma Tawallaytum 'Illā Qalīlāan Minkum Wa 'Antum Mu`rūna 002-083 إسـرآءيـل ގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ. وَإِذْ أَخَذْنَا مِيث‍‍َ‍ا‍قَ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ لاَ تَعْبُد‍ُو‍نَ إِلاَّ ا‍للَّهَ وَبِالْوَالِدَيْنِ إِحْسَانا‍ً وَذِي ا‍لْقُرْبَى وَا‍لْيَتَامَى وَا‍لْمَسَاك‍‍ِ‍ي‍نِ وَقُولُو‍‍ا‍ لِل‍‍ن‍ّ‍‍َ‍ا‍سِ حُسْنا‍ً وَأَقِيمُو‍‍ا‍ ا‍لصَّلاَةَ وَآتُو‍‍ا‍ ا‍لزَّك‍‍َ‍ا‍ةَ ثُ‍‍م‍ّ‍‍َ تَوَلَّيْتُمْ إِلاَّ قَلِيلا‍ً مِ‍‍ن‍‍ْكُمْ وَأَ‍ن‍‍ْتُ‍‍م‍ْ مُعْ‍‍ر‍‍ِض‍‍ُ‍و‍نَ
Wa 'Idh 'Akhadhnā Mīthāqakum Lā Tasfikūna Dimā'akum Wa Lā Tukhrijūna 'Anfusakum Min Diyārikum Thumma 'Aqrartum Wa 'Antum Tash/hadūna 002-084 އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުންގެ ލޭ ތިޔަބައިމީހުން ނުއޮހޮރުވުމަށެވެ. އަދި ތިޔަބައިމީހުންގެ ގޯތިގެދޮރުން ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ނުނެރުމަށެވެ. ދެން ތިޔަބައިމީހުން (އެކަމަށް) ހެކިވެ ތިބޭ حال (އެ عهد އަށް) އެއްބަސްވެ إقرار ވީމުއެވެ. وَإِذْ أَخَذْنَا مِيثَاقَكُمْ لاَ تَسْفِك‍‍ُ‍و‍نَ دِم‍‍َ‍ا‍ءَكُمْ وَلاَ تُخْ‍‍ر‍‍ِج‍‍ُ‍و‍نَ أَن‍فُسَكُ‍‍م‍ْ مِ‍‍ن‍ْ دِيَا‍ر‍‍ِكُمْ ثُ‍‍م‍ّ‍‍َ أَ‍ق‍‍ْرَرْتُمْ وَأَ‍ن‍‍ْتُمْ تَشْهَد‍ُو‍نَ
Thumma 'Antum Hā'uulā' Taqtulūna 'Anfusakum Wa Tukhrijūna Farīqāan Minkum Min Diyārihim Tažāharūna `Alayhim Bil-'Ithmi Wa Al-`Udwāni Wa 'In Ya'tūkum 'Usārá Tufādūhum Wa Huwa Muĥarramun `Alaykum 'Ikhrājuhum 'A Fatu'uminūna Biba`đi Al-Kitābi Wa Takfurūna Biba`đin Famā Jazā'u Man Yaf`alu Dhālika Minkum 'Illā Khizyun Al-Ĥayāati Ad-Dunyā Wa Yawma Al-Qiyāmati Yuraddūna 'Ilá 'Ashaddi Al-`Adhābi Wa Mā Al-Lahu Bighāfilin `Ammā Ta`malūna 002-085 ދެން ހަމަ ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް މަރައި، އަދި ތިޔަބައިމީހުންގެ ބަޔަކު، އެއުރެންގެ ގޯތިގެދޮރުން ނެރެލައި ތިޔަހަދަނީއެވެ.އެއީ، ފާފަވެރިކަމާއި عداوة ތެރިކަމުގެ ގޮތުން އެއުރެންގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ، އެހީތެރިވާ حال ގައެވެ. އަދި އެއުރެންގެ ތެރެއިން ހައްޔަރުވެވޭ މީހުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިޔަބައިމީހުން އެއުރެންގެ فدية ދީ، އެއުރެން ސަލާމަތްކުރެތެވެ. އަދި (އެއުރެންގެ ގޯތިގެދޮރުން) އެއުރެން ނެރެލުމީ، ތިޔަބައިމީހުންގެ މައްޗަށް حرام ވެގެންވާ ކަމެކެވެ. ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. ثُ‍‍م‍ّ‍‍َ أَ‍ن‍‍ْتُمْ ه‍‍َ‍ا‍ؤُلاَء تَ‍‍ق‍‍ْتُل‍‍ُ‍و‍نَ أَن‍فُسَكُمْ وَتُخْ‍‍ر‍‍ِج‍‍ُ‍و‍نَ فَ‍‍ر‍‍ِيقا‍ً مِ‍‍ن‍‍ْكُ‍‍م‍ْ مِ‍‍ن‍ْ دِيَا‍ر‍‍ِهِمْ تَظَاهَر‍ُو‍نَ عَلَيْهِ‍‍م‍ْ بِ‍‍ا‍لإِثْمِ وَا‍لْعُ‍‍د‍‍ْو‍َا‍نِ وَإِ‍ن‍ْ يَأْتُوكُمْ أُسَارَى تُفَادُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ أَ فَتُؤْمِن‍‍ُ‍و‍نَ بِبَعْضِ ا‍لْكِت‍‍َ‍ا‍بِ وَتَكْفُر‍ُو‍نَ بِبَعْض‍‍‍ٍ فَمَا جَز‍َا‍ءُ مَ‍‍ن‍ْ يَفْعَلُ ذَلِكَ مِ‍‍ن‍‍ْكُمْ إِلاَّ خِزْي‍‍‍ٌ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَيَوْمَ ا‍لْقِيَامَةِ يُرَدّ‍ُو‍نَ إِلَى أَشَدِّ ا‍لْعَذ‍َا‍بِ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
'Ūlā'ika Al-Ladhīna Ashtaraw Al-Ĥayāata Ad-Dunyā Bil-'Ākhirati Falā Yukhaffafu `Anhumu Al-`Adhābu Wa Lā Hum Yunşarūna 002-086 އަހުރެންނީ، آخرة ގެ ބާއްޖަވެރިކަމުގެ ބަދަލުގައި، ދުނިޔޭގެ ދިރިއުޅުން ހޯދައިގަތް މީހުންނެވެ. ފަހެ، އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާހުށްޓެވެ. އަދި نصر ލިބޭނޭ ބަޔަކު ކަމުގައިވެސް، އެއުރެންނުވެތެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ ا‍شْتَرَوُا ا‍لْحَي‍‍َ‍ا‍ةَ ا‍لدُّ‍‍ن‍‍ْيَا بِ‍‍ا‍لآخِرَةِ فَلاَ يُخَفَّفُ عَنْهُمُ ا‍لْعَذ‍َا‍بُ وَلاَ هُمْ يُ‍‍ن‍صَر‍ُو‍نَ
Wa Laqad 'Ātaynā Mūsá Al-Kitāba Wa Qaffaynā Min Ba`dihi Bir-Rusuli Wa 'Ātaynā `Īsá Abna Maryama Al-Bayyināti Wa 'Ayyadnāhu Birūĥi Al-Qudusi 'Afakullamā Jā'akum Rasūlun Bimā Lā Tahwá 'Anfusukum Astakbartum Fafarīqāan Kadhdhabtum Wa Farīqāan Taqtulūn 002-087 ހަމަކަށަވަރުން، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް (އެބަހީ: توراة) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ. އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ. އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ. އަނެއްބައި رسول ން قتل ކުޅައީމުއެވެ. وَلَقَ‍‍د‍ْ آتَيْنَا مُوسَى ا‍لْكِت‍‍َ‍ا‍بَ وَقَفَّيْنَا مِ‍‍ن‍ْ بَعْدِهِ بِ‍‍ا‍لرُّسُلِ وَآتَيْنَا عِيسَى ا‍ب‍‍ْنَ مَرْيَمَ ا‍لْبَيِّن‍‍َ‍ا‍تِ وَأَيَّ‍‍د‍‍ْن‍‍َ‍ا‍هُ بِر‍ُو‍حِ ا‍لْقُدُسِ أَفَكُلَّمَا ج‍‍َ‍ا‍ءَكُمْ رَس‍‍ُ‍و‍ل‍‍‍ٌ بِمَا لاَ تَهْوَى أَن‍فُسُكُمْ ا‍سْتَكْبَرْتُمْ فَفَ‍‍ر‍‍ِيقا‍ً كَذَّ‍‍ب‍‍ْتُمْ وَفَ‍‍ر‍‍ِيقا‍ً تَ‍‍ق‍‍ْتُلُون
Wa Qālū Qulūbunā Ghulfun Bal La`anahumu Al-Lahu Bikufrihim Faqalīlāan Mā Yu'uminūna 002-088 އެއުރެން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެއުރެންގެ كافر ކަމުގެ ސަބަބުން، اللَّه އެއުރެންނަށް لعنة ލެއްވީއެވެ. ފަހެ، އެއުރެން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ. وَقَالُو‍‍ا‍ قُلُوبُنَا غُلْف‍‍‍ٌ بَ‍‍ل‍ْ لَعَنَهُمُ ا‍للَّهُ بِكُفْ‍‍ر‍‍ِهِمْ فَقَلِيلا‍ً مَا يُؤْمِن‍‍ُ‍و‍نَ
Wa Lammā Jā'ahum Kitābun Min `Indi Al-Lahi Muşaddiqun Limā Ma`ahum Wa Kānū Min Qablu Yastaftiĥūna `Alá Al-Ladhīna Kafarū Falammā Jā'ahum Mā `Arafū Kafarū Bihi Fala`natu Al-Lahi `Alá Al-Kāfirīna 002-089 އަދި އެއުރެންނާ އެކުގައިވާ ފޮތްތައް (އެބަހީ: توراة އާއި إنجيل) ގަބޫލުކޮށް ތެދުކުރާގޮތުގައި اللَّه ގެ حضرة ން އެއުރެންނާހަމަޔަށް ފޮތެއް (އެބަހީ: قرآن) އައިހިނދު (އެފޮތް އެއުރެންދޮގުކުރޫއެވެ.) އޭގެ ކުރިން، އެއުރެން، كافر ވެގަތް މީސްތަކުންގެ މައްޗަށް نصر އެދޭކަމުގައި ވޫއެވެ. ދެން އެއުރެންނަށް އެނގިފައިވާ حق ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން كافر ވޫއެވެ. ފަހެ، كافر ންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ. وَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ كِت‍‍َ‍ا‍ب‍‍‍ٌ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ مُصَدِّق‍‍‍ٌ لِمَا مَعَهُمْ وَكَانُو‍‍ا‍ مِ‍‍ن‍ْ قَ‍‍ب‍‍ْلُ يَسْتَفْتِح‍‍ُ‍و‍نَ عَلَى ا‍لَّذ‍ِي‍نَ كَفَرُوا‍ فَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُ‍‍م‍ْ مَا عَرَفُو‍‍ا‍ كَفَرُوا‍ بِهِ فَلَعْنَةُ ا‍للَّهِ عَلَى ا‍لْكَافِ‍‍ر‍‍ِي‍نَ
Bi'sa Mā Ashtaraw Bihi 'Anfusahum 'An Yakfurū Bimā 'Anzala Al-Lahu Baghyāan 'An Yunazzila Al-Lahu Min Fađlih `Alá Man Yashā'u Min `Ibādihi Fabā'ū Bighađabin `Alá Ghađabin Wa Lilkāfirīna `Adhābun Muhīnun 002-090 އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއީ، اللَّه ބާވައިލެއްވި ތަކެއްޗަށް (އެބަހީ: قرآن އަށް) އެއުރެން كافر ވުމެވެ. (އެއުރެން އެ كافر ވީ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ. ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ. އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ. بِئْسَ مَا ا‍شْتَرَوْا بِهِ أَن‍فُسَهُمْ أَ‍ن‍ْ يَكْفُرُوا‍ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ بَغْياً أَ‍ن‍ْ يُنَزِّلَ ا‍للَّهُ مِ‍‍ن‍ْ فَضْلِه عَلَى مَ‍‍ن‍ْ يَش‍‍َ‍ا‍ءُ مِنْ عِبَادِهِ فَب‍‍َ‍ا‍ء‍ُ‍وا بِغَضَبٍ عَلَى غَضَب‍‍‍ٍ وَلِلْكَافِ‍‍ر‍‍ِي‍نَ عَذ‍َا‍ب‍‍‍ٌ مُه‍‍ِ‍ي‍ن‍‍‍ٌ
Wa 'Idhā Qīla Lahum 'Āminū Bimā 'Anzala Al-Lahu Qālū Nu'uminu Bimā 'Unzila `Alaynā Wa Yakfurūna Bimā Warā'ahu Wa Huwa Al-Ĥaqqu Muşaddiqāan Limā Ma`ahum Qul Falima Taqtulūna 'Anbiyā'a Al-Lahi Min Qablu 'In Kuntum Mu'uminīna 002-091 އަދި اللَّه ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެން إيمان ވާނީ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ. އޭގެފަހުން ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) އެއުރެން كافر ވަނީ، އެއުރެންނާއެކުގައިވާފޮތް (އެބަހީ: توراة) ތެދުކުރާ حق ފޮތްކަމުގައި، އެ قرآن ވާ حال ގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން مؤمن ން ކަމުގައިވަނީނަމަ، މީގެކުރީގައި ތިޔަބައިމީހުން اللَّه ގެ ނަބިއްޔުން قتل ކޮށް އުޅުނީ ފަހެ، ކީއްވެގެންހެއްޔެވެ؟ وَإِذَا ق‍‍ِ‍ي‍لَ لَهُمْ آمِنُو‍‍ا‍ بِمَ‍‍ا‍ أَن‍زَلَ ا‍للَّهُ قَالُو‍‍ا‍ نُؤْمِنُ بِمَ‍‍ا‍ أُن‍زِلَ عَلَيْنَا وَيَكْفُر‍ُو‍نَ بِمَا وَر‍َا‍ءَهُ وَهُوَ ا‍لْحَقُّ مُصَدِّقا‍ً لِمَا مَعَهُمْ قُلْ فَلِمَ تَ‍‍ق‍‍ْتُل‍‍ُ‍و‍نَ أَ‍ن‍‍ْبِي‍‍َ‍ا‍ءَ ا‍للَّهِ مِ‍‍ن‍ْ قَ‍‍ب‍‍ْلُ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Wa Laqad Jā'akum Mūsá Bil-Bayyināti Thumma Attakhadhtumu Al-`Ijla Min Ba`dihi Wa 'Antum Žālimūna 002-092 އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު، ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ. وَلَقَ‍‍د‍ْ ج‍‍َ‍ا‍ءَكُ‍‍م‍ْ مُوسَى بِ‍‍ا‍لْبَيِّن‍‍َ‍ا‍تِ ثُ‍‍م‍ّ‍‍َ ا‍تَّخَذْتُمُ ا‍لْعِ‍‍ج‍‍ْلَ مِ‍‍ن‍ْ بَعْدِهِ وَأَ‍ن‍‍ْتُمْ ظَالِم‍‍ُ‍و‍نَ
Wa 'Idh 'Akhadhnā Mīthāqakum Wa Rafa`nā Fawqakumu Aţūra Khudhū Mā 'Ātaynākum Biqūwatin Wa Asma`ū Qālū Sami`nā Wa `Aşaynā Wa 'Ushribū Fī Qulūbihimu Al-`Ijla Bikufrihim Qul Bi'samā Ya'murukum Bihi 'Īmānukum 'In Kuntum Mu'uminīna 002-093 އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمرފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ا‍لطّ‍‍ُ‍و‍رَ خُذُوا‍ مَ‍‍ا آتَيْنَاكُ‍‍م‍ْ بِقُوَّة‍‍‍ٍ وَا‍سْمَعُو‍‍ا‍ قَالُو‍‍ا‍ سَمِعْنَا وَعَصَيْنَا وَأُشْ‍‍ر‍‍ِبُو‍‍ا‍ فِي قُلُوبِهِمُ ا‍لْعِ‍‍ج‍‍ْلَ بِكُفْ‍‍ر‍‍ِهِمْ قُلْ بِئْسَمَا يَأْمُرُكُ‍‍م‍ْ بِهِ إِيمَانُكُمْ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Qul 'In Kānat Lakumu Ad-Dāru Al-'Ākhiratu `Inda Al-Lahi Khālişatan Min Dūni An-Nāsi Fatamannaw Al-Mawta 'In Kuntum Şādiqīna 002-094 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި، آخرة ގެ ގޮވަތި އެހެނިހެން މީސްތަކުން ފިޔަވައި ތިޔަބައިމީހުންނަށް خاص ކުރައްވާފައިވާނަމަ، ތިޔަބައިމީހުން، ނިކަން މަރުވުން އެދިބަލާށެވެ! (އެއީ) ތިޔަބައިިމީހުންނީ، ތެދުވެރިން ކަމުގައި ވަނީނަމައެވެ. قُلْ إِ‍ن‍ْ كَانَتْ لَكُمُ ا‍لدّ‍َا‍رُ ا‍لآخِرَةُ عِ‍‍ن‍‍ْدَ ا‍للَّهِ خَالِصَة‍‍‍ً مِ‍‍ن‍ْ د‍ُو‍نِ ا‍ل‍‍ن‍ّ‍‍َ‍ا‍سِ فَتَمَ‍‍ن‍ّ‍‍َوْا ا‍لْمَوْتَ إِ‍ن‍ْ كُ‍‍ن‍تُمْ صَادِق‍‍ِ‍ي‍نَ
Wa Lan Yatamannawhu 'Abadāan Bimā Qaddamat 'Aydīhim Wa Allāhu `Alīmun Biž-Žālimīna 002-095 ދުވަހަކުވެސް އެއުރެން އެ މަރަކަށް ނޭދޭނެތެވެ. އެއީ، އެއުރެންގެ އަތްތައް އިސްކޮށްފައިވާ ނުބައި عمل ތަކުގެ ސަބަބުންނެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلَ‍‍ن‍ْ يَتَمَ‍‍ن‍ّ‍‍َوْهُ أَبَدا‍ً بِمَا قَدَّمَتْ أَيْدِيهِمْ وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِ‍‍ا‍لظَّالِم‍‍ِ‍ي‍نَ
Wa Latajidannahum 'Aĥraşa An-Nāsi `Alá Ĥayāatin Wa Mina Al-Ladhīna 'Ashrakū Yawaddu 'Aĥaduhum Law Yu`ammaru 'Alfa Sanatin Wa Mā Huwa Bimuzaĥziĥihi Mina Al-`Adhābi 'An Yu`ammara Wa Allāhu Başīrun Bimā Ya`malūna 002-096 އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެންފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَلَتَجِدَ‍نّ‍‍َهُمْ أَحْرَصَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ عَلَى حَي‍‍َ‍ا‍ة‍‍‍ٍ وَمِنَ ا‍لَّذ‍ِي‍نَ أَشْرَكُو‍‍ا‍ يَوَدُّ أَحَدُهُمْ لَوْ يُعَ‍‍م‍ّ‍‍َرُ أَلْفَ سَنَة‍‍‍ٍ وَمَا هُوَ بِمُزَحْزِحِهِ مِنَ ا‍لْعَذ‍َا‍بِ أَ‍ن‍ْ يُعَ‍‍م‍ّ‍‍َرَ وَا‍للَّهُ بَص‍‍ِ‍ي‍ر‍ٌ بِمَا يَعْمَل‍‍ُ‍و‍نَ
Qul Man Kāna `Adūwāan Lijibrīla Fa'innahu Nazzalahu `Alá Qalbika Bi'idhni Al-Lahi Muşaddiqāan Limā Bayna Yadayhi Wa Hudáan Wa Bushrá Lilmu'uminīna 002-097 ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. قُلْ مَ‍‍ن‍ْ ك‍‍َ‍ا‍نَ عَدُوّا‍ً لِجِ‍‍ب‍‍ْ‍‍ر‍‍ِي‍لَ فَإِ‍نّ‍‍َهُ نَزَّلَهُ عَلَى قَلْبِكَ بِإِذْنِ ا‍للَّهِ مُصَدِّقا‍ً لِمَا بَيْنَ يَدَيْهِ وَهُ‍‍دى‍ً وَبُشْرَى لِلْمُؤْمِن‍‍ِ‍ي‍نَ
Man Kāna `Adūwāan Lillahi Wa Malā'ikatihi Wa Rusulihi Wa Jibrīla Wa Mīkāla Fa'inna Al-Laha `Adūwun Lilkāfirīna 002-098 اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. مَ‍‍ن‍ْ ك‍‍َ‍ا‍نَ عَدُوّا‍ً لِلَّهِ وَمَلاَئِكَتِهِ وَرُسُلِهِ وَجِ‍‍ب‍‍ْ‍‍ر‍‍ِي‍لَ وَمِيك‍‍َ‍ا‍لَ فَإِ‍نّ‍‍َ ا‍للَّهَ عَدُوّ‍ٌ لِلْكَافِ‍‍ر‍‍ِي‍نَ
Wa Laqad 'Anzalnā 'Ilayka 'Āyātin Bayyinātin Wa Mā Yakfuru Bihā 'Illā Al-Fāsiqūna 002-099 ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق ންނޫން ބަޔަކުއެޔަކަށް كافر އެއް ނުވާނެތެވެ. وَلَقَ‍‍د‍ْ أَن‍زَلْنَ‍‍ا إِلَيْكَ آي‍‍َ‍ا‍ت‍‍‍ٍ بَيِّن‍‍َ‍ا‍ت‍‍‍ٍ وَمَا يَكْفُرُ بِهَ‍‍ا إِلاَّ ا‍لْفَاسِق‍‍ُ‍و‍نَ
'Awakullamā `Āhadū `Ahdāan Nabadhahu Farīqun Minhum Bal 'Aktharuhum Lā Yu'uminūna 002-100 އެއުރެން عهد އެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ عهد އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން إيمان އެއް ނުވެތެވެ. أَوَكُلَّمَا عَاهَدُوا‍ عَهْدا‍ً نَبَذَهُ فَ‍‍ر‍‍ِي‍ق‍‍‍ٌ مِنْهُ‍‍م‍ْ بَلْ أَكْثَرُهُمْ لاَ يُؤْمِن‍‍ُ‍و‍نَ
Wa Lammā Jā'ahum Rasūlun Min `Indi Al-Lahi Muşaddiqun Limā Ma`ahum Nabadha Farīqun Mina Al-Ladhīna 'Ū Al-Kitāba Kitāba Al-Lahi Warā'a Žuhūrihim Ka'annahum Lā Ya`lamūna 002-101 އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، اللَّه ގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، اللَّه ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ. وَلَ‍‍م‍ّ‍‍َا ج‍‍َ‍ا‍ءَهُمْ رَس‍‍ُ‍و‍ل‍‍‍ٌ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ مُصَدِّق‍‍‍ٌ لِمَا مَعَهُمْ نَبَذَ فَ‍‍ر‍‍ِي‍ق‍‍‍ٌ مِنَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ كِت‍‍َ‍ا‍بَ ا‍للَّهِ وَر‍َا‍ءَ ظُهُو‍ر‍‍ِهِمْ كَأَ‍نّ‍‍َهُمْ لاَ يَعْلَم‍‍ُ‍و‍نَ
Wa Attaba`ū Mā Tatlū Ash-Shayāţīnu `Alá Mulki Sulaymāna Wa Mā Kafara Sulaymānu Wa Lakinna Ash-Shayāţīna Kafarū Yu`allimūna An-Nāsa As-Siĥra Wa Mā 'Unzila `Alá Al-Malakayni Bibābila Hārūta Wa Mārūta Wa Mā Yu`allimāni Min 'Aĥadin Ĥattá Yaqūlā 'Innamā Naĥnu Fitnatun Falā Takfur Fayata`allamūna Minhumā Mā Yufarriqūna Bihi Bayna Al-Mar'i Wa Zawjihi Wa Mā Hum Biđārrīna Bihi Min 'Aĥadin 'Illā Bi'idhni Al-Lahi Wa Yata`allamūna Mā Yađurruhum Wa Lā Yanfa`uhum Wa Laqad `Alimū Lamani Ashtarāhu Mā Lahu Fī Al-'Ākhirati Min Khalāqin Wa Labi'sa Mā Sharaw Bihi 'Anfusahum Law Kānū Ya`lamūna 002-102 އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ. وَاتَّبَعُو‍‍ا‍ مَا تَتْلُو ا‍لشَّيَاط‍‍ِ‍ي‍نُ عَلَى مُلْكِ سُلَيْم‍‍َ‍ا‍نَ وَمَا كَفَرَ سُلَيْم‍‍َ‍ا‍نُ وَلَكِ‍‍ن‍ّ‍‍َ ا‍لشَّيَاط‍‍ِ‍ي‍نَ كَفَرُوا‍ يُعَلِّم‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ ا‍لسِّحْرَ وَمَ‍‍ا‍ أُن‍زِلَ عَلَى ا‍لْمَلَكَيْنِ بِبَابِلَ هَار‍ُو‍تَ وَمَار‍ُو‍تَ وَمَا يُعَلِّم‍‍َ‍ا‍نِ مِنْ أَحَدٍ حَتَّى يَقُولاَ إِ‍نّ‍‍َمَا نَحْنُ فِتْنَة‍‍‍ٌ فَلاَ تَكْفُرْ فَيَتَعَلَّم‍‍ُ‍و‍نَ مِنْهُمَا مَا يُفَرِّق‍‍ُ‍و‍نَ بِهِ بَيْنَ ا‍لْمَرْءِ وَزَوْجِهِ وَمَا هُ‍‍م‍ْ بِض‍‍َ‍ا‍رّ‍ِي‍نَ بِهِ مِنْ أَحَد‍ٍ إِلاَّ بِإِذْنِ ا‍للَّهِ وَيَتَعَلَّم‍‍ُ‍و‍نَ مَا يَضُرُّهُمْ وَلاَ يَ‍‍ن‍فَعُهُمْ وَلَقَ‍‍د‍ْ عَلِمُو‍‍ا‍ لَمَنِ ا‍شْتَر‍َا‍هُ مَا لَهُ فِي ا‍لآخِرَةِ مِنْ خَلاَق‍‍‍ٍ وَلَبِئْسَ مَا شَرَوْا بِهِ أَن‍فُسَهُمْ لَوْ كَانُو‍‍ا‍ يَعْلَم‍‍ُ‍و‍نَ
Wa Law 'Annahum 'Āmanū Wa Attaqaw Lamathūbatun Min `Indi Al-Lahi Khayrun Law Kānū Ya`lamūna 002-103 ހަމަކަށަވަރުން، އެއުރެން إيمان ވެ تقوى ވެރިވިނަމަ، اللَّه ގެ حضرة ން (އެއުރެންނަށް) ހުރި ثواب ގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ. وَلَوْ أَ‍نّ‍‍َهُمْ آمَنُو‍‍ا‍ وَا‍تَّقَوْا لَمَثُوبَة‍‍‍ٌ مِنْ عِ‍‍ن‍‍ْدِ ا‍للَّهِ خَيْر‍ٌ لَوْ كَانُو‍‍ا‍ يَعْلَم‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Taqūlū Rā`inā Wa Qūlū Anžurnā Wa Asma`ū Wa Lilkāfirīna `Adhābun 'Alīmun 002-104 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (رسول އާގެ އަރިހުގައި) رَاعِنَا އޭ ނުދަންނަވާށެވެ! އަދި (އޭގެ ބަދަލުގައި) انْظُـْرنَا އޭ ދަންނަވާށެވެ! އަދިތިޔަބައިމީހުން (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށް) އަޑުއަހާށެވެ! އަދި كافر ންނަށް ހުރީ، ވޭންދެނިވި عذاب އެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تَقُولُو‍‍ا‍ رَاعِنَا وَقُولُو‍‍ا‍ ا‍ن‍ظُرْنَا وَا‍سْمَعُو‍‍ا‍ وَلِلْكَافِ‍‍ر‍‍ِي‍نَ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Mā Yawaddu Al-Ladhīna Kafarū Min 'Ahli Al-Kitābi Wa Lā Al-Mushrikīna 'An Yunazzala `Alaykum Min Khayrin Min Rabbikum Wa Allāhu Yakhtaşşu Biraĥmatihi Man Yashā'u Wa Allāhu Dhū Al-Fađli Al-`Ažīmi 002-105 ފޮތުގެ أهل ވެރިންގެ ތެރެއިން ވިޔަސް، އަދި مشرك ންގެ ތެރެއިންވިޔަސް، كافر ވެއްޖެ މީސްތަކުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ހެވެއް ބާވައިލެއްވުމަކަށް ނޭދެތެވެ. (އެކަމަކު) اللَّه ގެ رحمة އެކަލާނގެ އިރާދަކުރެއްވި މީހަކަށް خاص ކުރައްވަތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. مَا يَوَدُّ ا‍لَّذ‍ِي‍نَ كَفَرُوا‍ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ وَلاَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ أَ‍ن‍ْ يُنَزَّلَ عَلَيْكُ‍‍م‍ْ مِنْ خَيْر‍ٍ مِ‍‍ن‍ْ رَبِّكُمْ وَا‍للَّهُ يَخْتَصُّ بِرَحْمَتِهِ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ ذُو ا‍لْفَضْلِ ا‍لْعَظ‍‍ِ‍ي‍مِ
Mā Nansakh Min 'Āyatin 'Aw Nunsihā Na'ti Bikhayrin Minhā 'Aw Mithlihā 'Alam Ta`lam 'Anna Al-Laha `Alá Kulli Shay'in Qadīrun 002-106 ތިމަންރަސްކަލާނގެ نسخ ކުރައްވައިފި آية އެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި آية އެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ آية އެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް اللَّه ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟ مَا نَ‍‍ن‍سَخْ مِ‍‍ن‍ْ آيَةٍ أَوْ نُ‍‍ن‍سِهَا نَأْتِ بِخَيْر‍ٍ مِنْهَ‍‍ا‍ أَوْ مِثْلِهَ‍‍ا‍ أَلَمْ تَعْلَمْ أَ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
'Alam Ta`lam 'Anna Al-Laha Lahu Mulku As-Samāwāti Wa Al-'Arđi Wa Mā Lakum Min Dūni Al-Lahi Min Wa Līyin Wa Lā Naşīrin 002-107 ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން اللَّه އަށް މިލްކުވެގެންވާ ކަމާއި، اللَّه ފިޔަވައި ތިޔަބައިމީހުންނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނެތްކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ أَلَمْ تَعْلَمْ أَ‍نّ‍‍َ ا‍للَّهَ لَهُ مُلْكُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَمَا لَكُ‍‍م‍ْ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ مِ‍‍ن‍ْ وَلِيّ‍‍‍ٍ وَلاَ نَص‍‍ِ‍ي‍ر‍ٍ
'Am Turīdūna 'An Tas'alū Rasūlakum Kamā Su'ila Mūsá Min Qablu Wa Man Yatabaddali Al-Kufra Bil-'Īmāni Faqad Đalla Sawā'a As-Sabīli 002-108 އަދި ކިއެއްތަ! މީގެކުރިން موسى ގެފާނާ سؤال ކުރި ފަދައިން، ތިޔަބައިމީހުންގެ رسول އާއާ سؤال ކުރުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ كافر ކަމަށް إيمان ކަން ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް ހަމަ މަގު ގެއްލިއްޖެކަން ކަށަވަރެވެ. أَمْ تُ‍‍ر‍‍ِيد‍ُو‍نَ أَ‍ن‍ْ تَسْأَلُو‍‍ا‍ رَسُولَكُمْ كَمَا سُئِلَ مُوسَى مِ‍‍ن‍ْ قَ‍‍ب‍‍ْلُ وَمَ‍‍ن‍ْ يَتَبَدَّلِ ا‍لْكُفْرَ بِ‍‍ا‍لإِيم‍‍َ‍ا‍نِ فَقَ‍‍د‍ْ ضَلَّ سَو‍َا‍ءَ ا‍لسَّب‍‍ِ‍ي‍لِ
Wadda Kathīrun Min 'Ahli Al-Kitābi Law Yaruddūnakum Min Ba`di 'Īmānikum Kuffārāan Ĥasadāan Min `Indi 'Anfusihim Min Ba`di Mā Tabayyana Lahumu Al-Ĥaqqu Fā`fū Wa Aşfaĥū Ĥattá Ya'tiya Al-Lahu Bi'amrihi 'Inna Al-Laha `Alá Kulli Shay'in Qadīrun 002-109 ފޮތުގެ أهل ވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް حق ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް حسد ވެރިވެގެން، ތިޔަބައިމީހުން إيمان ވުމަށްފަހު އަލުން އަނބުރާ كافر ކަމަށް رجوع ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ފަހެ، (އެއުރެންނާމެދުގައި ކަން ކުރަންވީގޮތް ބަޔާންކުރައްވައި) اللَّه ގެ أمر ފުޅު ފޮނުއްވައިފުމަށް ދާންދެން (އެއުރެންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَدَّ كَث‍‍ِ‍ي‍ر‍ٌ مِنْ أَهْلِ ا‍لْكِت‍‍َ‍ا‍بِ لَوْ يَرُدُّونَكُ‍‍م‍ْ مِ‍‍ن‍ْ بَعْدِ إِيمَانِكُمْ كُفَّاراً حَسَدا‍ً مِنْ عِ‍‍ن‍‍ْدِ أَن‍فُسِهِ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا تَبَيَّنَ لَهُمُ ا‍لْحَقُّ فَاعْفُو‍‍ا‍ وَا‍صْفَحُو‍‍ا‍ حَتَّى يَأْتِيَ ا‍للَّهُ بِأَمْ‍‍ر‍‍ِهِ إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa 'Aqīmū Aş-Şalāata Wa 'Ā Az-Zakāata Wa Mā Tuqaddimū Li'nfusikum Min Khayrin Tajidūhu `Inda Al-Lahi 'Inna Al-Laha Bimā Ta`malūna Başīrun 002-110 އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ.ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَأَقِيمُو‍‍ا‍ ا‍لصَّلاَةَ وَآتُو‍‍ا‍ ا‍لزَّك‍‍َ‍ا‍ةَ وَمَا تُقَدِّمُو‍‍ا‍ لِأن‍فُسِكُ‍‍م‍ْ مِنْ خَيْر‍ٍ تَجِد‍ُو‍هُ عِ‍‍ن‍‍ْدَ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa Qālū Lan Yadkhula Al-Jannata 'Illā Man Kāna Hūdāan 'Aw Naşārá Tilka 'Amānīyuhum Qul Hātū Burhānakum 'In Kuntum Şādiqīn 002-111 އެއުރެން ބުނޫއެވެ. يهودى އަކު ކަމުގައި ނުވަތަ نصارى އަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ! وَقَالُو‍‍ا‍ لَ‍‍ن‍ْ يَ‍‍د‍‍ْخُلَ ا‍لْجَ‍‍ن‍ّ‍‍َةَ إِلاَّ مَ‍‍ن‍ْ ك‍‍َ‍ا‍نَ هُوداً أَوْ نَصَارَى تِلْكَ أَمَانِيُّهُمْ قُلْ هَاتُو‍‍ا‍ بُرْهَانَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ صَادِقِي‍‍ن
Balá Man 'Aslama Wajhahu Lillahi Wa Huwa Muĥsinun Falahu 'Ajruhu `Inda Rabbihi Wa Lā Khawfun `Alayhim Wa Lā Hum Yaĥzanūna 002-112 އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) اللَّه އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ حضرة ގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. بَلَى مَنْ أَسْلَمَ وَج‍‍ْهَهُ لِلَّهِ وَهُوَ مُحْسِن‍‍‍ٌ فَلَهُ أَ‍ج‍‍ْرُهُ عِ‍‍ن‍‍ْدَ رَبِّهِ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Wa Qālati Al-Yahūdu Laysati An-Naşārá `Alá Shay'in Wa Qālati An-Naşārá Laysati Al-Yahūdu `Alá Shay'in Wa Hum Yatlūna Al-Kitāba Kadhālika Qāla Al-Ladhīna Lā Ya`lamūna Mithla Qawlihim Fa-Allāhu Yaĥkumu Baynahum Yawma Al-Qiyāmati Fīmā Kānū Fīhi Yakhtalifūna 002-113 يهودى ން ބުނެފޫއެވެ. نصارى އިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި نصارى އިން ބުނެފޫއެވެ. يهودى ން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެއުރެން އެހެން އެ ބުނަނީ) އެއުރެން ފޮތް (އެބަހީ: توراة އާއި إنجيل) ކިޔަވައިއުޅޭ حال ގައެވެ. ހަމައެފަދައިން، ނުދަންނަ މީހުން (އެބަހީ: عربىންގެ كافر ން) ވެސްބުނީ، އެއުރެންގެ ބުނުންފަދައިންނެވެ. ފަހެ، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު قيامة ދުވަހުން އެއުރެންގެ މެދުގައި اللَّه حكم ކުރައްވާނެތެވެ. وَقَالَتِ ا‍لْيَه‍‍ُ‍و‍دُ لَيْسَتِ ا‍ل‍‍ن‍ّ‍‍َصَارَى عَلَى شَيْء‍ٍ وَقَالَتِ ا‍ل‍‍ن‍ّ‍‍َصَارَى لَيْسَتِ ا‍لْيَه‍‍ُ‍و‍دُ عَلَى شَيْء‍ٍ وَهُمْ يَتْل‍‍ُ‍و‍نَ ا‍لْكِت‍‍َ‍ا‍بَ كَذَلِكَ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ لاَ يَعْلَم‍‍ُ‍و‍نَ مِثْلَ قَوْلِهِمْ فَال‍لَّهُ يَحْكُمُ بَيْنَهُمْ يَوْمَ ا‍لْقِيَامَةِ فِيمَا كَانُو‍‍ا‍ ف‍‍ِ‍ي‍هِ يَخْتَلِف‍‍ُ‍و‍نَ
Wa Man 'Ažlamu Mimman Mana`a Masājida Al-Lahi 'An Yudhkara Fīhā Asmuhu Wa Sa`á Fī Kharābihā 'Ūlā'ika Mā Kāna Lahum 'An Yadkhulūhā 'Ilā Khā'ifīna Lahum Ad-DunKhizyun Wa Lahum Al-'Ākhirati `Adhābun `Ažīmun 002-114 اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ. وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ مَنَعَ مَسَاجِدَ ا‍للَّهِ أَ‍ن‍ْ يُذْكَرَ فِيهَا ا‍سْمُهُ وَسَعَى فِي خَرَابِهَ‍‍ا‍ أ‍ُ‍وْل‍‍َ‍ا‍ئِكَ مَا ك‍‍َ‍ا‍نَ لَهُمْ أَ‍ن‍ْ يَ‍‍د‍خُلُوهَ‍‍ا إلا خ‍‍َ‍ا‍ئِف‍‍ِ‍ي‍نَ لَهُمْ فِي ا‍لدُّ‍‍ن‍‍ْيَا خِزْي‍‍‍ٌ وَلَهُمْ فِي ا‍لآخِرَةِ عَذ‍َا‍بٌ عَظ‍‍ِ‍ي‍م‍‍‍ٌ
Wa Lillahi Al-Mashriqu Wa Al-Maghribu Fa'aynamā Tuwallū Fathamma Wajhu Al-Lahi 'Inna Al-Laha Wāsi`un `Alīmun 002-115 مشرق އާއި مغرب މިލްކުވެގެންވަނީ، اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި اللَّه ވޮޑިގެންވެއެވެ. ހަމަކަށަވަރުން، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلِلَّهِ ا‍لْمَشْ‍‍ر‍‍ِقُ وَا‍لْمَغْ‍‍ر‍‍ِبُ فَأَيْنَمَا تُوَلُّو‍‍ا‍ فَثَ‍‍م‍ّ‍‍َ وَج‍‍ْهُ ا‍للَّهِ إِ‍نّ‍‍َ ا‍للَّهَ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Qālū Attakhadha Al-Lahu Waladāan Subĥānahu Bal Lahu Mā Fī As-Samāwāti Wa Al-'Arđi Kullun Lahu Qānitūna 002-116 اللَّه، ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. (އެބަހީ: اللَّه އަށް ދަރިކަލަކު ވާކަމަށް يهودى ންނާއި نصارى އިންނާއި مشرك ން ބުނޫއެވެ.) އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ކަމެއްމިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެންމެހާ ތަކެއްޗާއި ކަންތައް އެކަލާނގެއަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ. وَقَالُو‍‍ا‍ ا‍تَّخَذَ ا‍للَّهُ وَلَدا‍ً سُ‍‍ب‍‍ْحَانَهُ بَ‍‍ل‍ْ لَهُ مَا فِي ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ كُلّ‍‍‍ٌ لَهُ قَانِت‍‍ُ‍و‍نَ
Badī`u As-Samāwāti Wa Al-'Arđi Wa 'Idhā Qađá 'Amrāan Fa'innamā Yaqūlu Lahu Kun Fayakūnu 002-117 (އެކަލާނގެއީ) އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ. بَد‍ِي‍عُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَإِذَا قَضَى أَمْرا‍ً فَإِ‍نّ‍‍َمَا يَق‍‍ُ‍و‍لُ لَهُ كُ‍‍ن‍ْ فَيَك‍‍ُ‍و‍نُ
Wa Qāla Al-Ladhīna Lā Ya`lamūna Lawlā Yukallimunā Al-Lahu 'Aw Ta'tīnā 'Āyatun Kadhālika Qāla Al-Ladhīna Min Qablihim Mithla Qawlihim Tashābahat Qulūbuhum Qad Bayyannā Al-'Āyāti Liqawmin Yūqinūna 002-118 އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللَّه (ސީދާ) ތިމަންމެންނަށް ބަސް وحى ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (محمد ގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެތްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމައެފަދައިން، އެއުރެންގެ ކުރިން އުޅުނު أمّة ތަކުގެ މީހުން ބުނީވެސް، އެއުރެންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެއުރެންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) يقين ކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެކިތައް ބަޔާންކުރައްވައި އެންގެވީމެވެ. وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ لاَ يَعْلَم‍‍ُ‍و‍نَ لَوْلاَ يُكَلِّمُنَا ا‍للَّهُ أَوْ تَأْتِينَ‍‍ا آيَة‍‍‍ٌ كَذَلِكَ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ‍‍م‍ْ مِثْلَ قَوْلِهِمْ تَشَابَهَتْ قُلُوبُهُمْ قَ‍‍د‍ْ بَيَّ‍‍ن‍ّ‍‍َا ا‍لآي‍‍َ‍ا‍تِ لِقَوْم‍‍‍ٍ يُوقِن‍‍ُ‍و‍نَ
'Innā 'Arsalnāka Bil-Ĥaqqi Bashīrāan Wa Nadhīrāan Wa Lā Tus'alu `An 'Aşĥābi Al-Jaĥīmi 002-119 އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهلވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ. إِ‍نّ‍‍َ‍‍ا‍ أَرْسَلْن‍‍َ‍ا‍كَ بِ‍‍ا‍لْحَقِّ بَشِيرا‍ً وَنَذِيرا‍ً وَلاَ تُسْأَلُ عَنْ أَصْح‍‍َ‍ا‍بِ ا‍لْجَح‍‍ِ‍ي‍مِ
Wa Lan Tarđá `Anka Al-Yahūdu Wa Lā An-Naşārá Ĥattá Tattabi`a Millatahum Qul 'Inna Hudá Al-Lahi Huwa Al-Hudá Wa La'ini Attaba`ta 'Ahwā'ahum Ba`da Al-Ladhī Jā'aka Mina Al-`Ilmi Mā Laka Mina Al-Lahi Min Wa Līyin Wa Lā Naşīrin 002-120 އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ. وَلَ‍‍ن‍ْ تَرْضَى عَ‍‍ن‍‍ْكَ ا‍لْيَه‍‍ُ‍و‍دُ وَلاَ ا‍ل‍‍ن‍ّ‍‍َصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِ‍نّ‍‍َ هُدَى ا‍للَّهِ هُوَ ا‍لْهُدَى وَلَئِنِ ا‍تَّبَعْتَ أَهْو‍َا‍ءَهُ‍‍م‍ْ بَعْدَ ا‍لَّذِي ج‍‍َ‍ا‍ءَكَ مِنَ ا‍لْعِلْمِ مَا لَكَ مِنَ ا‍للَّهِ مِ‍‍ن‍ْ وَلِيّ‍‍‍ٍ وَلاَ نَص‍‍ِ‍ي‍ر‍ٍ
Al-Ladhīna 'Ātaynāhumu Al-Kitāba Yatlūnahu Ĥaqqa Tilāwatihi 'Ūlā'ika Yu'uminūna Bihi Wa Man Yakfur Bihi Fa'ūlā'ika Humu Al-Khāsirūna 002-121 ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ. ا‍لَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ يَتْلُونَهُ حَقَّ تِلاَوَتِهِ أ‍ُ‍وْل‍‍َ‍ا‍ئِكَ يُؤْمِن‍‍ُ‍و‍نَ بِهِ وَمَ‍‍ن‍ْ يَكْفُرْ بِهِ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْخَاسِر‍ُو‍نَ
Yā Banī 'Isrā'īla Adhkurū Ni`matiya Allatī 'An`amtu `Alaykum Wa 'Annī Fađđaltukum `Alá Al-`Ālamīna 002-122 އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ! يَا بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ ا‍ذْكُرُوا‍ نِعْمَتِيَ ا‍لَّتِ‍‍ي‍ أَنْعَمْتُ عَلَيْكُمْ وَأَ‍نّ‍‍ِي فَضَّلْتُكُمْ عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Wa Attaqū Yawmāan Lā Tajzī Nafsun `An Nafsin Shay'āan Wa Lā Yuqbalu Minhā `Adlun Wa Lā Tanfa`uhā Shafā`atun Wa Lā Hum Yunşarūna 002-123 އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިންއެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) شفاعة އަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެއުރެންނަށް (އެއްވެސް ފަރާތަކުން) نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! وَاتَّقُو‍‍ا‍ يَوْما‍ً لاَ تَ‍‍ج‍‍ْزِي نَفْسٌ عَ‍‍ن‍ْ نَفْس‍‍‍ٍ شَيْئا‍ً وَلاَ يُ‍‍ق‍‍ْبَلُ مِنْهَا عَ‍‍د‍‍ْل‍‍‍ٌ وَلاَ تَ‍‍ن‍فَعُهَا شَفَاعَة‍‍‍ٌ وَلاَ هُمْ يُ‍‍ن‍صَر‍ُو‍نَ
Wa 'Idh Abtalá 'Ibrāhīma Rabbuhu Bikalimātin Fa'atammahunna Qāla 'Innī Jā`iluka Lilnnāsi 'Imāmāan Qāla Wa Min Dhurrīyatī Qāla Lā Yanālu `Ahdī Až-Žālimīna 002-124 إبراهيم ގެފާނުގެ ވެރިރަސްކަލާނގެ، كلمة ތަކަކުން (އެބަހީ: ކުރެއްވި أمر ފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) امتحان ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ (އެކަލޭގެފާނަށް) وحى ކުރެއްވިއެވެ. ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ. وَإِذْ ا‍ب‍‍ْتَلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ رَبُّهُ بِكَلِم‍‍َ‍ا‍ت‍‍‍ٍ فَأَتَ‍‍م‍ّ‍‍َهُ‍‍ن‍ّ‍‍َ ق‍‍َ‍ا‍لَ إِ‍نّ‍‍ِي جَاعِلُكَ لِل‍‍ن‍ّ‍‍َ‍ا‍سِ إِمَاما‍ً ق‍‍َ‍ا‍لَ وَمِ‍‍ن‍ْ ذُرِّيَّتِي ق‍‍َ‍ا‍لَ لاَ يَن‍‍َ‍ا‍لُ عَهْدِي ا‍لظَّالِم‍‍ِ‍ي‍نَ
Wa 'Idh Ja`alnā Al-Bayta Mathābatan Lilnnāsi Wa 'Amnāan Wa Attakhidhū Min Maqāmi 'Ibrāhīma Muşalláan Wa `Ahidnā 'Ilá 'Ibrāhīma Wa 'Ismā`īla 'An Ţahhirā Baytiya Lilţţā'ifīna Wa Al-`Ākifīna Wa Ar-Rukka`i As-Sujūdi 002-125 އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅުލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި إبراهيم ގެފާނާއި إسماعيل ގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طواف ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ركوع سجود ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ! وَإِذْ جَعَلْنَا ا‍لْبَيْتَ مَثَابَة‍‍‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَأَمْنا‍ً وَا‍تَّخِذُوا‍ مِ‍‍ن‍ْ مَق‍‍َ‍ا‍مِ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ مُصَلّى‍ً وَعَهِ‍‍د‍‍ْنَ‍‍ا إِلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْمَاع‍‍ِ‍ي‍لَ أَ‍ن‍ْ طَهِّرَا بَيْتِيَ لِلطّ‍‍َ‍ا‍ئِف‍‍ِ‍ي‍نَ وَا‍لْعَاكِف‍‍ِ‍ي‍نَ وَا‍لرُّكَّعِ ا‍لسُّج‍‍ُ‍و‍د‍ِ
Wa 'Idh Qāla 'Ibrāhīmu Rabbi Aj`al Hādhā Baladāan 'Āmināan Wa Arzuq 'Ahlahu Mina Ath-Thamarāti Man 'Āmana Minhum Bil-Lahi Wa Al-Yawmi Al-'Ākhiri Qāla Wa Man Kafara Fa'umatti`uhu Qalīlāan Thumma 'Ađţarruhu 'Ilá `Adhābi An-Nāri Wa Bi'sa Al-Maşīru 002-126 އަދި إبراهيم ގެފާނު دعاء ކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ أمان ކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ أهل ވެރިންކުރެ اللَّه އަށާއި آخرة ދުވަހަށް إيمان ވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. كافر ވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. ދެން، ނަރަކައިގެ عذاب ގެ ތެރެޔަށް އެމީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. وَإِذْ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ رَبِّ ا‍ج‍‍ْعَلْ هَذَا بَلَدا‍ً آمِنا‍ً وَا‍رْزُ‍ق‍ْ أَهْلَهُ مِنَ ا‍لثَّمَر‍َا‍تِ مَ‍‍ن‍ْ آمَنَ مِنْهُ‍‍م‍ْ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ ق‍‍َ‍ا‍لَ وَمَ‍‍ن‍ْ كَفَرَ فَأُمَتِّعُهُ قَلِيلا‍ً ثُ‍‍م‍ّ‍‍َ أَضْطَرُّهُ إِلَى عَذ‍َا‍بِ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَبِئْسَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Wa 'Idh Yarfa`u 'Ibrāhīmu Al-Qawā`ida Mina Al-Bayti Wa 'Ismā`īlu Rabbanā Taqabbal Minnā 'Innaka 'Anta As-Samī`u Al-`Alīmu 002-127 އަދި إبراهيم ގެފާނާއި إسماعيل ގެފާނާދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِذْ يَرْفَعُ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ ا‍لْقَوَاعِدَ مِنَ ا‍لْبَيْتِ وَإِسْمَاع‍‍ِ‍ي‍لُ رَبَّنَا تَقَبَّلْ مِ‍‍ن‍ّ‍‍َ‍‍ا إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Rabbanā Wa Aj`alnā Muslimayni Laka Wa Min Dhurrīyatinā 'Ummatan Muslimatan Laka Wa 'Arinā Manāsikanā Wa Tub `Alaynā 'Innaka 'Anta At-Tawwābu Ar-Raĥīmu 002-128 އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ. رَبَّنَا وَا‍ج‍‍ْعَلْنَا مُسْلِمَيْنِ لَكَ وَمِ‍‍ن‍ْ ذُرِّيَّتِنَ‍‍ا‍ أُ‍مّ‍‍َة‍‍‍ً مُسْلِمَة‍‍‍ً لَكَ وَأَ‍ر‍‍ِنَا مَنَاسِكَنَا وَتُ‍‍ب‍ْ عَلَيْنَ‍‍ا إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لتَّوّ‍َا‍بُ ا‍لرَّح‍‍ِ‍ي‍مُ
Rabbanā Wa Ab`ath Fīhim Rasūlāan Minhum Yatlū `Alayhim 'Āyātika Wa Yu`allimuhumu Al-Kitāba Wa Al-Ĥikmata Wa Yuzakkīhim 'Innaka 'Anta Al-`Azīzu Al-Ĥakīmu 002-129 އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ!ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. رَبَّنَا وَا‍ب‍‍ْعَثْ فِيهِمْ رَسُولا‍ً مِنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحِكْمَةَ وَيُزَكِّيهِمْ إِ‍نّ‍‍َكَ أَ‍ن‍‍ْتَ ا‍لْعَز‍ِي‍زُ ا‍لْحَك‍‍ِ‍ي‍مُ
Wa Man Yarghabu `An Millati 'Ibrāhīma 'Illā Man Safiha Nafsahu Wa Laqadi Aşţafaynāhu Fī Ad-Dunyā Wa 'Innahu Fī Al-'Ākhirati Lamina Aş-Şāliĥīna 002-130 އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް ނުރުހުންވެ، އެ دين ން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި خيار ކުރެއްވީމެވެ. އަދި އެކަލޭގެފާނީ، آخرة ދުވަހުން صالح ންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ. وَمَ‍‍ن‍ْ يَرْغَبُ عَ‍‍ن‍ْ مِلَّةِ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ إِلاَّ مَ‍‍ن‍ْ سَفِهَ نَفْسَهُ وَلَقَدِ ا‍صْطَفَيْن‍‍َ‍ا‍هُ فِي ا‍لدُّ‍‍ن‍‍ْيَا وَإِ‍نّ‍‍َهُ فِي ا‍لآخِرَةِ لَمِنَ ا‍لصَّالِح‍‍ِ‍ي‍نَ
'Idh Qāla Lahu Rabbuhu 'Aslim Qāla 'Aslamtu Lirabbi Al-`Ālamīna 002-131 އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް، [ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ] وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންއަޅާ ކިޔަމަންވެއްޖައީމެވެ. إِذْ ق‍‍َ‍ا‍لَ لَهُ رَبُّهُ أَسْلِمْ ق‍‍َ‍ا‍لَ أَسْلَمْتُ لِرَبِّ ا‍لْعَالَم‍‍ِ‍ي‍نَ
Wa Waşşá Bihā 'Ibrāhīmu Banīhi Wa Ya`qūbu Yā Banīya 'Inna Al-Laha Aşţafá Lakumu Ad-Dīna Falā Tamūtunna 'Illā Wa 'Antum Muslimūna 002-132 އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ! وَوَصَّى بِهَ‍‍ا إِ‍ب‍‍ْرَاه‍‍ِ‍ي‍مُ بَن‍‍ِ‍ي‍هِ وَيَعْق‍‍ُ‍و‍بُ يَا بَنِيَّ إِ‍نّ‍‍َ ا‍للَّهَ ا‍صْطَفَى لَكُمُ ا‍لدّ‍ِي‍نَ فَلاَ تَمُوتُ‍‍ن‍ّ‍‍َ إِلاَّ وَأَ‍ن‍‍ْتُ‍‍م‍ْ مُسْلِم‍‍ُ‍و‍نَ
'Am Kuntum Shuhadā'a 'Idh Ĥađara Ya`qūba Al-Mawtu 'Idh Qāla Libanīhi Mā Ta`budūna Min Ba`dī Qālū Na`budu 'Ilahaka Wa 'Ilaha 'Ābā'ika 'Ibrāhīma Wa 'Ismā`īla Wa 'Isĥāqa 'Ilahāan Wāĥidāan Wa Naĥnu Lahu Muslimūna 002-133 ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ إله އަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ إله އަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ مسلم ން ކަމުގައި ވެގެންނެވެ. أَمْ كُ‍‍ن‍تُمْ شُهَد‍َا‍ءَ إِذْ حَضَرَ يَعْق‍‍ُ‍و‍بَ ا‍لْمَوْتُ إِذْ ق‍‍َ‍ا‍لَ لِبَن‍‍ِ‍ي‍هِ مَا تَعْبُد‍ُو‍نَ مِ‍‍ن‍ْ بَعْدِي قَالُو‍‍ا‍ نَعْبُدُ إِلَهَكَ وَإِلَهَ آب‍‍َ‍ا‍ئِكَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْمَاع‍‍ِ‍ي‍لَ وَإِسْح‍‍َ‍ا‍قَ إِلَها‍ً وَا‍حِدا‍ً وَنَحْنُ لَهُ مُسْلِم‍‍ُ‍و‍نَ
Tilka 'Ummatun Qad Khalat Lahā Mā Kasabat Wa Lakum Mā Kasabtum Wa Lā Tus'alūna `Ammā Kānū Ya`malūna 002-134 އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ. تِلْكَ أُ‍مّ‍‍َة‍‍‍ٌ قَ‍‍د‍ْ خَلَتْ لَهَا مَا كَسَبَتْ وَلَكُ‍‍م‍ْ مَا كَسَ‍‍ب‍‍ْتُمْ وَلاَ تُسْأَل‍‍ُ‍و‍نَ عَ‍‍م‍ّ‍‍َا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Wa Qālū Kūnū Hūdāan 'Aw Naşārá Tahtadū Qul Bal Millata 'Ibrāhīma Ĥanīfāan Wa Mā Kāna Mina Al-Mushrikīna 002-135 އެއުރެން (އެބަހީ: يهودى ންނާއި نصارى އިން) ބުނެފޫއެވެ. ތިޔަބައިމީހުން يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކީއްހެއްޔެވެ؟ (ތިމަންމެން تبع ވާނީ) باطل ގެ މަގުން އެއްކިބާވެ حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دينއަށެވެ. އަދި شريك ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ. وَقَالُو‍‍ا‍ كُونُو‍‍ا‍ هُوداً أَوْ نَصَارَى تَهْتَدُوا‍ قُلْ بَلْ مِلَّةَ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ حَنِيفا‍ً وَمَا ك‍‍َ‍ا‍نَ مِنَ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ
Qūlū 'Āmannā Bil-Lahi Wa Mā 'Unzila 'Ilaynā Wa Mā 'Unzila 'Ilá 'Ibrāhīma Wa 'Ismā`īla Wa 'Isĥāqa Wa Ya`qūba Wa Al-'Asbāţi Wa Mā 'Ūtiya Mūsá Wa `Īsá Wa Mā 'Ūtiya An-Nabīyūna Min Rabbihim Lā Nufarriqu Bayna 'Aĥadin Minhum Wa Naĥnu Lahu Muslimūna 002-136 ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ. قُولُ‍‍و‍‍ا‍ آمَ‍‍ن‍ّ‍‍َا بِ‍‍ا‍للَّهِ وَمَ‍‍ا‍ أُن‍زِلَ إِلَيْنَا وَمَ‍‍ا‍ أُن‍زِلَ إِلَى إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْمَاع‍‍ِ‍ي‍لَ وَإِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ وَا‍لأَسْب‍‍َ‍ا‍طِ وَمَ‍‍ا‍ أ‍ُ‍وتِيَ مُوسَى وَعِيسَى وَمَ‍‍ا‍ أ‍ُ‍وتِيَ ا‍ل‍‍ن‍ّ‍‍َبِيّ‍‍ُ‍و‍نَ مِ‍‍ن‍ْ رَبِّهِمْ لاَ نُفَرِّقُ بَيْنَ أَحَد‍ٍ مِنْهُمْ وَنَحْنُ لَهُ مُسْلِم‍‍ُ‍و‍نَ
Fa'in 'Āmanū Bimithli Mā 'Āmantum Bihi Faqadi Ahtadaw Wa 'In Tawallaw Fa'innamā HumShiqāqin Fasayakfīkahumu Al-Lahu Wa Huwa As-Samī`u Al-`Alīmu 002-137 ފަހެ، ތިޔަބައިމީހުން إيمان ވެގެންތިބި ފަދައިން އެއުރެން إيمان ވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَإِ‍ن‍ْ آمَنُو‍‍ا‍ بِمِثْلِ مَ‍‍ا آمَ‍‍ن‍تُ‍‍م‍ْ بِهِ فَقَدِ ا‍هْتَدَوا وَإِ‍ن‍ْ تَوَلَّوْا فَإِ‍نّ‍‍َمَا هُمْ فِي شِق‍‍َ‍ا‍ق‍‍‍ٍ فَسَيَكْفِيكَهُمُ ا‍للَّهُ وَهُوَ ا‍لسَّم‍‍ِ‍ي‍عُ ا‍لْعَل‍‍ِ‍ي‍مُ
Şibghata Al-Lahi Wa Man 'Aĥsanu Mina Al-Lahi Şibghatan Wa Naĥnu Lahu `Ābidūna 002-138 اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ. صِ‍‍ب‍‍ْغَةَ ا‍للَّهِ وَمَنْ أَحْسَنُ مِنَ ا‍للَّهِ صِ‍‍ب‍‍ْغَة‍‍‍ً وَنَحْنُ لَهُ عَابِد‍ُو‍نَ
Qul 'Atuĥājjūnanā Fī Al-Lahi Wa Huwa Rabbunā Wa Rabbukum Wa Lanā 'A`mālunā Wa Lakum 'A`mālukum Wa Naĥnu Lahu Mukhlişūna 002-139 ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އާމެދު ތިޔަބައިމީހުން ތިމަންމެންނާ جدل ކުރަނީހެއްޔެވެ؟ އެކަލާނގެއީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. އަދި ތިމަންމެންގެ عمل ތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ عمل ތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް إخلاص ތެރި ބަޔަކީމުއެވެ. قُلْ أَتُح‍‍َ‍ا‍جُّونَنَا فِي ا‍للَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَ‍‍ا‍ أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِص‍‍ُ‍و‍نَ
'Am Taqūlūna 'Inna 'Ibrāhīma Wa 'Ismā`īla Wa 'Isĥāqa Wa Ya`qūba Wa Al-'Asbāţa Kānū Hūdāan 'Aw Naşārá Qul 'A'antum 'A`lamu 'Ami Al-Lahu Wa Man 'Ažlamu Mimman Katama Shahādatan `Indahu Mina Al-Lahi Wa Mā Al-Lahu Bighāfilin `Ammā Ta`malūna 002-140 އަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب ގެފާނާއި يعقوب ގެފާނުގެ أسباط ންނީ، يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (އެކަންއޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (އެކަން ދެނެވޮޑިގަތުންބޮޑީ) اللَّه ހެއްޔެވެ؟اللَّه ގެ حضرة ން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު، غافل ވެ ވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. أَمْ تَقُول‍‍ُ‍و‍نَ إِ‍نّ‍‍َ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ وَإِسْمَاع‍‍ِ‍ي‍لَ وَإِسْح‍‍َ‍ا‍قَ وَيَعْق‍‍ُ‍و‍بَ وَا‍لأَسْب‍‍َ‍ا‍طَ كَانُو‍‍ا‍ هُوداً أَوْ نَصَارَى قُلْ أَأَ‍ن‍‍ْتُمْ أَعْلَمُ أَمِ ا‍للَّهُ وَمَنْ أَظْلَمُ مِ‍‍م‍ّ‍‍َ‍‍ن‍ْ كَتَمَ شَهَادَةً عِ‍‍ن‍‍ْدَهُ مِنَ ا‍للَّهِ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Tilka 'Ummatun Qad Khalat Lahā Mā Kasabat Wa Lakum Mā Kasabtum Wa Lā Tus'alūna `Ammā Kānū Ya`malūna 002-141 އެއީ ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ. تِلْكَ أُ‍مّ‍‍َة‍‍‍ٌ قَ‍‍د‍ْ خَلَتْ لَهَا مَا كَسَبَتْ وَلَكُ‍‍م‍ْ مَا كَسَ‍‍ب‍‍ْتُمْ وَلاَ تُسْأَل‍‍ُ‍و‍نَ عَ‍‍م‍ّ‍‍َا كَانُو‍‍ا‍ يَعْمَل‍‍ُ‍و‍نَ
Sayaqūlu As-Sufahā'u Mina An-Nāsi Mā Wa Llāhum `An Qiblatihimu Allatī Kānū `Alayhā Qul Lillahi Al-Mashriqu Wa Al-Maghribu Yahdī Man Yashā'u 'Ilá Şirāţin Mustaqīmin 002-142 މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި قبلة ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! مشرق އާއި مغرب މިލްކުވެވޮޑިގެންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ. سَيَق‍‍ُ‍و‍لُ ا‍لسُّفَه‍‍َ‍ا‍ءُ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَا وَلاَّهُمْ عَ‍‍ن‍ْ قِ‍‍ب‍‍ْلَتِهِمُ ا‍لَّتِي كَانُو‍‍ا‍ عَلَيْهَا قُ‍‍ل‍ْ لِلَّهِ ا‍لْمَشْ‍‍ر‍‍ِقُ وَا‍لْمَغْ‍‍ر‍‍ِبُ يَهْدِي مَ‍‍ن‍ْ يَش‍‍َ‍ا‍ءُ إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
Wa Kadhalika Ja`alnākum 'Ummatan Wasaţāan Litakūnū Shuhadā'a `Alá An-Nāsi Wa Yakūna Ar-Rasūlu `Alaykum Shahīdāan Wa Mā Ja`alnā Al-Qiblata Allatī Kunta `Alayhā 'Illā Lina`lama Man Yattabi`u Ar-Rasūla Mimman Yanqalibu `Alá `Aqibayhi Wa 'In Kānat Lakabīratan 'Illā `Alá Al-Ladhīna Hadá Al-Lahu Wa Mā Kāna Al-Lahu Liyuđī`a 'Īmānakum 'Inna Al-Laha Bin-Nāsi Lara'ūfun Raĥīmun 002-143 އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކުކަމުގައި رسول އާ ވެވަޑައިގަތުމަށްޓަކައެވެ. އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: دين ން ބޭރުވެ مرتد ވާ މީހުންނާއި) رسول އާއަށް تبع ވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ قبلة އެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلة އެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ إيمان ކަން ގެއްލެނި ކުރައްވާކަށެއް اللَّه ވޮޑިގެނެއް ނުވެއެވެ. ހަމަކަށަވަރުން، اللَّه އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَكَذَلِكَ جَعَلْنَاكُمْ أُ‍مّ‍‍َة‍‍‍ً وَسَطا‍ً لِتَكُونُو‍‍ا‍ شُهَد‍َا‍ءَ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَيَك‍‍ُ‍و‍نَ ا‍لرَّس‍‍ُ‍و‍لُ عَلَيْكُمْ شَهِيدا‍ً وَمَا جَعَلْنَا ا‍لْقِ‍‍ب‍‍ْلَةَ ا‍لَّتِي كُ‍‍ن‍تَ عَلَيْهَ‍‍ا إِلاَّ لِنَعْلَمَ مَ‍‍ن‍ْ يَتَّبِعُ ا‍لرَّس‍‍ُ‍و‍لَ مِ‍‍م‍ّ‍‍َ‍‍ن‍ْ يَ‍‍ن‍قَلِبُ عَلَى عَقِبَيْهِ وَإِ‍ن‍ْ كَانَتْ لَكَبِيرَة‍‍‍ً إِلاَّ عَلَى ا‍لَّذ‍ِي‍نَ هَدَى ا‍للَّهُ وَمَا ك‍‍َ‍ا‍نَ ا‍للَّهُ لِيُض‍‍ِ‍ي‍عَ إِيمَانَكُمْ إِ‍نّ‍‍َ ا‍للَّهَ بِ‍‍ا‍ل‍‍ن‍ّ‍‍َ‍ا‍سِ لَرَء‍ُو‍ف‍‍‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Qad Nará Taqalluba Wajhika Fī As-Samā'i Falanuwalliyannaka Qiblatan Tarđāhā Fawalli Wajhaka Shaţra Al-Masjidi Al-Ĥarāmi Wa Ĥaythu Mā Kuntum Fawallū Wujūhakum Shaţrahu Wa 'Inna Al-Ladhīna 'Ū Al-Kitāba Laya`lamūna 'Annahu Al-Ĥaqqu Min Rabbihim Wa Mā Al-Lahu Bighāfilin `Ammā Ya`malūna 002-144 އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: قبلة އާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެންގެވި حق ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ عمل ތަކާމެދު، غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. قَ‍‍د‍ْ نَرَى تَقَلُّبَ وَج‍‍ْهِكَ فِي ا‍لسَّم‍‍َ‍ا‍ءِ فَلَنُوَلِّيَ‍‍ن‍ّ‍‍َكَ قِ‍‍ب‍‍ْلَة‍‍‍ً تَرْضَاهَا فَوَلِّ وَج‍‍ْهَكَ شَ‍‍ط‍‍ْرَ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَحَيْثُ مَا كُ‍‍ن‍تُمْ فَوَلُّو‍‍ا‍ وُجُوهَكُمْ شَ‍‍ط‍‍ْرَهُ وَإِ‍نّ‍‍َ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لْكِت‍‍َ‍ا‍بَ لَيَعْلَم‍‍ُ‍و‍نَ أَ‍نّ‍‍َهُ ا‍لْحَقُّ مِ‍‍ن‍ْ رَبِّهِمْ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا يَعْمَل‍‍ُ‍و‍نَ
Wa La'in 'Atayta Al-Ladhīna 'Ū Al-Kitāba Bikulli 'Āyatin Mā Tabi`ū Qiblataka Wa Mā 'Anta Bitābi`in Qiblatahum Wa Mā Ba`đuhum Bitābi`in Qiblata Ba`đin Wa La'ini Attaba`ta 'Ahwā'ahum Min Ba`di Mā Jā'aka Mina Al-`Ilmi 'Innaka 'Idhāan Lamina Až-Žālimīna 002-145 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެއުރެންނަށް ފޮތް ދެއްވި މީހުންނަށް ހުރިހާ ބާވަތެއްގެ ހެތްކެއް ކަލޭގެފާނު ގެނެސްދެއްވިޔަސް ކަލޭގެފާނުގެ قبلة އަކަށް އެއުރެން تبع އެއް ނުވީހެވެ. އަދި އެއުރެންގެ قبلة އަށް تبع ވާ ބޭކަލަކުކަމުގައި ކަލޭގެފާނުވެސް ވެވަޑައިގެން ނުވަމުއެވެ. އަދިި އެއުރެންގެ ތެރެއިން އެއްބަޔެއްގެ قبلة އަށް تبع ވާނޭ ބަޔަކުކަމުގައި އެއުރެންގެ އަނެއްބަޔަކު ނުވެއެވެ. އަދި ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، ހަމަކަށަވަރުން ކަލޭގެފާނު ވެވަޑައިގަންނަވާހުށީ އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ. وَلَئِنْ أَتَيْتَ ا‍لَّذ‍ِي‍نَ أ‍ُ‍وتُو‍‍ا‍ ا‍لكِت‍‍َ‍ا‍بَ بِكُلِّ آيَة‍‍‍ٍ مَا تَبِعُو‍‍ا‍ قِ‍‍ب‍‍ْلَتَكَ وَمَ‍‍ا‍ أَ‍ن‍‍ْتَ بِتَابِع‍‍‍ٍ قِ‍‍ب‍‍ْلَتَهُمْ وَمَا بَعْضُهُ‍‍م‍ْ بِتَابِع‍‍‍ٍ قِ‍‍ب‍‍ْلَةَ بَعْض‍‍‍ٍ وَلَئِنِ ا‍تَّبَعْتَ أَهْو‍َا‍ءَهُ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَكَ مِنَ ا‍لْعِلْمِ إِ‍نّ‍‍َكَ إِذا‍ً لَمِنَ ا‍لظَّالِم‍‍ِ‍ي‍نَ
Al-Ladhīna 'Ātaynāhumu Al-Kitāba Ya`rifūnahu Kamā Ya`rifūna 'Abnā'ahum Wa 'Inna Farīqāan Minhum Layaktumūna Al-Ĥaqqa Wa Hum Ya`lamūna 002-146 ތިމަންރަސްކަލާނގެއެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަންނާނެތެވެ. އަދި އޭގެތެރެއިން ބަޔަކު ދެނެތިބެގެންމެ، حق ވަންހަނާކުރާކަން ކަށަވަރެވެ. ا‍لَّذ‍ِي‍نَ آتَيْنَاهُمُ ا‍لْكِت‍‍َ‍ا‍بَ يَعْ‍‍ر‍‍ِفُونَهُ كَمَا يَعْ‍‍ر‍‍ِف‍‍ُ‍و‍نَ أَ‍ب‍‍ْن‍‍َ‍ا‍ءَهُمْ وَإِ‍نّ‍‍َ فَ‍‍ر‍‍ِيقا‍ً مِنْهُمْ لَيَكْتُم‍‍ُ‍و‍نَ ا‍لْحَقَّ وَهُمْ يَعْلَم‍‍ُ‍و‍نَ
Al-Ĥaqqu Min Rabbika Falā Takūnanna Mina Al-Mumtarīna 002-147 (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދުބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! ا‍لْحَقُّ مِ‍‍ن‍ْ رَبِّكَ فَلاَ تَكُونَ‍‍ن‍ّ‍‍َ مِنَ ا‍لْمُمْتَ‍‍ر‍‍ِي‍نَ
Wa Likullin Wijhatun Huwa Muwallīhā Fāstabiqū Al-Khayrāti 'Ayna Mā Takūnū Ya'ti Bikumu Al-Lahu Jamī`āan 'Inna Al-Laha `Alá Kulli Shay'in Qadīrun 002-148 ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެމީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (قيامة ދުވަހުން) اللَّه ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَلِكُلّ‍‍‍ٍ وِ‍ج‍‍ْهَةٌ هُوَ مُوَلِّيهَا فَاسْتَبِقُو‍‍ا‍ ا‍لْخَيْر‍َا‍تِ أَيْنَ مَا تَكُونُو‍‍ا‍ يَأْتِ بِكُمُ ا‍للَّهُ جَمِيعا‍ً إِ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa Min Ĥaythu Kharajta Fawalli Wajhaka Shaţra Al-Masjidi Al-Ĥarāmi Wa 'Innahu Lalĥaqqu Min Rabbika Wa Mā Al-Lahu Bighāfilin `Ammā Ta`malūna 002-149 އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حقގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. وَمِنْ حَيْثُ خَرَ‍ج‍‍ْتَ فَوَلِّ وَج‍‍ْهَكَ شَ‍‍ط‍‍ْرَ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَإِ‍نّ‍‍َهُ لَلْحَقُّ مِ‍‍ن‍ْ رَبِّكَ وَمَا ا‍للَّهُ بِغَافِلٍ عَ‍‍م‍ّ‍‍َا تَعْمَل‍‍ُ‍و‍نَ
Wa Min Ĥaythu Kharajta Fawalli Wajhaka Shaţra Al-Masjidi Al-Ĥarāmi Wa Ĥaythu Mā Kuntum Fawallū Wujūhakum Shaţrahu Li'allā Yakūna Lilnnāsi `Alaykum Ĥujjatun 'Illā Al-Ladhīna Žalamū Minhum Falā Takhshawhum Wa Akhshawnī Wa Li'atimma Ni`matī `Alaykum Wa La`allakum Tahtadūna 002-150 އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދުކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާޔަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އެއީ، އެއުރެންގެ ތެރެއިން އަނިޔާވެރިވި މީހުން ފިޔަވައި އެހެންމީހުންނަށް ތިޔަބައިމީހުންގެ މައްޗަށް ދައްކާނޭ حجة އެއް ނެތުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! އަދި (ތިޔަބައިމީހުންނަށް قبلة އަންގައިދެއްވީ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ نعمة ފުރިހަމަ ކުރެއްވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. وَمِنْ حَيْثُ خَرَ‍ج‍‍ْتَ فَوَلِّ وَج‍‍ْهَكَ شَ‍‍ط‍‍ْرَ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَحَيْثُ مَا كُ‍‍ن‍تُمْ فَوَلُّو‍‍ا‍ وُجُوهَكُمْ شَ‍‍ط‍‍ْرَهُ لِئَلاَّ يَك‍‍ُ‍و‍نَ لِل‍‍ن‍ّ‍‍َ‍ا‍سِ عَلَيْكُمْ حُجَّة‍‍‍ٌ إِلاَّ ا‍لَّذ‍ِي‍نَ ظَلَمُو‍‍ا‍ مِنْهُمْ فَلاَ تَخْشَوْهُمْ وَا‍خْشَوْنِي وَلِأَتِ‍‍م‍ّ‍‍َ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَد‍ُو‍نَ
Kamā 'Arsalnā Fīkum Rasūlāan Minkum Yatlū `Alaykum 'Āyātinā Wa Yuzakkīkum Wa Yu`allimukumu Al-Kitāba Wa Al-Ĥikmata Wa Yu`allimukum Mā Lam Takūnū Ta`lamūna 002-151 ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވައި، ތިޔަބައިމީހުން (ކުށްތަކުން) طاهر ކުރައްވައި، ފޮތާއި حكمة ތިޔަބައިމީހުންނަށްއުނގަންނައިދެއްވައި، ތިޔަބައިމީހުންނަށް ކުރިން އެނގިފައިނުވާ ކަންތައް އުނގަންނައި ދެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ތެރެޔަށް، ތިޔަބައިމީހުންގެ ތެރެއިން رسول އަކު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. كَمَ‍‍ا‍ أَرْسَلْنَا فِيكُمْ رَسُولا‍ً مِ‍‍ن‍‍ْكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ا‍لْكِت‍‍َ‍ا‍بَ وَا‍لْحِكْمَةَ وَيُعَلِّمُكُ‍‍م‍ْ مَا لَمْ تَكُونُو‍‍ا‍ تَعْلَم‍‍ُ‍و‍نَ
dhkurūnī 'Adhkurkum Wa Ashkurū Lī Wa Lā Takfurūni 002-152 ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! فَاذْكُرُونِ‍‍ي‍ أَذْكُرْكُمْ وَا‍شْكُرُوا‍ لِي وَلاَ تَكْفُر‍ُو‍نِ
Yā 'Ayyuhā Al-Ladhīna 'Āmanū Asta`īnū Biş-Şabri Wa Aş-Şalāati 'Inna Al-Laha Ma`a Aş-Şābirīna 002-153 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍سْتَعِينُو‍‍ا‍ بِ‍‍ا‍لصَّ‍‍ب‍‍ْ‍‍ر‍ِ وَا‍لصَّلاَةِ إِ‍نّ‍‍َ ا‍للَّهَ مَعَ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa Lā Taqūlū Liman Yuqtalu Fī Sabīli Al-Lahi 'Amwātun Bal 'Aĥyā'un Wa Lakin Lā Tash`urūna 002-154 އަދި اللَّه ގެ މަގުގައި (جهاد ކުރަނިކޮށް) شهيد ވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ. وَلاَ تَقُولُو‍‍ا‍ لِمَ‍‍ن‍ْ يُ‍‍ق‍‍ْتَلُ فِي سَب‍‍ِ‍ي‍لِ ا‍للَّهِ أَمْو‍َا‍ت‍‍‍ٌ بَلْ أَحْي‍‍َ‍ا‍ء‍ٌ وَلَكِ‍‍ن‍ْ لاَ تَشْعُر‍ُو‍نَ
Wa Lanabluwannakum Bishay'in Mina Al-Khawfi Wa Al-Jū`i Wa Naqşin Mina Al-'Amwli Wa Al-'Anfusi Wa Ath-Thamarāti Wa Bashshiri Aş-Şābirīna 002-155 ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއިފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! وَلَنَ‍‍ب‍‍ْلُوَنّ‍‍َكُ‍‍م‍ْ بِشَيْء‍ٍ مِنَ ا‍لْخَوْفِ وَا‍لْج‍‍ُ‍و‍عِ وَنَ‍‍ق‍‍ْص‍‍‍ٍ مِنَ ا‍لأَمْوالِ وَا‍لأَن‍فُسِ وَا‍لثَّمَر‍َا‍تِ وَبَشِّرِ ا‍لصَّابِ‍‍ر‍‍ِي‍نَ
Al-Ladhīna 'Idhā 'Aşābat/hum Muşībatun Qālū 'Innā Lillahi Wa 'Innā 'Ilayhi Rāji`ūna 002-156 އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. ا‍لَّذ‍ِي‍نَ إِذَا أَصَابَتْهُ‍‍م‍ْ مُصِيبَة‍‍‍ٌ قَالُ‍‍و‍‍ا‍ إِ‍نّ‍‍َا لِلَّهِ وَإِ‍نّ‍‍َ‍‍ا إِلَيْهِ رَاجِع‍‍ُ‍و‍نَ
'Ūlā'ika `Alayhim Şalawātun Min Rabbihim Wa Raĥmatun Wa 'Ūlā'ika Humu Al-Muhtadūna 002-157 އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ عَلَيْهِمْ صَلَو‍َا‍ت‍‍‍ٌ مِ‍‍ن‍ْ رَبِّهِمْ وَرَحْمَة‍‍‍ٌ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُهْتَد‍ُو‍نَ
'Inna Aş-Şafā Wa Al-Marwata Min Sha`ā'iri Al-Lahi Faman Ĥajja Al-Bayta 'Aw A`tamara Falā Junāĥa `Alayhi 'An Yaţţawwafa Bihimā Wa Man Taţawwa`a Khayrāan Fa'inna Al-Laha Shākirun `Alīmun 002-158 ހަމަކަށަވަރުން، صفا އާއި مروة ވަނީ اللَّه ގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް حج ވާ މީހާ ނުވަތަ عمرة ވާ މީހާ، އެ ދެތާނގައި ހިނގައި سعى ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި (فرض ގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) شكر ވެރިވެވޮޑިިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لصَّفَا وَا‍لْمَرْوَةَ مِ‍‍ن‍ْ شَع‍‍َ‍ا‍ئِرِ ا‍للَّهِ فَمَنْ حَجَّ ا‍لْبَيْتَ أَوْ ا‍عْتَمَرَ فَلاَ جُن‍‍َ‍ا‍حَ عَلَيْهِ أَ‍ن‍ْ يَطَّوَّفَ بِهِمَا وَمَ‍‍ن‍ْ تَطَوَّعَ خَيْرا‍ً فَإِ‍نّ‍‍َ ا‍للَّهَ شَاكِرٌ عَل‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna Yaktumūna Mā 'Anzalnā Mina Al-Bayyināti Wa Al-Hudá Min Ba`di Mā Bayyannāhu Lilnnāsi Fī Al-Kitābi 'Ūlā'ika Yal`anuhumu Al-Lahu Wa Yal`anuhumu Al-Lā`inūna 002-159 ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއިތެދުމަގުގެ ތެރެއިން ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް اللَّه، لعنة ލައްވާނެތެވެ. އަދި لعنة ދޭ މީހުންވެސް އެއުރެންނަށް لعنة ދޭނެތެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَكْتُم‍‍ُ‍و‍نَ مَ‍‍ا‍ أَن‍زَلْنَا مِنَ ا‍لْبَيِّن‍‍َ‍ا‍تِ وَا‍لْهُدَى مِ‍‍ن‍ْ بَعْدِ مَا بَيَّ‍‍ن‍ّ‍‍َ‍ا‍هُ لِل‍‍ن‍ّ‍‍َ‍ا‍سِ فِي ا‍لْكِت‍‍َ‍ا‍بِ أ‍ُ‍وْل‍‍َ‍ا‍ئِكَ يَلْعَنُهُمُ ا‍للَّهُ وَيَلْعَنُهُمُ ا‍للاَّعِن‍‍ُ‍و‍نَ
'Illā Al-Ladhīna Tābū Wa 'Aşlaĥū Wa Bayyanū Fa'ūlā'ika 'Atūbu `Alayhim Wa 'Anā At-Tawwābu Ar-Raĥīmu 002-160 އެއުރެން توبة ވެ (އެއުރެންގެ عمل ތައް) إصلاح ކޮށް (ވަންހަނާކުރި ކަންތައް) بيان ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ توبة ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. إِلاَّ ا‍لَّذ‍ِي‍نَ تَابُو‍‍ا‍ وَأَصْلَحُو‍‍ا‍ وَبَيَّنُو‍‍ا‍ فَأ‍ُ‍وْل‍‍َ‍ا‍ئِكَ أَت‍‍ُ‍و‍بُ عَلَيْهِمْ وَأَنَا ا‍لتَّوّ‍َا‍بُ ا‍لرَّح‍‍ِ‍ي‍مُ
'Inna Al-Ladhīna Kafarū Wa Mātū Wa Hum Kuffārun 'Ūlā'ika `Alayhim La`natu Al-Lahi Wa Al-Malā'ikati Wa An-Nāsi 'Ajma`īna 002-161 ހަމަކަށަވަރުން كافر ވެ އަދި كافر ން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް اللَّه އާއި ملائكة ންނާއި އެންމެހާ މީސްތަކުންގެ لعنة ހުށްޓެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ كَفَرُوا‍ وَمَاتُو‍‍ا‍ وَهُمْ كُفّ‍‍َ‍ا‍رٌ أ‍ُ‍وْل‍‍َ‍ا‍ئِكَ عَلَيْهِمْ لَعْنَةُ ا‍للَّهِ وَا‍لْمَلاَئِكَةِ وَا‍ل‍‍ن‍ّ‍‍َ‍ا‍سِ أَ‍ج‍‍ْمَع‍‍ِ‍ي‍نَ
Khālidīna Fīhā Lā Yukhaffafu `Anhumu Al-`Adhābu Wa Lā Hum Yunžarūna 002-162 އެއުރެން އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ. خَالِد‍ِي‍نَ فِيهَا لاَ يُخَفَّفُ عَنْهُمُ ا‍لْعَذ‍َا‍بُ وَلاَ هُمْ يُ‍‍ن‍ظَر‍ُو‍نَ
Wa 'Ilahukum 'Ilahun Wāĥidun Lā 'Ilāha 'Illā Huwa Ar-Raĥmānu Ar-Raĥīmu 002-163 އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަރަސްކަލާނގެއެވެ. وَإِلَهُكُمْ إِلَه‍‍‍ٌ وَا‍حِد‍ٌ لاَ إِلَهَ إِلاَّ هُوَ ا‍لرَّحْمَنُ ا‍لرَّح‍‍ِ‍ي‍مُ
'Inna Fī Khalqi As-Samāwāti Wa Al-'Arđi Wa Akhtilāfi Al-Layli Wa An-Nahāri Wa Al-Fulki Allatī Tajrī Fī Al-Baĥri Bimā Yanfa`u An-Nāsa Wa Mā 'Anzala Al-Lahu Mina As-Samā'i Min Mā'in Fa'aĥyā Bihi Al-'Arđa Ba`da Mawtihā Wa Baththa Fīhā Min Kulli Dābbatin Wa Taşrīfi Ar-Riyāĥi Wa As-Saĥābi Al-Musakhkhari Bayna As-Samā'i Wa Al-'Arđi La'āyātin Liqawmin Ya`qilūna 002-164 ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ. إِ‍نّ‍‍َ فِي خَلْقِ ا‍لسَّمَاو‍َا‍تِ وَا‍لأَرْضِ وَا‍خْتِلاَفِ ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ وَا‍لْفُلْكِ ا‍لَّتِي تَ‍‍ج‍‍ْ‍‍ر‍‍ِي فِي ا‍لْبَحْ‍‍ر‍ِ بِمَا يَ‍‍ن‍فَعُ ا‍ل‍‍ن‍ّ‍‍َ‍ا‍سَ وَمَ‍‍ا‍ أَن‍زَلَ ا‍للَّهُ مِنَ ا‍لسَّم‍‍َ‍ا‍ءِ مِ‍‍ن‍ْ م‍‍َ‍ا‍ء‍ٍ فَأَحْيَا بِهِ ا‍لأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِ‍‍ن‍ْ كُلِّ دَا‍بَّة‍‍‍ٍ وَتَصْ‍‍ر‍‍ِي‍فِ ا‍لرِّي‍‍َ‍ا‍حِ وَا‍لسَّح‍‍َ‍ا‍بِ ا‍لْمُسَخَّ‍‍ر‍ِ بَيْنَ ا‍لسَّم‍‍َ‍ا‍ءِ وَا‍لأَرْضِ لَآي‍‍َ‍ا‍ت‍‍‍ٍ لِقَوْم‍‍‍ٍ يَعْقِل‍‍ُ‍و‍نَ
Wa Mina An-Nāsi Man Yattakhidhu Min Dūni Al-Lahi 'Andādāan Yuĥibbūnahum Kaĥubbi Al-Lahi Wa Al-Ladhīna 'Āmanū 'Ashaddu Ĥubbāan Lillahi Wa Law Yará Al-Ladhīna Žalamū 'Idh Yarawna Al-`Adhāba 'Anna Al-Qūwata Lillahi Jamī`āan Wa 'Anna Al-Laha Shadīdu Al-`Adhābi 002-165 އަދި اللَّه ފިޔަވައި އެކަލާނގެއާ އެއްފަދަ شريك ން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. اللَّه ދެކެ ލޯބިވާ ފަދައިން، އެއުރެން އެ شريك ން ދެކެ ލޯބިވެތެވެ. އަދި إيمان ވި މީހުން اللَّه ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (آخرة ދުވަހުގެ) عذاب ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ اللَّه އަށް ކަމާއި އަދި ހަމަކަށަވަރުން اللَّه އީ عذاب ދެއްވުމުގައިގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ. وَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَ‍‍ن‍ْ يَتَّخِذُ مِ‍‍ن‍ْ د‍ُو‍نِ ا‍للَّهِ أَن‍دَادا‍ً يُحِبُّونَهُمْ كَحُبِّ ا‍للَّهِ وَا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَشَدُّ حُبّا‍ً لِلَّهِ وَلَوْ يَرَى ا‍لَّذ‍ِي‍نَ ظَلَمُ‍‍و‍‍ا‍ إِذْ يَرَوْنَ ا‍لْعَذ‍َا‍بَ أَ‍نّ‍‍َ ا‍لْقُوَّةَ لِلَّهِ جَمِيعا‍ً وَأَ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعَذ‍َا‍ب‍ِ
'Idh Tabarra'a Al-Ladhīna Attubi`ū Mina Al-Ladhīna Attaba`ū Wa Ra'aw Al-`Adhāba Wa Taqaţţa`at Bihimu Al-'Asbābu 002-166 އެއީ تبع ވެވުނުމީހުން تبع ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެއުރެން (އެބަހީ: އެ ދެބައިމީހުން) عذاب ދެކޭހިނދެވެ. އަދި އެއުރެންގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުތައް ކެނޑިގެންދާ ހިނދެވެ. إِذْ تَبَرَّأَ ا‍لَّذ‍ِي‍نَ ا‍تُّبِعُو‍‍ا‍ مِنَ ا‍لَّذ‍ِي‍نَ ا‍تَّبَعُو‍‍ا‍ وَرَأَوْا ا‍لْعَذ‍َا‍بَ وَتَقَطَّعَتْ بِهِمُ ا‍لأَسْبا‍ب‍ُ
Wa Qāla Al-Ladhīna Attaba`ū Law 'Anna Lanā Karratan Fanatabarra'a Minhum Kamā Tabarra'ū Minnā Kadhālika Yurīhimu Al-Lahu 'A`mālahum Ĥasarātin `Alayhim Wa Mā Hum Bikhārijīna Mina An-Nāri 002-167 އަދި تبع ވިމީހުން ބުނޫއެވެ. ތިމަންމެންނަށް އަލުން ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދިޔުމެއް ލިބޭނެ ނަމައެވެ. (އެއީ) ތިމަންމެންގެ ކިބައިން ބަރީއަވެގަތް ފަދައިން، ތިމަންމެންވެސް އެއުރެންގެ ކިބައިން ބަރީއަވެގަތުމަށެވެ. އެއުރެންގެ عمل ތަކަކީ، އެއުރެންގެ މައްޗަށްވާ ހިތާމަތަކެއް ކަމުގައި اللَّه އެއުރެންނަށް ދައްކަވަނީ އެފަދައިންނެވެ. އަދި ނަރަކައިގެ ތެރެއިން ނުކުންނާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. وَق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ ا‍تَّبَعُو‍‍ا‍ لَوْ أَ‍نّ‍‍َ لَنَا كَرَّة‍‍‍ً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّء‍ُ‍وا مِ‍‍ن‍ّ‍‍َا كَذَلِكَ يُ‍‍ر‍‍ِيهِمُ ا‍للَّهُ أَعْمَالَهُمْ حَسَر‍َا‍تٍ عَلَيْهِمْ وَمَا هُ‍‍م‍ْ بِخَا‍ر‍‍ِج‍‍ِ‍ي‍نَ مِنَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Yā 'Ayyuhā An-Nāsu Kulū Mimmā Fī Al-'Arđi Ĥalālāan Ţayyibāan Wa Lā Tattabi`ū Khuţuwāti Ash-Shayţāni 'Innahu Lakum `Adūwun Mubīn 002-168 އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. يَ‍‍ا‍ أَيُّهَا ا‍ل‍‍ن‍ّ‍‍َ‍ا‍سُ كُلُو‍‍ا‍ مِ‍‍م‍ّ‍‍َا فِي ا‍لأَرْضِ حَلالا‍ً طَيِّبا‍ً وَلاَ تَتَّبِعُو‍‍ا‍ خُطُو‍َا‍تِ ا‍لشَّيْط‍‍َ‍ا‍نِ إِ‍نّ‍‍َهُ لَكُمْ عَدُوّ‍ٌ مُبِي‍‍ن
'Innamā Ya'murukum Bis-Sū'i Wa Al-Faĥshā'i Wa 'An Taqūlū `Alá Al-Lahi Mā Lā Ta`lamūna 002-169 އެ شيطان އާ ތިޔަބައިމީހުންނަށްأمر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ. إِ‍نّ‍‍َمَا يَأْمُرُكُ‍‍م‍ْ بِ‍‍ا‍لسّ‍‍ُ‍و‍ءِ وَا‍لْفَحْش‍‍َ‍ا‍ءِ وَأَ‍ن‍ْ تَقُولُو‍‍ا‍ عَلَى ا‍للَّهِ مَا لاَ تَعْلَم‍‍ُ‍و‍نَ
Wa 'Idhā Qīla Lahum Attabi`ū Mā 'Anzala Al-Lahu Qālū Bal Nattabi`u Mā 'Alfaynā `Alayhi 'Ābā'anā 'Awalaw Kāna 'Ābā'uuhum Lā Ya`qilūna Shay'āan Wa Lā Yahtadūna 002-170 އަދި اللَّه ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން تبع ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން تبع ވާހުށީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، އެއުރެންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެއުރެންނަށް ތެދުމަގު ނުލިބުނަސް ހެއްޔެވެ؟ وَإِذَا ق‍‍ِ‍ي‍لَ لَهُمْ ا‍تَّبِعُو‍‍ا‍ مَ‍‍ا‍ أَن‍زَلَ ا‍للَّهُ قَالُو‍‍ا‍ بَلْ نَتَّبِعُ مَ‍‍ا‍ أَلْفَيْنَا عَلَيْهِ آب‍‍َ‍ا‍ءَنَ‍‍ا‍ أَوَلَوْ ك‍‍َ‍ا‍نَ آب‍‍َ‍ا‍ؤُهُمْ لاَ يَعْقِل‍‍ُ‍و‍نَ شَيْئا‍ً وَلاَ يَهْتَد‍ُو‍نَ
Wa Mathalu Al-Ladhīna Kafarū Kamathali Al-Ladhī Yan`iqu Bimā Lā Yasma`u 'Illā Du`ā'an Wa Nidā'an Şummun Bukmun `Umyun Fahum Lā Ya`qilūna 002-171 كافر ވި މީހުން (ނަށް دين އަށް ގޮވާލާ މީހާ) ގެ مثال އީ (އެބަހީ: كافر ންނަށް رسول އާ ގޮވާލައްވާ ގޮވާލެއްވުމަށް ނިސްބަތްކޮށް ބަލާއިރު އެއުރެންނާއި رسول އާގެ مثال އީ) ގޮވުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑުނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ مثال އެވެ. އެ كافر ންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެއެވެ. وَمَثَلُ ا‍لَّذ‍ِي‍نَ كَفَرُوا‍ كَمَثَلِ ا‍لَّذِي يَنْعِقُ بِمَا لاَ يَسْمَعُ إِلاَّ دُع‍‍َ‍ا‍ء‍ً وَنِد‍َا‍ء‍ً صُ‍‍م‍ّ‍‍‍ٌ بُكْمٌ عُمْي‍‍‍ٌ فَهُمْ لاَ يَعْقِل‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Kulū Min Ţayyibāti Mā Razaqnākum Wa Ashkurū Lillahi 'In Kuntum 'Īyāhu Ta`budūna 002-172 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނިاللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ كُلُو‍‍ا‍ مِ‍‍ن‍ْ طَيِّب‍‍َ‍ا‍تِ مَا رَزَ‍ق‍‍ْنَاكُمْ وَا‍شْكُرُوا‍ لِلَّهِ إِ‍ن‍ْ كُ‍‍ن‍تُمْ إِيّ‍‍َ‍ا‍هُ تَعْبُد‍ُو‍نَ
'Innamā Ĥarrama `Alaykumu Al-Maytata Wa Ad-Dama Wa Laĥma Al-Khinzīri Wa Mā 'Uhilla Bihi Lighayri Al-Lahi Famani Ađţurra Ghayra Bāghin Wa Lā `Ādin Falā 'Ithma `Alayhi 'Inna Al-Laha Ghafūrun Raĥīmun 002-173 ތިޔަބައިމީހުންނަށް އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، مجبور ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َمَا حَرَّمَ عَلَيْكُمُ ا‍لْمَيْتَةَ وَا‍لدَّمَ وَلَحْمَ ا‍لْخِ‍‍ن‍ز‍ِي‍رِ وَمَ‍‍ا‍ أُهِلَّ بِهِ لِغَيْ‍‍ر‍ِ ا‍للَّهِ فَمَنِ ا‍ضْطُرَّ غَيْرَ ب‍‍َ‍ا‍غ‍‍‍ٍ وَلاَ ع‍‍َ‍ا‍د‍ٍ فَلاَ إِثْمَ عَلَيْهِ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
'Inna Al-Ladhīna Yaktumūna Mā 'Anzala Al-Lahu Mina Al-Kitābi Wa Yashtarūna Bihi Thamanāan Qalīlāan 'Ūlā'ika Mā Ya'kulūna Fī Buţūnihim 'Illā An-Nāra Wa Lā Yukallimuhumu Al-Lahu Yawma Al-Qiyāmati Wa Lā Yuzakkīhim Wa Lahum `Adhābun 'Alīmun 002-174 ހަމަކަށަވަރުން ފޮތުގެ ތެރެއިން اللَّه ބާވައިލެއްވި ތަކެތި ވަންހަނާކޮށް އެ ތަކެއްޗަށް ކުޑައަގެއްގަނެ އުޅޭ މީހުން އަލިފާންނޫން އެހެން އެއްޗެއް އެއުރެންގެ ބަނޑަށް (އަޅައި) ކައި ނޫޅެތެވެ. އަދި قيامة ދުވަހުން اللَّه އެއުރެންނަކަށް ބަސް وحى އެއް ނުކުރައްވާނެތެވެ. އަދި އެއުރެން طاهر އެއްވެސް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް ހުރީ ވޭންދެނިވި عذاب އެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ يَكْتُم‍‍ُ‍و‍نَ مَ‍‍ا‍ أَن‍زَلَ ا‍للَّهُ مِنَ ا‍لْكِت‍‍َ‍ا‍بِ وَيَشْتَر‍ُو‍نَ بِهِ ثَمَنا‍ً قَلِيلاً أ‍ُ‍وْل‍‍َ‍ا‍ئِكَ مَا يَأْكُل‍‍ُ‍و‍نَ فِي بُطُونِهِمْ إِلاَّ ا‍ل‍‍ن‍ّ‍‍َ‍ا‍رَ وَلاَ يُكَلِّمُهُمُ ا‍للَّهُ يَوْمَ ا‍لْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
'Ūlā'ika Al-Ladhīna Ashtaraw Ađ-Đalālata Bil-Hudá Wa Al-`Adhāba Bil-Maghfirati Famā 'Aşbarahum `Alá An-Nāri 002-175 އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން އަދި ފާފަފުއްސެވުމުގެ ބަދަލުގައި عذاب ގަތް މީހުންނެވެ. ފަހެ، ނަރަކަ (އިގެ عذاب) އަށް އެއުރެންނަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ ا‍شْتَرَوْا ا‍لضَّلاَلَةَ بِ‍‍ا‍لْهُدَى وَا‍لْعَذ‍َا‍بَ بِ‍‍ا‍لْمَغْفِرَةِ فَمَ‍‍ا‍ أَصْبَرَهُمْ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
Dhālika Bi'anna Al-Laha Nazzala Al-Kitāba Bil-Ĥaqqi Wa 'Inna Al-Ladhīna Akhtalafū Fī Al-Kitābi Lafī Shiqāqin Ba`īdin 002-176 އެއީ ހަމަކަށަވަރުން اللَّه، حق ގޮތުގައި ފޮތް ބާވައިލައްވާފައިވާ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން ފޮތާމެދު خلاف ވި މީހުންވަނީ (حق އާ) ދުރުވެގެންވާ ދެކޮޅުވެރި ކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. ذَلِكَ بِأَ‍نّ‍‍َ ا‍للَّهَ نَزَّلَ ا‍لْكِت‍‍َ‍ا‍بَ بِ‍‍ا‍لْحَقِّ وَإِ‍نّ‍‍َ ا‍لَّذ‍ِي‍نَ ا‍خْتَلَفُو‍‍ا‍ فِي ا‍لْكِت‍‍َ‍ا‍بِ لَفِي شِق‍‍َ‍ا‍ق‍‍‍ٍ بَع‍‍ِ‍ي‍‍د‍ٍ
Laysa Al-Birra 'An Tuwallū Wujūhakum Qibala Al-Mashriqi Wa Al-Maghribi Wa Lakinna Al-Birra Man 'Āmana Bil-Lahi Wa Al-Yawmi Al-'Ākhiri Wa Al-Malā'ikati Wa Al-Kitābi Wa An-Nabīyīna Wa 'Ā Al-Māla `Alá Ĥubbihi Dhawī Al-Qurbá Wa Al-Yatāmá Wa Al-Masākīna Wa Abna As-Sabīli Wa As-Sā'ilīna Wa Fī Ar-Riqābi Wa 'Aqāma Aş-Şalāata Wa 'Ā Az-Zakāata Wa Al-Mūfūna Bi`ahdihim 'Idhā `Āhadū Wa Aş-Şābirīna Fī Al-Ba'sā'i Wa Ađ-Đarrā'i Wa Ĥīna Al-Ba'si 'Ūlā'ika Al-Ladhīna Şadaqū Wa 'Ūlā'ika Humu Al-Muttaqūna 002-177 ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ. لَيْسَ ا‍لْبِرَّ أَ‍ن‍ْ تُوَلُّو‍‍ا‍ وُجُوهَكُمْ قِبَلَ ا‍لْمَشْ‍‍ر‍‍ِقِ وَا‍لْمَغْ‍‍ر‍‍ِبِ وَلَكِ‍‍ن‍ّ‍‍َ ا‍لْبِرَّ مَ‍‍ن‍ْ آمَنَ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ وَا‍لْمَلاَئِكَةِ وَا‍لْكِت‍‍َ‍ا‍بِ وَا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ وَآتَى ا‍لْم‍‍َ‍ا‍لَ عَلَى حُبِّهِ ذَوِي ا‍لْقُرْبَى وَا‍لْيَتَامَى وَا‍لْمَسَاك‍‍ِ‍ي‍نَ وَا‍ب‍‍ْنَ ا‍لسَّب‍‍ِ‍ي‍لِ وَا‍لسّ‍‍َ‍ا‍ئِل‍‍ِ‍ي‍نَ وَفِي ا‍لرِّق‍‍َ‍ا‍بِ وَأَق‍‍َ‍ا‍مَ ا‍لصَّلاَةَ وَآتَى ا‍لزَّك‍‍َ‍ا‍ةَ وَا‍لْمُوف‍‍ُ‍و‍نَ بِعَهْدِهِمْ إِذَا عَاهَدُوا‍ وَا‍لصَّابِ‍‍ر‍‍ِي‍نَ فِي ا‍لْبَأْس‍‍َ‍ا‍ءِ وَا‍لضَّرّ‍َا‍ءِ وَح‍‍ِ‍ي‍نَ ا‍لْبَأْسِ أ‍ُ‍وْل‍‍َ‍ا‍ئِكَ ا‍لَّذ‍ِي‍نَ صَدَقُو‍‍ا‍ وَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لْمُتَّق‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Kutiba `Alaykumu Al-Qişāşu Fī Al-Qatlá Al-Ĥurru Bil-Ĥurri Wa Al-`Abdu Bil-`Abdi Wa Al-'Unthá Bil-'Unthá Faman `Ufiya Lahu Min 'Akhīhi Shay'un Fa Attibā`un Bil-Ma`rūfi Wa 'Adā'un 'Ilayhi Bi'iĥsānin Dhālika Takhfīfun Min Rabbikum Wa Raĥmatun Famani A`tadá Ba`da Dhālika Falahu `Adhābun 'Alīmun 002-178 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭމީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ كُتِبَ عَلَيْكُمُ ا‍لْقِص‍‍َ‍ا‍صُ فِي ا‍لْقَتْلَى ا‍لْحُرُّ بِ‍‍ا‍لْحُرِّ وَا‍لْعَ‍‍ب‍‍ْدُ بِ‍‍ا‍لْعَ‍‍ب‍‍ْدِ وَا‍لأُن‍ثَى بِ‍‍ا‍لأُن‍ثَى فَمَنْ عُفِيَ لَهُ مِنْ أَخ‍‍ِ‍ي‍هِ شَيْء‍ٌ فَاتِّب‍‍َ‍ا‍ع‍‍‍ٌ بِ‍‍ا‍لْمَعْر‍ُو‍فِ وَأَد‍َا‍ء‍ٌ إِلَيْهِ بِإِحْس‍‍َ‍ا‍ن‍‍‍ٍ ذَلِكَ تَخْف‍‍ِ‍ي‍ف‍‍‍ٌ مِ‍‍ن‍ْ رَبِّكُمْ وَرَحْمَة‍‍‍ٌ فَمَنِ ا‍عْتَدَى بَعْدَ ذَلِكَ فَلَهُ عَذ‍َا‍بٌ أَل‍‍ِ‍ي‍م‍‍‍ٌ
Wa Lakum Al-Qişāşi Ĥayāatun Yā 'Ū Al-'Albābi La`allakum Tattaqūna 002-179 އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ. وَلَكُمْ فِي ا‍لْقِص‍‍َ‍ا‍صِ حَي‍‍َ‍ا‍ة‍‍‍ٌ يَ‍‍ا‍ أ‍ُ‍وْلِي ا‍لأَلْب‍‍َ‍ا‍بِ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
Kutiba `Alaykum 'Idhā Ĥađara 'Aĥadakumu Al-Mawtu 'In Taraka Khayrāan Al-Waşīyatu Lilwālidayni Wa Al-'Aqrabīna Bil-Ma`rūfi Ĥaqqāan `Alá Al-Muttaqīna 002-180 ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް حاضر ވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް وصية ކުރުން ތިޔަބައިމީހުންގެ މައްޗަށްفرض ކުރައްވައިފިއެވެ. (އެކަންއޮތީ) تقوى ވެރިންގެ މައްޗަށްއޮތް حق އެއް ކަމުގައެވެ. كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ا‍لْمَوْتُ إِ‍ن‍ْ تَرَكَ خَيْرا‍ً ا‍لْوَصِيَّةُ لِلْوَالِدَيْنِ وَا‍لأَ‍ق‍‍ْرَب‍‍ِ‍ي‍نَ بِ‍‍ا‍لْمَعْر‍ُو‍فِ حَقّاً عَلَى ا‍لْمُتَّق‍‍ِ‍ي‍نَ
Faman Baddalahu Ba`damā Sami`ahu Fa'innamā 'Ithmuhu `Alá Al-Ladhīna Yubaddilūnahu 'Inna Al-Laha Samī`un `Alīmun 002-181 ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. فَمَ‍‍ن‍ْ بَدَّلَهُ بَعْدَمَا سَمِعَهُ فَإِ‍نّ‍‍َمَ‍‍ا إِثْمُهُ عَلَى ا‍لَّذ‍ِي‍نَ يُبَدِّلُونَهُ إِ‍نّ‍‍َ ا‍للَّهَ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Faman Khāfa Min Mūşin Janafāan 'Aw 'Ithmāan Fa'aşlaĥa Baynahum Falā 'Ithma `Alayhi 'Inna Al-Laha Ghafūrun Raĥīmun 002-182 ފަހެ، وصية ކުރާ މީހެއްގެ ފަރާތުން ބޭއިންސާފު ގޮތެއް ނުވަތަ ފާފަވެރިވާ ގޮތެއް ހިނގައިފާނެކަމަށް ބިރުގެން އެއުރެންގެ މެދުގައި (އެބަހީ: ވާރުތަވެރިންގެ މެދުގައި) صلح ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. (އެބަހީ: ކުރިން ނަންގަނެވުނު وصية ބަދަލުކުރުމުގެ ފާފަ އެމީހެއްގެ މައްޗަކަށް ނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. فَمَنْ خ‍‍َ‍ا‍فَ مِ‍‍ن‍ْ م‍‍ُ‍و‍ص‍‍‍ٍ جَنَفاً أَوْ إِثْما‍ً فَأَصْلَحَ بَيْنَهُمْ فَلاَ إِثْمَ عَلَيْهِ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Kutiba `Alaykumu Aş-Şiyāmu Kamā Kutiba `Alá Al-Ladhīna Min Qablikum La`allakum Tattaqūna 002-183 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ كُتِبَ عَلَيْكُمُ ا‍لصِّي‍‍َ‍ا‍مُ كَمَا كُتِبَ عَلَى ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِكُمْ لَعَلَّكُمْ تَتَّق‍‍ُ‍و‍نَ
'Ayyāmāan Ma`dūdātin Faman Kāna Minkum Marīđāan 'Aw `Alá Safarin Fa`iddatun Min 'Ayyāmin 'Ukhara Wa `Alá Al-Ladhīna Yuţīqūnahu Fidyatun Ţa`āmu Miskīnin Faman Taţawwa`a Khayrāan Fahuwa Khayrun Lahu Wa 'An Taşūmū Khayrun Lakum 'In Kuntum Ta`lamūna 002-184 (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ،ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. أَيَّاما‍ً مَعْدُود‍َا‍ت‍‍‍ٍ فَمَ‍‍ن‍ْ ك‍‍َ‍ا‍نَ مِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ر‍‍ِيضاً أَوْ عَلَى سَفَر‍ٍ فَعِدَّة‍‍‍ٌ مِنْ أَيّ‍‍َ‍ا‍مٍ أُخَرَ وَعَلَى ا‍لَّذ‍ِي‍نَ يُطِيقُونَهُ فِ‍‍د‍‍ْيَة‍‍‍ٌ طَع‍‍َ‍ا‍مُ مِسْك‍‍ِ‍ي‍ن‍‍‍ٍ فَمَ‍‍ن‍ْ تَطَوَّعَ خَيْرا‍ً فَهُوَ خَيْر‍ٌ لَهُ وَأَ‍ن‍ْ تَصُومُو‍‍ا‍ خَيْر‍ٌ لَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Shahru Ramađāna Al-Ladhī 'Unzila Fīhi Al-Qur'ānu Hudáan Lilnnāsi Wa Bayyinātin Mina Al-Hudá Wa Al-Furqāni Faman Shahida Minkumu Ash-Shahra Falyaşumhu Wa Man Kāna Marīđāan 'Aw `Alá Safarin Fa`iddatun Min 'Ayyāmin 'Ukhara Yurīdu Al-Lahu Bikumu Al-Yusra Wa Lā Yurīdu Bikumu Al-`Usra Wa Litukmilū Al-`Iddata Wa Litukabbirū Al-Laha `Alá Mā Hadākum Wa La`allakum Tashkurūna 002-185 رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށްލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ. شَهْرُ رَمَض‍‍َ‍ا‍نَ ا‍لَّذِي أُن‍زِلَ ف‍‍ِ‍ي‍هِ ا‍لْقُرْآنُ هُ‍‍دى‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَبَيِّن‍‍َ‍ا‍ت‍‍‍ٍ مِنَ ا‍لْهُدَى وَا‍لْفُرْق‍‍َ‍ا‍نِ فَمَ‍‍ن‍ْ شَهِدَ مِ‍‍ن‍‍ْكُمُ ا‍لشَّهْرَ فَلْيَصُمْهُ وَمَ‍‍ن‍ْ ك‍‍َ‍ا‍نَ مَ‍‍ر‍‍ِيضاً أَوْ عَلَى سَفَر‍ٍ فَعِدَّة‍‍‍ٌ مِنْ أَيّ‍‍َ‍ا‍مٍ أُخَرَ يُ‍‍ر‍‍ِي‍دُ ا‍للَّهُ بِكُمُ ا‍لْيُسْرَ وَلاَ يُ‍‍ر‍‍ِي‍دُ بِكُمُ ا‍لْعُسْرَ وَلِتُكْمِلُو‍‍ا‍ ا‍لْعِدَّةَ وَلِتُكَبِّرُوا‍ ا‍للَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُر‍ُو‍نَ
Wa 'Idhā Sa'alaka `Ibādī `Annī Fa'innī Qarībun 'Ujību Da`wata Ad-Dā`i 'Idhā Da`āni Falyastajībū Lī Wa Līu'uminū Bī La`allahum Yarshudūna 002-186 އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. وَإِذَا سَأَلَكَ عِبَادِي عَ‍‍ن‍ّ‍‍ِي فَإِ‍نّ‍‍ِي قَ‍‍ر‍‍ِي‍بٌ أُج‍‍ِ‍ي‍بُ دَعْوَةَ ا‍لدّ‍َا‍عِ إِذَا دَع‍‍َ‍ا‍نِ فَلْيَسْتَجِيبُو‍‍ا‍ لِي وَلْيُؤْمِنُو‍‍ا‍ بِي لَعَلَّهُمْ يَرْشُد‍ُو‍نَ
'Uĥilla Lakum Laylata Aş-Şiyāmi Ar-Rafathu 'Ilá Nisā'ikum Hunna Libāsun Lakum Wa 'Antum Libāsun Lahunna `Alima Al-Lahu 'Annakum Kuntum Takhtānūna 'Anfusakum Fatāba `Alaykum Wa `Afā `Ankum Fāl'āna Bāshirūhunna Wa Abtaghū Mā Kataba Al-Lahu Lakum Wa Kulū Wa Ashrabū Ĥattá Yatabayyana Lakumu Al-Khayţu Al-'Abyađu Mina Al-Khayţi Al-'Aswadi Mina Al-Fajri Thumma 'Atimmū Aş-Şiyāma 'Ilá Al-Layli Wa Lā Tubāshirūhunna Wa 'Antum `Ākifūna Fī Al-Masājidi Tilka Ĥudūdu Al-Lahi Falā Taqrabūhā Kadhālika Yubayyinu Al-Lahu 'Āyātihi Lilnnāsi La`allahum Yattaqūna 002-187 ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماع ވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި اعتكاف އަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: جماع ނުވާށެވެ!) އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން اللَّه،އެކަލާނގެ آية ތައް މީސްތަކުންނަށް بيان ކޮށް ދެއްވަނީ އެއުރެން تقوى ވެރި ވުމަށްޓަކައެވެ. أُحِلَّ لَكُمْ لَيْلَةَ ا‍لصِّي‍‍َ‍ا‍مِ ا‍لرَّفَثُ إِلَى نِس‍‍َ‍ا‍ئِكُمْ هُ‍‍ن‍ّ‍‍َ لِب‍‍َ‍ا‍س‍‍‍ٌ لَكُمْ وَأَ‍ن‍‍ْتُمْ لِب‍‍َ‍ا‍س‍‍‍ٌ لَهُ‍‍ن‍ّ‍‍َ عَلِمَ ا‍للَّهُ أَ‍نّ‍‍َكُمْ كُ‍‍ن‍تُمْ تَخْتَان‍‍ُ‍و‍نَ أَن‍فُسَكُمْ فَت‍‍َ‍ا‍بَ عَلَيْكُمْ وَعَفَا عَ‍‍ن‍‍ْكُمْ فَالآنَ بَاشِرُوهُ‍‍ن‍ّ‍‍َ وَا‍ب‍‍ْتَغُو‍‍ا‍ مَا كَتَبَ ا‍للَّهُ لَكُمْ وَكُلُو‍‍ا‍ وَا‍شْرَبُو‍‍ا‍ حَتَّى يَتَبَيَّنَ لَكُمُ ا‍لْخَيْطُ ا‍لأَ‍ب‍‍ْيَضُ مِنَ ا‍لْخَيْطِ ا‍لأَسْوَدِ مِنَ ا‍لْفَ‍‍ج‍‍ْ‍‍ر‍ِ ثُ‍‍م‍ّ‍‍َ أَتِ‍‍م‍ّ‍‍ُو‍‍ا‍ ا‍لصِّي‍‍َ‍ا‍مَ إِلَى ا‍للَّيْلِ وَلاَ تُبَاشِرُوهُ‍‍ن‍ّ‍‍َ وَأَ‍ن‍‍ْتُمْ عَاكِف‍‍ُ‍و‍نَ فِي ا‍لْمَسَاجِدِ تِلْكَ حُد‍ُو‍دُ ا‍للَّهِ فَلاَ تَ‍‍ق‍‍ْرَبُوهَا كَذَلِكَ يُبَيِّنُ ا‍للَّهُ آيَاتِهِ لِل‍‍ن‍ّ‍‍َ‍ا‍سِ لَعَلَّهُمْ يَتَّق‍‍ُ‍و‍نَ
Wa Lā Ta'kulū 'Amwālakum Baynakum Bil-Bāţili Wa Tudlū Bihā 'Ilá Al-Ĥukkāmi Lita'kulū Farīqāan Min 'Amwāli An-Nāsi Bil-'Ithmi Wa 'Antum Ta`lamūna 002-188 އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكم ންނަށް ނުދޭށެވެ! وَلاَ تَأْكُلُ‍‍و‍‍ا‍ أَمْوَالَكُ‍‍م‍ْ بَيْنَكُ‍‍م‍ْ بِ‍‍ا‍لْبَاطِلِ وَتُ‍‍د‍‍ْلُو‍‍ا‍ بِهَ‍‍ا إِلَى ا‍لْحُكّ‍‍َ‍ا‍مِ لِتَأْكُلُو‍‍ا‍ فَ‍‍ر‍‍ِيقا‍ً مِنْ أَمْو‍َا‍لِ ا‍ل‍‍ن‍ّ‍‍َ‍ا‍سِ بِ‍‍ا‍لإِثْمِ وَأَ‍ن‍‍ْتُمْ تَعْلَم‍‍ُ‍و‍نَ
Yas'alūnaka `Ani Al-'Ahillati Qul Hiya Mawāqītu Lilnnāsi Wa Al-Ĥajji Wa Laysa Al-Birru Bi'an Ta'tū Al-Buyūta Min Žuhūrihā Wa Lakinna Al-Birra Mani Attaqá Wa 'Tū Al-Buyūta Min 'Abwābihā Wa Attaqū Al-Laha La`allakum Tufliĥūna 002-189 ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި حج ގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ. އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށް تقوى ވެރިވެއްޖެ މީހެކެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. يَسْأَلُونَكَ عَنِ ا‍لأَهِلَّةِ قُلْ هِيَ مَوَاق‍‍ِ‍ي‍تُ لِل‍‍ن‍ّ‍‍َ‍ا‍سِ وَا‍لْحَجِّ وَلَيْسَ ا‍لْبِرُّ بِأَ‍ن‍ْ تَأْتُو‍‍ا‍ ا‍لْبُي‍‍ُ‍و‍تَ مِ‍‍ن‍ْ ظُهُو‍ر‍‍ِهَا وَلَكِ‍‍ن‍ّ‍‍َ ا‍لْبِرَّ مَنِ ا‍تَّقَى وَأْتُو‍‍ا‍ ا‍لْبُي‍‍ُ‍و‍تَ مِنْ أَ‍ب‍‍ْوَابِهَا وَا‍تَّقُو‍‍ا‍ ا‍للَّهَ لَعَلَّكُمْ تُفْلِح‍‍ُ‍و‍نَ
Wa Qātilū Fī Sabīli Al-Lahi Al-Ladhīna Yuqātilūnakum Wa Lā Ta`tadū 'Inna Al-Laha Lā Yuĥibbu Al-Mu`tadīna 002-190 ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން اللَّه ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއްނުވެއެވެ. وَقَاتِلُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ ا‍لَّذ‍ِي‍نَ يُقَاتِلُونَكُمْ وَلاَ تَعْتَدُو‍ا‍ إِ‍نّ‍‍َ ا‍للَّهَ لاَ يُحِبُّ ا‍لْمُعْتَد‍ِي‍نَ
qtulūhum Ĥaythu Thaqiftumūhum Wa 'Akhrijūhum Min Ĥaythu 'Akhrajūkum Wa Al-Fitnatu 'Ashaddu Mina Al-Qatli Wa Lā Tuqātilūhum `Inda Al-Masjidi Al-Ĥarāmi Ĥattá Yuqātilūkum Fīhi Fa'in Qātalūkumqtulūhum Kadhālika Jazā'u Al-Kāfirīna 002-191 އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެއުރެން قتل ކުރާށެވެ! އަދި އެއުރެން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެއުރެން ނެރޭށެވެ! އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި حرمة ތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެއުރެން قتل ކުރާށެވެ! كافر ންގެ ޖަޒާ ވަނީ އެފަދައިންނެވެ. وَا‍ق‍‍ْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْ‍‍ر‍‍ِجُوهُ‍‍م‍ْ مِنْ حَيْثُ أَخْرَجُوكُمْ وَا‍لْفِتْنَةُ أَشَدُّ مِنَ ا‍لْقَتْلِ وَلاَ تُقَاتِلُوهُمْ عِ‍‍ن‍‍ْدَ ا‍لْمَسْجِدِ ا‍لْحَر‍َا‍مِ حَتَّى يُقَاتِلُوكُمْ ف‍‍ِ‍ي‍هِ فَإِ‍ن‍ْ قَاتَلُوكُمْ فَا‍ق‍‍ْتُلُوهُمْ كَذَلِكَ جَز‍َا‍ءُ ا‍لْكَافِ‍‍ر‍‍ِي‍نَ
Fa'ini Antahaw Fa'inna Al-Laha Ghafūrun Raĥīmun 002-192 ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. فَإِنِ ا‍ن‍تَهَوْا فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa Qātilūhum Ĥattá Lā Takūna Fitnatun Wa Yakūna Ad-Dīnu Lillahi Fa'ini Antahaw Falā `Udwāna 'Illā `Alá Až-Žālimīna 002-193 އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين،اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ. وَقَاتِلُوهُمْ حَتَّى لاَ تَك‍‍ُ‍و‍نَ فِتْنَة‍‍‍ٌ وَيَك‍‍ُ‍و‍نَ ا‍لدّ‍ِي‍نُ لِلَّهِ فَإِنِ ا‍ن‍تَهَوْا فَلاَ عُ‍‍د‍‍ْو‍َا‍نَ إِلاَّ عَلَى ا‍لظَّالِم‍‍ِ‍ي‍نَ
Ash-Shahru Al-Ĥarāmu Bish-Shahri Al-Ĥarāmi Wa Al-Ĥurumātu Qişāşun Famani A`tadá `Alaykum Fā`tadū `Alayhi Bimithli Mā A`tadá `Alaykum Wa Attaqū Al-Laha Wa A`lamū 'Anna Al-Laha Ma`a Al-Muttaqīna 002-194 حرمة ތެރިވެގެންވާ މަހަށް حرمة ތެރިވެގެންވާ މަހެވެ. حرمة ތައް ކަނޑައިފުމަކީ، ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: حرمة ތެރިވެގެންވާ މައްސަރެއްގައި مشرك ން ހަނގުރާމަ ކުޅަފަދައިން، އެފަދަ މައްސަރެއްގައި مشرك ންނާ ހަނގުރާމަ ކުޅައުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ تقوى ވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ! ا‍لشَّهْرُ ا‍لْحَر‍َا‍مُ بِ‍‍ا‍لشَّهْ‍‍ر‍ِ ا‍لْحَر‍َا‍مِ وَا‍لْحُرُم‍‍َ‍ا‍تُ قِص‍‍َ‍ا‍ص‍‍‍ٌ فَمَنِ ا‍عْتَدَى عَلَيْكُمْ فَاعْتَدُوا‍ عَلَيْهِ بِمِثْلِ مَا ا‍عْتَدَى عَلَيْكُمْ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ مَعَ ا‍لْمُتَّق‍‍ِ‍ي‍نَ
Wa 'Anfiqū Fī Sabīli Al-Lahi Wa Lā Tulqū Bi'aydīkum 'Ilá At-Tahlukati Wa 'Aĥsinū 'Inna Al-Laha Yuĥibbu Al-Muĥsinīna 002-195 اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި إحسان ތެރިވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. وَأَن‍فِقُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَلاَ تُلْقُو‍‍ا‍ بِأَيْدِيكُمْ إِلَى ا‍لتَّهْلُكَةِ وَأَحْسِنُ‍‍و‍‍ا‍ إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لْمُحْسِن‍‍ِ‍ي‍نَ
Wa 'Atimmū Al-Ĥajja Wa Al-`Umrata Lillahi Fa'in 'Uĥşirtum Famā Astaysara Mina Al-Hadyi Wa Lā Taĥliqū Ru'ūsakum Ĥattá Yablugha Al-Hadyu Maĥillahu Faman Kāna Minkum Marīđāan 'Aw Bihi 'Adháan Min Ra'sihi Fafidyatun Min Şiyāmin 'Aw Şadaqatin 'Aw Nusukin Fa'idhā 'Amintum Faman Tamatta`a Bil-`Umrati 'Ilá Al-Ĥajji Famā Astaysara Mina Al-Hadyi Faman Lam Yajid Faşiyāmu Thalāthati 'Ayyāmin Al-Ĥajji Wa Sab`atin 'Idhā Raja`tum Tilka `Asharatun Kāmilatun Dhālika Liman Lam Yakun 'Ahluhu Ĥāđirī Al-Masjidi Al-Ĥarāmi Wa Attaqū Al-Laha Wa A`lamū 'Anna Al-Laha Shadīdu Al-`Iqābi 002-196 ތިޔަބައިމީހުން اللَّه އަށްޓަކައި حج އާއި عمرة ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصار ވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حج ވުމަށް ނުވަތަ عمرة ވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) هَدْى ގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި هَدْى، އެ ކަތިލުމުގެ محل އަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ صدقات އެއް ދިނުމުން ނުވަތަ ކަތިލުމަކުން فدية އެއް ދިނުން ހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެނަމަ عمرة އަށްފަހު، حج އާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: حج ގެ ދުވަސްވަރުގައި عمرة ގެ އަޅުކަން ނިމި، إحرام ކަނޑައިފުމުން، إحرام ގެ ސަބަބުން حرام ވާ ކަންތައްތައް ހުއްދަވުމަށްފަހު، مكة ގައި ހުރެ އަލުން حج އަށް إحرام ބަނދެފި މީހާ) هَدْى ގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދައެއްޗެއް ނުލިބިއްޖެމީހާ حج ގެތެރޭގައި ތިން ދުވަހު، އަދި حج ން އެބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ، އެމީހެއްގެ أهل ވެރިން حرمة ތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَأَتِ‍‍م‍ّ‍‍ُو‍‍ا‍ ا‍لْحَجَّ وَا‍لْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا ا‍سْتَيْسَرَ مِنَ ا‍لْهَ‍‍د‍‍ْيِ وَلاَ تَحْلِقُو‍‍ا‍ رُء‍ُ‍وسَكُمْ حَتَّى يَ‍‍ب‍‍ْلُغَ ا‍لْهَ‍‍د‍‍ْيُ مَحِلَّهُ فَمَ‍‍ن‍ْ ك‍‍َ‍ا‍نَ مِ‍‍ن‍‍ْكُ‍‍م‍ْ مَ‍‍ر‍‍ِيضاً أَوْ بِهِ أَذى‍ً مِ‍‍ن‍ْ رَأْسِهِ فَفِ‍‍د‍‍ْيَة‍‍‍ٌ مِ‍‍ن‍ْ صِي‍‍َ‍ا‍مٍ أَوْ صَدَقَةٍ أَوْ نُسُك‍‍‍ٍ فَإِذَا أَمِ‍‍ن‍تُمْ فَمَ‍‍ن‍ْ تَمَتَّعَ بِ‍‍ا‍لْعُمْرَةِ إِلَى ا‍لْحَجِّ فَمَا ا‍سْتَيْسَرَ مِنَ ا‍لْهَ‍‍د‍‍ْيِ فَمَ‍‍ن‍ْ لَمْ يَجِ‍‍د‍ْ فَصِي‍‍َ‍ا‍مُ ثَلاَثَةِ أَيّ‍‍َ‍ا‍م‍‍‍ٍ فِي ا‍لْحَجِّ وَسَ‍‍ب‍‍ْعَة‍‍‍ٍ إِذَا رَجَعْتُمْ تِلْكَ عَشَرَة‍‍‍ٌ كَامِلَة‍‍‍ٌ ذَلِكَ لِمَ‍‍ن‍ْ لَمْ يَكُنْ أَهْلُهُ حَاضِ‍‍ر‍‍ِي ا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Al-Ĥajju 'Ash/hurun Ma`lūmātun Faman Farađa Fīhinna Al-Ĥajja Falā Rafatha Wa Lā Fusūqa Wa Lā Jidāla Fī Al-Ĥajji Wa Mā Taf`alū Min Khayrin Ya`lamhu Al-Lahu Wa Tazawwadū Fa'inna Khayra Az-Zādi At-Taqwá Wa Attaqūnī Yā 'Ū Al-'Albābi 002-197 حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ! ا‍لْحَجُّ أَشْهُر‍ٌ مَعْلُوم‍‍َ‍ا‍ت‍‍‍ٌ فَمَ‍‍ن‍ْ فَرَضَ فِيهِ‍‍ن‍ّ‍‍َ ا‍لْحَجَّ فَلاَ رَفَثَ وَلاَ فُس‍‍ُ‍و‍قَ وَلاَ جِد‍َا‍لَ فِي ا‍لْحَجِّ وَمَا تَفْعَلُو‍‍ا‍ مِنْ خَيْر‍ٍ يَعْلَمْهُ ا‍للَّهُ وَتَزَوَّدُوا‍ فَإِ‍نّ‍‍َ خَيْرَ ا‍لزّ‍َا‍دِ ا‍لتَّ‍‍ق‍‍ْوَى وَا‍تَّقُونِي يَ‍‍ا‍ أ‍ُ‍وْلِي ا‍لأَلْب‍‍َ‍ا‍ب‍ِ
Laysa `Alaykum Junāĥun 'An Tabtaghū Fađlāan Min Rabbikum Fa'idhā 'Afađtum Min `Arafātindhkurū Al-Laha `Inda Al-Mash`ari Al-Ĥarāmi Wa Adhkurūhu Kamā Hadākum Wa 'In Kuntum Min Qablihi Lamina Ađ-Đāllīna 002-198 ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން عرفات ން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، المشعرالحرام ގައި (އެބަހީ: مزدلفة ނިމޭތާނގައިވާ قُزَح ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: تلبية ކިޔައި، دعاء ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. لَيْسَ عَلَيْكُمْ جُن‍‍َ‍ا‍حٌ أَ‍ن‍ْ تَ‍‍ب‍‍ْتَغُو‍‍ا‍ فَضْلا‍ً مِ‍‍ن‍ْ رَبِّكُمْ فَإِذَا أَفَضْتُ‍‍م‍ْ مِنْ عَرَف‍‍َ‍ا‍ت‍‍‍ٍ فَاذْكُرُوا‍ ا‍للَّهَ عِ‍‍ن‍‍ْدَ ا‍لْمَشْعَ‍‍ر‍ِ ا‍لْحَر‍َا‍مِ وَا‍ذْكُر‍ُو‍هُ كَمَا هَدَاكُمْ وَإِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلِهِ لَمِنَ ا‍لضّ‍‍َ‍ا‍لّ‍‍ِ‍ي‍نَ
Thumma 'Afīđū Min Ĥaythu 'Afāđa An-Nāsu Wa Astaghfirū Al-Laha 'Inna Al-Laha Ghafūrun Raĥīmun 002-199 ދެން (عرفات ން مزدلفة ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. ثُ‍‍م‍ّ‍‍َ أَفِيضُو‍‍ا‍ مِنْ حَيْثُ أَف‍‍َ‍ا‍ضَ ا‍ل‍‍ن‍ّ‍‍َ‍ا‍سُ وَا‍سْتَغْفِرُوا‍ ا‍للَّهَ إِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Fa'idhā Qađaytum Manāsikakumdhkurū Al-Laha Kadhikrikum 'Ābā'akum 'Aw 'Ashadda Dhikrāan Famina An-Nāsi Man Yaqūlu Rabbanā 'Ātinā Fī Ad-Dunyā Wa Mā Lahu Fī Al-'Ākhirati Min Khalāqin 002-200 ފަހެ، ތިޔަބައިމީހުންގެ حج ގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން،ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ] އޭ ކިޔައި دعاء ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތެވެ. فَإِذَا قَضَيْتُ‍‍م‍ْ مَنَاسِكَكُمْ فَاذْكُرُوا‍ ا‍للَّهَ كَذِكْ‍‍ر‍‍ِكُمْ آب‍‍َ‍ا‍ءَكُمْ أَوْ أَشَدَّ ذِكْرا‍ً فَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَ‍‍ن‍ْ يَق‍‍ُ‍و‍لُ رَبَّنَ‍‍ا آتِنَا فِي ا‍لدُّ‍‍ن‍‍ْيَا وَمَا لَهُ فِي ا‍لآخِرَةِ مِنْ خَلاَ‍ق‍‍ٍ
Wa Minhum Man Yaqūlu Rabbanā 'Ātinā Fī Ad-Dunyā Ĥasanatan Wa Fī Al-'Ākhirati Ĥasanatan Wa Qinā `Adhāba An-Nāri 002-201 އަދި [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ] އޭ ކިޔައި، دعاء ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. وَمِنْهُ‍‍م‍ْ مَ‍‍ن‍ْ يَق‍‍ُ‍و‍لُ رَبَّنَ‍‍ا آتِنَا فِي ا‍لدُّ‍‍ن‍‍ْيَا حَسَنَة‍‍‍ً وَفِي ا‍لآخِرَةِ حَسَنَة‍‍‍ً وَقِنَا عَذ‍َا‍بَ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ
'Ūlā'ika Lahum Naşībun Mimmā Kasabū Wa Allāhu Sarī`u Al-Ĥisābi 002-202 އެއުރެން ހޯދި ހެޔޮކަމުގެ نصيب އެއުރެންނަށް ހުށްޓެވެ. اللَّه އީ، حساب ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. أ‍ُ‍وْل‍‍َ‍ا‍ئِكَ لَهُمْ نَص‍‍ِ‍ي‍ب‍‍‍ٌ مِ‍‍م‍ّ‍‍َا كَسَبُو‍‍ا‍ وَا‍للَّهُ سَ‍‍ر‍‍ِي‍عُ ا‍لْحِس‍‍َ‍ا‍ب‍ِ
Wa Adhkurū Al-Laha Fī 'Ayyāmin Ma`dūdātin Faman Ta`ajjala Fī Yawmayni Falā 'Ithma `Alayhi Wa Man Ta'akhkhara Falā 'Ithma `Alayhi Limani Attaqá Wa Attaqū Al-Laha Wa A`lamū 'Annakum 'Ilayhi Tuĥsharūna 002-203 عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ. އެއީ، تقوى ވެރިވެއްޖެ މީހަކަށެވެ. އަދިތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން محشر އަށް ފޮނުއްވާނީ، އެކަލާނގެ حضرة އަށް ކަން، ތިޔަބައިމީހުން ދަންނާށެވެ! وَاذْكُرُوا‍ ا‍للَّهَ فِ‍‍ي‍ أَيّ‍‍َ‍ا‍م‍‍‍ٍ مَعْدُود‍َا‍ت‍‍‍ٍ فَمَ‍‍ن‍ْ تَعَجَّلَ فِي يَوْمَيْنِ فَلاَ إِثْمَ عَلَيْهِ وَمَ‍‍ن‍ْ تَأَخَّرَ فَلاَ إِثْمَ عَلَيْهِ لِمَنِ ا‍تَّقَى وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َكُمْ إِلَيْهِ تُحْشَر‍ُو‍نَ
Wa Mina An-Nāsi Man Yu`jibuka Qawluhu Fī Al-Ĥayāati Ad-Dunyā Wa Yush/hidu Al-Laha `Alá Mā Fī Qalbihi Wa Huwa 'Aladdu Al-Khāmi 002-204 دنيوى حياة އާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ. وَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَ‍‍ن‍ْ يُعْجِبُكَ قَوْلُهُ فِي ا‍لْحَي‍‍َ‍ا‍ةِ ا‍لدُّ‍‍ن‍‍ْيَا وَيُشْهِدُ ا‍للَّهَ عَلَى مَا فِي قَلْبِهِ وَهُوَ أَلَدُّ ا‍لْخِص‍‍َ‍ا‍مِ
Wa 'Idhā Tawallá Sa`á Fī Al-'Arđi Liyufsida Fīhā Wa Yuhlika Al-Ĥartha Wa An-Nasla Wa Allāhu Lā Yuĥibbu Al-Fasāda 002-205 އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި فساد އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ. وَإِذَا تَوَلَّى سَعَى فِي ا‍لأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ا‍لْحَرْثَ وَا‍ل‍‍ن‍ّ‍‍َسْلَ وَا‍للَّهُ لاَ يُحِبُّ ا‍لْفَس‍‍َ‍ا‍د‍َ
Wa 'Idhā Qīla Lahu Attaqi Al-Laha 'Akhadhat/hu Al-`Izzatu Bil-'Ithmi Faĥasbuhu Jahannamu Wa Labi'sa Al-Mihādu 002-206 އަދި اللَّه އަށް تقوى ވެރިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ! وَإِذَا ق‍‍ِ‍ي‍لَ لَهُ ا‍تَّقِ ا‍للَّهَ أَخَذَتْهُ ا‍لْعِزَّةُ بِ‍‍ا‍لإِثْمِ فَحَسْبُهُ جَهَ‍‍ن‍ّ‍‍َمُ وَلَبِئْسَ ا‍لْمِه‍‍َ‍ا‍د‍ُ
Wa Mina An-Nāsi Man Yashrī Nafsahu Abtighā'a Marđāati Al-Lahi Wa Allāhu Ra'ūfun Bil-`Ibādi 002-207 އަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަރަސްކަލާނގެއެވެ. وَمِنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ مَ‍‍ن‍ْ يَشْ‍‍ر‍‍ِي نَفْسَهُ ا‍ب‍‍ْتِغ‍‍َ‍ا‍ءَ مَرْض‍‍َ‍ا‍ةِ ا‍للَّهِ وَا‍للَّهُ رَء‍ُو‍ف‍‍‍ٌ بِ‍‍ا‍لْعِب‍‍َ‍ا‍د‍ِ
Yā 'Ayyuhā Al-Ladhīna 'Āmanū Adkhulū Fī As-Silmi Kāffatan Wa Lā Tattabi`ū Khuţuwāti Ash-Shayţāni 'Innahu Lakum `Adūwun Mubīnun 002-208 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން إسلام دين އަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍د‍‍ْخُلُو‍‍ا‍ فِي ا‍لسِّلْمِ كَافَّة‍‍‍ً وَلاَ تَتَّبِعُو‍‍ا‍ خُطُو‍َا‍تِ ا‍لشَّيْط‍‍َ‍ا‍نِ إِ‍نّ‍‍َهُ لَكُمْ عَدُوّ‍ٌ مُب‍‍ِ‍ي‍ن‍‍‍ٌ
Fa'in Zalaltum Min Ba`di Mā Jā'atkumu Al-Bayyinātu Fā`lamū 'Anna Al-Laha `Azīzun Ĥakīmun 002-209 ފަހެ، ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންހުރި حجة ތައް އައުމަށްފަހު ތިޔަބައިމީހުން މަގުން ކައްސާލައިގެން ހިނގައްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! فَإِ‍ن‍ْ زَلَلْتُ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَتْكُمُ ا‍لْبَيِّن‍‍َ‍ا‍تُ فَاعْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Hal Yanžurūna 'Illā 'An Ya'tiyahumu Al-Lahu Fī Žulalin Mina Al-Ghamāmi Wa Al-Malā'ikatu Wa Quđiya Al-'Amru Wa 'Ilá Al-Lahi Turja`u Al-'Umūru 002-210 ތުނި ވިލާތަކުގެ ހިޔާތަކެއްގެ ތެރެއިން اللَّه ގެ (ކޯފާގެ) أمر ފުޅާއި އަދި ملآئكة ން އެއުރެންގެ ގާތަށް އައުމަށް މެނުވީ، އެއުރެން ބަލަބަލައި ނުތިބެނީ ހެއްޔެވެ؟ އެހިނދު ނިޔާކަނޑައެޅި ނިމިއްޖެއެވެ. ހުރިހާ ކަމެއްގެ ނިޔާ އެނބުރި ދާހުށީ، اللَّه ގެ حضرة އަށެވެ. هَلْ يَ‍‍ن‍ظُر‍ُو‍نَ إِلاَّ أَ‍ن‍ْ يَأْتِيَهُمُ ا‍للَّهُ فِي ظُلَل‍‍‍ٍ مِنَ ا‍لْغَم‍‍َ‍ا‍مِ وَا‍لْمَلاَئِكَةُ وَقُضِيَ ا‍لأَمْرُ وَإِلَى ا‍للَّهِ تُرْجَعُ ا‍لأُم‍‍ُ‍و‍رُ
Sal Banī 'Isrā'īla Kam 'Ātaynāhum Min 'Āyatin Bayyinatin Wa Man Yubaddil Ni`mata Al-Lahi Min Ba`di Mā Jā'at/hu Fa'inna Al-Laha Shadīdu Al-`Iqābi 002-211 بيان ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު إسـرآءيـل ގެދަރިންނާ سؤال ކުރައްވައި ބައްލަވާށެވެ! اللَّه ގެ نعمة އެމީހަކަށް ލިބުމަށްފަހު، އެ نعمة ބަދަލުކުރާ މީހާ(ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. سَلْ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ كَمْ آتَيْنَاهُ‍‍م‍ْ مِ‍‍ن‍ْ آيَة‍‍‍ٍ بَيِّنَة‍‍‍ٍ وَمَ‍‍ن‍ْ يُبَدِّلْ نِعْمَةَ ا‍للَّهِ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَتْهُ فَإِ‍نّ‍‍َ ا‍للَّهَ شَد‍ِي‍دُ ا‍لْعِق‍‍َ‍ا‍ب‍ِ
Zuyyina Lilladhīna Kafarū Al-Ĥayāatu Ad-Dunyā Wa Yaskharūna Mina Al-Ladhīna 'Āmanū Wa Al-Ladhīna Attaqaw Fawqahum Yawma Al-Qiyāmati Wa Allāhu Yarzuqu Man Yashā'u Bighayri Ĥisābin 002-212 كافر ވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. އަދި إيمان ވި މީސްތަކުންނަށް އެއުރެން މަލާމާތްކޮށް އުޅެތެވެ. تقوى ވެރިވި މީހުން قيامة ދުވަހުން ވާހުށީ، އެއުރެންނަށްވުރެން މަތީގައެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކި މިންވަރެއްނެތި رزق ދެއްވަތެވެ. زُيِّنَ لِلَّذ‍ِي‍نَ كَفَرُوا‍ ا‍لْحَي‍‍َ‍ا‍ةُ ا‍لدُّ‍‍ن‍‍ْيَا وَيَسْخَر‍ُو‍نَ مِنَ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍لَّذ‍ِي‍نَ ا‍تَّقَوْا فَوْقَهُمْ يَوْمَ ا‍لْقِيَامَةِ وَا‍للَّهُ يَرْزُقُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ بِغَيْ‍‍ر‍ِ حِس‍‍َ‍ا‍ب‍‍ٍ
Kāna An-Nāsu 'Ummatan Wāĥidatan Faba`atha Al-Lahu An-Nabīyīna Mubashshirīna Wa Mundhirīna Wa 'Anzala Ma`ahumu Al-Kitāba Bil-Ĥaqqi Liyaĥkuma Bayna An-Nāsi Fīmā Akhtalafū Fīhi Wa Mā Akhtalafa Fīhi 'Illā Al-Ladhīna 'Ūtūhu Min Ba`di Mā Jā'at/humu Al-Bayyinātu Baghyāan Baynahum Fahadá Al-Lahu Al-Ladhīna 'Āmanū Limā Akhtalafū Fīhi Mina Al-Ĥaqqi Bi'idhnihi Wa Allāhu Yahdī Man Yashā'u 'Ilá Şirāţin Mustaqīmin 002-213 މީސްތަކުން އެއް أمّة އެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، اللَّه، އުފާވެރިކަމުގެ خبر ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި إنذار ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި خلاف ވި ކަންތައްތަކުގައި حكم ކުޅައުމަށް، އެބޭކަލުންނާ އެކުގައި حق ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި خلاف އެއް ނުވިއެވެ. (އެއީ) އެއުރެންގެ ގާތަށް بيان ވެގެންވާ ހެކިތައް އައުމަށްފަހުގައެވެ. އެއުރެންގެ މެދުގައިވާ عداوة ތެރި ކަމާއި حسد ވެރި ކަމުގެ ގޮތުންނެވެ. ދެން އެއުރެން خلاف ވެފައިވާ ކަންތަކާމެދުގައި إيمان ވި މީސްތަކުންނަށް، اللَّه، އެކަލާނގެ إذن ފުޅުން حقތެދުމަގު ދެއްކެވިއެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވަތެވެ. ك‍َا‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍سُ أُ‍مّ‍‍َة‍‍‍ً وَا‍حِدَة‍‍‍ً فَبَعَثَ ا‍للَّهُ ا‍ل‍‍ن‍ّ‍‍َبِيّ‍‍ِ‍ي‍نَ مُبَشِّ‍‍ر‍‍ِي‍نَ وَمُ‍‍ن‍ذِ‍ر‍‍ِي‍نَ وَأَن‍زَلَ مَعَهُمُ ا‍لْكِت‍‍َ‍ا‍بَ بِ‍‍ا‍لْحَقِّ لِيَحْكُمَ بَيْنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ فِيمَا ا‍خْتَلَفُو‍‍ا‍ ف‍‍ِ‍ي‍هِ وَمَا ا‍خْتَلَفَ ف‍‍ِ‍ي‍هِ إِلاَّ ا‍لَّذ‍ِي‍نَ أ‍ُ‍وت‍‍ُ‍و‍هُ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَتْهُمُ ا‍لْبَيِّن‍‍َ‍ا‍تُ بَغْيا‍ً بَيْنَهُمْ فَهَدَى ا‍للَّهُ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لِمَا ا‍خْتَلَفُو‍‍ا‍ ف‍‍ِ‍ي‍هِ مِنَ ا‍لْحَقِّ بِإِذْنِهِ وَا‍للَّهُ يَهْدِي مَ‍‍ن‍ْ يَش‍‍َ‍ا‍ءُ إِلَى صِر‍َا‍ط‍‍‍ٍ مُسْتَق‍‍ِ‍ي‍م‍‍‍ٍ
'Am Ĥasibtum 'An Tadkhulū Al-Jannata Wa Lammā Ya'tikum Mathalu Al-Ladhīna Khalaw Min Qablikum Massat/humu Al-Ba'sā'u Wa Ađ-Đarrā'u Wa Zulzilū Ĥattá Yaqūla Ar-Rasūlu Wa Al-Ladhīna 'Āmanū Ma`ahu Matá Naşru Al-Lahi 'Alā 'Inna Naşra Al-Lahi Qarībun 002-214 ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حال ތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. رسول އާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمان ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ. أَمْ حَسِ‍‍ب‍‍ْتُمْ أَ‍ن‍ْ تَ‍‍د‍‍ْخُلُو‍‍ا‍ ا‍لْجَ‍‍ن‍ّ‍‍َةَ وَلَ‍‍م‍ّ‍‍َا يَأْتِكُ‍‍م‍ْ مَثَلُ ا‍لَّذ‍ِي‍نَ خَلَوْا مِ‍‍ن‍ْ قَ‍‍ب‍‍ْلِكُ‍‍م‍ْ مَسَّتْهُمُ ا‍لْبَأْس‍‍َ‍ا‍ءُ وَا‍لضَّرّ‍َا‍ءُ وَزُلْزِلُو‍‍ا‍ حَتَّى يَق‍‍ُ‍و‍لَ ا‍لرَّس‍‍ُ‍و‍لُ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مَعَهُ مَتَى نَصْرُ ا‍للَّهِ أَلاَ إِ‍نّ‍‍َ نَصْرَ ا‍للَّهِ قَ‍‍ر‍‍ِي‍‍ب‍‍ٌ
Yas'alūnaka Mādhā Yunfiqūna Qul Mā 'Anfaqtum Min Khayrin Falilwālidayni Wa Al-'Aqrabīna Wa Al-Yatāmá Wa Al-Masākīni Wa Abni As-Sabīli Wa Mā Taf`alū Min Khayrin Fa'inna Al-Laha Bihi `Alīmun 002-215 މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللَّه މޮޅަށް ދެނެވޮޑިގެންވެއެވެ. يَسْأَلُونَكَ مَاذَا يُ‍‍ن‍فِق‍‍ُ‍و‍نَ قُلْ مَ‍‍ا‍ أَن‍فَ‍‍ق‍‍ْتُ‍‍م‍ْ مِنْ خَيْر‍ٍ فَلِلْوَالِدَيْنِ وَا‍لأَ‍ق‍‍ْرَب‍‍ِ‍ي‍نَ وَا‍لْيَتَامَى وَا‍لْمَسَاك‍‍ِ‍ي‍نِ وَا‍ب‍‍ْنِ ا‍لسَّب‍‍ِ‍ي‍لِ وَمَا تَفْعَلُو‍‍ا‍ مِنْ خَيْر‍ٍ فَإِ‍نّ‍‍َ ا‍للَّهَ بِهِ عَل‍‍ِ‍ي‍م‍‍‍ٌ
Kutiba `Alaykumu Al-Qitālu Wa Huwa Kurhun Lakum Wa `Asá 'An Takrahū Shay'āan Wa Huwa Khayrun Lakum Wa `Asá 'An TuĥibShay'āan Wa Huwa Sharrun Lakum Wa Allāhu Ya`lamu Wa 'Antum Lā Ta`lamūna 002-216 ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. كُتِبَ عَلَيْكُمُ ا‍لْقِت‍‍َ‍ا‍لُ وَهُوَ كُرْه‍‍‍ٌ لَكُمْ وَعَسى أَ‍ن‍ْ تَكْرَهُو‍‍ا‍ شَيْئا‍ً وَهُوَ خَيْر‍ٌ لَكُمْ وَعَسَى أَ‍ن‍ْ تُحِبُّو‍‍ا‍ شَيْئا‍ً وَهُوَ شَرّ‍ٌ لَكُمْ وَا‍للَّهُ يَعْلَمُ وَأَ‍ن‍‍ْتُمْ لاَ تَعْلَم‍‍ُ‍و‍نَ
Yas'alūnaka `Ani Ash-Shahri Al-Ĥarāmi Qitālin Fīhi Qul Qitālun Fīhi Kabīrun Wa Şaddun `An Sabīli Al-Lahi Wa Kufrun Bihi Wa Al-Masjidi Al-Ĥarāmi Wa 'Ikhrāju 'Ahlihi Minhu 'Akbaru `Inda Al-Lahi Wa Al-Fitnatu 'Akbaru Mina Al-Qatli Wa Lā Yazālūna Yuqātilūnakum Ĥattá Yaruddūkum `An Dīnikum 'Ini Astaţā`ū Wa Man Yartadid Minkum `An Dīnihi Fayamut Wa Huwa Kāfirun Fa'ūlā'ika Ĥabiţat 'A`māluhum Ad-Dunyā Wa Al-'Ākhirati Wa 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 002-217 حرمة ތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންވާ ފާފައެކެވެ. (އެކަމަކު) اللَّه ގެ މަގުން (މީސްތަކުން) ދުރުކުޅައުމާއި އެކަލާނގެއަށް كافر ވުމާއި حرمة ތެރިވެގެންވާ މިސްކިތަށް ވަނަ ނުދިނުމާއި އެތާނގެ أهل ވެރިތަކުން އެތަނުން ނެރެލުމުގެ ފާފަވެރިކަން اللَّه ގެ حضرة ގައި މާބޮޑެވެ. އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ دين ން ތިޔަބައިމީހުން ބޭރުކޮށް كافر ކަމަށް ތިޔަބައިމީހުންރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ. يَسْأَلُونَكَ عَنِ ا‍لشَّهْ‍‍ر‍ِ ا‍لْحَر‍َا‍مِ قِت‍‍َ‍ا‍ل‍‍‍ٍ ف‍‍ِ‍ي‍هِ قُلْ قِت‍‍َ‍ا‍ل‍‍‍ٌ ف‍‍ِ‍ي‍هِ كَب‍‍ِ‍ي‍ر‍ٌ وَصَدٌّ عَ‍‍ن‍ْ سَب‍‍ِ‍ي‍لِ ا‍للَّهِ وَكُفْر‍ٌ بِهِ وَا‍لْمَسْجِدِ ا‍لْحَر‍َا‍مِ وَإِخْر‍َا‍جُ أَهْلِهِ مِنْهُ أَكْبَرُ عِ‍‍ن‍‍ْدَ ا‍للَّهِ وَا‍لْفِتْنَةُ أَكْبَرُ مِنَ ا‍لْقَتْلِ وَلاَ يَزَال‍‍ُ‍و‍نَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَ‍‍ن‍ْ دِينِكُمْ إِنِ ا‍سْتَطَاعُو‍‍ا‍ وَمَ‍‍ن‍ْ يَرْتَدِ‍د‍ْ مِ‍‍ن‍‍ْكُمْ عَ‍‍ن‍ْ دِينِهِ فَيَمُتْ وَهُوَ كَافِر‍ٌ فَأ‍ُ‍وْل‍‍َ‍ا‍ئِكَ حَبِطَتْ أَعْمَالُهُمْ فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَأ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
'Inna Al-Ladhīna 'Āmanū Wa Al-Ladhīna Hājarū Wa Jāhadū Fī Sabīli Al-Lahi 'Ūlā'ika Yarjūna Raĥmata Al-Lahi Wa Allāhu Ghafūrun Raĥīmun 002-218 ހަމަކަށަވަރުން إيمان ވި މީހުންނާއި، هجرة ކޮށް، اللَّه ގެ މަގުގައި جهاد ކުޅަ މީހުން، އެ މީސްމީހުން اللَّه ގެ رحمة އަށް އެދެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَا‍لَّذ‍ِي‍نَ هَاجَرُوا‍ وَجَاهَدُوا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ أ‍ُ‍وْل‍‍َ‍ا‍ئِكَ يَرْج‍‍ُ‍و‍نَ رَحْمَةَ ا‍للَّهِ وَا‍للَّهُ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Yas'alūnaka `Ani Al-Khamri Wa Al-Maysiri Qul Fīhimā 'Ithmun Kabīrun Wa Manāfi`u Lilnnāsi Wa 'Ithmuhumā 'Akbaru Min Naf`ihimā Wa Yas'alūnaka Mādhā Yunfiqūna Quli Al-`Afwa Kadhālika Yubayyinu Al-Lahu Lakumu Al-'Āyāti La`allakum Tatafakkarūna 002-219 ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް اللَّه، (އެކަލާނގެ) حكم ތައް بيان ކޮށްދެއްވަނީ،ތިޔަބައިމީހުން فكر ކުޅައުމަށްޓަކައެވެ. يَسْأَلُونَكَ عَنِ ا‍لْخَمْ‍‍ر‍ِ وَا‍لْمَيْسِرِ قُلْ فِيهِمَ‍‍ا إِثْم‍‍‍ٌ كَب‍‍ِ‍ي‍ر‍ٌ وَمَنَافِعُ لِل‍‍ن‍ّ‍‍َ‍ا‍سِ وَإِثْمُهُمَ‍‍ا‍ أَكْبَرُ مِ‍‍ن‍ْ نَفْعِهِمَا وَيَسْأَلُونَكَ مَاذَا يُ‍‍ن‍فِق‍‍ُ‍و‍نَ قُلِ ا‍لْعَفْوَ كَذَلِكَ يُبَيِّنُ ا‍للَّهُ لَكُمُ ا‍لآي‍‍َ‍ا‍تِ لَعَلَّكُمْ تَتَفَكَّر‍ُو‍نَ
Ad-Dunyā Wa Al-'Ākhirati Wa Yas'alūnaka `Ani Al-Yatāmá Qul 'Işlāĥun Lahum Khayrun Wa 'In Tukhāliţūhum Fa'ikhwānukum Wa Allāhu Ya`lamu Al-Mufsida Mina Al-Muşliĥi Wa Law Shā'a Al-Lahu La'a`natakum 'Inna Al-Laha `Azīzun Ĥakīmun 002-220 (فكر ކުރަންވީ) ދުނިޔެއާއި آخرة އާ މެދުގައެވެ. އަދި يتيم ންނާ މެދުގައި އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ ކަންތައްތައް إصلاح ކުރުމީ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުން އެއުރެންނާ ގުޅިގެން އުޅޭނަމަ އެއުރެންނީވެސް ތިޔަބައިމީހުންގެ أخ ންނެވެ. އަދި إصلاح ކުރާ މީހުންނާއި ފަސާދަކުރާ މީހުން، اللَّه ދެނެވޮޑިގެންވެއެވެ. اللَّه އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވައިފީހެވެ. ހަމަކަށަވަރުން اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. فِي ا‍لدُّ‍‍ن‍‍ْيَا وَا‍لآخِرَةِ وَيَسْأَلُونَكَ عَنِ ا‍لْيَتَامَى قُلْ إِصْلاَح‍‍‍ٌ لَهُمْ خَيْر‍ٌ وَإِ‍ن‍ْ تُخَالِطُوهُمْ فَإِخْوَانُكُمْ وَا‍للَّهُ يَعْلَمُ ا‍لْمُفْسِدَ مِنَ ا‍لْمُصْلِحِ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ لَأَعْنَتَكُمْ إِ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Wa Lā Tankiĥū Al-Mushrikāti Ĥattá Yu'uminna Wa La'amatun Mu'uminatun Khayrun Min Mushrikatin Wa Law 'A`jabatkum Wa Lā Tunkiĥū Al-Mushrikīna Ĥattá Yu'uminū Wa La`abdun Mu'uminun Khayrun Min Mushrikin Wa Law 'A`jabakum 'Ūlā'ika Yad`ūna 'Ilá An-Nāri Wa Allāhu Yad`ū 'Ilá Al-Jannati Wa Al-Maghfirati Bi'idhnihi Wa Yubayyinu 'Āyātihi Lilnnāsi La`allahum Yatadhakkarūna 002-221 ބުދަށް އަޅުކަންކުރާ އަންހެނުންނާ ތިޔަބައިމީހުން ކާވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން إيمان ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން مؤمن އަޅުއަންހެނަކުވެސް، ބުދަށް އަޅުކަންކުރާ އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (مؤمن އަންހެނުން) ބުދަށް އަޅުކަންކުރާ ފިރިހެނުންނާތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެއުރެން إيمان ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި قبول ވިޔަސް، ހަމަކަށަވަރުން مؤمن ފިރިހެންއަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ. اللَّه ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި مغفرة ގެ ތެރެއަށް ވަނުމަށެވެ. އަދި އެކަލާނގެ آية ތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. وَلاَ تَ‍‍ن‍كِحُو‍‍ا‍ ا‍لْمُشْ‍‍ر‍‍ِك‍‍َ‍ا‍تِ حَتَّى يُؤْمِ‍‍ن‍ّ‍‍َ وَلَأَمَة‍‍‍ٌ مُؤْمِنَةٌ خَيْر‍ٌ مِ‍‍ن‍ْ مُشْ‍‍ر‍‍ِكَة‍‍‍ٍ وَلَوْ أَعْجَبَتْكُمْ وَلاَ تُ‍‍ن‍كِحُو‍‍ا‍ ا‍لْمُشْ‍‍ر‍‍ِك‍‍ِ‍ي‍نَ حَتَّى يُؤْمِنُو‍‍ا‍ وَلَعَ‍‍ب‍‍ْد‍ٌ مُؤْمِنٌ خَيْر‍ٌ مِ‍‍ن‍ْ مُشْ‍‍ر‍‍ِك‍‍‍ٍ وَلَوْ أَعْجَبَكُمْ أ‍ُ‍وْل‍‍َ‍ا‍ئِكَ يَ‍‍د‍‍ْع‍‍ُ‍و‍نَ إِلَى ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ وَا‍للَّهُ يَ‍‍د‍‍ْعُو إِلَى ا‍لْجَ‍‍ن‍ّ‍‍َةِ وَا‍لْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِل‍‍ن‍ّ‍‍َ‍ا‍سِ لَعَلَّهُمْ يَتَذَكَّر‍ُو‍نَ
Wa Yas'alūnaka `Ani Al-Maĥīđi Qul Huwa 'Adháan Fā`tazilū An-Nisā' Fī Al-Maĥīđi Wa Lā Taqrabūhunna Ĥattá Yaţhurna Fa'idhā Taţahharna Fa'tūhunna Min Ĥaythu 'Amarakumu Al-Lahu 'Inna Al-Laha Yuĥibbu At-Tawwābīna Wa Yuĥibbu Al-Mutaţahhirīna 002-222 އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ!) އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. وَيَسْأَلُونَكَ عَنِ ا‍لْمَح‍‍ِ‍ي‍ضِ قُلْ هُوَ أَذى‍ً فَاعْتَزِلُو‍‍ا‍ ا‍لنِس‍‍َ‍ا‍ء فِي ا‍لْمَح‍‍ِ‍ي‍ضِ وَلاَ تَ‍‍ق‍‍ْرَبُوهُ‍‍ن‍ّ‍‍َ حَتَّى يَ‍‍ط‍‍ْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُ‍‍ن‍ّ‍‍َ مِنْ حَيْثُ أَمَرَكُمُ ا‍للَّهُ إِ‍نّ‍‍َ ا‍للَّهَ يُحِبُّ ا‍لتَّوَّاب‍‍ِ‍ي‍نَ وَيُحِبُّ ا‍لْمُتَطَهِّ‍‍ر‍‍ِي‍نَ
Nisā'uukum Ĥarthun Lakum Fa'tū Ĥarthakum 'Anná Shi'tum Wa Qaddimū Li'nfusikum Wa Attaqū Al-Laha Wa A`lamū 'Annakum Mulāqūhu Wa Bashshiri Al-Mu'uminīna 002-223 ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: نسل އުފެދުމުގެ މަގު خيار ކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ! އަދި مؤمن ތަކުންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ. نِس‍‍َ‍ا‍ؤُكُمْ حَرْث‍‍‍ٌ لَكُمْ فَأْتُو‍‍ا‍ حَرْثَكُمْ أَ‍نّ‍‍َى شِئْتُمْ وَقَدِّمُو‍‍ا‍ لِأن‍فُسِكُمْ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َكُ‍‍م‍ْ مُلاَق‍‍ُ‍و‍هُ وَبَشِّرِ ا‍لْمُؤْمِن‍‍ِ‍ي‍نَ
Wa Lā Taj`alū Al-Laha `Urđatan Li'ymānikum 'An Tabarrū Wa Tattaqū Wa Tuşliĥū Bayna An-Nāsi Wa Allāhu Samī`un `Alīmun 002-224 ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح މަސަލަސްކަން قائم ކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَلاَ تَ‍‍ج‍‍ْعَلُو‍‍ا‍ ا‍للَّهَ عُرْضَة‍‍‍ً لِأيْمَانِكُمْ أَ‍ن‍ْ تَبَرُّوا‍ وَتَتَّقُو‍‍ا‍ وَتُصْلِحُو‍‍ا‍ بَيْنَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَا‍للَّهُ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Lā Yu'uākhidhukumu Al-Lahu Bil-Laghwi Fī 'Aymānikum Wa Lakin Yu'uākhidhukum Bimā Kasabat Qulūbukum Wa Allāhu Ghafūrun Ĥalīmun 002-225 ތިޔަބައިމީހުންގެ ހުވާތަކުގައި، قصد އަކާ ނުލައި ބުނާ ބަސްތަކަކުން اللَّه ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ قصد އާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ خلاف ވެއްޖެނަމަ) އެކަލާނގެ ތިޔަބައިމީހުންނަށް عقوبات ދެއްވާނެއެވެ. اللَّه އީ، ގިނަގިނައިންފާފަފުއްސަވާ، حليم ވަންތަ ރަސްކަލާނގެއެވެ. لاَ يُؤ‍َ‍اخِذُكُمُ ا‍للَّهُ بِ‍‍ا‍للَّغْوِ فِ‍‍ي‍ أَيْمَانِكُمْ وَلَكِ‍‍ن‍ْ يُؤ‍َ‍اخِذُكُ‍‍م‍ْ بِمَا كَسَبَتْ قُلُوبُكُمْ وَا‍للَّهُ غَف‍‍ُ‍و‍رٌ حَل‍‍ِ‍ي‍م‍‍‍ٌ
Lilladhīna Yu'ulūna Min Nisā'ihim Tarabbuşu 'Arba`ati 'Ash/hurin Fa'in Fā'ū Fa'inna Al-Laha Ghafūrun Raĥīmun 002-226 އެއުރެންގެ އަނބިންނާމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް انتظار ކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ، އެއުރެން (جماع ވުމަށް) އެނބުރި رجوع ވެއްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. لِلَّذ‍ِي‍نَ يُؤْل‍‍ُ‍و‍نَ مِ‍‍ن‍ْ نِس‍‍َ‍ا‍ئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُر‍ٍ فَإِ‍ن‍ْ ف‍‍َ‍ا‍ء‍ُ‍وا فَإِ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍ر‍ٌ رَح‍‍ِ‍ي‍م‍‍‍ٌ
Wa 'In `Azamū Aţ-Ţalāqa Fa'inna Al-Laha Samī`un `Alīmun 002-227 އަދި، އެއުރެން ވަރިކުރުމަށް قصد ކޮށްފިނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِنْ عَزَمُو‍‍ا‍ ا‍لطَّلاَقَ فَإِ‍نّ‍‍َ ا‍للَّهَ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Al-Muţallaqātu Yatarabbaşna Bi'anfusihinna Thalāthata Qurū'in Wa Lā Yaĥillu Lahunna 'An Yaktumna Mā Khalaqa Al-Lahu Fī 'Arĥāmihinna 'In Kunna Yu'uminna Bil-Lahi Wa Al-Yawmi Al-'Ākhiri Wa Bu`ūlatuhunna 'Aĥaqqu Biraddihinna Fī Dhālika 'In 'Arādū 'Işlāĥāan Wa Lahunna Mithlu Al-Ladhī `Alayhinna Bil-Ma`rūfi Wa Lilrrijāli `Alayhinna Darajatun Wa Allāhu `Azīzun Ĥakīmun 002-228 އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން(ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. وَالْمُطَلَّق‍‍َ‍ا‍تُ يَتَرَبَّصْنَ بِأَن‍فُسِهِ‍‍ن‍ّ‍‍َ ثَلاَثَةَ قُر‍ُو‍ء‍ٍ وَلاَ يَحِلُّ لَهُ‍‍ن‍ّ‍‍َ أَ‍ن‍ْ يَكْتُمْنَ مَا خَلَقَ ا‍للَّهُ فِ‍‍ي‍ أَرْحَامِهِ‍‍ن‍ّ‍‍َ إِ‍ن‍ْ كُ‍‍ن‍ّ‍‍َ يُؤْمِ‍‍ن‍ّ‍‍َ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ وَبُعُولَتُهُ‍‍ن‍ّ‍‍َ أَحَقُّ بِرَدِّهِ‍‍ن‍ّ‍‍َ فِي ذَلِكَ إِنْ أَرَادُو‍ا‍ إِصْلاَحا‍ً وَلَهُ‍‍ن‍ّ‍‍َ مِثْلُ ا‍لَّذِي عَلَيْهِ‍‍ن‍ّ‍‍َ بِ‍‍ا‍لْمَعْر‍ُو‍فِ وَلِلرِّج‍‍َ‍ا‍لِ عَلَيْهِ‍‍ن‍ّ‍‍َ دَرَجَة‍‍‍ٌ وَا‍للَّهُ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Aţ-Ţalāqu Marratāni Fa'imsākun Bima`rūfin 'Aw Tasrīĥun Bi'iĥsānin Wa Lā Yaĥillu Lakum 'An Ta'khudhū Mimmā 'Ātaytumūhunna Shay'āan 'Illā 'An Yakhāfā 'Allā Yuqīmā Ĥudūda Al-Lahi Fa'in Khiftum 'Allā Yuqīmā Ĥudūda Al-Lahi Falā Junāĥa `Alayhimā Fīmā Aftadat Bihi Tilka Ĥudūdu Al-Lahi Falā Ta`tadūhā Wa Man Yata`adda Ĥudūda Al-Lahi Fa'ūlā'ika Humu Až-Žālimūna 002-229 ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ. އަދި، އެ ދެމީހުން، اللَّه ކަނޑައަޅުއްވާފައިވާ حكم ތައް قائم ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް حلال ވެގެނެއް ނުވެއެވެ. اللَّه ކަނޑައަޅުއްވާފައިވާ حكم ތައް އެ ދެމީހުންނަށް قائم ނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ (އެކަންކަމާމެދު) اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ! އަދި اللَّهކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ. ا‍لطَّلاَقُ مَرَّت‍‍َ‍ا‍نِ فَإمْس‍‍َ‍ا‍ك‍‍‍ٌ بِمَعْر‍ُو‍فٍ أَوْ تَسْ‍‍ر‍‍ِي‍ح‍‍‍ٌ بِإِحْس‍‍َ‍ا‍ن‍‍‍ٍ وَلاَ يَحِلُّ لَكُمْ أَ‍ن‍ْ تَأْخُذُوا‍ مِ‍‍م‍ّ‍‍َ‍‍ا آتَيْتُمُوهُ‍‍ن‍ّ‍‍َ شَيْئا‍ً إِلاَّ أَ‍ن‍ْ يَخَافَ‍‍ا‍ أَلاَّ يُقِيمَا حُد‍ُو‍دَ ا‍للَّهِ فَإِنْ خِفْتُمْ أَلاَّ يُقِيمَا حُد‍ُو‍دَ ا‍للَّهِ فَلاَ جُن‍‍َ‍ا‍حَ عَلَيْهِمَا فِيمَا ا‍فْتَدَتْ بِهِ تِلْكَ حُد‍ُو‍دُ ا‍للَّهِ فَلاَ تَعْتَدُوهَا وَمَ‍‍ن‍ْ يَتَعَدَّ حُد‍ُو‍دَ ا‍للَّهِ فَأ‍ُ‍وْل‍‍َ‍ا‍ئِكَ هُمُ ا‍لظَّالِم‍‍ُ‍و‍نَ
Fa'in Ţallaqahā Falā Taĥillu Lahu Min Ba`du Ĥattá Tankiĥa Zawjāan Ghayrahu Fa'in Ţallaqahā Falā Junāĥa `Alayhimā 'An Yatarāja`ā 'In Žannā 'An Yuqīmā Ĥudūda Al-Lahi Wa Tilka Ĥudūdu Al-Lahi Yubayyinuhā Liqawmin Ya`lamūna 002-230 ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ. ދެން (ފަހުން އިން) ފިރިމީހާ، އެ އަންހެނާ ވަރިކޮށްފިނަމަ، (ކުރިން ވަރިކުރި) ފިރިހެނާއާއި، އެ އަންހެންމީހާއާއި، ދެމީހުން އަލުން އިނުމުގައި އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ اللَّه އަންގަވާފައިވާ حكم ތައް قائم ކޮށްގެން އުޅެވިދާނެކަމަށް އެ ދެމީހުންނަށް ހީވާނަމައެވެ. އަދި، އެއީ (މިކަމާމެދު) اللَّه ކަނޑައަޅުއްވާފައިވާ حكم ތަކެވެ. އެ حكم ތައް އެކަލާނގެ ބަޔާންކޮށްދެއްވަނީ (އެ حكم ތައް) ދެނެގަންނާނޭ ބަޔަކަށެވެ. فَإِ‍ن‍ْ طَلَّقَهَا فَلاَ تَحِلُّ لَهُ مِ‍‍ن‍ْ بَعْدُ حَتَّى تَ‍‍ن‍كِحَ زَوْجاً غَيْرَهُ فَإِ‍ن‍ْ طَلَّقَهَا فَلاَ جُن‍‍َ‍ا‍حَ عَلَيْهِمَ‍‍ا‍ أَ‍ن‍ْ يَتَرَاجَعَ‍‍ا إِ‍ن‍ْ ظَ‍‍ن‍ّ‍‍َ‍‍ا‍ أَ‍ن‍ْ يُقِيمَا حُد‍ُو‍دَ ا‍للَّهِ وَتِلْكَ حُد‍ُو‍دُ ا‍للَّهِ يُبَيِّنُهَا لِقَوْم‍‍‍ٍ يَعْلَم‍‍ُ‍و‍نَ
Wa 'Idhā Ţallaqtumu An-Nisā' Fabalaghna 'Ajalahunna Fa'amsikūhunna Bima`rūfin 'Aw Sarriĥūhunna Bima`rūfin Wa Lā Tumsikūhunna Đirārāan Lita`tadū Wa Man Yaf`al Dhālika Faqad Žalama Nafsahu Wa Lā Tattakhidhū 'Āyāti Al-Lahi Huzūan Wa Adhkurū Ni`mata Al-Lahi `Alaykum Wa Mā 'Anzala `Alaykum Mina Al-Kitābi Wa Al-Ĥikmati Ya`ižukum Bihi Wa Attaqū Al-Laha Wa A`lamū 'Anna Al-Laha Bikulli Shay'in `Alīmun 002-231 ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (رجوع ކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުންނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި، اللَّه ގެ آية ތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! އަދި، ތިޔަބައިމީހުންނަށް اللَّه ދެއްވި نعمة އާއި، އަދި، ފޮތާއި، حكمة ގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ އެއިން ތިޔަބައިމީހުންނަށް نصيحة وحى ކުރައްވައެވެ. އަދި، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَإِذَا طَلَّ‍‍ق‍‍ْتُمُ ا‍لنِس‍‍َ‍ا‍ء فَبَلَغْنَ أَجَلَهُ‍‍ن‍ّ‍‍َ فَأَمْسِكُوهُ‍‍ن‍ّ‍‍َ بِمَعْر‍ُو‍فٍ أَوْ سَرِّحُوهُ‍‍ن‍ّ‍‍َ بِمَعْر‍ُو‍ف‍‍‍ٍ وَلاَ تُمْسِكُوهُ‍‍ن‍ّ‍‍َ ضِرَارا‍ً لِتَعْتَدُوا‍ وَمَ‍‍ن‍ْ يَفْعَلْ ذَلِكَ فَقَ‍‍د‍ْ ظَلَمَ نَفْسَهُ وَلاَ تَتَّخِذُو‍ا‍ آي‍‍َ‍ا‍تِ ا‍للَّهِ هُز‍ُو‍ا‍ً وَا‍ذْكُرُوا‍ نِعْمَةَ ا‍للَّهِ عَلَيْكُمْ وَمَ‍‍ا‍ أَن‍زَلَ عَلَيْكُ‍‍م‍ْ مِنَ ا‍لْكِت‍‍َ‍ا‍بِ وَا‍لْحِكْمَةِ يَعِظُكُ‍‍م‍ْ بِهِ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Wa 'Idhā Ţallaqtumu An-Nisā' Fabalaghna 'Ajalahunna Falā Ta`đulūhunna 'An Yankiĥna 'Azwājahunna 'Idhā Tarāđaw Baynahum Bil-Ma`rūfi Dhālika Yū`ažu Bihi Man Kāna Minkum Yu'uminu Bil-Lahi Wa Al-Yawmi Al-'Ākhiri Dhālikum 'Azká Lakum Wa 'Aţharu Wa Allāhu Ya`lamu Wa 'Antum Lā Ta`lamūna 002-232 އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނަށް نصيحة ދެއްވާފައިވާގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، طاهر ކަންބޮޑު ގޮތަކީވެސްއެއީމެއެވެ. (ތިޔަބައިމީހުންނަށް مصلحة ހުރިގޮތް) اللَّه ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ. وَإِذَا طَلَّ‍‍ق‍‍ْتُمُ ا‍لنِس‍‍َ‍ا‍ء فَبَلَغْنَ أَجَلَهُ‍‍ن‍ّ‍‍َ فَلاَ تَعْضُلُوهُ‍‍ن‍ّ‍‍َ أَ‍ن‍ْ يَ‍‍ن‍كِحْنَ أَزْوَاجَهُ‍‍ن‍ّ‍‍َ إِذَا تَرَاضَوْا بَيْنَهُ‍‍م‍ْ بِ‍‍ا‍لْمَعْر‍ُو‍فِ ذَلِكَ يُوعَظُ بِهِ مَ‍‍ن‍ْ ك‍‍َ‍ا‍نَ مِ‍‍ن‍‍ْكُمْ يُؤْمِنُ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ ذَلِكُمْ أَزْكَى لَكُمْ وَأَ‍ط‍‍ْهَرُ وَا‍للَّهُ يَعْلَمُ وَأَ‍ن‍‍ْتُمْ لاَ تَعْلَم‍‍ُ‍و‍نَ
Wa Al-Wālidātu Yurđi`na 'Awlādahunna Ĥawlayni Kāmilayni Liman 'Arāda 'An Yutimma Ar-Rađā`ata Wa `Alá Al-Mawlūdi Lahu Rizquhunna Wa Kiswatuhunna Bil-Ma`rūfi Lā Tukallafu Nafsun 'Illā Wus`ahā Lā Tuđārra Wa A-Datun Biwaladihā Wa Lā Mawlūdun Lahu Biwaladihi Wa `Alá Al-Wārithi Mithlu Dhālika Fa'in 'Arādā Fişālāan `An Tarāđin Minhumā Wa Tashāwurin Falā Junāĥa `Alayhimā Wa 'In 'Aradtum 'An Tastarđi`ū 'Awlādakum Falā Junāĥa `Alaykum 'Idhā Sallamtum Mā 'Ātaytum Bil-Ma`rūfi Wa Attaqū Al-Laha Wa A`lamū 'Anna Al-Laha Bimā Ta`malūna Başīrun 002-233 މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، تكليف އެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް لازم ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން لازم ވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، مشورة އާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން قصد ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް قصد ކޮށްފިނަމަ، ހެޔޮގޮތުގައިއެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَالْوَالِد‍َا‍تُ يُرْضِعْنَ أَوْلاَدَهُ‍‍ن‍ّ‍‍َ حَوْلَيْنِ كَامِلَيْنِ لِمَنْ أَر‍َا‍دَ أَ‍ن‍ْ يُتِ‍‍م‍ّ‍‍َ ا‍لرَّضَاعَةَ وَعَلَى ا‍لْمَوْل‍‍ُ‍و‍دِ لَهُ ‍ر‍‍ِزْقُهُ‍‍ن‍ّ‍‍َ وَكِسْوَتُهُ‍‍ن‍ّ‍‍َ بِ‍‍ا‍لْمَعْر‍ُو‍فِ لاَ تُكَلَّفُ نَفْس‍‍‍ٌ إِلاَّ وُسْعَهَا لاَ تُض‍‍َ‍ا‍رَّ وَا‍لِدَة‍‍‍ٌ بِوَلَدِهَا وَلاَ مَوْل‍‍ُ‍و‍د‍ٌ لَهُ بِوَلَدِهِ وَعَلَى ا‍لْوَا‍ر‍‍ِثِ مِثْلُ ذَلِكَ فَإِنْ أَرَادَا فِصَالاً عَ‍‍ن‍ْ تَر‍َا‍ض‍‍‍ٍ مِنْهُمَا وَتَشَاوُر‍ٍ فَلاَ جُن‍‍َ‍ا‍حَ عَلَيْهِمَا وَإِنْ أَرَ‍د‍‍ْتُمْ أَ‍ن‍ْ تَسْتَرْضِعُ‍‍و‍‍ا‍ أَوْلاَدَكُمْ فَلاَ جُن‍‍َ‍ا‍حَ عَلَيْكُمْ إِذَا سَلَّمْتُ‍‍م‍ْ مَ‍‍ا آتَيْتُ‍‍م‍ْ بِ‍‍ا‍لْمَعْر‍ُو‍فِ وَا‍تَّقُو‍‍ا‍ ا‍للَّهَ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Wa Al-Ladhīna Yutawaffawna Minkum Wa Yadharūna 'Azwājāan Yatarabbaşna Bi'anfusihinna 'Arba`ata 'Ash/hurin Wa `Ashrāan Fa'idhā Balaghna 'Ajalahunna Falā Junāĥa `Alaykum Fīmā Fa`alna Fī 'Anfusihinna Bil-Ma`rūfi Wa Allāhu Bimā Ta`malūna Khabīrun 002-234 އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ نفس ތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) انتظار ކުރާހުށިކަމެވެ! ފަހެ، އެކަނބަލުންގެ عدة ގެ ދުވަސްތައް ފުރިހަމަކޮށްފިނަމަ، شرعى ހަމައިގެމަތިން، އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކަންތައްކުރި ގޮތެއްގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَالَّذ‍ِي‍نَ يُتَوَفَّوْنَ مِ‍‍ن‍‍ْكُمْ وَيَذَر‍ُو‍نَ أَزْوَاجا‍ً يَتَرَبَّصْنَ بِأَن‍فُسِهِ‍‍ن‍ّ‍‍َ أَرْبَعَةَ أَشْهُر‍ٍ وَعَشْرا‍ً فَإِذَا بَلَغْنَ أَجَلَهُ‍‍ن‍ّ‍‍َ فَلاَ جُن‍‍َ‍ا‍حَ عَلَيْكُمْ فِيمَا فَعَلْنَ فِ‍‍ي‍ أَن‍فُسِهِ‍‍ن‍ّ‍‍َ بِ‍‍ا‍لْمَعْر‍ُو‍فِ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ خَب‍‍ِ‍ي‍ر‍ٌ
Wa Lā Junāĥa `Alaykum Fīmā `Arrađtum Bihi Min Khiţbati An-Nisā' 'Aw 'Aknantum Fī 'Anfusikum `Alima Al-Lahu 'Annakum Satadhkurūnahunna Wa Lakin Lā Tuwā`idūhunna Sirrāan 'Illā 'An Taqūlū Qawlāan Ma`rūfāan Wa Lā Ta`zimū `Uqdata An-Nikāĥi Ĥattá Yablugha Al-Kitābu 'Ajalahu Wa A`lamū 'Anna Al-Laha Ya`lamu Mā Fī 'Anfusikum Fāĥdharūhu Wa A`lamū 'Anna Al-Laha Ghafūrun Ĥalīmun 002-235 އަދި، (رجعى عدة ފިޔަވައި އެހެން عدة ގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ إشارة ކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ قصد) ފޮރުވާފައި ބޭއްވުމާމެދު،ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، شرعى ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވައި، އެކަނބަލުންނަށް ކާވެނިކުރުމާމެދު وعد ވެ ނުހަދާހުށިކަމެވެ! އަދި، އެކަނބަލުންގެ عدّة ހަމަވެއްޖައުމަށްދާނދެން، ތިޔަބައިމީހުން (އެކަނބަލުންނާ) ކާވެނި عقد ނުކުރާހުށިކަމެވެ! އަދި، ތިޔަބައިމީހުންގެ نفس ތަކުގައިވާ ކަންތައް ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ! ވީމާ، ތިޔަބައިމީހުން، އެކަލާނގެއަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ، ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَلاَ جُن‍‍َ‍ا‍حَ عَلَيْكُمْ فِيمَا عَرَّضْتُ‍‍م‍ْ بِهِ مِنْ خِ‍‍ط‍‍ْبَةِ ا‍لنِس‍‍َ‍ا‍ء أَوْ أَكْنَ‍‍ن‍تُمْ فِ‍‍ي‍ أَن‍فُسِكُمْ عَلِمَ ا‍للَّهُ أَ‍نّ‍‍َكُمْ سَتَذْكُرُونَهُ‍‍ن‍ّ‍‍َ وَلَكِ‍‍ن‍ْ لاَ تُوَاعِدُوهُ‍‍ن‍ّ‍‍َ سِرّا‍ً إِلاَّ أَ‍ن‍ْ تَقُولُو‍‍ا‍ قَوْلا‍ً مَعْرُوفا‍ً وَلاَ تَعْزِمُو‍‍ا‍ عُ‍‍ق‍‍ْدَةَ ا‍ل‍‍ن‍ّ‍‍ِك‍‍َ‍ا‍حِ حَتَّى يَ‍‍ب‍‍ْلُغَ ا‍لْكِت‍‍َ‍ا‍بُ أَجَلَهُ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ يَعْلَمُ مَا فِ‍‍ي‍ أَن‍فُسِكُمْ فَاحْذَر‍ُو‍هُ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ غَف‍‍ُ‍و‍رٌ حَل‍‍ِ‍ي‍م‍‍‍ٌ
Lā Junāĥa `Alaykum 'In Ţallaqtumu An-Nisā' Mā Lam Tamassūhunna 'Aw Tafriđū Lahunna Farīđatan Wa Matti`ūhunna `Alá Al-Mūsi`i Qadaruhu Wa `Alá Al-Muqtiri Qadaruhu Matā`āan Bil-Ma`rūfi Ĥaqqāan `Alá Al-Muĥsinīna 002-236 ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެކަނބަލުންނަށް مُتعة ދޭށެވެ! (مُتعة އަކީ ވަރިކުރެވޭ އަންހެންމީހާހިތްހަމަޖައްސައިލުމަށް ފިރިހެންމީހާގެ ފަރާތުންދެވޭ ބޭނުންތެރި ކޮންމެވެސް އެއްޗެކެވެ.) ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ مُتعة އެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) إحسان ތެރިންގެ މައްޗަށް واجب ވެފައިވާ حق އެއްގެ ގޮތުގައެވެ. لاَ جُن‍‍َ‍ا‍حَ عَلَيْكُمْ إِ‍ن‍ْ طَلَّ‍‍ق‍‍ْتُمُ ا‍لنِس‍‍َ‍ا‍ء مَا لَمْ تَمَسُّوهُ‍‍ن‍ّ‍‍َ أَوْ تَفْ‍‍ر‍‍ِضُو‍‍ا‍ لَهُ‍‍ن‍ّ‍‍َ فَ‍‍ر‍‍ِيضَة‍‍‍ً وَمَتِّعُوهُ‍‍ن‍ّ‍‍َ عَلَى ا‍لْمُوسِعِ قَدَرُهُ وَعَلَى ا‍لْمُ‍‍ق‍‍ْتِرِ قَدَرُهُ مَتَاعا‍ً بِ‍‍ا‍لْمَعْر‍ُو‍فِ حَقّاً عَلَى ا‍لْمُحْسِن‍‍ِ‍ي‍نَ
Wa 'In Ţallaqtumūhunna Min Qabli 'An Tamassūhunna Wa Qad Farađtum Lahunna Farīđatan Fanişfu Mā Farađtum 'Illā 'An Ya`fūna 'Aw Ya`fuwa Al-Ladhī Biyadihi `Uqdatu An-Nikāĥi Wa 'An Ta`fū 'Aqrabu Lilttaqwá Wa Lā Tansaw Al-Fađla Baynakum 'Inna Al-Laha Bimā Ta`malūna Başīrun 002-237 އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ حال، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. (އެއީ) އެކަނބަލުން عفو ކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ عفو ކުރުމުން މެނުވީއެވެ. تقوى ވެރިކަމާ އެންމެގާތްގޮތަކީ، ތިޔަބައިމީހުން عفو ކުރުމެވެ. އަދި، ތިޔަބައިމީހުންގެ މެދުގައި، އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ إحسان ތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައި ނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِ‍ن‍ْ طَلَّ‍‍ق‍‍ْتُمُوهُ‍‍ن‍ّ‍‍َ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ تَمَسُّوهُ‍‍ن‍ّ‍‍َ وَقَ‍‍د‍ْ فَرَضْتُمْ لَهُ‍‍ن‍ّ‍‍َ فَ‍‍ر‍‍ِيضَة‍‍‍ً فَنِصْفُ مَا فَرَضْتُمْ إِلاَّ أَ‍ن‍ْ يَعْف‍‍ُ‍و‍نَ أَوْ يَعْفُوَ ا‍لَّذِي بِيَدِهِ عُ‍‍ق‍‍ْدَةُ ا‍ل‍‍ن‍ّ‍‍ِك‍‍َ‍ا‍حِ وَأَ‍ن‍ْ تَعْفُ‍‍و‍‍ا‍ أَ‍ق‍‍ْرَبُ لِلتَّ‍‍ق‍‍ْوَى وَلاَ تَ‍‍ن‍سَوْا ا‍لْفَضْلَ بَيْنَكُمْ إِ‍نّ‍‍َ ا‍للَّهَ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
Ĥāfižū `Alá Aş-Şalawāti Wa Aş-Şalāati Al-Wusţá Wa Qūmū Lillahi Qānitīna 002-238 ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ! حَافِظُو‍‍ا‍ عَلَى ا‍لصَّلَو‍َا‍تِ وَا‍لصَّلاَةِ ا‍لْوُسْطَى وَقُومُو‍‍ا‍ لِلَّهِ قَانِت‍‍ِ‍ي‍نَ
Fa'in Khiftum Farijālāan 'Aw Rukbānāan Fa'idhā 'Amintumdhkurū Al-Laha Kamā `Allamakum Mā Lam Takūnū Ta`lamūna 002-239 ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެނަމަ، ފަހެ، ތިޔަބައިމީހުން، اللَّه ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ. فَإِنْ خِفْتُمْ فَ‍‍ر‍‍ِجَالاً أَوْ رُكْبَانا‍ً فَإِذَا أَمِ‍‍ن‍تُمْ فَاذْكُرُوا‍ ا‍للَّهَ كَمَا عَلَّمَكُ‍‍م‍ْ مَا لَمْ تَكُونُو‍‍ا‍ تَعْلَم‍‍ُ‍و‍نَ
Wa Al-Ladhīna Yutawaffawna Minkum Wa Yadharūna 'Azwājāan Waşīyatan Li'zwājihim Matā`āan 'Ilá Al-Ĥawli Ghayra 'Ikhrājin Fa'in Kharajna Falā Junāĥa `Alaykum Fī Mā Fa`alna Fī 'Anfusihinna Min Ma`rūfin Wa Allāhu `Azīzun Ĥakīmun 002-240 ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާނދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެއުރެންގެ އަނބިންނަށް ދިނުމަށް وصية ކުރާހުށިކަމެވެ! ފަހެ އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ!) شرعى ހަމައިގެމަތިން އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކުޅަކަމެއްގައިފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: މި آية ގައިވާ وصية އާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ حكم ވަނީ نسخ ވެފައެވެ.) وَالَّذ‍ِي‍نَ يُتَوَفَّوْنَ مِ‍‍ن‍‍ْكُمْ وَيَذَر‍ُو‍نَ أَزْوَاجا‍ً وَصِيَّة‍‍‍ً لِأزْوَاجِهِ‍‍م‍ْ مَتَاعا‍ً إِلَى ا‍لْحَوْلِ غَيْرَ إِخْر‍َا‍ج‍‍‍ٍ فَإِنْ خَرَ‍ج‍‍ْنَ فَلاَ جُن‍‍َ‍ا‍حَ عَلَيْكُمْ فِي مَا فَعَلْنَ فِ‍‍ي‍ أَن‍فُسِهِ‍‍ن‍ّ‍‍َ مِ‍‍ن‍ْ مَعْر‍ُو‍ف‍‍‍ٍ وَا‍للَّهُ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Wa Lilmuţallaqāti Matā`un Bil-Ma`rūfi Ĥaqqāan `Alá Al-Muttaqīna 002-241 ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ. وَلِلْمُطَلَّق‍‍َ‍ا‍تِ مَت‍‍َ‍ا‍ع‍‍‍ٌ بِ‍‍ا‍لْمَعْر‍ُو‍فِ حَقّاً عَلَى ا‍لْمُتَّق‍‍ِ‍ي‍نَ
Kadhālika Yubayyinu Al-Lahu Lakum 'Āyātihi La`allakum Ta`qilūna 002-242 اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. كَذَلِكَ يُبَيِّنُ ا‍للَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِل‍‍ُ‍و‍نَ
'Alam Tara 'Ilá Al-Ladhīna Kharajū Min Diyārihim Wa Hum 'Ulūfun Ĥadhara Al-Mawti Faqāla Lahumu Al-Lahu Mūtū Thumma 'Aĥyāhum 'Inna Al-Laha Ladhū Fađlin `Alá An-Nāsi Wa Lakinna 'Akthara An-Nāsi Lā Yashkurūna 002-243 އެތައްހާސް ބަޔަކުކަމުގައިވާ حال، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް وحى ކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ. أَلَمْ تَرَ إِلَى ا‍لَّذ‍ِي‍نَ خَرَجُو‍‍ا‍ مِ‍‍ن‍ْ دِيَا‍ر‍‍ِهِمْ وَهُمْ أُل‍‍ُ‍و‍فٌ حَذَرَ ا‍لْمَوْتِ فَق‍‍َ‍ا‍لَ لَهُمُ ا‍للَّهُ مُوتُو‍‍ا‍ ثُ‍‍م‍ّ‍‍َ أَحْيَاهُمْ إِ‍نّ‍‍َ ا‍للَّهَ لَذُو فَضْلٍ عَلَى ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلَكِ‍‍ن‍ّ‍‍َ أَكْثَرَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ لاَ يَشْكُر‍ُو‍نَ
Wa Qātilū Fī Sabīli Al-Lahi Wa A`lamū 'Anna Al-Laha Samī`un `Alīmun 002-244 އަދި، ތިޔަބައިމީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާށެވެ!އަދި، ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! وَقَاتِلُو‍‍ا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Man Dhā Al-Ladhī Yuqriđu Al-Laha Qarđāan Ĥasanāan Fayuđā`ifahu Lahu 'Ađ`āfāan Kathīratan Wa Allāhu Yaqbiđu Wa Yabsuţu Wa 'Ilayhi Turja`ūna 002-245 ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ. مَ‍‍ن‍ْ ذَا ا‍لَّذِي يُ‍‍ق‍‍ْ‍‍ر‍‍ِضُ ا‍للَّهَ قَرْضاً حَسَنا‍ً فَيُضَاعِفَهُ لَهُ أَضْعَافا‍ً كَثِيرَة‍‍‍ً وَا‍للَّهُ يَ‍‍ق‍‍ْبِضُ وَيَ‍‍ب‍‍ْسُطُ وَإِلَيْهِ تُرْجَع‍‍ُ‍و‍نَ
'Alam Tara 'Ilá Al-Mala'i Min Banī 'Isrā'īla Min Ba`di Mūsá 'Idh Qālū Linabīyin Lahum Ab`ath Lanā Malikāan Nuqātil Fī Sabīli Al-Lahi Qāla Hal `Asaytum 'In Kutiba `Alaykumu Al-Qitālu 'Allā Tuqātilū Qālū Wa Mā Lanā 'Allā Nuqātila Fī Sabīli Al-Lahi Wa Qad 'Ukhrijnā Min Diyārinā Wa 'Abnā'inā Falammā Kutiba `Alayhimu Al-Qitālu Tawallaw 'Illā Qalīlāan Minhum Wa Allāhu `Alīmun Biž-Žālimīna 002-246 إسـرآءيـل ގެދަރިންގެ ތެރެއިން، موسى ގެފާނަށްފަހުން އުޅުނު جماعة އެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާحال، اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. أَلَمْ تَرَ إِلَى ا‍لْمَلَإ مِ‍‍ن‍ْ بَنِ‍‍ي إِسْر‍َا‍ئ‍‍ِ‍ي‍لَ مِ‍‍ن‍ْ بَعْدِ مُوسَى إِذْ قَالُو‍‍ا‍ لِنَبِيّ‍‍‍ٍ لَهُمْ ا‍ب‍‍ْعَثْ لَنَا مَلِكا‍ً نُقَاتِلْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ ق‍‍َ‍ا‍لَ هَلْ عَسَيْتُمْ إِ‍ن‍ْ كُتِبَ عَلَيْكُمُ ا‍لْقِت‍‍َ‍ا‍لُ أَلاَّ تُقَاتِلُو‍‍ا‍ قَالُو‍‍ا‍ وَمَا لَنَ‍‍ا‍ أَلاَّ نُقَاتِلَ فِي سَب‍‍ِ‍ي‍لِ ا‍للَّهِ وَقَ‍‍د‍ْ أُخْ‍‍ر‍‍ِ‍ج‍‍ْنَا مِ‍‍ن‍ْ دِيَا‍ر‍‍ِنَا وَأَ‍ب‍‍ْن‍‍َ‍ا‍ئِنَا فَلَ‍‍م‍ّ‍‍َا كُتِبَ عَلَيْهِمُ ا‍لْقِت‍‍َ‍ا‍لُ تَوَلَّوْا إِلاَّ قَلِيلا‍ً مِنْهُمْ وَا‍للَّهُ عَل‍‍ِ‍ي‍م‍‍‍ٌ بِ‍‍ا‍لظَّالِم‍‍ِ‍ي‍نَ
Wa Qāla Lahum Nabīyuhum 'Inna Al-Laha Qad Ba`atha Lakum Ţālūta Malikāan Qālū 'Anná Yakūnu Lahu Al-Mulku `Alaynā Wa Naĥnu 'Aĥaqqu Bil-Mulki Minhu Wa Lam Yu'uta Sa`atan Mina Al-Māli Qāla 'Inna Al-Laha Aşţafāhu `Alaykum Wa Zādahu Basţatan Al-`Ilmi Wa Al-Jismi Wa Allāhu Yu'utī Mulkahu Man Yashā'u Wa Allāhu Wāsi`un `Alīmun 002-247 އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން حق ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَق‍‍َ‍ا‍لَ لَهُمْ نَبِيُّهُمْ إِ‍نّ‍‍َ ا‍للَّهَ قَ‍‍د‍ْ بَعَثَ لَكُمْ طَال‍‍ُ‍و‍تَ مَلِكا‍ً قَالُ‍‍و‍‍ا‍ أَ‍نّ‍‍َى يَك‍‍ُ‍و‍نُ لَهُ ا‍لْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِ‍‍ا‍لْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَة‍‍‍ً مِنَ ا‍لْم‍‍َ‍ا‍لِ ق‍‍َ‍ا‍لَ إِ‍نّ‍‍َ ا‍للَّهَ ا‍صْطَف‍‍َ‍ا‍هُ عَلَيْكُمْ وَزَادَهُ بَسْطَة‍‍‍ً فِي ا‍لْعِلْمِ وَا‍لْجِسْمِ وَا‍للَّهُ يُؤْتِي مُلْكَهُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
Wa Qāla Lahum Nabīyuhum 'Inna 'Āyata Mulkihi 'An Ya'tiyakumu At-Tābūtu Fīhi Sakīnatun Min Rabbikum Wa Baqīyatun Mimmā Taraka 'Ālu Mūsá Wa 'Ālu Hārūna Taĥmiluhu Al-Malā'ikatu 'Inna Fī Dhālika La'āyatan Lakum 'In Kuntum Mu'uminīna 002-248 އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް تابوت އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ ހިތްހަމަޖެހުމަކާއި، أمان ކަމަކާއި، އަދި، موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ. (އެތަކެއްޗާއެކު) އެ تابوت، ملائكة ން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: تابوت އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مفسر ން ލިޔުއްވާފައިވެއެވެ.) وَق‍‍َ‍ا‍لَ لَهُمْ نَبِيُّهُمْ إِ‍نّ‍‍َ آيَةَ مُلْكِهِ أَ‍ن‍ْ يَأْتِيَكُمُ ا‍لتَّاب‍‍ُ‍و‍تُ ف‍‍ِ‍ي‍هِ سَكِينَة‍‍‍ٌ مِ‍‍ن‍ْ رَبِّكُمْ وَبَقِيَّة‍‍‍ٌ مِ‍‍م‍ّ‍‍َا تَرَكَ آلُ مُوسَى وَآلُ هَار‍ُو‍نَ تَحْمِلُهُ ا‍لْمَلاَئِكَةُ إِ‍نّ‍‍َ فِي ذَلِكَ لَآيَة‍‍‍ً لَكُمْ إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Falammā Faşala Ţālūtu Bil-Junūdi Qāla 'Inna Al-Laha Mubtalīkum Binaharin Faman Shariba Minhu Falaysa Minnī Wa Man Lam Yaţ`amhu Fa'innahu Minnī 'Illā Mani Aghtarafa Ghurfatan Biyadihi Fasharibū Minhu 'Illā Qalīlāan Minhum Falammā Jāwazahu Huwa Wa Al-Ladhīna 'Āmanū Ma`ahu Qālū Lā Ţāqata Lanā Al-Yawma Bijālūta Wa Junūdihi Qāla Al-Ladhīna Yažunnūna 'Annahum Mulāqū Al-Lahi Kam Min Fi'atin Qalīlatin Ghalabat Fi'atan Kathīratan Bi'idhni Al-Lahi Wa Allāhu Ma`a Aş-Şābirīna 002-249 ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. فَلَ‍‍م‍ّ‍‍َا فَصَلَ طَال‍‍ُ‍و‍تُ بِ‍‍ا‍لْجُن‍‍ُ‍و‍دِ ق‍‍َ‍ا‍لَ إِ‍نّ‍‍َ ا‍للَّهَ مُ‍‍ب‍‍ْتَلِيكُ‍‍م‍ْ بِنَهَر‍ٍ فَمَ‍‍ن‍ْ شَ‍‍ر‍‍ِبَ مِنْهُ فَلَيْسَ مِ‍‍ن‍ّ‍‍ِي وَمَ‍‍ن‍ْ لَمْ يَ‍‍ط‍‍ْعَمْهُ فَإِ‍نّ‍‍َهُ مِ‍‍ن‍ّ‍‍ِ‍‍ي إِلاَّ مَنِ ا‍غْتَرَفَ غُرْفَة‍‍‍ً بِيَدِهِ فَشَ‍‍ر‍‍ِبُو‍‍ا‍ مِنْهُ إِلاَّ قَلِيلا‍ً مِنْهُمْ فَلَ‍‍م‍ّ‍‍َا جَاوَزَهُ هُوَ وَا‍لَّذ‍ِي‍نَ آمَنُو‍‍ا‍ مَعَهُ قَالُو‍‍ا‍ لاَ طَاقَةَ لَنَا ا‍لْيَوْمَ بِجَال‍‍ُ‍و‍تَ وَجُنُودِهِ ق‍‍َ‍ا‍لَ ا‍لَّذ‍ِي‍نَ يَظُ‍‍ن‍ّ‍‍ُ‍و‍نَ أَ‍نّ‍‍َهُ‍‍م‍ْ مُلاَقُو ا‍للَّهِ كَ‍‍م‍ْ مِ‍‍ن‍ْ فِئَة‍‍‍ٍ قَلِيلَةٍ غَلَبَتْ فِئَة‍‍‍ً كَثِيرَة‍‍‍ً بِإِذْنِ ا‍للَّهِ وَا‍للَّهُ مَعَ ا‍لصَّابِ‍‍ر‍‍ِي‍نَ
Wa Lammā Barazū Lijālūta Wa Junūdihi Qālū Rabbanā 'Afrigh `Alaynā Şabrāan Wa Thabbit 'Aqdāmanā Wa Anşurnā `Alá Al-Qawmi Al-Kāfirīna 002-250 އަދި، އެއުރެން (އެބަހީ: مؤمن ންގެ لشكر) جالوت އާއި، އޭނާގެ لشكر އާ (ހަނގުރާމަ ކުރުމަށް ސަފުތައްހަދައި) ކުރިމަތިލީހިނދު، އެއުރެން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! وَلَ‍‍م‍ّ‍‍َا بَرَزُوا‍ لِجَال‍‍ُ‍و‍تَ وَجُنُودِهِ قَالُو‍‍ا‍ رَبَّنَ‍‍ا‍ أَفْ‍‍ر‍‍ِغْ عَلَيْنَا صَ‍‍ب‍‍ْرا‍ً وَثَبِّتْ أَ‍ق‍‍ْدَامَنَا وَا‍ن‍‍ْصُرْنَا عَلَى ا‍لْقَوْمِ ا‍لْكَافِ‍‍ر‍‍ِي‍نَ
Fahazamūhum Bi'idhni Al-Lahi Wa Qatala Dāwūdu Jālūta Wa 'Ātāhu Al-Lahu Al-Mulka Wa Al-Ĥikmata Wa `Allamahu Mimmā Yashā'u Wa Lawlā Daf`u Al-Lahi An-Nāsa Ba`đahum Biba`đin Lafasadati Al-'Arđu Wa Lakinna Al-Laha Dhū Fađlin `Alá Al-`Ālamīna 002-251 ފަހެ، އެއުރެން اللَّه ގެ إذن ފުޅާއެކު كافر ންގެ لشكر ބަލިކޮށްފޫއެވެ. އަދި، داودގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ. فَهَزَمُوهُ‍‍م‍ْ بِإِذْنِ ا‍للَّهِ وَقَتَلَ دَاو‍ُو‍دُ جَال‍‍ُ‍و‍تَ وَآت‍‍َ‍ا‍هُ ا‍للَّهُ ا‍لْمُلْكَ وَا‍لْحِكْمَةَ وَعَلَّمَهُ مِ‍‍م‍ّ‍‍َا يَش‍‍َ‍ا‍ءُ وَلَوْلاَ دَفْعُ ا‍للَّهِ ا‍ل‍‍ن‍ّ‍‍َ‍ا‍سَ بَعْضَهُ‍‍م‍ْ بِبَعْض‍‍‍ٍ لَفَسَدَتِ ا‍لأَرْضُ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ ذُو فَضْلٍ عَلَى ا‍لْعَالَم‍‍ِ‍ي‍نَ
Tilka 'Āyātu Al-Lahi Natlūhā `Alayka Bil-Ĥaqqi Wa 'Innaka Lamina Al-Mursalīna 002-252 އެއީ، اللَّه ގެ آية ތަކެވެ. حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ آية ތައް ކިޔައިދެއްވަމެވެ. އަދި، ހަމަކަށަވަރުން، ކަލޭގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. تِلْكَ آي‍‍َ‍ا‍تُ ا‍للَّهِ نَتْلُوهَا عَلَيْكَ بِ‍‍ا‍لْحَقِّ وَإِ‍نّ‍‍َكَ لَمِنَ ا‍لْمُرْسَل‍‍ِ‍ي‍نَ
Tilka Ar-Rusulu Fađđalnā Ba`đahum `Alá Ba`đin Minhum Man Kallama Al-Lahu Wa Rafa`a Ba`đahum Darajātin Wa 'Ātaynā `Īsá Abna Maryama Al-Bayyināti Wa 'Ayyadnāhu Birūĥi Al-Qudusi Wa Law Shā'a Al-Lahu Mā Aqtatala Al-Ladhīna Min Ba`dihim Min Ba`di Mā Jā'at/humu Al-Bayyinātu Wa Lakini Akhtalafū Faminhum Man 'Āmana Wa Minhum Man Kafara Wa Law Shā'a Al-Lahu Mā Aqtatalū Wa Lakinna Al-Laha Yaf`alu Mā Yurīdu 002-253 އެއީ رسول ންނެވެ. ތިމަންރަސްކަލާނގެ އެ رسول ންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެބޭކަލުންގެ ތެރެއިން اللَّه (ސީދާ) ބަސް وحى ކުރެއްވި ބޭކަލުން ވެއެވެ. އަދި، އެކަލާނގެ، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ. އަދި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް، بيان ވެގެންވާ ހެކިތަކާއި، حجة ތައް، ތިމަންރަސްކަލާނގެ ދެއްވީމެވެ.އަދި، روح القدس ން (އެބަހީ: جبريل ގެފާނު ފޮނުއްވުމުން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވީމެވެ. اللَّه އިރާދަކުރެއްވިނަމަ، އެބޭކަލުންގެ ފަހުން އައި މީހުން އެއުރެންނަށް ބަޔާންވެގެންވާ ހެކިތަކާއި، حجة ތައް އައުމަށްފަހު އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެއުރެން خلاف ވެއްޖައޫއެވެ. ފަހެ، އެއުރެންގެ ތެރެއިން، إيمان ވި މީހުންނާއި، އަދި، كافر ވި މީހުންވެސް ވެއެވެ. އަދި، اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު اللَّه އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ. تِلْكَ ا‍لرُّسُلُ فَضَّلْنَا بَعْضَهُمْ عَلَى بَعْض‍‍‍ٍ مِنْهُ‍‍م‍ْ مَ‍‍ن‍ْ كَلَّمَ ا‍للَّهُ وَرَفَعَ بَعْضَهُمْ دَرَج‍‍َ‍ا‍ت‍‍‍ٍ وَآتَيْنَا عِيسَى ا‍ب‍‍ْنَ مَرْيَمَ ا‍لْبَيِّن‍‍َ‍ا‍تِ وَأَيَّ‍‍د‍‍ْن‍‍َ‍ا‍هُ بِر‍ُو‍حِ ا‍لْقُدُسِ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَا ا‍ق‍‍ْتَتَلَ ا‍لَّذ‍ِي‍نَ مِ‍‍ن‍ْ بَعْدِهِ‍‍م‍ْ مِ‍‍ن‍ْ بَعْدِ مَا ج‍‍َ‍ا‍ءَتْهُمُ ا‍لْبَيِّن‍‍َ‍ا‍تُ وَلَكِنِ ا‍خْتَلَفُو‍‍ا‍ فَمِنْهُ‍‍م‍ْ مَ‍‍ن‍ْ آمَنَ وَمِنْهُ‍‍م‍ْ مَ‍‍ن‍ْ كَفَرَ وَلَوْ ش‍‍َ‍ا‍ءَ ا‍للَّهُ مَا ا‍ق‍‍ْتَتَلُو‍‍ا‍ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ يَفْعَلُ مَا يُ‍‍ر‍‍ِي‍‍د‍ُ
Yā 'Ayyuhā Al-Ladhīna 'Āmanū 'Anfiqū Mimmā Razaqnākum Min Qabli 'An Ya'tiya Yawmun Lā Bay`un Fīhi Wa Lā Khullatun Wa Lā Shafā`atun Wa Al-Kāfirūna Humu Až-Žālimūna 002-254 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: فدية ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާޔެއް ކޮށްދެނިވި) رحمة ތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ إذن ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَن‍فِقُو‍‍ا‍ مِ‍‍م‍ّ‍‍َا رَزَ‍ق‍‍ْنَاكُ‍‍م‍ْ مِ‍‍ن‍ْ قَ‍‍ب‍‍ْلِ أَ‍ن‍ْ يَأْتِيَ يَوْم‍‍‍ٌ لاَ بَيْع‍‍‍ٌ ف‍‍ِ‍ي‍هِ وَلاَ خُلَّة‍‍‍ٌ وَلاَ شَفَاعَة‍‍‍ٌ وَا‍لْكَافِر‍ُو‍نَ هُمُ ا‍لظَّالِم‍‍ُ‍و‍نَ
Al-Lahu Lā 'Ilāha 'Illā Huwa Al-Ĥayyu Al-Qayyūmu Lā Ta'khudhuhu Sinatun Wa Lā Nawmun Lahu Mā Fī As-Samāwāti Wa Mā Fī Al-'Arđi Man Dhā Al-Ladhī Yashfa`u `Indahu 'Illā Bi'idhnihi Ya`lamu Mā Bayna 'Aydīhim Wa Mā Khalfahum Wa Lā Yuĥīţūna Bishay'in Min `Ilmihi 'Illā Bimā Shā'a Wasi`a Kursīyuhu As-Samāwāti Wa Al-'Arđa Wa Lā Ya'ūduhu Ĥifžuhumā Wa Huwa Al-`Alīyu Al-`Ažīmu 002-255 اللَّه އީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ. ا‍للَّهُ لاَ إِلَهَ إِلاَّ هُوَ ا‍لْحَيُّ ا‍لْقَيّ‍‍ُ‍و‍مُ لاَ تَأْخُذُهُ سِنَة‍‍‍ٌ وَلاَ نَوْم‍‍‍ٌ لَهُ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ مَ‍‍ن‍ْ ذَا ا‍لَّذِي يَشْفَعُ عِ‍‍ن‍‍ْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيط‍‍ُ‍و‍نَ بِشَيْء‍ٍ مِنْ عِلْمِهِ إِلاَّ بِمَا ش‍‍َ‍ا‍ءَ وَسِعَ كُرْسِيُّهُ ا‍لسَّمَاو‍َا‍تِ وَا‍لأَرْضَ وَلاَ يَئ‍‍ُ‍ودُهُ حِفْظُهُمَا وَهُوَ ا‍لْعَلِيُّ ا‍لْعَظ‍‍ِ‍ي‍مُ
Lā 'Ikrāha Fī Ad-Dīni Qad Tabayyana Ar-Rushdu Mina Al-Ghayyi Faman Yakfur Biţ-Ţāghūti Wa Yu'umin Bil-Lahi Faqadi Astamsaka Bil-`Urwati Al-Wuthqá Lā Anfişāma Lahā Wa Allāhu Samī`un `Alīmun 002-256 دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެއަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. لاَ إِكْر‍َا‍هَ فِي ا‍لدّ‍ِي‍نِ قَ‍‍د‍ْ تَبَيَّنَ ا‍لرُّشْدُ مِنَ ا‍لغَيِّ فَمَ‍‍ن‍ْ يَكْفُرْ بِ‍‍ا‍لطَّاغ‍‍ُ‍و‍تِ وَيُؤْمِ‍‍ن‍ْ بِ‍‍ا‍للَّهِ فَقَدِ ا‍سْتَمْسَكَ بِ‍‍ا‍لْعُرْوَةِ ا‍لْوُثْقَى لاَ ا‍ن‍فِص‍‍َ‍ا‍مَ لَهَا وَا‍للَّهُ سَم‍‍ِ‍ي‍عٌ عَل‍‍ِ‍ي‍م‍‍‍ٌ
Al-Lahu Wa Līyu Al-Ladhīna 'Āmanū Yukhrijuhum Mina Až-Žulumāti 'Ilá An-Nūr Wa Al-Ladhīna Kafarū 'Awliyā'uuhumu Aţ-Ţāghūtu Yukhrijūnahum Mina An-Nūr 'Ilá Až-Žulumāti 'Ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 002-257 اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطان ންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطان ން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ. ا‍للَّهُ وَلِيُّ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ يُخْ‍‍ر‍‍ِجُهُ‍‍م‍ْ مِنَ ا‍لظُّلُم‍‍َ‍ا‍تِ إِلَى ا‍ل‍‍ن‍ّ‍‍ُور وَا‍لَّذ‍ِي‍نَ كَفَرُو‍ا‍ أَوْلِي‍‍َ‍ا‍ؤُهُمُ ا‍لطَّاغ‍‍ُ‍و‍تُ يُخْ‍‍ر‍‍ِجُونَهُ‍‍م‍ْ مِنَ ا‍ل‍‍ن‍ّ‍‍ُور إِلَى ا‍لظُّلُم‍‍َ‍ا‍تِ أ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
'Alam Tara 'Ilá Al-Ladhī Ĥājja 'Ibrāhīma Fī Rabbihi 'An 'Ātāhu Al-Lahu Al-Mulka 'Idh Qāla 'Ibrāhīmu Rab Al-Ladhī Yuĥyī Wa Yumītu Qāla 'Anā 'Uĥyī Wa 'Umītu Qāla 'Ibrāhīmu Fa'inna Al-Laha Ya'tī Bish-Shamsi Mina Al-Mashriqi Fa'ti Bihā Mina Al-Maghribi Fabuhita Al-Ladhī Kafara Wa Allāhu Lā Yahdī Al-Qawma Až-Žālimīna 002-258 اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ.إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافر ވި ކަލޭގެ حيران ވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. أَلَمْ تَرَ إِلَى ا‍لَّذِي ح‍‍َ‍ا‍جَّ إِ‍ب‍‍ْرَاه‍‍ِ‍ي‍مَ فِي رَبِّهِ أَ‍ن‍ْ آت‍‍َ‍ا‍هُ ا‍للَّهُ ا‍لْمُلْكَ إِذْ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ رَبِّي ا‍لَّذِي يُحْيِي وَيُم‍‍ِ‍ي‍تُ ق‍‍َ‍ا‍لَ أَنَ‍‍ا‍ أُحْيِي وَأُم‍‍ِ‍ي‍تُ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ فَإِ‍نّ‍‍َ ا‍للَّهَ يَأْتِي بِ‍‍ا‍لشَّمْسِ مِنَ ا‍لْمَشْ‍‍ر‍‍ِقِ فَأْتِ بِهَا مِنَ ا‍لْمَغْ‍‍ر‍‍ِبِ فَبُهِتَ ا‍لَّذِي كَفَرَ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لظَّالِم‍‍ِ‍ي‍نَ
'Aw Kālladhī Marra `Alá Qaryatin Wa Hiya Khāwiyatun `Alá `Urūshihā Qāla 'Anná Yuĥyī Hadhihi Al-Lahu Ba`da Mawtihā Fa'amātahu Al-Lahu Miā'ata `Āmin Thumma Ba`athahu Qāla Kam Labithta Qāla Labithtu Yawmāan 'Aw Ba`đa Yawmin Qāla Bal Labithta Miā'ata `Āminnžur 'Ilá Ţa`āmika Wa Sharābika Lam Yatasannah Wa Anžur 'Ilá Ĥimārika Wa Linaj`alaka 'Āyatan Lilnnāsi Wa Anžur 'Ilá Al-`Ižāmi Kayfa Nunshizuhā Thumma Naksūhā Laĥmāan Falammā Tabayyana Lahu Qāla 'A`lamu 'Anna Al-Laha `Alá Kulli Shay'in Qadīrun 002-259 ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި عمارات ތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި فكر ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) اللَّه، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދެން، اللَّه، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި حياة އަށް ފޮނުއްވިއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ. ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއިބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ حمار އަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ދެން، އޭނާއަށް އެކަން بيان ވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލާނގެކަން يقين ކޮށް ދެނެގަންނަމެވެ. أَوْ كَالَّذِي مَرَّ عَلَى قَرْيَة‍‍‍ٍ وَهِيَ خَاوِيَةٌ عَلَى عُرُوشِهَا ق‍‍َ‍ا‍لَ أَ‍نّ‍‍َى يُحْيِي هَذِهِ ا‍للَّهُ بَعْدَ مَوْتِهَا فَأَمَاتَهُ ا‍للَّهُ مِائَةَ ع‍‍َ‍ا‍م‍‍‍ٍ ثُ‍‍م‍ّ‍‍َ بَعَثَهُ ق‍‍َ‍ا‍لَ كَمْ لَبِثْتَ ق‍‍َ‍ا‍لَ لَبِثْتُ يَوْماً أَوْ بَعْضَ يَوْم‍‍‍ٍ ق‍‍َ‍ا‍لَ بَ‍‍ل‍ْ لَبِثْتَ مِائَةَ ع‍‍َ‍ا‍م‍‍‍ٍ فَان‍ظُرْ إِلَى طَعَامِكَ وَشَرَابِكَ لَمْ يَتَسَ‍‍ن‍ّ‍‍َهْ وَا‍ن‍ظُرْ إِلَى حِمَا‍ر‍‍ِكَ وَلِنَ‍‍ج‍‍ْعَلَكَ آيَة‍‍‍ً لِل‍‍ن‍ّ‍‍َ‍ا‍سِ وَا‍ن‍ظُرْ إِلَى ا‍لْعِظ‍‍َ‍ا‍مِ كَيْفَ نُ‍‍ن‍شِزُهَا ثُ‍‍م‍ّ‍‍َ نَكْسُوهَا لَحْما‍ً فَلَ‍‍م‍ّ‍‍َا تَبَيَّنَ لَهُ ق‍‍َ‍ا‍لَ أَعْلَمُ أَ‍نّ‍‍َ ا‍للَّهَ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
Wa 'Idh Qāla 'Ibrāhīmu Rabbi 'Arinī Kayfa Tuĥyī Al-Mawtá Qāla 'Awalam Tu'umin Qāla Balá Wa Lakin Liyaţma'inna Qalbī Qāla Fakhudh 'Arba`atan Mina Aţ-Ţayri Faşurhunna 'Ilayka Thumma Aj`al `Alá Kulli Jabalin Minhunna Juz'āan Thumma Ad`uhunna Ya'tīnaka Sa`yāan Wa A`lam 'Anna Al-Laha `Azīzun Ĥakīmun 002-260 އަދި، إبراهيم ގެފާނު ދެންނެވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު إيمان ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ إيمان ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހި إطمئنان ކަން ލިބުމަށްޓަކައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ،ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރައްވައި ހައްދަވާށެވެ! ދެން (ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ދަންނާށެވެ! وَإِذْ ق‍‍َ‍ا‍لَ إِ‍ب‍‍ْرَاه‍‍ِ‍ي‍مُ رَبِّ أَ‍ر‍‍ِنِي كَيْفَ تُحْيِي ا‍لْمَوْتَى ق‍‍َ‍ا‍لَ أَوَلَمْ تُؤْمِ‍‍ن‍ْ ق‍‍َ‍ا‍لَ بَلَى وَلَكِ‍‍ن‍ْ لِيَ‍‍ط‍‍ْمَئِ‍‍ن‍ّ‍‍َ قَلْبِي ق‍‍َ‍ا‍لَ فَخُذْ أَرْبَعَة‍‍‍ً مِنَ ا‍لطَّيْ‍‍ر‍ِ فَصُرْهُ‍‍ن‍ّ‍‍َ إِلَيْكَ ثُ‍‍م‍ّ‍‍َ ا‍ج‍‍ْعَلْ عَلَى كُلِّ جَبَل‍‍‍ٍ مِنْهُ‍‍ن‍ّ‍‍َ جُزْءا‍ً ثُ‍‍م‍ّ‍‍َ ا‍د‍‍ْعُهُ‍‍ن‍ّ‍‍َ يَأْتِينَكَ سَعْيا‍ً وَا‍عْلَمْ أَ‍نّ‍‍َ ا‍للَّهَ عَز‍ِي‍زٌ حَك‍‍ِ‍ي‍م‍‍‍ٌ
Mathalu Al-Ladhīna Yunfiqūna 'Amwālahum Fī Sabīli Al-Lahi Kamathali Ĥabbatin 'Anbatat Sab`a Sanābila Fī Kulli Sunbulatin Miā'atu Ĥabbatin Wa Allāhu Yuđā`ifu Liman Yashā'u Wa Allāhu Wāsi`un `Alīmun 002-261 اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. مَثَلُ ا‍لَّذ‍ِي‍نَ يُ‍‍ن‍فِق‍‍ُ‍و‍نَ أَمْوَالَهُمْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ كَمَثَلِ حَبَّةٍ أَ‍ن‍‍ْبَتَتْ سَ‍‍ب‍‍ْعَ سَنَابِلَ فِي كُلِّ سُ‍‍ن‍‍ْبُلَة‍‍‍ٍ مِائَةُ حَبَّة‍‍‍ٍ وَا‍للَّهُ يُضَاعِفُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
Al-Ladhīna Yunfiqūna 'Amwālahum Fī Sabīli Al-Lahi Thumma Lā Yutbi`ūna Mā 'Anfaqū Mannāan Wa Lā 'Adháan Lahum 'Ajruhum `Inda Rabbihim Wa Lā Khawfun `Alayhim Wa Lā Hum Yaĥzanūna 002-262 އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب)އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. ا‍لَّذ‍ِي‍نَ يُ‍‍ن‍فِق‍‍ُ‍و‍نَ أَمْوَالَهُمْ فِي سَب‍‍ِ‍ي‍لِ ا‍للَّهِ ثُ‍‍م‍ّ‍‍َ لاَ يُتْبِع‍‍ُ‍و‍نَ مَ‍‍ا‍ أَن‍فَقُو‍‍ا‍ مَ‍‍ن‍ّ‍‍ا‍ً وَلاَ أَذى‍ً لَهُمْ أَ‍ج‍‍ْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Qawlun Ma`rūfun Wa Maghfiratun Khayrun Min Şadaqatin Yatba`uhā 'Adháan Wa Allāhu Ghanīyun Ĥalīmun 002-263 އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ. قَوْل‍‍‍ٌ مَعْر‍ُو‍ف‍‍‍ٌ وَمَغْفِرَةٌ خَيْر‍ٌ مِ‍‍ن‍ْ صَدَقَة‍‍‍ٍ يَتْبَعُهَ‍‍ا‍ أَذى‍ً وَا‍للَّهُ غَنِيٌّ حَل‍‍ِ‍ي‍م‍‍‍ٌ
Yā 'Ayyuhā Al-Ladhīna 'Āmanū Lā Tubţilū Şadaqātikum Bil-Manni Wa Al-'Adhá Kālladhī Yunfiqu Mālahu Ri'ā'a An-Nāsi Wa Lā Yu'uminu Bil-Lahi Wa Al-Yawmi Al-'Ākhiri Famathaluhu Kamathali Şafwānin `Alayhi Turābun Fa'aşābahu Wa Abilun Fatarakahu Şaldāan Lā Yaqdirūna `Alá Shay'in Mimmā Kasabū Wa Allāhu Lā Yahdī Al-Qawma Al-Kāfirīna 002-264 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّه އަށާއި آخرة ދުވަހަށް އޭނާ إيمان އެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عمل އަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثواب އެއް ނުލިބޭހުށްޓެވެ.) كافر ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ لاَ تُ‍‍ب‍‍ْطِلُو‍‍ا‍ صَدَقَاتِكُ‍‍م‍ْ بِ‍‍ا‍لْمَ‍‍ن‍ّ‍‍ِ وَا‍لأَذَى كَالَّذِي يُ‍‍ن‍فِقُ مَالَهُ ‍ر‍‍ِئ‍‍َ‍ا‍ءَ ا‍ل‍‍ن‍ّ‍‍َ‍ا‍سِ وَلاَ يُؤْمِنُ بِ‍‍ا‍للَّهِ وَا‍لْيَوْمِ ا‍لآخِرِ فَمَثَلُهُ كَمَثَلِ صَفْو‍َا‍نٍ عَلَيْهِ تُر‍َا‍ب‍‍‍ٌ فَأَصَابَهُ وَا‍بِل‍‍‍ٌ فَتَرَكَهُ صَلْدا‍ً لاَ يَ‍‍ق‍‍ْدِر‍ُو‍نَ عَلَى شَيْء‍ٍ مِ‍‍م‍ّ‍‍َا كَسَبُو‍‍ا‍ وَا‍للَّهُ لاَ يَهْدِي ا‍لْقَوْمَ ا‍لْكَافِ‍‍ر‍‍ِي‍نَ
Wa Mathalu Al-Ladhīna Yunfiqūna 'Amwālahumu Abtighā'a Marđāati Al-Lahi Wa Tathbītāan Min 'Anfusihim Kamathali Jannatin Birabwatin 'Aşābahā Wa Abilun Fa'ātat 'Ukulahā Đi`fayni Fa'in Lam Yuşibhā Wa Abilun Faţallun Wa Allāhu Bimā Ta`malūna Başīrun 002-265 އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقين ކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. وَمَثَلُ ا‍لَّذ‍ِي‍نَ يُ‍‍ن‍فِق‍‍ُ‍و‍نَ أَمْوَالَهُمُ ا‍ب‍‍ْتِغ‍‍َ‍ا‍ءَ مَرْض‍‍َ‍ا‍ةِ ا‍للَّهِ وَتَثْبِيتا‍ً مِنْ أَ‍ن‍‍ْفُسِهِمْ كَمَثَلِ جَ‍‍ن‍ّ‍‍َة‍‍‍ٍ بِرَ‍ب‍‍ْوَةٍ أَصَابَهَا وَا‍بِل‍‍‍ٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِ‍ن‍ْ لَمْ يُصِ‍‍ب‍‍ْهَا وَا‍بِل‍‍‍ٌ فَطَلّ‍‍‍ٌ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ بَص‍‍ِ‍ي‍ر‍ٌ
'Ayawaddu 'Aĥadukum 'An Takūna Lahu Jannatun Min Nakhīlin Wa 'A`nābin Tajrī Min Taĥtihā Al-'Anhāru Lahu Fīhā Min Kulli Ath-Thamarāti Wa 'Aşābahu Al-Kibaru Wa Lahu Dhurrīyatun Đu`afā'u Fa'aşābahā 'I`şārun Fīhi Nārun Fāĥtaraqat Kadhālika Yubayyinu Al-Lahu Lakumu Al-'Āyāti La`allakum Tatafakkarūna 002-266 ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ. أَيَوَدُّ أَحَدُكُمْ أَ‍ن‍ْ تَك‍‍ُ‍و‍نَ لَهُ جَ‍‍ن‍ّ‍‍َة‍‍‍ٌ مِ‍‍ن‍ْ نَخ‍‍ِ‍ي‍ل‍‍‍ٍ وَأَعْن‍‍َ‍ا‍ب‍‍‍ٍ تَ‍‍ج‍‍ْ‍‍ر‍‍ِي مِ‍‍ن‍ْ تَحْتِهَا ا‍لأَنْه‍‍َ‍ا‍رُ لَهُ فِيهَا مِ‍‍ن‍ْ كُلِّ ا‍لثَّمَر‍َا‍تِ وَأَصَابَهُ ا‍لْكِبَرُ وَلَهُ ذُرِّيَّة‍‍‍ٌ ضُعَف‍‍َ‍ا‍ءُ فَأَصَابَهَ‍‍ا إِعْص‍‍َ‍ا‍ر‍ٌ ف‍‍ِ‍ي‍هِ ن‍‍َ‍ا‍ر‍ٌ فَاحْتَرَقَتْ كَذَلِكَ يُبَيِّنُ ا‍للَّهُ لَكُمُ ا‍لآي‍‍َ‍ا‍تِ لَعَلَّكُمْ تَتَفَكَّر‍ُو‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Anfiqū Min Ţayyibāti Mā Kasabtum Wa Mimmā 'Akhrajnā Lakum Mina Al-'Arđi Wa Lā Tayammamū Al-Khabītha Minhu Tunfiqūna Wa Lastum Bi'ākhidhīhi 'Illā 'An Tughmiđū Fīhi Wa A`lamū 'Anna Al-Laha Ghanīyun Ĥamīdun 002-267 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ أَن‍فِقُو‍‍ا‍ مِ‍‍ن‍ْ طَيِّب‍‍َ‍ا‍تِ مَا كَسَ‍‍ب‍‍ْتُمْ وَمِ‍‍م‍ّ‍‍َ‍‍ا‍ أَخْرَ‍ج‍‍ْنَا لَكُ‍‍م‍ْ مِنَ ا‍لأَرْضِ وَلاَ تَيَ‍‍م‍ّ‍‍َمُو‍‍ا‍ ا‍لْخَب‍‍ِ‍ي‍ثَ مِنْهُ تُ‍‍ن‍فِق‍‍ُ‍و‍نَ وَلَسْتُ‍‍م‍ْ بِآخِذ‍ِي‍هِ إِلاَّ أَ‍ن‍ْ تُغْمِضُو‍‍ا‍ ف‍‍ِ‍ي‍هِ وَا‍عْلَمُ‍‍و‍‍ا‍ أَ‍نّ‍‍َ ا‍للَّهَ غَنِيٌّ حَم‍‍ِ‍ي‍‍د‍ٌ
Ash-Shayţānu Ya`idukumu Al-Faqra Wa Ya'murukum Bil-Faĥshā'i Wa Allāhu Ya`idukum Maghfiratan Minhu Wa Fađlāan Wa Allāhu Wāsi`un `Alīmun 002-268 فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާރަސްކަލާނގެއެވެ. ا‍لشَّيْط‍‍َ‍ا‍نُ يَعِدُكُمُ ا‍لْفَ‍‍ق‍‍ْرَ وَيَأْمُرُكُ‍‍م‍ْ بِ‍‍ا‍لْفَحْش‍‍َ‍ا‍ءِ وَا‍للَّهُ يَعِدُكُ‍‍م‍ْ مَغْفِرَة‍‍‍ً مِنْهُ وَفَضْلا‍ً وَا‍للَّهُ وَا‍سِعٌ عَل‍‍ِ‍ي‍م‍‍‍ٌ
Yu'utī Al-Ĥikmata Man Yashā'u Wa Man Yu'uta Al-Ĥikmata Faqad 'Ūtiya Khayrāan Kathīrāan Wa Mā Yadhdhakkaru 'Illā 'Ū Al-'Albābi 002-269 އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ. يُؤْتِي ا‍لْحِكْمَةَ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَمَ‍‍ن‍ْ يُؤْتَ ا‍لْحِكْمَةَ فَقَ‍‍د‍ْ أ‍ُ‍وتِيَ خَيْرا‍ً كَثِيرا‍ً وَمَا يَذَّكَّرُ إِلاَّ أ‍ُ‍وْلُو‍‍ا‍ ا‍لأَلْب‍‍َ‍ا‍ب‍ِ
Wa Mā 'Anfaqtum Min Nafaqatin 'Aw Nadhartum Min Nadhrin Fa'inna Al-Laha Ya`lamuhu Wa Mā Lilžžālimīna Min 'Anşārin 002-270 އަދި، ހޭދަކުރުމުގެ ތެރެއިން ތިޔަބައިމީހުންކުރި ހޭދައެއް، ނުވަތަ، ނަދުރުގެ ތެރެއިން ތިޔަބައިމީހުން ގަތް ނަދުރެއް، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެއެވެ. އަނިޔާވެރިންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. وَمَ‍‍ا‍ أَن‍فَ‍‍ق‍‍ْتُ‍‍م‍ْ مِ‍‍ن‍ْ نَفَقَةٍ أَوْ نَذَرْتُ‍‍م‍ْ مِ‍‍ن‍ْ نَذْر‍ٍ فَإِ‍نّ‍‍َ ا‍للَّهَ يَعْلَمُهُ وَمَا لِلظَّالِم‍‍ِ‍ي‍نَ مِنْ أَن‍ص‍‍َ‍ا‍ر‍ٍ
'In Tub Aş-Şadaqāti Fani`immā Hiya Wa 'In Tukhfūhā Wa Tu'utūhā Al-Fuqarā'a Fahuwa Khayrun Lakum Wa Yukaffiru `Ankum Min Sayyi'ātikum Wa Allāhu Bimā Ta`malūna Khabīrun 002-271 (واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِ‍ن‍ْ تُ‍‍ب‍‍ْدُوا‍ ا‍لصَّدَق‍‍َ‍ا‍تِ فَنِعِ‍‍م‍ّ‍‍َا هِيَ وَإِ‍ن‍ْ تُخْفُوهَا وَتُؤْتُوهَا ا‍لْفُقَر‍َا‍ءَ فَهُوَ خَيْر‍ٌ لَكُمْ وَيُكَفِّ‍‍ر‍ُ عَ‍‍ن‍‍ْكُ‍‍م‍ْ مِ‍‍ن‍ْ سَيِّئ‍‍َ‍اتِكُمْ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ خَب‍‍ِ‍ي‍ر‍ٌ
Laysa `Alayka Hudāhum Wa Lakinna Al-Laha Yahdī Man Yashā'u Wa Mā Tunfiqū Min Khayrin Fali'anfusikum Wa Mā Tunfiqūna 'Illā Abtighā'a Wajhi Al-Lahi Wa Mā Tunfiqū Min Khayrin Yuwaffa 'Ilaykum Wa 'Antum Lā Tužlamūna 002-272 އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވިމީހަކަށް ތެދުމަގު ދައްކަވައެވެ. އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثواب އާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. لَيْسَ عَلَيْكَ هُدَاهُمْ وَلَكِ‍‍ن‍ّ‍‍َ ا‍للَّهَ يَهْدِي مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَمَا تُ‍‍ن‍فِقُو‍‍ا‍ مِنْ خَيْر‍ٍ فَلِأَن‍فُسِكُمْ وَمَا تُ‍‍ن‍فِق‍‍ُ‍و‍نَ إِلاَّ ا‍ب‍‍ْتِغ‍‍َ‍ا‍ءَ وَج‍‍ْهِ ا‍للَّهِ وَمَا تُ‍‍ن‍فِقُو‍‍ا‍ مِنْ خَيْر‍ٍ يُوَفَّ إِلَيْكُمْ وَأَ‍ن‍‍ْتُمْ لاَ تُظْلَم‍‍ُ‍و‍نَ
Lilfuqarā'i Al-Ladhīna 'Uĥşirū Fī Sabīli Al-Lahi Lā Yastaţī`ūna Đarbāan Al-'Arđi Yaĥsabuhumu Al-Jāhilu 'Aghniyā'a Mina At-Ta`affufi Ta`rifuhum Bisīmāhum Lā Yas'alūna An-Nāsa 'Ilĥāfāan Wa Mā Tunfiqū Min Khayrin Fa'inna Al-Laha Bihi `Alīmun 002-273 اللَّه ގެ މަގުގައި (جهاد ކުރުމުގައި) ބަންދުވެފައި ތިބި فقير ންނަށް (صدقات ދިނުން) ހުށްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެއުރެންގެ خبر ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެއުރެންގެ علامة ތަކުން، ތިބާޔަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗިއްސަށްއެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ. ތިޔަބައިމީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. لِلفُقَر‍َا‍ءِ ا‍لَّذ‍ِي‍نَ أُحْصِرُوا‍ فِي سَب‍‍ِ‍ي‍لِ ا‍للَّهِ لاَ يَسْتَطِيع‍‍ُ‍و‍نَ ضَرْبا‍ً فِي ا‍لأَرْضِ يَحْسَبُهُمُ ا‍لْجَاهِلُ أَغْنِي‍‍َ‍ا‍ءَ مِنَ ا‍لتَّعَفُّفِ تَعْ‍‍ر‍‍ِفُهُ‍‍م‍ْ بِسِيمَاهُمْ لاَ يَسْأَل‍‍ُ‍و‍نَ ا‍ل‍‍ن‍ّ‍‍َ‍ا‍سَ إِلْحَافا‍ً وَمَا تُ‍‍ن‍فِقُو‍‍ا‍ مِنْ خَيْر‍ٍ فَإِ‍نّ‍‍َ ا‍للَّهَ بِهِ عَل‍‍ِ‍ي‍م‍‍‍ٌ
Al-Ladhīna Yunfiqūna 'Amwālahum Bil-Layli Wa An-Nahāri Sirrāan Wa `Alāniyatan Falahum 'Ajruhum `Inda Rabbihim Wa Lā Khawfun `Alayhim Wa Lā Hum Yaĥzanūna 002-274 އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި،އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ. ا‍لَّذ‍ِي‍نَ يُ‍‍ن‍فِق‍‍ُ‍و‍نَ أَمْوَالَهُ‍‍م‍ْ بِ‍‍ا‍للَّيْلِ وَا‍ل‍‍ن‍ّ‍‍َه‍‍َ‍ا‍ر‍ِ سِرّا‍ً وَعَلاَنِيَة‍‍‍ً فَلَهُمْ أَ‍ج‍‍ْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Al-Ladhīna Ya'kulūna Ar-Ribā Lā Yaqūmūna 'Illā Kamā Yaqūmu Al-Ladhī Yatakhabbaţuhu Ash-Shayţānu Mina Al-Massi Dhālika Bi'annahum Qālū 'Innamā Al-Bay`u Mithlu Ar-Ribā Wa 'Aĥalla Al-Lahu Al-Bay`a Wa Ĥarrama Ar-Ribā Faman Jā'ahu Maw`ižatun Min Rabbihi Fāntahá Falahu Mā Salafa Wa 'Amruhu 'Ilá Al-Lahi Wa Man `Āda Fa'ūlā'ika 'Aşĥābu An-Nāri Hum Fīhā Khālidūna 002-275 رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ. ا‍لَّذ‍ِي‍نَ يَأْكُل‍‍ُ‍و‍نَ ا‍لرِّبَا لاَ يَقُوم‍‍ُ‍و‍نَ إِلاَّ كَمَا يَق‍‍ُ‍و‍مُ ا‍لَّذِي يَتَخَبَّطُهُ ا‍لشَّيْط‍‍َ‍ا‍نُ مِنَ ا‍لْمَسِّ ذَلِكَ بِأَ‍نّ‍‍َهُمْ قَالُ‍‍و‍‍ا‍ إِ‍نّ‍‍َمَا ا‍لْبَيْعُ مِثْلُ ا‍لرِّبَا وَأَحَلَّ ا‍للَّهُ ا‍لْبَيْعَ وَحَرَّمَ ا‍لرِّبَا فَمَ‍‍ن‍ْ ج‍‍َ‍ا‍ءَهُ مَوْعِظَة‍‍‍ٌ مِ‍‍ن‍ْ رَبِّهِ فَان‍تَهَى فَلَهُ مَا سَلَفَ وَأَمْرُهُ إِلَى ا‍للَّهِ وَمَنْ ع‍‍َ‍ا‍دَ فَأ‍ُ‍وْل‍‍َ‍ا‍ئِكَ أَصْح‍‍َ‍ا‍بُ ا‍ل‍‍ن‍ّ‍‍َ‍ا‍ر‍ِ هُمْ فِيهَا خَالِد‍ُو‍نَ
Yamĥaqu Al-Lahu Ar-Ribā Wa Yurbī Aş-Şadaqāti Wa Allāhu Lā Yuĥibbu Kulla Kaffārin 'Athīmin 002-276 اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ. يَمْحَقُ ا‍للَّهُ ا‍لرِّبَا وَيُرْبِي ا‍لصَّدَق‍‍َ‍ا‍تِ وَا‍للَّهُ لاَ يُحِبُّ كُلَّ كَفّ‍‍َ‍ا‍رٍ أَث‍‍ِ‍ي‍م‍‍‍ٍ
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Wa 'Aqāmū Aş-Şalāata Wa 'Ātaw Az-Zakāata Lahum 'Ajruhum `Inda Rabbihim Wa Lā Khawfun `Alayhim Wa Lā Hum Yaĥzanūna 002-277 ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކޮށް، ނަމާދު قائم ކޮށް، زكاة ދީ އުޅުނު މީހުންނަށް އެއުރެންގެ ދަރުމަ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ވެއެވެ. އަދި، އެއުރެންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި، އެއުރެންނަކީ، ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. إِ‍نّ‍‍َ ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ وَعَمِلُو‍‍ا‍ ا‍لصَّالِح‍‍َ‍ا‍تِ وَأَقَامُو‍‍ا‍ ا‍لصَّلاَةَ وَآتَوْا ا‍لزَّك‍‍َ‍ا‍ةَ لَهُمْ أَ‍ج‍‍ْرُهُمْ عِ‍‍ن‍‍ْدَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَن‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū Attaqū Al-Laha Wa Dharū Mā Baqiya Mina Ar-Ribā 'In Kuntum Mu'uminīna 002-278 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُو‍‍ا‍ ا‍تَّقُو‍‍ا‍ ا‍للَّهَ وَذَرُوا‍ مَا بَقِيَ مِنَ ا‍لرِّبَ‍‍ا إِ‍ن‍ْ كُ‍‍ن‍تُ‍‍م‍ْ مُؤْمِن‍‍ِ‍ي‍نَ
Fa'in Lam Taf`alū Fa'dhanū Biĥarbin Mina Al-Lahi Wa Rasūlihi Wa 'In Tubtum Falakum Ru'ūsu 'Amwālikum Lā Tažlimūna Wa Lā Tužlamūna 002-279 ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ. فَإِ‍ن‍ْ لَمْ تَفْعَلُو‍‍ا‍ فَأْذَنُو‍‍ا‍ بِحَرْب‍‍‍ٍ مِنَ ا‍للَّهِ وَرَسُولِهِ وَإِ‍ن‍ْ تُ‍‍ب‍‍ْتُمْ فَلَكُمْ رُء‍ُو‍سُ أَمْوَالِكُمْ لاَ تَظْلِم‍‍ُ‍و‍نَ وَلاَ تُظْلَم‍‍ُ‍و‍نَ
Wa 'In Kāna Dhū `Usratin Fanažiratun 'Ilá Maysaratin Wa 'An Taşaddaqū Khayrun Lakum 'In Kuntum Ta`lamūna 002-280 އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ. وَإِ‍ن‍ْ ك‍‍َ‍ا‍نَ ذُو عُسْرَة‍‍‍ٍ فَنَظِرَة‍‍‍ٌ إِلَى مَيْسَرَة‍‍‍ٍ وَأَ‍ن‍ْ تَصَدَّقُو‍‍ا‍ خَيْر‍ٌ لَكُمْ إِ‍ن‍ْ كُ‍‍ن‍تُمْ تَعْلَم‍‍ُ‍و‍نَ
Wa Attaqū Yawmāan Turja`ūna Fīhi 'Ilá Al-Lahi Thumma Tuwaffá Kullu Nafsin Mā Kasabat Wa Hum Lā Yužlamūna 002-281 އެދުވަހެއްގައި، اللَّه ގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. وَاتَّقُو‍‍ا‍ يَوْما‍ً تُرْجَع‍‍ُ‍و‍نَ ف‍‍ِ‍ي‍هِ إِلَى ا‍للَّهِ ثُ‍‍م‍ّ‍‍َ تُوَفَّى كُلُّ نَفْس‍‍‍ٍ مَا كَسَبَتْ وَهُمْ لاَ يُظْلَم‍‍ُ‍و‍نَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Tadāyantum Bidaynin 'Ilá 'Ajalin Musammáan Fāktubūhu Wa Līaktub Baynakum Kātibun Bil-`Adli Wa Lā Ya'ba Kātibun 'An Yaktuba Kamā `Allamahu Al-Lahu Falyaktub Wa Līumlili Al-Ladhī `Alayhi Al-Ĥaqqu Wa Līattaqi Al-Laha Rabbahu Wa Lā Yabkhas Minhu Shay'āan Fa'in Kāna Al-Ladhī `Alayhi Al-Ĥaqqu Safīhāan 'Aw Đa`īfāan 'Aw Lā Yastaţī`u 'An Yumilla Huwa Falyumlil Walīyuhu Bil-`Adli Wa Astash/hidū Shahīdayni Min Rijālikum Fa'in Lam Yakūnā Rajulayni Farajulun Wa Amra'atāni Mimman Tarđawna Mina Ash-Shuhadā'i 'An Tađilla 'Iĥdāhumā Fatudhakkira 'Iĥdāhumā Al-'Ukhrá Wa Lā Ya'ba Ash-Shuhadā'u 'Idhā Mā Du`ū Wa Lā Tas'amū 'An Taktubūhu Şaghīrāan 'Aw Kabīrāan 'Ilá 'Ajalihi Dhālikum 'Aqsaţu `Inda Al-Lahi Wa 'Aqwamu Lilshshahādati Wa 'Adná 'Allā Tartābū 'Illā 'An Takūna Tijāratan Ĥāđiratan Tudīrūnahā Baynakum Falaysa `Alaykum Junāĥun 'Allā Taktubūhā Wa 'Ash/hidū 'Idhā Tabāya`tum Wa Lā Yuđārra Kātibun Wa Lā Shahīdun Wa 'In Taf`alū Fa'innahu Fusūqun Bikum Wa Attaqū Al-Laha Wa Yu`allimukumu Al-Lahu Wa Allāhu Bikulli Shay'in `Alīmun 002-282 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ مدة އަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއްތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު عدل ވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، اللَّه ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ منع ވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް حق އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ تقوى ވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ! ފަހެ، އެމީހެއްގެ މައްޗަށް حق އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ خرد ކޮށް إسراف ކޮށްއުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ،ފަހެ، عدل ވެރިކަމާއެކު އޭނާގެ ولى ވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ! އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: عدل ވެރި مسلم ންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ مدة އާ ހަމަޔަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެގޮތަށް ލިޔުން، اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް شك ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ،ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށްވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) فاسق ކަމެކެވެ. ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. يَ‍‍ا‍ أَيُّهَا ا‍لَّذ‍ِي‍نَ آمَنُ‍‍و‍‍ا‍ إِذَا تَدَايَ‍‍ن‍تُ‍‍م‍ْ بِدَيْن‍‍‍ٍ إِلَى أَجَل‍‍‍ٍ مُسَ‍‍م‍ّ‍‍ى‍ً فَاكْتُب‍‍ُ‍و‍هُ وَلْيَكْتُ‍‍ب‍ْ بَيْنَكُمْ كَاتِب‍‍‍ٌ بِ‍‍ا‍لْعَ‍‍د‍‍ْلِ وَلاَ يَأْبَ كَاتِبٌ أَ‍ن‍ْ يَكْتُبَ كَمَا عَلَّمَهُ ا‍للَّهُ فَلْيَكْتُ‍‍ب‍ْ وَلْيُمْلِلِ ا‍لَّذِي عَلَيْهِ ا‍لْحَقُّ وَلْيَتَّقِ ا‍للَّهَ رَبَّهُ وَلاَ يَ‍‍ب‍‍ْخَسْ مِنْهُ شَيْئا‍ً فَإِ‍ن‍ْ ك‍‍َ‍ا‍نَ ا‍لَّذِي عَلَيْهِ ا‍لْحَقُّ سَفِيهاً أَوْ ضَعِيفاً أَوْ لاَ يَسْتَط‍‍ِ‍ي‍عُ أَ‍ن‍ْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِ‍‍ا‍لْعَ‍‍د‍‍ْلِ وَا‍سْتَشْهِدُوا‍ شَهِيدَيْنِ مِ‍‍ن‍ْ ‍ر‍‍ِجَالِكُمْ فَإِ‍ن‍ْ لَمْ يَكُونَا رَجُلَيْنِ فَرَجُل‍‍‍ٌ وَا‍مْرَأَت‍‍َ‍ا‍نِ مِ‍‍م‍ّ‍‍َ‍‍ن‍ْ تَرْضَوْنَ مِنَ ا‍لشُّهَد‍َا‍ءِ أَ‍ن‍ْ تَضِلَّ إِحْدَاهُمَا فَتُذَكِّ‍‍ر‍َ إِحْدَاهُمَا ا‍لأُخْرَى وَلاَ يَأْبَ ا‍لشُّهَد‍َا‍ءُ إِذَا مَا دُعُو‍‍ا‍ وَلاَ تَسْأَمُ‍‍و‍‍ا‍ أَ‍ن‍ْ تَكْتُب‍‍ُ‍و‍هُ صَغِيراً أَوْ كَبِيرا‍ً إِلَى أَجَلِهِ ذَلِكُمْ أَ‍ق‍‍ْسَطُ عِ‍‍ن‍‍ْدَ ا‍للَّهِ وَأَ‍ق‍‍ْوَمُ لِلشَّهَادَةِ وَأَ‍د‍‍ْنَى أَلاَّ تَرْتَابُ‍‍و‍‍ا‍ إِلاَّ أَ‍ن‍ْ تَك‍‍ُ‍و‍نَ تِجَارَةً حَاضِرَة‍‍‍ً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُن‍‍َ‍ا‍حٌ أَلاَّ تَكْتُبُوهَا وَأَشْهِدُو‍ا‍ إِذَا تَبَايَعْتُمْ وَلاَ يُض‍‍َ‍ا‍رَّ كَاتِب‍‍‍ٌ وَلاَ شَه‍‍ِ‍ي‍د‍ٌ وَإِ‍ن‍ْ تَفْعَلُو‍‍ا‍ فَإِ‍نّ‍‍َهُ فُس‍‍ُ‍و‍ق‍‍‍ٌ بِكُمْ وَا‍تَّقُو‍‍ا‍ ا‍للَّهَ وَيُعَلِّمُكُمُ ا‍للَّهُ وَا‍للَّهُ بِكُلِّ شَيْءٍ عَل‍‍ِ‍ي‍م‍‍‍ٌ
Wa 'In Kuntum `Alá Safarin Wa Lam Tjidū Kātibāan Farihānun Maqbūđatun Fa'in 'Amina Ba`đukum Ba`đāan Falyu'uaddi Al-Ladhī A'utumina 'Amānatahu Wa Līattaqi Al-Laha Rabbahu Wa Lā Taktumū Ash-Shahādata Wa Man Yaktumhā Fa'innahu 'Āthimun Qalbuhu Wa Allāhu Bimā Ta`malūna `Alīmun 002-283 ތިޔަބައިމީހުން (ދަރަނީގެ معاملة އެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ފަހެ، އަތުގައި ބާއްވާ رهن އެއް ދޭހުށިކަމެވެ! ފަހެ، ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ أمانة އެއް حوال ކޮށްފިނަމަ، ފަހެ، އެ أمانة އާ حوال ވި މީހާ، އޭނާގެ أمانة ރައްދުކުރާ ހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ تقوىވެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. وَإِ‍ن‍ْ كُ‍‍ن‍تُمْ عَلَى سَفَر‍ٍ وَلَمْ تجِدُوا‍ كَاتِبا‍ً فَ‍‍ر‍‍ِه‍‍َ‍ا‍ن‍‍‍ٌ مَ‍‍ق‍‍ْبُوضَة‍‍‍ٌ فَإِنْ أَمِنَ بَعْضُكُ‍‍م‍ْ بَعْضا‍ً فَلْيُؤَدِّ ا‍لَّذِي ا‍ؤْتُمِنَ أَمَانَتَهُ وَلْيَتَّقِ ا‍للَّهَ رَبَّهُ وَلاَ تَكْتُمُو‍‍ا‍ ا‍لشَّهَادَةَ وَمَ‍‍ن‍ْ يَكْتُمْهَا فَإِ‍نّ‍‍َهُ آثِم‍‍‍ٌ قَلْبُهُ وَا‍للَّهُ بِمَا تَعْمَل‍‍ُ‍و‍نَ عَل‍‍ِ‍ي‍م‍‍‍ٌ
Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Wa 'In Tubdū Mā Fī 'Anfusikum 'Aw Tukhfūhu Yuĥāsibkum Bihi Al-Lahu Fayaghfiru Liman Yashā'u Wa Yu`adhdhibu Man Yashā'u Wa Allāhu `Alá Kulli Shay'in Qadīrun 002-284 އުޑުތަކުގައިވާހާ އެއްޗަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ތިޔަބައިމީހުންގެ نفس ތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ އެކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، اللَّه، ތިޔަބައިމީހުންނާ (سؤال ކުރައްވައި) حساب ބައްލަވާނެއެވެ. ދެން، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވާނެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. لِلَّهِ مَا فِي ا‍لسَّمَاو‍َا‍تِ وَمَا فِي ا‍لأَرْضِ وَإِ‍ن‍ْ تُ‍‍ب‍‍ْدُوا‍ مَا فِ‍‍ي‍ أَن‍فُسِكُمْ أَوْ تُخْف‍‍ُ‍و‍هُ يُحَاسِ‍‍ب‍‍ْكُ‍‍م‍ْ بِهِ ا‍للَّهُ فَيَغْفِ‍‍ر‍ُ لِمَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَيُعَذِّبُ مَ‍‍ن‍ْ يَش‍‍َ‍ا‍ءُ وَا‍للَّهُ عَلَى كُلِّ شَيْء‍ٍ قَد‍ِي‍ر‍ٌ
'Āmana Ar-Rasūlu Bimā 'Unzila 'Ilayhi Min Rabbihi Wa Al-Mu'uminūna Kullun 'Āmana Bil-Lahi Wa Malā'ikatihi Wa Kutubihi Wa Rusulihi Lā Nufarriqu Bayna 'Aĥadin Min Rusulihi Wa Qālū Sami`nā Wa 'Aţa`nā Ghufrānaka Rabbanā Wa 'Ilayka Al-Maşīru 002-285 رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمانވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. آمَنَ ا‍لرَّس‍‍ُ‍و‍لُ بِمَ‍‍ا‍ أُن‍زِلَ إِلَيْهِ مِ‍‍ن‍ْ رَبِّهِ وَا‍لْمُؤْمِن‍‍ُ‍و‍نَ كُلّ‍‍‍ٌ آمَنَ بِ‍‍ا‍للَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَد‍ٍ مِ‍‍ن‍ْ رُسُلِهِ وَقَالُو‍‍ا‍ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ ا‍لْمَص‍‍ِ‍ي‍‍ر‍ُ
Lā Yukallifu Al-Lahu Nafsāan 'Illā Wus`ahā Lahā Mā Kasabat Wa `Alayhā Mā Aktasabat Rabbanā Lā Tu'uākhidhnā 'In Nasīnā 'Aw 'Akhţa'nā Rabbanā Wa Lā Taĥmil `Alaynā 'Işrāan Kamā Ĥamaltahu `Alá Al-Ladhīna Min Qablinā Rabbanā Wa Lā Tuĥammilnā Mā Lā Ţāqata Lanā Bihi Wa A`fu `Annā Wa Aghfir Lanā Wa Arĥamnā 'Anta Mawlānā Fānşurnā `Alá Al-Qawmi Al-Kāfirīna 002-286 اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި،އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! لاَ يُكَلِّفُ ا‍للَّهُ نَفْسا‍ً إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا ا‍كْتَسَبَتْ رَبَّنَا لاَ تُؤ‍َ‍اخِذْنَ‍‍ا إِ‍ن‍ْ نَسِينَ‍‍ا‍ أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَ‍‍ا إِصْرا‍ً كَمَا حَمَلْتَهُ عَلَى ا‍لَّذ‍ِي‍نَ مِ‍‍ن‍ْ قَ‍‍ب‍‍ْلِنَا رَبَّنَا وَلاَ تُحَ‍‍م‍ّ‍‍ِلْنَا مَا لاَ طَاقَةَ لَنَا بِهِ وَا‍عْفُ عَ‍‍ن‍ّ‍‍َا وَا‍غْفِرْ لَنَا وَا‍رْحَمْنَ‍‍ا‍ أَ‍ن‍‍ْتَ مَوْلاَنَا فَان‍صُرْنَا عَلَى ا‍لْقَوْمِ ا‍لْكَافِ‍‍ر‍‍ِي‍نَ
Next Sūrah